Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭނުމޭ އިޝްގާ 3 ވަނަ ބައި

aminath layaa Level 1
January 22, 2018 3 Mins Read
1 Comment

” ހާދަ ލަހޭ… އަދިވެސް އަންނާކަށް ނޫޅޭ ކައިސަން އެއް.. ” ފާތުން ނާ ޒާރާ ނިދާފަ އޮތް އިރުވެސް ޔޫހާ ނުނިދާ އިންތިޒާރު ކުރަމުން އެދަނީ ކައިސަން އަންނާނަމޭ ބުނުމުންނެވެ. ދެކޮޅަށް ފުރޮޅިލާ އޮތީ ކައިސަން ގެ ހިޔާލުގައެވެ.. ” ކިހިނެއްބާ މިވަނީ.. މީ ދުވަހަކުވެސް ވީ ގޮތެއް ނޫން.. އަނެއްކާ މަށަށް ކައިސަން ދެކެ ލޯބި ވެވުނީކީ ނޫންބާ” ޔޫހާ ހިތާހިތާ ސުވާލު ކުރިއެވެ.

ފެންވަރައިން ނިކުން އިރު ކައިސަން ހުރީ ޔޫހާ ގެ ހިޔާލު ގައެވެ. މިރޭ އަންނާނަމޭ ބުނެ ކައިސަން ގެ ދައްތަ މޫމިނާ ގުޅުމުން ވިލިގިއްޔަށް އައީ އެވެ. ” ކައިސަން ކޮން ހިޔާލެއްގަ؟ ” މޫމިނާ ކައިސަން ފާހަނަ ދޮރުމަތީ ހުރެ ވިސްނާތަން ފެނުމުން އަހާލިއެވެ.. ” މިއުޅެނީ މިއަދު އަންހެން ކުއްޖެއް ފެނިގެން! ވަރަށް ގަޔާވާ ކަހަލަ..” ކައިސަން އަދި އަލަށް އަންހެން ކުއްޖަކު ކަމުދިޔަ ވާހަކަ ބުނުމުން މޫމިނާ ހުރީ ހައިރާން ވެފައެވެ. މީގެ ކުރިން ކައިސަން ކިތަންމެ ކުއްޖަކާ ހިތާވިއެވެ. ނަމަވެސްް ގޭ މީހެއް ކައިރީގަ ނުބުނާނެއެވެ. ” އެހެންތަ .. ލޯބިވެވުނީދޯ ކުއްޖެއް ދެކެ.. ” މޫމިނާ ބުންޏެވެ.. ” ހުމްމްމް… އެހެން ކަންނޭނގެ” ކައިސަން މިހެން ބުނެފާ ހިނގަށްޖެއެވެ.

އާދުވަހަކަށް އިރު އަރައިފިޔެވެ.. ޔޫހާ އޮތީ އަދިވެސް ނުނިދައެވެ. ކައިސަން ވެސް ހަމަ އެހާލުގައެވެ. ޔޫހާ ކައިރިއަށް ދާން ބޭނުން ވެފަ އެވެ. ކައިސަން ތެދުވެ ރީތި ވެލައިން މޫމިނާ އަތުން ރުފިޔާ އެއް ހޮދައިގެން މާލެ ދާން ނިކުތެވެ.

