Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ގޭޓް ނަންބަރު 7

Dhern Level 510 Stories100 Comments100 Login100 Stories500 Comments
January 22, 2018 3 Mins Read
5 Comments

އުޑުމަތި ސާފު ރީތި ދުވަހެކެވެ. “ރަސްފަންނު”ގެ ހިތްގައިމު މާހައުލުގައި އަހަރެން އިނީ ފޫހި ފިލުވާލުމަށެވެ. ރަސްފަންނަކީ މާލޭގެ އެންމެ ހިތްގައިމު އެއް މަންޒިލެވެ. މިކަމާ ދެކޮޅުވާނެ މީހަކު ނުުހުންނާނެއެވެ.
ކުއްލިއަކަށް އަހަރެންގެ ފޯން ރިންގުވާން ފަށައިފިއެވެ. ފޯނުގައި ސޭވް ކޮށްފައި ނުވާ ނަަންބަރަކަށް ވާތީ، ކާކު ކަމެއް ނޭނގުނެވެ. ފޯން ނަގަން ފިއްތާލަން އުޅެނިކޮށް އެކަން ނާކާމިޔާބުވީ އެކޮޅުން ފޯން ކަނޑާލުމުންނެވެ. “ވެދާނެ އޮޅިގެން ގުޅުނީ ކަމަށް…” އަހަރެންގެ ހިތަށް އެރިއެވެ. އިރުކޮޅެއް ނުވެ އަނެއްކާވެސް ފޯން ރިންގުވާން ފެށިއެވެ. ވަޤުތުން ފޯން ނަގާ ކަންފަތުގައި ޖައްސާލީމެވެ. ” އޭ… ޝިޔާޒް މާލެ ބަދަލުވި ޚަބަރު ލިބުނީމަ ހިތަށްއެރީ ގުޅާލާނަމޭ… އެހެންވެ މި ގުޅާލީ… ކިހިނެއްތަ؟ ”
އެކޮޅުން ވާހަކަ ދެއްކީ ކާކު ކަމެއް އަހަންނަކަށް ފަހުމެއް ނުވިއެވެ. ނަމަވެސް ރަަނގަޅު ކަމަށް ބުނެ އަހަރެން އޭނައަށް ޖަވާބު ދިނީމެވެ. ” އޭތް… އޯކޭ އިނގޭ. ފޯންގައި ނެތް ބެލެންސެއް.. ދިމާވާން ވާނެ… ” މިހެން ބުނެ އޭނާ ފޯން ކަނޑާލައިފިއެވެ. ” މީ.. އަނެއްކާ ކާކުބާ؟ ނުވިސްނުން ކާކު ކަމެއް… އޯކޭ.. އަޅާނުލާ ” އަހަރެންގެ ހިތަށް އެރިއެވެ.

އޭގެ އަނެއް ދުވަހު، ހެނދުނު ނާސްތާއަށް ފަހު، އަހަރެން އިނީ ގޭގެ ސިޓިންގް ރޫމްގައި ޓީވީ ބަލާށެވެ. މިހެން އިންދާ ހަމަ އެނަންބަރުން އަހަރެންގެ ފޯނަށް މެސެޖެއް އައިސްފިއެވެ. ” ހޭއި.. ” މިފަހަރު އަހަރެން ބޭނުންވީ އެއީ ކާކުތޯ ބަލާށެވެ. އެހެންކަމުން މެސެޖެއް ކޮއްލީމެވެ. ” ހޭއި.. އަސްލު ބުނެދީބަ ކާކުކަން… ނޭނގުނު… ސޮރީ އިނގޭ ” މާލަސްތަކެއް ނުވެ އެކޮޅުން ޖަވާބު ފޮނުވިއެވެ. ” ހެހެ.. އައި އެމް ޔުއާރ ކްރަޝް ” ހައިރާންވެފައި އަަހަރެން ދެންވެސް ކުރީ ސުވާލެކެވެ. ” ޝައިނީ؟ ” އިރުކޮޅަކުން އައި ޖަވާބަކުން އަހަންނަށް ހެވުނެވެ. ނުދަންނަ ނަންބަރަކުން ގުޅީމަ އަހަންނަށް ނޭނގުނީއެވެ. އެއީ ޝައިނީއެވެ.

