އުޑުމަތި ވަރަށް ބަނައެވެ. ހުއްޓުމެއްނެތި ވާރޭ ވެހެމުން ދެއެވެ. ހިމަ ފޮދު ވާރޭގެ ތިކިތަކުން، އުފެދިފައިވާ ކޯރުތަށް މަގުމަތީ ގިނައެވެ. ނަމަވެސް، އަހަރެންގެ ވިސްނުމުގައި ވަނީ ކޮންމެވެސް ދިމާލަކަށް ހިނގާލަން ދިޔުމަށްށެވެ. އަހަރެންގެ ސިކުނޑިއާއި ދެކޮޅު ނުވުމަށް ހިތް ބުނަމުން ދިޔައެވެ. ހިތާއި އެއްކޮޅަށް އަހަރެން ގެއިން ނިކުތީ ހިނގާލަން ދިޔުމަށެވެ. ވާރޭގައި ތެމުމަކީ ކުޑަ އިރުންސުރެ އަހަރެންގެ ކަށީގައި ހިފާފައިވާ ކަމަކަށް ވާތީ، އެއްވެސް ޖެހިލުމެއް ނެތި ބޯކެރިގަނޑުގެ ތެރޭގައި ހުސްފަޔާ ހުރެ ދިޔައީ ހިނގަމުންނެވެ. […]
ނިހާގެ ކޮޓަރިން ދުންގަނޑު ނުކުމެގެން ގޮސް ނަޒީލްގެ ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް އެކޮޓަރި ދޮރު ހުޅުވިގެންދިޔައެވެ. ހަމައެކަނި ދޫ ބޮކްސާއެއް ލައިގެންހުރި ނަޒީލް ނުކުތެވެ. ވިހަ ހިނިތުންވުމެއް ވެރިކޮށް ލައިގެން ހިނގަމުން ގޮސް ނިހާގެ ކޮޓަރި ދޮރު މައްޗަށް ހުއްޓުނެވެ. ކޮޓަރި ދޮރު ހުޅުވާލިއެވެ. ނިހާ އޮތީ އަރާމު ފުން ނިންޖަކުން ނިދާލައިފައެވެ. ކޮޓަރިއަށް ވަނުމަށް ފައި އަޅާލި ވަގުތު މީހެއްގެ ހިޔަންޏެއް ފެނުނުހެން ނަޒީލަށް ހީވިއެވެ. ނަޒީލް އެނބުރި ބަލާލިއެވެ. ނަޒީލަށް ފާރަލަމުން އައި ދީޕިކާ […]
އަލްޔަން އޮފީހުގައި އިނދެފައި ގެއަށް އައީ ޒީކްގެ ހާލުބަލާނުލައި ކެތްނުކުރެވިގެންނެވެ. ފޯނުކޮށްގެން ޒީކްގެ ހާލުބަލާލަން ކިތަންމެ ފަހަރަކު ހިތަށްއެރި ނަމަވެސް އެކަން ކުރުމަށް ފަސްޖެހެވުނު ވަރުންނެވެ. ޒީކްގެ ކޮޓަރި ދޮރުހުޅުވާލިއިރު ވެއްޓެމުން ދިޔަ ޒީކް ފެނުމުން އާދެވުނުކަން ނަސީބޭ ހިތަށް އެރިއެވެ. ޒީކް އެނދުގައި ބާއްވާލަމުން ޒީކްގެ ހަށިގަނޑަށް ނަޒަރު ހިންގާލެވުނެވެ. ތުނިތުނި ހެދުމުގެ ތެރެއިން ފާޅުކަންބޮޑު ގޮތެއްގައި ޒީކްގެ ދޮންހަށިގަނޑު ފެންނަމުންދިޔައެވެ. ފުރިހަމަ ވަނާތަކާއެކު އައިބެއް ނެތް އެހަށިގަނޑު ފެނުމުން އަލްޔަންގެ ހިތުގެ ހިނގުންވެސް މަޑުޖެހިގެން […]
މިލަ ހަނދުވަރު ( ދެވަނަ ބައި ) ގަޑިން ރޭގަނޑު 9 އެއް ޖެހި އިރު މަލާކް އިނީ ރަޔަންގެ އިންތިޒާރުގައި ގޭދޮރުމަތީ ހުރި ހިރުނދުގަހުގައި އެލުވާފައިވާ ޖޯލީގައެވެ. މާގިނައިރުތަކެއް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ގޭ ދޮރާށި ހުޅުވާލާފައި ރަޔަން އައިސް މަލާކް ކައިރީ ޖެހިގެން އިން ޖޯލީގައި އިށީނެވެ. “ހާދަ ލަހުން ތިޔައައީ” މަލާކް ށަކުވާގެ ރާގަކަށް ތުންފިއްތާލަމުން ބުނެލިއެވެ. “ލަސް ވެއްޖެތަ؟ އަދިކިރިޔާ 9.05 އެވީ.” ރަޔަން ހިނިތުން ވެލަމުން މަލާކްގެ ކޮލުގައި ހިފާލަމުން […]
