Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަނދިރިފަރާތް 28

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
March 16, 2018 8 Mins Read
21 Comments

އަހަރެން އަތުގައި އޮތް އެ ސްކޫލުގެ ‘ބުކްލެޓް’ އާ ދިމާއަށް ބަލަހައްޓައިގެން ހުރެ ކުރިއަށް ހިނގައިގަތީމެވެ. މި ސްކޫލުގެ ބޮޑުކަމުގެ ސަބަބުން އަހަންނަށް އަމިއްލަ ކުލާސް ހޯދިއްޖިއްޔާ ރަނގަޅެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު އަހަރެންގެ ފައިގައި އަޅުވާލައިފިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ސްކޫލުގެ ގޯތިތެރޭގައި ހައްދާފައިވާ ފެހިކަން ގަދަ ވިނަގަނޑުގެ މައްޗަށް އަހަރެން ވެއްޓުނީ އަނގަވަތަށެވެ.

ބޯ ހިއްލާލި ވަގުތު އަހަންނަށް ފެނުނީ އޮފު އަރައަރާ ހުރި ކަޅުކުލައިގެ ދެ ބޫޓެވެ. އޭނާގެ މައްސަލަ އަކީ ކޮބާ ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނާ އަހަރެންގެ ފައިގައި އަޅުވައި އެ ވައްޓާލީ ގަސްތުގައެވެ. ދެބުމަ ގޮށްޖަހައިގެން ހުރެ ތެދުވެ ގައި ފޮޅާލަމުން އަހަރެން ކުރިމަތީގައި ހުރި ހައި ސްކޫލް ފިރިހެން ކުއްޖާއާ ދިމާއަށް ބަލާލީމެވެ.

ދެޖީބަށް އަތްޖަހާލައިގެން ހުރިއިރު އޭނާގެ ތުންފަތުގައި ކުރެހިފައި ވަނީ ލާނެތް ހިނިތުންވުމެކެވެ. ހަށިގަނޑު ފުދޭވަރަކަށް ވަރުގަދަކޮށް ހުރި އެ ކުއްޖާ ކުއްލިއަކަށް އަހަރެންގެ ޔުނީފޯމު ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ. އަދި އޭނާގެ މޫނު އަހަރެންގެ މޫނާ ކައިރިކޮށްލަމުން ވާހަކަދެއްކިއެވެ.

“ޓްރާންސްފާރ ސްޓޫޑެންޓް، ދޯ؟”

ތުރިކީ ބަހުން އޭނާ އެހެން އަހާލުމާއެކީ އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

މިއީ ކާކު ހެއްޔެވެ؟ މީނާ އަހަރެންނަށް މި ގޯނާ ކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ބޭނުންނަމަ މިހާރު ވެސް ވަގުތުން އޭނާ ބިމަށް ތިރިކޮށްލެވިދާނެއެވެ. ނަމަވެސް މަސްލަހަތަށްޓަކައި އަހަރެން އިޚްތިޔާރުކުރީ މަޑުމައިތިރިކަމެވެ. އައިސްފައިވާ ރުޅި ކޮންޓްރޯލު ކުރުމަށްޓަކާ އަހަރެން ދެއަތް މުއްކަވާލީމެވެ.

“މި ސްކޫލުގައި ކަލެއަށް ސާރވައިވް ވެވިއްޖިއްޔާ ރަނގަޅު..”

އެއްމިޔަކުން ހިނިތުންވެލައިގެން ހުރެ އޭނާ އެހެން ބުނުމަށްފަހު އަހަރެންގެ ގިރުވާނުން ދޫކޮށްލިއެވެ. އެއަށްފަހު ދެޖީބަށް އަތް ޖަހައިގެން ހުރެ އޭނާ ދުރަށްދާން ހިނގައިގަތެވެ.

އޭނާ ހިނގަމުން ދިޔަ މަގުން އެހެން ކުދިން ތެޅެމުން ފޮޅެމުން އެއް ކައިރިއަށް ޖެހެމުންދާ މަންޒަރު އަހަންނަށް ފެނުނެވެ. ހީވަނީ އޭނާ އަކީ މި ސްކޫލުގެ ‘ޕްރިންސް’ ހެންނެވެ. އޭނާ ދެކެ ކުދިންތައް އެހާ ބިރު އެ ގަންނަނީ ކީއްވެ ހެއްޔެވެ؟

އަހަރެން ދެއަތަށް ބޯ ހޫރާލަމުން ސްކޫލް ޢިމާރާތުގެ ތެރެއަށް ވަދެގެން ދިޔައީމެވެ. އެތެރޭގައި ހުރި ކައުންޓަރު ކައިރިއަށް ގޮސް އަހަރެން ސްކޫލަށް ވަތް ކަމުގެ ލިޔުން ދައްކާލީމެވެ. އަދި ދާންވީ ކުލާހުގެ އިތުރުން ޝެޑިއުލް އޮޅުންފިލުވީމެވެ.

ފުޅާ ހޯލް ތެރެއިން ލާފައި އަހަރެން ހިނގަމުން ދިޔައީމެވެ. ކައުންޓަރުގައި އިން މީހާ ބުނެދިން ކުލާސް ފެނޭތޯ އަހަރެން ފަހަރަކު ދޮރަކާ ދިމާއަށް ނަޒަރު ހިންގަމުން ދިޔައީމެވެ. އެންމެފަހުން އަހަންނަށް އެބުނާ ކުލާސް ފެނިއްޖެއެވެ.

މަޑުމަޑުން ހިނގާފައި ގޮސް ދޮރު ކުރިމައްޗަށް އެރި ވަގުތު ކުލާސް ތެރޭގައިވާ ސްމާޓް ބޯޑު ކައިރީގައި ހުއްޓިގެން ހުރި ޓީޗަރު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަވަސްއަރުވާލާފައި އަހަރެން އެތެރެއަށް ވަނުމުގެ އިޒްނައަށް އެދުނީމެވެ.

