Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 47

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 27, 2018 10 Mins Read
77 Comments

ކާއިން އަޝްވާ ގޮވައިގެން އެތެރެއަށް ވަނެވެ. އޭރު ކާއިން ވީނުވީ ތަނެއް ނޭނގި ކައުސަރު ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ.

“މަންމާ!” ކާއިން ކައުސަރުގެ  ގައިގައި ބައްދާލިއެވެ.

“ދަރިފުޅު ބަލިވެ އުޅޭއިރު ކޮންތާކަށް ގޮސްފައިތަ ތިއައީ؟؟ ދަރިފުޅު ވީ ތަނެއް ނޭނގެންޏާ މަންމަ ކިހާ ހާސްވާނެ” ކައުސަރުގެ ލޮލުން ކަރުނަ ހިލާލިއެވެ. ކާއިން ކައުސަރުގެ އަތުގައި ހިފައި ވަރަށް ލޯބިން ބޮސްދިނެވެ.

“މަންމާ! ބައްޕަ ވަރަށް އަވަހަށް އަހަރެމެން ކައިރިއަށް އަންނާނެ.. ” އެހެން ބުނެލުމަށްފަހު ކާއިން ކައުސަރު ނިތްކުރިއަށް ބޮސްދިނެވެ. ކުޑައިރުއްސުރެ މަންމައާއި ދުރުވާން މަސައްކަތް ކުރި ކާއިން އަށް މިހާރު މަންމައަކީ ކިހާ މުހިއްމު މީހެއްކަން ރޭކާލާން ފަށައިފިއެވެ. ކޮންމެ ހާލަތެއްގައި ވެސް ބައްޕަގެ ދިފާއުގައި ތެދުވާން އުޅޭ ފަދައިން މަންމައަށްޓަކައި ވެސް ޖާނާއި މާލުން ގުރުބާން ވާން ކާއިން އަޒުމް ކަނޑައެޅިއެވެ.

“ދަރިފުޅު ތިއައީ ބައްޕަ ކައިރިން ތަ؟ ކީއްވެ މަންމަ ގޮވައިގެން ނުދިޔައީ” ޝަކުވާގެ ރާގަކަށް ކައުސަރު ބުނެލިއެވެ.

“އަޅުގަނޑު މިއައީ މާޒިން އާއި ބައްދަލުކޮށްލާފައޭ މަންމާ! ބައްޕަ ކައިރިއަށް ދާ ނަމަ މަންމަ ބަހައްޓާފަ ނުދާނަމެއްނު… އޭރުން މަންމަ އެކަންޏެއް ނޫން ބައްޕަ ވެސް ޝަކުވާ ކުރާނެ” ހިނިތުންވެލަމުން ކާއިން ބުނެލިއެވެ.

ބައެއް ފަހަރު ދިމާ މިވާ ހާދިސާތަކަކީ ގުޅުންތައް ވަރުގަދަ ކުރަން ލިބޭ އެހީއެކެވެ.


 

ދުވަސްތައް ފާއިތުވަމުން ދިޔައީ ނުހަނު އަވަހަށެވެ.

ކާއިންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުން އެ ދުވަހު އެގެ ފާސްކުރަން ދިޔައެވެ. މައިރާގެ ކުޅަދާނަ ކަމާއި އެކު އޭނާ މާޒިންއަށް ވުރެ ކުރިން އެތަނުން ރައްކާވިއެވެ. އެހެންކަމުން ފުލުހުންގެ އަތްދަށުވީ މާޒިން އެކަންޏެވެ. މިއީވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބަލައި މާޒިންގެ ފަރާތުން ލިބެން އޮތް މައުލޫމާތެއް ހޯދޭތޯ ފުލުހުން އެތައް މަސައްކަތެއް ކުރިއެވެ. ސުވާލު ނުކުރާ އެއްމެ ދުވަހެއް އެއްމެ އިރެއް ނުދެއެވެ. އެހެންނަމަވެސް އަޒުމު ވަރުގަދަކޮށްގެން މާޒިން އިންނަނީ އަނގައިން އެއްމެ ބަހެއް ވެސް ނުބުނެއެވެ. މައިރާ އޭނާ ސަލާމަތްކުރަން އަންނާނެ ހެން ހީވަނީ ކަންނޭނގެއެވެ.

މާކޯނި ގެޔަށް ބަލައިލަމާތޯއެވެ. އަޝްވިން އާއި ހިންދު އެމީހުންގެ ދިރިއުޅުމުގެ އެއްމެ އުފާވެރި ދުވަސްތައް ގުނަމުން ދިޔައެވެ. ކޮންމެ ދުވަހެއް ވެސް ހީވަނީ އެމީހުންގެ އަހަރީ ދުވަސްހެންނެވެ. ހިންދު އުފާކޮށް ދިނުމަށްޓަކައި އަޝްވިން ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް ހުރިކަން ޔަގީނެވެ. ހިންދުއަށް އަޝްވިންގެ ސީރިއަސް މިޖާޒުގެ ބަދަލުގައި ފެންނަމުން ދިޔައީ އަބަދުވެސް ހީ ސަމާސަކޮށް ހަދާ ތަނެވެ. ހިންދުއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިގެން އުޅޭ ކަހަލައެވެ. އެތައް ދުވަހަކަށްފަހު މައިންބަފައިންގެ ލޯބިން މަހުރޫމްވެ ހުރެފައި އެ ލޯބި މަދުނުވާނެ ވަރަށް ލިބެން ފަށައިފިއެވެ. ލޯބިވާ ފިރިއަކާއި ދަރިއެއްގެ ގޮތުގައި ދެކޭ އީޝްއެވެ.

ޝަނުމްއާއި ރީމްގެ ގުޅުން ވެސް ދެ މީހުން ހީނުކުރާ އަވަހަށް ކުރިއަރައިގެން ދެއެވެ. ޝަނުމް އޭނާގެ ހިތުގައި އަޝްވާއަށްޓަކައި އުފެދިފައިވާ ލޯބި ފޮރުވަމުން ރީމްއަށް ފިރިއެއްގެ ލޯތްބާއި ކުލުނު ދޭން ފަށައިފިއެވެ. ނިދަން އޮންނަ އިރު ރީމް ދުރުގައި އޮތަސް ޝަނުމް ރީމް ކައިރިއަށް ޖެހިލައި ބައްދާލައެވެ. އަދި އެތައް ނަސޭހަތަކާއި ހިތްވަރެއް ދެއެވެ. މަންމަ މަރުވުމުން އެ ހަމްދަރުދީ ދޭން ޖެހޭތީއެއް ނޫނެވެ. އެޔަށް ވުރެ ބޮޑަށް ހިތުގައި އާލާވަމުން ދާ ގޮތް ނޭނގޭ އިހުސާސްތަކެއް ގެ ސަބަބުންނެވެ. ރީމް ދެރަވެފައި ހުންނަ ތަން ފެނި ޝަނުމްގެ ހިތުގައި ރިއްސާލައެވެ. ހިނިތުންވެއްޖެ ނަމަ ބޭ އިހުތިޔާރުގައި ނަމަވެސް ހިނިތުންވެވެއެވެ.

ކާއިންއާއި އަޝްވާގެ ގުޅުން ދެ މީހުންނަށް ވެސް ނޭނގި މަޑު ފިޔަވަޅު ތަކެއްގައި ކުރިއަށް ދަމުންދެއެވެ. ކާއިން މޮޔަކަމެއް ކޮށްލާ އިރަށް އެހެންޏާ ހަޅޭތްލަވައި ގަންނަން ތައްޔާރަށް ހުންނަ އަޝްވާ މިހާރު ކާއިން ފެނުމުން ލަދުގަނެއެވެ.  ކާއިން ބަލާލާ ކޮންމެ ފަހަރަކު ހިތް އަވަސްވެގެން ދެއެވެ. އަތްފައި ފިނިވެގެންދެއެވެ. އެއަޑުން އޭނާގެ ނަން ގޮވާލިއަސް ހިތް ބިރުން ފިލަން އުޅޭ ކަހަލައެވެ. މާޒިން ހައްޔަރު ކުރުމުން ކާއިން އަޝްވާއަށް ލޯބި ހުށަހެޅުމަށް އޮތް އެއް ހުރަސް ނެތިގެން ގޮސްފިއެވެ. އެހެންކަމުން އަޝްވާގެ މި ލަދުވެތި މިޒާޖު ވަނީ މަޖާކަމަކަށެވެ. ބައެއް ފަހަރު އެއްވެސް ފަރުވާލެއް ނެތި އަޝްވާއާއި ދިމާލަށް ބަލަހައްޓައިގެން ހުންނަނީ އިތުރަށް ލަދުގަންނަވާލުމަށެވެ. އަދި އެކަހަލަ ވަގުތު ވަގުތު އަޝްވާ ރަކި ގޮތަކަށް ހިނިތުންވުމުން ކާއިންއަށް ވެސް ހިނިތުންވެވެއެވެ. ކާން އިންނަ އިރުވެސް ކާއިން ކުރިއާއި އެއް ގޮތަށް އަޝްވާއަށް އުނދަގޫކުރެއެވެ. އަޝްވާ މޭޒުމަތީގައި އޮތް އެއްޗެއް ނަގަން އުޅެފިނަމަ ކާއިން އަޝްވާއަށް ވުރެ ކުރިން އޭތި ހޯދޭތޯ އުޅެއެވެ. ކުރިން ނަމަ ކާއިން މިކަހަލަ ކަމެއް ކޮށްފިނަމަ ކާއިންއާއި ދިމާލަށް އެއްޗެކޭ ބުނުމަށް އަޝްވާ ފަހެއް ނުޖެހޭނެއެވެ. އެހެންނަމަވެސް މިހާރު މަންޒަރު ބަދަލުވެއްޖެއެވެ. ކާއިން ނަޒަރު ދިމާކޮށްލާ އެއްޗެއްގައި ނަމަވެސް އަތްލާން އަޝްވާ ހުންނަނީ ފަސްޖެހިފައެވެ. އެއިން ކޮންމެ ފަހަރަކު ލޯބީގައި ދީވާނާ ވެފައިވާ މީހެއް ފަދައިން ކާއިން އަޝްވާގެ މޫނަށް ބަލަން ހުރެއެވެ. އަޝްވާގެ މޫނު މައްޗަށް އަރައި ފައިބަމުންދާ ކޮންމެ އިހުސާސެއް ކޮންމެ ބަދަލެއް އޭނާގެ ހިތުގައި ރައްކާކުރަމުންނެވެ.


