ތިޔަ އަސަރު 49
ބުނެވޭ އެއްޗަކާއި މެދު އަދި ކުރެވޭ ކަމަކާއި މެދު ގިނަ ފަހަރަށް އަހަރަމެންނަށް ވިސްނޭ ތަން އަންނަނީ އެކަން ކޮށް ނިމުމުންނެވެ. ބައެއް ހާލަތްތަކުގައި އެކުރި ކަމެއް އިސްހާލުކޮށް ކަންތައް ހަމަ މަގަށް އެޅުވުމަށް ފުރުސަތު ލިބެނީ މަދު ބަޔަކަށެވެ.
ނުނިދި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް އަޝްވިންއަށް ވެސް ވިސްނެމުން ދިޔައީ މިއަދު އޭނާއަށް ކުރެވުނު “މޮޔަ” ކަމަކާއި މެދުގައެވެ. މާޒީއަކީ މޫނު ބަލާ ލޯގަނޑަށް ވިޔަސް މާޒީއަށް ބިނާކޮށް ތިމާގެ ކުރިމަގުގެ ނިންމުންތައް ނުނިއްމޭކަން މިހާރު ވިސްނެމުންދެއެވެ. ޖެހިލުން ވިޔަސް އަދި ބިރުގަތަސް ކަން އޮންނާނީ މި އުސޫލުންނެވެ. މީގެ އެތައް ދުވަސްކުރިން ހިންދުއާއި ދެ މީހުންގެ ގުޅުން ފެށުނު ހިސާބުން ވެސް އަޝްވިންއަށް ވަނީ މިފަދަ ގޮތަކަށް ކަންތައް ކުރެވިފައެވެ. އޭރު އަޝްވިން ވަނީ އެކަންތަކަށް މާފަށް އެދި ހިންދުގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައެވެ. ހިންދުއަށް ކޮންމެ ކަމެއް ވެސް ކޮންމެ އިހުސާސެއް ވެސް ހިއްސާކުރެވޭނެ ފަދަ ފަރާތަކަށް އޭނާ ވިއެވެ. އެހެންނަމަވެސް އަނެއްކާވެސް މާޒީގެ ހިތިކަމުގެ އަސަރު އަރު ތެރެއަށް ފޯރަން ފަށައިފިއެވެ.
އަޝްވިން ކުއްލިއަކަށް ކޮޅަށް ތެދުވެ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ. މެންދަމު ތިންގަޑި ބައިވާން ހުރީ ބަރާބަރު ފަސްމިނެޓެވެ. ގަޑިއަށް ބަލާލުމަށްފަހު އަޝްވިން އޭނާ ކައިރީގައި ނިދާފައި އޮތް އީޝް ގޮވައިގެން ގޮސް އަޝްވާގެ ދޮރުގައި ޓަކި ޖަހާލިއެވެ.
“ބޭބެ! އީޝްއަށް ކިހިނެތް ވީ” މި އޮތް ދަންވަރު އަޝްވިން އީޝް އުރާލައިގެން އައުމުން އަޝްވާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.
“ބޭބެ، އެބަ އަންނަން ލިއުޝާ ކައިރިއަށް ގޮސްލާފަ” ވަރަށް ކެރުންތެރިކަމާއި އެކީ އަޝްވިން ބުނެލިއެވެ. އަދި އީޝް ގޮވައިގެން އަޝްވާގެ ކޮޓަރިއަށް ވަދެ އެނދުމަތީގައި ބާއްވާލަ ދިނެވެ.
“މި އޮތް ދަންވަރު ކީއްކުރަން ލިއުޝާ ހޯދަން ތި ދަނީ؟؟ ކޮބާ ހިންދު؟… ހިންދު ކައިރީ ބުނެފަތަ ދާން ތި އުޅެނީ” އަޝްވާ ސުވާލުތައް އަތުރާލިއެވެ. ހިންދު އަކީ އޭނާގެ ގާތް އެކުވެރިޔަކަށް ވެފައި ބޭބެއެއްގެ ފަރާތުން ނަމަވެސް ހިންދުއަށް ދެރައެއް ލިބުމަކީ އަޝްވާ އެދޭނެ ގޮތެއް ނޫނެވެ. މެންދުރު އޮފީހުން އައި ގޮތަށް އަޝްވާ އުޅުނީ މަލަކާ ކައިރީގައެވެ. ރީމްގެ ވާހަކަ ދެއްކިޔަސް މަލަކާ ހިންދުއަށް ވީ ގޮތް ނޭނގޭތީ އޭގެ ވާހަކައެއް އަޝްވާ ކައިރިއަކު ނުބުނެއެވެ.
“ބޭބެއަށް ވަރަށް ބޮޑަށް މާފުކޮށްދީ… އަޝްވާއަށް ވެސް ވައުދުވިން ދޯ ހިންދުއަށް ދެރައެއް ނުދޭނެ ކަމަށް.. އެކަމަކު ބޭބެއަށް އެކަން ކުރެވިއްޖެ!! ނޭނގެ ހިންދު ބޭބެއަށް އަލުން އިތުބާރު ކުރާނެ ކަމެއް ވެސް.. ” ފުންނޭވާއެއް ލުމަށްފަހު އަޝްވިން ވީ ހުރިހާ ކަމެއް އަޝްވާއަށް ކިޔައިދިނެވެ.
“ބޭބެ ނުވިސްނައި ތި ފަދަ ބޮޑު ނިންމުމެއް ނިންމީ ކީއްވެ؟ ބޭބެއަށް ނޭނގޭތަ ހިންދު ބޭބެ އަށް އިތުބާރު ކުރާ ވަރު؟ ބޭބެއަށް އަށް ނޭނގޭތަ ހިންދު ބޭބެ ނޫން ދެވަނަ މީހެއް ދެކެ ދުވަހަކުވެސް ލޯބިނުވާކަން… ބޭބެ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ބޭބެއާއި ބެހޭ ގޮތުން ހިންދު އަހަންނާއި ސުވާލުކުރަން ފަށި.. ހިންދު އަހާނީ އެހެން އަންހެން ކުދިން އަހާ ސުވާލެއް ވެސް ނޫން… ގެޔަށް އަންނަ ކޮންމެ ދުވަހަކު އަހާނެ ބޭބެ ހުރީ ކައިގެންތޯ.. އަހަރެން އަދި ނުކައޭ ބުނެފިނަމަ ދެން ހުންނާނެ ހަދާނެ ނުހަދާނެއެއް ނޭނގިފަ.. އެކަމަކު އޭރު ބޭބެ އުޅުނީ ލިއުޝާއާއި އެއްކޮށް ކަމުން އަހަންނަށް ވެސް ނޯވޭ ހިންދުއަށް ކުރެވޭނެ ކަމެއް.. ބޭބެ ލިއުޝާއާއި މެރީ ކުރި ދުވަހު ހިންދުގެ ލޮލުން އޮހެރުނު ކަރުނަތައް ފުހެދިނީ އަހަރެންގެ ދެ އަތުން.. އެދުވަހު އަހަންނަށް އިހުސާސް ކުރެވުނު ހިންދު ބޭބެ ދެކެ ލޯބިވާ ވަރު.. އޭރު ކުރެވުނު ކަމެއް ނެތަސް ފަހުން ދެ މީހުންގެ ގުޅުން ރަގަޅުވެ ކައިވެންޏަކާއި ހަމައަށް ދެވުމުން ހިންދުވީ މި ދުނިޔެ މަތީގައި ހުރި އެއްމެ އުފާވެރި ކުއްޖާއަށޭ ބުނުމުން ދޮގަކަށް ނުވާނެ.. އެކަމަކު ބަލާބަ ބޭބެ ހިންދުއަށް ދިން ވޭން! އިތުބާރު ކުރާށޭ ބުނެ ހުރިހާ ވާހަކައެއް ކިޔައިދިނީމަ ތީ ހަދާލި ގޮތް.. ބޭބެ ތީ ޑޮކްޓަރެއް! އަހަރެން ކިޔައި ނުދިނަސް މިއީ ގޯހެއް ކަމަށް ބޭބެއަށް ވިސްނެންޖެހޭނެ.. ”
“ބޭބެއަށް އެނގެއޭ ތިކަން… އެކަމަކު ބޭބެ ބިރުގަތުމުން ވިސްނާނުލެވުނީ” ހިންދު ވާހަކަތައް އަޝްވާ ކިޔައިދިނުމުން އަޝްވިން އިތުރަށް ދެރަވިއެވެ.
“ބިރުގަތަސް އެ ބިރަށް ވުރެ ބޮޑަށް ބޭބެ ޖެހޭނޭ ހިންދުއަށް އިތުބާރު ކުރަން… އޭރުން މީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެބިރުވެރިކަމުގެ އެއްވެސް އަސަރެއް ނުކުރާނެ..” ބޭބެއަށް ވުމުން އަޝްވާ އަޝްވިންއަށް ކުރަން ޖެހޭ އިހުތިރާމް އަދިވެސް ކުރެއެވެ. އެހެންކަމުން މަޑުމައިތިރި ކަމާއި އެކު ވިސްނުވައިދެވޭތޯ އުޅުނެވެ.
އަޝްވާއާއި ވާހަކަ ދައްކަން ހުރެލާފައި އަޝްވިން އެހެން ތާކަށް ނުގޮސް އަޝްވިން ދިޔައީ ލިއުޝާގެ ގެޔަށެވެ. ގެޔަށް ދެވުމާއި އެކު އަޝްވިން އެގޭގެ ދޮރުގައި ބާރަށް ތަޅައިގަތެވެ. ގުޅާފައި ދޮރު ހުޅުވައިދޭން ބުނުމަކަށް ވެސް ހިތަކަށް ނާރައެވެ.
ދެ ލޯ އުނގުޅަމުން ދޮރު ހުޅުވާލި ލިއުޝާގެ ހައިރާންކަން އިންތިހާއަށް ދިޔައެވެ. އެހައިރާންކަން ނުފިލަނީސް އިތުރު ސިހުމެއް ލިބިގެން ދިޔައީ އަޝްވިން އޭނާގެ މޫނުމަތީގައި ޖަހާލުމުންނެވެ.
“އަޝްވިން!!!!” އައި ރުޅިއާއި އެކު ލިއުޝާ ބާރަށް ގޮވައިގަތެވެ.
“ތިއަށް ވުރެ ބާރަށް ގޮވިއަސް އަހަރެން ކަލޭ ދެކެ ބިރެއް ނުގަންނާނެ!” އަޝްވިންއަކީ މިޒާޖުގައި ސީރިއަސް މީހަކަށް ވިޔަސް ރުޅި އައުމުން އެ ރުޅީގެ ރޯޅި ބާލަނީ މަދު ފަހަރެއްގައެވެ. މިއީ އެއިން މަދު ފަހަރަކެވެ. އަޝްވިން ރުޅި އައިސްފައި ހުރީ ލިއުޝާ ދެކެ އެކަންޏެއް ނޫނެވެ. އަމިއްލަ ނަފުސު ދެކެ އަންނަމުން ދިޔަ ރުޅި އެޔަށް ވުރެ ބޮޑެވެ.
“ލިއުޝާ ލިބޭނޭ ހިތަށް އަރައި ލިއުޝާގެ އިންތިޒާރުގައި އަހަރެން ކިތައް ދުވަސް ބޭކާރުކޮށްލިންތަ؟ތި ފައިދަށަށް ތިރިވެ ކިތައް އާދޭހެއް ކުރިންތަ؟ އެކަމަކު އެއިން އެއްވެސް ކަމަކުން ލިއުޝާގެ ތި ހަރު ހިލަ ހިތަށް އެއްވެސް އެއްޗެއް ނުވިސްނުނު.. އެހީވެދިނުމުގެ ބަދަލުގައި ކުރީ މަލާމާތް.. ފިޑި މީހެކޭ ހިތް ބަލި މީހެކޭ ބުނެ ޖެއްސުންކުރީ.. އެ ހުރިހާ ކަމަކުން އަރައިގެން އަހަރެން އާ ދިރިއުޅުމެއް ފަށައިގަތީމަ އަހަރެން ހީކުރީ ލިއުޝާގެ ތި އުދަގުލުން އަހަންނަށް ފަސޭހައެއް ލިބިދާނެ ކަމަށް… އެކަމަކު ލިއުޝާ އެޔަށް ވުރެ ބޮޑަށް އަހަރެން ނިކަމެތިކޮށްލަން ތި މަސައްކަތް ކުރީ” އަޝްވިންގެ އަޑު ބާރުވިއެވެ. ރުޅިއާއި ނަފުރަތުގެ ހުޅުގަނޑު ލޮލުން ފެންނަމުން ދިޔައެވެ.
“އަހަރެން ކީއްތަ ކުރީ؟” އަޝްވިން ބުނާހެން ލިއުޝާ އަދިވެސް އުޅެނީ މަލާމާތް ކުރަން ކަންނޭނގެއެވެ.