މީގެ ދެއަހަރު ކުރިން އަހަރެން ގުރޭޑް ނަވައެއްގައި ތައުލީމު ހާސިލުކުރަމުން ދިޔައިރު އަހަންނާއިއެކީ އެއްކުލާހެއްގައި ކިޔެވި ކުއްޖެކެވެ. ޝައިނީއަކީ އަދި އަހަރެންގެ ލޯބިވެރިޔާއަށް ނުވިއަސް، އަހަރެންގެ ހިތުގައި ވަރަށް ބޮޑު ޖާގައެއް ދެވިފައިވާ ޖިންސުއްލަތީފެކެވެ. އޭނަގެ ރިތިކަމުގެ ޖާދޫގައި ނުޖެހޭނީ ވަރަށް މަދު މީހެކެވެ. އެރީތި މޫނު ޚިޔާލަށް ގެނެވޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ހީވަނީ ތޫނު ޚަަަަންޖަރެއް ހަރާލެވޭހެންނެވެ.

މި ޚިޔާލުތަކަށް ގެއްލިފައި ހުއްޓާ އަނެއްކާވެސް އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. ” ޓުމޯރޯ.. 7 ފެބްރުއަރީ… ޔޫ ރިމެންބާ؟ ” އެބުނި އެއްޗަކުން އަހަންނަށް ހީވި ޢިދެއް އައިހެންނެވެ. ” ޔާރ އައި ރިމެންބާ.. ” މިހެން ލިޔެލާފައި ޖަވާބު ފޮނުވުމަށްފަހު، ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުމެ އަހަރެން ތައްޔާރުވީ ބޭރަށް ދާށެވެ. ރީތިވެގެން ގޭގެ ދޮރު ތަޅުލައި އަހަރެން ސައިކަލަށް އަރާ ދުއްވާލީމެވެ. އަހަރެންގެ މިސްރާބު ހުރީ ފްލޯރިސްޓް ޝޮޕަކަށެވެ.

މަޖީދި މަގަށް ނިކުމެ ކުަޑަ ތަންކޮޅެއް ދުއްވާލުމުން، ފްލޯރިސްޓް ޝޮޕެއް ފެނިއްޖެއެވެ. އަވަހަށް ސައިކަލު ޕާރކު ކުރުމަށް ފަހު ފިހާެރައަށް ވަނީމެވެ. ވަރަށް ރީތި ރަތް ފިނިފެން މަލެއް އަހަރެން ގަތީމެވެ. އެ މަލުގައި ރިބަންކޮޅެއް އައްސާފައިވެއެވެ. އޭގައި ” އައި ލަވް ޔޫ ” މިހެން ލިޔެލާފައި ހުއްޓެވެ. ވެގެން މިއުޅޭ ގޮތް އިނގޭ ހެއްޔެވެ؟ ގުރޭޑް 9 ގައި އުޅުނު އިރު އަހަރެން އޭނައަށް ލޯބި ހުށައެޅީމެވެ. ނަމަވެސް، އޭނަ ދިން ޖަވާވަކީ ” 18 ވަންދެން މަޑުކޮއްލާ ” މިއެވެ. ގުރޭޑް 9 ނިންމާ އޭނަ މާލެ ބަދަލުވި ފަހުންވެސް ފޯނުން ވާހަކަ ދައްކަމެވެ. އެދުވަހު ފޯނުން ޝައިނީގެ އަޑު ވަކިކުރަން ނޭނގުނީމަ ހައިރާންވެސް ވެއްޖެއެވެ. ނަމަވެސް، އެވަރު ކަމެއް ހިނގާފާނެތާއެވެ.

