ބާރުހިނގުމެއްގައި ގޮސް ދޮރުހުޅުވައިލިތަނާ އެތެރަށް ވަންނަން އައި މަލްހާ ބަން ލައިފައި ޖެހުނީ ޔާނިކްގެ ގައިގައެވެ. އެވަގުތު އެމަޑު ތުންފަތް ޔާނިކްގެ ގަމީހުގައި ބީހިގެން ދިއުމާއެކު އޭނާ ލައިގެންހުރި ހުދު ކުލައިގެ ގަމީހަށް މަލްހާގެ ތުންފަތުގެ ނިޝާން އަރައިގެން ދިޔައެވެ. އެތަންފެނި ދެލޯބޮޑުކޮށްލަމުން މަލްހާ ކަންބޮޑުވެފައި ޔާނިކްއާ ދިމާއަަށް ބަލައިލިއެވެ. “ސޮ.. ސޮ.. ސޮރީ ސަރ.” ކަންބޮޑުވީ ވަރުން މަލްހާއަށް އެހެންބުނެވުނީވެސް އުނދަގުލާއެކީއެވެ. އޭރު ކަޅި ޖަހައިނުލައި ޔާނިކް ބަލަމުންދިޔައީ އޭނާގެ ގަމީހުގައި މަޑު ފިޔާތޮށިކުލައިން ފެވިފައިހުރި މަލްހާގެ ތުންފަތުގެ ނިޝާނަށެވެ.
“އަޅުގަނޑު ގަސްދުގައެއްނޫން.” ޔާނިކްގެ ފަރާތުން ޖަވާބެއް ނުލިބުމުން ތުރުތުރުއަޅާ އަޑަކުން މަލްހާ އަނެއްކާވެސް ބުނެލިއެވެ. “އިޓްސް އޯކޭ.” މަލްހާގެ މޫނަށްވެސް ބަލައިލުމެއްނެތި ޔާނިކް އެހެން ބުނެލުމުން މަލްހާގެ ހިތް ދެރަވީ ކީއްވެ ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. “އަހަރެން މިދަނީ ގެއަށްދާން. ކުޑަކޮށް ބޮލުގަ ރިހޭތީ. މަލްހާވެސް މަސައްކަތްތައް ނިމުނީމަ ގެއަށް ދިޔަޔަސް އެންމެ ރަނގަޅު.” އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގައިލަމުން އަވަސްއަރައިފައި ޔާނިކް ބުނެލިއެވެ. އެންމެ ހިނދުކޮޅަކަށްވެސް މަލްހާގެ ސޫރަ ފެންނަ ހިސާބުގައި މަޑުކުރަން އޭނާ ބޭނުންނުވާ ކަހަލައެވެ. “ލައްބަ.” އިސްޖަހައިލަމުން މަލްހާ ބުނެލިއެވެ. އެއާއެކު ޔާނިކް އެތަނުން ނުކުމެގެން ދާން ހިނގައިގަތުމުން ފުންނޭވާއެއް ލުމަށްފަހު މަލްހާ ޔާނިކްގެ ކެބިން ތެރެއަށް ވަދެ އަތުގައި އޮތް ފައިލް ކަބަޑްއަަށް ލުމަށްފަހު ގޮސް އޭނާގެ ކެބިންއަށްވަދެ މަސައްކަތްތަކާއިވެގެން މަސްއޫލުވިއެވެ. އެއިރުވެސް ދެންމެ ހިނގި ކުޑަ އެކްސިޑެންޓް އޭނާގެ ދެލޯކުރިމަތީގައި އިރުއިރުކޮޅާ ތަކުރާރުވަމުން ދިޔައެވެ.
އޮފީސް ދޮރުމަތީގައި އޮތް ކާރަށް ޔާނިކް އަރައި ހަމަޖެހިލުމާއެކު ކާރު ދުއްވައިލިއެވެ. ލައިގެންހުރި ޖެކެޓުގެ ސަބަބުން ގަމީހުގައިހުރި މަލްހާގެ ތުންފަތުގެ ނިޝާން ފޮރުވިފައި ވީނަމަވެސް ހިތަކުން އެހަނދާންތަކެއް ފިލާގޮތެއް ނުވިއެވެ. އެވަގުތު މަލްހާގެ ގައިންދުވި މީރުވަސް އަދިވެސް ޔާނިކްގެ ނޭފަތުގައި ހަރުލައިފައި ހުރި ކަހަލައެވެ. ދެލޯމަރައިލާއިރަށް އެވަގުތުކޮޅު ސިފަވެގެން ދިއުމާއެކު ބޭއިޚްތިޔާރުގައި ޔާނިކްއަށް ހިނިތުންވެލެވުނެވެ. އަވަސްވެފައިވާ ހިތާއި ދިމާލުގައި ޔާނިކް އެއްއަތުން ފިރުމައިލިއެވެ. މިއީ ކޮންފަދަ ޖަޒުބާތެއް ހެއްޔެވެ؟
** ** **
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ދޭތެރެ ދޭތެރެއިން އިވިގެންދާ ފަނިފަކުސާގެ އަޑުން މާހައުލުގައި ރަސްކަން ކުރަމުންދިޔަ ހަމަހިމޭންކަން ނަގައިލަން މަސައްކަތްކުރާ ފަދައެވެ.
