Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (1)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 1, 2018 5 Mins Read
50 Comments

ރަށުގައިހުރި ބޮޑު ސްކޫލްގެ ގޯތިތެރެވަނީ އެކިމީހުންތަކުން ތޮއްޖެހިފައެވެ. މިރޭއެތަނުގައި ބޭއްވިގެންދާ ކައިވެނި ޕާޓީއަށްވަނީ ރަށުގެ ގިނަ ބަޔަކަށް ދައުވަތު އެރުވިފައެވެ. ތަންތަންކޮޅުގައިހުރި މޭޒުތަކުގައި އިނށީދެތިބެ އެކިމީހުން ކެއުމަށް އިންސާފުކުރަމުން ދިޔައިރު އަލަތު ކައިވެނިކުރެވުނު ދެމަފިރިންނާ ސަލާމްކޮށް ތަހުނިޔާ ކިޔަމުން އަނެއްބައަކު ދިޔައެވެ.

ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައިހުރި މަލްހާ ހީވަނީ ދާދި ދެންމެއަކު ފަރިވެ ފޮޅިފައިވާ ތާޒާ މަލެއްހެންނެވެ. އަޅައިފައިވާ ހުދުކުލައިގެ ރީތި ޝޯލްވަނީ ކުދިކުދި ޖަވާހިރުތަކަކުން ޒީނަތްތެރިކުރެވިފައެވެ. މަޑު ނޫކުލައާއި ހުދުކުލައިގެ މާބޮނޑިއެއް ހިފަހައްޓައިގެންހުރިއިރު އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ. ބަލާލި ކޮންމެ މީހަކަށްވެސް އެއަންހެންކުއްޖާގެ ރީތިކަމަށް ތައުރީފުކޮށްނުލައި ކެތްނުވާނެކަން ހަމަ ޔަގީނެވެ.

މަލްހާގެ ދާދި ގާތުގައި ހުއްޓިލައިގެންހުރި އޭނާގެ ފިރިމީހާ ރާއިދްގެ ރީތިކަންވެސް ވަކި ކުޑައެއްނޫނެވެ. އެވަލީމާއަށް ވަދެގެންދާ ކޮންމެ ޒުވާން އަންހެންކުއްޖަކުވެސްދަނީ މަލްހާގެ ނަސީބާއިމެދު ހަސަދަވެރިވާ ހާލުގައެވެ. ރާއިދްގެ ދޮންމޫނަށް ހުއްޓެމުންދިޔަ ނަޒަރުތައްވެސް އިރެއް އިރަކަށްދަނީ އިތުރުވަމުންނެވެ. ލައިފައިވާ ކަޅުކުލައިގެ ކޯޓް ފަޓުލޫނާއެކު އެރީތިކަން އެތައްގުނައެއް އިތުރުވެފައިވާފަދައެވެ.

“ވާއު. ލިވީގެ ދޮންތަގެ ހަޒް ހާދަ ހެންސަމްއޭ. އަސްލުވެސް. އަދި އަލަށް އެހައި ރީތި މީހަކު މިފެނުނީ.” 16 އަހަރުގެ ލިވްޔާގެ ގާތުގައި ހުއްޓިލައިގެންތިބި އޭނާގެ އެކުވެރިންގެ ތެރެއިން ކުއްޖަކު މަޑުމަޑުން ލިވްޔާ ގާތުގައި ބުނެލިއެވެ. އެއަޑު އަހައިފައި ދެންތިބި ކުދިންވެސް އެއީ ތެދެކޭ ކިޔައި އެކަމަށް އެއްބަސްވިއެވެ. މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން ލިވްޔާ ރާއިދްއާ ދިމާއަށް ބަލައިލިއެވެ.

“ސާބަހޭ. ދޮންތަބެ އަހަރުމެންނަށްވުރެ ދިހަ އަހަރު ބޮޑުވާނެ. ސޯ ޕްލީޒް. ސްޓޮޕް ސްޓެއަރިން ހިމް ލައިކް ދެޓް.” ދެފަރާތަށް ބޯހޫރައިލަމުން ލިވްޔާ އެހެން ބުންޏެއްކަމަކު ހުދު އޭނާއަށްވެސް ހިތާހިތުން ރާއިދްގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ. “ދެން ކީއްތަވީ؟ މީހަކު ރީތިވުމަކީ މައްސަލައެއް ނޫނެއްނު.” ހިނިގަނޑެއް ޖަހައިލަމުން އެތަނުން ކުއްޖަކު އަނެއްކާވެސް ބުނެލިއެވެ. މިފަހަރު ވަކި ޖަވާބެއްނުދީ ލިވްޔާ ހިނިތުންވުމަކުން ފުއްދައިލިއެވެ.

