Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (ވިހިވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
March 16, 2018 10 Mins Read
49 Comments

“..އިލްހާމްގެ އަންހެން ދަރިޔަކު ދިރި ދުނިޔޭގައި އެބަހުރި!..” ޒިބްނާތު ޔަޤީންކަމާއެކު ޖަވާބު ދިނެވެ.

ޒިބްނާތުގެ ޖަވާބު އިވިފައި އިބްރާހީމްބެ ކުޑަކޮށްވެސް ހައިރާނެއްނުވެއެވެ. އޭނާގެ މޫނުމަތިން ފާޅުވީ ހިތްހަމަޖެހުމެވެ.

*****

ދަންވަރުގެ ވަގުތު ކަމުން މަގުމަތިން އެއްވެސް ވަރަކަށް ދުއްވާ އެއްޗެއްގެ ހިލަމެއް ނުވެއެވެ. މަގުމަތިން ދިރޭ ފުރާނައެއްގެ ލިސާނެއްވެސް ނުވާއިރު މުޅި ހިސާބަށް ފެތުރިފައިވާ ހަމަހިމޭން ކަމަށް ބުރުއަރުވަމުން ގެންދަނީ ހީރިގެ މަޑުމަޑު މިއުޒިކީ އަޑެވެ. މި ހިތްގައިމު މާހައުލުގައި ޝައްދާދު ޑިއުޓީގައި އިނީ އިންނަ ހިތަކުންނެއް ނޫނެވެ. މާނިޢު ކުއްލިގޮތަކަށް މާލެ ދާންޖެހުމުން ދަންވަރު ޑިއުޓީ ނަގަން މިރޭ އޭނާއަށް މަޖުބޫރުވީއެވެ. އިބްރީސްގެ ކަންތައްގަނޑު ޝައްދާދުއަށް އިވި ހަމަލޮލަށް ފެނިފައިވާތީ މިރޭ އެގޯތި ތެރޭގައި އިންނާކަށް އޭނާއަކަށް ނުކެރުނެވެ. އޭނާ އިނީ މަގުގެ އަނެއްފަޅީގައި ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އޮޅިގެންވެސް ސުނޯހައުސް ގޯތި ތެރެއަށް ނަޒަރު ސީދާނުކުރަން އޭނާ އުޅޭތީ ބިރު ގެންފައި ހުރިވަރު ހާމަވެގެން ދެއެވެ.

ސުނޯހައުސްގެ ގޯތީ ތެރެއިން ފެންނަނީ ފަނޑު އަލިކަމެކެވެ. މަގުމަތީގައި ހުރި ހޮޅިބުރި ތަކުން ގޯތީގެ ބަޔަކަށް އަލިކަން ފޯރި ނަމަވެސް ގަސްތައް ގިނަ ފަރާތް އަނދިރިއެވެ. އެ އަނދިރިކަމުގެ ތެރޭގައި ފެންނަން ހުރި ބޮޑު ބޯގަންވިލާ ގަސް ފެންނަނީ ނާމާން ގޮތަކަށެވެ. ކުއްލިއަކަށް އެ ގަސް ތެޅިލިއެވެ. ގަހުގެ ބުޑުން އޮލަދުންތައް ނުކުމެ، އެ ދުންތަކުގައި އިބްރީސްގެ ސިފަ ޖެހެމުން ދިޔައެވެ. އެއީ ބިރުވެރި ސިފައެއްގައި ހުރި ބިޔަ މީހެކެވެ. އަނދިރީގެ ތެރެއިން އޭނާގެ ރަތް ދެލޮލާއި ފޭރާ ދެދަތް ނޫން އިތުރު އެއްވެސް ތަނެއް ނުފެނެއެވެ. ބޯގަންވިލާ ގަހާ ދިމާއަށް ޝައްދާދު ބަލާލިނަމަ އުސް ފާރުމަތިން ގަސްތަކު ތެރެއިން ފާޅުވާން އެ ހުރި ބިރުވެރި އިބްރީސް އޭނާއަށް ފެނުނީހެވެ. ނަމަވެސް ޝައްދާދު އިނީ އޭނާގެ ފޯނަށް ނަޒަރު ސީދާކޮށްލައިގެންނެވެ. އިބްރީސް އެތައް އިރަކު ޝައްދާދުއަށް ބަލަހައްޓައިގެން ހުއްޓެވެ.

ފާޚާނާއަށް ދާންޖެހިގެން ޝައްދާދު ގޮނޑިން ތެދުވިއެވެ. ސުނޯހައުސް އާ ދިމާއަށް ބަލާލުމަށްފަހު އޭނާ މިސްރާބުޖެހީ އެގެޔާ މާދުރު ނޫން ހިސާބެއްގައި ހުރި އޭނާގެ އަމިއްލަ ގެޔާ ދިމާއަށެވެ. ޝައްދާދުއަށް ބަލަމުން ދިޔަ އިބްރީސް ބިރުވެރި އަޑަކުން ހީގަތެވެ. ހީވާގޮތުން އޭނާ އިންތިޒާރު ކުރަމުން އައި ވަގުތު އައިސް ޖެހުނީއެވެ. އިބްރީސް މަޑުމަޑުން ދެލޯ މަރާލުމާއެކު ރަތް ކުލައިގެ ދެލޯ ކަނު އަނދިރީގެ ތެރެއަށް ޣައިބުވެގެން ދިޔައެވެ. އޭނާއަށް ފެންނަމުން ދިޔައީ ކޮޓަރިއެއްގެ އެނދުމަތީ ނުނިދިގެން ފުރޮޅެމުންދާ ރީތި އަންހެން ކުއްޖެކެވެ. އެއީ ނިހާއެވެ. އިބްރީސް މަޑުމަޑުން ހީލިއެވެ. ނިހާއަށް ބާރު ފޯރުވުމުގެ ބޭނުމުގައި އިބްރީސް ދެލޯ މަރާ ބާރުކޮށްލުމާއެކު އިވިގެން ދިޔަ ޤުރުޢާނުގެ އަޑާއެކު ދެ ކަންފަތަށް ތޫނު ތަދެއް އަރާ ބައްވިއެވެ. އިބްރީސްގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެޔާއެކު އެތަދު ކެނޑިގެން ދިޔައެވެ. ދެވަނަ ފަހަރަށްވެސް އެކަން އިބްރީސް ތަކުރާރުކުރިއެވެ. ކުރިމަތިލާން ޖެހުނީ ހަމަ އެވޭނީ ތަދާއެވެ. ނިހާގެ ކޮޓަރީގައި ޖަހާފައިހުރި ޤުރުޢާނުގެ ސަބަބުން އޭނާ ކުރަން އުޅޭ ކަންތަކަށް ހުރަސް އެޅިގެން ދަނީއެވެ. އިބްރީސް ރުޅިގަދަވެ ބިރުވެރި އަޑަކުން ހޭރިގަތެވެ. އަދި އޭނާގެ ބިޔަ އަތްތިލައިން މޫނުމަތީ އަތް ކާއްތައިލިއެވެ. އެވަގުތު އޭނާގެ ނަޒަރު ސީދާވެގެން ދިޔައީ ކުރި މަތިން ފެންނަން ހުރި މަރުޖީނާގެ ގެޔަށެވެ. އެޔާއެކު އޭނާގެ ރުޅިގަނޑު ފިނިވެގެން ދިޔައެވެ.

އެނދުމަތީގައި ދެލޯ މަރާލައިގެން އޮތް އިންޝާގެ ދެލޯ ކުއްލިއަކަށް ހުޅުވިގެން ދިޔައެވެ. އޭނާގެ ކަޅި ހުރީ ސީދާ ފަންގިފިލަޔާއި ދިމާއަށް ހުއްޓިފައެވެ. މަޑުމަޑުން އިންޝާ ތެދުވެ، ކޮޓަރިން ބޭރަށްނުކުމެގެން، ލަސް ފިޔަވަޅުތަކެއް އަޅަމުން ކުރިޔަށް ދިޔަ އިރުވެސް ގަދަ ނިދީގައި ގުގުރި ދަމަން ތިބި ނަޒީލްއަށާއި ޞަފިއްޔާއަށް ހޭވެރިކަމެއް ނުވެއެވެ. އިންޝާގެ ކަޅި ހުރީ އެއްދިމާއަކަށް ހުއްޓިފައެވެ. އޭނާ ބޭރު ދޮރު ހުޅުވާފައި މަގު މައްޗަށް ނުކުމެ، ދެއަތް ގަޔާލާ ފިއްތާލައިގެން ހުރެ މަޑު ހިނގުމެއްގައި ގޮސް ސުނޯހައުސްގެ ގޯތިތެރެއަށް ވަނެވެ. އެޔަށްފަހު ޗާބީ ދީފައި ހުރި ބުދެއްހެން ވާތް ފަރާތަށް އެނބުރި ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ.

