“ސިހުރެއް ނެހެދިޔަސް އެމީހުން ވަކިވާނެ! އެމީހުން ވަކިކުރުމަކީ މަގޭ އަޒުމެއް. މަގޭ އަޒުމެއް ޙާޞިލުނުކޮށް މަ ފަހަތަކަށް ނުޖެހޭނަން. އެދެމީހުން ވަކި ކުރާނީ އެދެމީހުން ހީވެސް ނުކޮށް ތިބޭނެ ފަދަ ގޮތަކަށް. އެ ވެސް ގިނަވެގެން 10 ވަރަކަށް ދުވަސްތެރޭގަ. އަހަރެން ކޮންމެހެން ވެސް 10 ދުވަހުގެ ތެރޭގަ އެދެމީހުންނަކީ ވެސް ވަކި ދެ ބަޔަކަށް ހަދައި އެމީހުން ބަލިކަށި ކުރުވާނަން. ޠޮލް މިހާރުދަނީ މަޑުމަޑުން އެ ޝަރަފް ކުރި ކަންތައް ނިއުޅަމުން. މަ ބޭނުން އޭނައަށް އެ ރިސޯޓެއް ފުރިހަމަ ކުރެވުނަސް ނުކުރެވުނަސް އޭނަގެ ނަންވެސް މި ދުނިޔެއިން ފޮހެލަން!” ވިޔާމް އޭނަގެ ސޯފާގައި އިނދެ އެތިފޮދެއް ބޮމުން ބުނެލިއެވެ.
ފުރަތަމަ ދުވަހު އަފާފާއި އެފަދަ ދުރުކަމެއް އިޙްޞާޞް ކުރެވުނެއްކަމަކު ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަނެއްކާވެސް އަފާފާއި ޝަރަފްގެ ގުޅުން ވަރުގަދަ ވާންފެށިއެވެ. ފެންނުދީ ގިނަ ދުވަސްވުމުން މޯޅިވާ ގަހަކަށް އަނެއްކާވެސް ފެން ލިބިގެން ދިޔުމުން ހެދިގެންދާ ފަދައަކުންނެވެ. ޝަރަފް ގިނަ ދުވަސްވަންދެން އަފާފް ކައިރީގައި މަޑުކުރަން ނިންމީވެސް މި ނާޒުކު ޙާލަތުގައި ގުޅުން ދެމެހެއްޓުމުގެ ނިޔަތުގައެވެ. އޭނަ ދޭތެރެ ދޭތެރެއިން ޠޮލާލަށް ގުޅާފައި ރިސޯޓުގެ ޚަބަރު ބަލަމުން ދިޔައެވެ. ޠޮލާލު ހަމަ މުޅިން ވެސް ކިޔައިދެމުން ދިޔައީ ހުރިހާ ކަމެއް ރަނގަޅަށް ހިނގަމުންދާ ގޮތުގެ ވާހަކައެވެ. ޠޮލާލާއި ރިސޯޓު ޙަވާލުކުރެވުނު ވާހަކަ ނަބީހް ގާތު ބުނުމުން ނަބީހް ވެސް އޭނައާއި ވާހަކަ ދައްކަމުން ދިޔައެވެ. ޠޮލާލު ދޭތެރެދޭތެރެއިން އަލަށް ހެދޭ ތަންތަނުގެ ފޮޓޯ ވެސް ފޮނުވަމުން ދިޔަ ގޮތުން ދެމީހުންނަށް ވެސް އޭނައަށް އިތުބާރު ކުރެވޭ ގޮތްވިއެވެ. އާ ބައިވެރިއެއް ލިބުނު ކަމުގެ އިޙްޞާޞާއެކު ޝަރަފް އުފާކުރަމުން ދިޔަތާ މާ ގިނަ ދުވަހެއްނުވެ ކޮންމެވެސް އެހެން ކޮންސްޓްރަކްޝަން ކުންފުންޏަކުން އޭނަގެ ޕްރޮޖެކްޓަށް އެހީވާން ބޭނުންވާ ވާހަކަ އިވުމުން ޝަރަފަށް ހީވީ ދުނިޔޭގައިވި ހުރިހާ އުފަލެއް އޭނަގެ ފަސްބަޔަށް އެޅުނީހެންނެވެ. ދެން އެއްވެސް ކަމެއް ގޯސްކޮށް ނުވާނެހެން ހީވި ވަގުތު ހުރިހާ ކަމެއް އެ ފުށްމިފުށަށް ޖެހެން ފެށީ އޭނައަށް ނުވެސް އެނގިއެވެ. އޭނަގެ ދުޝްމިނުންގެ ދުލުން އިވުނުހެން އޭނަ ހީވެސް ނުކުރާ ފަދައަކުންނެވެ.