 

އިރުގެ ރަންދޯދިތަކާއި އެކު ދުނިޔޭގެ ޒީނަތްތެރިކަން ފެންނަމުން ދިޔައެވެ. ޖެހެމުންދާ މަޑުވައިރޯޅިތަކުން ހިތްތަކަށް ފިނިކަން ގެނެސްދެމުން ދެއެވެ. އާދައިގެ ދުވެއްޔެއްގައި ދޯނި ދަތުރުކުރަމުން ދިޔައީ ކައިރީގައި އޮތް ފަޅު ރަށާއި ދިމާލަށެވެ.

ހިންދުއާއި އަޝްވާ އީޝް ގޮވައިގެން ދޯނީގެ ހިޔާކޮށްފައިވާ ބައިގައި ތިއްބެވެ. ކާއިން އިނީ އެމީހުން ފެންނަހާ ހިސާބުގައި އަތުގައި އޮތް ފޯނާއި ކުޅެލަ ކުޅެލައެވެ. ކާއިންއާއި ޖެހިގެން އެއްފަރާތެއްގައި ރީމް އާއި ޝަނުމް އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި އެކި ވާހަކަތަކުގައި މަޝްއޫލުވެ ތިއްބެވެ. އަޝްވިން ހުރީ ދޯނި ދުއްވަން ހުރި ކައްޕި ކައިރީގައެވެ. މީގެ އިތުރުން މާކޯނި ގޭގެ އެހެން މީހުންނާއި އެ އާއިލާގެ ގާތް އަދި ދުރު މެމްބަރުން ވެސް ދަތުރުގައި ބައިވެރިވިއެވެ.

މި ދަތުރަކީ މީގެ އެތައް ދުވަސް ކުރިން ދާން ނިންމާފައި އޮތް ދަތުރެކެވެ. އެދުވަހު ގޭގައި އުޅޭ ފިރިހެނުން ބޭނުންވީ ފިލްމު ބަލަން ކަމުން އޭރު ކުރެވުނު ކަމަކީ އެއީއެވެ. ދެން އެޔަށްފަހު ދަތުރު ދާން ނިންމައިގެން ތިއްބަސް އެއްމެންގެ ހަޔާތަށް އަންނަން ފެށި އަޑިގުޑަންތަކުގެ ސަބަބުން ދަތުރުގެ މަތިން އެއްމެން ވެސް ތިބީ ހަނދާން ނެތިފައެވެ.

ރަށުގެ ދުވަސްވީ ފާލަމާއި ދޯނި ކައިރިކޮށްލުމުން އެއްމެ ފުރަތަމަ ދޯނިން ފޭބީ އަޝްވާ އާއި އީޝްއެވެ. އެމީހުންގެ ފަހަތުން އެހެން މީހުންވެސް ދޯނިން ފައިބައި އެކުގައި ރަށުގެ ފަސްގަނޑާއި ދިމާލަށް ހިނގައިގަތެވެ.

ރަށުގެ ދޮންވެލީގައި ފައިޖެހުމާއި އެކު އީޝްގެ ފޯރި އިސާހިތަކު އަޔެވެ.

“ތާތީ! ބަލާ، ބައިވަރު ފެން އެ އަންނަނީ އީޝް ތެއްމާލަން” ވެލިގަނޑާއި ދިމާލަށް ރާޅު އަންނަން ފެށުމުން އީޝް ދުވެލާފައި ގޮސް އަޝްވާގެ ފަހަތަށް ވަދެ ފިލަން އުޅުނެވެ.

އީޝް އެހެން ބުނެލުމަށްފަހު އަނެއްކާވެސް ރާޅު މޫދާއި ދިމާލަށް ދިޔުމުން އެ ދިމާލަށް ދުއްވައިގަތެވެ.

“އީޝް އެހާ ދުރަށް ނުދައްޗޭ އިނގޭ!! އާދޭ ތާތި ކައިރީ އިށީންނަން” ފޯރި އައިސްގެން އެކި ދިމާލަށް ދުވަމުން ދިޔަ އީޝްއަށް އަޑުއިވޭނެ ވަރަށް އެހެން ބުނެލަމުން އަޝްވާ ރާޅުޖެހޭ ހިސާބުގައި އިށީދެލިއެވެ.

“ކާއިން ބޭބޭ!! އާދޭ… މޫދު ވަރަށް ފިނި” އަޝްވާއާއި ދިމާލަށް އެބުރި ވަގުތު އަޝްވާގެ ފަހަތުގައި ހުރި ކާއިން ފެނި އީޝް އެހެން ބުނެލީ އަތުން އޭނާ ކައިރިއަށް އަންނަން އެދެމުންނެވެ.

ކާއިންގެ ނަން އިވުމުން އަޝްވާ އަވަސް އަވަހަށް ފަހަތް ބަލާލިއެވެ. އޭރު ކާއިން ދެ ޖީބަށް އަތް ޖަހައިލައިގެން ހުރެ އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެންކަމުން ކާއިންއާއި ދުރަށް ދާން އަޝްވާ އިންތަނުން ތެދުވާން އުޅުނެވެ. އެހެންނަމެވެސް އޭގެ ކުރިން އީޝް އައިސް އަޝްވާގެ އުގުގައި އިށީދެލިއެވެ.

“އާން މޫދު ވަރަށް ފިނި ދޯ އީޝް… ހަވީރުން އަދި މިއަށް ވުރެ ފިނިވެލީމަ ހިނގާ ދެ ކުދިން އެއްކޮށް ފަތާލަން ދާން… ތާތި ވެސް ގޮވައިގެން ދޯ ދާނީ” އަޝްވާއާއި ޖެހިގެން އިށީދެލަމުން ކާއިން ބުނެލިއެވެ. ކާއިން އިށީދެލުމާއި އެކީ އަޝްވާ އީޝް ކުޑަކޮށް ހިއްލާލަމުން ކާއިންއަށް އޭނާގެ މޫނު ފޮރުވަން އުޅުނެވެ.

“ތާތި ބޭނުން ތަ ކާއިން ބޭބެ އާއި އެކީ މޫދަށް ދާން” އަޝްވާއާއި ދުރުވެލައި އަޝްވާގެ މޫނަށް ބަލާލަމުން އީޝް އަހާލިއެވެ.

“ނޫން” ދެކޮޅަށް ބޯ ހޫރުވާލަމުން އަޝްވާ އަވަސް އަވަހަށް އެހެން  ބުނެލިއެވެ. ކާއިން ގަސްދުގައި ކުރާ ކަމެއް އެނގި މިހާރު މާ ބޮޑަށް އަޝްވާއަށް މިހަކަހަލަ ކަންތަކުން އުނދަގޫވާން ފަށައިފިއެވެ.

“އެއީ ކީއްވެ؟ ކާއިން ބޭބެ ތާތި ދެރަ ކުރީތަ؟” އީޝްގެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެކަން މޫނު މައްޗަށް ގެނައި ކުލަވަރު ތަކުންވެސް ހާމަވެގެން ދިޔައެވެ.

