Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް 24

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
March 7, 2018 6 Mins Read
43 Comments

“އައި އޭމް ޑެލްޓާ.”

އޭނާ އަހަންނާ ދިމާއަށް އަތް ދިއްކޮށްލަމުން އެހެން ބުނުމާއެކު އަހަންނަށް ލިބިގެން ދިޔައީ ޝޮކެކެވެ. ދެލޯ ހަނިކޮށްގެން ހުރެ އަހަރެން ކަޅު ކުލައިގެ ލެދަރ އަންގި ލައްވާފައިވާ އޭނާގެ އަތަށް ބަލާލީމެވެ. ޑެލްޓާ އަކީ އަންހެނެއް ހެއްޔެވެ؟ އެކަމަކު އެހެން ވާންވީ ކިހިނެއް ހެއްޔެވެ؟

“ސަލާމެއްވެސް ނުކުރާނަންތަ؟”

އަހަރެން ބަލަހައްޓައިގެން ހުއްޓާ އަނެއްކާވެސް އެ އަންހެންކުއްޖާ އަހާލިއެވެ. އަހަރެން މަޑުމަޑުން އޭނާގެ އަތުގައި ހިފައި ސަލާމްކޮށްލީމެވެ.

“ހައިރާންވެފަ ދޯ ތި ހުރީ؟ ކޮންފާމް ކުރަން އާރިފް ސާރ ކައިރީ އަހާލަންވީނު؟ ޔަގީން ކުރަންވާނެތާ.”

އަހަރެން އެ އަތުން ދޫކޮށްލުމާއެކު އޭނާ ބުނެލިއެވެ. އޭރު އެ ތުންފަތުގައި ކުރެހިފައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އަހަރެން އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރި، ހެޑްސެޓުގައި އަތް ޖައްސާލަމުން ވާހަކަދައްކަން ފެށީމެވެ.

“ސާރ.. އިޒް ޑެލްޓާ އަ ގާރލް؟”

ކެތްމަދުވެފައި ހުރެ އަހަރެން އަހާލީމެވެ. އެއާއެކު އެއްކަހަލަ އަންހެންކުއްޖާ ހިނިގަނޑެއް ޖަހާލި އަޑު އިވިގެން ދިޔައެވެ. އޭނާ އަހަންނަށް މަލާމާތްކުރަނީ ހެއްޔެވެ؟

“ޔެސް. އޭނަ ބުނާ ގޮތަށް ކުރިއަށް ގެންދޭ.”

އާރިފް ސާރ އެހެން ބުނުމާއެކު އަޑެއް ކިޔާފައި ލައިން ކެނޑިގެން ދިޔައެވެ.

“ހެލޯ؟ ހެލޯ؟ ސާރ؟”

އަހަރެން އަނެއްކާވެސް ވާހަކަދެއްކީމެވެ. އެކޮޅުން އެއްވެސް އަޑެއް ނީވުނެވެ. އާރިފް ސާރ އެ ލައިން ކަނޑާލީ ހަމަ ގަސްތުގައެވެ.

“ލެޓްސް ގޯ…. ޓަ-އި-ގާ..”

އަހަރެންގެ ސްޕައި ނަމުގެ އަކުރުތައް ވަކިވަކިން ކިޔާލަމުން ޑެލްޓާ ބުނެލިއެވެ. އޭނާ އަހަރެންގެ އެ ނަމަށް މަލާމާތްކުރަނީ ހެއްޔެވެ؟ އަހަރެން ޝަހާދަތް އިނގިލި ހުޅުވާލައިގެން ހުރެ ފަހަތަށް އެނބުރެލީ އޭނާއާ ދިމާއަށް އެއްޗެކޭ ބުނާނަމޭ ހިތާއެވެ. ނަމަވެސް އަހަރެން އެނބުރެލި ވަގުތު އޭނާ އަހަންނަށް ފުރަގަސްދީ ހިނގަން ފަށައިފިއެވެ. އެއްކަލަ އުސް ބޫޓުން ‘ޓިކް ޓިކް’ ލައްވަމުންނެވެ. ކަޑަވެގެން އަތް ތިރިކޮށްލުމަށްފަހު އަހަރެންވެސް ފޮށި ދަމަމުން އޭނާގެ ފަހަތުން ހިނގައިގަތީމެވެ.

