Skip to content
އެސްފިޔަ

އަނދިރިފަރާތް 23

‘ޑެލްޓާ’ މި ނަމަކީ އެޖެންސީގައި މަސައްކަތްކުރާ އެއްވެސް މީހަކަށް އާ ނަމަކަށް ނުވާނެއެވެ. އޭނާ އަކީ މުޅި މި އެޖެންސީގައި މަސައްކަތްކުރާ އެންމެ ގަދަ ފަހުލަވާނެވެ. އެހެން ގޮތަކަށް ބުނާނަ އެއީ ‘ލެޖެންޑް’ އެކެވެ. އެޖެންސީގެ ހިސްޓޮރީ ފޮތް ފުރިފައި އޮންނާނީ އޭނާގެ ނަމުންނެވެ. އެ ކަހަލަ ‘ލެޖެންޑް’ އެއްގެ ޕާޓްނާ އަށް ވުމުގެ ފުރުޞަތު ކުއްލިއަކަށް ލިބުމުން ހައިރާންނުވާނީ ކާކު ހެއްޔެވެ؟ ހަމަ ގައިމުވެސް އަހަރެން މިއިނީ މި ފެންނަނީ ހުވަފެނެއް ކަމެއް، ޙަޤީޤަތެއް ކަމެއް ވަކިކުރަން ނޭނގިފައެވެ.

“އެހެންވީމަ އަރޫން މާދަމާ ފުރަން ރެޑީވޭ..”

އާރިފް ސާރ ބުނެލިއެވެ.

“ޔެސް، ސާރ.”

އަހަރެން ބޯ ޖަހާލަމުން ބުނެލީމެވެ.

“ރިޒާމް! އަރޫންއަށް ވެޕަން ތައްޔާރުކޮށްދީ. މާޒް! ޔޫ އާރ އިންޗާޖް އޮފް ޕްރޮވައިޑިންގް އިންފޮމޭޝަން. އަދި މާދަމާ އަރޫން ޗެކިންވާ ގަޑީގަ އެއާރޕޯޓް ސެކިއުރިޓީ ހެކްކުރަން ތައްޔާރުވޭ. ރާޔާ! ހެޕްލް ހިމް..”

އާރިފް ސާރ ފަހަކު މީހަކަށް މަސައްކަތެއް ހަވާލުކުރަމުން ގެންދިޔައެވެ.

މީޓިންގް ނިންމާލުމަށްފަހު އާރިފް ސާރ އާއި ޓީމުގެ ބައެއް މެންބަރުން އެތަނުން ދިޔައެވެ. ނަމަވެސް އަހަންނަށް ހަމަ އެއިން ގޮތަށް އިނދެވުނީއެވެ. އަހަރެންގެ ސިކުނޑީގައި އޭރުވެސް އެނބުރެމުން ދިޔައީ ‘ޑެލްޓާ’ އެވެ. ޑެލްޓާ ހުންނާނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ އަހަންނާމެދު ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަކީ ކޮންކަހަލަ މިޒާޖެއްގެ ވެރިއެއް ހެއްޔެވެ؟

ޑެލްޓާ އަކީ ‘ލެޖެންޑް’ އެއްކަން އެންމެންނަށް އެނގުނު ނަމަވެސް ޑެލްޓާ ހުންނަ ގޮތެއް އެކަކަށް ވެސް ނޭނގޭނެއެވެ. އަދި ޑެލްޓާގެ އަސްލު ނަން ވެސް ވަނީ އޭނާގެ ސަލާމަތަށްޓަކާ ސިއްރު ކުރެވިފައެވެ.

“ވާއޮ. ވަރަށް ވަރަށް ޖެލަސްވެއްޖެ އިނގޭ. ޔޫ ގޮޓް އަ ޗާންސް ޓު މީޓް ދަ ޑެލްޓާ!”

އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނދެ ރޫޝިން އަނގަ އޮރިކޮށްލަމުން ވާހަކަދެއްކިއެވެ. އަހަރެން ފޮނިވެލަމުން ގޮނޑީގައި ލެނގިލީމެވެ.

“ޑެލްޓާ ފެނުނީމަ އޭނަ ހުންނަ ގޮތް އަހަރެމެންނަށް ކިޔައިދޭތި އިނގޭ.”

