Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ސަތާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
March 6, 2018 3 Mins Read
10 Comments

އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. އަފާފަށްވީ ކިހިނެއްތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ ގޮށްމުއްކެވިގެން ދިޔަދިޔަހެން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އަފޫ ކީއްވެ ރޮނީ؟” ޝަރަފް ކަންބޮޑުވެފައިވި މިންވަރު ޚުދު އޭނައަށް ވެސް އެނގުންވީ އެހެން ބުނެލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔުމުންނެވެ. އެ އަޑު އިވިފައި ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ރުއިމަށް ހުއްޓުމެއްއައެވެ. އެއީ އާދައިގެ މަތިން ޝަރަފް އޭނައަށް އަޅާލާކަން އިޙްޞާޞް ކުރެވުމުން ކަންނޭނގެއެވެ. އެހެނަސް މާ ގިނައިރެއްނުވެ މިއަދު އޭނައަށް ‘ފެނިފައިވި’ މަންޒަރުތަކެއްގެ ސަބަބުން އޭނައަށް ހެޔޮކޮށް ވިސްނަން ދަތިވިއެވެ. އޭގެ ސަބަބުން އަނެއްކާވެސް އޭނައަށް ގިސްލެވެން ފެށިއެވެ. އެ އަޑު އިވިގެން ދިޔަ ޝަރަފަށް ހަދާނެ ގޮތެއް ނޭނގިފައި ކުރު ނޭވާތަކެއް ލަމުން އެކި ދިމަދިމާލަށް ނަޒަރު ހިންގުނެވެ.

 

“އަފޫ އަހަރެން ބިރުއެބަގަނޭ. ޓެލް މީ ވަޓް ހެޕެންޑް! އަފޫ ބުނަމެއްނު އަހަންނާ ވާހަކަ ދެއްކީމަ ތިމަންނަގެ ހިތްހަމަޖެހެއޭ؟ އެހެންވީމަ އެއީ ކޮންމެ ވާހަކައެއް ވިޔަސް ޖެހިލުންވުމެއްނެތި އަހަންނަށް ކިޔައިދީ!” ޝަރަފް އެހެން އެދުނީ އާދޭހުގެ ރާގަކަށެވެ. އޭނަގެ ސިކުނޑި ތެރޭގައި ދައުރުވަމުން ދިޔައީ އެންމެ ގޯސްކޮށް ދިމާވެދާނެ ކަންތައްތަކެވެ. އޭނައަށް އިނދެވުނީ އަފާފްގެ ފަރާތުން ލިބޭނެ ޖަވާބަކަށް ކެތްމަދުވެފައެވެ. އެކޮޅުން އަފާފްގެ ގިސްލުމުގެ އަޑު އަނެއްކާވެސް ހުއްޓިގެން ދިޔުމުން އެ ޖަވާބެއް ލިބެން އުޅޭހެން ޝަރަފަށް ހީވިއެވެ. އެ ހީކުރެވުނީ ރަނގަޅަށެވެ. އޭނަ ދެއްކި ވާހަކަތަކުން ޝަރަފަށް ހުރިހާ ވާހަކައެއް ކިޔައިދޭން އަފާފަށް ހިތްވަރެއް ލިބުނެވެ. އޭނަ ފުން ނޭވައެއް އެތެރެއަށް ދަމާލަމުން ޝަރަފާއި އެ ވާހަކަ ޙިއްޞާ ކުރާނެ ގޮތަކާއިމެދު ޚިޔާލު ކޮށްލިއެވެ. އެއަށްފަހު އޭނަ އެތައް ހިތްވަރެއް އެއްކޮށްގެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތަކީ ދާދި ދެންމެއަކު އޮފީހުން އައި ހުސެއިން އައިސް ބާރު އަޑަކާއެކީ އެ ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތެވެ. ހުސެއިންގެ ރުޅިން ރަތްވެފައިވި މޫނު އަފާފަށް ނުފެނުނެއްކަމަކު ދޮރު ހުޅުވި މީހަކު ހުޅުވީ ރުޅިވެރިކަމާއި އެކީގައިކަން އަފާފަށާއި، ފޯނުގެ އަނެއްކޮޅުގައި ހުރި ޝަރަފަށް ވެސް އެނގުންވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހުސެއިންގެ ހަރު އަޑު އިވިގެން ދިޔައެވެ.

 

“ތި ވާހަކަ ދައްކަނީ އޭނައާތަ؟” ހުސެއިން އެހެން އަހާލި އަޑު އެކަކު އަނެކަކާއި އެތައް މޭލު ދުރުގައި ތިބި ދެމަފިރިންނަށް އިވުނެވެ. އެ ވާހަކަ އިވިފައި އަފާފް ހަމައެކަނި އެދިމާލަށް ބަލާލި ހިނދު ޝަރަފްގެ ބުމަގޮށްޖެހުނެވެ. އޭނައަށް ކިތަންމެ ރުޅިއަޔަސް އަފާފާއި އެފަދަ ގޮތަކަށް ވާހަކަ ދައްކަން ނުޖެހެއެއްނޫންހޭ ހިތަށްއެރިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު އަނެއްކާވެސް ހުސެއިންގެ އަޑު އިވިގެން ދިޔައެވެ.

