އެހެންނަމަވެސް އެއްވެސް ތަފާތެއް އޭނާ އަކަށް ފާހަގައެއްނުކުރެވުނެވެ. ވާނުވާގައި އޭނާ އިންދާ އެތަނުން ކުއްލިއަކަށް އިވުނު މިއުޒިކް ގެ އަޑު އޭނާގެ ސަމާލުކަން ހޯދިއެވެ.
މައިލީން އެތާ އިށީދެ ކުރިމައްޗަށް ބަލާލިއެވެ. އަދި އެވަގުތު އެތަނުގައި އަޅުވާފައި ހުރި ޕްރޮޖެކްޓައިން ދައްކަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލިއެވެ. މަޑު މަޑު މިއުޒިކެއްގެ އަޑުވެސް އެހިނދު އިވިގެން ދިޔައެވެ. އޭނާ ޔުއާން އަށް ބަލާލިއެވެ. އެއާއެކު ޔުއާން އެދުނީ މައިލީން ގާތު ކުރިމައްޗަށް ބެލުމަށެވެ.
ފަނޑުފަނޑުކޮއް އެޅެމުން ދިޔަ އަކުރުތައް ކުލަ ގަދަވެގެން ދިޔަ ވަރަކަށް މައިލީން އަށް އެ އެޅެނީ ކީކޭކަން އެނގިގެން ދިޔައެވެ.
“ބެސްޓް ޑޭޒް އޮފް މައި ލައިފް” އެޅެމުން ދިޔަ ބަސްކޮޅު ނިމުމާއެކު މައިލީން ކިޔާލިއެވެ. އެއާއެކު ޔުއާން މައިލީން އަށް ބަލަމުން ހިނިތުންވެލިއެވެ. އޭރުވެސް އޭނަގެ އަތާ މައިލީން ގެ އަތާ ވަނީ ގުޅި ލާމެހިފައެވެ. އޭނާ އެއަތަށް ބާރު ކޮއްލިއެވެ. މައިލީން ކުރިމަތިން ފެންނަމުން ދިޔަ ސްކްރީނަށް ނަޒަރު ހުއްޓައިގެން އިން އިރު އޭނާ ގެ ހަނދާނަށް މާޒީގެ ސަފްހާއެއްވެސް އައެވެ.
***
“ޔުއާން މި ފޯލްޑާރ ގައި ޖަހާނީ އަމް…. މައިލީން ވިސްނާލިއެވެ. އަދި އޭނާ ޔުއާން އަށް ނުދައްކާ ނަން ނަޖާލިއެވެ.
“ޔުއާން މީގެ ހަފްތާއެއް ފަހުން ފުރިޔަސް އަހަރެމެން ގެ ދެމީހުން ގެ ފޮޓީ ތައް ހުންނާނެއެއްނު.މި ފޯލްޑާގައި ބައިންދާނީ އަހަރެންގެ…. އަމް… ކީކޭ… އަން… މިހެން ޖަހާފަ… އޭރުން މި ފޯލްޑާރ ފެނުނަސް ޔުއާން އަށް އަހަރެންގެ މަތިން ހަނދާން ވާނެ ދޯ” މައިލީން ޔުއާން އަތަށް ފޯން ދެމުން ބުނެލިއެވެ.
އެއާއކެު ޔުއާން ބަލާލިއެވެ. “ބެސްޓް މޮމެންޓްސް އޮފް މައި ލައިފް” ޔުއާން ކިޔާލިއެވެ. އަދި މައިލީން ގެ ކޮލުގައި ހިފާލިއެވެ. މިއަދު ސްކްރީނަށް އަރަމުން އެ ދަނީ އެ ފޯލްޑާރގައި ހުރި ފޮޓޯ ތަކެވެ.
މައިލީން ގެ ލޮލުން ކަރުނަތަށް ފައިބައިގެން ދިޔައީ މިފަހަރުވެސް ވީ އުފަލުންނެވެ. ޔުއާން އާ ދިމާލަށް ބަލާލިއރިު ޔުއާން ގެ ނަޒަރު ހުރި ސްކްރީނަށް ހުއްޓިފައެވެ. އެހެންކަމުން އޭނާ ވެސް އަލުން ސްކްރީނަށް ނޒަރު ހުއްޓާލިއެވެ. މައިލީން އަށް އޭގެން ދައްކަމުން ދިޔަ ކޮންމެ ފޮޓޯ އަކާ އެކީ އަރަމުން ދިޔަ ލޔުން ކޮލޫތަކަށް ސަމާލުކަން ދެވުނެވެ. އޭނާ އެ ލިޔުން ކޮޅުތަން ކިޔަމުން ދިޔައިރު އޭނާ އަށް ވަށައިގެންވާ މާހައުލުގައި ހިނގަމުން ދިޔަ ކަންތަކެއްވެސް ރޭކާ ނުލައެވެ.
އޭގެ ފަސްމިނިޓް ފަހުން ޔުއާން ލައިޓްސް އޮން އޭ އަނެއްކާ ބުނެލިއެވެ. އެއާއެކު އެ ތަން އަލިވެގެން ދިޔައެވެ. މައިލީން އަށް ވަށައިގެން އަނެއްކާވެސް ބަލާލެވުނެވެ. އެއާއެކު އޭނާ އަށް އެތަނަށް އެ ކުޑަ ވަގުތު ކޮޅުގައި އައިސްފައި ހުރި ބަދަލް ދެނެގަނެވުނެވެ. ވަށައިގން ބަލާޅުމާއެކު އޭނާ ގެ ލޮލުގައި އަޅައިގަތީ ބޮޑެތި ފޮޓޯ ތަކެވެ. އޭނާ އާއި ޔުއާން ގެ ފޮޓޯ ތަކުން މުޅި އެތަން އެތަން ވަށައިގެން ފުރިފައިވީއިރު އޭނާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އޭނާ އަށް ޔުއާން އާ ދިމާލަށް ބަލާލެވުނެވެ. އެއާއެކު ޔުއާން ދެފަރާތަށް ބޯ ހަލުވާލަމުން މައިލީން ގެ ކަރުނަތަށް ފޮހެދިނެވެ. މައިލީން އިނދޯލީން ތެދުވި ތަނާ އެތަން އަނެއްކާވެސް ނިވިގެން ދިޔައެވެ. ދެން އޭނާ ގެ ލޮލަށް ކުރިމަތިން ކުއްލިއަކަށް އަލި އެޅުމާއެކު ލޯ މަރާލެވުނެވެ. އެވަގުތު އަނެއްކާވެސް ޔުއާން މައިލީން ގެނެސް އުނދޯލީގައި ބޭންދިއެވެ.
އަދި މައިލީން ގާތު މަޑު މަޑުން އިނުމަށް ބުނެލިއެވެ.
އެނެމެ ފަހުފޮޓޯގައި ވަނި ކުރިން ރެއަކު ޔުއާން މައިލީން އާއި ޔަޝްމް އާ އެކީ ނެގި ސެލްފީއެކެވެ.
ނިމުމާއެކު މިފަހަރު މުޅިއެތަން ދިއްލިގެން ދިޔައީ ތަފާޓު ގޮތަކަށެވެ. އޭނާ އަށް މިފަހަރު ލޮލުގައި އަޅައިގަތީ އެތާނގެ ވަށައިގެން ބެހެއްޓިފައިވީ ފޮޓީ ތަކަށެވެ. އޭނާ މަޑު މަޑުން ފަހަރަކު ފޮޓޯ އެއް ކައިރިއަށް ގޮސް މަޑު ކޮއްލައެވެ. ޔުއާން ވެސް މައިލީން ގެ ފަހަތުައި ހުރެއެވެ. އޭނާ މައިލީން ގެ ކޮނޑުގައި އަތް ޖައްސާލި މައިލިން އެންމެ ފަހު ފޮޓޯ އާ ހިސާބަށް ދެވުމުންނެވެ. އޭނާ މައިލީން ގެ ދެކޮނޑުގައި ހިފާ މައިލީން ގެ ލޮލާ ހަތަރު ކަޅި ހަމަކޮއްލިއެވެ.
“މެރީ މީ ލީން” ޔުއާން ބުނެލިއެވެ. އެވަގުތު ޔުއާން ބުނެލި ގޮތުން މައިލީން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ ޔުއާން އަށް ބަލަހައްޓައިގެން ހުރެފައި ބޯ ޖަހާލަމުން އެއްބަސް ވިއެވެ. ޔުއާން މައިލީން ގެ ގައިގައި ކުޑަކޮއް ބައްދާލިއެވެ.
އެއާއެކު އެދެމީހުންނަށް ވެސް ސިހުން ގެނުވީ ކުޑަ ކުޑަ އަންހެން ކުއްޖެއްގެ ހުނުމުގެ އަޑުންނެވެ. ޔުއާން އާއި މައިލީން ބަލާލިއެވެ. އެއާއެކު މައިލީން ގެ ހާސްކަން އިތުރުވީ ދޮރުން އެތެރެއަށް ވަތް ޔަޝްމް ފެނިފައެވެ.
އޭނާއަށް ސުވާލުގެ ނަޒަރަކުން ޔުއާން އަށް ބަލާލެވުނެވެ.
ޔުއާން މައިލީން އާ ދިމާލަށް ބަލާލަމުން އެއްލޯ މަރާލިއެވެ. އަދި ޔަޝްމް އަށް އިޝާރާތް ކޮއްލިއެވެ. މައިލީން ދުވެފައި ގޮސް ޔަޝްމް އުރާލިއެވެ. އަދި މައްޗާށް ނަގާ ހީގަތެވެ. އެއާއެކު އެ ހޯލްތެރޭގައި ޔަޝްމް ގެ ހުނުމުގެ އަޑު ވެސް ހިފިއެވެ.. ޔުއާން ވެސް އައިސް މައިލީން އަތުން ޔަޝްމް އަތުލަމުން އުރާލިއެވެ. އެ ވަގުތު އެތަން ބަލަން ހުރި ޝާލީން ގެ މޫނުމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އޭނާ އެ ކުޑަ ކުޑަ އާއިލާ އަށް ބަލަން ހުރި އިރު ހާދަ ގުލެއޭ ހިތަށް އެރިއެވެ.
އެހެން ހުރި އިރު އޭނާ އަށް މިރޭ ވީ ކަމެއް ހިޔާލަށް ގެނެވުނެވެ.
އޭނާ މޭޒު ކައިރީގައި އިންދާ ނުދަންނަ ނަމްބަރަކުން ފުރަތަމަ އައީ މެސެޖެކެ އެއަށްފަހު ގުޅުމުން ފުރަތަމަ ނަގާހިޔާލް ނުކޮއްފައިވެސް އޭނާ ފޯން ނެގިއެވެ. “ހަލޯ” އަޑު އިވުނީ ކާކުގެ އަޑެއްކަން އޭނާއަށް ޔަގީން ނުވިޔަސް ޝައްކެތް އެ ހިތުގައި އެނބުރިގަތެވެ. “އޭނާ ކާކުހޭ އަހާލުމާއެކު ފޯނުން ޔުއާން ވާހަކަ ދައްކަން ފެށިއެވެ. “ޔުއާން…” ޔުއާން އެހެން ބުނުމާއެކު ދެން ދިޔައީ ހަމަހިމޭޏް ވަގުތު ކޮޅެކެވެ. “ލީން… ދޮންތަ ގާތުން ކަމެއް ކަށް އެދެން ވެގެން…” ޔުއާން ގެ ވާހަކަ މެދުކެނޑުނީ ޝާލީން ގެ ބަހުންނެވެ. “ދޮންތަ” ޝާލީން ދޮންތަ އޭ ބުނުމުން ޔުއާން އަށް ފުރަތަމަ ބުނާނެ އެއްޗެއް ނޭގުނެވެ.
