Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (15)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 16, 2018 5 Mins Read
28 Comments

ތުރުތުރުއަޅަމުންދިޔަ އަތުން ފެންޖަގުނެގިއިރު އެހިތްނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ރޭގައި ފެނުނު ހުވަފެނާއި ނޫރާގެ ވާހަކަތަކުން އޭނާގެ ސިކުނޑި ގައިދުކޮށްލައިފައިވިއެވެ. އަތުގެ ނުފުށުން މޫނުމަތި ފުހެލަމުން ފުންނޭވާއެއްލުމަށްފަހު މަލްހާ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލީ ހިތްދަތި ގޮތަކަށެވެ. “އައި ޑިޑިންޓް އެކްސްޕެކްޓް ދިސް ފްރޮމް ޔޫ ރާދު. ޔޫޓޫ ލިވީ.” ދޮރާއި ދިމާއަށް ބަލަންހުރި މަލްހާގެ ހިތްވީ އެެދެމީހުންނަށްޓަކައި ޝަކުވާއިން ފުރިފައެވެ. ލަސްފިޔަވަޅުތަކެއްގައި މަލްހާ ދޮރާއި ދިމާއަށް ހިނގައިގަތީ ކޮންމެފަދަ މަންޒަރެއް ފެނުނަސް ހިތްވަރުކުރަން ނިންމައިގެންހުރެއެވެ.

މަޑުމަޑުންދޮރު ހުޅުވައިލަމުން މަލްހާ ބޭރަށް ނުކުތެވެ. ލަސްފިޔަވަޅުތަކެއްގައި ސިޓިންގްރޫމާއި ދިމާއަށް ހިނގައިގަތް މަލްހާގެ ކަންފަތުގައި ލިވްޔާ އާާއި ރާއިދްގެ ހުނުމުގެ އަޑު ޖެހުމާއެކު ހުރިތަނުގައި އޭނާއަށް ހުއްޓެވުނީ ހިތަށްއެރި ތޫނު ތަދުގެ ސަބަބުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެލޯމަރައިލަމުން ހަމަޖެހެން މަސައްކަތްކުރާހާލު މަލްހާ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.

ސިޓިންގްރޫމްގެ ދޮރުމައްޗަށް އެރިވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯބޮޑުވެ ލޮލުގައި ބޮނޑިވެފައިހުރި ކަރުނަތައް އޭގެ މަގާމްދޫކޮށް އޮހިގަތެވެ. އަތުގައިހުރި ޖަގުވެސް އެވަގުތު އޭނާގެ އަތުންދޫވެ ބާރުއަޑަކާއެކު ބިންމައްޗަށް ވެއްޓުނެވެ. އެއަޑަށް ސިހިފައި ލިވްޔާގެ އުނގުގައި ބޯއަޅައިލައިގެން އޭނާގެ އުނަގަނޑުގައި އަތްވަށައިލައިގެންއޮތް ރާާއިދް ކުޑަކޮށް އިސްއުފުލައިލަމުން ބަލައިލިއެވެ. ލިވްޔާވެސް ސިހިފައި އެދިމާއަށް ބަލައިލިއެވެ. ލޮލުން ކަރުނައޮހޮރޭހާލު ހުއްޓުންއަރައިފައިހުރި މަލްހާ ފެނުމުން ދެމީހުން ތެޅިގަނެފައި ކޮޅަށް ތެދުވީ ކަންބޮޑުވެ ހާާސްވެފައި ހުރެއެވެ.

ލިވްޔާ ދެއަތްދެއަތާ މޮޑެމުންދިޔައިރު ރާއިދް ހުރީ ދާހިތްލާ ފޯވެފައެވެ. ކުއްލިއަކަށް މިވީ ކިހިނެއްހެއްޔެވެ؟ ހާސްވެފައި އިސްއުފުލައިލަމުން ރާާއިދް މަލްހާގެ މޫނަށް ބަލައިލިއެވެ. “މަލް.” ދިފާއުގައި އެއްޗެއް ބުނަންވެގެން އަނގަހުޅުވައިލި ރާއިދްގެ ބަސްހުއްޓުނީ އެހެންހުރެފައި ހަޅޭލަވައިގަތް މަލްހާގެ އަޑުންނެވެ.

