Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން (14)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 23, 2018 10 Mins Read
41 Comments

“މިފަހަރު ޔުއާން ބުނި އެއްވެސް އެއްޗަކަށް މައިލީން އަޅައެއްނުލިއެވެ. ޔުއާން ދެންވެސް އެއްޗެކޭ ބުނެލިއެވެ. އެކަމަކު މިފަހަރުވެސް މައިލީން ހިޔާރުކުރީ ހިމޭންކަމެވެ.

އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރޭގައި ބާލީހުގައި ބައްދައިލައިގެން އޮތް އާރާގެ ލޮލާ ނިދިވަނީ ދުރުވެފައެވެ. އޭނާ އަށް ވިސްނެމުން ދިޔައީ އާއިކް އާ މެދުއެވެ. އާއިކް އޭނާގެ އަތުގައި ހިފައިލި ގޮތް އަދިވެސް އޭނާގެ ލޯމަތީގައި ސިފަވާކަހަލައެވެ. އެހެންނަމަވެސް އާއިކް ފަހުން ކަންތައް ކުރިގޮތުން އެކަމުން ނަގަންވީ މާނައެއް އޭނާއަކަށް ނުވިސްނެއެވެ.

އަނެއްކޮޅުން އާއިކް ގެ ހާލަކީ ކޮބާތޯއެވެ. ޔާނިތް ގެ ހިޔާލުތަކުން އޭނާ ގެ ސިކުނޑި ވަނީ ފުނިޖެހިފައެވެ. ޔާނިތް އާއެކީ ގައި އުޅުނު ދުވަސްތައްމަތިން އޭނާ ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ. އޭނާގެ ހިޔާލަށް ސިފަވީ ޔާނިތް އެހެން ފިރިހެނެއްތެ އަތުތެރޭގައި ވި މަންޒަރެވެ. އެވެސް އޭނާއާއެކީ އުޅެމުންނެވެ. އެއްރެއެއްގެ ވަގުތެއްގައި އާދައިގެ މަތިން ޔާނިތް އާ ވާހަކަދައްކައިލަން އާއިކް އިނީ ޔާނިތް ގެ ކޮޓަރީގައެވެ. އޭނާ ބޭނުންވަނީ ޔާނިތް އާ އެކީ މުޅު އުމުރު ހޭދަކޮއްލާށެވެ. އެނދުގައި އިށީދެއިން އާއިކް ތެދުވަމުން ގޮސް ކުޑަދޮރުކައިރީގައި ހުރި ޔާނިތް ގެ ގައިގައި ފަހަތުން ބައްދައިލިއެވެ. އަދި ބުނެލިއެވެ. “އައިލަވްޔޫ މައި ޕްރިންސެސް… ބޭނުމީ މުޅި އުމުރު އެކުގައި ހޭދަކޮއްލަން” ޔާނިތް ގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލަމުން އުޑުމަތީގައި އިން ހަނދަށް ބަލާލުމާއެކު އާއިކް ބުނެލިއެވެ.

“އަހަރެން ބޭނުމެއްނޫން އަވަހަށް މެރީ ކުރާކަށް. އޭރުން މިނިވަންކަމެއްނޯންނާނެ” ޔާނިތް އާއިކް ގެ އަތް ނައްޓުވާލަމުން ބުނެލިއެވެ. “އޯކޭ އޭ ބޭބީ” އާއިކް އަނެއްކާވެސް ބައްދައިލިއެވެ. “ޔާނީ ބޭނުން ގޮތެއް… އެހާވެސް ލޯބިވޭ” އާއިކް ބުނެލިއެވެ. އެރޭގެ ވަގުތުތަށް ޔާނިތް އާ އެކީ ހޭދަކޮއްލުމަށްފަހު އާއިކް އެގޭން ނުކުތީ ހިނިތުންވުމަކާ އެކީގައެވެ.

ކާރުގައި ނައްޓާލުމާއެކު ދުރުގައި ބަލަން ހުރި ޔާނިތް އަތުން ހަނާއަޅާލިއެވެ. އާއިކް ވަކިހިސާބަކަށް ގޮސްފައި އަނބުރާލީ މުހިންމު ތަޅުދަނޑިއެއް ނެތުމުން އަނބުރާލީ ޔާނިތް މެން ގެއަށް ދިޔުމަށެވެ. އާއިކް ދިޔައިރު ގޭގެ މައިދޮރު ހުރީ ހުޅުވިފައެވެ. އާއިކް ފިޔަވަޅުތަކަށް ބާރުކޮއްލިއެވެ.

ޔާނިތް ގެ ކޮޓަރީގެ ދޮރުވެސް ހުރީ ކުޑަކޮއް ހުޅުވިފައެވެ. އެހިސާބަށް ދިޔައިރު އޭނާއަށް އަޑުއިވެމުން ދިޔައީ މަޑު ހުނުމެއްގެ އަޑެވެ. ފިރިހެނަކާ އަންހެނެއްގެ އަޑެވެ. ހަމަގައިމުވެސް އެކަކުގެ އަޑަކީ ޔާނިތް ގެ އަޑެވެ. އެވަގުތު އޭނާ ގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. މަޑުމަޑުން ބަލާލިއިރު ފެނުނު މަންޒަރުން މީހާ ހުއްޓުނެވެ. ޔާނިތް ހުރީ ފިރިހެނެއްގެ އަތުތެރޭގައެވެ. އޭނާ އަށް ވަގުތުން އެބުރިލާ ފާރުގައި ލެނގިލެވުނެވެ. އަދި ދެލޯމަރާލުމާއެކު ކަރުނަތައް އޮހިގަތީ އެ ހިތަށް ކެތް ނުވުމުންނެވެ. ދާން އެނބުރިލި ވަގުތު އެތާ ހުރި މާޓުކުރިއެއްގައި އަތް ޖެހިފައި ވެއްޓުނެވެ. އެ އަޑަށް އެމީހުން ގެ އަމިއްލަ ހިޔާލީ ދުނިޔެއަށް ގެއްލިފައި ތިބި ޔާނިތް އަށާއި އޭނާގެ ލޯބިވެރިޔާއަށް އެނގުންވެގެން ދިޔައެވެ. ދެމީހުންނަށް ސިހިފައި ދުރަށް ޖެހިލެވުނެވެ.

އަވަސް އަވަހަށް ޔާނިތް ގޮސް ބޭރުބަލާލިއެވެ. ދެކޮޅުހޯދާލުމާއެކު އޭނާ ގެ ލޮލުގައި އަޅައިގަތީ ވެއްޓި ތެޅިފައި އޮތް މާޓުކުރިއެވެ. އެހެންނަމަވެސް މީހަކު ފެންނާކަށް ނެތެވެ. އެ  ވެއްޓެންވީ ސަބަބެއް ނޭގުނު ކަމުގައި ވިޔަސް ބުނަން ނޭގޭފަދަ ނުތަނަވަސްކަމެއް އޭނާގެ ހިތަށް ވެރިވެގެން ދިޔައެވެ.