“އިލީ މާފު ކޮއްފި… އިލީ އަށް ރަނގަޅު ދިރިއުޅުމެއް ޔުއާން އާ އެކީ އުޅެވިދާނެކަމަށް ގަބޫލް ކުރެވެންޏާ ދޮންތަ ތި ދޭތެރެއަށް ވަންނާކަށް ގަސްތެއް ނުކުރަން… މީގެ ފަހުން ޔުއާން ވެސް ދޮންތަ ކިޔާ” ޝާލީން ވާހަކަ ދެއްކިއެވެ.
“ދޮންތާ… އިލީ އަށް ނޭގޭނެ ޗަޕްރައިޒް އެއް ދޭން އުޅޭ ކަމެއް. މިއީ އިލީ އަށް ވަރަށް ސްޕެޝަލް ކަމަކަށް ވާން ބޭނުން. މި ކަން ފުރިހަމަ ވާނީ ޔަޝޫ ވެސް ހުރީމަ. އޭރުން މި ކުޑަ ކުޑަ އާއިލާ ފުރިހަމަ ވާނީ” ޔުއާން ބުނެލިއެވެ. އެއާއެކު ޝާޅީން ކޮންކަމެއް ހޭ އަހާލިއެވެ.
“ދޮންތާ… އިލީ ރީތިކޮއްލާފަ ބަހައްޓަދީ… ހެހެ. ދެން ޔަޝޫ އަށް ހެދުމެއް މީހެއް ލައްވާ ފޮނުވަދޭނަން. އެ ހެދުން ލައްވާފަ ޔަޝޫ ގޮވައިގެން އަހަރެން މެސެޖް ކޮއްލީމަ އައިސް ވަންނާނީ….” ޔުއާން އޮޅުން ފިލުވައިދިނެވެ. “ދޮންތަ ބަލާ މީހެއް ފޮނުވާނަން. އެމީހާ ބުނާ ގޮތަކަށް ކަންތައް ކުރޭ އިނގޭ” ޔުއާން ވާހަކަ ދެއްކީ ޝާލީން ގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ.
ވީ ގޮތް އެނގުމުން ޝާލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
***
“ތެންކިޔު… ދޮންތާ” ޝާލީން ސިހުނީ ދާދި ގާތުން ޔުއާން ގެ އަޑު އިވިފައެވެ. އޭނާ ޝާލީން ގާތު ހުރެފައި މައިލީން އާއި ޔަޝްމް އަށް ބަލާލިއެވެ.
ޔަޝްމް އުރާލައިގެން އެ ތިން މީހުންގެ ފޮޓީ ގަނޑު ކައިރީގައި މައިލީން ޔަޝްމް އާ ސަކަރާތް ޖަހާތަން ބަލަން އެ ދެމީހުން ތިބިއިރު ދެމީހުންގެ ތުންފަތް މަތީގައިވެސްވަނީ ހިނިތުންވުމެކެވެ.
“ދެން ލީން ގެ އެ ހިނިތުންވުން ގެއްލުވާ ނުއްލައްޗޭ… ވަރަށް ދުވަސް ފަހުން އެ ފަދަ އުފާވެރިކަމެއް މިފެންނަނީ” ޝާލީން އެ ދިމާލަށް ބަލް ބުރި އިރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފެނިލިއެވެ.
“މިފަހަރު ލީން ގާތަށް މިއައީ ލީން ދޫކޮއްލާ ގޮތަކަށްނޫން” ޔުއާން ގެ އަޑުގައިވަނީ ސާބިތުކަމެވެ. އެ ސާބިތު ކަމުގެ ސަބަބުން ޝާލީން އަށް ވެސް ހަމަޖެހުން ލިބިގެން ދިޔައެވެ. އޭނާ އަށް ޔުއާން އަށް އިތުބާރު ކުރެވިގެން ދިޔައެވެ. އެ ލޯބި ކުޑަ ކުޑަ އާއިލާ އުފަލުގައި އުޅޭތަން ބަލަން އޭނާ ހުރި ކެތް މަދުވެފައެވެ.
“ޔަޝޫ އަކީ ލީން ގެ ހިތްވަރު… “ޝާލީން ބުނެލިއެވެ. އެއާއެކު ޔުއާން ގެ ތުންފަތް މަތީގައިވި ހިނިތުންވުން ފޮހެވިގެން ދިޔައެވެ. އޭނާގެ ހިތަށް ވަގުތުން ނުތަނަވަސް ކަން ވެރިވެގެން ދިޔުމާއެކު ހިތަށް ވެސް ގޮތެއްވެގެން ދިޔައެވެ. ލާވިޔާ ދެއްކި ވާހަކަ ތަކާ ހުދު އޭނާއަށް ފެނުނު ރިޕޯޓް ތަކުގެ ވާހަކަ ހިތަށް އެރުމުގެ ސަބަބުން އެ ހިތުގެ ހަމަޖެހުން އަނެއްކާވެސް ގެއްލުނެވެ.
“އިލީގެ އުފާވެރިކަން މިއަދު އެފެންނަނީ ޔަޝްމް އާއި ޔުއާން އާ ދެމީހުން އިލީ ކައިރީގައި ހުރީމަ” ޝާލީން އަނެއްކާވެސް ބުނެލިއެވެ.
ޔުއާން ގެ ތުންފަތް މަތިން ހިނިތުންވުން ފިލާ އެ މީނުމައްޗަށް ނުތަނަވަސްކަމުގެ އަސަރުތައް ވެރިވަން ފެށިތަން ޝާލީން އަށް ފެނުނެވެ. އެހެންނަމަވެސް އޭނާ އެކަމާ ބެހޭ ގޮތުން މިވަގުތު ޔުއާން އާ ސުވާލުކުރާކަށް ގަސްތެއްނުކުރިއެވެ.
މައިލީން ގާތަށް ޔުއާން މިސްރެރާބުޖެހީ އޭނާގެ ސިކުނޑި ހަމަޔަކަށް އަޅުވަމުންނެވެ. ކުރިއަށް އަންނަން އޮތް ތޫފާންގެ ހިލަމެއް އޭނާއަށް ނުވެއެވެ.
“ޔޫ ގާރލް….ނުވެސް ބުނެލާ އައިސްފިޔޭ” އަފްޝީން ހުރީ އާރޓް ފިޝަލް ބީޗްގައެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ ރާޔާއެވެ. ފޯނުން ގުޅައިގެން ހުރެ ފޯން ކުރުކޮއްލުމާއެކު އޭނާ ރާޔާއަށް އިންތިޒާރުކުރަން ފެށިއެވެ. އަފްޝީން ގާތަށް ރިފާ އެއައީ މިރެ އަކި ވަރަށް ހާއްސަ ރެއަކަށް ވީމައެވެ.
“ލޯގަނޑު ކުރިމަތީގައި ހުރެގެން ޖަޒިލް ތައްޔާރުވަމުން ދިޔައެވެ. އޭނާ ގެ ހިތަށް ވެސް ތަފާތު ޝުއޫރުތައް ވެރިވަމުން ދިޔައެވެ. އޭނާ ތައްޔާރުވަމުން ދިޔަ ގޮތުން ހީވަނީ ވަރަށް ހާއްސަ ފަރާތަކާ ބައްދަލުވާން ދާ ހެންނެވެ. މަޑު މަޑޫ ރާގެއް ތުމުން ފުމެމުން ދިޔައީ ވެސް އޭނާ ހިންހަމަ ޖެހިފައި ވީތީއެވެ.
ކަޅު ކުލައިގެ ޓީޝާޓް އެއް ލައިގެން ހުރުމަށްފަހު ކަމު ނުގޮސްގެން އެންމެ ފަހުން އެހެން ޓީޝާރޓް އެއް ނަގައިގެން އަނެއްކާ ލިޔެވެ.
އޭނަގެ ކޮތަރި ދޮރު ހުރީ ހުޅުވިފައިކަމުން އެހެން ދިޔަ އަނހެންކުއްޖާ ކުޑަ ކޮއް ބޯ ދިއްކޮއްލާ ބަލާލިއެވެ. އެނދު މަތި އޮތް ގޮތް ފެނިގެން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު ޖަޒިލް އަށް އެނބުރި ފަހަތަށް ބަލާލެވުނެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ އެނދުމައްޗަށެވެ. އަނެއްކާ ދޮރު ކައިރީގައި ހުރި އަންހެން ކުއްޖާއަށެވެ.
އެ ކުއްޖާ ރަނގަޅަށް ފެނިގެން އޭނާ އަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ދެން އޭނާ ގޮސް ދޮރު ލައްޕާލިއެވެ. އެއއެކު އޭނާއަށް އެ ކުއްޖާގެ އަޑު އިވިގެން ދިޔައެވެ. “ހެހެ. އަންހެން ކުއްޖަކަށް ވުރެ ކަންތައް ބޮޑު… އަނެއްކާ ޑޭޓަކަށް ދާންތަ ތިއުޅެނީ” އެ ކުއްޖާ ބާރަށް ބުނެލިއެވެ. އަދި އަނެއްކާވެސް ހީގަތެވެ. އެއާއެކު ޖަޒިލް އަށް ހުއްޓުން އެރިއެވެ. އޭނާ ގޮސް ދޮރު ހުޅވާލާ އެ ކުއްޖާ އާ ދިމާލަށް އެއްޗޭ ބުނަން އަނގަހުޅުވާލިއެވެ. އެހެންނަމަވެސް ހުއްޓެން މަޖުބޫރުވީ އެ ކުއްޖާ ފެންނަން ނެތުމުންނެވެ. އޭނާ ފުން ނޭ ވާއެއްލަމުން ކޮޓަރިއަށް ވަތް އިރު އެ ތުންފަތުގައި ހިނިތުންވުމެއް ވެސް ވެއެވެ.
މިތަން ބަލަން ހުރި އާމިރު ގެ މޫނުމަތިންވެސް ހިނިތުންވުން ފެންނަމުންދިޔައެވެ. އޭނާ ގާތުގައި ހުރި އާދިލާ އަށް ބަލާލަމުން ހީލިއެވެ. އާދިލާ ވެސް ހީލިއެވެ.