ލިވްޔާއަކީ އެއާއިލާގައި ހުންނަ އެންމެ ހަގުކުއްޖާއެވެ. މަލްހާ އާއި ލިވްޔާއާއި ދެމެދު 8 އަހަރުގެ ތަފާތެއްވީއިރު އެދެމީހުންގެ މެދަށް ފިރިހެންކުއްޖަކު އެއާއިލާގައި ހުރެއެެެވެ.

އާއިލާގައިހުންނަ އެންމެ ހަގުކުއްޖާދެކެ އެހެންކުދިންނަށްވުރެ ބޮޑަށް ލޯބިވުމަކީ ބައެއްމީހުންގެ ގައިގައި ހިފައިފައި ހުންނަ އާދައެކެވެ. އާބިދާ އާއި ސަލީމްއަށްވެސްވީ އެފަދަގޮތެއް ކަންނޭނގެއެވެ. އެދެމަފިރިން ލިވްޔާދެކެ ލޯބިވަނީ އަމަށަކު ވަރަކަށް ނޫނެވެ. މަލްހާ އާއި އަޔާޒްދެކެ ވަކި ލޯބިނުވަނީކީ ނޫނެވެ. އެހެނަސް އެދެމަފިރިންނަށް ލިވްޔާއަށް އިތުރު ސަމާލުކަމެއް ދެވެއެވެ. އެއީ މާބޮޑު ކަމެއްކަމަށް މަލްހާއާއި އަޔާޒްވެސް ނުދެކެނީ އެދެކުދިންވެސް ލިވްޔާާދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. އެހެނަސް އެދެމަފިރިންނަށް ނޭނގުނުކަމަކީ އާއިލާގެ ފަރާތުންލިބެމުންދިޔަ ކަނުލޯބީގެ ސަބަބުން ލިވްޔާ ހަލާކުވަމުންދިޔަ ކަމެވެ. މިއިން އެއްވެސްކަމެއް ރެއަކާނުލާ ހާލު އެއާއިލާ އުފާވެރިކަމުގައި ދުވަސްތައް ގުނަމުންދިޔައެވެ.

ޕާޓީގައި އުޅުނުއިރު ދޭތެރެދޭތެރެއިން ލިވްޔާގެ ނަޒަރު ރާއިދަށް ހުއްޓެމުންދިޔައެވެ. ބައެއްފަހަރު އެމޫނުމަތިން ހިނިތުންވުމެއް ފާޅުވެގެންދާއިރު އަނެއްބައި ފަހަރަށް އެއްވެސް އިހުސާސެއްނެތް ގޮތަކަށް ރާއިދާ ދިމާއަށް ބަލަންހުރެފާނެއެވެ.

“ދަރިފުޅާ ލިވީ.ކާންވީނު.” މެހެމާނުން ގޮސް ހުސްވުމުން މޭޒެއްގެ ދޮަށުގައި އިނށީދެލައިގެންއިން ލިވްޔާގެ ގާތުގައި ހުއްޓިލަމުން އާބިދާ ލޯތްބާއެކުގައި ބުނެލިއެވެ. ހިނިތުންވެލަމުން އިންތަނުން ތެދުވެ ލިވްޔާ އާބިދާގެ ފަހަތުން ހިނގައިގަތެވެ. ތަށްޓަށް ކާއެއްޗެހި އެޅުމަށްފަހު ތަންކޮޅެއް ދުރުގައިހުރި މޭޒެއްގެ ދޮށަށް ލިވްޔާ ހިނގައިގަތްތަނާ އެހިސާބާ ތަންކޮޅެއް ކައިރީގައިހުރި މޭޒެއްގެ ދޮށުގައި އިނށީދެތިބެ ކަމުންދިޔަ މަލްހާ އާއި ރާއިދް ލިވްޔާގެ ލޮލުގައި އަޅައިގަތެވެ. އިރުކޮޅަކު އެދިމާއަށް ބަލަންހުރުމަށްފަހު ދެފަރާތަށް ބޯހޫރުވައިލަމުން ލިވްޔާ ގޮސް އޭނާކުރިންއިން މޭޒުދޮށުގައި އިނށީދެލިއެވެ.

އަލަތުދެމަފިރިން ކާރުގައި ގެއަށް ފޮނުވައިލުމަށްފަހު ލިބިފައިހުރި ހަދިޔާތަށް ހިފައިގެން އަޔާޒްއާއެކު ލިވްޔާވެސް ދެން އޮތް ކާރުގައި ގެއާދިމާއަށް މިސްރާބިޖެހިއެވެ. އަތުގައިއޮތް ފޯންގެ ސްކްރީނަށް ބަލަންއިނދެ ހެމުންދިޔަ ލިވްޔާގެ މޫނަށް ބަލައިލަމުން އަޔާޒްވެސް ހިނިތުންވެލީ އޭނާގެ ކޮއްކޮ އުފަލުގައި ހުންނަން ހިތްއެދުނު ވަރުންނެވެ.