ޕާކިންގް އޭރިއާއަށް ދެވުމާއެކު އޭނާ ގޮސް ހުޅުވާލީ އެތަނުގައި ހުރި ރަތް ކުލައިގެ BMW ކާރުގެ ދޮރުފަތެވެ. އަހަންނާ ދިމާއަށް ބަލާވެސްނުލާ އޭނާ އެ ކާރުގެ ކުރީ ސީޓަށް އަރައި ދޮރު ޖަހައިފިއެވެ. ފޮނި އަންހެނެއްތާއޭ އަހަރެންގެ ހިތަށްއެރިއެވެ. ދައަތަށް ބޯ ހޫރާލުމަށްފަހު އަހަރެން ގޮސް ފޮށި ކާރުގެ ޑިކީއަށް އެރުވީމެވެ. އަދި ހިނގާފައި އައިސް ކާރުގެ ކުރީ ދޮރުފަތް ހުޅުވަން ދިމާކޮށްލީމެވެ.

“ނޮޕް! ފަހަތު ސީޓަށް.”

ޑެލްޓާގެ އަޑަށް އަހަރެންގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. ދޮރުފަތުގައި ހިފަހައްޓާފައިވާ އަތަށް ބާރުކޮށްލުމަށްފަހު އަހަރެން އަތް ދޫކޮށްލީމެވެ. އަދި ފަހަތު ސީޓަށް އަރައި ހަރަންބަނދެލީމެވެ. އޭނާ އަކީ ލެޖެންޑްއަކަށް ވިޔަސް މިހާ ފޮނިވާކަށް ނުޖެހެއް ނޫން ހެއްޔެވެ؟ އެހެންނޫނަސް އަހަރެން މީ އޭނާގެ ޕާޓްނަރެވެ. އަހަންނާމެދު ކަންތައް ކުރަންވާނީ ތަންކޮޅެއް ރަނގަޅަކަށް ނޫން ހެއްޔެވެ؟ މި އަންހެނާއާއެކު އަހަރެން މި މިޝަންގައި އުޅެންޖެހޭނީ ކިހާ ދުވަހެއް ކަމެއް ވެސް އެނގެނީކީ ނޫނެވެ.

“އަހަރެންނާ އެކު މަސައްކަތްކުރާނެ ފުރުސަތެއް ލިބުނީމަ ޔޫ ޝުޑް ބީ ޕްރައުޑް.”

އެހެން ބުނުމަށްފަހު އޭނާ ކާރު ފަހަތައް ޖައްސާލުމަށްފަހު ޕާކިން އޭރިއާ އިން ބޭރުކޮށްލިއެވެ. ބާރު ސްޕީޑެއްގައި އޭނާ އެމަގުން ލާފައި ކާރު ދުއްވާލިއެވެ.

އަހަރެން ބޯ އަރިކޮށްކޮށްފައި އޭނާގެ މޫނު ފެނޭތޯ އުޅުނީމެވެ. ނަމަވެސް އެ ބޮޑު ތޮފިގަނޑާހެދި އަހަންނަށް ފެންނަމުން ދިޔައީ އެ މޫނުގެ އެއްބައެވެ. ކާރުތެރޭގައި ހުރި ‘ރިއާރވިއު މިރޯ’ އިން ވެސް އަހަންނަށް ފެންނަމުން ދިޔައީ އޭނާގެ ރަތް ތުންފަތާއި ދަތްދޮޅި އެކަންޏެވެ.

“ސްޓޮޕް ސްނީކިންގް.”

ޑެލްޓާގެ އަޑަށް އަހަންނަށް ތެޅިގަނެވުނެވެ. އަހަރެން ބަލާކަން އޭނާއަށް އެނގުނީއެވެ. ނުވާކަމަށް ހާދާފައި އަހަރެން އަވަސްއަވަހަށް ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލަން ފެށީމެވެ. އެއާއެކު އޭނާ މަޑުމަޑުން ހީލި އަޑު އަހަންނަށް އިވުނެވެ.

ކާރު ގޮސް މަޑުކޮށްލީ އުސް ޢިމާރާތެއްގެ ކައިރިއަށެވެ. ހަމަ ގައިމުވެސް އެ ޢިމާރާތުގައި ފަނަރަ ވަރަކަށް ފްލޯ ހުންނާނެއެވެ. ފަރުމާކޮށްފައިވާލެއް ފުރިހަމަކަމުން އަހަރެންނަށް ހިނދުކޮޅެއްވަންދެން އެ ޢިމާރާތަށް ބަލަހައްޓައިގެން އިނދެވުނެވެ.

“ގެޓް އައުޓް.”

