ޝީން (އެގާރަވަނަ ބައި)
ކޮފީ ނިންމާލުމައްފަހު އަޔާޒް ގެއައް އައީ ޝީން އަށްހުރިހާ އެއްޗެއް ކިޔައި ދިނުމަށެވެ.
އަޔާޒް އަށް ޝީން ނުލިބުނަސް އެކަހަލަ މީހެއްގެ މަކަރުވެރި ކަމުގެ ދަލުގައި ޝީން ޖެހުނަކަ އަޔާޒް ނުދޭނެވެ.
“ބުރޯ މަ ވަރައް އަވަހައް ގެއައް ދާންޖެހޭ އެބަ” އަލޫކް ވަރައް އަވަސް އަރުވާލާފައި ސައިކައް އަރަމުން ބުނެލިއެވެ.
ލަސްކޮއްފިނަމަ އަލޫކް އަތުން ޝީން ބީވެދާނެއެވެ.
އަލޫކްގެ ހަށިގަނޑުގައި ނޭވާ ހިނގާހާ ހިދަކު އެހެން ވިޔަކަ ނުދޭނެއެވެ.
އަޔާޒް އަވަސް އަރުވާލާފައި ގެއައް އާދެވުނު އިރު ޝީން ނިދަން ކޮޓަރިއަށް ވަދެއްޖެއެވެ.
ޝީން ވަރުބަލިވެފައި ހުންނާނެވަރު އަޔާޒް އައްއެގޭތީ މިރޭ ޝީންއަށް އުދަގޫނުކޮއް އަޔާޒް ނިންމީ މާދަމާ ހަމަޖެހިލައިގެން އެވާހަކަ ދައްކާލާށެވެ.
އެދުގައި އޮށޯވެލުމާއެކު މިއަދުލޯންޗް ތެރޭ އަޔާޒްގެއުގުގައި ޝީން ބޯއަޅާލައިގެން އޮތްގޮތް ހަދާނައް އައެވެ.
ައަދި މިރޭ ދިމާވި ކަންތަކުން އަޔާޒްގެ ހިތައް ހަމަޖެހުން ލިބުނެވެ.
މިއޮތް ހުރިހާދުވަހު މާޔޫސްވެފައިވާ އަޔާޒްގެ ހިތް އުފަލުން ނަށާކަހަލައެވެ.
ވެފަ ހުރި ވަރުބަލީގައި ޝީން އަވަހައް ނިދަން ބޭނުން ވިޔަސް އަލޫކް ގުޅާނެ އިރެއްގެ އިންތިޒާރުގައި އޮތެވެ.
ކުއްލިއަކައް ފޯން ވައިބްރޭޓް ވާން ފެށުމުން ޝީޏް ފޯން ނެގިއެވެ.
މިރޭ ޝީން އަލޫކް އައި ވާހަކަ ދެއްކިއިރު އަލޫކް ކަމަކާ ވިސްނާކަން ޝީން އަށް އެގުނެވެ.
“ކިހިނެއް ވެފަ ތިހުރީ” ޝީން އެންމެފަހުން އެހިއެވެ.
އަހަރެން ބޭބީ ކައިރީ ވާހަކަ އެއް ބުނަންވެފައެބައޮތް “އަލޫކް ބުނެލިއެވެ.
އަވަހައް ބުނެބަލަ ޝީން ވާނުވާ ނޭގި ބުނެލިއެވެ.
އަހަރެން ހިތައް އަރަނީ އަހަރެންގެ ހަގީގައް އެގިއްޖާ ޝީން އަހަރެންނާއެކު އުޅޭނެބާއޭ” އެކަމް އަހަރެންނައް ޝީން އާއި ނުލާ ނޫޅެވޭނެ.
އަހަރެން ތިއައް ވުރެ ލޯބިވާ އިތުރު އަންހެންކުއްޖެއް ނުހުންނާނެ.
ޝީން އަހަރެންގެ އަތުން ދޫވާ ދުވަހު އަހަރެންގެ ދުނިޔެ ހުއްޓޭނެ.