އެނދުގައި އޮށޯވެލައިގެން އެއްއަތް ނިތުގައި ބާވައިލައިގެން ފުންވިސްނުމަކަށް ގެއްލިފައި ޝަމްއަލް އޮތެވެ. މަންމައާއި ބައްޕަ ގާތުގައި އީނާލްގެ ވާހަކަ ބުނާނެ ގޮތަކާއި މެދުގައި ޝަމްއަލް ވިސްނާތާ މިހާރު ހަފްތާއެއްވަނީއެވެ. އެހެނަސް އަދިވެސް އޭނާއަށް އެފަދަ ވާހަކައެއް ބުނާނެހައި ހިތްވަރެއްވަނީ ނުލިބިފައެވެ. ލަދަކާހުރެ ތަދެއްނުފިލާނޭ މުސްކުޅިން ބުނާއަޑު އޭނާވެސް އަހައެވެ. އީނާލް އޭނާގެ މިލްކަކަށް ހެދެންއޮތީވެސް މައިންބަފައިންނާ ހަމައަށް މިވާހަކަ ގެންގޮސްގެންނެވެ.
ދޮރުގައި ޓަކި ޖަހައިލުމަށްފަހު އެގޭގައި ގެންގުޅޭ ޚާދިމަކު މަޑުމަޑުން ދޮރުހުޅުވައިލިއެވެ. އޭރުވެސް އެއޮތް ގޮތަށް ޝަމްއަލް އޮތެވެ. “ދައްތަ ބުނުއްވީ ކާން އަންނާށޯ.” އަދަބުވެރިކަމާއެކު އެޚާދިމު މީހާ ބުނެލިއެވެ. އެއާއެކު އޮތްތަނުން ތެދުވަމުން މިދަނީކަމަށް ޝަމްއަލް ބުނެލުމާއެކު ބޯޖަހައިލުމަށްފަހު އެޚާދިމު ދިޔައެވެ.
ދެއަތުން މޫނުފުހެލުމަށްފަހު އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ޝަމްއަލް ކާކޮޓަރިއާާއި ދިމާއަަށް ހިނގައިގަތެވެ. ކޮންމެގޮތެއް ހަދާފައި ނަމަވެސް މިރޭ އޭނާގެ މައިންބަފައިން ގާތު އީނާލްގެ ވާހަކަދައްކަން އޭނާާ ބޭނުންވެއެވެ.
ލަސްފިޔަވަޅުތަކެއްގައި ކާކޮޓަރިއަށް ވަދެގެން އައި ޝަމްއަލްއާ ދިމާއަށް މުހުސިނާ ބަލައިލީ ލޯތްބާއެކުއެވެ. އޭރު އޭނާ އާއި ޖެހިގެންހުރި ގޮނޑީގައި ޖަވާާދުވެސް ޝަމްއަލްގެ އިންތިޒާރުގައި ކާން ނުފަށައި އިނެވެ. ދެމީހުންނަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޝަމްއަލް ގޮސް އޭނާގެ ބައްޕައާއި ޖެހިގެންހުރި ގޮނޑީގައި އިނށީދެ ހަމަޖެހިލިއެވެ.
އެހެން ރޭރެއާއި ޚިލާފަަށް ސުފުރާމަތީގައި މިރޭ މަދުފަހަރަކު ނޫނީ އެކަކުވެސް އަނގައަކުން ނުބުނެއެވެ. ކޮންމެ މީހަކުވެސް ވިސްނަމުންދިޔައީ އެކަކު އަނެކަކު ގާތުގައި ބުނަން ހިތުއަޅައިގެންހުރި ވާހަކަތަކާމެދުގައެވެ. ދޭތެރެއަކުން މުހުސިނާ ޝަމްއަލްގެ މޫނަށް ބަލައިލާގޮތުން އެވާހަކަ ބުނަން ކެތްމަދުވެފައިހުރިވަރު އެނގި ހާމަވަމުންދިޔައެވެ. އެހެނަސް ޖަވާދުގެ އިޝާރާތަކަށް މަޑުކޮށްލައިގެން އިނީއެވެ.