އެ ޓީޗަރު އަހަންނާ ދިމާއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ހީވަނީ އަހަރެންގެ ތަސްވީރު އޭނާގެ ސިކުނޑި ތެރެއަށް ސްކޭންކޮށްލި ހެންނެވެ. އިރުކޮޅަކު އަހަންނާ ދިމާއަށް ބަލަން ހުރުމަށްފަހު އޭނާ އަތުގެ އިޝާރާތުން އެތެރެއަށް ވަނުމަށް އެންގިއެވެ.

އަހަރެން މަޑުމަޑުން ގޮސް ކުލާސް ހުރިހާ ކުދިންގެ ކުރިމަތީގައި ހުއްޓެލީމެވެ. އޭރު ގިނަކުދިންގެ ނަޒަރު އަހަންނާ ދިމާއަށް އަމާޒުވެފައި ވިއެވެ. އަހަރެން ފަރުވާތެރި ކަމާއެކު އެކުދިންގެ މޫނުތަކަށް ބަލާލީމެވެ. އެ ބެލުންތަކުގައި މާ ބޮޑު ޝަޢުޤުވެރިކަމެއް ވާހެނެއް އަހަންނަކަށް ހިޔެއް ނުވެއެވެ. އެ މޫނުތަކުން ފެންނަމުން ދިޔައީ ފޫހިކަމެވެ.

ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އެންމެ ފަހަތު ބަރީގައި އިން އެއްކަލަ ‘ޕްރިންސް’ އެވެ. އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނދެ އޭނާ ނުލަފާ ގޮތަކަށް ހީލިއެވެ. އިއްތިފާޤަކުން އަހަންނަށް މި އާދެވުނީ އޭނާ އިން ކުލާހަށްތާއެވެ. މި ޖެހުނީ އަނެއް ހަ ކަންތަކާއެވެ.

“އިންޓްރޮޑިއުސް ޔުއާރސެލްފް.”

ޓީޗަރު އެހެން ބުނުމާއެކު އަހަރެންނަށް ފުން ނޭވައެއް ބޭރުކޮށްލެވުނެވެ.

“ހެލޯ. އަހަންނަކީ އައިފަރު. އުމުރުން އަށާރަ އަހަރު. އުންމީދުކުރަން ތި ހުރިހާ ކުދިންގެ ފަރާތުންވެސް އަހަންނަށް އެހީ އަދި އެކުވެރިކަން ލިބޭނެކަމަށް.”

ތުރުކީ ބަހުން އަހަރެން ތަޢާރަފު ވެލީމެވެ.

‘އައިފަރު’ – އަހަރެންގެ ފޭކު ތުރުކީ ނަން.

“ވެލްކަމް އައިފަރު. އަހަންނަކީ މިސްޓާރ ޔާސީން. މި ކުލާހަށް ޖިއޮމެޓްރީ ކިޔަވައިދޭ ޓީޗަރު. އަދި ހޯމްރޫމް ޓީޗަރު.. އޯކޭ.. ލެޓްސް ސީ… އައިފަރު ދޭ ގޮސް އުޒޭލް ކައިރީގައި އިށީންދޭ..”

ޔާސީން އެހެން ބުނެ އިޝާރާތްކުރި ދިމާއަށް ބަލާލުމާއެކީ އަހަރެންނަށް ދެލޯ ހަނިކޮށްލެވުނެވެ. އަހަރެން އިށީންނަންވީ އޭނާ ކައިރީގައި ހެއްޔެވެ؟ އެ ފޮނިބޮޑު ފިރިހެނާ ކައިރީގައި ހެއްޔެވެ؟ އޭނާ އަނެއްކާ ވެސް އަހަންނަށް މާލާމާތުގެ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަދި ނުލަފާ ފާޑަކަށް ކައިރީގައި ހުރި ހުސް ސީޓުގައި މަޑުމަޑުން ޖަހާލިއެވެ.

“އައިފަރު؟”

ޔާސީން އަނެއްކާވެސް އަހަރެންގެ ނަމުން ގޮވާލުމާއެކު އަހަރެން އޭނާއަށް ބާލާލާފައި ގަދަކަމުން ކަހަލަ ގޮތަކަށް ހީލީމެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އެބުނާ އުޒޭލް އެއްގެ ކައިރީގައި ހުރި ސީޓާ ދިމާއަށް ހިނގައިގަތީމެވެ. އޭނާއާ ކައިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ލޭ ދިޔައީ ހޫނުވަމުންނެވެ. އިރުކޮޅެއް ކުރިން އަހަރެން އެންމެ ފުރަތަމަ ސްކޫލުގެ ގޯތިތެރެއަށް ވަތްއިރު ހިނގައިދިޔަ ހާދިސާގެ މަތިން ހަނދާންވުމާއެކު އަހަރެންނަށް ދެއަތް މުއްކަވާލެވުނެވެ.

ސީޓާ ހިސާބަށް އަރާފައި އަހަރެން އެންމެ ފަހަރަކުވެސް އުޒޭލްއާ ދިމާއަކަށް ނުބަލަމެވެ. އޭނާގެ މޫނު ފެނުމުން އަހަރެންގެ ގާތަށް އަންނަނީ ކޮން ކަހަލަ ރުޅިއެއް ހެއްޔެވެ؟ އަހަރެން ގޮނޑި ކުޑަކޮށް ދުރުކޮށްލައި ގޮނޑީގައި އިށީންނަން ދިމާކޮށްލީމެވެ. ނަމަވެސް އިށިން ވަގުތު އަހަރެންގެ ފުލުގައި ޖެހުނީކީ ގޮނޑިއެއް ނޫނެވެ. ފިނި ޓައިލްސްތަކެވެ. ވެއްޓުނު ގޮތުން އިވިގެން ދިޔަ ބާރު އަޑުފައްގަނޑާއެކު ޔާސީންއާއި ކުލާހުގެ އެހެން ކުދިންގެ ނަޒަރު އަހަންނަށް އަމާޒުވެގެން ދިޔައެވެ. ގަތް ލަދުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.

