Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (ނަވާރަވަނަ ބައި)

shan Level 410 Stories100 Comments500 Comments100 Login
March 11, 2018 10 Mins Read
44 Comments

“..ތީގެ މާނައަކީ ނިހާއަކީ އިލްހާމްބެގެ..” ފައިރޫޒްއަށް އެ ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ.

އިލްހާމްއަށް ލިބުނު ޝޮކުގައި ދެލޯ ބޮޑުކޮށްލެވުނެވެ. އެވަގުތު އިލްހާމްގެ ނަޒަރު ނިހާއަށް ސީދާވިއިރު، ނިހާގެ މޫނުމަތިން އޭނާއަށް ފެނުނީ ހައިރާންކަމުގެ ކުލަވަރެވެ. ނިހާއަކީ އޭނާގެ ދަރިއަކަށް ވެދާނެ ހެއްޔެވެ؟ ފުރަތަމަވެސް އޭނާގެ ހިތަށް އެރި ސުވާލަކީ އެއީއެވެ. އިލްހާމް ވިސްނާލިއެވެ. ނިހާ އޭނާގެ ދަރިއަކަށްވުމުގެ ފުރުޞަތު އޮތްހެން ހީވުމުން ހިތަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. ނިހާގެ އެހުންނަ ގޮތް ދޫނުކުރުމުގެ ސިފައާއި ޖެހިލުންކުޑަކަން އެއީ އޭނާގެ ފުށުން ވާރުތަވެފައިވާ ސިފަތަކެއް ހެއްޔެވެ؟ އެއީ ހަމަ އޭނާގެ ދަރިއެއް ހެއްޔެވެ؟ ނޫނެކެވެ. ނިހާ އެއީ އޭނާގެ ދަރިއެއްނަމަ ސަފީނާ އެވާހަކަ ސިއްރެއް ނުކުރާނެއެވެ. ކޮންމެވެސް އެއް ގޮތަކަށް ސަފީނާ އެ ހަޤީޤަތް ހާމަކުރީހެވެ. ވީއިރު އިބްރީސްގެ އުނދަގޫ ނިހާއަށް ފޯރަމުން އެދަނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ދަރިއަކަށްވީމާ ނޫން ހެއްޔެވެ؟ އިބްރީސް ނިހާގެ ފަހަތުން އަޅުވާލުމުގެ ފަހަތުގައި އިތުރު ސަބަބެއް އޮވެދާނެބާއެވެ؟ އިލްހާމްގެ ވަންހަނާ ވެފައިވާ ސިއްރުތައް ފަޅާއަރުވާލުމަށް ނިހާ ދޮގެއް ހެދީއޭވެސް އިލްހާމްގެ ހިތަށް އެރިއެވެ. ތަފާތު އެތަކެއް ހިޔާލުތަކަކުން އިލްހާމްގެ ހާސްކަން ބޮޑުވެ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައި އޭނާއަށް ހުރެވުނީ ގޮތެއް ނިންމަން އުނދަގޫވެގެންނެވެ.

“..ކީކޭ! ނިހާއަކީ ބައްޕަގެ ދަރިއެކޭ.!” ނަޒީލްގެ އަޑަށް އިލްހާމް ސިހުނެވެ.

އިލްހާމްއާ ދިމާއަށް ފާޑަކަށް ބަލަމުން އައިސް ނަޒީލް ހުއްޓުނެވެ. ނިހާވެސް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރުމުން އިލްހާމްއަށް އުނދަގުވާ ގޮތްވިއެވެ. އިލްހާމްގެ މޫނު މައްޗަށް އަރާފައިބަމުން ދިޔަ ހުރިހާ ކުލަވަރެއް ނިހާ ފަރުވާތެރިކަމާއެކު ތަރުޖަމާކުރަމުން ގެންދިޔައެވެ. އިލްހާމްގެ ނުތަނަވަސްކަން އިތުރު ވިއެވެ.

ނިކާލް ހިތްހަމަނުޖެހިފައި ހުރެ ފައިރޫޒްއަށް ކަޅި އަޅާލިއެވެ. ބައްޕަޔާ ދޭތެރޭ އެފަދަ ނުބައި ހީއެއް ހީކޮށް އެވާހަކަ އެންމެންގެ ކުރިމަތީގައި ބުނަން ކެރުނީތީ ހައިރާން ވެއްޖެއެވެ. ބައްޕަ ކިހާ ލަދެއް ގަންނާނެ ހެއްޔެވެ؟ ނިހާ އޭނާގެ ކޮއްކޮއަކަށް ނުވާނެއެވެ. އެހެން އެކަން ވެދާނެޔޭ ހިތަށް އަރުވާލިޔަސް އޭނާގެ މުޅިގައިން ހީބިހި ނަގައިގެން ދެޔެވެ. ނިކާލް ކެތްތެރިކަމެއް ނެތި ބައްޕަގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

ނިކާލްގެ މޫނުމަތިން ހިތްހަމަނުޖެހުމެގެ އަސަރު ފެންނަމުން ދިޔަ ކަމުގައިވިޔަސް، ދެންތިބި އެންމެންގެ ނަޒަރު ޝައްކުން ފުރިފައިވާތަން ފެނި އިލްހާމް ލަދުގަނެ ހާސްވާގޮތްވިއެވެ. މުޅި ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަމަކީ އަންނަން އޮތް ބޮޑު ތޫފާންގެ އިންޒާރެއްބާއެވެ؟ އިލްހާމްގެ ހިތުތެރޭގައި ބިރުވެރި ރާޅުބާނީތައް ނަގަންފެށިއެވެ. ނަމަވެސް އޭނާ އެ އިހްސާސްތައް ފާޅުނުކޮށް ފަރުދާކޮށްލީ ހުށިޔާރުކަމާއެކުއެވެ.

“..ޗީ! ޗީ!..” އިލްހާމް އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. “..ކަލޭމެން ހިތަށް ތިކަހަލަ އެއްޗެއް އަރުވަން ލަދެއްވެސް ނުގަނޭތަ! ނިހާއަކީ ހަލާލު ގޮތުގައި ވަސީމަށާއި ސަފީނާއަށް ލިބިފަހުރި ކުއްޖެއް! މަށާ ސަފީނާއާއި އެކަހަލަ!… ތިކަހަލަ ހަޑި މުޑުދާރުވާހަކަ ދައްކަން ހެޔޮވާނެތަ؟ ޗީ! ފައިރޫޒް ކަލޭ ލަދެއްވެސް ނުގަނޭތަ؟..”

ނިކާލަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަޒީލް އަދިވެސް ހުރީ ޝައްކެއްގެ މަތީގައެވެ. ނިކާލަށް ނޭގުނަސް ބައްޕަގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ބައްޕަގެ ހުރި “މާތްކަން” އޭނާއަށް އޮތީ ފެނިފައެވެ. ބައްޕަގެ ދަރިއަކަށް ނިހާ ވެދާނެކަމަށް ނަޒީލަށް ޤަބޫލުކުރެވެއެވެ.

އިބްރާހީމްބެ ބުނެފައިވާ ވާހަކައެއް ނިކާލްގެ ހަނދާނަށް އަޔެވެ.

“..ޖިންނިންނަކީ ވަރަށް ދޮގުހަދާ ބައެއްނު!..” ނިކާލް ބުނެލިއެވެ. “..މިއާއިލާތެރޭ ހަމަނުޖެހުން އުފައްދަން ކީ މޮޅު އެއްޗަކަށް ތިވާނީ..”

