އާދޭސް ކުރާ ހިތްވޭ ރޮމުން
ދަރުބާރުގޭގެ އެތެރެ ޒީނަތް ތެރިކޮއްފައިވަނީ ނުހަނު ރީތިކޮށެވެ. ކަޅުކުލައިން ޒީނަތް ތެރިކޮއްފައިވާ
ދަރުބާރުގޭ ކައިރިއަށް އައިސް މަޑުކޮއްލި ރަތް ކުލައިގެ ކާރަށް ބަލާލި ކޮންމެ މީހަކުވެސް ދިޔައީ ހިތާހިތުން އެއަށް ތައުރީފް ކުރަމުންނެވެ. އެ ކާރަށް ބަލާލާ ކޮންމެ މީހަކަށް ވެސް އެހެން ދިމާލަށް ބަލާލަން ނުކެރެނީ އެ ކާރު ޑިޒައިން ކޮއްފައިވާ ފުރިހަމަކަމުން ނެވެ. ރިބަނާއި ރަތް ފިނިފެންމަލުގެ ބުކޭ ތަކުން ރީތި ގޮތަކަށް ޑިޒައިން ކޮއްފައިވާ ރަތް ކުލައިގެ އެ ކާރު ފެންނަލެއް ކިތަންމެ ހާވެސް ފުރިހަމައެވެ.
ދަރުބާރުގޭ ކުރިމަތިގައި ހުރި ދާނިޝް ގެ މިސްރާބުހުރީ ދާދި ދެންމެ އަކު މަޑުކޮއްލި ކާރާ ދިމާލަށެވެ.
އެހިސާބަށް ދެވުނުތަނާ ކާރުގެ ދޮރުފަތް ހުޅުވާލުމާއެކު އޭނާއަށް ފެނުނު ޒުވާނާގެ ސަބަބުން އެ ތުންފަތުގައިވި ހިނތުންވުން ފުޅާވެގެން ދިޔައެވެ.
ކާރުގެ ދޮރުފަތް ހުޅޫވާލަމުން އެއްކޮއް ނުކުތުމުގެ ބަދަލް ގައި އެއްފައި ބޭރައްލާ ތަޅުންގަނޑުގެ މަތީގައި ޖައްސާލިއެވެ. އަދި ވަށައިގެންވީ މާހައުލަށް ނަޒަރުހުއްޓާލިއެވެ. އެ ތޫނު ދެލޮލުގައިވި ސިއްރުވެރިކަން އެއްވެސް މީހަކަށް ދެނެގަނެވުނު ހެނެއް ހިޔެއް ނުވެއެވެ.
އެވަގުތު އެ ތަނުގައި ހަރަކާތް ތެރިވަމުން ދިޔަ ކޮންމެ މީހަކުވެސް އިންތިޒާރު ކުރަމުން ދިޔައީ އެ ޒުވާނާ ފެންނާނޭ އިރަކަށެވެ.
އޭނާ ކާރުން ފޭބުމުގެ ކުރިން ފުންނޭވާއެއްލިޔެވެ. އަދި ކާރުން ފޭބިއެވެ. އެއާއެކު އެތަނުގައި ތިބި ކޮންމެ މީހަކުވެސް ކައިރީގައި ތިބި މިހުންގެ ކަންފަތް ބުޑުގައި ސިއްރުން އެއްޗެކޭ ބުނެލައެވެ.
ދާނިޝް ފެނިގެން އޭނާ ދާނިޝް އަށް ވެސް ހިނިތުންވެލިއެވެ. ގަދަ ފެހިކުލައިގެ ޓައީއެއް އަޅާލާފައިވާއިރު ލާފައިވާ ހުދުކުލައިގެ ގަމީހުގެ މަތިން ކަޅުކުލައިގެ ކޯޓެއް ލާފައި ވުމުން ވަރަށް ފިރިހެންވަންތަ ކަމަށް ދައްކައެވެ. ކޯޓްގެ ދެފަރާތުގައި ހިފާ ރީތިކޮއްލަމުން އޭނާ ހަމަޖެހިލިއެވެ. ތިރިން ކަޅު ފަޓްލޫނެއް ލާފައި ވާއިރު އަރާފައިވަނީ އޮފިޝަލް ބޫޓަކަށެވެ.
ދާނިޝް އާ އަރާ ހަމަވެފައި ރާސިލް އޭނަގެ އަތުކުރީ އޮތް އަގުބޮޑު ގަޑިއަށް ބަލާލިއެވެ. އަދި ދެކޮޅު ބަލާލިއެވެ. ކަމެއް ހަދާން ވާފަދައަކުން ދާނިޝް ކާރުގެ އަނެއްފަރާތަށް ޖެހިލާ ދޮރުހުޅުވާލަދިނެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ފުރިހަމައަށް ޒީނަތްތެރި ވެގެން އިން އޭނާގެ ކޮއްކޮ އައިލީޝް އެވެ. ދާނިޝް އޭނަގެ އަތް ދިއްކޮއްލުމާއެކު އައިލީޝް އެއަތުގައި ހިފާލައިގެން ފޭބިއެވެ. ލާފައިވާ ބޮޑު ވެޑިން ޑްރެސްގް ސަބަބުން ފައިބަން އޭނާ އަށް ވި ބޮޑު ކަމަކަށެވެ. އުނދަގުލުން ފޭބުމާއެކު އެތަނުގައި ތިބި އޭނާގެ އެކުވެރި ތިން ކުދިން ކަމުގައިވާ އީނާ އާއި ޒީޝާ އާއި ޝަބާ އައެވެ.