ދަތްކުނޑި ވިކާލަމުން އަހަރެން ބަލާލީ އުޒޭލްއާ ދިމާއަށެވެ. އެ މޫނުމަތީގައިވި ލާނެތް ހިނިތުންވުމުން އެކަނިވެސް އެއީ އޭނާ ކުރިކަމެއްކަން އަހަންނަށް ކިތަންމެހާވެސް ރަނގަޅަށް ދެނެގަނެވުނެވެ. އަހަރެން އިށީންނަން ދިމާކޮށްލި ވަގުތު އޭނާ ގޮނޑި ދުރުކޮށްލީއެވެ. އޭނާ އަހަންނާ ޖައްސާލައިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އާ ކުއްޖަކަށް ވީމަ ހެއްޔެވެ؟

“އާ ޔޫ އޯކޭ، އައިފަރު؟”

ޔާސީން ކަންބޮޑުވެފައިވާ ރާގަކަށް އެހެން އަހާލުމާއެކު އަހަރެން ވަގުތުން ކޮޅަށް ޖެހުނީމެވެ. އާއެކޭ ބުނެލަމުން އަހަރެން ގޮނޑީގައި އިށީންދެ ހަމަޖެހެލީމެވެ. އޭރުވެސް އުޒޭލް ގެންދިއައީ އަހަންނާ ދިމާއަށް ބަލަބަލާފައި ފާޑެއްގެ ވައްތަރެއް ޖައްސަމުންނެވެ. އުޒޭލްގެ އެ އުނދަގޫތަކާއެކު އަހަންނަށް މި ސްކޫލުގައި ކެތްވެދާނެ ހެއްޔެވެ؟ އަދި މިއުޅެނީ މިތަނަށް ވަތްތާ ބައި ގަޑިއިރު ނުވެގެންނެވެ.

** **

ބްރޭކް ވަގުތު އެހެން ކުދިން ކެންޓީނަށް ދިޔުމާއެކު އަހަރެން މިސްރާބުޖެހީ ލައިބްރެރީ އަށެވެ. ބޭނުންވީ އަޑުމަޑު މާހައުލެއްގައި އިނދެލާށެވެ.

ލައިބްރެރީއަށް ގޮސް އަހަރެން ޓެބުލެޓު ނަގައި މޭޒުމަތީގައި ބާއްވާލީމެވެ. އެޖެންސީގެ ސާވާރ އަށް ވަދެލުމަށްފަހު މާޒްއާއި ރާޔާ މި ސްކޫލާ ބެހޭގޮތުން ހޯދާފައިވާ މަޢުލޫމާތުތައް އަހަރެން ހުޅުވާލީމެވެ.

“އަހުމަދު އުޒޭލް..”

އަހަރެން އެންމެ ފުރަތަމަވެސް ހުޅުވާލީ އުޒޭލްގެ މަޢުލޫމާތުތައް ހުރި ފައިލެވެ. އޭނާ އަކީ ކާކުކަން އަހަރެން އެނގެން ބޭނުންވިއެވެ. މިޔަދު ވެސް ކުލާހުގައި އިނދެގެން އޭނާ އަހަންނަށް ހާދަ ވަރަކަށް ޖެއްސުންކުރިއެވެ. ހީވަނީ އަހަންނާ އަޅައިގަނެގެން އުޅޭ ހެންނެވެ.

“ސްކޫލުގެ ޕްރިންސިޕަލްގެ ދަރި..”

އެ ތަންކޮޅު ފެނުމާއެކު އަހަރެންނަށް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. އެހެން ކުދިން މީނަ ދެކެ އެހާ ބިރުން އުޅޭ ސަބަބު މި އެނގުނީއެވެ. ސްކޫލުގެ އިސްވެރިޔާގެ ދަރި ވީމާ އޭނާއަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބިފައި އޮންނާނެތާއެވެ.

“ބިގަސްޓް ބުލީ..”

އަހަންނަށް ދެއަތަށް ބޯ ހޫރާލެވުނެވެ. އިރާދަކުރެއްވިއްޔާ އަހަރެން މި އުޒޭލްއެއް މައިތިރިކުރާނަމެވެ. ލާނެތް ހިނިތުންވުމަކާއެކު އަހަރެން ކުލާހުގައި ތިބި އެހެން ކުދިންގެ މަޢުލޫމާތުތައް ވެސް ހޯދާލީމެވެ. އެމީހުންނާ އެކުވެރިވާން ފަސޭހަވާނީ އޭރުންތާއެވެ.

މަސައްކަތް ނިމުމާއެކު އަހަރެން ކޮނޑުގައި ދަބަސް އަޅުވާލަމުން ލޮކަރުތައް ހުންނަ ފްލޯއަށް މިސްރާބުޖެހީމެވެ. އަހަރެން އަމިއްލަ ލޮކަރު ހުޅުވައި ބޭނުންވާ ފޮތްތައް ނަގަމުން ދިޔައީ މާ ބޮޑު ވިސްނުމަކާ ނުލައެވެ.

ކޮންމެވެސް މީހަކު އައިސް އެ ލޮކަރުގެ ދޮރުފަތް ބާރަކަށް ޖެހީ އަހަރެން އެ ދޮރުފަތުގައި ހިފަހައްޓައިގެން ހުއްޓައެވެ. އަތުގެ ބޮޑުވާ އިނގިލި ފިތިގެން ދިއުމާއެކު އަހަރެންގެ އަނގައިން ވޭނީ އާހެއް ބޭރުވެގެން ދިޔައެވެ.

