ފުންނޭވައެއް ދޫކޮށްލަމުން ފޫހިގޮތަކަށް ފޯންނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ލިވީ. ވަޓްސް ރޯންގް ވިތް ޔޫ؟ ކީއްވެ އަހަރެންނާާ ދުރުވާންބޭނުންވެގެން ތިއުޅެނީ؟” މާޔޫސީ ރާގަކަށް ނަވީން އަހައިލިއެވެ. “އަހަރެން ކުރިންވެސް ބުނިންދޯ ނަވީނާ އެކީ އުޅޭކަށް މިހާރު ބޭނުމެއް ނޫނޭ. ދެން އަހަރެންނަށް އުނދަގޫކުރުން ހުއްޓާލަންވީނު.” ހަރުކަށި ރާގަކަށް ލިވްޔާ އެހެން ބުނުމާއެކު އެއީ ކީއްވެހޭ ކިޔައި ނަވީން ހަޅޭލަވައިގަތެވެ. “ކިތައްފަހަރުތަ ބުނަންވީ؟ އަހަރެން ނަވީންދެކެ ލޯތްބެއްނުވޭ މިހާރު. އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ. އަހަރެން ބޭނުންވަނީވެސް ހަމައެކަނި އޭނާގެ ލޯބި. އަޑުއިވިއްޖެ؟ ދެން ނުވާނެ އަހަރެންނަށް ގުޅައިގެން.” ހިތްހަމަނުޖެހިފައި އެހެން ބުނެލަމުން ނަވީނަށް ވާހަކަދައްކާނެ ފުުރުސަތެއް ދިނުމެއްނެތި ލިވްޔާ ފޯން ކަނޑައިލިއެވެ. އަދި ފޯން އޮފް ކޮށްލުމަށްފަހު ލެޕްޓޮއިން ފެންނަންހުރި ރާއިދްގެ ތަސްވީރަށް ބަލައިލިއެވެ. “އައި ލަވް ޔޫ ރާއިދް.” އެވަގުތު ލިވްޔާގެ ދެތުންފަތް ދެމެދުން ނުކުމެގެންދިޔަ ްއެ ލަފުޒުތަކާއެކު އޭނާއަށް ދެލޯމަރައިލެވުނެވެ.
** ** **
އެނދުގެ ފަޑީގައި ލެގިލައިގެން ޔާނިކް އިނީ އަތުގައިއޮތް ހުދުކުލައިގެ ގަމީހަށް ނަޒަރު ހުއްޓައިލައިގެންނެވެ. އޭގައިވާ މަލްހާގެ ތުންފަތުގެ ނިޝާނުގައި ލޯތްބާއެކުގައި ޔާނިކްއަށް ފިރުމައިލެވުނެވެ. އެހާދިސާއަށް ބަރާބަރު 2 އަހަރުވެގެން ދިޔައީއެވެ. އެހެނަސް އަދިވެސް އިއްޔަވީކަމެއްހެން ޔާނިކްގެ ހިތުގައި އެހަނދާންތައް ތާޒާކަންމަތީގައި އެބަހުއްޓެވެ. ދެލޯމަރައިލިއަސް މަލްހާގެ ރީތި ހިނިތުންވުން އޭނާއަށް ސިފަވާ ކަހަލައެވެ.
ލޮލަށް ޖަމާވެފައިހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އެދޮންކޯތާފަތުގައި ބޮސްދެމުން އޮހޮރެން ފެށިއިރުވެސް ޔާނިކް އެއިން ގޮތަށް އިނެވެ. އެއްއަތުން ގަމީހުގައި ހިފަހައްޓައިގެން އިންއިރު އަނެއްއަތުން ގަމީހުގައި ފިރުމަމުން ދިޔައީ ހިތްދަތި ގޮތަކަށެވެ.
ޔާނިކް ކައިވެންޏަކާއި މެދުގައި ނުވިސްނާތީ އޭނާގެ މައިންބަފައިން ތިބެނީ އެކަމާ ކަންބޮޑުވެފައެވެ. އެވާހަކަ ފަށާއިރަށް ޔާނިކް އެކަން އޮއްބައިލަނީ ކައިވެނިކުރަން ބޭނުންނުވާތީއެއްނޫނެވެ. އެހެނަސް ކައިވެނީގެ މާތް ގުޅުމުން ގުޅެން ބޭނުންވާ ކުއްޖާ އޭނާއަށް ލިބެން ނެތުމުންނެވެ. ޔާނިކްގެ މިހާލަތައް އީނާލް ހަމްދަރުދީވި ނަމަވެސް އެކަމުގައި އޭނާއަށްވެސް ކުރެވޭނެކަމެއް ނެތުމުން އެެއްޗެކޭ ނުބުނެ މަޑުން ހުންނަނީއެވެ.
“ދަރިފުޅާ.” ފާއިޒާ ދޮރުގައި ޓަކި ޖަހަލަމުން މަޑުމަޑުން ދޮރުހުޅުވައިލިއެވެ. އެއަޑަށް ސިހިފައި ޔާނިކް އޭނާގެއަތުގައި އޮތް ގަމީސް ބާލީހެއް ދަށަށްލައި ފޮރުވައިލިއެވެ.
“އަދިވެސް ތައްޔާރު ނުވަނީތަ؟ މިހާރު އެއޮއް 8 ޖަހަނީ. މިރޭ ނާލް މެންގެއަށް ކާންދާން ދައުވަތުދީފައެއްނު އޮތީ. އަވަސްކުރޭ.” ޔާނިކްގެ ހާލުފެނި ކަންބޮޑުވެފައިހުރި ފާއިޒާ އެތެރެއަށް ވަންނަމުން ބުނެލިއެެވެ. ހޫން ލައްވައިލަމުން ޔާނިކް އިންތަނުން ތެދުވެ ތުވާލި ހިފައިގެން ފާޚާނާ އާއި ދިމާއަށް ހިނގައިގަތެވެ. އެތަންބަލަންހުރި ފާއިޒާ އެކޮޓަރިން ނުކުމެގެން ދިޔައީ ޔާނިކްއަށް އިވޭވަރަށް އަވަސްކުރުމަށް ބުނެފައެވެ.
