Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 8

Maikaa Level 310 Stories100 Comments100 Login
March 1, 2018 5 Mins Read
14 Comments

” ޝީ ވޯޒް ކްރައިން ދޯ.. ” ކީވާން އިރުކޮޅަކު ހުރެލަފައި ބުނެލިއެވެ.
” ހޫމް. ވާން ކޯކް ބަލާ ދިޔަ ގަޑީގައި ރިވީ އެހީ ކިއްވެތޯ އޭނަ އެހާ ބިރުގަންނަނީ މީހުން ގިނަތަން ތަނުގައި.. އެއީ ހަމަ މެލްގެ ކަންތަކާ.. ލައު ބުނީ ލައު ރައްޓެހިވެގެން އިޅުނު ކުއަޖާވެސް ރުޅި ވިޔޯ އެކަމުގައި.. އޭނަގެ ފެމެލީވެސް.. ޝީ ހޭވް ނޯ ވަން.. ނޯ ފެމެލީ.. ނޯ ފްރެންޑްސް.. ޖަސްޓް އަސް.. އެކަމަކު އަދިވެސް ނޫޅެ ހަގީގަތް ބުނާކަށް .. އަސްލު ވިީގޮތް ބުނީމަދޯ އަހަރުންނަށް އޭނައަށް ހެލްޕް ވެވޭނީ.. އޭނަ އެއުޅެނީ އެހިތު ތެރޭގައި ހުރިހާ އެއްޗެއް ފޮރިވައިގެން.. ވީ އާ ހާރ ފްރެންޑްސް..” ރިއުވީ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އޭނާ ހުރީ ދެރަވެފައެވެ. އޭނާއަށް އިހުސާސް ކުރެވެނީ ލައުރާ އޭނަ އާއި ދުރުވާ ހެންނެވެ. ދުވާލުގެ ކިތަންމެ ވަގުތެއް އެކުގައި ހޭދަ ކުރިއަސް ނުވަތަ ސަކަރާތް ޖެހިއަސް ލައުރާ ގިނަ ވަގުތު ހުންނާނީ ދެރަވެފައެވެ. ކިތަންމެ ވަރަށް އެހިޔަސް ހީލުން ފިޔަވާ އިތުރު ކަމެއް ނުކުރާނެއެވެ.
” ރީވް.. އޭނައަސް ޓައިމް ދީބަލަ.. ތިހާ ކެއްތެރިކަން ކުޑަވާކަށް ނުވާނެ.. ތިބުނިހެން ވީ އާ ހާރ ފްރެޑްސް.. އަހަރުންވެސް އޭނަގެ ފީލިންގްސްއަށް ވިސްނަން ވާނެ ދޯ.. ޓައިމް ދީބަލަ.. އެން ބުންޏެއް ނުން ވަރަށް ކްލޯޒް ފްރެންޑެއް އަންނަ ވާހަކަ.. ރީވްއަށް އިނގޭތަ ކާކުކަން އެއީ؟؟” ކީވާން ރިއުވީގެ ކޮނޑުގައި ހިފާލާފައި ބުނެލިއެވެ. ރިއުވީ ދެރަވާނެ ވަރު އޭނައަށް ވިސްނެއެވެ. ނަމަވެސް ލައުރާގެ އިހުސާސްތަކަށްވެސް ވިސްނަން ވާނެތާއެވެ.
” ނޯ.. ނުބުނެ.. ރީވްއަށް ވެއިޓް ކުރެވިދާނެ މެލްއަށް ވީގޮތް އަޑުއަހަން.. އެކަމް ލައު ވީތަނެއް ނުހޯދައި އައި ކާންޓް..” ލައުރާ ދިޔަ ދިމާލަށް ރިއުވީ ހިނގައިގަތެވެ. ކީވާންވެސް ރިއުވީ ފަހަތުން ދިޔައީ ކުރާނެ އިތުރު ކަމެއް ނެތީމައެވެ.
އަރާން ހުރީ ރިއުވީމެން ދެއްކި ހުރިހާ ވާހަކައެއް އަޑު އަހާށެވެ. އޭނާއަށް ލައުރާ ބުރުގާ ނާޅާ ހުއްޓަސް އޭނާއަކަށް ނޯޅޭނެއެވެ. އެފިޔާތޮށި ކުލައިގެ ތުންފަތާއި މުށިކަން ގަދަ ކަޅިއެއް އޭނާއަކަށް ނޯޅޭނެއެވެ. އެއީ ހަމަ އެ ކަޅުކަން ގަދަ ހިމަ ބުމައެވެ. އެކުޑަ ކުޑަ ނޭފަތެވެ. އެމޫނު މަތިން ހަމަ އެފެންނަނީ ކުރިންވެސް ފެންނަން ހުރި މައުސޫމު ކަމެވެ.