ރާޔާ އުންމީދާއެކު ބުނެލިއެވެ.

“ތިއެއް ނުކިޔައިދެވޭނެ ދޯ؟”

އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ ތުން ދަމާލިއެވެ.

“ހާދަ ނާވަސްވެފަ ހުރިހެން ހީވެއޭ.”

އަހަންނާ ދިމާއަށް ފަރުވާތެރި ކަމާއެކު ބަލަމުން ދިޔަ މާޒް ބުނެލިއެވެ. އަހަރެން ފުންނޭވައެއް ދޫކޮށްލީމެވެ. ހަޤީޤަތުގައިވެސް އަހަރެން އިނީ ނުތަނަވަސްވެފައެވެ.

“ޔެއާ. އަސްލު ވަރަށް ނާވަސް.”

އަހަރެން ތެދުތެދަށް ބުނެލީމެވެ.

“ހޭ. އަހަންނަށް ޑެލްޓާއާ ބެހޭ ގޮތުން އެކަތި އެނގޭ.”

ރާޔާ ލެޕްޓޮޕުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ އެހެން ބުނެލުމާއެކު އަހަރެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ.

“ޑެލްޓާ އަކީ ފިރިހެނެއް.”

އެއްމިޔަކުން ހިނިތުންވެ އިނދެ ރާޔާ ބުނެލިއެވެ.

“ކިހިނެއް ތިޔެއް އެނގެނީ؟”

ހަރަންބަނދެލަމުން ރޫޝިން ސުވާލުކޮށްލިއެވެ.

“ޔޫ ޑޯންޓް ނޯ ބިކޯޒް ޔޫ އާރ ސޯ ޑަންބް..”

ރޫޝިންއާ ދިމާއަށް ލޯއަޅާލަމުން ރާޔާ ބުނެލިއެވެ.

“އެޖެންސީގެ ހިސްޓްރީ ފޮތުގަ އިންނަނީ އޭނައަށް ‘ހީ’ އޭ ކިޔާ މުޚާތަބުކޮށްފަ. ސޯ ވީ ނޯ ދެޓް އިޓް އިޒް އަ ހީ..”

އަހަންނާ ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ރާޔާ ބުނެލިއެވެ. އޭނާ އެދިން މަޢުލޫމާތުން އަހަންނަށް ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ޑެލްޓާ އަކީ އަންހެނަކަސް ފިރިހެނަކަސް އަހަންނަށް ވަރިހަމައެވެ.

** **

ހެނދުނުގެ ވަގުތު އަހަންނަށް ހޭލެވުނީ ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގެ ބެލް އަޅާ އަޑަށެވެ. ކަންނެތް ގޮތަކަށް ދެލޯ ހުޅުވައި އަހަރެން ދޮރާ ދިމާއަށް ބަލާލީމެވެ. ނަމަވެސް ތެދުވާ ހިތެއް ނުވިއެވެ. އޭސީގެ ފިނިކަން މުޅި ކޮޓަރީގައި ހިފާލާފައި ވީއިރު ނިދާލަން ހާދަހާ އަރާމެވެ. ބާލީހުގައި އިތުރަށް ބައްދާލަމުން އަހަރެން އެނދުގައި ފުރޮޅެލީމެވެ.

އިރުގަނޑެއް ވީއިރުވެސް އެ ބެލް އެޅުމެއް ނުހުއްޓުނެވެ. ވަރުގަދަ މީހެއްތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެނދުން ތެދުވެ އެތާ ހުރި ސްޑޭންޑުގައި އަޅުވާލާފައިވާ ބާތް ރޯބް ގަޔަށް މަހާލުމަށްފަހު އަހަރެން ދޮރާ ދިމާއަށް ބާރުބާރަށް ހިނގައިގަތީމެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ރިޒާމްއެވެ. އޭނާގެ އަތުގައިވާ ބޮޑު ދަބަސް ފެނުމާއެކު އަހަރެންނަށް މިޔަދު އޮތް މިޝަންގެ މަތިން ކުއްލިއަކަށް ހަނދާންވިއެވެ.