ޑެލްޓާ އެހެން ބުނުމާއެކު އަހަރެން އޭނާއާ ދިމާއަށް ބަލާލީމެވެ. ހުންގާނުގައި ދެއަތް އަޅުވާލައިގެން އިނދެ ވާހަކަދެއްކިއިރު އޭނާ އަހަންނާ ދިމާއަށް ބަލާވެސް ނުލައެވެ. ދެން އެހާ ބޮޑާވާކަށް ވެސް ނުވާނެއެއް ނޫން ހެއްޔެވެ؟ ފުންނޭވައެއް ދޫކޮށްލުމަށްފަހު އަހަރެން ދޮރު ހުޅުވާލީމެވެ. ބޭރަށް ފައި އަޅާލިތަނާހެން އަނެއްކާވެސް އޭނާ ވާހަކަދެއްކިއެވެ.

“ބާރަ ވަނަ ފްލޯއަށް އަރާ. ޓައިގާ ގެ ރޫމް އަކީ ތިން ވަނަ ރޫމް.”

އެހެން ބުނުމަށްފަހު އޭނާ ކާރުގެ ފަހަތު ސީޓަށް ތަޅުދަނޑިފައްޗެއް ހޫރާލައިފިއެވެ. އަހަރެން އެ ނަގައި ލައިގެން ހުރި ކޯޓުގެ ޖީބަށްލުމަށްފަހު ކާރުން ފޭބީމެވެ. އޭރުވެސް އަހަންނަށް ހިތާހިތުން މި ޑެލްޓާއާ ދިމާއަށް އެއްޗިހިކިޔެމުން ދިޔައެވެ.

އަހަރެން ފޮށި ޑިކީއިން ހަމަ ނެގުމާއެކު ޑެލްޓާ ކާރު ދުއްވާލައިފިއެވެ. އަހަރެން އެކަނި ބަހައްޓާފައި އޭނާ އެދަނީ ކޮންތާކަށް ހެއްޔެވެ؟ ކާރު ގޮސް ލޮލުކޮޅަށް ގެއްލެންދެން އަހަންނަށް އެދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއަށްފަހު އަހަރެން ގޮސް އެ ޢިމާރާތުގެ ލިފްޓަށް އަރައި ބާރަ ވަނަ ފްލޯއަށް ފިތާލީމެވެ.

ލިފްޓުގެ ދޮރުފަތް ހުޅުވުމާއެކު އަހަރެން ފޮށި ދަމަމުން ބޭރަށް ނިކުތީމެވެ. އަހަރެން ހީކުރިގޮތާ ޚިލާފަށް އެ ފްލޯގައި ތިން އެޕާޓްމެންޓް އެބަހުއްޓެވެ. ވަންނަންވީ އެތަނުން ކޮން އެޕާޓްމެންޓަކަށް ކަން އަހަންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ މި ޖެހުނީ އަނެއް ކަންތަކާއެވެ. ހައްތަހާވެސް ޑެލްޓާއާހެދި ވާ ކަންތައްތަކެވެ. އޭނަ އަހަންނާއެކީ މިތަނަށް އައި ނަމަ ވާނީ ކީއް ހެއްޔެވެ؟ ނުވި ތާކަށް އޭނާ އަހަރެން ގާތު އެޕާޓްމެންޓް ނަންބަރުވެސް ބުނީކީއެއް ނޫނެވެ.

ފޮށި ބަހައްޓާލުމަށްފަހު އަހަރެން ގޮސް އެންމެ ފުރަތަމައަށް ހުރި އެޕާޓްމެންޓްގެ ދޮރު ކައިރީގައި ހުއްޓެލީމެވެ. ކޯޓުގެ ޖީބުން ތަޅުދަނޑިފަތި ނަގައި އަހަރެން އެ ދޮރަށް ކޮއްޕާލީމެވެ. މީހެއްގެ ހިލަމެއްވޭތޯ ދެކޮޅު ހޯދާ ބަލާލުމަށްފަހު އަހަރެން ތަޅުދަނޑި އަނބުރާލީމެވެ. ގޮވި މަޑު އަޑާއެކު އެ ދޮރު އަންލޮކް ވުމުން އަހަރެންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަހަރެން ހާދަ ގަދައޭ ހިތަށްއެރިއެވެ. އެއް ސެޓުން މި އެޕާޓްމެންޓް ދިމާކޮށްލީއެއް ނޫން ހެއްޔެވެ؟

ފޮށި ހިފައިގެން އެތެރެއަށް ވަނުމާއެކު އަހަރެންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ލިވިންގްރޫމުގެ މަތީގައި ހަރުކޮށްފައިވާ ބޮޑު ޗާންދަލިއާއެވެ. ރީތި ގޮތަކަށް ފަރުމާކޮށްފައިވާ ބޮޑު އެޕާޓްމެންޓެކެވެ. އެތެރެއަށް ފޮށި ވައްދާލުމަށްފަހު އަހަރެން ދޮރު ލައްޕައި ތަޅުލީމެވެ. ދިމާއަށް ފެންނަން ހުރި ތިން ކޮޓަރީގެ ދޮރުތަކަށް އަހަރެން ބަލަމުން ގެންދިޔައީމެވެ.

