Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (18، ފަހުބައި)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
January 22, 2018 13 Mins Read
21 Comments

އަވަސް އަރުވާލާފައި ކޮޓަރިން ނިކުތް ފަރޫން އާއި އަރުޝަދުއަށް އެރުނީ ލަސްވެގެން ގެއަށް އައި ލޫޔާގެ ކުރިމައްޗަށެވެ. ހުރިހާއިރު ކޮޓަރީގައި އެމީހުން ކުރިކަންތަށް ލޫޔާއަށް ފެނުމުން އެކަމުން ލޫޔާއަށް ނެގުނީ މުޅިން އެހެން މާނައެކެވެ. ވަގުތުގެ ބޭނުންހިފާ ފަރޫން އާއި އަރުޝަދުވެސް އަލޫކް އާއި އިބާއަށް އެހީވެދިނުމަށް އުޅެނީއެވެ. އަލޫކްވެސް ހަމަ އެގޮތަށް ލޯބިވާކަމަށް ނަމުއެޅިގެން ލޫޔާގެ ދިރިއުޅުން ހަލާކުކޮށްލަން މަސައްކަތް ކުރަނީއެވެ. ވަގުތުން ލޫޔާގެ ދެލޮލަށް ކަރުނަޖަމާވުމާއެކު ފަރޫން އަތުގައި އޮތް ފައިލާއި ތަޅުދަނޑި އަތުލުމާއެކު ލޫޔާ ދުވެފައި ނިކުތީ ބޭރަށެވެ. ފަރޫން އާއި އަރުޝަދުއަށް އެވީގޮތް ނޭންގި އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ.

ގެއިން ނިކުތް ލޫޔާ ގޮސްޖެހުނީ ގެއަަށް ވަންނަން އައި އަލޫކްގެ ގައިގައެވެ. ނަމަވެސް އަލޫކްގެ މޫނުފެނުމާއެކު ލޫޔާ މަޑުވެސްކޮށްނުލާ އެވަގުތު އަލޫކް ގެއަށްއައި ޓެކްސީއަށް އަރާ ދާންވީ މަންޒިލް ބުނެލިއެވެ. އަލޫކް ވާނުވާ ނޭންގިފައި ލޫޔާދިޔަ ޓެކްސީއާއި ދިމާއަށް ބަލަން ހުއްޓެވެ. އެވަގުތު ފަރޫން އާއި އަރުޝަދުއެކުގައި ނިކުތް އިރު އިބާވެސް ކޮޓަރިން ނިކުންނަނީއެވެ. ވުމާއެކު ގެއިން ނިކުންނަން ދިޔަ އަރުޝަދު އިބާލޮލުގައި އަޅައިގަތެވެ. އިބާގެ ހަނދާނަށް އައީ ރޭގެ ހާދިސާއެވެ. މިހާރު އިބާއަތަކު އަރުޝަދުއަށްދޭނެ އެއްވެސް އެއްޗެއްނެތެވެ. ނަމަވެސް އެކަން ހިނގީ ގަސްތަކާއި ނުލާކަން އިބާވެސް ގަބޫލުކުރެއެވެ. އެހެން ނޫންނަމަ އިރު އިރުކޮޅާ އަލޫކް އެގަޑީ “ލޫ…” އޭ ކިޔާ އިބާއަށް ނުގޮވާނެނޫން ހެއްޔެވެ. ނިކުތްގޮތަށް އިބާ އެހިޔާލުގައި އިންދައި އަނެއްކާވެސް ފަރޫން އާއި އަރުޝަދު އެތެރެއަށް އައެވެ. މިފަހަރު އައިއިރު އެމީހުންގެ ފަހަތުން އަލޫކްވެސް އައެވެ.

“ކިހިނެއްތަވީ.. ކީއްވެ ލޫ ރޮމުން އެދިޔައީ.. ޖަވާބުދީބަލަ.. ” އެދެމީހުންކުރެ މީހަކު އަނގައިން ނުބުނުމުން އަލޫކް ރުޅިއަންނަގޮތް ވިއެވެ. ” އަޖައިބެއްނު .. ތިދެމީހުން އެހެންޏާފަހެ އަނގައިން ނުބުނަން ނަދުރެއް ބުނީތަ.. ” ” ނޫން ލޫކް.. އަހަރެމެންނަށްވެސް ނޭންގެ ވީގޮތެއް ބުނާކަށް.. ގައިމުވެސް އަހަރުމެން އެއްޗެކޭ ނުބުނަން.. ” ފަރޫން އެންމެފަހުން އަލޫކް މާގަދައަށް ރުޅިއައިސްދާނެތީ ބުނެލިއެވެ. ” ލޫކް ހިނގާބަލަ ބޭރަށް ކާން.. އެބައޮތް މުހިތްމުވާހަކައެއްވެސް.. ” އަރުޝަދި ބޭނުންވީ ވަގުތުން އެވާހަކަ އަވަހަަށް އަލޫކް އާއި ދައްކަން ކަމުން އަވަހަށް ބުނެލިއެވެ. އަލޫކްމެން ގެއަށް އައިސް ވަނުމާއެކު ބަދިގެއަށް ވަތް އިބާއަށް އެމީހުން ދެެއްކިވާހަކަ ރީއްޗަށް އަޑުއިވުނެވެ. އަދި ނިކުމެ ގޭ މައިދޮރު ލެއްޕުމާއެކު އިބާ ބަދިގެއިން ނިކުމެލާފައި ނަންބަރަކަށް ގުޅާލާފައި ލޫޔާ ރޮމުން ނިކުމެގެން ދިޔަ ވާހަކަ ބުނެލިއެވެ.

ލޫޔާ އެދިޔަގޮތަށް ގޮސް ވަނީ އޭނާގެ މަންމަގެ އޮފީހަށެވެ. އޭރު ނަސްރީނާ ވަނީ މުހިއްމު ބައްދަލްވުމަކަށް ގޮސްކަމުން ލޫޔާ ނަސްރީނާގެ ކެބިންއަށް ވަދެ އެއްފަރާތެއްގައި ހުރި ސޯފާއަށް ވެއްޓިގަތުމާއެކު ރަނގަޅަށް ރޮވުނެވެ.

ބައްދަލްވުންތައް ނިންމާލާފައި ކެބިންއަށްއައި ނަސްރީނާ އަނެއްކާ ވެސް ބޭރަށް ދިޔައީ ޔާސިރު ގުޅާލާފައި ނަސްރީނާގެ އޮފީހަށް އަންނަވާހަކަ ބުނުމުން ޔާސިރު ރިސީވްކޮށްލާށެވެ. މަންމަ އަންނާނެ އިރެއްގެ އިންތިޒާރިގައި ވަގުތުގުނަން އިން ލޫޔާ އޭރުއިނީ މާގަދަޔަށް ރުއިމުގެ ސަބަބުން ގިސްލެވެމުންގޮސް ނިދިފައެވެ.

“ނަސް.. ނިކަން އަވަހަށް ލޫ އަށް ގުޅާލާފަ ކޮންތާކުތޯ އަހާލަބަލަ.. ” ކާރުން ފައިބައިގެން އައި ޔާސިރު ހާސްވެފައި އަހާލިއެވެ. ” ކިހިނެއްވީ ޔާސިރު އަނެއްކާ މަގޭދަރިއަށް ގޮތެއްވީތަ.. ” ޔާސިރުގެ މޫނުމަތީގެ ކުލަވަރު ފެނުމާއެކު ނަސްރީނާއަށް ހީވީ މޫނުމަތީގައި މީހަކު އެތިފަހަރެއް ޖަހާލިހެންނެވެ. ” ނަސް .. ހަމަޖެހިބަލަ.. ހިނގާބަލަ ކެބިންއަށް މިވާކަދައްކަން ދޯ.. ” ޔާސިރު އެހެން ބުނެފައި އަވަހަށް ނަސްރީނާގިވައިގެން ލިފްޓަށް އެރީ ނަސްރީނާގެ ކެބިން އިންނަ ހަތަރުވަނަ ފްލޯއަށް އޮއްބާލަމުންނެވެ. “ދެން އަޅެ ޔާސިރު ބުނެބަލަ ކަމެއްވީތަ.. ” ނަސްރީނާއަށް ކެތްނުވުމުން ޔާސިރުގެ މޭގައި މޫނުފޮރުވާލައިހެން އިނދެ އަހާލީއެވެ. އޭރު ހަތަރުވަނަ ފްލޯއަށްވެސް ލިފްޓްއައިސް ހުއްޓެނީއެވެ.

ހަތަރުވަނަ ފްލޯގައި ހުންނަނީ ވީ އައި ޕީ ދެ ރޫމް އާއި މީޓިންގ ހޯލްގެ އިތުރުން ނަސްރީނާގެ ކެބިން ކަމުން އެތާންގައި އިތުރު މީހަކު ނޫޅެއެވެ. ” ހަމަޖެހިބަލަ ނަސް.. ދެންމެ އިބާ ގުޅާފަ ބުނީ ލޫޔާ ރޮމުން ރޮމުންނޭ ނިކުމެގެން ދިޔައީ.. އެވަގުތު ގޭގައި ތިއްބޭ ފަރޫންމެން.. އަހަންނަށް ހީވަނީ ފަރޫން އާއި ދެކުދިން މައްސަލައެއް ޖެހުނީހެން.. އެކަމަކު އެއަށް ވުރެ މުހިންމު ވާހަކައެއް ވެސް އެބައޮތޭ.. ދެންވެސް އަވަހަށް ގުޅާބަލަ އެމަންޖެ ކޮބާތޯބަލަން.. ” ޔާސިރު އެހެން ބުނުމާއެކު ނަސްރީނާ އަވަހަށް ފޯނުނަގާ ލޫޔާއަށް ޑައިލް ކޮށްލިއެވެ.