ގަސްތަކު ތެރޭގައި ހިނގަމުން ދިޔަ އިންޝާއަށް ހޭވެރިކަންވީ އޭނާގެ ފައިތިލައަށް އެއްޗެއް ހެރުމުންނެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ވަށައިގެންވާ ކަނު އަނދިރިކަން ފެނި މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އޭނާއަށް މިހުރެވުނީ ކޮންތާކު ހެއްޔެވެ؟ އެއީ ސުނޯހައުސް ގޯތިތެރެކަން ޔަޤީންވުމާއެކު ހިތް އޮބި ނޯންނަވަރަށް ތެޅެންފެށިއެވެ. ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމުން އިސާހިތަކު މުޅި މީހާ ހާސްކޮށްލިއެވެ. ފަރާތް ފަރާތަށް ބޯހޫރުވާ ބަލަމުން އަވަސް ފިޔަވަޅުތަކެއް ފަހަތަށް އަޅަމުން އިންޝާ މަސައްކަތް ކުރީ އެތަނުން ނުކުންނާށެވެ. ހިޔަނި ތަކެއް ފަދައިން ފެންނަން ހުރި ގަސްތައްވެސް އޭނާއަށް ސިފަވަމުން ދިޔައީ ބިރުވެރި ފުރޭތަތަކެއްގެ ސިފައިގައެވެ. އިންޝާ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނާ މީހެއްގެ ގައިގައި ޖެހުމާއެކު ހުއްޓުން އެރިއެވެ. އެމީހަކު އިންޝާގެ ދެކޮނޑުގައި ހިފާލުމާއެކު އެއީ ނަޒީލްހެން އޭނާއަށް ހީވިއެވެ.

“..ނަޒީލްތަ؟..” އިންޝާއަށް ޔަޤީންނުވާތީ އަހާލީ ބިރުން ހުރެއެވެ.

“..އާނ!..”އިންޝާ އަށް އިވުނީ ނަޒީލްގެ އަޑެވެ.

އިންޝާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު އިރު ލެއްވި ރަޙުމަތަށް ޝުކުރުކުރަމުން ނަޒީލްގެ އަތުގައި ހިފައިގެން ހިނގައި ގަންނަން އުޅުނެވެ. އިންޝާ ބޭނުންވީ އަވަހަށް އެ ނާމާން ގެއިން ނުކުމެގެން ދާށެވެ. ނަމަވެސް ނަޒީލްގެ އެކަހަލަ ހިޔާލެއް ހުރި ހެނެއް ހިޔެއް ނުވެއެވެ. ނަޒީލް އިންޝާގެ އަތުގައި ހިފާ ގާތްކޮށްލަމުން މެދުހަށީގައި އަތް އަޅުވާ ގަޔާ ކައިރިކޮށް ބައްދާލިއެވެ. ދެމީހުންނަށް ތިބެވުނު ގާތްކަމުން ނަޒީލްގެ ހަށިގަނޑުގައި ނިވާކަމެއް ނެތްކަން އިންޝާއަށް އެނގުނެވެ. އަނދިރީގެ ތެރެއިން އެސޫރަ ނަޒީލްއާ ކިތަންމެ ވައްތަރު ގޮތަކަށް ފެނުނަސް އެއީކީ ނަޒީލެއް ނޫނެވެ. އިންޝާގެ ހިތަށް އެރި އެއްޗަކުން ދެފައިކޮޅުން ވާގި ދޫވާގޮތްވިއެވެ. އޭނާ ބިރުން ހުރެ ތުރުތުރުލަމުން ދިޔަ އަތް ނަޒީލްގެ ހަށިގަނޑުގައި ކާއްތާލަމުން މޫނުގައި އަތް ޖައްސާލުމާއެކު އެ މޫނުމަތިން ކުރަކިކަމެއް އިޙްސާސްކުރެވުނެވެ.

“..އިބްރީސް..” ބިރުވެރި އަޑެއް އިވުނެވެ. އިންޝާ މެޔަށް ފިނިވެގެން ދިޔުމާއެކު ތެޅިފޮޅި ގަނެވުނެވެ. އިބްރީސް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. އިބްރީސްގެ އަނގައިން ދުވި ފަރުހަކި ވަހުން އިންޝާ އަނބުރާ ނުގަތީ ކިރިޔާއެވެ.

އިންޝާގެ ދެއަތުން އިބްރީސްގެ މޭގައި އަޅާ ކޮށްޕާލުމާއެކު ނިކަން ފަސޭހައިން އިބްރީސްގެ ހައްޔަރުން އޭނާ މިންޖުވިއެވެ. އޭނާ އަވަސް އަވަހަށް ފަހަތަށް ޖެހެމުންގޮސް ގަސްތަކު ތެރެއިން ނުކުމެ، ގޭޓު ހުޅުވަން މަސައްކަތްކޮށް ވަރުބަލިވީއިރުވެސް އެގޭޓު ހުޅުވޭ ގޮތެއް ނުވިއެވެ. ކަރު ބުޑުން ހަންދާވަރަށް ހަޅޭލެވިއިރު ވެސް އެ އަޑު އިވުނު މީހަކު ހުރި ހެނެއް ހިޔެއްނުވެއެވެ. ގަސްތަކު ތެރެޔަށް ބަލައިލާ ކޮންމެ ފަހަރަކު އިބްރީސް އެހުރި ހިސާބުގައި އިންޝާއަށް ބަލަހައްޓައިގެން ހުންނަތަން ފެނުމުން ހަރަކާތްތައް އަވަސްވެ ހަޅޭކުގެ އަޑު ގަދަވެގެން ދެއެވެ.

އިންޝާއަށް ފެންނަން ހުރި ރަތްކުލައިގެ ދެ ލޯ އޭނާއާ ގާތްވަމުން އަންނަހެން ހީވިއެވެ. އިބްރީސް އަންނަނީކަން ޔަޤީންވުމާއެކު ގޭޓު ކައިރިން ދުރަށް ފިޔަވަޅެއް އަޅައި ދުއްވާ ގަނެވުނެވެ. ނަމަވެސް އޭނާ ދެފައި އޮޅި ވިނަގަނޑު މައްޗަށް އަނގަވަތަށް ވެއްޓުމާއެކު ފަސް އެނބުރި ބަލާލެވުނެވެ. އިބްރީސްގެ ހިލަމެއް ނެތުމުން ތެދުވަން މަސައްކަތް ކުރަމުން އިސް އުފުލާލުމާއެކު ދިޔައީ ސިހިގެންނެވެ. ކުރިމަތީ ފެންނަން އެ ހުރީ ނަޒީލްގެ ސިފަޖެހިގެން ހުރި އިބްރީސްއެވެ. ނަޒީލްގެ މޫނުގެ އެއްފަޅި ފިހިފައި ހުރުމުން ފެންނަނީ ބިރުވެރި ގޮތަކަށެވެ. އިންޝާގެ ހިތް ކުރިޔަށްވުރެ ބާރަށް ތެޅިގަތެވެ. ދާހިއްލާ ފޯވެފައި އޮތް އިންޝާ ހިންދިރުވާލަމުން ފަހަތަށް ލޫދެން މަސައްކަތްކުރިއެވެ. ނަޒީލް ވިނަގަނޑު މަތީ އިށީނދެ އިންޝާގެ ފައިކޮޅުގައި ހިފާ ގާތަށް ދަމައިގަތެވެ. އިންޝާ ލަމުން ދިޔަ ހަޅޭކުގެ އަޑު ވަގުތުން ކެނޑިގެން ދިޔައެވެ.

“..މީ ކަލޭމެން މަށަށް ދީފައިހުރި އަނިޔާ!..” ނަޒީލް މޫނުގެ ފިހިފައި ހުރި ފަޅީގައި އަތް ޖައްސާލަމުން ވާހަކަ ދެއްކީ ބިރުވެރި އަޑަކުންނެވެ.