އެއްރެއަކު ޝަރަފް އަފާފާއެކީ ރެސްޓޯރެންޓަކަށް ދިޔައީ އަފާފާއެކީ އެކަހަލަ ކަމެއް ނުކުރެވޭތާ ވެސް އެތައް ދުވަހެއް ވެފައިވީތީވެއެވެ. ދެމީހުން އެކީގައި ގޮސް ހިނިތުންވުންތަކާއެކީ މޭޒެއްގެ ދޮށުގައި އިށީންއިރު އެމީހުންނާއި ދިމާލަށް ދުރުގައިވި ނަޒަރެއް އަމާޒުވެފައިވިކަން އެމީހުންނަކަށް ނޭނގެއެވެ. އެއީ ރެސްޓޯރެންޓްގެ ކަނެއްގައި އެކަނި އިށީނދެގެން ހުރި އަންހެން ކުއްޖެއްގެ ނަޒަރެވެ. ބާރު ކުރުތާއަކާއެކީ ބުރުގާ އަޅައިގެން ހުރި އެ އަންހެން ކުއްޖާ އެ ދެމީހުންނަށް ބަލަން އިރުކޮޅެއް ވަންދެން އިނެވެ. އެމީހުންނަށް ކާ އެއްޗެހި ލިބި ދެންވެސް އުފާވެރިކަމާއެކީ ވަގުތު ހޭދަކުރަމުން ދިޔަ މަންޒަރު ބަލަން އިނދެފައި ނަންބަރުތަކަށް ފިތާލިއެވެ. އެއާއެކު ރިންގުވާން ފެށީ ޝަރަފްގެ އަތުގެ ކައިރީގައި އޮތް ފޯނެވެ. ފޯނު ރިންގުވާން ފެށުމާއެކު ޝަރަފަށް އެއަށް ބަލާލަމުން ޗޮއްކަނޑާލެވުނެވެ.
“މި ކާކުތަ މި ގުޅަނީ؟ ދެން ފޯނު ނުގެންނާނީ މިކަހަލަ ތަންތަނަށް.” ޝަރަފް އެއްއަތުން އޭނަގެ ފޯނު ސްކްރީން ހުރި ފަރާތަށް އަނބުރަމުން ވަގުތުން ފޯނު ކަނޑާލަން ބޭނުންވިއެވެ. އެހެނަސް ނުދަންނަ ނަންބަރެއް ފެނުމުން ޝަރަފް ނަގަން ބޭނުންވިއެވެ. އެއީ އޭނަ އެއްބަސްވުމެއް އެކުލަވާލަން އުޅޭ ކުންފުނީގެ މީހަކަށް ވެސް ވެދާނެކަމަށް ހިތް ބުނީތީވެއެވެ.
“މިއީ މުހިއްމު ކޯލެއް އިނގޭ އަފޫ. މަޑުކޮއްލައްޗޭ.” ޝަރަފް އެހެން ބުނެލަމުން އެއްއަތުން އެ ކޯލް ރިސީވް ކުރިއެވެ. އެވަގުތު އޭނައަށް ސްޕީކާރ އޮން ކޮށްލެވުނީ އޮޅުމަކުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އަންހެން ކުއްޖަކު ހެލޯއޭ ކިޔާލި އަޑު އޭނައާއެކީ އަފާފަށް ވެސް އިވުނެވެ. އެ ހިނދު ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ މެއަށް ފިނިވީ ވަގުތު އޭނައަށް އަފާފާއި ދިމާލަށް ބަލާލެވުނެވެ. އަފާފް ވެސް ހުރީ ލިބުނު ސިހުމަކާއެކީ ދެބުމަ ކައިރިކޮށްގެން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެންނެވެ. ދުރުގައި ހުރި އެ އަޑުގެ ވެރިޔާއަށް އެ މަންޒަރު ފެނުމާއެކު އޭނަ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިއެވެ.
