Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (އަށްވަނަ ބައި)

riya Level 3100 Comments10 Stories
January 22, 2018 5 Mins Read
19 Comments

ޒީކް އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. އެއްވެސް ކަމެއް ކުރާހިތް ނުވެފައެވެ. ކުޑަކޮށް ބޮލުގައި ރިއްސަނީ ކަމަށް ބުނުމުން ރައުނާއްތަވެސް މިއަދު އޭނާ ހޯދާކަށް ނާދެއެވެ. ޒީކް ވިސްނަމުން ދިޔައީ ރުއާން އާއި ދޭތެރޭގައެވެ. ރުއާން އެއީ ކާކު ހެއްޔެވެ؟ ރުއާންގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އޭނާ ބޭނުންވެގެން އެއުޅެނީ ކޮންއެއްޗެއް ހެއްޔެވެ؟ ރުއާންއަށް އޭނާއަށް ކުރެވުނު ވަރު އަދިވެސް ކުޑައީ ހެއްޔެވެ؟ ލިބުނު އެކުވެރިޔާވެސް އޭނާގެ އަތުން ފޭރިގަނެފިއެވެ. އޭނާގެ ނަން މުޅި ޔުނިވަރސިޓީގެ ތެރޭގައި ބަދުނާމް ކުރެވުމުންވެސް އެވަރުންވެސް ނުފުދުނީ ހެއްޔެވެ؟ ލިބެމުންދާ ހަމައެކަނި އުފާކޮޅުވެސް ފޭރިގަންނަން މަސައްކަތް ކުރަނީއެވެ. އެކަމަކު ރުއާންއަށް އޭނާއާ އިޔާންގެ ގުޅުން އެގުނު ގޮތަކީ ކޮބައި ބާވައެވެ. ހައްތަވާވެސް ސުވާލުތަކެވެ. ވިސްނި ވަރަކަށް ޒީކްގެ ބޮލުގައި ރިއްސަމުން ދިޔައެވެ.

މިއަދު އިޔާންއަށް ގެއަށް އާދެވުނީ އެހެން ދުވަސް ދުވަހަށްވުރެ ލަހުންނެވެ. ޒީކް ކުލާހަށް ނައުމުން އޭނާއަށް ވީގޮތެއް ބެލުމަށް އިޔާން ހުރީ ކެތްތެރިކަން ކުޑަވެފައެވެ. މިއަދު ހެނދުނު ޔުނިވަރސިޓީއަށް ދާން ދެމީހުންނަށް ނިކުމެވުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އިޔާން އާދޭސް ކުރުމުންވެސް ސައިކަލް ފަހަތަށް ނޭރުމުން އިޔާން ދިޔައީ ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެގެނެވެ. ޒީކްއަކީ ކްލާސްތަކަށް ފަރުވާ ބަހައްޓައިގެން ދާ ކުއްޖަކަށްވުމުން ޔުނިވަރސިޓީއަށް ގޮސްފައި އެންމެ ކްލާހަކަށް ހާޒިރުނުވެ އައުމަކީ ޒީކްއާ ފާޑު ކަމެއްނޫނެވެ. އިޔާންގެ ހިތް ބުނަމުންދިޔައީ ޒީކްއަށް ކޮންމެވެސް ބޮޑު ކަމެއް ދިމާވީ ކަމަށެވެ.

ފެންވަރަން މާގަނޑު ދަށުގައި ހުރެގެންވެސް މިއަދު އިޔާންއަސް ވިސްނެމުން ދިޔައި ޒީކްއާއި ދޭތެރޭގައެވެ. ކަޅުކުލައިގެ ސޯޓަކާއި ހަމައެކުލައިގެ ޓީސާޓެއްގައި އިޔާން ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. އޭނާގެ ދޮންކަންވެސް އިތުރުވެފައިވާ ކަހަލައެވެ. އަތުން އިސްތަށިގަނޑު ރީތިކުރަމުން އިޔާން މިސްރާބުޖެހީ ބަދިގެއާ ދިމާއަށެވެ. ޒީކް އެންމެ ގިނައިން އުޅެނީ އެތާގައި ކަމަށް ވާތީއެވެ. ނަމަވެސް މިއަދު އެތަނަކުން ޒީކްއެއް ނުފެނުނެވެ.