ހިތުގައި އަޅަމުންދިޔަ ވޭނާއެކީ މަލްހާގެ ރުޅިގަދަވަމުންދިޔައެވެ. ކޮންފަދަބޮޑު ބޭވަފާތެރިކަމެއްހެއްޔެވެ؟ އެހައިބޮޑު އޮޅުވައިލުމެއްގައި އޭނާ ބެހެއްޓިއިރު އެދެމީހުންގެ ހިތަށްކުޑަވެސް އެއްޗެއްހަމަ ނޭރީހެއްޔެވެ؟ އަލިފާންކަނި ބުރަމުންދިޔަ ދެލޮލުން މަލްހާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.

“ވާހް. ކޮންފަދަ ބޮޑު އޮޅުވައިލުމެއް. މީތަ ރާދު ކޮންމެ ރެއަކު ބޯން އަންނަ ފެނަކީ؟ ރޭގަވެސް ފެންބޮވައިގަނެގެން އައީ މިކަންތައްކުރަންދޯ. ހަހަހަ. އަހަރެން ހަމަ ހައިރާންވެއްޖެ.” ރުޅިއައިސްފައި ހުރިވަރުން ކިޔިފައި ނުކިޔޭ އެއްޗެއްވެސް މަލްހާއަށް ނޭނގެއެވެ. މުޅިމީހާ ތުރުތުރުއަޅަމުންދިޔައިރު އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. މަޑު ހިނގުމެއްގައިގޮސް މަލްހާ ރާއިދް ކުރިމައްޗަށް މަޑުކޮށްލިއެވެ.

“މަލް އަހަރެން.” އަނެއްކާވެސް ރާއިދްފެށި ވާހަކަ މަލްހާ ހުއްޓުވިއެވެ. “ހުއްޓާލާ. އަހަރެންނަށް ވާވަރަށް ތިދުލުން ދޮގުތައް އަޑުއެހިއްޖެ. ދެންހެޔޮ ރާދު. އަދިވެސް ނުހެދި އިތުރުދޮގެއްތަ އޮތީތަ؟ ކީއްވެ ރާދު؟ ކީއްވެ؟ އަހަރެންނަށް ރާދުއަށް ކޮންކަމެއް ފުއްދައިނުދެވުނީ؟ އަހަރެންގެ ލޯބީގައި ކޮންކަމެއް އުނިވީ؟ މިއަދު އަހަރެންނޫން އެހެން އަންހެނެއްގެ އެހީ ރާދު ބޭނުންވީ. އަދި އެވެސް އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ. އެއްފަހަރުވެސް އަހަރުމެންގެ ކުޑަކުޑަ ދަރިފުޅާ ދޭތެރޭ ރާދު ވިސްނައިލިންތަ؟ ކީއްވެ އަހަރެންނަށް ތިހެންތިހެދީ؟ ކީއްވެހޭ؟ އަހަރެންގެ ކޮންކުށެއް އޮވެގެން؟ ޖަވާބުދީބަލަ. ކީއްވެހޭ؟” ރާއިދްގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ބާރަށްހިފައި ތަޅުވައިގަންނަމުން މަލްހާ އަޑުގެކޮޅަށް ހަޅޭލަވައިގަތެވެ. އިރުކޮޅަކު އެހެންހުރެފައި އޭނާ ރާއިދްގެ މޭގައި ދެއަތުން ބާރަށް ތަޅަންފެށިއެވެ. ހިތުގައިވި ހުރިހައި ޝަކުވާއެއް ބޭރުކޮށްލުމުންވެސް މިއަދު އެހިތަކަށް ލުއެއްނުލިބުނެވެ.

“މަލް އަޑުއަހާބަލަ އަހަރެން.” ބުނާނެއެއްޗެއް ނޭނގުމުން ރާއިދް ހުއްޓައިލީ ދައްކާނެ ވާހަކައަކާމެދުގައި ވިސްނައިލުމުގެ ގޮތުންނެވެ. މަލްހާގެ ދެއަތުގައި ހިފައިހުއްޓުވަން އުޅެއުޅެވެސް ރާއިދްއަށް މަލްހާ ހުއްޓުވޭގޮތެއް ނުވިއެވެ.

