“ފާތުން ހާދަ ސަޅި ބިޓެއް އެއޮށް އަންނަނީ ” ޔޫހާ މެން ތިބި މޭޒާ ދިމައިން އާހިލް އަންނަ ތަން ފެނުމުން ޔޫހާ ސިއްރުން ފާތުން ގާތު ބުންޔެވެ..
ދޮން ރީތި ފިރިހެނެކެވެ. އިސްތަށިގަނޑު ހުންނަނީ ރީތި ވަރަކަށް ދިގު ކޮށްފައެވެ.. ބޮލުގެ ރީތި ކަން ގެނުވާފައި ވަނީ ރީތި ބުޅި އަކުންނެވެ.. ކަޅު ސޯޓަކާ ފެހި ގަމީހެއް ލައިގެން ހުރުމުން އާހިލް ގެ ފިރިހެންވަންތަކަން ދައްކުވައިދެ އެވެ. އާހިލް ފެނުމުން ހިތް ކިޔާނެ ކިތަންމެ އަންހެނަކުވެސް ވާނެ އެވެ.
“ހާދަ ލަހޭ ދޯ.. މި ފިރިހެނުންނަށް އިނގޭނީ އަންހެނުން ލަސްވާހަކަ ދައްކަން .. ދޯ ޔޫހާ…” ފާތުން އާހިލް އާ ދިމާކުރަމުން ބުންޏެވެ. ” ހްމްމްމް.. އެއީ ފިރިހެނުން ގެ އާދަ .. އެމީހުން ދުވަހަކު ވެސް ކަމެއް ކުރާ ކަމަކަށް ނުވާނެ.. ފިރި ކިޔައިފިއްޔާ އެއީ ޕާފެކްޓް… ނޫންތަ ފާތުން.. ” ޔޫހާ ޖޫސް ބޮމުން ފާތުންނާ އެއްބައިވެ ވާހަކަ ގަދަ ކުރަން ފެށިއެވެ… މާޖިދް އާ އާހިލް އެކަކު އަނެކަކަށް ނިތް އަރުވާލި އެވެ… ” އަހަރުމެން މީ ޕާފެކްޓް ބައެކޭ.. ނޭންގޭތަ އެކަމެއް… ގާލް ގޮޓް ޖެލަސް ފޯ ދެޓް… ދޯ މާޖިދް.. ދެން ލަލަލާ..” ބޮޑު ހިނިގަނޑެއް ޖަހާލުމަށް ފަހު އާހިލް ޔޫހާ މެންނާ ދިމާހުރަނ ފެށިއެވެ..
” ޗީ ޗީ… ހުސް ފޮނި… ކަރާ ނޫން އެހެން އެއްޗެއް ނުފަޅާނެ މި ފިރިހެނުންނެއް…” ޔޫހާ އަނގަ ޗޭ ކޮށްލަމުން ބުންޏެވެ..
ކޮފީ ނިންމާލުމަށް ފަހު އާހިލް ގޮވައިން ޔޫހާ މެން ދިއައީ އެމީހުން ގެ ރޫމް ދަށްކަންށެވެ…މާޖިދް ފަހުން ދިމާ ކުރާނަމޭ ބުނެ ދިޔައީ އެވެ.
“މިތާ ދޯ ތިދެމީހުން ތި އުޅެނީ… މަވެސް ދެން ފޫހި ފިލުވަން އަންނާނީ މިތަނަށް” އާހިލް ކޮޓްރި ބާލާލަމުން ބުންޏެވެ.. ” ޔާރ.. އަންނަންވާނެ … މިތަނަށް އަންނާނެ ލޯބި ބިޓެއްވެސް ޔޫ ވާނެ އޭނަ ސެޓްކުރަން ..” ޔޫހާ ޖަވާބު ދިނެވެ.. “އޭ ތެދެއް .. އަދި މިއަދު ޒާރާވެސް އަންނާނެ މާމެންދޫ އިން.. އެކަމް އޭނަ ޕްރެގް … ” ފާތުން ހަމަޖެހިލުމަށް ފަހު ވާހަކައިގާ ބައިވެރިވިއެވެ..