ރައުނާ ބަދިގެއަށް ވަންނަން އައިއިރު އިޔާން އެތަނުން ފެނުމުން ކުޑަކޮށް ހައިރާންވިއެވެ.

“އެއްޗެއް ހަދައި ދޭންވީތަ؟” ރައުނާ އަހާލިއެވެ.

“ނޫން. ދައްތާ ޒީކް ކޮބާ؟” އިޔާން ކުޑަކޮށް ޖެހިލުންވެހުރެ އަހާލިއެވެ.

“ޒީކް ކުޑަކޮށް ބޮލުގައި ރިއްސާތީ އޭ ބުނި މިއުޅެނީ. މިއަދު މާއަވަހަށް ގެއަށްވެސް އައިސްފި.. ބޭސް ކައިގެން ނިދާލާށޭ ބުނީމަ ކޮޓަރީގަ ވީ.. މިހާރު ހޭލަދާނެ ކަންނޭގެ ދޭބަލަ ބަލާލަން” އިޔާންގެ މޫނުމަތީގައި ހުރި އަސަރުތައް ދެނެގަންނަން މަސައްކަތް ކުރަމުން ރައުނާ ބުނެލިއެވެ. އިޔާންގެ ގައިގައި ހުރި މަޑުމައިތިރިކަމާއި އެހެން މީހުންނަށް އިހްތިރާމް ކުރާ ސިފަ ފެނިގެން ދިޔުމުން އަލްޔަން އާ އަޅާ ކިޔާލެވުނެވެ. ކިހާ ތަފާތު ބޮޑު ދެކުދިން ހެއްޔެވެ. ހުރިހާ އުފަލެއް ލިބިގެން ބޮޑުވި ކުއްޖާއާ އިޔާން ކިހާ ތަފާތު ހެއްޔެވެ؟

އިޔާން އަވަސް ފިޔަވަޅުތަކެއް އަޅަމުން ޒީކްގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ދެފަހަރަކު ޓަކި ޖަހާލިތަނުން ޒީކް އައިސް ދޮރު ހުޅުވައިފިއެވެ. އިޔާން ހުއްޓާ ފެނުމުން ކުޑަކޮށް ހައިރާންވެސް ވިއެވެ. ހަމަ އެސިކުންތުގައި ޒީކް ދޮރުލައްޕާލުމަށް ހީކުރިއެވެ. ނަމަވެސް އިޔާން ހުށިޔާރު ކަމާއެކީ ކޮޓަރިތެރެއަށް ދެމިގަނެފިއެވެ. އެއްވެސް އަލިކަމެއް ނުވާ އެކޮޓަރި ތެރޭގައި އިޔާން ކުރިއަށް ފިޔަވަޅެއް އެޅިތަނުން ކައިރިގައި ހުރި މޭޒުގައި އަޅައިގަނެފައި ވެއްޓެންދިޔަ އިޔާންއަށް ސަލާމަތްވުމަށް ހިފުނީ ކައިރީގައި ކޮޅަށް ހުރި ޒީކްގެ ހެދުމުގައެވެ. ހެދުން ވިދިގެންދިޔަ އަޑާ ގޮތްތައް އެކިދިމަދިމާއަށް ބުރަބުރައިގެން ދިޔައަޑު އިވިގެންދިޔައީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އަދި ހަމައެއާ އެކީ ދެން އިވިގެންދިޔައި ދެމީހުން އެކީގައި ކަހަލަގޮތަކަށް ވެއްޓި ޖެހުނު އަޑެވެ. ޒީކް ހުރީ އިޔާންގެ ފަރާތުން އެފަދަ ކަމަކަށް ވިސްނައިގެން ކަމަށް ނުވާތީ ހެދުމުގައި އިޔާންއަށް ހިފުމާއެކީ ޒީކްއަށްވެސް ބެލެންސް ނުކުރެވުނީއެވެ. އިޔާންގެ މޭމަތިން ޒީކްގެ އަތްނަގަމުން އަވަސް އަވަހަށް ތެދުވެ ލައިޓް ޖައްސާލަމުން އަމިއްލަ ހެދުމަށް ބަލާލެވުނެވެ. ޒީކް ލައިގެން ހުރީ ގަމީސް ގޮތަށް ފޫކޮޅަށްވުރެ ތިރިޔަށް ހުރި ހެދުމެކެވެ. ޒީކް އިޔާންއަށް ފުރަގަސްދެމުން އޭނާގެ ހާމަވެފައިވާ ހަށިގަޑު ނިވާކުރަމުން ހެދުމުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި ފާހާނާއާ ދިމާއަށް ދުއްވައިގަތެވެ.