“ކީއް ނުކުރަނީ! އަހަރެންގެ މުޅި ދިރިއުޅުން ވެއްޔާއި މޮޑަލަން ކަލެއަށް ފުރުސަތު ލިބުނު ކޮންމެ ގޮތަކުން އެކަން ކުރަން އެބަ އުޅޭ! އެއްމެ ފުރަތަމަ އީޝް ލިއުޝާ ކައިރިއަށް އައުމުން އޭނަގެ ބޯ ތެރެއަށް ވަދެ އަހަންނާއި ދުރުކުރުވާން އުޅުނު ހަނދާނެއް ނުވޭތަ؟ ލިއުޝާގެ ރޭވުން ފުރިހަމަނުވީ އެ ލޯބިވާ ތުއްތު ދަރިފުޅު އަހަރެން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން !!! ދެން އޭގެ ފަހުން އިއްޔެ ކުރި ކަންތަކަށް ދައްކާނީ ކޮން ބަހަނާއެއް ކަން ބުނެބަލަ؟ ހިންދު އަކީ އަހަރެން ދިރިއުޅުމުގެ އެއްބައި މިހާރު، އެކަމަކު ލިއުޝާގެ މަކަރުވެރިކަމުން ތި އުޅެނީ އަހަރެންގެ ހިތުގައި ހިންދުއަށް ނަފުރަތު އުފައްދަންތަ؟ ހިންދު ކޮން ކުށެއް އޮވެގެން ލިއުޝާ މިހެން ކަންތައް ކުރީ.. އޭނަ ލިއުޝާ ކައިރިން އެއްމެ ކަމަކު ވެސް އެދުނު ތަ؟ ލިއުޝާ ނުދިން ލޯބި ހިންދުގެ ފަރާތުން އީޝްއަށް ލިބޭތީ އެކަމާ ހަސަދަވެރިވީ.. ނުކުރާ ކަމެއް ވިޔަސް ކުރި ކަމެއް ވިޔަސް އެކަމުގެ ބޭނުން ކޮށްގެން މި ފުރިހަމަ އާއިލާގެ އުފާވެރިކަން ނަގާލަން ތި އުޅެނީ.. ހިންދު ލިއުޝާ ކައިރއަށް ޑޮކްޓަރަށް ދައްކަން ދިޔައީ އޭނަ ލިއުޝާއަށް ވެސް އަދި އަހަންނަށް ވެސް ކުރާ އިތުބާރެއްގެ ބޮޑުކަމުން… އެކަމަކު އަހަރެން ނުވިސްނޭ ސިކުޑިއަކަށް ނޭނގުނު ލިއުޝާ ތިކަހަލަ ކަމެއް ކޮށްފާނެ ކަމެއް” މިއޮތްހާ ދުވަހު ނުކިޔައި ކެތްކޮށްގެން ހުރި ކޮންމެ ޖުމްލައެއް ވެސް އިއްވާލަން އަޝްވިންގެ އަޒުމުގައިވިއެވެ.
“އަޝްވިން ހިންދު ދެކެ ތިހާ ލޯބިވަންޏާ ކީއްކުރަން އަހަރެން ދެއްކި ވާހަކަ އެހާ އަވަހަށް ގަބޫލުކުރީ؟ ލޯބިވާ މީހެއް ނަމަ ހަގީގަތް ހޯދަން އުޅޭނެ!” ލުއިކޮށް ހިނިތުންވެލަމުން ލިއުޝާ އެހެން ބުނެލި އިރު އަޝްވިންއަށް އެ ހިނިތުންވުމުގެ ފަހަތުގައި އޮތް މާނަ ވިސްނުމުން ހައްތަހާ ބޮޑަށް ރުޅިގަނޑު ކެކިގެން ދިޔައެވެ.
“އަހަރެންގެ ހިތުގެ ބަލިކަށިކަމުން އަހަންނަށް އެހެން ކަންތައް ކުރެވުނީ.. އެކަމަކު އޭގެ މާނައެއް ނޫން ދޯ ލިއުޝާ އެހެން ކަންތައް ކުރަން ޖެހޭނެއޭ!! ހަނދާން ކުރާތި ލިއުޝާ! އަހަރެންގެ ހަޔާތަށް، އަހަރެންގެ ދަރިފުޅަށް، އަހަރެންގެ ލޯބިވާ އަބިމީހާއަށް އެއްމެ ކުޑަމިނުން ކަލޭގެ ހިޔަނި އެޅިއްޖެ ނަމަވެސް އަހަރެން މީ ކިހާ ގޯސް މީހެއް ކަން އަނގާލަދޭނަން. ބާރު ލިބުމުން މިއަދު ހިތަށް ނާރުވާތި އޭގެ އިއްޒަތުގައި އަބަދަށް އުޅެވޭނޭ.. ކޮންމެ މީހަކަށް ވެސް ދުވަހެއް އަންނާނެ.. ކޮންމެ އަނިޔާ ލިބޭ މީހެއްގެ ދުއާ ﷲ އިޖާބަ ކޮށްދެއްވާނެ.. ” އެހެން ބުނެލުމަށްފަހު އަޝްވިން އަވަސްވެގަތީ ހިންދު ކައިރިން މާފަށް އެދުމަށް ދާށެވެ.
“އަހަރެންގެ ދަރިފުޅު އަހަންނަށް ނުދީފި ނަމަ ހިންދު އެއްމެންގެ ތެރޭގައި ބަދުނާމްކޮށްލާނަން” ލިއުޝާގެ ހިތުގައި ކުލުނެއް ވެސް ނުވަނީ ހެއްޔެވެ؟ އެއްވެސް ޖެހިލުންވުމެއް ނެތި އެހެން ބުނެލި އިރު އަޝްވިން ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް އަޑުނީވެނީ ހެއްޔެވެ؟ ނޫނެކެވެ. ވަރަށް ރަގަޅަށް އަޑުއިވުނެވެ. ބޭނުންވަނީ އޭނާއަށް ނުލިބުނު އުފާ އެހެން މީހަކަށް ލިބޭތީ ހިތުގައިވާ ހަސަދައިން އަޝްވިންގެ ދިރިއުޅުން ބިމާ ހަމަކޮށްލާށެވެ.
ލިއުޝާ އެހެން ބުނުމުން އަޝްވިން ކުރިއަށް އަޅަން ނެގި ފިޔަވަޅު މަޑު ޖައްސާލުމަށްފަހު އިސްޖަހާލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ދެ ލޯ މަރާ ތަގުޑިކޮށްލިއެވެ.
“ތީ ނުވާނެ ކަމެއް.. އަހަރެންގެ ހަށިގަނޑުގައި ލޭ ހިގާ ހިނދަކު އީޝްއެއް ނުލިބޭނެ!” ވަރުގަދަ އަޒުމަކާއި އެކު އެހެން ބުނެލުމަށްފަހު އަޝްވިން ބާރު ހިނގުމެއްގައި ސިޑިން ފައިބައިގެން ދިޔައެވެ.
އެހެންޏާ މަސައްކަތުގައި ވަރަށް ފަރުވާތެރިކަމާއި އެކު މަސައްކަތް ކުރެވޭ ޝަނުމް އިނީ އެއްވެސް ކަމެއް ކުރާ ހިތް ނުވެފައެވެ. އެތައް އުޅަނދެއް ބަލާ ފާސްކުރަން އޮތް ނަމަވެސް އެކަންތައް ވެސް މަޑު ޖައްސާލުމަށްފަހު ފޯރމުތައް އަތައް ނަގައިގެން އިނީއެވެ. ފުން ހިޔާލެއްގެ ތެރޭގައެވެ.
ބުރޭކަށް ގޮސް އައިސް އުޅެން ޖެހުނު ބުރަކަމުން އޭގެ އަނެއް ދުވަހު އިރު އެރި އިރުވެސް ގެޔަށް ދެވޭ ގޮތެއް ނުވެއެވެ.
ގަޑިން ބަރާބަރު އަށެއް ޖެހުމާއި އެކު އަތުގައި ހުރި ފޯރމުތައް މޭޒުމަތީ ބެހެއްޓުމަށް ފަހު ޝަނުމް އަވަސް އަރުވާލާފައި އުޅުނީ ރީމް ހޯދަން ދާށެވެ. އެކަނި އިނދެގެން ވަރަށް ގިނަ ކަންތަކާއި މެދު ވިސްނާފައި ނިންމަން ބޭނުންވާ ގޮތަކީ މިއީއެވެ.
މިގުދާދުގެ ގެއިން ޝަނުމްއަށް މަރުހަބާ ކީ ނީމާއެވެ.
“ދޮންތަ ހިޔެއް ނުވޭ ވާހަކަ ދައްކާނެހެން.. ވަރަށް ދެރަވެފަ ހުރީ” މަންމަ މަރުވި ދުވަހު ދެ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދުނަސް އެޔަށްފަހު ދެމީހުންގެ ގުޅުން އަންނަނީ ރަގަޅުވަމުންނެވެ. ރީމް އާއި ދެމީހުން އެކަކު އަނެކަކަށް ގުޅައި ހާލު އޮޅުންފިލުވައި ހަދައެވެ.
“ކޮންމެ ގޮތެއް ވިޔަސް އަހަރެން ރީމްއާއި ވާހަކަ ނުދައްކައި މިތަނުން ނުދާނަން.. އެހެންވީމަ އެތެރެއަށް ވަންނަން ހުއްދަދީ” ސީރިއަސް ރާގެއްގައި ޝަނުމް އެހެން ބުނެލުމުން ނީމާ ޝަނުމް އެތެރެއަށް ވަންނަން ފުރުސަތު ދިނެވެ. ދައްތަގެ ފިރިމީހާއަށް ވުމުން އިހުތިރާމް ކުރަން ޖެހޭތީއާއި އެކީގައެވެ.
ޝަނުމް ގޮސް ވަނީ ނީމާ ދެއްކި ކޮޓަރިއަށެވެ. ޝަނުމް އެތެރެއަށް ވަންއިރު ރީމް ހުރީ ބައްޕަ ކަމަށް އަދިވެސް ދެކޭ މިގުދާދުގެ ގަމީސް އިސްތިރިކުރާށެވެ.
ޝަނުމް ފެނުމާއި އެކު ރީމް އަނެއް ކޮޅަށް މޫނު އަބުރާލިއެވެ.
“ރީމް! އަހަންނަށް މާފުކޮށް ދީ ފާނަންތަ؟” ޝަނުމް އެއްސެވެ.
“ޝަނުމް ނޫންކަންނޭނގެ މާފަށް އެދެން ޖެހޭނީ… އަހަރެން ކުށް ކުރީ.. އަހަރެން ދެ ލޯބިވެރިންގެ ދެމެދަށް ވަދެ އެމީހުންގެ ހިތް ހަލާކުކޮށްލީ.. އަދި އަހަރެން ގަދަކަމުން ލޯބި ހޯދާނަމޭ ބުނެ މާ ފޮނި ކެނޑީ.. އެއިން އެއްވެސް ކަމެއް ކުރިއިރު އަހަރެން ހިތަކަށް ނާރާ ޝަނުމްއާއި ދޭތެރޭ ވިސްނާލަން.. އެހެންވީމަ ޝަނުމް މާފަށް އެދޭނެ ކަމެއް ނެތް” ޝަނުމްއަށް ފުރަގަސްދީގެން ހުރެ ރީމް ވާހަކަ ދައްކަމުން ދިޔައިރު ދެލޯ ކަރުނުން ފުރި ބަންޑުންވަމުން ދިޔައެވެ. ރޮއި ރޮއި ކަރުނަ ހުސްވާނަ އެހާ ވަރަށް ރީމްއަށް ރޮވިއްޖެއެވެ. އެހަނދާން އާވާ ކޮންމެ ހިނދަކު އަމިއްލަ ނަފުސު ކުށްވެރި ކުރެވެއެވެ.
“ރީމް ކުރިން ކަންތައް ކުރި ގޮތަށް އަހަރެން ނެތިން ފާޑު ކިޔާކަށް.. އަހަރެން ދެކޭ ގޮތުން ނަމަ އެއީ މާޒީ.. މާޒީގައި އެމީހެއް ކުރި ކުށެއްގެ ސަބަބުން އަދަބު ލިބެންޖެހޭނެ ކަމަށް އަހަރެން ނުދެކެން… އަދި ނުވެސް ދޭނަން… ރީމް އެއްވެސް ގޮތަކަށް ހިތަށް ނާރުވާތި އަހަރެން ރީމްއާއި ކައިވެނި ނުކުރިނަމަ އަހަންނަށް އަޝްވާ ލިބޭނޭ… އެކަމަކީ އަހަރެމެން ތިން މީހުން ކުރެ އެކަކަށް ވެސް ބާރު ފޯރުވޭނެ ކަމެއް ނޫން. ތަގުދީރުގެ ނިންމުމަކީ އެއްމެ ހެޔޮ ގޮތް ، އެހެންވީމަ އެގޮތް ބަދަލުކުރަން ނޫޅެމާ” ފަހަތުން ރީމްގެ ކޮނޑުގައި ހިފައި އޭނާއާއި ދިމާލަށް އަބުރާލަމުން ޝަނުމް ބުނެލިއެވެ.