ޔާނިތް އަށް ހުޅުވިފައި ހުރި ދޮރު ފެނުމުން އަވަސް އަވަހަށް ގޮސް ލައްޕާ ތަޅުލިއެވެ. އަދި ފުންނޭވާއެއްލަމުން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު ޔާނިތް ތަޅުލިތަން ބަލަހައްޓައިގެން ހުރި އާއިކް ހުރީ ބުނާނޭ އެއްޗެއް ނޭގިފައެވެ. އޭނާ ޔާނިތް ދެކެ ވީ ލޯބީގެ ބަދަލް ޔާނިތް އަށް އޭނާއަށް ދޭން އެނގުނު ގޮތަކީ މިއީހެއްޔެވެ؟ ޔާނިތް އެބުނާ މިނިވަން ކަމަކީ މިއީހެއްޔެވެ؟ ކޮންމެ އަންހެން ކުއްޖަކީ ވެސް ޒަވާޖީ ހަޔާތެއް ފަށަން ޖެހޭނޭ ކުއްޖެކެވެ. އެއީ ތިމާގެ މިނިވަންކަން ނަގާލުމެއްނޫނެވެ. ފިރިމީހާއަށް ކިޔަމަންވުމަކީ ދީނީ ވާޖިބަކަށް ވާއިރު އެ އަށް އަޅުވެތިކަމޭ ކިޔިދާނޭ ހެއްޔެވެ؟ ނޫނެކެވެ. ކައިވެންޏަކީ މާތް ގުޅުމެކެވެ. އެ ގުޅުމަކީ ލޯބިން ގުޅޭ ދެހިތެއް އުމުރު ދުވަހު އެކަކު އަނެކަކަށް ލޯބިދީ އަޅާލާ އޯގާތެރިވެ އުޅުމަށް ޖަހާލެވޭ ގުޅުމަކަށް ކިޔާނަމެކެވެ.

އާއިކް އެތަނުން ފައިބައިގެން ދިޔައީ ޔާނިތް ގެ ހަގީގަތް އެނގުމަށްފަހުއެވެ.

***

އެނދުގައި ފުރޮޅިލާ އޮތް އާއިކް އިރު އިރުކޮޅަކާ ފުންނޭވާއެއްލައެވެ. ހީވަނީ ކުރެވެމުން ދިޔަ ހިޔާލްތަކުގެ ސަބަބުން އަންނަމުން ދިޔަ ނުތަނަވަސްކަން ފޮރުވާލަން އުޅޭހެންނެވެ. އެހެންނަމަވެސް އެ ހިޔާލުތަކުގެ ތެރެއަށް އިތުރަށް ފީނައިގަނެވެނީ އަދިވެސް އެ ހިތި މާޒީގެ ހަނދާން އޭނާ ވާތީއެވެ.

***

އެކަމެއް ހިގިތާ ދެދުވަސް ވީއިރުވެސް އާއިކް ޔާނިތް އަކަށް ނުގުޅައެވެ. ޔާނިތް އަށް ވެސް ކުޑަ ޝައްކެތް ވިއެވެ. އާއިކް އަށް ޔާނިތް ގުޅާހަދައެވެ. އާއިކް ފޯން ނުނަގާ ހުރީ ޔާނިތް އާ ކުރިމަތިލާން ބޭނުން ނުވާތީއެވެ. އެހެންނަމަވެސް އެގުޅުން ރަސްމީ ގޮތެއްގައި ނުނިންމާތީ އާއެކީ އަދިވެސް ޔާނިތް ގުޅާނެތީ އާއިކް ފޯނު ނެގިއެވެ. ކަންފަތަށް އިވެން ފެށީ ޔާނިތް ގެ ޝަކުވާތެކެވެ. އެހެންނަމަވެސް އެ ޝަކުވާތަށް އަޑު އެހުމުގެ ބަދަލްގައި އާއިކް ފޯން ކަންފަތާ ދުރުކޮއްލިއެވެ. ޔާނިތް ގެ ގެއިން އެރޭބައްދަލުކުރާނެ ކަމަށް ބުނެފައި ދެމީހުން ވަކިވީއެވެ.

ރޭގެ ވަގުތެވެ. އާއިކް އައިސް ގެއަށް ވަނުމާއެކު ޔާނިތް އާދައިގެ މަތިން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އެހެންނަމަވެސް އާއިކް ޔާނިތް އަށް ގޮވާ އެކަން މަނާކުރިއެވެ.

“ޔާނިތް… އަހަރެން ބޭނުމެއްނޫން ޔާނިތް އެހެން ފިރިހެނަކާ އެކީ އުޅެފައި އޮތް ތަނަކަށް ވަންނާކަށް” އާއިކް ފުރަތަމަފަހަރަށް ޔާނިތް ގެ ނަން ބޭނުންކޮއްލިއެވެ. އެހެންނަމަވެސް އެ އަޑުގައިވަނީ ހިތާމައެވެ. ހިތްދަތިކަމެވެ. ވޭނާ ކެކުޅުމެވެ. ޔާނިތް ގެ މޫނު ދަލުން ފެން ވެރުނެވެ. ބުނާނެ އެއްޗެއް ނޭގުނެވެ. އޭނާގެ ސިއްރު ބޭޒާރުވަނީބާއެވެ. އެހެނަސް އަދިވެސް އޭނާގެ ކުޅިގަނޑުގެ އެންމެ މުހިންމު ބައި ފުރިހަމަ ނުވެއެވެ. ވީ އިރު އޭނާ އެކުޅޭ ކުޅިވަރު ނިމިއްޖެނަމަ ދެން ވާނީ ކިހިނެތްބާއެވެ؟.

“ބުނެބަލަ… ޖަވާބެއްނުދީ ތިހުރީ ކީއްވެ؟ ޔާނިތް އުޅުނީ އަހަރެންދެކެ ހަގީގަތުގަވެސް ލޯބިވާތީތަ” އާއިކް އެހެން ބުނެލިއިރު އޭނާގެ ލޮލުން ކަރުނަ ހިލިފައިވިއެވެ. މީހުން ބުނެއެވެ. ފިރިހެނުން ނުރޯނެއެވެ. އެހެނަސް…. ހިތް ދަތި ވާ ވަގުތު ތަކުގައި އެމީހުންގެ ހިތަށް ވެސް އަސަރު ކުރާނެއެވެ. ރޮވޭނެއެވެ. ދެރަވާނެއެވެ.

“އަހަރެން ބޭނުންވީ އާއިކް ގެ ތި މުއްސަނދިކަން” ޔާނިތް އެއްވެސް ޖެހިލުމެއްނެތި ހާމަކޮއްލީ ދެން ސަލާމަތް ވެވެން ނެތުމުންނެވެ. އާއިކް ކުއްލިއަކަށް އައިސް ޔާނިތް ގެ ދެއަތުގައި ހިފައިގަތެވެ. އޭރު އޭނާގެ ދެލޯ ލުން ކަރުނަ ފައިބަމުންދިޔައެވެ. “ކީއްވެ؟” އޭނާގެ އަޑު ނުކުތީ އުނދަގުލުންނެވެ.

ޔާނިތް ހޭންފެށިއެވެ. އެ ހުނުމުގައި ވަނީ މަލާމާތެވެ. “އަހަރެން ގެ ލޯބިވެރިޔާއާ ރައްޓެހިވެގެން އުޅޭތާ އެތަށް އަހަރެއް ވެއްޖެ… އަހަރެންގެ ފަހަތުން އާއިކް އުޅެން ފެށުމުން ބޭނުންވީ ބޭނުން ހިފާލަން.. އިވިއްޖެ!” ޔާނިތް ގަދަކަމުން އާއިކް ގެ އަތް ފޮޅުވާލިއެވެ. “މުއްސަނދިކަމުގެ ފައިދާ ނަގަން ބޭނުންވީ އަހަރެން… އަހަރެމެން ދެމީހުން އުފަލުގަ އުޅެން އެކަންތައް ނުވެ އުޅެނިކޮށް އެ ފަޅާއެރީ” ޔާނިތް ގެ ލަދު ކޮބައިހެއްޔެވެ؟. އެހާ ޖެހިލުން ކުޑަގޮތެއްގައި އޭނާ ހާމަ އެކުރީ ހަގީގަތެވެ.