ޖަޒިލް ހިންހަމަ ޖެހޭ އެއްޗަކަށް އޭނާއަށް ފެނުނީ ރަތާއި ކަޅުކުލަ ހުރި ގަމީހަކާއި ޖީންސްއެކެވެ. އޭނާ އެ އެއްޗެހި ލައިގެން ލޯގަނޑުން ބަލާލިއެވެ. އަދި ބޯ ޖަހާލީ މިއީ ހަމަ ރަނގަޅު އެއްޗޭ ހިތަށް އަރަމުންނެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ދްޓައިލް ކޮއްލާ ޑްރެސިން ޓޭބަލް މަތީގައި ހުރި ބިއްލޫރި ސެންޓް ފުޅިއަކުން ގަޔަށް ޖަހާލުމާއެކު އޭސީ ކޮއްފައިވާ އެ ކޮތަރި ތެރެއިންވެސް މިރުވަސް ދުވަން ފެށިއެވެ. އޭނާ ހިންހަމަ ޖެހޭވރުވުމުން ވޮލެޓް ނަގާ ޖީބަށް ލަމުން ފޯން ނަގާ ބަލާލިއެވެ. އެ ފޯނަށް މެސެޖެއް އައިސްފައި އިން ތަން ފެނިގެން އޭނާ ހިނިތުންވެލަމުން އެ މެސެޖް ހުޅުވާލިއެވެ. މެސެޖް ކިޔާލުމާއެކު އެ ހިނިތުންވުން ފުލާވެގެން ދިޔައެވެ.
އާރޓް ފިޝަލް ބީޗަށް އާދެވުމާއެކު އޭނާ ސައިކަލު ބަހައްޓާލަމުން ވަށައިގެން ހޯދާލިއެވެ. ރަތް ކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖެއް ހޯދަމުން ދިޔަ އޭނަޣެ ދެލޮލުގައި އެދިމާ ތަންކޮޅެއް ދުރުގައި ހުއްޓި ދެފަރާތަށް ހޯދަމުން ދިޔަ އަންހެން ކުއްޖާ އަޅައިގަތެވެ.
އޭނާ މަޑު ފިޔަވަޅުތަކެއްގައި އެ ދިމާލަށް ހިނގައިގަތް ތަނާ އެ އަންހެން ކުއްޖާ ކައިރިން އެހެން އަންހެންކުއްޖެއްވެސް އޭނާ އަށް ފާހަގަވަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ ހުރި މަޑު ކުރާ ގޮތަކަށް ނޫނެވެ. އެކުއްޖާ ފެނުނުފަހުން ފިޔަވަޅުތަށް އިހުނަށްވުރެ މަޑު ވިޔަސް އޭނާ ނުހުންޓުނެވެ.
އޭނާ ގޮސް އެ ކުއްޖާ އަށް ގޮވާލިއެވެ. އެއާއެކު އެ ކުއްޖާ ކައިރިން ފެނުނު ޒުވާނާ އަށް ބަލާލިއެވެ. އަދި ލަދުން އިސްޖަހާލިއެވެ. “އަފޫ” ޖަޒިލް ގޮވާލިއެވެ. އޭނާ ގެ ހުރިހާ ސަމާލުކަމެއް ހުރީ އަފްޝީން އަށް ހުއްޓިފައިކަމުން އޭނާ އަށް އަފްޝީން ކައިރީގައި ހުރި ކުއްޖާއަށް ނަޒަރެއް ނުދެވުނެވެ.
އަފްޝީން ބަލާލިއެވެ. އޭނާ ގެ ތުންފަތުގައި ވެސް ވަނީ ހިނިތުންވުމެކެވެ. ޖަޒިލް ގެ ނަޒަރު ކައިރީގައި ހުރި ކުއްޖާ އަށް ހުއްޓުނީ އެ ކުއްޖާ ބުނެލި ވާހަކައިންނެވެ. “އިނގޭތަ؟” ތިހިރެ ޕްރިންސްއަށް ނޭގުނު ލާނެ އެއްޗެއްވެސް އިނގޭ” ޖަޒިލް އަށް ފެނުނީ ރާޔާ އެވެ. އެއީ އޭނާގެ ދޮންބައްޕަގެ ހަގު އަންހެން ދަރިއެވެ.
އޭނާ އަށް ރާޔާ އާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާ އެކޭ އެއްގޮތަށް އަފްޝީން ގެ މޫނުމަތިން ވެސް ފެނުނު ހައިރާން ކަން ކުޑައެއް ނޫނެވެ. “އޯކޭ…. ތިހިރެ އަފޫގެ ޕްރިންސް ކައިރީގަ އަހާ ދެން…. ދަނީ” ރާޔާ އެހެން ބުނެ ހިނގައިގަތެވެ. އޭރު ވެސް އޭނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. ވަކިހިސާބަކަށް ދެވުނު ތަނާ އޭނާ އަށް ފޯނެއް އައެވެ. ގުޅަނީ ބޭރު ނަންބަރަކުން ކަމށް ވުމުން އޭނާ އެ ފޯން ނެގިއެވެ. ދޮންތަ ކަން އެނގުމުން އޭނާ އަށް ހިންހަމަ ޖެހުމެއް ލިބުނެވެ. އޭނާ ފޯން ނެގިއެވެ. ކީކޭ ދޮންތާ… އޭނާ ބުނެލިއެވެ. އެކޮޅުން ދޮންތަ ބުނި ވާހަކަ އަހާފައި އޭނާ ގެ މޫނުގެ ކުލަ އޮއްސުނުތަން ފެނުނެވެ.
“ދޮންތާ… އަޑު އަހާބަލަ” އޭނާ ބޭނުންވީ ދޮންތަ އަށް ވިސްނަދޭށެވެ.
އެވަގުތު އޭނާ ހުރި އިސްޖަހައިގެން ކަމުން ކުރިމަތިން އައި ޒުވާނާއެއް ނުފެނުނެވެ. އެ ޒުވާނާ ވެސް އައީ ފޯނާ ކުޅެމުން އިސްޖަހައިގެން ކަމުން އޭނާ އަށް ވެސް ކުރިމަތިން އައި އަންހެން ކުއްޖާ ނުފެނުނީއެވެ. “ދޮންތާ އަޑު” ރާޔާގެ އަޑު ކެނޑުނީ ކުރިމަތިން އައި ފިރިހެން ކުއްޖާ ގެ ގައިގައި ޖެހި އޭނާ ކުރިއަށް ދިޔުމުންނެވެ. ނުވެއްޓުނީ ކިރިއާއެވެ. “ހެވޭ ދެން” އެކޮޅުން އަޑު އިވުމާއެކު ފޯން ކަނޑާލީ ރާޔާއަށް ވާހަކަ ދައްކަން ފުރުސަތެއް ނުދީއެވެ. އޭނާ ފޯނަށް ނަޒަރު ހުއްޓާލާފައި ދެވަނަ ފަހަރަށް އޭނާ އަޅައިގަތް ޒުވާނާއަށް ބަލާލެވުނެވެ. އޭނާ ހައިރާންވިއެވެ. އެ ޒުވާނާ ހުރީ އޭނާ އަށް ބަލަހައްތައިގެން އާޝާޚް ވެފައެވެ. އޭނާ ގޮސް އެޒުވާނާގެ މޫނުމަތީގައި އަތް ހޫރުވާލިއެވެ. އެއާއެކު އެ ޒުވާނާ ދެފަރާތަށް ބޯ ހޫރާލަމުން ހަމަބިމަށް ތިރިވިއެވެ. އޭނާ މާފަށް އެދުނެވެ. “ސޮރީ” ކޮންފަދަ ފިރިހެން ވަންތަ އަޑެއް ހެއްޔެވެ؟. ރާޔާ ގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. “ސޮރީ”ރާޔާ އަށްވެސް ބުނެވުނެވެ.
އޭނާ އެޒުވާނާއަށް ހީލަމުން ހިނގައިގަތް އިރު ހުރީ މޭގައި އަތް އަޅައިލައިގެންނެވެ. އޭނާ ޖެހުމުން ހިތް ތެޅުނަށްވުރެ ބާރަށް އެ ޒުވާނާގެ އަޑު އިވުމުން އެހިތް ތެޅޭހެން ބާރުހެން ހީވިއެވެ. އޭނާ ދެލޯ މަރާލިއެވެ.
އެ ކުއްޖާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ރިވަމް ވެސް ހުރީ ބަސްހުއްޓިފައެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އެ ކުއްޖާ ހާއްސަ ވެއްޖެކަމުގައި އޭނާގެ ހިތް ބުނެލިއެވެ.
އޭނާ ބޯ ކަހާލަމުން ހިނގައިގަތެވެ.
“އަފްޝީން’ ޖަޒިލް ބުނެލިއެވެ. އެއާއެކު އަފްޝީން ލަދުން އިސްޖަހާލިއެވެ. “މި ކުއްޖާ މަތިން ހަމަ ހަނދާން ނައްތައެއްނުލެވުނު އިނގޭ” ޖަޒިލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “ހާދަ ލަދުންނޭ ތި ހުންނަނީ” ޖަޒިލް އަފްޝީން ގެ އަތުގައި ހިފާލިއެވެ.
އެއާއެކު އަފްޝީން ސިހިފައި އަތް ދުރައްލިއެވެ. އޭނާ އަށް ހީވީ ވިހަގަދަ ސުއިއްޕެއް ކަށި ޖެހިހެންނެވެ. “މީހަކަށް ފެނިދާނޭ” އޭނާ ބުނެލިއެވެ.
އެއާއެކު ޖަޒިލް ލުއި ހުނުމަކާއެކު އަނެއްކާވެސް އެ އަތުގައި ހިފާލިއެވެ. “އީ…. ދޫކޮއްބަ މީހެ….”
“އައި ލަވް ޔޫ” ޖައިލްގެ އަތުގެ ތެރެއިން އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔަ އަފްޝީން އަށް ބަލަން ހުރެ ޖަޒިލް ބުނެލިއެވެ. އެއާއެކު އަފްޝީން އަށް ހުއްޓެވުނެވެ. އޭނާ އަށް ދެލޯ ބޮޑު ކޮއްލެވުނެވެ. އަދި އެވަގުތު ޖަޒިލް އޭނާ އަށް ބަލަން ހުރި ގޮތުން އޭނާގެ ހިތް އޭނަގެ އިޚްތިޔރުން ބޭރުވެގެން ދިޔައެވެ. އެންމެ ފުރަތަމަ ދުވަހު ހޮސްޕިޓަލް ތެރެއިން ދިމާވެ އޭނާ އެ އަތު ތެރޭގައި އތް އޮރު އެ ދެލޮލުން ފެނުނު ވިދުން މިއަދު ވެސް ފެނުނެވެ. އޭނާ އަށް އެ ދެލޮލުގެ ތެރެއަށް ގެނބިފައި ހުރެވުނެވެ.
“އައި ވޯޒް ސޯ ސަޕްރައިޒްޑް އެ ދުވަހުވެސް އިޓް ވޯޒް ޔޫ ހަމަ” އަފްޝީން އަށް ހަމަބިމަށް އާދެވުނީ ޖަޒިލް އޭނާގެ އަތުން ދޫކޮއްލުމުންނެވެ.
“އެބަ ބިރުގަނޭ… ތިހެން ނުބަލަބަ” ޖަޒިލް ބުނެލިއެވެ. އެވަގުތު އޭނާގެ އަނގަޔަށް ޖައްސާލި ވައްތަރުން އަފްޝީން އަށް އިތުރަށް ހެވުނެވެ.