” ހޫމް މިއޮތީ މިތަނަށްވެސް އާދެވިފަ.. ދެން ތިކިޔާ އެއްޗެއްކިޔާބަލަ.. އަހަރެން އެބަ ހިތްބިރުގަނޭވަރަށް.. ” އަލޫކް މޫނުމަތީބޮކިޖަހާލާފައިވާ ދާތަށް ޓިޝޫއަކުން ފޮހެލަމުން ބުނެލިއެވެ. ޑައިނަމޯ ބީޗްގެ އެހިތްގައިމު މާހައުލުގައި ޖެހިލާ ފިނިވައިރޯޅިވެސް އަލޫކްއަށް ނުވާކަހަލައެވެ. އިރު އިރުކޮޅާ ލޫޔާގެ އެމައުސޫމު މޫޖުމަތީގައިވާ ހިތާމަތަށް ސިވަނީއެވެ. ޔަގީނުންވެސް ގޯހެއް ހިނގައިފިއެވެ. އަނެއްކާ ގެއަށް ވަންގަޑީ އިބާ ގޮސް ބަދިގެއަށް ދެމިގަތްތަން އަލޫކްއަށް ވަނީފެނިފައެވެ. އިބާއަނެއްކާ ލޫޔާ އާ ދިމާއަށް އެއްޗެކޭބާއެވެ. އަލޫކްގެ ހިތަށް އަރައިގަތް އެއްޗެހިތަކުން ދެފަރާތަށް ބޯހޫރާލެވުނެވެ.

ލޫޔާއަށް ގުޅުމުން ފޯނުރިންގް ވިއެއްކަމަކު ނުނަގާތީ ނަސްރީނާގެ ހިތް ވަސްވާހުން ފުރިގެން ދިޔައެވެ. އިތުރަށް ކޮޅަށް ހުންނަން އުނދަގުވުމާއެކު ޔާސިރުގެ އެހީއާއެކީގައި ކެބިންއަށް ވަންނަމުން އަނެއްކާވެސް ލޫޔާއަށް ގުޅި ނަސްރީނާއާއި ޔާސިރު ސިހުނީ ފޯނުގެ ރިންގްގެ އަޑު އެކެބިން އިން އަންނަކަން އެގުމުންނެވެ. އެދިމާއަށް ބަލާލި ނަސްރީނާއާއި ޔާސިރުއަށް އެކީގައި “މަގޭދަރި..” އޭ ބުނެވުނީ އެކުއެކީގައިހެންނެވެ. އޭރުވެސް ލޫޔާއަށް ދިޔައީ ނިިދީގައިވެސް ގިސްލެވެމުންނެވެ. އެމޫނުމަތިވަނީ ރޮއެ ރޮއެ ރަތްވާގޮތް ވެފައެވެ. ނަސްރީނާގޮސް ލޫޔާކައިރީ ހުއްޓިލިއިރު ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަނީއެވެ. ޔާސިރުވެސް ލޫޔާގެ މޫނުމަތިފެނުމުން ލޮލުން ކަރުނަހިލުނެއްކަމަކު ހިތްވަރުކޮށްލާފައި ނަސްރީނާއަށް ނަސޭހަތް ތެރިވީ އެހަށް ލޫޔާއަށް ވަގުތު ދިނުމަށެވެ. އަދި ދައްކަން ހުރި ވާހަތަށް ދެއްކޭނީ ހަމަޖެހިގެން ކަމަށް ބުނެލިއެވެ.

“ކިހިނެއްވީ އަޑުއަހަން ބޭނުމެއްނޫންތަ ވީގޮތް.. ” އަލޫކް ދެފަރާތަށް ބޯހޫރާލިތަން ފެނުމާއެކު ފަރޫން އަހާލިއެވެ. “ނޫން އެހެނެއް ނޫން.. ދެން ކިޔާބަލަ.. ” އަލޫކް އަވަސް އަވަހަށް ބުނެލިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ފަރޫން މިއަދު އިވުނުއަޑުތަށް އަލޫކް އާއި ހިއްސާކުރިއެވެ. އަދި މިހުރިހާދުވަހު އޮޅުން އަރާފައިވާ އިބާގެ ހަގީގަތްވެސް (ޒޭންގެ ވާހަކާ) ކިޔާދިނެވެ. ” އަޅޭ.. އެވަރުކަމާތަ ލޫގެފަރާތުން އެ ބަދަލްހިފަނީ.. ” އަލޫކްއަށް ދެރަވެލާފައި ބުނެލެވުނެވެ. ” ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން އަހަންނަށްވެސް އަދި ކިރިޔާ މި އިހްސާސްވީ. . އެކަމަކު އިބާ މާބޮޑަށް އެކަމާ އެހިތްހަމަ ނުޖެހުނީ.. ނަސީބެއްނު ވަގުތު އޮއްވަ އިބާއަށް ވިސްނުންކަން.. އެހެން ނޫންނަމަ އަދިވެސް އޭނަގެ އެވިސްނުން ބަދަލެއް ނުވާނެ.. އަސްލު އިބާގެ ބައްޕަގެ ކޫލްކަންވެސް މިއަދު ވިސްނިއްޖެ.. ” ފަރޫން ބޮލުގައި އަތްހިންގާލަމުން ބުނެލިއެވެ.

“އެހެންވީމަ އިބާހާދަ ދެރަވެސްވާނޭދޯ.. އެކަމަކު ޒޭން ނޫނަސް އެސޫރަ އިބާއަށް ފެނިލޯބިވެވުނީމަ ދެން އަރުޝަދު ކީކޭ ހިތަށް އަރާނީ.. ” ޔާސިރުގެ ވާހަކަތަށް އަޑުއަހަން ހުރި ނަސްރީނާ ވިސްނުމެއްގައި ހުރެފައި އެހެން ބުނެލީ އިބާއާއި ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނެތިއެވެ. ހަގީގަތުގައި އެއުމުރުގައި އެކަހަލަ ކަމެއްވުމުން ލޯބީގެ ޖޯށުގައި ކުދިން މަގުން ކައްސާލަނީއޭ ނަސްރީނާ ހިތަށް އެރިއެވެ. ” އެކަމަކު ޔާސިރު ކިހިނެއް އަހަރުމެން އެ ތަވީދުހޯދާނީ.. ޔަގީނުންވެސް ގޭގަ އެކަހަލަ އެއްޗެއް އޮތީއާ އޮންނާނީ ޔާސިރުގެ ބޭބެގެ ހަނދާނީ ކޮޓަރީގަ.. ” ނަސްރީނާމެން ވަނީއްސުރެ ހޭލެވިފައި އޮތް ލޫޔާ އޮތީ ޔާސިރު އައުމުން ލޯނުހުޅުވަން ކަމުގައި ވީނަމަވެސް އޭނާގެ މަންމަގެ ދުލުން ޔާސިރުގެ ބޭބެގެ ހަނދާނީ ކޮޓަރިއޭ ބުނުމާއެކު ލޫޔާއަށް ކުއްލިއަކަށް ލޯހިޅުވާލެވުނެވެ.

“ތީގެ މާނައަކީ..” ފަރޫން ފަހުން ބުނިޖުމްލަ ފަހުމް ނުވުމުން އަލޫކް އަވަސް އަވަހަށް އަހާލިއެވެ. އޭރު އަރުޝަދު އިނީ ބައްތިރީސްދަތް އެއްފަހަރާ ދައްކާލައިގެންވެ. ” ސާބަހޭ ލޫކް.. މިކިޔަނީ މިހިރަ އަރުޝަދުދެކެ ހަގީގަތުގައިވެސް އިބާލޯބިވެވިފައޭހުރީ.. އެހެންވެއޭ އެހާވަރަށް އުފާވެފަ އެހުރީ.. ” ” އޯހް އެހެންތަ.. ކޮންގްރާ ބްރޯ.. ” ފަރޫން އެހެން ބުނުމާއެކު އަލޫކް އަރުޝަދު ކޮނޑުގައި ޖަހާލަމުން މަރުހަބާކިޔާލިއެވެ. ” ދެންވެސް ތިހެން ނުއިނދެ ލޫއަށް ގުޅާބަލަ.. ” އަލޫކް އިންގޮތްފެނުމުން ފަރޫން ބުނެލިއެވެ.

“ކީއްވެ ކަމެއްނޭންގެ މިހުރިހާދުވަހު ބޭބެއާ އެހާގާތްކަމެއް ބޭއްވުނީ.. އަބަދުވެސް ހިތުގައޮންނަނީ މަންމަގެ ފިރިމީހާވީމަ ވާގޮތޭ.. އެކަމަކު މިއަދު އިނގިއްޖެ ތީ އަޅުގަނޑު ބައްޕަ ކޮއްކޮއަށްވީމަކަން އެހާގާތްކޮށް ދެކެވުނީ.. ” ލޯހުޅުވާލުމާއެކު އައިސް ޔާސިރުކުރިމަތީގައި ލޫޔާ ހުއްޓިލަމުން އެހެން ބުނުމުން ނަސްރީނާއަށް ވެސް ރޮވުނެވެ. އަދި ލޫޔާއަށް އޮޅުން ފިލާނެހެން ޔާސިރު ހުރިހާކަމެއް އަކުރުން އަކުރަށް އިބާގެ ކަންތަށް ތަކާއެކު ކިޔާދިނެވެ. ” ދަރިފުޅަށް އިނގޭތަ ބޭބެއަށް މިކަން އެނގުނީއްސުރެ މިހުންނަނީ ތިއިން ކުއްޖަކާ ހަތަރުކަޅި ހަމަކޮށްލަން ނުކެރިފަ.. ބޭބެ ލަދުގަނޭ ބޭބެގެ ދަރިއަކު އެކަހަލަ ކަމެއް ކުރިވާހަކަ އަޑުއިވުނީމަވެސް.. އެކަމަކު ދަރިފުޅާ ދަރިފުޅުގެ އިބާކޮއްކޮއަށް އެހުރީ ހެޔޮވިސްނުން ލިބިފަ ދަރިފުޅުވެސް ކޮއްކޮއަށް މާފްކުރާނެކަމަށް ބޭބެ އުންމީދުކުރަން.. ” ޔާސިރު އަސަރާއެކު އެހެން ބުނުމުން ލޫޔާއަށް އަވަހަށް ބޯޖަހާލެވުނެވެ. އަދި ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައަކުން ތެދުވެލިއެވެ. ލޫޔާ ދިޔަ ދިމާއަށް ޔާސިރު ބަލަން އިނީ ޝުކުރުވެރިވާ ހާލުގައެވެ. ހަގީގަތުގައި ވެސް މިއަދު އޭނަ ވަރަށް އުފާވެއްޖެއެވެ. ބޭބެގެ ހުރި ހަމަ އެކަނި ދަރިފުޅަކީ ހަމަ ބޭބެފަދަ ހިތިރި ހިތްހެޔޮ ކުއްޖަކަަށް ވީމައެވެ.