“އަދިވެސް ނިދަނީ؟ ސާބަހޭ. ނޭނގޭތަ މިޔަދު ފުރަންޖެހޭ ކަމެއް؟”

އެ ދަބަސްގަނޑު ހިފައިގެން އެތެރެއަށް ވަންނަމުން ރިޒާމް ބުނެލިއެވެ. އޭނާ ގޮސް ސޯފާގައި އިށީނުމަށްފަހު އެ ދަބަހުގެ ޒިބު ކަހާލިއެވެ.

“އަސްލު މި ހަފްތާ ތެރޭގަ ހާދަ ބިޒީކޮށޭ އުޅުނީ. އެހެންވެ ކުޑަކޮށް ޓަޔަޑް ވީ.”

ސޯފާގެ ކުރިމަތީގައިވާ އެނދަށް އަރައި ދެފައި ވަށްކޮށްލަމުން އަހަރެން ވާހަކަދެއްކީމެވެ.

“މިއައީ ވެޕަންތައް ހިފައިގެން.. ކުޑަކޮށް ކިޔާލަދޭންވީ ދޯ؟”

ރިޒާމް އެހެން ބުނުމާއެކު އަހަރެން ބޯ ޖަހާލީމެވެ. ޝަޢުޤުވެރި ކަމާއެކު ރިޒާމް ދަބަހުން ނަގަމުން ދިޔަ އެއްޗިއްސަށް ބަލަހައްޓައިގެން އަހަރެން އިނީމެވެ.

“މީ ބަޓަން ކެމެރާތަކެއް. ދެން އިނގެ ދޯ…. ގަމީހުގެ ގޮށުގަ މީތި ހަރުކުރާނީ.”

ކުޑަކުޑަ ގޮށްތަކެއް އަޅާފައިވާ ޕެކެޓެއް ދައްކާލަމުން އޭނާ ބުނެލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

“ދެން މިއީ ރެކޯޑަރ ޕެން. މީތި ޖީބަށް ޖަހައިގެން އުޅޭތި އަބަދުވެސް..”

އަޅި ކުލައިގެ ގަލަމެއް ނަގައި ދައްކާލަމުން ރިޒާމް ބުނެލިއެވެ. އަހަރެން އެ ގަލަމުގައި ހިފައި އެކި ފަރާތްފަރާތަށް އަނބުރާލީމެވެ. މިއީ ފައްކާ އެއްޗެއްތާއެވެ.

“ދެން އެކި ކަހަލަ ފިސްތޯލަ، ރައިފަލް….”

ރިޒާމް ދަބަސް ހާވަމުން ވާހަކަދެއްކިއެވެ. ނަމަވެސް އަހަރެން އޭނާގެ އެ ވާހަކަ މެދު ކަނޑައިލީމެވެ.

“އައި ނޯ ރިޒާމް ހުރިހާ އެއްޗެއް ހަމައަށް އަޅާނެކަން.. އައި ޓްރަސްޓް ޔޫ. ދެން ހެވޭ ނުކިޔައި ދިނަސް..”

އަހަރެން ވާހަކަދެއްކީ އަދިވެސް އަތުގައި އޮތް އެއްކަލަ ރެކޯޑާ ޕެންއާ ދިމާއަށް ބަލަހައްޓައިގެން އިނދެއެވެ. ރިޒާމް މޫނަށް ވައްތަރެއް ޖައްސާލިއެވެ. އަދި އަހަންނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އަހަރެން ހިނިތުންވެލަމުން އޭނާގެ އަތަށް ރެކޯޑާ ޕެން ލައިދިނީމެވެ.

“ފުރާގަޑި ޖެހޭއިރުވެސް މީހާ ތި އިންނަނީ ދަތް ވެސް ނޫނގުޅަ..”

ނެގި އެއްޗެހި ދަބަހަށް އަޅައި، ދަބަހުގެ ޒިބު އަޅުވާލަމުން ރިޒާމް ބުނެލިއެވެ.

“ކޮބާ މާޒްމެން؟ އެއާރޕޯޓް ސެކިއުރިޓީ ކަންތައް ކިހިނެއް އޮތީ؟”

ރިޒާމް ދެއްކި ވާހަކައަށް މާ ބޮޑު ސަމާލުކަމެއްނުދީ އަހަރެން ސުވާލުކޮށްލީމެވެ.

