އާދޭސް ކުރާ ހިތްވޭ ރޮމުން (3)
އޭނާ ރެއިލިންގައި އަތް އަޅުވާލިއެވެ. ހިނދެއް ހިނދަކަށް ވައިގަދަވަމުން ދިޔައީ ތޫފާނެއްގެ އިންޒާރު ދޭފަދައަކުންނެވެ. އޭނާ ލޯ މަރާލީ ފަހަރެއްގައިވެސް ހިޔާލުގެ ކަނޑަކަށް ގެނބޭކަށް ނޫނެވެ.
އެހެންނަމަވެސް ލޯ މަރާލުމާއެކު އޭނާ އަށް ފެނުނު ސޫރައަކުން ރެއިލިންގައި ޖަހާލެވުނެވެ. އެއާއެކު އޭނާގެ އަތަށް ތަދުވިއެވެ. ދަގަޑުގައި ޖެހުނީ އެހާ ބާރަށެވެ. އޭނާ އަނގަޔަށް ގޮތެއް ހަދާލިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ނަރަރުހުއްޓާލިއެވެ.
އުޑުމަތިން ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އެހެންނޫނަސް ދިއްލާ އަޅާފައިވާ މި މާލޭގައި ތަރިއެއް ހޯދުންވެސް ވާނީ އުނދަގޫ ކަމަކަށެވެ. އޭނާ ފުންނޭވާއެއް ދޫކޮއްލިއެވެ. އެވަގުތު ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިތަކުންވެސް އޭނަގެ އެތެރެހަށީގައި އުފެދިފައިވާ އުދާސްކަން ކުޑައެއް ނުކޮއްދެވުނެވެ. ބޭރުގައި އުފެދިފައިވާ ތޫފާނަށްވުރެ އޭނާގެ އެތެރެހަށީގައި އުފެދިގެން އުޅޭ ތޫފަން މާ ވަރުގަދައެވެ.
އެކަނިވާ ކޮންމެ ވަގުތަކު އެ ހަނދާންތަކުން އޭނާ އަށް އުނދަގޫ ކުރަމުން ދިޔައެވެ. އެތައް އަހަރެއްގެ ކުރިން އޭނާގެ އެތެރެހަށީގައި އުފެދުނު އެ ތޫފާން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. ފުންނޭވާތަކެއް ލަމުން އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ.
***
އައިލީޝް ރާސިލް އާ އެތަކެއް ވާހަކަ އެއް ދައްކަން ބޭނުންވެފައި ހުރެވެސް އިތުރުއެއްޗެއް ނުބުނެއެވެ.
އޭނާ ރާސިލް ގެ ހަރަކާތް ތަކަށް ފަރުވާތެރިވެ ހުރެ ބަލަމުން ދިޔައެވެ. އެއްފަހަރުވެސް އޭނާގެ ސަމާލުކަން އައިލީޝް އަށް ލިބޭތޯއެވެ. ރާސިލް މިގޮތަށް ކަންތައް ކުރަން އޭނާ އާ ކައިވެނި ކުރީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލުކުރެވުނު އަދަދެއް ނޭގެއެވެ.
އަދިވެސް އެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރެވޭތޯ އައިލީޝް އުޅުނެވެ. އެހެން ނަމަވެސް މި ފަހަރު އެކަން ކާމިޔާބް ވާ ގޮތް ނުވީ އެ މޭގައި އުފެދުނު ރިހުމުގެ ސަބަބުންނެވެ. ދެލޮލަށް ކަރުނަތަށް ޖަމާވުމާއެކު އޭނާ އަށް ރާސިލް އާ ފުރަގަހަށް އެނބުރުނެވެ. ރާސިލް އައިލީޝް އަށް ބަލާލިއެވެ. އޭނާ އެ ދިމާލަށް ދެތިން ފިޔަވަޅު އަޅާލެވުނީ އައިލީޝް އާ ދޭތެރޭ އެހެން ކަންތައް ނުކުރުމަށް ހިތުގެ ކަނަކުން މިފަހަރުވެސް ގޮވާލީތީއެވެ. އެހެންނަމަވެސް އެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އެހެން ވަސްވާސްތަކެއް އޭނާގެ ސިކުނޑީގައި އަތް ގަދަ ކުރުމުންނެވެ.
އޭނާ ފުން ނޭވާއެއްލިޔެވެ.
“އައިލީޝް” ފުރިހަމަ ނަމުން އައިލީޝް އަށް ގޮވާލުމާއެކު އައިލީޝް އަށް ލޯ މަރާ ބާރުކޮއްލެވުނީ އެއީ މީގެ ކުރިން ރާސިލް އޭނާ އަށް ގޮވާ ނަމުން ނޫންވީމައެވެ.
އެހެންނަމަވެސް ރާސިލް އޭނާ އަށް ގޮވާލީތީވެސް އޭނާ ހިނިތުންވަމުން ރާސިލް އާ ކުރިމަތިލާނެއެވެ. ދެލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެލާ މީހާ ހަމަޖެހެން ލީ ފުންނޭނާއާއެކު މޭގައި އުފެދުނު ރިހުން ގަދަ ވި ހެން ހީވީ އެމޭތެރޭގައި އޮއްބާލަން މަސައްކަތް ކުރަމުން ދިޔަ އިހްސާސްތަކުގެ ސަބަބުންނެވެ.
އޭނާ ރާސިލް އާ ދިމާލަށް ބަލާލިއިރު އެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. ކިހާ ހިތްވަރު ގަދަހެއްޔެވެ؟.
އޭނާ ރާސިލް ގާތަށް ދިޔައެވެ. ގޮސް މެސެޖް ލިޔުމުގެ ބަދަލް ގައި މިފަހަރު އަތުގެ ހަރަކާތުން “ކިހިނެތްހޭ ވީ” އަހާލިއެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތުގައި މިފަހަރުވެސް އެންމެން ބައިވެރިވީ އެކީގައެވެ. އައިލީޝް އާއި އޭނާގެ ބައްޕަ އާއި ދެމެދު ވީ ނުތަނަވަސްކަން ރާސިލް އަށް ވެސް އެނގޭކަށް ޒިޔާދު ބޭނުމެއްނުވެއެވެ. އައިލީޝް އަކީ އޭނާއަށް ހުރި ބޮޑު ލަދެއްކަމުގައި އޭނާ ދެކެއެވެ.
