Skip to content
އެސްފިޔަ

މިލަ ހަނދުވަރު

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސިއްޖެއެވެ. ދުވާލުގެ ބުރަމަސައްކަތައްފަހު މީހުންތައް ގެތަކައް ވަންނަން ފަށައިފިއެވެ.

ފެންޑާގައި އެލުވާފައިވާ ބޮނޑު އުނދޯލީގައި ފޮތެއް ހިފައިގެން މަލާކް އޮތެވެ.

“ދަރިފުޅާ އަދިވެސް ވާހަކަ ފޮތްތަ ކިޔަން ވީ ތި ސުކޫލް ފޮތެތް ކިޔާބަލަ!! މިއަންނަ އަހަރަކީ ދަރިފުޅު ގުރޭޑް ދިހައަކަށްދާ އަހަރެންނު”

ޒުލައިހާ އައިސް މަލާކް ކައިރީ އިށީންނަމުން ބުނެލިއެވެ.

” ދެން މަންމަ ހަމަ ވާހަކ ފޮތެއްގަ އަތްލާއިރައް އެހެން ކިޔާ ބިރުގަންނަވަން ފަށާނެ”

މަލާކް ތުން ދަމާލާފައި ބުނެލިއެވެ.

“ހޫން… ދެން ބޮޑާ ނަހާކާ އާދޭ ކައިގެން ނިދަން ..މާދަން ސުކޫލް ދުވަހެއްނު…. ދެމައިން އެކި ވާހަކަ ތަކުގައި ތިބެ ކައިގެން ކޮޓަރި އަށް ވަދެއްޖެއެވެ.

ގަޑި އެލާމް ވާން ފެށުމާއެކު މަލާކް އަށް ހޭލެވުނެވެ. ލޯ އުނގުޅަމުން ފާހާނާ އަށް ވަދެފެން ވަރައި ތައްޔާރު ވެލައިގެންނިކުތެވެ.

އޭރު ޒުލޭހާ ގޭ ދޮއް ކުނިިކަހާ ނިންމާފައި އެތެރެއައް ވަންނަނީއެވެ.

” އަވަހައް އާދޭ ސައި ބޯން ދަރިފުޅާ އެއޮއް ގަޑި ޖެހެނީ”

ގަޑިން 6.45 ވީއިރު ކުދިން ތައް ސުކޫލް ތެރެއަށް ވަންނަން ފަށައިފިއެވެ.

” މަންމާ ދަނީ ”

މަލާކް ރައްޓެހި ދެ ކުއްޖަކާ އެއްކޮއް ދަމުން ގޮވާލިއެވެ.

“ހާދަ ނިދިއައިސް އިންހެން ހީވޭ މަގޭ ބޭބީ ގާރލް”

ރަޔަން މަލާކް އާއި ޖެހިގެން އިން ގޮނޑީގައި އިށީނަމުން ބުނެލިއެވެ. ރަޔަން އާއި މަލާކް އަކީ އެކުލާހުގައި އުޅޭ އެންމެގުޅޭ އެއްޖޯޑެވެ. އިސްތަށިގަނޑާއި ބުމަ ކަޅުކުލަ ގަދަވެފައި ހަމުގެ ކުލަައަލި އަލިވުމާއެކު ލޮލުގައި މަޑު ނޫކުލައެއް ހުރުމަކީ ރަޔަންގެ އަށް ލިބިފިވާ ހާއްސަ ރީތިކަމެކެވެ.

އެދެލޮލުގެ ޖާދުލުގައި އެތައް އަންހެން ކުދިންނެއް ޖެހެމުން ދެއެވެ.

ކުލާސް ނިންމާފައި މަލާކް އާއި ރަޔަން އެކި ސަމާސާ ކުރަމުން ނިކުމެގެން ދިޔަ މަންޒަރު ބަލަން މާނީ ހުރީ ދެލޯ އަޅައިގެންނެވެ.
މިދުނިޔޭގައި އޭނަ އެންމެރުޅި އަންނަަ އިންސާނަކީ މަލާކްއެވެ …..
.

މަލާކް އަށް ލިބިފައިވާ ރީތިކަމަށް އެންމެ ހަސަދަވެރިވާ އެކަކީ މާނީ އެވެ.
ތުނިތުނި އޮމާން ހަން ގަނޑަކާއި ހިނިތުން ވެލާ އިރު މަލާކް ގެ ކޮލަށް އެޅިލާ އަޑިކޮޅުން މަލާކް ގެ ފުރިހަމަކަން އެތައް ގުނައެއް އިތުރުކޮއްދެއެވެ.
.
ނުނިމޭ

Comments (6)

  1. Pinky shifoo

    Nice bt it’s too short..

  2. aminath shiyaa

    ވަރަށް ރީތި

  3. Jeyz

    Varah reethi nxt prt dhigukohdhehchey ly marie

  4. ffff

    maany kiyaa myhun asluves abadhuves vv nulafaa

  5. Angel

    V reeti. Konheneii inguneeh fff ah maani kiyaameehun nulafaa kameii

  6. maly

    mamy malaak inge

Comments are closed.