“..މާފްކުރޭ!! އިލްހާމްބޭ! ނިހާ އެ ބުނި އެއްޗަކުން އަހަންނަށް ވިސްނާނުލާ އެހެން ބުނެވުނީ!..” ފައިރޫޒް ކުށްވެރިޔެއްހެން އިސްޖަހާލިއެވެ. އިލްހާމްބެއާމެދު އެފަދަ ނުބައި ހީއެއް ކުރެވި، އޭނާގެ ދުލުން ބޭރުވި ބަސްތަކާމެދު ފައިރޫޒު ހުރީ އިންތިހާޔަށް ލަދުގަނެފައެވެ.

“..ލަމްޙާ ނެތް ދުނިޔެއެއްގައި އިލްހާމްއަށް ލިބޭ އަންހެންދަރިއެއް ހިބައިން ލިބޭގޮތަށް އެއްބަސްވެވިފައި އޮތުން! އެއީ ވެދާނެކަމެއް! އެ ވެދާނެ ހަމަ ތެދަކަށްވެސް! މަށަށް ހީވާގޮތުން އިބްރީސްގެ ދުވަސް ދުއްވާނުލާ އޭނާ ކަސްތޮޅު އަޅުވާފައިހުރީ، އިބްރީސް ނެތް ދުނިޔެއެއްގައި އެބުނާ ކުއްޖަކަށް ޖެއްސުންކުރަން އިބްރީސްގެ އާއިލާއިން އެހެން ޖިންނިއެއް އަތުވެދާނެތީ! އެހެންވީމަ ތިބުނާ އިޤްރާރުނާމާއަކާއި އިބްރީސް ކަސްތޮޅު އަޅުވާފައި ހުރުމާ އޮތް ގުޅުން އެބަ ފެނޭ! ނިހާ އެދެއްކި ވާހަކަތަށް މަށަށް ޤަބޫލުކުރެވޭ!..” އިބްރާހީމްބެގެ ވިސްނުން އޭނާ ހާމަކޮށްލިއެވެ.

އެންމެންގެ ތެރެޔަށް ވެރިވެގެން ދިޔައީ މަރުފަދަ ހަމަ ހިމޭންކަމެކެވެ. އިބްރާހިމްބެގެ ވާހަކައިން އެންމެންގެ ހިތުތެރޭގައި އުފެދިފައިވާ ޝައްކު ބޮޑުވެގެން ދާނެކަން އެނގުމުން އިލްހާމް ކަންބޮޑުވިއެވެ. އިބްރާހީމްބެވެސް އެ އުޅެނީ ކޮންމެވެސް ކަމެއްގެ ބަދަލު ހިފަންހެން އޭނާއަށް ހީވިއެވެ. އެހެން ނޫންނަމަ އޭނާ ވާހަކަ ދައްކާނީ އިލްހާމާ އެއްކޮޅަށެވެ. މަސައްކަތް ކުރާނީ އެންމެންގެ ތެރޭ އޭނާ ދިފާއުކުރުމަށެވެ.

“..ދެން ކަލޭ ތިބުނަނީ ނިހާއަކީ މަގޭ ދަރިއެކޭތަ؟..” އެހެންމީހަކު އެއްޗެއް ބުނުމުގެ ކުރިން ހިންހަމަނުޖެހިފައި ހުރެ އިލްހާމް އަހައިލިއެވެ.

އިބްރާހީމްބެ މަލާމާތުގެ ފާޑަކަށް އެއްމިޔަކަނުން ހީލިތަން އިލްހާމްއަށް ފެނުނެވެ. އިލްހާމް ނުތަނަވަސްވުމުން އޭނާއަށް އުފަލެއް ލިބެނީ ހެއްޔެވެ؟

“..މަށެއް އެހެނެއް ނުބުނަމެއްނު!..” އިބްރާހީމްބެ ކުޑަކޮށް ހީލާފައި ބުންޏެވެ. “..އެހެން ސަބަބެއްވެސް ތީގަ އޮވެދާނެ! ދެން މިވާހަކަތައް ދައްކާނީ މާދަމާ! މަ ހުރިހާކަމެއް ބަލާފައި މާދަމާރޭ އިރާކޮޅު މިގެޔަށް އަންނާނަން! ދެންވެސް ލަސްނުކޮށް ވީ އެންމެ އަވަހަކަށް މިގޭތެރެ ހުސްކޮށް ކަލޭމެން ނިކުންނަން އުޅޭ!.. މިވަގުތު އިބްރީސްގެ ބާރު ވަރަށް ދަށްވާނެ! އޭތީގެ އުނދަގުލެއް ނުޖެހި ކަލޭމެންނަށް ނިކުންނަށް ފަސޭހަވާނީ ވެސް މިހާރު އެކަމާ އުޅުނިއްޔާ!..”

ނިހާ އަތުލަފިކޮށްގެން ފައިރޫޒްއާއި ނިކާލް ހިނގައިގަތެވެ. އޭރުވެސް ނިހާގެ ނަޒަރު ހުރީ ސީދާ އިލްހާމްއަށް ހުއްޓިފައެވެ. އިލްހާމްގެ ކުރިމަތިން ހުރަސްވި ހިސާބުން ފަސް އެނބުރިވެސް ނިހާ ބަލަމުން ގެންދިޔައީ އޭނައާ ދިމާލަށެވެ. ނިހާ އެވަރަކަށް އޭނާއަށް ބަލަމުން އެދަނީ ކިހިނެއްވެގެން ހެއްޔެވެ؟ ނިހާގެ ބައްޕައަކީ އިލްހާމްކަމަށް ނިހާ ޤަބޫލުކުރަނީބާއޭ އިލްހާމްގެ ހިތަށް އެރުމުން ބިރު ގަންނަ ގޮތްވިއެވެ.

**********

އިބްރާހީމްބެ ދިން ފެންތަށިން އެއްބައި ބޯންދިނުމާއެކު އިންޝާގެ ބަނޑަށް ފެތުރިފައިވާ ތޫނު ތަދު ކެނޑުނެވެ. އެޔާއެކު އިންޝާގެ ދެލޯ މެރުނު ގޮތަށް ލޮލެއް ނުހުޅުވިއެވެ. ޞަފިއްޔާ ހާސްވެފައި އިނދެ އިންޝާގެ މުޅި ގައިގައި ފެންތަށީގައި ބާކީ ހުރި ބައި އުނގުޅިއެވެ. ޞަފިއްޔާގެ ތުރުތުރުލަމުން ދިޔައަތުން އިންޝާގެ ކޯތާފަތްމަތީ މަޑުމަޑުން ތަޅާލިއެވެ. އިންޝާގެ އެއްވެސް ހަރަކާތެއް ނެތުމުން ޞަފިއްޔާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ޞަފިއްޔާ ބޭނުންވީ އިންޝާ ވަގުތުން ހޮސްޕިޓަލަށް ގެންދާށެވެ. އިލްހާމްއަށް ގުޅާފައި އެ ހަބަރު ދިނުމުން އިންޝާ އަރާމުކުރުމަށް ގޭގައި ބޭއްވުމަށް އިބްރާހީމްބެ ބުނެފައިވާކަމަށް އިލްހާމް ބުންޏެވެ. ޞައްތާރުވެސް ލަފާދިނީ އިންޝާ އަރާމުކޮށްލުމަށް ގޭގައި ބޭއްވުމަށެވެ. މަރުޖީނާގެ އެދުމަށް އެގޭގައި ހުސްކޮށް ހުރި ކޮޓަރިއަކަށް އިންޝާ ބަދަލުކުރެވުނެވެ. އިންޝާ ލޯ ހުޅުވާލާނެ އިރެއްގެ އިންތިޒާރުގައި ޞަފިއްޔާ ސިޓިންގ ރޫމުގައި އިނެވެ. މަރުޖީނާ އުޅުނީ އިންޝާ ހޮޑު ލައިފައި ހުރި ތަން ސާފުކުރުމުގައެވެ. އެކަމުގައި ދީޕިކާވެސް އޭނާއަށް އެހީތެރިވަމުން ދިޔައެވެ.