ތިން މީހުން އޭނާގެ ހެދުމުގައި ދިގުފަސްބައިގައި ހިފައްޓާލިއެވެ.
އިރުކޮޅެއް ނުވެ އެތަނަށް އެހެން ކާރެއް އައިސް މަޑުކޮއްލިއެވެ. ކުރިމަތީ ދޮރު ހުޅުވާފައި ފޭބި އޭނާގެ ބައްޕަ އަށް އައިލީޝް ބަލާލިއެވެ. މާގިނަ އިރެއްނުވެ ކާރުގެ އަނެއްފަރާތު ދޮރު ހުޅުވާފައި ނުކުތް އަންހެން މީހާ އޭނާ އަޅާފައި ހުރި ބުރުގާ ރަނގަޅުކޮއްލަމުން އައިލީޝް ގާތަށް އައެވެ. އައިލީޝް އެ އަންހެން މީހާ އަށް ބަލާލުމަށްފަހު ރުޅިވެރި މޫނަކާ އެކީ ކުރިއަށް ހިނގައިގަތެވެ. އެއާއެކު ރާސިލް ވެސް އައިލީޝް އާއެކީ ހިނގައިގަތެވެ. ދާނިޝް ވެސް ފަހަތަށް އެނބުރި ބައްޕަ އަށް ބަލާލާ ހިނިތުންވެލަމުން އަނެއްކާ ހިނގައިގަތެވެ.
އައިލީޝް ލާފައި ހުރީ ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްއެކެވެ. ހެދުމުގެ މޭމަތި ފަޅުފިލުވާލާފައި ވަނީ ވިދާ މިނާތަކަކުންނެވެ. އަލާފައިވަނީ ވިދާޒާތުގެ ހުދު ބުރުގާއެކެވެ. ބުރުގަލުގެ ފަހަތުން ހުޅިގަނޑާ ދިމާލުން ވެއިލް އެއް ދޫކޮއްލާފއި ވާއިރު އެވެސް ލާފައިވާ ހެދުމުގެ ފަސްބަޔާ އެއްވަރަށް ދިގެވެ.
ޒާހިދު ވެސް ފުންނޭވާ އެއް ދޫކޮއްލަމުން އޭނާގެ އަންހެނުން ހިޝްމާ ގާތަށް ދިޔައެވެ. އަދި އެތެރެއަށް ވަންނަން ހިނގާށޭ ބުނެލިއެވެ. އެއާއެކު ހިޝްމާ ޒާހިދު ގެ މޫނަށް ބަލާލަމުން ހިނގައިގަތެވެ.
ދާނިޝް ގެ ފަހަތުން އަންނަމުން ދިޔަ އައިލީޝް އަށް އޭނާ ބަލާލިއެވެ. އެއާއެކު އައިލީޝް ގެ މޫނުމަތިން އޭނާ އަށް ހިންހަމަ ނުޖެހުމުގެ އަސަރުތައް ފެނިލިއެވެ. އެހެންނަމަވެސް އޭނާ އެކަމާ އެއްޗެއްކޭ ނުބުނެއެވެ.
ރާސިލް އައިލީޝް އަށް ބަލާލިއެވެ. އެއަށް ފަހު ދާނިޝް އަށް ބަލާލިއެވެ. ދާނިޝް އައިލީޝް ދެކެ ވާ ލޯތްބަކީ އޭނާ އަށް އޮޅިފައިވާ ކަމެއްނޫނެވެ. ބޭބެއަކު ކޮއްކޮ އެއް ދެކެ އެ ވާ ލޯއްބަކީ ޚުދު އޭނާވެސް ހައިރާން ވާ ވަރުގެ މަތިވެރި ލޯއްބެކެވެ.
އޭނާވެސް ހަމަ އެފަދައިން އޭނާގެ ދައްތަ ދެކެ ވެސް ލޯބިވިއެވެ. އެ ދައްތައަށް އޭނާ ބޮޑުވެގެން ހިމާޔަތް ދޭނޭ ގޮތް ކުޑަ އިރު ހީ ހީފައި އޭނާ އަށް ކިޔައިދެއެވެ. މާޒީގެ ހިޔާލުތަކުން އޭނާ އަށް ނިކުމެވުނީ ދާނިޝް ގޮވާލުމުންނެވެ. “ގާޒީ އަންނާނެ އިރުކޮޅަކުން… އެތެރެއަށް ވަންނަން ވީނު… އައިލީ އާދޭ” އޭނާ އައިލީޝް އަށް ބަލާލަމުން އެހެން ބުނެލިއެވެ. އެއާއެކު ދާނިޝް އާއެކު އައިލީޝް އާއި ރާސިލް ވެސް ހިނގައިގަތެވެ. “ޔޫ ލުކް ބިއުޓިފުލް” ރާސިލް އައިލީޝް އަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު އައިލީޝް ލަދުން އިސްޖަހާލިއެވެ. އޭނާގެ މޫނު ލަދުވެތިކަމުން ފުރިގެން ދިޔުމާއެކު ކޯތާފަތަށް ވެރިވެގެން ދިޔަ ޖަންބު ކުލައިގެ ސަބަބުން އެރީތިކަން ވަނީ އިތުރުކޮއްދީފައެވެ.
