Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ -13

aminath shiyaa Level 110 Stories
February 27, 2018 6 Mins Read
18 Comments

 

“ޝާ މިރިންގް އަބަދުވެސް ޝާގެ އަތުގައި ބައިންދައްޗޭ… ވަރަށް އަވަހަށް އިރާދަ ކުރެއްވިއްޔާ ޝާ ކައިރިއަށް ދާނަން .. ވަރަށް ލޯބިވޭ” އެންމެ ފަހުގެ ވަދާއީ ސަލާމް ކޮށްލަމުން ޔާންބުނެލިއެވެ.

ރިންގްގައި ބޮސްދެމުން އެތައް ވައުދެއް ކޮށް ޝާޔާ ލޯޗްއާ ދިމާލައް ހިނގައިގަތެވެ.

ލޯންޗް ފަޅުންނުކުމެ ގެއްލެންދެން އެދިމަ ބަލަހައްޓައިގެން ޔާން ހުއްޓެވެ.

ޝާޔާ ދިއުމުން އެހިތައް ލިބިފައިވާ ނުތަނަވަސްކަން ޔާންގެ މޫނުމަތިން ފާޅުވެވޭ ހުއްޓެވެ. އެތައް ދުވަހު އެއްކޮށް މީހަކު އުޅެފަ ވަކިވެގެންދާ ކަމުގެ އިހުސާސް ޔާންއަށް ކުރެވެން ފެށިއެވެ. ލޮލުގައި އިން އަވި އައިނު ފޮހެލުމައްފަހު ލޮލައް ހެޔޮވަރު ކޮށްލިއެވެ. އަދި ޖީބުން ފޯނުނަގައި ޒިދާންއަށް ގުޅާލިއެވެ.

“އޭ ޒިދު އާދެބަލަ ޓައިލްސް ކެފޭއަށް ސައެއް ބޯލަން” ޒިދާން ފޯނުނެގުމާ އެއްކޮށް ޔާން ބުނެލިއެވެ.

“ސާބަސް ޔާން އަދި އަށެއްވެސް ނުޖަހާ …ބުރޯ މިގަޑީ ނުދެވޭނެމަށަކަށް ..ހުވާ ވަރަށް ނިދިއާދޭ…ޔާންއަށް ގޮވަން ހަދައިގެން ރަންގަޅަށް ނުވެސް ނިދިގެން މިއުޅެނީ” ހާފުރެމުން ކަހަލަ ގޮތަކަށް ޒިދާން ވާހަކަ ދައްކަމުން ދިޔައެވެ.

“ހޫން.. މާގިނަ ވާހަކަ ގިނަނުކޮށް އާދެބަލަ މިތަނަށް މަމީނީ އެތާތެރޭގަ އިންތިޒާރުގަ ..” ޔާން ކެފޭތެރެއަށް ވަދެ ހުސްމޭޖެއް އިންތޯ ނަޒަރުހިންގާ ލަމުން ބުނެލިއެވެ.

“ޔާން ކަލޭ ބަދަލެއް ނުވާނެ.. މިދަނީ މަޑުކުރޭއެތާ” ޒިދާން ފޫހިގޮތަކަށް އެދުން ތެދުވެ ތުވާލިހިފައިގެން ފާހާނާއަށް ވަނެވެ.

ވޭޓަރަކު އޯޑާނަގަން އައުމުން ޑިސްކް މަސްހުނިއަކަށް އޯޑާ ދިނުމައްފަހު ކެފޭތެރޭގައި އަޅުވާފައި ހުރި ޓިވީ އިން ދައްކަމުން ދިޔަ ކަސްރަތާ ބެހޭ ޕްރޮގުރާމް އަށް ޔާންގެ ސަމާލުކަން  ހުއްޓުނެވެ.

“ކޮބާ މިއާދެވުނީ… ދެން ދައްކަބަލަ ތި ނުދެއްކިގެން އުޅޭ ވާހަކައެއް.. ތިގޭގަ މިޔަދު ސައިވެސް ނުހަދާ ދުވަހަކީތަ؟” ގޮޑިދަމާލައިފައި ޔާން ކައިރީގައި އިށީނަމުން ޒިދާން ބުނެލިއެވެ.

