Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 6

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 20, 2018 9 Mins Read
47 Comments

އޭގެ އަނެއް ދުވަހެވެ. ޝަނުމްއާއި ޝައިމް ގޭގެ މަރާމާތައި ކުލަލުމުގައި ހެނދުނުއްސުރެ އަވަދިނެތި އުޅުނެވެ. މަލަކާ ވީ ޑިޔުޓީގައި ކަމުން އަޝްވާ އެމީހުންނަށް އެހީތެރިވެދިނުމުގައި އެކަނި އުޅުނެވެ.

“މީތަ މަގޭ ޗެރީގެ ހިތް ވަގަށް ނަގައިގެން އުޅޭ މީހަކީ” ސިޓިންރޫމުގައި ހުރި މޭޒު ދޮށުގައި އިން އަޝްވާގެ ކަންފަތުގައި ޖެހުނީ ދެވަނަ އެހެން އަޑެއް ނޫނެވެ.

އެއަޑު އިވުމާއި އެކީ އަޝްވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ކާއިން.. ކޮން އިރަކު އައީ.. ނުވެސް ބުނެ… ޓެސްޓުތައް ނިމުނީތަ” ލިބުނު ހައިރާންކަމާއި އެކީ އަޝްވާ ބުނެލިއެވެ.

“އާން.. ހުރިހާ އެޕަކުން ބުލޮކު ކުރާ މީހަކަށް ކިހިނެތް އަންގާނީ ކިތައްމެ ބޮޑު ކަމެއް ވިޔަސް.. ދެން ވާހަކަ އޮޅުވާނުލާ ބުނެބަލަ، އެއީތަ ” ޝަނުމްއާއި ދިމާލަށް ކަޅިއެއް އެއްލާލަމުން ކާއިން އަހާލިއެވެ.

“އަޅެ ރީއްޗެއް ނޫންތަ.. ހީ އިޒް ޕާޕެކްޓް” ފުޅާ ހިނިތުންވުމަކާއި އެކީ އަޝްވާ ބުނެލިއެވެ.

“އަހަރެންހާ ރީއްޗެއް ނޫން.. އެންޑް ހީ އިޒް ނޮޓް ޕާފެކްޓު ފޯ ޔޫ.. އަޝްވާ އަށް ރަގަޅުވާނީ އަހަރެން ކަހަލަ މީހެއް” އަޝްވާ ކައިރީ  ހުރި ގޮނޑީގައި އިށީންނަމުން ކާއިން ބުނެލިއެވެ.

“ކޮންމެ ކަމެއްގައިވެސް ބޮޑާވެވޭތޯ ބަލާތި. ދެން ބުނެބަލަ ހީވޭތަ ޝަނުމްއަށް އަހަރެން ކަމުދާނެހެން” ޝަނުމްއާއި ދިމާލަށް ބަލާލަމުން އަޝްވާ އުއްމީދުން ފުރިގެންވާ ސުވާލެއް ކޮށްލިއެވެ.

“ޔަގީންކޮށް ބުނާކަށް ނޭނގޭ. ކިހާ ވަރަކަށްތަ އަޝްވާއަށް އޭނަ އެގެނީ. އެއް މަސް ދުވަހުގު ތެރޭ އެނގުނު ވަރަށް ވުރެ ނޭނގޭބައި ބޮޑުވާނީ. މީހަކަށް ބަލާފަ ނޭނގޭނެ އެއީ ގާތިލެއް ނޫންކަމެއް ވެސް. ބުނަން މިއުޅެނީ އެހާ އަވަހަށް އަޝްވާގެ ހިތް އޭނައަށް ދީވަނާ ނުކުރާށޭ، ފަހުން ދެރައެއް ލިބިދާނެ” ކާއިން ބުނެލިއެވެ.

“ކާއިން ކޮން ދުވަހަކުންތަ ލޯބި ދަސްކޮށްގެން ތިއުޅެނީ. ތީ ފެންނަ ކޮންމެ މީހަކަށް ހިތް ދެމުންދާ މީހެއް. ދެރައީ އެއަންހެން ކުދިންނަށް ކާއިން ދަސްނުވާތީ. ދެން އެހެރީ ޝަނުމް.. މިހާރުވެސް އަހަންނަށް ލިސްޓު ކުރެވިދާނެ ކާއިންއަށް ވުރެ ޝަނުމްގެ ރަގަޅު އެތައް ކަމެއް. އަދި ޔަގީންކޮށް ބުނެވިދާނެ ޝަނުމް އަކީ ގާތިލެއް ނޫންކަން. ހީ އިޒް ސޯ ކެއާރިން” ދީވާނާ ވެފައިވާ ގޮތަކަށް ޝަނުމްއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

” އެހެން މީހެއްގެ ކުށްތައް ފާހަގަކުރަން، ޔޫ އާރ ޖަސްޓު ޓޫ އިނޮސެންޓު ” ޗުސްތަޅާލަމުން ކާއިން ބުނެލިއެވެ.

“އިނޮސެންޓު ވިއްޔާ ކީއްވެ އަހަންނަށް ހަމައެކަނި ކާއިންގެ ކުށްތައް ފެންނަންވީ. ދޮންބެމެން އެހާ ބުރަކޮށް އުޅޭއިރުވެސް މިތާ ތިއިންނަނީ ކަންނެތްކަމުން”ދެކޮޅަށް ބޯ ހޫރުވާލަމުން އަޝްވާ ބުނެލިއެވެ.

“ޗެލެންޖެއްތަ ތިކުރީ. ބަލާތި ހުރިހާ ގޮތަކުންވެސް އަޝްވާއަށް އޭނައަށް ވުރެ އަހަރެން ރަގަޅުކަން އަންގާނަން” ވަރުގަދަ އަޒުމަކާއި އެކީ ކާއިން އޭނާ އިން ގޮނޑިން ތެދުވިއެވެ. އަދި ބާރު ހިނގުމެއްގައި ގޮސް ޝައިމް އަތުން ފިހި ނަގައި ކުލަ ޓައްޕު ތެރެއަށް ކޮއްޕާލިއެވެ. ކާއިންއަށް ވަމުންދާ ވަރު ފެނިފައި އަޝްވާއަށް ނުހީ ނުހުރެވުނެވެ.

“މާ އެގިގެން އުޅޭ ކަމަށް ނޫޅެބަލަ. ތިހެން އުޅެގެން ލަދެއްގައި ބެދޭނީ” ކާއިންއާއި އަޝްވާ އުޅޭނީ އަބަދުވެސް ކޮންމެވެސް ކަމެއްގައި އަނެކާގެ ބަސް ދޮގުކުރެވޭ ގޮތެއް ހޯދޭތޯއެވެ. ކާއިންއަކީ އެފަދަ ކަމެއްގެ އެއްވެސް ތަޖުރިބާއެއް ނެތް މީހެއްކަން އެނގޭތީ ޝައިމް ބުނެލިއެވެ.