** ** **
ޝަމްއަލްމެންގެ ގޭގެ ބެލް ޖަހައިލަމުން ދޮރުމަތީގައި ލުތުފީމެން މަޑުކޮށްލިއެވެ. އިރުކޮޅެއްނުވެ ޚާދިމަކު ދޮރުހުޅުވައިލަމުން އެތެރެއަށް ވަނުމަށް ދައުވަތު ދިނުމާއެކު ހިނިތުންވެލަމުން ލުތުފީގެ ކުޑަ އާއިލާ އެތެރެއަށް ވަނެވެ. ސޯފާގައި އީނާލާއި ޝަމްއަލްގެ އިތުރުން އޭނާގެ މައިންބަފައިން ލުތުފީމެންގެ އިންތިޒާރުގައި ތިއްބެވެ. ދެއާއިލާ ސަލާމް ކުރުމަަށްފަހު ސޯފާގައި އިނށީދެ ހަމަޖެހިލިއެވެ.
“ދަރިފުޅާ ނާލް. ހާދަވަރަކަށް ދޮރާ ދިމާއަށް ބަަލަނީ؟ އިތުރު ބަޔަކު އަންނަނީތަ؟” ދޮރާއި ދިމާއަށް އިރުއިރުކޮޅާ ބަލަމުންދިޔަ އީނާލް ފެނުމުން ފާއިޒާ އަހައިލިއެވެ. “ލައްބަ މަންމާ. އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް އާދޭތޯ މިއިންނަނީ.” ހިނިތުންވެލަމުން އީނާލް ބުނެލިއެވެ. އެހެންހެއްޔޭ ބުނެލުމަށްފަހު ފާއިޒާވެސް ލުތުފީމެންގެ ވާހަކަގައި ބައިވެރިވެ އެކި އެކި ކަންކަމާމެދުގައި މަޝްވަރާކުރަން ފެށިއެވެ.
ދެވަނަ ފަހަރަށް ގޭގެ ބެލް ޖަހައިލުމާއެކު އީނާލް ފުޅާ ހިނިތުންވުމަކާއެކު އިންތަނުން ތެދުވިއެވެ. އެވަގުތު ހުޅުވިގެންދިޔަ ގޭގެ ދޮރުން ވަދެގެން އައި މަލްހާ އާއި ރާއިދާއި ޒީވާން ފެނުމުން އީނާލްގެ ހިނިތުންވުން އިތުރަށް ފުންވެގެންދިޔައެވެ.
“އައްސަލާމް އަލައިކުމް.” ދާދި ގާތުން އިވުނު މަލްހާގެ އަޑާއެކު އިސްޖަހައިގެންއިން ޔާނިކް އިސްއުފުލައިލަމުން ބަލައިލީ ހައިރާންކަމާއެކުއެވެ. އީނާލްގެ ގާތް އެކުވެރިއެކޭ ބުނި ނަމަވެސް އެއްފަހަރުވެސް އެއީ މަލްހާއަށް ވެދާނޭ ޔާނިކް ހިއެއްނުކުރެއެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާންނުވެފައި ޔާނިކްއަށް މަލްހާގެ ރީތި ހިތްގައިމު ސޫރައަށް ބެލެމުންދިޔައެވެ. ހިނިތުންވެލަމުން ސޯފާގައި އިނށީދެ ޒީވާން އޭނާގެ އުނގުގައި ބައިނދައިލަމުންް މަލްހާ ސީދާ ޔާނިކްގެ މޫނަށް ބަލައިލަމުން ހިނިތުންވެލީ އެއީ އޭނާގެ ވެރިޔާއަށް ވީތީއެވެ. އަހަރީ ޗުއްޓީގައި ހުރުމުން އޮފީހުން ދިމާނުވިނަމަވެސް މިގޮތަށް ބޭރުތެރެއިން ދިމާވާ ކޮންމެ ފަހަރަކު މަލްހާ ޔާނިކްއަށް ހިނިތުންވުމެއް ހަދިޔާކުރާތީ އޭނާގެ ހިތްއުފަލުން ފުރޭހާވެއެވެ.
އެންމެން ހަމަވުމާއެކު ކެއުމަށް އިންސާފުކުރުމަށްޓަކައި ކާކޮޓަރިއަށް އައުމަށް އީނާލް ބުނެލިއެވެ. ހުރިހައި އެންމެން ކާކޮޓަރިއަށްވަދެ ހަމަޖެހުމުން އީނާލް ޝަމްއަލްގެ މޫނަށް ބަލައިލަމުން ބޯޖަހައިލީ ކޮންމެވެސް ކަމަކަށް އިޝާރާތްކޮށްލާ ފަދައިންނެވެ.