“ދެން ކޮންމެ ފަހަރަކު ވަހަކަ އެއް ދައްކާކަށް ނޫނެއްނު ޒިދާން ގޮވައިގެން މަ މިކަހަލަ ތާކަށް އަށްނާނީ… އެހެންނޫނަސް މިއަދު ހަމަ ހިތައް އެރީ ބޭރުންނޭ ސައިބޯލާނީ”  ވޭޓަރު އޯޑާ ގެނައުމުން މޭޖުމަތިން ތަންހަދާލަމުން ޔާން ބުނެލިއެވެ.

“މަށައް އެގޭ ތިވެގެން އުޅޭ ގޮތް ..ޝާޔާ ފުރައިގެން ދިޔައީމަ ހިތައް ތަދުވެގެން ދޯ ތިއުޅެނީ…. އަސްލު ވާހަކައެއް ބުނަންތަ.. ވަރަށް ގިނަ މީހުން ކިޔާތީ އަޑުއިވޭ ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕް ވޯކްއައުޓެއް ނުކުރާނޭ” ފެންތަށިން ފެންފޮދެއް ބޯލަމުން ޒިދާން ބުނެލިއެވެ.

“މީހުން ކިޔާ އެއްޗެހި ގަބޫލުކޮށްގެން އުޅެން ވެއްޖެއްޔާ އެއްވެސް ކަމެއް ވޯކްއައުޓް އެއް ނުކުރާނެ… އެހެންނޫނަސް އަހަންނަށް އެގޭ ޝާ އަހަންނަށް ބޭވަފާތެރިއެއް ނުވާނެކަން ..އަހަރެން ގެ ލޮއެބައް އަހަރެން ވަރަށް އިތުބާރުކުރަން” ޔާން ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ. ކިތަންމެ ދުރުގައި ހުއްޓަސް އިތުބާރު ދެމެދުގައި ގާއިމް ވެފައި އޮތްކަމަށް ވަނީނަމަ އިތުރު މީހެއްގެ ހިޔަނި ނޭޅޭނެކަމަށް ޔާން އަބަދުވެސް  ގަބޫލުކުރެއެވެ.

“އާން މައްސަލައެއް ނެތޭ ..މަށަކީ ބިޓެއްވެސް ހުރި މީހެއް ނޫންވި ..ކިހިނެއްތަ މަށައް އެގޭނީދޯ؟..  ތިޔެއް ނޫނޭ ރަބޭމެން ޓީމް މިޔަދު ހަވީރު ފުޓުބޯޅަ މެޗްއެއް އެބަރާވާ.. އެމީހުންނާ ޖޮއިން ވާންވީނު” ޒިދާން ކުއްލިޔަކަށް ކަމެއް ހަދާންވެގެން ބުނެލާފަދަ ގޮތަކަށް ބުނެލިއެވެ.

“އޭތީ ވަރަށް ސަޅި ކަމެކޭ… މިހާރު ވަރަށް ދުވަސްވެސް ވެއްޖެ ކުޅެލަން ނާރާތާ.. ޒިދް ރަބޭ އަށް ގުޅައިގެން ތިކަން ހަމަޖައްސާ..” ޔާން ސައިތަށިން ސައިފޮދެއް ބޯލަމުން ބުނެލިއެވެ. ޒިދާން އާ ޔާން އަކީ ފުޓުބޯޅައަށް މަރުދޭ ދެ ޒުވާނުންނެވެ. ވަޒީފާގެ ގޮތުން ކޮންމެ ދުވަހަކު ކުޅެން ނުދެވުނުނަމަވެސް މިހެން ލިބޭ ފުރުސަތުތައް ނަގާލާކަށް ދެމީހުންވެސް ބޭނުމެއް ނުވެއެވެ.

 

އެއާޕޯޓްފެރީ މާލޭ ތޮށިގަނޑާ ކައިރިކޮށްލުމާއެކު ނާޒިމްމެންނަށް ފޮށިތައް ގެނައުމައް ހަވަލުކޮށްފައި ލިއުގެ ފަހަތުން ޝާޔާވެސް ފެރީން ފޭބުމަށް ހިނގައިހަތެވެ.

“ޝާ އެކަނިތަ ގެއަށް ދަނީ؟” އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ލިއުޝާބުނެލިއެވެ.

“ނޫން މަންމަ ބުނި ކަމާލް ފޮނުވި ވާހަކަ …ލިއު އެކަނި ދަންޔާ ޝާ ގެއަށް ދާއިރު ލިއުގެއަށް ޑުރޮޕް ކޮށްލަދީފާނަން” ލިއުޝާ ފަހަރަކު ނަންބަރަކަށް ގުޅަން ފެށުމުން ޝާޔާ ބުނެލިއެވެ.