** ** **

ގޭދޮށަށް ކާރު މަޑުކޮށްލުމާއެކު ރާއިދާއި މަލްހާ ކާރުން ފައިބައިގެން ގެއާދިމާއަށް ހިނގައިގަތީ ވަރުބަލިގޮތަކަށެވެ. ދެމީހުންނަށްޓަކައި ތައްޔާރުކުރެވިފައިވާ ކޮޓަރިއަށް ވަދެވުމާއެކު މަލްހާއަށް ލަދުވެތިގޮތަކަށް ހިނިތުންވެލެވުނީ މިރޭ ކުރިއަށް އޮތްތާނގައި ކަންތައްވާނެގޮތް ހިތަށް އަރުވައިލަމުންނެވެ.

މަލްހާގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރަށް ބަލަންހުރި ރާއިދްއަށް ހިނިތުންވެލެވުނެވެ. މަޑުހިނގުމެއްގައިގޮސް މަލްހާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނުމަށްފަހު ދޮރުލައްޕައިލިއެވެ. އޭރުވެސް ލަދުވެތި ހިނިތުންވުމަކާއެކު އިސްޖަހައިގެން މަލްހާ ހުއްޓެވެ.

“މަލް. މިރޭ ހާދަ ލޯތްބޭ.” ލޯތްބާއެކު މަލްހާގެ އިސްއުފުލައިލަމުން ރާއިދް ތައުރީފުކޮށްލިއެވެ. ވަކިޖަވާބެއްނުދީ އެބޮޑު ދެލޮލުން މަލްހާ ރާއިދްގެ މޫނަށް ބަލަމުންދިޔަތަންފެނި އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ނުދިޔައީ ހަމަކިރިޔާއެވެ. ފުޅާ ހިނިތުންވުމަކާއެކު ރާއިދް މަލްހާގެ ގައިގައި ބައްދައިލަމުން އަތްދަނޑި މައްޗަށް އުފުލައިލިއެވެ. އަދި މަޑުހިނގުމެއްގައި ގެންގޮސް އެނދުގައި ބާވައިލުމަށްފަހު މަލްހާގެ ނާޒުކު މަލެއްފަދަ ހަށިގަނޑާ އިތުރަށް ގާތްވެލީ ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭނޭ ފަދައިންނެވެ.

** ** **

އެނދުގައި އޮށޯވެލައިގެން އޮތް ލިވްޔާ ދިޔައީ ފޯނުންް އޭނާގެ އެކުވެރިންނާ ޗެޓް ކުރަމުންނެވެ. މިއީ އޭނާގެ އޯލެވެލް އަހަރޭވެސް އެހިތަށްނާރާ ފަދައެވެ.އެއްވެސް ފިކުރެއް ޚިޔާލެއްނެތި ރޭގަނޑުގެ އެދަންގަޑީވެސް ލިވްޔާ ހޭލާ އޮތީ އަދި ނިދިނާންނާތީއެވެ.

ޕާޓީ ނިންމައިފައި އައުމުން ހަށިގަނޑު ލޮޑުވެފައިވީނަމަވެސް އަދި ނިދާ ޚިޔާލެއް އޭނާގެ ނެތެވެ. ގަޑިން މެންދަމުން އަނބުރައި 2 ޖެހިތަނާ ލިވްޔާގެ ފޯން ރިންގްވާންފެށުމުން އޭނާގެ އެކުވެރިންނަށް އަލްވަދާއު ކިޔުމަށްފަހު އަވަސް އަވަހަށް ލިވްޔާ ފޯނުނެގީ އެއީ އޭނާގެ ލޯބިވެރިޔާގެ ކޯލަކަށްވީމައެވެ.

“ހޭއި ލިވީ ބޭބް. ކީއްކޮށްލަނީ؟” މަސްތީ ރާގަކަށް ނަވީން އަހައިލިއެވެ. ލަދުވެތިގޮތަކަށް ހިނިތުންވެލުމަށްފަހު ލިވްޔާ ވާހަކަ ދައްކަންފެށިއެވެ. އެގޮތުގައި ފަތިހު 4 ޖަހަންދެން ތިބުމަށްފަހު ފޯން ބާވަމުން ލިވްޔާ ނިދަން ތައްޔާރުވެލިއެވެ. އޭރު އެމޫނުމަތީގައިވީ ހިތްހަމަޖެހުމުގެ ހިނތުންވުމެކެވެ.