” ޔޫހާ އާ ފާތުން ގެ ނުހުރޭތަ ބިޓެއް؟؟ ” އާހިލް ސުވާލު ކޮއްލީ ދެމީހުންނާ އެއްފަހަރާ އެވެ.. “ހްމްމް .. ފާތުން ގެ ހުރޭ ބިޓެއް އޭނަވީ ބަސްއަހާވަރުން ޖަލުގަ ދޯ ފާތުން… ” ޔޫހާ ފާތުންނާ ދިމާ ކުރާކަހަލަ ގޮތަކަށް ބުންޏެވެ… ” މަކުރާނެ ކަމެއްދޯ އެއީ… ހެހެހެ… ޔޫހާ ބިޓެއް ނެތީމަ އެއްނު ދިމާ ތިކުރަނީ” ފާތުން ޔޫހާ ގެ ކޮލުގާ ހިފާ ފިއްތާލި އެވެ… “މަ މިހުންނަނީ ލޯބިވާނެ މީހެއް ލިބޭތޯ … މިޒަމާނުގަ ނޫޅޭ ރަނގަޅު މީހެހް ވެސް..” ޔޫހާ އިންތިޒާރު ކުރަމުންދަނީ އޭނާ އެންމެ ލޯބިވާ މީހާ އަށްށެވެ.. ކޮންމެސް ދުވަހަކުން އޭނަ ވެސް ފެނިދާނެ ތާއެވެ.
“ހަލޯ މަމިހުރީ ކޮފީލާވަރ ދޮރުމަތީ… ތި އަންނަނީ ދޯ… ” އާހިލް ވާހަކަ ދެއްކީ އޭނާގެ ބެސްޓްފްރެންޑް ކައިސަން އާއެވެ.. “މި ކައިރި ކުރަނީ.. މަޑުކުރާތި އިނގޭތިތާ” ފޯނުބޭއްވުމަށް ފަހު ސައިކަލް ސްޓާޓް ކޮށްލީ އާހިލް ކައިރިއަށް ދިއުމަށްށެވެ…
” އާދެވިއްޖެދޯ … ކައިފިންތަ.. ” ޒާރާ ދޮރުން ވަނުމާ އެކު ޔޫހާ އެހިއެވެ. ” ނޫން ވަރަށް ވަރުބަލި.. ” ޒާރާ ދަތުރު ވަރުބަލިކަމާ އެކު އިށީންނަމުން ބުނެލިއެވެ. ” އެބަ އަންނަން ހެދިކާ ހިފައިން.. މަ އަތު ރުފިޔާ އެއްވެސް ނެއި.. އެކަމް ހަވީރުން ލިބުނީމަ އެމީހުން ކައިރި ބުނާނީ ދަށްކާނަމޭ… ” ޔޫހާ ބުނެލިއެވެ.
ރީތި ވެލައިގެން ޔޫހާ ނިކުތީ ހެދިކާ ގަންނަން ދާށެވެ.. މަޑު މުށި ކުލައިގެ ސްކިނީ އަކާ ޓިއުބް މަތިން ތުނި ސޯލް ހެދުމެއް އަޅައިގެން ހުރުމުން ޔޫހާގެ ފުރިހަމަ ކަން ދަށް ކައެވެ..
” ޔޫހާ ކޮންތާކަށް… އާހިލް އަށް ޔޫހާ ފެނުމުން ގޮވާލިއެވެ.. ޔޫހާ އެންމެ ފުރަތަމަ ވެސް ކަޅި ހުއްޓުނީ އާހިލް ކައިރީ ގާ ހުރި ކައިސަން އަށެވެ.. ކައިސަންވެސް ކަޅި ޖަހާނުލާ ޔޫހާއަށް ބަލަން ހުއްޓެވެ.. ” އޭއި .. ހުރި ތަނަށް ގަބުވީތަ؟” އާހިލް ޔޫހާގެ ކޮނދުގާ ޖަހާލިއެވެ..