“އަހަރެން މިއަހަނީ ކީއްވެހޭ؟ ރާއިދަށް އަހަރެންގެ ފަރާތުން ކޮންކަމެއް ނުފުދިގެންހޭ؟ އަޑެއްނީވޭތަ މިކިޔާއެއްޗެއް؟” ދެލޯބޮޑުކޮށްލަމުން ރާއިދާއި ދިމާއަށް ބަލައިލުމަށްފަހު އަނެއްކާވެސް މަލްހާ އަހައިލިއެވެ. މިފަހަރުވެސް ދޭނެ ޖަވާބެއް ރާއިދްގެ ސިކުނޑިއަކަށް ނައެވެ. ފާޑަކަށް ހުއްޓުންއަރައިފައި މަލްހާގެ މޫނަށް ބަލަންހުރެވުނީއެވެ.

“އަހަރެން.. އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން.. ރާދު.. ރާދު އަހަރެންނަށް އޮޅުވައިލައިފާނެކަމަކަށް. ކިހައި އިތުބާރެއް އަހަރެން ރާދުއަށްކުރީ. ރާދު ދުވާލިގަޑީ މިއީ ރޭގަނޑޭ ބުނިނަމަވެސް އަހަރެން އެކަން ގަބޫލުކުރަން. ރާދު ދެއްކި ކޮންމެ ވާހަކައެއް ގަބޫލުކުރަން. އެއްވެސް ޝަކުވާއެއް ނުކުރަން. ކިހައި ލޯތްބެއް އަހަރެން ރާދުދެކެވީ. އެކަމަކު.. އެކަމަކު އެލޯބީގެ އެއްވެސް އަގެއްނެތް. މިއަދު އަހަރެންގެ ލޯތްބާއި އިތުބާރު ވެއްޔާމޮޑެލީ އަހަރެންގެ މިހިތަށްކުރާނެ އަސަރާއި މެދުގައި ކުޑަކޮށްވެސް ވިސްނައިލުމެއްނެތި؟” ގިސްލެވޭހާލު މަލްހާ އަދިވެސް އެހިތުގެ ޝަކުވާތައް ބޭރުކުރަމުން ދިޔައެވެ.

“ދޮން. ދޮންތާ.” ރާއިދާއި ދިމާއަށް ބަލައިލަމުން ހުރިހައިއިރު ބަސްހުއްޓިފައިހުރި ލިވްޔާ ކުއްލިއަކަށް ވާހަކަދައްކަން ފެށިއެވެ. ނަމަވެސް އޭނާއަށް އެންމެބަހެއްވެސް ނުބުނެވިގެންއުޅެނިކޮށް އޭނާގެ ކޯތާފަތް މައްޗަށް އަރައިގެންދިޔައީ މަލްހާގެ އަތުގެ ހޫނުހަމަލާއެކެވެ. ވީތަދާއެކު ލިވްޔާގެ އަނގައިން މަޑު އާހެއްގެ އަޑު ނުކުމެގެންދިޔައެވެ.

މަލްހާގެ މިހަރަކާތާއެކު ދެލޯބޮޑުކޮށްލަމުން ރާއިދް މަލްހާގެ މޫނަށް ބަލައިލިއެވެ. އޭރު މަލްހާގެ ރުޅިވެރި ނަޒަރު ލިވްޔާއަށް އަމާޒުވެފައިވީގޮތްފެނި ރާއިދް ބުނަންއުޅުނު ޖުމުލަވެސް ހަނދާންނެތުނު ފަދައެވެ.

“ދޮންތައޭ؟ ލިވްޔާ ލަދެއްނުގަނޭތަ އަހަރެންގެ ފިރިމީހާ އަހަރެންގެ އަތުން ޖަހައިގަތުމަށްފަހު އަހަރެންނަށް ދޮންތަ ކިޔާކަށް؟ އަހަރެންހަނަ ހައިރާންވެއްޖެ ލިވްޔާއަށް އަހަރެންގެ ކުރިމަތީ އަނގަހުޅުވަން ކެރުނީތީވެސް.” ދުވަހަކުވެސް މަލްހާ އޭނާއާއި އެގޮތަށް ވާހަކަދަައްކައިފައިނުވާތީ ގަބުއަރައިފައި ލިވްޔާއަށް ހުރެވުނީ ކޯތާފަތުގައި އަތުން ހިފަހައްޓައިލައިގެންނެވެ. ވީތަދުން އޭނާގެ ދެލޮލަށް ކަރުނަ ޖަމާވެފައިވީއިރު އެހިތްވެސް ނެގިނެގިފައި ޖެހެމުންދިޔައެވެ.