“ތަގުދީރުގެ ނަމުގައި މީ ކުޑަކަމެއް ކަމަކަށް ނުހަދާ ޝަނުމް… ޝަނުމްއަށް އެނގޭތަ އަހަރެން އެގެޔެއިން ނިކުމެގެން އައި ސަބަބު؟ އެއީ އަޝްވާ ކުރިމަތީ ޝަނުމްއާއި އެކީ އުޅެން އަހަންނަށް ކުޑަކޮށްވެސް ހިތްވަރެއް ނުލިބުނުމުން… އަހަރެން އެއްމެ ލޯބިވާ މީހާއާއި އަހަރެންގެ އެއްމެ ގާތް އެކުވެރިޔާއަށް މިހާ ބޮޑު އަނިޔާއެއް ދެވުނީތީ އަހަރެންގެ އަމިއްލަ ނަފުސު އަހަރެން ކުށްވެރި ކުރަން… ” ޝަނުމްގެ މޫނަށް ބަލާލަމުން ރީމް ބުނެލިއެވެ. އޭރު އަރު ތެރޭގައި މިހިތިކަމުގެ އަސަރު ހުއްޓެވެ. ހިންދިރުވާލާ ކޮންމެ ހިނދަކު އޭގެ އަސަރު ހަށިގަނޑުގެ އެއްމެ ހިމަ ނާރަށް ވެސް ކުރަމުން ދެއެވެ.
“ރީމް! އެއްމެ ފަހަރަކުވެސް އަހަރެން މި ދައްކާ ވާހަކަ އަޑު އަހާބަލަ… އަހަރެން ބޭނުންވަނީ ރީމްއޭ.. ކޮންމެ ގޮތެއް ވިޔަސް ކޮންމެ ކަމެއް ވިޔަސް އަހަރެން ބޭނުންވަނީ ރީމް… އެނގޭތަ އެއީ ކީއްވެގެންކަން؟ އެއީ އަހަންނަށްވެސް މިހާރު ރީމް ދެކެ…” ޝަނުމްއަށް އެ ޖުމްލަ ފުރިހަމަކޮށް ދިނުމުގެ ފުރުސަތު ރީމް ނުދިނެވެ. ޝަނުމްގެ ތުންފަތުގައި ޝަހާދަތް އިގިލި ޖައްސައި ދެ ކޮޅަށް ބޯ ހޫރުވާލިއެވެ.
“ތިހެން ނުބުނޭ ޝަނުމް.. އެހެންނޫން ނަމަ އަޝްވާ ކިހާ ދެރަވާނެ ތި ވާހަކަތައް އަޑު އިވިއްޖެނަމަ.. އަޝްވާގެ މުޅި ހަޔާތުގައި އެ އިންތިޒާރު ކުރަނީ ލޯބިވާނެ ފިރިއަކާއި ތުއްތު ތުއްތު ކުދިންތަކެއް ހޯދަން.. އަޝްވާއަށް އެހައްގު ލިބިގެންވޭ.. ކޮންމެ ގޮތެއް ވިޔަސް އެކަން އަހަރެން ކޮށްދޭނަން.. އެހެންވީމަ ޝަނުމް ތިހެން ނުބުނެ އަހަންނަށް ވެސް މިކަމުގައި އެހީވެދީ” ތަދާއި ވޭނުގެ އާހެއް ބޭރުކޮށްލަމުން ރީމް ބުނެލިއެވެ.
“އަހަރެންމީ އަޝްވާއާއި ރީމް ދެކޮޅަށް ޖަހަން ގެންގުޅޭ ބޯޅައެއްތަ؟ ނޫނީ ދެމީހުން ގެންގުޅޭ ކުޅޭ އެއްޗެއްތަ؟ އެކަކު ބޭނުން ނުވީމަ އަނެކަކަށް އަހަރެން ހަދިޔާ ކުރާ އިރު އަހަރެންގެ ހިތަކީ ދަގަޑުން ހަދާފައިވާ އެއްޗެއް ކަމަށް ގަބޫލުކުރެވެނީތަ؟ ރީމްއާއި އަޝްވާ އާއި އެއްގޮތަށް އަހަންނަށް ވެސް ލޯތްބާއި އަޅާލުން ބޭނުންވޭ.. ތި ދެމީހުންގެ ހިތުގައި ރިއްސާހެން އަހަރެންގެ ހިތަށް ވެސް އެއިހުސާސްތައް ވޭ.. އެކަމަކު މިއިން އެއްވެސް ކަމަކާއި މެދު އެއްމެ ފަހަރަކުވެސް ވިސްނާނުލާ! ބޭނުން ނުވީމަ އަނެކާއަށް ހިބައިން ދެނީ.. ” ނުރޯން ހުއްޓަސް ޝަނުމްގެ ލޮލުން ވެސް ކަރުނަ ހިލާލައިއެވެ. ސަބަބު ކިތައްމެ ހާވެސް ސާފެވެ. އަޝްވާގެ ލޯބީގައި ބޭގަރާރުވެފައިވާ ހިތަށް އެހީ އެއް ފޯރުކޮށްދިނީ ރީމްއެވެ. އެހިތުގެ އުދާސްތައް އަޑުއަހައި ހިނިތުން ކުރުވަން މަސައްކަތް ކޮށްދިނީ ރީމްއެވެ. ވީއިރު ރީމް އޭނާ ދޫކޮށްފައި ދާން އުޅުމުން ދެރަ ނުވެ ވާންވީ ކޮން އިހުސާސެއް ހެއްޔެވެ؟
“ޝަނުމް، އަހަރެން ޝަނުމް ދެކެ އިންތިހާއަށް ލޯބިވަން..އެކުގައި އުޅެން ނުހަނު ބޭނުން.. އެކަމަކު އަޝްވާ ހުރިހައި ހިނދަކު އަހަންނަށް ކިހިނެތް ޝަނުމްއާއި އެކީ އުޅެވޭނީ؟ ” މާޒިންއާއި މައިރާ އެމީހުންގެ ބޭނުންވި ގޮތް ހަމަ ރަގަޅަށް ވެސް ހަދާފިއެވެ. ހުރިހާ އުފަލެއް ރީމްގެ އުގަށް ޖަމާކުރުމަށްފަހު އެންމެ ފަހުން އެ އުފާވެރިކަން ނުލިބުނު ނަމައޭ ހިތަށް އަރާ ހިސާބަށް ގޮސްފިއެވެ.
“އަނެއްކާ ވެސް އެ ވާހަކަ ދައްކަނީ ތަ؟ ރީމްއާއި އަޝްވާއަށްޓަކައި އަހަރެން ކިތައް ގުރުބާނީއެއް ވެއްޖައިން.. އަޝްވާގެ ބުނުމެއް ނެތަސް އަހަރެން ރީމްއާއި އިނީ އަޝްވާގެ ފުރާނަ ސަލާމަތްކުރަން އަހަރެން ބޭނުން ވާތީ.. ދެން ހުރީ ރީމް… ރީމްއަށްޓަކައި ފިރިއެއްގެ ލޯބި އަހަރެން ދިނިން.. އަދި އަޝްވާ ކުރިމަތީގައި އެއްވެސް އިހުސާސެއް ނުދައްކައި އުޅުނީ ރީމް ދެރަ ވެދާނެ ކަމަށްޓަކައި.. އެކަމަކު ވެސް ވީ އެއްވެސް ގުރުބާނީއެއްގެ އަގު ނުލިބި އެއްމެ ފަހުން ބޭކާރު މިވީ އަހަރެން.. ” ވަމުންދާ ހިތާމައާއި އެއްވަރަށް ޝަނުމް ރުޅި ވެސް އަންނަމުން ދިޔައެވެ. ކެތްތެރިކަމާއި ގަދަ ހިތްވަރާއި އެކު އުޅުނަސް އޭގެ ހައްދެއް ވެސް އޮންނާނެ ނޫން ހެއްޔެވެ؟
“އަހަރެން ދަނީ ދެން… ހީކުރަން ރީމްއަށް ވިސްނިގެން އަހަރެން ހޯދަން އަންނާނެ ކަމަށް… އަހަރެން އިންތިޒާރު ކުރާނަން.. މީހެއްގެ މަޖުބޫރުންނެއް ނޫން.. އަހަރެންގެ ހިތް އެކަމަށް އެދޭ ތީ” އެހެން ބުނެލުމަށްފަހު ޝަނުމް އެތަނުން ދިޔައެވެ. ލޯބިވުމަކީ އޭނާއަށް ކުރެވޭ ކުށެއް ހެއްޔެވެ؟ ކުއްޖެއް ދެކެ ލޯބިވެވުމުން އެކުއްޖަކު އޭނާ ދޫކޮށްލާފައި ދާން އެއުޅެނީ އޭނާގެ ކޮން އުނި ސިފައެއް ހުރެގެން ހެއްޔެވެ؟ އެތައް ޝަކުވާތަކެއް ކުރަން ބޭނުމެވެ. އެކަމަކު އޭގެ އަޑު އަހާނެ މީހެއް އެބަ ހުރި ހެއްޔެވެ؟
އަޝްވިންއަށް އެގެޔަށް ދެވުނު އިރު ހިންދު ސަކީނާގެ އުގުގައި ބޯ އަޅާލައިގެން އޮތެވެ.
” ހިންދު” އަޝްވިން ހިންދުއަށް ގޮވާލުމާއި އެކު ހިންދު ކޮޅަށް ތެދިވިއެވެ.
“އަޝްވިން ކީއްކުރަން މިތަނަށް އައިސްގެން ތި އުޅެނީ” ހިންދު ހުރީ ރުޅިއައިސްފައެވެ.
“އަހަރެން އަހަންނަށް ކުރެވުނު ކަންތަކަށް މާފަށް އެދި ހިންދު ގޮވައިގެން އެބުރި ގެޔަށް ދާން” އަޝްވިން ބުނެލިއެވެ.
“ކީއްކުރަން އަހަރެން ހޯދަން އަޝްވިން އަންނަންވީ.. އަޝްވިން އެހާ އަވަހަށް އަހަންނަށް އިތުބާރު ކުރަން ފެށީތަ؟” ޖެއްސުމުގެ ރާގަކަށް އެހެން ބުނެލިޔަސް ހިންދުގެ ހިތުގައި އިންތިހާއަށް ރިއްސަމުން ދިޔައެވެ.
“ހިންދު! އަހަރެން ދެރަވެ ބިރުގަތުމުން ވިސްނާނުލެވި ގޮތެއް ނިއްމުނީ.. އަހަންނަށް މާފުކޮށްދީ” ވަރަށް އުއްމީދާއި އެކީ އަޝްވިން ބުނެލިއެވެ.
“ނޫން! ތިހާ ފަސޭހައިން އަހަންނަށް އަޝްވިންއަށް އިތުބާރެއް ނުކުރެވޭނެ.. އަހަރެން ވަރަށް ދެރަވެއްޖެ އަޝްވިން އެއްމެ ފަހަރަކުވެސް އަހަރެންގެ ބަސް ގަބޫލުނުކޮށް އަމިއްލަ ނިންމުމެއް ނިންމީތީ!! އަހަރެން ހީކުރީ އަޝްވިން ތީ ތަފާތު މީހެއް ކަމަށް.. އެކަމަކު އެހެން ނުވި ދޯ! އެހެން އެއްމެން ފަދައިން ތާކުން އަޑެއް އިވިލާ އިރަށް ނޫނީ ގަނޑެއް ފެނިލާ އިރަށް އަޝްވިން އަހަރެންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަން ފެއްޓީ!! އަޝްވިންއަށް އެނގޭތަ އަހަރެން އަޝްވިން ދެކެ ލޯބިވާ ވަރު.. އަޝްވިންއަށް އެނގޭތަ އަހަރެން އަޝްވިން އަށް އިތުބާރު ކުރާ މިންވަރު.. އެ ހުރިހާ ކަމެއް އެނގު ހުރެ ތީ އަޝްވިން އަހަންނަށް ހަދާލި ގޮތް.. ކުޑަކޮށްވެސް އަހަރެން އިހުސާސްތަކާއި މެދު ވިސްނާލާ ނަމަ އަޝްވިން ތިހެން ކަންތައް ނުކުރީސް.. އަހަރެން މި ބަލިކަށި ހިތަށް އެހިތަށް ނުކުޅަދާނަ ވާވަރަށް އަނިޔާ ނުދިނީސް..” ހިންދު އޭނާގެ ހައްގުގައި ތެދުވިއެވެ. ލޮލުން އެއްމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލައި އަޝްވިންގެ މާފު އަބުރާ ރައްދުކުރިއެވެ.