މާދަމާއަކީ އޭނައަށް 18 އަހަރު ފުރޭ އުފަންދުވަހެވެ. ސަޕްރައިޒެއް ދިނުން ސަޅިވާނެ ނޫންހެއްޔެވެ؟ އެރޭ އަަހަރެން ނިދީ ވަރަށް ޕްލޭން ކޮއްފައެވެ. އޭގެ އަނެއް ދުވަހު ހަވިރު އަހަރެން އޭނައަށް ގުޅާ ބައްދަލު ކޮއްލަން ބޭނުން ވާހަކަ ބުނެފީމެވެ. ” އާދޭ ގޭޓް 7ށް ” ހައިރާންވެ ހުރެ އަހަރެން ސުވާލު ކުރީމެެވެ. ” ގޭޓް ހަތެކޭ؟ އެއީ ކޮންތަނެއް؟ ” ހިނި ގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެ. ” ސާބަސް.. ގަލޮޅު ދަނޑުގެ ގޭޓް 7 ކައިރއަށް ” އަހަރެން ފޯނު ކަނޑާލީ ” އާން މިދަނީ.. ކުރިންވެސް ތިހެން ބުނި ނަމަ. ” މިހެން ބުނެފައެވެ.
ގަލޮޅު ދަނޑުގެ ގޭޓް ހަތަކާއި ގާތަށް ދެވުމުން އަަހަންނަށް އޭނަ ފެނުނެވެ. އަހަރެންގެ ހަށިގަނޑު ފިނިވިއެވެ. ކުރިން ނުވާ ގޮތްތަކެއް ވާންފެށިއެވެ، ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ” ހާއި ޝިޔާޒް ” ހިނިތުން ވެލާފައި ޝައިނީ ބުނެލިއެވެ. ” ހާއި.. ” ރައްދުގައި އަހަރެންވެސް އެހެން ބުނެލީމެވެ. ” ސޯ.. ކީކުރަން މީޓް ކުރަން ބުނީ ” ޝައިނީ ކުރީ ސުވާލެކެވެ. އަހަރެން ބުނީމެވެ. ” އިޓްސް އުޔާރ އެއިޓީންތް ބާރތުޑޭ ސޯ ހެޕީ ބާރތުޑޭ ” އޭނަ ގާތަށް އައީ ލާނެއް ހިންޏެކެވެ. ” އެވަރު ވާހަކައެއް ބުނަން؟ ” އަނެއްކާވެސް އޭނަ ކުރީ ސުވާލެކެވެ. ހިނިތުންވެލާފައި އަހަރެން ބުނީމެވެ. ” ނޫން.. އަސްލު އެހެން ކަމަކު.. ލޯމަރާލަބަ މަ ބުނަންދެން.. ”
އަހަރެން އެހެން ބުނުމުން އޭނަ ލޯމަރައިފިއެވެ. އެވަގުތު ސައިކަަލު މަޑިދަށޫގައި އޮތް ފިނިފެނަމާ ނަގައިފީމެވެ. އަދި ލޯ ހުޅުވުމަށް ބުނީމެެވެ. ހަމަ ލޯހުޅުވުމާއެކު ” ވިލް ޔޫ ބީ މައިން؟ ” މިހެން ކިޔާ ފިނިފެންމާ އޭަނައަށް ދިއްކޮއްލީމެވެ. ވަރަށް އުންމީދާ އެކުގައެވެ. ” ޔެސް.. ” ޖަވާބުގައި މިހެން ބުނެ މަލުގައި ހިފީ ވަރަށް އުފަލުން ހުރެއެވެ. އަދި ބުންޏެވެ. ” އަހަރެން ބުނިހެން އަހަންނަށް 18 އަހަރު ފުރެންދެން ޝިޔާޒް އިންތިޒާރު ކުރީމަ، ވަރަށް އުފާވެއްޖެ… ތީގެން އިނގެނީ ޝިޔާޒް އަހަރެން ދެކެ ވަނީ ހަޤީޤީ ލޯބިކަން… އަހަރެންވެސް ވަރަށް ލޯބިވޭ ”
އުފާވެފައި ހުރިވަރުން ލޮލުން އޮހޮރެންފެށި ކަރުނަތަށް ފުހެލަމުން ޝައިނީ، އަަހަރެންގެ ކޮނޑުޑުގައި ބޯއަޅާލީއެވެ. އެވަގުތު އަހަންނަށް ބުނެވުނެވެ. ” ގޭޓް ނަންބަރު ހަތަކުން ލޯބިވެރިންނަށް “

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

މިލަ ހަނދުވަރު

Next

ކުރިން އެނގުނުނަމަ (އަށްވަނަ ބައި)

Next
January 22, 2018

ކުރިން އެނގުނުނަމަ (އަށްވަނަ ބައި)

Previews
January 22, 2018

މިލަ ހަނދުވަރު

5 Comments!

  1. Anaa says:
    January 22, 2018 at 4:43 am

    Wowww v v v reethi

  2. Hairaan says:
    January 22, 2018 at 7:50 am

    Varah reethi

  3. 1x00 says:
    January 22, 2018 at 6:47 pm

    Zidhan dhigu vaahaka eh liyaakah nuvisnantha??

    1. Zidhan says:
      January 22, 2018 at 7:04 pm

      Vrh visnan eba!

  4. $@||||| says:
    February 12, 2018 at 11:01 pm

    Salhi…bt…

Comments are closed.


All Right Reserved!