ރުއާންއަށް ގެއަށް ދެވުނުއިރު ރާއިނާއާއި ރީނާ ރުއާންގެ އިންތިޒާރުގައި ތިއްބެވެ. ރުއާންގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމެއް ރީނާއަކަށް ސިއްރެއް ނުކުރެވުނެވެ. ރީނާއަކީ ރުއާންގެ އުފަން މަންމައަށް ނުވި ނަމަވެސް ރުއާންއަށް އަންނަ ކޮންމެ ބަދަލެއް ރީނާއަށް ފާހަގަ ކުރާކަށް ގިނައިރުތަކެއް ނުނަގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އުމުރުން ހަތް ދުވަހުން ފެށިގެން ރުއާން ގެންގުޅެމުންއައީ ރީނާކަމަށް ވީތީއެވެ.
“ދޮންބެ ގަނޑު ހާދަ ދުވަހެއް ކޮށްލާފައޭ. އެންމެ ދެތިން ދުވަހަށޭ ކިޔާފަ ގޮސްފަ” ރާއިނާ ޝަކުވާ ކުރަންފެށިއެވެ.
“އާން ބުނީމެއްނު ކޮއްކޮގެ ވާހަކަ. ކޮބާ ކޮއްކޮ؟” ރުއާންގެ ފަހަތުން ކުއްޖަކު ވަދޭތޯ ބަލަން ހުރުމަށްފަހު ރީނާ އަހާލިއެވެ.
“ޒީކް އެގެއަށް ދިޔައީ. ފަހުން ގެންނާނީ” ކުރު ޖަވާބެއް ދިނުމަށްފަހު ރުއާން ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
“ދަރިފުޅާ މަޑުކުރޭ. ދޮންބެ ވަރުބަލި ވެފައި އެހެރީ” ރާއިނާ ރުއާންގެ ފަހަތުން ހިނގައި ގަތުމުން އަތުގައި ހިފައި ހުއްޓުވަމުން ރީނާ ބުނެލިއެވެ. ރާއިނާވެސް މަންމަގެ ބަސްއަހާ ކުޑަ ކުއްޖަކު ފަދައިން ރީނާ ބުނުމުން ސޯފާގައި އިށީދެއްޖެއެވެ.
ޒީކް ފެންވަރައިގެން ނިކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. މިއަދު އޭނާ ލައިގެން ހުރީ ފިޔާތޮށި ކުލައިގެ ޓޮޕް ކޮޅަކާއި ހުދު ކުލައިގެ ޖިންސެކެވެ. ގަޔަށް ފިޓްވެފައިވާ އެހެދުމުން ޒީކްގެ ހަށިގަނޑުގެ ވަނާތައް ފާޅުކަން ބޮޑު ގޮތެއްގައި އެނގެމުންދެއެވެ. ފުނާއެޅުމަށްފަހު ވޫލްކޮޅެއް ޖަހައި އިސްތަށިގަނޑު މައްޗަށް އައްސާލިއެވެ. ފަތާ ފެންގަނޑާ ދިމާއަށް ޒީކް ހިނގަމުންދިޔައީ ކޮޓަރި ތެރޭގައި ހުރެހުރެ ފޫހިވެގެންނެވެ. އެވަގުތު އެތަނުން ގޮނޑިއެއްގައި އޮށޯވެލައިގެން އޮތް އިޔާން ޒީކްގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު ޒީކްގެ މޫނު މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. މަޑުމަޑުން އިޔާން ކައިރިއަށް ޒީކް ގޮސް ހުއްޓުނުއިރުވެސް އިޔާންއަކަށް ހިލަމެއްނުވެއެވެ. ދެލޯމަރާލައިގެން އޮތް އިޔާންއަކަށް އެތަނަށް އެހެން މީހަކު އައި ކަމެއް ނޭގެއެވެ. ޒީކްގޮސް އިޔާންގެ ލޯމަތީގައި އަތްއަޅައިފިއެވެ. ޒީކްގެ އަތުގައި ހިފަމުން އިޔާން ކޮޅަށް ތެދުވެއްޖެއެވެ. ޒީކް ފެނުމާއެކު އިޔާންގެ މޫނަށް ވެރިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ މިސައިބާގެ ވާހަކަ ހަނދާން ވުމުންނެވެ.
“އިޔާން” ޒީކް އިޔާންއަށް ގޮވާލިއެވެ. އަދި ކައިރިއަށް ޖެހިލަމުން އިޔާންގެ އަތުގައި ހިފާލިއެވެ. އެވަގުތު އިޔާންގެ މޫނަށް ވެރިވި ރުޅިވެރިކަމާއެކު ޒީކްގެ އަތް ފޮޅުވާލައިފިއެވެ.