އައިލީޝް ގާތު ހުރި ރާސިލް އިތުރަށް އެއްޗެކޭ ނުބުންޏެވެ. އައިލީޝް އެ ޖާދުވީ އަޑު އެހުމަށް ކެތް މަދުވެފައި ވީވަރު އޭނާ އަށް އަންދާޒާ ކޮއްލެވޭ ހެނެއް ހިޔެތް ނުވެއެވެ.
ކުޑަ މިނުން އައިލީޝް އާ ދިމާލަށް ބަލާވެސް ނުލިއެވެ. އައިލީޝް ގެ ހިތަށް ނުތަނަވަސް ކަން ވެރިވީ ކީއްވެކަމެއްނޭގެއެވެ. ބިރުވެރިކަމަކުން އެ ހިތް އެ ކުޑަ ވަގުތު ކޮޅު ފުރިގެން ދިޔައެވެ. ނުތަނަސްކަމަކުން ނަފްސް ހަރުކަށިކޮއްލައިފިއެވެ.
އެހެންނަމަވެސް އަމިއްލަ ނަފްސަށް ވިސްނައިދެމުން އޭނާ ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒާ ހަމައަށް ރާސިލް އާއެކު ދިޔައެވެ. އެ ހުރިހާ ވަގުތު ވެސް މިމްރާހް ގެފަރާތުން އޭނާ އަށް އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނުހުރިއެވެ.
“އެވާނީ ރެން ތަންކޮޅެއް ނާވަސްވެ ފަ ހުރީމަ ކަމަށް. ފިރިހެނެއް ވިޔަސް ނާވަސް ވާނެއެއްނު؟” އައިލީޝް އޭނަގެ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
އެކަމަކު އޭނާގެ ހިތް އެއިން އެއްވެސް ކެމެއް ގަބޫލެއް ނުކުރިއެވެ.
ރާސިލް އައިލީޝް އަށް ބަލާލިއެވެ. އެ މޫނު މަތީގައިވި ނުތަނަސްކަން އޭނާ އަށް ވެސް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެއް ވެސް އެއްޗެއް އޭނާ ނުބުނެއެވެ.
ކައިވެނި ކުރެވޭ ވަގުތު ޖެހުމުން ގާޒީ އައެވެ. ދެ ހެކި ވެރިންނާއެކު ކައިވެނި ކުރެވުނީ ޒާހިދު ވަލީ ދިނުމުންނެވެ. ދާނިޝް ވެސް ހިނިތުންވެފައި ހުރީ އޭނާގެ ކޮއްކޮ ގެ ދިރިއުޅުމަށް އެންމެ ފަހުން އުފާވެރިކަން އައުމުންނެވެ.
އައިލީޝް ގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔައީ ރާސިލްގެ ދުލުން އަނބި ގަބޫލް ކޮއްފީމޭ ބުނުމުންނެވެ. އުފާވެރިކަމުގެ ކަރުނަ އެ ދެލޮލުން ނީރާލި އިރު ދެއަތް ދެއަތާ މޮޑެވެން ފެށުނީ އޭނާ އަށް އެވަގުތު އިހްސާސް ވި ގޮތް ނޭގޭ އިސްސާސްއެއްގެ ސަބަބުންނެވެ.
އެ ވަގުތު ރާސިލް އަށް އަށް ބުނެދޭން ނޭނގޭ އިހްސާސް އެއްކުރެވިގެން ދިޔައެވެ. އޭނާ ތަންކޮޅެއް ދުރުގައި ހުރި ދާނިޝް އަށް ބަލާލިއެވެ. އަދި އެއަށް ފަހު ޒާހިދު އަށް ބަލާލަމުން އަނެއްކާ އައިލީޝް އަށް ބަލާލިއެވެ.
އައިލީޝް ގެ ތުންފަތުގައި ވި ހިނިތުންވުން ފެނި އޭނާ ގެ ތުންފަތަށް ވެސް ސިއްރުވެރި ހިނިތުންވުމެއް ވެރިވިއެވެ. އެއްމިޔަކަށް ހީލަމުން އޭނާ މަޑުމަޑުން ފުންނޭވާއެއްލީ އެއްވެސް މީހަކަށް ނޭނގޭހާ މަޑުންނެވެ.
ކައިވެނި ކޮއް ނިމުމާއެކު ދައުވަތު ދީގެން ގެނައި މެހްމާނުންތައް އަންނަން ފަށައިފިއެވެ.