“މިތިބީނު އަހަރެމެންނަށް ހުރިހާ ކަމެއް ޖައްސާފަ .. މިއަންހެން ވެރިންނަށް ނުވާނެއެއްކަމެއްވެސް” މިއާން ފޮށިތައް އެއްފަރައިތެއްގައި ބަހައްޓަމުން ބުނެލިއެވެ.

“މި މިއާން އަބަދު އުޅޭނީ އަންހެނުންނާ ޖައްސާލައިގެން… އަނެއްކާ ފިރިހެނުން މާ ކަމުދަނީތަ” ލިއު ތުން އަބުރާލަމުން މިއާން ދިމާލައް ބުނެލިއެވެ.

“ދެން ލިއު ކަހަލަ ސަޅި ބިޓުން ތިބޭއިރު ފިރިހެނުން ނަކަށް ހިތެއް ނުކިޔާނު … ދެރައީ ސެޓް ނުވާތީ…” މިއާން ޖެއްސުމުގެ ރާގައް ބުނެލިއެވެ.

“މި މިއާން ކަމަކީ އަބުދު ފުލާޓް ކުރުން… ފުނަދޫގަ ނިޝާއާވެސް…” ލިއުގެ ހިތުގައި މިއާން އަށްވަނީ ނޭގިވެސް ހާއްސަ  މަގާމެއް ދެވިފައެވެ. އެހެންނަމަވެސް މިއާންގެ އެ ހުންނަ މިޖާޒުން އެކަހަލަ ކަމަކާ ވިސްނަން ލިއު ބޭނުން ނުވަނީއެވެ.

“ޝާޔާ މެޑަމް..” ކަމާލް އަދަބުވެރި ކަމާއެކު ޝާޔާއަށް ގޮވާލިއެވެ.

“ކަމާލް މިހުރީ ފޮށިތައް ފުރަތަމަ ލިއު ގެއަށް ލާދީފައެގޭ އެހެންތަނަކަށް ދާނީ” ކަމާލް އައުމުން ފޮށިތައް ހުރި ތަން ދެއްކުމައްފަހު މިއާންމެން ކައިރީ ހޮސްޕިޓަލް އިންފަހުން ދިމާކުރާނީކަމަށް ބުނެ ލިއު އެއްކޮށް ކާރައް އެރުމައް ހިގައިގަތެވެ.

ކަމާލް ވަރަށް ފަރުވާތެރި ކަމައެކު ފަހަރަކު ގޯޅިއެއް އަޅަމުން ގޮސް ލިއު ބުނި އެޑުރެސް ކުރިމައްޗަށް ކާރު މަޑުކޮށްލިއެވެ.

“ޝާ ވަރަށް ބޮޑަށް ޓެންކްސް… އަދި ދިމާކުރަން ފަހުން ގުޅާނަން ބާއި…” ކަމާލު ދިން ފޮށީގައި ހިފަމުން ލިއު ބުނެލިއެވެ.

“ދެން އިތުރު ތާކަށް ދާންބޭނުންތޯ” ކަމާލް ފަސްއެބުރި ޝާޔަދިމާލައް ބަލައިލަމުން ބުނެލިއެވެ. ކަމާލަކީ ޝާޔާގެ އުމުރުން ފަނަރަ އަހަރުން ފެށިގެން އޭނަގެ ބައްޕަގެ ކައިރީގައި މަސައްކަތް ކުރަން އުޅޭ އިންޑިއާ ރައްޔިތެކެވެ. އޭނާގެ ބައްޕަގެ ކުންފުނީގެ ކާރު ޑުރައިވަރުވެސް މެއެވެ. އާއިލާގައި އުޅޭތާ ގިނަދުވަސްތަކެއް ވެފައި ވުމާއެކު ފަސޭހަކަމާއެކު ދިވެހިބަސް ބޭނުން ކުރަން އެގެއެވެ.

“ނޫން ގެއަށް ދެން ދަނީ” ޝާޔާ އެއިން ގޮތައް އިދެ ކަމާލް އަށް ޖަވާބު ދިނެވެ. ޔާން ނުފެންނަ ފަށައް އައުމުން އެހިތައް ލިބިފައިވާ ނުތަނަވަސް ކަން މޫނުމަތިން ފާލުވެވޭ ހުއްޓެވެ. ފޯނުނަގާ ޔާން އަށް މާލެ އާދެވުން ކަމުގެ މެސެޖުއެއް ފޮނުވާލިއެވެ.