“ހިންދު ތިހެން ނުބުނޭ! އަހަންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން އަހަންނަށް އެނގޭ.. އެކަމަކު ތިހެން އަހަންނަށް އަދަބު ނުދީ.. ހިންދުއާއި ނުލައި އަހަރެން އުޅޭނީ ކިހިނެތް… ” ހިންދުގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލަމުން އަޝްވިން ބުނެލިއެވެ.
“ނޫން!! އަޝްވިން ނޫން… ” ހިންދު އަޝްވިންގެ މޭގައި އަތް އަޅައި ދުރަށް ޖައްސާލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.
“ހިންދު! އާދޭސްކުރަން.. އަހަންނަށް މާފުކޮށްދީ.. އަހަރެން މީ ބޮޑު މޮޔައެއް.. ހިންދުއަށް އިތުބާރު ނުކުރެވުނީ ތީ އަހަރެން އަހަރެންގެ އަމިއްލަ ނަފުސު ކުށްވެރި ކުރަން… ” ހިންދުގެ އަތުގައި ހިފައި ތިރިވެލަމުން އަޝްވިން ބުނެލިއެވެ.
ހިންދު އަޝްވިންގެ މޫނަށް ބަލާލިއެވެ. އަޝްވިންގެ ލޮލުން ބަބުޅަމުންދާ ކަރުނަތައް ފެނި އިތުރަށް ހިތުގައި ރިއްސާލިއެވެ. އެހެންނަމަވެސް އޭނާގެ ނިންމުން ބަދަލު ކުރާކަށް ގަސްދެއް ނުކުރެއެވެ. މިއޮތްހާ ދުވަހު ހިންދު އުޅުނީ އެހެން މީހުން ކޮންމެ އަނިޔާއެއް ދިނަސް އެކަމަށް ކެތްކޮށްގެންނެވެ. މިއަދު ބޭނުންވީ އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވާށެވެ. އަމިއްލަ އެދުން ކަމަށް ބުންޏަސް ވަރިހަމައެވެ. ތިމާ އަމިއްލައަށް ހޯދަން ނޫޅުނު އުފަލެއް ތިމާއަށް ހޯދައިދޭން ހުންނާނީ ތިމާ ނޫން ކާކު ހެއްޔެވެ؟
ހިންދު އޭނާގެ އަތް ފޮޅާލުމަށްފަހު ދިޔަ މަންޒަރު ބަލަން އަޝްވިންއަށް ހުރެވުނީ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިންނެވެ. އަމިއްލައަށް ކުރި ކުށުގެ ހިތަކަން އަރު ތެރޭގައި ލާން ފެށިއެވެ. ހިތް ކުދިކުދިވެ ވޭނާއި އުދާސް މުޅި ހަށިގަނޑުގެ އެތައް މިތަނަށް ކުރަން ފަށައިފިއެވެ. ހަޔާތަށް މިއައީ ކިހާ ބޮޑު ލޮޅުމެއް ހެއްޔެވެ؟
ވަގުތަކީ މެންދުރުގެ ވަގުތެވެ. އޮފީހަށް ދާން ބޭނުން ނުވި ނަމަވެސް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމުން އަޝްވާ އޮފީހަށް ދިޔައެވެ. ކަތްނެތްކަމާއި އެކު ކެބިންގެ ދޮރު ހުޅުވާލިއިރު މީހާ ސިހިގެން ދިޔައީ ކެބިންގެ ސޯފާގައި ނިދިފައި އޮތް ކާއިން ފެނިފައެވެ.
މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު އައިސް އަޝްވާ ސޯފާގެ ކައިރީ ބިންމައްޗަށް ތިރިވެލައިއެވެ. އަދި ކާއިންގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. އަދި މަޑުމަޑުން ކާއިންގެ ނަމުން ގޮވާލިއެވެ.
“ކާއިން” ދެވަނަ ފަހަރަށް ކާއިންގެ ނަމުން ގޮވާލަމުން އަޝްވާ ކާއިންގެ މޫނުގެ ކައިރިފަށުގައި އަތް ހިންގާލިއެވެ. އެޔާއި އެކު މީހާ ސިހިގެން ދިޔައީ ކާއިން އެއަތުގައި ކުއްލިއަކަށް ހިފާލުމުންނެވެ.
އަޝްވާ އުޅުނީ އަތް ދަމައިގަންނާށެވެ. އެހެންނަމަވެސް ކާއިން ހިފަހައްޓައިގެން ހުރި ބާރުކަމުން އެކަމެއް ނުކުރެވުނެވެ.
ކާއިން އަޝްވާގެ އަތުގައި ހިފަހައްޓައިގެން ހުރެ ކޮޅަށް ތެދުވިއެވެ. އަދި އަޝްވާގެ އަތަށް ބަލާލުމަށްފަހު ހީލިއެވެ.
އަޝްވާއަށް އެއިން ނަގަންވީ ކޮން މާނައެއްކަން ނޭނގި ކާއިންގެ ނަމުން ގޮވާލިއެވެ.
“އަހަރެން އިއްޔެ ހަޅޭތްލެވީ ކޮންމެހެން އަޝްވާގެ ސޮޔާއި ނަން އޭގައި އޮތުމުންނެއް ނޫން.. އަޝްވާގެ މި އަތުގެ އިނގިލީގެ ނިޝާންތައް ވެސް އެގަނޑުގައި ހުރި” އިއްޔެ ނުބުނާ ވާހަކައެއް ކާއިން ބުނެލިއެވެ.
“އެކަމަކު އެއީ ކިހިނެތް ވާނެ ކަމެއް؟ ކާއިން އަދިވެސް އަހަރެން ދައްކާ ވާހަކަ ގަބޫލުނުކުރަނީތަ؟” އަޝްވާ ބުނެލިއެވެ.
“މި ނޫން ކޮންމެ ކަމެއް ގައިވެސް އަހަރެން އަޝްވާއަށް އިތުބާރުކޮށްފާނަން.. އެކަމަކު ހެކި އަހަރެން ކުރިމަތީ ފެންނަން އޮތްވައި އަހަންނަށް ކިހިނެތް މިކަން ގަބޫލުކުރެވޭނީ… އަޝްވާ ބުނެބަލަ އަޝްވާ ތީ އަހަރެން ނަމަ އަޝްވާ ކަން ކުރާނީ ކިހިނެތް؟” ކާއިން އެހެން ބުންޏަސް ގޮތެއް ސީދާ ގޮތެއް ނިންމަން އަދިވެސް ޖެހިލުންވެއެވެ. އަޝްވާ ފެނިލާ ތޯ އޮފީހަށް އައީވެސް އެހެންވެއެވެ. ކާއިން އަޝްވާއަށް އިތުބާރު ކުރަން ނުހަނު ބޭނުންވެއެވެ. އަދިވެސް އެބަލަނީ މިކަމުގައި ދެވަނަ މީހެއްގެ އަތެއް އޮތް ތޯ ބެލުމަށެވެ.
“ކާއިން! އަދިވެސް އެތައް އާދޭހެއް ކުރަން… އަހަންނަށް އިތުބާރު ކޮށްބަލަ.. ކާއިންއަށް އަހަރެން އެއްވެސް ހާލަތެއްގައި ދެރައެއް ނުދޭނަމޭ… ކާއިން ތި ހީކުރާ ވަރަށް ވުރެ ބޮޑަށް އަހަރެން ކާއިންގެ އިހުސާސްތަކަށް ވިސްނަން!” އާދޭހުގެ ރާގަކަށް އަޝްވާ ބުނެލިއެވެ.
“އަހަރެން ގަބޫލުކުރަން ތިކަން… އަޝްވާ އަހަންނަށް ދެރައެއް ދޭން ބޭނުން ނުވާތީ އެއްނު މިކަން ވެސް ކުރީ… ” އެއީ ކާއިން ގަބޫލުކުރާ ގޮތެވެ. އަޝްވާ އޭނާއަށް ދެރައެއް ނުދޭނެއެވެ. އަނިޔާއެއް ލިބެން ނޭދޭނެއެވެ. އެހެންނަމަވެސް ކާއިން ދެރަވަނީ އަޝްވާ އެކަމަށް އެއްބަސްވާން ނޫޅޭތީއެވެ.
“އަޝްވާ! އަހަރެން ބޭނުން ކުޑަ ދުވަސްކޮޅަކަށް އެކަނިވެލަން… އަހަންނަށް ހީވަނީ މިހެން އުޅެން ހަދައިގެން އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިދާނެހެން.. އެތައް ދުވަހެއް ވެއްޖެ އަހަންނަށް ހަމަ ނިދިވެސް ނުލިބޭތާ.. އަބަދުވެސް ކޮންމެވެސް ކަމަކާއި ބޯ ގޯސްވެފައި މި ހުންނަނީ…އެއްކަން ނުނިމެނީސް އަނެއް ކަމަކުން އަހަރެން ހުންނަނީ ހާސްވެފައި.. ” އެހެން ބުނެލުމަށްފަހު ކާއިން އަޝްވާގެ އަތުގައި ބޮސްދިނެވެ.
“ކާއިން!!! ކާއިން ބުނީމެއްނު އަހަރެން އެކަނިކޮށް ނުލާނަމޭ.. ދެން ކީއްވެ ތިހެން ތި ހަދަނީ؟” ކަރުނައިން ދެ ލޯ ފުރުމުން އަޝްވާ އެ ކަރުނަތައް އެތެރެއަށް ހިންދާލިއެވެ. އަދި ކެތްކުރެވޭނޭ ހިތަށް އަރުވަމުންނެވެ.
“އަހަރެން ބޭނުމެއް ނޫން އަޝްވާ އެކަނިކޮށްލާކަށް… އިއްޔެ ގެއިން ނިކުމެގެން ދިޔަ ނަމަވެސް އެބުރި މިއައީ އަޝްވާ ދެކިލާ ހިތުން.. އިއްޔެ އެހެން ބުންޏަސް އަހަރެން ބޭނުން އަޝްވާއަށް އިތުބާރު ކުރަން.. އެކަމަކު އަހަންނަށް ނެތް މިވަގުތު އެކަން ކުރެވޭކަށް.. އަހަރެންގެ އަމިއްލަ ނަފުސު ހަމައަކަށް ނާޅުވައިފިނަމަ ކޮންމެ ފަދަ ދެރައެއް ވެސް އަހަރެން ފަރާތުން އަޝްވާއަށް ދެވިދާނެ.. އަޝްވާ ބުނާހެން އަހަރެން މީ ރުޅި ގަދަ މީހެއް. ވިސްނާލުގައި ކޮންމެ ފަދަ ކަމެއް ވެސް އަހަންނަށް ކުރެވިދާނެ.. އިއްޔެ އެވަރަށް ހަޅޭތްލެވީ ވެސް އެހެންވެ.. އަހަންނަށް ކުޑަ ވަގުތުކޮޅެއްދީ… އަހަރެން އެބުރި އަންނާނަން… އެކަމަކަށް އަހަރެން ވައުދުވަން” އަޝްވާގެ މޫނުގައި ހިފާލަމުން ކާއިން ބުނެލިއެވެ. އޭނާގެ ހިތް އަދިވެސް އެދެނީ އަޝްވާ އަށެވެ. ބިރުގަންނަނީ އިއްޔެ ވެވުނު ފަދައިން މިއަދު ވެސް އަޝްވާ ދެރަކޮށް ލެވިދާނެ ކަމަށްޓަކައެވެ.
“ދޭ ހަމަ މިހާރު މިތަނުން ދޭ!” ކާއިންގެ އަތުގައި ހިފައި އަތް ފޮޅުވާލަމުން އަޝްވާ ހަޅޭތްލަވައިގަތެވެ. ހުރިހާ ހިތާމަތައް އިސާހިތަކު ރުޅި އަށް ބަދަލުވެގެން ދިޔައެވެ.
“އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ކާއިންއާއި ވާހަކަ ދައްކަން.. އަދި ކާއިންގެ ސޫރަ ފެންނަ ހިސާބަށް އަންނަން ވެސް އަހަރެން ބޭނުމެއް ނޫން.. އެނގޭތަ އެއީ ކީއްވެގެން ކަން؟ ” މޭގައި އަތް އަޅާލައި އަޝްވާ ވާހަކަ ދައްކަން ފަށައިގަތެވެ.
“ކާއިން ކިހާ ވައުދެއް ވީން އަހަރެން އެކަނިނުކޮށްލަނާމޭ ބުނެ! އެކަމަކު އެއްމެ ފަހު ވަގުތު ކާއިން ތި ދަނީ.. ކާއިން އަހަންނަށް އިތުބާރު ކުރާނަމަ ތިހެން ނުހަދާނެ.. މުޅި ދުނިޔެ އަހަންނާއި ދެކޮޅަށް ތެދުވިޔަސް ކާއިން އަހަރެންގެ ދިފާއުގައި ހުންނާނެ ކަމަށް އަހަރެން ހީކުރިން.. އެކަމަކު ކަންވީ އެހެންތަ ؟ އަހަރެން ހީކުރީ ކާއިން މިހާރު ބަދަލު ވެއްޖެކަމަށް… ކުރިން އުޅުނު ގޮތް ދޫކޮށްލައިފި ކަމަށް.. އެކަމަކު އަދިވެސް ތީ ހަމަ އެ ކާއިން… އެއްވެސް ރަހުމެއް އޮތްނަމަ ކާއިން އެއްމެ ކުޑަމިނުން އަހަރެންގެ އިހުސާސްތަކަށް ވިސްނާލާނެ… އަހަރެންގެ ބަސް ގަބޫލު ކުރާނެ.. ” ކާއިންއަށް ފުރަގަސްދީ އަޝްވާ ޝަކުވާތައް އޮއްސާލިއެވެ. އެޔާއި އެކު ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި އޮހެން ފެށުނެވެ.