” ކައެ ހާދަ ދެލޯ ރަތޭ .. މިރުސް އުނގުޅައިގެންތަ ތިއޮތީ” ފާތުން ހޭލައިގެން އޮވެ ޔޫހާ މޫނަށް ބަލާފާ ބުންޏެވެ. ” އާނ.. ރޭ މަށަށް ނިދިދާނެތީ ގިތިޔޮ މިރުހެއް ހާކައިގެން މިއޮތީ.. ވަރަށް އަރާމު… ހުންހް..” ޔޫހާ ބުނެލިއެވެ… ދޮރުގާ ޓަކި ދޭން ފެށުމުން ފާތުން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީ ހުރީ ކައިސަން އެވެ. ” ކޮބާ ޔޫހާ؟ ” ކައިސަން މިހެން ބުނުމާ އެކު ޔޫހާ ފުންމާގެން ތެދުވިއެވެ.. ދުވެފާ ގޮސް ކައިސަން ގެ ކަންފަތުގާ ހިފިއެވެ.” އަދި ތަ ކައިސަން އަށް ރޭނގަނޑު ވީ.. ކިހާއިރެއް މިތާ ހޭލާ އޮންނަތާ.. ކައިސަން ކަހަލަ ފިރިހެނުންނަށް އިނގެނީ އަންހެން ކުދިން އިންތިޒާރުގަ ބަހަށްޓަން ދޯ؟ ” ޔޫހާ ކައިސަން ގެ ކަންފަތުން އަތް ނަަގަމުން ބުނެލިއެވެ. ފާތުން ހުރީ ވާނުވާގައެވެ. ޔޫހާ ފިރިހެނަކު ނައިސްގެ އަލަށް އެވަރުވީމައެވެ. ” ދޮންތަ ގުޅައިގެން ދިޔައީ ވިލިގިއްޔަށް .. ސޮރީ .. އަހަންނަކަށް ވެސް ނުނިދުނު.. އެހެންވެ މިއައީ ޔޫހާ ގާތަށް” ކައިސަން ބުންޏެވެ . ” ދެން ކީއްވެ ނުގުޅީ ނަމްބަރ ދިނީމެއްނު ” ޔޫހާ ފެންކަޅިވެފާ އިނދެ ބުންޏެވެ. ” ޔޫހާ ނިދާފަ އޮވެދާނެތީ.. ” ކައިސަން ބުންޏެވެ.

ދެމީހުން އެކުގާ ގޮސް އިށީންދެލިއެވެ. ” ބޭނުން ވަރަށް ބޮޑު ވާހަކަ އެއް ބުނަން” ކައިސަން ޔޫހާ އިސް އުފުލާލަމުން ބުންޏެވެ . “ބުނެބަ! ” ޔޫހާ ބުންޏެވެ. ” އަހަންނަށް ޔޫހާ ވަރަށް ކަމުދޭ.. އަދި އެންމެ ފުރަތަމަ ފެނިލުމާ އެކު ވެސް ލޯބި ވެވިއްޖެ…”

ކައިސަން ޔޫހާ އަތުގާ ހިފާ ހަތަރު ކަޅި ހަމަ ކޮށްލަމުން ބުންޏެވެ.. ” އަސްލުވެސްތަ.. ” ޔޫހާ އުފަލުން ގޮސް ކައިސަން ގައިގަ ބައްދާލިއެވެ. ކައިސަން ޔޫހާގެ ކޮލަށް ދޮނެއް ދިނެވެ. މަންޒަރު ބަލަން އިން ފާތުން ނާ ޒާރާ އެކަކު އަނެކަކު ގެ މޫނަށް ބަލާލިއެވެ.

” މިއަދު ސައި ލިބޭނެ ދޯ؟ ކައިސަން ” ފާތުން ބުނެލިއެވެ.. “ޔަގީނެއްނު.. މިރޭ ދާނަން ތި އެންމެން ގޮވައިން.. ” ކައިސަން މިހެން ބުނިތަނާ ފޯނު ރިންގުވާން ފަށައިފިއެވެ. ” ހަލޯ މަންމާ. ކިހިނެއްތަ؟” ކައިސަން މަންމަ އާ ވާހަކަ ދަށްކަން ބެލްކަންޏަށް ނިކުތެވެ.

” ޔޫހާ އާދެބަ.” ކައިސަން ޔޫހާ އަށްް ގޮވާލިއެވެ.

“ކީކޭ” ޔޫހާ ބުންޏެވެ ” އަން މަ މަންމަ އާ ވާހަކަ ދަށްކަބަ” ކައިސަން ފޯނު ދިއްކޮށް ލަމުން ބުންޏެވެ..

ޔޫހާ ހުރީ ވަރަށް އުފަލުންނެވެ. ކައިސަން މަންމަ އާ ވާހަކަ ދެއްކުމުންނެވެ.. ކައިސަން މަންމަ އާ ވާހަކަ ދެއްކުމަށް ފަހު ޔޫހާ އާ ކައިސަން ވަނީ އެތެރެއަށްށެވެ. ” ޔޫހާގެ މަންމަ ގާތަކު ނުބުނާނަން ތަ މިވާހަކަ އެއް.” ކައިސަން ޔޫހާގެ ކޮލުގާ ހިފާލަމުން ބުންޏެވެ.

