Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިއާ…..10

riya Level 3100 Comments10 Stories
January 20, 2018 4 Mins Read
8 Comments

ކައިއާގެ ދަބަހުން ނެގި ދެދަޅު ކޮފީއިން އެއްދަޅު ކޮފީ ޔާނިސްއަށް އެއްލަމުން އޭނާގެ ސީޑީ ދިނުމަށް އެދުނެވެ.

“މިމީހުން ކޮފީއަށް ޕްރޮމިސްކުރާ ގޮތްތަ؟” ޔާނިސް ބޭނުން ގޮތަށް ކަންތައް ނުވުމުން ހިތްހަމަނުޖެހިގެންހުރެ ބުނެލިއެވެ. ދެމީހުން ތިބީ އެކަނިކަން އެނގުނު ހިނދު ބުނެދޭން ނޭނގޭ ގޮތްތަކެއް ޔާނިސް އަށް ވެގެންދިޔަ އެވެ،

“އަހަރެންގެ އެއްޗެއް އަހަރެންނަށް ނުދީ މިތާގައި މަޑުކުރުވުމުގެ ބޭނުމަކީ ކޮބައިތަ؟”  ކައިއާ ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ބުނެލި އެވެ. ހަގީގަތުގައި އޭނައަށް ވެސް އޭނަގެ އަމިއްލަ އިހްސާސްތައް ކޮންޓްރޯލެއް ނުކުރެވެ އެވެ. މުޅި އުމުރުގައި ލޯބިވެވުނީ އެންމެ މީހަކުދެކެއެވެ. ނަމަވެސް އޭނަގެ ހިތް ރަހުމެއްނެތި ކުދިކުދި ކޮށްލީވެސް އޭނާ އެވެ.

“ސީޑީ ދިނަސް ނުދިނަސް އަހަރެން މިދަނީ ދާން” ޔާނިސްގެ ބެލުންތަކުން އޭނަ ވިރިގެން ހިނގައިދާނެހެން ހީވުމާއިއެކު ކައިއާ ދިޔައީ ދޮރާ ދިމާއަށެވެ. ނަމަވެސް އެދޮރު ހުޅުވޭގޮތެއް ނުވިއެވެ.

“ހަމަ މިހާރު މިދޮރު ހުޅުވާ، އެހެންނޫނީ މިގުޅަނީ ޕޮލިހަށް” ކައިއާ އައި ރުޅިން ހަޅޭއްލަވައި ގަތެވެ.

“އޯ ޝިޓް..” އެދޮރު ތާށި ވާކަމަށް އެތަން އިމާރާތްކުރަން އެޅޭމީހުން ނުހަނު ރަނގަޅަށް ޔާނިސްއަށް އޮތީ ކިޔައިދީފައެވެ. ނަމަވެސް ޔާނާއަށް ނޭނގި ދަމުން ދޮރު ލައްޕާފައި ދިޔުމުން ކައިއާއަށް އެއީ އޭނާ ކުރިކަމެއް ނޫންކަން ޔަގީންކޮށްދޭނެ ގޮތެއް ނުވިސްނުމެވެ.

“އެދޮރު ތާށި ވެފައޭ އެހުރީ. ވެއިޓް މި ގުޅަނީ މިތަން ހަދަން އުޅޭ މީހުންނަށް” ޔާނިސް ފޯނުނަގައިގެން މީހަކާއި ގުޅޭތޯ އުޅުނެވެ. ނަމަވެސް އެކަމާ ބެހޭ ދެމީހުން ކުރެ އެކަކުވެސް ފޯނެއް ނުނެގިއެވެ.

“އެކަކުވެސް ނުނަގާ ފޯނެއް” ޔާނިސް މަޑުމަޑުން ބުނެލީ ކައިއާގެ ފަރާތުން އެއަށް ރައްދު އަންނާނެ ގޮތަކަށް ތައްޔާރުވަމުންނެވެ.

“ތިޔަ ބޭކާރު ވާހަކަތައް އަޑު އަހާކަށް ވަގުތެއް ނެތް، ޔާނިސް އަށް މި ދޮރު ނުހުޅުވުނަސް އަހަރެންނަށް އެނގޭ މިދޮރު ހުޅުވޭނެ ގޮތްތައް” ކައިއާ އަޑަށް ބާރުލަމުން ޖަވާބު ދިނެވެ.