ޔުއާން އާއި މައިލީން އަށް މިރެއަކީ ވަރަށް ހާއްސަ ރެއެކެވެ. ދެމީހުން އުފާވެރި ވަގުތު ކޮޅެއް ޔަޝްމް އާއ އެކު ހޭދަކޮއްލުމަށްފަހު ގެއަށް އައެވެ. ލަސްވެފައި ހުރުމުން ޔުއާން ގެއަށް އައީ މައިލީން މެން ގެއަށް ލާފައި އޭނާ އެ ގެއަށް ނުވަދިއެވެ. ކާރުގައި އިން އިރު އޭނާ ގެ ވިސްނުންތަފާތު ދިމަދިމާލށް ދަތުރު ކުރިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އެއްކޮޅުން ޔަޝްމް އެވެ. އަނެއްކޮޅުން ބައްޕަ ގާތުވެސް މި ވާހަކަ ދައްކަން އެބަޖެހެއެވެ. ފުރަތަމަ އަޅާނީ ކޮން ފިޔަވަޅެއްކަން އޭނާ އަކަށް ނޭގުނެވެ. އެހެން ކަމުން އޭނަގެ ހާސްކަން ވެސް ވަނީ ދެގުނަ ވެފައެވެ.
އޭގެ އަނެއްދުވަހު ޔުއާން އާއި މައިލީން އާ ދިމާވީ ހޮސްޕިޓަލް ޑިއުޓީއިންނެވެ. އާދައިގެ މަތިން ޔުއާން ނުހަނު ސްމާޓެވެ. އޭނާ ބްރޭކް ގަޑީގައި ބަލާލިއިރު މައިލީން ފެންނާކަށް ނެތެވެ. އޭނާ ދެން ވިސްނީ މި ގަޑީގައި ލާވިޔާ އާ ބައްދަލުކޮއް ވާހަކަ ދައްކާލާށެވެ. އެހެންކަމުން ފަސްވަނަ ފްލޯއަށް މިސްރާބުޖެހީ އަވަސްވެފައިވާ ހިތަކާއެކިފައެވެ. އޭނާ ލިފްޓުން ފޭބިއިރު އެ ފްލޯގައި ޖަޒިލް ވެސް ހުއްޓެވެ. އޭނާ ގެ ހިތަށް ފޫހިކަން ވެރިވެގެން ދިޔައެވެ. ޖަޒިލް މިހާރު މައިލީން އާ ވެސް ވާހަކަ ދައްކާ ތަނެއް ނުފެނެއެވެ. ޔުއާން ފެނިގެން ޖަޒިލް ދިއްކޮއްލީ ހިނިތުންވުމެކެވެ. އެކަމަކު އެ ހިނިތުންވުމުގެ މާނަ ޔުއާން އަށް ނެގުނީ އޭނާއަށް ދިއްކޮއްލި މަލާމާތެއްގޮތަށެވެ.
އޭނާ މޫނު އަނބުރާލަމުން ލާވިޔާގެ ރޫމާ ދިމާލަށް ދިޔައެވެ. ޖަޒިލް ފުންނޭވާއެއްލީ ޔުއާން ދިޔަ ދިމާލަށް ބަލަން ހުރެފައެވެ. އޭނާ ދެން އަވަހަށް ކުރަން ހުރި މަސައްކަތަށް އަވަސްވިއެވެ. ޖަޒިލް ފެނިފައި މޫޑު ސަކަރާތް ވެފައި ހުރި ޔުއާން ރޫމް ގައި ޓަކިވެސް ޖަހާލުމެއްނެތި އެތެރެއަށް ވަނެވެ.
އެވަގުތު ފެނުނު މަންޒަރުން އޭނާ އަށް ހުއްޓެވުނެވެ.
“މައިލީން………….. ޔަޝްމް ގެ ކޭސް އިޒް ވެރީ ކޮންޕްލިކޭޓެޑް” ލާވިޔާ އިސްޖަހައިގެން އިނެވެ. އެކަމަކު ރީކަލް ދެއްކި ވާހަކަ ޔުއާން އަށް އަޑުއިވުނެވެ. ރީކަލް ދެން ބުނަން އުޅުނު ޖުމް ލަ ފުރިހަމަ ނުވިކަމުގައިވިޔަސް ޔުއާން އަށް އެ ބުނަން އުޅެނީ ކީކޭ ކަން އެނގުމާއެކު މައިލީން ގާތަށް ޖެހިލާ އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.
“ޔެސް.. އިޓް އިސް” ޔުއާން ބުނެލިއެވެ. “އެކަމް ޑޯންޓް ވޮރީ ވީ ހޭވް ހޯޕް ލީން… ވީ ހޭވް ހޯޕް” އޭނާ މައިލީން ހިންހަމަ ޖައްސައިދޭން ބޭނުންވިއެވެ. ޔުއާން މައިލީން ހިންހަމަ ޖައްސަދޭން ބޭނުންވީ އަދި މައިލީން އަށް އެ ހުރިހާ ވާހަކަ އެއް ކިޔައިދޭން މައިލީން އެކަމަށް ތައްޔާރެއްނޫނޭ ހިތާއެވެ. އޭނާ ރުޅީވެރި ނަޒަރަކުން ލާވިޔާ އަށާއި ރީކަލް އަށް ބަލާލިއެވެ.
އެވަގުތު ކޮންމެވެސް އެއްޗެކޭ ކިޔައި މައިލީން ފޮނުވާލިއެވެ. މައިލީން ދޮރު ލެއްޕި އަޑު އިވުމާއެކު ޔުއާން ގެ ރުޅިވެރި ބަސްތައް އެ ދެމީހުންވެސް އަމާޒުވެގެން ދިޔައެވެ. “ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ އޭތް…. ބުނެބަލަ..” ޔުއާން ހަޅޭއްލަވައިގަތީ އިނގިރޭސިންނެވެ. ޔުއާން ގެ ރުޅިވެރި އަޑާއެކު ރީކަލް ތެދުވިއެވެ. އަދި އޭނާ ވާހަކަ ދައްކަން ފެށިއެވެ. “ކޯޒް އިޓްސް އިމްޕޯޓެންޓް… ” ރީކަލްގެ ވާހަކަ ދެން ވެސް ހުއްޓުނީ ޔުއާން ގެ އަޑުންނެވެ. “ލާވިޔާ ބުންޏަސް….”
“ދިސް ވޯޒް ނޮޓް ހާރ ޑެސިޝަން… ދިސް ވޯޒް މައިން… ޝީ ވޯޒް ނައު މައި ޕޭޝެންޓް ޓޫ” ރީކަލް ގެ އަޑުގައވެސް ހިންހަމަ ނުޖެހުމެއް ވިއެވެ. ޔުއާން އިތުރަށް މަޑު ކުރުމެއްނެތި ހިނގައިގަތީ އޭނާ އަށް އަންނަ ރުޅީގައި ކޮންޓްރޯލް ގެއްލި ކަމެއް ކުރެވިދާނެތީއެވެ.
ރީކަލް ފުން ނޭވާއެއްލީ ޔުއާން ނުކުތްތައް ފެނުމުންނެވެ. “ސޮރީ” ރީކަލް ލާވިޔާ އަށް ބުނެލިއިރު އެ އަޑުގައިވެސް މަޑު މޮޅިކަމެއް ވިއެވެ. “އިޓްސް އޯލް މައި ފޯލްޓް…” ރީކަލް ބުނެލިއެވެ. އެއާއެކު މި ހުރިހާއިރު އިސްޖަހައިގެން ހުރި ލާވިޔާ އިސްއުފުލާލާ ރީކަލް އަށް ބަލާލިއެވެ.
މި ވީ ދުވަސްތަކުގައި ލާވިޔާއަށް ތަފާތު ބޮޑެތި ބަދަލް ތައް އަތުވެއްޖެއެވެ. ރީކަލް އަށް އެ ބަދަލް ތައް މާނަ ކުރާކަށް ނޭގުނެވެ. އިނގޭހާވެސް އެއްޗަކީ ލާވިޔާ އަށް އެ އައި ބަދަލް ތަކަކީ ޔުއާން ގެ ސަބަބުން އައި ބަދަލް ތަކެއްކަމެވެ. ޔަޝްމް ގެ ސަބަބުން އައި ބަދަލް ތަކެއް ކަމުގައެވެ.
ލާވިޔާ ހިންހަމަ ޖައްސައިދިނުމަށް މަސައްކަތް ކުރަން އޭނާގެ ހިތް އެ ވަގުތު ގޮވިއެވެ.
ޔުއާން ނުކުމެގެން އަނެއްކާ ދިޔައީ އޭނާގެ ރޫމްއަށެވެ. ބަނޑު ހައިކަން އިހްސާސްވިޔަސް ކާހިތް އެއްކޮއް ކެޑުމުން އޭނާ ކެންޓީނަށް ނުދާން ނިންމިއެވެ. އެ ދިޔައިރު އޭނާ އަށް ފޯނެއްވެސް އައެވެ. އެކަމަކު އެ ފޯން ނެގުން އޭނާ އަށް މުހިންމެއްނުވިއެވެ. އޭނާ ގޮސް ގޮނޑިއަށް ވެއްޓިގަތެވެ. އެހެން އޮއްވާ އަނެއްކާ ފޯން ރިންގް ވިއެވެ. ގުޅަނީ މައިލީންއެވެ. މައިލީން ކެންޓީނަށް ދާން ބުނުމުން އޭނާ ދާހިތް ނުވެފައި ހުރެވެސް މައިލީން ގެ އެދުމަށް ދެކޮޅު ނުހަދަން އެ ދިމާލަށް މިސްރާބުޖެހިއެވެ.
ކެންޓީނަށް ވަތް ޔުއާން އަށް މައިލީން އާއި އެކު މޭޒެއްގެ ދޮށުގައި ވާހަކަ ދައްކަން ހުރި ޖަޒިލް އަޅައިގަތެވެ. “ސޮރީ އިލީ…. ޝާލީން ދައްތަ އަށް ވެސް ސޮރީ ބުނެދޭތި” ޖަޒިލް ބުނެލިއެވެ. އެއާއެކު މައިލީން ހީލަމުން އާއެކޭ ބުނެލިއެވެ. އޭނާއަށް ދެން އެއްލި ކަޅިއަކުން ޔުއާން އަޅައިގަތެވެ. ޔުއާން ގެ މޫނުމަތިން އޭނާ އަށް ރުޅިވެރިކަމުގެ އަސަރުތައް ފެނިގެން ދިޔައެވެ. އެހެންކަމުން އޭނާ އަށް ވެސް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އެއާއެކު ހިނިތުންވުން ފަނޑުވިއެވެ. މައިލީން އަށް ވެފައި ހުރި ގޮތުން ޖަޒިލް ވެސް މައިލީން ގެ ނަޒަރު ހުރި ދިމާލަށް ނަޒަރު ހުއްޓާލިއެވެ.
އޭނާ ޔުއާން ޖެލަސް ކޮއްލުމުގެ ބޭޏުމުގައި މައިލީން އާ ދިމާލަށް ބަލާލަމުން ހީލިއެވެ. އަދި ހިނގައިގަތީ ޔުއާން އަށް ނޭގޭ ނޭ ގޮތަށް މައިލީން އާ ދިމާލަށް އެއްލޯ މަރާލާފައެވެ.
ޔުއާން މައިލީން ގާތަށް ދިޔުމުގެ ބަދަލް ގައި އައި ދިމާލަށް ހިނގައިގަތުމުން މައިލީން ޖަޒިލް އާ ދިމާލަށް ލޯ އަޅާލަމުންހެމުން ޔުއާން ގާތަށް ދުއްވައިގަތެވެ. އެވަގުތު އެތާގެ މީހުން އެހާ މަދީ ނަމާދުވަގުތު ކައިރިވާތީ ކަންނޭގެއެވެ. މައިލީންވެސް ހުރި މައްޗަށް ގޮސް ބަންގި ގޮވުމުން ނަމާދުކޮއްލާށެވެ.