“..ކަޅު ކުލައިގައި ހޮޑު ހުރުން މީ އެއްގޮތަކަށްވެސް ރަނގަޅު ފާލެއްނޫން! މީ ވަރަށް ނުރައްކާކަމެއް! ޞަފިއްޔާއަށް ހީވަނީ ކިހިނެއްތަ؟..” މަރުޖީނާ މޮޕް ހިފައިގެން އައިސް ޓައިލްސްމަތީ ކާތަމުން ވާހަކަ ދެއްކިއެވެ.

“..ނޭނގެ މަށަކަށް..” ޞަފިއްޔާ ދިނީ ކުރު ޖަވާބެކެވެ.

“..މަށަށް ހީވާ ގޮތެއް ބުނަންތަ؟..” މަރުޖީނާ ބުންޏެވެ. “..މަށަށް ހީވަނީ އިންޝާ ބަނޑުބޮޑީހެން! އެވެސް ޖިންނިއެއްގެ ދަރިޔަކަށް..”

ޞަފިއްޔާ އެއްވެސް ޝައުގުވެރިކަމެއް ނެތި މަރުޖީނާއަށް ބަލަހައްޓައިގެން އިނެވެ. އިންޝާއަށް ދިމާވި ކަންތައްތަކަކީ ޖިންނި ފަރާތު ކަމެއްކަން ޚުދު ޞަފިއްޔާވެސް ޤަބޫލުކުރެއެވެ. ޞައްޠާރުވެސް ބުނީ އެއީ އިބްރީސްއާ ގުޅުންހުރި ކަމަކަށް ވެދާނެކަމުގައެވެ. ނަމަވެސް އެޔަކީ މަރުޖީނާ އެބުނާ ޒާތުގެ ކަމެއް ނޫނެވެ. މަރުޖީނާއަކީ މާ މޮޅަށް ކަންތައްތައް އެނގިގަނެގެން އުޅޭ އަންހެނެކެވެ. ކަޅު ހޮޑާއި ޖިންނީންގެ ދަރިއަކަށް ބަލިވެ އިނުމާ ގުޅުމެއްވާނަމަ މަރުޖީނާއަށް ވުރެ ބޮޑަށް އިބްރާހީމްބެއަށް  އެކަން އެނގޭނެއެވެ. އިބްރާހީމްބެ އެފަދަ އެއްޗެއް ބުނެފައެއް ނުވެއެވެ. ޞަފިއްޔާ ބަލަހައްޓައިގެން އިންގޮތުން އޭނާ ދެއްކި ވާހަކަ ޞަފިއްޔާ ޤަބޫލުނުކުރާކަން މަރުޖީނާއަށް އެނގުނެވެ.

“..ޞަފިއްޔާ ނުކުރާނެ ވީއްޔާ ޤަބޫލެއް..” މަރުޖީނާ މޮޕް ބަހައްޓައިފައި އައިސް ޞަފިއްޔާ ގާތުގައި އިށީނެވެ. “..ޞަފިއްޔާ އަޑެއް ނާހަމުތަ! މި އުޅޭ އިބިލީސް އާދަނު ގޯތި ހައްވާދިޔެ އަށްވެސް ހަމަ ވީ ތިޔަހެނޭ! އެންމެފަހުން ފަންޑިތަ ހަދައިގެން ބެލިއިރު ޖިންނިއެއް ހުރީ ހައްވާދިޔެއާ ބެހިފައި! ބަނޑުވެސް ބޮޑު! އަދި މަގޭ މާމަވެސް ޖިންނިއެއްގެ ދަރިއަކަށް ބަލިވެއިނޭ! މާމަވެސް އޭރު ލާ ހޮޑު ހުންނާނީ ހަމަ ކަޅުތެޔޮ ގަނޑެއްހެން! އެކަމުގައި އުޅެ މާމަވެސް އެ ހައްވާދިޔެވެސް މިދުނިޔެ އަޅާ ދިޔައީ!..”

“..ދެން މަރޫ! އެއީ ތިކަހަލަ ކަމެއް ނޫނޭ!..” ޞަފިއްޔާ އިތުރަށް އެކަމާ ބަހުސްކުރަން ބޭނުން ނުވާތީ، ކުރު ޖަވާބެއް ދިނުމަށްފަހު އިންޝާގެ ހަބަރެއް ބެލުމަށް ކޮޓަރިޔަށް ދިޔައެވެ. މަރުޖީނާއަށް ދެފަރާތަށް ބޯހޫރުވާލެވުނީ ޞަފިއްޔާގެ ވިސްނުން ކޮށި ކަމުންނެވެ. އާންމު މަޢުލޫމާތުގެ ޒައްރެއްގެ މިންވަރުވެސް ޞަފިއްޔާގެ ނެތީއެވެ. ޞަފިއްޔާ ޤަބޫލުކުރާ ގޮތުގައި މަރުޖީނާ ދެއްކީ ތުންތުން މަތިން އިވޭ “ފުލޯކު” ވާހަކަތަކެކެވެ.

*********

ޞައްތާރު މަގު ހުރަސްކޮށްފައި ސުނޯ ހައުސް ކައިރިއަށް ދިޔައިރު އިބްރާހީމްބެ ވާހަކަތަކެއް ދައްކަން ހުއްޓެވެ. ނިކާލް އެވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޮލުން އިޝާރާތްކުރަމުން ދިޔައެވެ. ފައިރޫޒްވެސް އެވާހަކަތަކަށް ސަމާލުކަންދީގެން ކަނުލާ އަޑުއަހަން ހުއްޓެވެ. ޞައްތާރު ގޮސް ފައިރޫޒް ގާތު ހުއްޓިލިއެވެ.

“..މިރޭ އެއްގޮތަކަށްވެސް ނިހާ ބޭރަށް ނުނެރޭތި!..” އިބްރާހީމްބެ ބުންޏެވެ. “..އިންޝާއަށް ދިމާވި ކަންތަކުން ޔަޤީންވެއްޖެ އިބްރީސްއަށް ގޯތިން ބޭރުގައި ތިބޭ މީހުންނަށްވެސް ބާރު ފޯރުވޭކަން! އެހެންވީމަ ނިހާއަށް ފާރަވެރިވާތި! ކޮޓަރީގައި ޤްރުޢާން ޖަހާފައި ބަހައްޓާ!.. މާދަމާ ރޭ އިބްރީސް ނައްތާލެވޭނެ ގޮތަކާއި، އޭނާއާ ބެހޭ ހުރިހާ މަޢުލޫމާތެއް އެއްކޮށްގެން މަ އަންނާނަން! އަދި ބުނަން މަށަކަށް ނުފެނޭ އިންޝާގެ ހޭވެރިކަމެއް ނެތިއްޔާ އޭނަވެސް ބޭރަށް ނެރޭކަށް!..”