“މިއަދު މާ ޚާއްސަ ދުވަހަކީތަ؟” އީނާލާއި ޝަމްއަލްއާއި ދެމެދުގައި ބަދަލުކުރެވުނު ކުޑަ އިޝާރާތް ފެނުމާއެކު ފާއިޒާ އަހައިލިއެވެ. އެއާއެކު ޝަމްއަލް ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. “މަންމާ. ބައްޕާ. އީން.. އީން ބަނޑުބޮޑު. އަލްޙަމްދުލިއްލާޙް. މަންމަމެންނާއި ބައްޕަމެން މާމަ ކާފައަށްވަނީ.” ހިނިތުންވެލަމުން އޭނާގެ މައިންބަފައިންނާއި އީނާލްގެ މައިންބަފައިންގެ މޫނަށް ބަލައިލަމުން ޝަމްއަލް ބުނެލީ ކޮންމެވެސް ވަރަކަށް ލަދުވެތިކަން އެކުލެވިފައިވި އަޑަކުންނެވެ. އެންމެންގެ ނަޒަރު އީނާލްއަށް އަމާޒުވީއިރު އިސްޖަހައިގެންއިން އީނާލްގެ ދޮންކޯތާފަތަށްވަނީ މަޑު ރަތްކުލައެއް ވެރިވެފައެވެ.
“އަލްޙަމްދުލިއްލާޙް.” މުޅި ކާކޮޓަރީގައި އެއްއަޑަކަށް ގުގުމައިގެންދިޔައެވެ. ކޮންމެމީހަކުވެސް ލޯތްބާއެކު އީނާލްގެ ގައިގައި ބައްދައިލަމުން ދެމީހުނަށް މަަރުޙަބާ ކިޔަމުންދިޔައެވެ. މަލްހާވެސް އީނާލްގެ މިއުފަލުގައި ބައިވެރިވަމުންދިޔައީ ހިތުގެއަޑިން އޭނާއަށްޓަކައި ހެޔޮދުޢާކުރާ ހާލުގައެވެ.
ކެއުންނިންމައިލުމަށްފަހު ގެއަށް ދިއުމުގެ ކުރިން މަލްހާ ލޯތްބާއެކު އީނާލްގެ ގައިގައި ބައްދައިލަމުން އަދިވެސް އެއްފަހަރު މަރުޙަބާ ކިޔައިލިއެވެ. އެހުރިހައި މަންޒަރެއްބަލަން ޔާނިކް ދުރުގައި ހުއްޓިގެން ހުރީ ފިސްފިސްވެފައިވާ ހިތަކާއިއެކުއެވެ. ދަނީކަމަށްބުނެ ރާއިދް މަލްހާގެ އުނަގަނޑުގައި ފަހަތުން ހިފަހައްޓައިލަމުން ޒީވާން އުރައިލިއެވެ. އެމަންޒަރުފެނުމާއެކު ދެލޯމަރައިލަމުން އިސްޖަހައިލި ޔާނިކްގެ ހިތަށްހީވީ ތޫނު ޚަންޖަރެއް ހަރައިލިހެންނެވެ.
** ** **
ގޭތެރޭގައި ޒީވާން ގޮވައިގެން ސަކަރާތްޖަހަމުން މަލްހާ އާއި ރާއިދް ދުވަމުންދިޔައެވެ. އެވަގުތަކީ ފޮތްތައް ހިފައިގެން ލިވްޔާ ކޮލެޖަށްދާން ނުކުތް ވަގުތުކަމުން މަލްހާމެން ޖަހަމުންދިޔަ ސަކަރާތް ކިތަންމެހައިވެސް ރީތިކޮށް އޭނާއަށް ފެނުނެވެ.
ހިނިތުންވެހުރެ ދުވަމުންދިޔަ ރާއިދްގެ މޫނަށް ލިވްޔާގެ ނަޒަރު ސީދާވުމާއެކު އޭނާއަށްވެސް ހިނިތުންވެލެވުނެވެ. އެހެނަސް އެހިތުގައި ރިއްސައިލީ އެހިނިތުންވުމަކީ އޭނާގެ ސަބަބުން އެމޫނުމައްޗަށް ވެރިވި ހިނިތުންވުމެއް ނޫންކަން އިހުސާސުވުމުންނެވެ. ތުންފަތުގައި ދަތްއަޅައިލަމުން އިސްޖަހައިލައިފައި ލިވްޔާ ގެއިން ނުކުންނަން ހިނގައިގަތެވެ. މިއަދަކީ ކޮލެޖުގެ ފުރަތަމަ ދުވަސްކަމުން ބަރާބަރު ގަޑިއަށް ކޮލެޖަށްދާން ލިވްޔާ ބޭނުންވެއެވެ.
“ލިވީ. އެކަނިތަ ތިދަނީ؟” ސިޓިންރޫމްގައި ސަކަރާތް ޖަހައިންހުރި މަލްހާއަށް ލިވްޔާ ފެނުމާއެކު އަހައިލިއެވެ. ލިވްޔާ ހަމައެކަނި ބޯޖަހައިލީއެވެ. “އެކަނި ދާނެ ކަމެއްނެތް. ރާދު. ދޭބަލަ ލިވީ ކޮލެޖަށްލާން.” މަލްހާގެ ދުލުން އެޖުމުލަތައް ނުކުތުމާއެކު އެމީހުނަށް ފުރަގަސްދީގެންހުރި ލިވްޔާގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. ފުންނޭވާއެއްލަމުން ރާއިދްގެ ޖަވާބެއްގެ އިންތިޒާރުގައި އޭނާ ހުރިއިރު އެހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ.
“އޯކޭ.” އެމީހުނަށް ފުރަގަސްދީގެންހުރި ލިވްޔާއާއި ދިމާއަަށް ބަލައިލަމުން ރާއިދް އެހެންބުނެލުމާއެކު ލިވްޔާގެހިތް އުފަލުން ނަށައިގަތެވެ. ލިވްޔާ އާއި އަރައި ހަމަކުރަމުން ރާއިދް ހިނގާށޭ ބުނެލުމާއެކު ބޯޖަހައިލަމުން ރާއިދްގެ ފަހަތުން ލިވްޔާ ހިނގައިގަތެވެ.