އަހަރެން ބަލާލިއިރު ލޮކަރު ކައިރީގައި ކޮޅަށް ހުރީ އުޒޭލް ނޫން ދެވަނަ މީހެއް ނޫނެވެ. ހަރަން ބަނދެލައިގެން ލާނެތް ހިނިތުންވުމަކާއެކު ހުރިއިރު އޭނާގެ ދެފަރާތުގައި އިތުރު ދެ ފިރިހެންކުދިން ވެސް ތިއްބެވެ. އަހަރެން ފަރުވާތެރި ކަމާއެކު އެދެމީހުންގެ މޫނުތަކަށް ބަލާލީމެވެ. ލިބިފައިވާ މަޢުލޫމާތުގައި ވާގޮތުން މި ދެމީހުންނަކީ އުޒޭލްގެ އެންމެ ގާތް ދެއެކުވެރިންނެވެ.

އަހަރެން އިނގިލި ނަގައި ބަލާލިއިރު ނިޔަފަތިގަނޑު ފަޅައިގެން ގޮސް ލޭއަރާފައި ހުއްޓެވެ. ވަގުތުން އަހަރެންގެ ރުޅިގަނޑު ގަދަވެގެން ދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އަހަރެން މި އުޒޭލްގެ އަނގަމަތި ފަޅާލަން ހެއްޔެވެ؟ އޭރުން އޭނާއަށް ހުންނާނީ ރަނގަޅު ފިލާވަޅެއް ދަސްވެފައެވެ.

“ކޮބާތަ ކަލޭގެ މައްސަލައަކީ؟”

އަހަރެން އަނެއް އަތުން ބޮޑުވާ އިނގިލީގައި ހިފަހައްޓައިގެން ހުރެ އަހާލީ އެހެންނެވެ. އެއާއެކު އޭނާ އާއި އޭނާގެ ‘ގޭންގް’ މީހުން އަހަރެން ވަށާލިއެވެ. މި މީހުން އެހެން އެއުޅެނީ އަހަރެންމީ ކާކުކަން ނޭނގޭތީއެވެ. އެހެންނޫންނަމަ އެމީހުންނަށް އަހަރެންނާ ހަތަރުކަޅި ހަމަކުރާކަށް ވެސް ނުކެރޭނެއެވެ.

“މީ މި ސްކޫލުގެ ޓްރެޑިޝަން އެކޭ..”

އެއްމިޔަކުން ހިނިތުންވެ ހުރެ އުޒޭލް ބުނެލިއެވެ.

ޓްރެޑިޝަން؟ އަހަންނަށް ލިބިފައިވާ މަޢުލޫމާތު ތަކުގައި އެއްވެސް ޓްރެޑިޝަން އެއްގެ ވާހަކައެއް އައިސްފައެއް ނުވެއެވެ. ދެން އޭނާ އެ ދައްކަނީ ކޮން ޓްރެޑިޝަން އެއްގެ ވާހަކަ ހެއްޔެވެ؟

“ވަޓް ޓެރެޑިޝަން؟”

ހިތްހަމަނުޖެހިފައިވާ ރާގަކަށް އަހަރެން އަހާލީމެވެ. އެއާއެކު އެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި ހޭން ފެށިއެވެ. އަހަރެން ދެންމެ މިކީ ޖޯކެއް ހެއްޔެވެ؟

“އަލަށް އަންނަ ކުދިންނަށް ފުރަތަމަ ދުވަހު ލިބޭ ހަދިޔާ..”

ދެއަތް މުއްކަވައި ދެއަތަށް ކަރު އަނބުރާލަމުން އުޒޭލް ވާހަކަދެއްކިއެވެ. މިހާރު އަހަންނަށް އެމީހުން އެކިޔާ އެއްޗެއް އެނގިއްޖެއެވެ. ނަމަވެސް އެވަގުތު އަހަރެން ކަންބޮޑުވީ އަމިއްލަ ނަފްސާމެދުގައެއް ނޫނެވެ. ޑެލްޓާއާ މެދުގައެވެ. އޭނާ ވެސް ހަމަ މި ޓްރެޑިޝަންއަކާ ކުރިމަތިލާން ޖެހޭނެ ހެއްޔެވެ؟

** **

ޑެލްޓާގެ ނަޒަރުން:

ފާހާނާގެ ގޮޅިއެއްގެ ތަޅުންގަނޑުމަތީގައި އަހަރެން އިނީ ހިރުވާލަންވެސް ނުކެރިފައެވެ. ކަނާއަތު ފައިގައި އަޅާ ވޭނުގެ ސަބަބުންނެވެ. އަހަރެން އެއްއަތުން ބޫޓާއި އިސްޓާކީނު ބޭލުމަށްފަހު ދުޅެވެ އަރާފައިވާ ކުޑަހުޅުގައި މޮޑެލީމެވެ. ކުޑަ ނަމަވެސް ލުޔެއް ލިބޭތޯއެވެ.

މިއީ ސްކޫލެއް ބާވައޭ ނުވަތަ ގަނާކުރާ މާލަމެއް ބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ޓްރެޑިޝަން އެކޭ ކިޔާފައި އާ ކުއްޖެއް އަންނަ އިރަށް އެކުއްޖާ ލޭކޮށާލަން ޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުފެނެއެވެ. ކުލާހުގައި އެއުޅޭ ފޮނިބޮޑު ފެޝަން އަންހެންކުދިންތައް އަހަރެން ސިޑިން ތިރިއަށް ކޮއްޕާލީ ކީކޭ ހިތައިގެން ހެއްޔެވެ؟ ހުރެބަލާށެވެ. އަދި އެމީހުންނަށް ކުޅި ދައްކާލާނަމެވެ.