އަލޫކް މާދެރަވެފައި އެހެން ބުނުމުން ޝީން ހާސް ވިއެވެ .
” ކިހިނެއްވީތަ ކިޔައިދީބަލަ”
“އަހަރެން ދުވަހަކުވެސް ލޫކް ދޫކޮއްނުލާނަން “އަހަރެންނައް އިތުރު މީހަކާއެކު ނޫޅެވޭނެ.
ދެން ކިޔާބަލަ “ކޮން ހަގީގަތެއްތަ”
އަނެއްކާވެސް ޝީން އަހާލިއެވެ.
ޝީން އަހަރެން ނަކީ ޝީން ތިހީކުރާކަހަލަ މީހެއް ނޫން ” އަހަރެންނަކީ ވަރައް ގޯސް މީހެއް ” އަހަރެންގެ ހަގީގައް އެގުނީމަ ޝީން އަަހަރެން ދޫކޮއްލަފާނެ” އަލޫކް ހިތްދަތި އަޑަކުން ބުނެލިއެވެ.
އަހަރެން މިބުނީނު އަހަރެން ލޫކް ދޫކޮއް ނުލާނަމޭ ”
ޝީން ވަރައް ހާސްވެފަ ބުނެލިއެވެ.
“އަހަރެން އުމުރުން ދިހަ އަހަރުގަ އަހަރެންގެ މަންމަ އާއި ބައްޕަ ޑިވޯސް ވެއްޖެ .
އެދުވަހުން ފެށިގެން ބައްޕަ އަހަރެންގެ ހުރިހާ ހަރަދެއްކުރިޔަސް އަހަރެންނައް ބައްޕައެއްގެ ލޯއްބެއް ނުލިބެ.
އަހަރެން ފެންނަ ކޮންމެފަހަރަކު މަންމަ ބައްޕަ ދެކެ އަންނަ ރުޅި އަހަރެންނައް ބާލާ”
އަހަރެން ގޭތެރޭ އުޅުނަސް މަންމަ އަށްއުދަގޫވޭ”
އެންމެފަހުން އަހަރެންނައް ނުބައި ރައްޓެހިންތަކަކާޖެހި މަގުއޮޅުނީ”
އެމީހުންގެ ގުރޫޕް ތެރެއައް ވަދެވި އަހަރެންނައް މަސްތުވާއެއްޗިއްސާ ގާތް ވެވުނީ” އެކަމަކު އަހަރެން ބޭބީ އާއި ދިމާވި ހިސާބުން އެހުރިހާކަމެއް ދޫކޮއްލާ އިސްލާހު ވެއްޖައިން “އެކަމަކު އެންމެން ހީކުރަނީ އަހަރެން އުޅެނީ އެހެން ކަމައް”
އަލޫކް ގެ ގިސްލުމުގުއަޑާއެކު ޝީންއަށް ވެސް ރޮވޭ ގޮއް ވިއެވެ.
މީ އަހަރެން ހަގީގަތަކީ އަހަރެންނައް ކުރެވުން ކުށައް އަހަރެން އިއުތިރާފް ވަން ” ދުވަހަކުވެސް ދެން އެހެން ނޫޅޭނަން އަލޫކް ޝީންގެ ޖަވާބަކައް އިންތިޒާރުކުރަމުން ބުނެލިއެވެ.
“އަހަރެން ލޫކް އަށް ޓްރަސްޓް ކުރަން ”
އަހަރެން ވަރައް އުފާވެއްޖެ ލޫކް އަށް ވިސްނުނީމަ ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރައްޗޭ”އަހަރެން މިހުރީނު”
އަހަރެން އަބަދުވެސް ހުންނާނީ ލޫކް އާއި އެންމެ ގާތުގަ”
މީހަކައް ކުށޭއް ކުރެވުނީމަ އޭގެ މާނަ އަކީ އެމީހަކު މުޖުތަމައުން ބާކީ ކޮއްލާށެކޭނުން ”
އެއީ އަހަރެން ގަބޫލް ކުރާގޮތް”ޝީން ވަރައް ވިސްނުން ތެރިކަމާއެކު ބުނެލިއެވެ.
