އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. އަފާފަށްވީ ކިހިނެއްތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ ގޮށްމުއްކެވިގެން ދިޔަދިޔަހެން އޭނައަށް ވާހަކަ ދެކެވުނެވެ.
“އަފޫ ކީއްވެ ރޮނީ؟” ޝަރަފް ކަންބޮޑުވެފައިވި މިންވަރު ޚުދު އޭނައަށް ވެސް އެނގުންވީ އެހެން ބުނެލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔުމުންނެވެ. އެ އަޑު އިވިފައި ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ރުއިމަށް ހުއްޓުމެއްއައެވެ. އެއީ އާދައިގެ މަތިން ޝަރަފް އޭނައަށް އަޅާލާކަން އިޙްޞާޞް ކުރެވުމުން ކަންނޭނގެއެވެ. އެހެނަސް މާ ގިނައިރެއްނުވެ މިއަދު އޭނައަށް ‘ފެނިފައިވި’ މަންޒަރުތަކެއްގެ ސަބަބުން އޭނައަށް ހެޔޮކޮށް ވިސްނަން ދަތިވިއެވެ. އޭގެ ސަބަބުން އަނެއްކާވެސް އޭނައަށް ގިސްލެވެން ފެށިއެވެ. އެ އަޑު އިވިގެން ދިޔަ ޝަރަފަށް ހަދާނެ ގޮތެއް ނޭނގިފައި ކުރު ނޭވާތަކެއް ލަމުން އެކި ދިމަދިމާލަށް ނަޒަރު ހިންގުނެވެ.
“އަފޫ އަހަރެން ބިރުއެބަގަނޭ. ޓެލް މީ ވަޓް ހެޕެންޑް! އަފޫ ބުނަމެއްނު އަހަންނާ ވާހަކަ ދެއްކީމަ ތިމަންނަގެ ހިތްހަމަޖެހެއޭ؟ އެހެންވީމަ އެއީ ކޮންމެ ވާހަކައެއް ވިޔަސް ޖެހިލުންވުމެއްނެތި އަހަންނަށް ކިޔައިދީ!” ޝަރަފް އެހެން އެދުނީ އާދޭހުގެ ރާގަކަށެވެ. އޭނަގެ ސިކުނޑި ތެރޭގައި ދައުރުވަމުން ދިޔައީ އެންމެ ގޯސްކޮށް ދިމާވެދާނެ ކަންތައްތަކެވެ. އޭނައަށް އިނދެވުނީ އަފާފްގެ ފަރާތުން ލިބޭނެ ޖަވާބަކަށް ކެތްމަދުވެފައެވެ. އެކޮޅުން އަފާފްގެ ގިސްލުމުގެ އަޑު އަނެއްކާވެސް ހުއްޓިގެން ދިޔުމުން އެ ޖަވާބެއް ލިބެން އުޅޭހެން ޝަރަފަށް ހީވިއެވެ. އެ ހީކުރެވުނީ ރަނގަޅަށެވެ. އޭނަ ދެއްކި ވާހަކަތަކުން ޝަރަފަށް ހުރިހާ ވާހަކައެއް ކިޔައިދޭން އަފާފަށް ހިތްވަރެއް ލިބުނެވެ. އޭނަ ފުން ނޭވައެއް އެތެރެއަށް ދަމާލަމުން ޝަރަފާއި އެ ވާހަކަ ޙިއްޞާ ކުރާނެ ގޮތަކާއިމެދު ޚިޔާލު ކޮށްލިއެވެ. އެއަށްފަހު އޭނަ އެތައް ހިތްވަރެއް އެއްކޮށްގެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތަކީ ދާދި ދެންމެއަކު އޮފީހުން އައި ހުސެއިން އައިސް ބާރު އަޑަކާއެކީ އެ ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތެވެ. ހުސެއިންގެ ރުޅިން ރަތްވެފައިވި މޫނު އަފާފަށް ނުފެނުނެއްކަމަކު ދޮރު ހުޅުވި މީހަކު ހުޅުވީ ރުޅިވެރިކަމާއި އެކީގައިކަން އަފާފަށާއި، ފޯނުގެ އަނެއްކޮޅުގައި ހުރި ޝަރަފަށް ވެސް އެނގުންވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހުސެއިންގެ ހަރު އަޑު އިވިގެން ދިޔައެވެ.
“ތި ވާހަކަ ދައްކަނީ އޭނައާތަ؟” ހުސެއިން އެހެން އަހާލި އަޑު އެކަކު އަނެކަކާއި އެތައް މޭލު ދުރުގައި ތިބި ދެމަފިރިންނަށް އިވުނެވެ. އެ ވާހަކަ އިވިފައި އަފާފް ހަމައެކަނި އެދިމާލަށް ބަލާލި ހިނދު ޝަރަފްގެ ބުމަގޮށްޖެހުނެވެ. އޭނައަށް ކިތަންމެ ރުޅިއަޔަސް އަފާފާއި އެފަދަ ގޮތަކަށް ވާހަކަ ދައްކަން ނުޖެހެއެއްނޫންހޭ ހިތަށްއެރިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު އަނެއްކާވެސް ހުސެއިންގެ އަޑު އިވިގެން ދިޔައެވެ.