ޕާޓީގައި ތިބި މީހުންގެ ތެރެއިން ލާފައި ލައުރާ ބެލްކަންޏަށް ނިކުތެވެ. ސާފު ވައި ކޮޅެއް ލިބުމުން އޭނާ ކޮންމެސް ވަރަކަށް ހަމަޖެހުނެވެ. އޭނާ މިތަނަށް މިއައީ އަރާން ފެނިދާނެ ކަމަކަށް ނޫނެވެ. ދުނިޔެގައިވާ ހުރިހާ ތަނަކުންވެސް އަރާން އަށް އަންނަން އެނގުނީ މިތަނަށް ހެއްޔެވެ. މާލެ އައި ފުރަތަމަ ދުވަހުވެސް ފެނުނީ އައުސް އަށެވެ. މިހާރު އެފެނުނީ އަރާން އަށެވެ. ދެން އެހެން މީހަކަށް ނުފެނުނިއްޔާ ރަނގަޅެވެ. މިހާރު އެވަނީ އޭނާ އެންމެ ބޭނުން ނުވާ ތިން މީހުންނަށް އޭނާ މާލޭގައި އުޅެކަން އެނގިފައެވެ. ދެފަރާތުން އޭނާ ބެދިއްޖެއެވެ. ދެން އޭނާ ކުރާނީ ކީއްހެއްޔެވެ. އަނބުރާ އޮސްޓްރޭލިއާއަށް ދާންވީ ހެއްޔެވެ؟
” ލައުރާ ” ލައުރާއަށް ހިޔާލީ ދުނިޔެއިން ބޭރަށް ނިކުމެވުނީ ރިއުވީ ގޮވާލުމުންނެވެ. ” ކީއްވެ މިތާ؟؟’ ރިއުވީ އަހާލިއެވެ.
” ނަތިން.. ސާފުވައި ކޮޅެއްބޭނުން ވީ…” ލައުރާ ފަނަރަ ވިލޭރޭގެ ހަނދަށް ބަލާލަމުން ބުނެލިއެވެ.
” ބެކް ދެން.. ކިހިނެއް ވީ؟؟” ލައުރާ ނުބުނާނެކަން އެނގިހުރެ ރިއުވީ އެހިއެވެ. ރިއުވީއަން ލައުރާ ފެނުނީ ލައުރާ ހޯދާތައި ބައިގަޑިއިރު ވީފަހުންނެވެ.
” ކޮން އިރަކު؟؟” ލައުރާ ވެސް ސުވާލެއް ކޮއްލިއެވެ.
” އެތާ އެކޮޅުގައި ހުއްޓާ.. ލައު ބުނަން އުޅުނު ޖުމްލަ ފުރިހަމަވެސް ނުކޮއް.. ލައު ހުރީ ހުއްޓުން އަރާފައި..ރިވީ ގޮވީމައި ލޯރާ ދިޔައީ..ވިއްސަކަށް މިނެޓް ވެދާނެ ރިވީ ލޯރާ ހޯދާތާވެސް.. އެން ލޯރާ ތި އުޅެނީ ހުރިހާ އެއްޗެއް ސިއްރު ކޮއްގެން. އަދިވެސް ނުވޭތަ ކިޔައި ދޭކަށް.. ” ރިއުވީ ކުޑަކަށް ހިތްހަމަ ނުޖެހުނެވެ.
” އެއީ މައި އެކްސް.. ލައު ބަލަން ހުރީ.. އޭނާއަށް ވެސް ލައު އެނގުނު. ލޯރާ ފިލަން އުޅުނު އެންމެންނަށް ލޯރާ ފެނިއްޖެ މިހާރު.. އެންމެންނަށް އެނގޭ ލައު މާލެގައި ކަން. އައި ފުރަތަމަ ދުވަހު އައުސްއަށް ފެނުނީ.. އެއީ މެލް ރައްޓެހިވި ކުއްޖާ.. ދެން ހުރި އޭނަ.. އޭނައަށް އެނގޭނެ މާކުރިން ލައު މާލެ އަންނަކަން. އޭނަ އުޅެނީ ލައުއަށް ދެލޯ ދީގެން. ގެއްށް ދާން ބޭނުން ނުވާ ސަބަބަކީ އެއީ.. އޭނާއަށް ލައު ފެމެލީއާއި ގުޅުން ރަނގަޅުކަން އެނގުނިއްޔާ އެއީ އަނެއްކާ އަނެއް ހަކަންތަށް …ލައުއަށް ޔަގީން އޭނާއަށް އެނގޭކަން ރިވީއާއި ލައު ކްލޯޒް ކަން.. ލައު އޭނައާއި ރައްޓެހި ނުވެގެން ނުކުރާކަށް ކަމެއް ނެތް.. ލައުއަށް ނުދައްކާކަށް