Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން (ދިހަވަނަ ބައި)

Marie Level 210 Stories100 Login100 Comments
March 6, 2018 3 Mins Read
5 Comments

އެންމެން ހަމަ ވުމައެކު މަސަތްކަތައް ފެށުނެވެ.
ވަރައް ނައިސް ވާނެ މީތި “މޯންޑޭގެ ޖީބުން ނެގި ކުޑަ ރަބަރު ޕެކެޓް އެއް ދައްކާލަމުން ބުނެލިއެވެ.
ކޮޓަރިތެރޭ ދުވަމުން ދިޔަ ތެޔޮވަސް ގަދަވެ އެކިމީހުން އެކިތަނައް ދެމެން ފެށިއެވެ.
*** ***** ********* ****** *

މެންދުރު ނަމާދުން ފައިބައިގެން އައިސް އަޔާޒް ގޭތެރެއައް ވަދުން އިރު ފެންޑާގައި އެލުވާފައިވާ ބޮޑު އުދޯލީގައި ޝީން އިނެވެ.
އޭރު މުނީރާވެސް ދުފާތަބަކައް ފޯއްކިބައަކާއި ބިލެއްގަނޑެއް ލަމުން އުނދޯލި ކައިރީގައިހުރި ސަރަންފީގޮނޑީ ގައިއިށީންނަނީއެވެ.
އަޔާޒް އަދިއަންނައްޗޭ ޗުއްޓީއެއްގަ މަންމައާއި ކޮއްކޮ ގޮވައިގެން “އަޔާޒްއައިސް ޝީން ކައިރީ އުދޯލީގައި އިށީން ތަނާ މުނީރާ ބުނެލިއެވެ.
އަޔާޒް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
މިރަށަކީ އަޔާޒް އަށް ވެސް ވަރައް ކަމުދާ ހިތް ފަސޭހަ ރަށަކައް ވެއްޖެއެވެ.
އަދި މުނީރާގެ ހިތްހެޔޮކަމުން އަޔާޒްއަށް ބޭރުގެއެއްގައި އުޅެވޭކަމުގެ އިހުސާސެއް ނުކުރެވެއެވެ.
މުނީރާ އަޔާޒް ދެކެނީ އަމިއްލަ ދަރިއެއްހެންނެވެ.
ޝީން އަށް ހަޔާތުގެ ބައިވެރިޔަކައްވެސް މުނީރާ ބޭނުންވާނެ ހުރިހާ ސިފައެއް އަޔާޒްގެ ކިބައިގައި އެބަހުއްޓެވެ
އަޔާޒްގެ ކިބައިގައި މުނީރާ އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ ފަރުޟު ފަސް ނަމާދައް ދޭއަހަންމިއްޔަތުކަމެވެ.
މިޒަމާނު ގިނަކުދިންނައް މިސްކިތަކީ ހުންނަތަނެއްކަންވެސް އެގޭނީ ހުކުރު ދުވަހު އެކަންޔެވެ.
އެގުޅުމަކީ މުނީރާ ކިތަންމެ ރުހޭ ކަމައް ވިޔަސް އެއްވެސް ކަމަކައް ޝިން އަށް މަޖުބޫރު ކުރުވާކައް މުނީރާ ބޭނުމެއް ނުވެއެވެ.
.ޝީން ހިތްއެދޭކަހަލަ ބައިވެރިއެއް ލިބުމުން މުނީރާ އެކަމައް ހުރަސް އަޅާކައް ބޭނުމެއް ނުވެއެވެ.
ޝީންގެ ހަޔާތުގައި ކަތިފިޔަވަޅެއް ނާޅާނެ ކަން މުނީރާ އަށް އެނގެއެވެ. މުނީރާއާއި އަޔާޒް ވަހަކަ ދެއްކިއިރުވެސް ޝީން ހަމަ އަގައިންވެސް ނުބުނެއިނީއެވެ.
“ދަރިފުޅު ދެން ތިހެން ނީދެބަލަ ” މިހާރު ކޯސް ވެސް ނިމެނީނު އޭރައް އެއްކޮއް މަންމަ ކައިރީ އާދެވޭނެއްނު ދެން އިނީ ކުޑަ ދުވަސް ކޮޅެއްނު” މުނީރާ ދެރަވެފަ އިނަސް އެކަން ޝިން އަށް ނުދައްކަން ހަމަޖެހޭ ގޮތައް ބުނެލިއެވެ.
