Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (11)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 12, 2018 7 Mins Read
45 Comments

މަލްހާގެ ކޮޓަރި ހުރަސްކުރިވަގުތު ކުޑަކޮށް ހުޅުވިފައިހުރި ދޮރު ފެނުމުން މަލްހާ އެތެރޭގައި ހުރެދާނެ ކަމަށް ލިވްޔާ އެދޮރު އިތުރަށް ހުޅުވައިލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯބޮޑުވެގެންދިޔައެވެ. އާޝޯޚުވެފައި ކޮޓަރިތެރެއަށް ބަލަންހުރި ލިވްޔާގެ ތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ. އޭރު އޭނާގެ މުޅި މޫނުވަނީ ރަތްވެފައެވެ. ހަށިގަނޑުގައި އުފެދުނު މަޑު ތުރުތުރާއެކު ލިވްޔާއަށް ތުންފަތުގައި ދައިގަނެވުނެވެ.

ކޮޓަރީގެ ދޮރަށް ފުރަގަސްވާގޮތަށްހުރެ ބޮލުގައި ޖެލްލަމުންދިޔަ ރާއިދްއަކަށް ފަހަތުގައި އޭނާގެ ހަރަކާތްތަކަށް ބަލަންހުރި ލިވްޔާއެއް ނުފެނެއެވެ. އުނުގައި އޮޅައިލެވިފައިވާ ތުވާލީގެ ސަބަބުން ރާއިދްގެ ކަސްރަތީ ރީތި ހަށިގަނޑުގެ ބޮޑުބައެއް ހާމައަށް ފެންނަން އޮތެވެ. ތުމުން ރީތިރާގެއް އަޅުވައިލަމުން ލޯގަނޑަށް ބަލަންހުރެ އެކިއެކި ސްޓައިލް އިސްތަށިގަނޑަށް ޖެއްސުނުއިރުވެސް ރާއިދް ހިތްހަމަޖެހޭކަހަލަ ސްޓައިލަކާ ދިމައެއްނުވިއެވެ.

އުނަގަނޑުގައި އަތްވިއްދައިލަމުން ރާއިދް ލޯގަނޑުން އޭނާގެ ސޫރައަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު އެއްލިކަޅިއަކުން އޭނާއަށް ބަލަންހުރި ލިވްޔާ ރާއިދްގެ ލޮލުގައި އަޅައިގަތެވެ. ލިވްޔާ ހުރިގޮތްފެނި ރާއިދްގެ ތުންފަތްމަތީގައި ލާނެއް ހިނިތުންވުމެއް ދުވެލިއެވެ.

ކުއްލިއަކަށް އޭނާއާއި ދިމާއަށް އެނބުރުނު ރާއިދް ފެނިފައި ލިވްޔާ ސިހުނެވެ. ހާސްވީވަރުންގޮސް އޭނާ ތުރުތުރުއަޅައިގަތެވެ. އޭރުވެސް ސީދާ ލިވްޔާގެ މޫނަށް ބަލަހައްޓައިގެން ރާއިދް ހުއްޓެވެ.

“މީ.. ދޮން.. ދޮންތަ ނެތީތަ.. ގޭގަ؟” އަޅައަޅައިގަންނަމުން ލިވްޔާ އެހެން އަހައިލިގޮތުން ރާއިދްއަށް ހެވެން އުޅުނެވެ. އެހެނަސް އެކަން ހިންދައިލަމުން އޭނާ މަޑުމަޑުން ބޯޖަހައިލިއެވެ. “ފިހާރައަށް ގޮސްވީ ޒީވާން ގޮވައިގެން.” ޑްރެސިންގް ޓޭބަލްގައި ރީތިގޮތަކަށް ލެގިލަމުން ރާއިދް ބުނެލިއެވެ.

ރާއިދްގެ ނަޒަރު ސީދާ އޭނާއާއި ދިމާއަށް އަމާޒުވެފައިވީގޮތުން ލިވްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލަދުގަތްވަރުން އިސްޖަހައިލެވުނީ ބޭއިޚުތިޔާރުގައެވެ.

ރަތްކުލަވެރިވަމުންދިޔަ ލިވްޔާގެ މޫނު ފެނުމުން ރާއިދްގެ ހިތަށްވެސް ގޮތްތަކެއްވެގެން ދިޔައެވެ. އެދިމާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ އެހެންދިމާއެއް ބަލަން ބޭނުންނުވެފައިވާ ފަދައިންނެވެ. ލިވްޔާގެ ރީތިކަން އޭނާއަށް ކުރިން ފާހަގަނުވީ ކީއްވެހެއްޔެވެ؟

“އޫމް. ދޮންތަ.. ގާތު ބުނެލައްޗޭ އަހަރެންވީ ފްރެންޑްސްއާ އެއްކޮށް ބޭރަށްގޮހޭ.” ވަރަށް ހިތްވަރުން ހަމަޖެހިލަމުން ލިވްޔާ ބުނެލިއެވެ. “ޔަޕް. އެނީތިންގް އެލްސް؟” ހަރަން ބަނދެލަމުން ހިނިއައިސްފައި ރާއިދްއަށް އަހައިލެވުނެވެ. “ނޫން.” އަވަސް އަވަހަށް އެހެންބުނަމުން ލިވްޔާ ދާން ހިނގައިގަތެވެ. އެތަންބަލަންހުރި ރާއިދް ދެފަރާތަށް ބޯހޫރުވައިލަމުން ބޮލުގެ ފުއްކިބައިގައި އަތުން މަޑުމަޑުން ޖަހައިލިއެވެ. އޭނާއަަށް މިވަނީ ކިހިނެއްހެއްޔެވެ؟ ފަހަކަށް އައިސް އޭނާއަށް މާބޮޑަށް ލިވްޔާއާ ދޭތެރޭގައި ވިސްނެނީއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ރާއިދް ދެލޯމަރައިލީ އެޚިޔާލުތަކުން ދުރުވެލުމުގެ ބޭނުމުގައެވެ.

“ކޮންކަމަކާ މާހެވިފަ؟” އެތެރެއަށް ވަދެގެންއައި މަލްހާއަށް ދެލޯމަރައިލައިގެން ހިނިއައިސްފައިހުރި ރާއިދް ފެނުމާއެކު ސަމާސަވެރި ރާގަކަށް އަހައިލިއެވެ. “އޭނ.. އަހަ.. އަހަރެން ނުހެމެއްނު.” ދެލޯހުޅުވައިލަމުން ވަރަށް ނޫންކަމަށް ހަދައިފައި ރާއިދް ބުނެލިއެވެ. ރާއިދާއި ދިމާއަށް ބަލައިލަމުން ލޯއަޅައިލައިފައި މަލްހާ ހިނިގަނޑެއް ޖަހައިލިއެވެ.