ސޯފާކައިރިއަށް ދެވުމާއެކު އިބާ އޭގެމައްޗަށް ވެއްޓިގަތެވެ. މިއަދު އިބާއަށް ވަނީ ނޭންހިތްހަމަ ޖެހުމެއް ލިބިފައިނަމަވެސް ލޫޔާ އަށްވީގޮތް ނޭންގުމުން ހިސާބަކަށް ހިތް ނުތަނަވަސް ވާގޮތްވެފައެވެ. ބަންޑުން އޮށޯވެލައިގެން އޮތް އިބާ އިރުކޮޅަކު ވިސްނަން ހުރެފައި އަނެއްކާވެސް އޭނާގެ ބައްޕަ އަށް ގުޅާލީ ލޫޔާގެ ހަބަރެއްވިތޯ ބަލާލަން ހިތުގައި އުފެދިފައިވާ ޝައުގެއްގެ ބޮޑުކަމުންނެވެ. އެއްބަނޑު އެއްބަފާނޫން ކަމުގައި ވީނަމަވެސް ލޫޔާގެ އިބާއާއި ދުރުނުވާނޭ ދައްތައެއްކަން އެނގުން ހިސާބުން، އިބާގެ ހިތުގައި ލޫޔާއަށް އޮތް ނަފްރަތާއި ހަސަދަވެސް ފިލާދިޔައީއެވެ.

ލޫޔާ ގޮސް ސޯފާގައި ބާއްވާލެވިފައި އޮތް އޭނާގެ ދަބަސް ހިފައިގެން މަންމައާއި ބޭބެކައިރީގައި ހުއްޓިލިވަގުތަކީ ބޭބެ ގެ ފޯނުވެސް ރިންގްވާން ފެށިވަގުތެވެ. ފޯނުނަގާ ބަލާލިއިރު ގުޅަނީ އިބާކަން ލޫޔާއަށްވެސް އިނގުނީ ޔާސިރުގެ ފޯނުގެ ސްކްރީން ދައްކާލުމުންނެވެ. ލޫޔާ ނަގާށޭ ބުނެލުމާއެކު ޔާސިރު ކަނޑާލާފައި ގުޅިއެވެ. ” ހަލޯ.. ބައްޕާ.. ކޮންތާކުތޯ.. ކޮބާތޯ ދައްތަ.. ކޮބާތޯ ލޫ.. ހަބަރެއްވެއްޖެތޯ.. އަޅެ ބައްޕާ.. އަޅުގަނޑާމެދު އެމީހުން ހުރިހާކަމެއް އެނގުމުން ހިތްހަމަޖެހޭނެތޯ.. އަޅުގަނޑުބޭނުން އެމީހުންގެ ކިބައިން އަޅުގަނޑު އަމިއްލަޔަށް މާފަށް އެދެން.. އަދިކުރެވުނު ކުށަށް ތައުބާވާން.. ” ހިތް އަވަސްވެފައިވާ އިބާ އޭނާގެ ބައްޕައަށް އެއްޗެއްބުނާނެ ފުރުސަތު ނުދީ ހިތުގައިވި ހުރިހާ ވާހަކައެއް އެއްފަހަރާ ދުލުކުރިން ބޭރުކޮށްލިއެވެ. ފޯނުގެ އަޑު ބާރުކޮށްލާފައި ހުރުމުން ކައިރީގައި ތިބި ނަސްރީނާއާއި ލޫޔާއަށް އިބާދެއްކި ހުރިހާ ވާހަކައެއް ސާފުވިއެވެ. ” އިބާ ދައްތަމިހުރީ.. ލޫވެސް އެބަހުރި .. ދައްތަ ވަރަށް އުފާވެއްޖެ ދަރިފުޅަށްވިސްނުނީމަ.. ދަރިފުޅާމެދު އެއްވެސް ހިތްބުރަކަމެއް ދައްތަގެ ހިތަކުނެތް.. ލޫ ވެސް ދަރިފުޅަށް މާފްކުރާނެ .. ދެން އެހާވަރަށް ނުވިސްނާ އިޝާ ﷲ ތިހޯދާންބޭނުންވާ އެއްޗެއްވެސް ފެންނާނެ.. ” ވަގުތުން ނަސްރީނާ ޔާސިރުއަތުން ފޯނުނެގުމާއެކު ވާހަކަދައްކަމުން އެހެންބުނީ ލޫޔާއަތުގައި އެތަވީދު އޮވެދާނެ ކަމަކަށް ނޫނެވެ.

އެތަށް ފަހަރަކު ގުޅިއިރުވެސް ލިބެނީ އެއްޖަވާބެކެވެ. ” ތިޔަގުޅުއްވި ނަންބަރު މިވަގުތުބިޒީ.. ފަހުން ގުޅުވާލެއްވުން އެދެން.. ” އަލޫކް އެންމެފަހުން ރުޅިއައިސްގެން ފޯނު މޭޒުމަތީގައި ބޭއްވީ ތަންކޮޅެއްބާރަށެވެ. އެހެންވެ އަރުޝަދުވެސް ލޫޔާއަށް ގުޅޭތޯ ބެލިއެވެ. ހަމަލިބެނީ އެއްކަވާބެކެވެ. އެންމެ ފަހުން ފަރޫންވެސް ޓްރައިކޮށްލިއެވެ. ލިބުނީ ހަމަ އެޖަވާބެވެ. ލޫޔާ ވީ ދެރަޔާއެކު އެމީހުންގެ ނަންބަރުތަށް ބްލޮކް ކޮއްލީ އެއީ ލޫޔާގެ ދުޝްމިނުން ކަމުގައި ދެކެގެން ކަމެއް އެއިން އެކަކަށްވެސް ރޭކާނުލައެވެ.

ނަސްރީނާ އެތަށް ވާހަކައެއްދައްކާ އިބާ ހިތްހަމަ ޖައްސާދިނުމަށްފަހު ލޫޔާ ގެއަށްގޮސް އިބާއާއި ވާހަކަ ދައްކާނެކަމަށްބުނެ ފޯނުބޭއްވުމާއެކު، އަތްދަބަސްތެރެ ލޫޔާ ބަލަން ފެށިއެވެ. އަދި ތަވީދު އަތުގައި ޖެހުމާއެކު ނަގާ ދައްކާލަމުން.. ” މިއީހޭ ތިކިޔާ ތަވީދަކީ.. ” އަހާލިއެވެ. ޔާސިރުގެ އިތުރުން ނަސްރީނާވެސް އިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. ގަބުއަރާފައި އަނގައިން ނުބުނެވިފައި ތިބި ދެމީހުން ހޭވެރިކަން ވީ ލޫޔާ އެއީ އެތަވީދުކަން ޔަގީންކުރުމާއެކު އެދޭނީ ލޫޔާގެ އަތުން ކަމުގައި ބުނުމުންނެވެ. ” ދަރިފުޅަށް ތިލިބުނީ.. ” ” މަންމާ ހަމަޖެހިބަލަ…” ނަސްރީނާއަށް ސުވާލު ފުރިހަމަ ނުވަނީސް ލޫޔާ އޭނާގެ މަންމަ ގައިގަ ބައްދާލުމާއެކު ހަމަޖެހިފައި ދައްކާވާހަކަ އަޑުއަހަން އެދުނެވެ. އަދި އެރޭގައި ކަންތަށް ހިނގާދިޔަގޮތާއި މިއަދާއި ހަމަޔަށް އަލޫކްއާއި ދެމެދު އޮތް ގުޅުންވެސް ކިޔާދިނެވެ.

” އެކަމަކު މަންމާ.. ބޭބޭ.. އަޅުގަނޑު ދެމީހުންގެ ކިބައިންވެސް ވަރަށް ބޮޑުކަމަކުއެދެން ބޭނުން.. އުންމީދުކުރަން މިކަންއަޅުގަނޑަށް ކޮށްދޭނެކަމަށް.. ” މޫނުގެ ކުލަވަރު ބަދަލުވެ ދެލޮލުން ކަރުނަހިލުނުހިނދުވެސް ވަރަށް އުންމީދާއެކު ލޫޔާ އެދެމީހުންގެ މޫނަށް ބަލާލަމުން ވާހަކަދެއްކިއެވެ. އެއާއެކު “ކޮންކަމެއްހޭ..” އަހާލީ ދެމީހުންވެސް އެކުއެކީގައެވެ.