“ލިވްޔާ ލަދެއްވެސް ނުގަނޭތަ؟ ބަލައެއީ ލިވްޔާގެ ބޭބެއެއްގެ މަގާމުގައިހުރި މީހެކޭ. ކުޑަކޮށްވެސް ތިހިތަށްހަމަ ލަދުވެތިކަން ވެރިނުވީތަ؟” ލިވްޔާގެ ކޮނޑުގައިހިފައި ތަޅުވައިގަންނަމުން މަލްހާ ހަޅޭލަވައިގަތެވެ. “ދޮންތާ އަހަރެން.” ލިވްޔާއަށްވެސްވީ ރާއިދަށްވީފަދަ ގޮތެކެވެ. ބުނާނެއެއްޗެއް ނޭނގުމުން ފެންކަޅިވެފައި ލިވްޔާއަށް ބަލައިލެވުނީ ރާއިދާއި ދިމާއަށެވެ. އޭނާގެ ފަރާތުން އެހީއެއްލިބިދާނެކަމުގެ އުއްމީދުގައެވެ. އޭރު ގޭގައި އަޑުގަދަވެގެން ހީނާވެސް ހޭލައި އެތަނަށް އައިސް ހުއްޓެވެ. ފެންނަމުންދިޔަ މަންޒަރުތަކުން އޭނާވެސްހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. އެފަދަބޮޑު އޮޅުވައިލުމެއް އެދެމީހުން އޮޅުވައިލިއިރު އޭނާއާއި މަލްހާއަށްވެސް އެކަމުގެ ކުޑަވެސް ޝައްކެތްނުވީ ކީއްވެހެއްޔެވެ؟

“ލިވްޔާއަކަށް ނޭނގޭތަ ލިވްޔާއަށް ތިހަލާކުކޮށްލެވުނީ ދޮންތަގެ ދިރިއުޅުންކަމެއް؟ އަމިއްލަ ދައްތައަށް ތިފަދަބޮޑު ދެރައެއްދިންއިރު މިހިތަށް ހަމައެއްވެސް އެއްޗެކޭ ނާރާތަ؟” ލިވްޔާގެ ހިތާއި ދިމާލުން މޭގައި ޝަހާދަތްއިނގިލި ޖައްސައިލަމުން ރުޅިއައިސްފައި މަލްހާ އަނެއްކާވެސް އަހައިލިއެވެ.

“މަލް ހަމަޖެހިބަލަ.” ފަހަތުން މަލްހާގެ ކޮނޑުގައި އަތްބާވައިލަމުން ރާއިދް ބުނެލިއެވެ. “އަތްނުލާތި. އަހަރެންގެ ގައިގައި އަތްނުލާތި. އަދިވެސް އަހަރެންނަށް ދެވުނުދެރަ ކުޑައީތަ؟” ރާއިދްގެ އަތްފޮޅުވައިލަމުން ހިތްހަަމަނުޖެހިފައިވާ ރާގަކަށް މަލްހާ ބުނެލިއެވެ.

“ލިވްޔާއަށް ނުވިސްނިދާނެ ކައިވެންޏެއްގެ މުހިއްމުކަން. އެކަމަކު ރާއިދް. ތިއީ ތަންދޮރު ވިސްނޭވަރުގެ މީހެއްނު. ހެވާއި ނުބައިވެސް ވަކިކުރަން ރާދުއަށް ނޭނގުނީތަ؟ ލިވްޔާއަށް ވިސްނައިދޭނަމޭވެސް ރާދުގެ މިހިތަށް ނޭރިތަ؟” ރުޅިވެރި ނަޒަރަކުން ރާއިދްގެ މޫނަށް ބަލަމުން ލޮލުން އޮހިރެމުންދިޔަ ކަރުނަތަށް ފުހެލުމަށްފަހު މަލްހާ އަހައިލިއެވެ.