“އަހަރެން ބަދަލުވެއްޖައިން… ލޯބިވަނީ އެއްމެ ކުއްޖަކު ދެކެ.. އެކަމަކު އެކުއްޖާގެ ހިތުގައި އެހެން ނަމެއް އޮތްވައި އަހަންނަށް އެކުއްޖާ ލިބޭނެތަ؟ ލޯބިވާ ކަމަށް ސީދާ ނުބުންޏަސް އަހަރެން ހީކުރީ އެކުއްޖާއަށް އަހަރެންގެ ހާލަތު އެނގޭނެ ކަމަށް.. އެކަމަކު ކަންވީ އެހެންނެއް ނޫން.. ” އެހެން ބުނެލުމަށްފަހު ކާއިން އެތަނުން ދިޔައެވެ.
އަޝްވާ ހުރި ގޮތަށް ހުރީއެވެ. ދެން ކުރާނެ ކަމެއް ނޭނގިފައެވެ.
“އަޝްވާ!!” ދިހަ ވަރަކަށް މިނެޓް އެހެން ހުރެލުމަށްފަހު އަޝްވާ ސިހިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި ހިފައި ގޮވާލުމުންނެވެ.
“ރީމް!!! ކީއްކުރަން އޮފީހަށް އައިސްގެން ތިއުޅެނީ… ޝަނުމް ކޮބާ މިހާރު.. ދެމީހުން އޯކޭ ވެއްޖެތަ؟” މޫނުމަތީގައި ހުރި ކަރުނަތައް ފުހެލައި ގަދަކަމުން ހިނިތުންވެލަމުން އަޝްވާ އަހާލިއެވެ.
“އަހަންނަށް މިއައީ ޝަނުމް ކައިރިން ވަރިވާން އެދިފައި.. އަހަރެން ބޭނުމީ ތި ދެ މީހުން އުފަލުގައި އުޅެން” އަޝްވާއަށް އޭނައާއި ވާހަކަ ދައްކަމުން އެދަނީ ރީމް ކަމެއް ނޭނގެއެވެ.
“އެ ކީއްކުރަން؟” އަޝްވާ ދެ ލޯ ބޮޑުކޮށްލައި އަހާލިއެވެ. ޝަނުމްއާއި ރީމް މައްސަލަ ޖެހިގެން އުޅުނަސް އަޝްވާ އަކަށް އެއީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ.
“އަހަންނަށް އެނގިއްޖެ ހުރިހާ ހަގީގަތެއް. ޝަނުމް ވީ ގޮތް ކިޔައިދީފި… ” ގަދަކަމުން ހިނިތުންވެލަމުން މައިރާ ބުނެލިއެވެ.
“އަހަރެން ބޭނުމެއް ނޫން ޝަނުމް!! އަދި އެހެންނޫނަސް ދެމަފިރިއެއްގެ މެދަށް ވަންނަން އަހަރެން ބޭނުމެއް ނޫން!” އަޝްވާގެ ހިތް އަވަސްވިއެވެ. އެނގިގެން ނުވާނެ އެއްޗެއް ރީމްއަށް އެނގުމުންނެވެ.
“ހާދަ އަވަހަށް ހިޔާލު ބަދަލު ތިވީ.. އަނެއްކާ އަޝްވާ އެހެން މީހެއް ދެކެ ލޯބިވަނީ ތަ؟ ” ދެރަވާ ކަމަށް ހަދާލައިގެން މައިރާ އަހާލިއެވެ.
“ނޫން! އެކަމަކު ވެސް އަހަރެން ބޭނުމެއް ނޫން ޝަނުމްއެއް.. ” ގޮނޑީގައި އިށީދެލަމުން އަޝްވާ ބުނެލިއެވެ.
“ކަލޭ ތީ ކާކު ގޮތް ނިންމަން! އަހަރެން ބޭނުން ގޮތަކަށް ކަލޭމެންގެ ދިރިއުޅުން ބައްޓަން ކުރާނީ!” މައިރާގެ އަޑު ބާރުވެގެން ދިޔުމުން އަޝްވާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
“ރީމް! ރުޅި ނާދެބަލަ..” އިތުރަށް އެއްޗެއް ކުރިން އަޝްވާ ރީމްގެ ބަސްމަގު ހުރި ގޮތާއި މެދު ވިސްނާލިއެވެ. ރީމް އަކީ ރުޅި އަޔަސް “ކަލޭ” ގެ ލަފުޒު ބޭނުން ކުރާ ކުއްޖެއް ނޫނެވެ. އަދި ފަހުން އެ ބުނި ޖުމްލައިގެ މާނައަކީ ކޮބައި ހެއްޔެވެ؟
“މޮޔަ އަޝްވާ!!! އަހަރެން މީ ރީމް އެއް ނޫނޭ.. އަހަރެންގެ ނަމަކީ މައިރާ… ރީމްގެ ޓްވިންސް..ތިން ފަހަރެއްގެ މަތިން ބައްދަލުވެސް ވެއްޖެ” މޭޒުމަތީ ބާރަށް ދެ އަތް ވިއްދާލަމުން ނުލަފާ ހިނިތުންވުމަކާއި އެކީ މައިރާ ބުނެލިއެވެ.
“މައިރާ އޭ!” ކާއިން އެނަން ބުނި ހަނދާން އަޝްވާގެ ހިޔާލަށް އައެވެ. އެހެންނަމަވެސް އެއީ ކާކުކަމެއް ނުބުނެއެވެ.
“އާން މައިރާ!! އަހަރެން އުޅުނީ ކާއިންއަށް ދެރަ ދޭން އޭނަގެ ބައްޕަ މަރާލަން.. އެކަމަކު އެކަން ވާކަށް ނެތެއްނު.. ދެން އޭނަ އެއްމެ ލޯބިވަނީ ކަލޭ ދެކެ… ” އެހެން ބުނެލުމަށްފަހު މައިރާ އޭނާ ޖީބުން ފަތް ޖަހާފައި އޮތް ވަޅި އެއް ނަގައި އަޝްވާއަށް ދައްކާލިއެވެ.
ވަޅި ފެނުމާއި އެކު އަޝްވާގެ ހިތް ހުއްޓިގެން ނުދިޔައީ ކިރިއާއެވެ. އަވަސް އަވަހަށް ފަހަތަށް ޖެހިލާން އުޅުނަސް މާ ދުރަކަށް ނުދެވުނެވެ. ފަހަތުގައި ހުރި ފާރު އޭނާގެ ހުރަހަކަށް ވިއެވެ.
“ތިހާ ހާސްނުވޭ އަދި.. ކާއިން ކުރިމަތީ ނޫނީ ކަލެއަށް ގެއްލުމެއް ނުދޭނަން… ” ހީލަމުން އަޝްވާ އާއި ދިމާލަށް އެހެން ބުނެލުމަށް ފަހު އަޝްވާގެ ލޭންޑު ލައިނުން މައިރާ ކާއިންއަށް ގުޅައި ވަރަށް އަވަހަށް އެތަނަށް އައުމަށް އެދުނެވެ. މައިރާ ވާހަކަ ދެއްކީ ރީމްގެ ނަން ބޭނުން ކޮށްގެންނެވެ.
އޮފީހުން ނިކުމެގެން އުޅޭ ހޮޓަލަށް ދިޔަ ކާއިންއަށް ނުވަދެވެނީސް ރީމްގެ ފޯނެއް އައެވެ.
“ބޭބޭ! ވަރަށް އަވަހަށް އަޝްވާގެ ކެބިންއަށް އާދެބަލަ.. ހަނާ ވަޅިއެއް…” އެހިސާބަށް ބުނެލުމަށްފަހު ފޯނު ކެނޑުނެވެ. ކާއިންގެ ހާސްކަން އިންތިހާއަށް ދިޔައެވެ. އަވަސް އަވަހަށް ޓެކްސީއެއްގައި އޮފީހަށް އައިސް ދުވެލާފައި ގޮސް އަޝްވާގެ ކެބިންގެ ދޮރުގައި ހިފާލިއެވެ.
“ރީމް ދޮރު ހުޅުވާލަބަ” ކެބިންގެ ދޮރުގައި ހުރީ ތަޅުލާފައި ކަމުން ކާއިން ބާރަށް ތަޅައިގަތެވެ. އެވަގުތު ކާއިންގެ ހާސްކަން ވަނީ އިންތިހާއަށް ގޮސްފައެވެ.
“ބޭބޭ!” ދޮރު ހުޅުވާލުމަށްފަހު މައިރާ ބުނެލިއެވެ.
“ކަލޭ ކީއްކުރަން މިތަނަށް އައިސްގެން ތި އުޅެނީ” މައިރާ ފެނުމާއި އެކު ކާއިންއަށް އެއީ ރީމް ނޫންކަން އެނގުނެވެ.
“އަހަރެން މިއައީ ބޭބެއަށް ސަޕްރައިސްއެއް ދޭންށޭ” އެހެން ބުނެލަމުން މައިރާ ގޮސް ހުއްޓިލީ ދެފައި ގޮނޑިއާއި އެއްކޮށް ބަދެފައިވާ އަޝްވާގެ ފަހަތުގައެވެ.
“މައިރާ ކީއްކުރަން ތި އުޅެނީ؟” ކާއިން ހާސްވެފައި އަހާލިއެވެ.
“އަހަންނަށް ލިބުނު ދެރައާއި ބަލާއިރު މާ ބޮޑުކަމެއް ކޮށްލާކަށް ނޫން” އެހެން ބުނެލަމުން މައިރާ އަޝްވާގެ ކަރު ބުޑުގައި ވަޅި ޖައްސާލިއެވެ.
“އަހަރެން މައިރާ ބުނާ ކޮންމެ ކަމެއް ވެސް ކޮށްފާނަން… އެކަމަކު އަޝްވާއަށް ދެރައެއް ނުދީ… އާދޭސްކުރަން” އެހާ އަވަހަށް ކާއިންގެ މޫނުމަތި އޮތްދާތަކުން ފުރާލިއެވެ.
“ނުވާނެ ތިކަމެއް…” އެހެން ބުނެލަމުން މައިރާ ހީގަތެވެ. އެޔާއި އެކު އަޝްވާއަށް ރޮވެން ފެށުނެވެ.
“ކާއިން… އަހަރެން ސަލާމަތްކޮށްދީ” ރޮމުން ދިޔަ އަޝްވާ ބުނި އަޝްވާ ބުނި އެއްޗެއް ކާއިންއަށް ފަހުމް ވީ ކިރިއާއެވެ.
“އަޝްވާ އެއްވެސް ގެއްލުމެއް ނުދީ… އޭގެ ބަދަލުގައި މައިރާ ދޭން ބޭނުންވާ އަނިޔާއެއް އަހަންނަށް ދީ.. އެއީ އަހަރެން މަރާލުން ކަމަށް ވިޔަސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް!” އަޝްވާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ފެނި ކާއިންއަށް ރޮވެން ފެށުނެވެ.
“އަހަރެން އެހާ މޮޔައެއް ނޫނޭ ބޭބޭ!! އަހަރެން ބޭނުމީ ބޭބެއަށް ހިތާމައަކީ ކޯއްޗެއް ކަން އަންގައިދޭން.. އަހަރެން ބޭބެ މަރާލައިފި ނަމަ ބޭބެއަށް އެއްވެސް އިހުސާސެއް ނުވާނެއެއްނު. އެކަމަކު ދިރި ހުއްޓައި އަނިޔާ ދިނުމުން އޭގެ އަސަރު މުޅި އުމުރަށް ވެސް ކުރާނެ!” މައިރާގެ ހިތުގައި އެއްވެސް ރަހުމެއް ނުވާ ކަހަލައެވެ.
“ކާއިން!!! ” ގިސްލަ ގިސްލާފައި އަޝްވާ ގޮވައިގަތެވެ. އޭރު ހިތް މަރަށް ތެޅެމުންދާ ރޯ މަހެއްހެން ތެޅެމުން ދެއެވެ.
“ދޫންޏާ ހާސްނުވޭ ! އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ” ކާއިން ލޯބިން ބުނެލިއެވެ. އެހެންނަމަވެސް މި ހިނދުކޮޅުގައި އަޝްވާ ބޭނުމީ އެޔެއް ނޫނެވެ. ބޭނުމީ މި އަނިޔާވެރިކަމުން ސަލާމަތްވާނެ ގޮތެކެވެ.