“އަޅުގަނޑު އެޕްލައިކުރި ކޯސް ބޭނުންވި ބޭރުގެ ޔުނިވަރސިޓީން ލިބިފަ އިނީ.. އެހެންވެ ކުރިންވެސް އަޅުގަނޑު މަންމައަށް ނަންގެންނެވިހެން ކޯސްލިބޭތާ ދެދުވަސްތެރޭ ފުރުމުގެ ކަންކަން ނިމި ތިންވަތަދުވަހު ފުރަން އަޅުގަނޑު ބޭނުން.. މިއަދު ކޯސްލިބުންކަމަށް މެއިލް އައީމަ ފަރޫންކައިރީ ފައިލް ގެނެސްދޭން އެދުނީވެސް.. އަޅުގަނޑުބޭނުމެއް ނޫން މިކަމަށް އެއްވެސް ހުރަހެއް އެޅޭން.. މިހުރިހާދުވަހު އަޅުގަނޑު ދުން ހުވަފެނެއް އެއީ.. އެހެންވީމަ މަންމަ އާއި ބޭބެމިކަން ސިއްރުކޮށްދޫ ޕްލީޒް.. އަލޫކްއަށްވެސް ދެން އިތުރަށް އަންގަން ބޭނުމެއްނުވޭ.. ވަރަށްގިނަކަންކަން އަލޫއާއި ފަރޫންވެސް އަޅުގަނޑަށް ނާންގާ ފޮރުވައިގެން ކޮށްފި.. އަނެއްކާ އަލޫކްއަށްވުރެ މާކުރިން އަޅުގަނޑު ދެކެމުންއައި ހުވަފެނެއްމީ.. މިކޯސް ފުރިހަމަކުރުން… ” ލޫޔާ އޭނަގެ މަންމަގެ ކޮންޑުގައި ބޯއަޅާލައިގެން އޮވެ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ. އެކަމާ ނަސްރީނާއާއި ޔާސިރުވެސް އުފަލާއެކު މަރުހަބާކިޔާ އެއްބަސްވެލީ މިހުރިހާދުވަހު ލޫޔާ އަށް ލިބެމުންދިޔަ ހިތާމަތަށް ދެން އިތުރަށް އެދެމީހުނާހެދި ލިބެން ނޭދޭތީއެވެ.

“އެކަމަކު ދަރިފުޅާ އަލޫކް އަށް އެނގިނުލާދިއުމުން މައްސަލައަކަށް ނުވާނެތަ..” ލޫޔާގެ މޫނުމަތީގައިވާ ހިތާމައިގެ ކުލަވަރު ދެނެގަނެވުމާއެކު ޔާސިރުއަށް އަހާލެވުނެވެ. އަލޫކްދެކެ ލޯބިވާމިންވަރު ކިޔަންމެހާވެސް ރަނގަޅަކަށް ލޫޔާގެ މޫނުމަތީގައިވާ އަސަރުތަކުން އެނގިހާމަވާނެއެވެ. ނަމަވެސް ލޫޔާގެ ހިތާއި ދޫ ބުނަމުން ދިޔައީ ތަފާތު ވާހަކަތަކެކެވެ.

” ބޭބޭ.. އެނގިލައްވާނެ ފަރޫން.. އޭނަވެސް އަޅުގަނޑާއެކު މިވީހާދުވަހު ދުރުނުވެ އެއުޅުނީ އަޅުގަނޑު ރަނގަޅުވީމަ ދުރަށްދާން ނުކެރިގެން.. އެކަމަކު އަޅުގަނޑުއިސްވެ އެކަން ހުއްޓާލުމާއެކު ފަރޫންއަށްވެސް އޭނަ ހަގީގީ ލޯބިއެހެން މީހަކުދެކެ ވެވުނީމަ މިހާރު އުޅެނީ ކުރީގެ އުޅުމެއްނޫން.. އެހެން އަންހެނަކަށް އެފަދަ ނަޒަރަކުން ބަލާވެސް ނުލާ… ހަމަ އެގޮތަށް ލޫކްވެސް އަޅުގަނޑަށް އެހެންދިމާވުމުން ހަމްދަރުދީ ވެވުނީކަމަށްވެދާނެ.. ލޫކް އަޅުގަނޑުދެކެ ހަގީގީ ލޯބިވަންޏާ ކޮންމެތާކު ކޮންމެހާލެއްގައި އުޅެމުންވެސް އަޅުގަނޑު އަންނާނެދުވަހަކަށް ފެންނާނެދުވަހަކަށް އިންތިޒާރުކުރާނެ… ”

ލޫޔާ އެހެންބުނީ ހިތާދެކޮޅަށެވެ. މިހާރުވެސް އޭނާބޭނުންވަނީ އަލޫކްގެ އަތުތެރޭގައިވުމަށެވެ. ނަމަވެސް މިހާރުއެހީވާހީވުން ހަގީގަތަކަށް ވެއްޖެނަމަ ދެންވެއްޓޭ އަނދަވަޅުން ސަލާމަތް ކޮށްދިނުމަށްއެދި ދިއްކޮށްލާ އަތުގައި ހިފާނެހާ ހިތްވަރެއް ލޫޔާގަޔަކުނެތެވެ. އެއަށްވުރެ ބޮޑަށް އަލޫކްދެކެ ވަނީ ލޯބިވެވިފައެވެ.

އަލޫކް ސިކުންޑިއަށް ބަރުވާންފެށުމާއެކު ދެތަށި ކަޅުކޮފީ ބޯލައިގެން އޮފީހަށްދާން ދިޔައީ ގެއަށް ދެވުމުން ލޫޔާއާއި ބައްދަލުކުރަން ނިންމައިގެންނެވެ. އަރުޝަދުގެ ކްލާސްވެސް ފެށޭގަޑި ކައިރިވެފައިވުމާއެކު އަލޫކް އޮފީހަށްލާފައި ފަރޫން ދެން ދިޔައީ އަރުޝަދު ކޮލެޖްއަށް ލާށެވެ. ދެމީހުން ދެތަނަށް ގެންގޮސްދިނުމަށް ފަހު ގެއަށް ދިޔަ މަގުމަތީގައި ކަންހިގާދިޔަގޮތް އަލްޔާއަށްގުޅާ ފަރޫން ކިޔާދިނެވެ. ” އަޅެ އަސްލުވެސްތަ.. ލޫ ހާދަ ދެރަވާނޭދޯ އިނގުނީމަ.. އަލްއަށް ހީވާނީ ކޮންމެވެސް ވަރަކަށް ލޫއަށް އެނގުނީ ކަންނޭނެގެ ތިދިޔައީ…. ދެން ކޮންމެގޮތެއްވިޔަސް ތިމީހުން ލޫގެ ބޯނުގޮއްވާތި.. އެންޑް ބޭނުންވާވަރަށް ޓައިމްދޭތި.. ” އަލްޔާ ނުތަނަވަސް ވެފައިވާ ހިތަކަާއެކު އެހެންބުނެލުމާއެކު ފަރޫންވެސް ހޫން ލައްވާލިއެވެ. ” ހެއި.. ރޫން ދޫނި.. އަލް ދާންވެއްޖެ ލަސްވާތީ ކްލާސްކުދިން އެބަގުޅާ.. ލަވް ޔޫ އ ލޮޓްސް.. ގުޅާނަންއިނގޭ ފްރީވެފަ.. އުންމަ.. ” ފަރޫން ލަވްޔޫ ޓޫއޭ ބުނުމާއެކު އަލްޔާ ފޯނުކަނޑާލުމުން ފަރޫންއަށް ހިނިތުންވެލެވުނީ އެހާލޯބިވާ ބައިވެރިއަކު ލިބުނީމަ އުފަލުންނެވެ.

ލޫޔާގެ ދެމައިންގެ އިތުރުން ޔާސިރުވެސް ގެއަށް އައީ ހާޖީބެކައިރިއަށް ގޮސް ތަވީދަކީ ކޮންތަވީދެއްކަން ބެލުމަށްފަހުގައެވެ. ބޮޑުދޮރު ހުޅުވާލާފައި ތިންމީހުން ވަންވަގުތަކީ އިބާވެސް ކޮޓަރީގައި އުޅެފައި ނިކުތް ވަގުތުކަމުން އިބާއަށް އިސްޖަހާލެވުނެވެ. އަދިވެސް ނަސްރީނާއާއި ލޫޔާއާ ކުރިމަތިލާނެހާ ހިތްވަރެއް އިބާގަޔަކުނެތެވެ. އެމީހުންގެ ހިތް އިބާގެ މައްޗަށް ސާފުކަން އިނގޭހާލުގައިވެސް މެއެވެ.

އެމަންޒަރުފެނި ލޫޔާއަށް ހިނިތުން ވެވުނީ އެއީ މިހާރު ކުރީގެ އިބާ ނޫންކަން ޔަގީން ކުރެވުމުންނެވެ. އަމިއްލަޔަށް އިސްނަގައިގެން އިބާގައިގަ ބައްދާލުމާއެކު “ދެން ތިހެން އުމުރުދުވަހު އަމިއްލަ ނަފްސު ކުއްވެރިކޮށްގެން ހުންނާނީ..” ހޭ ލޫޔާ އަހާލީ ލޯތްބާއެކުގައެވެ. ވީ އުފަލާއެކު އިބާވެސް ލޫޔާގައިގަ ބަސްދާލެވުންއިރު ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. މިހުރިހާދުވަހު އެމީހަކާމެދު ހެޔޮގޮތެއްވުމަށް ނޭދި ހުރިހާ އުފާތަކެއް ފޭރިގަންނަމުން ދިއުމުންވެސް ލޫޔާގެ ފަރާތުން ފެނުން ހިތްހެޔޮކަމާއި އޯގާތެރިކަމުން އިބާ ހިސާބަކަށް ލަދުވެސް ގަތެވެ.