“ލޯބިވާ މިރޭ ކޮންތަނަކަށްތަ ދަނީ؟” އެ ޖުމްލައިގެ ފަހު ބަސް ފުރިހަމަ ނުވަނީސް ޝަރަފް ސްޕީކާރ އޮފް ކުރިއެވެ. އޭނަ އެ ގުޅި މީހަކާމެދު ނުރުހުންވެ ހުރެ އަފާފަށް ބަލާލިއެވެ. އެ ހިނދު އަފާފްގެ މޫނުމަތިން އަނެއްކާވެސް އެދުވަހު ފެނުނު ކުލަވަރުތައް ފާޅުވާން ފެށި މަންޒަރު ފެނިފައި ޝަރަފްގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. އޭނައަށް އެ ފޯނު ކަންފަތުގައި ޖައްސާލެވުނީ ދެންމެ އެ ވާހަކަ ދެއްކި މީހަކާއި ބަދަލު ހިފުމުގެ ނިޔަތުގައެވެ.
“މި ނޫން ނަންބަރަކަށް ގުޅާފަ ތި ވާހަކަ ދައްކާ!” ޝަރަފް ރުޅިވެރިކަމާއެކީ އެހެން ބުނެލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު އަނެއްކާވެސް އަފާފަށް ބަލާލިއެވެ. އަފާފް އުނދަގުލެއް ވެގެން އުޅޭ ފަދައަކުން އިންގޮތަށް އިނދެފައި އިސްޖަހާލި ގޮތުން ޝަރަފްގެ ހިތަށް އުނދަގޫވިއެވެ. މީގެ ދުވަސްކޮޅެއް ކުރިން މިފަދަ ކަމެއް ދިމާވި ނަމަ ތިމަންނަ ކިހާ ކާމިޔާބުހޭ ކިޔައި އޭނައަށް މުޅި މި ޙާދިސާ ސަމާސާއަކަށް ހަދާލެވުނީހެވެ. އެހެނަސް މިއަދު އޭނައާއި އަފާފްގެ ގުޅުންވަނީ އެފަދަ ސަމާސާއެއް ކުރެވޭވަރަށް ވުރެ ވެސް ހީނަރުވެފައިކަން އެނގުންވުމުން ޝަރަފްގެ ހިތަށް ތަދުވިއެވެ. އޭނައަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެއްކަމަކު އޭނަ ވާހަކަ ދެއްކީ ދެންވެސް އަފާފްގެ ހިތުގައި އޭނައަށްޓަކައި ޝައްކު އުފެދިދާނެކަމުގެ ބިރަށްޓަކައެވެ.
“އެއީ ނުބައި ނަންބަރެއް.” ޝަރަފަށް އެހެން ބުނެލެވުނީ ސީރިއަސްކަމާއި އެކީގައެވެ. އިތުރަށް ވާހަކަ ދެއްކުމުގެ ހިތްވަރެއް ނުލިބުނީ އަފާފް ގަދަކަމުން ހިނިތުންވުމެއް ދައްކާލަމުން ދުރަށް ނަޒަރު ހުއްޓަން ފެށި ގޮތުންނެވެ. އަފާފަށް އޭނަ ބުނި ބަސްތައް ޤަބޫލުކުރަން ދަތިވިކަން އެ ޙަރަކާތުން އޭނައަށް އެނގުންވިއެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އަފާފަށް އެ ބަސްތައް ޤަބޫލެއް ނުކުރެވުނެވެ. އެ އަންހެން ކުއްޖާގެ އަޑު އިވުމާއެކު އޭނަގެ ހަނދާނަށް އަނެއްކާވެސް އަންނަން ފެށީ ހަނާ ދެއްކި ވާހަކަތަކެވެ. އެ ވާހަކަތައް ހަނދާން ނައްތާލަން އެވަގުތު ވެސް މަސައްކަތް ކުރިއެއްކަމަކު އޭނައަށް އެކަން ނުކުރެވުނެވެ. ވަކިން ޚާއްޞަކޮށް އެ އަންހެން ކުއްޖާ އެންމެ ފަހަކަށް އެ ކުރި ސުވާލުން އަފާފްގެ ހިތް ދަތިވިއެވެ. ޝަރަފް އެއީ ނުބައި ނަންބަރެއް ކަމަށް ބުންޏެއްކަމަކު އެކަން ޤަބޫލުކުރަން ދަތިވީ އެންމެ ފުރަތަމަ ވެސް ޝަރަފް އެއީ މުހިއްމު ކޯލެކޭ ބުނެފައިވި ގޮތުންނެވެ. އެ ވާހަކަ ފާހަގަކުރަން އަފާފް ބޭނުންވިއެއްކަމަކު އެކަން ކުރަން އޭނައަށް ނުކެރުނެވެ. އޭގެ ނަތީޖާ ނިކުންނާނެ ގޮތަކާއިމެދު އޭނަ ބިރުގަތީތީވެއެވެ. ޝަރަފް ދީފާނެ ޖަވާބަކުން އޭނަގެ ހިތްދަތިވާނެ މިންވަރު ތަޞައްވުރު ކުރެވުމުންނެވެ.