ހަގީގަތުގައި ޝީން ދިއުމުން މުނީރާ އެކަނިވެ ދެރަވާ ވަރު ދެނެވޮޑިގެންވާނީ ﷲ އެވެ.
އެހާވެސް މުނީރާގެ ހިތައް އަސަރު ކުރެއެވެ.
ދެން ހިނގާ ބަދަރާ ދިމާލައް ދަމާ އެއޮތް ފުރާ ގަޑީ ޖެހެނީ “މުނީރާ ޝީންގެ އަތުގައިހިފަމުން ނަގާ ގާތް ކޮއްލަމުން ބުނެލިއެވެ.
” މަންމާ އަޅެ”ޝީން ކުޑަކުއްޖެއްހެން މަންމަ ގާތު ބޮޑާ ހާކަންފެށިއެވެ.
ބަނދަރާ ހިސާބައް ދެވުމުން އަޔާޒް މުނީރާ އާއި ސަލާމް ކުރުމައްފަހު ޝީން އަތުގައި ހިފަމުން ލޯންޗައް އެރިއެވެ.
ލޯންޗްގޮސް ގެއްލެންދެން މުނީރާ ބަލަހައްޓައިގެން ހުރުމައްފަހު ގެއާދިމާލައް މިސްރާބްޖެހީ ހިތްދަތިވެ ހުރެއެވެ.
ފުދޭވަރަކައް ކަނޑު ގަދަ ދުވަހެއްކަމުން ޝީން އަށް ހޮޑުލެވެންފެށުނެވެ. އަޔާޒްލޯންޗުން ބޭރައް ހޮޑުލެވޭގޮތައް ޝީންގެ ގައިގައިހިފެހެއްޓީއެވެ. “އޯކޭތަ މިހާރު “އަޔާޒް ފެން ފުޅިއެއް ދިއްކޮއްލަމުން ބުނެލިއެވެ
“ވަރައް ބޯއަބުރާއެބަ އަދިވެސް ” ޝީން ވަރައް ވަރުބަލި ގޮތަކައް ބުނެލިއެވެ.
އާދޭ އޮށޯވެލަން އަޔާޒް އެހެން ބުނެލުމުން ޝީން އަޔާޒް ގެ ފައިމަތީ ބޯއަޅާލަމުން އޮށޯވެލިއެވެ.
މާލެ ދެވެންދެންވެސް އަޔާޒް އޮތީ ޝީންގެ ބޮލުގައި މަޑުމަޑުން ފިރުމާލަ ފިރުމާލައެވެ.
**** ***** ******* ********* **** ****
މާލެ އާދެވުމާއެކު ޝީން ކެއްމަދުވެފައި ހުރީ ކޮލެޖް އަށް ދިޔުމަށެވެ.
ސަބަބަކީ ޝީން އާއި އަލޫކް ދިމާވާ ތަނަކީ ހަމައެކަނި ކޮލެޖުން ކަމައް ވާތީ އެވެ.
ޝީން ވެސް އެކަމާ އެއްބަސްވީ އެމީހުންގެ ގުޅުން އަދި މުނީރާއަށް އެގެން ބޭނުން ނުވާތީއެވެ.
މީހަކައް ފެނިގެން އެވާހަކަ އަދި މުނީރާގެ ކަންފަތާ ހިސާބައްދާން ބޭނުމެއްނުވެއެވެ.
ރޭގަނޑު ކެއުމުގައި ނަފީސާ ޗުއްޓީއާއި ބެހޭގޮތުން އެކި ސުވާލް ކުރިއެވެ. ދެންފަހަރަކުން ދާއިރު ޝީންއާއި އެކު ނަފީސާވެސް ދާނެކަމައް ބުނެލިއެވެ.” މަންމަ ވަރައް އުފާވާނެ ދައްތަ ގޮއްސިއްޔާ “ޝީން ބުނެލިއެވެ.
މިފަހަރުވެސް ދައްތަ ބުނި ޗުއްޓިގަ މަންމައާއި ކޮއްކޮ ގޮވައިގެން އަންނައްޗޭ ދެންފަހަރަކުން ” އަޔާޒް ކައި ނިމިގެން ތެދުވަމުން ބުނެލިއެވެ.
އަޔަޒް ކާގެއިން ނިކުންނަނިކޮއް އަޔާޒްގެ ފޯން ރިންގް ވާންފެށިއެވެ.
ހެލޯ…ކީކޭ ބަޑީ ..
އަޔާޒްގެ ފޯނައް ނަވާލް ގުޅުމުން އަޔާޒް ފޯން ނަގާފައި ބުނެލިއެވެ.