ކައިނިންމައިލުމަށްފަހު ސިޓިން ރޫމްގައި އަރާމުކޮށްލަން އެންމެން ޖައްސައިލިއެވެ. ފުންނޭވާއެއްލަމުން ޖަވާދު މުހުސިނާގެ މޫނަށް ބަލައިލުމުން އަވަހަށް އެވާހަކަ ފެށުމަށް އޭނާ ލޮލުން އިޝާރާތް ކޮށްލިއެވެ. މިއިން އެއްވެސް މަންޒަރެއް ޓީވީގެ ސްކްރީނަށް ބަލަންއިން ޝަމްއަލްއަކަށް ނުފެނެއެވެ.
“ދަރިފުޅާ. މަންމައާ ބައްޕަ ދަރިފުޅު ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް.” ކުޑަކޮށް ކަރުކެހިލުމަށްފަހު ޖަވާދު އެހެންބުނެލުމުން ނިތަށް ރޫއަރުވައިލަމުން ޝަމްއަލް އެއީ ކޮން ވާހަކައެއްތޯ އަހައިލިއެވެ. އަދި ޓީވީގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން ސީދާ ޖަވާދުއާ ދިމާއަށް އެނބުރި ހަމަޖެހިލިއެވެ. ޖަވާދު އެބުނަންއުޅޭ ވާހަކައެއް ބުނެނިމުމުން އޭނާވެސް ހިތުއަޅައިގެންއިން ވާހަކަ ދައްކަން ޝަމްއަލް ނިންމިއެވެ.
“ދަރިފުޅަށްވެސް މިހާރު 24 އަހަރުވީ. މިހާރު ތިހުރީ ދަރިފުޅުވެސް އަމިއްލަ ދިރިއުޅުމެއް ފަށަންވީ އުމުރަަށް ގޮސްފަ.” މުހުސިނާއާާ ދިމާއަަށް ނަޒަރު ހިންގަމުން ޖަވާދު ދުރުދުރުން ފެށިއެވެ. ޖަވާދުގެ ވާހަކައިން ޝަމްއަލްގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ފުރަތަމެސް އެހިތަށް އައީ އީނާލްގެ ނަމެވެ. ލަދުވެތި ހިނިތުންވުމަކާއެކު ޝަމްއަލް ބޯޖަހައިލުމުން ޖަވާދު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“މިއީ ދަރިފުޅަށް އަދި ނޭނގޭ ވާހަކައެއް. ދަރިފުޅު ކިޔަވައި ނިމެންވާއިރަށް މަންމައާ ބައްޕަ ހުންނާނީ ދަރިފުޅަށްޓަކައި ކުއްޖަކު ހޮވައިފައި. މިހާރު ދެން ކިޔެވުންވެސްނިމި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވިފަ ތިހުރީ. އެކުއްޖާ އަކީ ވަރަށް އަޚްލާޤު ރަނގަޅު އަދި އެހައިމެ ރަނގަޅު އާއިލާއަކުން އައިސްފައި ހުރި ކުއްޖެއް. ދަރިފުޅަށްވުރެ އެއްއަހަރު ހަގުވާނީ. އެކުއްޖާގެ ބައްޕައަކީ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއް. އެންމެ ފުރަތަމަވެސް އެއަންހެންކުއްޖާ އިންނާނެ ރަނގަޅު މީހަކު ހޯދައިދޭން އޭނާގެ ބައްޕަ، ބައްޕަ ގާތުގައި އެހީއަށް އެދުނު ދުވަހު ބައްޕަގެ ހިތަށްއައީ ދަރިފުޅުގެ ނަން. ބައްޕައަށް އިނގޭ ބައްޕަމެންގެ އެދުމެއްގައި ދަރިފުޅު ކޮޅުފައިން ނުޖަހާނެކަން. އެކަމަކުވެސް ދަރިފުޅަށް އެއްވެސް މަޖުބޫރުކަމެއް ނެތް. ބައްޕަ އޭނާ ގާތުބުނިން ދަރިފުޅުގެ ވާހަކަ. އެއާއިލާވެސް މިގުޅުމަށް ވަރަށް ރުހޭ. މަންމަ އާާއި ބައްޕަވެސް. އެކަމަކު ގޮތެއް ނިންމާނީ ދަރިފުޅު. މާދަންރޭ އެގެއަށް ކެއުމަކަށްދާން ދައުވަތު ލިބިފަ އެބައޮތް. އެހެންވީމަ ބައްޕަގެ ވަރަށް ބޮޑު އެދުމެއްއެއީ ގޮތެއް ނިންމުމުގެ ކުރިން ދަރިފުޅުމެން ދެކުދިން ބައްދަލުކޮށްލުމަކީ.” ޖަވާދު ވާހަކަ ނިންމައިލަމުން ފުންނަޒަރަކުން ޝަމްއަލްގެ މޫނަށް ބަލައިލިއެވެ.
ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރައިފައި ޝަމްއަލްއަށް އިނދެވުނީއެވެ. ދާދި ދެންމެއަކު އޭނާގެ މައިންބަފައިން ގާތުގައި ދައްކަން ހިތުއަޅައިގެންއިން ވާހަކަމަތިންވެސް ޝަމްއަލް ހަނދާންނެތުނު ފަދައެވެ. އޭނާއަކީ އެއްއިރެއްގައިވެސް މައިންބަފައިންގެ އެދުމާ ދެކޮޅުހެދި މީހެއްނޫނެވެ. އެހެނަސް އީނާލް ނޫން އިތުރު ކުއްޖަކަށް އެދިރުއުޅުމުން ޖާގަދޭކަށް ޝަމްއަލްގެ ހިތެއް ނޭދެއެވެ.
ތުންފަތުގައި ދަތްއަޅައިލަމުން ޝަމްއަލް އިސްޖަހައިލީ ދޭނެ ޖަވާބެއް ނުވިސްނުމުންނެވެ. މައިންބަފައިންގެ ބަހަށް އިޖާބަދޭންވެސް ބޭނުމެވެ. ހިތުގެ ގޮވުމަށް އިޖާބަދޭންވެސް ބޭނުމެވެ. ހަދާނެ ގޮތެއް ނުވިސްނިފައިއިން ޝަމްއަލްގެ ކޮނޑުގައި މުހުސިނާ އޯގާތެެރިކަމާއެކު ފިރުމައިލިއެވެ.
“ދަރިފުޅާ. މިކައިވެންޏަށް އާނބަސްބުނާކަށް މަންމަމެންނެއް ނުބުނަމެއްނު. ތިވަރަށް ހާސްނުވޭ. ބައްދަލުކޮށްފައި ދަރިފުޅަށް އެކުއްޖާ ކަމުނުދާނަމަ މަންމަމެން މިކައިވެންޏަށް ދަރިފުޅަށް މަޖުބޫރުކުރާކަށްނެތިން. އެހެންވީމަ މާދަމާ އެގެއަށް ގޮސް އައިސް ދަރިފުޅު ރަނގަޅަށް ވިސްނައިފައި މަންމަމެންނަށް ޖަވާބެއްދީ އިނގޭ.” ލޯތްބާއެކުގައި މުހުސިނާ ދެއްކިވާހަކަތަކަށް ޖަވާދުވެސް އެއްބަސްވިއެވެ. އެދެމަފިރިންވެސް އެކައިވެންޏަށް ޝަމްއަލްއަށް މަޖުބޫރުކުރާކަށް ބޭނުމެއް ނުވެއެވެ.
މަންމައާއި ބައްޕަގެ ވާހަކަތައް އަޑުއެހުމަށްފަހު އެމީހުން ގާތުގައި އީނާލްގެ ވާހަކަ ބުނުމަށް ޝަމްއަލްގެ ހިތްއެދުނެވެ. އެހެނަސް މިވަގުތަކީ އެކަމަށް އެންމެ އެކަށޭނަ ވަގުތުހެން ހީނުވުމުން އެވާހަކަ ފަހަށް ބާވައިލަމުން ޝަމްއަލް ބޯޖަހައިލީ އޭނާގެ މައިންބަފައިންގެ ވާހަކައާމެދުގައި އެއްބަސް ވުމުގެެ ގޮތުންނެވެ.
** ** **
އެނދުގެ ފަޑީގައި ލެގިލައިގެން ޔާނިކް އިނީ މިއަދު އޭނާ އޮފީހަށް ދިއުމަށްޓަކައިލީ ހުދުކުލައިގެ ގަމީސް އަތުން ހިފައިހައްޓައިގެންނެވެ. އޭނާގެ ނަޒަރު އެގަމީހުގެ މޭމަތީގައިހުރި މަލްހާގެ ތުންފަތުގެ ނިޝާނަށް ހުއްޓިފައިވީއިރު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްގެ އަސަރު ހުއްޓެވެ. ހީވާގޮތުން އޭނާ ވިސްނަމުންއެދަނީ މިއަދު އޮފީހުގައި ހިނގި ކުޑަ އެކްސިޑެންޓާ މެދުގައެވެ.