އެ ކޯލަށްފަހު އެރޭގެ ކެއުން ކުރިއަށް ދިޔައީ ހިމޭންކަމާއި އެކީގައެވެ. ދެމީހުންވެސް އެއްޗެކޭ ބުނަން ޖެހިލުންވެފައި ތިބި އިރު މޭގައި އަޅަމުން ދިޔަ ވޭނެއްގެ ސަބަބުން ދެމީހުންނަށް ވެސް ކާން ދަތިވިއެވެ. އަފާފް ކެއުމެއްނެތި އެހެން އިންނަން ފެށުމުން ވީ ދެރައާއެކީ ޝަރަފް މޫޑު ބަދަލު ކޮށްލުމުގެ ގޮތުން ތިމަންނަގެ ޑިޝް މާ މީރޭ ކިޔައި ވާހަކަ ދެއްކިއެވެ. އެއަށްފަހު އޭނަގެ ތަށިން އެތިކޮޅެއް ނަގައި އަފާފަށް ކާންދިނެވެ. އޭނަގެ އެ ޙަރަކާތުން ވެސް އަފާފްގެ ހިނިތުންވުން ފެންނަ ގޮތެއް ނުވުމުން ޝަރަފްގެ ހިތްވަރު އެލުނެވެ. އޭނައަށް ދެން އިތުރު ވާހަކައެއް ނުދެކެވުނެވެ.
އެރޭ ކަން ހިނގި ގޮތުން ޝަރަފަށް ކިތަންމެ ދަތިވިއެއްކަމަކު ދުވަސްކޮޅަކުން އަނެއްކާވެސް އޭނައާއި އަފާފްގެ ގުޅުން ރަނގަޅުވެގެން ދާނެކަމަށް އޭނަ ހީކުރިއެވެ. އެހެނަސް މި ފަހަރު އޭނައާއި ދެކޮޅަށް ރޭވުނު ރޭވުން އެއަށްވުރެ ވެސް ވަރުގަދަކަން އޭނައަށް ރޭކާވެސް ނުލިއެވެ. އެ ރޭވުމުގެ ބޮޑުބައި ދެން ހަމައެކަނި “ފެންނަން” ފެށީ އަފާފަށެވެ.
އަފާފް ވެސް ހުރީ އަނެއްކާވެސް އޭނައަށް ޝަރަފަށް އިތުބާރު ކުރެވޭނެކަމަށް ނިންމައިގެންނެވެ. އެހެނަސް އޭނައަށް ނޭނގުނުކަމަކީ ޚުދު އޭނަގެ މަންމަ ވެސް އޭނައާއި ދެކޮޅަށް ރާވާ ރޭވުންތެރިންނާއި އަތުގުޅާލައިގެން މަސައްކަތް ފެށިކަމެވެ. ފައިހާ ޝާދިޔާއާއި ދިމާކުރީ އެއްދުވަހު ފިހާރައެއްގެ ތެރެއިންނެވެ.