“ނޫން … މިދަނީ ހެދިކާ ގަންނަން .. ނެތް ރުފިޔާއެއް އެކަމް ބަނޑުބޮޑު ކުއްޖެއް އިނީމަ ކާންދޭން ވާނެއްނު” ޔޫހާ ބުންޏެވެ.. “އާނ ތީވެސް ތެދެއް… މަ އަތުވެސް ނެއި ރުފިޔާ އެއް… ” އާހިލް ބުންޏެވެ.. “އަން މިއޮތީ ފަންސާސް މީގޭން ގަނޭ ..” ކައިސަން ރުފިޔާ ދިއްކޮށް ލުމުން ޔޫހާ ހިފަން ނުކެރި ހުރެވެސް ހިފިއެވެ ” ތޭންކްސް” މިހެން ބުނެފާ ޔޫހާ ހިނގައިގަތެވެެ… ” ވާހް .. އެއޮށް ލޯބިކަމެއް.. އާހިލް މަށަށް ލޯބިވެވިއްޖެ..” ޔޫހާ ކެފޭ އަށް ވަންނަންދެން ކައިސަން ހުރީ ބަލާށެވެ.. ” ސަޅިވާނެ.. އޭނަގެ ބިޓެއްވެސް ނެތް” އާހިލް ބުންޏެވެ…
ހެދިކާ ގަނެގެން އައިއިރު އާހިލް އާ ކައިސަން ވެސް ތިބީ ކޮޓްރީގަ އެވެ.. ހުރިހާ އެންމެން އެކުގާ ސައިބޮވެ ނިންމާލި އެވެ..
” ހައި … މި ކައިސަން” ޔޫހާ ކައިރި އިށީންނަމުން ކައިސަން ބުންޏެވެ.. ” ހެއި މި ޔޫހާ… ނައިސް ޓު މީޓް ޔޫ” ޔޫހާ ލަދު ރަކި ފާޑަކަށް ބުނެލިއެވެ.
ދޮރުގާ ޓަކިދޭން ފެށި އަޑަށް ޔޫހާ ދިޔައީ ސިހިގެންނެވެ. ޔޫހާ ދުވެފާ ގޮސް ދޮރު ހުޅުވާލިއެވެ.. ކުރިމަތީގާ ތިބީ ޔޫހާ އާއި ފާތުން ގެ ވަރަށް ގާތް އެކުވެރިންނެވެ… “ހާއި…. ހާދަ ދުވަސް ކޮށްލާފައޭ ބޭބީ…” ސިފާޒް ފެނުމުން ޔޫހާ އޭނަ ގައިގަ އޮޅުލައިގަތެވެ.. މިމަންޒަރު ފެނުމާ އެކު ކައިސަން މޫނަށް ބަދަލު އަންނަން ފެށިއެވެ.. އެއާއެކު އިސް ޖަހާލިއެވެ.. އާހިލް އަށް އެ ތަން ފެނުނެވެ.. އަދި ކައިސަން ކައިރި އަށް ގޮސް އިށީންދެލިއެވެ ” ބްރޯ … ހަމަ އަސްލަށް ވެސް ލޯބި ވެވުނީތަ.. ” އާހިލް ސިއްރުން އަހާލިއެވެ.. “ނޭންގެ.. އެހެންހެން ހީވަނީ.. ދުވަހަކުވެސް ވީގޮތެއް ނޫން މީ.. ޖެލަސް ވެސް ނުވޭ މިގޮތަށް ކުރިން” ފެންކަޅިވެ އިނދެ ކައިސަން ބުންޏެވެ..
” ކައިސަން ދީބަ ފޯނު ކޯޑު ޖަހާފަ” ޔޫހާ ކައިސަން ފޯނު އަތުލިއެވެ . އެންމެންނާ އެކި އޭނަ ސެލްފީ ނަގަން ފެށިއެވެ. ” ޒާރާ، ފާތުން ޗީޒް…” ޔޫހާ ފޯރި އާއެކު ސަމާސާ ކުރަނީއެވެ.. ވާހަކަ ދަށްކާ އަނގައިގަ ދަބަރުވެސް ނުޖެހިއެވެ. ފާތުން ނާ ޒާރާ ތިބީ ބޯ ގޮވާފައެވެ.. ބައެއްފަހަރު ފާތުން ޔޫހާ އާ ދިމައިން ބަސް ބުނެލައެވެ.. ޒާރާ އަކީ މަޑުމައިތިރި ކުއްޖެއް ކަމުން އިނީ މަޑުންނެވެ..