ބިރެއް ނެތް.. އެހެންވެ ލައު އޮސްޓްރޭލިއާއަށް ދިޔައީ. އެކަމް އޭރު ލައު ހުރި ބްރޯކް ވެފްއޭ ބުންޏަސް ރަނގަޅުވާނެ. އެ މިސެރަބަލް ލައިފްއިން ލައު ނެރުނީ ލައު އުޅުނު ގޭގައި ހުރި ކުއްޖެއް.. އޭނަ އަންނަ ވާހަކަ ލައު ބުނީ..” ލައުރާ ފުރަތަމަ ފަހަރަށް އޭނާގެ ހިތާމަތަށް ކޮންމެސް ވަރަކަށް ރިއުވީއަށް ކިޔައި ދިނެވެ.
” އިނގޭތަ؟؟ ނުދާނެ އެންމެ ރެއެއްވެސް.. އެންމެ ރެއެއްވެސް ހުވަފެނުން މެލް އާއި މަމް އެން ޑޭޑް ނުފެންނަ. އެދެރޭ ވި ކަންތަށް ކޮންމެ ރެއަކު ފެނޭ.. މިހާރުވެސް.. އައި މިސް ދެމް. އުންމީދު ކުރަން އެމީހުން ލައުއަށް މާފުކުރާނެ ކަމަށް.. އެމީހުންނަށް ލައު ޕްރޮމިސް ކުރިން ސޫސައިޑް ނުކުރާނެ ކަމަށް. އެހެން ނޫނަ ނަމަ ލައު ނުހުންނާނެ ދުނިޔެއަކު މިހާރު.. “ލައުރާ ކުރިއަށް ނުގެންދެވިގެން މޫނުގައި އަތް އެޅިއެވެ.ނުރޯން މަސައްކަތް ކުރި ނަމަވެސް އޭނާއަށް އޭރު ގިސްލެވެއެވެ. ރިއުވީ ފިޔަވައި އިތުރު މީހަކު ނެތްކަމީ ނަސީބު ކަން ނޭނގެއެވެ.
ރިއުވީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.ލައުރާ އަމިއްލައަށް މަރުވާ ވާހަކަ ބުނާނީ ހާދަކަންތަށް ގޯސްވީމައެވެ. އޭނާ ލައުރާ އާއި އެކު އުޅުނުއިރުވެސް އަމިއްލައަށް މަރުވާ ވާހަކަ ބުންޏަސް ލައުރާ ރުޅިއަންނާނެއެވެ. އެކަމުގެ ގޯސް ކަމާ ގުޅޭ ގޮތުން ލެކްޗަރު އަޅާނެއެވެ. އަދި ދުވަހަކުވެސް ލައުރާ ސޫސައިޑް ކުރަން ހިތަށްވެސް ނާރުވާނެ ކަމަށް ބުނާނެއެވެ. ނަމަވެސް އެރު ފެނުނު ލައުރާ އާއި މިހާރު ފެންނަން ހުރި ލައުރާ އާއި ހާދަ ތަފާތެވެ. އޭރު މަޑުން ނުހުރެވޭ ކުއްޖާ މިހާރު ހުންނަހެން ހީނުވާނެއެވެ. މިހާރު ސަކަރާތް ޖަހާފަ އުޅުނަސް އޭރު އަދި މާކަންތަށް ބޮޑެވެ. ކުޑައިރު ލައުރާ ހާދަ މަޖަލެވެ. ދުވަހަކުވެސް ހިތަމައަކާ ދިމާ ނުވާ ކުއްޖެއް ފަދައެވެ. އާއެކެވެ. އޭރު ހިތާމައަކާ ކުރި މައްޗެއް ނުވެއެވެ. އޭރު ލައުރާއަކަށް ހިތާމައެއީ ކޯޗެއް ކަމެއް ވެސް ނޭނގޭނެއެވެ. ނަމަވެސް އޭރާއި މިހާރާއި ތަފާތެވެ. އޭރު އެންމެންވެސް ލައުރާ ދެކެ ލޯބިވެއެވެ. މިހަރު މީހަކު އޭނައާއި ދިމާ ބަލާލާކަށް ވެސް ބޭނުމެއް ނުވާނެއެވެ. ލައުރާއަށް އެންމެން ނަފުރަތު ކުރެއެވެ. ރިއުވީ އެއީ ލައުރާ ނަމަ އޭނާ މިހާރު މޮޔަވީހެވެ.