ޒީޝާ އައިލީޝް މެން ގެއަށް ގޮސްލާފައި އޭނާގެ ބޮޑުދައިތަ މެން ގެއަށް ވެދެލާފައި ގެއަށް ދެވުނު އިރު ހުރީ ނުވައެއްޖަހަން ކައިރިވެފައެވެ. އޭނާ ގޭން ނުކުތީ މާނިއު ގާތު ބުނެފައެވެ. މާނިއު އަށް ވެސް މިރޭ ގެއަށް ނާދެވޭނޭ ބުނެފައި އޮތުމުން އޭނާ ލަސްކޮއްލީއެވެ. އެހެންނަމަވެސް އެޕާރޓް މެންޓް ގެ އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާ އެކީވެސް ފައިވާން އަޅާ ހަރުގަނޑު ގައި ހުރި ބޫޓް އޭނާގެ ލޮލުގައި އަޅައިގަތެވެ.
އެއާއެކު އޭނާ އަށް ހައިރާން ކަން ވެރިވިއެވެ. ލަސްފިޔަވަޅުތަކެއްގައި އޭނާ ކޮޓަރިއާ ދިމާލަށް މިސްރާބްޖެހިއިރު އޭނާ ގެ ހިތްވެސް ދިޔައީ ބާރަށް ތެޅެމުންނެވެ. ދޮރުގެ ތަޅުގައި ހިފާލަމުން އޭނާ ފުންނޭވާއެއްލިއެވެ. އެއަށް ފަހު ދޮރު ހުޅުވާލިއެވެ. އޭނާ ގެ ލޮލުގައި އަޅައިގަތީ ޑްރެސިން ޓޭބަލް ކައިރީގައި ތުވާލި އޮޅައިލައިގެން ރީތިވާން ހުރި މާނިއު އެވެ. ފެންތައް ރަނގަޅަށް ނުހިކި ހުރުމާއެކު އެ ނުކުތީ ދެންމެ ފެންވަރައިލައިގެންކަން އެނގެއެވެ. އޭނާ ޒީޝާ އާ ދިމާލަށް އެނބުރިލީ ލޯގަނޑުން ޒީޝާ ފެނުމުންނެވެ.
“ކޮންތާކު އުޅިފަތަ ތި އައީ” މާނިއު ގެ ހަރުކަށި އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލުމާއެކު ޒީޝާ އަށް ސިހިފައި އިސްއުފުލާ މާނިއު އާ ދިމާލަށް ބަލާލެވުނެވެ. އޭނާ ވާހަކަ ދައްކަން އަނގަ ހުޅުވާލި ކަމުގައިވިޔަސް އެއްވެސް އެއްޗެއް ބޭރެއްނުވިއެވެ.
“ހަވީރު ބޭރަށް ދާ ގޮތަށް ގެއަށް އަންނަނީޔެއްނޫނޭ… ދުވާލު ދާ ހަތަރު ދަމު ބޭރުގަ އުޅުނީމަވީނުން” މާނިއު ހަޅޭއްލަވައިގަތެވެ.
“އަހަރެން…”ޒީޝާ އެއްޗޭ ބުނަން އުޅުނު ކަމުގައިވިޔަސް އެ އަނގައިން މިފަހަރުވެސް އަޑު ނުނިކުތީ އޭނާ ސިހިފައިވީ ވަރުންނެވެ. ޒީޝާ އެއްޗޭ ނުބުނެހުންނަން ފެށުމުން މާނިއު އައިސް ޒީޝާ ގެ އަތުގައި ހިފާ އޭނާ އާ ހަތަރު ކަޅިހަމަކުރުވިއެވެ.
ކައިގެން އައިސް އަނެއްކާ ދާނިޝް ނުކުމެލީ ބެލްކަންޏަށެވެ. އޭރު ކޮންމެވެސް ވަރަކަށް ހިމެފޮދު ވާރޭ ވެހެމުން ދިޔައެވެ. އޭނާ ލޯ މަރާލީ އޭނާގެ ނަފްސަށް ކުޑަވެސް ހަމޖެހުމެއް ލިބޭތޯއެވެ. މިއަދު ތާރީހަކީ 17 މާރޗް އެވެ. މިދުވަސް އޭނާ ހަނދާން ނައްތާލާނީ ކިހިނެތްހެއްޔެވެ؟.
ދާނިޝް އެންމެ ފަހުން ހަމަޖެހުމެއް ނުލިބުމާއެކު އަނބުރާ ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ.
ބޮލުގައި އަތުން ދެފަހަރަކު ޖަހާލަމުން ނިތްމަތި އަތްބާއްވައިލައިގެން އެއްފައި މައްޗަށް އަނެއްފައި ލައިގެން އޭނާ އޮތެވެ.
ކައިގެން އައިސް އައިލީޝް ވެސް ބެލްކަންޏަށް ނުކުންނަ ދޮރުގެ ފޮތިތައް ދަމާލާ އެ ދޮރު ތަޅުލުމަށް އުޅުމަށްފަހުވެސް އޭނާ އެ ކާޓެއިންތައް ކަހާލަމުން ދޮރުވެސް ހުޅުވާލިއެވެ. ވާރޭ އަކީ އޭނާ އަށް ވަރަށް ކަމުދާ އެއްޗެކެވެ. ވެހެމުން ދިޔަ ވާރެއަށް ނަޒަރު ހުއްޓައިލައިގެން ހުރި އައިލީޝް ހުރީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. އެހެން ހުރި އިރު އޭނާ ވާރޭ އާ ދޭތެރޭ ވިސްނަމުން ދިޔައެވެ. ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. ވިސްނާ މީހަކަށް ވިއްޔާ އެތަކެއް އިބްރަތް ތަކެއް ލިބޭނެއެވެ.
އޭނާ ގެ ތުންފަތުގައި ވި ހިނިތުންވުން އެތައް ވާހަކަ އެއް ދައްކަމުން ދިޔައެވެ. އޭނާގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. އާއެކެވެ. ރޮއޮރޮއި ހަލާކުވާން ކައިރިވާ ރޭރޭވެސް ދެއެވެ. އޭނާގެ ބައްޕަ ގެ ފަރާތުން އޭނާ އަށް އަމާޒުވާ ނުރުހުމުގެ ބަސްތަކަކީ އޭނާ އަށް ހަމަ ހައްގު އެއްޗެއް ބާއޭ ހިތަށް އަރައެވެ. އައިލީޝް އަކީ ބޮޑު އުނދަގުލެއް ކަހަލަ މީހެއްގޮތަށް އޭނާގެ ބައްޕަ ސިފަކުރަނީ ކީއްވެހެއްޔެވެ؟. އޭނާ އަކީ ވާހަކަ ނުދެއްކޭ މީހަކަށް ވީމަ ހެއްޔެވެ؟. ނޫނީ އަދިވެސް ނޭނގޭ ހަގީގަތެއް ވަނީ ހެއްޔެވެ؟.
