Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (އަށާވީސްވަނަ ބައި)

riya Level 2100 Comments10 Stories
March 5, 2018 3 Mins Read
23 Comments

އެނދުމަތީގައި އޮށޯތުމާއެކު ލޮލަށް ޖަމާވަމުން އައި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހޮރިގެންފިއެވެ. އިޔާން ދެލޯ ފުހެލަމުން ކަރުނަތައް ހިންދާލަން މަސައްކަތް ކުރިއެވެ. އޭނާ އެކަން ކާމިޔާބުވެސް ކުރިއެވެ. އިންތިޒާރު ނުކުރެވުނު މީހެއްގެ ހަނދާނުގައި ރޯކަށް އިޔާން ބޭނުމެއް ނޫނެވެ. ޒީކްއެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލުވެދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ.

“ޒީކް ކީއްވެ؟  ކީއްވެ އަހަރެންނަށް އިންތިޒާރު ނުކުރީ. އާލްދެކެ އަބަދުވެސް ޒީކް ރުޅިއަންނަމެއްނު. ދެން މިއަދު ކީއްވެ ތިހާ ބޮޑު ނިންމުމެއް ނިންމަންވީ. ކީއްވެ ތިހާ އަވަހަށް ބަދަލުވީ. އެހެން ކުދިންނެކޭ ޒީކްގެ ކޮން ތަފާތެއް ހުރީ. ލޯބިވެޔޭ ކިޔައިގެން ޒީކް އުޅުނީ އަހަރެންގެ ފަރާތުން ފަސޭހަ ވާތީތަ؟ ކީއްވެތަ މިހުރިހާ ކަމެއް އަހަރެންނަށް ކުރިން ނުވިސްނުނީ” އެކަނި އޮވެގެން އިޔާން ވާހަކަ ދައްކަމުން ދިޔައެވެ. އަމިއްލަ ނަފްސާއެވެ. ހިތުގައިވާ ހުރިހާ އުދާހެއް ބޭރުކުރަން އިޔާންއަށް ފެނުނު ގޮތަކީ އެއީ ކަމަށް ވެދާނެއެވެ.

 

ޗުއްޓީ ނިމެން މާގިނަ ދުވަސްތަކެއް ނެތުމާއެކު ރުއާން ބޭނުންވީ އަވަހަށް ފުރައިގެން ދާށެވެ. ރުއާން އެރަށަށް އައީ ދެތިން ދުވަހަށް ކަމުގައި ވީނަމަވެސް އާއިލާއާއި އެކުގައި ވަގުތުތައް ހޭދަކުރެވެން ފެށުމުން އެ ދެތިން ދުވަސް ދެހަފްތާއަށް ދިގުދެމިގެން ދިޔައީއެވެ. ރުއާން ބޭނުންވަނީ ޒީކްވެސް ގޮވައިގެން ދާންކަން އެނގުމުން ހަފީޒާ އެކަމާ ދެކޮޅެއް ނުހަދައެވެ. ނަމަވެސް ޒީކް ހުރީ ކަންބޮޑުވެފައެވެ. އެއީ ރުއާން ބަލައި ބޮޑު ކުރި މީހުން ކަމުގައިވީ ނަމަވެސް ޒީކްއަށް މުޅިން އާބައެކެވެ. ނަމަވެސް ރުއާންގެ ވާހަކަތަކުން ޒީކް ވަރަށް އަވަހަށް ހަމައަކަށް އެޅިއްޖެއެވެ. ދަބަހުގެ ޒިބު ދަމާލުމަށްފަހު ޒީކް ދިޔައީ ފުރާ ގަޑިޖެހެން ކައިރި ވާތީ ފެންވަރާ ތާޒާ ވެލުމަށެވެ.

“ޒީކް . . ޒީކް” ރުއާން ޒީކްއަށް ގޮވަމުން ކޮޓަރި ތެރެއަށް ވަނެވެ.

“ދަރިފުޅާ ކިހެނެއް ވީތަ؟” ހަފީޒާއަށް ރުއާން ފެނުމާއެކީ އަހާލިއެވެ.