“ދެމީހުންކުރި ކަމެއްކުރިއިރު އެކަކުވެސް އަހަރެންނާާ ދޭތެރޭގައި ވިސްނައިނުލި. އަހަރެން މިއަހަނީ ކީއްވެހޭ؟” މަލްހާގެ ވޭނީ އަޑު މުޅި ގޭގައި ގުގުމަައިގެންދިޔައެވެ.

“ސޮ..ސޮރީ ދޮން..ދޮންތާ.. އަހަ.. އަހަރެންނަށް ރާދު ދެކެ ލޯބިވެވުނީ.. ގަ.. ގަސްދުގައެއްނޫން.” ވަރަށް ހިތްވަރުން ލިވްޔާ ބުނެލިއެވެ. އިވިގެންދިޔަ ވާހަކައާއެކު މަލްހާގެ ދެލޯއިހުނަށްވުރެ ބޮޑުވެގެންދިޔައެވެ. މަލްހާއަށްހީވީ ލިވްޔާ އޭނާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިހެންނެވެ. ގަބޫލުނުކުރެވިފައި ލިވްޔާގެ މޫނަށް ބަލަންހުރި މަލްނާއަށް ބުނާނެހަމަ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނާ ބުނާނީވެސްވަކީ ކީކޭހެއްޔެވެ؟ އޭނާގެ އެއްބަނޑު އެއްބަފައި ކޮއްކޮ އޭނާގެ ފިރިމީހާދެކެ ލޯބިވާކަން އިނގުމުން ހިނދުކޮޅަކަށް މަލްހާގެ ހިތުގެ ހިނގުން މަޑުޖެހިލިކަހަލައެވެ.

“ލިވީ. ލިވީއަށް އެބައެނގޭތަ ތިކިޔޭ އެއްޗެއް؟ ލިވީ ތިހުރީ ހަމައިގައިތަ؟” ލިވްޔާގެ ދެކޮނޑުގައި ހިފައި އޭނާގެ މޫނުގައި އަތުން މަޑުމަޑުން ޖަހައިލަމުން މަލްހާ ހައިރާންކަމާއެކު އަހައިލިއެވެ. އެއާއެކު ލިވްޔާ ރާއިދާއި ދިމާއަށް ބަލައިލަމުން ބޯޖަހައިލިއެވެ. ރާއިދްވެސްހުރީ ލިވްޔާ އެހެން ބުނުމުން ބަސްހުއްޓިފައެވެ. އެއްގޮތަކަށްވެސް ލިވްޔާ މަލްހާ ކުރިމަތީގައި އެފަދައެއްޗެއް ބުނެފާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ލިވްޔާ ބޯޖަހައިލިތަންފެނިފައި ދުރުގައި އެމަންޒަރުބަލަންހުރި ހީނާއަށްވެސް އަނގަމަތީގައި އަތްއަޅައިލެވުނެވެ. މިއީ ކޮންކަންތައްގަނޑެއްބާވައެވެ؟ ލިވްޔާ އައުމުގެކުރިން އެދެމަފިރިން އުޅުނީ ކިހައި ލޯބިންހެއްޔެވެ؟ ލިވްޔާ އެދެމެދަށްވަނީ ކީއްވެހެއްޔެވެ؟

“ހުއްޓާލާ. ލިވީ މޮޔަވީތަ؟ އެއީ އަހަރެންގެ ފިރިމީހާއޭ. އަހަރެންގެ ދަރިފުޅުގެ ބައްޕައޭ. ރާދުއަކީ އަހަރެން ކުޑައިރު ކުޅެން ގެންގުޅުނު ކުޅޭކުޅޭ އެއްޗެއްނޫނޭ ލިވީ ބޭނުންވީމް ހިނިތުންވެލައިފަ ލިވީއަށް ދޭކަށް. އެއްފަހަރުވެސް ތިކިޔޭ އެއްޗަަކާމެދުގައި ލިވީ ވިސްނައިލަަބަލަ. ދޮންތަގެ ދިރިއުޅުން އެފުށްމިފުށަށް ޖަހައިލިއިރު ލިވީގެ ހިތުގައި މިނިކަމެތި ދޮންތައާ މެދުގައި ހަމްދަރުދީގެ ކަންފުޅެއްވެސް ނުވަނީތަ؟ ދޮންތަ ދެރަވާނެވަރާ ހިތަށްކުރާނެ އަސަރާއިމެދު ލިވީ ކުޑަކޮށްވެސް ވިސްނައިނުލަނީތަ؟” މަލްހާ މަސައްކަތްކުރަމުންދިޔައީ ލިވްޔާއަށް ވިސްނައިދެވޭތޯއެވެ. އެހެނަސް ލިވްޔާގެ ހިތަށް އެއިންކަމަކުން އަސަރެއްކުރިހެނެއް ހިއެއްނުވެއެވެ.