“ކޮބާ ޒީވާން؟” މަލްހާއާއެކު ޒީވާން ނައުމުން ރާއިދް އަހައިލިއެވެ. “ސިޓިންގް ރޫމްގަ ޓީވީ ބަލަން އެބައިން.” ރާއިދް ގާތުގައި ހުއްޓިލަމުން މަލްހާ ބުނެލިއެވެ. އެއާއެކު ރާއިދް މަލްހާގެ އަތުގައި ހިފައި އޭނާއާއި ގާތްކޮށްލީ ލިވްޔާގެ ޚިޔާލުތައް ސިކުނޑިން ނެރެލަން ބޭނުންވެފައި ވުމުންނެވެ.

** ** **

މަގުމަތީގައި ހީސަކަރާތްޖަހަމުން ލިވްޔާ އޭނާގެ އެކުވެރިންނާއެކުގައި ދިޔައިރު ގިނަ މީހުންތަކެއްގެ ލޯތައް އެދިމާއަށް ހުއްޓެމުންދިޔައެވެ. އެއިން ކަމަކައި ލިވްޔާ އެހައި ކަންބޮޑުވާހެނެއް ހިއެއްނުވެއެވެ. އަމިއްލަ ދުނިޔެއެެއްގައި ހީސަކަރާތް ޖަހަމުންދިޔައީ މިނިވަން ދޫޏެއްހެންނެވެ.

މަގުގެ ދެފަރާތުގައިހުރި ފިހާރަތަކަށް ނަޒަރު ހިންގަމުންދަނިކޮށް އޭނާގެ ލޮލުގައި ވަރަށް ރީތި ޓީޝާރޓްކޮޅެއް އަޅައިގަތެވެ. އެއާއެކު ރަކި ހިނިތުންވުމަކާއެކު އެޓީޝާރޓްކޮޅަށް ބަލަމުން ގާތުގައިހުރި ޝުހާގެ ގައިގައި ކޮށްޓައިލަމުން އެޓީޝާރޓްކޮޅު ދައްކައިލިއެވެ.

“ވާއު. ވަރަށް ލޯބި. ލިވީއާ ވަރަށް ގުޅޭނެ.” އެޓީޝާރޓްކޮޅަށް ބަލަމުން ޝުހާ އެހެންބުނެލުމާއެކު ވަގުތުން އޭތި ގަންނަން ލިވްޔާ ބޭނުންވިއެވެ.

ކޮނޑުގައި އަޅުވައިލެވިފައިއޮތް ދަބަސް ހާވައިލުމަށްފަހު ޝުހާ ގާތުގައި އޭނާއާއި އެކުގައި އެފިހާރައަށް އައުމަށް ލިވްޔާ އެދުނެވެ. ބޯޖަހައިލަމުން ޝުހާވެސް ލިވްޔާގެ ފަހަތުން އެދިމާއަށް ހިނގަތެވެ.

** ** **

“ކޮންހާ ކޮތަޅުތަކެއްތީ؟” ގެއަށްއައިސްވަތް ލިވްޔާ ފެނުމާއެކު ހައިރާންކަން އެކުލެވިފައިވި އަޑަކުން މަލްހާ އަހައިލިއެވެ. “މިއައީ ކުޑަކޮށް ޝޮޕިންގް ކޮށްލައިގެން.” މަލްހާއަށް ހިނިތުންވުމެއްދެމުން އެސުވާލަށް ޖަވާބުދިނުމަށްފަހު ލިވްޔާ އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ލިވްޔާއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ފެންބޯން ބަލައިލިއިރު އެނދުގެ އެއްފަތާތުގައިހުރި މޭޒުމަތީގައި ހުރި ފެންޖަގު ހުސްވެފައިވީތަންފެނި ލިވްޔާ ކުސްތަޅައިލިއެވެ. ކަންނެތްގޮތަކަށް އެނދުން ފެއިބުމަށްފަހު ލައިގެންހުރި ކުރު ސޯޓުކޮޅަށް ދަމައިލައި ރީތިކޮށްލަމުން ޖަގު ހިފައިގެން ކޮޓަރިން ނުކުންނަން ލިވްޔާ ހިނގައިގަތެވެ.

ދެފައި ކާތަމުންކަހަލަ ގޮތަކަށް ސިޓިންގްރޫމަށް ނުކުތް ލިވްޔާ ހުއްޓުންއެރީ ސޯފާގައި ހަމައެކަނި ސޯޓުކޮޅެއްލައިގެން ޓީވީ ބަލަންއިން ރާއިދް ފެނިފައެވެ. އެއާއެކު އޭނާގެ ދެލޮލުން ނިދިވެސް ފިލައިގެން ދިޔަކަހަލައެވެ. އެއްއަރިއަކަށް ޖެހިލަމުން ރާއިދްގެ ގަޔަށް ސިއްރު ސިއްރުން ބަލަންފެށިއެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ޓީވީގެ ސްކްރީނަށް ގެއްލިފައިއިން ރާއިދްއާ ލޯބިން ސަމާސަކޮށްލަން އެވަގުތު އެހިތްއެދިގަތެވެ. ލޯބިން އެފަންއިސްތަށިގަނޑު ހާވައިލަން ބޭނުންވިއެވެ. އެހެން ހިތަށް އެރުމާއެކު ލިވްޔާގެ ދެކޯތާފަތަށް މަޑު ރަތްކުލައެއް ވެރިވެގެންދިޔައެވެ. ލަދުރަކި ހިނިތުންވުމަކާއެކު އިސްޖަހައިލަމުން އަނެއްކާވެސް ރާއިދްއިން ދިމާއަށް ބަލައިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ވަރަށް ހިތްވަރުކޮށްލަމުން ކާކޮޓަރިއާއި ދިމާއަށް ލިވްޔާ ހިނގައިގަތެވެ. ބޭނުމަކަށްވީ ރާއިދްގެ ސަމާލުކަން ހޯދުމެވެ. އޭނާ އެތަނަށް އައި ހަގީގީ ބޭނުންވެސް މިހާރު ލިވްޔާ ހަނދާންނެތްފަދައެވެ.