ކާއިން އެހެން ބުނުމުން މައިރާގެ ހިތަށް އަނިޔާވެރި ހިޔާލެއް އައެވެ. މައިރާ އަޝްވާ އޭނައާއި ދިމާލަށް އަބުރާ ލުމަށްފަހު އަޝްވާގެ އަތުގައި އޭނާ އަތުގައި އޮތް ވަޅިން ބީހިލިއެވެ. އަދި ކާއިންއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރަމުން އަޝްވާގެ އަތުގައި މަޑުމަޑުން ވަޅިން ރޮނގެއް އަޅާލިއެވެ. އެޔާއި އެކު އަޝްވާގެ އަތުން ލޭ ފައިބާން ފެއްޓިއެވެ.
ކާއިން މި އޮތް އިރު ކެތްކޮށްގެން ހުރީ އޭނާ އިސްވެ ކަމެއް ކޮށްފިނަމަ މައިރާ އަޝްވާ މަރާލާނެ ކަމުގެ ބިރަށެވެ. އެހެންނަމަވެސް އަޝްވާގެ އަތުން ލޭގެ ރަތް ކުލަ ފެނުމާއި އެކު އޭނާގެ ކެތްތެރިކަން ކޮޅުން ލިއެވެ. ރުޅިއައިސް ދެލޯ ބޮޑުކޮށްގެން ހުރެ މޭޒުމަތީގައި އެވޯޑު ތައްޓެއް ނަގައި މައިރާއާއި ދިމާލަށް އެއްލާލިއެވެ. އެ އެއްލާލި ބާރު މިނުގައި ގޮސް ޖެހުނީ މައިރާގެ މޫނު މަތީގައެވެ. އެވޯޑު ތަށީގެ ކޮޅު ހުންނަނީ ތޫނުކޮށް ކަމުން މައިރާގެ މޫނުގައި އެ ޖެހުމާއި އެކު މޫނުގެ ހަންގަނޑަށް ވަދެ ލޭ އަންނަން ފެށިއެވެ.
ކާއިން އެފަދަ ކުއްލި ކަމެއް ކޮށްލުމުން މައިރާގެ ގާތަށް އިތުރަށް ރުޅި އައެވެ. އެހެންކަމުން އަވަސް އަވަހަށް އަޝްވާގެ މޫނަށް ވަޅި ހަރާލަން ދިއްކޮށްލިއެވެ.
އަޝްވާއާއި ދިމާލަށް ވަޅި ދިއްކޮށްލުމާއި އެކު ކާއިން އަވަސް އަވަހަށް މޭޒުމަތިން ފުންމާލައި މައިރާގެ ބަނޑުގައި ޖަހާލިއެވެ. އެޔަށް ވެސް ކެތްކޮށްގެން ހުރި މައިރާ އަޝްވާއާއި ދިމާލަށް ވަޅި އެއްލައިލީ އަތު ޖެހޭ ހިސާބުގައި ނެތް ނަމަވެސް އަޝްވާއަށް ގެއްލުމެއް ދެވޭނެ ކަމުގެ އުއްމީދެއް އޮތުމުންނެވެ. މައިރާ އެއްލާލި ވަޅި އަމާޒުކޮށްލީ އަޝްވާގެ މެޔާއި ބަނޑާއި ދިމާލަށް ވިޔަސް އަޝްވާ ފުރޮޅުލީ ގޮނޑު އަބުރާލުމާއި އެކު ވަޅި ގޮސް ޖެހުނީ އަޝްވާގެ ކޮނޑުގައެވެ.
ބަނޑަށް އަރައިގަތް ތަދާއި އެކު މައިރާ ބިން މައްޗަށް ވެއްޓުނެވެ. ކާއިން އަޝްވާ އަށާއި މައިރާއަށް ބަލާލިއެވެ. މައިރާ ހިފަހައްޓަން ބޭނުން ވިޔަސް އަޝްވާގެ ކޮނޑުން އަންނަ ލޭ ފެނި ކާއިން އަވަސް އަވަހަށް އަޝްވާގެ ކޮނޑުގައި ބާރަށް ހިފަހައްޓައި ލޭ މަނާ ކުރެވޭތޯ އުޅުނެވެ. އަދި ގާތުގައި ބިން މައްޗަށް ވެއްޓިފައި އޮތް މައިރާގެ ގައި މައްޗަށް ފައިން އަރައި އިތުރު ކަމެއް ކުރުމަށް ފުރުސަތު ކުޑަ ކުރިއެވެ. މައިރާ އެތައް ފަހަރެއްގެ މަތިން ކާއިންގެ ފައިގައި ހިފައި، ވިކައި، ދަތް އަޅައި ފައި ދުރުކުރަން އުޅުނެވެ. އެހެންނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ.
“ކާއިން، ގެނޭ އަހަރެން އަތަށް… ކާއިން މައިރާ ހިފަހައްޓާ” އަޝްވާ ކާއިންގެ އަތް ދުރުކޮށް އަމިއްލައަށް ލޭ މަނާ ކުރެވޭ ތޯ ކޮނޑުގައި ހިފާލިއެވެ.
“ނޫން!!… އަޝްވާ އަވަހަށް ޕޮލިހަށް ގުޅާ. އަވަސް ކުރޭ..” ކާއިން އަޝްވާގެ ކޮނޑުން ދޫކޮށްލަން ބޭނުން ނުވިއެވެ. އަޝްވާ އަކީ ބަލި ކުއްޖެއްކަން އެނގޭތީ ލޭ މަދުވެ މީހާ ހޭނެތިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އަޝްވާ ފޯނު ނަގައި ޕޮލިހަށް ގުޅާލިއެވެ. އަދި ވީހާވެސް އަވަހަކަށް އެތަނަށް އައުމަށް އެދުނެވެ.
ފާއިތުވީ ދިހަ ވަރަކަށް މިނެޓެވެ. މުޅި ކެބިން ފުލުސް އޮފިސަރުންނާއިގެން ފުރާލިއެވެ. މި ކަންތަކުގައި ކުރިން ބަޑި ވެސް ބޭނުން ކޮށްފައިވާތީ އެމީހުން އެތަނަށް އައީ ބަޑިއާއި އަދިވެސް އެހެން އެއްޗެހި ހިފައިގެންނެވެ.
އެއްބައި ފުލުހުން މައިރާ ހައްޔަރުކޮށް ބިޑި އަޅުވައިގެން ދިޔައިރު ދެން ތިބި ފުލުހުން އަވަސްވެގަތީ އަޝްވާއަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމަށެވެ.
އަޝްވާ އަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދެވުނުކަން އެނގި ގޭގެ އެހެން އެއްމެން ހޮސްޕިޓަލަށް ޖަމާވިއެވެ. އެއްމެންގެ މޫނު މަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމެވެ.
ކާއިން ވީ ގޮތް ކިޔާ ދިނުމުން އަސްރާރުގެ ރުޅި ގަނޑު މަތަނުކުރެވުނެވެ. އޭނާ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅަށް ކާއިންގެ މައްސަލައަކާއި ހެދި ގެއްލުމެއް ލިބުނީތީ ކާއިންއާއި ދިމާލަށް ހަޅޭތްލެވިއެވެ. އަސްރާރު ހުއްޓުވުމަށް ހަފީޒާއާއި ޝައިމް އެތައް ނަސޭހަތެއް ދިނެވެ.
އަޝްވިންގެ ފޯނު ދިމާވި މައްސަލައަކާއި ގުޅިގެން ހަލާކުވެ ހުޅުވޭ ގޮތް ނުވުމުން އޭނާއަށް އަޝްވާއާއި ބެހޭ އެއްވެސް މައުލޫމާތެއް ނުލިބެއެވެ.
މެންދުރުގެ ވަގުތު ކަމުން އަޝްވިން ދިޔައީ އީޝް ބަލާ ސްކޫލް ދޮށަށެވެ. މިއަދު ތަންކޮޅެއް އަވަހަށް ކުދިން ނެރުނު ދުވަހެއް ކަމުން އަޝްވިންއަށް އެތަނަށް ދެވުނު އިރު ލިއުޝާ އީޝް ގޮވައިގެން ސުކޫލް ތެރޭގައި ހުއްޓެވެ.
“ލިއުޝާ! ކީއްކުރަން މިތަނަށް އައިސްގެން ތި އުޅެނީ؟” ބާރު ހިނގުމެއްގައި ގޮސް ލިއުޝާ ކައިރިއަށް ހުއްޓިލަމުން އަޝްވިން އަހާލިއެވެ.
“އަހަރެން މިއައީ އީޝް ބަލާ! އަޝްވިން ވެސް ބޭނުމީ އެ ގޮތެއް ނޫންތަ؟” ލިއުޝާ ބުނެލިއެވެ.
ލިއުޝާ އެހެން ބުނުމުން އަޝްވިން ލިއުޝާގެ އަތުގައި ހިފައި އެވަގުތު ހުސްކޮށް ހުރި ކްލާސް ރޫމަކަށް ވަނެވެ.
“ބައްޕާ! ކޮއްކޮ މިއުޅެނީ މަންމައާއި އެކީ ދާން!” ލިއުޝާގެ އަތުގައި ހިފަހައްޓައިގެން ހުރި އީޝް އަޝްވިންއަށް ބަލާލަމުން ބުނެލިއެވެ.
“ލިއުޝާ! ކީޢްވެ؟ ލިއުޝާއަށް ނޭނގެނީތަ އަހަރެން އީޝް ދެކެ ލޯބިވާ ވަރު..” އާދޭހުގެ ރާގަކަށް އަޝްވިން ބުނެލިއެވެ.
“އަހަރެން ވެސް އީޝް ދެކެ ލޯބިވަން. އަޝްވިންހެން އަހަރެން ވެސް ބޭނުން އީޝް އަބަދުވެސް އަހަރެން ކައިރީ ބަހައްޓަން.. އެކަމަކު އަޝްވިން އަހަންނަށް އެ ފުރުސަތު ނުދެމެއްނު… އެހެންވީމަ އަހަރެން މިހެން މި ކަންތައް ކުރަނީ.. ދެން ވެސް ގޮތް ދޫކޮށް އަހަންނަށް އީޝް އެއްކޮށް ދީ..” ލައުޝާ ބުނެލިއެވެ.
“ނޫން! އީޝް ބޭނުމީ އަބަދު ބައްޕަ ކައިރީ ހުންނަން.. މަންމަ ކައިރިއަށް ދާނީ މަދުން” އަޝްވިންއަށް ރައްދެއް ނުދެވެނީސް އީޝް އޭނާ ބޭނުންވާ ގޮތް ބުނެލިއެވެ.
“އީޝްއަކީ ކުޑަ ކުއްޖެއް.. އޭނައަކަށް ނުވިސްނޭނެ.. ” ލިއުޝާ އީޝްއަށް ބަލާލަމުން ބުނެލިއެވެ.
“ކުޑަ ކުއްޖަކަސް އީޝްއަށް ވެސް ވިސްނޭތީ އޭނަ އެހެން އެބުނީ.. ލިއުޝާއަށް ބާރު ލިބިފައި އޮތަކަސް ތިހެން ކަންތައް ވިޔަ ނުދޭނަން” އެހެން ބުނެލަމުން އަޝްވިން އީޝްގެ އަތުގައި ހިފައި އޭނާ ކައިރިއަށް ގެނައެވެ.
“އީޝް އާދޭ މަންމަ ކައިރިއަށް…މަންމަ އީޝް ދެކެ ވަރަށް ލޯބިވޭ!” އީޝްގެ އަތުގައި ބާރަށް ހިފައި އޭނާއާއި ދިމާލަށް ދަމައިގަންނަމުން ލިއުޝާ ބުނެލިއެވެ. ލިއުޝާ ދަމައިގަތް ބާރުކަމުން އީޝް ގޮސް ޖެހުނީ ބިންމަތީގައެވެ.
“މަންމާ، އީޝްއަށް ތަދުވޭ!” ލިއުޝާއާއި ދިމާލަށް ބަލާލަމުން އީޝް ބުނެލިއެވެ.
“ހިނގާ ދާން.. ބައްޕައަކަށް ނުވިސްނޭނެ..ބައްޕައާއި އެއްވަރަށް މަންމަ ވެސް އީޝް ބޭނުން” ލިއުޝާ އީޝް ބިންމަތިން ނަގައި އަތުގައި ބާރަށް ހިފައި ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ.
“ނޫން!! އީޝް ބޭނުމީ ބައްޕަ ކައިރީ ހުންނަން.. ބައްޕާ އާދޭ އީޝް ބަލާ” އީޝްގެ ދެ ލޯ ކަރުނުން ފުރުނެވެ. ލޯތްބާއި އަނިޔާ ވަކި ކުރަން އެ ތުއްތު ފުރާނައަށް ވެސް އެގުނެވެ.