ފެންކަޅިވެފައި ރާއިދްގެ މޫނަށް ލިވްޔާ ބަލަމުންދިޔައިރު ރާއިދްގެ ނަޒަރުވެސްވަނީ ލިވްޔާގެ މޫނަށް ހުއްޓިފައެވެ. “އަހަރެން.. އަހަރެން މަސައްކަތްކުރީމޭ. އެކަމަކު.. އަހަރެންނަށް ރާދުމަތިން ހަނދާންނައްތައިނުލެވުނު. އަހަރެން.. އަހަރެން ވަރަށް ލޯބިވޭ ރާދު ދެކެ. އަހަރެންވެސް.. އަހަރެންވެސް ރާދު ބޭނުން.” ވަރަށް ހިތްވަރުކޮށްފައު ލިވްޔާ ބުނެލި ކޮންމެ ޖުމުލައެއް މަލްހާާގެ ކަންފަތާއި ހަމައަށްއައީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަކަހަލައެވެ. މަލްހާއަށް ހީވީ އޭނާ ވަށައިގެންވި މާހައުލުވެސް އެނބުރިގަތް ހެންނެވެ.

“ޚަބަރުދާރު ލިވްޔާ. ކަލޭ ލަދެއްވެސް ނުގަނޭތަ އެއްބަނޑު އެއްބަފާ ދަައްތަގާތު އޭނާގެ ފިރިމީހާ ބޭނުމޭ ބުނަން. ޗީ. ތީ އަހަރެންގެ ކޮއްކޮއެކޭ ބުނަންވެސް އަހަރެން ލަދުގަނޭ. ދެެން ހެޔޮ. ފުދިއްޖެ އަހަރެންނަށް. ނޫ ބުނީ ރަނގަޅަށް. ކެހިދޭނީ އެންމެ ގާތުގައި އުޅޭ މީހުން. ލިވްޔާ.. އެނބުރި ރަށަށްދާން ތައްޔާރުވޭ. ދެން އެންމެހިނދުކޮޅަކުވެސް އަހަރެންގެ ގޭގަ ކަލޭ ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން. ހަމަމިހާރު ހިނގާ ފޮށިތައްޔާރުކުރަން. މާދަމާ ހެނދުނުފުރާ ދޯނިން ހަކީމްބެއާ ވާހަކަދައްކައިގެން އަހަރެން ކަލޭ ފުރުމުގެ އިންތިޒާމް ހަމަޖައްސާނަން.” ލިވްޔާގެ އަތުގައި ބާރަށް ހިފަހައްޓަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ދަމާފައިކަހަލަގޮތަކަށް ގޮވައިގެންދަމުން މަލްހާ ބުނެލިއެވެ. އެއާއެކު ނޫނެކޭ ކިޔައި ލިވްޔާއަށް ބާރަށް ރޮއިގަނެވުނެވެ.

