” އުޕްސް.. ރައުދާން މަތިން ހަދާން ވެސް ނެތް.. ސޮރީ. ދަންތަ ޕާޓީއަށް؟” ކީވާންއަށް ރައުދާން އެތާ އިންކަން ހަދާންވީ ރައުދާން އޭނާގެ ކޮފީތަށި ތަންކޮޅެއް ބާރަށް މޭޒުމަތީ ބަންދާލުމުންނެވެ. ރައުދާން ބުމަ އަރުވާލީއެވެ. ސުވާލު ކުރީ ކާކާކަމެއް އޭނާ އަކަސް ނޭނގުނެވެ. ” މިބުނީ ރައުދާން ” ކީވާން އިތުރު ކޮއްލިއެވެ. ” ހީ އިޒް ގޮއިން.. އެހެން ނޫނީ ކިހިނެއް ލޯރާއަށް ތަނެއް ދޮރެއް އިނގޭނީ.. މިތާ އުޅޭ ކުދިން އިންޓްރާ ކޮއްދެން ޖެހޭނެއެއްނުން. […]
“ޑެޑީގެ ޕްރިންސެސް” ޔުއާން އެންމެންގެ ތެރޭގައި ޔަޝްމް ގެ ކޮލުގައި ބޮސް ދެމުން މައިލީން އެވަގުތު ހިފައްޓައިގެން ހުރި ކަރުނަތައް ބޭރުވެގެން ދިޔައެވެ. “ދޮންބޭ” ފެންނަމުންދާ މަޒަރު އާއިކް ހުރި ގަބޫލުކުރަން ދަތިވެފައެވެ. ޔުއާން އަނެއްކާވެސް އެދުނީ އިހަށް މަޑު ކުރުމަށެވެ. “އިކް ޕްލީޒް. ފަހުން. މިވަގުތު އަހަރެންގެ ދަރިފުޅާ އެކީ ވަގުތުކޮޅެއް ހޭދަކޮއްލަން ދީ…” ޔުއާން އެހެން ބުނެ މައިލީން އަށް ބަލާލީ އޭނާ އާ އޭނާގެ ދަރިފުޅަށް އެކަނި ވަގުތު ކޮޅެއް ހޭދަކޮއްލަން ދޭށޭ […]
އަޝްވާ ހީކޮށްގެން ހުރި ގޮތާއި ހިލާފަށް ކާއިން މާޒިން އުޅޭ ތަނަށް ދިޔައީ ޓްކްސީއެއްގައެވެ. މީގެ ދުވަސްތަކެއް ކުރިން އޮފީހަށް ބައްދަލުވުމަކަށް އައި މީހާގެ ސޫޓް ކޭސްގައި ހަރު ކުރެވުނު ޓްރެކިން ޑިވައިސްގެ އެހީގައި ކާއިން ދިޔައީ އެމީހުން އާއްމުކޮށް ގޮސް އުޅޭ ތަންތަން ބަލަމުންނެވެ. އެގޮތުން މިއަދު ދާން މިއުޅޭ ތަނަކީ އޭގެތެރެއިން އެއްމެ ގިނައިން ގޮސް އުޅޭ އެއް ތަނެވެ. މާހިލް އައި ދުވަހު ކާއިން މި މައުލޫމާތުތައް މާހިލްއާއި ހިއްސާނުކުރުނީ ކާއިން ހިތުގައި […]
މުލައިލް ގޮސް ބެލްކަނި ކައިރީ މަޑުކޮށްލިއެވެ. އެސިކުނޑިވަނީ ހިޔާލުތަކުން ފުރިފައެވެ. ޔާނީލާގެ ހިޔާލު ތަކާ ޔާނީގެ ހިޔާލުތަކެވެ. އެ ގޮތް ނޭންގޭ އަދި އެމީހުންގެ މަރަށްދަހިވެތި ވެފައިވާ މީހާގެ ހިޔާލުތަކެވެ. އަލާނިޔާ އަދި ލައިތްގެ ހިޔާލުތަކެވެ. އޭގެތެރެއިން ވެސް އެންމެ އުނދަގޫ ވަމުން ދިޔައީ ޔާނިލާ އަދި ޔާނީގެ ގާތުގައި ހުންނަ އިރު އެވާ ތަފާތު އިހުސާސްތަކުގެ ސަބަބުންނެވެ. އެންމެ ފަހުން މުލައިލް ނިންމީ އެ ދެއިހުސާސަކީ ލޯބި ކަމަށެވެ. “ނިލް ދެކެއަހަރެން ވަނީ ލޯބި.. ޔާނީ […]
“އައި ލަވް ޔޫ…..އައި ލަވް ޔޫ ސޯ މަޗް!” އެ ބަސްތައް އިވިގެން ދިޔައީ ޝަރަފްގެ އަޑުނޫން އެހެން އަޑަކުންނެއް ނޫނެވެ. އެ ބަސްތައް އިވިފައި ޓީވީ ބަލަން އިން އަންހެން ކުއްޖާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ** ޝަރަފް އަފާފާއިއެކީގައި ހޭދަވި ހަފްތާ ވޭތުވެގެން ދިޔައީ އޮމާންކަމާއި އެކީގައެވެ. ދެމަފިރިން އެކީގައި ހޭދަކުރީ ލޯބިން ފުރިގެންވި ދުވަސްތަކެވެ. އެކީގައި ރެސްޓޯރެންޓްތަކަށާއި ޕާކްތަކަށް ޒިޔާރަތް ކުރަމުން ދިޔައިރު ނުލަފާ ނަޒަރުތަކެއް އެ ދެމީހުންނަށް […]