ޓީވީއިން ދައްކަމުންދިޔަ ފުޓްބޯޅަ މެޗަށް ގެއްލިފައި އިން ނަމަވެސް ރާއިދްގެ ސިކުނޑީގައި ދައުރުވަނުންދިޔައީ އޭނާގެ ކައިވެނި ޕާޓީއިން ފެށިގެން މިއަދާއި ޖެހެންދެން ލިވްޔާއަށް އޭނާ ފެނުމުން އެވާގޮތްތަކުގެ ޚިޔާލެވެ. އޭނާ ބަލައިލާ ކޮންމެ ފަހަރަކު ލަދުރަކިކަމާއެކު އިސްޖަހައިލާގޮތެވެ. އިސްތަށިގަނޑުގައި އަތްހިންގައިލަމުން ސޯފާ ތެރެއަށް ރާއިދް ވެއްޓިގަތެވެ. އެވަގުތު އެއްލިކަޅިއަކުން އިސްޖައިގެންހުރެ ކާކޮޓަރިއަށް ގޮސްވަތް ލިވްޔާ އޭނާގެ ލޮލުގައި އަޅައިގަތެވެ. މިއޮއް ދަންވަގުތު ލިވްޔާ ނުނިދައި ކީއްކުރަނީބާވައެވެ؟ ލިވްޔާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ރާއިދްއިނީ ކެތްތެރިކަންކުޑަވެފައެވެ. ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

ފެންޖަގުހިފައިގެން ނުކުތް ލިވްޔާ ފެނުމާއެކު ޓީވީގެ އަޑު މަޑުކޮށްލަމުން ރާއިދް އެދިމާއަށް އެނބުރިލިއެވެ. “ލިވީ.” ސިއްރުން ރާއިދްގެ އަމަލުތަކަށް ބަލަމުންދިޔަ ލިވްޔާއަށް ރާއިދްގެ އަޑު އިވުމާއެކު ހުރިތަނުގައި ހުއްޓެވުނީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. ހަގީގަތުގައިވެސް ރާއިދް އޭނާއަށް ގޮވައިލީހެއްޔެވެ؟ ތުންފަތުގައި ދައިގަންނަމުން ލިވްޔާއަށް ހިނިތުންވެލެވުނެވެ. އޭރު އެހިތުގެ ހިނގުން އަވަސްވަމުންދިޔައެވެ.

“ނިދަންތަ ތިދަނީ؟” ރާއިދްއާ ވީދިމާއަށް ލިވްޔާ އެނބުރިލުމާއެކު ހިނިތުންވެލަމުން ރާއިދް އަހައިލިއެވެ. ވަގުތުން ލިވްޔާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. “ނުނިދަންޏާ އަންނަންވީނު އަހަރެންނާއެކު ޓީވީ ބަލައިލަން. އެކަނިވެގެން ފޫހިވާތީ އަހަރެންވެސް މިއުޅެނީ. މަލްވެސް ނިދާފައޮތީ.” ސީދާ ލިވްޔާގެ ހިތްގައިމު ދޮންމޫނަށް ނަޒަރު ހުއްޓައިލައިގެންއިނދެ ރާއިދް ބުނެލިއެވެ. އޯކޭ އޭ ބުނެލަމުން ލަސްފިޔަވަޅުތަކެއްގައި ލިވްޔާ އައިސް ރާއިދްއާ ޖެހިގެންހުރި ސޯފާގައި އިނށީނެވެ.

ސޯފާކުރިމަތީގައިހުރި ކުޑަ ކޮފީ ޓޭބަލްމަތީ ޖަހު ބަހައްޓަމުން ލިވްޔާ ހަމަޖެހިލުމަށްފަހު ޓީވީއަށް ނަޒަރު ހިންގައިލިއެވެ. ފުޓްބޯޅައަކީ އެއްއިރެއްގައިވެސް އޭނާއަށް އެހައި ކަމުދާ ކުޅިވަރެއްނޫނެވެ. އެހެނަސް ރާއިދްއަށްޓަކައި ކިތަންމެ ފޫހިވި ނަމަވެސް ފުޓްބޯޅަ ބަލަން ލިވްޔާ ނިންމިއެވެ.

“ކިޔެވުން ކިހިނެއް؟” ދެމީހުން ދެމެދަށް ވެރިވެފައިއޮތް ހަމަހިމޭންކަން ނައްތައިލީ ރާއިދްއެވެ. “ރަނގަޅު.” ލިވްޔާ ދިނީ ކުރުޖަވާބެކެވެ. ކީއްވެކަމެއް ނޭނގެއެވެ. ރާއިދާއި ވާހަކަދައްކަންވުމުން އެހިތް އަވަސްވެ މުޅިމީހާ ފިނިވަނީއެވެ. ލިވްޔާގެ ޖަވާބަށް ރާއިދް ހަމައެކަނި ބޯޖަހައިލީއެވެ.

“މިގަޑީ ނުނިދާ ކީއްތިކުރަނީ؟ މިހައި ދަންވަންދެން ނުނިދައި ހުންނާކަށްނުވާނެ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ރާއިދް ވާހަކައެއްފެށިއެވެ. “ފެންބޮވައިގަނެގެން ހޭލެވުނީ. ދޮންތަބެވެސް ތިއިނީނު ނުނިދައި.” ދޮންތަބެއޭ ބުނަންވުމުން ލިވްޔާއަށް އުނދަގޫވި ނަމަވެސް އޭނާ ރާއިދްއާ އެނަމުން މުޚާތަބުކުރީ އަދި އޭނާގެ ހިތުގެ ހާލު ރާއިދަށް ނޭނގޭނެކަމަށް ހީކޮށެވެ.

ލިވްޔާ ދޮންތަބެގެ ނަމުން މުޚާތަބުކުރުމުން ރާއިދްއަށްވެސް އުނދަގޫވެގެންދިޔައެވެ. ފާޑަކަށް ލިވްޔާގެ މޫނަށް ބަލަންއިނުމަށްފަހު ރާއިދް ދެފަރާތަށް ބޯހޫރުވައިލަމުން ހަމަޖެހިލިއެވެ. ވިސްނުމަކަށް ގެއްލިފައިއިންފަދައަކުން އިނުމަށްފަހު އަނެއްކާވެސް ރާއިދް ލިވްޔާގެ މޫނަށް ބަލައިލިއެވެ.

“އޫމް ދޮންތަބެ ނުކިޔަސް އޯކޭ ވާނެ. ވީ އަރ ފްރެންޑްސް އެންނުދޯ މިހާރު. ކޯލް މީ ރާދު.” އޭނާގެ މޫނަށްބަލަންއިން ލިވްޔާއަށް ހިނިތުންވެލަމުން ރާއިދް އެހެންބުނެލުމާއެކު ލިވްޔާއަށް ހީވީ ވީއުފަލެއްގެ ބޮޑުކަމުން އުދުއްސައިގަނެވިދާހެންނެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އެކަމަށް އެއްބަސްވީ އޭނާވެސް އެކަމަށް ބޭނުންވެފައިއިން ވަރުންނެވެ.