” ލޯރާ.. ޕްލީޒް ސްޓޮޕް ކްރައިން.. ހުރިހާ ކަމެއްވެސް ދެން އިރާދަކުރެއްވިއްޔަ ރަނގަޅު ވާނެ އޭ.. ރިވީ މިހުރީނުން ލައު އާއި އެކީ.. ކީވާން ވެސް އެހުރީނުން ލައު އާއި އެކީ.. ވީ އޯލް ލަވް ޔޫ.. ލޯރާތީ ވަރަށް ސްޕެޝަލް ކުއްޖެކޭ އަހަރުންގެ ލައިފްގައި.. ދެން ނުރޮއިބަލަ. މީހަކު މިތަނަށް އައިއްސިއްޔާ ހީކުރާނީ ކީކޭ؟؟” ރިއުވީ ލައުރާގެ ގައިގާ ބައްދާލިއެވެ. އޭނާއަށް ކުރާނެ އިތުރު ކަމެއް ނުވިސްނުނީއެވެ.
“އަރާން.. ކޮން އިރެއް ލޯބި ހޯދާތާ؟؟” އަރާން ސިހުނީ ކުއްޖަކު އައިސް އޭނަގެ ގައިގާ އޮޅުލައިގަތުމުންނެވެ. އޭނާ އެކުއަޖަ ދުރުކޮއްލަމުން އެކުއްޖައަށް ފުރަތަމަ ބަލަލީ ބީރައްޓެހި ނަޒަރަކުންނެވެ. އެއީ ކާކުކަން އެނގުނީ އިރު ކޮޅެއް ފަހުންނެވެ.
” ސަލް.. ލޭނާ.. ކޮންއިރެއް އަރާންވެސް ސަލެނާ ހޯދާތާ؟؟އެން ޕްލީޒް.. މިހާ މީހުންގިނަ ތަންތާންގައި ތިހެން ނޫޅެބަލަ..” އަރާން ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.
” ބޭބް ދެން ހާދަ ފޮންޏޭ.. ސޯ އަން ރޮމޭންޓިކް.. އިނގޭތަ އެހުރީނުން ބޯއިއެއް.. އެއީ އަހަރުންގެ އޮފީހަށް އަލަށް ޖޮއިން ކުރި ބޯއިއެއް.. ކީވާން ކިޔާނީ.. އަދި ހުންނަނެ ގާލްއެއްވެސް.. ލައުރާ.. ސަޅީ އިސްތަށިގަނޑެއް އޮންނާނެ.. ސަލް އަށް ހީވަނީ އެދެމީހުން އުޅެނީ ރައްޓެހި ވެގެން ހެން. އަންނާނީ އަބަދުވެސް އެކުގާ.. ދާނީވެސް..” އަރާން ކިޔާ އެއްޗަކަށް ވިސްނާލުމެއްނެތި ސަލެނާ ބުނެލިއެވެ. މިއީ އޭނަގެ އާދައެވެ. ދުވަހަކުވެސް އަރާން ކިޔާ އެއްޗަކަށް ބަލައެއް ނުލާނެއެވެ.
” ސަލެނާ ލޯރާ އާއި ފްރެންޑްތަ؟؟” އަރާން އަށް މި ބުނެވުނު އެއްޗަކާ މެދު ވިސްނަލެވުނީ ފަހުންނެވެ. ނަސީބަކުން ސަލެނާއަކަށް އެކަމެއް ފާހަގައެއް ނުވެއެވެ.
” ފްރެންޑްސް އެއް ނޫން. އެކަނަކު ފެނުނީމަ ހައިއެއް އަޅަން. ކިހިނެއް ވީ؟؟” ސަލެނާ ހިޔާލެއް ފިކުރެއް ނެތި ބުނެލިއެވެ.
” ނަތިން.. ހިނގާބަލަ ލެކްމެން ހޯދަން ދާން.. މިއަދު ހެނދުނު ލެކް އައެއްނުން މާލެ. ޝީ ނެވާރ މިސް އަ ޕާޓީ.. އެހެން ވީމާ ހުންނާނެ މިތާ..” އަރާން ވާހަކަ އޮޅުވާލިއެވެ. ނަމަވެސް ލީކާ ހޯދާ ވާހަކަ ބުނީ އައުސް ހޯދުމުގެ ބޭނުމުގައެވެ. އައުސް ގާތު ލައުރާ މި ޕާޓީ ތެރޭ ހުރި ވާހަކަ ބުނާށެވެ.
” ލޯރާ.. އޯކޭތަ މިހާރު.. ހިނގާބަލަ ސްޓޯކާރ ކައިރިއަށް ދާން..” ލައުރާގެ އަތުގައި ހިފާ ދަމާލަމުން ރިއުވީ ބުނެލިއެވެ. އޭނާ ބެލީ ލައުރާ އެކަމުގެ މަތިން މިވަގުތު ހަނދާން ނައްތާލެވޭތޯއެވެ.
” ސްޓޯކާރ؟؟” ލައުރާ ސުވާލުގެ ނަޒަރަކުން ރިއުވީއަށް ބަލާލިއެވެ.