އިލްހާމް ޞަފިއްޔާއަށް ގުޅުމަށްފަހު، އިންޝާ ގެއިން ބޭރަށް ނެރުމަށް ނުފެންނަ ކަމަށް އިބްރާހީމްބެ ބުނެފައިވާތީ މަރުޖީނާ ގޭގައި ޞަފިއްޔާ އާއި އިންޝާ މަޑުކުރުމަށް ބުންޏެވެ. ޞަފިއްޔާ އެކަނިމާއެކަނި ހުންނަން ޖެހިލުންވާކަމަށް ބުނެ ޞަފިއްޔާގެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެ ގެޔަށް ނަޒީލް ފޮނުވުމަށް ޞަފިއްޔާ އެދުނެވެ. ނަޒީލް އިންޝާ ގާތުގައި މަޑުކުރަން ބޭނުންވުމުން އިލްހާމް އެކަމަށް އެއްބަސްވިއެވެ.

ނަޒީލް ގޮސް މަރުޖީނާ ގޯތި ތެރެއަށް ވަނުމުން، އިލްހާމް ސްނޯހައުސް ގޯތިތެރެއަށް ވަދެ، ކާރު ނެރުނެވެ. ނިކާލް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމަށްފަހު ނިހާ ގާތު އެތެރެއަށް ވަނުމަށް ބުންޏެވެ. އިސްޖަހާލައިގެން ހުރެ ނިހާ އެތެރެއަށް ވަނެވެ. ނިކާލް ފަހަތު ޝީޓަށް އަރައި ހަމަޖެހިލުމާއެކު ޞައްތާރު އެރީ ކާރުގެ ކުރީ ޝީޓަށެވެ. އިލްހާމް ކާރު ސުޓާޓްކޮށްލުމަށްފަހު ޞައްތާރުމެން ގެޔަށް ދިޔުމަށް މިސްރާބު ޖެހުމާއެކު، ފައިރޫޒް އިބްރާހީމްބެ ގެޔަށް ގެންދިޔުމަށް ސައިކަލުގައި ދަތުރު ފަށާފިއެވެ.

ނިހާ ޝީޓުގައި ލެނގިލައިގެން ދެލޯ މަރައިގެން އޮތެވެ. ކައިރީގައި އިން ނިކާލް އިރުއިރު ކޮޅުން ނިހާގެ މާޔޫސްވެފައިވާ މޫނަށް ބަލާލައެވެ. ނިހާ ހިތަށް އަރާ ފައިބަމުންދާ އެއްޗެއް ނިކާލަށް ނޭގުނު ނަމަވެސް ނިހާގެ ހިތަށް ކުރާނެ އަސަރު އޭނާއަށް އިޙްސާސްވެއެވެ. ސިކުނޑިއަށް ބާރު ބޮޑުވާނެ ވަރު އަންދާޒާ ކުރެވެއެވެ. މިވޭތުވެ ދިޔަ ދެތިން ދުވަހު ނިހާގެ ހަޔާތަށް އައިސްފައިވާ ޒަލްޒަލާގެ ސަބަބުން ހަމަޖެހިލައިގެން އުޅޭނެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. ތޫފާނަކަށްފަހު ތޫފާނަކާ ނިހާ ކުރިމަތިލަމުން އެދަނީ އެއްވެސް އިހްތިޔާރެއް ނެތިއެވެ. ގެޔަށް ވަގަށް ވަން މީހަކު އަދިވެސް ފައިރޫޒްއަށްވެސް ހޯދިފައެއް ނުވެއެވެ. އިބްރީސްގެ ކިބައިން ސަލާމަތްނުވެ ނިހާ ޖައްސާ “މޮޔަ” ވައްތަރުތައް ބަލަން ލަދުވެތިކަމާއި، ބިރުވެރިކަންމަތީ ހުންނަންޖެހޭނީ ކިހާ ދުވަހެއްވަންދެން ހެއްޔެވެ؟ ނިކާލްގެ އުންމީދަކީ ނިހާގެ ހަޔާތަށް އެޅިފައިވާ ބަނަ ވިލާގަނޑު ވީހާވެސް އަވަހަކަށް ސާފުވެގެން ދިޔުމެވެ. ނިހާ ހަމައަކަށް އެޅި ކުރީގެ ދިރިއުޅުމަށް ރުޖޫޢަވުމެވެ.

ފުން ފިކުރެއްގައި އަނގައިން ނުބުނެ ނިހާ އޮންނާތީ ނިކާލަށް އުނދަގޫވެގެން ދެތިން ފަހަރަކު ނިހާއަށް ނިކާލް ގޮވާލިއެވެ. އެއްވެސް އުނދަގުލެއް ވޭތޯ ނިކާލް ސުވާލުކުރިއެވެ. ނަމަވެސް ނިހާއަށް އެ އަޑު އިވުނު ކަމަކަށް ނުހެދިއެވެ. ޖަވާބެއް ނުދިނެވެ. އެ ފިކުރުތަކުގައި ނިކާލް ބައިވެރިކުރާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ނިކާލް އިތުރަށް ސުވާލެއް ނުކޮށް ނިހާގެ ލޮބުވެތި މޫނަށް ބަލަހައްޓައިގެން އިނެވެ.

*******

އިބްރާހީމްބެ ބާރު ހިނގުމެއްގައި އޭނާގެ ހާއްސަ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އޭނާގެ ޖީބުގައި އޮތް ތަޅުދަނޑި ނަގާ ދޮރުފަތް ހުޅުވާލިއެވެ. ކޮޓަރި ތެރޭގައިވަނީ ކަނު އަނދިރިކަމެވެ. އިބްރާހީމްބެ އެތެރެއަށް ފިޔަވަޅެއް އަޅާލަމުން ކަނާތް ފަރާތު އަރިމައްޗަށް އަތް ހިއްލާލަމުން ސުވިޗެއް ޖައްސާލުމާއެކު މަޑު އޮރެންޖު ކުލައިން ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އިބްރާހީމްބެ ދޮރު ލައްޕާ ތަޅުލުމަށްފަހު މޭޒުމައްޗަށް ދަބަސް އެއްލާލަމުން ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އޭނާ އެ ކޮޓަރިއަށް ކުރަން އައި މަސައްކަތް ފެށިއެވެ. މޭޒުމަތީގައިވާ ދުވަސްވީ ފޮތްތައް ހޭވުމަށް އެތައް އިރަކު އޭނާ އިނެވެ. އޭނާ ބަލަން ބޭނުންވީ އިބްރީސްއަށް އިންޝާއާއި ނަޒީލަށް ބާރު ފޯރުވުނު ގޮތެވެ. ގަޑިއިރުތަކެއްގެ މަސައްކަތަށްފަހު އޭނާ އެޅި ބުރު ތެރެއިން ބޭރުގައި ތިބި ބަޔަކަށް އިބްރީސްއަށް ބާރު ފޯރުވުނު ގޮތް އެނގުމުން އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

މާދަމާ ރޭ އެ ގެޔަށް ދިޔުމުގެ ކުރިން އިބްރީސްއާ ބެހޭގޮތުން ހުރިހާ އެއްޗެއް އެނގެން އިބްރާހީމްބެ ބޭނުންވެއެވެ. އިބްރީސް އަންދާލެވޭނެ ގޮތްތަކާއި، އިބްރީސްގެ “ހިސްޓްރީ” އެނގުން މުހިންމެވެ. އިބްރީސް ކަސްތޮޅު އެޅުވުނު ސަބަބާއި މިނިވަންވި ގޮތް އެނގެންޖެހެއެވެ. ނަމަވެސް އެ ކަންތައްތައް ހޯދުމަށް އޭނާގެ ފޮތްތަކުގެ ބޭނުމެއް ނުހިފޭނެއެވެ. އެއީ ފޮތަކުން އެނގޭނެ މަޢުލޫމާތެއް ނޫންކަމުން އެހެން ފަރާތެއްގެ މަދަދަށް އެދުމަށް އިބްރާހީމްބެ ނިންމިއެވެ.