“ހަނދާން ކުރާތި! އީޝް އަހަންނާއި ދުރަށް ގެންދަން ނޫޅޭތި… އެހެންނޫންނަމަ ތި ހިންދުގެ އަގު ވައްޓާލާނަން” އަޝްވިން އީޝް ކައިރިއަށް އަންނަން އުޅުމުން ލިއުޝާ އަޝްވިންއަށް ހުރަސް އަޅަމުން ބުނެލިއެވެ.
އަޝްވިންއަށް ހަދާނެ ގޮތް ހުސްވިއެވެ. އެއް ކޮޅުގައި އެހެރީ އޭނާ ލޯބިވާ އަބިމީހާއެވެ. އަނެއް ކޮޅުގައި އެހެރީ އޭނާގެ ދެ ލޮލުގެ ނޫރެވެ. އީޝް ހޯދަން އުޅެފި ނަމަ ލިއުޝާ ދޮގު މައުލޫމާތު ފަތުރައި ހިންދުގެ އަގު ވައްޓާލާނެއެވެ. ހިންދުގެ އަބުރަށް ރައްކާތެރިވާން ބޭނުން ނަމަ އޭނާއަށް އެގެއްލީ އީޝްއެވެ.
އަޝްވިން އީޝް ކައިރިއަށް ތިރިވެލިއެވެ. އަދި ލޯބިން އީޝްގެ މޫނުގައި ފިރުމާލިއެވެ.
“ދަރިފުޅު އިހަށް ދޭ މަންމަ އާއި އެއްކޮށް.. ބައްޕަ ދަރިފުޅު ބަލާ ވަރަށް އަވަހަށް އަންނާނަން އިނގޭ.. ބައްޕަ ކޮންމެ ދުވަހަކުވެސް ދަރިފުޅަށް ގުޅާނަން.. ބައްޕަ އަބަދުވެސް ދަރިފުޅުގެ ދެކެ ލޯބިވާނަން… ތީ ބައްޕަގެ ރަންދޫނި.. ” އަޝްވިން އަށް ރޮވެން އެއްމެ ސިކުންތެއް ވެސް ނުނަގައެވެ.
“ބައްޕާ! އީޝް ބޭނުމީ ބައްޕަ” އަޝްވިން ރޯތަން ފެނި އީޝްއަށް ވެސް ރޮވެން ފެށުނެވެ. ފަސްޖެހުމެއް ނެތި އީޝް އަވަސް އަވަހަށް އަޝްވިންގެ ގައިގައި ބާރަށް ބައްދައިގަތެވެ.
“ދޫންޏާ،، ބައްޕައަށް އެނގޭ ތިކަން.. އެނގޭ ދަރިފުޅު ބައްޕަ ދެކެ ވަރަށް ބޮޑަށް ލޯބިވާކަން .. އެކަމަކު ދޫންޏާ ބައްޕައަށް މި ނޫން ގޮތެއް ނެތޭ… ” އަޝްވިން އެތައް ވާހަކައެއް ދައްކަން ބޭނުން ވިއެވެ. އެހެންނަމަވެސް އަޑު ބެދިގެން ދިޔައީ ހިތުގައިވާ ވޭނުގެ އަސަރު މާ ބޮޑުވުމުންނެވެ.
“ބައްޕަ އީޝް ދެކެ ލޯބި ނުވަ ނީތަ؟ އީޝް ބަސްނާހާތީ ބައްޕަ އީޝް ދެކެ ރުޅި އައީ ތަ؟ ބައްޕާ! އީޝް ދެން ވަރަށް ބޮޑުކޮށް ބަސްއަހާނަމޭ.. ބައްޕަ ބުނާ ހުރިހާ ކަމެއް އީޝް ކުރާނަން.. ދުވަހަކުވެސް ބައްޕަ ދެރަ ނުކުރާނަން.. އީޝް ވަރަށް ބޮޑުކޮށް ބައްޕަ ދެކެ ލޯބިވޭ” އީޝްގެ މައުސޫމް ދެ ލޮލުން ކަރުނަ އޮއްސާލިއެވެ. އަދި އެހަށިގަނޑުގައި ތުރުތުރު އަޅަން ފެށިއެވެ.
“ނޫނޭ ރަންކޮޅާ! އީޝް ތީ އެއްމެ އެއްމެ ރަގަޅު ދަރިފުޅު.. ދަރިފުޅު ބައްޕައަށް އިތުބާރު ކުރޭ! ބައްޕަ ދުވަހަކު ވެސް ދަރިފުޅަށް ދެރައެއް ލިބެން ނޭދެން.. އެކަމަކު ބައްޕަ އެބަ ޖެހޭ މިކަން ކުރަން.. ” އަޝްވިން އީޝްއަށް ވިސްނައިދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟
“ބައްޕާ.. އީޝް ބޮޑުކޮށް ދެރަވާނެ ބައްޕަ އީޝް…” އީޝްގެ އަޑު ބެދުނެވެ. ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. ލޯބިވާ ބައްޕައަށް އޭނާގެ އިހުސާސްތައް ނޭނގެނީ ހެއްޔެވެ؟
އަޝްވިން ލިއުޝާ ގޮވައިގެން އެތަނަށް ދިޔަތަން ފެނި އެ މަންޒަރު ބަލަން ހިންދު އެތަނަށް ދިޔައެވެ. ދުރުގައި މިވަމުންދާ ކަންތައް ބަލަން ހުންނަން ހިންދުއަށް ކެތްނުކުރެވުނެވެ. ބާރު ހިނގުމެއްގައި ގޮސް ލިއުޝާގެ ކުރި މައްޗަށް އަރައި އަތުގައި ހުރި ބާރެއް ލާފައި ލިއުޝާގެ މޫނު މަތީގައި ޖަހާލިއެވެ.
“ހަނދާން ކުރާތި! އަހަރެން މަރުވާން ޖެހުނަސް އީޝްއަށް ދެރައެއް ލިބޭތަން ދެކެން އަހަންނަށް ކުޅަދާނައެއް ނުވާނެ.. އަހަންނަށް ހެޔޮ ދުނިޔޭގެ އެއްމެން އަހަންނާއ ދެކޮޅަށް ތެދުވިޔަސް އަހަރެން އީޝް އޭނާގެ ލޯބިވާ ބައްޕައާއި ދުރުކުރުވަން އެއްވެސް ކަމެއް ކުރުމަށް ފަސްނުޖެހޭނަން” އައި ރުޅިއާއި އެއްކޮށް ހިންދު ލިއުޝާއާއި ދިމާލަށް ހަޅޭތް ލަވައިގަތެވެ.
ހިންދުގެ އަޑުއިވުމާއި އެކީ އަޝްވިން އީޝްގެ ގައިން ދޫކޮށްލުމަށްފަހު ހިންދުއަށް ބަލާލިއެވެ.
“ހިންދު… ތިހެން ނުބުނޭ! އަހަންނަށް އީޝް ފަހުން ވެސް ލިބިދާނެ.. އެކަމަކު..”
“އެކަމަކު ކިޔާނެ ކަމެއް ނެތް.. ދޮގު ހަދާ މީހުން ދޮގު ހަދައި މަކަރު ހަދައިގެން އުޅެފާނެ.. އެމީހުންނަށް އޭގެ ޖަޒާ ކޮންމެވެސް ދުވަހަކުން ލިބޭނެ.. އެކަމަކު އެމީހުންނާއި ހެދި އަހަރަމެން ނުޖެހޭނެ އަހަރެންމެންގެ އުފާތައް ގުރުބާން ކޮށްލަން.. މުޅި ދުނިޔެއިން ވެސް އަހަރެން ބޭނުމީ އަޝްވިންގެ އިތުބާރު.. އެ އިތުބާރު އަހަންނަށް އޮތްހާ ހިނދަކު އަހަންނަށް އުފަލުގައި އުޅެވިދާނެ… ” އަޝްވިން އޭނާ އަށްޓަކައި އެފަދަ ކަމެއް ކުރަން ތައްޔާރަށް ހުރީތީ ހިންދުގެ ހިތުގައި އަޝްވިންއަށްޓަކައިވީ ހުރިހާ ޝަކުވާތައް އެއްފަހަރާ ފުހެވިގެން ދިޔަ ކަހަލައެވެ.
ހޮސްޕިޓަލުގެ އެދުގައި އޮތް އަޝްވާއަށް ބަލަހައްޓައިގެން ކާއިން ދުރުގައި ހުއްޓެވެ. އަސްރާރު ހުރީތީ އަޝްވާއާއި ވާހަކަ ދައްކާލަން ވެސް ނުކެރިފައެވެ.
“ދަރިފުޅާ! ބައްޕަ ހާސްވެގެން ހިތް ނުހުއްޓުނީ ހަމަ ކިރިއާ! ” އަޝްވާގެ ބޮލުގައި ފިރުމާލަމުން އަސްރާރު ބުނެލިއެވެ.
“ބައްޕަގެ ހިތް ހުއްޓެއްޖެއްޔާ އަޅުގަނޑަށް ވާނީ ކިހިނެތް؟” ހިނިތުންވެލައި އަސްރާރުގެ ކޮނޑުގައި ބޯ އަޅާލަމުން އަޝްވާ ބުނެލިއެވެ.
” ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅު ދެކެ.. ބައްޕަ މިހިރީ ދަރިފުޅުގެ ސަލާމަތަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް … އެހެންވެ ބައްޕަ ވަރަށް ބޮޑު ނިންމުމެއް ނިންމައިފިން” އެވީ ކުޑަ ވަގުތު ކޮޅުގައި އަސްރާރު އެހާ އަވަހަށް ގޮތެއް ނިއްމައިފިއެވެ.
“ކޮން ގޮތެއް ތޯ؟” ބައްޕަ އޭނާއަށްޓަކައި ގޯސް ނިންމުމެއް ނުނިންމާނެކަން އެނގި އަޝްވާ އަހާލިއެވެ.
“ބައްޕަ މިއައީ މިއުވާން އާއި ވާހަކަ ދައްކާލާފަ.. ބައްޕަ ބުނެފިން މިއުވާން ދަރިފުޅާއި ކައިވެނިކޮށްގެން ރާއްޖެއިން ބޭރަށް ބަދަލުވާ ނަމަ ބައްޕަ ބޭނުމޭ ދެ ކުދިން ވީހާވެސް އަވަހަކަށް ކައިވެނި ކުރަން.. އަދި ބައްޕަ ބުނިން އަޝްވާ ވެސް ބައްޕަގެ ހިޔާލާއި ދެކޮޅު ނުވާނޭ.. ” އަސްރާރު އެހެން ބުނެލުމާއި އެކު ކާއިންގެ ހިތުގެ ވިންދު ހުއްޓުނު ކަހަލައެވެ.
“ބައްޕާ! ކައިވެންޏަކީ ތިހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނޭ!.. އެހެންނޫނަސް ވަކި ކަމަކަށް ޝަރުތުކޮށް އަޅުގަނޑު ބޭނުމެއް ނޫން މީހަކާއި އިންނަން” އަސްރާރު އަށް ވިސްނައިދެމުން އަޝްވާ ބުނެލިއެވެ.
“އަޝްވާ! އެ ޝަރުތު ނެތަސް މިއުވާން އެހެރީ އަޝްވާއާއި ކައިވެނި ކުރަން ތައްޔާރަށޭ.. އެހެންވީމަ މިކަމާ ދެކޮޅު ނުހަދާ!” އަޝްވާގެ އަތުގައި ހިފަމުން އަސްރާރު ބުނެލިއެވެ.
އަޝްވާ ބަލައިލީ ދުރުގައި ހުރި ކާއިން އަށެވެ. އަދި ހިނިތުންވެލުމަށްފަހު އަސްރާރު އަށް ބަލައި “ލައްބަ” އޭ ބުނެލިއެވެ.
64 Comments
Comments are closed.
❤
??
Konireh balabala ihnathaa v v nice stry egey
Thanku pinky ?
49 tha vana part.. busy koh ulheythy kurin partah reply nukurevuny. So sorry guys.. in sha Allah mivaguthu hurihaa kudhinge comments thakah reply kuran miulheny. And thanku all ????
Comment what you think abt the story. There are so many mixed feelings.. much love.
Thanks meroon haadha rangalhey ❤❤❤❤?????? v ufaavey Avahah up kuraathee ??????
Thanku axy. Thihaa support dhey kudhin ulheya abadhuves story up kuraanan ???
alheyy nooo ashwa n kaain gulhuvaba plxxxx. … shanum n reem gulhuvabaa ????stry is awsm Masha Allah ????? ily tvvvgc????
Thanku nyn ??
Midhaa gothun heeveytha ashwa kaain ah maaf kuraane hen.. dhn ehery reem . Ei ves gothuga hifahattaa myheh. Love u too .. tc
Maroon hama kokko rohvvaalanee thi?..wowowoowow maasha allah thii hama best…whn nxt oart❤
Thanku kokko. Maadhan thankolheh avaha story up kureveythe balaanan ngey. ??
Kokko ah rovenyaa maroon dhera vaane ey.