އެތަނުގެ އެތެރެ ވެސް ޒީނަތް ތެރިކޮއްފައިވަނީ ފެއްސާ ކަޅު އަދި ހުދު ކުލަ ހިމެނޭ ގޮތަށެވެ. ވަށް މޭޒުތަކުގެ ވަށައިގެން ގޮނޑި ޖަހާފައިވާއިރު ކޮންމެ މޭޒެއްގެ ދޮށުގައި ވެސް ހަ ގޮނޑި ބެއިން ދިފައި ވެއެވެ. އެއިން ކޮންމެ މޭޒެއްގެ މެދުގައި އުއްބައްތި އެއް ދިއްލިފައިވެއެވެ. ތަނުގައިވަނީ ފަނޑު އަލިކަމަކަށް ވިޔަސް ދާނިޝް އާއި އައިލީޝް ތިބިތަނުގައި ވި ގަދަ ހުދު އަލިން އެ ދެމީހުން ނުހަނު ސާފުކޮއް ފެނެއެވެ.
އަންނަމުން ދާ ކޮންމެ މީހެއްގެ ދުލުން ތައުރީފް ގެ ބަސްތަކާ އެއްވަރަށް އެ ދެ މަފިރިންގެ ހަޔާތް ބާއްޖަވެރިކުރުވުމަށް ހެޔޮ ދުޢާ ތައް ވެސް ދިޔައީ އިވެމުންނެވެ. “ހާދަ ގުޅޭ” އެތަނަށް އަންނަ މެހްމާނުންގެ ދުލުން އިވެމުން ދިޔަ މި ފަދަ ތައުރީފް ގެ ބަސްތަކުން އައިލީޝް އަށް ލަދުން އިސްޖަހާލެވެއެވެ. މޫނު ޖަންބުކުލައިގެން ފެވިގެން ދެއެވެ. އަތުގައި އޮތް މާބޮނޑީއަށް ބާރުލަމުން އޭނާ ވަށްކަޅިން ރާސިލް އަށް ބަލާލިއެވެ.
އެކަމަކު މިމްރާހު ހުރި ކުރިމައްޗަށް ނަޒަރު ހުއްޓައިލައިގެންނެވެ.
ކައިވެނީގެ ކަންތައް ތައް ނިންމާލުމަށްފަހު ކާރުގައި ގެއަށް ދިޔަ ދެމަފިރިންވެސް ތިބީ ވަރުބަލިވެފައެވެ. އައިލީޝް މަޑުމަޑުން ރާސިލް ގެ އަތުގައި ހިފާލިއެވެ. އަދި ހީލަމުން ރާސިލް އަށް ބަލާލިއެވެ. އައިލީޝް އެ އަތުގައި ހިފުމާއެކު އޭނާ ވެސް އައިލީޝް އާ ދިމާލަށް ބަލާލިއެވެ. އަދި ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާ އަށް އެންމެ ފުރިހަމަ ގޮތުގައި ހިނިތުންވެވޭ ގޮތެއްނުވިއެވެ.
އައިލީޝް އަށް ރާސިލް ގެ މޫނުމަތިން ހާސްކަމުގެ ކުޑަ އަސަރެއް ފެނުމާއެކު އޭނާ ރާސިލްގެ އަތަށް ބާރުކޮއްލިއެވެ.
ގެއާ ހިސާބަސް އާދެވުމާއެކު އައިލީޝް އަށް ގޭގެ ގޭޓް އާ ދިމާލަށް ބަލާލެވުނެވެ. އޭނާ އަށް ގޭޓުން ކާރު ވަދިގެން ދިޔަ އިރުވެސް ރާސިލް އިން ނަޒަރު ވަކިކޮއްލެވޭ ގޮތެއްނުވިއެވެ.
ދޮރުމައްޗަށް ކާރު ހުއްޓާލުމާއެކު އައިލީޝް ކާރުން ފޭބިއެވެ. އެކަކަމު ރާސިލް ފައިބާ ހިޔާލެއްނުކުރިއެވެ. ހީވާގޮތުން އޭނާ އެ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އައިލީޝް ފައިބާއިރުކޮޅަކު މަޑުކޮއްލުމަށްފަހު ރާސިލް އަށް ވެފައި އިންގޮތެއްނޭގޭތީ ކުޑަ އިރުކޮޅަކު ވިސްނާލަން މަޑުކުރެވުނެވެ. އޭނާ ގޮސް އަނެއްފަރާތު ދޮރު ހުޅުވާލީ ރާސިލް ނުފައިބާއިނުމުންނެވެ. އަދި އަތުން ފޭބުމަށް އިޝާރާތް ކޮއްލިއެވެ. އެއާއެކު ރާސިލް އައިލީޝް އަށް ބަލާލަމުން ފޭބިއެވެ. އައިލީޝް ގެ މޫނުމަތިން އޭނާ އަށް އެތައް އުންމީދެއް ފެންނަމުންދިޔައެވެ. އެ ހިނިތުންވެފައިވާ މޫނުމަތިން އޭނާ އަށް ޓަކައި ވާ ފުން ލޯބި ފެނިގެން ދިޔައެވެ.
އައިލީޝް ދެވަނަ ފަހަރަށް އިޝާރާތް ކޮއްލުމާއެކު އޭނާ ފޭބިއެވެ. އޭނާ ތިން ބުރިއަށް ނަގާފައިވާ އެ ގެއަށް ބަލާލިއެވެ. ބޮޑު ގެއެކެވެ. ފުން ނޭވާއެއްދޫކޮއްލުމާއެކު ނޭނގޭ ޖަޒްބާތުތަކެއް އޭނާގެ ހިތުތެރޭގައި ދައުރު ކޮއްގަތެވެ.