“އޭނައާއި ކަމަށްވަންޏާ އޭނަ ކައިރިން ވަރިވުމަށް ފޯމް ހުށަހަޅާ!” ހުސެއިން ރުޅިން ރޫރޫ އަޅަމުން ދިޔަ އަޑަކުން ދެއްކި އެ ވާހަކަ ވެގެންދިޔައީ، އެ ވާހަކަ އިވިގެން ދިޔަ ދެ ހިތަށްވެސް ސިހުމެއް ގެނައި ވާހަކައަކަށެވެ. ހުސެއިންގެ އެ ވާހަކައިގެ ފަހަތުގައިވަނީ ކޮން ސަބަބެއްކަން އެނގުންވީ އަފާފަށް ތެޅިގަނެވުނު ވަގުތު އޭނަގެ ކަންފަތުން ފޯނު ވަކިކޮށްލަމުން ފޯނު ކަނޑާލެވުނެވެ. އެ ހިނދު އެތައް ސުވާލެއް އެއްފަހަރާ ކުރަން ބޭނުންވެފައި ހުރި ޝަރަފްގެ ހިތަށް އިތުރު ބިރުވެރިކަމެއްވަނެވެ. އޭނައަށް ނޭނގި ވަރަށް ބޮޑުކަމެއް ހިނގައިފި ކަމުގެ އިޙްޞާޞް ކުރެވުމުން ޝަރަފަށް ވަގުތުން ކޮޅަށް ތެދުވެލެވުނެވެ. އޭނަ ވީހާވެސް އަވަހަކަށް އަފާފްގެ ކައިރިއަށް ގޮސް ހުރިހާ ކަމެއް ސާފުކުރަން ޖެހޭކަން އެނގުންވީ ވަގުތު އޭނައަށް ކުރިއަށް ހިނގައިގަނެވުނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް، އޭނަ އަފާފާއި މިހާ ދުރަށް އައިސް މި ކުރާ މަސައްކަތާއިމެދު ވިސްނާލެވުނެވެ. އެއާއެކު އޭނަ ނަބީހަށް ގުޅާލިއެވެ. ނަބީހް އެކޮޅުން ފޯނު ނެގުމާއެކު އޭނައަށް އެއްޗެކޭ ނުބުނެވެނީސް ޝަރަފް ވާހަކަ ދެއްކިއެވެ.
“ނަބީހް…..މިހާރު ނަބީހް މާލެއަށް ފޯރައިފިދޯ؟ އެކަމަކު އަހަންނަށް މިކޮޅުގަ ހުރެވޭކަށް ނެތް. ގޭގަ ވަރަށް ބޮޑުކަމެއް ހިނގައިގެން މިއުޅެނީ.” ޝަރަފް ހާސްކަންމަތީގައި ހުރެ ނަބީހް ހުރިތަނެއްވެސް ޔަޤީން ނުކޮށް ވާހަކަ ދެއްކިއެވެ. ް
“އާނ އަހަރެން މިހިރީ މާލޭގަ. އަނެއްކާ ކިހިނެއްތަވީ ޝަރަފް؟!” ޝަރަފްގެ އަޑު އިވުނު ގޮތުން އެއާރޕޯޓް ތެރެއިން ހިނގާފައި ދިޔަ ނަބީހްވެސް ޙައިރާންވެ ކަންބޮޑުވެގެން ދިޔައެވެ. އެވަގުތު ޝަރަފަށް ދެލޯ މަރާލެވުނީ އަނެއްކާވެސް ނަބީހްގެ ފަރާތުން އެދުމެއް އެދެން ޖެހިއްޖެކަން އެނގުންވުމުންނެވެ. ނަބީހް އޭނައަށްޓަކައި ކޮށްދީފައިވާ ކަންތައްތަކަށްފަހު އަނެއްކާވެސް އޭނަގެ ފަރާތުން ކަމަކަށް އެދެންވުމުންނެވެ. ޝަރަފް ޖެހިލުންވުމަކާއެކީ އެކަން ކުރަން އުޅުނު ވަގުތު އޭނަގެ ފަހަތުގައި ހުރި ރެސްޓޯރެންޓުގެ ތެރެއިން ޠޮލާލު ނިކުތެވެ. ޠޮލާލު ޝަރަފަށް ގޮވާލީ އޭނަ އޭނަގެ ގެސްޓް ހައުސްއަށް ލައިދިނުމަށް އެދުމަށެވެ. އޭނަގެ އަޑަށް ޝަރަފް އެނބުރިލުމާއެކު ޝަރަފްގެ މޫނުމަތީގެ ކުލަވަރު ފެނިފައި ޠޮލާލުގެ މޫނުގެ ކުލަވަރުވެސް ބަދަލުވެގެން ދިޔައެވެ. އޭނަ ވަގުތުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޝަރަފް، އޭނަ ވީހާވެސް އަވަހަކަށް ގެއަށްދާން ޖެހޭ ވާހަކަ ބުނެފައި އޭނައަށް ހުރިހާ މަސައްކަތެއް ދޫކޮށްފައި ދެވެން ނެތް ވާހަކަ ބުނުމުން ޠޮލާލް ދިން ޖަވާބުން ޝަރަފަށް އަޖާއިބުކަމެއް ލިބުނެވެ.
“އަހަރެން ބަލާނަން މިކޮޅުގެ ހުރިހާ ކަންތައް. ޝަރަފް ދޭ! ފެމިލީ އިޒް އިމްޕޯޓެންޓް!” ޠޮލާލް ބުންޏެވެ. އެ ހިނދު ޝަރަފްގެ ހިތަށް ވެރިވީ އެއްވެފައިވި އިޙްޞާޞްތަކެވެ. އޭނައާއި ނަބީހް މިހާ ދުވަސްވަންދެން ދާ އޮހޮރުވައިގެން ކުރި މަސައްކަތް މި ބީރައްޓެހި މީހާއާއި ޙަވާލުކުރުމުން ވެދާނެ ގޮތަކާއިމެދު އޭނައަށް ވިސްނެންފެށީ އެވަގުތެވެ. އެންމެ ފުރަތަމަ އޭނައަށް ވިސްނެން ފެށީ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނެ ގޮތްތަކުގެ މިސާލެވެ. އެހެނަސް ޠޮލާލުގެ ރަނގަޅު ސިފަތަކުގެ މަތިން ހަނދާންވެފައި ޠޮލާލަށް އިތުބާރު ކުރެވިދާނެކަމަށް އޭނައަށް ނިންމެން ނެގީ ފަޅި ސިކުންތެކެވެ. އެ ނިންމުން ނިންމުނީ ދެންމެ އިވުނު ވާހަކަތަކުން ޝަރަފްގެ ހިތް އަވަސްވެފައިވި މިންވަރުންނެވެ. އެ އަވަސްވެފައިވި ހިތުގެ ތެޅުމާއެކީ އޭނައަށް ޠޮލާލާއި ހުރިހާ ކަމެއް ޙަވާލުކޮށް އަފާފްގެ ގާތަށް ދިޔުމަށް ހިނގައިގަނެވުނެވެ.