“ތިހާ އެނގެންޏާ ހުޅުވަބަލަ، އަހަރެންވެސް މިތާ މުޅި ރޭ ހޭދަކުރާކަށް ޝައުގެއްނެތް” ޔާނިސް ކައިއާ އިތުރަށް ރުޅި އަރުވާލުމުގެ ގޮތުން ބުނެލިއެވެ. ވީވެސް އެހެންނެވެ. ކައިއާ ވަގުތުން ފޯނުނެގީ ޕޮލިހަށް ގުޅުމަށެވެ. ނަމަވެސް ޔާނިސް ހުށިޔާރު ކަމާއެކު ފޯނު އަތުލައިފިއެވެ. ފުލުހުންނަށް ގުޅައިގެން އެތަނަން އައިސްފިނަމަ ޔާނިސްއާއި އޭނާގެ މަންމަގެ އަގު އެންމެންގެ ކުރިމަތީގައި ވެއްޓިދާނެކަން އޭނާ ދަނެއެވެ.

“މިދޮރު ހުޅުވެންދެން ހަމަޖެހިލައިގެން ހުރެބަލަ” ޔާނިސް ކައިއާއަށް ބުނެލިއެވެ. އެވަގުތު ޔާނިސްގެ މޫނު މައްޗަށް އަރައިގެން ދިޔައީ ކައިއާގެ އަތުގެ ހަމަލާއެކެވެ.

“އަހަރެން ކައިރީގައި ހަމަޖެހެންތަ ތިޔަ ބުނަނީ، ތިޔަހެން ހަމަޖެހެން މީގެ ފަސްއަހަރު ކުރިން އަހަރެން މަސައްކަތް ކުރިން، އެދުވަހު ހަމަޖެހެން ފުރުސަތު ދިންނަމަ މިއަދު . . . މިއަދު މިހެން އުޅޭކަށް ނުޖެހުނީސް” ކައިއާ ކިތަންމެ ރުޅި އައިސްފައި ހުރި ނަމަވެސް އެހާދިސާ ހަނދާންވުމާއެކު، ވާހަކަ ދައްކަން އުނދަގޫ ވެގެން ދިޔައެވެ.

“ކައިއ… އަހަރެންނަކަށް ނޭނގެ މިވާހަކަ އިތުރަށް ދައްކަން ހަނދާނެ ގޮތެއް ކުރާނެ ކަމެއް… އެނގޭހާވެސް އެއްޗަކީ ކުރެވުނު ކުށަށް އަހަރެން ތައުބާ ވެއްޖައިންކަން، ތީ އަބަދުގެ އަބަދަށް އެކުގައިވާން އެދޭ ފަރާތްކަން… މިއަދުވެސް މިއެދެނީ މައާފަށް” ޔާނިސްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އަހަރެން ކުރިންވެސް ބުނިންދޯ.. މައާފް ބޭނުންވަންޏާ އަހަރެންގެ ކުރިމައްޗަށް ނާރާށޭ” ކައިއާގެ ޖަވާބާއެކު ޔާނިސް އިތުރަށް ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. ލިބުނު ނާކާމިޔާބީއަށްފަހު ހިޔާރު ކުރީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަމުގެ ސަބަބުން ކައިއާއަށް އުނދަގޫވެ ނުތަނަވަސްވިއެވެ. ނިންމުނީ ރަނގަޅު ނިންމުމެއްބާއޭ ހިތަށްއެރިއެވެ.

ނަސީބު ކަންދިމާކުރި ގޮތުން އެވަގުތުވީ އެތަނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މީހަކު އެތަނުން އެއްޗެއް ބަލައި އައި ގަޑިއަށް ވުމުން ތާށިވެފައި ހުރި ދޮރު ވަރަށް މަސައްކަތުން ހުޅުވައިފިއެވެ. ދޮރު ހުޅުވުމާއެކު އެންމެ ސިކުންތަކުވެސް މަޑުކުރަން ނުހަދައި ކައިއާ ދުވެފައި ނިކުމެގެން ހިނގައްޖެއެވެ. ޔާނިސް ކައިއާއަށް ގޮވައިވެސް ލިޔެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ފަސް އެނބުރި ކައިއާ ބަލައެއް ނުލައެވެ.