“ހެޔޮނުވާނެ ދޮންތާ. އަހަރެންނަަށް ތިހެންނުހަދާ. އަހަރެންގެ ކިޔެވުން.” ހާސްވެފައި މަލްހާގެ އަތުގައިހަފައި ހުއްޓުވަން މަސައްކަތްކުރަމުން ލިވްޔާ އާދޭސްކުރަން ފެށިއެވެ. “ކޮންކިޔެވުމެއް؟ ކިޔަވަން ބޭނުންވާމީހުން އުޅެނީ ތިހެންތަ؟ ކަލޭ ކިޔަވަން ބޭނުންނުވީމައެއްނު ތިވައްތަރަށް ތިއުޅުނީ. ދެންހެޔޮ. ކަލެއަކަށްދެން މިގޭގައެއް ނުހުރެވޭނެ. އަހަރެންގެ ޒަވާޖީ ހަޔާތް ކަލޭ ބަރުބާދުކުރާތަން ބަލަން އަހަރެން ހުންނަންވީތަ؟” ލިވްޔާ ކޮޓަރީ ތެރެއަށް ކުޑަކޮށް ހޫރައިލަމުން މަލްހާ ހަޅޭލަވައިގަތެވެ. މަލްހާގެ ފަހަތުން ކަންބޮޑުވެފައި ރާއިދްވެސް އައިސް އެކޮޓަރިއަށް ވަނެވެ.

“މަލް. ހަމަޖެހިބަލަ. އަހަރެމެންނަށް ވާހަކަ ދައްކައިގެންވެސް މިކަން ހައްލުކުރެވިދާނު. ތިހެން ނުހަދާ ލިވީއަށް. އެއީ މަލްގެ ކޮއްކޮއެއްނު.” މަލްހާގެ ރުޅިމަޑުކުރެވޭތޯ ރާއިދް މަސައްކަތްކުރަމުން ދިޔައެވެ.

“އަހަރެންމީ އޭނަގެ ދޮންތަ. އޭނަ އެވަރު ނުދަންނައިރު އަހަރެން ކީއްކުރަން ދަންނަންވީ؟ އެހެންނޫނަސް އެއީ އަހަރެންގެ ކޮއްކޮ. ސޯ ރާދު މިކަމާާ ދުރުގަހުރޭ.” ހިތްހަމަނުޖެހިފައި މަލްހާ ބުނެލިއެވެ. ހިތާމަވެރިގޮތަކަށް ލިވްޔާގެ މޫނަށް ބަލައިލަމުން ރާއިދް އިސްޖަހައިލީ މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނެކަމެއްނެތޭ ބުނާ އުސޫލުންނެެވެ.

ރުޅިވެރި ނަޒަރަކުން ލިވްޔާ މަލްހާއާއި ދިމާއަށް ބަލައިލިއެވެ. އޭރު މަލްހާ ހުރީ އޭނާގެ ފޮށި ނަގައިގެން އަލަމާރީގައިހުރި އޭނާގެ އަންނައުނުތަށް ފޮށްޓަށް އަޅާށެވެ. “ދޮންތާ ޔޫ އަރ ނޮޓް ޑުއިންގް ރައިޓް. އަހަރެން އަދި އަންނާނަން. އެނބުރިއަންނާނަން. އަހަރެންގެ މިފަޟީހަތުގެ ބަދަލު ހިފާނަން. ޖަސްޓް ވެއިޓް އެންޑް ވޮޗް.” މަލްހާއާާއި ދިމާއަށް ބަލަންހުރި ލިވްޔާގެ ހިތުގައިވިއެވެ. އެއާއެކު ނުލަފާ ހިނުތުންވުމެއް އެތުންފަތްމަތީގައި ދުވެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ވަންހަނާ (ވިހިވަނަބައި)

Next

އަނދިރިފަރާތް 28

Next
March 16, 2018

އަނދިރިފަރާތް 28

Previews
March 16, 2018

ވަންހަނާ (ވިހިވަނަބައި)

28 Comments!

  1. Ibsha says:
    March 16, 2018 at 8:23 pm

    Varah reethi

  2. Nau says:
    March 16, 2018 at 8:24 pm

    Salaam all.. Sry lasvyma.. Kuda family kameh jehigen.. I knw this part is short too.. So in sha allah tmrw lng part eh upkoh dheynan.. I didnt check before uploading so there myt be mistakes.. Do point out them for me.. I will edit it later in sha allah.. Enjoy reading n hv a v gud nyt.. Ly all❤?