ޝީންގެ މަންމަ ގަބޫލް ވާނެތަ؟؟ އަހަރެން ކަހަލަ މީހަކާ”
ލޫކް ބުނެލިއެވެ
“އަހަރެންގެ މަންމަ އަހަރެންގެ އުފަލަކައް ހުރަހެން ނާޅާނެ. “މަންމަ އަހަރެންދެކެ ވަރައް ލޯބިވާނެ” އެހެންނޫނަސް ލޫކް އެކަހަލަ އެއްވެސް ކަމެއެއް ނުކުރަންޏާ މަންމަ އަކައްވެސް މައްސަލަ އަކައް ނުވާނެ”
ޝީން ގެ ވާހަކަތަކުން އަލޫކްގެ ހިތް އުފަލުން ބަންޑުން ވިކަހަލައެވެ.
ހަގީގަތުގައިވެސް އަލޫކް މިހާރު ބޭނުންވަނީ އިސްލާހުވާށެވެ.
ނަމަވެސް ގެއައް ވަންނަ އިރައް މަންމަގެ ރުޅިވެރި ބަސްތަކުން ބޯގޮވައިގެން ނުދާން ހުރެފައިވެސް ދެވެނީހިތްހަމަ ޖައްސާލާށެވެ.
ކިތަންމެ ބޯގޮވާފައި ހުއްޓާސް އެމީހުން ގާތައް ދިއުމުން ދުނިޔެމަތީގެ ހުރިހާކަމެއް ހަދާންނެތި ހިތްހަމަޖެހުން ލިބެއެވެ.
“ކަލޭ މަށައް ފަސޭހަ ކުރަންތަ ތިއޮއްނަނި ނުކައި ކޮޓަރިއައް ވަދެ” އާދޭ މިހާރު ކާން “އަހަރެން ތަށިތައް ނަގަންވެއްޖެ”ވަސީމާ އަލޫކް ކޮޓަރީ ދޮރުގައި ތަޅައިގަންނަމުން ބުނެލިއެވެ.
އެއަޑު ފޯންގައި ހުރި ޝީން އަށް އިވުމާއެކު ޝީންގެ ހިތް އަލޫކްއައް ހަމްދަރުދީއިން ފުރުނެވެ.
ވަސީމާ ހުރިހާއިރު ހަޅޭއްލެވިއިރުވެސް އަލޫކް އަގައިންވެސް ނުބުނެވެ.
“އަހަރެން ބޭނުމީ އަވަހައް މެރީ ކުރަން އަހަރެން ކިހިނެއް މިހެން އުޅޭނީ” އަލޫކް ދަނޑިވަޅުގެ ބޭނުން ހިފައި އަވަހައް ބުނެލިއެވެ.
ގިނަދުވަހު މިހެން ހުންނަން ވެއްޖެނަމަ އަހރެންނައް ޝީން ގެއްލިދާނެއެވެ” އަލޫކް ހިތާ ހިތުން ކިޔާލިއެވެ.
އަހަރެންނައް އަދި ނުކެރޭނެ މަންމަ ކާރީ މިވާހަކަ ބުނާކައް ” އެކަމް ކޯސް ނިމޭ އިރައް އަހަރެން މަންމަ އާއި ވާހަކަ ދައްކާނަން”
މިހާރު އިނީ ވަރައް ކުޑަ ދުވަސްކޮޅެއްނު” އަލޫކް އުޅޭ ހާލް އެގުމުން ޝީން ބުނެލިއެވެ.
އަލޫކް އަނެއްކާ ނުބައި މަގަކުން ދާން ޝީން ބޭނުމެއްނުވެއެވެ.
ވަރައް ގިނައިރު ވާހަކަދެއްކުމައްފަހު އަލޫކް ފޯން ބޭއްވިއެވެ.