ފަތިސްނަމާދު ވަގުތު މާލަސްތަކެއްނުވެ ޖެހޭނެއޭ އެންމެ ފަހަރަކުވެސް ލިވްޔާގެ ހިތަކަށް ނޭރިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ހަޔާތުގައި އެންމެ ފަހުން ނަމާދުކުރި ދުވަހެއް އޭނާ ހަނދާނުގައި ހުރިކަމެއްވެސް ނޭނގެއެވެ. އެހައިވެސްބޮޑަށް އޭނާވަނީ އަޅުކަމާ ދުރުވެފައެވެ. އެއިން ކަމަކަށް އާބިދާމެންވެސް ސަމާލުކަމެއް ދޭހެނެއް ހިއެއްނުވެއެވެ. އެމީހުންނަށް ހީވާކަހަލައެވެ. އަދި ހަޔާތުގައި ދުވަސް އެބައޮތެވެ. ބޭނުންކޮންމެ ވަގުތަކުވެސް ގަވައިދުން ނަމާދުކުރަން ފެށިދާނެއެވެ. އެހައި އަވަސްއަރުވައިލައިގެން އުޅުމުގެ ބޭނުމެއްނެތެއްނޫންހެއްޔެވެ؟ މިއީ ޒުވާން ދުވަސްވަރެވެ. ހަޔާތުގައި އުފާކޮށް މަޖާކުރަންވީ ދުވަސްވަރެވެ. އެހެނަސް އެމީހުންނަށް ނޭނގުނުކަމީ ކޮންމެ މީހަކައިވެސް އެންމެ ގާތުގައިވެސް އަދި އެންމެ ދުރުގައިވެސްވާ އެއްޗަކީ މަރުކަމެވެ.

“ލިވީ. ލިވީ. ހޭލަބަލަ. ދޮންތަމެން ފުރުވާކަށްވެސް ނުދާނަންތަ؟” އާބިދާގެ އަޑަށް ސިހިފައި ލިވްޔާ ތެދުވިއެވެ. އޭރުވެސް އެދެލޮލުން ނިދީގެ އަސަރު ރަނގަޅަށް ނުފިލައެވެ. އާފުރިލަމުން އެނދު ކައިރީގައިހުރި ކުޑަ މޭޒުމަތީގައިހުރި ގަޑިއަށް ލިވްޔާ ބަލައިލިއެވެ. އޭގެ އެއްގަޑިއިރު ފަހުން ދޮންތަމެން މާލެދާން ފުރާނެކަން ހަނދާންވުމާއެކު ދެލޯބޮޑުކޮށްލަމުން އަވަސް އަވަހަށް އެނދުން ފޭބިއެވެ.

“ނޫން މަންމާ ދާނަމޭ. މިތެދުވީ.” އާބިދާއަށް އަޑުއިވޭ ވަރަށް ބާރަށް އެހެންބުނެލުމަށްފަހު ތުވާލިހިފައިގެން ލިވްޔާ ފާޚާނާއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ފެންވަރައި ތާޒާ ވެލައިގެން ކޮޓަރިން ނުކުތްއިރު ގޭގައި ބަހައްޓައިފައިހުރި އުނދޯލީގައި ރާއިދާއި މަލްހާ ތިއްބެވެ. ދެމީހުންނަށް ހިނިތުންވުމެއްދެމުން ލިވްޔާ ބަދިގެއަށްވަނީ ސައިބޮއިމުގެ ނިޔަތުގައެވެ.

** ** **

ރަށުގެ އެއަރޕޯޓަށް އައިސް ޓެކްސީ މަަޑުކޮށްލުމާއެކު އެންމެން ފައިބައި ހަމަޖެހިލިއެވެ. ރާއިދްގެ އަތުގައި ހިފައިގެން މަލްހާ ހުރިއިރު އިރުއިރުކޮޅާ އެދިމާއަށް ލިވްޔާގެ ނަޒަރު ހުއްޓެމުންދިޔައީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އެގޮތަށް ބަލަައިލި އެއްފަހަރު ރާއިދާއިި އޭނާގެ ހަތަރުކަޅި ހަމަވެގެންދިއުމުން ލިވްޔާގެ މޫނު ޖަންބުކުލައިން ފެވިގެންދިޔައެވެ. ބަދަލުގައި ހިތްހެޔޮ ހިނިތުންވުމެއް ދިމުމަށްފަހު ރާއިދް ދުރަށް ނަޒަރު ހުއްޓައިލިއެވެ. ޗެކިން ނިމި ފްލައިޓަށް އަރާގަޑި ޖެހުމުން އެންމެނާ ސަލާމްކުރުމަށްފަހު މަލްހާ އާއި ރާއިދް ހިނގައިގަތެވެ. އެތަންބަލަންހުރި ލިވްޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިލިއެވެ.

ރާއިދްއަކީ މާލެއަށް ނިސްބަތްވާ މީހެކެވެ. ކައިވެންޏަށް އެރަށަށް އައި ނަމަވެސް ރާއިދް ބޭނުންވީ ކައިވެނިކޮށް ނިމުނުހައި އަވަހަކަށް މާލެ ބަދަލުވާށެވެ. ކައިވެނިކުރި ދުވަސްނޫން އޭގެ އަނެއްދުވަހު ފުރަން ހަމަޖެއްސީވެސް އެހެންވެއެވެ.