ލިވްޔާގެ ޖަވާބުން ހަމަޖެހިލަމުން ރާއިދްވެސް ހިނިތުންވެލިއެވެ. އެއާއެކު އޭނާއަށް ބޭއިޚުތިޔާރުގައި ލިވްޔާގެ މުޅިގަޔަށް ނަޒަރު ހިންގައިލެވުނެވެ. ލައިފައިވާ އަތްކުރު ޓީޝާރޓް ކޮޅާއި ހުުދުކުލައިގެ ކުރު ސޯޓުކޮޅުގެ ސަބަބުން އެއޮމާން ދޮންދެފައިގެ ބޮޑުބައެއް ހާމަކަންބޮޑުގޮތެއްގައި ފާޅުވަމުންދިޔައެެވެ. ރާއިދްއަށް ހިންދިރުވައިލެވުނެވެ. ލިވްޔާގެ ރީތިކަމަށް ހިތާހިތުން ތައުރީފުކޮށްލަމުން މަލްހާ އާއި އަޅައިކިޔައިލެވުނެވެ.

ރާއިދްގެ ނަޒަރު އޭނާއަަށް އަމާޒުވެފައިވީތަންފެނި ލިވްޔާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ރަކި ހިނިތުންވުމަކާއެކު އިސްޖަހައިލި ލިވްޔާ ފެނުމުން ރާާއިދްއަށް އޭނާގެ މޭގައި އަތުން ފިރުމައިލެވުނެވެ. “ލަދުގަތީމަ ލިވީ ވަރަށް ލޯބި.” ރާއިދްގެ ދުލުން އެބަސްތައް ނުކުމެގެންދިޔައީ ބޭއިޚުތިޔާރުގައެވެ. އެރީތިކަމަށް ތައުރީފުކޮށްނުލައި އިންނަން އޭނާއަށް އުނދަގޫވީކަންނޭނގެެއެވެ.

ރާއިދްގެ އެޖުމުލައާއެކު ލިވްޔާގެ ހުރިހައި ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. އެދޮންކޯތާފަތަށް ވެރިވެފައިވާ ރަތްކަން އިތުރުވެގެން ދިޔައެވެ. ލުއި ހިނިތުންވުމަކާއެކު މަޑުމަޑުން ޝުކުރިއްޔާއޭ ބުނެލުމަށްފަހު އޭނާވެސް ވަށްކަޅިން ރާއިދްގެެ ކަސްރަތީ ހަށިގަނޑަށް ނަޒަރު ހިންގައިލިއެވެ.

އެކިވާހަކައިގައި ޖެހިފައިތިބި ދެމީހުންނަށް ހަމަހޭވެރިކަންވީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަމުން ނިދަންދަނީކަމަށްބުނެ ރާއިދް އިންތަނުން ތެދުވުމުން ލިވްޔާވެސް މޭޒުމަތީގައިހުރި ފެންޖަގު ހިފައިގެން ތެދުވިއެވެ. ބާއްޖަވެރި ރޭގަނޑަކަށް އެދެމުން ދެމީހުންވެސް އެމީހެއްގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ ހިތްހަމަޖެހިފައި ހުރެކަން ދެމީހުންގެ މޫނުމަތީގައިވި ހިނިތުންވުމުން އަންގައިދެއެވެ.

ކޮޓަރިއަށްވަދެ ދޮރުޖަހައިލަމުން ލިވްޔާ އަނގަމަތީގައި އެއްއަތްއަޅައިލަމުން ފުންމައިލީ ވެފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ. އޭނާއަށް ވެގެންވާނަމަ އަޑުންއަޑުނަގައި ހަޅޭލެވީހެެވެ. އެހައިވެސްބޮޑަށް އެހިތްވަނީ އުފާވެފައެވެ. އެތައްދުވަހެއްވަންދެން ދެކުނު ހުވަފެނެއް ހަގީގަތަކަށްވާން އުޅޭކަމުގެ ފެހި ސިގްނަލް ލިބުމުން އުފާނުވާނީ ކާކުހެއްޔެވެ؟

ރީތި ލަވައެއް ކިޔައިލަމުން ޖަގު މޭޒުމަތީގައި ބަހައްޓައިލުމަށްފަހު ލިވްޔާ ނަށަންފެށިއެވެ. ވެފައިވާ އުފަލެއްގެ ބޮޑުކަމުން ކޮށްފައި ނުކުރެވޭކަމެއްވެސް އޭނާއަށް ނޭނގޭފަދައެވެ. އިރުކޮޅަކު އެހެން އުޅެލުމަށްފަހު އެނދުމަތީގައި އޮށޯވެލައި ބާލީހަކުން މޫނުފޮރުވައިލީ ރާއިދް އޭނާއަށްކުރި އެކި ތައުރީފުތަކުގެ މަތިން ހަނދާންވުމުންނެވެ. އެއާއެކު ބަނޑަށް ހީލިއަރައިގެން ދިޔައެވެ. “ރާާދު.” ލަދުވެތި ހިނިތުންބުމަކާއެކު އެހެންބުނެލަމުން ބާލީހުން ލިވްޔާ މޫނުފޮރުވައިލިއެވެ.

އެނދުގައި އެއްއަތް ނިތުގައި ބާވައިގެންއޮތް ރާއިދްއަށްވެސް ވިސްނެމުންދިޔައީ ލިވްޔާއާއެކުގައި މިރޭ ހޭދަކުރެވުނު ވަގުތުތަކާ މެދުގައެވެ. އެއާއެކު އެތުންފަތުގައިވި ހިނިތުންވުން ފުންވެގެންދިޔައެވެ. ލިވްޔާ ހަގީގަތުގައިވެސް ހާދަހައި ޗާލެވެ. އޭނާއަށް މަލްހާއާއި ބައްދަލުވުމުގެ ކުރިން ލިވްޔާ ނުފެނުނީ ކީއްވެހެއްޔެވެ؟ އެދެމީހުން ކުރިން ބައްދަލުވިނަމައެވެ. އެހެންހިތަށްއެރުމާއެކު ރާއިދަށް ގާތުގައި ނިދިފައިއޮތް މަލްހާގެ މޫނަށް ބަލައިލެވުނެވެ. މަލްހާ އަކީވެސް ވަކި ހުތުރުކުއްޖެއް ނޫނެވެ. އެހެނަސް ލިވްޔާގެ ކުރިމަތީގައި މަލްހާގެ ރީތިކަން ފަނޑުވާނެކަން ރާއިދަށް ހަމަޔަގީނެވެ. ހަނދުގެ ކުރިމަތީގައި އަލިގަދަ ރީތި ތަރިތަކުގެ ރީތިކަން ފަނޑުވެގެންދާ އުސޫލުންނެވެ.