އަދި ހިތް ހަމަ ޖެހުމުގެނޭވާއެއް ދޫކޮއްލުމައްފަހު ރިލޭ އައް ގުޅައިގެން ގެއިން ނިކުތެވެ.
އެގޭތެރެއަށް ވަދެވުމާއެކު އެމީހުންގެ މަސަތްކަތް ފެށުނެވެ.
ބްރޯ ކައެ މިހާރު ހާދަ އޯކޭވެފަ ” ދިޔައީ މޫޑް ކަޓައިގެން”
ސައިއްޕެ އައިސް އަލޫކް ކައިރީއިށީންނަމުން ބުނެލިއެވެ.
އާން…އަަރެމެން ކެފޭ ތެރޭ ޖެއްސި ވައްތަރު ބަލަން މަގޭ ބިޓުގޮލާ ގޭގައުޅޭ ގޮލައެއް އިނީމަ މައަވަހައް ނައްޓާލީ އެގޮލާއެވާހަކަ ދައްކަފާނެތީ”އެކަމް މަ ބިޓްގޮލާ ވަރައްކޫލް”
މިރެ ނެތޭ މާލަސް ވަންދެން އިނދެވޭކައް މާދަން ކޮލެޖްއަށް ދާން ޖެހޭ”އަލޫކް ބުުނެލިއެވެ.
“ކައެ ނޫޅޭ ވިއްޔާ ތިކަން ނިމޭކައްވެސް “ސައިއްޕެ ޗުސް ކަނޑާލަމުން ބުނެލިއެވެ.
މިހާރު ނިމެނީނު “އޭރައް މަބޭނުން ގޮތަކައް އުޅެވޭނެއްނު”ބަފާ ކިޔާތީ މިދަނީވެސް” ނުގޮއްސިއްޔާމަބުނާވަރަކައް ލާރިދޭނެތަ” އެތަންކޮޅައް ވިސްނާފަ މިދަނީވެސް” އެގޮލާ އެވަރައް ނުދޭނަމަ އަހަރެމެން މިގޮތައް އުޅޭނީ ކިހިނެއް”އަލޫކް ބުނެލިއެވެ.
އަލޫކް ބޭނުންވާ ކޮންމެ ކަމެއް މުހަންމަދު ކޮއްދެނީ އުފަލުން ހުރެއެވެ.
އަލޫކް ކިޔަވާ ނިމި ހަރުދަނާ މީހަކައް ވުމުން މުހަންމަދު ނިންމާފައި އޮތީ އޭނާގެ ހުރިހާ ރިސޯޓް ތަކާއި ހުރިހާ ވިޔަފާރިއެއް އަލޫކްގެ ނަން މައްޗައް ބަދަލްކުރުމަށޭވެ.
ވަސީމާގެ ސަބަބުން އެދަރިފުޅާއި އެކު އުޅުމުގެ ނަސީބު މުހަންމަދައް ނުލިބުނަސް އޭނާއަލޫކް ދެކެ ހިތާއި ފުރާނައިން ލޯބިވެއެވެ.
އަލޫކް އަކީ ދުނޭގައިހުރި މުހަންމަދުގެ ހަމަ އެކަނި ދަރިފުޅެވެ.
ދެވަނަ ކައިވެންޔައް ލިބުނު ދަރިފުޅު ދުނިޔެއާއި ވަކިވީ އެކުއްޖާ ވިހޭތާ ތިންވަނަ އަށް ވީ ދުވަހުއެވެ.
އޭގެ ފަހުން އެގުޅުމައް ދަރިޔަކުލިބިފައެއް ނެތެވެ.
މުހަންމަދު އަލޫކް ދެކެ ވާ ލޯބިން ބުނާހާ ވަރަކައް ލާރި ދޭއިރު ކުޑަމިނުން ކުރާކަމެއްވެސް އަހައި ނުލައެވެ.
ދޮންމަންމަ ޝީރީންވެސް އަލޫކް ދެކެ ވަރައް ލޯބިވެއެވެ.
ޝީރީން ވެސް ބޭނުން ވަނީ އަލޫކް އެމީހުން ގާތު އުޅޭށެވެ.