” ބަލަ ރޮނީތަ.. ހިނގާބަލަ އިށީންދެލަން.. ” އިބާއަށް ރޮވޭގޮތް ވުމުން ލޫޔާއަވަހަށް ދުރަށް ޖެހިލާފައި ސޯފާއަށް އިޝާރާތް ކުރަމުން ބުނެލިއެވެ. އޭރު ޔާސިރުއާއި ނަސްރީނާ ހިނިތުންވެ ތިބެ އައިސް އިށީންދެލަނީއެވެ. ” އަން.. މީ އިބާ ވަރަށްބޭނުން އެއްޗެއްނުދޯ.. އެހެންވެ މީތި މިދެނީ.. ” އިށީންދެލުމާއެކު އަތްދަބަހުން ނެގި ތަވީދު އިބާގެ އަތަށްލައިދެމުން ލޫޔާ އެހެން ބުނުމާއެކު އިބާގެ ދެލޯބޮޑުވެގެން ދިޔައެވެ. ” މީ.. މީތި ކި.. ކިހިނެއް..ލޫއަތަށް ދިޔައ.. ” އިބާއަށް ވީ އުފަލާއެކު ވާހަކަދެއްކުނީ އުނދަގުލުން ނެވެ. ލޫޔާވެސް ހިނިތުންވެ އިބާއަށް ބަލަން އިނީއެވެ. އެއާއެކު ލޫޔާއަށް އެލިބުނުގޮތާއި އެއީ އިބާގެ އެއްޗެއްކަން ޔަގީންކުރިގޮތް އޮޅުންފިލުވައިދިނީ ނަސްރީނާއެވެ. ” އަޅޭ.. މިއަދު އިހްސާސްވެއްޖެ އެއްބަނޑު އެއްބަފާ ނޫނަސް ތިއީ އިބާދެކެ ލޯބިވާ ދައްތައެއްކަން.. ހަމަ އެގޮތަށް ތިބަނޑުން އުފަން ނުވިކަމުގަވިޔަސް ތީ އަބަދުވެސް ހެޔޮ މަންމައެއްކަން.. ” ފެންކަޅިވެފައިވާ ލޮލުން ލޫޔާއާއި ނަސްރީނާއަށް ބަލާލަމުން އިބާ އެހެން ބުނުމާއެކު ޔާސިރުއައިސް އިބާ ގަިގަ ބައްދާލީ އޭނަގެ ދަރިފުޅަށް ހެޔޮވިސްނުން ދެއްވީތީ އުފަލުންނެވެ.

އޮފީސް ނިންމާލާފައި ގެއަށްއައިސް އަލޫކް ވަންއިރު ގޭތެރޭގައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އެހެންދުވަސްދުވަހު އަލޫކް އޮފީހުން އަންނައިރު ސީރީޒްބަލަން ގެއްލިފައި އިންނަ އިބާވެސް މިއަދު އެތާކުނެތެވެ. އިބާމަތިން ހަނދާންވުމާއެކު އަލޫކް މެޔަށްފިނިވީ ރޭގެ ހާދިސާ ހިޔާލަށް އައުމުންނެވެ. ” މިވެސް ކިހާދެރަކަމެއް.. އެކަންވެސް އަހަންނަށް މިކުރެވުނީ އެންމެ ނުބައިވަގުތު.. އަރގް.. އެކަމަކު އެއްޗެހިބަދަލްކުރަން ނުވަދެވެސް ނުވާނެ.. ” ހިތާ ހިތާ އެހެން ކިއަމުން ލޫޔާގެ ކޮޓަރިއާއި ދިމާއަށް ބަލާލުމަށް ފަހު އަލޫކް ކޮޓަރިއަށްވަނީ އިބާއަށް ބަލާނުލަން ހުވާކޮށްގެންނެވެ.

ނަމަވެސް ކޮޓަރިއަށް ވަތް އަލޫކް ގަނޑުވީ މުސައްލަމަތީގައި ދުއާއަށް އަތް ނަގައިގެން ރޮވިފައިއިން އިބާ ފެނުމުން ނެވެ. އެންމެ ބަލާލުމަކުންވެސް އިބާއަށް އައިސްފައިވާ ބަދަލް އަލޫކްއަށް ނަގައިގަނެވުނެވެ. އަލޫކް އެހުރިފިޔަވަޅުމަތީގައި ހުއްޓައި އިބާ ނަމާދުކޮށް ނިންމާލުމާއެކު ދޮޅިފަތްޖަހާލާފައި މުސައްލަ ނަގާހެދިއެވެ. އަދި އައިސް ހުއްޓުނީ އަލޫކް ކުރިމަތީގައެވެ.

” އަލޫކް.. މިއަދު އަހަރެން ވަރަށް އުފާވެއްޖެ.. މިއަދުއަހަންނަށް ހިތްހެޔޮ ހިތްތިރި ދައްތައަކާއި މަންމައެއް ލިބިއްޖެ.. ” އިބާ އެހްނ ބުނުމުން އަލޫކް އަށް އެކީއެއްޗެއް ފަހުމް ނުވުމުން ހުރިގޮތަށް ހުރީއެވެ. ” އިބާއަށް އިނގޭ މިހެންބުނީމަ ގަބޫލުވެސް ނުކުރާނެކަން އެކަމަކު މިއަދު ލޫ އާއި ލޫގެ މަންމަގެ ފަރާތުން މާފްލިބުމުން ދުވަހަކުވެސް ނުވާހާ އުފާ ވެއްޖެ.. ” އަލޫކް އެއްޗެކޭ ނުބުމުން އިބާ ވާހަކަދެއްކިއެވެ. އަދި އެމީހުން މާފް ކުރިވާހަކަ ބުނުމުން އަލޫކްއަށް އިބާ އާއި ދިމާއަށް ބަލާލެވުނެވެ. ” ގަބޫލެއްވެސް ނުކުރެވޭދޯ.. އެކަމަކު އިންޝާﷲ އެކަންވެސް ވެއްޖެ.. މިއަދު އަހަރެމެން އެންމެން ކެއީވެސް އެކީގަ.. ވަރަށްއުފާވި އެހާ ދުވަސްކޮށްފަ އުފާވެރި އާއިލާއެއް ލިބުނީމަ.. އަދި އިނގޭތަ.. މީތިވެސް ގެނެސްދިނީ ލޫ.. ” ހުރިހާ ވާހަކައެއް ކިޔާދިނުމަށްފަހު ތަވީދު ދައްކާލަމުން އިބާ ހިނިތުން ވެލިއެވެ. ތަވީދު ފެނުމާއެކު އަލޫކްގެ މެޔަށް ނުބައިގޮތެއް ވެގެންދިޔުމުން އިސްޖަހާލިއެވެ.

” އަހަންނަށް އިނގޭ.. އަލޫކް އެންޑް ލޫވެސް އެކަަަކު އަނެކަކުދެކެ ލޯބިވާކަން.. ހަމައެގޮތަށް އަހަންނަށްވެސް އަރުޝަދުދެކެ ލޯބިވެވުނީ ގަސްތަކު ނޫން.. އެކަމަކު ..” އެހާ ހިސާބަށް ބުނެފައި އިބާ އިސްޖަހާލީ ހުދު އޭނާވެސް ރޭގެ ހާދިސާ ހަނދާންވުމުންނެވެ. ނަމަވެސް މިވަގުތު ހިތްވަރު އެލުވާލަން އިބާ ބޭނުން ނުވުމުން ހިތުގައިވާ ގޮތަށް އަލޫކްކައިރީގައި ބުނެލިއެވެ. ” އަހަރެން ބޭނުން މިނިވަން ވާން.. ރޭގަ އެގޮތަށް ކަންތަށް ވީނަމަވެސް އެނުވާނެ ފާފައަކަށްވެސް.. ވީއިރު އެބައޮތްތަ މައްދަލައެއް.. ” އެވާހަކަ އަޑުއަހާފައި އަލޫކް ބުނެލީ ލޫޔާ ހަމައަކަށް އެޅުމުން މިނިވަން ކޮށްދޭނެކަމަށާއި މިވަގުތު މުހިއްމީ ލޫޔާއާއި ވާހަކަ ދައްކާލެވުން ކަމަށެވެ. ” ހިނގާދާން.. ލޫ ވެސް ކައިގެން ދިޔައީ ކޮޓަރިއަށް.. އަހަރެންވެސް ދާނަން.. އަލޫކް އާއިއެކު..” އިބާ އެހެންބުނުމުން އަލޫކް އެއްޗެކޭ ނުބުނެ ބޭރަށ ނިކުންނަން ހިނގައިގަތުމުން އިބާވެސް ފަހަތުން ނިކުތެވެ. ދެމީހުން އެކީގައި ނިކުތް ވަގުތަކީ ޔާސިރު އިބާއަށް ގުޅިވަގުތެވެ.

” ދަރިފުޅާ.. ބައްޕަ އާއި މަންމަ މިދަނީ އެއަރޕޯޓަށް ރައްޓެއްސަކު ފުރުވާލަން އެހެންވީމަ ލަސްވާނެ އިނގޭ. ދަރިފުޅު އަލޫމް އައިމަ ވާހަކަ ދައްކާތި..” ޔާސިރު އެހެންބުނެފައި ފޯނުބޭއްވުމުން އިބާ ބަލާލީ ލޫޔާގެ ކޮޓަރިކައިރީގައި ހުރި އަލޫކް އަށެވެ. އަވަހަށް ގޮސް ލޫޔާއަށް ގޮވާލުމާއެކު ޓަކިޖަހާލީ އަލޫކްއަށް އެކަން ކުރަން ނުކެރިފައި ހުރިކަން އެނގުމުންނެވެ. ނަމަވެސް ދެތިން ފަހަރު ޓަކިދިނުމުންވެސް ހަބަރެއްނުވުމުން އިބާ ލޫޔާއަށް ގުޅާލިއެވެ. އެއާއެކު ލިބުނީ ފޯނު ނިއްވާލާފައި ވާކަމުގެ މެސެޖްއެވެ.

** 5 އަހަރު ފަސް..**

” މާމަ ދޮންދޫނ.. އަވަހަށް ހުއްޓާލާ މީ ވަރަށް ބަސްއަހާ ލޯބި ދޫންޏެކޭ.. ދޯ..” އެގާރަމަހުގެ އަރުޝާ މަސަލަސް ކުރަމުން ނަސްރީނާ ދިޔައިރު އިބާ އުޅެނީ އޭނާގެ އަނެއް ދަރިފުޅު އިބާން ރީތިކޮށެވެ. އިބާއަށް ލިބުނީ އެއްމާބަޑު ދެބެންކަމުން ނަސްރީނާ ގިނަވަގުތު ހޭދަކުރަމުންދިޔައީ އެދެކުދިން ގާތުގައެވެ. އެހެންވެ މިހާރު އަރުޝާގެ އިތުރުން އިބާންވެސް ނަސްރީނާއާއި ވަރަށް ގުޅެއެވެ. އެވަގުތު ޔާސިރުއާއި އެކު އިބާއާއި އަރުޝާގެ ބައްވަދެގެން އައުމުން އިބާ ފުޅާ ހިނިތުން ވުމަކާއެކު ” ބައްޕަ އާއި ޒޭން ކާން އަންނާށޭ” ކިޔާފައި ދިޔައީ ރީތި ކޮށްލުމާއެކު އިބާންނިދުމުން އަރުޝާ ނިންދަވަން ނަސްރީނާ އިނީމައެވެ.