މަލްހާގެ މޫނަށް ބަލަން އޮތުމަށްފަހު ރާއިދް އަނެއްފަރާތަށް އެނބުރުނެވެ. އޭނާއަށް ވިސްނެމުންދިޔައީ ލިވްޔާ ކާމިޔާބުކުރަން ހަދާނެގޮތަކާމެދުގައެވެ. އެއީ އެއްވެސް ދަތިކަމެއްނޫންކަން އިނގޭއިރުވެސް އެކަމާއި ކުރިމަތިލާން އޭނާ ޖެހިލުންވަނީއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ރާއިދް ދެލޯމަރައިލިއެވެ.

** ** **

ކޮލެޖު ނިންމައިލުމަށްފަހު އެކުވެރިންނާއެކީގައި ސަކަރާތްޖަހަމުން ލިވްޔާ ކޮލެޖުން ނުކުތީ އެއްގޮތަކަށްވެސް ރާާއިދް އޭނާބަލައި އައިސް އިންނާނެ ކަމަކަށްނޫނެވެ. ރާއިދް ފެނުމާއެކު މީހާ ފިނިވެ ތުރުތުރުއަޅަންފެށިއެވެ. އެކުވެރިންގާތުގައި ކޮންމެވެސް އެއްޗެކޭ ބުނެލަމުން ފަރި ހިނގުމެއްގައި ލިވްޔާ ރާއިދާއި ދިމާއަށް ހިނގައިގަތެވެ. އެތަންފެނި ރާއިދްވެސް ސައިކަލު މަތީގައި ހަމަޖެހިލިއެވެ.

އެއްވެސް އެއްޗެކޭ ނުބުނެ ލިވްޔާ ސައިކަލު ފަހަތަށް އެރުމާއެކު ރާއިދް ސައިކަލް ދުއްވައިލިއެވެ. “ބަނޑުހައިތަ؟” ގޯޅިއަޅައިލަމުން ރާއިދް އަހައިލިއެވެ. ހޫން ލައްވައިލަމުން ލިވްޔާ އިތުރަށް ރާއިދާއި ގާތްވެލިއެވެ. ލިވްޔާގެ ޖަވާބު އެނގުމާއެކު އިތުރު ވާހަކައެއް ދެއްކުމެއްނެތި ރާއިދް މިސްރާބުޖެހީ ރެސްޓޯރެންޓަކާއި ދިމާއަށެވެ. މަލްހާއަށް މެސެޖްކޮށްލަމުން ލިވްޔާ ނިމޭނީ ތަންކޮޅެއްލަހުންކަމާއި އަދި އޭނާވެސް އެކުވެރިންތަކަކާއި އެކީގައިކަމަށްބުނެލިއެވެ.

ސައިކަލުން ފައިބަމުން ލިވްޔާ ރާއިދްގެ ފަހަތުން ހިނގައިގަތެވެ. ދެމީހުން މަޑުހިނގުމެއްގައިގޮސް ރެސްޓޯރެންޓަށް ވަނެވެ. ތަންކޮޅެއް މީހުންމަދު ދިމާއެއްގައިހުރި މޭޒަކާއި ދިމާއަށް ހިނގައިގަންނަމުން ލިވްޔާ ގާތުގައި އައުމަށް ރާއިދް ބުނެލިއެވެ. ހެވިދިލިފައިހުރި ލިވްޔާ އެކިދިމަދިމާއަށް ނަޒަރު ހިންގަމުން ހިނގައިގަތެވެ.

** ** **

ސިޓިންގް ރޫމްގައި ލިވްޔާމެންގެ އިންތިޒާރުގައި މަލްހާ އިނެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލައެވެ. އެވަގުތު ގޭގެ ދޮރު ހުޅުވުނުއަޑަށް ސިހިފައި މަލްހާ އިންތަނުން ތެދުވިއެވެ. އެކުއެކީގައި ވަދެގެންއައި ލިވްޔާއާއި ރާއިދް ފެނުމުން އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

“ކޮންއިރެއް އަހަރެން މިހާރު އިންތިޒާރުގައި އިންނަތާ. އަވަހަށް ހިނގާ ކާން. ހުންނާނެ ދެމީހުނަށްވެސް އެންމެ މީރުކެއުން ތައްޔާރުކޮށްފަ އަހަރެންނާ ހީނައްތަވެގެން. ލިވީ ދޭ އަވަހަށް ފްރެޝްވެލައިގެން ކާން އަންނަން.” އުފާވެރިރާގަކަށް މަލްހާ އެހެންބުނެލުމުން ލިވްޔާ ސިއްރު ސިއްރުން ރާއިދްގެ މޫނަށް ބަލައިލިއެވެ. އަދި މަލްހާގެ މޫނަށް ބަލައިލަމުން ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

“އަޅޭ. ސޮރީ ދޮންތާ. އަހަރެން މިއައީ ފްރެންޑްސްއާ އެއްކޮށް ކައިގެން.” މޫނުމައްޗަށް ހިތާމަވެރި އަސަރުތައް ވެރިކުރުވަމުން ލިވްޔާ ބުނެލިއެވެ. އެއާއެކު މަލްހާގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިނިތުންވެލަމުން އެއީ އެއްވެސްކަމެއް ނޫންކަމަށް އޭނާ ބުނެލިއެވެ.

“އެހެންވީއިރު ދެންދޭ އަރާމުކޮށްލަން. ރާދު ހިނގާ ކާން. އަހަރެން ވަރަށް ބަނޑުހައި.” ލޯތްބާއެކު ރާއިދާ ދިމާއަށް ހިނގައިގަންނަމުން މަލްހާ ބުނެލިއެވެ. އޭރު ރާއިދްގެ ނަޒަރު ސީދާވެފައިވަނީ އެތަންހުރަސްކޮށް އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތް ލިވްޔާއަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު ސިއްރުވެރި ހިނިތުންވުމެއް ދެމީހުންގެ ދެމެދުގައި ބަދަލުކޮށްލެވުނެވެ.