“ރޫމް 1، ރޫމް 2، ރޫމް 3. ސޯ މީ ދޯ އަހަރެންގެ ރޫމްއަކީ.”

ތިން ވަނައަށް ހުރި ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެ އަހަންނަށް ބުނެވުނެވެ. ފޮށި ހިފައިގެން އަހަރެން އެ ކޮޓަރިތެރެއަށް ވަދެ އެނދުގައި ޖައްސާލީމެވެ. އޭރު ވަރުބަލިކަން އިންތިހާއަށް އިހުސާސްކުރެވެމުން ދިޔައެވެ. ބަނޑުހައި ވެސް ވެއްޖެއެވެ. ނަމަވެސް އަހަންނަށް ކާއެއްޗެއް ކެވޭނީ އެ ޑެލްޓާ އައީމަކާ ނޫން ހެއްޔެވެ؟ އޭނާގެ ހުއްދަ ނެތި ބަދިގޭގެ އެއްޗެއްގައި އަތްލިޔަސް އޭނާ ރުޅިއައިސްދާނެއެވެ. ‘އަންޕްރެޑިކްޓަބަލް’ އިންސާނެކެވެ.

ފެންވަރާ ތާޒާވެލުމަށްފަހު އަހަރެން ލެޕްޓޮޕު ހިފައިގެން އެނދުމަތީގައި ޖައްސާލީމެވެ. ވީޑިއޯ ކޯލްގެ ޒަރިއްޔާއިން އަހަރެން ރޫޝިންމެންނަށް ގުޅާލީމެވެ. ހީކުރި ވަރަށްވުރެ އަވަހަށް އެކޮޅުން ކޯލު ނަގައިފިއެވެ. ސްކްރީނުން ފެންނަން ހުރި މާޒް އާއި ރާޔާ އަދި ރޫޝިން ފެނުމުން އަހަރެންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

“އޭތް އޭތް! ބުނެބަލަ! ޑެލްޓާއާ ދިމާވިތަ؟ އޭނަ ހުންނަނީ ކިހިނެއް؟”

ދެލޯ ބޮޑުކޮށްކޮށްފައި ރާޔާ ވާހަކަދައްކަމުން ދިޔައެވެ.

“ދިމާވެއްޖެ އާނ.. ވަރަށް.. ފޫހި މީހެއް އެއީ.”

ޑެލްޓާ މިޔަދު އަހަންނާމެދު ކަންތައްކުރި ގޮތް ހަނދާންވުމާއެކީ އަހަންނަށް ބުނެލެވުނެވެ. އެއާއެކު ރާޔާ ތުންދަމާލިއެވެ.

“ދޮގު ތި ހަދަނީ! ޑެލްޓާ ވާނީ ވަރަށް ވަރަށް ވަރަށް ކޫލް މީހަކަށް. ޑެލްޓާ ކައިރީ ބުނެބަލަ މަށާ އިންނާށޭ!”

ހުވަފެނީ ގޮތަކަށް ރާޔާ އެހެން ބުނުމާއެކު އަހަރެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޑެލްޓާ އަކީ ކާކުކަން އެނގޭނަމަ އޭނާ އެހެން ބުނެފާނެ ހެއްޔެވެ؟ އެވަގުތު ޑެލްޓާ އަކީ އަންހެނެކޭ އެމީހުން ގާތު ބުނަންވެސް ހިތަށް އެރިއެވެ. ނަމަވެސް އަހަރެންމީ ޑެލްޓާގެ ޕާޓްނަރެވެ. އޭނާގެ ސިއްރުތައް އަހަރެން ހިފަހައްޓަންޖެހޭނެތާއެވެ.

“ނުވެސް ފެންނަ މީހަކާ އިންނާނަމޭ ތި ބުނަނީ. ހަމަތަ؟”

ރާޔާއާ ދިމާއަށް ރޫޝިން ބުނެލިއެވެ. އެއާއެކު ރާޔާ ތުން އަނބުރާލިތަން ފެނިގެން ދިޔައެވެ. އެއްކަލަ ދެމީހުން ފެށީއެވެ.