ދުނިޔޭގައި އެކި މީހުންނަށް ކުރިމަތިވާނީ އެކު އިމްތިހާނެވެ. އޭނާ އަށް ވާހަކަ ނުދެއްކުމަކީވެސް ކުރިމަތި ކުރެއްވި އިމްތިހާނެއް ކަމަށް އޭނާ ދެކެއެވެ. އެ އިމްތިހާނުން ފާސްވުމަށް އޭނާ ކެތް ތެރިވާނެއެވެ. ކާމިޔާބު ވާނީ އޭރުންނެވެ.
މާނިއު ނުކުމެގެން ދިޔަ ދިމާލަށް ބަލަން ރޯން އިން ޒީޝާ އިނީ ވަރުބަލިވެފައެވެ. މާނިއު އަތުން އަނިޔާ ނުކުރިކަމުގައިވިޔަސް ދުލުން މިރޭވެސް އެދަނީ އެތަކެއް ބަސްތަކެއް ބުނެފައެވެ.
އެހިތަށް އެތައް އަނިޔާއެއް ދީފައެވެ. އޭނާ ސިހުނީ އެވަގުތު އެނދުމަތީގައި އޮތް ފޯން ރިންގް ވަމުންނެވެ. އެ ފޯން ނަގާ އަރާފައިވާ ނަން ބަލާލަމުން އޭނާ ކަރުނަތަށް ފޮހެލިއެވެ. އަދި ފޯން ނަގަމުން ކަންފަތުގައި ޖައްސާލިއެވެ.
އެރޭ ޒީޝާ އެނދުމަތި ތަންމަތި އަޅަން އުޅެނިކޮއް އަނެއްކާ މާނިއު އައިސް ވަނެވެ. “މާދަން މަންމަ މެން އަންނާނެ… މެންދުރު އެއާރޕޯޓަށް ދާން ރެޑީވާތި… އަހަރެންނަށް ދެން އާދެވޭނީ މާދަން މެންދުރު ޒީޝާ ބަލާ… ބާރަ ޖަހާއިރު ރެޑީވާތި އެއްގަޑި ބަޔަށް އެއާރޕޯޓަށް ދާން ޖެހޭނެ ” މާނިއު އެހެން ބުނުމަށްފަހު ޒީޝާ އަށް ޖަވާބުދޭން އިތުރު ފުރުސަތެއްނުދީ ދިޔައެވެ.
ޒީޝާ ފުން ނޭވާއެއްލިޔެވެ.
ރާސިލް ނިދުމުން މިރޭވެސް އެމޫނަށް ބަލަން އެތައް އިރަކު އައިލީޝް އިނެވެ. އޭނާ އަށް ތަފާތު އެއްޗެހި ހިޔާލަށް އަންނަމުން ދިޔައެވެ.
“ރާސިލް… ކީއްވެތަ ތިގޮތަށް ތި ކަންތައް ކުރަނީ… މިހިތަށް ހާދަ ތަދުވެޔޭ… ކައިވެންޏަށް ހަފްތާއެއް އަދި ނުވާ އިރު ދެމީހުންނަށް ރަނގަޅަށް ވާހަކަ ދައްކާނުލެވިގެން މިއުޅެނީ… ރާސިލް އަށް ތިހާ ބޮޑު ބަދަލެއް… ތި އަންނަން ޖެހުނީ ކީއްވެ؟. އެއްފަހަރުވެސް އަހަރެންނާ ވާހަކަ ދައްކާލަބަލަ. ތިހުގަ އޮތް އެއްޗެއް ބުނެދީބަލަ. އޭރުން… ރާސިލް ޕްލީޒް… ތިހެން ނަހަދާ… ތިހުގެ އޮތް އެއްޗެއް ބުނާނެނަމަ. އޭރުން މިހިތަށް ހަމަޖެއްހުމެއް ލީބޭނީ” އަމިއްލަ ހިތާ ވާހަކަ ދައްކަމުން އައިލީޝް ދިޔައެވެ.
އޭނާ ރާސިލް ގެ ގައިމަތީގައި އަޅާފައިއޮތް ރަޖާ ރަނގަޅުކޮއްލަމުން އޭސީ ދަށް ކޮއްލީ ފިނިވަމުން ދިޔަ ވަރުންނެވެ. ވާރޭ ވެސް ދިޔައީ އޭހާ ބޯކޮއް ވެހެމުންނެވެ.
އިރުކޮޅަކު ރާސިލް އަށް ބަލަން އިނުމަށް ފަހު އޭނާ ބެލްކަންޏަށް ނުކުންނަ ދޮރުކައިރިއަށް ޖެހިލިއެވެ. އަދި ދޮރުހުޅުވާލަމުން ކާރޓެއިންތައް ކަހާލިއެވެ. ވަޔާ ވިހުރެމުން ދިޔަ ކާރޓެއިންތައް މަތަވާގޮތެއް ނުވިއެވެ. އައިލީޝް ބެލްކަންޏަށް ނުކުމެލިއެވެ. އޭނާ އަށް ގޯތިތެރެއަށް ނަޒަރު ހުއްޓާލެވުނެވެ. މާ ބޮޑު ގޯއްޗެއްނޫނެވެ. އެހެން ހުރިއިރު ވަޔާ އަންނަ ވާރޭ ތިކިތަކުގެ ޝިކާރައަކަށް އޭނާ ވިއެވެ. އެއްކޮއް ނުތެމުނީ އެބައިގެ މަތީބައިގައި އިންން ބެލްކަނިވެސް އެ ދިމާލުގައި އިނީތީއެވެ.
އެހެން ހުރި އިރު އޭނާގެ ނަޒަރު ހުއްޓުނީ އެތާ ހުރި ބިޔަ ހިތި ގަހަށެވެ.
މާޒީގެ ހިޔާލަކުން އޭނާ ވަށައިލުމާއެކު އޭނާ އަށް އެ ގަހަށް ފުރަގަސްދެވުނެވެ. އެއާއެކު ލޮލުން ކަރުނަތަށް އޮހިގަތީ ހުއްޓުމެއް ނެތިއެވެ.
އަމިއްލަ ބައްޕަ އޭނާ އާ ދޭތެރޭ މީގެ އަހަރުތަކެއް ކުރިން ކަންތައް ކުރަމުން އައި ގޮތް ހިތަށް ސިފަވުމާއެކު އެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. ވޭނީ އާހް އެއްގެ އަޑު އެ ތުންފަތް ފޫއަޅުވާލާފައި ނުކުތެވެ.