އެއާއެކު ޑްރައިވަރު ގޯތީގެ ފަހަތުގައި ހަދާފައިވާ ގަރާޖާ ދިމާލަށް ކާރުދުއްވާލިއެވެ. އައިލީޝް ހިނގައިގަތް އިރުވެސް އެ ގެއަށް ބަލަހައްޓައިގެން ހުރި ރާސިލް ހިނގައިގަންނާކަށް ގަސްތެއްނުކުރިއެވެ. އޭނާ ގެ ނަޒަރު ހުއްޓިފައިހުރީ މައްޗަށެވެ.
އައިލީޝް ރާސިލް އާ ކައިރިވެލާ އެ އަތުގައި ހިފާލިއެވެ. އަދި ބޯ ޖަހާލަމުން އަންނާށޭ އިޝާރާތް ކޮއްލިއެވެ. އެދެމީހުން އެތާ ތިއްބާ އެހެން ކާރެއް އައިސް މަޑުކޮއްލިއެވެ. އެކާރުން ފޭބީ ޒާހިދު އާއި ހިޝްމާ އާއި ދާނިޝް އެވެ. ހިޝްމާ ކުރިއަށް ޖެހިލުމާއެކު އައިލީޝް ރާސިލް ގެ އަތަށް ބާރުކޮއްލަމުން އޭނާ ހިނގައިގަތެވެ. “ދަރިފުޅާ” އޭނާ އަށް ހިޝްމާ ގެ އަޑު އިވުމާއެކު ފިޔަވަޅުތަކަށް ބާރުލަމުން ހިނގައިގަތެވެ.
ރާސިލް ވެސް ހިނގައިގަތް އިރު އަދިވެސް އައިލީޝް ހިފެއްޓި އަތް އޮތީ އޭނާގެ އަތު ތެރޭގައެވެ. އައިލީޝް ހިފެއްޓި ގޮތަށެވެ. އޭނާ އެއަތް ފޮޅުވާލުމުގެ ބަދަލް ގައި އައިލީޝް ދިޔަ ދިމާލަށް ދިޔައެވެ. ސިޑިން އަރައިގެން މައްޗަށް ދިޔައިރުވެސް ރާސިލް އަތް އޮތީ އައިލީޝް ގެ އަތުތެރޭގައެވެ.
ކޮޓަރިއާ ހިސާބަށް އައުމާއެކު އައިލީޝް ދޮރުގައި ހިފާލިއެވެ. ކޮޓަރީގެ ދޮރުގައި އިން ދެ އަތް ގަނޑުގައި ހިފާލަމުން އޭނާ އެ ދޮރު ހުޅުވާލިއެވެ. އެއާއެކު ރާސިލް ކޮޓަރިތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. އައިލީޝް ވެސް ވަނެވެ.
ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ކުރިން ހުރީ މަޑު ފިޔާތޮށިކުލައިގައެވެ. އެހެންނަމަވެސް މިހާރު އެ ކޮޓަރިތެރޭގައި ހުރީ ކަޅާއި ހުދުކުލައިގެ ފަރިނީޗަރެވެ. އެއީވެސް އައިލީޝް ކައިވެންޏަށް ކުރިކަމެވެ. ކޮޓަރީގެ ކުލަ ބަދަލް ކޮއް ކުރިން އޭނާ ގެންގުޅުނު ހުރިހާ އެއްޗެއް ވެސް ބަދަލް ކުރީއެވެ.
ރާސިލް ހުއްޓި ހުއްޓާ އައިލީޝް ކޮޓަރީގެ ދޮރު ތަޅުލިއެވެ. އަދި އައިސް މިމްރާހުގެ ކުރިމައްޗަށް ހުއްޓިލަމުން އޭނާ އެ ކަނޑެއްފަދަ ފުން ދެލޮލަށް ބަލާލިއެވެ. ރާސިލް ގެ އަމަލް ތައް މިރޭ އެހާ ތަފާތީ ކީއްވެތޯ އަހަން އޭނާ ބޭނުންވިއެވެ.
އޭނާ މަޑުމަޑުން އެއް ފިޔަވަޅު ރާސިލް އާ ގާތަށް ޖެހިލިއެވެ. އައި އޭނާގެ އެތްއަތް އުފުއްލާލިއެވެ. އެ އަތުގެ ޝަހާދަތް އިނގިލި އޭނާ އާ ދިމާލަށް ދިއްކޮއްލާ މޭގައި ޖައްސާލިއެވެ. އައި އެއަށް ފަހު އެ އަތް ހުރަސްކޮއްލަމުން ގެންގޮސް މޭގައި ވައަތް ފަރާތަށް ވާ ގޮތަށް ހިތާ ދިމާ ޖައްސާލިއެވެ. އަދި އަނެއް އަތް ނަގާ އެ އަތުގެ މަތީގައި ބާއްވާ ހުރަސްކޮއްލިއެވެ. ދެން އެއަށް ފަހު ދެއަތް ނައްޓުވާލާ އަނެއްކާވެސް އޭނާގެ ޝަހާދަތް އިނގިލި ރާސިލްގެ އާ ދިމާލަށް ދިއްކޮއްލިއެވެ.