އިތުރަށް މަޑުކުރުމެއްނެތި އާއިކް އެގެއިން ނުކުތެވެ. އޭރު ބޯކޮއްވާރޭ ވެހެމުން ދިޔައެވެ. ވާރޭ އަށް ބެލުމެއްނެތި މަޑުމަޑުން ހިނގާލާފައި ގޮސް ކާރަށް އެރިއިރު މީހާ ވަނީ ތެމި ފޯވެފައެވެ. އޭނާ ކާރުގެ ހުންގާނުގައި ހިފާލަމުން ބޯޖައްސާލިއެވެ. އަދި ގޮށް މުއްކަވާފައި އޭގައި ޖަހާލެވުނެވެ.

***

ސިއްސައިގެން ދާފަދަ ގޮތަކަށް އާއިކް އަށް ތެދުވެވުނެވެ. އޭނާ ސައިޑް ކަބަޑްމަތީގައި ހުރި ފެންތަށިން ފެން ބޯލަމުން ހަމަޖެހިލިއެވެ. އަދި އަނެއްކާވެސް އޮށޯތެވެ.

މައިލީން ދެރަކޮއްލާފައި ޔުއާން އަނެއްކާވެސް ދިޔުމާއެކީ މައިލީން ގެ ހިތްދަތިކަން އިތުރުވިއެވެ. ޔުއާން ގޮސް ލޯމަތިން ގެއްލެންދެން މައިލީން އަށް އެދިމާލަށް ބަލަން އިނދެވުނެވެ. އެހެން އިން އިރު ކިތަންމެ އެއްޗެއް އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

ޔުއާން ގޮސް ގޮނޑިއަށް ވެއްޓިގަތުމާއެކު މާޒީ ގެ ސަފްހާތަށް އަނެއްކާވެސް ކުރިމަތިން ނިއުޅެން ފެށިއެވެ.

***

“އައްދޭ… ދިޔައީ ދޯ” އަމަން ބުނެލިއެވެ. އެއާއެކު ޔުއާން ހިނިތުންވެލިއެވެ. ލާފައި ހުރި އެއްޗެހި ހަޑިވެފައި ހުރުމާއެކު އޭނާ ގާތަށް ހުރީ ރުޅި އައިސްފައެވެ. ކޮންމެވެސް އެއްޗެކޭ ޔުއާން ބުނެލިއެވެ. އަދި ހިނގައިގަތެވެ. އޭގެ އަނެއްދުވަހު ޔުއާން އިރުއޮއްސުނުގަޑީގައި ބީޗާދިމާލަށް މިސްރާބުޖެހީ ފަހަރެއްގައިވެސް އެތަނުން މައިލީން އާ ދިމާވެދާނޭ ކަމަކަށް ނޫނެވެ. އެހެން ނަމަވެސް ނަސީބުދިމާކުރިގޮތުން ޔުއާން އާ އެތަނުން މައިލީން އާ ދިމާވިއެވެ. ޔުއާން ގޮސް އެތަނުން ގަހެއްގައި ލެނގިލައިގެން ފޯނާ ކުޅޭކަމަށް ހެދިއެވެ. އެހެންނަމަވެސް އެވަގުތު އޭނާގެ ހުރިހާ ޝައުގުވެރިކަމެއް ހުރީ މައިލީން އަށް ކަމުން އޭނާގެ ނަޒަރު އެތަނަށް އިރުކޮޅަކާ ހުއްޓެމުން ދިޔައެވެ.

މައިލީން ވެސް އެ ދިމާލަށް ބަލަން ހުރިތަން ޔުއާން އަށް ދެތިންފަހަރަކު ފެނުނެވެ. އެހެންނަމަވެސް ކާމިޔާބުގެ ހިނިތުންވުމެއް ވެރިކޮއްލަމުން ކޮންމެފަހަރަކުވެސް އަނެއްފަރާތަށް މޫނު އަނބުރާލަނީ މައިލީން ދެކެ ރުޅިއައިސްފައި ހުރިލެއް ބޮޑުކަމުންނެވެ. އޭނާ ގެ އެކުވެރިން ކުރިމަތީގައި އޭނާ އެދުވަހު ލަދުގަތް ގޮތަށް ލަދު ގަތް ދުވަހެއް ނާދެއެވެ.

މައިލީން ގެ ކިބައިން ރަނގަޅު ބަދަލެއް ހިފުމަށް އެނާ އެ ހުރީ އަޒުމު ކަނޑައަލައިގެންނެވެ. ކުއްލިއަކަށް މައިލީން އެދިމާލަށް މިސްރާބުޖެހިތަން ފެނިފައި ޔުއާން ހައިރާންވިއެވެ. އެހެންނަމަވެސް އަޅާނުލާ ހުރީ މައިލީން ހަދާގޮތެއް ބަލާށެވެ. މައިލީން ވެސް އެދުވަހު އެތަނަށް ގޮސް ހުރީ އެކަނި ކަމުން އޭނާވެސް ނިންމީ ޔުއާން އާ ވާހަކަ ދައްކާ މާފަށް އެދޭށެވެ.

“ސޮރީ” ޔުއާން އާ ދާދި ގާތުގައި ހުއްޓުނު މައިލީން ގެ މަޑުމައިތިރި އަޑު އިވިލިއެވެ. “ހޫމް… ކީކޭ” ޔުއާން ސިހުނުކަމަށް ހަދަމުން މައިލީން އާ ދިމާލަށް ބަލައިލިއެވެ. އަދި އެއްބުމަ ހިއްލައިލިއެވެ. އޭނާ އެވަގުތު އަޅާފައިވާ އަވިއައިނު ނަގާލަމުން މައިލީން އަށް ފުރުހަމަ ނަޒަރެއްދިނެވެ.

މައިލީން ލާފައި ހުރީ މަޑު ފެހިކުލައިގެ ޓޮޕެކެވެ. އެއާއެކު ގަދަ ފެހުކުލައިގެ ސްކްނީ އެއްލާފައި ހުރިއިރު ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. އެކަމުން ސަލާމަތްވާން އިރުކޮޅަކާ އެ އިސްތަށިތައް އެއްފަރާތް ކޮއްލައެވެ. މީގެ ކުރިން ވެސް ޔުއާން އަށް އެތަކެއް އަންހެންކުދިން ނެތް ފެނިފައިވެއެވެ. އެއިން އެއްވެސް ކުއްޖެއް ގެ ޖާދޫގައި ޔުއާން ޖެއްސިފައެއް ނެތެވެ. އެހެން ނަމަވެސް މައިލީން ނެ ނިޔަނެތިކަމާ މައުސޫމްކަން ހަމަ ޔަގީނުން ވެސް އޭނާގެ ހިތާ ކުޅެލައިފިއެވެ. ކަޅުކަންގަދަ އިސްތަށިގަނޑެކެވެ. ކަޅުކަން ގަދަ ކަޅިއެކެވެ. ދޮން އޮމާން މޫނެކެވެ. ފިޔާތޮށި ކުލައިގެ ތުންފަތަކީ ގުދުރަތުންމައިލީން އަށް ދެއްވާފައިވާ އަގުބޮޑު ހަދިޔާއެކެވެ.