“ޒީކް ނުފެނިގެންނެއްނު މިއުޅެނީ” ރުއާން ހަފީޒާ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ.

“ޒީކް ފެންވަރައިގެން އަންނާނެ މިހާރު” ހަފީޒާ އެހެން ބުނުމުން އެނދުމަތީގައި ރުއާން އިށީދެއްޖެއެވެ. އެވަގުތު އެތާގައި ހުރި ފޮތްތަކަކަށް ނަޒަރު ހުއްޓިއްޖެއެވެ.

“މާމާ މިއީ ކޮން ފޮތްތަކެއް” އެތަނުން ފޮތެއް ނަގަމުން ބުނެލިއެވެ.

“ތިއީ ޒީކް ބައްޕަގެ ފޮޓޯއެއް ހޯދަންވެގެން ނަގައިގެން ގެންގުޅިފަ” ހަފީޒާ ފޮތްތަކާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“ކޮބާ ބައްޕަގެ ފޮޓޯ. މާމަ ނުދައްކަމެއްނު” ރުއާން ފޮތުގެ ގަނދުތައް އުކަމުން ބުނެލިއެވެ.

“ތިތަނުން ފޮތެއްގަ ތެރޭގައި އޮއްވަ ފެނުން އެކަކަކު ގަނޑުތައް ތައްލާފައި ހުރީމަ ނުނެއްޓިގެން އުޅުނު” ހަފީޒާ ރުއާން އަށް އޮޅުން ފިލުވައިދިނެވެ.

“މިއޮތީ ދޯ” ރުއާން މަޑުމަޑުން ގަނޑުތައް ނައްޓާލަމުން ފޮޓޯ ގަނޑު ނަގަމުން މާމައަށް ދައްކާލިއެވެ.

“އާނ” ހަފީޒާ އެ ފޮޓޯ ގަނޑަށް ބަލަމުން ބުނެލިއެވެ.

“މާމާ” ޒީކް ކޮޓަރީގެ ދޮރުމައްޗަށް އަރަމުން ގޮވާލިއެވެ.

“އޯވް ބޭބެވެސް މިތާގަތަ؟” ޒީކްއަށް ރުއާން ކޮޓަރި ތެރޭގައި ހުއްޓާ ފެނުނީ ތަންކޮޅެއް ފަހުންނެވެ.

“ވަނުން މަނާ ބޯޑް އަޅުވާފަތަ؟” ރުއާން ޒީކްއަށް ބަލާލަމުން ބުނެލިއެވެ.

“ބޯޑު އެޅުވިއްޔާ ނުވަދެ ހުރެވޭނެތަ؟” ޒީކް ވައްތަރު ޖައްސާލަމުން ބުނެލިއެވެ.

“މާމާ ބަލާ ޒީކް ވައްތަރު ޖައްސަނީ” މާމަ ޒީކްއަށް ބަލާލިވަގުތު ރުއާންވެސް ވައްތަރު ޖައްސާލިއެވެ.

“ޒީކް ތީ މީހުން އުޅޭ ގޮތެއް ނޫނެއްނު” މާމަ ބުނެލިއެވެ.

“މާމައަށްވެސް ގޯސް ވާނީ އަހަރެން. މާމަގެ ރަންދަރިފުޅު ޖައްސާ ވައްތަރެއް ނުފެންނާނެ” ޒީކް ތުން އޫކޮށްލަމުން ބުނެލިއެވެ.

“ޒީކްއަށް އެނޫން ކަމެއް ކުރަން އެނގޭތަ؟” ރުއާން ޒީކް އިތުރަށް ރުޅިއަރުވާލުމުގެ ބޭނުމުގައި ބުނެލިއެވެ. އަދި ޒީކް ހުރިގޮތަސް ރުއާންގެ ތުންވެސް އޫކޮށްލިއެވެ.

“މާމާ ބަލާބަލަ” ހަފީޒާ ބަލާލެވުނުއިރު ރުއާން ހުރީ ހިނިއައިސްފައެވެ.