ކައިސަން އެހެން ބުނުމުން ޔޫހާ ދެލޯ ފެންކަޅިވިއެވެ. ރުޅިވެސް އަޔެވެ. ” އެކަހަލަ މީހަކާ ކާކު ވާހަކަ ދަށްކާނީ؟ ކައިސަން ވެސް ނުދަށްކާނެ” ޔޫހާ ރޮމުން ބުނެލިއެވެ. “ނުރޮއެ ވީ ގޮތް ކިޔާ ދީބަ؟ ކީކޭ ތަ ކިޔަން ތިއުޅެނީ ޔޫހާ ބުނެބަ. ޔޫހާ ގެ ލައިފް ކިޔާ ދީބަ” ކައިސަން ބުންޏެވެ.

” އަހަރެންގެ އެކަކުވެސް ނެއި.. ކަސަން ދެކެ ކައިސަން މަންމަ ވަރަށް ލޯބިވޭ.. އެކަމް އަހަރެން ދެކެ ލޯބިވާނެ މަންމައެއްނެތް.. އަހަރެން އުމުރުން އެތް އަހަރުގަ އަހަރެންނާ އަހަރެންގެ ބައްޕަ ދޫކޮށްފަ ދިޔައީ.. އެންމެ ފަހަރަކުވެސް އަހަރެން ކޮބާތޯ އަހަރެން ރަނގަޅުތޯވެސް ބަލ އެއް ނުލާ.. ދެން އިނގުނީ އޭނަ އެހެން މީހަކާ އިންކަން.. ދެ ދަރިން ލިބި ވަރަށް އުފަލުގަ އުޅޭކަން .. އަހަރެން އުމުރުން ތިން އަހަރުގަ ބައްޕަ ދިޔައީ ބޯޓު ދަތުރު ކުރަން އަހަރެން ހަވާލު ކުރީ އަހަރެންގެ މާމަޔާ. އަހަންނަށް ވަރަށް އަނިޔާ ކުރި. ބަސްނޭހިއްޔޭ ކިޔާފަ ރޭގަނޑު ފާހަނަ އަށްލާ ބޮކިނިވާނެ.. ގެއިން ނެރޭނެ .. ނެރޭ ރެއަކު ވެއްޖިޔާ އޮންނީ މުނި ކާފަ ގޭގަ. ދެން އިނގުނީ ބައްޕަ ކުރެއްދޫ މީހަކާ އިންކަން. އަހަރެންނަށް ބައްޕަ ފެނުނީ އުމުރުން ފަހެއް ވީ އިރު. މާމަ އަނިޔާ ކުރާކަން އިނގޭތީ އަހަރެން ގޮވަިއިން ދިޔައީ ކުރެއްދޫއަށް … އެރަށުން އަހަންނަށް މީހެއްގެ އުނދަގޫ ފޯރަން ޖެހުނު. އެއީ އެގޭ ބޭބެ އެއް.. އެންމެ ފަހުން ޖިންސީ އަނިޔާގެ ޝިކާރަވެރިޔަކަށް ވި. ދޮންމަންމަ ގިނައިރު އޮފީހުގަ އުޅޭތީ އަހަރެންނެއް ނުބެލޭ. އެންމެ ފަހުން އަހަރެން އަނެއްކާވެސް ރަށަށް ފޮނުވާލީ. އަނެއްކާވެސް އެ މާމަ ގާތަށް..” ޔޫހާ ގިސްލަމުން އިނދެ ކިޔާދެމުން ދިޔަ އެވެ. ކައިސަން ޔޫހާ އަށް ފެންތަށި ދިއްކޮއްލިއެވެ.. ” މި ފެން ތަށި ބޯލައިން ހަމަޖެހިގެން ކިޔާ ދީބަ.” ކައިސަން އޯގާ ތެރިކަމާ އެކު ޔޫހާގެ ކަރުނަތަށް ފުހެ ދެމުން ބުންޏެވެ.

4 ވަނަ ބަޔަށް އިންތިޒާރު ކޮށްލަށްވާ..

Share Article

Follow Me Written By

aminath layaa

Level 1

Other Articles

Previous

ތިޔަ އަސަރު 9

Next

ނޫރު (ހަތާވީސްވަނަ ބައި)

Next
January 22, 2018

ނޫރު (ހަތާވީސްވަނަ ބައި)

Previews
January 22, 2018

ތިޔަ އަސަރު 9

One Comment

  1. Angel says:
    January 23, 2018 at 9:20 am

    Wow v reeti. When next part

Comments are closed.


All Right Reserved!