ނަމަވެސް ވަސީމާ އަލޫކް އާއި ދިމާލައް ކިތަންމެ އެއްޗެއްކިޔަސް އެދެމަފިރިން ގާތައް އަލޫކް ދާކައް އެއްބަހެއް ނުވެއެވެ
***** ********* **** ** * * ** ** ** * * * *
އަހަރެން މިއަދު ޝީން ގޮވައިގެން ދާނީ” ޝީން ފޮތްތަކާއި ހޭންޑް ބޭގް ހިފައިގެން ނިކުތުމުން އަޔާޒް ބުނެލިއެވެ.
މާ ރަގަޅަކައްނު ތިވީ އަހަރެން މާބޭނުންވޭ އަޔާއާއި އެކުގަދާން”
ކާރައް އަރާ ހަމަޖެހިލަމުން ޝީން ބުނެލިއެވެ.
ކޮބާ އަލޫކް !!! ވަރައް ނުފެނޭ މިހާރު” އަޔާޒް ދުރު ދުރުން ފެށިއެވެ.
ލޫކް އެބައުޅޭ ހަމަ” ޝީން އަޔާޒް ކުރި ސުވާލައް ޖަވާބްދެމުން ބުނެލިއެވެ.
ޝީންއަށް އެނގޭތަ އަލޫކް އަކީ ކޮންކަހަލަ މީހެއް ކަން ” ވަރައް ފާޑު ފާޑު މީހުން އުޅޭނެ” މީހެއްގެ ގޮތް ބަލާފަ ނޫނީ ދިރިއުޅުމަކާ ހަމައައް ނުދާތި” އަޔާޒް ދުރު ދުރުން އެވާހަކަ ފެށީ ޝީން އަށް އެއްވެސް ކަމެއް އެނގޭތޯ ބަލައިލާށޭވެ.
އަހަރެންނައް ލޫކް އެނގޭ ވަރައް ރަގަޅާއް ” ލޫކް މަންމަ އާއި ބައްޕަ ޑިވޯސް ” ވަރައް ހާލުގަ އުޅޭނީ ” ކުރިން މަސްތުވާއެއްޗެހިވެސް ބޭނުން ކުރި ” މިހާރު އެކަމް ނުކުރޭ”ޝީން އެހެން ބުނެލުމުން އަޔާޒް ވިސްނާލިއެވެ.
އަލޫކް ހަމަ ރަގަޅައްވެސް ޝީންއަށް އޮޅުވާލަނީއެވެ.
އަޔާޒްއަށް ރޭގަ ފެނުނު މަންޒަރުވެސް އަލޫކް އެކަމާ ދުރުނުވާކަން އަޔާޒް އަށް އެގުނެވެ.
ޔަގީންތަ މިހާރު ބޭނުން ނުކުރާކަން”
މަސްތުވާއެއްޗެހި ބޭނުން ކުރިމީހަކައް ވަރައް އުދަގޫވާނެ އެކަމުން ސަލާމައް ވާން ” އަޔާޒް ބުނެލިއެވެ.
މީހަކައް ކުށެއް ކުރެވިދާނޭ އޭގެ މާނައަކީ އޭނަ މުޖުތަމައުން ބާކީ ކޮއްލާށެކޭ ނުން” އަލޫކް އަހަރެންނައް ދޮގުނަހަދާނެކަން އަހަރެންނައް ހަމަޔަގީން ”
ޝީން ހިތްހަމަނުޖެހޭ ރާގަކައް އެހެން ބުނެލުމުން އަޔާޒް އިތުރައް އެވާހަކަދައްކަން ބޭނުން ނުވީއެވެ.
އެވަގުތު ކޮޅުގައިވެސް ޝީންގެ ހިތުގައި އަލޫކުއަށް އޮއް ވަރުގަދަ ލޯބި ހާމަވެގެން ދިޔައެވެ.
ކޮލެޖް ކާރިއައް އާދެވުމުން ޝީން ފޭބުމުން އަޔާޒް އޮފީހައް ދިޔައެވެ.