“މާމާ މިއަދު ރަނގަޅު ވާނެ ތުން ރިހަ ކައްކަން. ކޮއްކޮގެ ތުންގަނޑުގަ ފޫޓެއް ހުންނާނެ” ރުއާން ހެމުން ހެމުން ބުނެލިއެވެ. އޭރު ހަފީޒާ ޒީކް ރުޅިގަދަވީވަރުން ރުއާންގެ ފަހަތުން ދުއްވައިގަނެފިއެވެ. ހަފީޒާގެ ވަށައިގެން ޒީކް ދުވަމުން ދިޔައީ ރުއާން އަތުލުމަށެވެ. ނަމަވެސް ހަލުވި ކަމާއެކު ދުވަމުންދިޔަ ރުއާން އެކުޑަ ކޮޓަރި ތެރެއިންވެސް އަތުލުންވީ އުނދަގޫ ކަމަކަށެވެ. އޭރު ހަފީޒާވެސް ކޮންމެވެސް ކަމަކު އެތަނުން ހިނގައްޖެއެވެ. އެވަގުތު ރުއާންގެ ފޯން ރިންގ ވާން ފެށިއެވެ. ފޯން ރިންގ ވާން ފެށުމާއެކު ރުއާން ހުއްޓެމުން ފޯން ނެގިއެވެ. އެވަގުތު ޒީކް ރުއާންގެ ގައިގައި އަތުން ތަޅައިގަތެވެ. ރުއާން ޒީކްގެ އަތުގައި ހިފަހައްޓާލީ ޒީކް މައިތިރި ކުރުމުގެ ގޮތުންނެވެ. ނަމަވެސް ޒީކް ގަދަހަދާލުމާއެކު ދެމީހުން އެކުގައި ކަހަލަ ގޮތަކަށް އެނދުމަށްޗަށް ވެއްޓިއްޖެއެވެ. ޒީކް ވެއްޓުނީ ރުއާންގެ ގައި މައްޗަށް ކަހަލަ ގޮތަކަށް ކަމަށް ވުމުން ރުއާންއަށް ވަރަށް ތަދުވެސްވިއެވެ. ޒީކް ތެދުވަން އުޅުމުން ރުއާން ޒީކްގެ ގައިގައި ހިފެހެއްޓީ ރުއާންއަށް ތަދުވިކަން މާމައަށް އަންގަން ބޭނުން ނުވާތީއެވެ. ޒީކް ގޮސް ބުނާނެ ކަން ޔަގީން ވާތީއެވެ. އަނެއްކާވެސް ކުށްވެރިވާނީ ޒީކްކަން އެނގޭތީއެވެ. އެއީ އަލްޔަން އެކޮޓަރި ދޮރު ހުރަސް ކުރި ވަގުތަށް ވުމުން ޒީކްއާއި ރުއާން އެނދުމަތީގައި ތިބިގޮތް ނުހަނު ރީއްޗަށް އޭނާއަށް ފެނުނެވެ. ރުއާންގެ އަތުތެރޭގައި ޒީކް އޮތްއިރު ރުއާން ދައްކަމުންދިޔަ ވާހަކަތަކަށް ބޮލުން ޖަވާބު ދެމުން ދާތަން އަލްޔަންއަށް ފެނުނެވެ. އަލްޔަންގެ ހިތުގައި ރުއާންއާއި މެދު ނަފްރަތުގެ އަލިފާން ވަނީ ރޯވެފައެވެ. ދޮރުގައި ޖަހާލަމުން އަލްޔަން އެތެރެއަށް ވަނެވެ. އަލްޔަން ފެނުމާއެކު ޒީކް ރުއާން އާއި ދުރަށް ޖެހިލިއެވެ. ރުއާންވެސް ތެދުވެ ހަމަޖެހިލަމުން އެނދުމަތީގައި އިށީނެވެ.

“އާލް ނިމުނީތަ ހުރިހާ ކަމެއް؟” ރުއާން އެހިއެވެ.

“ހޫމް އިރުކޮޅަކުން ދާންވީދޯ” ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ނުދައްކައިވޭތޯ އަލްޔަން މަސައްކަތް ކުރިއެވެ.

