ޒީކް އެތެރެއަށް ހިނގައިގަތްތަނުން ބޭރު ދޮރު ލެއްޕިއަޑަށް އެނދުރި ބަލާލެވުނެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އަންނަ އަލްޔަން ފެނިފައި ޒީކްއަށް ހުއްޓެވުނެވެ. ކްރީމް ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރިއިރު ވަރަށް އޮފިސިއަލް ގޮތެއް ދައްކައެވެ. ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ މޮޑެލް ހިނގުމެއްގައި އަންނަ އިރު ވަށައިގެން ހިނގާ އެއްވެސް ކަމަކަށް ފަރުވާލެއް ނެތްކަހަލައެވެ. އަލްޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސިޓިންގރޫމް ތެރޭގައި ބުދެއްހެން ހުއްޓިގެން ހުރި ޒީކް ފެނިފައެވެ. އެވަގުތު ޒީކްގެ […]
“މިފަހަރު ޔުއާން ބުނި އެއްވެސް އެއްޗަކަށް މައިލީން އަޅައެއްނުލިއެވެ. ޔުއާން ދެންވެސް އެއްޗެކޭ ބުނެލިއެވެ. އެކަމަކު މިފަހަރުވެސް މައިލީން ހިޔާރުކުރީ ހިމޭންކަމެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރޭގައި ބާލީހުގައި ބައްދައިލައިގެން އޮތް އާރާގެ ލޮލާ ނިދިވަނީ ދުރުވެފައެވެ. އޭނާ އަށް ވިސްނެމުން ދިޔައީ އާއިކް އާ މެދުއެވެ. އާއިކް އޭނާގެ އަތުގައި ހިފައިލި ގޮތް އަދިވެސް އޭނާގެ ލޯމަތީގައި ސިފަވާކަހަލައެވެ. އެހެންނަމަވެސް އާއިކް ފަހުން ކަންތައް ކުރިގޮތުން އެކަމުން ނަގަންވީ މާނައެއް އޭނާއަކަށް ނުވިސްނެއެވެ. އަނެއްކޮޅުން އާއިކް ގެ […]
އަވަސް އަރުވާލާފައި ކޮޓަރިން ނިކުތް ފަރޫން އާއި އަރުޝަދުއަށް އެރުނީ ލަސްވެގެން ގެއަށް އައި ލޫޔާގެ ކުރިމައްޗަށެވެ. ހުރިހާއިރު ކޮޓަރީގައި އެމީހުން ކުރިކަންތަށް ލޫޔާއަށް ފެނުމުން އެކަމުން ލޫޔާއަށް ނެގުނީ މުޅިން އެހެން މާނައެކެވެ. ވަގުތުގެ ބޭނުންހިފާ ފަރޫން އާއި އަރުޝަދުވެސް އަލޫކް އާއި އިބާއަށް އެހީވެދިނުމަށް އުޅެނީއެވެ. އަލޫކްވެސް ހަމަ އެގޮތަށް ލޯބިވާކަމަށް ނަމުއެޅިގެން ލޫޔާގެ ދިރިއުޅުން ހަލާކުކޮށްލަން މަސައްކަތް ކުރަނީއެވެ. ވަގުތުން ލޫޔާގެ ދެލޮލަށް ކަރުނަޖަމާވުމާއެކު ފަރޫން އަތުގައި އޮތް ފައިލާއި ތަޅުދަނޑި އަތުލުމާއެކު […]
މި ހުރިހާ ކަމެއްގެ ސަބަބުން އޭނައަށް ރުޅިވެރި ނަޒަރުތައް އަމާޒުކުރާ މީހުންގެ ހިތުގައިވި ރުޅިވެރިކަން އިންތިހާއަށް ދިޔަކަން އަފާފަށް ރޭކާވެސް ނުލައެވެ. އަދި މިފަހަރު އެމީހުންގެ ރޭވުންތައް އަންނާނީ އޭނަ އެންމެ ހިތްދަތިވާ ފަދައަކުންކަން އޭނައަކަށް ނޭނގެއެވެ. ކައިވެންޏަށްޓަކައި ޗުއްޓީ ނެގިތާ ހަފްތާތަކެއްފަހުން ޝަރަފް އަނެއްކާވެސް އޮފީހަށްދާން ފެށިއެވެ. އޮފީހަށްދާން އޮތް ފުރަތަމަ ދުވަހު ޝަރަފަށްވުރެ ކުރިން އަފާފް ތެދުވިއެވެ. އޭނަ ތެދުވުނުއިރު ވެސް ޝަރަފް ހޭލާ އޮތެއްކަމަކު އޭނަ އެންމެ ބަހެއްވެސް ބުނެލުމެއްނެތި އަފާފްގެ […]