އޭނާ ޔުއާން އާ އަރާ ހަމަވެފައި ޔުއާންގެ އަތުގައި ހިފާލިއެވެ. އެއާއެކު ޔުއާން މައިލީން ގެ އަތް ފޮޅުވާލިއެވެ. އެތަން ބަލަން ހުރި ރީކާ ހުރީ އެދެމީހުނަށް ނަޒރު ހުއްޓައިލިގޮތަށް އެހެން ދިމާލެއް ބަލަން ނޭގިފައެވެ. އޭނާ މައިލީން ގާތު މާފަށް އެދެން ބޭނުންވިއެވެ. އޭނާ ވެސް މިހާރު ވަނީ އެހެން ކުއްޖަކާ އެކީ ރަނގަޅު ހަޔާތެއް ފަށަން ނިންމާފައެވެ. އެއި ދީންވެރި އަކްލާގު ރަނގަޅު ޒުވާނަކަށް ވުމުން ރީކާ އަށް ތަފާތު ގިނަ އެއްޗެހި ވަނީ މިހާރު އޮޅުން ފލާފައެވެ. އެހެންކަމުން އޭނާ ބޭޏުންވަނީ މިހާރު ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާށެވެ. އޭނާ އަށް ގެއްލުމެއް ދެވިފައިވާ ހުރިހާ އެންމެންގެ ގާތުން މާފަށް އެދޭށެވެ.
ޝާން ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން ކަމުން އޭނާ އެ އުޅެނީ ވެސް އަންނަ މަހު ކައިވެނި ކުރާށެވެ. އަދި ވަޒީފާއިން ވަކިވާށެވެ.
“ދެން ޔުއާން” މައިލީން ބުނެލިއެވެ. “ކީކޭ” ޔުއާން އަހާލިއެވެ. “ދެން ޔުއާން… ހާދަ ޖެލަސް ވެޔޭ” މައިލީން ޔުއާން އިތުރަށް ރުޅިއަރުވައިލަމުން ބުނެލިއެވެ. އެއާއެކު ޔުއާން ހުއްޓި މައިލީން އާ ދިމާލަށް ބަލާލިއެވެ. އެއާއެކު މައިލީން ދޫ ނެރެލަމުން ދަތްއަޅާލިއެވެ. ޔުއާން އެއްޗެކޭ ނުބުނެ ހިނގައިގަތުމުން އޭނާ އަށް ދެލޯ މަރާލެވުނެވެ. ވަކި ހިސާބަކުން މައިލީން ހުއްޓުނެވެ. އޭނާ ބޭނުންވީ ޔުއާން ކަންތައް ކުރާގޮތެއް ބަލާށެވެ.
ޔުއާން ހިނގަމުން ގޮސް ވަކި ހިސާބަކުން މައިލީން ނާންނަފަދަ އިހްސާސް އެއްކުރެވުމާއެކު ފަހަތް ބަލާލިއެވެ. އެއާއެކު އޭނާ އަށް ފެނުނީ ތަންކޮޅެއް ދުރުގައި ހުއްޓި ހުރި މައިލީންއެވެ. އެވަގުތ އަނެއްކާ އޭނާގެ ލޮލުގައި އެ ދިމާލަށް އައި ޖަޒިލް އަޅައިގަތެވެ.
މައިލީން ކުރި ަމއްޗަށް ބަލާލިއިރު ޔުއާން އައިތަން ފެނިގެން އޭނާ އަށ ްހެވުނެވެ. އެކަމަކު އޭނާ ގާތަށް އައިއިރުވެސް ޔުއާންގެ ނަޒަރު ހުއްޓުނީ ފަހަތަށް ކަމުން އޭނާ ބަލާލިއެވެ. ޖަޒިލް ފެނުމުން އޭނާ ގާތަށް ހިނިއައެވެ. އޭނާ މައިލީން ގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ. އެއާއެކު މައިލީން އަށް ހެވުނެވެ.
ޖަޒިލް ވެސް ހުރީ ޔުއާން ކަންތައް ކުރި ގޮތުން ހިނި އައިސްފައެވެ. ޔުއާންވެސް ހާދަ މޮޔައޭ އޭނާގެ ހިތަށް އެރިއެވެ.
“ޖެލަސް ބޯއީ” މައިލީން ޔުއާން ގެ ގައިގައި ލައްކޮއްލުމާއެކު އޭނާ ބުނެލިއެވެ. އެއާއެކު ޔުއާން ވެސް މައިލީން އަށް ބަލާލަމުން ހިނިތުންވެލިއެވެ.
ރިވަމް ރޫމް ގައި ފަހަރަކު ބަލި މީހެއް ބަލަމުން ދިޔައެވެ. އޭނާ ފުން ނޭވާއެއްލީ އެންމެ ފަހު މީހާ ނުކުމެގެނ ދިޔުމުންނެވެ. އެވަގުތު ރޭގައި ދިމާވި އަންހެން ކުއްޖާ މަތިން އޭނާ ހަނދާންވިއެވެ.
އޭނާ އެ ކުއްޖާ އާ ދޭތެރޭ ވިސްނަމުންދިޔައެވެ. އަދިވެސް އެއްފަހަރު ދިމާވާނޭ ނަމައޭ ހިތަށް އެރިއެވެ. އެކަމަކު މިއޮއ ބޮޑު މާލޭން އެ ކއުއްޖާ ފެނިދާނެބާ އޭ އޭނާގެ ހިތަށް އެރިއެވެ.
ޑިއުޓީ ވެސް ނިމުނީއެވެ. އޭނާ ދެން ތިރިއަށް މިސްރާބުޖެހީ ކެންޓީނުން އެއްޗެއް ކާލުމުގެ ބޭނުމުގައެވެ.
ޔުއާން އާއި މައިލީން ވެސް ޑިއުޓީ ނިންމާފައި ގެއަށް ދިޔައީ އެއްކޮށެވެ.
ދިޔައިރު ޔަޝްމް ދުވެ ދުވެފައި އުޅެއެވެ. ގޭތެރޭގައި ޔަޝްމް ގެ އަޑު އެއް އަޑަކަށް ގުގުމާފައި ހުއްޓެވެ. އާރަވެސް ހީހީފައި ޔަޝްމް އާ ސަކަރާތް ގަނަވޭތޯ އުޅުނެވެ. ޝާލީން ވެސް ބޮޑު ބަނޑާއެކު ހިނގާލަ ހިނގާލާ ހުރީ ކަސްރަތަކަށެވެ.
އޭނާ އިރު އިރު ކޮޅަކާ އާރާ އާ ދިމާލަށް އެއްޗެއްބުނެލައެވެ. ޔަޝްމް ހުއްޓި ހުރެ ހެމުން ހެމުން ދިޔައެވެ. އެ ހުނުމުގައި ތަފާތު ކަމެއް ވިއެވެ.
“ޔަޝޫ” މައިލީން އަށް ޔަޝްމް އާ ދިމާލަށް ދުއްވައިގަނެވުނީ ޔަޝްމް ވެއްޓެމުންދިޔުމުންނެވެ.
“ޔުއާން އަށް ވެސް ދުއްވައިގަނެވުނެވެ. އޭނާ ގެ ހިތް ވެސް ދިޔައީ ނޭގޭ ބާރު މިނުގައި ތެޅެމުންނެވެ.
އޭނާ ވެސް މައިލީން ގެފަހަތުން ޔަޝްމް ގާތަށް ދިޔައެވެ. “ޔަޝޫ ޔަޝޫ” މައިލީން ގޮވަމުން ދިޔައެވެ. އޭނާ ޔަޝްމް އުނގުމަތީގައި ބައިންދައިލިތަނާ އާރާވެސް އައިސް މައިލިން ގާތު އިށީނެވެ. ޝާލީންވެސް އައިސް އުނދަގުލާއެކު ގުދުވެލިއެވެ. އެހެންނަމަވެސް އޭނާގެ ބަނޑާ ހެދި އެނާ އަށް އިށީންނަން ވީ ދަތި ކަމަކަށެވެ.
“ލީން… ގިވް ހާރ” ޔުއާން ހާސްވެފައ ހުރެވެސް އެވަގުތު ކަންތައް ކުރަން އޭނާ އަށް ފެނުނު ގޮތަށް ކަންތައް ކުރަން އަވަސްވެގަތެވެ.
ޔުއާން ތަފާތު ގިރްގޮތަށް ޔަޝްމް އަށް ބަލަމުން ދިޔައެވެ. އޭނާގެ ހިތަށްބިރުވެރިކަން ވެރިވެފައިވިއެވެ. މިއީ ޔަޝްމް ގެ ހާލަތު ދަށަށް ދާ ވަރަކަށް ވާނޭ ކަމެއްކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް މިވަގުތު އެ ވާހަކަ ބުނެގެން އެމީހުން ހާސްކުރުވާކަށް ޔުއާން ބޭނުމެއްނުވިއެވެ. “އިޓްސް އޯކޭ ލީން… ޔަޝްމް އެނބުރުން އަރައިގަތީ” ޔުއާން ބުނެލިއެވެ. އެހެންނަމަވެސް އެއީ ވީ ގޮތް ނޫން ކަން އޭނާއަށް އެނގުނެވެ. ދެން ވާނޭ ގޮތް ވެސް އޭނާ ލަފާކޮއްލިއެވެ. ވީ ވެސް އޭނާ ހީކުރިގޮތަށެވެ. އިރުކޮލަކުން ޔަޝްމް ނޭވާ އަށް އުނދަގޫވެގެން ތެޅި ގަތީ އޭނާގެ އަތު ތެރޭގައެވެ. އޭނާ އިނީ އެކަމަށްވެސް ހުށި އާރުވެގެން ކަމުން ޔަޝްމް މަތަ ކުރުމަކީ އޭނާ އަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.
ހާސްވެފައި ތިބި އެންމެނަށް ވެސް ހަމަ ނޭވާއެއްލެވުނީ ޔަޝްމް ލޯ ހުޅުވާލުމުންނެވެ. ޝާލީން އަށް ވެސް މެއާ ދިމާލުގައި އަތް އަޅާލެވުނެވެ. އާރާ ވެސް ޔަޝްމް ގެ ބޮލުގައި ފިރުމާލިއެވެ. މައިލީން އެ ބޭސް ތައް ހިފައިގެން އައިއިރު ޔުއާން އިނީ ޔަޝްމް އޭނާގެ އަތު ތެރެއަށް ލައގެންނެވެ.