އޮފީސް ނިންމާފައި ފަރޫން އާއި އަލްޔާ ވެސް އެވަގުތު އެގެއަށް ވަނީ އިބާގެ ދެކުދިން ކަިއިރިއަށެވެ. ކޮންމެދުވަހަކުހެން އެދެމީހުންވެސް އެގެއަށް އައިސް ހަދަނީ ކައިވެނީގެ ކުރީކޮޅުގައި ދަރިއަކު ހޯދަން ނިންމާފައި ނުވާތީއެކުދިން ކައިރިއަށް އައުމުންވެސް ލިބޭ ހިތްހަމަ ޖެހުމާއެކުގައެވެ.
*****

ފަރޫން އާއި އަލޫކް ކިޔަވާ ނިންމުމަށްފަހުގައި ދެމީހުންވެސް ސަރުކާރުގެ ލޯޔަރުން ގޮތުގައި މަސައްކަތް ފެށިއިރު އަލްޔާވެސް އޭ ލެވެލް ނިންމާލާފައި މާލެއައިސް ނާސިންގް ހަދާ މިހާރު ކިޔަވަނީ ވަޒީފާއަށް ދަމުންނެވެ. ފަރޫން އާއި އަލްޔާ ކައިވެނި ކުރުމާއެކު ފަރޫންމެންގެއަށް އަލްޔާ ބަދަލްވިއިރު ޝަކީބްއާއި ނާދިޔާވެސް އެގެއަށް ބަދަލްވީ ފަރޫންގެ މައިންބަފައިން އޭގެ އަހަރެއްކުރިން ހިނގި އެކްސިޑެންޓް އެއްގައި ނިޔާވުމާއެކު ބިޒްނަސް ހިންގަން އަލްޔާގެ ބައްޕަ ޝަކީބްއާއި ހަވާލުކުރުމާއެކުގައެވެ.

ނަމަވެސް އަލޫކް ފަރޫން އާއި އަލްޔާ އެދުމުންވެސް އެގެއަށް ބަދަލްނުވެ ވަކިން ހުޅުމާލެއިން ގޯއްޗެއް ގަނެގެން އެތަނަށް ބަދަލްވީ މާލޭގައި އުޅެން އުނދަގޫވުމުންނެވެ. ފަސްއަހަރުކުރިން އަލޫކްގެ ހިތުގެ މަލިކާ ވީނުވީއެއް އަލޫކްއަށް އަންގާނުލާ ގެއްލުމާއެކު އެދިޔަތަނެއްވެސް އެނގުނީ ދާތާކަށް ގޮސް މަހެއްހާފަހުންނެވެ. ލޫޔާގެ މަންމަ ލޫޔާ އެދުންގޮތަށް ކަންތަށް ނުކޮށް އަލޫކް ކައިރީ އެވާހަކަ ބުނަންޖެހުނީ އަލޫކްއުޅޭ ހާލަށް ކެތްނުވުމުންނެވެ. އެދުވަހު އަލޫކް އެންމެ ދެރަވީ ލޫޔާ އަލޫކް ވާ ލޯތްބާމެދު ޝައްކުކުރާކަން އެނގުމުންނެވެ.

އަލޫކް ގޭގައި އެކަނިވާ ކޮންމެ ވަގުތަކީ ލޫޔާގެ ހަނދާނުގައި އެލަވެއް އަޑުއަހަމުން ލޫޔާ އާއި އެކުގައި ހޭދަވީ ދުވަސްކޮޅު ކަރުނައޮހޮރާ ވަގުތެވެ.

ނޭންގިހިތޭ ގެންދެވީމަ ލޯބިން މިތުރާ..
ނުނިދޭ ހަނދުމަވަނީ.. ހަނދުމަވަނީ.. ހަނދުމަވަނީ..
މޭގާ ޖަހާ ވިންދު ނޭންގި ލޯބިން ..
ގެންދެވީތޯ ކަލާ ..
ގެންދެވީކަލާ.. ގެންދެވީކަލާ.. ގެންދެވީކަލާ..
ނޭންގިހިތޭ ގެންދެވީމާ މިތުރާ ހޯދެނީ..

އެކަނިވެ ހިތުގެ އެންމެ ފުމިނުގައި ލޫޔާގެ ހަނދާންތަށް އަދިވެސް ރޯފާރުގަނޑެއްހެން ހުރުމުން އަލޫކްއަށް އެހެން މީހުނާ އެކު އުޅެންވެސް އުނދަގުވެއެވެ.

******

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގެ އަރައިވަލް ޓާމިނަލްގެ ތެރޭ ނިކުމެގެން އައި އަންހެންކުއްޖާއަށް އެތަށް ބައެއްގެ ލޯވަނީ އަމާޒުވެފައެވެ. ކަޅުކުލައިގެ ރޭބަން އައިނަކުން ލޯފިރުވާލެވިފައިވާ އިރު ލާފައިވާ ލައިޓް ބްލޫދޫ ގަޔަށް ދޫ ގަމީސްކޮޅާއި ހުދު ސްކިނީގެ ސަބަބުން އެއަންހެންކުއްޖާ ފެންނަލެއް ކިތަންމެ ހާވެސްފުރިހަމައެވެ. އެއްއަތުން ލަގެޖްދަމަމުން އައި އިރު އަނެއްއަތުގައިވާ ފޯނުން ދިޔައީ ކޮންމެވެސް މީހަކަށް ގުޅަމުންނެވެ. ކަންފަތުގައި ޖަހާލި ފޯނު ތިރިކޮށްލިއިރު އެ އަންހެންކުއްޖާ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. ފެރީތަށް ހުރި ދިމާއަށް ދިޔަ އެކުއްޖާގެ ފިޔަވަޅު ހުއްޓުނީ ކުރިމަތިން ފެނުނު ސޫރަޔާއެކު ހިތަށްވީގޮތުންނެވެ.

ޔަގީނުންވެސް އެއީ އަލޫކް ނޫން ދެވަނަ ދެމީހެއް ނޫނެވެ. ވޭތުވެދިޔަ ފަސްއަހަރުދުވަހުވެސް ހިތުގައި ރައްކާކޮށްފައިވާ ލޯބި އަލުން ހޭލައްވާލިފަދައެވެ. ނަމަވެސް ލޫޔާގެ ހިތަށް އުނދަގުވީ އެއީ އިބާގެ ފިރިމީހާކަން ހަނދާންވުމުންނެވެ. މަންމަ ބުނިގޮތުންނަމަ މިހާރު އިބާއަށް ޓްވިންސް ބޭބީސް ވެސް ލިބިއްޖެއެވެ. އަލޫކް ދިޔަ ދިމާއަށް ބަލަންހުރި ލޫޔާ އަށް ހޭވެރިކަންވީ ޔާސިރުއައިސް ދެފަހަރަކަށް ގޮވާލީފަހުންނެވެ. ” ބަލަ ދަރިފުޅާ.. މިހާރު މަންމަ ގޭގަ އިންނާނެ ބައްޕަ ކާންދާނެއިރެއްގެ އިންތިޒާރުގަ އަވަހަށް ހިނގާ.. ” ޔާސިރު އެހެންބުނުމާއެކު ލޫޔާވެސް އަވަހަށް ލޯންޗާއި ދިމާއަށް ދިޔައީ މަންމަގެ އިތުރުން އިބާގެ ލޯބިލޯބި ދެކުދިން ދެކެލާހިތް އޮތްލެއް ބޮޑުކަމުންނެވެ.

ސިޓިންގް ރޫމްގައި ނަސްރީނާއާއި އިބާ ތިބީ ދެކުދިން ގޮވައިގެން ކާފަ އަައުން ލަސްވާތީ އިންތިޒާރުގައެވެ. އޭރު އިބާގެ ޒޭންވެސް އައިސް ކައިގެން ކޮޓަރީގައި އުޅެއެވެ.

” ސަޕްރައިޒް….” ދޮރުހުޅުވާލުމާއެކު ޔާސިރު އެހެން ބުނިއިރު ލޫޔާ އިނީ ހުރިހާ ދަތްތަކެއް ދައްކާލައިގެން ހީގެންނެވެ. ނަސްރީނާއާއި އިބާ އަށް އެކީގައި ތެދުވެވުނީ ވީއުފަލާއެކުގައެވެ. ” ޒޭން .. ނިކުމެބަލަ ..ބަލާލަބަ މިހުރީ ލޫ އައިސް ބުނެވެސްނުލާ.. ” އިބާ ޒޭން އޭ ބުނުމުން ލޫޔާ އިނީ ސުވާލުމާކްއެއްގައެވެ. އެވަގުތު ކޮޓަރިން ނިކުން ޒޭން ފެނިފައި ލޫޔާގެ ދެލޯބޮޑުވިއެވެ. ގޭމީހުނަށް ސަޕްރައިޒްއެއް ދޭން އައި ލޫޔާއަށް މިލިބުނީ މާބޮޑު ސަޕްރައިޒެކެވެ.