މަލްހާގެ އަތުގައި ހިފައިލައިގެންހުރެ ހިނގަމުންދިޔަ ރާއިދް ފެންނަ ކޮންމެ މީހަކުވެސް ހިނިތުންވެލަނީ މާކުރިންވެސް ދެކިފަރިތަ މީހަކު ފަދައިންނެވެ. މަލްހާވެސް އެއިން ކޮންމެ މީހަކަށް ހިތްހެޔޮ ހިނިތުންވުމެއް ދެމުން ރާއިދާ އިތުރަށް ގާތްވެލީ ޒުވާން ފުރައިގެން އަންހެންކުދިންގެ ކަތި ނަޒަރުތައް ރާއިދަށް ހުއްޓެމުންދިޔަތަން ފެނުމުންނެވެ. އެތަންފެނި ރާއިދްއަށް ހެވުނު ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

** ** **

“ސޯ ސޭޑް. ލިވީގެ ދޮންތަ ފުރީދޯ އޭނަ ގޮވައިގެން.” ހަވީރު ފިންޏަށް ހިނގައިލަން ނުކުމެ އުޅެމުން ލިވްޔާގެ ގާތް އެކުވެރިއަކު އެހެން އަހައިލުމާއެކު ނިތަށް ރޫއަރުވައިލަމުން ލިވްޔާ އެކުއްޖާއާ ދިމާއަށް ބަލައިލިއެވެ. “ކާކު؟” ނޭނގޭކަމަށް ހަދަމުން ލިވްޔާ އެހެން އަހައިލީ އެކުއްޖާ ތަޅުވައިލުމުގެ ގޮތުންނެވެ.

“ލިވީގެ ދޮންތަބެ. އިތުރު ކާކު.ހެހެ.” ހިނިގަނޑެއް ޖަހައިލަމުން އެކުއްޖާ އެހެން ބުނެލުމާއެކު ލިވްޔާ ލޯއަޅައިލިއެވެ. “ސާބަހޭ. ދެން ތިވާހަކަ ނުދައްކަބަލަ.” ދެފަރާތަށް ބޯހޫރުވައިލަމުން ލިވްޔާ ހިތްހަމަނުޖެހިފައި އެހެންބުނެލުމުން އެކުއްޖާ ސޮރީއޭ ބުނެލުމަށްފަހު ވާހަކަދައްކަމުންދިޔަ މައުޟޫ ބަދަލުކޮށްލިއެވެ.

އެކުދިން ދައްކަމުންދިޔަ ވާހަކައަށް މާބޮޑު ސަމާލުކަމެއްނުދީ ލިވްޔާ ދިޔައީ ނަވީނަށް މެސެޖްކުރަމުންނެވެ. އެމޫނުމަތި އުޖާލާވެފައިވާގޮތުންވެސް ބަލައިލިމީހަކަށް އޭނާ އެހުރީ ވަރަށް އުފާވެފައިކަން އެނގޭނެއެވެ.

“އޭތް މާދަން އޮންނަ ޓެސްޓަށް ދަސްކުރިންތަ؟” އެތަނުން އެކަކު ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އަހައިލިއެވެ. އެއާއެކު އެންމެންކަހަލަ ގޮތަކަށް ދެފަރާތަށް ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ގެސް ވަޓް ގާއިޒް. އަހަރެން މިއުޅެނީ މިރޭ ނަވީނާއެކު ޑޭޓަކަށް ދާން.” ކުޑަކޮށް ފުންމައިލަމުން ހެވިފައި ލިވްޔާ އޭނާގެ އެކުވެރިންނަށް އަންގައިލިއެވެ. އެކިކުދިންގެ ފަރާތުން އެކިކަހަލަ ތައުރީފު ލިބެމުންދިޔައިރު ހުރިހައި ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލައިގެން ލިވްޔާ ހުއްޓެވެ.

ރޭގަނޑުގެ ވަގުތެވެ. ޑްރެސިންގް ޓޭބަލް ކައިރީގައިހުރި ލިވްޔާ ގަޔަށް ސެންޓް ޖަހައިލަމުން ފަހުފަހަރަށް އަމިއްލަ ނަފުސަށް ފަޚުރުވެރިކަމާއެކު ބަލައިލިއެވެ. ނަވީން ބުނި ގަޑި ޖެހެން އަދި 5 މިނިޓް ހުރުމުން ފައިވާން ހަރުގަނޑުން ކަޅުކުލައިގެ ހައި ހީލް ނަގަމުން އެއަށް އެރުމަށްފަހު ލިވްޔާ ކޮޓަރިން ނުކުތެވެ. އޭރު ރޭގަނޑު 8ގެ ޚަބަރު ބަލަން އާބިދާ އާއި ސަލީމް ތިއްބެވެ. ލިވްޔާ މާނަލަހެދިލައިގެން ނުކުތުމުން ދެމީހުންވެސް އޭނާގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“މަންމާ އެބަ އަންނަން އައިޝާ މެންގެއަށް ގޮސްފަ. އޭނައާއެކު މިރޭ ފިހާރައަށްދާން އަންނައްޗޭ ބުނީމަ.” ހިސާބަކަށް ޖެހިލުންވެފައިހުރެ ލިވްޔާ ދޮގެއް ހަދައިލިއެވެ. ނަސީބަކުން ވަރަށް ފަސޭހައިން އާބިދާ އެއްބަސްވިއެވެ. އެންމެފަހަރަކު ނަމަވެސް އެދަރިފުޅު އެހެދީ ތެދެއްތޯ ނޫނީ ދޮގެއްތޯ ބަލައިލާކަށްވެސް އާާބިދާގެ ހިތަކަށް ނޭރިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އޭނާ ލިވްޔާއަށް ދެލޯމަރައިގެންހުރެވެސް އިތުބާރުކުރާނެއެވެ. އާބިދާގެ ޖަވާބުން ހިތްހަމަޖެހިފައިހުރެ ލިވްޔާ ގެއިން ނުކުންނަމުން ނަވީނަށް ގުޅައިލިއެވެ.