ޒީކް ހެދުން ބަދަލުކޮށްލައިގެން އައިއިރުވެސް އިޔާންއަށް ވީތަދުން ނުތެދުވެވިފައި އޮތެވެ. އިޔާން ނެގުމަށް ޒީކް އަތްދިއްކޮށްލިއެވެ. ޒީކްގެ މަޑުމަޑު އަތްތިލާގައި ހިފަމުން އިޔާން ތެދުވެއްޖެއެވެ. އަދި ކޮރަށް ޖަހަމުން އައިސް އެނދުގައި އިށީދެއްޖެއެވެ.

“ފަޔަށް ތަދުވީތަ؟ ދައްކާ ބަލާލަން” ޒީކްއަށް އެތަން ފެނިފައި އަހާލެވުނެވެ.

“ރަނގަޅު ވެދާނެއޭ އިރުކޮޅަކުން. މޭޒުގައި ޖެހުނު ގޮތަކުން ކުޑަކޮށް ތަދުވީ” އިޔާން ޒީކްގެ އަތުގައި ހިފާލާފައި ގެނެސް ކައިރީގައި އެނދުގައި ބޭންދިއެވެ.

“ޒީކްގެ ބޯ ރަނގަޅުތަ މިހާރު” އިޔާން ޒީކްގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ.

“ކާކުތަ ބުނީ އަހަރެން ބޮލުގަ ރިއްސައޭ؟” ޒީކްއަށް އަހައިލެވުނެވެ.

“ބޮލުގަ ނުރިއްސަންޏާ މިއަދު މަގޭ ކްލާހަށް ނައީ ކީއްވެގެން ނޯ…ޒީކް ނެތީމަ ވަރަށް ފޫހިވި ކްލާސް ގެންދަން” އިޔާން ޒީކްގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ޒީކްގެ ހަށިގަނޑު އިޔާންއާ ކައިރިއަށް ޖައްސާލިއެވެ.

“އިޔާގެ ކްލާހަށް ނުދިޔަސް މަށަށް ފިލާވަޅުތައް ނުގެއްލޭނެ އެއްނު ދޯ؟” ޒީކް މޮޅު ވާހަކައެއް ހަދާލިއެވެ.

“އިޔާ ދެންދޭ މިތަނުން. މީހަކަށް ފެނުނީމަ މާ ރަނގަޅެއް ނުވާނެ” ޒީކް އަނެއްކާވެސް ވާހަކަދެއްކިއެވެ.