” އުޕްސީ.. އެއީ މިހާރު އޭނައަށް ކިޔާ ނަން. އޭނަ ރީވްއަށް ކިޔަނީ ކްލައުން.. މާ ގިނައިން މޭކަޕް ކޮއްފަޔޯ ހުރީ..”ރިއުވީ އަމިއްލަ މޫނުގައި ދެއަތް ޖައްސާލިއެވެ. ކީވާން އޭނައާއި ދިމާލަށް ކްލައުން ކީ ފަހުން އޭނަ ހުރީ ފާޑަކަށް ލަދުގެންފައެވެ.
” ހެހެ.. ރީވް ރީއްޗޭ…” ލައުރާ ރިއުވީގެ ދެއަތުގައި ހިފާ ތިރި ކޮއްލިއެވެ. އަދި އެތެރެއަށް ދާން ހިނގައިގަތެވެ. ” ކޮންތާކު އޭނާ ވީ؟؟”
” މިހުރީ އެއްނުން.. ކުރި މަތީ ހުރި އިރުވެސް ނުފެނުނު ދޯ…” ކީވާން ހުރީ އެދެމީހުން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.
” ރޯވަ ބުނި ގޮތުން ހީވީ .. ވަރަށް ދުރުގައި ހުރިހެން.. ނޭނގޭނެއެއްނުން.. އެނީވޭ ކިހާއިރަކު ތިބެނީ؟؟” ލައުރާ ސުވާލު ކޮއްލިއެވެ. އޭނަ އަސްލު އުޅުނީ ދަނީ ކޮން އިރަކުންތޯ ސުވާލު ކުރާށެވެ. ނަމަވެސް އެހެން އަހަން ނުކެރުނީއެވެ.
” ކޭކް ފެޅީމަ ހަމަ ދާންވީ..” ކީވާން އެހެން ބުނިތަނާ މީހަކު އައިސް ކޭކު ފަޅަން އުޅޭކަމަށް ބުނެލިއެވެ.
” ކޭކް ފަޅާފައި އަދި ވަން އޯ ޓޫ އަވަރ ފަހުން ދާނީ..” ކީވާްން އެމީހާ ދިޔުމުން އިތުރު ކޮއްލިއެވެ. ލައުރާ އާއި ރިއުވީ ހޭންފެށީި ކީވަންގެ މޫނަށް އިނޮސެންޓް ވައްތަރެއްޖައްސާލީމައެެވެ.
” ސީރިޔަސްލީ؟؟ ހިނގާ ޓެރެސް އަށް ދާން..” ރިއުވީ ކީވާން އާއި ލުރާގެ އަތުގައި ހިފައި ސިޑިއާއި ދިމަލަށް ދިޔައެވެ. ޕާޓީ ތެރޭތިބި އެންމެން އޭރު ޓެރެސްއަށް ދަނީއެވެ. އެއެންމެންގެ ތެރެއިން ރިއުވީ ސިޑިން ތަންކޮޅެއް ހޯދައިގެން މައްޗަށް އަރަން ދިޔައެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނަ ރިއުވީގެ އަތުން ލައުރާގެ އަތް ދޫވިއެވެ. ރިއުވީ ފަހަށް ބަލާލި ނަމަވެސް އޭނާއަކަށް ލައުރާއެއް ނުފެނުނެވެ.
ލައުރާއަށްވެސް އެންމެންގެ ތެރޭގަެި ރިއުވީ ގެއްލުނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އޭނާ ފުރަތަމަ ފްލޯއަށް ފޭބިއެވެ. އެމީހުން ކުރިންވެސް ތިބީ އެފްލޯގައެވެ. އެންމެން ޓެރެސްއަށް ދިޔުމުން އޭނާ ފިޔަވައި އިތުރު މީހަކު އެތާކު ނެތެވެ. މައްޗަށް އަރަން ހިތަށް އަރާފަވެސް އެތަ ގިނަ ވާނީ ނުދަންނަ މީހުން ކަމުން މަޑުކުރީއެވެ. އޭނަ ކުރާނެ އިތުރު ކަމެއް ނެތުމުން އެތާ އެއްފަރާތެއްގައި ހުރި މޭޒް މަތިން ކޯކް ތައްޓެއް ނަގައި ބޯލިއެވެ. އަދި ބެލްކަންޏާއި ދިމާލަށް ދިޔައެވެ. ނަމަވެސް ވަކި ހިސާބަކުން ހުއްޓު ފަހަތަށް އެނބުރުނީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