Varah reethi…..alheyyy ashwaa and kaain dhuru nukureyyy…………………liusha haadha nubaey…..love the story ❤?
Thanku maikko ??
Do you think ashwa will forgive him ? Dhuvahakuves ehaa varah ashwa rulhi eh naadhey. I think she will stand up for herself like hind loves
Alheyyy ashwa aa miuvaan aa nugulhuvaa. Kaain ah ehen nuhadhaa. Ashwa ah kaain dheee
Thanku dear ??
Kaain ehen hedhumun ashwa ehen e hedhy.. hope he can correct his own mistake
Wow shann ge loabivaa maroo story up kohly dhw… Thanks a lot… Aaadhey jaburoal n babukeyo kaan maroo… Alhe haadha dheravaa gothekey mivany mihaaru… Hurihai kudhin dheravegn ulhey iruves hama hyvany aslah e manzaru thah lolah fennahen… Maroo haadha haadha molhey sifakohdheyn… Masha Allah… Story ga sifakohdhinumuga thivareh nethey hama abadhuves buneveyny…?????… Maroo ge khonme story eh hama ehves foohikameh nethi abadhuves kiyaaleveyne… Haadha ryhchey basthah beynunkohfa hunnalehves… N jumlathah athuraalaafa hunnagoehves hama ehvanaey buneveyny… Thy hama abadhuves number one ey bunelan jeheyny… V v v v ves molhu…?????… Luv n Miss u bodukoh…????????????
? haadha ufaa vejje shann ??
Babukeyo is my fav dear. Avahah buney dhaanvy thaneh. Eyrun dhaanan ?
Mihaaru mihiry hama hurihaa dhatheh dhakkaige hinithun velaigen.. thihaa support dheythy vvv happpy vey. Much love tc miss you sweet heart ??
Wow varah reethi
Thanku dear ??
Miruvaan ah Ashvaa nudhy
Kon kujjakah dheyn vy??
Maroooo????hama aslah vx rovijje.. mal ge kaain rovaalyma maroo ah adhabudeynan…maadhan vaane en happy kohla dheyn…?
ey nuroi dhoonya… maroon ge ves kaain ey ei.. ekam kaain ves goas koh dhw kanthah kuree.. he needs to learn a lesson.. adhabu dheyn shey…. heheheh… thihaa dhuruga huregen kon adhabeh dheveyny… avahah aadhey mikolhah…much love dear… miss you so much
Konthaaku Kon oon ulheny… Eyrunnu ingeynee dhaanves
Miulheny henveiruga ?
Kon iraku next part.varah reethi mivaahaka
Thanku dear ??
???????????
Vvvv reethi story ashvaa kaaina plx
Thanku dear. Kaain ah visnuvadhybala thi kudhin kudhin..boaharu kamun meehaku ehchekey bunyas gabool nukuraane ???
Vvvvv reethi mi part ves…. Aslah rovijje…. Ashwa and kaain dhuru nukurey plx maroon….. Kaain vvvvvv dheravaane ashwa ehn meehakaa marry kuryma plxx dnt do that maroon plxx…. Plxxx kaain norohvaa plx maroon waiting for the next part…. Hope maroon dhen ithurah kaain dhera nukuraane kamah plx kaain nd ashwa gulhuvaa plxx maroon??
Oh isha…v dhera ve ufaaves vejje comment kiyaalaafa.. maroon alhe keekeytha bunanvy thiah..kaain ehen hedhumun dhw ashwa innan ebbas evy. He shud have trusted her. Ekam ashwa ei meehunge ihusaasathah dhanna kujje. Hope she understands kaain ge love.. loves ??
Ey adhi ebothey suvaaleh….. Mi mairaa mee kaakuge kairy boduvi meehehtha????
E suvaaluthakuge javaabu dhemun dhaanan ngey ??
oh no.. kaain ah vaanii kihineh baa.. dhen ves buney avahah.. maroon hama hiyy thalhuvaalaifi eyy dhww.. vaahaka varah reethi.. kaain loabi vaakan proof kohdheynii marry kuran hurihaa kameh hama jehuneema kanneyge.. kaain ves dhen ulhey gotheh.. mihaaru ashwa ah proof kohdheyn vejje ehnu.. ashwin men okeii veema varah salhi.. alhe reem aa shanum ves avahah okeii vaanama dhw.. reem and shanum ge couple ah mihaaru emme like vanii.. hehehe.. story hama obi varah.. varah hiyy thalhuvaalaafa ey maroon adhi nimmaalaafa ves mii nii.. lots of love maroon..
M sure he will be heartbroken… ekam ashwa ves v keiy koffi dhw. She needs someone who is going to love her and take care of her.ekam hope mikurany kaain love prove kohdheyn kommeves kameh namaves kuraane kmah..ashwin and hind dhw.. hehe m glad too dear..much love ??
Ashvaa dhy shanum ah.
Oh ??
A’lhy maroon kaain???? ???ah thihen nuhadhaa pls pls reem n shanum ashva n kaain?? mi liusha vex mee fisaari anheneky dhow v foohivy ???
Thanku zaaraa ?
Kaain ashaai ashwa ah visneyne nama dhw..hehhe keehkuraany dhuniyega ekahala meehunves ulhey ?
Alhey dhoonigandaa kaain ah thihen nuhadhaa dhen Ehennoonas emiuvaan akaa ashwa nuves gulhey nudheythi esorah dhen Hurihaa Kudhin ufaa kohla bala vaahaka varah reethi keep it up maroon
Thanku dear.. ? thihaa loabin govaalyma nuves kereyne kaain dhera kollanves… but kaain eba jehey ashwa kairin maafah edhen. Ehen noony ashwa hiyaalu badhalu nukuraane ? loves tc
Alhey roe roe karuna husvaane mi story nimen vaa irah..ehaa ves hama asaru gadha story eh mi…hyvanee hama on screen film eh balaaleveyhen..ehaa ves furihama…adhi kudhin kudhin ge happy life othy ey dhw kuriah..no worries…????story kuriah dhaa goh v v furihama igey… ibratheh libey fadha molhu story eh mi..keep it up…much love???
Omg!!! Hama ehaaves dhera vejjetha??
In sha Allah foni karunain story nimmaalaany ngey ?
Vv happy vejje thihaa loabi loai commenteh kollyma .. yes happy days ves annaane adhi.. much love ??
Alhey kaain ???????maroon buneemennu theras laafa thaiy kuraanamey kaainge hiy…avas kurey super glue ok vaanehen heevanee….abadhu ekuhjaa ah ehen nuhadhaa…kon miuvaan ehtha dhen miulhenee…
Hindhu n ashvin ??..nama nama liusha ah molhu libuna nudheythi..adhi eesh ves vahtaalaifiey…hurebala nikan liusha ves vahtaalaanan fenna faharakun …reeem shanum ah ehen nuhadhaa dhen..
Finalyy..MAIRA arrested dho ?
Dhoonya azu.. maroon miulheny adhi shopah nudhevigen theras gannan… super glue geves dozen eh beynun vaane dhw ehaa bodah heart break vyma..kaain ah ves happy lifeh genesdheynan. Miuvaan ah ekani oneway tickeh ganedhyfa fonuvaalama ?
Madu kurey liusha ulhey thaneh azu kairee bunaanan. Go punish her urself if my way is not enough much love dear. Thanku.. ?? naseyhah kolheh dheynvy emmenah ?
marooon dheke rulhi ais gen ves nuhurveyne inge. but mi maira ge kanthah haadha bode. finally arrested dhw lets find out abt her evil plans. varah reethi,alhey maroon ur giving me a heart attack, i m so in love with eesh baby and that scene is so heart breaking please dnt let tht hateful liyusha take her away. thankyou for bringing hindh on time to save eesh ehen noon nama ashwin findi vaane again. as for kaain just like i predicted ashwa said yes and marriage onna day ga they both will realise they love each other dhw. kaain then ves believe ashwa eh noon kan frame kuri. too bad trust nukurevunyma kaain ah ves punishment liben jehe. i am glad she said yes, but i knw that marriage wont happen kan. And reem please let it go and listen to shanum he loves you and ashwa loves kaain nw. waiting eagerly for the next part. tc roon please bring some happiness next part ga. is it the last part?
I was waiting for your comment ??
Yes lets hear her side of the story dhw… eyrun bodu adhabeh dheynan.i was going to bring eesh bai eyah vure bodah. Ekam maroon ah roven feshunyma i stopped hama. Hiyaaly kujjehves ehaa dhera kuran beynun nuvi ?
Higaabala kaai and ashwa ge plans thah balama. In my opinion kaain shud have trusted her and shud ask for forgiveness instead of going away..and ashwa deserves someone who is going to give her a happy life. Shanum viyas kaain viyas adhi miuvaan viyas.
No adhi eba oiy kuriah baithah.. will let you know if its the last
So happy to read this comment. Muchlove dear ???
Alhey maroon ?????… Kykeytha bunaaneevx…. Neynge bunaane ehcheh vx… Soooooo many mixed feelings… Maasha Allah mi part vx haadha reehchey ❤️❤️❤️❤️… V v v reethi ????… Eesh haadha loabi ey ❤️❤️❤️❤️… She is sooo cute ????… It’s soooooo emotional… U made me cry again ?????… Maroon haadha molhey Maasha Allah feelings thah genesdhen ????… U are great ????… Keep up the good work ????… Hurihaa manzareh sifavegen dhey ????… V v v furihama Maasha Allah ❤️❤️❤️???… Maroon ge knme story eh vx v v v reethi ???… U make me speechless every time ????… Heheheh ????… Hama aslu vx mi story akee v v v reethi v v v kiyaalaahithun kiyaa story eh ❤️❤️❤️❤️?????????… Kiyaa foohi nuvey… Dhn neynge bunaane ehcheh vx… Curiously waiting for the next part n abadhuvx thigothugai dhemihunnahchey maroon ❤️❤️❤️??????????????
Omg so colorful so long so sweet so cute.. m crying real tears here. Thiya asaru koffi hama…bas huttijje dhoonya. Haadhahaa vaa loaibey thi comment. I think i shud take a screenshot and save it for later. Dhera vefa huttas mi comment kiyaalyma ufaaa vaanekan yageen ???
V reethi mibai ves
Thanku dear ??
alhey maroon vvvvv rythi…kaain dhera nukuranchey maroon….
Thanku dear ??
Evves kujjakah egey nama sunflower ge dhivehi nan bunedhyfaanan.
Irudheymaa… I think
Eyy maroon kaain dhera nukurey….eyna yah hama dhuniyeyga emme ufaleh vx nethytha??? Bappa jaluga..hithuge malika beynun vanee ehen meeheh….fhn ehaa hithaamaiga eyna nubahatta bala… ashwa ah realize koh dheebala kaain eyna dheje lwbi vaakan….kaain??…rym aa shanum dhn ok vaane….ey yageen kameh..ashwa and shanum ok kolla bala…miuvaanu vx hama mi vaguthu vejje asraaru aa e vaahaka dhakkan …foohi meehaa gandeh..vrh hin hama nujihifa mihiree miadhu…maroon dheke…kkk mee hithuga inna ethi varah faseehayah bunrlaa meeheh…sw sry vrh maroon upset vejjeyaa…..kaain and ashwa dhn gulhuvaabala…..???whn next???
V dhera ves v ufaaa ves vejje. Thikahala readers ah hama saabas. Thy ufendhuntheri kiyaalu dhee writers kuri aruvaa bayaky. Kaain admit vegen dhw ashwa ah gotheh nimmeyny.. but kaain maa fidi vy dhw. Lets hope he can do that dhw. In sha Allah evves kujje dhera nukuraanan. Much love kkk. ???
Haadha avahah jazubaathuga jehey kidhin kolhekey miulheny dw… meehaku dheraedhaanethy enmennah ekaku kihineh dheyny… kaain dherava hen shanum ves dheraviey… miuvaan ves kiha dheravaane… kaain aky baivaru malun foni bovefa huri meeheh… ekm mi vaahaja v reethi ingey…..
Thaku abdulla. V ufaa vey dheythereakun ves thihen habareh velaathy. Lets see dhw ashwa libeyne kujje. ??
finally hindh aa ashwin ah gulhijje dhw… alhe hindh humiliate nukurache… and liusha hurted eesh like that.. she is not a true mother at heart.. liusha ah landeh dhybala… ashwa miuvaan ah yes bunumuge fahathuga v bodu plan eh vaane.. kaain aa ashwa aa gulhuvache…and i hope reem v avahah shanum gaathah dhaane kamah.. shanum ruima v dhera vi aslu… he also have feelings… v happy mi maira gandu hayyaru kuryma… Masha Allah v reethi mi part inge.. waiting for next part… maroon ah v salaam inge… loveeess <3
Missed you dear.. i will send you a mail ngeyy… shudha bunebala liusha ah dheyne ladeh. Maroon ufalaai eky balaigannaanan…yh everyone is treating shanum like he said. Hope he will get the happiness he deserves.much love ???
V.v. reethi??
Thanku dear ??