“އޯކޭ.. ޒީކް ބޭނުމެއްނޫން ނުވޭ ވިއްޔަ އަހަރެން ޒީކް ފެންނަ ހިސާބުގައި ހުންނާކަށް. ދެން ދަނީ އެހެން ވީއިރު.. ދިހައެއް ޖަހާއިރު އަހަރެން އިންތިޒާރުކުރާނަށް.. އަބަދުވެސް އަހަރެމެން ބައްދަލުކުރާ ތަނަށް އަންނައްޗޭ..” ޒީކްގެ އަތް ނަގައި އިޔާންގެ ތުންފަތުގައި ޖައްސާލަމުން އިޔާން ހިނގައިގަތެވެ.

ފިނިކޮށްލާފައިވާ ކޮޓަރިތެރޭގައި ކިންގްސައިޒް އެނދުގައި ބަންޑުން އޮށޯވެލައިގެން ނީލާ އޮތެވެ. އެއްވެސް ތަރުތީބެއްނެތި ހޭވިފައިވާ އިސްތަށި ގަނޑެކެވެ. ރޮއިރޮއި ރަތްވެފައިވާ ދެލޮލެވެ. ގެއަށް އައިގޮތަށް މޭޒުމަށްޗަށް އުކާލި ފޮތްތައް އެހުރިގޮތަށް ހުއްޓެވެ. ރުއާން ހުއްޓާނުލައި ނީލާއަށް ގުޅަމުން ދާއިރުވެސް ފޯނަށް ޖަވާބު ދޭން ބޭނުން ނުވެފައި އޮތްކަހަލައެވެ. މިއަދު އޭނާ ރުއާންގެ ބޭކާރު ވާހަކަތައް އަޑުއަހަން ވަގުތު ދޭން ބޭނުން ނުވާކަހަލައެވެ.

“ދަރިފުޅާ ނީލާ… ބައްޕަ އެބަ ގޮވާލައްވާ” ދޮރުގައި ދެފަހަރަކު ޓަކި ޖެހުމާއެކީ ނަފީސާގެ އަޑު އިވިގެން ދިޔައެވެ.

“މަންމާ މިދަނީ” ނީލާ އެހެން ބުނެލުމަށްފަހު ވަނީ ފާހާނާއަށެވެ. އަވަސްއަވަހަށް ފެންވަރާލައިގެން ނިކުމެ އޭނާލީ ކަޅުކުލައިގެ ކަކުލާހަމައަށް އަންނަ ކުރު ހެދުމެކެވެ.

“ބައްޕާ.. ކިހެނެއްތޯ ވީ؟” ސިޓިންގ ރޫމަށް ނިކުންނަމުން ނީލާ ބުނެލިއެވެ. އޭނާ ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނަނީ މަހްމޫދު ކައިރީގައި އިށީދެގެން އިން ރުއާން ފެނުމުންނެވެ.

“ދަރިފުޅާ މިއީ ކާކުކަން އެނގޭތަ؟ މިއީ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ. ދަރިފުޅު ކުޑައިރު ވަރަށް ގިނައިން އަންނާނެ މިގެއަށް. ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރިފަހުން އަދި އެއައީ. ދަރިފުޅަށް ނުވެސް އެނގުނު ދޯ” މަހްމޫދު އޭނާގެ އެންމެ ގާތް އެކުވެރިޔާ ލަޔާން ދައްކާލަމުން ނީލާ އަށް ބުނެލިއެވެ. ނީލާއަށް އަދިވެސް ބެލެމުންދިޔައީ ރުއާން އަށެވެ. ލަޔާންގެ ހުންނަނީ އެންމެ އަންހެން ކުއްޖެކެވެ. އެހެންވީއިރު ރުއާން އަކީ ލަޔާންގެ ކާކު ބާވައެވެ. މަހްމޫދާއި ލަޔާން ދިރިއުޅުމުގެ ވާހަކަތައް ދެއްކުމުގައި ތިއްބެވެ. އެތައް ދުވަހަކަށް ފަހު ބައްދަލުވުމުން ދައްކާނެ ކިހާ ބައިވަރު ވާހަކަތަކެއް ހުންނާނެ ނޫން ހެއްޔެވެ؟

“މީ ކާކުގެ ކުއްޖެއް؟ ރުއާން މަތިން ހަނދާންވުމުން މަހްމޫދު އަހަލިއެވެ. އޭރު ބައްޕަގެ އެދުމަށް ރުއާން އާއި ރާއިނާ ގޮވައިގެން ނީލާދިޔައީ ޓެރަސް މައްޗަށެވެ.