ޝަރަފް އެވަގުތުން ވަގުތަށް ވެސް ޓިކެޓް ނަގަން ކުރި މަސައްކަތުން އެދުވަހުގެ ހަވީރު މާލެއަށް ފުރަން އޮތް ފްލައިޓެއްގެ ޓިކެޓް އޭނައަށް ލިބުނެވެ. ގެއަށް ދިޔަގޮތަށް ގޮސް އޭނައަށް ފުރަން އޮތް ގަޑީގެ އެތައް ގަޑިއިރެއް ކުރިން ފުރަން ތައްޔާރުވެވުނެވެ. ތައްޔާރުވުމަށްފަހު ވެސް އޭނައަށް އެތައް ފަހަރެއްގެ މަތިން އަފާފަށް ގުޅަން މަސައްކަތް ކުރެވުނެވެ. ފުރަތަމަ ފަހަރު ދެ ތިން ފަހަރު ރިންގުވުމަށްފަހު އަފާފް ޖަވާބުދޭން އުޅުނު އަޑު އޭނައަށް އިވުނެވެ. އެހެނަސް އޭނައާއި ވާހަކަ ދައްކައިގެން ނުވާނެކަމަށް ބުނެލި ހުސެއިންގެ ހަރުކަށި އަޑަށްފަހު ފޯނު ކުއްލިއަކަށް ކެނޑިގެން ދިޔައެވެ. އެއަށްފަހު ޝަރަފް ގުޅަން މަސައްކަތް ކުރުމުން އެކޮޅުން އިވެން ފެށީ އެ ގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދޭ ކަމަށެވެ. މި ހުރިހާ ކަމަކާމެދު ކަންބޮޑުވެ ހުރެ ޝަރަފަށް އޭނަގެ ކޮޓަރިތެރޭގައި ދެކޮޅުން ދެކޮޅަށް ހިނގަމުން ގޮސް އެންމެ ފަހުން އޭނަގެ އެނދުމަތީގައި އިށީނދެވުނީ ގޮތް ހުސްވެގެން އުޅޭ ފަދައަކުންނެވެ. އިރުކޮޅެއް ވަންދެން ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސައިގެން ޝަރަފަށް ވިސްނަން އިނދެވުނެވެ. ވިސްނި ވަރަކަށް އޭނަގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. އޭނައާއި އަފާފްގެ ‘ވަރީގެ’ ވާހަކައަކީ ދުވަހަކުވެސް ދެކެވޭނެ ވާހަކައެއްކަމަށް އޭނައަށް ހިއެއްނުކުރެއެވެ. ކުއްލިއަކަށް އެ ވާހަކަ ދެކެވެން ޖެހުނީ ކީއްވެކަމާމެދު އެނގޭތޯ އޭނަގެ ސިކުނޑިއަށް ބާރު އެޅިއެވެ. އެކަން ކާމިޔާބުނުވުމުން އެންމެ ފަހުން ޝަރަފް ދެވަނަ ރޭވުމެއް ރޭވިއެވެ. އަދި އޭނަގެ ފޯނު ނަގައި ދޮންތައަށް ގުޅާލިއެވެ.
**
ހަވީރު 5 ޖަހަން ގާތްވެފައި ވަނިކޮށް އަފާފް އިނީ އޭނަގެ ކޮޓަރި ތެރޭގައިވި އެނދުމަތީގައި އިށީނދެގެންނެވެ. އެއްދިމާލަކަށް އޭނަ ނަޒަރު ހުއްޓައިގެން އިންއިރު އެ ދެލޯ ވަނީ ރުއިމުގެ ސަބަބުން ދުޅަވެފައެވެ. އެވަގުތު އޭނަ ކަންފަތުގައި ގުގުމަމުން ދިޔައީ މިއަދު އޮފީހުން އައި ގޮތަށް އައިސް ބައްޕަ ދެއްކި ވާހަކަތަކެވެ.