“އޯކޭ ދޯ ހުރިހާ ކަމެއް؟ މިރޭ އޮންނާނީ ފުރަތަމަ މިޝަން. އިތުރު އިންފޯ ޑެލްޓާ ދޭނެކަމަށް އާރިފް ސާރ ބުނީ.”

ރާޔާއާ ރޫޝިން ބަހުގެ ހަމަލާތައް ބަދަލުކުރަމުން ދިޔަ ވަގުތު މާޒް ވާހަކަދެއްކިއެވެ.

“އޯކޭ. ދެން ބޭއްވީއޭ. ވަރަށް ވަރުބަލި. ބޭނުމީ އަރާމުކޮށްލަން. ރިޒާމްއަށް މަގޭ ސަލާމް..”

އަހަރެން އެހެން ބުނުމާއެކު މާޒް ހިނިތުންވަމުން ބޯޖަހާލިއެވެ. ލެޕްޓޮޕު ލައްޕައި، އެނދުގެ އެއްކައިރީގައި އޭތި ބަހައްޓާލުމަށްފަހު އަހަރެން ރީތިކޮށް އެނދުގައި އޮށޯވެލީމެވެ. ރަޖާގަނޑު މުޅި ހަށިގަނޑުގައި އަޅާލުމަށްފަހު ބާލީހުގައި ނިކަން ބާރަށް ބައްދާލީމެވެ. އިސާހިތަކު ވަރުބަލިވެ ލޮޑުވެފައިވާ އަހަރެންގެ ހަށިގަނޑަށް ނިދި މަރުހަބާ ކިޔައިފިއެވެ.

** **

ސިހިފައި އަހަރެންނަށް ހޭލެވުނީ ފާޑެއްގެ އަޑުފައްގަނޑެއް އިވޭތީއެވެ. އެއީ ކޮންކަލަ ބާރު އަޑެއް ހެއްޔެވެ؟ ބިއްލޫރިގަނޑެއްގައި ތޫނު އެއްޗެއް ކާއްތާއިރު އިވޭކަހަލަ އަޑެކެވެ. ދެކަންފަތުގައި އަތް އަޅާލެވުނީ ދަތް ހީލިކަރުވާ ވަރުންނެވެ. ކޮންތާކުން އަންނަ އަޑެއް ހެއްޔެވެ؟ އެއަޑާ ހެދި ނިދިކޮޅު ވެސް ހަމަ އެއްކޮށް ޚަރާބުވީއެވެ.

އަހަރެން ރަނގަޅަށް ދެލޯ ހުޅުވައި، އެއަޑު އަންނަނީ ކޮން ދިމާއަކުންތޯ ބަލައިލީމެވެ. އެނދުމަތީގައި ބާއްވާފައިވާ އަހަރެންގެ ފޯނު ނިވި ދިއްލެމުން ދިޔަތަން ފެނުމާއެކު އަހަންނަށް އެއީ އޭތިން އިވެންފެށި އަޑެއްކަން ޔަޤީންވިއެވެ. ނަމަވެސް އަހަރެންގެ ފޯނުން އެފަދަ އަޑެއް އިވެންވީ ކިހިނެއް ހެއްޔެވެ؟

ދެބުމަ ގޮށްޖަހައިގެން އިނދެ އަހަރެން ފޯނު ނަގައި ސްކްރީނަށް ބަލާލީމެވެ. އަރާފައިވަނީ އެންމެ ނަމެކެވެ. ނަންބަރެއް އެއްޗެއްވެސް އަރާފަކާ ނެތެވެ. ‘ޑެލްޓާ’ އެވެ.

ފޯނު ނަގައި ކަންފަތުގައި ޖައްސާލުމާއެކު އަހަންނަށް ޑެލްޓާގެ އަޑު އިވިގެން ދިޔައެވެ. މިއީވާ ކުޅަދާނަ އިންސާނެކޭ އަހަރެންގެ ހިތަށްއެރިއެވެ.

“މޯނިންގް.”

އޭނާ އެންމެފުރަތަމަ ވެސް ބުނެލީ އެހެންނެވެ.

“ވަޓް؟”

އަހަންނަށް އެހެން އަހާލެވުނީ ތަންކޮޅެއް ރުންކުރު ރާގަކަށެވެ. އޭރުވެސް ކުރިން އިވުނު އަޑުފައްގަނޑުގެ ސަބަބުން އަހަރެންގެ ދެކަންފަތް ވަނީ ބަންވެފައެވެ. މީހަކު ރުޅިނައީއާ ދެރައެވެ. އޭނާ ހަމަ ގަސްތުގައި އަހަރެން ހޭލައްވާލުމަށްޓަކާ ކުރި ކަމެކެވެ. ޑެލްޓާ ކަހަލަ މީހަކަށް އެވަރުގެ ކަމެއް ކުރަން އުނދަގޫ ނުވާނެކަން އަހަންނަށް އެނގެއެވެ.