ޔާނިސްވެސް އެތަނުގައި ކުރަން ހުރި މަސައްކަތް ނިންމާލުމަށްފަހު މާޔޫސީ ހިތަކާއިގެން ގެއަށް ހިނގައްޖެއެވެ. ފެންވަރާ ތާޒާ ވެލައިގެން ނިކުމެ ކައިއާގެ ފޯނު ހިފައިގެން އެނދުގައި ޖައްސާލިއެވެ. ޖަހާފައި އިން ލޮކް ކޯޑްގެ ސަބަބުން ފޯން ހުޅުވޭ ގޮތެއް ނުވިއެވެ. އެވަގުތު ކައިއާގެ ސީޑީ މަތިން ހަނދާންވިއެވެ. އަވަހަށް ލެޕްޓޮޕް ނަގައި އޭގައިވާ ފޮޓޯތައް ބަލަންފެށިއެވެ. ކުޑަ ކުއްޖަކާއެކު ކައިއާ ނަގާފައިވާ ފޮޓޯތައް ބަލަމުން ދިޔައީ ޝައުގުވެރިކަމާއެކުގައެވެ. ބައެއް ފޮޓޯ ތަކުގައި އުމުރުން ދުވަސްވީ އަންހެނަކުވެސް އެމީހުންނާއެކު ހުރެއެވެ. ގިނަ ފޮޓޯ ތަކުގައި ވަނީ ދެއަހަރުވަރު ކުޑަ އަންހެން ކުއްޖާއެވެ. ބައެއް ފޮޓޯތަކުގެ އެއް ކަނުގައި “ކީން” މިހެން ޖަހާފައި ހުރެއެވެ.  ޔާނިސްގެ ލެޕްޓޮޕަށް ހުރިހާ ފޮޓޯތަކެއް އަޅާ ލުމަށްފަހު ސީޑީ ނަގައި ކަވަރަށް ލިއެވެ.

ފަތިސް ވީއިރުވެސް ކައިއާ ނުނިދިފައި އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތެވެ. ޔާނިސްއާއި ގުޅެން ހިތުން އެދުނު ކަމުގައިވިޔަސް ކައިއާގެ ސިކުނޑިން އޭނާއަށް ވިސްނައިދެނީ އެހެން އެއްޗެކެވެ. ހިތުގެ މައްޗަށް ކޮންމެ ފަހަރަކުވެސް ސިކުނޑި ގަދަވެ ގަންނަނީއެވެ. ކައިއާ ހިތުން ޔާނިސްއަށް މާފު ކުރިތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ނަމަވެސް ޔާނިސް އޭނާއާއި ވާހަކަ ދައްކަން މަސައްކަތް ކުރާ ވަގުތު ރުޅި އާދެވޭ ސަބަބެއް އޭނާއަށްވެސް ނުވިސްނެއެވެ.

ނުވައެއްޖެހީ އާދައިގެ މަތިން ކައިއާ ސްޓޫޑިއޯގައި ހުއްޓައެވެ. އޭރު ދެތިން ފަހަރަށް ޔާނާ ރޭގެ ފޮޓޯތައް ނިމުނުތޯ ބަލަން ގުޅައިފިއެވެ. ފޮޓޯތައް އެޑިޓްކޮށް ނިންމާލުމަށްފަހު ޔާނާއަށް އެކަން އަންގާލިއެވެ. ވިއްސަކަށް މިނެޓްގެ ތެރޭގައި ޔާނާ އިނީ ކައިއާގެ ގާތުގައި ފޮޓޯތައް ބަލަމުން ތައުރީފް ކުރާށެވެ. މަދު ކަމެއްނޫނީ ރަނގަޅުކުރަން ފާހަގަވެސް ނުކުރެވޭތީއެވެ.

“މިއަދު ޔާނިސް ކޮބާ؟” ކައިއާ ވަރަށް ހިތްވަރު ކޮށްލުމަށްފަހު ޔާނާ ކުރެން އެހިއެވެ.

“ޔާނު ވަރަށް ހޮޓް ދޯ، ސީކްރެޓެއް ބުނަންތަ؟ ވީ އަރ ގެޓިންގ މެރިޑް.. ވަރަށް އަވަހަށް” ޔާނާ ފުޅާ ހިނިތުންވުމެއް ކައިއާއަށް ދެމުން ބުނެލިއެވެ.

“ވަޓް… އެއީ ޔާނާގެ ބޭބެއެއް ނޫންތަ؟” ކައިއާއަށް ލިބުނު ކުއްލި ސިހުމާ އެއްވަރަށް ހާސްވެ ކަންބޮޑުވެއްޖެއެވެ. މުޅި އުމުރަށް ޔާނިސް ގެއްލެނީ ނޫންބާއޭ ހިތަށް އަރަމުންދިޔައެވެ.