ޔުއާން މަޑު މަޑޫން ތެދުވަމުން ޔަޝްމް ގޮވައިގެން ގޮސް އެނދުގައި ބޭއްވިއެވެ. ޔުއާން އާއެކު ތިން މީހުން ވެސް ދިޔައެވެ. “ލީން ބޭސް… ޔަޝޫ ގެ ބޭސް ކޮތަޅު ބޭނުން” ޔުއާން އަދިވެސް ޔަޝްމް ގެ ބޮލުގައި ފިރުމާލަމުން މައިލީން އަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު މައިލީން އަވަސްވީ ޔުއާން ބުނި ކަންތައް ކޮއްދޭށެވެ. އެވަގުތަކ ޝިޔާޒް ވެސް ގެއަށް އައިސް ވަތް ވަގުތެވެ. އޭނާ މައިލީން އަށް ގޮވާލީ މައިލީން އުޅުނު ލެއް ހަލުވި މިނުންނެވެ. އެކަމަކު މައިލިން އަށް އިތުރު އެއްޗެއްނުބުނެވުނެވެ. މައިލީން ގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފެނި ޝިޔާޒް އަށްވެސް ކޮންމެވެސް އެއްޗެއް ވިސްނުނެވެ. އެއާއެކު އޭނާ ވެސް މައިލީން ގެ ފަހަތުން އެ ކޮޓަރިއަށް މިސްރާބުޖެހިއެވެ.
މައިލީން ގޮސް ޔުއާން އަތަށް އެ ކޮތަޅު ދިނެވެ. އޭގައި އަދިވެސް ވަރަށް ގިނަ ބޭސް އެބަހުއްތެވެ.
ޔުއާން އެ ބަލާމުމަށްފަހު އަނެއްކާ މައިލީން އަށް ބަލާލިއެވެ. “ހިނގާ ހޮސްޕިޓަލަށް ދާން” އެއާއެކު މައިލީން އަށް ޔުއާން އަށް ބަލާލެވުނެވެ. “އިޓްސް އޯކޭ… ޖަސްޓް އަ ރެގިއުލާރ ޗެކް އަޕް” ޔުއާން ބުނެލިއެވެ. އެއާއެކު މައިލީން ވެސް އެއްބަސްވިއެވެ. އެ ދުވަހު ދެމީހުން ޔަޝްމް ގޮވައިގެން ގޮސް ލާވިޔާ އާއި ރީކަލް އަށް ދައްކާ ޓެސްޓް ތައް ހެދިއެވެ. އެ ދެމީހުންގެ ވެސް ޑިއުޓީ ނޫން ކަމުގައިވިޔަސް ޔުއުން ގެ އެދުމަށް ދެމީހުން ވެސް އައީއެވެ.
ޓެސްޓް ތަކުގެ ނަތީޖާ ލިބެންދެން ޔުއާން ހުރީ ކެތް ކޮއްލައިގެންނެވެ. އޭނާ ގެ ހިތް ބާރަށް ތެޅެމުން ދިޔައީ އޭގެ ނަތީޖާ އަންނާނޭ ގޮތަކާ މެދު ވިސްނުމުންނެވެ. އޭނާއަށް ޔަގިންވާ އެއްކަމެއް އެބައޮތެވެ. ކުރިއަށް ވުރެވެސް ނަތީޖާ ހިތިވާނޭކަމެވެ.
ޔަޝްމް ގޮވައިގެން ގެއަށް އައި މަގުމަތިގައި ޔުއާން ޔަޝްމް ހިންހަމަ ޖައްސައިދިނުމަށްޓަކައި ޔަޝްމް އަށް ދެތިން އެތި ގަނެދިނެވެ. އޭނާ ދެރަވީ ޔަޝްމް ގެ ސަމާލުކަން ހޯދަން ދަތިވުމުންނެވެ. ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެއްކަން އޭނާ ހަނދާން ނައްތާލާނީ ކިހިނެތްހެއްޔެވެ؟. އެއާއެކު މައިލީން އުޅޭނީ ކޮން ފަދަ ހާލެއްގައިތޯ އަމިއްލަ ނަފްސާ ސުވާލުކޮއްލިއެވެ. ގެއަށް ވެދެފައިވެސް ޔަޝްމް ޔުއާން ގަނެދިން އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދިނެވެ. “ޑޯންޓް ވޮރީ… ޔަޝޫ ގެ ގޮތް އެއީ” މައިލީން ހީލަމުން އެހެން ބުނެލީ ޔުއާން ގެ ސިކުނޑީގައި ވަނި ކީކޭކަން އިނގިގެން ކަހަލައެވެ. އޭނާ ހީލިކަމުގައިވިޔަސް ހިތާމަވެރިކަން ވިއެވެ. “ޔަޝޫ ބޭނުންވީމަ ނަގާނެ…. އަޅާނުލާ މާ ބޮޑަށް” މައިލީން އަނެއްކާވެސް ބުނެލިއެވެ.
ދަރިފުޅާ ބެހޭގޮތުން އަދި ބައިވަރު ކަންތައްތައް ޔުއާން ދަސްކުރަން އެބަޖެހެއެވެ. އެ ދަރިފުޅުގެ މިޒާޖެވެ. އެ ދަރިފުޅު ދުވާލުގެ އެކި ވަގުތުތައް ހޭދަ ކުރާ ގޮތެވެ. ބޭނުންވާ އެއްޗިއްސާ ނުވާ އެއްޗިއްސެވެ. އޭނާ އަށް އަދި އެ ދަރިފުޅާ ބެހޭގޮތުން މި އެނގެނީ ވަރަށް މަދު އެއްޗެކެވެ. އިތުރަށް ދަސްކުރަން އަދި ބައިވަރު އެއްޗެހި އެބަ ހުއްޓެވެ. އޭނާގެ ވިސްނުން އަނެއްކާވެސް އެކި ދިމަ ދިމާލަށް ދިޔައެވެ.
އޭނާ ސޯފާގައި އިށީނީ ވަރުބަލިކަން އިހްސާސްވެގެނެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ހަށިގަނޑަށް ލިބުނު ނުތަނަވަސްކަމުން ކުޑަވެސް ލުޔެއް ލިބޭތޯއެވެ. އޭނާ ބޮލުގައި ހިފައްޓާލަމުން އިސްޖަހާލިއެވެ. “ޔަޝޫ… ” މައިލީން ކޮޓަރިއާ ދިމާލަށް ދިޔަ ޔަޝްމް އަށް ގޮވާލަމުން އައިސް ޔުއާން ގާތު އިށީނެވެ. “ބޮލުގަ ރިއްސަނީތަ؟” މައިލީން ޔުއާން ގެ އަތުގައި ހިފައްޓާލިއެވެ. އަދި ޔުއާން ގެ މޫނުމަތިން އެ އަތް ނައްޓުވާލިއެވެ.
“ޔުއާން… ވަޓް ހެޕެންޑް” މައިލީން ކަންބޮޑުވެފައި އަހާލިއެވެ.
“ބުނެބަ” މައިލީން އަނެއްކާވެސް އަހާލީ ޔުއާން އެއްޗެކޭ ނުބުނުމުންނެވެ.
“ލީން… ވަރަށް ބޮޑު ވާހަކަ އެއް ދައްކަން އެބައޮތް” ޔުއާން ބުނަން އުޅުނީ ޔަޝްމް ގެ ވާހަކަ އަށް ވިޔަސް އެވަގުތު ކަންތައް ދިމާކުރ ގޮތުން އަނެއްކާވެސް އޭނާ ޖެހުނީ އެ ވާހަކަ ބާއްވާށެވެ. ފޯނެއް އައުމާއެކު އޭނާ ބަލާލިއެވެ. ގުޅަނީ ބައްޕައެވެ. އެއާއެކު އޭނާ އެ ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ބައްޕާ…” “އަޅުގަނޑު އެ ބައޮތް ވަރަށް ހާއްސަ ފަރާތަކާ ބައްޕަ އާ ބައްދަލުކޮއްލަދޭން ވެފަ.” ޔުއާން ބުނެލިއެވެ.
އެއާއެކު މައިލީން އަށް ސިހުން ލިބުނެވެ.
އޭނާ އަށް ވަގުތުން ނޫނެކޭ ބުނެވުނެވެ. އެއާއެކު ޔުއާން މައިލީން ގެ އަނގަމަތީ އަތް އެޅިއެވެ.
“ބައްޕާ… މިރޭ ބިޒީތޯ؟” ބޭނުން މާމަ އާއި ސިސް އާއި ފާއިޒް ބެއާ އަދި އިކް އެންޑް އަފޫވެސް ހުންނަން” ޔުއާން ބުނެލިއެވެ. އެއާއެކު މައިލިން އަށް ދެލޯ ބޮޑު ކޮއްލެވުނެވެ.
އޭނާ އަށް އަނެއްކާވެސް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
އެއާއެކު ޔުއާން އޭނަގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން މަޑުން އިނދުމަށް އިޝާރާތް ކޮއްލިއެވެ. “އޯކޭ ޑޭޑް” ޔުއާން ފޯން ބޭއްވިއެވެ. ކަންތައް ވެފައި އޮތް ގޮތުން އޭނާ އެންމެ ހިނދުކޮޅެއްވެސް ސިއްރުން އުޅޭކަށް ބޭނުމެއްނުވިއެވެ. އެދެމީހުންނަށް ވެސް ނޭގުނީ އެދެމީހުންނަށް ދެން ރައްކާކުރެވިފައިވަނީ ކޮން ކަންތައްތަކެއް ކަމެވެ. އަދި މީގެ އިރުކޮޅެއް ކުރިންވެސް މައިލިން ގެ އަޑު އައިކަލް އަށް އިވުނުކަމެވެ.
“ޔުއާން ނޫން… ނޫން ޔުއާން ނޫން… އައި ކާންޓް ޑޫ ދިން… ޕްލީޒް ސޮޓޮޕް އިޓް” މައިލީން ހާސްވެފައި އިނދެގެން ކިޔަމުން ދިޔައެވެ.
“ލީން” ޔުއާން އަށް މައިލީން އަށް ގޮވާލެވުނެވެ. އަދި މައިލީން ގެ އަތުގައ ހިފައްޓާލަމުން މަޑުކޮއްލުމަށް އެދުނެވެ. “ލީން… ފޭސް އިޓް ވިތް މީ… ސޯ ދެޓް އިޓް ގެޓްސް އީޒީ ފޯ މީ” ޔުއާން ބުނެލިއެވެ. އޭރު އޭނާގެ ލޯ ސީދާވެފައިވަނީ މައިލީން ގެ ލޮލާއެވެ. “ލީން ޓެލް މީ… ވިލް ޔޫ” ޔުއާން އަހާލިއެވެ. އެއާއެކު މައިލީން ބޯ ޖަހާލިއެވެ.
“ލީން… އަހަރެން ބޭނުން ވީ ހާވެސް އަވަހަހަށް މެރީ ކުރަން… އެކަން ކުރަން އަހަރެން އެބަ ބޭނުންވޭ ލީން… އަހަރެންގެ ބައްޕަ މެންނާ ވާހަކަ ދައްކަން… އަހަރެންނަށް މި ވާހަކަ ތައް ކިޔައިދޭނެ ހިތްވަރު މި ލބުނީ ޔަޝްމް ގެ ސަބަބުން… ލީން ގެ ސަބަބުން… އެހެންވެ ލީން އަހަރެންނާ އެކު ހުންނަން ބޭނުންވޭ… އެހެންނޫނީ އަހަރެންނަށް ދެން އަނެއްކާ މިކަން ކުރަން އުނދަގޫވާނެ… ނުކުރެވިދާނެ. އެހެން ވާކަށް ބޭނުމެއްނޫން…” ޔުއާން މައިލިން ގެ މޫނުގައި ކުޑަކޮއް ހިފައްޓާލަމުން ބުނެލިއެވެ.