“މާލެ އާދެވިއްޖެ ތޯބަލައިލަން މިގުޅީ ހިނގާބަ ކޮފީއަކައް އަރާލަން ” އެބައޮތޭ ކުޑަ ޓޯކެއް” ނަވާލް އެހެން ބުނެލުމުން އަޔާޒް ދާންވީތަން ބުނެ ފޯން ކަނޑާލުމައްފަހު ގަރާޖުން ސައިކަލް ނެރުމައްފަހު ނައްޓާލިއެވެ.
ދެމީހުން ގޮސް ކެފޭ އެއްގެ ތެރެއައް ވަދެ މޭޒެއް ދަށުގައި އިށީދެލިއެވެ.
ކޮބާ ކަމެއް ވާ ގޮތްވިތަ ޗުއްޓީ ނިމުން އިރުވެސް “ނަވާލް އަޔާޒް އަށް ބުނެލިއެވެ.
ނަވާލް އަކީ އަޔާޒްގެ ހުރިހާ ކަމެއް ޝެއާ ކުރާ ސުކޫލް ދައުރުންފެށިގެންވެސް އެއްމެ އެއްކޮއް އުޅުނު އެއްމެ ގާތް އެކުވެރިޔާއެވެ
” ނުއްވޭ އެކަމެއް އޭނަ ވަރައް ލޯބިވާ ކުއްޖެއްހުރޭ ” އެދެމީހުން އުޅެނީ ރައްޓެހިވެގެން”އެކަން އަހަރެންނައް ތަންކޮޅެއް ކުރިން އެގުނުކަންވެސް ނަސީބު ” އަޔާޒް ކޮފީ ކޯވަރެއް ބޯލަމުން ބުނެލިއެވެ.
ކަޑައެއްނު” ނަވާލް ވިސްނަން އިދެފައި ބުނެލިއެވެ.
އަޔާޒް އާއި ނަވާލް ވާހަކާގައި ތިއްބައި އެމީހުންނާ ޖެހިގެން ހުރި މޭއްޒެއް ދޮށުގައި ފަސް މީހުންގެ ބޮޑު ގުރޫޕެއް އައިސް އިށީންދެލަމުން ވޭޓަރައް ގޮވާލިއެވެ. ގެނެބެއާ ބިއަރު ދަޅެއް ވޭޕްވެސް ގެންނާތި” އެމޭޒްގައި އިން މީހަކު ބުނެލިއެވެ.
ވޭޓަރު އައިސް ބިއަރު ނެއްވާހަކަ ބުނެލުމުން އެގުރޫޕުން މީހަކު ވަރައް ހަޑިކޮއް ވޭޓަރައް ބަވާލިއެވެ.
ދެންތިބި އެންމެން އެއްއަޑަކުން ހޭން ފެށިއެވެ.
އެމީހުނައް ފުރަގަސް ދީގެން އިން އަޔާޒް އިނީ އެމީހުންގެ އަހުލާގީ ފެންވަރު ދައްކަމުން ބަލައިލަންވެސް ބޭނުން ނުވެފައެވެ’
ދެން ތިހެން ހުންނާނީތަ ހަމަ އޭނައައް ލޯބިވާކަން ނާންގާ ” ނަވާލް އަޔާޒް އަށް ބުނެލިއެވެ.
އާން އަހަރެން ބޭނުމެއް ނޫން ބުނާކައް ”
އެންމެ ފަހުވަގުތާހިސާބައްވެސް އަހަރެން އޭނައަށް އިންތިޒާރު ކުރާނަން”
އަޔާޒް ނަވާލް އަށް ބުނެލިއެވެ.
” ކައެ ކާރީ ބުނީ މަ އުގައް ކޮފީތަށި އޮއްސާލާށޭކޭ ނޫނޭ “އަޔާޒް ސިއްސައިގެން ގޮސް ފަހަތް ބަލައިލީ ފަހަތުގައި އަޑުގަދަ ކުރަމުން ދިޔަ މޭޒުން ވޭޓާރާދިމާލައް ވަރައް ބާރައް ހަޅޭއްލަވައި ގަތީމައެވެ.
ފަހަތް ބަލާލި އަޔާޒް އާއި އަލޫކްގެ ލޯ ސީދާވި ވަގުތު އަޔާޒް ސިހުނެވެ. އަލޫކް އަށްވެސް އަޔާޒް ފެނުމާއެކު ބިރެއްފެނިގެން އުޅޭ މީހެއް ފަދައިން ފުންމައިގެން ތެދުވެ އެތަނުން ނިކުތެވެ ފަހަތުން އޭނަގެ ރައްޓެހިންވެސް ނިކުތެވެ