ސައިކަލުގައި އިންއިރު ލިވްޔާ އިނީ ރާއިދްގެ ގައިގައިޖެހި ފިތިގެންކަހަލަގޮތަކަށެވެ. އެކަމުން ރާއިދަަށް އުނދަގޫވި ނަމަވެސް އޭނާ އެއްވެސް އެއްޗެއް ނުބުނީ އެއީ މަލްހާގެ ކޮއްކޮއަށްވީމައެވެ.
ރާއިދްގެ ސައިކަލު ފަހަތަށް އެރުމުގެ ޝަރަފު ލިބުމުން ލިވްޔާ އިނީ އުފަލުން ފޮޅިފައެވެ. ހުވަފެނުންވެސް ރާއިދާއި މިހައި ގާތްވެލާނެ ފުރުސަތެއް އޭނާއަށް ލިބޭނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ރާއިދްގެ ގައިން ދުވަމުންދިޔަ ފިރިހެންވަންތަ މީރުވަހުން ލިވްޔާގެ ހިތްފުރި އަރަމުންދިޔައެވެ. އިރުއިރުކޮޅާ ރާއިދްގެ ގަމީހުގެ ގިރުވާން ކައިރިން ވަސްބަލައިލެވެއެވެ. އެއްފަހަރުވެސް އެއީ އޭނާގެ ދޮންތަގެ ފިރިމީހާއޭ އެހިތަށް ނާރައެވެ. އެކަން ހަނދާނުގައި ބަހައްޓަންވެސް ލިވްޔާ ބޭނުންނުވާފަދައެވެ.
ކޮލެޖުގެ ދޮރުކުރިމައްޗަށް ސައިކަލު މަޑުކޮށްލުމާއެކު ލިވްޔާ ވީފޫހިން ތުންއަނބުރައިލިއެވެ. އެހައި އަވަހަށް މިފަދަ ހިތްގައިމު ވަގުތުކޮޅެއް ނިމުމަށް އައުމުން އޭނާއަށް ކަމުނުދިޔައީއެވެ.
ކޮލެޖާއި ދިމާއަށް ބަލައިލަމުން ލިވްޔާ މަޑުމަޑުން ސައިކަލުން ފޭބިއެވެ. އަދި ތުންފަތުގައި ދަތްއަޅައިލަމުން ރާއިދްގެ މޫނަށް ބަލައިލިއެވެ. ލޮލުގައި އަޅައިފައިވާ އަވިއައިނުގެ ސަބަބުން އޭނާގެ ރީތި ދެލޯ ފޮރުވިފައިވީނަމަވެސް އެރީތިކަން އިތުރުވެފައިވިއެވެ.
“ނިމުނީމަ ގުޅާ. އޭރަށް ބަލައި އަންނާނަން.” އެހެންބުނެލުމަަށްފަހު ރާއިދް ސައިކަލް ދުއްވައިލީ ލިވްޔާއަށް އޭނާގެ ފޯން ނަމްބަރުވެސް ދިނުމެއްނެތިއެވެ. ލިވްޔާ ގޮވައިލުމުންވެސް އެނބުރި ބަލައިލުމެއްނެތި ރާއިދް ދިއުމުން އޭނާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނެވެ. ރާއިދް ދިޔަތަންބަލަން ހުރުމަށްފަހު ތުންފަތަށް ވައްތަރެއް ޖައްސައިލަމުން ލިވްޔާ ކޮލެޖަށް ވަދެގެންދިޔައެވެ.
ވަގުތުތައް ފާއިތުވެގެން ދިޔަގޮތްވެސް ނޭނގުނެވެ. ކިޔެވުމުގައި މަޝްއޫލުވެ އިންނަމަވެސް ލިވްޔާގެ ސިކުނޑީގައިވަނީ ރާއިދްގެ އެކިޚިޔާލުތަކެވެ. އަތުކުރީގައިއޮތް ހިމަ ގަޑިއަށް ނަޒަރު ހިންގައިލަމުން ލިވްޔާ ހިނިތުންވެލީ ކޮލެޖްނިމޭގަޑި ކައިރިވަމުންދާތީއެވެ. ބެލްގެ އަޑާއެކު އެންމެފަހު ކްލާސް ނިންމައިލުމަށްފަހު ލިވްޔާ ކޮލެޖުން ނުކުމެ ދޮރުމަތީގައި މަޑުކޮށްލަމުން މަލްހާގެ ނަމްބަރަށް ގުޅައިލުމަށްފަހު ރާއިދް ގާތުގައި އޭނާ ބަލައި އައިސް ދިނުމަށް އެދުނެވެ. މަލްހާ އާއެނކޭ ބުނުމާއެކު ފޯން ބާވަމުން މަގުގެ ދެކޮޅަށް ނަޒަރު ހިންގަމުންދިޔައީ ރާއިދް އަންނާނެއިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައިހުރެއެވެ.
ތަންކޮޅެއްދުރުން ރާާއިދްގެ ރީތި ސޫރަ ފެނުމާއެކު އެއްއަތުން އިސްތަށިގަނޑު ރީތިކޮށްލަމުން ފަނޑު ހިނިތުންވުމަކާއެކު ލިވްޔާ އެދިމާއަށް ބަލަން ހުއްޓެވެ. ސައިކަލް އައިސް އޭނާގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު ތުއި ގޮތަކަށް ސައިކަލުގެ ފަހަތަށް އަރައި ރާއިދްގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި އިނށީދެ ހަމަޖެހިލިއެވެ. އެއާއެކު ރާއިދް ސައިކަލު ދުއްވައިލީ ތަންކޮޅެއް ބާރަށެވެ. ފަހަތުގައިއިން ލިވްޔާގެ ގާތްކަމުން ރާއިދްގެ ހިތަށް އުނދަގޫވަމުންދިޔައެެވެ. ސައިކަލުގައިހުރި ކުޑަ ލޯގަނޑުން ފަހަތުގައިއިން ލިވްޔާގެ މޫނަށް ރާއިދް ނަޒަރުހިންގައިލިއެވެ. އިރުއިރުކޮޅާ މޫނުމައްޗަށް ވެއްޓެމުންދިޔަ އިސްތަށިތައް ރީތިކޮށްލާގޮތުން ރާއިދްއަށް ހެވުނެވެ. މިއީ ހާދަ ވަރެއްގެ އަންހެންކުއްޖެކޭ އޭނާގެ ހިތަށް އެރިއެވެ.