“ހިތަށް އެރިހާ ވައްތަރަކަށް އުޅެފަ މަ ފެންނައިރަށް ގަޔަށް ބޮލަށް އަރައިގަނެއޭ އެބަ. ތިކަހަލަ ގޮތެއް ފޮތެއް ނެތް ކުދިން ނުޖެހެއޭ މަ ކައިރިއަކަށް އަންނާކަށް. އެހެން ނޫނަސް އަހަރެން ދެން ބޭނުމެއްނޫން ތިކަހަލަ ފައިސާއަށް ވިކޭ އަންހެން ކުއްޖަކާއެކީ ދިރިއުޅުން ވޭތުކޮށްލާކަށް. މާދަން ނޫން ކަމެއް ނޭނގެ އެހެން މީހަކު ފެންނާނީ” އިޔާން ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައިރުވެސް ޒީކް ހުރީ ވާނުވާ ނޭގިފައެވެ.
“ކާކު ތިކަހަލަ ޗީޕް އަންހެން ކުއްޖަކާ އިންނާނީ” އިޔާން މަލާމާތުގެ ގޮތަކަށް ހީލަމުން ބުނެލިއެވެ.
“އިޔާން ތިކިޔާ އެއްވެސް އެއްޗެއް ނުވިސްނުނު” އިޔާން ހިނގައިގަތުން ޒީކް ފަހަތުން ގޮސް އިޔާންގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު ޒީކްގެ އަތް ނައްޓާލަމުން ޒީކްއާއި ކުރިމަތިލިއެވެ. އަދި ޒީކްގެ ކަންކަށި މައްޗަށް އިޔާންގެ އަތުގެ ވަރުގަދަ ހަމަލާއެއް އަރައިގެން ދިޔައެވެ. ވީ ތަދެއްގެ ބޮޑުކަމުން ޒީކްގެ އަނގައިން ވޭނީ އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ލޮލުން ފޭދުނު ކަރުނަތައް ފޮހެލަމުން މޫނުގައި އަތުން ފިރުމާލެވުނެވެ. އިޔާން އެތަނުގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުނުކޮށް ނިކުމެގެން ދިޔައީއެވެ.
އިޔާން ސައިކަލުގައި ދުއްވަމުންދިޔައީ ދާނެ ވަކި މިސްރާބެއް ނެތިއެވެ. ލޮނުޒިޔާރަތް ކޮޅު ތޮށިގަނޑު ކައިރިއަށް ސައިކަލު މަޑުކޮށްލަމުން ސައިކަލުމަތީގައި މޫދާއި ދިމާއަށް މޫނު ލައިގެން ހަމަޖެހިލައިފިއެވެ. ކަނޑުން ނަގަމުންދިޔަ ބޮޑެތި ރާޅުތަކާއި ދިމާއަށް ބަލަހައްޓައިގެން ގެއްލިފައި އިނެވެ.
“ސަރ މިތާ” ނީލާގެ އަޑަށް އިޔާން ސިއްސައިގެން ގޮސް ބަލާލިއެވެ.
“ނީލާ މިތާ ކީއްކުރަނީ” އިޔާންވެސް ކޮށްލީ ސުވާލެވެ.
“މިތަނަށް ހަވީރު ގަޑީގައި އައީމަ ވަރަށް ހިތްހަމަޖެހޭ” ނީލާ ބުނެލިއެވެ.
“ޒީކް އައިސްފި ދޯ މިއަދު” ނީލާ އެހެން ބުނެލުމުން އިޔާންއަށް ސުވާލުގެ ނަޒަރަކުން ނީލާއަށް ބަލާލިއެވެ.
“ހޫމް” އިޔާންގެ ޖަވާބު ކުރެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ބޭނުމެއްނުވިއެވެ.
“ސަރ ޕްލީޒް އަޅުގަނޑު ބުނަން މިއުޅޭ ވާހަކަ އަޑުއަހާފަ ދޭބަލަ” އިޔާން ސައިކަލު ސްޓާޓް ކުރުމާއެކީ ނީލާ ބުނެލިއެވެ. ނަމަވެސް އިޔާން ޒީކްއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް އަޑުއަހާކަށް މިއަދު ބޭނުމެއްނޫނެވެ.