“އެ ކަންތައް މާޒް ނިކަން ފަސޭހައިން ކޮށްލަފާނެ ދޯ؟ ދެން ވެސް ތައްޔާރުވެގެން އައިޓީ ސެކްޝަނަށް ގޮސް އެއާރޕޯޓުގައި ކަން ކުރަންވީ ގޮތް އޮޅުން ފިލުވަބަލަ..”

ރިޒާމް ބުނެލިއެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ. އަދި އެނދުން ތެދުވެގެން ގޮސް އަލަމާރިތެރޭގައި ބަހައްޓާފައިވާ އަހަރެންގެ ކަޅުކުލައިގެ ބޮޑު ފޮށި ނެގީމެވެ. އޭތި ހުޅުވާލުމަށްފަހު އަހަރެން ރިޒާމް ގެނައި ދަބަސް ފޮށި ތެރެއަށް ލައި ހަމަޖައްސާލީމެވެ.

“އަދި އަންނައުނު ވެސް ނާޅާ ތިއުޅެނީ؟ ރަނގަޅު މީހެއްތީ.”

ރިޒާމް އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރެ ބުނެލިއެވެ.

“ތިކަމާ އުޅޭށޭ މިއުޅެނީ..”

އަލަމާރީގައިވާ އަހަރެންގެ އަންނައުނުތަކާ ދިމާއަށް ބަލަހައްޓައިގެން ހުރެ އަހަރެން ބުނެލީމެވެ.

** **

މެންދުރު ދެއެއް ޖެހިއިރު އަހަރެން ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު ކުރިމަތީގައެވެ. އެއްއަތުން ފޮށި ދަމަމުން އަހަރެން އެތެރެއަށް ވަނީ އާދައިގެ ހިނގުމެއްގައެވެ. ލައިގެން ހުރި އަޅިކުލައިގެ ކޯޓުގެ ޖީބަށް އަތް ޖަހާލައިގެން ހުރެ އަހަރެން އެކި ކޮޅުކޮޅު ހޯދަމުން ދިޔައީމެވެ. އެވަގުތު އެއާރޕޯޓު ތެރޭގައި މާ މީހުން ގިނަހެނެއް ހިއެއް ނުވެއެވެ. ނަސީބެއްތާއޭ އަހަރެންގެ ހިތަށްއެރިއެވެ.

“މާޒް. ޗެކިން ވާން މިދަނީ މިހާރު..”

ކަންފަތް ތެރެއަށް ލައްވާފައިވާ ކުޑަ ހެޑްފޯނުގެ ތެރެއަށް އަހަރެން ބުނެލީމެވެ. ޗެކިންވާ ކައުންޓަރާ ދިމާއަށް ހިނގަމުން ދިޔައިރު އަހަރެންގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް އުފެދެމުން ދިޔައެވެ.

“އޯކޭ. އައި އެމް އޮން އިޓް..”

އެކޮޅުން މާޒް ބުނެލި އަޑު އިވިގެން ދިޔައެވެ. ކައުންޓަރުގައި އިން ކުއްޖާއަށް ޕާސްޕޯޓު ދިނުމަށްފަހު އަހަރެން އެކްސްރޭ ސްކޭނާރ ތެރެއަށް ފޮށި ދޫކޮށްލީމެވެ. ލޯމައްޗަށް އެ ފޮށި ގެއްލެންދެން ވެސް އަހަންނަށް ހުރެވުނީ އެއާދިމާއަށް ބަލަހައްޓައިގެންނެވެ. އޭގެ ތެރޭގައި ހަތިޔާރު ވާކަން އެނގިއްޖެނަމަ އެމީހުން އަހަރެން ހައްޔަރު ކުރާނެކަން ޔަޤީނެވެ. ދެއަތް މުއްކަވާލަމުން އަހަންނަށް ހިން ދިރުވާލެވުނެވެ.

“މިސްޓާރ ހަސަން އަލްހަމް؟”

ކައުންޓަރުގައި އިން އަންހެންކުއްޖާގެ އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ.

“ޔުއާ ޕާސްޕޯޓް..”