އިންޝާ ލައިގެން ހުރި ހަރުވާޅުގައި ހިފައި ނަޒީލް ދަމައިގަތެވެ. އޭނާ ބިރުން ގޮސް ގަޔަށް ކުޑަކަމު ދެވުނެވެ. އޭނާ ހަޅޭލަވަން މަސައްކަތްކުރަމުން ދެފަރާތަށް ބޯ ހޫރުވަމުން ދަނިކޮށް ނަޒީލް އޭނާގެ ގައިމައްޗަށް ޖެހިގަތެވެ. އިންޝާ ރޯމަހެއް މަރަށް ތެޅޭހެން ތެޅެމުން ދިޔައެވެ. ނަޒީލްގެ ހަރަކާތް އަވަސްވަމުން ދިޔައެވެ. ނަޒީލްގެ އަވަސް ހަރަކާތްތަކާއެކު އެ މޫނުމަތީގައި ފިހި ފޮޅިފައި ހުރި ހަންގަނޑު ދިޔައީ މަޑުމަޑުން ފަސޭހަވެ ކުލަ ބަދަލު ވަމުންނެވެ. އެ ޒަހަމު އެއްކޮށް ފަސޭހަވެ ހަންގަނޑު އޮމާންވެގެން ދިޔައިރު އިންޝާގެ ހޭވެރިކަމެއް ނެތެވެ.

އިންޝާއަށް ހޭވެރިކަންވީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ސިހިފައި ތެދުވެ އަވަސް އަވަހަށް ފަރާތް ފަރާތަށް ބަލާލެވުނެވެ. މިހާރު އެ ބިރުވެރި އެތި ފެންނާކަށް ނެތެވެ. އިންޝާގެ ތަނބިކައްޓާ ހަމަގައި އޮތް ހަރުވާޅު ނަގާ އަރުވާ ޖަހަމުން އޭނާ ދުވެފައި ގޮސް ގޭޓު ދޮރު ހުޅުވާލިއިރު ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން އިޙްސާސްވާ ހެނެއް ހިޔެއްނުވެއެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު މަގުގެ ދެކޮޅަށް ބަލާލެވުނެވެ. ފަތިސް ނަމާދަށް ހޭލާ އުޅޭ މީހުން މަގުމަތިން ފެނެއެވެ. އޭނާ ބާރު ދުވެލީގައި މަގު ހުރަސްކޮށް މަރުޖީނާ ގޯތި ތެރެއަށް ވަދެގެން ދިޔައެވެ.

*******

އާދުވަހަކަށް އިރު ދުނިޔެއަށް މަރުހަބާ ކީއިރު އިބްރާހީމްބެ ބޭނުންވާ ވަރަށް މަޢުލޫމާތު ހުރީ އެއްކުރެވިފައެވެ. އިރުއެރުމާއެކު އޭނާ ކޮޓަރިން ނުކުމެގެން ގޮސް ގެޔަށް ވަދެ، އެނދުގައި އޮށޯވެ ލޯ މަރާލީ ހިތްހަމަޖެހިފައި ހުރެއެވެ.

ނިހާ އާއި އިލްހާމްގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ހޯދޭނެ ގޮތެއް އެމީހުންނަށް ވަނީ ވިސްނިފައެވެ. އެމީހުންނަށް ވިސްނުނު ގޮތުގައި އެ ސުވާލުގެ ޖަވާބު އިބްރާހީމްބެ ފަރާތުން ލިބޭނެއެވެ. ނިހާގެ ހަޤީޤީ ބައްޕައަކީ ކާކުކަން އިބްރާޙީމްބެއަށް ހޯދައި ދެވޭނެއެވެ. އިރު އޮއްސުމުގެ ކުރިން އިބްރާހީމްބެއާ ވަކިން ބައްދަލުކޮށް އެ ހަޤީޤަތް ހޯދަން އެމީހުން ވަނީ ރާވާ ނިންމައިފައެވެ.

ނިހާގެ ދިރިއުޅުމަށް އައިސްފައިވާ “އިބްރީސް” ނަމަކަށް ކިޔާ ތޫފާނުން ސަލާމަތްވާނެ ކަމުގެ އުންމީދާއެކު ފައިރޫޒްއާ ނިކާލްވެސް އާ ދުވަހަކަށް މަރުހަބާ ކިޔެވެ. އެމީހުން ހިތާހިތުން ދުޢާކުރަމުން ދިޔައީ ނިހާއަށް ރަނގަޅު ގޮތް މެދުވެރިވުމަށެވެ.

ޞަފިއްޔާހުރީ ނޭގުމެއްގެ ތެރޭގައެވެ. އޭނާއަށް މާގިނަ މަޢުލޫމާތެއް އެނގިފައެއް ނުވެއެވެ. ރޭގައި ނިހާއަށް ފަންޑިތަ ހެދުމުގެ ތެރޭގައި އެނގުނު ކަންތައްތައް މަންމައަށް ތަފްސީލުކޮށް ނަޒީލް ކިޔާދީފައެއް ނުވެއެވެ. ނަޒީލް ކިޔާދިނީ އިބްރީސްއާ ލަމްޙާ އާއި އޮތް ގުޅުމުގެ ވާހަކައާއި މާމަ އިބްރީސް ކަސްތޮޅު އެޅުވި ވާހަކައެވެ. ބައްޕަގެ އަންހެން ދަރިއެއް ދުނިޔޭގައި ހުރެދާނެ ކަމަށް ދެކެވުނު ވާހަކަ ނަޒީލް އޮޅިގެންވެސް ނުބުނެއެވެ. އޭނާއަށް އަދިވެސް ޝައްކުގެ ނަޒަރަކުން ބައްޕައަށް ބެލެއެވެ. ބައްޕަ ސަފީނާއްތައާއެކު އެފަދަ ގުޅުމެއް ހިންގާފައި އޮވެދާނެ ކަމަށް ޤަބޫލުކުރެވެއެވެ. އެ ހަޤީޤަތް އެނގުމުން މަންމައަށް ވެދާނެ ގޮތް ހިތަށް އަރާފައި ނަޒީލް ހުންނަނީ ނިކަން ކަންބޮޑުވެފައެވެ.

ރޭގައި ދިމާވި ހިތްދަތި ބިރުވެރި ހާދިޘާ އިންޝާ އެންމެނަށް ސިއްރުކުރިއެވެ. އޭނާ މިއަދު ހުންނަނީ ނެގި މަޑުވެފައެވެ. އެއްވެސް މީހަކާ އަނގައިން ނުބުނެ އެކަހެރިވެ އިނދެ، އޭނާ ވިސްނަމުން ދިޔައީ ޖެހިޖެހިގެން 03 ރޭ މަތިން އޭނާއާ ކުރިމަތިވި އަނިޔާވެރި ހާދިޘާތަކާމެދުއެވެ. ފުންކޮށް ވިސްނާލުމުން އެކަމުގައި ނަޒީލްގެ ކުށެށް ނެތްހެން ހީވާންފެށިއެވެ. އޭނާއަށް އަނިޔާ ވާ ގޮތަށް އެދުން ފުއްދުން އެއީ ނަޒީލް ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. ނަޒީލް އަބަދުވެސް ލޯބިކުރީ އިންޝާ އެންމެ ހިތްހަމަޖެހޭ އަދި ބޭނުންވާ ގޮތަށް ލޯބިކުރުމަށެވެ. ދުވަހަކުވެސް އަނިޔާވެރިވެފައެއް ނުވެއެވެ. ކުރިން އެކަން އޭނާއަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ރޭގައި އިބްރީސްގެ ފަރާތުން ތަހައްމަލުކުރަން ޖެހުނު ވޭނާއި، އެ ރަހުމުކުޑަކަން އެއީ ހަމަ އޭގެ ކުރިން ރޭތަކުގައިވެސް އިންޝާއަށް ނަޒީލްގެ ފުށުން ލިބުނު އަނިޔާއިން “މެހެސޫސް” ކުރެވުނު ގޮތެވެ. އެއްވެސް ތަފާތެއް ނެތެވެ. އެއީ އިބްރީސް ދިން އަނިޔާތަކެއްކަން އިންޝާއަށް ޔަޤީންވެގެން ދިޔުމާއެކު ދެލޮލަށް ކަރުނަ ގިނަވެގެން ދިޔައެވެ. ނަޒީލްއާ މެދުއެހާ ނުބައިކޮށް ދެކެވުނީތީ ދެރަވިއެވެ. ނަޒީލްގެ މައްޗަށް އިންޝާގެ ހިތް ސާފުވެގެން ދިޔައެވެ. ހަމައެޔާއެކު ނިހާއަށް ދިމާވި ހާދިޘާ ހަނދާނަށް އައުމާއެކު ކިލަނބު ކަމެއްވެސް ހިތުގައި އުފެދިގެން ދިޔައެވެ. އެކަމުގައި ނަޒީލްގެ ކުށެށް އޮވެދާނެބާއެވެ؟ ނަޒީލަށް ނިހާގެ ކޮޓަރިއަށް ދެވުނު ގޮތް ނޭނގޭކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެކަމުގައި ނަޒީލަށް އިތުބާރުކުރަން އުނދަގޫވިއެވެ. އެއީ އެ ހާދިޘާ ހިނގުމުގެ މާ ކުރިން ނަޒީލްގެ އަމަލުތައް ހުރި ގޮތުންނެވެ. އަމިއްލަ އަނބިމީހާއަށް އަނިޔާވެރި ނުވިޔަސް އެހެން އަންހެނަކަށް އަނިޔާވެރި ވެދާނެއެވެ. އެއީ އިންޝާއަށް ގަބޫލުކުރެވުނު ގޮތެވެ.