“އައްކޭ ކިހިނެއްވީ ކައެ ތިއައީ” އެ ވޭޓަރު ގޮލާ ހޭއަރުވާލަން ހިނގާބެއާ” މޯންޑެ އަލޫކް ކާރިއަޢް ޖެހިލާ ބުނެލިއެވެ.
އަލޫކްގެ ހިތް ބާރައް ތެޅެމުންދިޔައވެ .
ދުވަހަކުވެސް އޭނަ އަތުން ޝީން ގެއްލޭކައް ބެނުމެއް ނުވެއެވެ. އަލޫކް ކޮންމެ ގޮތަކައް އުޅޫނަސް ޝީން ގެއްލެން އަލޫކް ބޭނުމެއް ނުވެއެވެ.
ކިހިނެއްވެފަ ތީނީ ދަންނަ ގޮލައެއްތަ” އަޔާޒްބަލަން އިން ގޮތުން ނަވާލް ބުނެލިއެވެ.
އާން އެއީ ޝީންގެ ބޯއީފުރެންޑް ” އަޔާޒް ބުނެލިއެވެ.
ވަޓް!!!! ….
އެނގޭތަ އެކާކުކަން ” މާލޭގެ ނަން މަސްހޫރް ގޭންގެއްގެ ގޮލައެއް އެއީ ”
އަބަދު ހުންނާނީ އެހާލުގަ “އޭނަ ބޮލާއެއްޗެހި ކޮށާފަ ތަންކޮޅެއް ތާހިރު ކޮއް ހުންނާތީ މީހުންނައް ނޭގެނީ ”
އަވަހައް ޝީން ގާތު އެވާހަކަ ދައްކާ ” ނަވާލް ފައްޗަކައް ހުރިހާ ވާހަކައެއް އަމުނާލިއެވެ .
ކޮފީ ނިއްމާލުމައްފަހު އަޔާޒް ގެއައް އައީ ޝީން އަށްހުރިހާ އެއްޗެއް ކިޔައި ދިނުމަށެވެ.
އަޔާޒް އަށް ޝީން ނުލިބުނަސް އެކަހަލަ މީހެއްގެ މަކަރުވެރި ކަމުގެ ދަލުގައި ޝީން ޖެހުނަކަ އަޔާޒް ނުދޭނެވެ.
ބުރޯ މަ ވަރައް އަވަހައް ގެއައް ދާންޖެހޭ އެބަ” އަލޫކް ވަރައް އަވަސް އަރުވާލާފައި ސައިކައް އަރަމުން ބުނެލިއެވެ.
ލަސްކޮއްފިނަމަ އަލޫކް އަތުން ޝީން ބީވެދާނެއެވެ. އަލޫކްގެ ހަށިގަނޑުގައި ނޭވާ ހިނގާހާ ހިދަކު އެހެން ވިޔަކަ ނުދޭނެއެވެ.

ނުނިމޭ

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ލޯބިވަން..(ފަނަރަވަނަބއި)

Next

ތިޔަ އަސަރު 55 (ފަހު ބައި)

Next
March 6, 2018

ތިޔަ އަސަރު 55 (ފަހު ބައި)

Previews
March 6, 2018

ލޯބިވަން..(ފަނަރަވަނަބއި)

5 Comments!

  1. Hairaan says:
    March 6, 2018 at 7:44 pm

    Haadha kurey. Varah reethi

    1. Marie says:
      March 7, 2018 at 9:58 am

      🙂 thank you hairaan .. dhen part thankolheh dhiguvaane

  2. Xaya says:
    March 6, 2018 at 8:24 pm

    Varrahves kuru ekamaku REETHI
    Mary he baskoshaaru ahannah varra kamudhey . Maasha allah

    1. Marie says:
      March 7, 2018 at 10:00 am

      🙂 thank you xaya……

  3. Marie says:
    March 7, 2018 at 10:00 am

    🙂 thank you xaya……

Comments are closed.


All Right Reserved!