އަހަރެންނާ ދިމާއަށް ޕާސްޕޯޓު ދިއްކޮށްލަމުން އެ ކުއްޖާ ބުނެލިއެވެ. ހިނިތުންވުމަކާއެކު އަހަރެން އެ ޕާސްޕޯޓު އަތުލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައީމެވެ. އެ ‘ފޭކް’ ޕާސްޕޯޓަށް ބަލާލުމަށްފަހު އަހަރެން އެއްމިޔަކުން ހިނިތުންވެލީމެވެ.

“ހަސަން އަލްހަމް؟ މިއަށްވުރެ ރީތި ނަމެއް ޖަހާކަށް ނޭނގުނު؟”

އަހަރެން މަޑުމަޑުން ހެޑްސެޓު ތެރެއަށް ވާހަކަދެއްކީމެވެ. އެއާއެކު އެކޮޅުން މާޒް ހިނިގަނޑެއް ޖަހާލި އަޑު އިވިގެން ދިޔައެވެ.

“ދެން ޝުކުރުކުރޭ..”

މާޒް ބުނެލިއެވެ. އަހަރެން ގޮސް ވެއިޓިންގް އޭރިއާގައި ހުރި ގޮނޑިބަރީގައި ޖައްސާލީމެވެ.

“އޭ.. ހުރިހާ ކަމެއް އޯކޭތަ؟ ސެކިއުރިޓީ ކަންތައް ދިޔައީ ކިހިނެއް؟”

އަހަރެން އަނެއްކާވެސް އަހާލީމެވެ.

“ރިލޭކްސް.. އެމީހުންނަށް ޝައްކެއްވެސް ނުވާނެ އެ ފޮށިތެރޭގަ އެކަހަލަ އެއްޗެއް ހުރި ކަމަކަށް.”

މާޒް ޔަޤީންކަމާއެކު އެހެން ބުނެލި ވަގުތު އަހަންނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

“ޓައިގާ. ކަމް އިން ޓައިގާ.”

ހެޑްސެޓުގެ ތެރެއިން ރާޔާގެ އަޑު ގުގުމާލުމާއެކު އަހަރެންގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.

“ކޮން ޓައިގާއެކޭ ގޮވާކަށްތަ؟”

އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ ހީގަތް އަޑު އިވިގެން ދިޔައެވެ. ‘ޓައިގާ’ އަކީ އަހަރެންގެ ސްޕައި ނަމެވެ. އެއީ އާރިފް ސާރ އަހަންނަށް ދިން ނަމެވެ. ދެން އެ ނަން ޑެލްޓާހާ ކޫލް ނުވެދާނެއެވެ.

“މިޔާއު! ޓައިގާ.”

މިފަހަރު އިވިގެން ދިޔައީ ރޫޝިންގެ އަޑެވެ. އެދެމީހުންނަށްވާ ސާބަހެވެ. އަހަރެން މިތަނުގައި އިންރުވެސް އެ ބަލަނީ ޖެއްސުންކުރެވޭތޯ ވިއްޔާއެވެ.

“ޓައިގާ ކިޔާނީ މިޔާއު އެއް ނޫން! މޮޔައެއްތަ ތީ؟”

ރޫޝިންއާ ދިމާއަށް ރާޔާ ބުނެލި އަޑު އިވިގެން ދިޔައެވެ. އަހަރެންނަށް ހީލެވުނެވެ. މި ދެމީހުންގެ އަރާރުންވުންތައް ހުއްޓޭނީ ކޮން އިރަކުން ބާވައޭ އަހަރެންގެ ހިތަށް އަރައެވެ.

“ޓައިގާ. ކޮން އިރަކުން ފްލައިޓު ނައްޓާލަނީ؟”

އިރުކޮޅަކު ދެމީހުން ކޯޅުމަށްފަހު ރޫޝިން އަހަރެން ގާތު އަހާލައިފިއެވެ.

“ތިނެއްގަ.”

އަހަރެން ގަޑިއަށް އަވަސް ނަޒަރެއް ދެމުން ބުނެލީމެވެ. އޭރު ދެ ގަޑި ބައި ވީއެވެ. އަދި ކުރިއަށް ބައިގަޑިއިރު އެބައޮތެވެ.