އެހެންނަމަވެސް އޭނާ އެ ހިތްދަތިކަން ކޮންޓްރޯލް ކުރަމުން ހަމަޖެހެން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭނާ އަށް އެކަމުގައި ކާމިޔާބެއް ނުލިބުނެވެ.
ދެލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނައާއެކު އޭނާ އަށް ގިސްލެވެން ފެށުނެވެ. އެހެންނަމަވެސް އެ ގިސްލުމުގެ އަޑާ އެކުވެގެން ދިޔަ ވާރޭގެ އަޑާއެކު އެ އަޑު ފަރުދާވެގެން ދިޔައެވެ.
އޭނާ އެނބުރި ކޮޓަރިއަށް ވަދެ ތުވާލި ނަގާ މޫނުމަތި ފޮހެލިއެވެ. އަދި ފާހާނާއާ ދިމާލަށް މިސްރާބުޖެހިއެވެ.
ތާޒާ ވެލައިގެން ނުކުތުމުން އެ މޫނުމަތި އުޖާލާވެފައިވެއެވެ. އޭނާ ތުވާލި އަޅުވާލާ އެނދުމައްޗަށް އަރާ ނިދަން މަސައްކަތް ކުރަން އުޅި އުޅިވެސް ނިދޭގޮތެއްނުވިއެވެ.
***
ދާނިޝް އަށް ނިދުނީ ވެސް ވިސްނުމުގައި އޮއްވައެވެ. ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. މީހާ ދާހިއްލާ ފޯވެފައި ވެއެވެ. ސައިޑް ކަމަޑް މަތީ ހުރި ޖަގުން ތައްޓަށް ފެން އަޅަމުން ދިޔައިރުވެސް އެ އަތުގައި މަޑު ތުރުތުރެއްވިއެވެ. އޭނާ ފެންތަށި ބޯލާ ހަމަ ޖެހިލަމުން އަނެއްކާ ވެސް އޮށޯތެވެ. ލޯ މަރާލުމާއެކު އޭނާ އަށް ފެނުނު ސޫރައެއްގެ ސަބަބުން ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ވެއްޓިގެން ދިޔައެވެ.
ފުންނޭވާއެއްލަމުން އަތުގެ ނުފުށުން އޭނާ ކަރުނަތިކި ފޮހެލިއެވެ. އެހެންނަމަވެސް އެ ދެލޯ ހުޅުވާލާ ހިޔާލެއް އޭނާ ނުކުރިއެވެ.
***
ހެދުނު ހޭލައިގެން ރާސިލް ރީތިވާން ހުއްޓާ އައިލީޝް އަށް ކޮޓަރިއަށް ވެދެވުނެވެ. އޭރު އޭނާގެ އަތުގައި ކޮފީ މަގެއް ތަބަކަކެއް ލާފައި ހުއްޓެވެ. އޭނާ އެ ހިފައިގެން އައިސް ރާސިލް ގާތު މަޑުކޮއްލިއެވެ. އެއާއެކު ރާސިލް އައިލީޝް އަށް ބަލާލިއެވެ. އައިލީޝް ލޮލުން ތަބަކަށް އިޝާރާތް ކޮއްލުމާއެކު ރާސިލް އެ ޖޯޑު ނެގިއެވެ.
އޭނާ ލުއި ހިނިތުންވުމެއް އައިލީޝް އަށް ހަދިޔާ ކޮއްލިއެވެ. އައިލީޝް ގެ ހިތް އުފަލުން ނަށާލިއެވެ. ރާސިލް ގެ ފަރާތުން އެފަދަ ކުޑަ ކުޑަ އަމަލެއް ފެނުމުން ވެސް އޭނާގެ ހިތަށް އެނގިގެން ދިޔައެވެ. އޭނާ އައީ ރާސިލް އަށް ގޮވާށެވެ. އެހެންނަމަވެސް ރާސިލް އަމިއްލަ އަށް ތެދުވެގެން ރީތިވާން ހުރިތަން ފެނިގެން ރާސިލް މަސައްކަތަށް ފަރުވާ ބަހައްޓާވަރު ފެނި އައިލީޝް އަށް ވެސް ހިނިތުންވެވުނެވެ.
ރާސިލް އޮފީހަށް ދިޔުމާއެކު އައިލީޝް ފޫހިކަމާއެކު އެނދުމައްޗަށް ވެއްޓިގަތީ އޭނާގެ ބޮލުގައި ރިއްސަމުން ދިޔައީތީއެވެ. ރޭގައިވެސް އޭނާ އަށް ރަނގަޅަށް ނިދުނީކީ ނޫނެވެ. އޭނާ ނިންމައިގެން ހުރީ ރާސިލް އޮފީހުން އައުމުން ރާސިލް އާ ވާހަކަ ދައްކާށެވެ.
ކައިވެންޏެއް އުފާވެރި ކުރުމަށް ދެމީހުންގެ ހިއްސާވެސް ބޭނުންވާނޭކަން އައިލީޝް އަށް އެނގެއެވެ. އޭނާ ސިކުނޑި ހަމަޖައްސާލަން އޮށޯއިން ކަމުގައި ވިޔަސް ތަފާތު އެކި ވިސްނުން ތަކާހެދި އެ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބުނެވެ.
ބޮލުގަ ރިއްސާތީ ފެން ބޯން ވެގެއް އޭނާ ޖަގަށް ބަލާލިއިރު ހުރީ ހުސްވެފައެވެ. އެހެންވެ އޭނާ ތިރިއަށް ދާން މިސްރާބުޖެހިއެވެ. ކާކޮޓަރީގައި ހަރަކާތްތެރިވަމުން ދިޔަ ހިޝްމާ އަށް އައިލީޝް ފެނުމާއެކު ގޮވާލިއެވެ. “އައިލީ… ” އޭނާގެ އަޑުގައި ހިތާމަވެރިކަން އެކުލެވިފައި ވިއެވެ.
އެ އަޑު އިވި އައިލީޝް ރުޅި އައިސްގެން އަތުގެ އިޝާރާތުން “ކިހިނެތްވީ ހޭ” އެހިއެވެ. “ދަރިފުޅާ މަންމަ…” ހިޝްމާ އަށް ބުނެވުނީ މިވަރަށެވެ. އައިލީޝް އޭނާގެ އަތުގެ ފަސް އިނގިލި ދައްކާލަމުން މަޑުކުރުމަށް އިޝާރާތް ކުރުމާއެކު ހީވީ ހިޝްމާ ގެ ދުލުގައި ތަޅު އެޅުވުނީހެންނެވެ.