ފުންނޭވާއެއްލަމުން ޔާނިކް ދެލޯމަރައިލިއެވެ. އެއާއެކު މިއަދު މަލްހާގެ ދުލުން އިވުނު ޖުމުލުތައް އޭނާާގެ ކަންފަތްބުޑުގައި ގުގުމައިގަތެވެ. ވަގުތުން ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގޮސް މޫނުގެ ކުލަވަރު އޮއްސިގެންދިޔައެވެ. އެއީ އެހެންމީހެއްގެ ހައްގެއްކަން އޭނާގެ ހިތް ހަނދާންނައްތައިލަނީ ކީއްވެހެއްޔެވެ؟ އެހިތަށް ވިސްނައިދީދީ އޭނާ ވަރުބަލިވެއްޖެއެވެ.
މަލްހާގެ ދިރިއުޅުމުން އައު ބާބެއް ފެށެންއުޅޭކަން އިނގޭއިރުވެސް އޭނާގެ ހިތް އެ ލޯބިވެތި ސޫރައިގެ ވެރިޔާއަށް އިންތިޒާރުކުރަން ބޭނުންވަނީއެވެ. މުޅި އުމުރުގައި އިންތިޒާރުކުރަން ޖެހުނަސް ހެވެވެ.
ހިތަށްއަރަންފެށި އެއްޗެހިން ޔާނިކްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. އަތުގައިއޮތް ގަމީހަށް އަވަސް ނަޒަރެއްދެމުން ޔާނިކް އެނދުން ތެދުވެ ހެދުން އަލަމާރިއާ ދިމާއަށް ހިނގައިގަތެވެ. އަލަމާރީގެ ދޮރު ހުޅުވައިލަމުން އޭގެތެރެއިން މަޑު އަޅިކުލައިގެ ކުޑަ ފޮށިގަނޑެއް ނެގުމަށްފަހު އަތުގައިއޮތް ގަމީސް ފަތްޖަހައިލަމުން އެފޮށިގަނޑުގެ ތެރެއަށްލައި ފޮރުވައިލީ ވަރަށް ފަރުވާތެރިކަމާއެކީއެވެ. އިރުކޮޅަކު އެފޮށިގަނޑަށް ބަލަން ހުރުމަށްފަހު ޔާނިކް އަލަމާރީގެ ދޮރު ލައްޕައިލަމުން އަނެއްކާވެސްގޮސް އެނދުގައި އިނށީދެލިއެވެ.
އެއްއަތް ނިތުގައި ބާވައިލަމުން ޔާނިކް ދެލޯމަރައިލީ ސިކުނޑިއަށް ބާރުކުރަމުންދިޔަ ޚިޔާލުތަކުން ސަލާމަތްވެވޭނެ ކަމަށެވެ. އެހެނަސް ކަންތައްވީ އޭގެ ދިމާއިދިކޮޅަށެވެ. މެރިގެންދިޔަ އެސްފިޔަތަކުގެ ތެރެއިން ޔާނިކްއަށް ސިފަވީ އެންމެ ފުރަތަމަ މަލްހާގެ ސޫރަ ފެނުނު ދުވަހެވެ. ދެލޯބޮޑުކޮށްގެން އޭނާގެ ކާރާއި ދިމާއަަށް ބަލަންއިންއިރު އެމޫނުމަތީގައިވީ މައުސޫމްކަމެެވެ.
ރޯލް ލަސްވެފައިވާ ފިލްމެއްހެން މަލްހާ އާއިއެކުގައި ހޭދަވީ ކޮންމެ ދުވަހެއްގެ ހަނދާންތައް ޔާނިކްގެ މެރިފައިވާ ދެލޮލުގެ ތެރެއިން ފެންނަންފެށިއެވެ. އެއާއެކުގައި ކުދި މުތީތަކެއްފަދަ ކަރުނަތިކިތައް އެސްފިޔަތައް ފޫދުއްވައިލުމަށްފަހު އެއޮމާން ކޯތާފަތުގައި ބޮސްދެމުން އޮހޮރެންފެށީ އޭނާގެ ހިތަށް އިތުރަށް ކެތްނުވުމުންނެވެ.
ލޯތްބަކީ މިހައި ވޭންދެނިވި އެއްޗެއްކަން އިނގުނުނަމަ އޭނާ ދުވަހަކުވެސް ލޯތްބެއް ނުވީހެވެ. ނަމަވެސް އޭނާ ގަސްދުގައި މަލްހާދެކެ ލޯބިވީކީ ނޫނެވެ. ލޯބިވެވުނީއެވެ.