ނޯޓް… މި ވާހަކަ އަކީ އަޅުގަނޑު މި ސައިޓް އަށް ލިޔާ ތިންވަނަ ވާހަކަ އެވެ. ވާހަކަ އަޕް ވަމުން ދާނީ އާދިއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަސްތަކުގައި ކަމުގައި ދަންނަވަމެވެ. ތިޔަ ހުރިހާ އެކުވެރިންގެ ހިޔާލް ތަކަށް އުފަލާ އެކީ މަރްހަބާ ކިޔަން… ވާހަކަ އަކީ އަމިއްލަ ހިޔާލަކަށް ލިޔެފައިވާ ވާހަކައެކެވެ.
ޝުކުރިއްޔާ…
84 Comments
Comments are closed.
Yayyy
Me first dhw
Yes. Niu. Congrats dear. ❤❤❤???
yey himi dhooni ge aa vaahaka e
Thanks. Aki. V ufaavehjje. ❤❤❤???
Hi Mi is back again with a new story??…. nukiyaa comment kolly mi.. dhen miulheny vaahaka kiyan… hehe
Hehe. Avahah kiyaalaa g. V ufaavehjje i gey mistory in ves comment eh fenunima. ❤❤❤???
Yeah … himi ge aavaahaka eh … thakxxx himi … v rythi vaane kamah ummeedhu kurah mi vaahaka vx
Thanks. Unoo. In Sha Allah. Balaanan kuree story ekey ehgothah shauguveri vaane gothah geneveythoa. In Sha Allah. ❤❤❤???
Asslaam’Alaikum.
Kobaa kihineh tha hurihaa kudhin?. Miothy next story. Layaa sis ah v shukuriyya. Hiyaal buneladheythi ingey. Story up vamun dhaani sunday tuesday adhi thursday ga In Sha Allah. This story is about a girl who is mute. Lets see what her journey of life takes her.
Vaahkaige nan thah dhin hurihaa kudhinnah varah bodah shukuriyya. Stiry ge trailer himi ge name ah click kohlaa nukiyaa thibi kudhin kiyaalumaki himi ge varah bodu edhumeh. ???
Kuree vhk ah dhin fadha tharuheebeh mi vaahaka ah ves libeyne kamah ummeedhukuran.
Thankyou All. ❤❤❤???
Jazakallah Khairan. ❤❤❤???
Varah reethi
Thanks. Hairaan. ❤
Oh my god…raasil is the name given by me.soooo happy and I always wondered why no one ever wrote a story about a mute girl,I always thought to write a story about a mute girl who marries a boy who isn’t in love with her.finally without me writing it even though I don’t have any writing skills I got to read it.so happy to see this different idea and so curious to see how mimraah is going to live with aily
Hehe. Flower. What a co_incidence dw. Varah ufaavehjje. Flower story kiyaane kamah yageen eba kurevey mihaaru hehe. Lets see where the journey of life takes both of them. ❤❤❤???
Yayyyyyy ???… My dear Hi Mi is back ???… V v v reethi ingey mi part ???… Sifakurunthah v v furihama ???… Hama obiness to the max ❤️❤️❤️… Manzaruthah hama sifakohlevey ???… V interesting ???… Kihineh baa dhw vaany mi story ga??? Hehheh ???… Keep up the good work Hi Mi ???… Curiously waiting for the next part ???… My support is always with you Hi Mi ❤️❤️❤️???… Best of luck for the new story ???… Lots of love ❤️❤️❤️?????????????????????
Hello dear pinky. Sooo happy to see the colourful comment of u from this story too. Hehe. V ufaavehjje. Thanks a lot. Ingey dear. Much loves. ❤❤❤???
HiMi anehkaaves aee dho! Varah ufaaveje mihaa avahah fenuneema☺. Mi vaahakaige feshumaa medhu bunelan othee starme akah feshun ehaa salhieh nooney. Mihen buneema HiMi anehkaa dheranuvahchey. Thee starme ah varah kamudhaa vaahaka liun therieh. Feshun ehaa kamunudhiyas kuriyah huribaitha varah kamudhaane gothakah genes dheynekamah uhmeedhukuran ingey. Hama yageenunves inshaa allah balaanan hurihaabaithakehves upvaadhuvah kiyetho.thee starme varah ihubaaru kuraa liyun thrieh ingey. Ingey bunaadhuva hakah vaahka genes dheynekan ves. Ekam bunelan konme pertakah starme ah commentu nukurevidhaane ingey?. Comment nukurevunas vaahaka kiyetho balaanan. Baahjaveri re akah edhn.
Hey starme. Visnun thafathu vaane dw enmen ge ves. V ufaavehjje ingey comment fenifa. Dhen faharakun balaanan anehkaa ves starme ah kamudhaa kahala feshumeh geneveythoa. Ingey. Hehe. Comment nukurevunas story kiyaalaakan ingunima varah ufaavehjje. Thankyou for supporting me. Ingey. V ufaavehjje. Thanks. ❤❤❤???
Himi is back… V interesting… Heevanee Mi storyves v reethivaanehen???
Shasha. Hello. Hws yuh?. V ufaavehjje comemt kohlima. Thankyou. ❤❤❤???