އައިލީޝް ރުޅިއައިސް ހުރެގެން ދިޔައީ ފެންވެސް ނުބޮއެވެ. އޭނާގެ މޫޑު އެއްކޮއް ހަރާބުވީއެވެ.
އޭނާ ގޭގެ މައިދޮރުން ބޭރަށް ނުކުމެލުމާއެކު ފަޒާގައިވި ތެތް ފިނި ވައިރޯޅިން އަރާމްވިއެވެ. ފުން ނޭވާއެއް އެތެރެއަށް ދަމާލަމުން އޭނާ އަށް ލޯ މަރާލެވުނެވެ.
އެތާހުރި ބިޔަ ހިތި ގަހުގައި އެލުވާފައި އިން އުނދޯލި ފެނިގެން އޭނާ އެދިމާލަށް މިސްރާބުޖެހިއެވެ. އެ ގަސް ކައިރިއަށް ހުއްޓެމުން އޭނާ އެގަހަށް ވަށައިގެން ބަލާލިއެވެ. މީގެ ކުރީގެ ހަނދާނެއް އޭނާ އަށް އައުމާއެކު އެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. “ހަމަ މިހާރު މިތާ ހުރޭ މިރޭ މިތަނުން ގޭތެރެއަށް ވަދިގެން ނުވާނެ” ޒިޔާދު އައިލީޝް އެ ގަސް ދޮށަށް ކޮއްފާލުމަށްފަހު ބުނެލިއެވެ. އައިލީޝް ގެ އުމުރުން އެންމެ ފަނަރަ އަހަރެވެ. އޭނާ ރޮމުން ދިޔައީ ކޮންމެވެސް މީހަކު އޭނާ ސަލާމަތް ކުރާނޭ ނަމައޭ ހިތަށް އަރާ ހާލުގައެވެ.
އައިލީޝް އެތަނުގައި ބަހައްޓާފައި ޒިޔާދް ދިޔައީއެވެ. ރޮއި ރޮއި އައިލީޝް ވަރުބަލިވެފައިވިއެވެ. އެހީތެރިވަނޭ އިތުރު މީހަކު އެގޭގައި ނުހުންނާނޭކަން އެނގުމާއެކު އޭނާގެ ރުއިން އިތުރުވެގެން ދިޔައެވެ.
ކަރުނަ އަންނަމުން ދިޔަ ވަރަކަށް ފެހެމުން ދިޔަ ކަމުގައި ވިނަމަވެސް ތާޒާ ކަރުނައިން އެ ކޯތާފަތް ފުރެމުން ދިޔައެވެ.
ރޮވެމުން ދިޔަ އިހްސާސް ކުރެވުމާއެކު އޭނާ ކޯތާފަތުގައި އަތް ޖައްސާލިއެވެ. އެއާއެކު އޭނާއަށް ހިޔާލްތަކުން ނުކުމެވުނެވެ.
އެ އުނދޯލީގައި އިށީދެ އޭނާ ހަމަޖެހުން ހޯދަން މަސައްކަތް ކުރަމުން ދިޔައެވެ.
***
ރާސިލް އޮފީހުން ނިމިގެން އައުމާއެކު އައިލީޝް ރާސިލް ބޭލި އެއްޗެހި ނަގައިގެން ގޮސް އެތާހުރި ހެދުން އަޅުވާ އެތިގައި އަޅުވާލިއެވެ. އަދި އޭނާ ރާސިލް ގާތަށް ޖެހިލިއެވެ. ފޯނުގައި މެސެޖް ލިޔެލާ އޭނާ ވާހަކަ އެއް ދައްކާލަން ބޭނުން ކަމަށް ރާސިލް ގާތު ބުންޏެވެ. އެހެން ބުނުމުން ރާސިލް އައިލީޝް ގެ ލޮލަށް ބަލާލާ ފެންވަރައިގެން އައިމަ ވާޙަކަ ދައްކަން އެދުނެވެ. އައިލީޝް އެންމެ ރަގަޅޭ ބުނެލިއެވެ.
ރާސިލް ފެންވަރައިގެން ނުކުމެ ޖިންސަކާ އި ޓީޝާޓެއް ލިއެވެ. އައިލީޝް އެނދުމަތީގައި އިށީދެގެން އިނެވެ. އޭނާ އިންތިޒާރު އެކުރަނީ ރާސިލް އޭނާ އަށް ސަމާލުކަން ދޭނޭ އިރަކަށެވެ.
ރާސިލް އަށް ނަޒަރު ހުއްޓައިލައިގެން އިން އިރު އޭނާ އަށް ހިތާ ހިތާ ތައުރީފް ކުރެވެމުން ދިޔައީ ރާސިލް ގެ ފިރިހެންވަންތަ ކަމަށެވެ. އަޅިކުލައިގެ އަތް ކުރު ޓީޝާޓް ގައި ހުރި އިރު އެ ބާރުގަދަ މުލައްދަނޑު ފެނި އޭނާ އަށް ހިން ދިރުވާލެވުނެވެ.
އޭނާ ސިހުނީ ރާސިލް އޭނާ އާ ދިމާލަށް ބަލާލާ އެ ދިމާލަށް މިސްރާބުޖެހުމުންނެވެ. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ހަމަބިމަށް އައެވެ.
“ކީކޭ” ރާސިލް ގެ އަޑުގައިވަނީ ފަރުވާ ކުޑަކަމެވެ. ސިހިފައި އައިލީޝް އަށް އަށް ރާސިލް ގެ ލޮލަށް ބަލާލެވުނެވެ. އެއަޑުގައިވި ފޫހިކަން އޭނާ އަށް ފާހަގަ ކުރެވުމާއެކު ހިތަށް ގޮތެއް ވެގެން ދިޔައެވެ. ރާސިލް އެނދުމަތީގައި އޭނާގެ އެއްފަރާތުގައި އިށީނެވެ.
ހިތްވަރު ކޮއްފައި އޭނާ ފޯން ނަގާ މެސެޖެއް ލިޔެލުމާއެކު ރާސިލް އަށް ދައްކާލިއެވެ. ރާސިލް އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އޭނާ ރާސިލް ގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.
“ރާސިލް ކީއްވެ ތަ އަހަރެންނާ މެދު ތި ގޮތަށް ކަންތައް ތިކުރަނީ” އެ މެސެޖް ގައި ވި ބަސްތައް ކަށް ޖަވާބު ދޭނެ ގޮތެއް ރާސިލް އަކަށް ނޭގުނެވެ. އޭނާ އަށް އިނދެވުނީއެވެ. އައިލީޝް އޭނާގެ އަތަށް ބާރުކޮއްލިއެވެ. އެއާއެކު އޭނާ އަށް ވެސް އައިލީޝް ގެ ލޮލަށް ބަލާލެވުނެވެ. ކަޅުކަން ގަދަ ކަޅުއެއް ހިމެނޭ ބޮޑުލޮލެކެވެ.