“ތި ހީކުރާ ގޮތް. އެހެންމީހުންނަށް ވުރެ އަހަރެން ވަކި ދެރައެއް ނުވާނެ. ނިކަން ބަލަން ހުރެބަލަ” އަޝްވާއަށް ބަލާލުމަށްފަހު ކާއިން ބުނެލިއެވެ. އަދި ފިހި ނަގައި މައްޗަށް އުފުލާލިއެވެ.

“އައުޗު” މައްޗަށް އުފުލާލި ވަގުތު ފިހިގަނޑުގެ ދެބައި ވަކިވެ މަތީބައި ކާއިންގެ ބޯމަތީގައި ޖެހިގެން ދިޔައެވެ. އެމަންޒަރު ބަލަން އެތާގައި ތިބި އަޝްވާ އަށާއި ޝައިމްއަށް ބާރަށް ހެވެން ފެށުނީ ކާއިންގެ ބޮލުން ފެށިގެން މޫނުމައްޗަށް ކުލަ ފައިބައިފައި ހުރުމުންނެވެ. ކުލައިން ބަރުވެފައިވާ ލޮލާއި އެކު ކާއިން އަޝްވާއަށް ލޯ އަޅާލިއެވެ. އޭގެ ރައްދު ގައި އަޝްވާ އެއްލޯމަރާލައި ހީލިއެވެ.

“ކޮބާ ހީވެއްޖެ ކަމެއްހެން…ދެންވެސް ފޮނި ދެއްކެން ނޫޅޭތި” ކާއިންއާއި ދިމާކުރަމުން ޝައިމް ބުނެލިއެވެ.

“ގެނޭ ހަރުކޮށްދޭނަން” ވެއްޓުނުބައި ނަގައި އަނެއް ބައި އަތުލަން އަތްދިއްކޮށްލަމުން ޝަނުމް ބުނެލިއެވެ.

“އަހަންނަށް ނޭނގޭ ވަރުގެ ކަމެއް ނޫނޭމީ” އެބައި ގަޔާއި ކައިރިކޮށްލަމުން ކާއިން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަދި ޝަނުމް އަތުން އަނެއްބައި ނަގައި ހަރުކުރަން އުޅުނެވެ. އެކި ގޮތްގޮތަށް އަބުރައިވެސް ދެބައި ނުގުޅުވުމުން ކާއިން ވަރަށް ބާރަށް ދެބައި ޖައްސާލިއެވެ. އެޔާއި އެކު އަތުގައި ހުރި ލޮދި ކަމާއި އެކު ފިހީގެ ކުރީ ކޮޅު ވިއްސައިގެން ދުރަށް ދިޔައެވެ. ކާއިން އައީ އަމަކަށު ރުޅިއެއް ނޫނެވެ.

“އާދޭ.. ތިމޫނު ދޮންނަން، ކާއިން މިތާ ހުރިއްޔާ ތިއަންނަ ރުޅީގެ ހޫނުން މިތަން ކެކިގެން މީހުންނަށް ތިބެވޭ ވަރެއް ނުވާނެ” އަޝްވާ ކާއިން އާއި ދިމާކޮށްލަމުން ބުނެލިއެވެ. ޝަނުމްއާއި ޝައިމް އަޝްވާ ކުރި ސަމާސާއަށް ހޭން ފެއްޓުމުން ކާއިން އިތުރަށް ރުޅިއައެވެ. އަދި ފިހިގަނޑު އެއްފަރާތުގައި ބެހެއްޓުމަށްފަހު އެތަނުން ދިޔައެވެ.

“ކާއިން މަޑުކޮށްބަލަ” ސިޑިން މައްޗަށް އަރަމުން ދިޔަ ކާއިންއަށް ގޮވަމުން އަޝްވާ ދިޔައެވެ.

“ކީއްވެތަ ތިހާ ރުޅިގަދައީ.. ކާއިން އަބަދު ދައްކާނީ ބައްޕަ ރުޅިގަދަ ވާހަކަ. އެކަމަކު ކާއިންއަށްވެސް އެވަރެއްނު ތިވަނީ” ބަދިގޭގެ ސިންކު ކައރީ މޫނު ދޮންނަން ހުރި ކާއިންއާއި ވާހަކަ ދައްކަމުން އަޝްވާ ބުނެލިއެވެ.

“އަޝްވާމެން ހޭން ފެއްޓިއަސް އެޝަނުމް ނުޖެހޭ ދޯ ހޭން” ކާއިން ރުޅިވެރި ރާގަކަށް ބުނެލިއެވެ.

“ވެލް ޝަނުމް އަކީ މިހާރު މިގޭ މީހެކޭ. ދެން އޭނަ އުޅޭނީ ކާއިންގެ ބެސްޓުފެރެންޑާއި އެއްގެޔެއްގައި. ކާއިން ތިހާ ރުޅިގަދަވީމަ ހުރިހާ ކަމެއްވެސް މައްސަލައެއްގެ ގޮތުގައި ތިފެންނަނީ. ކާއިންވެސް ސަމާސާކޮށްގެން އަހަރެންވެސް ރުޅި އަރުވާލަމެއްނު. އެކަމަކު އަހަރެން ނުދަންދޯ ބޮޑު މަންޒަރެއް އުފައްދާފަ. މީގެ ފަހުން ތިކަހަލަ ސިގުރުޅި ނާންނައްޗޭ” ކާއިންއަށް އޭނާގެ ރުޅި އާއި ބެހޭ ގޮތުން އަޝްވާ ވާހަކަ ދެއްކި ފުރަތަމަ ފަހަރަކީ މިއީ އެއް ނޫނެވެ.

“އަޝްވާއަށް ޔަގީންތަ އޭނަ އަހަންނަށްވުރެ ރަގަޅުހެން” ނޭނގިނަމަވެސް ކާއިންއަށް އުދަގޫވީ އަޝްވާއަށް އެތަފާތު ފެނުމުންނެވެ. އަޝްވާ އޭނާއާއި ދިމާކޮށް އެއްޗެހި ކިޔަސް ދުވަހަކުވެސް އެހެންމީހަކާއި އަޅުވާ ކިޔާފައެއް ނެތެވެ. މިކަހަލަ ކަމަކަށް ކާއިން އާދަނޫންވީ ކަންނޭނގެއެވެ. ކާއިން އަޝްވާ ދެކެމުން އައީ އެހެން އަންހެން ކުދިންނާއި ތަފާތު ކުއްޖެއްގެ ގޮތުގައެވެ. އަޝްވާ އަކީ އޭނާއަށް ކޮންމެ ވާހަކައެއްވެސް ހިއްސާކޮށްލެވޭ ގާތް އެކުވެރިއެކެވެ. ޝަކުވާތައް އަޑުއަހައި ހައްލު ހޯދައިދޭން މަސައްކަތް ކުރާތީއެވެ.