“..ޒިބްނާތު..” އިބްރާހީމްބެ މަޑުމަޑުން ގޮވާލިއެވެ.

*******

ނިހާ ދެއަތުން އޭނާގެ މޫނު ފޮރުވާލައިގެން އިނދެ ގިސްލަމުންދިޔައެވެ. ނިކާލް ދެކަކޫ މައްޗަށް ތިރިވެ ނިހާގެ އަތް ދުރުކޮށްލަން މަސައްކަތްކުރިއެވެ. ނިހާ ދެއަތަށް ބޯ ހޫރުވަމުން ގިސްލުމުގެ އަޑު ބާރުކޮށްލިއެވެ. ނިހާގެ ދެއަތް މޫނާ ވަކިކުރުމަށް މަސައްކަތްކޮށް ކާމިޔާބު ނުވުމުން ނިކާލް އެނދުގައި އިށީދެލީ މާޔޫސްވެފައި ހުރެއެވެ. ނިހާގެ ކޮނޑުމަތީ އަތް ބާއްވާލަމުން ގަޔާ ކައިރިކޮށްލައިގެން އިނދެ ނިހާއަށް ވިސްނައިދެވޭތޯ ނިކާލް ބެލިއެވެ. ވެގެން އުޅޭ ގޮތެއް ބުނުމަށް ތަކުރާރުކޮށް އެދުމުންވެސް ނިހާ ރުއިން ނޫންކަމެއް ނުކުރެއެވެ.

“..އަހަރެން ދެން ދަނީ! ނިހާ ހިތްހަމަޖެހޭވަރަށް ރޮވުނީމަ ގޮވާ!..” ނިހާގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން ޔަޤީންވުމުން ނިކާލް ތެދުވިއެވެ. ނިހާ ވަގުތުން ނިކާލްގެ އަތުގައި ބާރަށް ހިފަހައްޓައިލިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ނިހާގެ ދެލޯ ފެނުމުން ނިކާލް ހިތަށް އަސަރުކުރިއެވެ. ނިހާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލަމުން ބޮޑުވައި އިނގިލިން ނިހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ނިކާލް އޯގާތެރިކަމާއެކު ފުހެލައިދިނެވެ.

“..އައި ލަވް ޔޫ..” ނިހާ ކުރެހިފައިވާ އަޑަކުން ލޯބިވާކަން ހާމަކުރުމާއެކު ނިކާލްގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ. ނިކާލް ހިނދުކޮޅަކަށް ހުއްޓުން އަރާފައި އިނުމަށްފަހު ނިހާގެ ނިތްކުރިއަށް ބޮސްދިނެވެ.

“..އައި ލަވް..” ނިކާލްގެ ޖަވާބު ފުރިހަމަ ނުވަނީސް ހުޅުވިފައިވާ ކުޑަދޮރުން ކޮޓަރި ތެރެއަށް އެޅުނު ހިޔަނި ފެނުމާއެކު ނިހާއަށް އެދިމާއަށް ބަލާލެވުނީ ކުއްލިއަކަށެވެ. ދޮރުން ބޭރުގައި އެމީހުންނަށް ބަލަންހުރި ސަފީނާ ފެނުމާއެކު ނިހާއަށް ފުންމައިގެން ތެދުވެވުނެވެ. ދެލޯ ބޮޑުކޮށްގެން ދޮރާ ދިމާއަށް ބަލާލުމަށްފަހު ނިކާލް ކޮބައިތޯ ބަލާލިއިރު ކޮޓަރި ތެރޭގައި އެކަކުވެސް ނެތެވެ. ނިހާ އެނބުރި ދޮރާ ދިމާއަށް ބަލާލިއިރު ސަފީނާ ހުރީ ނިހާ މޫނު ޖެހޭ ހިސާބުގައެވެ. ނިހާ މޭ ގަނޑު ހީވީ އަނގަޔަށް އައި ހެންނެވެ.

“..މަންމާ..” ނިހާއަށް އުނދަގުލުން ބުނެވުނެވެ.

“..ނިހާގެ ބައްޕައަކީ އިލްހާމް.. ނިކާލްއާ ނިހާ! އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން! ތި ހިޔާލު ދޫކޮށްލާ!..” ސަފީނާ ފެންކަޅިވެފައިހުރެ ބުންޏެވެ.

ނިހާއަށް ސިހިފައި ހޭލެވުނުއިރު ކޮޓަރި ތެރެއިން އިވެމުން ދިޔައީ ޤުރުޢާނުގެ އަޑެވެ. އޭނާގެ ނިތްކުރިމަތިން ފާޅުވެފައިވާ ދާތިކިތައް ފޮހެލަމުން ފުރަތަމަވެސް ބަލާލީ ކުޑަދޮރާ ދިމާއަށެވެ. ކުޑަ ދޮރު ލައްޕާފައި ހުރުމުން ފެނުނު ހުވަފެނާމެދު ވިސްނަމުން އަރިޔަކަށް ޖެހިލިއެވެ. ހުޅުވިފައިވާ ދޮރުން ސިޓިންގ ރޫމްގައި ތިބި ފައިރޫޒްއާ ނިކާލް ވަރަށް ރީއްޗަށް ފެނެއެވެ. އެމީހުން އޮލަ ވާހަކައެއްގައި ތިބި އިރު ނިހާއަށް ކަޅި ޖަހާނުލާ ބެލުނީ ނިކާލްއާ ދިމާއަށެވެ. ނިކާލްގެ ފިރިހެންވަންތަ ބިޔަ ހަށިގަނޑަށް ބަލަހައްޓައިގެން އޮއްވާ ނިހާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. ހުވަފެނުގައި މަންމަ ބުނި ޖުމްލަ ސިކުނޑީގައި ގުގުމާލިއިރު މިރޭ ސުނޯހައުސްގައި ހިނގާދިޔަ ކަންތައް ހަނދާނަށް އަޔެވެ. ނިކާލްއަކީ ނިހާގެ ބޭބެ ހެއްޔެވެ؟ ނިހާއަށް ދެލޯ މަރާ ބާރުކޮށްލެވުނު އިރު ހިތުގައިވަނީ ދިލަ ރިހުމެއް އުފެދިފައެވެ.

އިބްރީސް ކަސްތޮޅު އެޅެވުނު ސަބަބު ނިހާ މިރޭ ބުނެދިނީ ފަހަރެއްގައިވެސް އެކަން ބަޔާންކޮށްގެން އިތުރު ހަޤީޤަތެއް ހާމަވެގެން ދާނޭ ކަމަކަށް ނޫނެވެ. އޭނާ އަކީ އިލްހާމްގެ ދަރިޔަކަށް ވެދާނެޔޭ  ދުވަހަކުވެސް ހިތަކަށް ނާރައެވެ. މީހަކު އެފަދަ ޝައްކެއްކޮށްފާނެ ކަމަކަށްވެސް ހިޔެއް ނުކުރެއެވެ. އެހެނަސް ފައިރޫޒްގެ ދުލުން ބުނެލި އެންމެ ޖުމްލައަކުން އިލްހާމްގެ މޫނަށް ވެރިވި ހާސްކަމުން ނިހާގެ ހިތް ހަލަބޮލިކޮށްލިއެވެ. އިލްހާމްގެ މޫނުމަތިން ފެނުނު ބިރުވެރިކަމާއި ހާސްކަން މިހާރުވެސް ނިހާގެ ލޯ ކުރިމައްޗަށް ފެންނަ ކަހަލައެވެ. އިލްހާމް އެވަރަށް ނުތަނަވަސްވާނީ އެކަމުގައި ކޮންމެވެސް ހަޤީޤަތެއް ވާތީއޭ ނިހާގެ ހިތް ބުނެއެވެ. ފައިރޫޒްގެ ގެޔަށް އައިސް ނިހާއަށް ނިދުނީވެސް އެކަމާ ވިސްނަން އޮއްވައެވެ. ނިދިޖެހުމާއިއެކު ހުވަފެނުގައި މަންމަ އައިސް ބުނެދިނީވެސް ހަމަ އެ ހަޤީޤަތެވެ.