އެހެނަސް އެމޫނަށް އެޅިފައިވި ފަނޑު އަލިކަމުގެ ތެރެއިން ލިވްޔާގެ ރީތިކަން ރާއިދަށް ފުރަތަމަ ފަހަރަށް ފާހަގަވިއެވެ. ހިނިތުންވެލައިގެންއިންއިރު އެކޮލަށް އެޅިފައިވާ އަޑިކޮޅުގެ ސަބަބުން އެރީތިކަން އިތުރުވެފައިވިއެވެ.
އިރުކޮޅަކު ލިވްޔާގެ ސޫރައަށް ބަލަންއިނުމަށްފަހު އެހެންދިމާއަކަށް ރާއިދް ނަޒަރު ހުއްޓައިލީ އޭނާގެ ހިތަށް އަރަންފެށި އެއްޗެހިން ކަންބޮޑުވެފައެވެ. މަލްހާގެ ކޮއްކޮއަކާމެދު އެގޮތަށް ވިސްނާކަށް ނުވާނެކަމަށްބުނެ އަމިއްލަ ނަފުސަށް އަޑުލައިގަންނަމުން ރާއިދް ސައިކަލުގެ ދުވެލި އިހުނަށްވުރެ ބާރުކޮށްލިއެވެ.
ގޭގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމާއެކު ލިވްޔާ ސައިކަލުން ފައިބަމުން ރާއިދްގެ މޫނަށް ބަލައިލުމަށްފަހު ހިނިތުންވުމެއް ހަދިޔާކޮށްލަމުން ގެއާދިމާއަށް ހިނގައިގަތެވެ. ފަހަތުން ރާއިދްވެސް އައިސް ގެއަށް ވަނުމާއެކު ދެމީހުން ގާތުގައި ކާންއައުމަށް މަލްހާބުނެލިއެވެ.
“ކޮބާ ޒީވާން.؟ ނިދީތަ މިހާރު؟” ގަޑިއަަށް ނަޒަރު ހިންގައިލަމުން ރާއިދް އަހައިލިއެވެ. ހޫން ލައްވައިލަމުން މަލްހާ މޭޒު މަތީ ތަށިތައް އެތުރުމުގައި ހީނާއަށް އެހީވަމުން ދިޔައެވެ.
“ޔެސް. ޔެސް. ޔެސް.” ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމަށްފަހު ކުޑަކޮށް ފުއްމައިލަމުން ލިވްޔާ ހޭންފެށީ މިއަދު ރާާއިދާއި އެހައި ގާތުގައި އިންނާނެ ފުރުސަތު ލިބުމުން ހިތްހަމަޖެހި އެކަމާ އުފާވެފައި ހުރެއެވެ. އަވަސްވެފައިވާ ހިތާއި ދިމާލުގައި އެއްއަތުން ފިރުމައިލަމުން ލިވްޔާ އެނދުމައްޗަށް ވެއްޓިގަތެވެ.
“ދެން ކެތެއްނުވާނެ. ލައްކަ ދުވަހު އަހަރެންނަށް ކެތްކުރެވިއްޖެ. ދެންނުވާނެ. އަހަރެން ރާއިދްގެ ލޯބިބޭނުން. ކޮންމެގޮތެއްހަދާފަ ނަމަވެސް އަހަރެން އެލޯބި ހޯދާނަން.” އެނދުގައިއޮވެ ހިތާއިހިތައި ލިވްޔާ ބުނަމުންދިޔައެވެ. ދެން އެންމެ ހިނދުކޮޅެއްވެސް ރާއިދްގެ ލޯތްބާނުލައި އޭނާއަކަށް ކެތެއްނުވާނެއެވެ. ކުރިން އެެއިހުސާސުތަކާ ދެކޮޅަށް ހަނގުރާމަކުރެވޭތޯ މަސައްކަތްކުރީ އެއީ އޭނާގެ ދޮންތަގެ ފިރިމީހާއަަށް ވީތީއެވެ. އެހެނަސް ދެންހެެވެވެ. ދެންއިތުރަށް އޭނާ ގަޔަކު އެއިހުސާސުތަކާ ދެކޮޅަށް ހަނގުރާމަކުރާނެ ހިތްވަރެއްނެތެވެ. އޭނާވެސް އޭނާގެ ލޯބި ކާމިޔާބުކުރަން ބޭނުމެވެ. އެކަމަށްޓަކައި ކޮންމެ ކަމެއްކުރަން ޖެހުނަސް އޭނާ ކުރާނެއެވެ. ސިކުނޑީގައި ރަނގަޅުގޮތެއް ރާވައިލަމުން ލިވްޔާ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ.