“އޭނައާއި ކަމަށްވަންޏާ އޭނަ ކައިރިން ވަރިވުމަށް ފޯމް ހުށަހަޅާ!” ބައްޕަގެ އެ ވާހަކައިން އަފާފްގެ މުޅި ގައިން ހީބިހި ނަގައިގެން ގޮސް އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީ އެ އިވުނީ ބިރުވެރި ވާހަކައެއްހެން ހީވާ ފަދައަކުންނެވެ. ‘ވަރި’ އަކި ދުވަހަކުވެސް އޭނަގެ ޙަޔާތުގއި ބޭނުން ކުރެވޭނެ ބަހެއްކަމެއް އޭނަ ހިއެއްނުކުރެއެވެ. އޭނައަށް ނުފެނި މާ ބޮޑު ކަމެއްވެއްޖެހެން ހީވި ވަގުތު އޭނައަށް އެނގޭކަން ހަނދާންކޮށްދިނީ ޚުދު އޭނަގެ ހިތެވެ. އޭގެ ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބައްޕަގެ ހަރުކަށި އަޑު އިވުނު އަފާފް ދިޔައީ ސިއްސައިގެންނެވެ. ޝަރަފަށް ބަދުބަސް ބުނެ އޭނަ ވީހާވެސް އަވަހަކަށް ޝަރަފާއި ވަކިވާންޖެހޭ ކަމަށް ކިޔައި ހަޅޭއްލަވައިގަތުމުން އަފާފްގެ ލޭ ކެކެން ފެށިއެވެ. ކުރީ ފަހަރެކޭ ވެސް އެއްފަދައިން ބައްޕައަށް އެ ބީދައިން ވާހަކަ ދެއްކުމުން ދޭނެ ކިތަންމެ ޖަވާބެއް ހިތަށްއެރިއެއްކަމަކު އަފާފް ހިމޭންކަން ޚިޔާރުކުރިއެވެ. މިފަހަރު އެގޮތް ޚިޔާރު ކުރީ ވަކި ހަމައެކަނި އެންމެ ރަނގަޅު ގޮތަކީ އެއީކަން އޭނައަށް އެނގުމުގެ އިތުރުން ވެސް އޭނައަށް މިއަދު ޝަރަފާއި ބެހޭގޮތުން އިވުނު ވާހަކަތަކެއްގެ ސަބަބުންނެވެ. ބައްޕަ ވާހަކަ ދައްކަމުން ދިޔައިރުވެސް އިތުބާރުކުރަން ވީ ބައްޕައަށްތޯ ނޫނީ ޝަރަފަށްތޯ ހިތާހިތުން ސުވާލުކުރެވެމުން ދިޔައެވެ. އެވަގުތު ވެސް އޭނަގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައީ ޝަރަފް މައުސޫމްކަމަށެވެ. އެއްސިކުންތުގައި އެއީ އޭނަގެ އިސްތިޚާރާގެ އަސަރުކަމަށް އޭނަގެ ހިތް ބުނާ ހިނދު އަނެއް ސިކުންތުގައި އެއީ ހަމަ ޝަރަފް އޭނައަށްޓަކައި ކޮށްދިންހާ ކަންތައްތަކެއްގެ ސަބަބުން ހީވާ ގޮތެއްހެން ހީވަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް ނުބައި ނިންމުމެއް ނިންމެވުމުގެ ކުރިން ﷲ އޭނައަށް ރަނގަޅު ގޮތް ދައްކަވާނެކަމާމެދު އޭނަ ޝައްކެއް ނުކުރެއެވެ. އޭނަ ބޭނުންވީ ޝަރަފްގެ ދުލުން އޭނަގެ މާޒީގެ ވާހަކަ އަޑުއަހައި މިއަދު އޭނައަށް އިވުނުހާ ކަންތައްތަކުގެ ‘ދޮގުކަން’ އޭނައަށް ސާބިތުވެގެން ދާށެވެ. އެކަމަށްޓަކައި އޭނަ ޝަރަފަށް ގުޅަން އިންތިހާއަށް ބޭނުންވިއެއްކަމަކު އޭނައަށް އެކަން ނުކުރެވުނެވެ. ބައްޕަ ޒުވާބުކުރަމުން ދިޔަ ވަގުތު ޝަރަފް ގުޅިކަން އެނގިގެން ބައްޕަ އެ ފޯނު ޖަހައިގަތެވެ. އަދި އެއަށް އިތުރަށް ފޯނުތައް އަންނަން ފެށުމުން އައި ރުޅީގައި ފޯނުން ސިމު ނަގައި އޭތި އަތުގެ ކޮޅަށް ހޫރާލިއެވެ. އެހެންކަމުން ޝަރަފާއި ވާހަކަ ދެކެވޭނެ އިތުރު އަލިމަގެއް އަފާފަކަށް ނުފެނުނެވެ.
މީހަކު އޭނަގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީ އަފާފް އެ ހިތާމައިގައި އިންދައެވެ. އޭގެ އިރުކޮޅެއްފަހުން އެ ދޮރު ހުޅުވިގެން ދިޔުމުން އަފާފްގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އެހެނަސް ކޮޓަރިއަށް ވަތް މީހެއްގެ އަޑު އިވިގެން ދިޔުމުން އޭނަގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ.
“އައްސަލާމްޢަލައިކުމް މައި ލަވްލީ ސިސީ! ކިހިނެއްތަ؟” އެ އިވިގެން ދިޔައީ ޝަބާގެ އަޑުނޫން އެހެން އަޑެއްނޫނެވެ. ޝަބާގެ ވާހަކަ ހުރި ގޮތް އިވިފައި އަފާފަށް ހިނިތުންވެލެވުނީ ޝަރަފްމަތިން ހަނދާންވީ މިންވަރުންނެވެ. ހަމަ އެއާއެކު މި ދިމާވެގެން އުޅޭ ހުރިހާ ކަމެއްގެ ވާހަކަ ޝަބާއަށް ކިޔައިދޭން އޭނައަށް ނިންމުނީ ކުއްލިއަކަށެވެ. އޭނައަށް ހީވެފައި އޮތްހެން ޝަބާގެ ފަރާތުން އެއްވެސް ކޮޅަކަށް ނުޖެހޭފަދަ ޖަވާބެއް ނުލިބުނަސް ޝަބާ މި ޙާލަތުގައި އޭނައަށް އެހީވާނެކަން އޭނައަށް ޔަޤީންވީތީވެއެވެ.
ނުނިމޭ
20 Comments
Comments are closed.
Mashaa Allah
🙂
Assalaam’alaikum. *sigh* dhen oiy bai hukuru dhuvahu In Sha Allah. mihaa thanah ai iru baivaru comment thakah reply nukurevi hureethee kiyuntheringe thereygai ufedhunu baeh suvaaluthakah mithaangai javaabu dheyn beynun.