“ކާއިން ބޭބެ ތާތި ދެރަނުކުރަން.. އަދި ދެން ދުވަހަކު ވެސް ދެރަ ނުކުރާނަން.. އެކަމަކު ކީއްކުރާނީ ދޯ، ތާތި ބޭނުމެއް ނުވޭ މިހާރު ކާއިން ބޭބެ ފެންނަ ހިސާބަށް އަންނަން ވެސް.. ކާއިން ބޭބެ ބަލާލިއަސް ބިރުން އަވަހަށް ދުވެ ފިލާނެ.. ކާއިން ބޭބެ ބޭނުން އެއީ ކީއްވެ ތޯ އަހަން ވެސް.. އެކަމަކު ތާތި މިހާރު ކާއިން ބޭބެއާއި ވާހަކަ ދައްކަން ވެސް ބޭނުމެއް ނުވޭ.. ” ކާއިން އީޝްއާއި ވާހަކަ ދެއްކިޔަސް އެ ހުރިހައި ވާހަކައެއް އަމާޒުވީ ދުރު ބަލަހައްޓައިގެން އިން އަޝްވާ އަށެވެ.

“ތާތީ! ކީއްވެ ތާތި ކާއިން ބޭބެ ދެރަކުރަނީ… ބަލާބަ، ކާއިން ބޭބެ އެހެރީ ދެރަވެފަ..” ކާއިން ވާހަކަ ދެއްކީ ހިތާމާއިގެ ކުލަވަރު މޫނު މައްޗަށް ގެންނަމުން ކަމުން އީޝްއަށް ކާއިން ބުނަން އުޅުނު އެއްޗެއް ނަގައިގަންނަން ފަސޭހަވެގެން ދިޔައެވެ.

“އީޝް ބުނެބަލަ ތާތި ކައިރީ ކާއިން ބޭބެ ވަރަށް ބޭނުމޭ ތާތިއާއި ވާހަކަ ދައްކާލަން… އަދި ބުނޭ ކާއިން ބޭބެ ތާތި މަތިން ވަރަށް ހަނދާންވެއޭ” ކާއިން އީޝްއާއި ދައްކަމުން ދިޔަ ވާހަކަތަކުން އަޝްވާ އިނީ ލަދުން ވިރިވިރިއެވެ. އެތައް ފަހަރަކު ކާއިންއާއި ދިމާލަށް ހަޅޭތްލަވައިގަންނާނަމޭ ހިތަށް އެރިއަސް އެކަން ކުރުމުގެ ހިތްވަރެއް ނެތެވެ. އެއްމެ ކުޑަ މިނުން ކާއިންގެ ތޫނު ބެލުމުން ވެސް އޭނާގެ ހިތުގައި އެތައް ރާޅު ބާނި ތަކެއް އުފެދެން ފެށެއެވެ.

“ތާތީ! އެއްވެސް ކުއްޖެއް ދެރަ ނުކުރައްޗޭ އިނގޭ.. ތާތި ވަރަށް ބަސްއަހާ ކުއްޖެއްނު” ބޮޑު މީހެއް ނަސޭހަތްދޭ ފަދައިން އީޝް އަޝްވާއަށް ނަސޭހަތް ދިނެވެ. އެހެންނަމަވެސް ތުއްތު މައުސޫމް އީޝްއަށް ކާއިންއާއި އަޝްވާގެ މެދުގައިވާ ނުތަނަވަސްކަމުގެ އަސްލެއް ނޭނގެއެވެ.

ތިން މީހުން އެކުގައި ވާހަކަ ދައްކަން ތިއްބައި މަލަކާ އަޝްވާއަށް ގޮވާލުމުން އަޝްވާ އެތަނުން ދިޔައެވެ. އޭގެ ފަހުން އީޝް އިރުކޮޅެއް ވަންދެން ކާއިންއާއި ވާހަކަ ދައްކާލަން އިދެފައި ދުއްވައިގަތީ ދުރުން ފެންނަމުން ދިޔަ އަޝްވިންއާއި ހިންދުއާއި ދިމާލަށެވެ.

“ބައްޕާ!!!!” އީޝް ދުވެފައި އަންނަތަން ފެނުމުން ދެ އަތް ފުޅާކޮށްގެން ހިނިތުންވެފައި ހުރި އަޝްވިންގެ ގައިގައި ބައްދާލަމުން އީޝް ފަހުރުވެރިކަމާއި އެކީ ގޮވާލިއެވެ.

“ޔެސް ބައްޕަ ގެ ރަންކޮޅާ!! ކޮންތާކުން ދަރިފުޅު ތިއައީ.. ތާތި ކޮބާ މިހާރު؟” އީޝް އުރާލަމުން އަޝްވިން އަހާލިއެވެ.

“ތާތި ދިޔައީ މަލާ ކައިރިއަށް… ބައްޕާ! ކީއްވެ މަންމަ ނައީ؟” ކުއްލިއަކަށް ލިއުޝާގެ ހަނދާން އާވުމުން އީޝް ބުނެލިއެވެ.

“މާލެ ދެވުނީމަ ބައްޕަ ދާނަން އީޝް ގޮވައިގެން މަންމަ ކައިރިއަށް.. އޯކޭ ތަ އެގޮތް؟” އެއްމެ ފަހުން އީޝް ލިއުޝާ ކައިރިއަށް ދިޔަ ދުވަހު އީޝް އަޝްވިން އާއި އެކީ އަންނަން އުޅުނީ ކޮންމެހެން ލިއުޝާ ކައިރީގައި ހުންނަން ބޭނުން ނުވާތީކަން އަޝްވިން އަބަދުވެސް ހަނދާނުގައި ބަހައްޓައެވެ. އެ ދުވަހު އީޝް އެހެން ކަންތައް ކުރީ އޭނާ ދެރަވެދާނެތީ ކަމަށް ވިޔަސް އީޝް ހުރީ މަންމައެއްގެ ލޯބި ލިބުމުން ނުހަނު އުފާވެފައެވެ.

“ބައްޕައަށް އެނގޭތަ.. ޒައުލް ބުނީ އީޝް މަންމަ އީޝް ބަލާ ސްކޫލަށް ނާންނަނީ އީޝް ދެކެ އީޝް މަންމަ ލޯބި ނުވާތީއޭ! ޒައުލް މަންމަ ޒައުލްއަށް ހުރިހާ ކަމެއް ކޮށްދެނީ ލޯބިވާތީއޭ.. ޒައުލް ބުނީ ޒައުލް ނިދަނީވެސް ޒައުލް މަންމަ ކައިރީގައޭ.. އަދި މަންމަ ޒައުލްއަށް ބަތްކާން ވެސް ދޭނެއޭ.. ބައްޕާ! ކީއްވެ އީޝް މަންމަ އީޝް ދެކެ ލޯބި ނުވަނީ؟؟” އަލަށް ސްކޫލު ފެށުމާއި އެކު މުދައްރިސު ކުލާހުގައި ކިޔަވައިދޭ ފިލާވަޅުތަކުން ވެސް އީޝްއަށް މަންމަ ކުދިންނަށްޓަކައި ކޮށްދޭ ކަންތައް އެނގެއެވެ. އަދި އީޝްގެ އެއްމެ ގާތް އެކުވެރިޔާ ޒައުލް ވެސް އީޝްގެ މަންމަ ފެންނަން ނުހުންނާތީ އެތައް ސުވާލެއް ކޮށް  ހަދައެވެ. މިއިން ދުވަހަކު މަންމަ އަކީ ކާކުކަން ނޭގޭ އީޝްއަށް އޭނާއަށް ވަރަށް ބޮޑު ކަމަކުން މަހުރޫމް ވެފައިވާ ކަމުގެ އިހުސާސް ކުރެވެން ފެށުނެވެ.

އީޝްގެ ވާހަކަތައް އިވުމުން އަޝްވިންއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި ކުރިމަތީގައި ހުރި ހިންދުއަށް ބަލައިލީ ހިންދު ބުނި ދުވަސް ފެންމަތި ވެއްޖެ ކަމުގެ އިހުސާސް ކުރެވުމުންނެވެ.

“މަންމަ އީޝް ދެކެ ވަރަށް ލޯބިވެޔޭ! މަންމަ ދުރުގައި އެއުޅެނީ މަންމައާއި ބައްޕަ މިހާރު އެއްކޮށް ނޫޅޭތީ.. ދަރިފުޅު ބޭނުން ކޮންމެ ވަގުތެއްގައި ބައްޕަ ދަރިފުޅު ގޮވައިގެން މަންމަ ކައިރިއަށް ދާނަން އިނގޭ” އީޝްގެ ކޮލުގައި މަޑުމަޑުން ހިފާލަމުން އަޝްވިން ބުނެލިއެވެ. އީޝްގެ ކުޑަ ކަމާއި އެކު އޭނާ މިހާލަތު އީޝްއަށް ކިޔައިދޭނީ ފަހެ ކިހިނަކުން ކަމެއް ނޭނގުނެވެ.