އެކިޚިޔާލުތަކުން ސިކުނޑި ތޮއްޖެހެމުންދިޔައިރު ޔާނިކްގެ ތުންފަތްދެމެދުން މަޑު އާހެއްގެ އަޑު ނިކުމެގެން ދިޔައެވެ. އޭރުވެސް ހުއްޓުމެއްނެތި އެލޮލުން ކަރުނައިގެ މުތީތައް ފައިބަމުން ދިޔައެވެ. މިއަދު އެކަރުނަތައް ހިފަހައްޓަން ޔާނިކް ބޭނުންނުވާ ކަހަލައެވެ. ބައެެއްފަހަރު ހިތުގައި އަޅަމުންދާ ވޭން ކަރުނައިގެ ސިފައިގައި ބޭރުކޮށްލުމުން އެހިތަށް ހަމަޖެހުން ލިބެއެެވެ. ޔާނިކްވެސް މިއަދު ބޭނުންވަނީ އެގޮތްކަންނޭނގެއެެވެ. ލައްކަ ދުވަހު ނުރޮއި ކެތްކުރެވިއްޖެއެެވެ.
ކުއްލިއަކަށް ޔާނިކްގެ ސިކުނޑިއަށްއައީ މީގެ ދުވަސްކޮޅެއްކުރިން އެއްރެއަކު އީނާލް އޭނާ ގާތުގައި ދެއްކި ވާހަކަތަކެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށޭބުނެ އީނާލް އޭނާއަަށްދިން ނަސޭހަތުގެ ބަސްކޮޅެެވެ. ތެދެކެވެ. އެކަން އޭނާ ހަނދާންނެތުނީ ކީއްވެހެއްޔެވެ؟ ކޮންމެ ކަމެއްވެސް ﷲ މެދުވެރިކުރައްވަނީ އިމްތިހާނެއްގެ ގޮތުގައިކަން އޭނާ އެހައި އަވަހަށް ހަނދާންނެތުނީތީ ޔާނިކް ދެރަވިއެވެ. އެހައި އަވަހަށް ބަލިކަށިވާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާއަކީ އެއްއިތރެއްގައިވެސް އެހައި ބަލިކަށިވި މީހެއްނޫނެވެ.
އެވަގުތު ހިތުގެ ހަމަޖެހުމަށްޓަކައި ޔާނިކްއަށް ކުރަން ވިސްނުނީ އެންމެ ކަމެކެވެ. އިންތަދުން ތެދުވެ ފާޚާނާއާއި ދިމާއަށް މިސްރާބުޖެހިއެވެ. ވުޟޫ ކުރަމުންދިޔައިރު ޔާނިކްގެ ހިތަށް އެތައް އިހުސާސެއް އަރައި ފައިބަމުންދިޔައެވެ. ފާޚާނާއިން ނުކުތުމަށްފަހު އަލަމާރި ހުޅުވައިލަމުން ތަންކޮޅެއް ބިއްދޮށުގައިއޮތް ފެހިކުލައިގެ މުޞައްލައެއް ނަގައިގެން އައިސް ކޮޓަރީގެ މެދުގައި ޔާނިކް މުޞައްލަ ފަތުރައިލިއެވެ. އަދި އޭނާގެ ހިތަށް ހަމަޖެހުމާއި ސާބިތުކަން ދެއްވުންއެދި ﷲ ގެ ހަޟްރަތުގައި ސުންނަތް ނަމާދެއް ކުރިއެވެ.
ނަމާދުކޮށް ނިމުނުއިރު އޭނާގެ ހިތަށްވަނީ ބަޔާންކުރަން ދަތި ހަމަޖެހުމެއްލިބިފައެވެ. ހުރިހައި ނޭދެވޭ ޚިޔާލުތައް ނަމާދުގެ ސަަބަބުން އެހިތުން ދޮވެވިގެން ދިޔަފަދައެވެ. ދުޢާކޮށް ނިންމައިލަމުން މޫނުގައި ދެއަތުން ފިރުމައިލައިފައި އިންތަނުން ޔާނިކް ތެދުވިއިރު އެތުންފަތްމަތީގައި ފުޅާ ހިނިތުންވުމެއްވިއެވެ. އެކަމުންވެސް އޭނާ ހަމަޖެހިފައިހުރިވަރު އެނގި ހާމަވަމުންދިޔައެވެ. ކުރިންވެސް އޭނާއަށް މިގޮތް އޮތެވެ. އެހެނަސް އޭނާއަށް އެކަން މަތިން ހަނދާންނައްތައިލެވުނީ އަބަދުވެސް ފުރުސަތަކަށް ބަލަބަލައި ހުންނަ ޝައިތާނާގެ ވަސްވާސްތަކަށް މާބޮޑަށް ހެއްލި އަމިއްލަ ނަފުސް އޮޔާވަޔާއިއެކުގައި ދާން ދޫކޮށްލެވުނީމައެވެ. ދެންއެގޮތަށް ކަންތައް ނުކުރުމަށް ހިތުގައި އަޒުމް ކަނޑައަޅަމުން ޔާނިކް މުޞައްލަ އަލަމާރިއަށް ލުމަށްފަހު މަޑުހިނގުމެއްގައިގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ.