** ** **

ރާއިދްގެ އާއިލާ އުޅެނީ ލަންކާގައި ގެއެއް ހިފައިގެން ނަމަވެސް އޭނާ މާލެ ބަދަލުވަން ގަސްދުކުރީ މަލްހާއާ ކައިވެނިކުރުމަށްފަހު އޭނާގެ އުފަން ފަސްގަނޑުގައި އުޅެން ބޭނުންވުމުންނެވެ. ދެމީހުން ދިމާވީ މަލްހާ ސްރިލަންކާއަށް ކިޔަވަންގޮސް އުޅެނިކޮށް ކޮލެޖުންނެވެ. ފުރަތަމަ ފެނިލުމުންވެސް ރާއިދްއަށް މަލްހާ ކަމުދިޔުމުން އިތުރަށް ލަސްކުރަން ނުހަދައި މަލްހާއަށް އޭނާގެ ހިތުގެ ހާލު ބަޔާންކޮށްދިނެވެ. އުފަލާއެކުގައި މަލްހާ ރާއިދްގެ ލޯބި ގަބޫލުކުރީ އޭނާގެ ހިތުގައިވެސް ރާއިދްއަށް ޚާއްސަ މަގާމެއް ދެވިފައިވާތީއެވެ.

ދެމީހުން އެކުގައި ކިޔަވައި ނިންމައިލުމަށްފަހު މަލްހާއާ އެކު މަލްހާގެ ރަށަށް ރާއިދް އައީ ދެމީހުންގެ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެކައިވެންޏަށް އޭނާގެ އާއިލާ އެރަށަށް އައުމަށްފަހު ކައިވެނި ޕާޓީ ނިމުމާއެކު އަލުން އަނބުރައި ލަންކާއަށްދާންފުރީ ބައްޕަގެ ވިޔަފާރި ކަންތައް ހުރިގޮތުން އިތުރަށް މަޑުކުރެވެން ނެތުމުންނެވެ.

ފުންޚިޔާލަކަށް ގެއްލިފައިހުރި ރާއިދްގެ ގައިގައި ފުރަގަހުން މަލްހާ ބައްދައިލީ ލޯތްބާއެކުއެވެ. މުޅި އެގޭގައިވެސް އުޅެނީ ހަމައެކަނި އެދެމަފިރިންނެވެ. ދެން ހުންނަނީ ގޭތެރޭގެ ކަންތައް ބެލެހެއްޓުމަށްޓަކައި ގެނެސްފައިހުންނަ ބޭރު އަންހެނެކެވެ. ދެމީހުންވެސް ވަޒީފާއަށް ދާތީ ދިމާވަނީ ކޮންމެ ދުވަހެއްގެވެސް ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި އެކަންޏެވެ.

“ލޯބީ. ކިހިނެއްވެފަ؟” ރާއިދް އެނބުރި ހިނިތުންވެލުމުން މަލްހާވެސް ހިނިތުންވެލަމުން އަހައިލިއެވެ. “ކަމެއްނުވޭ.ހަމަ ހުރީ. މަލޫ ބަދިގޭގަ މާބިޒީކޮށް އުޅޭތީ.” މަލްހާގެ ފަންއިސްތަށިގަނޑާއި ކުޅެލަމުން ރާއިދް ބުނެލިއެވެ. “ސޮރީ.ކާން ހަދާ އުޅުނީ. މިއައީވެސް ކާން އަންނަން ބުނަންވެގެން.” ރާއިދްގެ މޫނުގައި ލޯތްބާއެކު ފިރުމައިލަމުން މަލްހާ އެހެން ބުނުމާއެކު ބޯޖަހައިލަމުން މަލްހާގެ ފަހަތުން ރާއިދްވެސް ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ތިޔަ އަސަރު 48