– vaahaka jana genesdheyn beynun vaavarah genesdhevijje nama dhen onnaany 55-60 parts. baithah ummeedhukurivarah vure gina mivy kurukoh genedheveythy
-vaahaka dheenee adhi loabi ge ithurun ‘ehenihen’ ge tag dheynvy sababeh buneladhiniyya jana varah ufaavaane 🙂
-jana mi vaahaka aai ekyga ves kuriah gendhany Hijra liyunu iru feshi page. e page gai mihaaru update vamun dhaany mi vaahaka aa behey post thah. page ge link:
https://www.facebook.com/Asr-1445208739121696/
emme fahu kamakah jana bunelan beynunvany, kurukoh genesdhevunas thiya kiyuntherin jana ah dhey hiyvvarattakai fahfashun shukuru dhannavamey. 😀 Jazaakumullah Khairan! <3
PS: kuree baige English fb post thakuge dhivehi post thah maadhamaage vagutheggai fenigendhaane In Sha Allah 🙂
Koacheh tha mi part ga dhigu v reyga ves in bai bodah iny .. Dhn koacheh dhigu kurevifa ey.. Dhigu kuranya ves rangalhah kurinama dhw
dho? 😀 aslu kuree reyge bayaai jana alah liyunu bai evvaru vaany. evvarakah kurukoh liyevuny. jana migothah migenesdheny aslu jana liyefa hunna vaahaka thakuge thereyga ehaa kuru baeh nubaavvan vegen. vaahaka nimmalaafa kurukoh huri hurihaa baeh delete kuran nimmaigen mihen mi hadhany 🙂 aslu mi vaahaka fahun kiyaane kiyuntherinnah visnaafa kuraa kameh ey In Sha Allah 😀
Jazaakallah Khairan for a comment like this. its actually very encouraging! 😀 (no joke)
…dhigu kurevifayo ah.. jana hama masakkaiy e kuranee dhigu kureveytho. ekam evarunves thi kiyun theriyaage fushun faadegge malaamaatheh libuneethee v dhera vejjain. hageegathuga jana ekuri masakkathuge agu thigothakah noon adhaakuran vaaneekee. kithama kuda kamakas bodu kamakas shakuvaa nukoh shukuru kanneynge kuranvee.. v dhera vejje thi beyfulhaage comment kiyaafa..
hmm kudakamana. baeh meehunnah ekahala comment thakun irukolhegge thereyga hiyvvareh libunas ey aslu rangalhu gotheh noon kanneynge emmenna vaahaka dhakkan. aharumen ekaku anekakaa vaahaka dhakkan vaany veehaaves reethi bahun 🙂 aharumenge amilla nafsattakai beynunvaa basthah aharumen ehen meehunnattakaives beynun kuranvaany. mee khudhu jana ah handhaan kohdhinumeh 🙂
Mi part vx nice ???… Thank you jana dhigukohla dhinyma ???… Waiting for next part n fb posts ???
Alhamdhulillah! aa fb posteh neh ingey shifoo. baithah kuruveema msg thah ves include nukurevey. eba balan friday ge bai mega episode akah hedheytho In Sha Allah. so there will be more fb posts as well In Sha Allah 😀 Alhamdhulillah!
dhigu kurevifayo ge namuga in kiyun theriyaa ah.. jana e burakoh ulhemun ves evaruves koh dhey kamattakaa shukurukanneynge kuran vee.. jana ves kuranee masakkaiy. evaru ves vaa kamattakaa aharen shukuru kuran.. thi beyfulhaa ves shukuru kurun rangalhuvaanee.. thibaa ashaa aharemen enmenah heyo visnun dhevvaadhi..
Ameen! rangalhu vaahaka eh kuda kamana. ekahala basthah adu ehumaky jana ehaa dheravaa kameh noon Alhamdhulillah! ekamaku aharumen kuraa hiyvvaru balaigannaany hama ekani Allah kan komme komme meehaku komme vagutheggai handhaaneh nuhuredhaane. ehenveema v bodah hiyvvaru eligen dhaane…e hiyvvaru eligen emeehaku kuran ulhunu heyo kameh huttaifi nama aharumen eyah zimmaa vaan jeheyny. ey emeehaku ekan huttuvumah jessy aharumenge basthah kamah vaananama. Maai Allah alhamen emmennaky ekaku anekakah heyo kanthah kurumah hiyvvaru dhey bayaku kamugai lavvaashi. Ameen!
jana. hama aharennah fennanee kud break eh nagan. week eh varu. dhen eweek therey 2 episode varu dhigu koh liyeveytho balaanee. mihaaru maa kuru thivanee vaguthu nuvaavarun konme dhuvahaku genesdheyn ulheythee. break naganyaa nagaa vaahaka kiyun therin kairy bunelaafa week aku effaharu vaahaka genesdheynee. eyrah maa dhigu genesdheveyne kanneynge. me hama khiyaaleh ingey..
hehe….jana aa medhu haadha visnaifiyey kuda kamana 😛 jana eba visnan break eh nagan. ekamaku week akah noon. ey maa gina. mi visnany vaahaka genesdhey dhuvasthakah badhaleh gennan. hukuru dhuvahu up koffa kiyaidheynan In Sha Allah 🙂
Mi dhen dhigu??
Kureege part ge bodubai mi part ga vx
BTW nice
kuru dho? ekamaku kuree bayah vure dhigu veema dhigu vaahaka liyuny 😀 Alhamdhulillah!
dhigu kurevifayo namuga in kiyun theriyaa ah. jana evarun kiyun therin hinhama jassan ulhey iru thigothah coment kureema aslu v dhera vaane. hama yagrenun ves aharen dhera vaane. ehenveema thinoon gothakah thankolheh hivvaru libey kahala gothakah buni nama hinhama jehifa kuraa maskkaiy balai ganna kan gabool kureveyne. maves gabool kuran v kurukan jana liyefa oiy varu. ekam e ee dhera kollan libunu furusathakah hedhumah vure hivvaru dhinun maa rangalhu hrn mashah heevanee. aharemen enmenah heyo visnun dhevvaashi. aameen
FB Post (English)
It’s late at night, and you feel tired. You lie down in bed but can’t bring yourself to sleep. You keep replaying the things that happened within the day. Either at work or at school. Or just about how you spent time with your family. About how you just did not do your best or those extreme lows where you totally messed up. Or perhaps its not a mistake that you did and its consequences that is disturbing you. Perhaps it’s the bad days that you are going through. Perhaps its just that one thing that is bothering you, that’s keeping you even from feeling the comfort of your bed.