“ޒީކް އަވަސް ކުރޭ. އެހެން ނޫނީ މާ ލަސްވެދާނެ އިނގޭ” ރުއާން އެހެން ބުނެލަމުން ޒީކްގެ ބޮލުގައި ފިރުމާލަމުން ބޭރަށް ނިކުމެއްޖެއެވެ. އަލްޔަންވެސް ރުއާންގެ ފަހަތުން ނިކުމެގެން ހިނގައްޖެއެވެ. މާމައާއި ސަލާމް ކުރަމުން ތިންމީހުން އެކުގައި ގޮސް ބޯޓަށް އެރިއެވެ. ހަފީޒާ މިއަދު ޒީކް މާލެ ދާތީ ކަންބޮޑެއް ނުވެއެވެ. ރުއާން ޒީކް ބަލަހައްޓާނެ ކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ.

 

އަމާން ދަތުރަކަށްފަހު ޒީކްމެންނަށް މާލެ ދެވުނީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ރުއާން ޒީކް ކައިރީގައި ބުނެފައިވާ ގޮތަށް ކަންތައް ކުރުމަށް ހަނދާން ކޮށްލަދެމުން ދެމީހުން ވެސް ވަކިވެގެން ދެދިމާއަށް މިސްރާބު ޖަހައިފިއެވެ. އަލްޔަންއާއި އެކުގައި ޒީކް ކާރުގައި ގޮސް އޮބާލަންދެން ބަލަހައްޓައިގެން ހުރެވުނެވެ. ރުއާން ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. ޒީކް އެގެއަށް ފޮނުވާލައިގެން ޒީކްއަށް ފަރުވާތެރި ވެވިދާނެބާވައެވެ. މާމައަށް ވެވުނު ވައުދު ފުއްދިދާނެ ބާވައެވެ. ރުއާންގެ ހިތްނުތަނަވަސް ވަމުންދިޔައީ ކީއްވެގެންކަން ހުދު ރުއާންއަށް ވެސް ނުވިސްނުނެވެ.

 

އަލްޔަންއަށާއި ޒީކްއަށް މިސައިބާ ހޫނު މަރުހަބާއެއް ކިޔެވެ. ދަތުރުގެ ވާހަކަތައް މަންމައަށް އަލްޔަން ކިޔައިދިނީ ހެވިފަ އިނދެއެވެ. މިސައިބާވެސް އުފަލާއެކު އަލްޔަންގެ ވާހަކަތައް ފޫހިކަމެއްނެތި އަޑު އަހަމުންދިޔައެވެ. އިޔާންވެސް ވާހަކައިގައި ބައިވެރިވެލުމަށްފަހު މާގިނައިރު އެތާގައި މަޑުނުކޮށް ދިޔައީއެވެ. އަލްޔަންގެ މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަމުން އިޔާން އަށްއުނދަގޫ ވާތީއެވެ.

“ދަރިފުޅާ ކައިވެނި ކޮން އިރަކަށް ހަމަޖައްސަންވީ” އަލްޔަންގެ ވާހަކަ ނިމުމުން މިސައިބާ އެހިއެވެ.

“ޒީކްއާ ވާހަކަ ދައްކަން ވީނު މަންމަ އެއަށްފަހުގަ ދޯ” ކައިވެނީގެ ވާހަކަ މަންމަ ދައްކަން ފެށުމުން އަލްޔަންއަށް ނޭނގޭ އުފަލެއް އިހްސާސް ވަމުންދިޔައެވެ. އެންމެ ފަހުން ޒީކް އޭނާގެ މިލްކަކަށް ވުމުގެ ދުވަސް ގާތްވެއްޖެ ކަމުގައި ހިތް ބުނަން ފެށިއެވެ.

“ދޭދެން އަރާމް ކޮށްލަން. މަންމަ ޒީކްއާއި ވާހަކަ ދައްކާނަން” މިސައިބާ ހިނގައި ގަންނަމުން ބުންޏެވެ.