“ނިދާފަ އޮންނާނެކަން އިނގޭތީ މި ހޭލައްވާލީނު؟”

އެކޮޅުން އޭނާ ބުނެލި އަޑު އިވިގެން ދިޔައެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. އެއްޗެކޭ ބުނެގެން ވާނެ ފައިދާއެއް ނޯންނާނެކަން އެނގޭތީއެވެ.

“ރެޑީވެބަލަ ފަނަރަ މިނެޓު ތެރޭގަ. ވީ އާރ ގޮއިންގް ޕާޓީންގް.”

އެހެން ބުނުމަށްފަހު އޭނާ ފޯނު ކަނޑާލިއެވެ. ޕާޓީންގް؟ އަހަންނަށް ޗުސްތަޅާލެވުނެވެ. ދާން މިއުޅެނީ ކޮންތަނަކަށްކަން އަހަންނަށް މިހާރު އެނގިއްޖެއެވެ. އެއްކަލަ ބާރ އަށެވެ.

ތެދުވެ ލައިގެން ހުރި ކަނޑު ނޫކުލައިގެ ޓީޝާޓު ބޭލުމަށްފަހު އަހަރެން ފޮށިން ހުދުކުލައިގެ ގަމީހެއް ނަގައި ގަޔަށް މަހާލީމެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިގެންހުރެ އަހަރެން ކަރުގައި ނޫކުލައިގެ ބޯ ޓައީ އަޅާލީމެވެ. އެއަށްފަހު އޭގެމަތިން ކަޅުކުލައިގެ ކޯޓުލައި، ބޯ ރީތިގޮތަކަށް ސްޓައިލްކޮށްލީމެވެ. ހިތްހަމަޖެހޭވަރުވުމުން އަހަރެން ރިޒާމް އަލަށް އުފެއްދި ‘ކުރެދި’ ސެންޓުފުޅިން ގަޔަށް އެތިފޮދެއް ބުރުވާލީމެވެ. ތި ކިޔުނީ ހަމަ ރަނގަޅަށެވެ. ‘ކުރެދި’ ސެންޓެވެ. ރިޒާމް އެއަށް އެނަން ދިނީ ކީއްވެކަމެއް އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. ގައިމު އެއީ ކުރެދިން ހަދާފައިވާ ސެންޓެއް ނޫނެވެ.

ކޮޓަރީގެ ދޮރު ބާރަކަށް ހުޅުވިގެން ދިޔައީ އަހަރެން ލޯގަނޑު ކުރިމަތީގައި އެހުރި ގޮތަށް ހުއްޓައެވެ. ފަހަތަށް ނޭބުރިވެސް އަހަންނަށް އެއީ ޑެލްޓާގެ ކަމެއްކަން ޔަޤީންވިއެވެ. އޭނާގެ އެއްވެސް އަދަބެއް ސަދަބެއް ވެސް ނެތީ ހެއްޔެވެ؟ ގައިމު ޓަކި ޖަހާލިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟

“ޓަކި ޖަހާކަށް ނޭނގޭ….”

ފަހަތަށް އެނބުރެމުން އަހަރެން ރުޅިވެރިކަމާއެކު ފެށި ޖުމްލަ ހުއްޓުމަކަށް އައީ ދޮރުމަތީގައި ހުރި އަންހެންކުއްޖާގެ ސޫރާ ފެނުމުންނެވެ. ވަގުތުން އަހަރެންގެ މެއަށް ލޮޅުމެއް އަރައިގެން ދިޔައެވެ. ކަކުލު ހުޅުން ވާގިދާހެން ހީވާން ފެށުމާއެކު އަހަންނަށް ޑްރެސިންގް ޓޭބަލް މަތީގައި އަތް އަޅާލެވުނެވެ. އަތް އަޅާލެވުނު ގޮތަކުން އެތަނުގައި ހުރި ‘ކުރެދި’ ސެންޓުފުޅި ޓައިލްސްތައް މައްޗަށް ވެއްޓި ތަޅައިގެން ދިޔައީ ބާރު އަޑުފައްގަނޑަކާ އެކީގައެވެ.