** ** **
“ދަރިފުޅާ ޔާނިކް. ކީއްވެތަ ކައިވެނިކުރަން ބޭނުންނުވެގެން ތިއުޅެނީ؟ ބައްޕަމެން ލައްކަ ދުވަހު އިންތިޒާރުކޮށްފިން ދަރިފުޅަށް ކަމުދާ ކުއްޖަކާާ ދިމާވޭތޯ. މިހާރު ދަރިފުޅުގެ އުމުރުން ތިރީހާއި ގާތްކުރަނީ. އަދިވެސް ދިރިއުޅުމެއް ފަށާކަށް ނުވޭތަ؟ ބަލާބަލަ ދަރިފުޅު ތިހެން ހުއްޓައި ނާލް މިހާރު އެހުރީ ބައްޕަމެންނަށް ކާފަ ކިޔާނެ ކުއްޖަކު މިދުނިޔެއަށް ގެނައުމުގެ މަގުމަތީ. ދެން ދަރިފުޅުވެސް ދިރިއުޅުމެއް ފަށަން ބައްޕަ އަށް ފެންނަނީ.” ކަންބޮޑުވުން އެކުލެވިފައިވި އަޑަކުން ލުތުފީ އޭނާާގެ ކުރިމަތީގައިއިން ޔާނިކްގެ މޫނަށް ބަލަމުން ވާހަކަދައްކަމުންދިޔައެވެ. ލުތުފީގެ ވާހަކައަށް އެއްވެސް ޖަވާބެއްނުދީ އިސްޖަހައިގެން ޔާނިކް އިނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.
ލުތުފީ އާާއި ޖެހިގެންއިން ފާއިޒާ ކަންބޮޑުވުމާއެކު ޔާނިކްގެ މޫނަށް ބަލަމުންދިޔައިރު ޔާނިކް ގާތުގައިއިން އީނާލްގެ މޫނުމަތިން ފާޅުވަމުންދިޔައީ ހަމްދަރުދީއެވެ.
“ބައްޕާ. އަޅުގަނޑު.. އަޅުގަނޑު ލޯބިވާ ކުއްޖެއް ހުރެއޭ.” އިރުކޮޅަކު ވިސްނަންއިނުމަށްފަހު ޔާނިކް އެހެންބުނެލުމާއެކު އީނާލަށް ދެލޯބޮޑުކޮށްލެވުނެވެ. ދޮންބެ ހަމަ ހަގީގަތުގައިވެސް އެވާހަކަ މަންމައާާއި ބައްޕަ ގާތުގައި ބުނަނީ ހެއްޔެވެ؟
“އޭނ.އަސްލުވެސްތަ؟ ދަރިފުޅު ނުވެސް ބުނަމެއްނު. އޭރުވެސް އަހަރެން ލުތުފީގާތު ބުނީމެއްނު ޔާނިކްއަށް ކަމުދާ ކުއްޖަކު ހުރެދާނެއޭ. އޭނަ އެހުންނަނީ ލަދުން އަހަރުމެންގާތު ބުނަން ނުކެރިފައޭ ދޯ ދަރިފުޅާ.” ދާދި ދެންމެއަކާ ޖެެހެންދެން ކަންބޮޑުވުމާއި ހާސްކަން ފާޅުވަމުންދިޔަ ފާއިޒާގެ މޫނުމަތި ވަގުތުން އުޖާލާވެގެން ދިޔައެވެ. ހެވިދިލިފައި އޭނާ ޔާނިކްއާއި ދިމާއަށް ބަލަމުންދިޔައިރު އީނާލްއިނީ ޔާނިކް ދެންބުނާނީ ކޮންވާހަކައެއްކަން ވިސްނި ހާސްވެފައެވެ. ހަމަގައިމުވެސް އެވާހަކައާއެކު މާހައުލުގައިވި އުފާވެރިކަން ގެއްލިގެންދާނެކަން ޔަގީނެވެ.
“ތެދެއްތަ ދަރިފުޅާ. އަނެއްކާ އެއީ ކޮންކުއްޖެއް؟” ހިނިތުންވެލަމުން ލުތުފީވެސް ފާއިޒާގެ ވާހަކައާއި ގުޅުވައިލަމުން އަހައިލިއެވެ. އިސްއުފުލައިލަމުން ޔާނިކް ފަހަރަކު މީހެއްގެ މޫނަށް ބަލައިލީ ހިތާމަވެރި ގޮތަކަށެވެ.
“އެއީ.. އެއީ.. މީހެއްގެ އަންބެއް.. ކުއްޖެއްގެ މަންމަ އެއް.” ވަރަށް ހިތްވަރުކޮށްލުމަށްފަހު ޔާނިކް އެހެން ބުނެލީ އެންމެކުޑަމިނުން އޭނާގެ ހިތުން ކުއްޖަކަށް ޖާގައެެއްދެވިފައިވާކަން އެނގި އޭނާގެ މައިންބަފައިން ކައިވެނީގެ ވާހަކަ ދެއްކުން ހުއްޓައިލާނެކަމަށެވެ.
“ކީކޭ؟ ޔާނިކް ތިހުރީ ހަމަހޭގަތަ؟ ތިކިޔޭ އެއްޗެއް އެބައިނގޭތަ؟” ދެލޯބޮޑުކޮށްލަމުން ލުތުފީ އެހެން އަހައިލިއިރު ފާއިޒާވެސް އިނީ ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައެވެ.
“ބަައްޕާ. އަޅުގަނޑު ބޭނުމީ އޭނަ.. އޭނައަށް.. އިންތިޒާރު ކުރަން.” ވަރަށް ހިތްވަރާއެކު އޭނާގެ ހިތުގެ ހާލު އޭނާގެ މައިންބަފައިންގެ ކުރިމަތީގައި ޔާނިކް ބަޔާންކޮށްލިއެވެ. އެއާާއެކު ފާއިޒާގެ ދެލޯބޮޑުވެގެން ދިޔައެެވެ. ލުތުފީއަށްވެސްވީ ހަމަ އެފަދަގޮތެކެވެ.