Share Article

Follow Me Written By

riya

Level 2100 Comments10 Stories

Other Articles

Previous

ހިތާ ފުރާނައިންް… (59)

Next

ހިތާ ފުރާނައިން… (60)

Next
March 6, 2018

ހިތާ ފުރާނައިން… (60)

Previews
March 5, 2018

ހިތާ ފުރާނައިންް… (59)

23 Comments!

  1. riya says:
    March 5, 2018 at 10:57 pm

    new part is here, so dear readers, enjoy this part n please do comment for this part tooo. I really like n appreciate all ur comments, gud nit guys, luv u

    1. annoying reader says:
      March 6, 2018 at 6:35 pm

      Alyan,ruyan and zeek shares the same father so they cant get married ah nu. last time alyan ge dad foruvaigen ulhunu photo ga huri zeek ge mom v ma. so that means iyan and zeek ey gulheyni dhw. reethi mi part ves

    2. riya says:
      March 9, 2018 at 10:38 pm

      Thank u 🙂
      annoying reader, riya ah vure kurin story ninmaaly dhw, any way lest see dhw dhen vaa goi

  2. Friends says:
    March 5, 2018 at 11:09 pm

    First dhw

    1. riya says:
      March 9, 2018 at 10:38 pm

      yes first

  3. Friends says:
    March 5, 2018 at 11:18 pm

    Masha allah v reethi.ekam dear xee ah iyaan dhiyy ingey.alyan eii beybe dhw.waiting 4 next part.N KAIAA stry kba tha riya..e stry vess up koh dhiyy bala.
    Gud nyt riya ????

    1. riya says:
      March 9, 2018 at 10:40 pm

      Thank u 🙂
      kaiaa vaahaka up kuran fashaanan very soon inn sha allah

  4. Blue beauty says:
    March 6, 2018 at 12:17 am

    Varah foohi alyan are xeek merrykuranyaa…ehennuhadhaathi riya dhooni…story varah reethi..keep it up ???❤❤❤❤???

    1. riya says:
      March 9, 2018 at 10:40 pm

      Thank u 🙂
      ehaa foohi nuvah chey

  5. Xaya says:
    March 6, 2018 at 6:23 am

    Verry nice but pls don’t make xeek marry alyan . Make her marry iyaan . Over all it is a nice part once again waiting for the next part impatiently

    1. riya says:
      March 9, 2018 at 10:41 pm

      Thank u 🙂

  6. syle says:
    March 6, 2018 at 9:39 am

    Zeek akah alyan akaa marry eh nukureveyne..alyan bappa akee zeekge ves bappa

    1. riya says:
      March 9, 2018 at 10:42 pm

      lets see what is going to happen

  7. ކިޔާމީހާ says:
    March 6, 2018 at 11:21 am

    ކުރިން އަޕް ކޮއްފަ އިން ވާހަކަ އަކަށް ވާއިރުވެސް ހާދަ ކުރޭ ބައިތައް އަޕް ކުރާލެއް.. އަނެއްކާ އެހާ ލަސް ކޮއްފަ ތި އަޕް ކުރަނީ

    1. riya says:
      March 9, 2018 at 10:43 pm

      kudhi kudhi badhalu genes gen up kuraathu e ee

  8. naayal says:
    March 6, 2018 at 7:49 pm

    I want alyan and zeek gulgen?? but v reethi❤

    1. riya says:
      March 9, 2018 at 10:44 pm

      lets see what is going to happen

  9. Xaya says:
    March 6, 2018 at 8:41 pm

    Dear it’s very late pls make.it fast

    1. riya says:
      March 9, 2018 at 10:46 pm

      🙂

  10. Xaya says:
    March 6, 2018 at 8:42 pm

    Waiting eagerly pls make it fast

    1. riya says:
      March 9, 2018 at 10:48 pm

      thank you 🙂 for waiting

  11. Reem says:
    March 6, 2018 at 8:44 pm

    I like the story

    1. riya says:
      March 9, 2018 at 10:47 pm

      Thank u 🙂

Comments are closed.


All Right Reserved!