“ސޮރީ މަލް. މިރޭ ކާހިތެއްނެތް. އެއުޅޭ އަނިލްއާއެކު ކޮފީއެއްގަ އިނދެފަ އަހަރެން މަލްއަށް މެސެޖްވެސްކުރީ. ކުރިން ބުނިނަމަ ނުކައި އަންނަން.” މަލްހާގެ ކޮނޑުގައި އަތްޖައްސައިލަމުން ހިތާމަވެރި ގޮތަކަށް ރާއިދް ބުނެލިއެވެ. “އޯހް. އަހަރެންނަށް ކިހިނެއް އިނގެނީ ރާދު ބޭރުން ކާނެކަމެއް. އެހެންނާވެސް ގޭންކާތީ..” މަލްހާއަކަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ހިތުގައި ޖެހުނީއެވެ. އެހައި ލޯބިން ފިރިމީހާއަށާއި ކޮއްކޮއަށް ކެެއްކި އެއްޗެހި އިސްރާފުވެގެންދާކަށް އެހިތެއް ނޭދެއެވެ. އެހެނަސް.. މަލްހާއަށް އިސްޖަހައިލެވުނެވެ.

“ސޮރީ މަލް. އަނިލް އެހައިވަރަށް ކިޔަން ހެދީމަ.” މަލްހާގެ އިސްއުފުލައިލަމުން ރާއިދް މައާފަށް އެދުނެވެ. އޭނާގެ އެކްޓިންގް ކިތަންމެހައިވެސް މޮޅެވެ. ބަލައިފިމީހަކަށް އޭނާ އެޖައްސަނީ އެކްޓް ކަމެއް ނޫނީ އެއީ ހަގީގަތެއްކަމެއް ބުނާކަށް ނޭނގޭނޭއެވެ.

“އިޓްސް އޯކޭ.” ދެއަތްދެއަތާއި މޮޑެމުން މަލްހާ ބުނެލިއެވެ. “ރާދު ނުކެޔަސް އަހަރެން ކަންދެން އެތާ މަޑުކޮށްލަން އަންނަންވީނު.” ރާއިދްގެ އަތުގައި ހިފައިލަމުން މަލްހާ އެދުނެވެ. “ވަރަށް ވަރުބަލި. އަހަރެން ބޭނުނީ އަރާމުކޮށްލަން. މަލް ދޭބަލަ ކައިގެން އަންނަން.” މަލްހާގެ ކޮލުގައި އަތުގެ ނުފުށުން ފިރުމައިލަމުން އެހެން ބުނެލުމަށްފަހު ރާއިދް ކޮޓަރިއާާ ދިމާއަށް ހިނގައިގަތެވެ. ފެންކަޅިވަމުންދިޔަ ދެލޮލުން ރާއިދްދިޔަ ދިމާއަށް ބަލަން މަލްހާއަށް ހުރެވުނީއެވެ.

ފުންނޭވާއެއްދޫކޮށްލަމުން މަލްހާ ބަދިގެއާާދިމާއަށް މިސްރާބު ޖެހިއެވެ. ކެއުމަށްޓަކައި ތައްޓެއް ނެގުމަށްފަހުވެސް ކާހިތްނެތުމުން ތަށި މޭޒުމަތީގައި ބަހައްޓަމުން މަލްހާ ކާކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ކާކޮޓަރީގެ ދޮރާއި ހަމައަށް އެރުމަށްފަހު މަލްހާއަށް ފަސްއެނބުރި މޭޒުމަތީގައި އަތުރައިފައިހުރި ތަށިތަކަށް ބަލައިލެވުނީ ހިތްދަތިގޮތަކަށެވެ. އޭރު އެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައެވެ. މިރޭ ރާއިދްގެ ހަރަކާތަތައްހުރިގޮތުން ހަގީގަތުގައިވެސް އޭނާގެ ހިތުގައި ޖެހިއްޖެއެވެ. އެހުރިހައިއިރު އޭނާ އިންތިޒާރުކުރީ ރާއިދް އަންނާނޭ އިރަކަށެވެ. ކިތަންމެ ބަނޑުހައިވެފައިހުރިނަމަވެސް ރާއިދްއާއެކުގައި ނޫނީ ނުކާން އޭނާ އިނީއެވެ. ނަމަވެސް..

މަލްހާއަށް ދެލޯމަރައިލެވުނެވެ. ރާއިދަށް މިރޭ އެހުރީ ކިހިނެއްވެފައިހެއްޔެވެ؟ އެހެންނޫނީ އޭނާއަކީ ގެއިން ނޫނީ އެގޮތަށް ކާމީހެއްނޫނެވެ. އަބަދުވެސް މަލްހާއާއި އެކުގައި ކެއުމަށް ރާއިދް ސަމާލުކަން ދެއެވެ. ދެންމިރޭ ކުއްލިއަކަށް އެކުވެރިއަކާ އެކުގައި ބޭރުން އެކެއީ ކީއްވެހެއްޔެވެ؟ މަލްހާއަކަށް ނުވިސްނުނެވެ. އެންމެ ރަނގަޅުގޮތަކީ އެހައިވަރަށް ދެން އެކަމާއި ނުވިސްނުމެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ކާކޮޓަރީގެ ދޮރުޖަހައިލަމުން މަލްހާވެސް އޭނާގެ ކޮޓަރިއާާއި ދިމާއަށް ހިނގައިގަތެވެ.

** ** **

ސިޓިންގްރޫމްގެ އަރާމު ސޯފާތަކުގައި އިނށީދެގެންތިބި ނަމަވެސް ކޮންމެ މީހެއްގެ މޫނުމަތިންވެސް ފާޅުވަމުންދިޔައީ ކަންބޮޑުވުމެވެ. ނުވަތަ ކޮންމެ މީހަކުވެސް އަމިއްލަ ދުނިޔެއެއްގައި އެކިއެކި ކަންކަމާމެދުގައި ވިސްނައި ފިކުރުކުރަން ތިބީއެވެ.

އީނާލްގެ ނަޒަރު އިރުއިރުކޮޅާ އިސްޖަހައިގެން ވަކިންހުރި ސޯފާ ގޮނޑިއެއްގައި އިނށީދެލައިގެންއިން ޔާނިކްގެ މޫނަށް ހުއްޓެއެވެ. މިވަގުތު އެހިތުގައި އުތުރިއަރާނެ އިހުސާސުތައް އީނާލްއަށް އިނގޭފަދައެވެ. ހަމްދަރުދީގެ ނަޒަރަކުން ޔާނިކްގެ މޫނަށް ބަލައިލަމުން ދެރަވެފައި އޭނާ ގާތުގައިއިން ޝަމްއަލްގެ މޫނަށް އީނާލް ބަލައިލިއެވެ. އެބަލައިލުމުން އެއްފަހަރާ އެތައް ވާހަކައެއް ދެއްކިފަދައެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އީނާލްގެ ކޮނޑުގައި ބާރަށް ހިފަހައްޓައިލަމުން ޝަމްއަލް ބޯޖަހައިލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. ހުރިހައިކަމެއްވެސް ރަނގަޅުވާނޭ ބުނާއުސޫލުންނެވެ. ޝަމްއަލްގެ މިއަމަލުން ބޯޖަހައިލަމުން އީނާލް އަނެއްކާވެސް ޔާނިކްއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ އުފާވެރި އާއިލާއަށް މިޖެހުނީ ކާކުގެ އެސްފީނާއެއްކަމެއްވެސް ނޭނގެއެވެ.