Himi good luck..??and varah heevey mi story ves unique vaanehen himige ehen story thah hen.??.. Hope varah interesting vaane kamah????
Thanks. Mal. V ufaavehjje comment fenifa. Thankyou for ur support. ❤❤❤???
Owh himi ge new story up v yow???????? masha allah reethi???
Hehe. Thanls xaaaan. V ufaavehjje. ❤❤❤???
Wow Hi Mi ehen story eh dhw… V v ves rythi
Hey shann?. How are yuh and babies?. V ufaavehjje comment eh fenunima mi story in ves. ❤❤❤???
Well come back hi mi
???????
Nw stry eh dhw mi feshiy.masha allah furathama part v salhi ingey dear.ekam jumula nimey tha huhna bas thah bai vefa huhnaa thi v udhagu.ekan ragalhu koh dhehchey.friends heevany badhalu hifan ulhey boy eh hen .haha.
Keep it up.ummedh kuran kury stry thahha nice vaane kamah.waiting 4 next part.gud nyt…????
Hehe. Friends. Himi ah welcome thi kiyaali eki kahala maathakun dw. In Sha Allah. Dhen inna part innaanee mi part aa ehkohlevi dhigu kohlaafa so thi kanthah rangalhu kureveythoa balaanan. In Sha Allah. ❤❤❤???
Hi mi can you please change aileesh ge name. V dhn udhagu kiyan
I really Love your stories ❤️❤️ Hithaa furaanain was so awsome ❤️❤️ Hope this story would be much more awsome than that. But please think of changing the name please ?❤️❤️
Hello. Smiley. Kiyuntheringe hiyaaleh hoadhaalaafa In Sha Allah. Gina kiyun therim beynun vaa gothakah name ah change gennaani. V ufaavehjje. Thanks dear. ❤❤❤???
Tnks avahah aavaahakaeh upload kohdhinima. Vvvv rythi vaanehen hiyve.. feshun hama v perfect…. v thafaathu kanthahthakeh me fennany…. eves girl isnagaigen huriha kameh kuraathan… v thafaathu story akah vaanehen hiyvani.. ekamakuves vvvvvv rythi….
Hehe. Thanks shaai. Thats because the girl can only show her love thorough actions. Lets see dw. Varah ufaavehjje. Thanks a lot. ❤❤❤???
V salhi ingey himi
Kuriah huri baithah ves reethi vaane kamah unmeedhu kuran
Thanx dear?????????
Thanks. Niu. Anehkaa comment fenifa varah happy. ❤❤❤???
Thanks HI MI dhooni new vaahaka eh up kohlla dhinee ma yageen reethi vaane .
??????????????❤❤❤❤
Thanks. Axy. V ufaavehjje. In Sha Allah balaanan. Shauguveri kureveythoa ingey. ❤❤❤???
varah reethi .???
Thanks abhy. ❤❤❤???
welcome himi v ufavehja new story fanunyma v reethi ❤❤❤❤❤❤
Thanks fajuah. Same here. Varah ufaavejje. ❤❤❤???
????????????
Thanke unaal. Varah dhuvas fahun vomment eh mifenuni. V ufaavehjje. ❤❤❤???
Great to see ur new story hi mi.????
Thanks rifu. V ufaavehjje. ❤❤❤???
Varah kiyan undhagu nan thakeh.yuaan kahala hiygaimu nameh leenama
Thanks blacky. Ithuri kiyuntheringe hiyaaleh hiadhaalaafa thikamaa gotheh ninmaanan. ❤❤❤???
Salaam. Vaahakaoge nan thakaa beheygothun thiys ekuveringe hiyaaleh beynun. Mi hurihaa names ako ves hama kiyun tjerin dhefa huri names. Thankolheh different name eh laan vegen e two names laafa ini. Hiyaal thakah inthixaarugai mihuree. ❤❤❤???
Mimraah eulheny dhahttha ah takaa badhalu hifanndho ..daily ge dad or brother ge sababun vi kamegge sababun aily ge faraathun badhalu hifan.hmm.interesting
Hihi. Hingaa balamaa. Dw. Thanks comment eh kohlima. V ufaavehjje. Story kuri ah dhaa varakah adhi ves ithuru knathah thah ingemun dhaane. ❤❤❤???
Aslu mimraah not so.varah kuda kujjegge name eh heevany
Hehe. Hihi. Himi ah feel v varah bodu meeheh gothah ehnevr e name choose kuree. Hehe. Eki meehunge visnun thafatahu vaane dw. Anyway mi ahu kithamaa ithuru kiyuntheringe hiyaal hoadhaalaafa githeh nimmaanan. In Sha Allah. ❤❤❤???
Wow v reetih???????. Keehveh eh 3 days gah vaahaka gehneh dheneeh…???
Thanks. Ehlee. Eyi himi beynun vaa varah adhi story kuri ah nu kiyevey. Kuri ah dhaavarakun In Sha Allah. Dhuvas thah iyhuru kuran masah kai kuraanan. Thanks. Dear. ❤❤❤???
Alhey vvvvv ufaavejje new story eh kiyalan libuneema ummeedhu kuran vvvvv reethi vaane kameh ??????????????