ޔުއާން ސިއްސައިގެން ދިޔައެވެ، އޭނާއަށް މިވަނީ ކިހިނެތްހެއްޔެވެ؟. މިހެން ވެގެން ނުވާނެއެވެ. މައިލީން ގެ ކިބައިން ރަނގަޅު ބަދަލެއް ހިފަން އޭނާ ބޭނުންވިއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް އޭނާ ބޭނުންވަނީ މައިލީން އޭނާގެ މުށުތެރޭގައި ހައްޔަރު ކޮއްލާށެވެ. އެއާއެކު ހިނިތުންވުމެއް ވެރިކޮއްލަމުން އޭނާ މައިލީން އަށް ބުނެލިއެވެ.

“ސޮރީ” މައިލީން އަނެއްކާވެސް ބުނެލިއެވެ.

“އިޓްސް އޯކޭ” ޔުއާން ގެ ފިރިހެން ވަންތަ އަޑު އޭނާ އިއްވައިލިއެވެ. އެވަގުތު މައިލީން އަށް ވަމުން ދިޔަ ގޮތްވެސް ޔުއާން އަށް ފާހަގަވިއެވެ. “ތިހިގެ ތެޅުން އަވަސްވަނީ ކީއްވެ” ޔުއާން މައިލީން ގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެންހުރެފައި ކުއްލިއަކަށް މައިލީން ގެ ކަންފަތް ދޮށަށް ގުދުވެ ބުނެލިއެވެ. އެއާއެކު މައިލީން އަށް ހީވީ އޭނާ ގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ޔުއާން އެހެން ބުނެލިހެންނެވެ. އެނާ ޔުއާން އަށް ބަލާލަމުން އިސްޖަހާލިއެވެ. މައިލީން ގެ މި އަމަލުންވެސް ޔުއާން ގެ ހިތް އޭނާގެ އަތުން ދޫވިއެވެ. އެހެން ނަމަވެސް އެކަން ގަބޫލުކުރަން އޭނާ ބޭނުންނުވީއެވެ. އޭނާ ގަބޫލުކުރާގޮތުގައި އެއީ ވަގުތީ އިހްސާސްއެކެވެ. ދުވަސްކޮޅަކުން ފޮހެލެވިދާނެއެވެ.

“އެދުވަހު އަސްލު ނޭގުނީ އިލީ އަށް އެއީ ޔުއާން ކަމެއް… އެހެން… އެހެންވެ އަސްލު” މައިލީން ވާހަކަ ދެއްކިއިރު މަޑު ތުރުތުރެއްވެސް އެއަޑުގައި ވުމާއެކު ހާސްކަންވެސް ވިއެވެ. ޔުއާން އަށް އެކަން ފާހަގަ ކުރެވުނެވެ. އޭނާ ހިނިތުންވެލަމުން މައިލީން ގެ މަޑު އަތުގައި ހިފައިލިއެވެ. މައިލީން ސިހިފައި އަތް ދަމައިގަތެވެ. ޔުއާން ވެސް އެއަތް ޖީންސް ގެ ޖީބަށް ޖަހައިލިއެވެ. މައިލީން ގެ ފަރާތުން ފެންނަމުން ދިޔަ އަސަރުތަކަކީ އޭނާ ކައިރިވާ ކޮންމެ އަންހެންކުއްޖެއްގެ ފަރާތުން ފެންނަމުން ދިޔަ އަސަރު ތަކަކަށް ވީނަމަވެސް އެ އިން ކޮންމެ ހަރަކާތެއްގައި ތަފާތު ކަމެއްވެއެވެ. އެއިން ކޮންމެ ހަރަކާތެއް ހާއްސައެވެ. އޭނާ ބަލާލުމާއެކު ލަދުން އިސްޖަހާލާ ގޮތް އޭނާއަށް ކަމުދިޔައެވެ. ކޮންމެ އަދާއަކަށް އެހިތް ދިޔައީ ލެނބެމުންނެވެ.

“ދަނީ” މިފަހަރު ޔުއާން އެއްޗެކޭ ނުބުނުމުން މައިލީން ބުނެލިއެވެ. އޭނާ ހިގައިގަތުމާއެކު ޔުއާން އައިސްމައިލީން ގެ ފަހަތުން އޭނާގެ އަތުގައި ހިފައިލިއެވެ. ސިއްސައިގެން ދިޔަ މައިލީން ގެ އަރުތެރެއިން މަޑު ހަޅޭކެއް ނުކުތެވެ. އެހެންނަމަވެސް އެމީހުން އެވަގުތު ތިބި ތަނަކީ ތަންކޮޅެއް ގަސްބޯ ހިސާބެއްކަމުން އެއަޑު ދުރަށް ނުފޯރާނެއެވެ. “އަހަރެންނޭ!” ޔުއާން ބުނެލާ އަތް ދޫކޮއްލިއެވެ. އަދި މައިލީން އެ ދިމާލަށް އަނބުރާލިއެވެ.

***

“ޓައް ޓައް ޓައް…” ދޮރުގައި ޓަކި ޖަހާލި އަޑަށް ޔުއާން ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ޑރ ރިވަމް އެތަނަށް ވަންނަނީއެވެ. އޭނާގެ އަތުގައި ފައިލް އެއްއޮތެވެ. “ކޮން ހިޔާލެއްގަތަ؟” ރިވަމް ގާތް ގޮތަކަށް އަހައިލިއެވެ. ޔުއާން ދެފަރާތަށް ބޯ ހޫރާލަމުން ރިވަމް އަށް އިށީނުމަށް އިޝާރާތް ކޮއްލިއެވެ. “މީ މިއަދު ގެ ސާޖަރީ އަކާ ބެހޭ ގޮތުން ޑިސްކަސް ކޮއްލަން ވެގެން.” ރިވަމް އެހެން ބުނެފައި ފައިލް ނަގާ އޭގައި ވާ އެއްޗެއް ތަފްސީލް ކުރަން ފެށިއެވެ.

“ކައުންޓަރ ގައި އިން މައިލީން ކުއްލިއަކަށް ސިހުނީ ވަރަށް ބާރަށް ކައުންޓަރ ގައި މީހަކު ޖެހުމުންނެވެ. އޭނާ ސިހިފައި ތެދުވިއެވެ. އެ ކުއްޖަކީ ކުރިން ދުވަހު ސާޖަރީ ހެދި މުސްކުޅި ފިރިހެން މީހާގެ އަންހެން ދަރިފުޅެވެ. “ކޮބާތަ ހެޑް ސާޖަން ޔުއާން” އެއިރު އެ ކުއްޖާގެ ލޮލުން ރުޅި ވެރިކަން ފެންނަމުން ދިޔައިރު ހިތާމައިގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ފެންނަމުންދިޔައެވެ.