“ސަރ ތިހީ ކުރާ ކަހަލަ އެއްވެސް ކަމެއް ޒީކް ނުކުރޭ. ހުރިހާވެސް ކަމެއް ކުރީ އަލްޔަންއާއި ރުއާން” ނީލާ އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. އިޔާންއަށް އެއަޑު އިވުމާއެކީ ބުރެކި ޖައްސާލެވުނެވެ. އަދި ސައިކަލް ޕާކް ކުރުމަށްފަހު ނީލާއާއި އެކުގައި ތޮށިގަނޑު މަތީގައި އިށީދެއްޖެއެވެ. ނީލާ ދެއްކި ވާހަކަތައް ކަނުލައި އަޑުއަހަން އިޔާން އިނެވެ. ނީލާ ހުރިހާ ވާހަކައެއް ކިޔައި ދިނުމަށްފަހު އެތަނުން ދިޔުމުންވެސް އިޔާންއަށް ގެއަށް ދާން ވެސް ނޭނގިފައި އިނދެވުނީއެވެ. އޭނާއަށް ޒީކްގެ ލޯތްބަށް އިތުބާރު ނުކުރެވުނީތީ ދެރަވެފައެވެ. ދެން އޭނާ ޒީކްއާއި ކުރިމަތި ލާނީ ކޮން މޫނަކާއިގެން ހެއްޔެވެ. އިޔާންއަށް އޭނާގެ އަތަށް ބަލާލެވުނެވެ. ޒީކްގެ ކަންކަށި މަތީގައި އޭނާގެ އަތުން ޖެހުނު ހަނދާން ވުމާއެކު އިތުރަށް ދެރަވެއްޖެވެ. ނިކަމެތި އަންހެން ކުއްޖަކަށް އަނިޔާވެސް ނުރެވުނީއެވެ. ނަމަވެސް ދިފާއުގައި ޒީކް ވާހަކަ ނުދެއްކީ ކީއްވެގެން ބާއޭ އިޔާންގެ ހިތަށް އެރިއެވެ. އެވަގުތު ޒީކް ބުނެލި ޖުމްލަ އިޔާންގެ ހަނދާނަށް އައުމާއެކު ލޮލުން ކަރުނަ ފޭދެން ފަށައިފިއެވެ. ޒީކްއަށް ވިސްނޭނީވެސް ކިހެނެއް ހެއްޔެވެ. ޒީކް އޭނާއަށް މާފްކުރާނެބާވައެވެ. ފެންނަ މަންޒަރު ހަގީގަތަށް ނުވެދާނެކަން އަބަދުވެސް އޭނާ ދަނެއެވެ. ނަމަވެސް ލޯބީގައި އޭނާއަށް އެފަދަ ކުށެއް ކުރެވިދާނެކަމަކަށް ކުރިން ގަބޫލެއް ނުކުރެވެއެވެ.
10224 Comments
Comments are closed.
Lily
March 6, 2018 at 10:33 pmVarah reethi…but haadha kurey…thankolheh dhigukohla dhybaa
riya
March 8, 2018 at 10:40 pmthank u 🙂 baeh part thah maa kuru hen heevany dhw
Aki
March 6, 2018 at 10:44 pmdhooni haadha kurey mi part
riya
March 8, 2018 at 10:41 pmmi part thah maa kuru hen heevany dhw
shaan
March 6, 2018 at 10:54 pmhaada kureyyyyy
riya
March 8, 2018 at 10:41 pmmi part thah maa kuru hen heevany dhw
Hanaan
March 6, 2018 at 10:56 pmZeek and iyan dho? Konme gotheh viyas reethivaane. Vaahaka v. Reethi
riya
March 9, 2018 at 10:45 pmThank u 🙂 lets see what is going to happen
Blue beauty
March 7, 2018 at 12:27 amV reethi ekam kuree…. xeek are iyaan gulhuvaanee dhw riya dhooni…keep it up
riya
March 9, 2018 at 10:45 pmThank u 🙂 lets see what is going to happen
Reem
March 7, 2018 at 7:07 amRiya dear story is 2 small but very nice maasha allah. Xeek aai iyan gulhuvachey ingey .keep it up
riya
March 9, 2018 at 10:47 pmThank u 🙂 lets see what is going to happen
Friends
March 7, 2018 at 9:06 amMi part haadha kurey dear.eh vess kahala haasa kameh nuhigaa mi part ga.friends ah heevany ehen vany stry ma bodah kuru v ma dhw.ekam stry v nice. Ummeedh kuran next part dhigu koh dheyne kamah.keep it up.
Have a great day.???????
riya
March 9, 2018 at 10:48 pmthank you 🙂
i agree kuru kamah
Pinky shifoo
March 7, 2018 at 1:56 pmMi part v reethi ???… Alhey haadha dherayey ???… Iyaanvx hageegai nubalaa ehen hadhaakah nuvaane ehnu ??… Waiting for next part…
riya
March 9, 2018 at 10:49 pmthank you 🙂 for waiting
i agree
naayal
March 7, 2018 at 4:17 pm❤❤❤ v reethi but maa kury.. alyan and zeek gulhuva dhehchey..
riya
March 9, 2018 at 10:49 pmThank u 🙂 lets see what is going to happen
Haifa
March 7, 2018 at 7:09 pmI think alyan ge kokko akha hen emme fahun zeek waany. Aalin is zeek nd ruaan ge wes dad hen heewany
riya
March 9, 2018 at 10:50 pmlets see what is going to happen
Minna
March 7, 2018 at 8:26 pmWow Riya..??
But haadha kurey..
Dhn part eh dhigu kohla dheithi???
riya
March 9, 2018 at 10:51 pmthank you 🙂
i agree kuru kamah
Icy
March 7, 2018 at 8:28 pmNice
But next part dhigu kolla dheythi ingey
waiting for next part
riya
March 9, 2018 at 10:51 pmthank you 🙂
i agree kuru kamah