“ނޮޕް… އަހަރެންމީ އަސްލު ނަދީމާގެ ދަރިއެއްނޫން، ޔާނުގެ މައިންބަފައިން އަހަރެން ބަލާ ބޮޑުކޮށް މީހަކަށް ހަދައިދިނީ، އަދި ޔާނުއަށްވެސް ނޭނގޭނެ އޭނަގެ މަންމަ މިކަން މިހެން ކުރަން ރާވާފަ އޮތްކަމެއް… އެނީވޭ ދެން ދަނީ އިނގޭ.. މިރޭގެ ޝޫޓްމަތިން ހަނދާން ކުރައްޗޭ؟” ޔާނާ ނިކުމެގެން ދިޔައީ ކައިއާގެ ހިތުގެ ހަމަޖެހުން ނަގާލާފައެވެ.

ޔާނިސް ހަމަ އެކައިވެނި ކޮށްފާނެ ހެއްޔެވެ. އަހަރެންދެކެ އެހާ ލޯބިވާކަމަށް ދައުވާ ކުރަމުންދާއިރުވެސް މަންމަގެ އެދެމުގައި ކޮޅުފައިންޖަހާފާނެ ހެއްޔެވެ. ޔާނިސް މުޅި އުމުރަށް އޭނާގެ އަތުން ބީވީ ހެއްޔެވެ. ޔާނިސް އެވަރަށް އާދޭސް ކުރިއިރު އެއްފަހަރުވެސް ޔާނިސްގެ އެދުމަށް އާއެކޭ ނުބުނެވުނީ މިދުވަސް ފެންނަން ހެއްޔެވެ. ކައިއާ ވަށައިގެން ބުރު ޖަހަމުން ދިޔައީ ޖަވާބެއްނެތް ސުވާލުތަކެވެ.

ކައިއާގެ ބޮލުގައި މާގަދައަށް ރިހެން ފެށުމުން އޭނާ އަވަހަށް އައީ ގެއަށެވެ. މިރޭ ވާންވާއިރަށް ހަމަޖެހިލަން ބޭނުމެވެ. ޔާނިސްއާއި ކުރިމަތި ލުމަށް އަމިއްލަ ނަފްސް ތައްޔާރު ކުރަން ބޭނުންވެއެވެ. ތިންގަޑިއެއްހާއިރު ނިދާލާފައި ކައިއާ ތެދުވިއިރު ހުރީ މުޅިން ތާޒާވެ ހަމަޖެހިފައެވެ. ކަންތައްތައް ކުރަންވީ ގޮތްވެސް ހިތުގައި ތަރުތީބުން ރާވާލިއެވެ.

ގަޑިޖެހުމުގެ ބައިގަޑިއިރު ކުރިން ޔާނިސް އެންމެ ފަހުގެ ތައްޔާރީތައް ބެލުމަށްފަހު އެތަނުން ނިކުމެއްޖެއެވެ. ކަންތައް ކުރަންވީ ގޮތް އޭނާގެ ދަށުން ހުރި މުވައްޒަފަށް ކިޔައިދީފައެވެ. މިއަދުގެ ފޮޓޯ ޝޫޓްގައި ބައިވެރިވާކަށް އެއްވެސް ވަރަކަށް ޔާނިސް ގަސްދުކޮށްފައެއްނުވެއެވެ. ޑްރަވަރުގެ އިންތިޒާރުގައި ޔާނިސް ހުއްޓާ މަޑުކޮށްލި ޓެކްސީއިން ފޭބީ ކައިއާއެވެ.

ކައިއާ ޔާނިސްއަށް ގޮވާލަން ވާއިރަށް ޓެކްސީގެ ފަހަތުން އައި ކާރަށް ޔާނިސް އެރުމާއެކު ދުއްވާލައިފިއެވެ. އެންމެ ފަހަރަކުވެސް ކައިއާ އާއި ދިމާލަށް ބަލައިވެސް ނުލައެވެ. އެ އަޅާލުން ކުޑަ ކަމުގެ ސަބަބުން ކައިއާ ހިތުގައި ޖެހުނެވެ. އެންމެ ސައުވީސް ގަޑިއިރުގެ ތެރޭގައި ޔާނިސްއަށް އެއައީ ކިހާ ބޮޑު ބަދަލެއް ހެއްޔެވެ. އެއީ ހަމަ ކައިއާއަށް ކިޔުނު އެއްޗެހީގެ ސަބަބުން ބާވައެވެ.