“އެއީ ރާއްޖެތެރެއަށް ގޮސްއުޅުނު އިރު ދިމާވި ފަގީރު ބައެއްގެ ކުއްޖެއް. ރުއާން ވިހާފަ އޭނާގެ މަންމަ މަރުވީ. އެއްމާބަނޑު ދެކުދިން ލިބުނީ އެއަންހެން މީހާއަށް. ދެވައްތަރު ދެކުދިން. ރަނާއަށް ކުއްޖަކު ނުލިބޭނެޔޭ ބުނެފަ އޮތީމަޔާއެކީގަ އަހަރެމެން އެއް ކުއްޖަކު ގެނައީ. އެކޮޅުގައި ޑިޕްލޮމާ ހަދާފަ އައިސް މިކޮޅުން ޑިގްރީއަށް ޖޮއިން ކޮށްގެން މިހާރު އެއުޅެނީ. ރުއާންއަށް ވަރަށް ފަހުން އެނގުނީ އަހަރެމެން މީ އަސްލު މަންމަމެން ނޫންކަން.” ލަޔާން ރުއާންގެ ވާހަކަ ކިޔައިދެމުން ދިޔައިރު މަހްމޫދު ޝައުގުވެރިކަމާއެކީ އަޑުއަހަން އިނެވެ.

“ހިނގާ ދެން ކާންދަމާ ދޯ” މަހްމޫދު އެހެން ބުނަމުން ކާމޭޒާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.

ފިނިހިފާފައިވާ ކޮޓަރިތެރޭގައި މަޑުމަޑު އެނދުގައި އޮށޯވެލައިގެން އަލްޔަން އޮތީ ފުންވިސްނުމެއްގައެވެ. އިރުކޮޅަކު ސީލިންގައި ދިމާއަށް ބަލަހައްޓައިގެން އޮތުމަށްފަހު ހިނިތުންވެލިއެވެ. ވިސްނަމުންދިޔަ ކަންތަކަށް ކާމިޔާބު ލިބުނު ފަދައަކުންނެވެ. ހެނދުނު ބައްޕައާއެކުގައި އޮފީހަށް ދިޔުމަށް އަލްޔަން ހިތާއިހިތުން ނިންމިއެވެ. އަދި އެކަމަށް އަމަލީ ސިފައެއް ގެނައުމުގެ ގޮތުން ސައިޑް ޓޭބަލް މަތީގައި ހުރި އެލާރމްގަޑި ހަތެއް ޖަހާއިރަށް އެލާރމްކުރިއެވެ. އަދި އެއްފަރާތެއްގައި އޮތް ކަންނޭލުގައި ބައްދާލުމަށްފަހު ލޯމަރާލިއެވެ. ފުންނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

މިސައިބާ ކާކޮޓަރިއަށް ވަދެ ކާން ތައްޔާރުވެއްޖެތޯ ބަލާލިއެވެ. އެންމެންނަށް ކާން ގޮވުމުގެ ކުރިން ހުރިހާ ކަމެއްވެސް ހުރީ ރަނގަޅަށް ފުރިހަމަވެފައިތޯ ބެލުމަކީ މިސައިބާގެ އާދައެވެ. އިޔާން އެތަނަށް އައިސް ހުއްޓުނީ އެވަގުތުއެވެ. ކާތަކެތިން ފުރިފައިވާ މޭޒުމަތި ފެނުމުން އިޔާންގެ ބަނޑުހައިކަން އެތައް ގުނައަކަށް އިތުރު ވެގެން ދިޔަކަހަލައެވެ. ހޫނު ކާތަކެތިން ދޮވަމުން ދިޔަ މީރުވަހުން ބަނޑުފުރި އަރާހާވެއެވެ. އެއީ ރައުނާ އާއި ހައްވަގެ ކުޅަދާނަކަމެވެ.