އެ ދިގު އިސްތަށިގަނޑު ކޮނޑާހަމައަށް ކޮށައި، ގަދަ މުށި ކުލަ ޖައްސާފައިވީ ކަމުގައި ވިޔަސް އެއީ ހަމަ އޭނާއެވެ. އެ ދޮން ވަށް މޫނެވެ. އަދި އެ ރީތި ދެލޮލެވެ. އޭނާގެ ސޫރަ އަހަންނަށް ދުވަހަކުވެސް އޮޅިދާނެ ހެއްޔެވެ؟

“ކިހިނެއް ތި ހެދީ؟”

ތަޅައިގެން ގޮސްފައިވާ ސެންޓުފުޅިއާ ދިމާއަށް ބަލާލަމުން އޭނާ އަހާލިއެވެ. ނަމަވެސް އަހަންނަށް އޭނާ ކިޔާ އެއްވެސް އެއްޗަކަށް ސަމާލުކަން ދެވެނީކީ ނޫނެވެ. އެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އަހަރެންގެ ދެލޯ ފެންކަޅިވަމުން ދިޔައީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

“ހެލޯ؟”

އަހަރެން އެއްޗެކޭ ނުބުނުމުން އޭނާ އަނެއްކާވެސް ވާހަކަދެއްކިއެވެ. އޭނާ އަހަންނާ އެގޮތަށް އެ ވާހަކަދައްކަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންމީ ކާކުކަން އޭނާއަށް ނޭނގެނީ ހެއްޔެވެ؟ ނޫނީ އެނގޭކަމަށް ހަދަން ބޭނުންނުވަނީ ހެއްޔެވެ؟

ރަތް ކުލައިގެ ފައިތިލައާ ހަމައަށް އަރާ މާރމެއިޑް ޑްރެސްގައި އޭނާ ފެންނަލެއް ހާދަ ފުރިހަމައެވެ. އެ ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތްކުލައިގެ ސަބަބުން އެ ފުރިހަމަކަން އިތުރުކޮށްދެއެވެ.

އަހަންނަށް ބަލާކަށް ނުހުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަހަރެން އޭނާގެ ހަށިގަނޑުގައި ބާރަކަށް ބައްދާލީމެވެ. އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

“ޝުބާ…”

ވައި އަޑެއްގެ ސިފައިގައި އަހަރެންގެ އަނގައިން އެ ނަން ބޭރުވެގެން ދިޔައެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ޝީން (އެގާރަވަނަ ބައި)

Next

ކުރިން އެނގުނުނަމަ (ތިރީސްވަނަ ބައި)

Next
March 7, 2018

ކުރިން އެނގުނުނަމަ (ތިރީސްވަނަ ބައި)

Previews
March 7, 2018

ޝީން (އެގާރަވަނަ ބައި)

43 Comments!

  1. Liaa says:
    March 7, 2018 at 7:50 pm

    Hello guys! Mi part ves kamudhaane kamah Liaa ummeedhu kuran. 🙂

    Loves! <3

    1. Liaa says:
      March 7, 2018 at 8:14 pm

      Yes U first! 🙂

  2. Reemx says:
    March 7, 2018 at 7:57 pm

    Shubaa is alive now I am so happy with the story

    1. Liaa says:
      March 7, 2018 at 7:57 pm

      ?

    2. Reemx says:
      March 7, 2018 at 7:58 pm

      Me first dhw mifaharu

  3. Flower says:
    March 7, 2018 at 8:02 pm

    MY GODDDDD.I TOLD YOU .SHE IS SHUBA.Yageen aroon koa mahchah araane deltaa ge loabi clap eh.lol.varaaaaaah salhi.anebai avaaaas.

    1. Liaa says:
      March 7, 2018 at 8:15 pm

      Hehehe. Lets see dhw wat happens 🙂

  4. NAAZ says:
    March 7, 2018 at 8:12 pm

    Heevehje subaa gennanvegen kuri dhathurekey..v reethi thankolheh dhikoh genasdhybala ….next part avaskohdhehchey

    1. Liaa says:
      March 7, 2018 at 8:15 pm

      Tomorrow or day after tomorrow up kolladheynan 🙂

  5. Rifu says:
    March 7, 2018 at 8:18 pm

    Shubaaa ? i ah hee v ey eyru vxxx…wowoow.. this stry is amaizing…??

    1. Liaa says:
      March 7, 2018 at 9:13 pm

      Thank u Rifu ?

  6. rishy says:
    March 7, 2018 at 8:23 pm

    …….thank you liaa…..Shuba alive kohdhineema…..

    1. Liaa says:
      March 7, 2018 at 9:13 pm

      ?

  7. Hunter says:
    March 7, 2018 at 8:25 pm

    Thafaathu ???