“ޔުއާން… އަހަރެންނަކަށް ލާހިކެއްނޫން. ތި އާއިލާ ކުރިމައްޗަށް އަރާކަށް… ޕްލީޒް” މައިލީން އަށް އޭނާގެ ކޯތާފަތުގައި އޮތް ޔުއާން ގެ އަތުގައި ހިފައްޓާލަމުން ބުނެލިއެވެ. އެއާއެކު ޔުއާން އަށް އަނެއްކާވެސް ދެފަރާތަށް ބޯ ހޫރާލުމާއެކު މޫނުގައި ދެއަތް ހާކާލެވުނެވެ.
އޭނާ އަނެއްކާވެސް މައިލީން އާ ދިމާލަށް ބަލާލަމުން މައިލިން އަށް ވިސްނައިދިނެވެ. “ލީން.. ބީ ވިތް މީ… އިޓް ވޯޒް ނޮޓް އީޒީ ފޮރމީ. ނޯ އިޓްސް ގޮނަބީ” ޔުއާން ބުނެލިއެވެ.
“އަހަރެންބޭނުން ލީން އާއި ޔަޝްމް އަހަރެންގެ ގާތުގަ ބަހައްޓަން ޕްލީޒް” ޔުއާން ގެ އަޑަށް ވެސް ހިތާމަވެރިކަން ވެރިވެ އޭނާގެ ލޮލުން ވެސް ކަރުނައިގެ އަސަރުފެނިލިއެވެ.
“އިފް… އަހަރެން ހުރެގެން ޔުއާން އަށް ފަސޭހަވަންޏާ އަހަރެން ޔުއާން އާ އެކީ ވާނަން” މައިލީން ބުނެލިއެވެ. ލީން…. ލީން ގެ ފެމެލީ ގޮވައިގެން އަހަރެން ބޭނުން ލީން އަންނަން… އަހަރެންގެ ފެމެލީ އާ ބައްދަލުކުރަން” ޔުއާން އެދުނެވެ. އަހަރެންގެ ދަރިފުޅު ވެސް ގޮވައިގެން ލީން” ޔުއާން އިތުރުކޮއްލިއެވެ.
މައިލީން އަށް އިނީ ގަބޫލުކުރަން ދަތިވެފައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އޭނާ އަށް އެ އުޅެވެނީ ހުވެފެނީ ދުނިޔެއެއްގައޭ ހީވާކަހަލައެވެ.
ޔުއާން ކުއްލިއަކަށް ދާން ޖެހުނީ ހޮސްޕިޓަލުން ގުޅީމައެވެ. “ލީން. ބީ ރެޑީ އިނގޭ މިރޭ އަށްގަޑި ބައިގަ އަންނާނަން…” ޔުއާން މައިލިން ގާތު ބުނެފަ ޔަޝްމް އަށް ގޮވާލިއެވެ. “ދަރިފުޅާ ޔަޝޫ” އަދި ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ގޮސް ބަލާލިއިރު ޔަޝްމް އޮތީ ނިދާފައެވެ. މައިލީން ވެސް ޔުއާން ގެ ފަހަތުން އައިސް ދޮރު ކައިރިގއި މަޑުކޮއްލިއެވެ. އެހެންކަމުން އޭނާ ޔަޝްމް ގާތަށް ގޮސް ނިތަށް ބޮސް ދިނުމަށްފަހު އަވަސް އަވަހަކަށް ކޮޓަރީގެ ދޮރާ ދިމަލަށް މިސްރާބުޖެހިއެވެ. ދޮރު ކައިރީގައި ހުރި މައިލީން ގެ ކޯތާފަތުގައި ފިރުމާލަމުން އޭނާ ވާހަކަ ދެއްކިއެވެ. “ޑޯންޓް ވޮރީ… އިނގޭ… ވަރުބަލިވެގެން އެ އޮތީ ނިދިފަ” ޔުއާން ބުނެލިއެވެ. އަދި އޭނާ ނުކުންނަން ހިގައިގަތީ މައިލީން ގައިގައި ކުޑަކޮއް ބައްދާލާފައެވެ.
ޔުއާން ގެ ފަހަތުން މައިލީން ވެސް ދޮރާ ހަމަ އަށް އައެވެ. ޔުއާން ދިޔުމުން އޭނާ އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އޭނާ ޝާލިންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީ ޝާލީން ގާތު އެވާހަކަ ދައްކާލުމަށެވެ.
ޔުއާން ގެ މިސްރާބުހުރީ ހޮސްޕިޓަލާ ދިމާލަށެވެ.
އާއިކް އޮފީހުގައި އުޅެފައި ނިމިގެން އާރާ އަށް ގުޅާލީ އާރާ މިއަދު ތަންކޮލެއް ކުރިން ގެއަށް ދިޔައީތީއެވެ. އޭނާ ގުޅުމާއެކު އިވުނު އަޑުން އޭނަ އަށް ހުއްޓުން އެރިއެވެ. ދޮންބެ އެހުރީ ކެތް މަދުވެފަ ބޭއޭ އޭނާގެ ހިތަށް އެރިއެވެ. އެއާއެކު ފޯން ކަނޑާލިއެވެ. އިރުކޮޅެއްނުވެ ބައްޕަ ގެ ކޯލެއް އައެވެ. އެ ގުޅަނީ ކީއްކުރަން ކަން އާއިކް އަށް އެނގެއެވެ. މިރޭ އާރާމެންގޭ އެންމެންނާ ބައްދަލުކުރަން އުޅޭތީއެވެ. އެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުރުހުންތެރިކަމެއް ހުރިހެންހީވިއެވެ.
އާއިކް ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
އޭނާ އަށް އޮތީ އާރާގެ ފަރާތުން ޔޫލާ އަކީ ކާކުކަން އެނގިފައެވެ. އެހެންވެ އެވަގުތު ޔޫލާ ފެނިގެން އޭނާ އަށް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. އަދި އެވާހަކަ ވެސް އޮތީއެވެ. އާރާ އެ ހުންނަނީ އެކަމާ ވެސް ކަންބޮޑުވެފައެވެ. ޝާލީން މެން ނަށްވެސް އެކަންތައް އަދި އަންގަންޖެހޭނެއެވެ.
މައިލީން ޔަޝްމް ހެލުމާއެކު ބޭރަށް ގޮސްލަން ނިންމީ ހަވިރުގެ ވަގުތަށްވެފައި އޭނާއަށް ވެސް ލިބިފައިވާ ހާސްކަން ފިލުވާލެވޭތީއެވެ. އޭނާ ނިންމީ ޔަޝްމް ގޮވައިގެން މާލޭގެ ހިތްފަސޭހެ އެއް މަންޒިލަކަށް ދާށެވެ. އެހެންނަމަވެސް އޭނާ އަށް ނޭގުނު ކަމަކީ މި އަދު އޭނާއަށް ދިމާވާން އުލޭކަންތަކެވެ.
ޔަޝްމް ގެ އަތުގައި ހިފައްޓައިލައިގެން މައިލީން ހިނގަމުން ދިޔައެވެ. ހަވީރުގެ ވަގުތެއް ކަމުން މަގުމަތީގައި އާދަޔާހިލާފަށް މީހުން ގިނަކަމަށް ދައްކައެވެ. ދުއްވާއެއްޗެހި ވެސް ގިނައެވެ. މައިލީން ގެ ފޯން މަގުމައްޗަށް ވެއްޓުނީ އެވަގުތު އެތަނުން ދިޔަ މީހެއްގެ ގައިގައި އަޅައިގަނެފައެވެ. އެހެންކަމުން އޭނާ ޔަޝްމް ގެ އެއްއަތުގައި ހިފައިގެން ހުރެ ގުދުވީ ފޯން ނެގުމަށެވެ. އެވަގުތު ޔަޝްމް މައިލީން ގެ އަތުން ދުކޮއްލާ މަގުމައްޗަށް ދުއްވައިގަތެވެ.
“ޔަޝޫ” މައިލީން އަށް ބާރަށް ގޮވާލެވުނެވެ. އޭނާ ދުވެފައި ޔަޝްމް އާ ދިމާލަށް ދިޔައެވެ. ކުއްލިއަކަށް ބުރަކި ޖައްސާލުމާއެކު ފޯނަށް ގެއްލިފައި އިނދެފައި އައިކަލް ކުރިއަށް ދިޔައެވެ. އޭނާ ފޯނުން ނަޒަރު ވަކކޮއްލަމުން ކުރިއަށް ބަލާލިއެވެ. އެވަގުތު ކުޑަ އަންހެން ކުއްޖެއް އޭނާ އަށް ފެނުނެވެ. އެ ކުއްޖާ ހުރީ ކާރާ ދިމާލަށް ސީދާ ބަލަހައްޓައިގެންކަމުން އޭނާ ފައިބަން އުޅުނެވެ. އެކަމަކު އޭނާ އެ ޚިޔާލް ދުކޮއްލީ އެހެން ކުއްޖަކު އައިސް އެ ކުއްޖާ ގާތު އިށޫދުނުމުންނެވެ. އޭނާ އަށް މައިލިން ފެނުނީ ފަހަތުން ކަމުން ކާކު ކަމެއް ނޭގެއެވެ. އެކަމަކުވެސް އޭނާ ފައިބަން ގަސްތުކުރީ އެކުއްޖާ ރޯން ފެށުމުންނެވެ. އެކަމަކު އެ އަންހެން ކުއްޖާ އެ ކުއްޖާ އުރާލަމުން އަވަސް އަވަހަށް ހިނގައިގަތެވެ.
ރިވަމް ވެސް ކޮންމެވެސް ކަމަކު ހޮސްޕިޓަލަށް ގޮސްފައި ނިމޭވަރުވީ ހަވީރު ފަހެއްޖެހިފަހުންނެވެ. އޭނާ ކާރުގައި ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ޓްރެފިކް ގައި ޖެހެހިފައި އިން އިރު އޭނާގެ ލޮލުގައި ކުރިން ރޭ އާރޓް ފިޝަލް ބީޗުން ނުކުތް އަންހެން ކުއްޖާ އަޅައިގަތެވެ. އެ ކުއްޖާ ހުރީ ޔުއާން ގެ ކޮއްކޮ އާ އެކީގައެވެ. އޭނާއަށް އަފްޝީން އެނގެއެވެ. ޔުއާންގެ މޭޒުމަތީގައި އެމީހުންގެ ފޮޓޯ ގަނޑެއްވެސް އިންނާނެއެވެ. އެ ކުއްޖާ އާދެމީހުން ފިހާރެއަށް ވަދެފައި ނުކުމެގެން މިއސްރާބުޖެހީ ހިންއުފާކޮއްލަން އެންމެ ފަހުން ކޮންމެވެސް އަމާން މަންޒިލަކަށް ދާށެވެ.
“ހާދަ ބައިވަރު އެއްޗެއް އަފޫ” ރާޔާ ބުނެލިއެވެ. އެއާއެކު އަފްޝީން ހީގަތެވެ. އެކަމަކު އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަފްޝީން އާއި ރާޔާ އާ ދެމީހުން ވާހަކަ ކައިގައި ތިބެގެން ގޮސް ވަނީ ރަސްރަނި ބަގީޗާތެރެއަށެވެ. ސްކޫލް ދުވަހަކަށްވުމުން އެހެން ދުވަސް ދުވަހާ ހިލާފަށް މީހުން މަދެވެ. އޭނާ އާއި ރާޔާ އާ ދެމީހުން އެތަނުން ބެންޗަކާ ދިމާލަށް ހިނގައިގަތެވެ.