“ދޮގު ނުހަދައި ބުނަންޏާ ކާއިންއަށް ވުރެ ޝަނުމް އެތައް ގޮތަކުން ރަގަޅު. އެކަމަކު ބުނަންތަ.. ނޯ ވަން ކޭން ރިޕްލޭސް ޔޫ. އެޔަށްވުރެ ކާއިން މާ ޕާފެކްޓް” ގޮނޑީގައި އިން ކާއިންގެ ބޯ ހާވާލަމުން އަޝްވާ ބުނެލިއެވެ. އަޝްވާ ކާއިންގެ ބޮލުގައި ހުރި ކުލަ ފިލުވާލައި ރަގަޅަށް ބޯ ދޮވެ ދިނެވެ.

ދެމީހުން ސިޓިންރޫމުގައި ތިއްބާ ޝަނުމް އެތަނަށް އައީ ޝައިމް ބުނެގެން ކަށިގަނޑެއް ހޯދުމަށެވެ

“އަޝްވާ، ޝައިމް ބުނި ޕުލަސް ކަށިގަނޑެއް އޮތްތޯ ބަލާ ދީބަލާށޭ” ބަދިގޭގައި ކާއިން އާއި ވާހަކަ ދައްކަން އިން އަޝްވާ އާއި މުހާތަބުކޮށް އެވަގުތު އެތަނަށް އައި ޝަނުމް ބުނެލިއެވެ.

“އެބަ އަންނަން ބަލާފަ. ބައްޕަގެ ސާމާނުތައް ހޯދާލަން ޖެހޭނީ” ކާއިންގެ ބޯ ހިއްކަން ތުވާލި ކާއިންގެ ބޮލުގައި އޮޅާލުމަށްފަހު އަޝްވާ ކަށިގަނޑެއް އޮތްތޯ ބެލުމަށް ދިޔައެވެ.

“ކުލަ އެއްކޮށް ފިލީތަ މިހާރު” އަޝްވާ ދިޔުމުން ޝަނުމް އަހާލިއެވެ.

“އާން.. އަޝްވާ ދެންމެ ބޯ ދޮވެ ދިނީމަ ފިލައިފި.. ސުވާލެއް ކޮށްލަންތަ” އަޝްވާ އަންނަތޯ ބެލުމަށްފަހު ކާއިން އަހާލިއެވެ.

“އަޝްވާ އާއި ދޭތެރޭ ދެކެނީ ކިހިނެތް. މިބުނީ ކޮއްކޮއެއްގެ ގޮތަށް ހޭ ނޫނީ ރައްޓެއްސެއް ނޫނީ އެހެން ގޮތަކަށްހޭ” ޝަނުމް އާއެކޭ ބުނުމުގެ ގޮތުން ނިތްކުރި އަރުވާލުމުން ކާއިން އަހާލިއެވެ.

“ކޮއްކެއެކޭ ނުބުނެވޭނެ ދޯ އަހަރެންމީ ބޮޑުދައިތަގެ ދަރިއަކަށް ނުވާތީ. ރައްޓެއްސެކޭވެސް ނުބުނެވޭނެ އަދި. އެގެއެއްގައި އުޅޭތީ ވާހަކަ ދެކެވޭ. ކިހިނެތްވީ ތިހެން ތިއެހީ” ކާއިން އެފަދަ ސުވާލެއް ކުރުމުން ޝަނުމް އަހާލިއެވެ.

“އެ ދެން އެއްކޮށް އުޅޭތީ ބަލާލީ.. އަޝްވާއަށް ވީމަ އަހަރެން”

“އަހަރެންނަށް ވީމަ ކިހިނެތް ވީ ޔޯ!.. ކޮން ވާހަކައެއް ތިދެމީހުން ތިދައްކަނީ؟” އޭނާ ފެނުމުން ކާއިން ޖުމްލަ ފުރިހަމަ ނުކުރުމުން އަޝްވާ އަހާލިއެވެ.

“ޝަނުމް މި ކާއިން ދައްކާ އެއްވެސް ވާހަކައެއް ގަބޫލުނުކުރައްޗޭ.. މިހެން ހުއްޓަސް ވަރަށް ގޯސްވާނެ” ކާއިންގެ ކަންފަތުގައި ހިފާލަމުން އަޝްވާ ހެވިފައި ބުނެލިއެވެ.


 

 

ކައުންޓަރުގައި ކުލިނިކުގެ ދޮރާއި ދިމާލަށް ގެއްލިފައި ހިންދު އިނީ އަޝްވިން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މިދިޔަ ދެތިން ދުވަހު އީޝް ބަލިވެ އުޅޭތީ އަޝްވިން ޑިޔުޓީއަށް ނާންނާތީ ހިންދު ހުރީ އަޝްވިން ދެކިލުމަށް ކެތްމަދުވެފައެވެ. އެރޭ އަޝްވިންގެ ތޫނު ބަސްތަކުން އޭނާގެ ހިތް ޒަހަމް ކުރި ފަހުން ހިތަށް ހަމަޖެހުމެއް ލިބިފައި ނެތެވެ.

ވާރޭ ވެހެމުން ދާތީ އަޝްވިން ކުލިނިކަށް އައީ ކޯޓު ލައިގެންނެވެ. ދޮރުން އެތެރެއަށް ވަދެ ކޯޓު ބޭލުމަށްފަހު އަޅުވާލާނެ ތަނެއް ހޯދުމަށް ވަށައިގެން ހޯދާލިއެވެ.

“ގެނޭ އަޅުގަނޑު އަތަށް” އަޝްވިން ފެނުމާއި އެކު ހިންދުއަށް ގޮނޑިން ތެދުވެވި ދޮރާއި ކައިރިއަށް ދެވުނީ ދެވަނަ ފަހަރަށް ކުރެވޭ ކަމަކާއި މެދު ވިސްނާނުލެވިއެވެ.

“ވަރަށް އަވަހަށް ފޯނު ހިފައިގެންނއަހަރެންގެ ރޫމަށް އާދެބަލަ” ކޯޓު ހިންދު އަތަށް ދެމުން އަޝްވިން ބުނެލިއެވެ.

އަޝްވިން އެހެން ބައްދަލުކޮށްލަން އެދުމުން ހިންދުއަށް ވާންވީ އުފާ ކަމެއް ދެރައެއް ކަމެއް ނޭނގެއެވެ. ހިތް ބިރުގެންފައިވާ ހާލު ހިންދު އަޝްވިންގެ ރޫމުގައި ދެތިން ފަހަރު ޓަކި ދިނުމަށްފަހު އެތެރެއަށް ވަނެވެ.