ބޮލުގައި އަތް ހާކާލަމުން ކެބިންތެރެއައްވަދެ ގޮޑިގައި އިށީނެވެ.
ނަވާލް ގުޅީ އަޔާޒް އެގޮތައް އިންނަތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
” ކޮބާ ކިހިނެއްވީ ދެއްކިންތަ އެވާހަކަ” ނަވާލް ގުޅިގޮތައް އެހިއެވެ.
“އާން ދެއްކިން ގަބޫލެއް ނުކުރި” ނަވާއަށް ޔަގީންތަ އޭނަ މިހާރުވެސް އެކަން ކުރާކަން” އަޔާޒް ޝީން އެހެން ބުނި ހަދާން ވެގެން އަހާލިއެވެ.
އާން !!! ޔަގީން އޭނައަށްއެކަމުން ސަލާމަތް ވެވޭނެތަ “އެއައްވުރެ އެކަމުގެ ތެރެއައް ވަދެ ހުރި މީހެއްއެއީ” ނަވާލް އެހެން ބުނުމުން އަޔާޒް ޝީން ދެއްކި ހުރިހާ ވާހަކަ އެއް ނަވާލް އަށް ކިޔައިދިނެވެ.
” ހާދަވަރެއް ވެފަ އެމަންޖެއަށް އެހުރީ”ނަވާލް ބުނެލިއެވެ.
“އާން އަހަރެންވެސް އެހެންވެ އިތުރައް އެކަމައް އެއްޗެއް ނުބުނީ ”
ހީކޮއްފާނެ އަހަރެން އެދެމީހުން ދޭތެރެއައް ވަންނަން އުޅެނީއޭ”
އަހަރެންނައް ކެތެއް ނުވާނެ އޭނަ އަހަރެންދެކެ ހިތްހަމަ ނުޖެހިފަ ހުންނާކައް” އަޔާޒް ފުންނޭވާއެއް ބޭރުކޮއްލަމުން ބުނެލިއެވެ.
އާން !! ބަހައްޓާކޮންމެސް ދުވަހަކުން އެއްޗެއް ގެޓްވާނެ” ނަވާލް އެހެން ބުނެ ފޯން ކަނޑާލީ އޮފީސް ނިންމާފައި ކޮފީއަކައް ދާން ގުޅާނަންކަމައް ބުނެފައެވެ.
****** * ** * ** * * ****** ** * * * **
ކޮންމެދުވަހެއްވެސް ރޭވެ އަލިވަމުންދެއެވެ.
ޝީންގެ ކޯސް ނިމުމާއެކު އަލޫކްގެ އެދުމުގެ މަތިން އެމީހުންގެ ކައިވެނީގެ ވާހަކަ ޝީން މުނީރާ ގާތު ދެއްކިއެވެ.
އަލޫކް އަކީ ކުރިން މަސްތުވާއެއްޗެހި ބޭނުން ކުރި މީހެއްކަން އެގުމުން މުނީރާ ފުރަތަމަ އެގުޅުމާ ހިތްހަމަ ނުޖެހުން ކަމުގައިވިޔަސް ފަހުން އެކަމާ އެއްބަސް ވީ ޝީން ވަރައް ވިސްނައިދިނުމުންނެވެ.
ޝީންގެ ކަމަކައް ދެކޮޅު ހަދަން ނުކެރިގެންނެވެ.
ނަމަވެސް އެދަރިފުޅައް ދެރަގޮތެއް ވެއްޖެ ނަމަ މުނީރާ މޮޔަވެސް ވެދާނެ އެވެ.
ނުނިމޭ
7 Comments!
Comments are closed.
Varah reethi
🙂 thank you hairaan
Nice and interesting maasha allah. Waiting 4 next part impatiently
🙂 thank you reeem
Varah reethi . sheen ah alook bust kohlaba …
hehheh….
🙂 thank you
Alook haadha goahey dhw sheen n ayaa gulhuvaba,