“އައޮޗް..”

މޮޑެމުން ދަނިކޮށް އަނެއްކާވެސް ކުޑަ ހުޅަށް އެރި ތަދާއެކު އަހަންނަށް މަޑުމަޑުން ބުނެވުމެވެ. ފައެއް ތަނެއް ބިންދައިގެން ނުދިޔަކަން އެއީ އަހަރެންގެ ނަސީބެވެ. މިވީ ގޮތުން މިޔަދު އަހަންނަށް އެއްކަމެއް ވެސް ނުވީއެވެ.

ފޯނު ވައިބުރޭޓު ވެގެން ދިއުމާއެކު އަހަރެން ދަބަހުން ފޯނު ނަގައި ހުޅުވާލީމެވެ. އަރޫންގެ މެސެޖު ފެނުމާއެކު އަހަރެންގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.

ޓައިގާ: ކޮންތާކު؟ އާ ޔޫ ފައިން؟

ފުންނޭވައެއް ދޫކޮށްލަމުން އަހަރެން އެއަށް ރިޕްލައިއެއް ލިޔެލީމެވެ.

ޓު ޓައިގާ: ނޮޓް އޯކޭ.

ޓައިގާ: ކިހިނެއްވީ؟

ޓު ޓައިގާ: ސްޕްރެއިންޑް މައި އޭންކަލް ވަރަށް ބޮޑަށް.

ޓައިގާ: ވައި؟

ޓު ޓައިގާ: ސްޓުޕިޑް ގާރލްސް ޕުޝްޑްމީ ޑައުން ދަ ސްޓެއާރޒް. ?

ޓައިގާ: ވަޓް؟ ބަލާ ދަންތަ؟ އެކަނި އާދެވޭނެތަ؟

ޓު ޓައިގާ: އައި ކޭން މެނޭޖް.

ޓައިގާ: ޔަގީން؟

ޓު ޓައިގާ: ޔަޕް.

އަހަރެން ފޯނު ދަބަހަށް ލުމަށްފަހު އަނެއްކާވެސް ދުޅަވެ އަރާފައިވާ ކުޑަހުޅަށް ނަޒަރު ހިންގާލީމެވެ. ކިތަންމެ ތަދުވިޔަސް އަހަރެން އަރޫންގެ އެހީ ހޯދާކަށް ބޭނުމެއް ނޫނެވެ. ކުރިން ވެސް ރާވާފައި ވާގޮތަށް މި މިޝަން ކުރިއަށް ގެންދަން އަހަރެން ބޭނުމެވެ. ފަޔަށް އިސްޓާކީނު ލައްވައި ބޫޓަށް އެރުމަށްފަހު އަހަރެން ކޮޅަށް ތެދުވެވޭތޯ މަސައްކަތްކުރީމެވެ. ފައިތިލި ބިންމަތީގައި ޖެހުމާއެކު އެރި ތަދުގެ ސަބަބުން އަހަންނަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.

** **

އަރޫންގެ ނަޒަރުން:

ސްކޫލާ ތަންކޮޅެއް ދުރުގައި ޕާކުކޮށްފައިވާ ޑެލްޓާގެ ކާރު ކައިރީގައި އަހަރެން މަޑުކޮށްގެން ހުރިއިރު އިރުއިރުކޮޅާ އަހަންނަށް އަތުކުރީގައިވާ ގަޑިއަށް ބަލާލެވެއެވެ. އިރުއިރުކޮޅާ މަގުގެ ކޮޅަށް ނަޒަރު ހިންގާލެވެއެވެ. މިހާރު އޭނާ އަންނަހާއިރު ވެއްޖެއެއް ނޫން ހެއްޔެވެ؟ އަނެއްކާ އޭނާއަށް އެހެން ކަމެއް ދިމާވީ ބާވައެވެ.

އަހަރެން ޖީބުން ފޯނު ނެގީ އޭނާއަށް ގުޅާލުމުގެ ނިޔަތުގައެވެ. ނަމަވެސް ފޯނު ކަންފަތުގައި ޖައްސަން އުޅުނުތަނާ އެ މަގުގެ ކޮޅުން އޭނާ ދައްކާލައިފިއެވެ. ކޮރުޖަހަމުން ހިނގާފައި އައިއިރު އެމޫނުމަތިން އޭނާއަށް ތަދުވާ މިންވަރު ހާމަވަމުން ދިޔައެވެ. އަހަންނަށް ދެއަތް މުއްކަވާލެވުނެވެ. އޭނާއަށް މިހެން ހެދި އިންސާނަކު ހަމަބިމަށް ތިރިކޮށްލާނަމެވެ.

އެ މަންޒަރު ބަލަން ނުހުރެވިގެން އަހަރެން ދުވެފައި އޭނާ ހުރި ހިސާބަށް ދިޔައީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް ބަލާލީ ނުރުހުންވެފައި ހުރެއެވެ.

“އަހަރެން ބުނީ ކީކޭ؟ އަހަރެން އަންނަންދެން ކާރު ކައިރީގައި މަޑުކުރާށޭ..”

ދެބުމަ ގޮށްޖަހައިގެން ހުރެ ހަރުކަށި ރާގަކަށް އޭނާ ވާހަކަދެއްކިއެވެ. މީހާއަށް އެވަރު ވެފައި ވާއިރުވެސް އެއުޅެނީ ގަދަވެގަނެގެންނެވެ.

“އެމީހުން ޖެއްސުން ކުރަން ފަށާއިރަށް އެމީހުން ބިމަށް ތިރިކޮށްލިނަމަ.”

އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ ފާޑަކަށް ހީލިއެވެ.

“އެހެން ނުހެދޭނެކަން ރަނގަޅަށް އެނގޭއިރު ތި ބުނަނީ ކީއްވެ؟ ޖަސްޓް ގޯ.. ގޮސް ކާރު ކައިރީގަ މަޑުކުރޭ..!”