“ބައްދަލުކޮށްލަން ބުނީމަ” އޭނާ އައިކަން ނޭނގި އަޝްވިން އިނީ ފޯނަށް ގެއްލިފައި ކަމުން ހިންދު މަޑުމަޑުން ބުނެލިއެވެ.

“”އިށީދޭ” އަތުން ކުރިމަތީ އިން ގޮނޑިއަށް އިޝާރާތް ކޮށްލަމުން އަޝްވިން ބުނެލިއެވެ.

“އަހަރެން ބުނީމަވެސް ހިންދުގެ ހިޔާލު ބަދަލުކޮށްލާކަށް ނުވޭ ދޯ. އެރޭ އެހުރިހާ ވާހަކައެއް ދެއްކީ ސަމާސާއަކަށް ނޫން. އެއީ އަހަރެން ދެމީހުންގެވެސް މުސްތަގުބަލަށް ބަލާފަ ދެއްކި ވާހަކަ. ދެމީހުން ބޭނުންވާ ކަންތައް ތަފާތު. އެހެންވީމަ ދެމީހުން އެމަގުން ދިޔުން އެހާ ބުއްދިވެރިއެއްނޫން” ހިންދުއަށް ބަލާލަމުން އަޝްވިން ބުނެލިއެވެ.

“އަޝްވިން އެރޭ ބުނިފަހުން އަހަރެން މިއުޅެނީ އަޝްވިންއާއި ވީހާވެސް  ދުރުގައި އުޅެވޭތޯ. އެކަމަކު އެއްތަނެއްގައި މަސައްކަތް ކުރާއިރު އަޝްވިން އަށް ކުރަންޖެހޭ އިހުތިރާމް ކުރުމަކީ މައްސަލައެއް ކަމަށް ނުދެކެން. އަޝްވިން ހިތްހަމަނުޖެހޭ ނަމަ އަހަރެން އެހެން ތަނަކުން ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރާނަން” އަޝްވިންގެ ބަސްތައް ތަކުރާރުވުމުން ހިތަށް ތަދުވިޔަސް އެކަން ނުދެއްކޭތޯ ހިންދު މަސައްކަތް ކުރިއެވެ.

” އަހަންނަށް ކުރާ އިހްތިރާމެއްގެ ގޮތުންތަ ފޯނު ނަންބަރު ހޯދައިގެން ރޭގަނޑު ދަންވަރު މެސެޖުކުރަނީ. އަހަރެން އެޔަށް ޖަވާބު ނުދޭތީ އޭގެ މާނައެއް ނޫން އަހަރެން އެކަމަށް ހިތްވަރު ދެނީއޭ” އަޝްވިން ހަމަ އެރާގުގައި ބުނެލިއެވެ. އަޝްވިން މެސެޖޭ ބުނުމުން ހިންދުއަށް އެއީ ކޮން މެސެޖެއްކަން ދެނެގަންނަން އުދަގޫވިއެވެ. އޭނާ އަޝްވިންއަށް މެސެޖު ކުރީ އެއްމެ ރެއަކުއެވެ. އެފަހުން އެއްވެސް މެސެޖެއް ނުކުރާކަން ޔަގީނެވެ.

“ތީ ވެދާނެ އަޝްވިންއަށް އަރައިގެން އުޅޭ އޮޅުމަކަށް . އެއްމެ ރެއަކު އަޝްވިން އަހަންނަށް ކޮށްދިން ކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން މެސެޖެއް ފޮނުވާލުމަކީ ތިހާ ބޮޑު މައްސަލައަކަށް ހަދާކަށް ނުޖެހޭ.” ގޮނޑިން ތެދުވެ އޭނާގެ ދިފާއުގައި ހިންދު ބުނެލިއެވެ.

“އަދި ބުނަން.. އަޝްވިންއާއި ދޭތެރޭ ވިސްނަން އަހަރެން ހޭދަކުރާ އެއްމެ ސިކުންތެއް ވެސް އެއީ ބޭކާރު ވަގުތެއް ކަމަށް އަހަރެން ނުދެކެން. އަޝްވިން ލޯބިވަނީ ލިއުޝާ ދެކެކަން އެނގޭ ހާލުވެސް އަހަރެން އަޝްވިންއަށް ކުރާ އިންތިޒާރު، ތިލޯތްބަށް އެދޭ މިންވަރު ބަދަލުވެ ނުހުރެ މިހިރީ އަހަރެން ހިތުގައި މިވަނީ ތެދުވެރި ލޯތްބަކަށް ވާތީ. ރަށަށް ދިޔައިމަ އަހަރެން ހީކުރީ އަޝްވިން މަތިން އަހަރެން ހަނދާން ނެތިދާނެ ކަމަށް. އެކަމަކު އަޝްވިން ނުފެނި ހޭދަވާ ކޮންމެ ދުވަހެއް ކޮންމެ ސިކުންތެއް އަހަންނަށް އިހްސާސް ކުރެވުނީ އެތައް އަހަރެއްހެން. މިއަދު އަހަރެންގެ ލޯތްބަށް އިއުތިރާފު ނުވެވެނީސް އަޝްވިން އަހަރެން ދުރަށް ތިލީ. އަހަރެން ވެދާނެ އަޝްވިންއަށް ވުރެ އުމުރުން ހަގު މީހަކަށް. އެކަމަކު އަހަރެންގެވެސް އޮންނަނީ ހިތެއް. އަޝްވިންގެ ހިތުގައި ލިއުޝާއަށްޓަކައިވާ ލޯބި އަހަރެންގެ ހިތުގައި އަޝްވިންއަށްޓަކައި އެބަ އޮތް” ހިންދު ވަރަށް ހިތްވަރުކޮށްލާފައި ބުނެލިއެވެ.

“ހިންދު.. އިއްޔެއާއި މިއަދާއި ނުހަނު ތަފާތު ވެއްޖެ. ހިންދު ރަށަށް ބަދަލުވި އިރު އަހަރެންގެ ކުއްޖެއްވެސް ނުހުރޭ.. މިއަދު އަހަރެން ބޭނުމީ އެތުއްތު ދަރިފުޅަށް މަންމައެއްގެ ލޯބި ހޯދައިދެވޭނެ ވަރުގެ މީހެއް. ދަރިން ބެލުމަކީ ހިންދު ތިހީކުރާހާ ފަސޭހަ ކަމެއް ނޫން. އަހަރެން ބޭނުމެއް ނޫން ހިންދު އަހަންނަށްޓަކައި ހިންދުގެ މުސްތަގުބަލު ގުރުބާންކޮށްލަން. ހިންދުގެ ކުރިއެރުމަށްވާ ހުރަހަކަށް އަހަރެންވާ ކަށް ބޭނުމެއް ނޫން” ގޮނޑިން ތެދުވެ ހިންދު ކައިރިއަށް ޖެހިލަމުން އަޝްވިން ބުނެލިއެވެ.