Next

އަނދިރިފަރާތް 20

Next
March 1, 2018

އަނދިރިފަރާތް 20

Previews
February 28, 2018

ތިޔަ އަސަރު 48

50 Comments!

  1. Nau says:
    March 1, 2018 at 5:57 am

    Salaam guys.. So here is the first part of the story.. I hope u guys like it.. Let me knw the mistakes ingey.. Missed u guys alot.. Also some parts of this stry is based on a true stry.. Hehe.. So enjoy reading.. N have a v v nice day. Ly all.. ?❤

    1. Beauty ? says:
      March 1, 2018 at 2:03 pm

      Ooh haadha dhuvahakah fahuey nau ge vaahaka eh kiyaalan mi libuny,Inthizaaruga huryma kaneyge dhw, hehe ??

    2. Nau says:
      March 1, 2018 at 9:42 pm

      Hehe vedhaane dhw.. ?.. Btw thanks dear..

  2. Shann says:
    March 1, 2018 at 6:02 am

    Wow nau mihaaru up kohly dhw… Nau ge ehen story thakekey ehfadhain egey mi story ves rythivaanekan… Nau thy ehaaves rythikoh story liyaa kuhjeh… Nau ge hurihai story akunves shann enme alhaigannany sifakurumuga… V v v molhah sifakohdhyfa hurey… Kiyaahithun indhe nau ge khonme story ehves kiyaaleveyne… Ehen kudhinge story thah fennan feshyma v missvi nau ge mathin… Miss u always…???????

    1. Nau says:
      March 1, 2018 at 9:13 am

      Awwnn thanks alot shann.. Missed u too. ❤?

  3. Lam says:
    March 1, 2018 at 6:30 am

    Vvvv reethi …waiting ingey nau

    1. Nau says:
      March 1, 2018 at 9:34 pm

      Thanks dear..

  4. Hairaan says:
    March 1, 2018 at 6:35 am

    Varah reethi

    1. Nau says:
      March 1, 2018 at 9:34 pm

      Thanks dear..

  5. fajuah says:
    March 1, 2018 at 7:14 am

    Vreethi

    1. Nau says:
      March 1, 2018 at 9:34 pm

      Thank u

  6. ishey says:
    March 1, 2018 at 7:31 am

    nice

    1. Nau says:
      March 1, 2018 at 9:35 pm

      Thanks

  7. Maahy says:
    March 1, 2018 at 8:12 am

    Wooww Nau ?
    You Are Back ❤?
    I Missed You Alot… Maahy Comment Nikuriyas Hurihaa Vaahaka Eh Ves Kiyan… I Just Love Your Stories ??
    And This Story Is Just Wow… Love You ❤❤❤

    1. Nau says:
      March 1, 2018 at 9:35 pm

      Awwn thanks alot dear.. Happy to knw that.. ?❤

    2. Nau says:
      March 1, 2018 at 9:35 pm

      Love u too dear❤

  8. Niu says:
    March 1, 2018 at 8:32 am

    V reethi mi story veshEhen vaahaka thake key eggothab mi ves v rethi vaane hen heevey
    Sifakurun thah v reethi
    Thanx n waiting for next part
    Konme dhuvahaku ves 1 part up kohdhehcheh ingey
    ????

    1. Nau says:
      March 1, 2018 at 9:36 pm

      Thanks dear.. Ya in sha allah will give it my best. N yes. In sha allah daily koh up koh dheynan.. ?

  9. Minnie✨ says:
    March 1, 2018 at 10:25 am

    Yeyyyyyyy…??
    Nau is back..?
    I missed tou sooo much..?
    My favourite writer….❤
    Btw How are you darling??
    I hope kurin story thakekey eh gothah mi story ves varah varah reethi vaane kamah.?
    And the most important thing, hama gavaidhun up kohdheyne kamah heekuran..?✨
    All the very best love…❤✨
    Lysm..??❤✨

    1. Nau says:
      March 1, 2018 at 9:38 pm

      Awwwn i missed u too dear. M grt alhamdhulihlaah.. Hw abt u? Hehe yes in sha allah i will up daily koh.. Thanks for thw support.. N love u too darl.. ❤?

  10. Xxxx says:
    March 1, 2018 at 10:38 am

    Wooow..v.nice dear ?

    1. Nau says:
      March 1, 2018 at 9:38 pm

      Thanks dear❤

  11. yoosh says:
    March 1, 2018 at 11:46 am

    Wow. Nau is back v v reethi vaane Kaman heekurah nau he story v v furihama kohme faharaku comments nukuriyas hurihaa vaahaka eh ves kiyah v v nice

    1. Nau says:
      March 1, 2018 at 9:39 pm

      Thanks dear. Happy to knw that.. Ya in sha allah i will give my best.. As always. ?