 

“އޭނައާއި ކަމަށްވަންޏާ އޭނަ ކައިރިން ވަރިވުމަށް ފޯމް ހުށަހަޅާ!” ހުސެއިން ރުޅިން ރޫރޫ އަޅަމުން ދިޔަ އަޑަކުން ދެއްކި އެ ވާހަކަ ވެގެންދިޔައީ، އެ ވާހަކަ އިވިގެން ދިޔަ ދެ ހިތަށްވެސް ސިހުމެއް ގެނައި ވާހަކައަކަށެވެ. ހުސެއިންގެ އެ ވާހަކައިގެ ފަހަތުގައިވަނީ ކޮން ސަބަބެއްކަން އެނގުންވީ އަފާފަށް ތެޅިގަނެވުނު ވަގުތު އޭނަގެ ކަންފަތުން ފޯނު ވަކިކޮށްލަމުން ފޯނު ކަނޑާލެވުނެވެ. އެ ހިނދު އެތައް ސުވާލެއް އެއްފަހަރާ ކުރަން ބޭނުންވެފައި ހުރި ޝަރަފްގެ ހިތަށް އިތުރު ބިރުވެރިކަމެއްވަނެވެ. އޭނައަށް ނޭނގި ވަރަށް ބޮޑުކަމެއް ހިނގައިފި ކަމުގެ އިޙްޞާޞް ކުރެވުމުން ޝަރަފަށް ވަގުތުން ކޮޅަށް ތެދުވެލެވުނެވެ. އޭނަ ވީހާވެސް އަވަހަކަށް އަފާފްގެ ކައިރިއަށް ގޮސް ހުރިހާ ކަމެއް ސާފުކުރަން ޖެހޭކަން އެނގުންވީ ވަގުތު އޭނައަށް ކުރިއަށް ހިނގައިގަނެވުނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް، އޭނަ އަފާފާއި މިހާ ދުރަށް އައިސް މި ކުރާ މަސައްކަތާއިމެދު ވިސްނާލެވުނެވެ. އެއާއެކު އޭނަ ނަބީހަށް ގުޅާލިއެވެ. ނަބީހް އެކޮޅުން ފޯނު ނެގުމާއެކު އޭނައަށް އެއްޗެކޭ ނުބުނެވެނީސް ޝަރަފް ވާހަކަ ދެއްކިއެވެ.

 

“ނަބީހް…..މިހާރު ނަބީހް މާލެއަށް ފޯރައިފިދޯ؟ އެކަމަކު އަހަންނަށް މިކޮޅުގަ ހުރެވޭކަށް ނެތް. ގޭގަ ވަރަށް ބޮޑުކަމެއް ހިނގައިގެން މިއުޅެނީ.” ޝަރަފް ހާސްކަންމަތީގައި ހުރެ ނަބީހް ހުރިތަނެއްވެސް ޔަޤީން ނުކޮށް ވާހަކަ ދެއްކިއެވެ. ް

 

“އާނ އަހަރެން މިހިރީ މާލޭގަ. އަނެއްކާ ކިހިނެއްތަވީ ޝަރަފް؟!” ޝަރަފްގެ އަޑު އިވުނު ގޮތުން އެއާރޕޯޓް ތެރެއިން ހިނގާފައި ދިޔަ ނަބީހްވެސް ޙައިރާންވެ ކަންބޮޑުވެގެން ދިޔައެވެ. އެވަގުތު ޝަރަފަށް ދެލޯ މަރާލެވުނީ އަނެއްކާވެސް ނަބީހްގެ ފަރާތުން އެދުމެއް އެދެން ޖެހިއްޖެކަން އެނގުންވުމުންނެވެ. ނަބީހް އޭނައަށްޓަކައި ކޮށްދީފައިވާ ކަންތައްތަކަށްފަހު އަނެއްކާވެސް އޭނަގެ ފަރާތުން ކަމަކަށް އެދެންވުމުންނެވެ. ޝަރަފް ޖެހިލުންވުމަކާއެކީ އެކަން ކުރަން އުޅުނު ވަގުތު އޭނަގެ ފަހަތުގައި ހުރި ރެސްޓޯރެންޓުގެ ތެރެއިން ޠޮލާލު ނިކުތެވެ. ޠޮލާލު ޝަރަފަށް ގޮވާލީ އޭނަ އޭނަގެ ގެސްޓް ހައުސްއަށް ލައިދިނުމަށް އެދުމަށެވެ. އޭނަގެ އަޑަށް ޝަރަފް އެނބުރިލުމާއެކު ޝަރަފްގެ މޫނުމަތީގެ ކުލަވަރު ފެނިފައި ޠޮލާލުގެ މޫނުގެ ކުލަވަރުވެސް ބަދަލުވެގެން ދިޔައެވެ. އޭނަ ވަގުތުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޝަރަފް، އޭނަ ވީހާވެސް އަވަހަކަށް ގެއަށްދާން ޖެހޭ ވާހަކަ ބުނެފައި އޭނައަށް ހުރިހާ މަސައްކަތެއް ދޫކޮށްފައި ދެވެން ނެތް ވާހަކަ ބުނުމުން ޠޮލާލް ދިން ޖަވާބުން ޝަރަފަށް އަޖާއިބުކަމެއް ލިބުނެވެ.