ރައްވިލާގޭ ބޮޑުގޭޓް ދޮރުވާނު ދެފަރައިތައް ހުޅުވައިދިނުމުން ކާރު ވަދެގެންއައިސް ޕާކް ކުރުމަށް ހާއްސަ ކުރެވިފައިވާ ތާންގައި މަޑުކޮށްލިއެވެ.

“އަޅުގަނޑު ފޮށިތައް ކޮޓަރިއަށް ލައިދޭނަން…” ކަމާލް މިހެން ބުނުމުން އިތުރަށް މަޑުކުރުމެއް ނެތި ގޭތެރެއަށް ވަދެ ސަލާމް ގޮވާލިއެވެ.

“ދަރިފުޅާ…ހާއްދަ ހިކިއްޖެހެން ހީވެޔޭ.. އެރަށުން ކާން ނުލިބެނީތަ” ކުރިމަތިން ފެންނަން ހުރި ޝާޔާއަށް ބަލައިލަމުން ނަސީމާ ބުނެލިއެވެ.

“އެއްކަލަ މަންމަ ހަފުތާއެއްގަ ތެރޭ ދެންތިބުނާ ވަރުވޭތަ…” ޝާޔާ މަންމަ ކައިރީ ސޯފާގައި އިށީންނަމުން ބުނެލިއެވެ.

“މަންމަ މިހުރީ ދަރިފުޅު އަންނަދެން ނުވެސް ކައި .. މިޔަދު މެންދުރު ކެއުމަށް ހުންނާނީ ދަރިފުޅަށް އެންމެ މީރު އެއްޗެހި ތައްޔާރު ކޮށްފަ.. އަވަހަށް ހިގާ ކާންދާން…” ނަސީމާ ދަރިފުޅު ބޮލުގައި ލޯބިން ފިރުމާލަމުން ބުނެލިއެވެ. ހުރި ހަމަ އެކަނި ދަރިއަށް ޝާޔާވުމުން އެންމެ ހިނދުކޮޅެއްވެސް އެދަރިފުޅާ ވަކިވާކަށް ނަސީމަ ބޭނުމެއް ނުވެއެވެ.

“މަންމާ ކޮބާތަ ބައްޕަ… ” ޝާޔާ ބައްޕަ ފެންނަ ހިސާބުގައި ނެތުމުން ނަސީމާ ކައިރީ އަހާލިއެވެ.

“ބައްޕަ ގުޅި ބުނީ މެންދުރު ކާން ނާދެވޭނެ ވާހަކަ .. ދެން ދަރިފުޅު ކައިރީ ބުނާށޭބުނި މިރޭ ރީތިވެގެންހުންނަން.. ދަރިފުޅާ ވަރަށް ހާއްސަ ބަޔަކާ ދިމާކޮށްދޭން ވެގެންނޯ މިރޭ”  ނަސީމާ ކާ ކޮޓަރިއަށް ވަދެ ގޮޑީގައި އިށީނަމުން ބުނެލިއެވެ.

” ބައްޕަ ކީވެބާ އަޅުގަނޑު ކައިރީ ތިވާހަކަ ނުބުނީ…  އެހެންޔާ ކޮންމެ ކަމެއްކަވެސް ބައްޕަ އަޅުގަނޑައް ގުޅާފަ ބުނާނެ” ޝާޔާ ބައްޕަ އޭނަކައިރީ ހުދު އެވާކަ ނުބުނުމުން އެކަމާ ދެރަވިއެވެ.

“ވެދާނު ބައްޕަ ބިޒީ ވީމަ ކަމަށްވެސް ..ލަކުޝްމީ އައިސް އަލަމާރީގައި އިން ފުރުޓް ސެލެޑް ތަށި ދިއްކޮށްލަބަލަ” ސިންކް ކައިރީގައި ތަށިތައް ދޮންނަން ހުރި ލަކުޝްމީއަށް އިޝާރާތް ކޮށްލުމައްފަހު ނަސީމާ ބުނެލިއެވެ.