“މާދަމާ ދާނީ… ދޯ!!!” އަޝްވިން އެހެން ބުނުމުން އީޝްގެ ހުރިހާ ހިތާމަތަކެއް ފުހެވިގެން ދިޔަ ކަހަލައެވެ. އަނގައިގައި ހުރިނަމަ ހުރި ދަތެއް ދައްކައިގެން ހުރެ އަޝްވިންގެ ގައިގައި ބައްދާލިއެވެ. އަދި އެތައް ފަހަރެއްގެ މަތިން އަޝްވިންގެ މޫނުގެ އެތައް މިތަނުގައި ބޮސްދިނެވެ.

“މާދަމާ ނޫން އަނެއް ދުވަހު ދާނީ… ބައްޕަ މަންމައަށް ގުޅާފަ ބުނާނަން ދަރިފުޅު ބޭނުމޭ މަންމަ ކައިރިއަށް ދާން” އީޝްއަށް ބޭނުންވަނީ ހަމައެކަނި ބައްޕައެއްގެ ލޯބި ނޫންކަން އަޝްވިންއަށް އެގެއެވެ. އެހެންނަމަވެސް ހިތް ބިރުގަންނަން ފެށީ ކުރިން ދުވަހު ދިމާވި ފަދަ ކަމެއް ކުރިމަތި ވެދާނެ ކަމަށްޓަކައެވެ. އެހެނީ އީޝްއަކީ އޭނާގެ ހިތުގެ ވިންދެވެ. އީޝްއާއި ނުލައި އޭނާގެ ހަށިގަނޑުގައި ދިރުމެއް ނުވާނެއެވެ.

އަޝްވިން އެހެން ބުނުމުން އުފަލުން ފޮޅިފައި އީޝް އަޝްވިންގެ އުރުން ފޭބިއެވެ. އަދި ވަށައިގެން އެކި ތަންތަން ހޯދާލިއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ގަހެއްގެ ބުޑުގައި ތިބި ޝަނުމްއާއި ރީމްއެވެ.

“ޝަނޫ” އޭ ބުނެ ބާރަށް ގޮވަމުން އީޝް ގޮސް ޝަނުމްގެ ކައިރީގައި އިށީނެވެ.

“ޝަނޫ… އީޝް ބައްޕަ އުޅެނީ އީޝްއަށް ކޮއްކޮއެއް ހޯދަން” އަނެއްކާ ވެސް އީޝް ފަށައިގަތީ އެވާހަކައެވެ. ދަންނަ މީހުންގެ ތެރެއިން އެވާހަކަ ނުދައްކަނީ ކުރިން އެއްކޮށް ކަހަލަ ގޮތަކަށް އުޅުނު ޝަނުމްއާއި އެކަންޏެވެ.

“އެހެންތަ؟؟ އީޝް އެހެންވީމަ ވަރަށް ނަސީބުގަދަ އިނގޭ.. ކޮން ނަމެއް އީޝްގެ ކޮއްކޮއަށް ކިޔަނީ؟” އީޝްގެ ސަކަ މިޒާޖުގައި ބައިވެރިވެލަމުން ޝަނުމް ބުނެލިއެވެ.

“ނޭނގެ.. ޝަނޫ ބޭބީއަށް ކިޔަނީ ކޮން ނަމެއް؟” އަތުން ހަރަކާތްކޮށްލަމުން އީޝް އަހާލިއެވެ.

“ޝަނޫ ބޭބީއެއް ނުހުރޭ.. ބޭބީއެއް ލިބުނު ދުވަހަކުން އެއްމެ ފުރަތަމަ ވެސް ބުނާނީ އީޝް ކައިރީ އިނގޭ” އީޝްގެ ކޮލުގައި ހިފާލަމުން ޝަނުމް ބުނެލިއެވެ.

“ކޮން ދުވަހަކުން ޝަނޫ ބޭބީއެއް ހޯދަނީ.. ” މިރޭ ދަންވަން ދެން ވާހަކަ ދައްކަން އިނަސް އީޝްގެ ސުވާލުތައް ހުސްނުވާނެކަން ޔަގީނެވެ.

އީޝް އެހެން ބުނެލުމުން ޝަނުމް ބަލައިލީ އޭނާ ކައިރީގައި އިން ރީމް އަށެވެ. ކައިވެނިކޮށްގެން އެތައް ދުވަހެއް ފާއިތުވެގެން ދާ އިރުވެސް ދެމީހުންގެ މެދުގައި އެފަދަ ގުޅުމެއް ނުހިގައެވެ. ހިތް އެދޭ ވަގުތުތަކުގައި ކައިރިވެލިއަސް ކޮންމެ ފަހަރަކުވެސް ދުރުވަނީ އެއީ ހެދޭ ބޮޑު ގޯހެއް ކަމަށް ހީކޮށެވެ.

“ޝަނޫ  ބޭނުން  ބޭބީއެއް ހޯދަން” ރީމްއަށް ބަލަމުން ޝަނުމް ބުނެލިއެވެ. ހިތުގައި އުފެދެމުންދާ ޖަޒުބާތުތައް ހިއްސާކުރުމަށް ނުކުޅެދިފައިވާ ހާލު ދެން އެއްމެ ރަގަޅު ފަސޭހަ ގޮތަކީ މިއީ ނޫން ހެއްޔެވެ؟

ޝަނުމް އެހެން ބުނުމުން ރީމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝަނުމް އޭނާ އާއި އެކީ އުޅެން ބޭނުން ވަނީ ހެއްޔެވެ؟ އެހެންނޫންނަމަ އެހެން ބުނުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

އީޝް އެތައް ވާހަކައެއް ދައްކަން ޝަނުމްއާއި ރީމް ކައިރީގައި އިނެވެ.


 

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އެއްމެން އެކި ދިމާ ދިމާލަށް ދާން ފަށައިފިއެވެ. ފަޅު ރަށެއް ކަމަކު މީހުން ގިނައިން ދަތުރު އަންނާތީ ރަށުގެ ބަދަރާއި ވީ ދިމާލުގައި ކުޑަ ގެތަކެއް އަޅާފައި ހުއްޓެވެ. ރޭގަނޑު މަޑުކުރަން ބޭނުންވާ މީހުންނަށް ނިދާލެވޭ ގޮތަށް ފަރުމާކޮށް ހަދާފައިވާ މި ގެތަކުން ކުރެ ގެޔަކަށް އަޝްވިން އީޝްއާއި ހިންދު ގޮވައިގެން ދިޔައެވެ. ދަތުރު އަޔަސް އީޝްގެ ނިދުމާއި އެހެން ކަންތަކަށް ބުރޫ އެރުމަކީ އޭނާ ނުކުރާނެ ކަމެކެވެ.

ބުރުހަމަ ހަނދުގެ ޗާލުކަން ފެނި އެ މަންޒަރު ފޮޓޯ ނަގާލުމަށް އަޝްވާ އެއް ފަރާތަކަށް ޖެހިލިއެވެ. އަޝްވާ ދިޔަ ތަން ފެނި ކާއިން އަޝްވާގެ ފަހަތުން ގޮސް އަޝްވާގެ ކައިރީގައި ހުއްޓިލިއެވެ.

“ހަނދަށް ވުރެ ރީތި ސޫރައެއް އަހަންނަށް މިރޭ އެބަ ފެނޭ” ކާއިން އެހެން ބުނެލުމާއި އެކު އަޝްވާ ދިޔައީ ސިއްސައިގެންނެވެ.

“ކާއިން!!!” ސިއްސައިގެން ގޮސް އަތުގައި އޮތް ފޯނު ވެއްޓުމުން އަޝްވާ ރުޅި މޫނު ހަދާލައި ކާއިންގެ ނަމުން ގޮވާލިއެވެ.

“ވާވް! އަހަރެން ހީކުރީ އަޝްވާއަށް އަހަރެންގެ ނަން ވެސް ހަނދާން ނެތިދާނެ ކަމަށް” އަޝްވާގެ ފޯނު ނަގައި ކާއިން އެއިން ވެލިތައް ފޮޅައި ދިނެވެ.

“ތިހެން އުޅޭއިރު ނަން ހަނދާން ނެތޭ ނެތަ؟ ”  އެހެން ބުނެލުމަށްފަހު ކާއިން އަތުން ފޯނު ޖަހައިގަންނަމުން އަޝްވާ އެތަނުން ދާން ހިނގައިގަތެވެ.

“އަހަރެން އެކަނިކޮށްލާފަ ދަނީ ތަ؟؟ އަހަރެން ވައުދުވީ ގޮތަށް އަޝްވާ ވެސް އަހަރެން އެކަނިނުކޮށްލާނެ ކަމަށް ވައުދުވާންވީ އެއްނު” އަޝްވާގެ އަތުގައި ހިފާލަމުން ކާއިން ވަރަށް ވެސް ނުސީދާ ގޮތަކަށް ލޯބި ހުށަހެޅިއެވެ.

އަޝްވާއަށް ކާއިން ބުނި އެއްޗެއްގެ ފޮރުވިފައިވާ މާނަ އެނގުނު ކަމެއް އަދި ނޭނގުނު ކަމެއް ނޭނގެއެވެ. ކާއިންގެ އަތުން ގަދަކަމުން އޭނާގެ އަތް ދަމައިގަނެ ބާރު ހިނގުމެއް ގައި އެތަނުން ދާން ހިނގައިގަތެވެ.