Thanks swety. V ufaehjke comment fenunima. ❤❤❤???
Yey????himi is back. I’m so happy…himi ge new story eh anekkaa vesdhw… Thanks himi.vvv furihama mi part hurihaa gothakun ves…and thafaathu vaahakeh kan neyge dhw mute girl eh ge… Kihineh baavaanee?? thanks and. Much love dear
Hey. Suney. Mi story in ges suney ge commet fenunima himi ves hama ehaa exited ingey. Hehe. Letse see what hpns dw. ❤❤❤??? Much loves. ❤❤❤???
Yay. Himi is back wow I really love the idea of the story ….best of luck really looking forward….?????
Thanks me. For supporting me. V ufaavehjje. ❤❤❤???
Wooooow. .. aslu hithah araifi eyy that girl vaahaka nudhakkaathy .. hama mute eyy. .. bt v rythi idea eh aslu … v asaru gadha vaanoa ehn v ma. .. hama kiyaahithun hurevenyy eh noon… ?? hyvanyy mi faharu vs himi rovaalaane eyy all readers. … alheyy… waiting waiting hama. .. himi …hama v loves ??❤
Hehe. Thanks twin girl. Lets see dw what hpns. V ufaavehjje. ❤❤❤???
varah reethi finally himi ge new story eh dhw. first comment gehllifa adhives. anyway mi story ga mute girl ah hurima korean dramaseries silence ga ulhe girl sifa vani. but nimey iru e girl ah talk kureve. lets see himi ge story ga ulhe mute girl ge life ga vaane goiy dhw. hmmm let me think,i think aslu mimrah happy nuvaani aslu beynun kura hithun kura marriage akah nuvaathi hen. and rasil kokko dheke loabi vaa vaahaka huri iru mimrah ves eyna sis dheke ehaavarah loabi v vaahaka huri. so i m thinking rasil konmes gothakah mimrah ge sis ah hurt kuri hen in the past. thats y revenge nagan vegen hen heevani marry kuri if that happens he wont b happy dhw love marriage eh noon vi ma. and aileesh kyveyo mamma dheke rulhi annani? is she her step mother? furathama part in ves alot of qstns. waiting for the next part <3 varah reethi feshumeh.,though there are few mistakes.
Hey dear anoyying reader. Thi series ge name adhi alah mi adu ehi. Baivaru korean series ingey. But hama first time. Mirey search kohlaafa v3s balaalaanan. Hehe. V ufaavehjje ingey fenunima comment. Aslu adhi visnaafa i gothun vanyaa baivaru kanthah thah vamundhaane. Nw mimraah ge name will be changed to raasil ah and raasil dhaanish ah. Cox dhaanish ves maigandu ekakah vegen dhaane. Thankyou so much. ❤❤❤???
hehe u shud watch it himi ur gonna love it the silence. eyga hunnani mute girl eh and one big ceo so handsome <3 they met when they were kids and lost each other when they finally met he was terminated with cancer a very sad ending at that. i recommend u to watch it eyrun mi story liya iru himi ah ves sifa vaane shen shen 😀
Kurin himi liyunu vaahaka reeethi. Bt abadhu ehkameh vaakama faahaga kurevunu.heekuran mi vaahakaaga beykaaru bai madhuvaane kama.
Thankyou thaath thi dhin hiyaal ah. Visnanan. In Sha Allah. V ufaavehjje. ❤❤❤???
Alhugandah understand eh nuvi baeh faharu raasil ey kiyaafa aneh bai faharu mimrah ey kiyaathy…ae ekaku tha? Noony olhigen jehifa tha?
Hello samyy. Enme furathama story up kuree iru inaanee mimraah boy ah dhe ailysh ge beybe ah raasil. Mihaaru mi ini boy ah raasil laafa ailysh ge beybe ah dhaanish laafa. ?
Hi! Thank u…??
Nice varah ufaa vehjje ehaa avahah aa vaahakaeh kiyaalan libunyma hi mi y are thebest ??????
Thanks. Aysh. V ufaavehjje. Thankyoi so much. ❤❤❤???
Nice varah happy aavahakaeh up kureema hi mi dhooni you are the incredible❤❤❤❤????????
Alhey. Blue beauty. I am so happy. Thankyou. ❤❤❤???
Nice varah happy aavahakaeh up kureema..hi mi dhooni you are the best…??????❤❤❤❤????
❤❤❤???
hei HIMI,
So Raasil aki real name dho. not Mimraah.
Yes. ily. Nw mimraah innaani raaasil ah change kohfa. ❤❤❤???
Yayyy hi mi is back dhe.. varah salhi mi part ves??? dhn inna part ge inthizaaru ga
Thanks. Dear. V ufaavehjje. In Sha Allah. Mirey. ❤❤❤???
Kba miadhuge pary
In Sha Allah mirey. 10 ge kurin. Probably 9_10 !! Dheytherey. Kameh dhimaa nuvanyaa. ❤❤❤???
Haadha varakah belihjey part2 kiyaahithun.
Sorry. Ibsha. Names chamge v ma had to do some editing. Mirey In Sha Allah. ❤❤❤???
YAY HIMI IS BACK LOVE U
Sorry but get nuvi who is raasil and who os mimraah???