“މާފްކުރައްވާ….. މި ގޮތަށް ޑޮކްޓަރާ ބައްދަލުކޮއްލެވޭނީ ގުޅާލާފައި ހުއްދަ ލިބުމުން… އިށީންނަވަން ވީ ނޫންތޯ”މައިލީން ރީތިކޮއް ބުނެލިއެވެ. “ހެވޭ މަށެއް ނޫޅެމޭ އިށީންނާކަށް… އަހަރެންގެ ބައްޕަ ގެ ހާލަތު ރަނގަޅެއްނުވޭ އަދިވެސް ވެންޓިލޭޓރ ގަ ހައްތަހާ ދަށަށް ދަނީ ބުނޭ ހަމަ މިހާރު ބުނޭ ކޮބާތަ އަހަރެން ގެ ބައްޕަ އައިސީޔޫގަ އެއްނޫންތަ… ކޮބާހޭ އެ މީހާ.. ޔުއާން ކޮބޭހޭ؟” އެ އަންހެން ކުއްޖާ އަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެއެވެ.

“މަޑުކޮއްލައްވާ އަޅުގަނޑު ޑޮކްޓަރ އަށް ގުޅާލާނަން” މައިލީން ބުނެލިއެވެ.

“ހެޔޮ ނުގުޅިއަސް އަހަރެން މިދަނީ އޭނާ ކައިރިއަށް” އެހެން ކިޔާ އެ ކުއްޖާ ހިނގައިގަތުމާއެކު މައިލީން ވެސް ހިނގައިގަތެވެ. އޭނާ އެ ކުއްޖާ ހުއްޓުވަން ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ ކުއްޖާ މައިލީން އަތް ފޮޅުވާލުމަށްފަހު ގޮސް ޔުއާން ގެ ނަން ޖަހާފައި އިން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. މައިލިން ވެސް އެ ކުއްޖާ ފަހަތުން ދިޔައެވެ.

“ޔުއާން އާއި ރިވަމް ވަރަށް މުހިންމު ވާހަކައެއްގައި ތިއްބާ ކުއްލިއަކަށް ދޮރުހުޅުވާލާފައި ވަތް އަންހެންކުއްޖާ ފެނި ވާހަކަ މެދުކެނޑުނެވެ. އެވަގުތު އޭނާ އަށް ފެނުނީ އެ ކުއްޖާ މަތަކުރަން މަސައްކަތް ކުރަމުން ދިޔަ މައިލީންއެވެ. ޔުއާން މައިލީން އަށް ބަލާލަމުން އަތުން އިޝާރާތް ކޮއްލީ މަޑު ކުރުމަށެވެ. މައިލީން ބަލާލުމަށްފަހު ބޭރުގައި މަޑުކޮއްލީ އެ ކުއްޖާ އެތެރެއަށް ވަދެފައި ދޮރު ލެއްޕުމުންނެވެ. އޭނާ ހުރީ ކުޑަކޮއް ހާސްވެފައެވެ. އެހެންކަމުން ދެފަރާތަށް ހިނގާލަ ހިނގާލާ ހުރެވުނީއެވެ.

“އިށީންނަން ވީނޫންތޯ” ޔުއާން މަޑުމައިތިރިކަމާއެކު އަހައިލިއެވެ.

“އަހަރެން ބޭނުމެއްނޫން އިށީންނާކަށް… އަހަރެންގެ ބައްޕަ ގެ ހާލަތު ދަށައް ދަނީ ނުވިތާކަށް އިތުރު އޮޕްރޭޝަން އެއްކުރަން އުޅޭއިރު ކިހިނެތް ތަ މަޑުން ހުންނާނީ” އެ ކުއްޖާ ރުޅިވެރިކަމާއެކު މޭޒުގައި ޖެހިއެވެ. އެވަގުތު މޭޒުމަތީގައި އިން އެއްޗެއް މުށިތަކު މައްޗަށް ވެއްޓުނު އަޑު ބޭރުގައި ހުރި މައިލީން އަށް އިވުނެވެ. އޭނާ އަވަސްއަވަހަށް އެތެރެއަށް ވަދުނެވެ. އޭރު ޔުއާން އެ އަންހެން ކުއްޖާ އަށް އެއްޗެއް ވިސްނާދެވޭތޯ އުޅުނުއިރު ރިވަމް ވެސް ދިޔައީ ޔުއާން އަށް އެހީވަމުންނެވެ. މައިލީން ކުރާނޭ ކަމެއް ނޭގިފައި ބަލަން ހުއްޓައި އޭނާގެ ލޮލުގައި އަޅައިގަތީ ވެއްޓި ތެޅިފައި އޮތް މާޓުކުރިކެވެ. އެނާއަށް އިވުނީ އެ ވެއްޓުނުއަޑެވެ. މައިލީން އެތަނަނަށް ވަދުނުތާ މާ ގިނަ އިރެއްނުވެ ކޮންމެވެސް ފިރިހެނަކު އައެވެ. އެމީހާ ފެނުމާއެކު އެއީ އެ ކުއްޖާގެ ބޭބެކަން މައިލީން އަށް އެނގުނެވެ.

“އޭޝް…. ލިސެން ޓްމީ… އޭޝް” އެ ފިރިހެން ކުއްޖާ އެ އަންހެންކުއްޖާގެ އަތުގައި ހިފައްޓަމުން އޭނާއާ ދިމާލަށް އަނބުރުވާލިއެވެ. “ނޭގޭތަ… ދޮންބެ އަހަރެން ގެ ބައްޕަ އޭ… އޭނާ ގެކަންތަކޭ އެއީ އޭނާގެ ކަންތަކޭ އޭނަގެ ކަންތަކޭ މިބުނީނު” އާޝާ ގޮތް ދޫކުރާ ހިޔާލެއްނުކުރިއެވެ. “އަހަރެން ބޭނުމޭ މިބުނީނު ބޭނުމޭ” އާޝާ އެއްގޮތަކަށް ވެސް ގޮތް ދޫނުކުރުމުން އެ ފިރިހެން ކުއްޖާ ގާތަށް ރުޅިއައެވެ. “ބަލަ ނޭގޭތަ… ކަލޭގެ ސަބަބުންނޭ ކަލޭގެ ބައްޕަ އަށް އެހާލު ޖެހުނީ އެހެން މީހުންގެ ބޮލަށް ނުޖަހަބަލަ… ހިތުހުރިހާ ގޮތަކަށް ފިރިހެނުން ފަހަތުން ދުވާއިރު ނޭގޭތަ މިހެން ވާނެކަމެއް” ކުއްލިއަކަށް އާޝާގެ ބަސް ހުއްޓުނެވެ. އޭނާ ގެ ހަރަކާތް ތަކަށް ހުއްޓުން އެރިއެވެ. ރިވަމް އެތަނުން ނުކުމެގެން ހިނގައިގަތީ އެތަނުގައި އެވަގުތު ހުންނަން ބޭނުންނުވާތިއެވެ. ކަންދިމާކުރިގޮތުން އެވަގުތު އޭނާ އަށް ފޯނެއްވެސް އައީއެވެ.

އެތަން ބަލަން ހުރި މައިލީން ޖެހިބުދެއްހެން ހުރި އިރު އޭނާ ގެ ލޮލުން ވެސް ކަރުނަ ފައިބަމުން ދަނީއެވެ. ދެންމެ މީ ކަމަކުން މާޒީގެ ހަނދާނެއް އޭނާގެ ލޮލުގެ ކުރިމައްޗަށް ސިފަވީއެވެ.