ޝާޔާ ކައިނިންމާ ލައިގެން މަންމަ އާ އެކު ސިޓިން ރޫމްގައި ވާހަކަ ދައްކަން އިނުމައްފަހު އަރާމް ކޮށްލަން ކޮޓަރިއަށް ދަނީ ކަމަށް ބުނެ ތެދުވިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު މަޑު އެއާފުރެޝްނާގެ ވަހުން ޝާޔާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އެދުގެ ބެޑްޝީޓް ބަދަލުކޮށް ރީތިކޮށް އެދުއަޅައިފައިވުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށް ލުމައްފަހު އެދުގައި ޖައްސާލިއެވެ. އަދި ފޯނުނަގާ ޔާންއަށް ގުޅާލިއެވެ.

“ހައެ ބޭބީ ވަޓްސް އަޕް… ” ޔާން ފޯނުނެގުމާއެކު ޝާޔާ ބުނެލިއެވެ.

“ނިދުން… ޝާ ތިދިޔައީވި ޔާން އެކަނި ކޮށްފަ” ޝާޔާގެ އަޑު ފޯނުން ޖެހުމުން ޔާންގެ ހިތައް ހިތްހަމަޖެހުން ގެނުވައިދިނެވެ.

“އަޅެ ދެން ތިހެން ނުބުނައްޗޭ…ޝާ ދުވަހަކުވެސް ޔާން އެކަނި އެއް ނުކޮށްލާނަމޭ.. އެއަށް ވުރެ މާބޮޑަށް ލޯބިވޭ” ޝާޔާ ޔާން އެއްކޮށް ހޭދަވި ވަގުތުތައް ހަދާން ކުރަމުން ބުނެލިއެވެ.

“ޝާއަށް ވުރެ މާބޮޑަށް ޔާން ލޯބިވޭ… ވަރަށް ވަރަށް މިސްވޭ…” ބާލީހުގައި ބައްދައިގެން އޮވެ ޔާން ވާހަކަ ދެއްކިއެވެ.

ފޯނުގައި އޮވެ ނިދުނީ ކޮންއިރަކު ކަމެއްވެސް ޝާޔާއަކަށް ނޭގެއެވެ. ހޭލެވުނީ ތިޔާ އައިސް އުދަގޫ ކުރަން ފެށުމުންނެވެ.

“ސާބަސް ޝާ.. އަހަރެން މަތިން ހަދާންވެސް ނެއްދޯ…” ތިޔާ އައިސް ޝާޔާގެ ގައިގާ އޮޅުލައިގަތެވެ.

“ސޮރީ ޑާލިން ނިދުނީއޭ…” ޝާޔާ ތެދުވެ ފޯނުން ގަޑި ބަލައިލަމުން ބުނެލިއެވެ.

“ހޫން ތިއެއް ނޫނޭ .. ބުނީމެއްނު ދިމާވީމަ ފޮޓޯތައް ދައްކާނަމޭ.. ކޮބާތަ؟” ތިޔާ ޝާޔާގެ ފޯނުނަގަމުން ބުނެލިއެވެ.

“ބަލަންވީނު ތިޔާއަށް ޕާސްވޯޑްއާ ހުރިހާ އެއްޗެއްވެސް އެގޭނެ… މަ ނުދެއްކިޔަސް ބަލާނެ ވިއްޔަ” ޝާޔާ ތިޔާ ފޯނާ ކުޅެން ފެށުމުން ބުނެލިއެވެ.

“އެންމެ ފަހުން ތިދެމީހުންދޯ … ވަރަށް ގުޅޭ.. އަސްލުބުނަން ޔާން ވަރަށް ސްމާޓްއެގޭ… ” ތިޔާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ހޫން އަޔާ ކައިރީ ތިވާހަކަ ބުނާނަން ….” ތިޔާ އުޅޭގޮތް ފެނުމުން ޝާޔާގެ ގައިތައް ވެސް ހިނިއައެވެ.

“އަޔާ ވަރަށް ކޫލް ވާނެ… ޝާ އެބަޖެހޭ މަށާއެކު ވެޑިންޑުރެސް ފައިނަލް ކުރަންދާން..ދެންވެސް ތި ކުނިމޫނު ހެދިގެން ނީންދެ ދޭބަލަ ފެންވަރަން…” ޝާޔާ އަލުން އޮށޯނަން އުޅެން ފެށުމުން ތިޔާ ޝާޔާގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ބުނެލިއެވެ.

“މިރޭ ނުދެވޭނެ… ޑޭޑް ބުނި ކޮންމެވެސް ބަޔަކު މިރޭ ކެއުމުގަ ބައިވެރިވާން އަންނަ ވާހަކަ.. ސޯ އައި ހޭވްޓް ވެއިޓް… ތިޔާވެސް މަޑުކުރައްޗޭ…. ނެތެއްނު މާގިނައިރެއްވެސް ދެން” ޝާޔާ ތުވާލި ނަގައިގެން ފާހާނައަށް ވަންނަމުން ބުނެލިއެވެ.