“ހޭ ލޫ.. ސާބަސް.. އިނގޭ ވައިފީ.. ލޫއަށް ނޭންގޭނު ތިހެންވީގޮމަ.. އިބާ ލޯބިން އަހަނަށް ކިޔަނީ ޒޭން.. ލޫއަށްވެސް އިނގޭނު ދެން ކޮއްކޮ އަލުން އަރައިގެން ނާންނާނެކަން.. އެކަމަކު ތިއިނީ އަނގަހުޅުވައިގެން..” ހެމުން ހެމުން އައިސް އަރުޝަދު އެހެންބުނުމުން ނުތަނަވަސް ކަމާއެކުގައިވެސް ލޫޔާ ހިނިތުންވެލިއެވެ. ނަމަވެސް ހަމަ އެވަގުތު ހިތުގައިވި ސުވާލު ކޮށްލިއެވެ. ” ކޮންއިރަކު އަރުޝަދުއާ އިބާ މެރީކުރީ.. ” ” ހިނގާބަލަ އިށީންދެލަން ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން.. ” ލޫޔާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނުމާއެކު ނަސްރީނާ އަވަހަށް ބުނެލިއެވެ.

އިބާ އަލޫކް އޭނަ ވަރިކޮށްދީ އަރުޝަދުއާއި ގުޅުވާދިން ގޮތް ކިޔާދިން އިރު، އަރުޝަދު އެދުވަސްކޮޅު އަދި މިހާރުވެސް އަލޫކްގެ ދިރިއުޅުން ހުންނަގޮތް ކިޔާދިނެވެ. ހުރިހާ ވާހަކައެއް އަޑުއަހަން އިން ލޫޔާގެ ލޮލުން ކަރުނަ ފާއްދާލީ އަލޫކް ހަގީގަތުގައިވެސް ލޯބިވަނީ އޭނަދެކެކަން އެނގުމުން އުފަލުންނެވެ.

އާދައިގެ މަތީން އެވަގުތު އެގެއަށް އަންނަ އަލްޔާއާއި ފަރޫން އައިސް ވަނުމާއެކު އެދެމީހުންވެސް ސިހުނީ ލޫޔާ ކުއްލިއަކަށް ފެނުމުންނެވެ. އަލްޔާ ވަގުތުން އަލޫކްއަށް ގުޅާ ބުނަން އުޅުން ނަމަވެސް ފަރޫން އެކަން ހުއްޓުވާފައި އެދުނީ އަލޫކް އަށް ސަޕްރައިޒްއެއް ދޭށެވެ. ލޫޔާއަށް އެދުވަހުވެސް އައިލެޑް އޭވިއޭޝަން އިން ގުޅާ މިހާރުން މިހާރަށްވެސް ޕައިލެޓްއެއްގޮތިގައި ގުޅެން އެނދުނެވެ. ނަމަވެސް ލޫޔާ ބޭނުންވީ ޗުއްޓީއެއް ހަދާލާފައި ވަޒީފާގެ މާހައުލަށް ނިކުންނާށެވެ.

އެރޭގެ ވަގުތެވެ. ފަރޫން އާއި އަލްޔާގެ އިތުރުން ލޫޔާއާއި ނަސްރީއާއި ޔާސިރު އަދި ނާދިޔާ އާއި ޝަކީބްވެސް ތިބީ ހުޅުމާލެއަށް ދާން ލޯންޗްގައެވެ. ނަސްރީނާއާއި ޔާސިރު ދިޔައީ އަލޫކް ގާތުބުނީ އެމީހުން ބައްދަލްކުރަންދާ ވާހަކަ ކަމަށް ބުނެފައި އޮތުމާއެކު އެވަގުތު އެތާންގައި ތިބެން ބޭނުންވެފައި ތިބުމުންނެވެ. ހުޅުމާލެއަށް ދެވުމާއެކު ފަރޫން އަލޫކްއަށް ގުޅާ ކާރުގައި ނައްޓާލީ ކަމުގައި ބުނުމުން އަލޫކް އިނީ ގޭދޮރު މައްޗަށް ނިކުމެއެވެ. ފަރޫން އާއި ނަސްރީނާމެން ދެމަފިރިން ޓެކްސީގައި ދިޔައިރު ލޫޔާ އާއި އަލްޔާ އަދި ޝަކީބް އޢި ނާދިޔާ ދިޔައީ ހުޅުމާލެގައި އޮންނަ ފަރޫންގެ ކާރުގައެވެ. އަލްޔާވެސް މިހާރު ކާރު ދުއްވާތީ އެކަމަށް ވަރަށް ކުޅަދާނައެވެ.

އަލޫކް ފަރޫންމެން ގޮވައިގެން ގެއަށް ވަންނަންދެން ދުރުގައި ކާރު މަޑުކޮށްލައިގެން އޮތުމަށްފަހު އަލްޔާ އަލޫކްގެ ގެ ކައިރިއަށް އައިސް މަޑުކޮށްލާ ލޫޔާ ގޮވައިގެން ފެއިބީ ފަރޫންގެ މެސެޖް ލިބުނީމައެވެ. އަލޫކް ލުއި ބުއިމަކާއި ބިސްކޯންދު ގެނައުމަށްފަހު އިށީން ނަނިކޮށް ދޮރުގައި ޓަކިޖަހާލި އަޑަށް ބަލާލިއެވެ. ފަރޫން ދޭބަލާށޭ އަހަރުމެން މަޑުކުރާނަމޭ ބުނުމުން އަލޫކް ބަލާލީ ނަސްރީނާމެންނަށެވެ. އެމީހުން ބޯޖަހާލމ އެކު ދާށެ ބުނިއިރު ކުޑަކޮށް ހިނިތުން ވެލިއެވެ. ފުން ނޭވައެއް ލުމަށްފަހު އަލޫކް ގޮސް ދިރުހުޅުވާލުމާއެކު އަވަސް އަވަސްކޮށް ލޯމަރާ ހުޅުވަލީ ފެންނަނީ ހުވަފެނެއް ކަމަށް ހީކޮށެވެ. އެވަގުތު އަލްޔާ އައިސް ދޮންބޭ މީހަގީގަތޭ ކިޔާ މަޑުމަޑުން ލޫޔާގެ އަތް އަލޫކްގެ މޫނުގައި ނަގާ ޖެއްސުވިއެވެ. އަދި ފަހަތުގައި ތިބި ޝަކީބްއާއި ނާދިޔާ ސަޕްރައިޒް ކިހިނެއްހޭ އަހާލިއެވެ.

ލޫޔާގެ އެމަޑުމަޑު ފިނިއަތް ޖެހުމާއެކު އަލޫކްގެ ގައިގަ ކަރަންޓް ބާންޏެއް ދުވެލިފަދައެވެ. އަދި ފަހަތް ބަލާލިއިރު ޔާސިރު އާއި ނަސްރީނާގެ އިތުރުން ފަރޫން ހެވިފައި އައިސް ކައިރީގައި ތިއްބެވެ. އެންމެން އެކީގައި އެތެރެއަށް އައި އިރު އަލޫކް ބޭނުންވީ ލޫޔާއާއި ވަކިން ބައްދަލް ކޮށްލާށެވެ. އެކަމަށް ދެއާއިލާއިންވެސް އުފަލާއެކު މަރުހަބާ ކީއިރު އެރޭގެ އެބައްދަލްވުން ނިމި ލޫޔާމެން މާލެދިޔައީ ވީ އެންމެ އަވަހަކަށް ދެފަރާތުގެ އާއިލާގެ އެދުމާއި ރުހުމުގެމަތީން ކައިކުރަން ނިންމާފައެވެ.

***1މަސް ފަސް..***

ކައިވެނީގެ ހުރިހާކަމެއް ދެއާއިލާ އެކުގައި ކުރުމުން އެކަން ނިންމާލެވުނީ ހީކުރިވަރަށް ވުރެވެސް އަވަހަށެވެ. އެންމެންވެސް އަވަދި ނެތިޕާޓީއަށް ތައްޔާރުވަމުން ދިޔައިރު ލޫޔާ ރީތިކުރުމުގައި އުޅުނީ އިބާއެވެ. އިބާ ބިއުޓީޝަން ކޯސް ހަދާފައިހުރުމުން ލޫޔާގެ އިތުރުން ދެމަންމަ އާއި އަލްޔާވެސް އަލްޔާވެސް ތައްޔާރުކުރުވީ ހުދު އިބާއެވެ. ޕާޓީ ބާއްވަން ހަމަޖެހިފައި އޮތީ އެންމެފަހުން ޔާސިރު ގަތް “އަލިމަސް” ޔޮޓުގައެވެ.

އަންހެން ވެރިން ތައްޔާރުވެގެން ނިކުތް އިރު ޣާޒީވެސް އައިސްފައިވުމުން ލޫޔާ ގޮވައިގެން އައި ނަސްރީނާއާއި ނާދިޔާ އަވަހަށް ލޫޔާގޮވައިގެން ގޮސް އަލޫކް ގާތުގައި ބޭންދިއެވެ. ” އަނބިގަބޫލް ކޮށްފިން..” އަލޫކްގެ އަނަގައިން އެބަސްބޭރުވުމާއެކު ލޫޔާގެ ލޮލުން ކަރުނަ ނީރާލިއިރު އާއލިާގެމީހުން އަތްތިލަބަޑީގެ އަޑު ގުގުމާލިއެވެ. ކުޑަސަޔަކާއެކު ޣާޒީންގެ ކަންކަން ނިންމާލުމަށްފަހު އާއިލާއެކުގައި އެކިކާރުގައި އަވަހަށް ދިޔައީ ލާންޗް ތައްޔާރަށް އޮތްކަން ޔާސިރު ބުނުމާއެކުގައެވެ. އެހުރިހާވަގުތަކު އަލޫކް ހުރީ ލޫޔާގެ އަތުގައި ހިފާލައިގެންނެވެ.