މެންދުރު ވަގުތު ފެންވަރާލައިގެން ނުކުމެ ނިހާ އެނދުގައި އިށީދެގެން އިނީ އިބްރާހީމްބެއާ ބައްދަލުކުރުމަށް ގެއިން ނުކުންނާނެ މޮޅު ގޮތެއް ވިސްނާށެވެ. ހެނދުނު ހޭލީންސުރެން ނިކާލްއާއި ފައިރޫޒް ހުންނަނީ އޭނާގެ ފޫބުޑުގައި ވިއްދާފައެވެ. އެމީހުންނަށް ނޭނގި ގެއިން ނުކުމެގެން ދިޔުމަކީ އުނދަގޫ ކަމެކެއެވެ. ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުމުގެ ހުއްދަވެސް އެމީހުން ނުދެއެވެ. ހެނދުނުގެ ސައިވެސް ފައިރޫޒްގެ މަންމަ ގެނެސްދިނީ ކޮޓަރި އަށެވެ. މިއަދު ފައިރޫޒް ހުރީވެސް އޮފީހަށް ސަލާންބުނެ ނިހާގެ ހިދުމަތުގައި ގޭގައެވެ. ނިހާ ކަމަކަށް ނުވަތަ އެއްޗަކަށް ބޭނުންވެގެން ހޯދައިފާނެކަމަށް ނިކާލް ނޫނީ ފައިރޫޒު އަބަދުހެން ނިހާ ފެންނަ ހިސާބުގައި ހުރެއެވެ.

“..ފައިރޫ..” ނިހާ ގޮވާލި އަޑަށް ސިޓިންގ ރޫމްގައި ހުރެފައި ފައިރޫޒް އަޔެވެ.

ފައިރޫޒްގެ ފަހަތުން ނިކާލްވެސް އައިސް ކޮޓަރިއަށް ވަނެވެ. ނިކާލްގެ ރީތި ސޫރަ ފެނުމާއެކު ނިހާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލެވުނީ ބޭއިހްތިޔާރުގައެވެ. މިހާރު ނިކާލްއާ ހަތަރު ކަޅި ހަމަކުރަން ނިހާ ޖެހިލުންވެއެވެ. އެ ކަސްރަތީ ހަށިގަނޑަށް ބަލަން ލަދުގަނެއެވެ. އެހިތުގައި ނިކާލްގެ މައްޗަށް އުފެދިފައިވާ ލޯތްބަކީ “ނަހަލާލު” ލޯތްބަކަށް ވެދާނެކަމުގެ ވަސްވާސްތައް ހިތުގައިވާތީ ފަސްޖެހެނީއެވެ.

“..ކިހިނެއްވީ..” ފައިރޫޒްގެ އަޑުއިވުނެވެ. ނިހާ މަޑުމަޑުން އިސް އުފުލާލުމާއެކު ނިކާލްއާ ހަތަރު ކަޅި ސީދާވެގެން ދިޔައެވެ. ނިކާލްގެ ތުންފަތް މައްޗަށް ވެރިކޮށްލައިގެން ހުރި ހިނިތުންވުން ފެނިފައި ނިހާގެ ނަޒަރު އަވަސް އަވަހަށް ފައިރޫޒްއަށް ބަދަލުކޮށްލިއެވެ.

“..މީ! މީ! އަހަރެން! އިންޝާ ކައިރިޔަށް ދިޔަސް އެންމެ ރަނގަޅުތަ؟..” ނިހާ މަޑުމަޑުން ބުނެލިއެވެ.

“..ހިނގާދާން..” ފައިރޫޒް ނުކުންނަން ހިނގައިގަތެވެ.

ނިހާއަށް އެކަނި އެގެޔަށް ދެވިދާނެކަމަށް ބުނުމުން ނިހާ އެކަނި ފޮނުވާކަށް ފައިރޫޒު އެއްބަހެއް ނުވިއެވެ. ސުނޯހައުސް ކައިރިޔަށް ދާއިރު ނިހާ އެކަނި ފޮނުވުން ރަނގަޅު ނޫންކަމަށް ނިކާލްވެސް ބުނެލިއެވެ.

“..އެންމެ ރަނގަޅު! ދެން ފަހުންދާނީދޯ..” އެންމެ ފަހުން ނިހާއަށް ޖެހުނީ އެ ހިޔާލު ދޫކޮށްލާށެވެ.

ފައިރޫޒްއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޒުބޭދާ ގޮވާލި އަޑުއިވުމާއެކު ނިހާއަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ފައިރޫޒް ނުކުމެގެން ދިޔައެވެ. ނިހާއާއި ނިކާލް ކޮޓަރީގައި އެކަނިވީއެވެ. ނިހާގެ ހިތުގައި އުފެދިގެން ދިޔަ ނުތަނަވަސްކަމާއެކު އަވަހަށް އިސް ޖަހާލެވުނެވެ. މިހާރު ނިކާލްއާ އެކަހެރިވެ ހުންނަން ޖެހުމުން ނިހާގެ ހިތަށް އިންތިހާއަށް އުނދަގޫވެއެވެ. ކުރީގައި އެކަހަލަ ފުރުޞަތެއް ލިބުނަސް ނިހާގެ ހިތްއަވަސްވެ ފޮޅެނީ ލިބޭ އުފަލެއްގެ ބޮޑުކަމުންނެވެ.

ނިކާލް ނިހާ ގާތުގައި އިށީނުމާއެކު ނިހާގެ ނުތަނަވަސްކަން އިތުރުވިއެވެ. ހިތް އަވަސްވެފައިވާ ހާލުގައި އަތުގެ އިނގިލިތަކާއި ކުޅެލަކުޅެލާ އިސް ޖެހިފައި އޭނާ އިނީ ބަލާލަންވެސް ނުކެރިފައެވެ.

ނިކާލް ފަރުވާތެރިކަމާއެކު ނިހާއަށް އަންނަމުން ދިޔަ ކޮންމެ ބަދަލެއް ދެނެގަންމުންދިޔައެވެ. ރޭގައި ގެއިން ނުކުތީންސުރެން ނިހާ ހުންނަނީ ފާޑަކަށެވެ. އޭނާއާ ހަތަރުކަޅި ހަމަނުކުރާކަމާއި ވާހަކަ ނުދައްކާކަން ފާހަގަވެއެވެ. ނިކާލް ގޮވާލިޔަސް އިވޭ ކަމަށް ހަދަނީ މަދު ފަހަރަކުއެވެ. ނިކާލް ފުރަތަމަ ހީކުރީ ނިހާއަށް ކުރިމަތިލާން ޖެހިފައިވާ ކަންތައްގަނޑުގެ ސަބަބުން އައި ބަދަލެއް ކަމަށެވެ. ތަހައްމަލުކުރަމުން ދާ ހިތްދަތިކަމުން ވާހަކަ ދައްކަން ބޭނުން ނުވަނީ ކަމަށެވެ. އެހެނަސް މިއަދުވެސް ދެފަހަރަށް ނިހާ ފައިރޫޒްއާ ވާހަކަ ދައްކަނިކޮށް ނިކާލަށް ވަނީ ފެނިފައެވެ. ނިކާލްއާ ވާހަކަ ދެއްކުމަށް ނިހާ އުޒުރުވެރިވާ ސަބަބަކީ ކޮބައިބާއެވެ؟ ނިހާ ހިތްހަމަ ނުޖެހޭ ކަމެއް އޭނާއަށް ކުރެވުނީ ހެއްޔެވެ؟

“..ކަމަކާ ހިތްހަމަ ނުޖެހިފަތަ؟..” ނިކާލްގެ ފިރިހެންވަންތަ އަޑު ނިހާގެ ކަންފަތުގައި ޖެހުނެވެ.