“ޒަމާން ބަދަލުވެއްޖެ، އެކަމަކު އަހަރެންގެ ހިތުގައި މިވާ ލޯތްބަށް ބަދަލެއް ނާދޭ.. އިއްޔެ ބޭނުންވި ގޮތަށް މިއަދުވެސް ބޭނުންވަނީ އަޝްވިން އާއި އެކީ އުޅެން. އާން.. އަހަރެން އަދި ދަރިން ބޭނުމެއް ނޫން. އެކަމަކު އީޝް ދެކެ އަހަރެން އިންތިހާއަށް ލޯބިވަން. މަންމައެއްގެ ލޯބި ނުދެވުނަސް އީޝްއަށް މަންމައެއްގެ އަޅާލުން ދޭން ބޭނުން. އެކުލުނު ދޭން ބޭނުން. އަހަރެންގެ މުސްތަގުބަލަކީ ކިޔަވައިގެން ރަގަޅު ވަޒީފާއަކަށް ދާން ކަމުގައި ވެދާނެ. އެކަމަކު އަޝްވިން އާއި ނުލައި  އަހަރެންގެ މުސްތަގުބަލަކީ އެއްވެސް އުފާވެރިކަމެއް ހުރި އެއްޗަކަށް ނުވާނެ ” އަޝްވިން އާއި ނަޒަރު ސީދާކޮށްލަމުން ހިންދު އޭނާގެ ހިތުގެ ހާލަތު އިއްވިއެވެ.

“އަޝްވިންއަށް ވުރެ އުމުރުން ހަގުވުމަކީ މިދެމެދަށް އަންނަ ހުރަހަކަށް ނުހަދާ.. ” ހިންދު އިތުރުކޮށްލިއެވެ. ދެމީހުންގެ މެދަށް ހަމަހިމޭންކަން ވެރިވިއެވެ. ނަމަވެސް އެތައް އިހުސާސާކާއި ރާހަތެއް ދެމީހުންގެ ސީދާވެފައިވާ ނަޒަރުން ކިޔާދެމުން ދިޔައެވެ. ހިންދުގެ ލޮލުން ބަބުޅަމުންދާ ކަރުނައިގެ އަސަރުން އަޝްވިންއަށް ހިންދު އޭނާ ދެކެ އެވާ ތެދުވެރި ލޯބި ހާމަވަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް އަޝްވިންއަށް ހިންދުއާއި މެދު ވިސްނުމަށް އޭނާގެ ހިތް މަޖުބޫރު ކުރުވަމުން ދިޔައެވެ.

ދެމީހުންގެ މެދުގައި ވި ހަމަހިމޭންކަން ފޫދުއްވާލީ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށެވެ.

“ވެއިޓިންގައި ހުރި މީހެއް ލަސްވެގެން އުޅޭތީ މިއައީ” އެތަނަށް އައި ކުއްޖާ ބުނެލިއެވެ.

“ބުނޭ އިރުކޮޅަކުން ބަލަން ފައްޓާނަމޭ” ހިންދުއަށް ބަލާލުމަށްފަހު އަޝްވިން ބުނެލިއެވެ.

“ލޯތްބަކީ ގަދަކަމުން ހޯދޭ އެއްޗެއްކަން އަހަރެން ގަބޫލުނުކުރަން.. ލަސްވެފައި ބައިވަރު މީހުން ތިބޭނެ. އަހަރެން ދަނީ” އެކުއްޖާ ދިޔުމުން ހިންދު ބުނެލިއެވެ.

ހިންދު ދިޔައިރުވެސް އަޝްވިންއަށް ހުރެވުނީ އެފިޔަވަޅު މަތީގައެވެ. ހިންދު ކައިރީ މަޑުކުރަން އެދެންވީ ކަމެއް ނޫނީ ފަހަތުން ދާން ވީ ކަމެއް ނޭނގިފައެވެ. މިއީ ލިއުޝާއަށް ފަހު އޭނާއަށް ކުއްޖަކު ލޯބި ހުށަހެޅި ފުރަތަމަ ފަހަރު ކަމުން ދެން ހަދަންވީ ކީއްކަމެއް ނޭނގުނެވެ.


 

އޮފީސް ނިއްމާލުމަލުމަށްފަހު ރީމް ބޭރުގައި މަޑުކޮށްގެން ހުރީ ބައްޕަ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މިރެއަކީ އޮފީހުގެ އަހަރީ ދުވަހުގެ ޖަލްސާ އޮންނަ ރެއަށް ވެފައި އެތަން ތައްޔާރުކުރުމަށްފަހު ގެޔަށް ދެވޭވަރު މިވީ ހަތެއް ޖަހާ ބޮޑުވި ފަހުންނެވެ.

“މީހެއްގެ އިންތިޒާރުގައި ނޫންނަމަ ގެޔަށް ލައިދީފާނަން” އެތަނަށް ސައިކަލު މަޑުކޮށްލަމުން ޝަނުމް ބުނެލިއެވެ.

“ބައްޕަ ހަމަ ދެންމެ ގުޅާފަ އެބުނީ ނާދެވޭނޭ. ނަސީބެއްނު ޝަނުމް އައިކަން. އެހެންނޫނީ އަހަރެން ގަޑި ޖެހިގެން ދާން ޖެހޭނީ” ޝަނުމްއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ސައިކަލުގެ ފަހަތަށް އަރަމުން ރީމް ބުނެލިއެވެ.

“ގެޔަށް ދާން ވަކި ގަޑިއެއް އޮންނަކަން އަދިކިރިޔާ މިއެގުނީ” ރީމް ބުނި އެއްޗެއް ފަހުމް ނުވުމުން ޝަނުމް ބުނެލިއެވެ.

“އަދި ނުބުނެވި ދޯ މިހުރެވެނީ.. ތިރީސް މިނެޓު ތެރޭ ގެޔަށް ގޮސް ތައްޔާރުވެގެން އަނެއްކާ މިތަނަށް އަންނަން އެބަ ޖެހޭ. އޮފީހުގެ އަހަރީ ޖަލްސާ ހުށަހަޅައިދޭން މިފަހަރު ލައްވާލީ އަހަންނަށް. ސްޕީޗު ކިޔަ ކިޔާ އަނގަ ވާޅުވެފަ މިހިރީ” މިރޭ އޮތް ޖަލްސާއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިޔައެވެ.

“އަވަހަށް ރެޑީވެގެން އާދޭ. އަހަރެން ޑުރޮޕު ކޮށްލަދޭނަން” ސައިކަލު ރީމް ގޭގެ ދޮރު ކުރިމައްޗަށް މަޑުކުރަމުން ޝަނުމް ބުނެލިއެވެ.