އައިލީޝް ދެވަނަ ފަހަރު ފޯން ދައްކާކަމުން ރާސިލް ގެ އަތުގައި ހިފާ ކުޑަކޮއް ތަޅުވާލަމުން އެ ދެލޮލަށް ބަލާލިއިރު އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރު ބަޔާން ކޮއްދޭކައް ނޭގެއެވެ. ރާސިލް އަށް އައިލީޝް ގެ ކަރުނައިން ފުރެމުން ދިޔަ ދެލޮލަށް ބަލާލަން ނުކުޅެދުނީ ކަންނޭގެއެވެ. އޭނާ އަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އައިލީޝް ލޯމަރާލުމާއެކު އެ ދެލޮލުން ކަރުނަތަށް ފައިބައިގެން ދިޔުމާއެކު ދެ އަތް މުށް ކެވިގެން ދިޔައެވެ.
އޭނާ ހިތްވަރު ކުރަމުން ރާސިލް ގެ ކުރިމައްޗަށް އަރާ އަނެއްކާ ފޯން ގެ ސްކްރީން ރާސލް އަށް ދައްކާލިއެވެ. “އައިލީ…. ތި ސުވާލަށް އަހަރެންނަކަށް ޖަވާބެއް ނުދެވޭނެ” ރާސިލް ބުނެލިއެވެ. އޭރުވެސް އެއަޑުގައިވަނީ ހިންހަމަނުޖެހުމެވެ. އައިލީޝް ވެސް މިފަހަރު ކޮންމެހެން ފޯނުން މެސެޖް ލިޔާކަށް ގަސްތެއް ނުކުރިއެވެ.
އޭނާ އަތުން ކުރި އަވަސް އިޝާރާތްތަކުގެ މާނަ އެއްގޮތަކަށް ވެސް މާނަ ކުރަންވީ ގޮތެއް ރާސިލް އަކަށް ނޭގުނެވެ.
އޭނާ ގެ ރުޅިގަނޑު ގަދަވެގެން ދިޔައިރު އައިލީޝް ރޮމުން ދިޔަ ތަނާ އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ނުފެންނަ ފަދައެވެ.
“ކިތަށް ފަހަރުތަ ބުނަންވީ ނޭގެޔޭ… އަހަރެންގެ ކުރިމަތީ ހުރެގެން ތި ވައްތަރު ތައް ނުޖައްސާ އައިލީޝް” ރާސިލް ގެ އަޑުގައިވި ނުރުހުންތެރިކަމުން އައިލީޝް ހިނދުކޮޅަކަށް މަޑުޖެހުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރު އެލުވާނުލާ ލޯމަރާލުމާއެކު ފުންނޭވާ އެއްލާ އަނެއްކާވެސް ރާސިލް އާ ކުރިމަތިލިއެވެ.
(ނުނިމޭ)
76 Comments!
Comments are closed.
First dhw
Yh. Frnds. ❤?❤
Himi he mi story ves varah reethi ??
Thanks zaaraa. ❤?❤
Varah reethi
Thanks ibsha. ❤
Assalaam’alaikum. So heres the third part. Mistakes huredhaane. Varah avahah mi ini up kohlaafa. Rangalhah nibalaa. So pls point it out for me. In Sha Allah. Edit kohlaanan. ? Aamukoh himi story genes dheyn bunefa in dhuvas thakaki sunday tuesday and thursday. Ekam kurin up kurevey varah kiyeveynama hama up kohla dheynan. In Sha Allah. So lets look in to the action leesh did this time. “What happened” it says that to say this in sign language u should “hold index fingers” out in front of u. Palms up. Than roll your hands over so they are both facing downwards.
It says that this sign is used to mean the equivalent of the english phrase “and then”.
If u do this with a WH_Q (Furrowed Eye brows) it can mean “what happned?”.
This information is written after going through some veduos and articles on ASL (american sign language).
Thankyou sor ur support guys.
Jazakallah Khairan. ?
And one more thing. Maldives ga sign language use kuraairu e use kurani kon kahala language eh thoa ingey kujjeh huriyya buneladhehchey. ?
Masha allah vvvvv reethu.ekam madhu typing mistake e bahuri. Next part ga ragalhu kohlahchey dear.keep it up.waiting 4 nw part.
Have great day…???
In Sha Allah. So happy to see ur comment dear. V ufaavehjje. ❤?❤ Thankyou. ❤?❤
Vrh rythi…..ekam kuda mistake ebain raashil fenvaraigen t- shirt laifa thaureef kuri iru hury gameeheh laigen…
Ethankolhu inaane rangalhu kohlaafa thankyou rose. Faahaga kohlima. ❤?❤
Nice… But vvbaivaru sirru thah adhi ebahuri…. So ……waiting
Thankyou suney. Madu madun ingemun dhaane story kuri ah dhaa varakun In Sha Allah. Thankyou so much. ❤?❤
Baehkahala Taiping mistakes hurikan faahagavi…..and maileenge name ves faahagavi hithaa furanain vex e ee v reethi vahakaeh ??? story v reethi ?? waiting for next part
Maileen ge name rangalhu kohlaafa inaane dear. Thanks faahaga kohla dhinima. ❤?❤
vrh reethi.. kn irakun next part up kohladheynii.. vrh kiyaa hithun mihury?
Thanks lam. V ufaavehjje. Nw kiyaaleveyne. ❤?❤
HI MI Thanks ? ? v reethi ? ?
Thanks axy. V ufaavehjje. ❤?❤
Story v reethi….ekam v typin mistakes thah ebahuri..ailysh ge badhaluga mailyn ves ebain beynun kurevifa..waiting for next part. ❤
Hey chim. Nw rangakhu kohlaifin maileen ge name. Adhives boluga innani maileen and yuan. Hehe. ??????
Alheyy.. vrh reethi… ekm baeh thanthanu ga aileesh liyu,uge badhalu huri maileen liyef… rangalhu kuraane kmh… ekm vrh vrh vrh reethi.. luv yuh…♥♥♥♥♥♥
Luv u more mishy. V ufaavehjje. Faahaga kohla dhinima. Thankyou for ur support. ❤?❤
Story vv reethi but 2 thaneh ga Maileen mi name liyefa vaakan faahaga kurevey.