ހަރުކަށި ގޮތަކަށް އޭނާ އަމުރުކޮށްލިއެވެ.

“ޝަޓް އަޕް!”

އައިސްފައިވާ ރުޅިއާއެކު އަހަންނަށް ބުނެވުނީ އެހެންނެވެ. އޭނާގެ ކުރިމަތީގައި އިށީންދެ އަހަރެން އޭނާއަށް އަހަރެންގެ ބުރަކައްޓަށް އެރުމަށް އިޝާރާތްކޮށްލީމެވެ.

“މޮޔަވީތަ؟”

އޭނާ ރުޅިވެރި ގޮތަކަށް އަހާލި އަޑު އަހަންނަށް އިވުނެވެ. ހެވެވެ. އޭނާ ކިތަންމެ ރުޅިއަޔަސް އަހަންނަށް ހެވެވެ. އޭނާ އެ ހާލުގައި ހިނގާތަން ބަލަން އަހަންނަކަށް ކެތެއް ނުވާނެއެވެ.

“ޖަސްޓް ގެޓް އޮން!”

އަހަރެން ވެސް މިފަހަރު އެހެން ބުނީ ރުޅިވެރި ކަމާއެކީގައެވެ. ރުޅިއަންނަން އެނގެނީ ހަމައެކަނި އޭނާއަކަށް ނޫނެވެ. އަހަންނަށް ވެސް ރުޅި އަންނަން އެނގެއެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އަހަރެންގެ ބުރަކައްޓަށް އަރައި، ކަރުގައި އަތް ވަށާލައިފިއެވެ. އަހަރެން ލުއި ހިނިތުންވުމަކާއެކު އޭނާގެ ދެފައިގައި ހިފަހައްޓާލަމުން ކޮޅަށް ތެދުވީމެވެ. އެންމެފަހުން އޭނާއަށް ޖެހުނީ އަހަރެންގެ އެހީ ހޯދަންތާއެވެ.

ކާރާ ދިމާއަށް އަހަރެން ހިނގަމުން ދިޔައިރު އަހަރެމެންގެ ދެމެދަށް ވެރިވި ހަމަހިމޭންކަމުގެ ސަބަބުން އަހަންނަށް އުނދަގޫވަމުން ދިޔައެވެ. އިރުކޮޅެއްފަހުން އަހަރެން މަޑުމަޑުން ކަރުކެހެލީމެވެ.

“ވަޓް؟”

ޑެލްޓާ އަހާލީ އެހެންނެވެ. އަހަރެން ގާތަށް ހިނިއައެވެ. ހަނދާންވީ އެންމެ ފުރަތަމަ މިކޮޅަށް އައި ދުވަހު އޭނާ އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތެވެ. މާ ބޮޑުވެލައިގެން އުޅުނު ގޮތެވެ. މިހާރު އެ ބޮޑު މީހާ އެއޮތީ އަހަރެންގެ ކޮނޑުގައެވެ.

“ކީއްވެ ހެނީ؟”

އޭނާ އެހެން އަހާލުމާއެކީ އަހަރެން ވަގުތުން ހުނުން ހުއްޓާލީމެވެ. ކަރުކެހިލުމަށްފަހު އަނެއްކާވެސް އަހަރެން ވާހަކަދައްކަން ފެށީމެވެ.

“އެއީ މީހަކު ސްކޫލެކޭ ކިޔާވަރުގެ ތަނެއްތަ؟”

އަހަރެން ސީރިއަސްވެލާފައި އަހާލީމެވެ.

“ކަންތައް ބޮޑު ތަނެއް އާނ އެއީ. މިރޭ އެތަނާ ބެހޭ ގޮތުން އިތުރަށް ރީސާޗްކުރަންވާނެ..”

ޑެލްޓާ ބުނެލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

“އެނގޭތަ؟ ޕްރިންސިޕަލްގެ ދަރިފުޅު އުޅެނީ އަހަރެންގެ ކުލާހުގަ..”

އަހަރެން އުޒޭލްގެ ވާހަކަތައް ޑެލްޓާއާ ހިއްސާކުރީމެވެ.

“އޭނަ ބޭނުންކޮށްގެން ވެސް ޕްރިންސިޕަލްއަށް ބްލެކް މެއިލް ކުރެވިދާނެ. އެކަމަކު ފުރަތަމަ ޖޭހޭނީ ތަންކޮޅެއް ބޮޑަށް މިކަން ރީސާރޗް ކުރަން..”

އޭނާ އެހެން ބުނިއިރު އަހަންނަށް ކާރު ހުރި ހިސާބަށް އާދެވިއްޖެއެވެ. އޭނާ އަހަރެންގެ ބުރަކަށިން ބޭލުވުމަށްފަހު އަހަރެން ކާރުގެ ދޮރުފަތް ހުޅުވާލީމެވެ. އެއާއެކު އޭނާ ކާރުގެ ކުރީ ސީޓުގައި އިށީންދެ ހަމަޖެހެލިއެވެ. އަހަރެން ވެސް ގޮސް ކާރުގެ ފަހަތު ދޮރުފަތް ހުޅުވައި، އެތެރެއަށް އެރީ ވިސްނުމެއްގައި ހުރެއެވެ.

** **

“ޝުބާ! ޝުބާ!”