ރީމް އެތެރެއަށް ދިޔަތަނާ އިރުކޮޅެއް ފަހުން ޝަނުމްއަށް އަޝްވާގެ ފޯނެއް އައެވެ. ޝަނުމްއާއި އަޝްވާ ރޭގައި ވާހަކަ ދައްކަމުން އޭނާއަށް ދިވެހި ކެއުން ވަރަށް މީރު ވާހަކަ ބުނުމުން މިރޭ އޭނާ އަށް ހާއްސަކޮށްގެން އަޝްވާ ތައްޔާރު ކުރީ ދިވެހި ކެއުމެކެވެ. ރީމް އޮފީހަށް ލައިދީފައި މިއަންނަނީ އޭ ބުނަމުން ޝަނުމް ފޯނު ކަނޑާލިއެވެ.

ކަޅު ކުލައިގެ އެސްޖެހި ދިގު ހެދުމަކާއި އެކީ ރަތްކުލައިގެ ޝޯލްއެއް އަޅައިގެން ފަރި ހިނިތުންވުމަކާއި އެކީ ރީމް ތައްޔާރުވެގެން އައެވެ. ރީމް ފެނުމާއި އެކީ ޝަނުމް ނިތްކުރި މައްޗަށް އަރުވާލަމުން ހިނިތުންވެލިއެވެ.

“ހީލް އަކަށް އަރައިގެން ހިގާއިރު އަހަރެން ހީވަނީ މޮޔައެއްހެން ދޯ” ޝަނުމް އާއި އަރާ ހަމަކުރަމުން ރީމް ބުނެލިއެވެ.

“ރީމް ތިހާ ރީތިވެގެން ހުއްޓާ ހީލްއަކަށް ސަމާލުކަން  ދޭނީ ކާކު” ޝަނުމް ރީމްއަށް ތައުރީފުކޮށްލިއެވެ. ރީމްއަށް ބޭއިހްތިޔާރުގައި ނަމަވެސް ހިނިތުންވެލެވުނެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ.. ހިނގާ އަވަހަށް ދާން. މިވީ ތިރީސް މިނެޓު ތެރޭ އެކަނިވެސް ބޮސް ގުޅާފި ފަންސާސް ފަހަރު” ޝަނުމްގެ ފަހަތަށް ސައިކަލަށް އަރަމުން ރީމް ބުނެލިއެވެ.

ޝަނުމް ރީމް ގޮވައިގެން ގޮސް އޮފީހަށް ލައިދިނެވެ. ރީމް އިނީ ޝަނުމް ކޮށްލި ތައުރީފުގެ ސަބަބުން ބަސް މަދުވެފައެވެ. ޝަނުމްއަށް އޭނާ ކަމުދާނެ ކަމަށް އުއްމީދުކުރެވެން ފަށައިފިއެވެ.


 

އިޝާ ނަމާދުކޮށްލައިގެން ޝަނުމްއަށް ގެޔަށް ދެވުނު އިރު އަޝްވާ އޭނާގެ އިންތިޒާރުގައި މޭޒު ދޮށުގައި އިނެވެ.

“ވަރަށް ލަސްވެއްޖެ ދޯ.. ” ބަދިގެއަށް ވަންނަމުން ޝަނުމް އަހާލިއެވެ.

“ނޫން.. ލަހެއް ނުވޭ. އަވަހަށް އިށީދޭ.. ” ޝަނުމް ފެނުމުން އަޝްވާއަށް އުފާވެރިކަން ލިބިގެން ދިޔައެވެ. ޝަނުމް އާއި ވާހަކަ ދެއްކުމަށްފަހު މުޅި ދުވަސްހެން އޭނާ ހޭދަކުރީ ފެންވަރު ރަގަޅު ދިވެހި ކެއުމެއް ތައްޔާރުކޮށްލެވޭތޯއެވެ. ބޮޑުދައިތައަށް ގުޅުމުން ކައްކާނެ ބައިވަރު އެއްޗެހީގެ ލިސްޓެއް ލިބުނަސް ތައްޔާރުކުރަން ޖެހުނީ ބޮޑު ކަމަކަށެވެ. ފޮނި އެއްޗެއް ނަމަ މާ ގިނައިން ހަކުރު އެޅިދާނެއެވެ. ކުޅި އެއްޗެއް ނަމަ ހުރިހާ ރަހައެއް އެކުވެގެން ލާންވީ ކޮން ރަހައެއްކަން އޮޅޭ ހިސާބަށް ދިޔައެވެ. ނަމަވެސް ވަރަށް ބުރަ މަސައްކަތުން ޝަނުމް އަންނަންވާ އިރަށް މޭޒުމަތި ތަފާތު ދިވެހި ކާނާއިން ފުރާލިއެވެ. ފިހުނު މަހުން ފެށިގެން ބޮޑިބަތާއި ރިހާކުރަށެވެ. ބަބުކޮޔެ ބަތާއި އަލަވެސް ހުއްޓެވެ. އަޝްވާ ތަށިތަކުގެ މަތި ނަގާލުމުން ޝަނުމްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތައްޓަށް އަޅަންވީ ކޯއްޗެއްކަން ނޭނގި ދެތިން ފަހަރު ހުރިހާ އެއްޗަކަށް ބަލާލުމަށްފަހު އަޝްވާއަށް ބަލާލިއެވެ.

“ކިހިނެތްވީ ކަމުދާ އެއްޗެއް ނެތީތަ” ޝަނުމް ބަލަހައްޓައިގެން ހުރި ގޮތުން އަޝްވާ އަހާލިއެވެ.

“އެހެން މީހުން ކާން ނާދޭތަ، އަހަރެން އެކަނި މިހުރިހާ އެއްޗެއް ހުސްނުކުރެވޭނެ އެއްނު” އޭނާއަށް އެކަނި އަޝްވާ އެހުރިހާ އެއްޗެއް ތައްޔާރު ނުކުރާނެއޭ ހިތަށް އަރައި ޝަނުމް އަހާލިއެވެ.

“މިގެއިން މިކަހަލަ އެއްޗެއް ކާނީ ބައްޕަ އެކަނި، އިތުރު މީހަކު ނުކާނެ” އަޝްވާ ބުނެލިއެވެ.  ބޯކަހާލަމުން ޝަނުމް އަދި އެއްފަހަރު މޭޒުމައްޗަށް ބަލާލިއެވެ. ދެތިން ދުވަސް ކުރިން އަސްރާރު ކައިވެނި ކޮށްގެން ވީ ހަފީޒާއާއި އެކީ އެރަށަށް ގޮސްކަމުން މިރޭގެ މި ބޮޑުކެއުމަށް އިންސާފުކުރަން މިޖެހުނީ އޭނާއަށް އެކަނިބާވައޭ ހިތަށް އަރުވަމުންނެވެ.