“މަންމާ.. އާލިންބެއާއި އާލް ކޮބާ؟”  ބަނޑުގައި އަތްހާކާލަމުން އިޔާން އަހާލިއެވެ.

“އަލްޔަން ނިދާފަ… އާލިންބެ މިހާރު އަންނާނެ” މިސައިބާ އެހެން ބުނެލުމަށްފަހު އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން އައުމަށްފަހު ފެންއަޅަން ފެށިއެވެ. މާގިނަ އިރުތަކެއް ނުވަނީސް އާލިންވެސް އައިސް އެދިގު މޭޒުގެ ކޮޅުގައި ބަހައްޓާފައިވާ ގޮނޑީގައި އިށީދެއްޖެއެވެ. އިޔާން އަތުގައި އޮތް ގަޑިއަށް ބަލާލުމަށްފަހު އަވަސް އަވަހަށް ކާންފެށިއެވެ.

“މީހަކާ ބައްދަލުކުރަން ދާން ލަސްވަނީތަ ދަރިފުޅާ؟” އިޔާން މާ އަވަސް އަރުވާލައިގެން ކަމުން ދިޔަތަން ފެނިފައި މިސައިބާ އަހާލިއެވެ. މިސައިބާގެ އެ ސުވާލާއެކީ އިޔާންއަށް ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރީހެނެވެ. ސިއްސައިގެން ދިޔަލެއް ބޮޑުކަމުން އަނގައަށް ލައިލައި އިން ރޮށިކޮޅުވެސް އަނގައަށް ނުލައި މަޑުޖައްސާލެވުނެވެ.

“ނޫން މަންމާ.. ތަންކޮޅެއް ބޮޑަށް ބަނޑުހައިވީ” އިޔާން ޒީކްއާ ބައްދަލުކުރުމަށް ދިއުމަށް ގަޑިޖެހުނެއް ކަމަކު މިފަހަރު ހާމަކުރީ ތެދެކެވެ.

“ދަރިފުޅާ.. އައިސް ކްރީމް ކޮޅެއްވެސް ބޭނުން ނޫނީތަ މިރޭ” އިޔާން ކައިނިންމާލުމަށްފަހު ތެދުވެގެން ދާން ހިނގައި ގަތުމުން މިސައިބާ ހައިރާންވެފައި އަހާލިއެވެ. އިޔާން އަކީ އަބަދުވެސް ކައި ނިންމުމަށްފަހު ކޮންމެގަޑިއެއްގަވެސް އައިސް ކްރީމް ހޯދާކުއްޖަކު މިރޭ އައިސް ކްރީމްގެ ނަންވެސް ނުގަނެ ދާންފެށުމުންނެވެ. އެންމެފަހުން މިސައިބާ އެހާ ލޯބިން ބުނި ބުނުމަށް އިޔާން އަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އައިސް ކްރީމް ތަށި ނެގުމަށް އައިސް އަލަމާރި ހުޅުވާލި ވަގުތު އައިސް އަލަމާރި ތެރޭގައި ހުރި މެގްނަމްތައް ފެނުމުން ހިޔާލު ބަދަލުވެއްޖެއެވެ. އަދި އެތަނުން މެގުނަމެއް ނަގައިގެން ހިނގައިގަތުމުން މިފަހަރު މިސައިބާ އަޅައެއް ނުލައެވެ.