ޝާޔާ ފެންވަރައިގެން ނުކުމެ އަލަމާރި ހުޅުވާލުމައްފަހު ކޮޑުގައި އަޅުވާފައި ހުރި ހެދުން ތަކުގެ ތެރެއިން ހުދުކުލައިގެ ޓޮޕްކޮޅަކާ ނޫކުލައިގެ ޖިންސްއެއް ލިއެވެ. އަދި ހިތްގައިމު މަޑު މޭކަޕެއް ކޮށްލުމައްފަހު އަތުގައި ގަޑި އަޅާ ހެޔޮވަރު ކޮށްލިއެވެ.

“ތިޔާ ބޭނުންތަ ރީތި ވެލަން” ޝާޔާ މޭކަޕް ސާމާނުތައް ލުމުގެ ކުރިން ތިޔާ  ކައިރީ އަހާލިއެވެ.

“އާން މިހާރު ބޯވެސް މިހުރީ ހޭވިފަވި… ” ތިޔާ އެދުން ތެދުވެގެން އައިސް ލޯގަނޑު ކައިރީ މަޑުކޮށް ލުމައްފަހު ހޭވިފައި ހުރި އިސްތަށިގަނޑު ރީތި ކޮށްލިއެވެ.

ދެ އެކުވެރިން ތައްޔާރުވެގެން ސިޓިންރޫން އަށް ނުކުންއިރު ލަބީބް ސޯފާގައި އިށީދެ ނޫހެއް ކިޔަން އިނެވެ.

“ބައްޕާ ކިހިނެއްތޯ..” ޝާޔާ ބައްޕަ ކައިރީ މަޑުކޮށް ލުމައްފަހު ގޮވާލިއެވެ.

“ރަންގަޅު…” ލަބީބް ކުރު ޖުމްލައަކުން ފުއްދާލިއެވެ.

ޝާޔާ ހީކުރީ ބައްޕަ ނޫސް ކިޔަން އިނުމުން އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވީ ކަމަށެވެ. އެހެންވެ އެއްވެސް އެއްޗެއް ނުބުނެ ތިޔާއެއްކޮށް ޖެހިގެން ހުރި ސޯފާގައި އިށީންދެ ފޯނުން ޔާންއަށް މެސެޖްއެއް ފޮނުވާލަ ފޮނުވާލާއިނެވެ.

“އައްސަލާމް އަލައިކުމް …”

ސަލާމް ގޮވާ އަޑައް ދޮރާދިމަ ބަލާލިއިރު ލަބީބް އެބަޔަކަށް އިންތިޒާރުގައި އިން މީހުން ދޮރުމަތީ ތިއްބެވެ.

“ވާލެއަކުމް ސަލާމް… އަވަހަށް ވަންނަވާ… ދަރިފުޅާ ދޭބަލަ މަންމަ އަށް ގޮވާލަން ” ކައިރީގައި އިށީދެ އިން ޝާޔާއަށް އިޝާރާތްކޮށް ލަބީބު ބުނެލިއެވެ.

ނަސީމާ އެތަނަށް އައިސް ހުއްޓުމުން ލަބީބް ފަހަރަކު މީހެއް ތައާރަފް ކޮށްދެން ފެށިއެވެ.

“މީ އިލިޔާސް ދެން މިހުރީ ސާއިރާ އިލިޔާސް ގެ އަންހެނުން .. ދެން މިހިރަ ފިރިހެން ކުއްޖަކީ އިލިޔާސްމެންގެ ދަރިފުޅު ލިޔަމް.. ” ފަހަރަކު މީހަކު ތައާރަފް ކޮށްދެމުން ލަބީބް ބުނެލިއެވެ.

އަޅާފައި ހުރި ހެދުމުންވެސް އިލިއާސް މެންގެ އާއިލާގެ ހައިބަތު ދައްކުވައިދެއެވެ. ސާއިރާގެ ކަރު ރަންފައްތަކުން ފުރާލެވިފައިވެ. ބަލާބެލުމައް މިޖާޒުގައި ބޮޑާކަމެއް ދައްކުވައިދެއެވެ. ލިޔަމް އަކީ އިސްކޮޅުން ދިގު ރީތި ޒުވާނެއެކެވެ. ހިތްގައިމު ރީތި ފިރިހެން ވަންތަ ކަމެއް ލިބިފައި ވެއެވެ.