ރީމްއަށް އަތް މުއްކަވާލެވުނީ ވަމުންދާ ދެރަ ރުޅިއަށް ބަދަލުވެގެން ދާތީއެވެ. ޝަނުމްއަށް އޭނާގެ ހިތް ރޮއްވާލުމުގެ އެއްވެސް ހައްގެއް ނެތްކަމުގައި ރީމް ގަބޫލުކުރެއެވެ. އޭނާ ޝަނުމްގެ ދެކެ ވަނީ ހަގީގީ ލޯބިކަން ފާޅުކުރުމުންވެސް ޝަނުމްއަށް އެކަން ބަލައިނުގަނެވުނެވެ. ލޮލުން ކަރުނަ ހިލާލީ އެހެންވެއެވެ. ލޯތްބަކީ މިހާ އޮޅުން ބޮޅު އެއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވޭން ހުރި އެއްޗެއްކަން ރީމްއަށް ދަސްވެފައި މިވަނީ މިއަދަކު ނޫނެވެ. ފުރަތަމަ ގުޅުން ބޭއްވި ކުއްޖާ ރީމް މުޅިން އެހެން މީހަކަށް ބަދަލުކޮށްލައިފިއެވެ. […]
ޝީން (ހަތަރުވަނަ ބައި ) ނަފީސާގެފޯން ރިންގް ވާން ފެށިއެވެ. “ހެލޯ މަންމާ” އަހަރެން މިރޭ ފުރަންވެގެން މިއުޅެނީ ދެވޭނެ 8 ޖަހަން ވާއިރައް.” ޢަޔާޒް އެހެން ބުނެ ފޯން ކަނޑަާލުމުން ނަފީސާ އަވަސް ވެގަތީ އަޔާޒް އައުމުގެ ކުރިން ރަނގަޅު ކާއެއްޗެއް ހަދާލުމަށެވެ. ޝީން އަވަހައްދޭ އެއްޗެހި ބަދަލް ކޮއްލައިގެން އަންނަން އަޔާޒް އެބައާދޭ މިރޭ””ނަފީސާ އެހެންބުނެ ބަދިގެއާއި ދިމާއައް މިސްރާބް ޖެހުމުން ޝީން ވެސް ސިޑިން މައްޗައް އެރުމައް ދިޔައެވެ. ކޮނޑުގައި ދަބަސް އަޅުވައިލައިގެން […]
ކުރީގެ އަދަދާއި ގުޅޭ: ” ޔެސް.. އޮފް ކޯޒް.. ވީއަރ ފްރެންޑްސް ނައު.. ” އެހެންބުނެފައި ޔަޒްދާންއަށް ބަލާލާފައި ޒާރާ ހިނިތުންވެލިއެވެ. އެހިނދު ޔަޒްދާން އެމޫނަށް ބަލައިލުމުން ފެނުނީ ހިތްހެޔޮކަމެވެ. ޒާރާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ފުންނޭވައެއްލަމުން ޔަޒްދާން އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ޒާރާ ގަޑިބަލާލިއެވެ. ގަޑިން 1:35 ވީއެވެ. މެންދުރުގެ ކެއުން ތައްޔާރުކޮށްގެން ހުރި ވަފިއްޔާއަށް ލަސްވެދާނެއޭ ހިތާ ޒާރާވެސް ބަދިގެ ފަރާތަށް ހިނގައިގަތެވެ. ޒާރާއަށް ދެވުނުއިރު ޔަޒްދާން ތައްޓަކަށް ބަތް އަޅައިގެން […]
މި ހުރިހާ ކަމެއްގެ ސަބަބުން އޭނައަށް ރުޅިވެރި ނަޒަރުތައް އަމާޒުކުރާ މީހުންގެ ހިތުގައިވި ރުޅިވެރިކަން އިންތިހާއަށް ދިޔަކަން އަފާފަށް ރޭކާވެސް ނުލައެވެ. އަދި މިފަހަރު އެމީހުންގެ ރޭވުންތައް އަންނާނީ އޭނަ އެންމެ ހިތްދަތިވާ ފަދައަކުންކަން އޭނައަކަށް ނޭނގެއެވެ. ކައިވެންޏަށްޓަކައި ޗުއްޓީ ނެގިތާ ހަފްތާތަކެއްފަހުން ޝަރަފް އަނެއްކާވެސް އޮފީހަށްދާން ފެށިއެވެ. އޮފީހަށްދާން އޮތް ފުރަތަމަ ދުވަހު ޝަރަފަށްވުރެ ކުރިން އަފާފް ތެދުވިއެވެ. އޭނަ ތެދުވުނުއިރު ވެސް ޝަރަފް ހޭލާ އޮތެއްކަމަކު އޭނަ އެންމެ ބަހެއްވެސް ބުނެލުމެއްނެތި އަފާފްގެ […]
ދެމީހުން ވާހަކާއިގައި ތިއްބާ ކާއިންއަށް މާހިދުގެ ފޯނެއް އައެވެ. ކާއިން ހީކުރީ ބައްޕަ ދިމާވެގެން މިއުޅޭ ކަންތަކުގެ ހަބަރު ދޭން ގުޅާލީ ކަމަށެވެ. އެހެންނަމަވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ކާއިންއަށް ބަލަހައްޓައިގެން އިން އަޝްވާ އަށް ކާއިންގެ މޫނު މަތިން ފެނުނު ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވުނެވެ. “ކިހިނެތްވީ، ކީކޭ ބައްޕަ ބުނީ” ކާއިން ފޯނު ކަނޑާލުމާއި އެކު އަޝްވާ އަހައިލިއެވެ. “އައި ހޭވް އަ ސިސްޓަރ” ކާއިންގެ އަޑުގައިވެސް ވީ ހައިރާންކަމެވެ. “ކާކު!!!؟” […]