“ކަމުދާ އެއްޗެއް ނެތީތަ އަނެއްކާ” ޝަނުމް ގެ މޫނުމަތިން ފެންނަމުންދާ ކުލަވަރާއި އެކީ އަޝްވާ ދެވަނަ ފަހަރަށް އަހާލިއެވެ.

“ނޫނޭ.. ފައްޓަންވީ ކޯއްޗަކުންކަން ނޭނގިފަ މިހިރީ..އަޝްވާ ވެސް އަހަންނާއި ބައިވެރިލަންވީނު.. ” އަޝްވާ އިން ފަޅީފައި ތައްޓެއް ނެތުމުން ޝަނުމް ބުނެލިއެވެ. އަދި ބަތްކޮޅަކާއި ގަރުދިޔަ ފޮދެއް ތައްޓަށް އަޅާލިއެވެ.

“ސުބުހާނައްﷲ.. އަޝްވާ އެކަނިވީމަ ފަލަ ކުލަބަށް އެހެންމީހުންވެސް ވައްދަން ދޯ ތިއުޅެނީ” އެވަގުތު އެތަނަށް އައި ކާއިންއަށް މޭޒުމަތި ފެނުމުން ހައިރާން ކަމާއި އެކީ ބުނެލިއެވެ. އޭނާއަށް ހުރިހާ އެއްޗެއް ހުސްނުވާނެތީ ކާއިން އައުމުން ޝަނުމް އޭނާއާއި އެކީ ބައިވެރިވެލުމަށް ދައުވަތު ދިނެވެ. ޝަނުމް ކާއިން ކެއުމުގައި ބައިވެރިކުރުވި ނަމަވެސް އަޝްވާ ކާއިން އެތަނަށް އައުމުން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ޝަނުމް ހުންނަ ތަންތަނުގައި ކާއިން އޭނާއަށް ކުރާ މަލާމާތް އިތުރުވާތީއެވެ. އަދި މިހާރު ޝަނުމްއާއި ކާއިންގެ އޮންނަ ގުޅުން ރަގަޅުވަމުން ދާތީއެވެ. އެއީ ކޮންމެހެން ރައްޓެހިވެގެން ކާއިން އުފައްދަމުންދާ ގުޅުމެއް ނޫން ކަން އަޝްވާ އަށް އެގެޔެވެ. ކާއިންގެ ބޭނުމަކީ އަޝްވާއަށް އޭނާއަކީ ޝަނުމްއަށްވުރެ ރަގަޅު މީހެއްކަން ސާތިބުކޮށްދިނުމެވެ.

“ޝަނުމް ގާލްފުރެންޑު އަހަރަމެންނަށް ނުދައްކަމެއްނު އަދި… ކޮން ނަމެއް ކިޔާ ކުއްޖެއްތަ ގެންގުޅެނީ” ނުސީދާކޮށް ނަމަވެސް އަޝްވާ ދެރަކޮށްލުމުގެ ނިޔަތުގައި ކާއިން ބުނެލިއެވެ.

“ގާލް ފުރެންޑެއް ނުހުރޭ އަދި. ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު މިކުރަނީ” ފަހު ޖުމްލަ ބުނުމުގެ ކުރިން އަޝްވާއަށް ބަލާލަމުން ޝަނުމް ބުނެލިއެވެ.

“އޭރުވެސް ބުނީމެއްނު ކާއިންހެން ނޫނޭ އެހެން މީހުން އުޅެނީ.. ” މޫނުން ޖެހިގެން އިން ކާއިންއާއި ދިމާލަށް ވައްތަރެއް ޖައްސާލަމުން އަޝްވާ ބުނެލިއެވެ.

“ލައިކް ވާ ކުއްޖެއް އެބަ ހުރިދޯ އެހެންވީމަ، ކޮން ނަމެއްތަ ކިޔަނީ ތިކުއްޖަކަށް” ސަމާސާ ގޮތަކަށް ހީލަމުން ކާއިން އަހާލިއެވެ.

“އެކުއްޖެއް ލިބުނު ދުވަހަކުން ނަން ބުނާނަން. އެހެންނޫނީ މީހުންގެ އެސްފީނާ ޖެހިދާނެއެއްނު” އަޝްވާގެ ނަން ހާމަ ނުކުރުމަށް ސަމާސާ ރާގަކަށް ޝަނުމް ބަހަނާއެއް ދައްކާލިއެވެ.

“ތިދުވަހަކުން ޝަނުމް ދެކެ ލައިކްވާ ކުދިން ކުދިންގެ ހިތް ހަލާކުވާނެ ދޯ” އަޝްވާ އޭނާގެ ފައިގައި ވިކައިގަތުމުން ހުނުން ކޮންޓުރޯލް ނުވެގެން ކާއިން އަނގަމަތީގައި އަތް އެޅިއެވެ.

“އަހަރެން ދެކެ ލައިކްވާ ކުދިން ކުދިންނޭ ކިޔާވަރުގެ ބައިވަރު ކުދިން ތިބި ކަމެއް ނުދެނަހުރިން” ކުޑަކޮށް ލޯ ކުޑަކޮށްލަމުން ޝަނުމް ބުނެލިއެވެ. އޭރު އަޝްވާ ލަދުން އިސްޖަހައިގެން އިނީ އޭނާގެ އަތުން ކާއިންއަށް މޭޒުގެ ދަށުން ހަމަލާ ދެމުންނެވެ.

“އެއް ކުއްޖެއްގެ ނަން މިހާރުވެސް ބުނެފާނަން…”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ވޭނުގައި ކުރަމޭ ދުޢާ

Next

ބޭނުމޭ އިޝްގާ 2 ވަނަ ބައި

Next
January 20, 2018

ބޭނުމޭ އިޝްގާ 2 ވަނަ ބައި

Previews
January 20, 2018

ވޭނުގައި ކުރަމޭ ދުޢާ

47 Comments!

  1. maroon says:
    January 20, 2018 at 1:51 pm

    Hello lovely people readers
    Hope you will like this part too. And what do you think will happen next? Have a happy day loves ???

  2. Naz says:
    January 20, 2018 at 2:12 pm

    Very nice when next part

    1. maroon says:
      January 20, 2018 at 3:03 pm

      Thanku naz ?

  3. Blu.. says:
    January 20, 2018 at 2:13 pm

    Wow wow wow.. Waiting for the next ??

    1. maroon says:
      January 20, 2018 at 3:03 pm

      Thanku blu ?

  4. Anaa says:
    January 20, 2018 at 2:22 pm

    V reethi reem nd sanum ashfa nd kaain hindhu nd ashvaan igey guluvaany story v reethi

    1. maroon says:
      January 20, 2018 at 3:03 pm

      Lets see dhw thanku ?

  5. Hudha says:
    January 20, 2018 at 2:26 pm

    Yey me first dhw .avahah up kohlahchey updating varah fakka ingey?