” ހިނގާ އަވަހައް ކާންދާން….” ލަބީބް އިލިޔާސްގެ ކޮޑުގައި ޖަހާލަމުން ބުނެލިއެވެ. އިލިޔާސްގެ އާއިލާއަކީވެސް މާލޭގެ ނަންމަސްހޫރު ކޮންސްޓްރަކުޝަން ކުންފުންޔަކަށް ނިސްބަތްވާ އާއިލާއެވެ. އިލިޔާސްގެ ބައްޕަ ޒާބިރު ހިންގަމުން އައި މަލާސް ކޮންސްޓުރަކުޝަންއާ ބައްޕަ ނިޔާވުމުން ހަވާލުވެ ހުންނެވީ އިލިޔާސްއެވެ. އެއްދާއިރާއެއްކަމުން ލަބީބްއާ އިލިޔާސްއަކީ ވިޔަފާރީގެ ގޮތުންވެސް ވަރަށް ދުވަސްވީ ދެ ރަހުމަތްތެރިން ނެވެ.

މޭޖުމަތީގައި ތަފާތު އެކި ވައްތަރު ތަކުގެ ކާއެއްޗެހިން މޭޖުމަތި ފަޅުފިލުވައިލައި ފައި ވެއެވެ. ފަހަރަކު މީހަކާ ދިމާލައް ބަލަމުން ކޮންމެ މީހެއްވެސް ކެއުމައް އިންސާފު ކުރަމުން ގެންދިޔައެވެ. އެއްވެސް މީހަކު އަގައިން ނުބުނާތީ ޝާޔާ އަދި ތިޔާއަށްވެސް ޖެހުނީ މަޑުން ތިބޭށެވެ.

މާހައުކުގައިވާ ހަމަހިމޭންކަން ފަޅުފިލައިގެން ދިޔައީ ސާއިރާގެ އަޑުންނެވެ.

“ޝާޔާއަކީ ޑޮކުޓަރެކޭ ޝާޔާގެ ބައްޕަ ބުނި … ކޮން ހޮސްޕިޓަލަކުތަ މަސައްކަތް ކުރަނީ؟ ޝާޔާ ދިމާލައް ބަލައިލައިފައި ސާއިރާ ބުނެލިއެވެ.

“އަޅުގަނޑު މަސައްކަތް ކުރަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި” ޝާޔާ ސާއިރާ ދިމާލައް ބަލާލުމައްފަހު ބުނެލިއެވެ.

“އެހެންތަ … ރަންގަޅުތާ.. އަޅުގަނޑު ދަރިފުޅުވެސް ވަރަށް ފަހުން ރާއްޖެއެއައީ ކިޔަވާ ނިންމާލައިގެން.. ދޯ ދަރިފުޅާ..” ސާއިރާ ލިއަމް އަށް ދޯ އެއްދެމުން ބުނެލިއެވެ.

މަންމަގެ އެޖުމްލައަށް އެއްވެސް އެއްޗެއް ނުބުނެ ޝާޔާ ދިމާލައް ބަލައިލަމުން ލިޔަމް ހިނިތުން ވެލިއެވެ. ޝާޔާއަށް ލިބިގެން ވަނީ ލިޔަމް ގެ ހިއްސުތަކާ  ކުޅެލާފަތަ ރީތި ހިތްގައިމު ސިފަތަކެކެވެ.

ކައިނިމިގެން އެންމެން ސިޓިން ރޫމްއަށް ނުކުމެ ހަމަޖެހެލުމައްފުރުސަތު ދިނުމައްފަހު ލަބީބް ސީދާ އޭނާ ވާހަކަ ދައްކަން ބޭނުންވާ މައުލޫއަށް ވާހަކަ ދައްކަން ފެށިއެވެ.