އަފްޝީން ސިހުރީ ކުއްލިއަކަށް ކުޑަ ކުއްޖެއް އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ. އެ ވަގުތުއަތުގައި ހުރި ކޮތަޅުތައް ވެރުމާއެކު އޭނާ އަށް އެ ކުޑަ ކުއްޖާއާ ދިމާލަށް ބަލާލެވުނެވެ. އެކުއްޖާ ގެ ސަމާލުކަން މިހާރު ހުރި އެހެން ދިމާލަކަށް ހުއްޓިފައެވެ. އަފްޝީން ތިރިވެލާ އެ ކުއްޖާ އާ އެއްހަމައެއްގައި އިށީނެވެ. އެއާއެކު އެކުއްޖާ ގެ މޫނާ ލޯ ފެނި އޭނާ ގަނޑުވިއެވެ. އޭނާ އަށް ވަގުތުން އިށީދެ އިން ތަނުން ފަހަތަށް ޖެހިލެވުނެވެ. އެއާއެކު އޭނާ ނުވެއްޓުނީ ކިރިޔާއެވެ. “ދޮންބެ” އޭނާ އަށް ބުނެވުނެވެ.
“ޔަޝޫ” އޭނާ އަށް ދެން ސިހުން ގެނުވީ ކުރިމައްޗަށް ހުއްޓެމުން އަންހެން ކުއްޖަކު ގޮވާލުމުންނެވެ. އޭނާ ކުރިމައްޗަށް ބަލާލިއެވެ. އެއާއެކު ދެންވެސް ފެނުނު މަންޒަރުން މީހާ ހުއްޓުން އަރާ ގަނޑުވިއެވެ. މި ވާނުވާ އޭނާއަށް އެނގުނު ކަމގައިވިޔަސް ގަބޫލް ކުރަން ބޭނުމެއްނުވިއެވެ. އޭނާ އަށް އެދުވަހު ޔުއާން ގެ ލެޕްޓޮޕުން ފެނުނު ފެނުނު ފޮޓޯތައް ހަނދާންވިއެވެ. އެއާއެކު އަވަސް އަވަހަށް ތެދުވަމުން އޭނާ މޫނުގައި އަތް ހާކާލިއެވެ. އޭރުވެސް ކޮތަޅުތައް ހުރީ ބިންމަތީގައެވެ. ރާޔާ އަވަސް އަވަހަކަށް އެ ކޮތަޅުތައް ނަގަމުން އަފްޝީން ގެ އަތުގައި ކޮއްޓާލީ ވާނުވާ ނޭގިފައި ހުރެގެންނެވެ.
އެހެން ނަމަވެސް އަފްޝީން އަށް ބެލެނީ މައިލީން އަށެވެ. ދެން ޔަޝްމް އަށެވެ. އަފްޝީން ގެ ހަރަކާތް ތައް ހުރިގޮތުން އޭނާ އަށް މާނަ ނަގަންވީ ގޮތެއްނޭގުނެވެ. އަފްޝީން ގެ ބުޅި އިސްތަށިގަނޑު ހުރީ ފަންކޮއްފައިކަމުން އޭނާ ކުޑަކޮއް ތަފާތު ކަމަށް ދައްކައެވެ.
މައިލީން އިރުކޮޅަކު އަފްޝީން އަށް ބަލަން ހުރީ އޭނާއަށް ވެސް ކޮންމެވެސް ތަނަކުން ފެނުނު ކުއްޖަކާ ވައްތަރު ވީމައެވެ. އެހެން ކަމުން އޭނާ އެއީ ކޮން ކުއްޖެއްތޯ ބެލުމަށް ސިކުނޑިއަށް ބާރުލަމުން ދިޔައެވެ.
ކުއްލިއަކަށް އޭނާއަށް ހަދާންވިއެވެ. އެއީ ހޮސްޕިޓަލް ތެރެއިން ޔުއާން އާއެކު ފެނުނު ކުއްޖާއެވެ. ޔުއާން ގެ ކޮއްކޮއެވެ. އޭނާ ގެ ނަޒަރު ދެން ދަތުރު ކުރީ ޔަޝްމް އަށެވެ. އެއާއެކު މައިލީން ޔަޝްމް ގެ އަތުގައި ހިފާލިއެވެ. އަފްޝީން ހުރީ މައިލީން ގެ ހަރަކާތް ތަކަށް ބަލާށެވެ.
މައިލީން އަށް ވީ ގޮތް އެނގުމާއެކު އޭނާ ބޭނުންވީ އަވަހަށް ދުވެ ފިލާށެވެ. އެ ކުއްޖާ އެހާ ހުއްޓުނީ ޔަޝްމް ފެނިގެން ކަން އޭނާ އަށް އެނގުނެވެ.
މައިލީން އަވަސް އަވަހަށް މާފަށް އެދި ޔަޝްމް ގޮވައިގެން ހިނގައިގަތް އިރު އޭނާގެ ހިތްވެސް އާދަޔާ ހިލާފް ބާރު މިނުގައި ތެޅެމުންދިޔައެވެ. އޭނާދެން މިސްރާބުޖެހީ އެތަނުން ނުކުތުމަށެވެ. އޭރުވެސް އެ ފައިގައި މަޑު ތުރު ތުރެއް ހުއްޓެވެ.
އަފްޝީން ހުރި ގޮތުން ރާޔާ ސުވާލުކޮއްލިއެވެ. “އަފޫ….” ރާޔާ ގޮވާލިއެވެ. “ރީ….” އަފްޝިން އަށް ބުނެވުނެވެ. އޭނާ އަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. މީހާ ހަމަޖެހެން މަސައކަތް ކުރަމުން ދިޔައީ އަވަސްވެފައިވާ ހިތް ހަމަ އަކަށް އެޅުވުމަށްޓަކައެވެ.
ޔަޝްމް ގޮވައިގެން މައިލީން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އިރުއޮއްސެން ކައިރި ވުމާއެކު އޭނާ ޓެކްސީއެއްނެގި އަވަހަށް ގެއާ ހިސާބަށް ފޯރުމުގެ ބޭނުމުގައެވެ.
ޓެކްސިއިން ފޭބި ތަނާ ޔުއާން ގުޅިއެވެ. “ލީން…” ޔުއާން ވާހަކަ ދެއްކިއެވެ. މައިލީން ފޯނުގައި ހުއްޓާ ކުއްލިއަކަށް ކާރެއް އައިސް މަޑުކޮއްލިއެވެ. އޭނާ ބަލާލިއެވެ. ލޯގަނޑު ތިރިކޮއްލުމާއެކު ޔުއާން އޭނާގެ ލޮލުގައ އަޅައިގަތެވެ. “ލީން ފެނިގެން ގުޅީވެސް” ޔުއާން ހީލަމުން ކާރުގެ ދޮރު ހުޅުވާ ފޭބިއެވެ. އެއާއެކު އޭނާ މައިލީން އަށް ކަންފަތުގައި ޖަހާފައި އިން ހެޑްސެޓް ދައްކާލީ ޔުއާން ސުވާލުކުރުމުންނެވެ. “ޑެޑީ ގެ ޕްރިންސެސް… ޑެޑީ ނުލާ ބޭރަށް ގޮސްފަތަ ތިއައީ” ޔުއާން ޔަޝްމް އުރާލަމުން އެހެން ބުނެލިއެވެ. އަދި ޔަޝްމް އާ ކުޑަކޮއް ސަކަރާތް ޖަހާލިއެވެ.
މައިލީން އެއްޗެކޭ ނުބުނެ މާ މަޑުމަޑުން ވިސްނުމަކަށް ގެއްލިފައި ހުރުމުން ޔުއާން ގޮވާލިއެވެ.
“ލީން… ކިހިނެތް ވެފަ؟” ޔުއާން މައިލިން އާ ސުވާލުކޮއްލިއެވެ.
“ކަމެއްނުވޭ” މައިލީން ދިނީ ވަރަށް ކުރު ޖަވާބެކެވެ. “ލީން ޓެލް މީ” ޔުއާން އެދުނެވެ.
‘ލެޓްސް ގޯ އިން… އެތެރެއަށް ވަދެފަ ވާހަކަ ދައްކާނީ” ޔުއާން މައިލީން ގާތު ބުނަމުން އެތެރެއަށް ވަނެވެ.
މައިލީން ވެސް ޔުއާންގެ ފަހަތުން އެތެރެއަށް ވަނީ ޔުއާން އަށް އެ ވާހަކަ ކިޔައިދޭނެ ގޮތަކާ މެދު ވިސްނަމުންނެވެ.
ގޭތެރެއަށް ވަދެވުމާއެކު ޔުއާން ޔަޝްމް ތިރީގައި ބަހައްޓަމުން ސުވާލުކޮއްލިއެވެ. “ލީން. ދެން ބުނެބަލަ” ޔުއާން އެދުނެވެ. “ޔުއާން… ޔުއާން ގެ ކޮއްކޮ އާ މިއަދު” މައިލިން ހުރީ ހާސްވެފައެވެ. އެހެންވެ އޭނާ އަށް އެވާހަކަ ބުނަން އުނދަގޫވިއެވެ.
ޔުއާން އަށް ވެސ ހައިރާން ކަމެއް ލިބުނެވެ. އޭނާ އަށް އެއ އަފްޝީން ކަން ޔަގިންވުމާއެކު މައިލީން ހިންހަމަ ޖައްސައިލަން ކޮންމެވެސް އެއްޗެއްބުނެލިއެވެ. “ޑޯންޓް ވޮރީ އިނގޭ” މިރޭ ބަލާ އަންނާނަން” ޔުއާން މައިލީން ގާތު ބުނެލަމުން ޔަޝްމް އާ ވެސް ކުޑަކޮއް ވާހަކަ ދައްކާލާފައި ނުކުތީ މިރޭ މައިލީން އާއި ޔަޝްމް އާއި އެ އާއިލާ ގޮވައިގެން ޔުއާން މެންގެއަށް އައުމަށް ދައުވަތު އަރުވާފައެވެ.
(ނުނިމޭ)
7 Comments
Comments are closed.
Wow HI MI dhooni
Thanks ????
Imaa Maai Aim Sithu Mariyam Riufa look??
Thanks Hi Mi haadha inthizaaren konfeemey mi story ah
Wow. V nice. Haadha reehchey.
Woow vvvv rythi. .. ????
Wow ❤️❤️❤️❤️… Amazing ????… Maasha Allah mi part vx v v v v reethi ????… Heevanee loa kurimathyga hingaa manzaruthakeh henn ????… Keep up the good work Hi Mi ????… Maasha Allah Hi Mi v v v molhu ????… Abadhuvx thigothugai kuriah dhahchey ????… V v v interesting v v v reethi v v v kiyaahihvaa v v v inthizaaru kurevey v v v loabi story eh mee ❤️❤️❤️❤️????… U are the best ????… Lots of love ❤️❤️❤️??????????????????
Woww.. Hi mi Haadha reeehchey mi part ves… Just wow… Waiting.. ❤❤