އަނދިރިފަރާތް 20

Next

ހިތާ ފުރާނައިން… (56)

Next
March 1, 2018

ހިތާ ފުރާނައިން… (56)

Previews
March 1, 2018

އަނދިރިފަރާތް 20

14 Comments!

  1. reader says:
    March 1, 2018 at 3:46 pm

    Yo b**** Aus is there i guesss

    1. Maikaa says:
      March 1, 2018 at 3:48 pm

      yap..

    2. Maikaa says:
      March 2, 2018 at 9:16 am

      there is no use of putting some ***** s . call me whatever you want..

  2. Re Hen Dhi says:
    March 1, 2018 at 4:05 pm

    Eh jumla ehga loara kiyafa laura kiyaafa.. arrrrgh
    Kiyan kerey gothakah liyedhybala heyo nuvaane

    1. Re Hen Dhi says:
      March 1, 2018 at 4:06 pm
    2. Maikaa says:
      March 2, 2018 at 9:09 am

      thanks for the comment.. i will correct that mistake

  3. Sweetie says:
    March 1, 2018 at 4:09 pm

    Pis pis
    Mihaaru mee 8 vana part. Adhives mivaahakaigai vaa gotheh neynge. Vaanuvaa neyngey gothah liyamun dhanee…
    Aslu ehenveema vaahaka boring.

    1. Maikaa says:
      March 2, 2018 at 9:11 am

      thanks for the comment .. ill try to do better

  4. rose says:
    March 1, 2018 at 6:10 pm

    Vrh reeth ..ekam haadha undhagoo nanthakekey

    1. Maikaa says:
      March 2, 2018 at 9:13 am

      thanks.

  5. Alyss says:
    March 1, 2018 at 6:24 pm

    haadha lahey dhw up vaaleh
    I dont know whats
    heppening in this story uhhhhh 😐

    1. Maikaa says:
      March 2, 2018 at 9:14 am

      sorry lahun up vathiive .. varah avahah ingeyne vaagoi

  6. Shaa says:
    March 16, 2018 at 5:18 pm

    Wow…varah salhi..keep it up dear..

    1. Maikaa says:
      March 21, 2018 at 9:59 am

      thankxx

Comments are closed.


All Right Reserved!