  3. Aki says:
    March 16, 2018 at 8:26 pm

    varah inthizaaru kohfin mi vaahaka ah

  4. Zaaraa says:
    March 16, 2018 at 8:29 pm

    Oh a’lhy v reethi

  5. haner says:
    March 16, 2018 at 8:36 pm

    haadha kurey

  6. Axy says:
    March 16, 2018 at 8:56 pm

    V V reethi ? ? ? ? ? ?
    Thanks Nau

  7. Suma says:
    March 16, 2018 at 8:57 pm

    Oww wow nice nicely written Nau…. Ekam thankolheh kuree…..

  8. Friends says:
    March 16, 2018 at 9:08 pm

    Hahaha.hama matha nuvey.liviyy athah goviy dhw.hahah.ekam stry hama habeys.keep it up. Waiting 4 next part….
    Gud nyt dear..????

  9. Queen angela? says:
    March 16, 2018 at 9:10 pm

    V reethi..bala bala hutta thi up kollee

  10. Sim says:
    March 16, 2018 at 9:11 pm

    Bust vumah fahun kanthah vee not as expected. Is malha planning to be with raaidh??

  11. Shafa says:
    March 16, 2018 at 9:20 pm

    Awwwn..vv reethi mi partvs…balabalaa mihuhnany upkohlllane vaguthakah…gud luck and luv u❤?????

  12. Ibsha says:
    March 16, 2018 at 9:28 pm

    Asl mivaahaka mi mihaaru kanhigaagoiy.Aharen mi malha nama maafeh nukuraanah.emeehunah.???

  13. Pinky shifoo says:
    March 16, 2018 at 9:31 pm

    Yayyyy ???… Finally story kiyaalan libuny ???… Soooooo happy ???… V v inthizaaru kohfin mi story kiyaalan libeyne vaguthakah ???… As usual mi part vx hama awesome ???… V v reethi Maasha Allah ❤️❤️❤️… Finally mal ah bust v dhw ???… Mal ah haadha hurt vaaney ???… Livyaa adhivx noolhey dhw islaah vaakah ???… N raaidh vx haadha gohey ???… Heeves nukuraa gothakah mi story mi quriah dhany ☺️☺️☺️… Bt it’s v v v interesting ???… Keep up the good work Nau ???… Even if it is short l’m so happy kiyaalan libunyma ???… Eagerly waiting for the next part ???… Lots of love and take care ????????????

  14. EHLEE says:
    March 16, 2018 at 9:58 pm

    Wow

  15. Xxxx says:
    March 16, 2018 at 10:29 pm

    V.nice dear ?

  16. Hashaa says:
    March 16, 2018 at 10:30 pm

    Wow v reethi

  17. Een says:
    March 16, 2018 at 10:32 pm

    Vv reethi
    keep it up

  18. unique says:
    March 17, 2018 at 12:19 am

    its always the best so no need to apologize….. nau kuru namaves mibai hama varah reethi…. ehnv mi varun fuhdhaalevijje

  19. unique says:
    March 17, 2018 at 12:20 am

    nau….***

  20. nafees says:
    March 17, 2018 at 2:17 am

    Hehe

  21. Swety says:
    March 17, 2018 at 7:11 am

    Vvvv nice ekam vvvv inthixaaruves kurevijje

  22. Niu says:
    March 17, 2018 at 9:37 am

    Sifakurun thah v furihama
    Hama heevey manzaru lomathin feneyhen

  23. Luba says:
    March 17, 2018 at 11:57 am

    Wow nau ? hama bunaane ehcheves neygifa haadha ryhchey masha allah … ekm thankolheh kuru ….

  24. Saajii says:
    March 17, 2018 at 2:45 pm

    When next part

  25. Mary says:
    March 17, 2018 at 3:03 pm

    Avaskobba pleeeeeeeeese, v loabi mi story, thanks

  26. Mira says:
    March 17, 2018 at 4:45 pm

    Up kobba avaha

  27. Hashaa says:
    March 17, 2018 at 5:45 pm

    Varan reethi…kin eraku up vaani…

  28. Nau says:
    March 17, 2018 at 7:29 pm

    Sry i cudnt rep to all.. Was bxy.. Btw thanks alot to everyone who comment like n share this story.. Thank u soooo soooo soooo much.. In sha allah nxt part ah rep kuraanan.. Thanks al once again.. Love u all so much❤

Comments are closed.

Next Episodeތަޤްދީރު (16)←


All Right Reserved!