ނިހާގެ ބައްޕައަށް އިލްހާމް ވެދާނޭ ނިހާގެ ހިތްބުނި ނަމަވެސް ސިކުނޑި އެކަމާ އެއްބަހެއް ނުވެއެވެ. އެ ހަޤީޤަތް ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އިލްހާމްގެ މުޑުދާރު ލޭ އޭނާގެ ގައިގައި ހުރެގެން ނުވާނެއެވެ. މަންމަ އެވަރުގެ ބޮޑުކަމެއް ވަންހަނާކޮށްފައި އޮވެދާނެ ހެއްޔެވެ؟ އެކަމުގެ ތެދު ދޮގު ހޯދާނީ ކިހިނެއް ހެއްޔެވެ؟ މަންމަ ސިއްރު ކުރިކަމެއްގެ ހަޤީޤަތްވެސް އެނގޭނީ މަންމައަށެވެ. އެ ހަޤީޤަތް އެނގޭ އިތުރު މީހަކު ހުރެދާނެ ހެއްޔެވެ؟ ތަފާތު އެކި ހިޔާލުތަކުން ނިހާގެ ސިކުނޑިއަށް ބާރުކުރަމުން ދިޔައީ އެކަން ޔަޤީންކުރެވޭނެ ގޮތެއް ފެނޭތޯއެވެ.

ޖެހިގެން ހުރި ކޮޓަރީގައި އިލްހާމް ނިތްކުރިމަތީގައި އަތްބާއްވާލައިގެން އޮތީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައިއެވެ. ނިހާއަކީ އޭނާގެ ދަރިޔެކޭ އިލްހާމްއަށްވެސް ހީވަނީއެވެ. ސަބަބަކީ މާޒީގައި ހިނގާފައިވާ އެ ހާދިޘާއެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މާޒީގެ ކަޅު ޞަފުޙާތަކެވެ.

އިލްހާމްއަށް ސަފީނާ އެންމެ ފުރަތަމަ ފެނުނީ މިސްކިތްދޮށަށް ފެންބަލާ ގޮސް ހުއްޓައެވެ. ފުރަތަމަ ފެނިލުމުންވެސް ސަފީނާގެ ހަނދެއްފަދަ މޫނާއި ރާޅުބާނި އިސްތަށިގަނޑު އޭނާއަށް ކަމުދިޔައެވެ. ފުރަތަމަ ނަޒަރުން އިލްހާމްގެ ހިތުގައި ލޯބީގެ ވިންދު ޖަހަން ފެށިއެވެ. ސަފީނާ ބަނޑިޔާ ކިހިލި ޖަހާލައިގެން ހިނގައިގަތެވެ. އޭނާގެ ހިނގުމުގައި ހުރި އަންހެން ވަންތަކަމާއި ފަރިކަމުން އިލްހާމް އާޝޯޙުވިއެވެ. ސަފީނާގެ ބަނިޔާދަން ހަށިގަނޑަށް ބަލަމުން ސަފީނާގެ ފަސްފަހަތުން އެ ގެޔާ ހަމައަށް އިލްހާމްއަށް ދެވުނީ ބޭއިޚްތިޔާރުގައެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުހެން ސަފީނާގެ ފަރި ހަރަކާތްތަކަށް ފާރަލަމުން ގޮސް އެގޭ ދޮށުގައި މުގޯލިއަޅައިގެން ހުރުން އިލްހާމްގެ އާދައަކަށް ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އިލްހާމްގެ ހިތުގައި އުފެދުނު ލޯބި ދުވަހެއް ދުވަހަކަށް ދިޔައީ ފުންވަމުންނެވެ. އެޔާއެކު އެ ލޯބި ހާސިލުކުރުމަށް ހިތް އެދެންފެށީ ކެތްނުވާ ވަރަށެވެ. ސަފީނާއާ އިސްވެ ވާހަކަ ދައްކަންފެށީ އިލްހާމްއެވެ. ވަރަށް ފަސޭހައިން ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދިގެން ދިޔައެވެ.

އިލްހާމްގެ ހިތުގައި އުފެދުނު ލޯބި ވަންހަނާކޮށްގެން ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ސަފީނާއަށް ލޯބި ހުށަހެޅުމަށް އޭނާ ނިންމިއެވެ. އެހެންމީހަކު އެމާ ބިނދެލަފާނެތީ އިލްހާމް ޖެހިލުންވީއެވެ. ޖެހިގެން އައި ދުވަހު އިލްހާމް އޭނާގެ ހިތް ސަފީނާގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ. ލޯބިވާ ވާހަކައާއި ކާވެނިކުރަން އެދޭ ވާހަކަ ބުންޏެވެ.

“..ލޯތްބޭ! އަހަންނެއް ލޯތްބެއް ނުވޭ!..” ސަފީނާ ދިނީ ފިނި ޖަވާބެކެވެ.

އިލްހާމް ހިތްވަރު އެލުވައެއް ނުލައެވެ. ކޮންމެ ދުވަހަކު ސަފީނާއަށް ލޯބިވާ ވަރު ހާމަކޮށްދެމުން އޭނާގެ ފަހަތުން ހިނގަންފެށިއެވެ. އިލްހާމްގެ “ދީވާނާ” ހަރަކާތްތަކުގެ ސަބަބުން ސަފީނާގެ ހިތުގައި އިލްހާމްގެ މައްޗަށް ފޫހިކަން އުފެދެން ފެށިއެވެ. އިލްހާމްއަކީ ގޮތެއް ފޮތެއް ނެތް މީހެއްކަމަށް ސަފީނާ ބުނަން ފެށިއެވެ.

“..މަ ވަރަށް ބޭނުން ސަފީނާޔާ އިންނަން..” އެއްދުވަހެއްގައި އިލްހާމް ބުންޏެވެ. ސަފީނާ ތުން އަނބުރާލާފައި ކުރިޔަށް ހިނގައިގަތެވެ.

“..ސަފީނާ! މަށާ ނީންނަން ތިއުޅޭ ސަބަބު ބުނެދީބަލަ!..” އިލްހާމް ސަފީނާގެ އަތުގައި ހިފެހެއްޓިއެވެ.

ސަފީނާ ގާތަށް އައި ރުޅީގައި އިލްހާމްގެ ކަންކަށިމަތީގައި ޖަހައި އިލްހާމްގެ އަތް ފޮޅުވާލަމުން ބުންޏެވެ.

“..ލަދުކުޑަވެގެން ގަޔަށް ބޮލަށް އަރަންވެސް ފެށީއޭ ދޯ!.. މިދުނިޔެ މަތިން ފިރިހެނުން ހުސްވިޔަސް ކަލެޔަކާ މަ ނީންނާނަން! ސަބަބު އަޑު އަހާ ހިތްވަންޔާ އަޑުއަހާ! ކަލެޔަކީ ނުލަފާ ސިހުރުވެރިޔެއްގެ ދަރިއެއް! އެއީ ސަބަބަކީ! ސާފު ވެއްޖެތަ؟..”