“އަޝްވާ!! އަހަރެން ކުރި ސުވާލަށް ޖަވާބެއް ދީ ބަލަ” ކާއިންގެ ކެތްތެރިކަން ކޮޅުން ލީ ހެއްޔެވެ؟ އަޝްވާއަށް ދެތިން ފިޔަވަޅު ނޭޅެނީސް އަވަހަށް ގޮސް ކުރި މައްޗަށް އަރައި އަޝްވާގެ ދެ ކޮނޑުގައި ބާރަށް ހިފާލިއެވެ. އަދި ފުން ނަޒަރަކުން އަޝްވާގެ ލޮލަށް ބަލައި ހަތަރުކަޅި ހަމަކޮށްލިއެވެ. އަޝްވާ ލޯބި ނުލިބިގެން ދެ ލޯ ތެތްމަމުން ދާ އިރު އޭނާގެ ހިތުގެ ހާލަތާއި މެދު ވިސްނާލަން ވެސް އަޝްވާއަށް ނުކެރެނީ ހެއްޔެވެ؟ ދުލުން ނުބުންޏަސް އެތައް ގޮތަކުން އޭނާގެ ހިތުގެ ހާލަތު މިހާރު އަޝްވާއަށް އެނގޭނެކަން ޔަގީނެވެ.

އަޝްވާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ހިތުގައި ވެސް އެތައް އިހުސާސްތަކެއް އުފެދެމުން ދެއެވެ. ކާއިންގެ ސޫރަ އޭނާގެ ހިތުގައި ވެސް ކުރެހެމުން ދެއެވެ. ފުރަތަމަ ލޯބި ނުލިބި ބޭގަރާރުވަމުން ދާ ހިތުގައި އަނެއްކާ ވެސް އާ ވިންދެއް ޖަހަން ފެށީ ހެއްޔެވެ؟ ވެދާނެއެވެ. އަޝްވާއަށް ޔަގީންކޮށް ބުނާކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ކާއިން ދެކެން އޭނާ ވެސް ބޭނުން ކަމެވެ. އަދި ކާއިންއާއި އެކީ ހީ ސަމާސާކޮށް ވާހަކަ ދައްކާލަން ބޭނުން ކަމެވެ. އެހެންނަމަވެސް އަޝްވާ ބިރުގަނެއެވެ. މިއީ ކާއިން އޭނާއާއި ކުޅޭ ސަމާސާއެއް ހެއްޔެވެ؟ ކާއިން އަކީ އެތައް އަންހެން ކުދިން އޭނާގެ މަޅީގައި ޖެއްސި މީހަކެވެ. އެ ލިސްޓުގައި އޭނާގެ ނަން ވެސް ޖަހަން ކާއިން ބޭނުން ވެދާނެއެވެ. އެހެންނޫންނަމަ އިއްޔެ ނުވި ލޯތްބެއް މިއަދު ވާންވީ ކީއްވެ ހެއްޔެވެ؟

ޝަނުމް ނުލިބުމުން ހިތަށް ރައްކާތެރިކަން ދިނުމަށްޓަކައި ބިނާ ކުރި ފާރު ކާއިންއަށްޓަކައި ބިމާ ހަމަކޮށްލަންވީ ހެއްޔެވެ؟ ކާއިން އޭނާއަށް ދެރައެއް ނުދޭނެ ހެއްޔެވެ؟ މަޅީގައި ޖައްސައި ލަޑެއް ނުދޭނެ ހެއްޔެވެ؟ އެހެންނަމަ އަނެއްކާ ވެސް އަޝްވާއާއި ކުރިމަތި ލާން ޖެހޭނީ އިތުރު ހިތާމައަކާއި ހިތްދަތިކަމަކާއި އެވެ.

“ކާއިން! މީހަކަށް ފެނިދާނޭ..” އަޝްވާ އުޅުނީ ކޮންމެވެސް ބަހަނާއެއް ދައްކާށެވެ.

“މީހަކަށް ފެނުނަސް އަހަރެންގެ މައްސަލައެއް ނެތް.. އަހަރެން ބޭނުމީ ޖަވާބެއް.. އަޝްވާ އަހަރެން އެކަނިކޮށްލާނަންތަ؟” ކާއިން ރުޅި މަޑުކޮށް މަޑުމަޑުން އަހާލިއެވެ.

“އަހަރެން ….” އަޝްވާއަށް ބުނެވުނީ އެހިސާބަށެވެ. ވިލާތަކުން ބަރުކޮށްފައިވާ އުޑުން އިސާހިތަކު ވާރޭ އޮއްސާލިއެވެ.

“އަހަރެން ޖަވާބަކަށް އިންތިޒާރު ކުރާނަން” އެއް އަތުން އަޝްވާގެ ކޮނޑުގައި ހިފައި އަނެއް އަތުން އަޝްވާގެ ކޮލުގައި ބީހިލަމުން ކާއިން ބުނެލިއެވެ. ބޯކޮށް ވާރޭ ވެހުމުން އަޝްވާއަށް ކާއިން ބުނި އެއްޗެއް އަޑުއިވުނު ހެއްޔެވެ؟

ކާއިންގެ ބެލުމުގެ ތޫނުކަމުން އަޝްވާ އިސްޖަހާލިއެވެ.

ކާއިން އަޝްވާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައި ދެމުން ހިނިތުންވެލިއެވެ. އަދި އަޝްވާގެ އަތުގައި ހިފައި ގެތަކާއި ދިމާލަށް ހިނގައިގަތެވެ.

ބަސްއަހާ ކުޑަކުއްޖެއްހެން އެއްވެސް ފަސްޖެހުމެއް ނެތި އަޝްވާ ކާއިންއާއި އެކީ ގޮސް އަޝްވާ ނިދަން ހަމަޖެއްސި ގެ ކައިރިއަށް ދިޔައެވެ.

“ފެން ހިއްކާލައިގެން ގޮސް އަވަހަށް ނިދާލާ އިނގޭ” ކުޑަކޮށް އަޝްވާއާއި ކައިރިވެލަމުން ކާއިން ބުނެލިއެވެ. އަދި އެ ގޭގެ ދޮރު ހުޅުވައި އަޝްވާ އަށް އެތެރެއަށް ވަންނަން ފުރުސަތު ދިނެވެ.


 

ނިދަން އޮށޯވެގެން އޮތް ރީމްގެ ލޮލަށް ނިދި ނާންނަ ރެއަކީ ކަންނޭނގެއެވެ. ފުރޮޅި ފުރޮޅި އޮވެ އެއްގަޑިއިރުވީ އިރުވެސް ނިންޖެއް ނައެވެ. އެހެންކަމުން ވާރޭ ވެހޭތީ އެމަންޒަރު ބަލަން ރީމް ކުޑަދޮރު ކައިރިއަށް ދިޔައެވެ. ދޮރުގެ ފޮތިގަނޑު ކަހާ ނުލެވެނީސް ރީމް ސިއްސައިގެން ދިޔައީ ފަހަތުން އައިސް ޝަނުމް އޭނާގެ ގައިގައި ބައްދައިގަތުމުންނެވެ.

“ޝަނުމް” ރީމް ޝަނުމްގެ ނަން ގޮވާލައި ފަހަތަށް އެބުރި ޝަނުމްގެ މޭގައި އަތް އަޅާލައި ދުރަށް ޖެހިލުމަށް އެދެން އުޅުނެވެ.

“ރީމް..” ރީމްއަށް އިތުރު އެހެން އެއްޗެއް ނުބުނެވެނީސް ޝަނުމް ރީމްގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އަދި މަޑުމަޑުން ރީމްގެ ކައިރިއަށް ޖެހިލައި ކަރުގައި ބޮސްދޭން ފެށިއެވެ. ޝަނުމްގެ ހޫނު ވޭނާ އެޅުމާއި އެކު ރީމްގެ ހަށިގަނޑުގައި ހީވީ ކަރަންޓު އޮއިވަރެއް ޖައްސާލިހެންނެވެ. ކުއްލިއަކަށް މީހާ ތުރުތުރު އަޅައިގެން ދިޔައެވެ.

“ޝަނުމް…”އަނެއްކާ ވެސް ރީމް ޝަނުމް ދުރަށް ލާން އުޅުނެވެ. އެހެންނަމަވެސް ޝަނުމް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ތިރިވެލައި ރީމް އަތްދަނޑި މައްޗަށް ލައިގެން ގޮސް އެނދުގައި ބާއްވާލިއެވެ.