އާދުވަހަކަށް އިރުއެރިއިރުވެސް އެނދުމަތީގައި ފުރޮލި ފުރޮޅި ޒީކް އޮތޮވެ. ނުނިދިފައެވެ. ރުއާންގެ ހަރުކަށި ބަސްތަކަށް ކަންފަތުގައި އަދިވެސް ހަރުލާފައި ހުރިކަހަލައެވެ. ދެން ވާނީ ކިހެނެއް ކަމެއް ނޭނގޭތީ އެކަމާ ވިސްނުމުގައި އޮވެވުނީ ކިހާ ގިނައިރަކު ކަމެއްވެސް ނޭނގެއެވެ. ރުއާންގެ ފަރާތުން ކުރިމަތި ވާނީ ދެން ކޮންކަމެއް ބާވައެވެ.

ކްލާސްތައް ނިންމާލުމަށްފަހު ޒީކް ގެއަށް ދާން ނިކުތްއިރު އުޑުމަތި އޮތީ ބަނަކޮށެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ ވެހެން ފަށާފާނެ ހެންނެވެ. ޖެހުމުންދާ ބާރު ވައި ރޯޅިތައް ޒީކްގެ ބުޅި އިސްތަށިގަނޑާ ހަމަލަދެމުން ދިޔައީ ރުޅިވެރިކަމާއެކުގައެވެ. އެއްއަތުން ފޮތްތައް ހިފައިގެން މަގުމަތީގައި ހިނގަމުން ދިޔައިރު އަނެއް އަތުން މޫނުމައްޗަށް އަންނަ އިސްތަށިތައް ރީތި ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ރޫބީސްގެ ގޯތިތެރެއަށް ވަދެވުމާއެކު އެކިދިމަ ދިމާއަށް ނަޒަރު ހިންގާ ލެވުނީ އެންމެ މޫނެއް ދުށުމުގެ އުއްމީދުގައެވެ. ހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. ރޭގައި ބައްދަލުވާން ބުނި ގަޑިއަށް ނުދިޔުމުން އިޔާން ހުންނާނީ ވަރަށް ހިތްހަމަނުޖެހިފައި ކަން ޔަގީނެވެ. ނަމަވެސް އެގޮތަށް ކަންތައްކުރަން ޒީކްއަށް މިއަދު ވަނީ މަޖުބޫރުވެފައެވެ. ރުއާންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ހަރުކަށި އިންޒާރުތަކުގެ ސަބަބުން ހަދާނެ ގޮތް ހުސްވެފައިވާ ކަހަލައެވެ. އިޔާންއާ ދުރުގައި އުޅެވޭތޯވެސް މަސައްކަތް ކުރަނީ އެހެން ވެގެންނެވެ.

ޒީކް އެތެރެއަށް ހިނގައިގަތްތަނުން ބޭރު ދޮރު ލެއްޕިއަޑަށް އެނދުރި ބަލާލެވުނެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އަންނަ އަލްޔަން ފެނިފައި ޒީކްއަށް ހުއްޓެވުނެވެ. ކްރީމް ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރިއިރު ވަރަށް ރަސްމީ ގޮތެއް ދައްކައެވެ. ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ މޮޑެލް ހިނގުމެއްގައި އަންނަ އިރު ވަށައިގެން ހިނގާ އެއްވެސް ކަމަކަށް ފަރުވާލެއް ނެތްކަހަލައެވެ. އަލްޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސިޓިންގރޫމް ތެރޭގައި ބުދެއްހެން ހުއްޓިގެން ހުރި ޒީކް ފެނިފައެވެ. އެވަގުތު ޒީކްގެ މޫނަށް ބަލާލެވުނެވެ. ހަތަރު ކަޅިހަމަވެގެން ދިޔުމާއެކު އަލްޔަން އަށް ފާޑެއްގެ އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. ޒީކްގެ އެލޮލޮގައި އެވަނީ ކޮންފަދަ ބާރެއް ހެއްޔެވެ. ދަގަތްފާނުގެ ބާރު ހެއްޔެވެ. އަލްޔަންއަށް ޒީކްގެ ލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނެވެ. އެވަގުތުކޮޅު ތާއަބަދަށް ދެމިގެން ދިޔުމަށް އެދެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. އަލްޔަން ހޭވެރިކަންވީ މިސައިބާ އައިސް އަލްޔަން އަށް ގޮވާލުމުންނެވެ. އޭރު ޒީކްގެ ހިލަންވެސް އެތާގައި ނުވެއެވެ. ޒީކް ދިޔައީ ކޮންއިރަކު ކަމެއްވެސް އަލްޔަން ނޭނގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ގޭޓް ނަންބަރު 7