    1. maroon says:
      January 20, 2018 at 3:04 pm

      Thanku hudha ?

  6. Hairaan says:
    January 20, 2018 at 2:35 pm

    Varah reethi

    1. maroon says:
      January 20, 2018 at 3:04 pm

      Thanku hairaan ?

  7. maikko says:
    January 20, 2018 at 2:45 pm

    varah,varah loabi mi part ves …….waiting for,the next part….???

    1. maroon says:
      January 20, 2018 at 3:04 pm

      Thanku maikko ?

  8. Mal. says:
    January 20, 2018 at 3:04 pm

    .6 parts.. alhe adhi ehme part eh vx nukiyan. Bt egey rythi vaane kan.. miulheny fashan mihaaru.. love u kabulo…maroo

    1. maroon says:
      January 20, 2018 at 3:23 pm

      Hey love ❤ v v happy vejje emme fahun kiyaalan libunyma . Waiting for your comment ngey. Loves ?❤❤

  9. mishy says:
    January 20, 2018 at 3:10 pm

    ♥♥♥♥

    1. maroon says:
      January 20, 2018 at 3:54 pm

      Thanku ?

  10. Aki says:
    January 20, 2018 at 3:15 pm

    miadhu adhi one part up kohla dheebaa pls pls

    1. maroon says:
      January 20, 2018 at 3:54 pm

      Hehe ?

  11. Shudha says:
    January 20, 2018 at 3:27 pm

    maroon reem aa medhu v suspect kurevey eba… komme gotheh viya ashwa aa shanum aa gulhuvachey… v reethi mi part?… waiting for next part… loves?

    1. maroon says:
      January 20, 2018 at 3:55 pm

      Hey shudha, kon kamakah reem ah shakku kureveny? Higaa dhw balama ? thanku lots busy koh ulhemunves story kiyaa comment kollythy ??

  12. Eysha says:
    January 20, 2018 at 3:31 pm

    V v v nice haadha kurey. Nooni heeva goiy tha kiyaa hithun hureema?❤️❤️❤️❤️ Shanum and ashva. Kaain and reem

    1. maroon says:
      January 20, 2018 at 3:56 pm

      Thi vedhaane heevaa goiy kamah . Mi storyge konme parteh minimun 2000 words innaane. Anyway v thankx eysha ah ??

  13. sam♥ says:
    January 20, 2018 at 3:31 pm

    thankx rooon love

    1. maroon says:
      January 20, 2018 at 3:57 pm

      Welocome dear.. thanku too ?

  14. ❤❤Zuam says:
    January 20, 2018 at 3:32 pm

    Maroon
    Masha Allah mi part vas varah varah reethi
    Waiting
    ❤❤❤❤

    1. maroon says:
      January 20, 2018 at 3:57 pm

      Hey zuam thanku ngey ?

  15. Zaaraa says:
    January 20, 2018 at 4:03 pm

    ?? vaahaka varah salhi waiting for next part ????adhi one part miadhu up ?kohdhyne kamah mibalani

    1. maroon says:
      January 20, 2018 at 4:25 pm

      Thanku zaaraa ?

  16. Reader says:
    January 20, 2018 at 4:10 pm

    Miadhu adh 1 part pls?? Vaane

    1. maroon says:
      January 20, 2018 at 6:51 pm

      Hey reader mihaaru egijje dhw shanum and ashwa ge kanthah. Yes mirey in sha Allah

  17. Leo3910 says:
    January 20, 2018 at 6:23 pm

    Alhe pls pls pls adhi one part up koh dheeba…pls.pls

    1. maroon says:
      January 20, 2018 at 6:33 pm

      Thanku leo ??

  18. 1x00 says:
    January 20, 2018 at 6:32 pm

    I guess emme fahun kaain aa ashwa aa kanneynge loabi vaany..myhun buneynun ehen dhimaa kohgen e gothah rulhi anna dhemyhunney loabi vaany…
    What do u say maroon?
    BTW story varah ..furihama..varah reeth?
    Avahah up kohladhehchey..cant wait?

    1. maroon says:
      January 20, 2018 at 6:49 pm

      Thives dhekevey vaahaka eh dhw. Thihenves vedhaane adhi nuveves higai dhaane. 1×100 thihaa shaugaai ekko kiyaathy thanks ×100
      Loves ?

  19. Rammu says:
    January 20, 2018 at 6:46 pm

    Ooh waaau salhi n thank u maroon adhi mirey eh part up kolla dheeba plxx

    1. maroon says:
      January 20, 2018 at 6:49 pm

      V gina kudhin eba kiyaa thihen. Thanku Loves ?

  20. Mysh says:
    January 20, 2018 at 7:01 pm

    Alhey please kaain aa ashwa gulhuvahchey ..

    1. maroon says:
      January 20, 2018 at 7:09 pm

      ? maybe or mayb not

  21. Blume says:
    January 20, 2018 at 7:04 pm

    Im speechless..v rythi..shanum aai ashwa ehaa nugulhey..reem aa shanum gulhuvaafa kaain aa ashwa gulhuvyma maa rythi vaane

    1. maroon says:
      January 20, 2018 at 7:10 pm

      Hey blume thanku ? yh some r saying so

  22. Girl says:
    January 20, 2018 at 7:07 pm

    Maroon mirey adhi eh prt up koh dhyba plx..nd ashwa aai kaain gulhuvahchey..ly??

    1. maroon says:
      January 20, 2018 at 7:12 pm

      Kaain ge hiyaalu furathama badhalu kuran ulhemaa dhw . Thanku girl ? loves . Yh

  23. Alky says:
    January 20, 2018 at 7:29 pm

    V curious vehje mihaaru.nxt prt kiyaalaa hithun mihury..nxt prt mirey up kohladhyba plx..v heevey ashwa aai kaain hen gulheynee cox ehen abadhu ekaku anekakah dhimaa kuraathy..nd ehen vihyaa v rythi vaane

    1. maroon says:
      January 20, 2018 at 7:58 pm

      Miulheny up kuran mihaaru. ?
      Yh baiavaru kudhinves thihen beynunvey ?
      Thanku alky ?

  24. Pinky shifoo says:
    January 20, 2018 at 7:31 pm

    Alhey haadha reehchey Maasha Allah mi part vx ??.. Varah varah reethi ingey ??❤️❤️.. Guess kohlevuny hama ragalhah dhw ??.. Hehehe.. Alhey please kaain n Reem gulheyne nama.. Dhn ashvaa n shanum ?❤️.. Waiting for next part maroon?❤️❤️.. U are a great writer ???..

    1. maroon says:
      January 20, 2018 at 7:59 pm

      Yes dear guess hama ragalhu mifaharu . Thanku lots for the support ?

Comments are closed.

Next Episodeތިޔަ އަސަރު 7←


All Right Reserved!