ޝަނުމްއަށް އިތުރު ކަމެއް ކުރެވުމުގެ ކުރިން ރީމް އަވަހަށް ކޮޅަށް އިށީދެ ފަހަތަށް ޖެހިލިއެވެ. ރީމްގެ އެ ހަރަކާތުން ޝަނުމްއަށް ހީލެވުނެވެ. އަދި ރީމް ބިރުން އުޅޭހެން ހީވެ ރީމް ކައިރިއަށް ޖެހިލައި ރީމްގެ ދެ ލޮލަށް ފުން ނަޒަރަކުން ބަލާލިއެވެ.

“އަހަންނަށް އެނގޭ ދެ މީހުން އެއްބަސްވީ އެކުވެރީންގެ ގޮތުގައި އުޅެންކަން.. އެކަމަކު ރީމް! ތީ އަހަރެންގެ އަންހެނުން.. އަހަރެން މީ ރީމްގެ ފިރިމީހާ.. އިދެގެން އުޅޭއިރު ދެ މީހުން އެކަކު އަނެކަށް ބޭނުން ވާނެ” ޝަނުމް އަދިވެސް އޭނާގެ ހިތުގައި އުފެދެމުންދާ ޖަޒުބާތުތަކަށް އިއުތިރާފު ވާކަށް ނުވޭ ހެއްޔެވެ؟

“ރީމް.. އަހަރެން ހީކުރީ އަހަންނަށް ކެތްކުރެވޭނެ ކަމަށް.. އެކަމަކު ރީމްގެ ތިހިރަ ރީތި ކަމުގެ ޖާދޫގައި އަހަރެން ހަމަ ރަގަޅަށް ވެސް ޖެހިއްޖެ.. ރީމް ހާދަ ރީއްޗޭ… ހާއްސަކޮށް ތި ބޮޑު ދެ ލޯ.. ތިހިރަ ..” ޝަނުމް އެހެން ބުނެލަމުން ދެ ލޯ ކުޑަކޮށް މަރާލިއެވެ. ރީމް ސިފަކޮށްދޭނެ ގޮތެއް ނޭނގުނެވެ.

“ރީމް! ރީމް ތީ ވަރަށް ތަފާތު ކުއްޖެއް… ސިފައާއި އެއްވަރަށް ރީމްގެ އުޅުމަށް ތިއައި ހެޔޮ ބަދަލު ފެނިފައި އަހަންނަކަށް ނޭނގެ ބުނާނެ އެހެން އެއްޗެއް.. ތީ ނަމޫނާ އަންބެއް.. ކުރިން އެހެން އުޅުނަސް މިހާރު ރީމް ތީ އެއްވެސް އަމިއްލަ އެދުމެއް ނެތް ކުއްޖެއް…ތިއީ އަހަންނަށް ނޭނގި ލިބުނު ވަރަށް ބޮޑު ނަސީބެއް.. ހުރިހާ ގޮތަކުން ވެސް” ޝަނުމް އެހެން ބުނި އިރު ރީމްއަށް ޝަނުމްގެ ދެ ލޮލުން ފެންނަމުން ދިޔައީ މަސްތު ކަމެއް ނޫނެވެ. އެޔަށް ވުރެ ބޮޑަށް ލޯތްބާއި ކުލުނު ފެނިގެން ދިޔައެވެ. އެހެންކަމުން ބޭއިހުތިޔާރުގައި ހިނިތުންވެވުނެވެ.

“ޝަނުމް… އަހަރެން ޝަނުމް ދެކެ އިންތިހާއަށް ލޯބިވަން” އެތައް ދުވަހެއް ވަންދެން ނުބުނެ މަޑުކޮށްގެން ހުރެފައި ރީމް އޭނާގެ ހިތުގެ ހާލަތު ޝަނުމްއަށް އިއްވާލިއެވެ.

އެ ބަސްތައް އަޑުއިވުމުން ޝަނުމްއަށް ހިނިތުންވެވުނެވެ. ފާއިތުވީ ދެތިން ސިކުންތެވެ. ދެ ހަށިގަނޑުގައި ވެސް މަސްތުގެ ހުޅުގަނޑު ރޯވާން ފަށައިފިއެވެ. ޝަނުމްގެ ހޫނު ނޭވާއިން ރީމްއަށް ރައްކާތެރިކަން ލިބެމުން ދިޔައެވެ. ކޮންމެ ބީހުލުމަކާއި އެކީ ހިތް ފުރިގެން ބަންޑުން ވެގެން ދެއެވެ. ޝަނުމް ރީމްއަށް ހައްގުވާ ލޯބި ދެމުން ދިޔައީ އެއްވެސް ޖެހިލުންވުމެއް ނެތިއެއް ނޫނެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އިންތިހާ -13

Next

ނޫރު (ތެޔާޅީސްވަނަ ބައި)

Next
February 27, 2018

ނޫރު (ތެޔާޅީސްވަނަ ބައި)

Previews
February 27, 2018

އިންތިހާ -13

77 Comments!

  1. Lucky says:
    February 27, 2018 at 6:13 pm

    Nice mi part vas.waiting for next part

    1. maroon says:
      February 28, 2018 at 7:39 pm

      ތެންކުޔޫ ލަކީ… ވވވވ ބޮޑަށް ސޮރީ މިހާ ލަހުން ރިޕްލައި ކޮށްލެވުނީމަ.. ވވވވ ބޮޑަށް ޝުކުރިއްޔާ އިންތިޒާރު ކުރީތީ.. މަޗް ލަވް ޑިއަރ.. ލަވްސް

  2. Asha says:
    February 27, 2018 at 6:17 pm

    Wow nyc

    1. maroon says:
      February 27, 2018 at 8:24 pm

      Thanku asha ??

  3. maroon says:
    February 27, 2018 at 6:22 pm

    salaam dear friends and readers… maazin ge kanthah v less koh miadhu mi genaee.. ei asssu next part ga ebai annaanethy nugenaee,.. just wanted to focus on the lovely charactersge love life.. much love tc ??

    1. maroon says:
      February 27, 2018 at 6:23 pm

      and hana: Dear I will make her the happiest of them all ngey..

  4. broken ? says:
    February 27, 2018 at 6:23 pm

    me first

  5. broken ? says:
    February 27, 2018 at 6:25 pm

    alhe haadha rangalhey roon u r the best writer alhey shanoo ahhah eash haadha cute ey dhw just love it mihaa rethi story eh nukiyan next part maadhan 6 ge kurin up vaane dhw how r u mihaaru

    1. maroon says:
      February 27, 2018 at 8:25 pm

      Thanku dear …. i will try my best ngey…v ufaa vejje keiytheri kmaai eky thihaa inthizaaru kureethy ??

  6. Hairaan says:
    February 27, 2018 at 6:43 pm

    Varah reethi

    1. maroon says:
      February 27, 2018 at 8:25 pm

      Thanku hairaan ??

  7. Swety says:
    February 27, 2018 at 6:45 pm

    Al hey dhen kain ves. ..Reeth I koh buneba lobi va vaahaka ????

    1. maroon says:
      February 27, 2018 at 8:26 pm

      Dhw dear. Ehen noony ashwa ah yageen nukureveynethaa ?? thanku

  8. Aish says:
    February 27, 2018 at 6:50 pm

    Wow its amazing..thi kuraa hih varah hama saabas igey..mihaa interesting story eh genesdheythi ve thanx ey bune veynee..keep it up..??much love dear???

    1. maroon says:
      February 27, 2018 at 8:27 pm

      Thanku aish ?? vvv happy vejje dear.. much love from me too

  9. annoying reader says:
    February 27, 2018 at 6:51 pm

    finally shanum confirms their relation which means ashwa and kaain ey gulheni. but reem ah hageegah inge dhuvakun she will try to step aside but i dnt think that will happen. varah reethi mi part ves but maroon i have a bad feeling abt eesh. specially picnic dhiyaima i feel like a bad incident is abt to happen to baby eesh kolhah. please let my bad feelings b nothing u loves her means u wont let anything bad happen dhw. twins ves fili anehkka cant wait till others come across the reem alike evil twin. hehe liyusha eesh ah advice dhy aswhin aa dhekolhu nukurane tha? waiting for the nxt part. alhey ashwa say yes to kaain u both will look good together

    1. maroon says:
      February 27, 2018 at 8:31 pm

      Reem ah egey episode v neyvaa hifahttaalan jeheyne.. she might step aside. And kaain too migh dhw…magey eesh dhoonya dhera gotheh hadhan vvv jehilunvey.. lets see whats abt to happen… Eesh loves ashwin morethan anyone else so she will not let go..then here comes liusha dhw.. twins adhi ehaa avahah goiy dhoonukuraane dhw ?
      Lets get some answers next part ga ves. Loves.. and love ur comment this time too ???

  10. Lizy says:
    February 27, 2018 at 6:52 pm

    Varah rythi mi part vs. ekam kaain aa ashwa ge bai haadha kuda hen heeve ey. Dhen inna part ehga edhemyhun ge bai dhigu kohladhehchey. And mirey adhi eh part up koh dheveyne tha maroon??

    1. maroon says:
      February 27, 2018 at 8:32 pm

      Yes lizy. Next part ga dhigukohdheynan.ngey.. not possible tonight dear. V bodah sorry
      ??