ބްރައިޑް އާއި ފެމެލީ ޔޮޓްއަށް އެރުމާއކެު ލައިވް މިއުޒިކް ފެށުންނެވެ. އަދި ޕާޓީ ވެސް ފެށިގެން ދިޔައެވެ. ޔުނިވަރސިޓީގެ ގިނަ އަދަދެއްގެ ކުދިންގެ އިތުރުން ގިނަ އަދަދަކަށް ލޯޔަރުންވެސް ބައިވެރި ޕާޓީއަކަށް އެޕާޓީވެގެން ދިޔައެވެ. އެރޭ ލައިވެ މިއުޒިކާއެކު ލޫޔާ އާއި އަލޫކްގެ ފޭވަރިޓް “ނޭންގިހިތޭ ގެންދެވީމަ މިތުރާ.. ” އެލަވަ ކިޔާދިނުމަށް މީރާއާއި ޝަލަބީވެސް އައިސް ހުއްޓެވެ.  ނުވައެއް ޖެހިއިރު ފެށުނު ޕާޓީ ނިމުނީ އެގާރަޖެހިއިރު އެވެ. އޭރު ކޮޅަށް އެހާ ގިނައިރު އިނުމުގެ ސަބަބުން ލޫޔާ އިނީ ވަރުބަލިވެފައެވެ.

ޕާޓީއަށް އައި މީހުން ލާންޗްތަކުގައި މާލެ ގެންދިއުމާއެކު މިހރު ޔޮޓުގައި ތިބީ ދެފަރާތުގެ އާއިލާއެވެ. އަލޫކްގެ އެދުމުގެ މަތީން މިރޭ ލޫޔާ އޭނާގެ ގެއަށް ދާން ނިންމާފައިވުމުން ދެއާއިލަަވެސް އެންމެފަހުން ރޭގަނޑުގެ ސަލާންކޮށް ކައިވެނިކުރި ދެކުދިންނާއެކު ފޮޓޯނެގުމާއެކު ވަކިވެގެން ދިޔައީ އެތަށް ދުވަހެއްފަހުން ލޯބިވާ ދެކުދިން ގުޅުމުން އެކަމަށް މަރުހަބާކިޔާފައެވެ.

ހުޅުމާލެ ދެވުމާއެކު ލޫޔާގެ ހިތުގެ ހިގުން އަވަސްވެ މީހާ ފިނިވާގޮތްވިއެވެ. އަލޫކްއަށް އެކަން އެނގުމުން ކާރުގައި އިންއިރު އިނީ ލޫޔާގެނެސް މެޔާލާ ބޮނޑިކޮއްލައިގެނެވެ.

ގެއަށް ދެވުމާއެކު ޑްރައިވަރުކައިރީ ހެނދުނުން އައުމަށް ބުނުމަށްފަހު ފޮނުވާލާފައި އެނބުރުނު އަލޫކް ލޫޔާނަގާ އަތްދަނޑިމައްޗަށް ލީ ލުއިފަތެއް އުފުލާލާ ފަދައަކުންނެވެ. ލަދުން ވިރިވިރިއޮތް ލޫޔާ މޫއެއްކޮށް ޖަންބުކުލައަރާފައި ވީއިރު އަލޫކް ލޫޔާގޮވައިގެން ދިޔަގޮތަށް ދިޔައީ ދެވަނަ ފްލޯގައި ހުންނަ އޭނާގެ ކޮޓަރިއަށެވެ. އޭރު މުޅިކޮޓަރީގައިވަނީ އެރޯމާ އުއްބައްތީގެ މީރުވަސް ހިފާލާފައެވެ. އަލޫކް އެހުރިހާކަމެއް ކުރިން އިންތިޒާމުކޮށް ނިންމާފައިހުރީ ލޫޔާއަށް ކައިވެނީގެ ފުރަތަމަ ރޭ އެންމެ ފުރިހަމަގޮތުގައި ކަންތަށް ކޮށްދޭން ބޭނުންވާލެއް ބޮޑުކަމުންނެވެ.

ކޮޓަރީގެ އެނދުމަތީގައި ގެންގޮސް ލޫޔާ ބަައްވާލިއިރު އަލޫކްގެ ހުރިހާ ހިއްސުތަށްވަނީ ހޭލާފައެވެ. މަސްތީގޮތަކަށް ލޫޔާއަށް ބަލާލުމާއެކު އަލޫކް ލޫޔާ މަޑުފިޔާތޮށިކުލައިގެ ތުންފަތުގެ ރަހަބަލާލިއެވެ.  ލޫޔާވެސް ލަދުން އޮތްނަމަވެސް ހިތްއެދިގޮވަމުންދިޔައީ އަލޫކްގެ އެލޯބި ހަށިގަނޑުގެ ބައްދާލާ ގައިދުވެގެންދިއުމަށެވެ. ދެހިތުގެ ވިންދުއަވަސްވަމުން ދިޔަވަރަކަށް ހަރަކާތްތަށް އަވަސްވެ ދެހަށިގަނޑު އެއްހަށިގަނޑަކަށް ވެގެންދިޔައީ އުއްބަތީގެ ފަނޑުއަލީގައި ނުހަނު ލޯތްބާއި އޯގާތެރިކަމާއެކުގައެވެ.

(ނިމުނީ)

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ނޫރު (ހަތާވީސްވަނަ ބައި)

Next

ކަތިފިޔަވަޅު

Next
January 22, 2018

ކަތިފިޔަވަޅު

Previews
January 22, 2018

ނޫރު (ހަތާވީސްވަނަ ބައި)

21 Comments!

  1. Hawwi says:
    January 22, 2018 at 9:12 pm

    ސަލާމް.. މިހާ ގިނަދުވަސްވީމަ.. ވަރަށްގިނަ ކިއުންތެރިންގެ ޝަކުވާތަށް އައިކަން އިނގޭ.. ބަޓް މިހާރު މިސައިޓްގަ ލިޔަން ވަރަށް އުނދަގު.. އެންޑް ފެށުނު ދިރާސ ީ އާ އަހަރާއެކު ލަޔާވެސް ބިޒީވީ.. އެހެން މަޑުމަޑުން ލިޔަމުން ގޮސް ނިންމާލީ މިރޭ .. އުންމީދުކުރަން މިވާހަކަ ހުރިހާ ކިއުންތެރިންނަށްވެސް ކަމުދިޔަ ކަމަށް.. ބާއްޖަވެރި ރޭގަނޑަކަށް އެދެން..

    1. Hawwi says:
      January 24, 2018 at 9:05 am

      Hawwi (Layaa) nidhanee mihaaru horror story eh ge idea ah kurakih Vaahaka raavaalamun.. Kiyaalan libeyne dhuvaheh neynge bunan.. Mifaharu ehkoh story type nuvamees up kuran nufashan ninmaigen mihureee..

  2. Zuam says:
    January 23, 2018 at 1:30 am

    Wow….

    1. Hawwi says:
      January 23, 2018 at 8:51 am

      Awwn thank you dear zuam ???

    2. Hawwi says:
      January 23, 2018 at 9:19 pm

      Thankyou dear zuam ??

  3. Eyra says:
    January 23, 2018 at 7:27 am

    Varah reethi?, keehve your name change kuree hawwi ah

    1. Hawwi says:
      January 23, 2018 at 8:48 am

      Owh eyra layaage rial name akee hawwiey.. Ehenves beynuvaa varah level ereemami change Kohlee.. Btw thank you dear eyra.. ??????

  4. Saadhu says:
    January 23, 2018 at 9:47 am

    Layaaa v v boda mis vege…kihinetha.haadha inthizaare kofeemay.v ufaavege up kodhineethee.v furihama vahaka nimun.kondhuvahaku dhen vahakaye kiyaala libeni.love u?????????

    1. Hawwi says:
      January 23, 2018 at 5:03 pm

      Alhamdhulillah layaa gd. Saadhu kihiniehtha.. Ya varah inthizaaru kuruvijjedhw.. Hama busyvegen ekanyehnun..
      upnuvevidhiyaee Vaahaka 15 carakah faharu save nukurevenees reset vi ehurihaa kamakaaeku mihaa lassmivee.. Btw v happy vejje.. Thank you somuch my dear ❤??

  5. shaan says:
    January 23, 2018 at 10:01 am

    nice storyy n keep it up??????

    1. Hawwi says:
      January 23, 2018 at 9:28 pm

      Thankyou dear shaan ?

  6. Sham says:
    January 23, 2018 at 10:45 am

    Yayyyyyy…. Alheyyyy… Vrh vrh happy ? I knw layaa vx busy vaane kan.. so its ok… last part just wowow?? vrh reethi.. hama sham emme beynun vi gothah e dhiyaee story? dhn kon irakun new story eh kiyaalan libeyny? Hehehe

    1. Hawwi says:
      January 23, 2018 at 9:22 pm

      Hehe thank you dear sham ?❤?

  7. Pinky shifoo says:
    January 23, 2018 at 12:28 pm

    Wow ❤️❤️??… I’m speechless ???.. Mi part vx varah varah reethi whole story vx ehaa reethi ❤️❤️???… Maasha Allah Layaa story liyan varah varah molhu ?????.. Dhn Layaa ge new story eh kiyaalan libeynee kihaathaaku??? I’m waiting for your new story ??.. Take care ????☺️

    1. Hawwi says:
      January 23, 2018 at 9:23 pm

      Thankyou dear loabikolhaa happy to c u here?? ly big koh

  8. mishy says:
    January 24, 2018 at 9:18 am

    ♥♥♥♥♥♥♥♥♥♥♥♥♥♡♡♡♡♡♡♡♡♡♡♡♡

    1. Hawwi says:
      January 25, 2018 at 7:43 am

      ❤❤❤❤???????

  9. shifu says:
    January 24, 2018 at 6:57 pm

    Hadi bahuruva like” thufathugae raha balaali” eythi kada…. Ehen nun vaahaka v salhi.. ekm dhen vaahaka ehga ves ekahala ibaara beynun nukurun edhen….

    1. Hawwi says:
      January 25, 2018 at 7:45 am

      Aww thankyou dear faahaga kohladhineema dhenvaahaka akun ebai rangalhuvaane btw thankyou ?????

  10. aa says:
    January 25, 2018 at 6:49 pm

    I wonder how you look like.. I think I am in Love with You Layaa

  11. samahaa says:
    January 25, 2018 at 7:12 pm

    Alhey hawwi why you are not replaying my comment
    Look at this story ge 15 part ge last comment
    ??????????????????
    SAD vehje varah bodah
    story nice?

Comments are closed.


All Right Reserved!