އޭނާ ރެއިލިންގައި އަތް އަޅުވާލިއެވެ. ހިނދެއް ހިނދަކަށް ވައިގަދަވަމުން ދިޔައީ ތޫފާނެއްގެ އިންޒާރު ދޭފަދައަކުންނެވެ. އޭނާ ލޯ މަރާލީ ފަހަރެއްގައިވެސް ހިޔާލުގެ ކަނޑަކަށް ގެނބޭކަށް ނޫނެވެ. އެހެންނަމަވެސް ލޯ މަރާލުމާއެކު އޭނާ އަށް ފެނުނު ސޫރައަކުން ރެއިލިންގައި ޖަހާލެވުނެވެ. އެއާއެކު އޭނާގެ އަތަށް ތަދުވިއެވެ. ދަގަޑުގައި ޖެހުނީ އެހާ ބާރަށެވެ. އޭނާ އަނގަޔަށް ގޮތެއް ހަދާލިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ނަރަރުހުއްޓާލިއެވެ. އުޑުމަތިން ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އެހެންނޫނަސް ދިއްލާ އަޅާފައިވާ މި […]
ހުޅުލޭ އެއަރްޕޯޓަށް ދެންމެ ޖެއްސި ފުލައިޓުން ފައިބައި ގެން އައި އެރީތި ޒުވާނާ ގެ ތުންފަތް މަތީވަނީ ރީތި ހިނިތުން ވުމެކެވެ.ޓާމިނަލްގެ ތެެރެއިން ފުރޭނިގެން މީހުން ތަކުގެ ތެރެއިން ނުކުއިން ޒުވާނާ ލާފައިހުރި ހުދުކުލައިގެ ގަމީހާއި އަރާފައި ހުރި ބޫޓު ނުހަނު ގުޅެއެވެ.ލާފައި ހުރި ގަމީހުގެ ތުނިކަމުން އެ ކަސްރަތީ ހަށިގަނޑުގެ ދޮންކަމާއި ރީތި ކަން ފާޅު ވޭވޭ ހުއްޓެވެ. އެ ފިރިހެން ވަންތަ ހިނގުމުގައި އެގުޒިޓް ޑޯރް އާއި ދިމާއަށް ދިޔަ އެރީތި ޒުވާނާ އަށް […]
އަހަރެން އަތުގައި އޮތް އެ ސްކޫލުގެ ‘ބުކްލެޓް’ އާ ދިމާއަށް ބަލަހައްޓައިގެން ހުރެ ކުރިއަށް ހިނގައިގަތީމެވެ. މި ސްކޫލުގެ ބޮޑުކަމުގެ ސަބަބުން އަހަންނަށް އަމިއްލަ ކުލާސް ހޯދިއްޖިއްޔާ ރަނގަޅެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު އަހަރެންގެ ފައިގައި އަޅުވާލައިފިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ސްކޫލުގެ ގޯތިތެރޭގައި ހައްދާފައިވާ ފެހިކަން ގަދަ ވިނަގަނޑުގެ މައްޗަށް އަހަރެން ވެއްޓުނީ އަނގަވަތަށެވެ. ބޯ ހިއްލާލި ވަގުތު އަހަންނަށް ފެނުނީ އޮފު އަރައަރާ ހުރި ކަޅުކުލައިގެ ދެ ބޫޓެވެ. އޭނާގެ މައްސަލަ އަކީ ކޮބާ […]
ތުރުތުރުއަޅަމުންދިޔަ އަތުން ފެންޖަގުނެގިއިރު އެހިތްނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ރޭގައި ފެނުނު ހުވަފެނާއި ނޫރާގެ ވާހަކަތަކުން އޭނާގެ ސިކުނޑި ގައިދުކޮށްލައިފައިވިއެވެ. އަތުގެ ނުފުށުން މޫނުމަތި ފުހެލަމުން ފުންނޭވާއެއްލުމަށްފަހު މަލްހާ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލީ ހިތްދަތި ގޮތަކަށެވެ. “އައި ޑިޑިންޓް އެކްސްޕެކްޓް ދިސް ފްރޮމް ޔޫ ރާދު. ޔޫޓޫ ލިވީ.” ދޮރާއި ދިމާއަށް ބަލަންހުރި މަލްހާގެ ހިތްވީ އެެދެމީހުންނަށްޓަކައި ޝަކުވާއިން ފުރިފައެވެ. ލަސްފިޔަވަޅުތަކެއްގައި މަލްހާ ދޮރާއި ދިމާއަށް ހިނގައިގަތީ ކޮންމެފަދަ މަންޒަރެއް ފެނުނަސް ހިތްވަރުކުރަން ނިންމައިގެންހުރެއެވެ. މަޑުމަޑުންދޮރު ހުޅުވައިލަމުން […]