“..އުހުނ..” ނިހާ ދެއަތަށް ބޯ ހޫރުވާލަމުން ޖަވާބު ދިނެވެ.

ނިކާލް އިތުރު ސުވާލެއް ކުރުމުގެ ކުރިން ނިހާ އަވަހަށް ތެދުވިއެވެ. ނިކާލް އެއްޗެއް ބުނި އަޑު އިވުނެވެ. ނަމަވެސް ނިހާ ނޭވާ ހިފަހައްޓައިލައިގެން ހުރެ ހަލުވިކޮށް ހިނގާލައިފައި ގޮސް ފާޚާނާއަށް ވަނެވެ. ދޮރު ލައްޕާލަމުން ދޮރުގައި ލައްވެވުނީ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލަމުންނެވެ. ނިކާލްއާ ކުރިމަތިލާން މިހާ ވަރަށް އުނދަގޫވާއިރު ކުރިޔަށް އޮތް ތަނުގައި އޭނާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟

ނިހާގެ އުޅުން ހުރި ގޮތުން ނިކާލް އިނީ އަޖައިބުވެ އަންތަރީސްވެފައެވެ. އޭނާއާ ވާހަކަދައްކަން ނިހާ ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ކުރެވުނީ ކޮން ކުށެއް ބާއެވެ؟ ގޯސްކޮށް ކަމެއް ކުރެވުނަސް ރަނގަޅުކުރަން އެނގޭނީބުނީމަ ނޫން ހެއްޔެވެ؟ ނިހާގެ އުޅުމަށް އައި ބަދަލުގެ ސަބަބުން ނިކާލް ކުޑަކޮށް ހިތްހަމަ ނުޖެހިފައި ފާޚާނާ ދޮރަށް ބަލަހައްޓައިގެން އިނެވެ. ނިހާއާ ވާހަކަ ދައްކާފައި ނޫނީ ބޭރަށް ނުނިކުންނަން އަޒުމު ކަނޑައަޅައިގެން ނިހާގެ އިންތިޒާރުގައި އެތައް އިރަކު އިނެވެ. ނިހާއެއް ނުނިކުތެވެ. އޭނާ ކޮޓަރީގައި އިންކަން ނިހާއަށް އެނގެނީ ކަންނޭގެއެވެ. ނިކާލް ތެދުވެގެން ގޮސް ފާޚާނާ ދޮރުގައި ޓަކި ޖަހާލަމުން ނިހާއަށް ގޮވާލިއެވެ.

“..ނިކް! ޕްލީޒް! މިހާރަކު ނޫން..” ނިހާގެ އަޑު އިވުނެވެ.

ނިކާލް އެއްޗެއް ބުނަން އުޅެފައި އަނގަ ލައްޕާލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާ އިރުކޮޅަކު ވިސްނަން ހުރެފައި ނިހާއަށް ވަގުތުދިނުމަށް ނިންމާ އެކޮޓަރިން ނުކުތީ މާޔޫސްވެފައިހުރެއެވެ.

އިލްހާމް އިބްރާހީމްބެއާ ބައްދަލުކުރުމަށް އެގޭ ކައިރިއަށް ތިން ފަހަރު ދިޔައިރުވެސް ބައްދަލުވާ ގޮތެއް ނުވިއެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ ގޭގައި ނޫޅޭ ކަމަށެވެ. ފޯނަށް އެތައްފަހަރަކު ގުޅުމުންވެސް ޖަވާބެއް ނުދެއެވެ. އިބްރާހީމްބެ ގަސްދުގައި އޭނާއާ ބައްދަލު ކުރަން ބޭނުން ނުވަނީހެން ހީވުމުން އިލްހާމްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެ ބިރުވެރިކަން އިތުރުވެގެން ދިޔައީ އިބްރާހީމްބެ ޞައްތާރުއަށް ގުޅާފައި އެންމެން ސުނޯހައުސްއަށް ދާން ބުނުމުންނެވެ. ޞަފިއްޔާއާއި އިންޝާވެސް އެގެޔަށް ގެންދިޔުމަށް ބުންޏެވެ. އިބްރާހީމްބެ އެއުޅެނީ އެންމެންގެ ތެރޭގައި އިލްހާމް ބޭޒާރުކުރަން ހެއްޔެވެ؟ އިލްހާމް ހިތުގައި އުފެދުނު ބިރުވެރި ރާޅުބާނިތަކުގެ ސަބަބުން މުޅި މީހާގެ ޠަބީޢަތު ގޯސްވެ ރުޅި ގަދަވެގެން ދިޔައެވެ.

ހަވީރު ފަހެއް ޖެހުމާއެކު އިލްހާމްމެން ސުނޯހައުސް ކައިރިއަށް ދިޔައެވެ. ނިހާ ހުންނަނީ ހިތް އަވަސްވެ ނުތަނަވަސްވެފައެވެ. އެ ރީތި ދޮން މޫނުމަތިން ބިރުވެރިކަމަށްވުރެން ބޮޑަށް ފެންނަނީ ހާސްކަމެވެ. އިބްރީސްއާ ކުރިމަތިލުމަށްވުރެ ފަޅާއަރައިފާނެ ހަޤީޤަތަކަށް އޭނާ މިހާރު މާ ބޮޑަށް ޖެހިލުންވެއެވެ. އިބްރާހީމްބެ އައިސް ނިހާގެ ބައްޕައަކީ އިލްހާމްއޭ ބުނެފިނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އިލްހާމް ބޭޒާރުވެ ފަޟީޙަތްވުން އެއީ ނިހާ ބޭނުންވާވެސް ގޮތެވެ. އެއީ އޭނާ ދިރިހުރުމުގެ އެއް މަޤުޞަދުވެސް މެއެވެ. އެހެނަސް އިލްހާމްއާއެކު އެހެން މީހުންނާ ހަތަރުކަޅި ހަމަކުރަން ނުކެރޭވަރުގެ ލަދެއްގައި ޚުދު އޭނާ ބެދޭކަށް ބޭނުމެއް ނޫނެވެ.

އިބްރާހީމްބެ ކޮނޑުގައި ދަބަހެއް އަޅުވައިގެން މަގު ކޮޅުން އަންނަތަން ފެނުމާއެކު އިލްހާމް އެ ދިމާއަށް ހިނގައިގަތެވެ. ޞައްޠާރު ފަހަތުން އަންނަން އުޅުމުން އެތަނުގައި މަޑުކުރުމަށް އިލްހާމް އެދުނެވެ. އިލްހާމް އެންމެންނާ ވަކިން އިބްރާހީމްބެއާ ބައްދަލުކުރަން ބޭނުންވި ސަބަބު ރޭކާލީ ނަޒީލްއަށާއި ނިހާއަށް އެކަންޏެވެ. ނަޒީލް އެކަމާ ހިތްހަމަޖެހުނު ނަމަވެސް ނިހާއަށްއެވީ ގޮތް ކަމަކު ނުދިޔައެވެ. އެ ހަޤީޤަތް އެނގުމުގެ ކުރިން އެކަން ފަސްލެވި ފޮރުވިގެން ދާކަށް ނިހާ ބޭނުމެއް ނޫނެވެ. ކިތަންމެ ލަދު ގަތް ނަމަވެސް އެ ހަޤީޤަތް އެނގިގެން ނޫނީ ނިހާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެގޮތުން އިލްހާމްގެ ރޭވުން ފެނަށް ދުއްވާލުމުގެ ނިޔަތުގައި ނިހާ ނިންމީ އިބްރާހީމްބެ އަންނަ އިރަށް އެންމެންގެ ތެރޭގައި އެ ސުވާލު ކުރުމަށެވެ.