އިލްހާމްގެ ހިތް ސަފީނާގެ މައްޗަށް ކަޅުވެގެން ދިޔައީ އެދުވަހުއެވެ. ސަފީނާގެ ރުހުމުގައި އެ ލޯބި ނުލިބިއްޖެ ނަމަ ގަދަކަމުން ނަމަވެސް އެ މަލުގެ ފޮނިކޮޅު ބޯލުމަށް އޭނާ ނިންމިއެވެ. އެހެނަސް އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ސަފީނާ ވަސީމްއާ ކައިވެނިކޮށް ރަށުން ބޭރަށް ފުރައިގެން ދިއުމުން އިލްހާމްއަށް ޖެހުނީ ސަފީނާ އަންނާނެ ދުވަހަކަށް އިންތިޒާރުކުރާށެވެ.

އިލްހާމް ކުރަމުން ދިޔަ ދިގު އިންތިޒާރުގެ ނިމުންއައީ އޭގެ ތިން އަހަރު ފަހުންނެވެ. ސަފީނާ އެނބުރި ރަށަށް އައީ ފިރިމީހާ ވަސީމްއަށް ދިވެހި ބޭސް ކުރުމުގެ ބޭނުމުގައެވެ. އޭރު އިލްހާމް އުޅުނީ ޞަފިއްޔާއާ އިނދެގެން ޞަފިއްޔާގެ ގޭގައެވެ. އެ ދަތުރުގައި އިލްހާމްގެ ދުއްތުރާ ސަފީނާއަށް ޖެހުނެވެ. ގޭގައި މީހުން ނޫޅޭ ދަނޑިވަޅު ބަލާފައި ސަފީނާއަށް ގޯނާކޮށް ޖެއްސުންކުރަން ފެށިއެވެ. އެކަމުގައި ހައްދު ފަހަނަ އަޅައި ގޮސް ސަފީނާ އެކަމެއް ދެކެ އެންމެ ޖެހިލުންވެ ބިރުގަތް ކަންތައްވެސް އެންމެފަހުން އިލްހާމް ކުރީއެވެ. ސަފީނާގެ އިއްފަތްތެރިކަން ގަދަކަމުން ފޭރިގަތީއެވެ. ދައްތަގެ ދިރިއުޅުން ހަލާކު ކުރަން ބޭނުންނުވާތީ އެ ހުރިހާކަމެއް ސަފީނާ ވަންހަނާކުރިއެވެ. ރަށުން ފުރައިގެން އެނބުރި ވަސީމުގެ ރަށަށް ދިޔައީވެސް އެ ސިއްރު ހިތުގެ އެންމެ ފުނުގައި ވަޅުލައިގެންނެވެ. ދުވަހަކުވެސް އިލްހާމް ފެންނަ ހިސާބަށް ނައުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ދުވަސް ކޮޅެއްފަހުން ސަފީނާ ނިހާއަށް ބަލިވެއިނެވެ.

އިލްހާމް ފުންނޭވާއެއް ދޫކޮށްލަމުން ތެދުވެ އެނދުގައި އިށީނދެލިއެވެ. އިލްހާމްއަށް ނިހާ އެއީ އޭނާގެ ދަރިޔެކޭ ހީވާ އެންމެ ބޮޑު ސަބަބަކީ އެދުވަހުގެ އެ ހާދިޘާއެވެ. ސަފީނާ ރަށުން ފުރައިގެން ދިޔަ ފަހުން ނިހާއަށް ބަލިވެ އިނީތީ، ނިހާ އޭނާގެ ދަރިޔަކަށް ވެދާނެކަމަށް ޝައްކުވެއެވެ. ނަމަވެސް އެއީ ހީއެކެވެ. އެކަން ޔަޤީންކުރާނެ ގޮތެއް އިލްހާމްއަކަށް ނުވިސްނުނެވެ.

*********

އެރޭގެ ހަމަ އެވަގުތެވެ. ގަޑިން މެންދަމުން އަލިވެ 02 ޖަހައިފިއެވެ. އިބްރާހީމްބެ އަދިވެސް އިނީ އޭނާއަށް ހާއްސަ ކުރެވިފައިވާ  ކޮޓަރި ކޮޅުގައެވެ. އޭނާ އިންތިޒާރުކުރަމުން އެދަނީ ޒިބްނާތަށެވެ. ޒިބްނާތަށް ހަވާލުކޮށްފައިވާ މަސައްކަތް ފުރިހަމަކޮށް އަންނާނެ އިރަކަށެވެ.

ކުއްލިއަކަށް އިބްރާހީމްބެގެ ބޯ މަތީގައިވާ 05 ވޯޓުގެ ބޮކި ނަރާއެކު އެނބުރެން ފެށިއެވެ. އިބްރާހީމްބެ އިސް އުފުލާ މައްޗަށް ބަލާލިއިރު ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާ އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނީއެވެ. ބޮކި ދެތިން ފަހަރު ކަނި ޖަހާލާފައި ނިވިއްޖެއެވެ. މުޅި ކޮޓަރި ތެރެއަށް ކަނު އަނދިރިކަން ފެތުރިގެން ދިޔައެވެ. އިބްރާހީމްބެ މޭޒުމަތީގައި ހުރި އުއްބައްތި ދިއްލާލިއެވެ. އުއްބައްތި ހިއްލާ ބަލާލިއިރު ފުރާޅުގައި ޖެހޭ ވަރުގެ ދިގު ބިޔަ މީހެއް ކުރިމަތީގައި ހުއްޓެވެ. އިބްރާހީމްބެ ބަލަބަލާ ހުއްޓާ އެމީހާ ކުރުވެ އިބްރާހީމްބެ އާ އެއްވަރުވިއެވެ. އަދި ކިޔަމަންތެރިކަމާއެކު އައިސް އިބްރާހީމްބެ ކުރިމަތީގައި ހުއްޓިލަމުން އިސްޖަހާލިއެވެ. އިބްރާހީމްބެ މޫނަށް ވެރިވީ ފަޚުރުވެރިކަމެވެ.

“..ކޮބާ؟ އިބްރީސް އާ ބެހޭ ގޮތުން އެނގުނީ ކޮން މަޢުލޫމާތެއް؟..” އިބްރާހީމްބެ އެހިއެވެ.

“..އިބްރީސް މިހުރިހާ ދުވަހު ހުރީ ހުރިހާ ބާރުތަކެއް އަތުލައި ކަސްތޮޅު އެޅުވިފައި..” ޒިބްނާތު އިސްޖަހައިގެން ހުރެ ބުންޏެވެ. “..އެއީ އިލްހާމްއަށް އަންހެން ދަރިޔަކު ލިބިދާނެތީ ސަބްރީނާ ކުރިކަމެއް! އެކަމަކު އިލްހާމްއަށް އަންހެން ދަރިޔަކު ލިބޭ ދުވަހުން ފެށިގެން އިބްރީސްއަށް މަޑުމަޑުން ބާރުތައް ލިބެމުންދާނެކަން ސަބްރީނާއަށްވެސް އެނގޭ! ކަންތައްވީވެސް އެހެން! އިލްހާމްއަށް އަންހެން ދަރިޔަކު..”

“..އިލްހާމްއަށް އަންހެން ދަރިޔަކު ލިބުނުތަ؟..” ޒިބްނާތުގެ ވާހަކަ ހުއްޓުވަމުން އިބްރާހީމްބެ އެހިއެވެ.