When you are in a situation like this, this is the ayah to remember.
فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
“So which of the favours of your Master, will you deny?” Surah Ar-Rahman, ayah 13
Now you might say that you are not ‘denying’ any favours. But تُكَذِّبَانِ doesn’t just mean denying. It means being oblivious to something. It means choosing to be blind to something. So every time we focus on the negatives of our lives, by ignoring all the good things that Allah has given us in this life, we are actually denying His favours. He has filled our lives with آلَاءِ, no matter what we are going through. آلَاءِ means blessings that are amazing and miraculous.
So the next time you have a hard time going to sleep, because of all the negative thoughts, remember, there are so many blessings in your life that you don’t even realize. That you can’t even innumerate. There will always be something in your life that you can look at and be amazed. There is always something miraculous that you can experience. Be it a dua or the peace that you get in your heart because of the remembrance of Allah. And there was so much more that could have gone wrong but Allah only put you in a situation that you could handle. That in itself, is a blessing!
May Allah make us of those who are grateful to Him. Ameen!
FB Posts (English)
=The Power of Isthikhaara=
The first time I heard about Isthikhaara was a couple of years ago. I still remember my very first reaction when I heard about the prayer. When I heard that its just a 2 rakaat prayer with a dua and it will actually make it easy for me to take the best decision. At that point, I was like, “really?”
Even when I was skeptical, it kind of sounded scary. How powerful can that prayer be, I thought. But never gave it a try, though I knew that I could pray even for the smallest of decisions. Perhaps it was because of the fear that this prayer was going to ‘take over’ my whole life.
Then there came a point where I was desperate to know what the right decision was. The desperation took over the fear and I finally prayed. Back then, I did not know the dua and I had to look it up from an app. I read the dua and its meaning. And Subhaanallah each and every single word of that dua pierced straight through my heart in that moment of desperation. As I sought the help of the Most Powerful. As I called out to the All-Knower of the unseen, while I didn’t know what the future held for me. As I admitted that I did not know and I was not able while He Knows and He is able. As I asked Him to make the best decision, easy for me to take. And to remove it from me if He swt Sees that its harmful for me.
I still remember some remarks written below the translation as an encouragement to pray isthikhaara.
“One who seeks guidance from his Creator, and consults his fellow believers, and then remains firm in his resolve, does not regret”
I doubted those words on the first day. But now I can tell you how true these words are. There is not a single decision that I have taken after praying isthikhaara that I regretted. If a decision was made easy for me, that decision helped me in my dunya and my deen. If I was taken away from a decision I wanted to take, I knew later how miserable I would have been if I had taken that decision. And through all of this, I learn over and over again, that undoubtedly Allah is the best of planners.
Want to have trust in Allah’s plans for you? Hold tight to isthikhaara!
May Allah make us of those who trust Him. Ameen!
FB Post (Dhivehi)
ދަންވަރުގެ ވަގުތުގައި ތިބާއަށް ވަރުބަލިކަމެއް އިޙްޞާޞް ކުރެވެމުން ދެއެވެ. އެހެނަސް އެނދުގައި އޮށޯތެއްކަމަކު ތިބާއަށް ނުނިދެއެވެ. ތިބާއަށް ހުއްޓުމެއްނެތި ވިސްނެމުން ދަނީ އެދުވަހުގެ ތެރޭގައި ކަންތައްތައް ހިނގައިދިޔަ ގޮތާއިމެދުގައެވެ. މަސައްކަތުގެ މާޙައުލުގައި އެހެންނޫނީ ސްކޫލުގައެވެ. އެހެންނޫނީ އެއީ ތިބާ ތިބާގެ ޢާއިލާއާއެކީ ވަގުތު ހޭދަކުރި ގޮތާއިމެދުގައެވެ. އެހެންނޫނީ ތިބާއަށް ތިބާގެ އެންމެ ފުރިހަމައަށް ކަންތައް ކޮށްނުދެވުނު ޙާލަތްތަކާއި، އަދި ހުރިހާ ކަމެއް ގޯހުން ގޯހަށް ކުރެވުނު ވަގުތުތަކާއި މެދުގައެވެ. ނޫނީ ތިބާގެ ހިތުގެ ހަމަޖެހުން ގެއްލިފައިވަނީ ވަކި ތިބާ ކުރި ކުށެއްގެ ސަބަބުންނެއްނޫނެވެ. އެހެނެއްކަމަކު ތަޤުދީރުގެ ސަބަބުން ތިބާއަށް ދިމާވެފައިވި ޙާލަތެއްގެ ސަބަބުންނެވެ. ތިބާއަށް ތިބާގެ ތަންމަތީގެ އަރާމުކަން ވެސް އިޙްޞާޞް ނުކުރެވެނީ އެ އެއްމައްސަލައިގެ ސަބަބުން ކަމުގައި ވެދާނެއެވެ.
މިފަދަ ޙާލަތެއްގައި ހަނދާން ކުރަންވީ އާޔަތަކީ މިއީއެވެ.
فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
“ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟” ސޫރަތް އައްރަޙްމާން، 13
.ތިބާ އެއްވެސް ނިޢުމަތަކަށް ‘އިންކާރު’ ނުކުރާކަމަށް ތިބާއަށް ދަޢުވާކުރެވިދާނެއެވެ. އެހެނަސް މި އާޔަތުގައިވާ تُكَذِّبَانِ ގެ މާނައަކީ ހަމައެކަނި އިންކާރު ކުރުމެއް ނޫނެވެ. تُكَذِّبَانِ ގެ މާނައަކީ ކަމެއް ނުވާކަމަށް ހީކޮށްގެން ހުރުމެވެ. ކަމަކަށް އަނދިރިވެގެން ހުރުމަށް ޚިޔާރު ކުރުމެވެ. އެހެންކަމުން އަހަރުމެންނަށް ﷲ ދެއްވި ނިޢުމަތްތަކެއްގެ މަތިން ހަނދާން ނައްތައި، ޙަޔާތުގައި ހިނގާ ނޭދެވޭ ކަންތައްތަކަށް ހުރިހާ ސަމާލުކަމެއް ދޭ ކޮންމެ ޙާލަތަކީ އެކަލާނގެ ނިޢުމަތްތަކަށް އިންކާރު ކުރެވޭ ޙާލަތްތަކެވެ. އަހަރުމެން ކޮންމެ ފަދަ ޙާލަތެއްގައި ވިޔަސް އެކަލާނގެ آلَاءِ ތަކުން އަހަރުމެންގެ ޙަޔާތްތައް ފުރުއްވިއެވެ. آلَاءِ ގެ މާނައަކީ އެއަކަށް ބަލާފައި އަޖާއިބުވެ އަންތަރީސްވާފަދަ ނިޢުމަތްތަކެވެ.
ދެން ފަހަރަކު ނިދަން އޮށޯތުމުން ތިބާގެ ސިކުނޑި ނޭދެވޭ ޚިޔާލުތަކުން ފުރިގެންދާނަމަ ހަނދާން ބަހައްޓާށެވެ. ތިބާއަށް ނޭނގިވެސް ތިބާއަށް ގިނަގުނަ ނިޢުމަތްތަކެއް ލިބިފައިވެއެވެ. ތިބާއަށް ގުނައި ޢަދަދު ނުކުރެވޭހާ ފަދަ ގިނަ ނިޢުމަތްތަކެވެ. ތިބާގެ ޙަޔާތުގައި ތިބާ އެއަށް ބަލާފައި އަޖާއިބުވާނެ ކަމެއް އަބަދުވެސް ވާނެއެވެ. ތިބާއަށް ތަޖުރިބާ ކުރެވިދާނެ އަންތަރީސްވާ ކަމެއް ތިބާއަށް ދިމާވެދާނެއެވެ. އެއީ އިޖާބަވެގެންދާ ތިބާގެ ދުޢާއެއްގެ ސަބަބުން އެހެންނޫނީ ﷲ ހަނދުމަކުރުމުން ތިބާގެ ހިތަށް ލިބިދޭ ހިތްހަމަޖެހުމުން ވިޔަސްމެއެވެ. ތިބާ މިވަގުތު ތިވީ ޙާލަތު ތިއަށްވުރެ ގޯސްވީހެވެ. އެހެނަސް ﷲ ތިބާއަށް ޖެއްސެވީ ތިބާއަށް ކެތްކުރެވޭނެ ފަދަ އިމްތިޙާނަކާއެވެ. އެކަމުގައި ވެސް ތިބާއަށްޓަކައި ނިޢުމަތެއްވެއެވެ.
އަޅަމެންނަކީ މާތް ﷲ އަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!
FB Post (Dhivehi)
=އިސްތިޚާރާގެ ބާރު=
އަޅުގަނޑަށް އިސްތިޚާރާއާ ބެހޭގޮތުން އެންމެ ފުރަތަމަ އިވިފައިވަނީ މީގެ ދެއަހަރު ކުރިންނެވެ. އެ ނަމާދާއި ބެހޭގޮތުން އަޅުގަނޑަށް އެންމެ ފުރަތަމަ އިވުނު ދުވަހު އަޅުގަނޑުގެ ސިކުނޑީގައި ދައުރުވީ ޚިޔާލުތައް އަޅުގަނޑު އަދިވެސް ހަނދާން އެބަހުއްޓެވެ. އެ ނަމާދަކީ އެންމެ 2 ރަކުޢަތާއި ދުޢާއެއް އެކުލެވޭ ނަމާދެއްކަމާއި އެ ނަމާދު ކުރުމުން އެންމެ ރަނގަޅު ނިންމުން ނިންމަން ފަސޭހަވެގެންދާނެ ކަމަށް ބުނާތީ އިވުނު ވާހަކަ އިވިފައި އަޅުގަނޑުގެ ހިތަށްއެރިއެވެ. ހަމަ އަސްލުވެސް ހެއްޔެވެ؟
އެ ނަމާދާއިމެދު ޝައްކު ކުރި ދުވަސްވަރުގައި ވެސް އެއާއިމެދު އަޅުގަނޑުގެ ހިތުގައި ބިރުވެރިކަމެއްވިއެވެ. އެ ނަމާދަކީ ކިހާ ބާރުގަދަ ނަމާދަކަށްވާނެތޯ އަޅުގަނޑުގެ ހިތަށްއެރިއެވެ. އެހެނަސް އަޅުގަނޑަށް އެ ނަމާދު ކުރާކަށް ނުކެރުނެވެ. ކިތަންމެ ކުދި ނިންމުންތަކަށްޓަކައި ވެސް އިސްތިޚާރާ ކުރެވިދާނެކަން އެނގޭ ޙާލުގައެވެ. އެއީ އެ ނަމާދު އަޅުގަނޑުގެ މުޅި ޙަޔާތަށް ވެސް ބާރު ފޯރުވާނެކަމުގެ ބިރު ހީވީތީވެ ކަންނޭނގެއެވެ.