    1. Liaa says:
      March 7, 2018 at 9:14 pm

      ?Shukuriyya

  8. shaxa says:
    March 7, 2018 at 8:28 pm

    Liaa v v v reethi furathama vaahaka Kiyan feshi iru faadakah foohivefa huree ekamun mihaaru v kiyaahih vehje avaha up kohdhechey

    1. Liaa says:
      March 7, 2018 at 9:14 pm

      Ehentha? Heekuran nimendhen ves kiyaalaane kamah ? Thank u

  9. Friends says:
    March 7, 2018 at 8:41 pm

    Friends ah hama heevi gothah shuba dhw eii.but eyna bunaane kan nyge miyy shuba eh nooney .stry hama v furihama.waiting 4 next part.

    1. Liaa says:
      March 7, 2018 at 9:15 pm

      Lets see dhw. Thank u dear ?

  10. Almaa says:
    March 7, 2018 at 8:48 pm

    V v salhiey mi part vs .thanks liaa

    1. Liaa says:
      March 7, 2018 at 9:15 pm

      Thankyw Almaa ?

  11. araash says:
    March 7, 2018 at 8:55 pm

    Shuba dhw aslu vc?nxt prt kiya hithun hureveny eh noon

    1. Liaa says:
      March 7, 2018 at 9:16 pm

      Thank u ?

  12. ssannwa?❤? says:
    March 7, 2018 at 9:04 pm

    Reethi ekam thankolheh kuru ingey

    1. Liaa says:
      March 7, 2018 at 9:17 pm

      Thank u. Liaa beynun vee e hisaabah up kuran. Ehenve eiy ?

  13. Zauna says:
    March 7, 2018 at 9:26 pm

    Deltaa aky legendeh . Hw ?
    Interesting dhw guys . ? can she be shuba?

    1. Liaa says:
      March 7, 2018 at 9:44 pm

      Thats right. DELTA’s name is all over the history book. Can She be shuba? ?

  14. Hana says:
    March 7, 2018 at 9:29 pm

    Shubaa.. alheyy ai tha shubaa.. .. dhen bana ah nuesnidheyne anehbai kiya hithun.. ?masha allah v reethi story❤❤?.. ekam thankolhe kuru?

    1. Liaa says:
      March 7, 2018 at 9:45 pm

      Thank u hana ?
      Alhey, ekamves nidhahchey. ?

  15. reysh says:
    March 7, 2018 at 9:50 pm

    Kurinves kahala ehcheh heeviye….shuba viyya egothah Jehsun kuraanee…hehe ?just loved it…

  16. ބުރޯ says:
    March 7, 2018 at 10:02 pm

    އަހަންނަށް ވަރަށް ފުން އަސަރު ތަކެއްކޮށްފި ކޮންމެ ޑެލްޓާގެ ފޮނިކަމަކުންނެއްވެސް ނޫން އަދި ކިއެއްތަ ޝުބާ ފެނިގެންނެއްވެސް ނޫން އެހެނަސް ކުރެދި ސެންޓްފުޅި ތަޅައިގެން ދިއުމުން ?

    1. Liaa says:
      March 8, 2018 at 9:41 am

      Hahaha! Ehentha? ?

  17. Reem says:
    March 8, 2018 at 8:04 am

    Varrah ves REETHI. ???

    1. Liaa says:
      March 8, 2018 at 9:41 am

      Thank u reem ?

  18. Ree? says:
    March 8, 2018 at 12:47 pm

    Yeeeiy im so happy? shuba is alive alhey dhen vaani kihiney baa heevani shubaa aroon egeykamah nuhadhaane heyn dhen oiyy part ah wait kuran dho jeheyni anyways waiting for the next part❤

  19. Ziya says:
    March 8, 2018 at 4:03 pm

    Miadhu up kohdheynan dho Liaa

  20. Ziya says:
    March 8, 2018 at 4:05 pm

    Story v reeThi

  21. teddy says:
    March 8, 2018 at 8:54 pm

    eyruves heeviyey delta eii shuba ey anekka eyna history foii ves furaign gadha anyways story vrh reethi

  22. leen says:
    March 8, 2018 at 9:44 pm

    Masha Allah v reethi vaahaka

  23. ssannwa?❤? says:
    March 9, 2018 at 3:56 pm

    Pis pis kobaa vaahaka

  24. ASH CHUM says:
    March 9, 2018 at 5:09 pm

    Varah salhi.waiting

  25. Liaa says:
    March 9, 2018 at 8:30 pm

    Mirey Up kolla dheynan. ?

  26. araash says:
    March 9, 2018 at 9:18 pm

    Stry kiya hithun nuhurevey

Comments are closed.

Next Episodeއަނދިރިފަރާތް 25←


All Right Reserved!