  12. Friends says:
    March 1, 2018 at 12:02 pm

    Well come back nau.
    ????????
    Stry ge furathama part vess v salhi.ummeedhu kuran mi gothah stry nimen dhen genas dheyne kamah.n kondhuvas thakuga tha stry genes dhenyy.waiting 4 next part.have nice day.???

    1. Nau says:
      March 1, 2018 at 9:40 pm

      Thanks dear.. In sha allah.. Ehvx bodu kameh dhimaanuvaanama hama daily koh up kuraanan in sha allah.. ❤

  13. Juvey says:
    March 1, 2018 at 12:12 pm

    Yeyy finally nau is back ?????❤

    1. Nau says:
      March 1, 2018 at 9:40 pm

      Hehe yayy.. Thanks dear?❤

  14. g... says:
    March 1, 2018 at 12:17 pm

    nau is back?.. mi story ves nau ge ehn story hen reethivaane kamah unmeedhu kuran.

    1. Nau says:
      March 1, 2018 at 9:41 pm

      Thanks dear. Ya in sha allah.. ?

  15. Pinky shifoo says:
    March 1, 2018 at 1:13 pm

    Wow ❤️❤️❤️❤️… It’s wonderful ????… Maasha Allah v v v reethi ????… Haadha molhey Nau story liyan ????… Sifakurunthah vx v v v reethi ????… I really like it ????… Nau ge story eh vihyaa reethi vaanekan hama yageen ????… Heheheh ????… Keep up the good work ????… Curiously waiting for the next part… Lots of love ❤️❤️❤️???????????????

    1. Nau says:
      March 1, 2018 at 9:41 pm

      Awwwn thanks alot dear.. In sha allah.. Lots of love❤?

  16. Black beauty says:
    March 1, 2018 at 1:34 pm

    Update vaane kameh heekuran ehaa lasnukoh

    1. Nau says:
      March 1, 2018 at 9:42 pm

      Yes dear.. In sha allah daily koh up kuraanan..

  17. reader says:
    March 1, 2018 at 3:57 pm

    I missed you naj… Story habeyss… This stry represents the living of typical Maldivian young girls

    1. Nau says:
      March 1, 2018 at 9:43 pm

      Thanks dear. Missed u too.. Hehe ya dhw.. Dhn lets see wat hppns..

  18. AN says:
    March 1, 2018 at 5:32 pm

    Missed you nau.
    Story ge first part varah best ingeh… Waiting for the next part.

    1. Nau says:
      March 1, 2018 at 9:44 pm

      Missed u too dear.. Thanks..

  19. Unknown girlll.. says:
    March 1, 2018 at 5:48 pm

    Wooo,u re back…mashallah v nice keep it up and ima fan of urs????❤❤❤

    1. Nau says:
      March 1, 2018 at 9:44 pm

      Awwwnn thanks alot my dear.. Soo happy to knw that. ❤❤?

  20. Sham says:
    March 1, 2018 at 6:47 pm

    Yeyy… Hii nau ? hws??? Story feshun vrh salhi ingey ???? kuriah dhaa varakah dhn ingeyny ?? when next part?? Daily kon up kohlahchey ❤️?❤️? adhi suvaaleh ahaalan tha?? Nau A’level ga tha thi ulheny??? Just asked ?? good luck.. waiting for next part ???

    1. Nau says:
      March 1, 2018 at 9:46 pm

      Hi dear. M grt alhamdhulihlaah.. Hw abt u? Hehe.. Thanks dear.. In sha allah daily koh up kuraanan.. I finished my A level this year. Hehe i mean the A level exams. Hehe.. Kyp waiting. ❤??

  21. maroon says:
    March 2, 2018 at 12:04 am

    Nau… m so happy. maroon kiyany vvv madhu stories eh. But nau ge komme story ehves kiyaanan. I love how much detail and how you express feelings . Its hama AMAZING .. ???

    1. Nau says:
      March 2, 2018 at 10:21 am

      Hey maroon.. Missed u.. Hehe.. Happy to see ur comment.. Thanks drar.. V happy vehje.. Hehe.. Maroon gr stry ah commemt koh nulevunas hama gavaidhun kiyan ingey. V inthizaarukuri stry eh e eee.. N i love it.. Each n every part. Jst amazing maasha allah.. Thanks for the support.. ❤?

  22. Sauoo.... says:
    March 2, 2018 at 2:25 pm

    V hiigaimu………keep it up

    1. Nau says:
      March 3, 2018 at 12:04 am

      Thanks dear..

  23. Any says:
    March 2, 2018 at 3:52 pm

    Nau is back story very nice miss you bodukoh??

    1. Nau says:
      March 3, 2018 at 12:05 am

      Thanks dear. Miss u too.. ?

  24. Annu says:
    March 4, 2018 at 8:55 am

    varah reyti ngey vaahaka..

  25. Shafa says:
    March 14, 2018 at 12:44 am

    Wow awesome❤❤

Comments are closed.

Next Episodeތަޤްދީރު (2)←


All Right Reserved!