“ލިބެންނެތް މީހަކަށް ބޭކާރު އިންތިޒާރެއް ކުރުމުގެ ބޭނުމެއްނެތް.” ހިތްހަމަނުޖެހިފައި ލުތުފީ ބުނެލިގޮތުން ޔާނިކްގެ ހިތަށް ތަދުވިއެވެ. “އެކަމު ބައްޕާ. ދޮންބެ އޭނަދެކެ ވަރަށް ލޯ.” ޔާނިކްގެ ދިފާއުގައި ވާހަކަދައްކަންފެށި އީނާލަށްވެސް ހުއްޓައިލަން ޖެހުނީ ލުތުފީ އަތުގެ އިޝާރާތުން އެކަން މަނާކުރީމައެވެ.
“އަހަރެން ބޭނުމެއްނޫން އަހަރެންގެހުރި ހަމައެކަަނި ފިރިހެންދަރި ތިފަދަ ތާކުންތާކު ނުޖެހޭ ކަމަކާ އަމިއްލަ ދިރިއުޅުން ބޭކާރުގޮތުގައި ހޭދަކޮށްލާކަށް. ޔާނިކް ދެންޖެހޭނީ ބައްޕަ ދައްކާ ކުއްޖަކާ ކައިވެނިކުރަން އެއްބަސްވާން.” ހަރުކަށިކަން އެކުލެވިފައިވިއަޑަކުން ލުތުފީ ބުނެލުމާއެކު ދެލޯބޮޑުކޮށްލަމުން ޔާނިކް ލުތުފީގެ މޫނަށް ބަލައިލިއެވެ. ލޯބިނުވާ މީހަކާ ކައިވެނިކޮށްގެން އޭނާ އުޅޭނީކިހިނެއްހެއްޔެވެ؟
“އެކަމު ބައްޕާ.” ޔާނިކް ދެކޮޅުހަދަން ފެށުމުން އެއީ އޭނާގެ އެންމެފަހުގެ ނިންމުންކަމަށްބުނެ ލުތުފީ އިންތަނުން ތެދުވެގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ބަސްހުއްޓި ގަބުވެފައިއިން ޔާނިކް ފެނުމުން ފާއިޒާ ހިތުގައި ޖެހުނެވެ. އެހެނަސް އޭނާއަށްވެސް ވިސްނުނީ ލުތުފީގެ ނިންމުމަކީ ޔާނިކްއަށްވެސް އެންމެ ރަނގަޅުވާނެ ގޮތްކަމަށެވެ.
“މަންމާ. މަންމަ ބައްޕައާ ވާހަކަދައްކަންވީނޫންތޯ؟ ލޯބިނުވާ މީހަކާއެކީ ދޮންބެ ކިހިނެއްތޯ މުޅިދިރިއުޅުން ހޭދަކުރާނީ؟” ޔާނިކް އިންގޮތްފެނި ހިތުޖެހިފައި އީނާލް ބުނެލިއެވެ. އޭރު އޭނާގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ. “މަންމައަކަށް ނޭނގެ ތިކަމުގަ ބުނާނެ އެއްޗެއް. ބައްޕަ އެނިންމެވީ އެންމެ ރަނގަޅަށްހެން މަންމައަށް ހީވަނީ. އެކީއުޅެން ފެށުމުން ލޯބިވެސްވެވިދާނެ.” ޔާނިކްއާ ދިމާއަށް ބަލައިލަމުން އެހެން ބުނެލުމަށްފަހު ފާއިޒާވެސް ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.
“ދޮންބޭ.” މަޑުމައިތިރިކަމާއެކު އީނާލް ޔާނިކްއަށް ގޮވައިލިއެވެ. އެހެނަސް އެއަޑު ހިތްހަލާކުވެފައިއިން ޔާނިކްއަށް ނީވޭފަދައެވެ. އިންތަނުން ތެދުވަމުން އަމިއްލަ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ހަތަރު އުދަރެސް ފެނުޖެހިފާ މީހަކުފަދައިންނެވެ. ލޮލުގައި ބޮޑިވެގަތް ކުރަނަތައް އޭގެ މަގާމްދޫކޮށް އޮހޮރިގަތްއިރުވެސް ޔާނިކް އެކަރުނަތައް ހިފަހައްޓާކަށް މަސައްކަތެއް ނުކުރެއެވެ.
މައިންބަފައިންގާތު އެހައި ހިތްވަރުން އޭނާގެ ހިތުގެ ހާލު ބަޔާންކުރީ ކުޑަކޮށްވެސް މިހެންވެދާނެ ކަމަކަށްނޫނެވެ. އޭނާ ހީކުރީ ޒަޚަމްވެފައިވާ އެހިތުގެ ހާލު އެނގުމުން މަންމަމެން އޭނާ ގާތުގައި ކައިވެނީގެ ވާހަކަ ދެއްކުން ހުއްޓައިލާނެކަމަށެވެ. ނަމަވެސް ކަންތައްމިވީ އޭގެ ދިމާއިދިކޮޅަށެވެ. ކީއްވެހެއްޔެވެ؟ ޔާނިކްގެ ދެތުންފަތް ދޭތެރެއިން ޝަކުވާގެ މަޑު އާހެއް ނުކުމެގެންދިޔައެވެ. މިއީ އޭނާއަށްޓަކައި ހުރިގޮތް ކަންނޭނގެއެވެ.
** ** **
އެކުވެރިންތަކަކާއެކު ބޭރަށް ދިއުމަށްޓަކައި ތައްޔާރުވެލައިގެން ލިވްޔާ ކޮޓަރިން ނުކުތެވެ. ލައިފައިވާ ގަޔަށް ބާރު ކުރު ހެދުމުގެ ސަބަބުން އެދޮންހަށިގަނޑުގެ ބޮޑުބައެއްވަނީ ކަޝްފުވެފައެވެ. ކޮނޑުގައި ކަޅު ކުލައިގެން ހޭންޑް ބޭގް އަޅުވައިލަމުން އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން ލިވްޔާ ގޭގެ ދޮރާ ދިމާއަށް ހިނގައިގަތެވެ.