އަހަރެން ދެލޯ މެރި، ޚަބަރު ހުސްވެފައިވާ ޝުބާގެ މޫނުމަތީގައި ތަޅަމުން އޭނާއަށް ގޮވަމުން ގެންދިޔައީމެވެ. މެރިފައިވާ އޭނާގެ ދެލޯ ހުޅުވޭނެ އިރަކަށްޓަކައި އަހަރެންގެ ހިތް ވަނީ ކެތްމަދުވެފައެވެ. އޭނާގެ އަތަށް އަރާފައިވާ ވަޒަން ފެނުމާއެކު އަހަރެންގެ ހިތުގައި ރިއްސާލިއެވެ. އޭނާ ޝާކިންގެ ފަހަތުން ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ފުންމާލީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކަންބޮޑުވާނެ ވަރު އޭނާއަށް އިހުސާސް ނުކުރެވެނީ ހެއްޔެވެ؟

“ދުރަށްދޭ! ދުރަށްދޭ! އަހަރެން ކަލޭ މަރާލާނަން! މަރާލާނަން!”

ދެލޯ ހުޅުވާލި ގޮތަށް ޝުބާގެ އަނގައިން ނިކުތީ އެ ބަސްތަކެވެ. ކުއްލިއަކަށް އޭނާ އަހަރެންގެ ގައިގައި ތަޅަން ފެށިއެވެ. ހަމަ އެހެން ކިޔަމުންނެވެ.

“ޝުބް. ކާމް ޑައުން. ޕްލީޒް!”

އޭނާގެ ކޮނޑުގައި ހިފައި ބާރަކަށް ތަޅުވައިގަންނަމުން އަހަރެން ހަޅޭއްލަވައިގަތީމެވެ. އެއާއެކު އޭނާ ފުންކޮށް އަހަރެންގެ މޫނަށް ބަލާލިއެވެ. އަދި ހައިރާންކަމާއެކު ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ.

އަހަރެމެން މިތިބީ ފަޅު ރަށެއްގެ ދޮންވެލި ތުނޑިއެއްގެ މަތީގައެވެ. ސީދާ ކޮން ރަށެއް ކަމެއް ބުނާކަށް އަހަންނަކަށްވެސް ނޭނގެއެވެ. ޝުބާ ގެއްލިގެން ހޯދަމުން ދަނިކޮށް އަހަންނަށް އޭނާ ފެނުނީ މި ދޮންވެލި ގަނޑުގެ މައްޗަށް ލައްގާފައި އޮއްވައެވެ. މޫދުގެ ރާޅު އަހަރެމެން ތިބި ހިސާބަށް މަޑުމަޑުން ބީއްސަމުން ދިޔައެވެ. ހިމަ ފޮދު ވާރޭ ތިކިތައް އައިސް އަހަރެމެން ދެމީހުންގެ ހަށިގަނޑު މަޑުމަޑުން ތެންމަމުން ދިޔައެވެ.

“ޝު..ޝުބް. ވީ ވޮން! އަހަރެމެން މޮޅުވީ.. އެމީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހައްޔަރުވެސް ކުރެވިއްޖެ..”

ޝުބާގެ ދެކޮނޑުގައި ހިފަހައްޓައިގެން އިނދެ އަހަރެން އޭނާ ގާތު އެ ވާހަކަ ބުނީ އޭނާ އުފާވާނެ ކަމަށެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެވަގުތު ފާޅުވެގެން ދިޔައީ އެހެން ކުލަވަރެކެވެ. އޭނާގެ ނަޒަރު އަހަރެންގެ ފުރަގަހަށް ހުއްޓިފައި ވާތަން ފެނުމުން އަހަރެން ވެސް ފަހަތް ބަލާލީމެވެ. ކުއްލިއަކަށް އޭނާ އެދިމާއަށް ދުއްވައިގަތީ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށެވެ. އަހަރެން ވެސް އޭނާގެ ފަހަތުން ދިޔައީމެވެ.

“ޝާކިން! ޝާކިން!”

ރޮއިގަންނަމުން ޝުބާ ތަންކޮޅެއް ދުރުގައި އޮތް ޝާކިންގެ ހަށިގަނޑުގައި ހިފައި ތަޅުވައިގަތެވެ. އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ރިހުމާއި ހިތްދަތިކަމެވެ.

އަހަރެންނަށް އެ މަންޒަރު ބަލަން އުނދަގޫވިއެވެ. ޝުބާ ޝާކިން ދެކެ ލޯބިވާކަން އެނގުނީއްސުރެ އަހަރެންގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އޭނާ ޝާކިން ދެކެ ލޯބިވާ ފަދައިން އަހަރެން ދެކެ ވެސް ލޯބިވާނެ ނަމައެވެ. ޝާކިންއަށް އަޅާލާ ފަދައިން އަހަރެންނަށް ވެސް އަޅާލާނެ ނަމައެވެ. އެ ޝާކިން އަކީ ދެން ކާކު ހެއްޔެވެ؟ އެއީ މުޅި މި ޤައުމުގެ ބޮޑު ހަތުރެކެވެ. ޤައުމާ ދެކޮޅަށް ތެދުވި ބޮޑު ޚިޔާނާތްތެރިއެވެ. ވީއިރު ޝުބާ ޝާކިންއާހެދި އެވަރަކުން އުޅެނީ ކީއްވެގެން ހެއްޔެވެ؟

“ޝާކިން މަރެއްނުވެ އަރޫން.. އޭނާ މަރެއްނުވެ.. ހިނގާ އޭނަ ގެންދަން އަހަރެމެންގެ މެޑިކަލް ޓީމު ގާތަށް… ޕްލީޒް އަރޫން..”

ގިސްލަމުން އާދޭހުގެ ރާގަކަށް ޝުބާ ވާހަކަދެއްކިއެވެ. އޭނާ މޮޔަވީ ހެއްޔެވެ؟ ދުޝްމިނުންގެ މީހަކަށް ފަރުވާ ދޭވަރަށްވުރެ އަހަރެމެންގެ މެޑިކަލް ޓީމު މިވަގުތު މާ ބިޒީ ވާނެއެވެ. ހިނގައިދިޔަ ކުރިމަތިލުން ތަކުގެ ސަބަބުން އެޖެންސީގެ އެތައް ބަޔަކަށް ވަނީ އަނިޔާ ލިބިފައެވެ.