” ހާދަ ލަހޭ… އަދިވެސް އަންނާކަށް ނޫޅޭ ކައިސަން އެއް.. ” ފާތުން ނާ ޒާރާ ނިދާފަ އޮތް އިރުވެސް ޔޫހާ ނުނިދާ އިންތިޒާރު ކުރަމުން އެދަނީ ކައިސަން އަންނާނަމޭ ބުނުމުންނެވެ. ދެކޮޅަށް ފުރޮޅިލާ އޮތީ ކައިސަން ގެ ހިޔާލުގައެވެ.. ” ކިހިނެއްބާ މިވަނީ.. މީ ދުވަހަކުވެސް ވީ ގޮތެއް ނޫން.. އަނެއްކާ މަށަށް ކައިސަން ދެކެ ލޯބި ވެވުނީކީ ނޫންބާ” ޔޫހާ ހިތާހިތާ ސުވާލު ކުރިއެވެ. ފެންވަރައިން ނިކުން އިރު ކައިސަން ހުރީ ޔޫހާ ގެ […]
“ޑެޑީ” އިވުނީ ތުއްތު ކުއްޖެއްގެ އަޑެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލު ތެރެއިން އަޑެއް އިވުމުން ހިންދު އަދި ހަނާއަށް އަވަސް އަވަހަށް ކޮޅަށް ތެދުވެވުނެވެ. ރީމް ބައްދައިގަތީ ޝަނުމްގެ ގައިގައެވެ. މަލަކާ ޝައިމްގެ ގައިގައެވެ. ކާއިންއާއި އަޝްވިންއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އަޝްވާ ގަތް ބިރާއިއެކު އަވަސް އަވަހަށް އަތުގައި އޮތް ރިމޯޓުން ޓީވީ ނިއްވާލިއެވެ. “ތާތީ” ކުޑަކުޑަ އީޝް މިފަހަރު ގޮވާލީ އަޝްވާއަށެވެ. އެއަޑު އައި ދިމާ ބަލާލި ވަގުތު އީޝް އެއްއަތުން ލޯ […]
ޒީކް އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. އެއްވެސް ކަމެއް ކުރާހިތް ނުވެފައެވެ. ކުޑަކޮށް ބޮލުގައި ރިއްސަނީ ކަމަށް ބުނުމުން ރައުނާއްތަވެސް މިއަދު އޭނާ ހޯދާކަށް ނާދެއެވެ. ޒީކް ވިސްނަމުން ދިޔައީ ރުއާން އާއި ދޭތެރޭގައެވެ. ރުއާން އެއީ ކާކު ހެއްޔެވެ؟ ރުއާންގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އޭނާ ބޭނުންވެގެން އެއުޅެނީ ކޮންއެއްޗެއް ހެއްޔެވެ؟ ރުއާންއަށް އޭނާއަށް ކުރެވުނު ވަރު އަދިވެސް ކުޑައީ ހެއްޔެވެ؟ ލިބުނު އެކުވެރިޔާވެސް އޭނާގެ އަތުން ފޭރިގަނެފިއެވެ. އޭނާގެ ނަން މުޅި ޔުނިވަރސިޓީގެ ތެރޭގައި ބަދުނާމް ކުރެވުމުންވެސް […]
އުޑުމަތި ސާފު ރީތި ދުވަހެކެވެ. “ރަސްފަންނު”ގެ ހިތްގައިމު މާހައުލުގައި އަހަރެން އިނީ ފޫހި ފިލުވާލުމަށެވެ. ރަސްފަންނަކީ މާލޭގެ އެންމެ ހިތްގައިމު އެއް މަންޒިލެވެ. މިކަމާ ދެކޮޅުވާނެ މީހަކު ނުުހުންނާނެއެވެ. ކުއްލިއަކަށް އަހަރެންގެ ފޯން ރިންގުވާން ފަށައިފިއެވެ. ފޯނުގައި ސޭވް ކޮށްފައި ނުވާ ނަަންބަރަކަށް ވާތީ، ކާކު ކަމެއް ނޭނގުނެވެ. ފޯން ނަގަން ފިއްތާލަން އުޅެނިކޮށް އެކަން ނާކާމިޔާބުވީ އެކޮޅުން ފޯން ކަނޑާލުމުންނެވެ. “ވެދާނެ އޮޅިގެން ގުޅުނީ ކަމަށް…” އަހަރެންގެ ހިތަށް އެރިއެވެ. އިރުކޮޅެއް ނުވެ އަނެއްކާވެސް ފޯން […]
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސިއްޖެއެވެ. ދުވާލުގެ ބުރަމަސައްކަތައްފަހު މީހުންތައް ގެތަކައް ވަންނަން ފަށައިފިއެވެ. ފެންޑާގައި އެލުވާފައިވާ ބޮނޑު އުނދޯލީގައި ފޮތެއް ހިފައިގެން މަލާކް އޮތެވެ. “ދަރިފުޅާ އަދިވެސް ވާހަކަ ފޮތްތަ ކިޔަން ވީ ތި ސުކޫލް ފޮތެތް ކިޔާބަލަ!! މިއަންނަ އަހަރަކީ ދަރިފުޅު ގުރޭޑް ދިހައަކަށްދާ އަހަރެންނު” ޒުލައިހާ އައިސް މަލާކް ކައިރީ އިށީންނަމުން ބުނެލިއެވެ. ” ދެން މަންމަ ހަމަ ވާހަކ ފޮތެއްގަ އަތްލާއިރައް އެހެން ކިޔާ ބިރުގަންނަވަން ފަށާނެ” މަލާކް ތުން ދަމާލާފައި […]