ގޭގެ ބެލް ޖަހައިލިއަޑަށް ޔާނިކް ފިޔަވައި އެންމެން އެދިމާއަށް ބަލައިލިއެވެ. ޚާދިމަކު ދޮރުހުޅުވުމާއެކު އެތެރެއަށް ވަދެގެންއައި ތިންމީހުނަށް ލުތުފީ މަރުހަބާކީ ފުޅާ ހިނިތުންވުމަކާއި އެކީއެވެ. އޭނާއަކީ އެއްއިރެއްގައިވެސް ދަރިންނަށް ކަންކަމުގައި މަޖުބޫރުކުރި ބަފައެއްނޫން ނަމަވެސް ޔާނިކްގެ މުސްތަގުބަލަށްޓަކައި އެކަންކުރަން މިއަދު އޭނާއަށް މަޖުބޫރުވީއެވެ.

“އިނށީދޭ.” ހުސްކޮށްހުރި ސޯފާއަށް އިޝާރާތްކޮށްލަމުން ލުތުފީ އެހެންބުނެލުމާއެކު އެމީހުންވެސް ހިނިތުންވެލަމުން އެސޯފާގައި އިނށީދެ ހަމަޖެހިލިއެވެ.

ޔާނިކްގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުންދިޔައެވެ. އޭނާއަށްޓަކައި އޭނާގެ ބައްޕަ އެހޮވި އަންހެންކުއްޖާ އެއިނީ އޭނާގެ ދިމާކުރިމަތީގައެވެ. ނަމަވެސް އެދިމާއަށް ބަލައިލާނެހައި ހިތްވަރެއް ޔާނިކްގެ ގައިގައެއް ނެތެވެ. އެކުއްޖާގެ މަގާމުގައި މަލްހާ އިންނަމައެވެ. އެއިރުން މިދުވަސް ކިހައި އުފާވެރިވާނޭހެއްޔެވެ؟ އެހެނަސް އާހް…

އިސްޖަހައިގެންއިން ޔާނިކް އިންގޮތެއް ފާއިޒާއަކަށް ކަމަކުނުދިޔައެވެ. މަޑުމަޑުން ޔާނިކްގެ ގައިގައި ކޮށްޓައިލަމުން އެމީހުނަށް ސަލާމް ކުރުމަށް ފާއިޒާ ބުނެލުމާއެކު ގައިގައި ނެތްހިތްވަރު ނެރެމުން ޔާނިކް އިސްއުފުލައިލިއެވެ. އެވަގުތު އޭނާގެ ކުރިމައްޗަށް ހުރި ސޯފާގައި އިން އަންހެންކުއްޖާވެސް އިސްއުފުލައިލަމުން އެދިމާބަލައިލިއެވެ.

ފެނުނު މަންޒަރުން ދެލޯބޮޑުކޮށްލަމުން ޔާނިކްއަށް އިންތަނުން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. ހުއްޓުން އަރައިފައި އެއަންހެންކުއްޖާގެ މޫނަށް ބަލަމުންދިޔަގޮތުން އެންމެންގެ ނަޒަރުތައް ހައިރާންކަމާއެކު ޔާނިކްއާ ދިމާއަށް ހުއްޓިފައިވިއެވެ. އެކުއްޖާވެސް ކަންބޮޑުވެފައި ޔާނިކްގެ މޫނަށް ބަލަމުން ދިޔައީ ހަދާނެގޮތެއް ނުވިސްނިފައިއިން މީހަކުހެންނެވެ. “ނޫރާ.” ޔާނިކްއަަށް ބޭއިޚުތިޔާރުގައި އެނަން ކިޔައިލެވުނެވެ. “ސަރ.” ނޫރާއަށްވެސްވީ އެވަރެވެ. ސަރގެ ނަމުން ގޮވައިލުން ފިޔަވައި ބުނާނެ އެއްޗެއް އެސިކުނޑިއަކަށް ނައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން

Next

މި ހަޔާތް އަލިކޮށްލި ނޫރު 1

Next
March 12, 2018

މި ހަޔާތް އަލިކޮށްލި ނޫރު 1

Previews
March 12, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން

45 Comments!

  1. Nau says:
    March 12, 2018 at 12:48 pm

    Salaam all. Here is the 11th part. Sry i cudnt upload yesterday. Hope u all will like this part too.. Nxt part in sha allah tmrw.. Enjoy reading.. Have a v v nice day all.. N thanks alot for the support u guys give me.. Ly all my dears.. ❤?

  2. Nadha says:
    March 12, 2018 at 12:56 pm

    Wow nau story hama habeys

    1. Nau says:
      March 12, 2018 at 1:14 pm

      Thanks alot dear.. ❤

  3. Nadha says:
    March 12, 2018 at 12:57 pm

    Whn is nxt prt?

    1. Nau says:
      March 12, 2018 at 1:14 pm

      In sha allah tmrw.. ?

  4. Fathun says:
    March 12, 2018 at 1:15 pm

    Varah reethi

    1. Nau says:
      March 12, 2018 at 1:17 pm

      Thanks dear❤

  5. Xxxx says:
    March 12, 2018 at 1:17 pm

    story v.loabi dear ??

    1. Nau says:
      March 12, 2018 at 1:18 pm

      Awwn thanks alot my dear❤

  6. cute baby says:
    March 12, 2018 at 1:24 pm

    Heii sissy mal aa raadhu dhurunukohbba livy aai yaanik gulhuvaba plss

    1. Nau says:
      March 12, 2018 at 1:29 pm

      Hehe lets see dhw vaagotheh.. Btw thanks my dear❤

  7. EHLEE says:
    March 12, 2018 at 1:32 pm

    Wow v reeti when next part

    1. Nau says:
      March 12, 2018 at 1:35 pm

      Thanks dear.. In sha allah tmrw❤

  8. Pinky shifoo says:
    March 12, 2018 at 1:46 pm

    Hii Nau ???… Hws u now??? Hope u are fine ???… Mi part vx v v v reethi ???… V interesting story eh mee ???… V thafaathu story eh kanvx faahaga kohlvey ???… Livyaa n raaidh eulhey gothah ulhey story eh adhi nukiyey kanneynge… Heheheh ???… N mal vx married dhw… Bt yaanik still loves her ❤️❤️❤️… Dhn kihineh baa vaanee??? ???… Nooraa n yaanik…. Curiously waiting for the next part ???… V thafaathu v interesting v reethi mi story ???❤️❤️❤️… Lots of love and take care Nau ❤️??????