” ޕިސް ޕިސް .. ޔޫހާ ތިއޮތީ ވާ އަނގައެއް ކަލޭގެ.. ” ފާތުން ބުންޏެވެ. ” ޕިސް ޕިސް މި މަ އަނގަ އޭ.. އިނގޭތަ މަ މަންމަ ބަނޑުގަ އޮށްވަ އެންމެ ފުރަތަމަވެސް ފެޅީ އަނގަ އެއް.. ” ޔޫހާ މިހެން ބުނުމާ އެކު އެންމެން ހިނިގަނޑެއް ޖަހާލި އެވެ.
ކައިސަން އިނީ ޔޫހާ އުޅޭ ގޮތް ބަލާށެވެ . މިހެން އިންދާ ޔޫހާ އައިސް ކައިސަން ގެ އުނގުމަތީ އިށީންދެ ފޮޓޯ އެއްނެގި އެވެ.. ” ސޮރާ ހާދަ ދެރަވެފަ.. ހިނގާބަ ރައިޑަކަށް މަ ގޮވައިން” ޔޫހާ ވަރަށް ނޫން ގޮތަކަށް ބުނެލިއެވެ.
” ހްމްމް ދެވިދާނެ.. އެކަމް އޭނި ޔޫހާގެ ބިޓު އޯކޭ ނުވެދާނެ” ކައިސަން ޔޫހާ ބުނާ އެއްޗެއް ބަލަން ބުނެލި އެވެ. “އެއީ މަ ބިޓެއް ނޫނޭ ފްރެންޑް އެއް.. ހެހެހެހެ ” ޔޫހާ ހިނިގަނޑެއް ޖަހާލިއެވެ.
ކައިސަން ޔޫހާ ގޮވައިގެން ރައިޑް އަކަށް ދިޔައެވެ. ބާރަށް ދުއްވުމުން ޔޫހާ ކައިސަން ގައިގާ ބާރަށް ބަށް ދާލަ އެވެ. އެހެންވެ ކައިސަން ދުއްވީ ޔޫހާ ބިރުގަންނަ ވަރަށްށެވެ.ޔޫހާ ހީވަނީ ތަތްލަވާފަ އިން ބޯވަ އެއްހެންނެވެ. ކައިސަން ގައިން ދޫވެސް ނުކުރިއެވެ.
ކައިސަން އިނީ ޔޫހާގެ ހޫނުކަން އެ ހަށިގަނޑަށް ލިބޭތީ ވަރަށް ހިންހަމަ ޖެހިފައެވެ. “އޯ ޝިޓް.” ކައިސަން ސައިކަލު މަޑުކޮށްލި އެވެ. “ކިހިނެއްވީ؟” ޔޫހާ ސުވާލު ކުރިއެވެ. ” ކޮއްކޮ ބަލާ ދާންޖެހޭ އެގުޅަނީ އޭނަ.. ޔޫހާ ލާފަ މަ ދާނީ..” ފޯނު ބިޒީ ކޮށްލަމުން ކައިސަން ބުންޏެވެ. ބާރު ސްޕީޑުގާ ސައިކު އައިސް ޔޫހާމެން އުޅޭ ތަނާ ކައިރި ކޮށްލިއެވެ. “ދަނީ އިނގޭ. ސީޔޫ” ކައިސަން ބުނެލިއެވެ .” ދެން މިރޭ ނާންނާ ނަންތަ؟” ޔޫހާ އެހިއެވެ. “ބަލާނަން އާދެވޭ ތޯ. އުންމައެއްދީ ކޮލަށް އޭރުން އަންނާނަން” ކައިސަން ބުންޏެވެ. ޔޫހާ ކައިސަން ކޮލަށް އުންމައެއް ދިނެވެ” މިރޭ ކައިސަން އަމަ ނިދާނީ. ” ޔޫހާ ކައިސަން އާ ހަތަރުކަޅި ހަމަ ކޮށްލަމުން ބުންޏެވެ.” އޯކޭ. ދަނީ އިނގޭ ބާއީ.. ”
3 ވަނަ ބަޔަށް އިންތިޒާރު ކޮށްލަށްވާ…
3 Comments!
Comments are closed.
Waiting
Reethi but pls use dhivehi words pls
Haadha reechey when next part??