** **

ހަތް ގަޑިއިރުގެ ދިގު ދަތުރަށްފަހު މިހާރު އަހަރެން މިހުރީ ތުރުކީގެ އިސްތަންބޫލް އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. ފޮށި ދަމަމުން އަހަރެން އެއާރޕޯޓުން ނިކުތްއިރު ފަޒާތެރޭގައި ހިފާލާފައިވާ ތެތް ފިނިކަމުގެ ސަބަބުން އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދުވަސްވަރަކީ ފިނިމޫސުމުގެ ދުވަސްވަރުކަމުން ދުންފިނީގެ އަސަރުތައް މުޅި ފަޒާތެރެއިން ފެންނަމުން ދިޔައެވެ.

“މާޒް. ކިހިނެއްތަ މަ ހަދަންވީ ދެން؟”

އަހަރެން ދެކޮޅު ހޯދާ ބަލާލަމުން ހެޑްސެޓު ތެރެއަށް ވާހަކަދެއްކީމެވެ.

“އާރިފް ސާރ ބުންޏެއްނު ޑެލްޓާ ދާނެއޭ އަރޫން ބަލާ.”

އެކޮޅުން މާޒް ބުނެލި އަޑު އިވިގެން ދިޔައެވެ.

ދިގު ދަތުރެއް ކުރުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ވަނީ ލޮޑުވެފައެވެ. އެބުނާ ޑެލްޓާއެއްވެސް މިހާރު އަންނަންވެއްޖެއެއް ނޫން ހެއްޔެވެ؟ ފޮށި ކައިރީގައި ބަހައްޓާލަމުން އަހަރެން އެތާ ހުރި ބެންޗެއްގައި ޖައްސާލީމެވެ. ޓެކްސީތަކާއި ބަސްތައް އެއާރޕޯޓު ކައިރިން ބުރުޖަހަމުން ދާތަން ފެނެއެވެ. ނަމަވެސް އަހަންނަށް އެތަނުން އެއްޗަކަށް އެރޭނީވެސް ދާންވީ މަންޒިލު އެނގިގެން ނޫން ހެއްޔެވެ؟

#މިޝަން.ފައިންޑް.ޑެލްޓާ

“މިހާރު ކިހާ އިރެއް ވެއްޖެތަ މާޒް؟ އޭނައެއް ނައޭ.”

އިރުކޮޅަކު މަޑުކުރުމަށްފަހު އަހަރެން އަނެއްކާވެސް ބުނެލީމެވެ. މިހާރު އަހަރެންގެ ކެތްކެރިކަން ކޮޅުން ލާން ފަށައިފިއެވެ. މަޑުމަޑުން ދެފައި ތަޅުވަމުން އަހަރެން ހަށިގަނޑުގައި ދެއަތް ވަށާލީމެވެ. ގިނައިރު ބޭރުގައި އިނުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ދިޔައީ ފިނިވަމުންނެވެ. ރޯގާ ނުޖެހިއްޖިއްޔާ ރަނގަޅެވެ.

“ވެއިޓް. އާރިފް ސާރއަށް އެބަ ގޮވާލަން..”

މާޒް ބުނެލި އަޑު އިވުނެވެ. އިރުކޮޅެއްފަހުން އަހަރެންގެ ކަންފަތްތެރޭގައި ގުގުމާލީ އާރިފް ސާރގެ ބަރު އަޑެވެ.

“ނާދޭތަ އޭނައެއް؟”

އާރިފް ސާރ އެހެން އެހުމާއެކު އަހަރެން އާއެކޭ ބުނެލީމެވެ.

“މިހާރު އޭނަ ހުންނަންވާނީ އެއަރޕޯޓާ ވަރަށް ކައިރީގަ.”

އާރިފް ސާރ ބުނި އަޑު އިވުނެވެ. އަހަރެން އަނެއްކާވެސް ދެކޮޅު ހޯދައި ބަލާލީމެވެ. އެކި މީހުން އެކި ކޮޅުކޮޅަށް ހިނގަމުން ދާތަން ފެނެއެވެ. އެބުނާ ޑެލްޓާއެއް ފެނުނަސް އަހަންނަށް އެނގޭނީކީ ނޫނެވެ.