“..އިލްހާމްގެ އަންހެން ދަރިޔަކު ދިރި ދުނިޔޭގައި އެބަހުރި!..” ޒިބްނާތު ޔަޤީންކަމާއެކު ޖަވާބު ދިނެވެ. ޒިބްނާތުގެ ޖަވާބު އިވިފައި އިބްރާހީމްބެ ކުޑަކޮށްވެސް ހައިރާނެއްނުވެއެވެ. އޭނާގެ މޫނުމަތިން ފާޅުވީ ހިތްހަމަޖެހުމެވެ. ***** ދަންވަރުގެ ވަގުތު ކަމުން މަގުމަތިން އެއްވެސް ވަރަކަށް ދުއްވާ އެއްޗެއްގެ ހިލަމެއް ނުވެއެވެ. މަގުމަތިން ދިރޭ ފުރާނައެއްގެ ލިސާނެއްވެސް ނުވާއިރު މުޅި ހިސާބަށް ފެތުރިފައިވާ ހަމަހިމޭން ކަމަށް ބުރުއަރުވަމުން ގެންދަނީ ހީރިގެ މަޑުމަޑު މިއުޒިކީ އަޑެވެ. މި ހިތްގައިމު މާހައުލުގައި ޝައްދާދު ޑިއުޓީގައި އިނީ އިންނަ ހިތަކުންނެއް […]
ދައްތާ އަހަރެން ބަނޑު ބޮނޑު “ޝީން އަގައިން ނިކުތް ޖުމްލައިން ނަފީސާއަށް ބުނާނެއެއްޗެއްނޭގި ހުއްޓުން އެރިއެވެ. ދެމީހުން އެގޮތުގައި ތިއްބައި ނަފީސާގެ ފޯން ރިންގް ވާން ފެށިއެވެ. ފޯންނަގާ ބަލާލިއިރު ގުޅަނީ ރާއްޖޭން ބޭރު ނަމްބަރަކުންނެވެ. ފޯން ސްކްރީނައް އަރާފައިވާ ނަމްބަރުފެނުމުން ޝީންއަށް އަޔާޒްގެ ނަން ކިޔާލެވުނެވެ.. ދައްތާ!! ޕްލީޒް އަޔާޒްއަށް އަހަރެން މިގޭގަ އުޅޭކަން ސިއްރު ކޮއްދީ އަހަރެންގެ އެއްވެސް ވާހަކައެއް އަޔާއަށް ކިޔައި ނުދޭތި ” ޝީންނަފީސާގެ ދެއަތުގައި ހިފާލަމުން އާދޭސް ކުރާގޮތައް ރުމުން […]
“ސިހުރެއް ނެހެދިޔަސް އެމީހުން ވަކިވާނެ! އެމީހުން ވަކިކުރުމަކީ މަގޭ އަޒުމެއް. މަގޭ އަޒުމެއް ޙާޞިލުނުކޮށް މަ ފަހަތަކަށް ނުޖެހޭނަން. އެދެމީހުން ވަކި ކުރާނީ އެދެމީހުން ހީވެސް ނުކޮށް ތިބޭނެ ފަދަ ގޮތަކަށް. އެ ވެސް ގިނަވެގެން 10 ވަރަކަށް ދުވަސްތެރޭގަ. އަހަރެން ކޮންމެހެން ވެސް 10 ދުވަހުގެ ތެރޭގަ އެދެމީހުންނަކީ ވެސް ވަކި ދެ ބަޔަކަށް ހަދައި އެމީހުން ބަލިކަށި ކުރުވާނަން. ޠޮލް މިހާރުދަނީ މަޑުމަޑުން އެ ޝަރަފް ކުރި ކަންތައް ނިއުޅަމުން. މަ ބޭނުން އޭނައަށް […]
ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން އެންމެ ބޮޑަށް ދަސްވެފައިވާ އެންމެ ބޮޑު ކަމަކީ މާތްﷲ އެންގެވި ގޮތަށް އުޅުމާއި ކީރިތި ރަސޫލާގެ ސުންނަތަށް ލޯބިކުރުމެވެ. މޫނުމަތީގައި ވާތް ފަރާތުގެ ކަންފަތާއި ހިސާބުން ފެށިގެން މަތީ ތުންފަތާއި ހަމައަށް ރޮނގެއްހެން ބޮޑު ލަކުނެއް ހުއްޓަސް ބަލާލަން ހަޑިއެއް ނޫނެވެ. ދަތް ދޮޅިން ފެށިގެން ތިރިއަށް ތިންއިންޗި ވަރަކަށް ދިގުކޮށްފައިވާ ތުނބުޅިން ނޫރުގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. ބެލްކަނިން ތިރި ބަލަހައްޓައިގެން ހުރި ނޫރަށް ފަހަތަށް ބަލާލެވުނީ ހުރި ހަމައެކަނި […]
“ލިވްޔާ.” މަލްހާގެ ބާރު ހަޅޭކުގެ އަޑު މުޅި ގޭގައި ގުގުމައިގެން ދިޔައެވެ. ރާއިދްގެ އުނގުގައި އޭނާގެ މޭގައި ބޯއަޅައިގެންއޮތް ލިވްޔާ ސިހިފައި އެއަޑަށް އިސްއުފުލައިލައި ބަލައިލިއެވެ. ތެޅިގަންނަމުން ރާއިދަށްވެސް ލިވްޔާ ދުރަށްޖައްސައިލުމަށްފަހު އިންތަނުން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. ފަތިސްނަމާދުގެ ބަންގީގެއަޑުން މާހައުލު ގުގުމައިގަތްގަޑީ ނޫނެކޭ ކިޔައި ހަޅޭލަވައިގަންނަމުން މަލްހާއަށް ތެދުވެވުނެވެ. ވަށައިގެން އެކިދިމާ ހޯދަމުން ދިޔައިރު މުޅިމީހާއިނީ ދާހިތްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމާއެކު މަލްހާއަށް އަވަސްވެފައިވާ އޭނާގެ ހިތާއި ދިމާލުގައި އަތްއަޅައި ބާރުކޮށްލެވުނެވެ. ނޫރާ ދެއްކިވާހަކަތަކާމެދުގައި އޭނާއަށް […]