“ބަޓް ތީ އެނެމީގެ މީހެކޭ ޝުބް. މީނަ ސިފައިންނާ ހަވާލުކުރަންޖެހޭނީ.. އަހަރެމެންނަށް މީނަ ނުގެންދެވޭނެއެއްނު؟”

އަހަރެން މަސައްކަތްކުރީ ޝުބާއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް ޝުބާ ގާތަށް އެވަގުތު އައީ ރުޅިއެވެ.

“ހީ އިޒް ޑައިންގް އަރޫން.. އަވަސް ފަރުވާ ނުލިބިއްޖިއްޔާ އޭނަ މަރުވެދާނެ.. އަރޫން ކިހިނެއް ވެގެންތަ ތިއުޅެނީ؟”

އޭނާ ރުޅިވެރި ގޮތަކަށް ވާހަކަދެއްކިއެވެ. އޭނާ ޝާކިން ސަލާމަތްކުރަން ބޭނުންވެފައިވާ މިންވަރު އަހަންނަށް އެވަގުތު އިހުސާސްކުރެވުނެވެ. އަހަރެންގެ ސިކުނޑި ބޭނުންވީ އެވަގުތު ޝާކިންއަށް އެހީވާށެވެ. ނަމަވެސް އަހަރެންގެ ބަސްނާހާ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ. ޝާކިންއަށްޓަކާ އަހަރެންގެ ހިތުގައި ހަސަދައިގެ ހުޅުގަނޑެއް ރޮއިވެގެން ދިޔައެވެ.

“އަހަރެމެން ކޮންތާކު މިހުރީ؟ މީ ކޮން ރަށެއްތަ؟ ސާރ އާ ކޮންޓެކްޓް ކޮށްފަ ބުނެބަލަ މިތަނަށް ހެލިކޮޕްޓަރެއް ފޮނުވާށޭ.”

ޝުބާ އަނެއްކާވެސް ހިތްހަމަނުޖެހުމުގެ ރާގަކަށް ވާހަކަދެއްކިއެވެ.

“އޭނަ މަރުވިއްޔާ މާ ރަނގަޅުވާނެ.. އެކަހަލަ މީހުންނާހެދި މި ރާއްޖެ އަޅުވެތިވަނީ..”

ދެއަތް މުއްކަވާލަމުން އަހަރެން ވާހަކަދެއްކީމެވެ. އެ ޝާކިންއަށްޓަކާ އަހަރެންގެ ހިތުގައި އުފެދިފައި ވަނީ ނަފްރަތެވެ. އޭނާ ސަލާމަތްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޝުބާ އަހަރެންނާ ދިމާއަށް ބަލާލިއިރު ރުޅިއައިސްގެން އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ.

~ނުނިމޭ~

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ތަޤްދީރު (15)

hgriug3iy
Next

ލޯބިކަން

Next
hgriug3iy
March 17, 2018

ލޯބިކަން

Previews
March 16, 2018

ތަޤްދީރު (15)

21 Comments!

  1. Liaa says:
    March 16, 2018 at 10:49 pm

    Salaam hurihaa kudhin! Ummeedhu kuran mi part ves kamudhaane kamah. V busy koh ulhemun aslu mi up kolleeves.

    And for those who don’t know, My FB page is https://www.facebook.com/storiesbyliaaa/

    Loves! <3 🙂

    1. Liaa says:
      March 16, 2018 at 10:52 pm

      And samaal kamah! Kuda thankolheh innaane DELTA ge nazarun genasfa ingey.. 🙂

  2. Delta says:
    March 16, 2018 at 11:06 pm

    Wow .. awesome

    1. Liaa says:
      March 17, 2018 at 9:42 am

      Thank u dear 🙂

  3. Friends says:
    March 16, 2018 at 11:21 pm

    Mashaa allah v salhi. Keep it up liaa.ekam kuda koh kuru hen heevani.waiting 4 next part.gud nyt liaa..???

    1. Liaa says:
      March 17, 2018 at 9:44 am

      Alhe kuru tha hama? Ekam this part is above 2000 words. Thank u for ur support 🙂

  4. Sunflower says:
    March 16, 2018 at 11:32 pm

    Wow salhi

    1. Liaa says:
      March 17, 2018 at 9:48 am

      Thank u Sunflower! 🙂

  5. IShan says:
    March 17, 2018 at 12:02 am

    Liaa vareh hama neh ! V furihama

    1. Liaa says:
      March 17, 2018 at 12:06 pm

      tHANK U Ishan 🙂

  6. Reem says:
    March 17, 2018 at 12:20 am

    Varrah kuda but nice keep it up?????

    1. Liaa says:
      March 17, 2018 at 12:07 pm

      Thank u dear 🙂

  7. araash says:
    March 17, 2018 at 8:22 am

    Nice..V salhi aslu vc

  8. Suma says:
    March 17, 2018 at 11:33 am

    Nice work liaa….. Love it….. Keep it up… When is the next part…
    ??

  9. Emaa says:
    March 18, 2018 at 10:56 am

    alheyy mi part ves varah reethi

  10. araash says:
    March 19, 2018 at 6:33 am

    Nxt prt whn

  11. Sarey says:
    March 19, 2018 at 5:14 pm

    V rythi mi part ves..

  12. Boss says:
    March 19, 2018 at 8:31 pm

    when is next part?

  13. Reem says:
    March 19, 2018 at 8:36 pm

    Haaada lahey

  14. ehen meehe says:
    March 19, 2018 at 9:14 pm

    Next part

  15. IShan says:
    March 19, 2018 at 10:46 pm

    Where is part 29

Comments are closed.


All Right Reserved!