“ދޮންތާ. ދޮންތާ.” މަލްހާއަށް ގޮވައި ގޮވައިވެސް އޭނާގެ ޚަބަރެއް ނުވިއެވެ. “ގޭގަ ނެތީ ކަންނޭނގެ.” ފަރުވާކުޑަ ގޮތަކަށް ދެކޮނޑު އަރުވައިލަމުން ލިވްޔާ ކުރިއަށް ހިނގައިގަތެވެ.
މަލްހާގެ ކޮޓަރި ހުރަސްކުރިވަގުތު ކުޑަކޮށް ހުޅުވިފައިހުރި ދޮރު ފެނުމުން މަލްހާ އެތެރޭގައި ހުރެދާނެ ކަމަށް ލިވްޔާ އެދޮރު އިތުރަށް ހުޅުވައިލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯބޮޑުވެގެންދިޔައެވެ. އާޝޯޚުވެފައި ކޮޓަރިތެރެއަށް ބަލަންހުރި ލިވްޔާގެ ތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ. އޭރު އޭނާގެ މުޅި މޫނުވަނީ ރަތްވެފައެވެ. ހަށިގަނޑުގައި އުފެދުނު މަޑު ތުރުތުރާއެކު ލިވްޔާއަށް ތުންފަތުގައި ދައިގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.







Reethi.. Miahvure avahah up nukoh dheveyny tha..
Sry dear.. Yesterday n tday bxy vyma.. In sha allah tmrw in feshigen avahah up koh fashaanan.. Btw thanks?
Salaam all.. Here is the 10th part. Hope u all like this part too.. Let me knw the mistakes.. N enjoy reading.. Nxt part in sha allah tmrw.. Hv a v gud nyt.. Ly all my dears?❤
Nau Thanks ?????????
Wlcm dear. N thanks❤
Alhey nau khonireh mihaaru story ah inthixaaru kuraathaa… Ehaaves rythi mi story… Enme rythy hama sifakurumey buneveyny… N story kuriah gendhaa goehves v v rythi
Awwwn thanks alot my dear.. Sry for the delay in sha allah tmrw avahah up kuraanan?❤
Wow reethi?
Keep it up nau❤
Thanks my dear❤
Alheyyy nau yaanik ah malhaa dhyfa livya aai raaidh gulhuvahchey…stry hama v furihama…vvv asaru gadha..v unique gothakah kuriyah thi gendhany..kypmuo the gud wrk dear..ly❤
Wow v reetih
Vvvv salhi ekam avahah up kohdhehchey
Nice ❤️❤️❤️ dhn ekm vx e livya e oh ulhey gotheh dhw ? dhonthabe viyya ? keekey dhn bunaany ✌️? hahaha.. ekm yaanik vx haadha hiydhathi haalehga ey dhw.. poor yaanik ??? hama hithah arany kihinei dhaane story eh baa ey mee… bcz adhi sham eh nukiyan mi kahala love story eh.. Like malha baby vx obn.. so… Urhhh… Waiting waiting.. vrh kiyaa hiyhveyy ??? upload kohlaathi avahah plz plz ?❤️?❤️?❤️ good luck ?
V reethi mi part ves
Liyva aw yaanik dhakkaba eyrun faharegga raaidh mathin handhaan nethi dhaane ennu and yaanik Wes malha mathin handhaan nethi dhaanenu v nice mi story
Maasha Allah mi part vx v v v reethi ❤️❤️❤️… Yaanik haadha dhervaaney ???… V v hurt vaane dhw ??… Livyaa ulhey gotheh dhw ??.. V interesting ingey mi story ???… Keep up the good work Nau ???… Eagerly waiting for the next part ???… Lots of love and take care ??❤️❤️❤️??????
Story dhaagoiy varah salhi… konme part ehves v kiyaalaa hithun kiyaalevey.❤❤❤ Mihaaru up kuraa baithah thankolheh kuru…. ??dhen dhigu kon genesdhehchey ingey nau….
V hiigaimu
V.v.nice dear
V reethi vaahakaeh. Hama rovijje
V salhi
Buxy koh ulhemun ves mi vaahaka kiyan igey luba … comment nukurevenii … masha allah varah furihama …. nau ge masahkathugaa barakaiyy lahvaashi aameen . ??
raaidh betray kohlan ulhey hen haadha hyveyey nau . raaidh n livya gandeh ganelaane . balan hunnahchey . Konme akas story nimeyiru malhaa lahvaalaani yaanik ah .
Salaam all.. I dnt thnk i cn upload the stry tday.. M having fever since last nyt.. M sry for this.. Ekm kudakohvx luivehejehyaa in sha allah i will try to upload.. Sry guys. Will reply to ur comments too once i fyl gud.. Hope u all will understand.. ?
Ok vaane … nau ah avas shifa akah edhen .. ?
It’s ok Nau… Avas shifaa akah edhen ?
It’s ok may? get well soon
Nau*
nau plxxxxxxxxxxxxx maloo ah dhera gotheh viya nudhechey ingey story vvv reethi……..waiting for next part……….
Wow….varan reethi ..when next part.
Nau next part miadhu up vaarne tha?
When next part…
Thank u sooo sooo sooo much everyone.. V happy vey comments thah kiyaafa.. Sry i cudnt reply them vaki vakin.. In sha allah tday ge part in feshigen rep kurana fashaanan.. Really appreciate u guys love that u all r giving to this stry.. Thank u soooo much all.. Ly all soo much.. ❤?