“..އިލްހާމްގެ އަންހެން ދަރިޔަކު ދިރި ދުނިޔޭގައި އެބަހުރި!..” ޒިބްނާތު ޔަޤީންކަމާއެކު ޖަވާބު ދިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ޝީން(ސާދަވަނަބައި)

Next

އަނދިރިފަރާތް 26

Next
March 11, 2018

އަނދިރިފަރާތް 26

Previews
March 10, 2018

ޝީން(ސާދަވަނަބައި)

44 Comments!

  1. Koko says:
    March 11, 2018 at 12:40 am

    Nishan vaahaka vara reethi??

    1. nishan says:
      March 11, 2018 at 8:02 am

      thank you koko ?

  2. Niky says:
    March 11, 2018 at 12:45 am

    V reethi……..
    ey nihaa

    1. nishan says:
      March 11, 2018 at 8:02 am

      thank you Niky ?

  3. Faux za says:
    March 11, 2018 at 12:56 am

    Varah varah reethi mi vaahaka.. Mi bai vx varah reethi.. Keep it up nishan ???

    1. nishan says:
      March 11, 2018 at 8:03 am

      thank you faux za ?

  4. N@-B says:
    March 11, 2018 at 1:07 am

    Varah reethi mi story. .. ❤

    1. nishan says:
      March 11, 2018 at 8:03 am

      thank you Nab ?

  5. Luba says:
    March 11, 2018 at 1:25 am

    Varah rythi mibaives … varah curious vefa mihurii igey shaan … ?

    1. nishan says:
      March 11, 2018 at 8:03 am

      thank you Luba ?

  6. chumpu says:
    March 11, 2018 at 8:29 am

    Wow wow wow v v v cute …vaahakaeh mee mivaahaka nimen EBA ulheytha

    1. nishan says:
      March 11, 2018 at 12:24 pm

      vaahaka ninmaalan veetha? hehe! vaahaka nimeykah adhi noolhey varah vaahaka adhi ebahuri kiyaa dheyn jehey! thank you chumpu ?

  7. Shann says:
    March 11, 2018 at 9:12 am

    V v ves rythi story eh mee… N kuriah gendhaa goehves hama v ryhchey buneveyny

    1. nishan says:
      March 11, 2018 at 12:25 pm

      shann ah varah bodah shukuriyya ey buneveyni dhen 😀 ?

  8. NAAZ says:
    March 11, 2018 at 9:21 am

    Vaahaka vvv reethi ekam up vaaleh lahee unmeedhu kuran miahvure ginain genasdheynekamah….?

    1. nishan says:
      March 11, 2018 at 12:27 pm

      yeah dw thankolheh las koh up kurevemun midhani! weekly 1 episode genesdheynan ehaa avas koh upload nukurevunas! thank you NAAZ!! ??

  9. Laara_Official says:
    March 11, 2018 at 10:06 am

    Nishan, I loved this part, I’m so curious right now to know weather nihaa is ilham’s daugther or not

    1. nishan says:
      March 11, 2018 at 12:28 pm

      thank you Laara ? next episode in nihaa aki kaaku ge dhari eh kan engeyne kamah lafaa kureveni 😉

  10. Shaai says:
    March 11, 2018 at 10:44 am

    Nishan plz thankolheh avahah upload kohdhiba. Me story vvvvvvv rythi. Abadhu upload vaane irakah beleny. Plx plx plz.

    1. nishan says:
      March 11, 2018 at 12:30 pm

      sorry dear nishan ah hama liyevey varakun upload kuramun midhan 🙂 thank you thi dhehvaa tharuheeba !! ?

  11. unique says:
    March 11, 2018 at 12:11 pm

    how late but okey dhw dhigu veema but i think then kuranjehey inthizaaru maa dhigu vaanehen

    1. nishan says:
      March 11, 2018 at 12:32 pm

      unmeedhu kurani hama weekly 1 episode madhuvegen nereveyne kamah hehe! eheve konme part eh dhigu koh genes dheni! thank you 🙂

  12. Ainth says:
    March 11, 2018 at 12:24 pm

    Vaahaka v v reethi vaahaka liyan v molhu kujjen theee ???

    1. nishan says:
      March 11, 2018 at 12:34 pm

      thank you so much Ainth ??

  13. Eyshlee says:
    March 11, 2018 at 12:29 pm

    Alhey. Please Nikaal aa niha vaki nukurey ???soon upkohlladheeba Nishan. Varah kiyaa hithun mihunnanee. Pls pls pls

    1. nishan says:
      March 11, 2018 at 12:36 pm

      hehe! nikal aa nihaa aa vakivaan jehi dhaanethi nishan vs jehilun vey hehe!! lets see dw emeehuna vaa gotheh! shkuriyya thiya dhehva tharuheebah!!

  14. Naz says:
    March 11, 2018 at 1:04 pm

    Alhe nih nik vakiveedhen. So sad. ??????anyway nish good job keep it up ?????✋?

    1. nishan says:
      March 11, 2018 at 1:39 pm

      yes!! varah dhera vaane e dhekudhin ?? thanks Naz 🙂

  15. ssannwa?❤? says:
    March 11, 2018 at 3:37 pm

    Waau varah varah reethi ingey next part kon iraku ? Haadha lahey mi part ves

    1. nishan says:
      March 11, 2018 at 5:54 pm

      Next part Sunday ga. Vaahaka upload vaani every Sunday ga. Ehenve las hen heevani e. Thank you ?

  16. Noora says:
    March 11, 2018 at 4:47 pm

    Varah reethi .. kiyaalan ves faseyha ibaaraiy kurun reethi kamun… baeh vaahaka thakuga hunna goh gosheh nuhurey… keep it up

    1. nishan says:
      March 11, 2018 at 5:55 pm

      Thank you so much noora ?

  17. Shai says:
    March 11, 2018 at 5:23 pm

    Varah reethi liyumuge kuhthah netheema varah faseyha kiyaalan keep it up????

    1. nishan says:
      March 11, 2018 at 5:56 pm

      Thank you shai ?
      Alhugandu vaahaka liyefa Vs check kohlan kuh hurey tho. Ehenve kanneyge madhy e hehe

  18. IShan says:
    March 11, 2018 at 5:59 pm

    Week aku 2 faharu up koh nudheveyne tha Nishan

    1. nishan says:
      March 11, 2018 at 6:26 pm

      Midhuvas kolhu week Aku 1 part genes dheveyni!! Fahun genes dheynan 2 part Inge ?

  19. IShan says:
    March 11, 2018 at 8:56 pm

    Alright
    thanks Nishan

    1. nishan says:
      March 12, 2018 at 10:21 pm

      Your welcome ?

  20. Eekko says:
    March 11, 2018 at 9:17 pm

    enme kiyaa hithun hutta thi ninmaaley varah reethi mi bai ves plx nikaal and niha dhuru nukurevey thr balaathi.can’t wait for the next episode.

    1. nishan says:
      March 11, 2018 at 10:31 pm

      Thank you eekko ?
      Let’s see dw niha aa nikal ah vaagothe! 😀

  21. nik's says:
    March 12, 2018 at 12:51 am

    One of the best stories in this site ! ? Waiting impatiently for the next part. Keep it up nishan you’ve got some pure talent, Ma sha Allah ! ♥?

    1. nishan says:
      March 12, 2018 at 10:18 pm

      Thanks you so much nik’s ??

  22. reader says:
    March 12, 2018 at 8:35 pm

    Ehen kujjeh kanneynge ei

    1. nishan says:
      March 12, 2018 at 10:20 pm

      Heheh dw ehenves vedhaane ?

Comments are closed.

Next Episodeވަންހަނާ (ވިހިވަނަބައި)←


All Right Reserved!