އަހަރެން ކޮޅަށް ތެދުވީމެވެ. ފޮށި ދަމަމުން، ވަކި މަންޒިލެއްނެތި އެއާރޕޯޓު ހުންނަ މަގުގައި ހިނގަން ފެށީމެވެ. ހިތާހިތުން އަހަންނަށް ޑެލްޓާއާ ދިމާއަށް އެއްޗެހި ކިޔެން ފެށުނެވެ. ހާދަ އިރިސްޕޮންސިބަލް އިންސާނެކޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.

ތަންކޮޅަކަށް ގޮސްފައި އަހަންނަށް ހުއްޓެވުނީ ކަންފަތަށް އިވެންފެށި މަޑުމަޑު އަޑެއްގެ ސަބަބުންނެވެ. ފޮށީގެ އަތްގަނޑުގައި ހިފައިގެން އެހުރި ފިޔަވަޅުމަތީގައި އަހަންނަށް ހުރެވުނެވެ. އެވަގުތު އަހަރެންގެ ކައިރިން އަޅާފައި ދެތިން މީހަކު ހުރަސްކޮށްލިއެވެ.

އެއަޑު އަންނަނީ އަހަރެންގެ ފަހަތުންނެވެ.

ޓިކް،ޓިކް،ޓިކް،

އަންހެނެއް ހައިހީލްސްގައި ހިނގާއިރު އިވޭ ކަހަލަ އަޑެކެވެ.

ޓިކް،ޓިކް،ޓިކް،

ހިނދެއް ހިނދަކަށް އެއަޑު ދިޔައީ އަހަންނާ ގާތްވަމުންހެން ހީވެއެވެ.

ޓިކް،ޓިކް،ޓިކް،

އެންމެފަހުން އެއަޑު ހުއްޓިއްޖެއެވެ. ސީދާ އަހަރެންގެ ފުރަގަހުގައެވެ. މިހާރު އެމީހަކު އެހުރީ އަހަރެންނާ ވަރަށް ކައިރީގައެވެ.

މަޑުމަޑުން އަހަރެން ފަހަތަށް އެނބުރެލީމެވެ. އެންމެ ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނާ އަރައިގެން ހުރި ކަޅުކުލައިގެ އުސް ބޫޓެވެ. ދެން އެ ތުނި ހަށިގަނޑަށް މަހާލާފައިވާ ކަޅުކުލައިގެ ބޮޑު ކޯޓެވެ. އޭގެ އަޑިން ލާފައިވާ ‘ޓާޓަލް ނެކްޑް’ ކަޅު ސްވެޓާއެވެ. އެއަށްފަހު ރަތް ކުލައިން ފަވާލާފައިވާ އޭނާގެ ތުންފަތެވެ. އަޅައިގެން ހުރި ބޮޑު ސިންގާ ކަޅު ތޮފީގެ ސަބަބުން އޭނާގެ މޫނުގެ ބޮޑު ބަޔަކަށް ވަނީ ހިޔަނި އެޅިފައެވެ. ވުމާއެކު އަހަންނަށް އޭނާގެ މޫނު މާ ރަނގަޅަށް ފެންނަ ގޮތެއް ނުވިއެވެ.

“ހެލޯ، ޓައިގާ.”

އެ ތުންފަތް ހަރަކާތްކޮށްލުމާއެކު އެ އަނގައިން އޭނާގެ އަޑު ބޭރުވެގެން ދިޔައެވެ. އަހަންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. މި އަންހެންކުއްޖާއަށް އަހަރެންގެ ސްޕައި ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟

“އައި އޭމް ޑެލްޓާ.”

އޭނާ އަހަންނާ ދިމާއަށް އަތް ދިއްކޮށްލަމުން އެހެން ބުނުމާއެކު އަހަންނަށް ލިބިގެން ދިޔައީ ޝޮކެކެވެ. ދެލޯ ހަނިކޮށްގެން ހުރެ އަހަރެން ކަޅު ކުލައިގެ ލެދަރ އަންގި ލައްވާފައިވާ އޭނާގެ އަތަށް ބަލާލީމެވެ. ޑެލްޓާ އަކީ އަންހެނެއް ހެއްޔެވެ؟ އެކަމަކު އެހެން ވާންވީ ކިހިނެއް ހެއްޔެވެ؟

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. Liaa

    Hii guys! Liaa ulhuny reyga upkollan. ekamaku Liaa ah nidhunee.. Sorry ingey..
    And mi part kuruhen heevedhaane coz maa gina kanthah thakeh nuhinga dhw mi part ga eh..