 

“އަހަރެން ބަލާނަން މިކޮޅުގެ ހުރިހާ ކަންތައް. ޝަރަފް ދޭ! ފެމިލީ އިޒް އިމްޕޯޓެންޓް!” ނަބީހް ބުންޏެވެ. އެ ހިނދު ޝަރަފްގެ ހިތަށް ވެރިވީ އެއްވެފައިވި އިޙްޞާޞްތަކެވެ. އޭނައާއި ނަބީހް މިހާ ދުވަސްވަންދެން ދާ އޮހޮރުވައިގެން ކުރި މަސައްކަތް މި ބީރައްޓެހި މީހާއާއި ޙަވާލުކުރުމުން ވެދާނެ ގޮތަކާއިމެދ އއޭނައަށް ވިސްނެންފެށީ އެވަގުތެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ކުރިން އެނގުނުނަމަ (ނަވާވީސްވަނަ ބައި)

Next

ތަޤްދީރު (7)

Next
March 7, 2018

ތަޤްދީރު (7)

Previews
March 6, 2018

ކުރިން އެނގުނުނަމަ (ނަވާވީސްވަނަ ބައި)

10 Comments!

  1. Jana says:
    March 7, 2018 at 12:03 am

    Assalaam’alaikum. kon dhuvahakubaa dho jana ah mikan rangalhu kureveyny? anekkaaves vv kuru mi bai….v bodah maafah edhen mi kamattakai. maafah edhumuge gothun jana adhi maadhamaa rey mi bai dhigu koffa up kuraanan In Sha Allah. aslu varah burakoh mi dhuvaskolhu mi ulheny. varah varubalivefa hunna gadieh vaahaka liyan mi dheveny. liyey ehcheh nuvisney hisaabah dhiyaima huttaalan mi jeheny. e noon nama varubali vefa hureves genesdhineemus. hehe….May Allah help us all. May He put barakah in our time and allow us to do as many good deeds as we can. Ameen!

  2. Naanu says:
    March 7, 2018 at 12:14 am

    Sharaf nudachchey eynaa aa havaalukohfa. Nabeeh gaathubuney aisdheyshey.

  3. Sid says:
    March 7, 2018 at 12:41 am

    Sharaf ehaa dhera nukrey Jana.

  4. Magey hiyaal says:
    March 7, 2018 at 12:43 am

    Dhigu kohfa genes dheny kyhkuran aa parteh genes dhineema maa rangalhu vaane.. Kiyaafa ohbai alun nuliyunas

  5. Shuhu says:
    March 7, 2018 at 12:48 am

    Jana ge fb page eh indheytha mihaaru ves
    I really want to more about that

  6. Sheen says:
    March 7, 2018 at 9:20 am

    Haadha kurey

  7. Pinky shifoo says:
    March 7, 2018 at 9:49 am

    V reethi mi part vx Maasha Allah ???… Kurakas story up kola dhinyma v ufaavehje ???… Ehen vaa faharu faharuvx annaane ???… Waiting for next part ???

  8. Kuda Kamana says:
    March 7, 2018 at 12:08 pm

    jana darling.. dhen week eh varu nagaaba rest kollan. dhen madu madun vaahaka dhigu koh liyelaafa up kollabala. maa dheravey thigothah kurukoh kiyan libeythee..

  9. reysh says:
    March 7, 2018 at 5:09 pm

    Afaaf meehakaa marry nukohgen Afaaf ge mamma aa bappa ulhuny dhen Eyna hama jehigen ulhuna dheyn vehjehnun,faisaa nun ehcheh nufenna meehun thakeh ? alhe Afaaf Sharaf ah trust kurahchey ?

  10. Xxxx says:
    March 7, 2018 at 8:27 pm

    Varah furihama

Comments are closed.

Next Episodeނޫރު (ސަތާޅީސްވަނަ ބައި – ދިގުކުރެވިފައި)←


All Right Reserved!