“އޭޝް…. އައެމް ސޮރީ ސޮރީ އޭޝް އައެމް ސޮރީ… އޭޝް ލުކް އެޓް މީ” އެ ފިރިހެން މީހާ އާޝާގެ މޫނުގައި ހިފިއެވެ. އެހެންނަމަވެސް އާޝާގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ދެން ފެނުނީ ކުއްލިއަކަށް އާޝާ އެ ފިރިހެން މީހާގެ ގައިގައި ބައްދާގަންފައި ރޯންފެށިތަނެވެ. “އައެމް ސޮރީ އިޓްސް ނޮޓް ޔޯ ފޯލްޓް” ނައުމް އޭނާގެ ކޮއްކޮ ގައިގައި ބައްދާލަމުން ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އޭރުވެސް އެ ކުއްޖާ ދިޔައީ ރޮމުންނެވެ. އޭނާ ޔުއާން އާ ދިމާލަށް ބަލާލިއިރު ޔުއާން މަޑުމަޑުން ބޯ ޖަހާލަނީއެވެ. ދެން އޭނާ ހީލާފައި އާޝާ ގޮވައިގެން ނުކުންނަން ދިޔައެވެ.

***

“މަންމާ” ދުވެފައި ގޭދޮށަށް އައި މައިލީން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތް އިރު އެއްވެފައި މީހުންގެ ސަމާލުކަމަށް އެނާ އަތުވެއްޖެއެވެ. “މަރުވީމާ ކޮން ރުއިމެއް ރޯކައްތަ… އަދިވެސް އެއްޗެއް ނުވިސްނޭނެ ކަންނޭގެ މަށަށް ހީވަނީ” އެވަގުތު މައިލީން އަށް އިވުނީ އޭނާގެ ފަހަތުން ތަންކޮޅެއް މުސްކުޅި އުމުރެއްގެ މީހެއްގެ ހަރުކަށި ބަސްތަކެވެ. އެތަނުގައި ދައްކަމުން ދިޔަ މީހުންގެ ބަދު ބަސްތައް އަމާޒުވަމުން ދިޔައީ ހުދު އޭނާ އަށް ކަން އޭނާ އަށް އެނގެއެވެ.

“މަންމާ” ހުދު ފޮތިގަނޑަކުން މޫނުފިޔަވާ އެހެން ހުރިހާ ތަނެއް ނިވާކޮއްފައި ރިވާޔާ އޮތް އިރު މައިލީން ގެ ހިތަށް ހީވީ އެތައް ހާސް ހަންޖަރުތަކެއް ހަރާލިހެންނެވެ. އެނާ ދުއްވާފައި ގޮސް އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަތެވެ. “މަންމާ… އަހަރެންނަށް މާފް ކުރޭ މާފް ކުރޭ މަންމާ… އަހަރެން ނަށް މާފް ކުރޭ” މައިލީން ހުއްޓުމެއް ނެތި ކިޔަމުން ދިޔައެވެ.

ތަންކޮޅެއް ދުރުގައި އާރާގެ ގައިގައި ބައްދައިލައިގެން ރޯން ހުރި ޝާލީން ގެ ގާތަށް ރުޅިއައެވެ. އާރާ ގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. އޭނާ ވެސް ވަނީ ނުހަނު ފުން ހިތާމަވެރިކަމެއްގެ ތެރެއަށް ގެނބިގެން ގޮހެވެ. މައިލީން ރިވާޔާގެ ގައިގައި ބައްދާގެން ރިވާޔާ ތަޅުވަން ފެށުމުން އެތަނުން ދެމީހަކު މައިލީން ދުރުކޮއްލަން އުޅުނެވެ. އެހެންނަމަވެސް އޭނާ އެ ދެމީހުންގެ އަތް ފޮޅާލުމަށްފަހު އަނެއްކާވެސް މަންމަ އަށް ގޮވަމުން ބާރަށް ރޯން ފެށިއެވެ. “މަންމާ… އަހަރެން ދޫކޮއްލާފަ ނުދޭ… މަންމާ ޕްލީޒް. އައެމް ސޮރިއޭ… މަންމާ” އެނެމެ ފަހުން ޝާލީން އަށް ކެތް ނުވެގެން އައިސް އެއަތުގައި ހުރި ބާރުލާފައި މައިލީން ކޮޅަށް ނެގިއެވެ. އަދި ހުރި ބާރުލާފައި މައިލީން ގެ ކޯތާފަތުގައި ހޫނު އެތިފަހަރެއް އަޅުވައިލިއެވެ. “ބަލަ ކަލޭ ގެ ސަބަބުންނޭ މަންމަ އަށް އެހެންވީ… ދެން ކޮންމެހެން މަންމަގެ މަސްގަނޑު ތަޅުވާ އިތުރު އަނިޔާތަކެއް ދޭން އުޅޭނޭކަމެއްނެތް… މަންމަވެސް ކަލެއަށް ދުވަހަކުވެސް މާފެއްނުކުރާނެ. އަހަރެން ލަދުގަނޭ ތީ އަހަރެން ގެ އެއްބަޑު އެއްބަފާ މީހެކޭ ބުނަންވެސް” ޝާލީން ހަޅޭއްލަވައިގަތެވެ. ވަގުތުން މައިލީން ހިމޭންވިއެވެ. ޝާލީންދެންވެސް މައިލީން ގެ ހިތުން ނުފިލާ ވަރުގެ ދެތިން ޖުމްލައެއްބުނެލިއެވެ. އެނާ ހުރި ގޮތަށް ހުރުމަށްފަހު ދެން ހަމަ ކަރުނަ ބޭލީއެވެ. މައިލީން ގެ ހަމަހިމޭން ކަމުން ރޮމުން ދިޔަ ޝާލީން ގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާއަށްވެސް އެ ބުނެވުނީ ބުނެގެން ނުވާނޭ އެއްޗެއްކަން ޔަގީންވުމާއެކު އޭނާ މައިލީން ގެ ދެއަތުގައި ހިފައި ތަޅުވައިގަތެވެ. “އިލީ… އައެމް ސޮރީ” ޝާލީން ގެ އަޑުގައި މަޑު ތުރު ތުރެއް ވިއެވެ.

“އިލީ އިލީ އިލީ ވާހަކަ ދައްކަބަލަ” އެވަގުތު މައިލީން ގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ކަންތައް ތަކެއްގެ ސަބަބުން އޭނާ އަށް ޝާލީން ގޮވަމުން ދިޔަކަންވެސް އިނގުނުކަމަކަށް ނުވިއެވެ. ކުއްލިއަކަށް ޝާލީން މައިލީން ގެ ގައިގައި ބައްދާލިއެވެ. އެއާއެކު މައިލީން ގެ ބަޑި ފަޅައިގެން ދިޔައެވެ. މައިލީން ރޮމުން ދިޔައިރު ޝާލީން ވެސް މައިލީން އަށް އެއްވަރަށް ރޮނީއެވެ. ދުރުގައި ހުރި އާރާ އައިސް މައިލީން ގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. އެއާއެކު މައިލީން ޝާލީން ގެ ކޮނޑުން ބޯ ނަގާ އާރާ އާ ދިމާލަށް ބަލާލިއެވެ. ޝާލީން ވެސް މައިލީން ގެ ގައިގައި ބައްދާލައިގެން ހުރި ގޮތަށް ހުރީ މައިލީން އަށް ވެސް އޭނާގެ ހިތްވަރު ބޭނުންވާނެކަން އެނގޭތިއެވެ. ހާލަތުގެ ގޮތުން މައިލީން އާ ދިމާލަށް އެހެން ބުނެވުނު ކަމުގައި ވިޔަސް އޭނާ މައިލީން ދެކެ ވާ ލޯތްބަށް ކުޑަވެސް ބަދަލެއްނާދެއެވެ. އެ ދެބެން އެކަކު އަނެކަކު ދެކެ ވަނީ ނަމޫނާ ލޯއްބެކެވެ.