** ** **
ލައިގެންހުރި ގަމީހަށް ސެންޓް ޖަހައިލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރައަށް ޝަމްއަލް ބަލައިލިއެވެ. މޫނުމަތި ކުޑަކޮށް މިލައިފައިވީ ނަމަވެސް ގަދަކަމުން ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވަމުން ހަމަޖެހިލެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އެގެއަށްދާން ހަމަޖެހިފައިއޮތް ގަޑި ކައިރިވަމުންދިޔަވަރަކަށް ނޭނގޭ ބާރުމިނެއްގައި ޝަމްއަލްގެ ހިތްތެޅެމުންދިޔައެވެ. ކުޑަމިނުން އެއަންހެންކުއްޖާގެ ފޮޓޮއެއްހައި ހިސާބުވެސް ފެނިފައިނުވާތީ އޭނާގެ ހިތުގައިވި ނުތަނަވަސްކަން އިތުރުވެފައިވިއެެވެ.
އޮފީހުގައި އިން އިރުވެސް މުޅި ދުވަހު އޭނާއަށް އިނދެވުނީ އެކަމާމެދުގައި ވިސްނާށެވެ. ދޭތެރެއަކުން އީނާލް ފެނޭތޯ ހޯދައިލެވެނީ ހިތްދަތިގޮތަކަށެވެ. އެހެންދުވަސްތަކާއި ޚިލާފަށް މިއަދު އީނާލްގެ މޫނުމަތީގެ ކުލަވަރުވެސް ވަނީ އޮއްސިފައިކަން ޝަމްއަލްއަށް ފާހަގަކުރެވުނެވެ. އަނެއްކާ އީނާލް ބަލީހެއްޔެވެ؟ އެމޫނުމަތިން ވަރުބަލިކަމުގެ އަސަރު ފާޅުވާން ހުރުމުން ޝަމްއަލް ކަންބޮޑުވިއެއްކަމަކު އިސްވެ އީނާލްއާ ވާހަކަދައްކާކަށް ޝަމްއަލްއަކަށް ނުކެރުނެވެ.
“ދަރިފުޅާ. އަދިވެސް ނުނިމޭތަ؟” ދޮރުގައި ޓަކި ޖަހައިލަމުން މުހުސިނާ ގޮވައިލިއަޑު އިވިފައި ޚިޔާލުތަކަށް ގެއްލިފައިހުރި ޝަމްއަލް ސިހިފައި ނޫނެކޭ ބުނަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ގަދަކަމުން މުހުސިނާއާ ދިމާއަށް ހިނިތުންވެލުމަށްފަހު އަވަސް ހިނގުމެއްގައި ސިޑިބަރިއާއި ދިމާއަށް ޝަމްއަލް ހިނގައިގަތުމުން ފަހަތުން މުހުސިނާވެސް ހިނގައިގަތެވެ.
ކާރުގޮސް މަޑުކޮށްލީ ހައިބަތުހުރި ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. ފަހަތު ޝީޓްގައިއިން ޝަމްއަލް ގައިގައި މުހުސިނާ ކޮށްޓައިލުމާއެކު ދެލޯހުޅުވައިލަމުން އެގެއާދިމާއަށް ނަޒަރު ހިންގައިލިއެވެ. އެގޭގެ ބޭރުފުށުން އެކަނިވެސް އެއާއިލާގެ މުއްސަނދިކަން ހާމަވަމުންދިޔައެވެ. ކާރުން ފައިބަމުން މުހުސިނާ އާާއި ޖަވާދުގެ ފަހަތުން ޝަމްއަލް ހިނގައިގަތްއިރު ހާސްވެގެންގޮސް އޭނާގެ ހިތުގެ ތެޅުމާއި އެއްވަރަށް ލަމުންދިޔަ ނޭވާތައްވެސްވަނީ އަވަސްވެފައެވެ.
ދޮރުވާނު ގޭޓް ހުޅުވައިލުމާއެކު ތިންމީހުން އެކީގައި އެގޭގެ ގޯތިތެރެއަށް ވަންނަމުން އެބޮޑު އިމާރާތާއި ދިމާއަށް މިސްރާބުޖެހިއެވެ. ގޭގެ ބެލް ޖަހައިލުމާއެކު ޚާދިމަކު ދޮރުހުޅުވައިލަމުން ހިނިތުންވެފައި އެތެރެއަށް ވަނުމަށް ތަންދައްކަމުން އެއްފަރާތަކަށް ޖެހިލިއެވެ.