އިލްހާމް އަންނަތަން ފެނުމުން އިބްރާހީމްބެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އިބްރާހިމްބެއާ އަރާ ހަމަވުމާއެކު އިލްހާމް ނަފްރަތުގެ ބެލުމަކުން އިބްރާހީމްބެއަށް ބަލާލިއެވެ. އިލްހާމްގެ “ޕްރެޝަރު” މަތިވެފައިވާ މިންވަރު އެ ބަލާލުމުންވެސް އިބްރާހީމްބެއަށް އެނގުނެވެ. އެހެނަސް އިބްރާހީމްބެ ދެނަހުރިކަމަށް ނުހަދާ އިލްހާމްގެ ހާލު އަހާލިއެވެ.

“..ހާލޭ! މަގޭ ހާލުތަ ކަލޭ އަދިވެސް އަހަންވީ!..” އިލްހާމް ނުރުހިފައި ހުރެ ބުންޏެވެ. “..ކަލޭ ހީކުރީ ކަލޭ ލައްވާ މަ މިކަން މި ކުރުވަނީ ހިލޭ ކަމަށްތަ؟..”

“..ނޫނޭ! މަ ކަލެޔަކަށް ހިލޭ ކަމެއް ނުކޮށްދޭނަން! އެދުވަސް ފާއިތުވެ ހިނގައްޖެ..” އިބްރާހީމްބެ ހީލާފައި ޖަވާބު ދިނުމުން އިލްހާމް ކެކިގަތެވެ.

“..އެހެންވީރު ބުނޭ! ނިހާ އަކީ މަގޭ ދަރިޔެއްތަ؟..”

“..ތި ސުވާލުގެ ޖަވާބު މަށަށްވުރެބޮޑަށް އެނގޭނީ ކަލެޔަކަށްނު! ޞަފިއްޔާ ނޫން ކިތައް މީހުން ކަލޭ *****؟..” އިބްރާހީމްބެ ބޭނުންވީ އިލްހާމް ބޮޑަށް ރުޅި އަރުވާލާށެވެ.

“..ކަލޭ ތިއުޅެނީ މަގޭ ކިބައިން ބަދަލު ހިފާނަމޭ ހިތާތަ؟..” އިލްހާމް ދަތްކުނޑި ވިކާގަތެވެ. “..ހަނދާން ނައްތާލާ! މަށާ ކުޅެން އުޅެފިއްޔާ ނަތީޖާ މާ ރަނގަޅެއް ނުވާނެ! އެހެންވީމަ ބުނަން ރަނގަޅު ވާހަކައެއް! ބޭކާރު އަނގަ ނާރުވާ މަ މި ކުރާ ސުވާލަށް ޖަވާބު ދީ!..”

“..ހެހެހެ!..” އިބްރާހީމްބެ ނުލަފާ ވައްތަރަކަށް ހީލިއެވެ. “..ހާސްނުވޭ! ތި ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބު ހިފައިގެން މިއައީ! ކެތްތެރިވެބަލަ! އާދޭ!..”

އިބްރާހީމްބެ ހިނގައި ގަތުމާއެކު އިލްހާމްވެސް އޭނާ ފަހަތުން ހިނގައި ގަތެވެ. އޭނާ ކުރި ސުވާލުގެ ޖަވާބު ދިނުމަށް އެދުމުން އިބްރާހީމްބެ އެޔަށް ޖަވާބު ދޭކަށް ހިޔާލެއް ނުކުރިއެވެ. ބޭނުން ވަރަކަށް ފައިސާދޭން ހުށަހެޅުމުންވެސް އިބްރާހީމްބެގެ އަޒުމު ގުޑައެއް ނުލިއެވެ. އިބްރާހީމްބެ ހެވިފައި ހުރުމުން އިލްހާމް ވަކިން ބޮޑަށް ރުޅި ގަދަވިއެވެ. އޭނާ ބޭނުންވަނީ އިލްހާމް އެންމެންގެ ކުރިމަތީގައި ބޭޒާރުކުރަންކަން އެނގުމުން ރުޅިގަދަވެގެން މުޅި މީހާ ހުރީ ފަޅައިގެން ދާވަރުވެފައެވެ. އެކަން ކުރަން އިބްރާހީމްބެއާ ހަވާލުކުރެވުނު މޮޔަހިތަށް އެރިއެވެ. އިބްރާހީމްބެ ފަހަތުން އާދޭސްކުރަމުން ސުނޯހައުސްއާ ހަމައަށް އާދެވުނުއިރު އިލްހާމް އައިސްފައިހުރި ރުޅިއާއެއްވަރަށް ހާސްކަމާއި ކަންބޮޑުވުންވެސް އެމޫނު މަތިން ފާޅުވާން ހުއްޓެވެ.

“..އިބްރާހީމްބޭ!..” އިބްރާހީމްބެ އައިސް ހުއްޓުމާއެކު ނިހާ ގޮވާލިއެވެ.

ނިހާ ގޮވާލި ރާގުންވެސް އޮޅުންފިލުވަން ބޭނުންވެގެން އެއުޅޭ އެއްޗެއް އިބްރާހީމްބެއަށް އެނގުނެވެ. އެ ސުވާލުގެ ޖަވާބު ނިހާއަށް މުހިންމުވާނެ ވަރު އިބްރާހީމްބެއަށް ވިސްނެއެވެ. އޭނާ ނިހާއަށް ބަލާލަމުން ހިނިތުންވެލި އިރު އިލްހާމް ހުރީ ދެލޯ ވަށްކޮށްލައިގެންނެވެ.

“..ކަނބުލޮ! ތި ހީކުރަނީ އަދި މުޅިން ރަނގަޅަކަށް ނޫން!..” އިބްރާހީމްބެ ޖަވާބުދިނީ ވަރަށް ނުސީދާކޮށެވެ.

އިބްރާހީމްބެގެ ޖަވާބުން ދޭހަވީ ކޮން މާނައެއްކަން ނޭގިފައި ނިހާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އިލްހާމް އަކީ އޭނާގެ ބައްޕަ ކަމެއް ނުވަތަ ނޫން ކަމެއް ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ.

“..މިބުނީ އެކަހަލަ ކަމެއް ނެތޭ! ނިހާއާއި އިލްހާމްއާ ލޭގެ ގުޅުމެއް ނެތް..” އިބްރާހީމްބެ ސާފުކޮށް ބުނެލަދިނެވެ. އިބްރާހީމްބެ ބެލިބެލުމުން އިލްހާމްގެ އަންހެން ދަރިޔަކު ހުންނަކަން އެނގިފައިވީ ނަމަވެސް އެދަރިޔަކީ ނިހާ ނޫންކަން ޝައްކެއްނެތް މިންވަރަށް ވަނީ ޔަޤީންވެފައެވެ.

ނިހާއަށް ހީވީ ބޯމަތީގައި އޮތް ބޮޑު ބަރެއް ހިއްލާލި ހެންނެވެ. ސިކުނޑިއަށާއި މެޔަށް ލިބުނު ފިނިކަމުގެ ސަބަބުން ފުން ނޭވާއެއް ދޫކޮށްލެވުނީ މާތްﷲއަށް ހަމްދުކުރަމުންނެވެ. އޭނާއަށް ލިބުނު އުފަލަށް ޝުކުރުކުރަމުން އިސް އުފުލާލިއިރު ނިކާލްހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން ނުރުހުމުގެ ކުލަވަރެއް ނިހާއަށް ފެނުނެވެ. އިލްހާމްއާމެދު ޝައްކު ކުރުމުން ހިތްހަމަނުޖެހުނީ ކަންނޭގެއެވެ.

“..ސޮރީ..” ނިހާ ވައިއަޑަކުން ބުނެލަމުން ހިނިތުންވެލިއެވެ.

ދުވަސްގަނޑަކަށްފަހު ނިހާގެ މޫނުމަތިން ހިނިތުންވުން ފެނުމުން ނިކާލްގެ ހިތްހަމަނުޖެހުން ފިލައިގެންދިޔައެވެ. ނިހާ އެ ސުވާލުކުރިކަންވެސް އެއްގޮތަކުން ރަނގަޅެވެ. އެ ޝައްކު ހިތުގައި އުފެދުނު އެންމެންގެ ހިތުން މިހާރު އެޝައްކު ފިލައިގެން ހިނގައިދާނެއެވެ.