ފޮޓޯ ޝޫޓް ނިމުނު އިރުވެސް ޔާނިސް އެތަނުން ނުފެނުން ހިތްވަރުއެލޭ ގޮތްވިއެވެ. މިރޭ އޭނާ އެތަނަށް އެއައީ އެކަމަށް ނިމުމެއް ގެންނަން ނިންމައިގެންނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ތަގުދީރު އޭނާއާއި މިކުރަނީ ކޮންކަހަލަ ސަމާސާއެއްބާވައެވެ. ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރި ކައިއާ ސިހުނީ ކައިރިން މީހަކު ގޮވާލިއަޑަށެވެ.

“ޔާނިސް ސަރ ބުނުއްވީ މީތި ކައިއާ މޭމްއަށް ހަވާލުކޮށްލަ ދިނުމަށް” ޕާރިސަލްކޮށްފައިވާ ކުޑަވަރެއްގެ ފޮއްޓެއް ދިއްކޮށްލަމުން އެޒުވާނާ ބުނެލިއެވެ.

“ތެންކިޔު” ކައިއާއަށް ޕާރިސަލް ލިބުމާއެކު ދަބަސް ހިފައިގެން އަވަހަށް ދިޔައީ ގެއަށް ދިޔުމަށެވެ.

ކޮންމެރެއަކުވެސް ޝޫޓިން ނިންމާލުމަށްފަހު އައިސް ނިދުމުގެ ކުރިން މަންމައާއި ވާހަކަ ދައްކާލަން އާދަވެފައިވާ ކައިއާ މިރޭ ގެއަށް ދިޔަގޮތަށް ވަނީ ކޮޓަރިއަށެވެ. އަވަހަށް ޕާރިސަލް ކަނޑާލިއިރު އޭގައި އޮތީ އޭނާގެ ފޯނާއި ފޮޓޯ ސީޑީއެވެ. އަދި ފަށްޖަހާލާފައިވާ ގަނޑެކެވެ. ކައިއާ އެގަނޑު ކިޔަން ފެށިއެވެ.

“ކައިއާއެވެ. ކައިއާ އެދުނު އެދުން ފުރިހަމަ ކޮށްދީގެން ނަމަވެސް އަހަރެން އެދެނީ ކައިއާގެ މައާފް ލިބުމަށެވެ. އަހަރެންމީ ކައިއާގެ ކުށްވެރިޔަކީމެވެ. އަހަރެންނަށް މައާފްކުރާށެވެ. ދެން އަލުން އަހަރެން ކައިއާއަށް އުނދަގޫ ކުރާކަށްނެތީމެވެ. މައާފް ކުރެވުނު ދުވަހަކުން އަހަރެންގެ ކުށަށް މައާފްކޮށްދޭށެވެ.”

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ބޭނުމޭ އިޝްގާ 2 ވަނަ ބައި

Next

ތިޔަ އަސަރު 7

Next
January 20, 2018

ތިޔަ އަސަރު 7

Previews
January 20, 2018

ބޭނުމޭ އިޝްގާ 2 ވަނަ ބައި

8 Comments!

  1. Aki says:
    January 21, 2018 at 1:30 am

    varah furihama ekamu thankolhe lahey up kohla dheyle

  2. Pinky shifoo says:
    January 21, 2018 at 10:44 am

    Varah varah reethi ?????.. Next part avahah genesdhehchey

  3. riya says:
    January 21, 2018 at 10:44 am

    thank u aki.. miah vure avahah up kurumah v masahkai kuraanan

  4. Aki says:
    January 24, 2018 at 8:24 pm

    koba next part avahah up kohla dheebaa pls

  5. Alooka says:
    February 2, 2018 at 6:14 pm

    Kobaa next part haadha lahey vaahaka kiyaa hithun mihaaru kehmadhu vepher

  6. Yaax says:
    March 7, 2018 at 10:14 pm

    Kba thr next part

  7. aisha says:
    March 13, 2018 at 9:14 pm

    kaia maru v tha ? noonee vaahaka nimunytha? noonee dhen vaagoiy liyan beynun nethytha?

  8. Maureen says:
    March 17, 2018 at 10:27 am

    Kobaa next part

Comments are closed.



All Right Reserved!