ގޭގެ އެކި ދިމާއަށް ނަޒަރު ހިންގަމުން ޝަމްއަލް އެތެރެއަށް ވަތްއިރު އެމީހުންގެ އިންތިޒާރުގައި ސޯފާގައި އެއާއިލާގެ އެންމެންކަހަލަ ގޮތަކަށް ތިއްބެވެ. ޝަމްއަލް ހުރީ އޭނާގެ މައިންބަފައިން އޭނާއަށްޓަކައި ހޮވި އަންހެންކުއްޖާ ދެކިލާހިތުން ކެތްމަދުވެފައެެވެ. އިސްޖަހައިގެން ސޯފާގެ އެއްފަރާތުގައިއިން އަންހެންކުއްޖާ ޝަމްއަލްގެ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެގެން ދިޔައެވެ. އެވަގުތު އެއްއަތް އަނެއްއަތާ މޮޑެލަ މޮޑެލައި އިނުމަށްފަހު ލަސްލަހުން އެކުއްޖާ އިސްއުފުލައިލައި ބަލައިލިއެވެ. އެއާއެކު ޝަމްއަލްއަށްެ ހިނގުން މަޑުޖައްސައިލަމުން ހުރިތަނުގައި ހުއްޓިފައި ދެލޯބޮޑުކޮށްލަމުން އެއަންހެންކުއްޖާ އާއި ދިމާއަށް ބަލަންފެށުނެވެ. އެކުއްޖާއަށްވެސްވީ އެފަދަ ގޮތެކެވެ. ބޮޑުވެފައިހުރި ދެލޮލުން ހައިރާންކަމާއެކު އޭނާވެސް ޝަމްއަލްގެ މޫނަށް ބަލަމުންދިޔައެވެ. ދެމީހުންނަށް ވީގޮތްފެނިފައި ދެއާއިލާވެސް ކަންބޮޑުކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.







Salaam all.. Hope u all like this part too.. If there is a mistake do let me know.. And yes.. Livya ge bai annaane thankolheh fahun.. Cox that part is based on a true stry.. So kyp waiting all.. Nxt part in sha allah tmrw.. Enjoy reading.. N hv a nice day.. Ly all.. ❤?
Ye me first Love it nahoo
Yes u first dear. Hehe thanks
Haadha salhi hisaabakunney thi nimmaaleee… kiyaa hithun huhttaaaaa…
Hehe.. Thanks dear
V reethi mi part ves ???
Thanks dear❤
Alhe vara loabi mi story dhn in part avaha up koladheebaa ????
Hehe ya in sha allah.. Thanks dear❤
V.nice dear
Thanks dear..
Eenal DW e kuhjjayaky.v rythi mi part ves
Lets see dhw.. Thanks dear..
Hama yagyn dhekudhinves umeedhu kurigothah dhw kanthah vegen edhiyaee… Bodu surprise eh dhw e libuny… V rythi mibaives
Haha lets see.. Thanks dear
aley v reethi hisaabakun e nimumy mi partvess v reethi geness dheefa inleh nice work my dr nau ???dhekudhin vess baynun v gothah kanneyge vaany ???ly???
Hehe lets see dhw.. Thanks alot dear.. Ly too❤
Reethi kamun hithah araa kiyaala kiyaalaa hunnaashey…… But eyrun foohi vaanee…… Next part ah varah bodah inthizaaru kuraanan
Hehe awwn so happy to knw that.. Thanks my dear.. Kyp waiting..
Friends ah heevanyy eii Eenal hen .masha allah v salhi mi part vess.
Keep it up dear.waiting 4 next part.
have a great day.?????????????
Lets see.. Thanks dear❤
Love this part too…waiting for tomorrow’s part….??
Thanks dear❤
Nice ?? shamaa’al n eenaal dhw ??? emme kiyaalan beynun vi thankolhun thi nimaalee ? waiting for next part ❤️?❤️? best of luck ?❤️?
Hehe so lets see who it is.. Thanks dear❤
Wow ❤️❤️❤️… It’s really v v v nice ???… I think that’s eenaal… ???… Keep up the good work Nau ???… Curiously waiting for the next part ???… Lots of love and take care ❤️❤️❤️????????????
Lets see. Thanks my dear.. Ly n tvgc.. ❤
Wow v reetih??
Thanks dear?
Heheheyyy…. eenaal dhw e ee?? waitingssss
Hehe lets see dhw.. Thanks dear.. ?
Alhey nau haadha reechay dhw.kihaahithun mihuree next part.avaha up kodhee.
Thanks dear.. In sha allah tmrw. Kyp waiting.. ?
Mivaahaa best konirakun 7 up kuranee❤️❤️
Thanks dear.. In sha allah tmrw.. ❤