Thanls yumi. Nw inaane rangalhu kohlaafa. ❤?❤
Hii Hi Mi dear ???… It’s awesome???… Maasha Allah mi part vx v v v reethi ???… I love it ❤️❤️❤️… There are mistakes Hi Mi… So mistakes thakah balaalaairu 2 times I saw maileen liyevifa inthan aileesh ge badhaluga… N “ulhi ulhivx” eyge badhaluga “ulhe ulhevx” kanneynge innan jeheynee I think ?.. Dhn raasil fenvaraigen aisa jeans akaa t shirt akaa negy bt thaureef ge bai dhiyairu raasil hury ai kuru gameeheh laifa so ethankolhu… Dhn typing mistakes huri… Try to correct the mistakes… Mi part kiyaalaafa v v dheravi ???… V furihama ah feelings thah deliver kohdhyfa hunnakan faahagakohlevey ???… Sifakurunthah vx hama v reethi ???… Overall mi part vx hama v v loabi ❤️❤️❤️???… I have a lot of questions in my mind now… Heheheh ???… Keep up the good work Hi Mi ???… U are a talented, great writer ??????… Eagerly waiting for the next part ???… Lots of love Hi Mi ❤️❤️❤️???????????????
Yayyyy. Pinky ge loabo dhigu comment miothy again. Vvv ufaavehjje ingey. Thi comment ah inthixaar kurumeh nuhuttey. Hehe. Hingaa balamaa vaa gotheh dw. Lot of secrets eba huri. Leta see. V ufaavehjje. Much more loves. And thankyou. ❤?❤
❤?❤
V v rythi mibaives… Mibaigaves maileen e ulheny olhigen dhw Hi Mi dhoony… E mistake faahaga kureveuny… Ekam story v v rythi… V thafaathu rythi story ekey buneveyny mee… V v kiyaalaa hiyvey… Miss u
Hehe. Keekuraani shann. Adhives bloge mi innani maileen and yuan. Thankyou and miss u more. ❤?❤
Thankyou shann. Thidhey sipport ah aleays.
Vvvvv rythi mibaives… I love this story❤️❤️
Thanks. Shaai. Means a lot. ❤?❤
Story v rythi.. Mistakes thah ebahuri.. Fenvaraigen T-shirt li vaahaka bunefa hindhukolheh nuve alhi kulaige aiykuru gamyhakah a badhaluvy.. Nanves ebain egothah.. Ekamakuves v salhi..ehenves vaane baehfaharu.. Keep it up dude!??
Ethan badhal kohlaifin girl. V ufaaehjje. Thankyou so much dear. ❤?❤
V hadi mi vaahaka ga ibaaraiy hunna goiy. Hithaa furaanain kiyaafa mi himi ge vaahaka ekey bunaa varu vx nuvey. Hiyavy kuda kuhjeh liyefa in vaahaka eh hn. Eynaa dhagandu ga jahaali ey. Eyna athah thadhu vi ey. Eyna eyna kiyaafa. V hadi mivaahaka. V foohi. Himi ge vaahaka akah viyas hadi mi. In my opinion ige mi. Hope mi kan kan rangalhu kuraane kamah
Hey think. Varah ufaavehjje. Thikan mah visblnaigen rangakhu kureveythoa try kuraanan. Hiyaal ifalaa eki balaigenfin. Thankyou. ❤?❤
Varah mistake ebahuri upload kurumuge kurin kiyaalun rangalhu
Thanks nan. Thikamaa dhen visnaanan ingey. In Sha Allah. ❤?❤
Maaa bodah vaa nuva neyngey
Dhanish ah ves ai hiyaaleko
Eythi kuda minvarakah ves bunedhin nama
Aileesh ah ves maazeege manzareh sifa viyo
2 faharakah ais kuda thankolheh bunedheefa ineee
Dhen adhi story ehaa ehaa eh nooon
Vedhaane adhi rangalhah start nukurevigen ulhenee kamah
Hope mi vaaahaka adhi miyah vuren furihama vaane kamah
????
Yes. Niu. Adhi fashai eh nuganevey. Madu nadun haadhisaa there ah vannamun midhanim haadhisaa there ah vadhevi hama jehunima rangalhuvaanr kamah balamaa. In Sha Allah. ❤
Vrh dheravey mivaahaka kiyaafa.. Firiehge faraathun libenva loibba alhaalun nulibunyma kurevey ihusaas engeynee ekan thajuribaa kuri myhakah.. Vaahaka dhekkumuge kulhadhaana kan libi, e ihusaas than fiirimyha kairy beyru nukurevumaky adhi Mââ veyn huri kamehh..
Sorry xee. Unmeedhu kurani mi vaahakeige therein ves ethakeh nsg thakeh thiya libuvethi kiyun thrrinnah dhevigen dhaane kamah. ❤?❤ Thankyou. ❤?❤
Mi thafaathu
Thibuni?. Thankyou. ❤
varah salhi
Thanks aishath. ❤?❤
Story hama habeys
Thanks swety. Means a lot. ❤?❤
Himi dhooni varah salhi…. ???Me ahh mistake that mi notice v comment that kiunyma..?….hehe . story vv amazing. Himi. M.e mammy kairee ehyma buny male’ baho beynun kurany. Then me akahh neynge but frnd eh kairee ahaalafa himi ahh angaalaanan ingey.? ?Vv dheravey aileesh ahh vaa gothun .??.. Btw me ahh heeveny raasil ge sis aa aily get bro a connection eh oyy hen ….just. A guess …me heekury himi eyy pet name ehh kamahh bt I guess it’s not … Cause ❤M.E? IS my secret name too hehe ??? waiting for the next part….
Hehe. Himi is nu secret name too. Hehe. E mistjae rangalhu kohlima nufennaane ehnj dear. V ufaavehjje comment fenifa. Inthixaar kuraa comment eh thy. ❤?❤ Thankyou. ❤?❤
Comment koffa thibi kudhin ….M.E Akkah nufenun Maileen ehh??
E mistjae rangalhu kohlima nufennaane ehnu. Hehe.