Next

ތިޔަ އަސަރު 9

Next
January 22, 2018

ތިޔަ އަސަރު 9

Previews
January 22, 2018

ގޭޓް ނަންބަރު 7

19 Comments!

  1. maryy says:
    January 22, 2018 at 11:12 am

    vrah reethi …..dhn kinirakun avas plx vv v reethi mi furathama dhwww

    1. riya says:
      January 22, 2018 at 3:48 pm

      Thank u mary.. mary ah first libunee dhw ?

  2. Shann says:
    January 22, 2018 at 11:46 am

    Wow, v rythi story eh mee, adhi alah igey mi story ah comment eh mi kohly.. Hurihai bai thakehves adhi miyadhu mi kiyaaly, hama ehvanaey bunelan beynumy

    1. riya says:
      January 22, 2018 at 3:51 pm

      Thank u shann for ur sweet comment ???

  3. Rammu says:
    January 22, 2018 at 11:59 am

    Ruaan n zeek eiy twins kanneyge heevey ekahala gotheh vx vedhaane dhw vaahaka vv reethi Alyan aa zeek maa gulhey

    1. riya says:
      January 22, 2018 at 3:55 pm

      Thank u rammu, dhen huri part thah kiyaalaigen vaa goi balaalaany dhw ??

  4. Pinky shifoo says:
    January 22, 2018 at 12:14 pm

    Wow.. Mi part varah varah reethi ??… So I think ruaan and zeek are twins.. Hehehe… Waiting for next part.. N faahagakohlevey mi vaahakaiga huri names thah reethi n unique… ???

    1. riya says:
      January 22, 2018 at 3:56 pm

      Thank u shifoo, n thanks again for the complement ???

  5. Mysh says:
    January 22, 2018 at 2:44 pm

    Zeek aai alyan gulhuveema maa rythi vaane

    1. riya says:
      January 22, 2018 at 4:12 pm

      dhen vaagotheh balaalaany dhw mysh

  6. maroon says:
    January 22, 2018 at 2:57 pm

    v reethi mi baives… when is next part? ??? curious vejje

    1. riya says:
      January 22, 2018 at 4:14 pm

      Thank u maroon. next part maadham in sha allah

  7. ލަޔާ says:
    January 22, 2018 at 4:15 pm

    ވަރަށް ރީތި އަސްލުވެސް ޒީކް އާ އަލްޔާން ގުޅެނީ………………..

    1. riya says:
      January 22, 2018 at 4:16 pm

      dhen vaa gotheh balamaa dhw layaa

  8. riya says:
    January 22, 2018 at 4:21 pm

    dhen vaa gotheh balamaa dhw layaa

  9. Joker says:
    January 22, 2018 at 5:45 pm

    Heehee halaaku hahahahaha?????

    1. riya says:
      January 22, 2018 at 4:24 pm

      ☺️☺️☺️☺️☺️

  10. Rauoo says:
    January 22, 2018 at 5:48 pm

    vv Rythi mi story Adhi alah story akh commt eh kohlymi nd next part plxxx

    1. riya says:
      January 22, 2018 at 4:25 pm

      thank u rauoo, next part maadhamaa morning ga In sha allah

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ނުވަވަނަ ބައި)←


All Right Reserved!