  11. Maikko says:
    February 27, 2018 at 6:57 pm

    Varah reethi…………alheyyyy shanum nd reem ves now loabi v…..plz kaain nd ashwaa ves couple akah hadhaaba avahah

    1. maroon says:
      February 27, 2018 at 8:33 pm

      Thanku maikko .. miulheny hama thikamaigen but here comes the twits again ??

  12. click a shot ? says:
    February 27, 2018 at 6:59 pm

    Hey maroon.???..how’s u…???mihaaru Bali rangalhu tha…Mi part ves hama superrrb ingey..????.just keep it up…hama thi kuraa hih varah saabas dhen.. ???click ah kureveyne haves kamaki support dhinun…..n mairaa konthaakahbaa edhiyaee.???.anehkaa maazin ah betray kohfa filiyaa majaavaane…eyrah maazin aa dhe meehun massalajehenun…ehenooni maazin salaamai kuran plan thakeh hadhani kaneyge…????ashwa konjavaabeh baa dheyni…say yes…??? eyrah dhw kaain ah ithurah hihvareh libeyni…eesh shanum ah shanu ey kiyaafa govairu varah loabi..???.. m sure eesh has a cute voice.❤️❤️❤️..hehe..???ehaa loabi kuhjeh ge adu ves reethi vaanehnun…????❤️❤️❤️Waitting….loves maroon..take care

    1. maroon says:
      February 27, 2018 at 8:38 pm

      Thanku click.. haadha loabi commentekey.. maroon adhi mulhin okay eh noon.
      Click thee hama evvanaaige reader eh. Mairaa higaidhaane maazin ah ladeh dhyfaves..heheh eyrun maazin onnaane ladeh libifai.. or they might do this as plan??
      Ashwa ah click msg eh koffa bunebala yes bunan. M sure she will listen to you ?
      Eesh is my dream baby.. like ashwa ves gengulhey dream husband and kids hen ??
      Much love tc ???

  13. Hairaan says:
    February 27, 2018 at 7:02 pm

    Varah reethi. Ekam varah dheravey Ashvaa ah sanum nulibeythy.

    1. maroon says:
      February 27, 2018 at 8:39 pm

      Thanku hairaan. I noticed a lot of readers stopped reading the story for that reason. Ekam hairaan hama komme part akah comment koh vvv support dhey. Thanku again dear.. v ufaa vey hama asluves.. ???

  14. Shann says:
    February 27, 2018 at 7:15 pm

    Wow anehbai up kohly dhw… Haadha inthixaareh kurevihjey… Now how r u maroo???.. Khonireh story ah inthixaaru kuraathaa… Kehtherikan kolhunlaa varuvefa hunnany mihaaru story kiyaahithun… Ehaaves rythi hisaabakah gohssa mihaaru othy… Kury part ga kaain n maazin menge manzaru hama hyvy aslu shotteh dhiyahen… Ehaaves molhah huri sifakohdhyfa…??… Story ge khonme manzareh hama hyvany asleh hen… Hama hyvany loa kurimathyga hingaa kanthah thah hen… Story kiyamun dhaairu hama hithah arany aslahves maroo haadha haadha molhey… ???.. Thives hunareh dhw hama… Story ge ethurungandu ves furihama kamaun hama bunaane ehcheh neynge… Aslu v thafaathu rythi story eh mee… ??… Hurihai readers ves hama yagyn gabool kuraanekan maroo thy molhu vaahaka liyuntheriehkan… Thigothuga dhemihurey igey… Luv u n Miss u bodukoh.. ????????????????????????❤❤❤❤????????

    1. maroon says:
      February 27, 2018 at 8:42 pm

      Hey love shann….not going good adhi…vvvv bodah shukuru thihaa loai commenteh kollythy… v ufaa vejje thihaa hiy gaimu basthakakun maroon ah thihaa support dheythy.. neyge mi ufaa verikan bayaan kohdheyny kihinei kamehves. Ehaa ves ufaa vejje dear…so much love. Tc. Hope you and your baby is doing well ???

  15. Reader says:
    February 27, 2018 at 7:41 pm

    Alhey.. Love it

    1. maroon says:
      February 27, 2018 at 8:42 pm

      Thanku reader ??

  16. Pinky shifoo says:
    February 27, 2018 at 8:07 pm

    Woww ❤️❤️❤️… Wowww woww just woww ???… Maroon ???… Mi part vx Maasha Allah v v v reethi ???… Haadha furihama ey ???… Story ga manzarutha hama sifakohlevey ???… Maroon story raavaalaafa vaa goi v v v furihama ey buneveynee hama ???… Ehaa vx mi story ge knme partehvx reethi ???… Curiously waiting for the next part… Keep up the good work maroon ???… Maroon thee Maasha Allah v v molhu story writer eh ???… Lots of love and take care ?❤️???????????

    1. maroon says:
      February 27, 2018 at 8:44 pm

      Thanku pinky shifoo.. haadha colorful loabi,hiygaimu,reethi,ufaaveri commentekey…so so so happy. Abadhuves pinky shifoo ge commentah inthizaaru kuran.. adhi comment nimey iru hinithunves vevey.. ehaa ves ufaa vejje z?? loves tc

  17. ބުރޯ says:
    February 27, 2018 at 8:08 pm

    Maroon ވާހަކަ ނިމުމުގެ ކުރިން އަޝްވާ ބުރޯ އާ ހަވާލް ކުރައްޗޭ ލޯބި ދަސްކޮށްދޭންވެގެން ވާހަކަ ވަރަށް ރީތީ ?

    1. maroon says:
      February 27, 2018 at 8:46 pm

      Thanku bro.. bro ashwa aai havaalu koffi nama kaain annaane dhe buma goiy jahaalaigen… ekam loabi dhaskohdheyn dhw.. eyrun kaain ufaa dhw vaan vy!!
      ??
      I laugh everytime when i see your funny,cute comments

    2. ބުރޯ says:
      February 28, 2018 at 12:19 pm

      ވައް ރޫންގެ ކޮންމެޓް ފެނިފަ އެ ދިޔާ ހިތުގެ އެންމެ ހިމަނާރުގަ ތިޔަ އަސަރު ހިނގާލާފައި that’s y .loabi u marooon ?❤️?

  18. sam❤ says:
    February 27, 2018 at 8:24 pm

    Loves ???

    1. maroon says:
      February 27, 2018 at 8:47 pm

      ❤❤

  19. Mal. says:
    February 27, 2018 at 8:25 pm

    Wowwwwwwwwwwww… ???speechless.. fabiulous.. masha allah.. v v rythi mi part vx…. n ur writing skills are amazing dear…. ??? much loves dear…? thigothuga kuriah dhahchey

    1. maroon says:
      February 27, 2018 at 8:48 pm

      Hey jaanooooo ❤
      Thihaa busy koh ulhemun ves story ah comment kollythy vvvvvvv ufaa vejje ?
      I missed you comment section in… much love ?❤?

    2. Mal. says:
      February 28, 2018 at 11:55 am

      Heheh.. buxy viyas frnds ah n stories ah ohna vaguthu ohnaane ye…?

  20. Fathuma says:
    February 27, 2018 at 9:15 pm

    Why is everyone so helbent on saving a criminal? I mean komme gotheh viyas kain ge dad vaany criminal akah dho. So many lives have been destroyed because of him. He should be punished for what he did otherwise its a very wrong impression given to criminals like him. Mi story ga ulhey meehunnah its so easy to fall in love again and again. I remember shanum saying iruirukolhaa loabivaan vejjeyaa e v loabi ga ehves ageh nethey. So shanum ves ashwa dheke v ekahala loaibeh dho. s

    1. maroon says:
      February 27, 2018 at 9:32 pm

      He WAS a criminal before….He WAS bad before…. But he learned from his mistake and is got out of everything. Revenge nagan ulhey meehun balasny emyhunns fenna hageegathah. Those drugs that destroyed snd harmed a lot of people was not sent or has nothing to do with his dad, as said by kaain.And those lives lost vy because of him ey evves thaaku bunefa noannaane. We all do mistakes… And he did a big one, by importing those stuff..Ekamakuves islaahu ve thaubaa vejje nama emyhakah kurin kuri kushegge adhabu liben jehey???
      And its never easy to fall in love.. and i personslly blv dhevana faharahves loabi vevidhaane. Love isnt just getting ur first love no matter what. Its abt caring and sacrificing for the best ??

  21. Shina says:
    February 27, 2018 at 9:18 pm

    Masha allah v nice part.. maroon kihineh?? V reethi kon thigendhanee.. haadha salhi stry ekey.. mi stryin varah reethi kon ibaarah kurunthah feney.. shanum nd reem.. ashwa nd kaain .. kaainnah haggu adhabu libenjehey.. kaain nd ashwa is my favorite.. nd maroon thee favorite writer eh. Love you???tgc dear

  22. ssannwa?❤? says:
    February 27, 2018 at 9:31 pm

    Heyyyyyy maroo❤, varah varah varah reethi mi part ves.?? Next part avahah up kohdhee

  23. Laylerr says:
    February 27, 2018 at 9:36 pm

    Vvvv.reethi maashaa allah
    .kaain n ashva gulhuvacheyy..plx plx plx ingey maroon.??????