އެހެނަސް ވަކި ހިސާބަކުން ރަނގަޅު ނިންމުމަކީ ކޮބައިކަން ދެނެގަންނަން އިންތިހާއަށް ބޭނުންވިއެވެ. އެ ހީވި ބިރަށްވުރެ ރަނގަޅު ނިންމުން ދެނެގަތުމުގެ އެދުން ބޮޑުވުމުން އެންމެ ފަހުން އެ ނަމާދު ކުރީމެވެ. އޭރު އިސްތިޚާރާގެ ދުޢާ އެއްގޮތަކަށް ވެސް ނޭނގޭތީ އެ ދުޢާ ކިޔުނީ ފޯނުގައި ހުރި އެޕަކުން ބަލައިގެންނެވެ. ދުޢާ ކިޔުމަށްފަހު ދުޢާގެ މާނަވެސް ކިޔުނީމެވެ. ރަނގަޅު ގޮތް އެނގެން ނުހަނު ބޭނުންވެފައިވި އެ ވަގުތުގައި އެ ދުޢާގެ މާނައިގެ ކޮންމެ ބަހަކުން ވެސް ހިތަށް ވަރަށް އަސަރުކުރިއެވެ. އެންމެ ބާރުގަދަ ފަރާތުގެ އެހީއަށް އެދެވުނު ގޮތުންނެވެ. މުސްތަޤްބަލުގައި އަޅުގަނޑަށްޓަކައި ލިޔެވިފައިވަނީ ކޮން ކަމެއްކަން ނޭނގިފައިވާ ޙާލު، ޣައިބު ދެނެވޮޑިގެންވާ ފަރާތަށް ގޮވާލެވުނު ގޮވާލެވުމުންނެވެ. އަޅުގަނޑަށް ނޭނގޭ ކަމާއި އަޅުގަނޑަށް އެއްވެސް ކަމެއްގެ މައްޗަށް ބާރެއް ނުހިންގޭއިރު، އެކަލާނގެ ދެނެވޮޑިގެންވާ ކަމާއި އެކަލާނގެ ކޮންމެ ކަމެއްގެ މައްޗަށް ވެސް ކުޅަދުންވަންތަވެވޮޑިގެންވާކަމަށް ޤަބޫލުކޮށް އެ ބަސްތައް ބުނެވުނު ގޮތުންނެވެ. އަޅުގަނޑަށް އެންމެ ރަނގަޅުވާނެ ނިންމުން އަޅުގަނޑަށްޓަކައި ފަސޭހަ ކޮށްދެވުމަށް އެދެވުނު ގޮތުންނެވެ. އަދި އެ ނިންމުމުގެ ތެރެއިން އަޅުގަނޑަށްޓަކައި ގެއްލުމެއް ލިޔެވިފައިވާނަމަ އެކަމަކުން އަޅުގަނޑު ދުރުކޮށްދެއްވުމަށް އެދެވުނު ގޮތުންނެވެ.
ދުޢާގެ މާނައަށްފަހު އޭގެ ތިރީގައިވި ބަސްކޮޅު އަޅުގަނޑު އަދިވެސް ހަނދާން އެބަހުއްޓެވެ. އެއީ އިސްތިޚާރާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ލިޔެވިފައިވި ބަސްކޮޅެކެވެ.
“އެމީހަކު ހެއްދެވި ފަރާތުގެ ޙަޟްރަތުން ހިދާޔަތަށް އެދި، އެކުވެރި އެހެނިހެން މުއުމިނުންގެ ނަޞޭޙަތް ހޯދައި، ތިމާ ނަގާ ޢަޒުމެއްގައި ސާބިތުވެ ހުންނަ މީހަކު ހިތާމައެއް ނުކުރާނެއެވެ.”
އެ ބަސްތައް ކިޔުނު ފުރަތަމަ ދުވަހު އަޅުގަނޑަށް އެ ބަސްތަކަށް ޝައްކު ކުރެވުނެވެ. އެހެނަސް އެއީ ކިހާ ތެދު ބަސްތަކެއްކަން މިއަދު އަޅުގަނޑަށް ކިޔައިދެވިދާނެއެވެ. މިހާތަނަށް އައިއިރު އިސްތިޚާރާ ކޮށްފައި އަޅުގަނޑު ނިންމި އެއްވެސް ނިންމުމަކީ އެ ނިންމުމަކާމެދު އަޅުގަނޑު ހިތާމަކުރި ނިންމުމެއް ނޫނެވެ. އިސްތިޚާރާއަށްފަހު ނިންމުމެއް އަޅުގަނޑަށްޓަކައި ފަސޭހަވެގެންދާނަމަ އެ ނިންމުމެއްގެ ތެރެއިން އަޅުގަނޑުގެ ދީނަށާއި ދުނިޔެއަށް ވެސް ފައިދާ ކުރެއެވެ. އަދި އަޅުގަނޑު ނިންމަން ބޭނުންވެފައިވި ނިންމުމަކުން އަޅުގަނޑު ދުރުކުރެވިއްޖެނަމަ، ދުވަސްކޮޅަކުން އެ ނިންމުން ނިންމި ނަމަ އެއިން އަޅުގަނޑަށް ލިބޭނެ ގެއްލުންތައް އަޅުގަނޑަށް ތަޞައްވުރު ކުރެވެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އަޅުގަނޑަށް ތަކުރާރުކޮށް ދަސްވާ ފިލާވަޅަކީ، ޝައްކެއްވެސް ނެތް ގޮތުގައި ﷲ އަކީ އެންމެ މޮޅު ރޭވުންތެރިޔާކަމެވެ.
ﷲ ތިބާއަށްޓަކައި ލިޔުއްވާފައިވާ ކަންތައްތަކާއިގެން އެކަލާނގެއަށް ވަކީލުކުރާ މިންވަރު އިތުރު ކުރަން ބޭނުންވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އިސްތިޚާރާގައި ހިފަހައްޓާށެވެ.
މާތް ﷲ އަޅަމެންނަކީ އެކަލާނގެއަށް އިތުބާރުކޮށް އެކަލާނގެއަށް ވަކީލުކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!