“އަހަރެން ބޭނުމެއްނޫން ދިރި އުޅޭކަށް”ކުއްލިއަކަށް މައިލީން ހުއްޓާލަމުން ދުއްވާފައި އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބިޖެހިއެވެ. މައިލީން ގޮސް ތަޅުލުމާއެކު ޝާލީން އަށް އެއްޗެއް ހީވެގެން ގޮސް ދޮރުގައި ތަޅައިގަތެވެ. އޭނާ ލަސްކުރުމެއްނެތި އަވސްވެގަތީ އާރާ އާ ދެމީހުން ވެގެން ދޮރު ހަލާކުކޮއްލާފައިވަންނާށެވެ. ކަބަޑު ތެރެއިން އެއްޗެއް ހޯދަމުން ދިޔަ މައިލީން އަށްކަޓަރުފެނުމާއެކު މައިލީން އެ ނަގާ އަތުގައި ޖައްސާލިއެވެ. އެވަގުތު މައިލީން ދެލޯ މަރާ ބާރުކޮއްލިއެވެ. އަދި ކަތަރުން ވާއަތުގައި ޖައްސާ ބާރުކޮއްލިއެވެ. “އެއެމް ސޮރީ މަމް…. އައެމް ސޮރީ ދޮންތާ ސޮރީ އާރާ… މިހުރިހާވެސް ކަމަކީ އަހަރެންނާ ހެދި ވާކަންތައް. މިދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއް ނެތް… މިދުނިޔޭގައި އަހަރެން އުޅޭހާ ހިނދަކު ދޮންތަ މެންނަށް ހަމަޖެހިލައިގެން ނޫޅެވޭނެ… ” މައިލީން ގެ އަނގައިން ވައިއަޑުން އެ ބަސްތައް ނުކުތެވެ.

“މައިލީން” ދޮރުހުޅުވާލާފައި ވަތް ޝާލީން އަށް އެވަގުތު ފެނުނީ އާރާ އަތުގައި ބާރުކޮއްލަގެން ހުރި ކަޓަރެވެ. އޭނާ ހަޅޭއްލަވައިގަންނަމުން ގޮސް މައިލީން އަތުން އެ ކަޓަރު އަތުލިއެވެ. “ދޮންތާ އައެމް ސޮރީ… އަހަރެން ބޭނުމެއްނޫން ދުނިޔޭގައި ހުންނާކަށް އަހަރަންގެ ސަބަބުން މަންމަ މަރުވީ އަހަރެންގެ ސަބަބުން ދޮންތަމެންނަށްވެސް ދިރުއުޅެން ދަތިވާނެ. އަހަރެން ބޭނުމީ ދުރަށް ދާން. ތި އެންމެންނާ ދުރަށް މާ ދުރަށް ދުވަހަކުވެސް ނުފެންނަ ހިސާބަށް” ރޮމުން ހޭ ބުއްދި ފިލާފައި ހުރި މީހެއްހެން ވާހަކަ ދައްކަމުން ދިޔަ މައިލީން އަށް ޝާލީން ގެ އަތުގެ ހޫނު ހަމަލާއެއް އަނެއްކާވެސް އައެވެ. އޭނާ ޝާލީން ގެ ގައިގައި އޮޅުލައިގަންނަމުން ރުއެވެ. ހިތް ފުރޭޏް ދެން ރުއެވެ. އާރާވެސް އައިސް އެދެމީހުން ގެ ގައިގައި ބައްދާލިއެވެ.

“އިލީ އަށް ނޭގެތަ… އެއީ ކިހާ ވަރެއްގެ ފާފައެއްކަން” ޝާލީން އަށް ބުނެވުނީ އެވަރަށެވެ. މައިލީން ގެ ރުއިން އެވަގުތު ބާރުވެގެން ދިޔައެވެ.

***

މާޒީގެ ހިޔާލަށް ގެއްލިފައި ރޯން ހުރި މައިލީން އަށް ޔުއާން އެތަނަށް އައި ކަމެއްވެސް ނޭގެއެވެ.

ނޯޓް: އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެކެވެ. ދުނިޔޭގައި ދިމާވާ ކޮންމެ އިމްޔިހާނަކަށް ނެތް ކުރަން ވާނެއެވެ. ކާމިޔާބް ވާނީ އޭރުންނެވެ. އަމިއްލައަށް މަރުވުމަކީ އޮތް ހައްލެއްނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ކަތިފިޔަވަޅު

Next

ކުރިން އެނގުނުނަމަ (ނުވަވަނަ ބައި)

Next
January 23, 2018

ކުރިން އެނގުނުނަމަ (ނުވަވަނަ ބައި)

Previews
January 22, 2018

ކަތިފިޔަވަޅު

41 Comments!

  1. Hi Mi says:
    January 23, 2018 at 8:25 am

    Assalaamu Aalikum. Kihineh tha hurihaa kudhin?. Miothy story up kohlaafa… if u like the story fo comment. Dhigukoh mi up koh dhini mi faharu… anehkaaves exam aa hedhi bixi vaanethy. HiMi ah yageen kan dheyn neygey kon iraku kameh up dhen kohdheveyni ehenve. Ekam In Sha Allah balaanan maadhamaa next part genesdheveythoa. Thanks All. Jazakallah Khairan.

  2. Naxy says:
    January 23, 2018 at 8:46 am

    Vvv reethi…
    Waiting waiting

    1. Hi Mi says:
      January 23, 2018 at 5:00 pm

      Thanks naxy…. ??? varah ufaa vehjje comment eh kohlima.

  3. sam♥ says:
    January 23, 2018 at 10:08 am

    love

    1. Hi Mi says:
      January 23, 2018 at 5:01 pm

      Thanks sam dear… ???

  4. Nees says:
    January 23, 2018 at 10:17 am

    Thank you hi mi
    Mi site ga in enme inthizaaru kurevey stry
    Vvvvvvvv reethi speechless
    Kiyamundhaairu lolun karunaves aadhey
    Ehaaves furihama
    Waiting waiting

    1. Hi Mi says:
      January 23, 2018 at 5:03 pm

      Alhey Nees… haadha lovely comment ekey… Hi Mi ves dhera vehjje Nees dhera v ma hehe. Varah sorry dhera kohlevunima. Hehe. ?????? Thankyou soooooo much dear. It means a lot. Thi kahala comments thakaki hama himi ge hiyyvaru. Thanks dear.