މައިލީން ޔުއާން އާ ދުރަށް ޖެހިލިއެވެ. އޭނާ މޫނު ފޮހެލިއެވެ. އެހެންނަމަވެސް ކަރުނަތަކަށް ހުއްޓުމެއް ނަޔެވެ. އޭނާ ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލިއެވެ. “ލީން… ގެއަށް ދާން ވީ ތަ؟” ޔުއާން އަހާލީ މައިލީން އެ ގޮތް ބޭނުން ވެފައި ހުރިހެން ހީވާތީއެވެ. “ނޫން. ނިމުނީމަ އާރާ އާ އެކީ ދާނީ…” މައިލީން ބުނެލިއެވެ. “ލީން ޔަޝްމް އާ ބައްދަލުކޮއްދޭނީ ކޮން އިރަކުންތަ؟” ޔުއާން އަހާލީ މައިލީން އާ އެކީ ހިނގައިގަންނަމުންނެވެ. “ޔުއާން ބޭނުން ކޮންމެ އިރަކުންވެސް އަންނަންވީ […]
އީޝް އަޝްވާ ދައްކާލުމުން ކާއިން އީޝްއާއި ދިމާލަށް ބަލާލައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އީޝްއަށް ކާއިން އެ ދެއްކި އިޝާރާތުގެ މާނަ އެނގުނެވެ. އެހެންކަމުން އިތުރު އެއްޗެއް ބުނުނެ ކާއިން އާއި އެކީ ގޮސް މޭޒު ދޮށުގައި އިށީނެވެ. “ކާއިން ބޭބޭ! އީޝް ބައްޕަ އުޅެނީ އީޝްއަށް ކޮއްކޮ އެއް ހޯދަދޭން.. ކާއިން ބޭބެ ބޭނުންތަ ކޮއްކޮ އެއް” ކާއިންއާއި ޖެހިގެން އިށީދެގެން އިން އީޝް އަހާލިއެވެ. މީގެ ދުވަސްތަކެއް ކުރިން އަޝްވިން އީޝްއަށް ކުއްޖެއް […]
ޝަނުމް ކުޑަކޮށް ތާޒާ ވެލުމަށް ރީމް އާއި އެކީ ގޮސް ކޮޓަރިއަށް ވަނެވެ. އިއްޔެ ވީ ކަންތަކުގެ ވާހަކަ ދައްކަން ދެ މީހުން ވެސް ތިބީ ލަދުންނެވެ. އޭނާ ލޯބިވަނީ ހަމައެކަނި އަޝްވާ ދެކެ ކަމަށް ޝަނުމް އޭނާގެ ހިތަށް އެތައް ފަހަރެއްގެ މަތިން ވިސްނުވައިދެވޭތޯ އުޅެއެވެ. އަދި އިތުރު މީހަކަށް އެ ހިތުން ޖާގައެއް ނުދެވޭނެ ކަމަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ރީމްގެ ބަދަލުވަމުން އަންނަމުންދާ މިޒާޖުގެ ސަބަބުން މިކަންތައް ބަދަލުވެގެން ހިނގައިދާނެ ކަމަށްޓަކައި ޝަނުމް […]
ސުނޯހައުސް ގޯތި އެންމެން މަގުމަތީގައި ތިބެ، ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އިލްހާމް އަންނާނެ ވަގުތަކަށެވެ. އެ އެންމެންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ނަމަވެސް އިލްހާމްގެ ބަސް ޤަބޫލުކޮށް ގެޔަށް ވަނުމުގެ ވިސްނުމެއް އެކަކުވެސް ނުގެންގުޅެއެވެ. ޞަފިއްޔާ އަތުގައި ބާރަށް ހިފަހައްޓައިލައިގެން އިންޝާ ހުރި އިރު މަގުގެ އަނެއް ފަޅީގައި ދީޕިކާ ހުރީ ދުރުން އެ މަންޒަރު ބަލާށެވެ. އެގެޔާ ކައިރިވުމަށް އޭނާ ޖެހިލުންވާ ކަހަލައެވެ. ނިހާ ހޮސްޕިޓަލުން ގެޔަށް ގެނައިންސުރެ ނިހާގެ […]