އިރުކޮޅެއް ފަހުން ޞަފިއްޔާއާއި ނަޒީލް އިންޝާ ގޮވައިގެން ބޭރަށް ނުކުތެވެ. ޞަފިއްޔާމެން ފަހަތުން ނަލަ ހެދިލައިގެން މަރުޖީނާ ނުކުތީ ކުޅި ބަލާށެވެ. ނިހާއާ ލޭގެ ގުޅުމެއް ނެތްކަން އެނގުމުން އިލްހާމްއަށް ލިބުނު ހިތްހަމަޖެހުންވެސް މަރުޖީނާ ފެނުމާއެކު ނެތިގެން ދިޔައެވެ. އެ އަންހެނާ ހުއްޓާ އިބްރާހީމްބެ އިތުރު އެއްޗެއް ބުނެފިނަމަ އިރު އޮއްސުމުގެކުރިން މުޅި ރަށަށް އެ ހަބަރު ފަތުރާލާނެއެވެ. އެވެސް އެ އަންހެނާބޭނުންވާ ގޮތަކަށް އުނި އިތުރު ގެނެސް ބޮޑުކޮށް ގެނެވެ.

“..މަ މިއައީ އިބްރީސްއާ ބެހޭ ހުރިހާ މައުލޫމާތެއް އެއްކޮށްގެން!..” އިބްރާހީމްބެ އެންމެންގެ މޫނަށް ބަލާލަމުން ވާހަކަ ދައްކަން ފެށިއެވެ. “..މިރޭ ﷲ އިރާދަކުރެއްވިއްޔާ އޭތީގެ ކިބައިން ނިހާ ސަލާމަތް….. ނިހާ އެކަންޏެއް ނޫން! އިންޝާވެސް ސަލާމަތްކޮށްދޭނަން!..”

“..އިންޝާއޭ؟..” ނަޒީލް ހައިރާންވެފައި އެހިއެވެ.

ނަޒީލް އެކޭ އެއްފަދައިން އެންމެންގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ހައިރާންކަމާއެކު އެންމެންގެ ތޫނު ނަޒަރުތައް އިންޝާއަށް އަމާޒުވިއެވެ. ޞަފިއްޔާ ކަންބޮޑުވެފައި ހުރެ އިންޝާގެ އަތުގައި ހިފާލިއިރު ރޭގައި މަރުޖީނާ ދެއްކި ވާހަކަތައް ސިކުނޑީގައި ގުގުމާލިއެވެ.

“..އާނ! އިންޝާއަށްވެސް ވަނީ އިބްރީސްގެ އުނދަގޫ ފޯރާފައި! ރޭގައި އިންޝާއަށް ލެވުނު ކަޅު ހޮޑަކީ އެކަމުގެ ހެތްކެއް!..” އިބްރާހީމްބެ ޖަވާބު ދިނެވެ.

“..ކޮބާ މަ ބުނީމެއްނު..” މަރުޖީނާ ޞަފިއްޔާ ކަންފަތް ބުޑުގައި ޗުކުޗުކު ތަޅުވަން ފެށިއެވެ. “..ހަމަ ޖިންނި އެއޮތީ އިންޝާގެ ގަޔަށް އަރާފައޭ! އޭނަ ބަނޑުވެސް ބޮޑު! ދެން ލާހިކެއްނޫން ތިކަމުން ސަލާމަތްވާކަށް.. އޭނަ ދެން ހަމަވާނީ މަރު! ދެން ހަދާނީވެސް ވަކި ކިހިނެއްތަ؟ ވިހާފިއްޔާ މުޅި އާއިލާގެ ދުވަސް ދިޔައީ!..”

“..ހުއްޓާލާ! މިދެން ކޮންގަޑިއެއްތަ؟..” މަރުޖީނާ އަނގަގަދަވެގެން ގޮސް ކިޔޭ ނުކިޔޭ އެއްޗެއް ނޭގުމުން ޞަފިއްޔާ ހިތްހަމަ ނުޖެހުނެވެ. އިލްހާމް ރުޅި އައިސްފައި ޞަފިއްޔާއަށް ލޮލުން އިޝާރާތްކޮށްލީ މަރުޖީނާ އެތަނުން ގެންދިޔުމަށެވެ. މަރުޖީނާ އަތުގައި ހިފައިގެން ޞަފިއްޔާ އެތަނުން ދިޔައެވެ.

“..ތީ އަޖައިބެއް ކަހަލަ ޖިންނިއެއްނު! ފުރަތަމަ ނިހާ! މިހާރު އިންޝާ! އަނެއްކާ މަށަށްވެސް މިހިރީ އެބަލާވެރިކަން ޖެހިފަ! ކީއްވެގެންތަ މާމަ ތި އެއްޗަކު ހައްޔަރުކޮށްފައި ހުއްޓާ މިނިވަންވެގެން އެ އުޅެނީ! ރޭގަ ބުނި ބައްޕައަށް އަންހެން ދަރިޔަކު ލިބުނީމައޭ! އެހެންވެއޭ މިނިވަންވީ! މިއަދު ތިބުނީ އެކަހަލަ ކަމެއް ނެތޭ! ތީގަ ވާއެއް ނުވާއެއް އެބަ އެނގޭތަ؟ އޭތި މިނިވަންވާންވީ ކީއްވެގެން؟ އިންޝާއަށް ދުއްތުރާ ކުރަންވީ ކީއްވެ؟..” އިންޝާއަށް އިބްރީސްގެ އުނދަގޫ ޖެހުމުން ނަޒީލް ކަންބޮޑުވެފައި ހުރެ ހިތުގެ އުދާސްތައް ބޭރުކުރަން ފެށިއެވެ.

“..މަށެއް ނުބުނަމެއްނު އެ ދޮގެކޭ! އިލްހާމްއަށް އަންހެންދަރިޔަކު ލިބުނޭ..”

“..ކީކޭތަ ތި ކިޔަނީ؟..” އިބްރާހީމްބެ ދެފަހަރު ދެގޮތަށް ވާހަކަ ދައްކާތީ އެ ވާހަކަތައް ހުއްޓުވަމުން ނިކާލް ބުންޏެވެ. “..ތަންކޮޅެއް ސާފުވާނެހެން ބުނެބަލަ..”

“..މިކިޔަނީ އިލްހާމްއަށް އަންހެންދަރިޔަކު ލިބުނޭ! އެދަރިޔަކީ ނިހާއެއް ނޫނޭ!..” އިބްރާހީމްބެ ބުންޏެވެ.

އެއަޑު އިވިފައި އެންމެ ބޮޑު ޝޮކެއް ލިބުނީ ނިކާލަކަށް ނޫނެވެ. މަރުޖީނާ އަނެއްކާވެސް އެދިމާއަށް އަންނާތީ އޭނާ ފަހަތުން ހަލުވި ފިޔަވަޅުތައް އަޅަމުން އައި ޞަފިއްޔާއަށްވެސް އިބްރާހީމްބެ ބުނި އެއްޗެއް ސާފުކޮށް އިވުނެވެ. އޭނާއަށް ލިބުނު ޝޮކުގައި ހުއްޓުން އެރީ ކުއްލިއަކަށެވެ.

(ނުނިމޭ)

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ޝީން(އަށާރަވަނަ ބައި)

Next

ތަޤްދީރު (15)

Next
March 16, 2018

ތަޤްދީރު (15)

Previews
March 16, 2018

ޝީން(އަށާރަވަނަ ބައި)

49 Comments!

  1. nishan says:
    March 16, 2018 at 4:09 pm

    hello guys!! jumma mubaarak! miothy SUNDAY ge part alhugandah kurin ninmaalevuneema upload kohla dheefa! update las vamun dhaathi thankolhe dhigu kohla dheefa vaane! unmeedhu kuran mi part vs kamudhaane kamah! vaahaka kiyaalaafa vaahaka aa behey gothun suvaale vaanama nuvatha mistake faahaga vaanama comment kohla dhinun edhen! kiyun theringe faadu kiyumaki kuri erumeh kamah alhugandu gabool kurani! vaahaaka kiyaa enmena varah bodah shukuriyaa.
    and alhuganduge vaahaka thakah shahugu hunna faraaithakun please do follow my facebook page

    https://facebook.com/nishanstories

  2. Mixoo says:
    March 16, 2018 at 4:26 pm

    I really love this story…

    1. nishan says:
      March 16, 2018 at 4:59 pm

      Thank you mixoo ?

  3. Someone concerned says:
    March 16, 2018 at 4:36 pm

    Ehaa dhuwahun gehna iru ehaa kurukoh thigehnany kiyaa meehunah jehsumah hen hywany ?