?????keep it up dear
Thanks. Xxxx. ❤?❤
haadha hyveyey mi story ga enamaa boat kaarisa aa gulhumeh vaahen.. Dhanish ge maaxy aa gulhey.. Mihen mibuny miadhu mee 17th march kan faahaga koffa inyma
Oh. Himi ah nuvey ingey and handhaaneh ves nei miadhu aki enamaa boat bandun jahaali dhivas kamah. Girl. Dhen ethaa thaareeheh liyan ukhefa uo kohli iru up kohli dhuvahuge thaareeh 17 march liyeli. Hehe. Liyefa ethan innaanee baindhaafa dash eh gothah. Dhen up kuran date liyuni. Its nt related ingey dear. ❤?❤
varah reethi mi part ves. mute girls ge different case thah hurey dhw himi. eg korean series ga ulhe girl she can talk kuda iru,but accident eh ga she lost her voice and became mute. she can hear but cannt talk bcz something happened to her vocal code. i guess in leesh case she can hear too only cant talk bak means she has hope that one day she might be able to talk. dhanish ge maazi ingen beynun varah. i am sure rasil ge sis and dhanish had some history. may be she is dead or something happened to her. rasil then revenge nagan leesh ah hurt nukoh dhanish ah hurt kuri ma v nu. she is already suffering and i dnt understand y her dad dislikes her and feel ashamed of her. its not like wat happened was her fault. And leesh hates her mom too wonder y. maniu ves haadha bad ey zeesha dheythere kanthah kura goiy. may b dhanish can help her. varah reethi mi part ves. waiting for the nexxxt part. i have so many questions <3
Yh. Annoying reader. Himi ves research eh hadhailin. And hadhamun midhani. Thy v inthixaar kirevey comment eh. Ingey dear ehen judhinnejey eh gothah. V ifaavegjje. Thankyou for the support. ❤?❤
Info thakah hama thankyoi ingey dear. ❤?❤
chee. mi vaahaka ehtha. so boring . feshun vx ehaa huthur adhi nimun kihinehvaanebaa. thaqdheer vaahaka aa balaafa mi 0 eh??
hey anonymous. thankyou for the comment. hurihaa kudhinnah hurihaa vaahaka eh reecheh nuvaane. ekan gabool kuran. ulheyne vaahaka reethi vaakudhinnaa nuvaa kudhinnaa e vaahaka hiyaaleh ge gothuga bunumaki massala eh nun kamah himi dheken. ekam thi gothah compare kurumaki himi ehaa hin hama jehey kameh nun. thangdheer vaahaka aki varah reethi story eh. himi ves gaboo kuran. eki meehun ge hunaani eki fenvaru kan hurihaa enmenn ves gabool kuran vaane. rangalhu kuran jehey kanthah buneladhynyma liyuntheriyaa ah ves ingeyni e kanthah thah ra galhu kuran. eyi kuri erumah libeyne enme bodu hiyy varakah vaane. ekam thi comment kiyaalaafa yageen vehjje himi rangalhu kuran jehey baiaru kanthah thah hurikan. so e kanthah rangalhu kuran try kuraanan. In Sha Allah. thi comment in ves ithuru hiyy vareh libigen gosfi. Alhamdhulillah!. thankyou so much. 🙂
Hey anonymous… Hi Mi e buny v dhethu vaahaka eh… Enmenah story reethi nuvedhaane… Thibeyne story reethi vaa kudhinnaa n there maybe some readers who don’t like this Story… Eki myhun thafaathu vaane… N if someone does not like the story they should say it in a nice way… Reethi koh story kamunudhany kyhvekan buneladhyfa ekankann ragalhu kuran v goi buneladhinumaky aslu liyuntheriyaa ah libeyne v v bodu hihvareh… Ekan ufalaaeku balaivx gannaane kameh… Eki myhunge hiyaal vx thafaathu vaane so the way they bring the story will be different… N ulheynethaa mikan alah fashaigen ulhey kudhinn vx so they may not be as good as the writers who have a lot of experiences… So before saying something think abt it n if u want to say just say it in a nice way ???… Hope you would ???
Reethi
Thanks xee. ❤?❤
Wowww.???..mi varah unique story eh hen hyvani.☺☺☺..varah intresting mkamaaeku kiyaalevey eh story mi.???…varah salhi vaanehen hyvani hi mi ge mi vaahaka…u should show more telant in this story???..better than other one….mibuni hi mi ge telant nei vaahaka eh nun…kuin dhe story varah salhi…adhives hithaa furaanain story hithun nufika….❤❤❤…adhi kuriah oi thaaves nufilaane…eah vure reethi story eh mi dhuniyein ves nukiyan….that was the best…i miss that one…i want to read second season of it…second season eh hi mi grnesdheynvi ehnu mi story ah fahu…yashm bodu vesfa huhtaa..her love story….evaahakah thaureef kuran fataifiyakaamun nueh huhteyne…dherai full koh comment nukurevuni…adhi eves last part….????by the way keep it up hi mi….love u….take care…????❤❤❤❤❤❤❤❤❤❤❤❤❤❤
Himi mihaathanah liyunu enme fav story aki e story hithaa furaanain. Hama hithuga abadhuves vaane e story. Hehe. Adhives boluge innani yuan and maileen. Ehenve mi story ga ves leen ge nam liye mistake eh hedhijje. Hehe. Any way varah ufaavey thidhey support ah. Unmeedhu kiran ki atiry ah ves tharuheeb dhyne kamah. E story ah dhin kahala. Thankyou. Much. Loves. ❤?❤
Salhi??? story eh… ingen beynun vaa baivaru kanthahthah ebahuri…. curious to know everything… hehehe
Hehe. Ainee. Thankyou so much. V ufaavehjje. Yh. Kuri ah dhaa varakah ingigen dhaane. In Sha Allah. ❤?❤
Story fashaigen adhi hama vaanuvaa ga.. Hehee.. Hama kuri ah huri part thakuga olhun filaane thaa dhww.. Hama yageenun ves jeen ah kamudhey mi vaahaka.. Feshumaa eku hurihaa kameh ingeykah nujeheyne ehnu dhww… Vaahaka kiyamun dhaa varakah kihineh kan vaaniii ingey kahala vaahaka kamaku nudhey.. Mi kahala vaahaka hama best.. Mi ii varah iburaiy theri vaahaka akah vaane kamah ummeedhu kuran.. Adhi alah kanneyge vaahaka nudhekkey kujjeh ulhey vaahaka eh mi kiyaniii.. Ehnveema sign language ge bai evves gothakah neynge.. But himi ge sifa kohdhinumun ebai varah rangalhu vey eba.. Thank you himi ?
Lots of love ❤?
Hehe. Jeen. Thanyou so much for the support and info. Hingaa balamaa dw. V ufaaevhjje. Thankyou so much ingey. Much much much more loves. ❤?❤?❤?❤?❤
Masha allah v reethi siruthah varah gina siruthah kashfu vaa varakah heevanee rohvalanehen v v v reethi keep up the good work ?????
Hehe. Rovaalaane ey. Hehe. Hingaa balamaa. Thankyoy so much dear. ❤?❤
Himi miyadhu me Sunday.
Haadha inthizaarekey mikurani vaahaka upload veytho….????
Sorry shaai. Wifi nethigen. Nw kiyaalevynem thankyou for ur support. ❤?❤