  5. Pinky shifoo says:
    January 23, 2018 at 10:39 am

    Fantastic ❤️❤️❤️.. Mi part vx varah varah varah reethi ❤️❤️??.. Thanks Hi Mi ehaa bxy koh ulhemunvx vaahaka up kohdheythy ????.. I’m so sorry hi Mi ge other story ge last two parts ah comments nukurevunyma ???.. Reyga varah varah try kurin bt comments fonuvey gotheh nuvi.. This story is hama superb n it’s my favourite story n u are my favourite writer Hi Mi ❤️❤️????.. Varah varah happy vey aslu Hi Mi ehaa loabi koh reply kohlaathy ???.. Hi Mi thee Maasha Allah vaahaka liyan varah varah molhu writer eh ??❤️❤️.. Waiting for next part ??.. Loves ❤️❤️????

    1. Hi Mi says:
      January 23, 2018 at 5:05 pm

      Alheyhhhhh dear. Varah varah varah ufaa vehjje. Konme part akun ves pinky shifoo ge comment fennaathy varah varah varah ufaa vey. Thankyou sooooo much. Kihinetha pinky shifoo?. Hehe. Aslu pinky ge commets thakun varah varah hiyy varu libey. Thanks again dear. ?????????

  6. shaxu says:
    January 23, 2018 at 11:00 am

    Reethi

    1. Hi Mi says:
      January 23, 2018 at 5:07 pm

      Thankyou shazu…

  7. Zuam says:
    January 23, 2018 at 11:54 am

    Wow
    Varah varah varah reethi

    1. Hi Mi says:
      January 23, 2018 at 5:08 pm

      Hey zuam. Thanks sooo much. Zuam ge comments fennathy ufaavey varah. ?????

  8. Xaaan says:
    January 23, 2018 at 12:15 pm

    މާޝާﷲ ހާދަ ރީއްޗޭ ތެންކިއު ހައި މީ ޑާރލިން

    1. Hi Mi says:
      January 23, 2018 at 5:09 pm

      Thankyou soooooo much xaan. Jazakallah Khairan. ???????

  9. Nathu says:
    January 23, 2018 at 1:03 pm

    Wow speechless eagerly waiting for the mext paert?????

    1. Hi Mi says:
      January 23, 2018 at 5:10 pm

      Hehe. Nathu varah ufaavehjje. ?????? next part ah inthizaaru kohlahchey…. varah avahah up kohfheynan.

  10. Xxxx says:
    January 23, 2018 at 1:50 pm

    Wooooowww.v.reethi

    1. Hi Mi says:
      January 23, 2018 at 5:10 pm

      Thanks Xxxx

  11. Icy♡ says:
    January 23, 2018 at 1:57 pm

    Nice♡☆☆☆

    1. Hi Mi says:
      January 23, 2018 at 5:11 pm

      Thanks. Icy ???

  12. Zukko says:
    January 23, 2018 at 4:54 pm

    Wow! V reethi mi part vess. When next part Hi mi

    1. Hi Mi says:
      January 23, 2018 at 5:12 pm

      Thanks zukko?. Adhi alah tha thi comment kohli?. Varah avahah up kohdheynan. In Sha Allah. Varah ufaa vehjje comment fenifa. ???

  13. Hi Mi says:
    January 23, 2018 at 5:15 pm

    Alhamdhulillah….. Hi Mi heekuri varah vure ves bodah tharuheeb libemun dhaathy varah ufaavey. Thankyou sooooo much everyone. Hi Mi bixi kamun regularly comment thakah reply nukureveythy varah bodah sorry ingey. Balaanan v haa ves shaugu veri gothakah thiya kiyun therin beynun gothakah vaahaka gendheveythoa. In Sha Allah….. Jazakallah Khair. ?????

    1. Maa says:
      January 23, 2018 at 8:48 pm

      So regular koh up kohdheythi ingey hi mi

    2. Hi Mi says:
      January 25, 2018 at 5:53 pm

      Yes balaanan maa. Sorry for late reply… cox i was bixi ?

  14. Pinky shifoo says:
    January 23, 2018 at 6:13 pm

    Alhey varah varah ufaavey Hi Mi ge reply kiyaalaafa knme faharakuvx.. ????????… Alhamdhulillah.. I’m good.. Hw abt u Hi Mi?? Varah varah varah happy vehje shifoo ge comments in Hi Mi ah hihvaru libeythy ❤️❤️????☺️☺️.. Keep it up..

  15. Munyy says:
    January 23, 2018 at 8:35 pm

    V shalhi story dhaagoh koniraku next part

    1. Hi Mi says:
      January 25, 2018 at 5:22 pm

      Next part v haaves avahakah In Sha Allah.

  16. laya says:
    January 23, 2018 at 9:33 pm

    wow vvvvvvvvvv rythi hi mi …avahan up kondhenchey igey vvvvv rythi story

    1. Hi Mi says:
      January 25, 2018 at 5:32 pm

      Yes. Laya. Thankyou sooooooo much.

  17. Unaal says:
    January 24, 2018 at 10:12 pm

    Alhe .. Kbr tha next part . alhe mi story vrh reethi ..

    1. Hi Mi says:
      January 25, 2018 at 5:34 pm

      Unaal. Vsrah bodah sorry story up nukohdhevunima. Ingey. Varah avahah up kohdheynan. ??? In Sha Allah.

  18. Xaaan says:
    January 25, 2018 at 8:28 am

    ހައި މީ ވަރަށް ބިޒީ ދޯ ވާހަކަ ކިޔާ ހިތުން ކެއްމަދުވެގެން މިއުޅެނީ

    1. Hi Mi says:
      January 25, 2018 at 5:38 pm

      Yes. Xaaan. Thanks sool much ingey. Varah avahah up kohdheynan. Ingey. In Sha Allah. ???

  19. Pinky shifoo says:
    January 25, 2018 at 10:21 am

    Hii Hi Mi ??.. Ingey hi Mi bxy kan bt hama miss vaathy commenteh kohlaahihvee ??.. Hehehe waiting till u upload the story ??.. Miss you soooooo much Hi Mi.. Hope u will Come back soon my favourite writer with my favourite story ????☺️☺️??❤️❤️❤️❤️..

    1. Hi Mi says:
      January 25, 2018 at 5:31 pm

      Hey pinky shifoo… missed u too dear. Varah varah varah avahah up mi kohlaanan ingey dear. Hama reply eh kolhi mi ?????????

  20. Nees says:
    January 25, 2018 at 10:26 am

    Eagerly waiting for next part
    Hi mi dhoonee
    Exam nimuneetha
    Varah beynun next part kiyaalan
    ❤❤❤❤❤

    1. Hi Mi says:
      January 25, 2018 at 5:29 pm

      Varah avahah up kohdheynan. Ekam 28 th vana dhuvahuge fahun hen heevani. Balaanan v haaves avahah up kohdheyveythoa. Ingey. Jazakallah khairan…

  21. Hi Mi says:
    January 25, 2018 at 5:27 pm

    Assalaamu Alaikum… hello guys. How are you i missed u guys sooooo much… comment kuraa kudhin… Finished my A level exam today. In Sha Allah… dhen balanaan bunaa dhuvahah up kureveythoa. Miadhuves Hi Mi ge two exam othyma mrning plus afternoon ga. Ehenve reply nukurevuni comments thakah. And story ves up nukohdhevuni. Kehtherikama eku in thixaaru kuri hurihaa kudhinnah varah bodah shukuriyya. ???Jazakallah Khair

  22. Aki says:
    January 25, 2018 at 11:29 pm

    vaahaka kiyaa hithun mihiree kehmadhuvefa

Comments are closed.

Next Episodeހިތާ ފުރާނައިން… (15)←


All Right Reserved!