    1. maroon says:
      February 28, 2018 at 6:39 am

      Thanku dear… ekan kureveythw miulheny.. but here comes the twists in the next part!! ??

  24. Laylerr says:
    February 27, 2018 at 9:48 pm

    Wow wow ..??? maroon ..you are my favourite author??? mihaathanah kiyunu stories ge therein amme reethi story mi???maroon haadh molheyyy???story kiyaa iru hyvany film eh balailevey heh ??? maroon hingaa mi ah film eh kulhen dho…????? varah reethi maroon ge story thah …haassakoh mi story..????❤??lots of love…..????❤?

    1. maroon says:
      April 4, 2018 at 8:44 pm

      Thanku so much dear. Much love… hehehe. I was going through the comments dhemme and so this comment without a reply.. vvv ufaa vejje ??

  25. saaraa says:
    February 27, 2018 at 11:40 pm

    alhe alhugandu beynumee ashva ah shanum liben e gotheh nuvaanetha pls.

    1. maroon says:
      February 28, 2018 at 6:42 am

      Vedhaane…vvv reethi koh vedhaane. But if they get married what face will they show to their children… some might say dnt have kids just marry for the sake of love. But ashwa she is dreaming to have a big family.. lots of kids to call her “mamma” .. just give this a thought

  26. sana says:
    February 27, 2018 at 11:42 pm

    Varah reethi mibaives

    1. maroon says:
      February 28, 2018 at 6:42 am

      Thanku dear ??

  27. Raai says:
    February 27, 2018 at 11:58 pm

    Photo gai ashva n kaain akii kobaa???

    1. maroon says:
      February 28, 2018 at 6:43 am

      Kaain ehery jeebah aiy jahaigen. Ashwa moonu foruvaigen

  28. lyn says:
    February 28, 2018 at 12:06 am

    Dhen alhey v foohi..shanum loabi vany ashva dheke ekam loabin dhiriulheny reem aa eku..haadha faseyha ey ehn meeheh dheke loabi vaan dhw..

    1. maroon says:
      February 28, 2018 at 6:48 am

      Dear thanku. But love isnt always getting first love. Its abt caring and sacrificing for the best. Even if reem aai marry nukuriyas will he choose ashwa to be his wife. He still loves her so much and wud do anything to get her… but……
      Its not easy to fall in love. He kept himself away from her for a period of time. Ekamakuves reemge mizaajah ai badhalu feni he is trying his best to grow feelings.. he is characterized as a good,loving,caring husband. ??

  29. Oopsey says:
    February 28, 2018 at 12:07 am

    Story reethi!! ekamun shanum n aswaa nugulhuvaathy v foohi kiyaa hitheh ves nuvey now!

    1. maroon says:
      February 28, 2018 at 6:48 am

      Its okay ???

  30. Shudha says:
    February 28, 2018 at 6:16 am

    helloo maroon… v v sorry shudha hama busy kamun cmnt nukureveny ey… kaain then thihaa indirect nuve bunebala i love u ashwa ey… dhn hama ashwa ah ves realize vaan vejjey… v happy mazin hayyaru kuryma… but i dont think their game is over yet… maira is so evil.. amilla mum maraalan hithah eruvikan ves… pis pis… alhey nooo… eesh ah dhera gotheh nuhadhachey… ashwin loves eesh very much… eesh v cute inge… reem and shanum gulhijje… FINALLY 😀 thanku maroon mihaa reethi story eh genesdheythyve… dhn balaanan komme episode akah cmnt kureveythw… my kiyunu emme reethi story… waiting… loveeeeess

    1. maroon says:
      February 28, 2018 at 7:38 pm

      hey shudha…i missed you big time… assuves.. yes ehaa vahaha game over nuvaane ennu dhw.. ekahala evil meehun ulheythy innocent meehun suffer kuran jeheyny.. not that ameehaa is.. eesh rankolhuge parteh annaane adhi… maybe in the 49th part… reem aai shanum gulhunas what will happen if reem ah knows the truth in the end?????alhey thats so sweet dear.. much love tc

  31. jeen says:
    February 28, 2018 at 8:39 am

    wowww.. wow.. haadha lovely ey mi part dhw… mihaaru twins ves ingijje dhww.. ekam adhives neyngey dhw kihineh kaameh twins libun iru vee kee eh.. kaain nubuney dhww adhi e vaahaka eh reem kaari aku.. waiting for next part.. mi part ga varah gulhun thah rangalhu vejje dhww.. maroon hama molhii ey dhw vaahaka liyan.. one of my fav maroon thy..
    maroon faahaga kohleemehnu vaahaka eh.. Jeen ah heevanii eii Laaraa ge Kushaka Nulaa Hiyy Nurovva hen.. zoya and shaahig ulheynii evaahakaiga.. maroon ge lhemeh kiyaalan libeynekamah hope kuran ingey… lots of love maroon..

    1. maroon says:
      February 28, 2018 at 7:35 pm

      thanku jeen. hehehe.. twinsge story ves himanamaa adhi eh part ga.. eyrun dhw all asnwers libeynee… yes thyee evaahaka.. i cried hama story kiyaafa

  32. Ashwa says:
    February 28, 2018 at 9:03 am

    vaahaka vvv rrethi. but v dheravey shanum n ashwa nugunyma reem n shanum me akah ehaa nugulhey n ashwa n kaain vx nugulhey. vaahaka reethi ekamaku vx. oh adhi roon ge haalu vx ahaanulevey kihineh tha mihaaru? avas sifaa akah edhen. waiting 4the next part. thanks loabi daily koh up kohdheythy thihaa balikoh ulhemun vx maroon readers aa thihaa gaai gulhumeh baahvaathy v ufaavey nd v dheravey stry nimeythy ummeedhu kuran mi stry ah fahu mikahala loabi loabi stry eh genes dheynekamah.

    1. maroon says:
      February 28, 2018 at 7:34 pm

      oh honey! m so sorry that i am making you sad… ekammmms vvvvv ufaa vey thihaa support dheythy. muchlove .. ehen story akaai medhu adhi nuviasnan .. ekams idea libunyma i will start

  33. munni says:
    February 28, 2018 at 9:37 am

    wow nice mi part ves. adhi alan maroon ge vaahaka mikyan fendee. varan salhi mivaahaka adhi. waiting for next part…

    1. maroon says:
      February 28, 2018 at 7:33 pm

      thanku munni.. that means a lot to me

  34. Kiuntheriyaa says:
    February 28, 2018 at 11:22 am

    Finally ashwa kuch kuch hoathaahey vaan fashaifi dho good Mihaaru ehves kuhjaku dhera nuvaane dho Kureege loabi fahathah jassaalaafa Hurihaa Kudhin ves aa feshumakun fashaa kuriyah good work maroon keep it up waiting for the next part

    1. maroon says:
      February 28, 2018 at 7:32 pm

      yes… dear… much love… hehehe. ashwa ah ehen vaa irah kaain hadhaane goiy balama 🙂

  35. Eleven says:
    February 28, 2018 at 3:14 pm

    V.v.v reethi…..avahah kaain and ashwa gulhuvadheeba❤❤❤❤❤

    1. maroon says:
      February 28, 2018 at 7:32 pm

      thanku eleven …higaa dhw thikan kuran

  36. Maroon Fan says:
    February 28, 2018 at 3:49 pm

    Dhen ohbai konirakuntha up kohllany. Alhe haadha reehcchey. Vaahakai ge asaru aslah ves kurey. Sifa kohffa inna gothun nuroan huttas rovey. Varah reethi.

    1. maroon says:
      February 28, 2018 at 7:31 pm

      thanku dear.. thats so sweet… much love

  37. Shudha says:
    February 28, 2018 at 6:04 pm

    maroon kobaa miadhu ge part? gws dear.. waiting <3

  38. Mmm says:
    February 28, 2018 at 6:11 pm

    Koba next part vvvv inthizaar eba kurevey.kaain and ashwa is so so cute.i want them together.shanum and reem.reem haadha badhal vehjey.kaain say that u love ashwa directly

    1. maroon says:
      February 28, 2018 at 7:28 pm

      thanku mmm…heheh..

  39. Reader says:
    February 28, 2018 at 6:54 pm

    Kobaa part 48? Waitingggggngngngngngngngngngggg

  40. broken ? says:
    February 28, 2018 at 7:19 pm

    avaaaaaaaaaaaas waitiiiingggggg forrrrr paarrrttttt 48 kon iraku up vaany

    1. maroon says:
      February 28, 2018 at 7:28 pm

      up vany e

Comments are closed.


All Right Reserved!