    And who do u think DELTA is? Do u think she could be shuba?

    Loves! <3

  2. Mai

    Yey me first love it liaa lobe you so much????

    1. Liaa
      Mai

      Thank u Mai. 🙂 Ly too ?

  3. Maahy

    I think she is shuba… Ehnvejjeyya v salhi vaane dhw ?❤
    Waiting for next part

    1. Liaa
      Maahy

      Maybe dhw 🙂 <3

  4. Rifu

    Shuba dhw eiiii….i think so❤

    1. Liaa
      Rifu

      Vedhaane ? <3

  5. Kiyaara

    Dhooniganda when next part eagerly waiting for next part..And hope that delta will be shubaa..vrh reethi mi story?????

    1. Liaa
      Kiyaara

      Kiyaara dear, Thank u 🙂
      Next part maadhamaa noonee eynge aneh dhuvahu insha Allah <3

  6. Hana

    Shuba vehjjeya kithanme haa ves rangalhu.. thankolheh dhikohllaba.. vv reethi mi vaahaka maasha allah??❤❤

    1. Liaa
      Hana

      Vedhaane hama Shuba kamah ves 🙂 <3

  7. Flower

    OH.MY.GOD. THATTTTSSSSS SHUBAAAAAAA.I GUARANTEE THAT

    1. Liaa
      Flower

      Ehentha? Lets see dhw 🙂

  8. araash

    V salhi..Shuba dhw aee?alhe v nxt prt avahah up khdhehchey..

    1. Liaa
      araash

      Lets see dhw 🙂

  9. Friends

    Shuba dhw eii.hama heevany .stry vvv reethi .
    Keep it up.waiting 4 next part.aslu v bodah thank u mi stry s2 ehaa faseyhain fennah mi site ga inn naathiy.mansha s2 vess hodhan jeheniy eki site inn eki baiviyy yaa.????????

    1. Liaa
      Friends

      Thank u dear <3 🙂
      Mi site ga S1 up kuriyyaa hama mi site ga s2 ves up kuran vaanethaa dhw . Ur welcome!?

  10. Shaa

    V v reethi shuba dhow

    1. Liaa
      Shaa

      Thank u ?

  11. Almaa

    Keeve Shuba ah vaan v eyna maruvjje eh noon tha???v salhi waiting for the next part. Thanks

    1. Liaa
      Almaa

      Yeah dhw. Shuba maruvejje. Shuba ah nuve ves hingaidhaane hama 🙂 tHANK U ?

  12. ssannwa?❤?

    Yayyy varah varah ufaa vejje up kohleema. Thanks Liaa. Varah bodah heevey ei shuba hen.

    1. Liaa
      ssannwa?❤?

      Ehentha? Maru vefa huri meehakah vedhaanebaa? Lets see dhw ? 🙂

  13. Ree?

    Heevani delta eii shubaa heyn ehenvehjeyaa varah reethi vaane curiouse to know that mysterious person waiting for the upcoming part ?

    1. Liaa
      Ree?

      Thank u dear. Lets see dhw ? 🙂

  14. Saandy

    ޝުބާ މަރެއްނުވޭ.. އޭނަ އެނބުރި އައީ އެ.. ލިއާ އަވަސްކޮށްލަބަލަ.. ވަރަށް ކެތްމަދުވެއްޖެ 24 ވަނަ ބައި ކިޔާލަން

    1. Liaa
      Saandy

      Thank u Saandy 🙂 Maadhamaa noony eyge aneh dhuvahu up kolladheynan

  15. Azu

    Ey shuba tha eyee….anehbai kiyaahithun nuves nidheyne mirey…v v v interesting …??

  16. araash

    Miadhu up kuraanan tha liaa

  17. Ziya

    Shubaa can’t be dead! She is main character dho Liaa

  18. Reem

    Shuba is the heroin in this story right liaa

  19. Suma

    Wow nice liaa…. I love it

Comments are closed.