“މިރޭ އަސްލު ދެ އާއިލާ އެއްތަން މިކުރީ އަޅުގަނޑާ އިލިޔާސްއާވެސްވަރަށް ބޮޑަށް މަސްވަރާކުރުމައްފަހު ވަރަށް ބޮޑު ކަމެއް ނިންމަން ވެގެން… އިލިއާސް އަކީ އަޅުގަނޑު ވިޔަފާރީގަވެސް ވަރަށް ބޮޑަށް އެހީތެރިވެދެމުން އަންނަ އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތް ތެރިއެއް .. އެހެންކަމުން އަޅުގަނޑުމެން ދެމީހުންގެ އެދުމަކީވެސް މި ގާތް ރަހުމަތް ތެރިކަން އާއިލީ ގުޅުމަކުން ގުޅޭތަން ދުށުން.. އެއީ އަޅުގަނޑުގެ ދަރިފުޅު ޝާޔާއާ ލިއަމް ގެ ކައިވެނި އާ ބެހޭގޮތުން ދެފަރައިތު ހިޔާލުއަހާ މަސްވަރާކުރުން…” ލަބީބް ފަހަރަކު މީހެއްގެ މޫނުމައްޗަށް ބަލަމުން ވާހަކަ ދެއްކިއެވެ.

ޝާޔާ އަށް ބައްޕަގެ ވާހަކަ ތަކުން ދެލޯބޮޑުކޮށްލެވުނެވެ. ކަންފަތައް ހީވީ އެޖުމްލަތަކުން ހޮނުއެޅިހެންނެވެ. ތިޔާގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.

 

-ނުނިމޭ-

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 7

Next

ތިޔަ އަސަރު 47

Next
February 27, 2018

ތިޔަ އަސަރު 47

Previews
February 27, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 7

18 Comments!

  1. Mai says:
    February 27, 2018 at 6:27 pm

    Yey me first love it and love you??

    1. aminath shiyaa says:
      February 28, 2018 at 9:33 am

      Yeyyy mai yuuu first

      Thank you ??

  2. Twingirl says:
    February 27, 2018 at 7:09 pm

    Oh nooooo. … eyruvs hyvieyy shaayaa kaiveni kuruvan ulheyne ryy?? ehn nuhadhahchey. .. eyrun yaan v dhera vaane nu. .. story v rythi. .. keep it up. .. bt up vaaleh maa lahyy. .. story ah waiting waiting. .. ???❤

    1. aminath shiyaa says:
      February 28, 2018 at 9:34 am

      Laanee dhw maa bodah aslu dhimaavi kuda kamakaa gulhigen lasvee

      Thank you twingirl ?

  3. Reader says:
    February 27, 2018 at 7:53 pm

    Hyvi gothah hama evy

    1. aminath shiyaa says:
      February 28, 2018 at 9:35 am

      Aslutha…. ????
      Thank you reader

  4. Pinky shifoo says:
    February 27, 2018 at 10:02 pm

    Hii shiyaa ???… Mi part vx v v v reethi ???… Alhey ehen nahadhaa shiyaa ???… Yaan haadha dheravaaney ???… They both love each other… Anyways v v interesting v reethi mi story ???… There are some typing mistakes… Waiting for next part… Next part avahah genesdhehchey ???

    1. aminath shiyaa says:
      February 28, 2018 at 9:36 am

      Thank you pinky shifoo

      V ufaavehjje mistakes bunedhineema… thank you ?

  5. Immi says:
    February 28, 2018 at 10:04 am

    V sad…. ????

    Poor yaan ??

  6. Liu says:
    February 28, 2018 at 10:05 am

    V reethi mibaives…
    Avahah up kohdhehchey
    Lov yu ??

  7. riley says:
    February 28, 2018 at 5:58 pm

    wow amazing story

  8. Humey says:
    March 15, 2018 at 5:56 pm

    Kondhuvahakun upvaanee lasvaa sabab angaaladhee
    plx plx

  9. Beauty says:
    March 18, 2018 at 9:01 am

    Mivaahaka ves huttaaly???
    Rythi vegen vaahaka eh kiyan fashaifiyya evaahaka akah minun vareh nuvaane

  10. Misha says:
    March 27, 2018 at 9:38 am

    Nice .. Waiting for next one..

  11. Misha says:
    April 15, 2018 at 7:55 am

    Haadha dhuvaheh, waiting waiting.!

  12. thaara says:
    May 8, 2018 at 7:10 pm

    vvvvv reethi kiyvetha stop v shiyaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa………………………………………………………………………………………………………………………………………………………………plx konmeves answer eh thaara ah dhybaa girl.

  13. Makko says:
    May 28, 2018 at 10:58 pm

    Ya .. Waiting……. bt varah habbu .. ingey ….i can’t wait……..

  14. liyaa says:
    June 27, 2018 at 10:32 am

    shiyaa dariyaa vaahaka den up kohdeebala plz plz plz

Comments are closed.



All Right Reserved!