    1. Nau says:
      March 12, 2018 at 2:13 pm

      M lil bit ok nw alhamdhulihlaah.. Hehe thanks alot my dear.. Ya dhw.. Dhn lets see wat hppns.. Lots of love n tvgc❤?

  9. Axy says:
    March 12, 2018 at 2:02 pm

    Thanks nau ?v reethi Vaahaka kuriah dhaa goy
    dheravanee malhaa ah dheragothey
    vedhaane thee ???????????❤❤❤❤

    1. Nau says:
      March 12, 2018 at 2:14 pm

      Thanks dear. Dhn lets see vaagotheh.. ❤

  10. unknown says:
    March 12, 2018 at 2:03 pm

    v fuhi vejje mi vaahaka kiyan, v hadi mihaaru

    1. Nau says:
      March 12, 2018 at 2:17 pm

      Thanks dear.. Vedhaane kuriah dhaa goi kamu nudhany kamahvx. M sry.. Everyone myt nt like it.. Bt actually i tld a part of this stry is based on a true stry.. So ebai egothah kueiah gendhan beynumy without any change.. Cox thns like that hppns in this society v madhun viyas.. Ehnve.. Anyway m happy like nuvanyaa nuvaa vaahaka bunymavx.. Different ppl hv different views dhw.. Thanks?

  11. Axy says:
    March 12, 2018 at 2:05 pm

    Thanks nau ? v reethi Vaahaka kuriah dhaa goy dheravanee malhaa ah dheragothey vedhaane thee ? ? ?

  12. Fathun says:
    March 12, 2018 at 2:14 pm

    Noon. Yaanik and Mal gulhuvaa. . Aee aslu yaanik Mal dheke vaanee hageegee loabi…but raaid Mal dheke loabi nuvey. ..ehenve egothah e change vee..avahah Mal n yaanik gulhuvaa pls…wow nice story..v v v v v interesting..dhen livya n raaid uljey vahtharey…foohi…Mal gellunerma fahun raaid heyaraanee…Livy ves eynayah dheynee ladu. Eyrun v salhi vaane..

    1. Nau says:
      March 12, 2018 at 2:20 pm

      Ya dhw dear.. True love vaa myhun ehn myhaku anna irah ehn change nuvaane.. Lets see wat hppns dhn.. Btw thanks alot my dear.. ❤

  13. Niu says:
    March 12, 2018 at 2:15 pm

    Thafaaathu story eh
    V reethi
    Waiting for next part
    ????

    1. Nau says:
      March 12, 2018 at 2:20 pm

      Thanks alot dear. ❤

  14. Saaami says:
    March 12, 2018 at 2:17 pm

    Varah reethi keep it up nau ❤️❤️

    1. Nau says:
      March 12, 2018 at 2:20 pm

      Thanks dear❤

  15. Shaee says:
    March 12, 2018 at 2:17 pm

    Mash allah vvvv reethi ??mi story …v thaafaathu interesting story eh miaee raaidhu nd yalvee how can they bt ehgothakun ragalhu emeehun gulhuniya ekm Mal haadha D heravaaney dhw nau ? curiously waiting for the next part kihinehba vaany yaaniku haadha loabiveyea mal dheki?

    1. Nau says:
      March 12, 2018 at 2:22 pm

      Ya dhw dear. Kyuraany.. Those kinda thns hppns between us.. So i wanted to bring it in a form of stry.. Btw thanks alot my dear.. ❤

  16. Flower says:
    March 12, 2018 at 4:32 pm

    Story ge main two characters aky koba?

    1. Nau says:
      March 12, 2018 at 4:45 pm

      Main inaane four characters dear.. E ee livya raaidh malhaa n yaanik..

  17. Luba says:
    March 12, 2018 at 7:07 pm

    Kihinehbaa vanii dhn varah interesting mi part ves …. yanik aa nooraa aa nugulheyne …. any way lets see …. ?

    1. Nau says:
      March 12, 2018 at 7:19 pm

      Hehe ya dhw.. Thanks my dear❤

  18. Ainth says:
    March 12, 2018 at 11:37 pm

    Nau ge vaahakayen upkurey thoo bala bala huree bt adhi miyadhu miegunee meee nau ge story yen kan ??? maafahun writer ah mibalaalevunee???? v salhi hama

    1. Nau says:
      March 13, 2018 at 10:46 am

      Alhey hehe. Happy to see ur comment my dear.. Thanks alot❤

  19. Ree says:
    March 13, 2018 at 2:06 am

    Alhey..v interesting mi story..waiting dhen oi part ah☺☺☺

    1. Nau says:
      March 13, 2018 at 10:46 am

      Thanks alot my dear❤

  20. haner says:
    March 13, 2018 at 8:16 am

    love the story
    ❤ keep it up

    1. Nau says:
      March 13, 2018 at 10:47 am

      Thanks alot dear❤

  21. Smiley ? says:
    March 13, 2018 at 8:31 am

    Mal ah bust vaany raaidh and livya kanthah and I guess yaanik noora kairy hurihaa vaahaka eh kiyaadheynee and she will help him to get mal ? smiley ah heevaa goii
    Anyways story is woww ?❤️❤️

    1. Nau says:
      March 13, 2018 at 10:47 am

      Hehe lets see dhw vaagotheh.. Thanks alot dear❤

  22. Mary says:
    March 13, 2018 at 11:10 am

    V v loabi mi story, v inthixaarukurevey, thanks

    1. Nau says:
      March 13, 2018 at 11:20 am

      Awwn thanks alot dear❤

  23. Nisha says:
    March 13, 2018 at 11:10 am

    Miadhu kihaa iraku up vaany

    1. Nau says:
      March 13, 2018 at 11:45 am

      Nw up kohfin dear

  24. Mary says:
    March 13, 2018 at 2:09 pm

    Mi part ves v loabi, dhenvaagotheh balaalaahithun kehmadhuvefa mi hunnanjehenee, thanks

Comments are closed.

Next Episodeތަޤްދީރު (12)←


All Right Reserved!