    1. nishan says:
      March 16, 2018 at 4:58 pm

      Alhe! Varah dhera dhen! Varah masahkai mii!! Alhugandu mihaathanah liyunu enme dhigu part mi!! 10 pages!
      Kureege part thah hunnani eyah vure kurukoh. 🙁

  4. Koko says:
    March 16, 2018 at 4:44 pm

    Maroo vareh nuvaane keke vara reethi ??❤❤

    1. nishan says:
      March 16, 2018 at 5:24 pm

      Hehe thanks Koko ?

  5. Smiley ? says:
    March 16, 2018 at 4:52 pm

    Insha is ilham daughter???

    1. nishan says:
      March 16, 2018 at 5:23 pm

      Hehe vedhaane dw ?
      Thanks smiley

  6. Shaai says:
    March 16, 2018 at 5:03 pm

    Alhey haadha rychey… Upload vaaleh lahi

    1. nishan says:
      March 16, 2018 at 5:24 pm

      Thank you shaai ?

  7. Kokko says:
    March 16, 2018 at 5:05 pm

    Enmen ehvvareh nuvaane…konme hen miihunnaa miihun alhaa kiyaakah nujeheyne

    1. nishan says:
      March 16, 2018 at 5:24 pm

      Kokko thibuni ehche neygunu ?

    2. Kokko says:
      March 16, 2018 at 7:00 pm

      Koko ehn buneema..story v reethi

    3. nishan says:
      March 16, 2018 at 7:35 pm

      Thank you ?

  8. Min says:
    March 16, 2018 at 5:35 pm

    Sunday ga dhen ehves part eh noonaanei tha… ????

    1. nishan says:
      March 16, 2018 at 6:48 pm

      yeah sunday ge kurin ithuru part eh liyaane vagutheh dhen neh 🙂 thanks

  9. Black beauty says:
    March 16, 2018 at 6:00 pm

    Kon irakun aneh part haadha reehchey

    1. nishan says:
      March 16, 2018 at 6:49 pm

      feshey week therey genes dheynan hopefully thursday 🙂 thank you

  10. luba says:
    March 16, 2018 at 6:02 pm

    ބުރާސްފަތި ދުވަހުގެ ބައި ކޮބާ ؟….. ބުރާސްފަތި ދުވަހާ ހޮނިހިރާ އޭނު ޝާން ބުނީ…. މިބައި ވެސް ވަރަށް ސަޅި….

    1. nishan says:
      March 16, 2018 at 6:52 pm

      hehe alhugandu buni sunday and thursday! thursday ah liye ninmaa nulevuni! ehenve mi upload koh dhiny Sunday part kamah balaafa! thank you luba 🙂

  11. Swety says:
    March 16, 2018 at 6:14 pm

    Mee hafthaage kitah duvahu genesdhey story eh tha.alhey ma lasvaathee vvvvvkiyaala hithun in dhaan e nimunee

    1. nishan says:
      March 16, 2018 at 6:53 pm

      hafthaa aku 1 day aanmu gothehgai baeh faharu 2 faharu! thanks swety 🙂

  12. Azu says:
    March 16, 2018 at 6:14 pm

    Alhey…adhives kiyaa hiy vanee….??

    1. nishan says:
      March 16, 2018 at 6:53 pm

      thank you Azu 🙂

  13. Noora says:
    March 16, 2018 at 6:28 pm

    Isheedhegen in meehaku birakun nuhunnaane. Birun innaanee..
    Vaahaka varah reethi..
    Varah thafaathu reethi vaahaka eh
    Keep it up..

    1. nishan says:
      March 16, 2018 at 6:55 pm

      thank you so much Noora 🙂 thithankolhu balaalaafa rangalhu kohlaanan inge!

  14. Shaaaa says:
    March 16, 2018 at 7:44 pm

    Mi Vaahaka kiyaahithun kehmadhuvefa mihunnany..varah reethi..dhen kondhuvahakun kiyaaleveyvaru vaany?.

    1. nishan says:
      March 16, 2018 at 9:55 pm

      Next week ga genes dheynan 🙂 thanks you shaaaa

  15. Naanijaan says:
    March 16, 2018 at 8:29 pm

    Vaahaka varah reethi. Thankolheyy avas avahah up kohdheeba.

    1. nishan says:
      March 16, 2018 at 9:56 pm

      Thank you naanijaan 🙂 avaha upload koh dheveytho abadhuves balan

  16. chumpu says:
    March 16, 2018 at 8:37 pm

    Haadha reechey … Ilham gara kollan v nu fahi vaane dhw…..

    1. nishan says:
      March 16, 2018 at 9:57 pm

      Heheh aan ekam ehaa faseyhain gara vaane baa dw? Thank you chumpu ?

  17. leen says:
    March 16, 2018 at 10:23 pm

    Naseebehnu ilham aky nihaa ge bappa noon kan …story v v v salhi ?

    1. nishan says:
      March 17, 2018 at 12:07 am

      Hehe yeah Hama nasybeh!
      Thank you leen ?

  18. ahoo says:
    March 16, 2018 at 10:53 pm

    edhogeh..kureh noon..v kiyaa hithun indhaa e nimuny..next part ves mihaa dhigu kohladhehchey..v v v salhi mi part ves

    1. nishan says:
      March 17, 2018 at 12:09 am

      Yeah dw kureh nuvaane las viyas hehe!!
      Next part Vs dhigukoh genes dheynan in Shaa Allah .. and thank you ahoo ?

  19. unique says:
    March 16, 2018 at 11:35 pm

    dont ask nishan….. the story is superb…… nishan story kithanme lahun update kuriyas me kiyaanan…. haha…. but aslu i love the story a lot its one of my favourite…. hehehe,,,ur also the best

    1. nishan says:
      March 17, 2018 at 12:10 am

      Varah ufaa vehjje ? thank you so much unique 😀

  20. Luba says:
    March 17, 2018 at 12:58 am

    Oh sorry shan … i thought .. ehnves vaane haadha inthizaareh kuramey mi vaahaka ah .. ?

    1. nishan says:
      March 17, 2018 at 12:23 pm

      Hehe yea kiyuntherin inthizaar kuramun dhaa varu Inge alhugandah Vs! Thanks Luba thi dhehva tharuheeba ??

  21. Emaa says:
    March 17, 2018 at 11:17 am

    .Mi part vx varah reethi nasseb ay nun illham ge
    . dhariyakey niha noon kan ehen veema boda heevaney illham ge anhen dhariyakey insha hen .btw nishaan varah molu vaahaka liyan can’t
    ? wait for the next part

    1. nishan says:
      March 17, 2018 at 12:25 pm

      Hehe yeah emaa ah thi heevi gotha Insha aki ilham ge dhari akah Vs vedhaane! Let’s see dw.. thanks emaa ??

  22. Muha says:
    March 17, 2018 at 6:05 pm

    Wow Nishan you leave me speechless after each and every episode. Its that good. And I don’t usually like the writing standard and quality of komme komme writer eh. Bimmaa ge stories ga hunna goiy gandu hurei Nishan ge mi story ga ves. Avahah upload kohdheishei ves hama buneveny kiyaa hithun. Can’t wait to read the next part inge

    1. nishan says:
      March 18, 2018 at 8:07 am

      Wow muha! Varah ufaa vehjje thiya comment fenifa. Binma aki alhugandah enme kamudha eh writer! E fenvarah adhi nuliyevunas masahkai kuran abadhuves hehe! Thigothah comment eh kohleema ithuru hiy vareh Vs libihjje! Varah varah bodah shukuriyya muha! ????

  23. Raanee says:
    March 18, 2018 at 7:15 am

    upload vaa leh lahey nukiya maithiri vegen thibe bala. be patient and let us appreciate what a fine story this is

    1. nishan says:
      March 18, 2018 at 8:11 am

      Hehe raanee! Alhugandah understand vey kiyun therin ehen bunaa sabab vs. vaahaka kiyaa hiyy vaathi e kahala shakuva e annani! And alhugandu gabool Vs kuran ehen writer’s aa alhaa balaairu kudakoh las kamah Vs ? fahun rangalhu vaane in shaa Allah! Thanks Raanee!

  24. Aleesha says:
    March 18, 2018 at 9:05 am

    Story varah superb…. i think nihaa mom maruvi iru she was pregnent ennu ilham ge dhariyakah that was a girl… n because of that ibrees is free nw…. dhw nishan…. g

    1. nishan says:
      March 18, 2018 at 3:27 pm

      thihen ves vedhaane Hama aleesha hehe! Let’s see dw kihine Kan aslu vee ?
      Thank you ?

Comments are closed.


All Right Reserved!