“ހާއި ދައްތާ! ހާދަ ދުވަހެއް ފަހުންނޭ ދައްތަ މިފެނުނީދޯ؟” އެދުވަހު ފައިހާ އުޖާލާވި މޫނަކާއެކީ ގޮސް ޝާދިޔާގެ އަތުގައި ހިފިއެވެ. ފައިހާ ބަދަލުވެފައިވި މިންވަރުން އެއީ ކާކުކަން ނަގައިގަންނަން ޝާދިޔާއަށް އިރުކޮޅެއް ނެގިއެވެ.
“އަނހަ! ފައިހާ ދޯ؟ ބުރުގާ ނަގާލައިގެންތަ މިހާރު އުޅެނީ؟” ޝާދިޔާއަށް އަހާލެވުނެވެ.
“އާނ ދައްތާ! މިއޮތްފަދަ ހޫނު ދުވަސްވަރެއްގަ އެހެން ނުވެސް އުޅެވޭނެއެއްނު ދޯ؟ ހެހެ……އަފާފް ކިހިނެއްތަ؟” ފައިހާ ޝާދިޔާގެ އެ ސުވާލަކީ މާ ބޮޑު އެއްޗަކަށް ނަހަދައި އެހެން ސުވާލެއް ކުރިއެވެ. އަފާފްގެ ނަން އިވުމާއެކު ފައިހާ އެ ދެއްކީ ގޯސް ވާހަކައެއްކަން ވެސް ޝާދިޔާއަށް ހަނދާން ނައްތާލެވުނެވެ. ހޫނުވުމުގެ ސަބަބުން ބުރުގާ ނެގުމަށްވުރެ ވެސް އަފާފް ޝަރަފާއިއެކީ އުޅުން އޭނަގެ ނަޒަރުގައި ނުބައި ވެފައިވި ފަދައެވެ.
“ނޭނގެ މަށަކަށް! އޭނަ އެބަ އުޅޭ ކޮންމެވެސް ޒާތެއްގެ މީހަކާ އިނދެގެން ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން.” ޝާދިޔާ އެހެން ބުނެލަމުން ޝަރަފަށް އަމާޒުކޮށް ނުބައި ބަހެއް ކިޔާލިއެވެ.
“އޮހް! އަފާފް މެރީކޮށްގެން އުޅެނީ އަނެއްކާ އެ ޝަރަފް ޢައްބާސްއާތަ؟ އޯ މައި ގޯޑް ހީ އިޒް ސޯ…..ދައްތައަށް ނުވެސް އެނގޭ އެއީ ކޮންކަހަލަ މީހެއްކަން. އޭނަ އަފާފާ އިންފަހުން މަށާވެސް ރައްޓެހިވެގެން އުޅުނު. އޭނަ އުޅެނީ އަފާފާއި އިނދެގެންކަން އެނގުނީމަ އަހަރެން ވަގުތުން ބުނިން އަހަންނަށް ދެން އެގުޅުމުގަ ނުއުޅެވޭނެއޭ. އޭނަ ވަރަށް ރުޅިއައިސްގެން އަހަންނަށް ބިރުވެސް ދެއްކި. އެކަމަކު މިއަދު ނަސީބަކުން އަހަރެން މިވަނީ އޭނަގެ ވަކިތަކުން ސަލާމަތްވެފަ. އެކަމަކު މިހާރު އޭނަ އުޅެނީ ވަފާ ކިޔާ ކުއްޖަކާ ރައްޓެހިވެގެން.” ފައިހާ ނުހަނު އަސަރާއެކީ ކިޔައިދިނެވެ.
“ޔާ ރައްބީ! މަށަށް އެންމެ ކުރިން ވެސް ހީވި އެއީ އެކަހަލަ މީހެއްހެން. މަ ބުނަން ވެސް ބުނިން. އެކަމަކު އެކަކު ވެސް މަގޭ ވާހަކަ ޤަބޫލެއް ނުކުރާނެވިއްޔާ! ދެން މަގޭ ދަރި މަ ކިހިނެއް އޭނަގެ ފުށުން ސަލާމަތް ކޮށްދޭނީ؟” ޝާދިޔާ ހިސާބެއްގެ ހިތާމައަކާއެކީ އެހިއެވެ.
“އަފާފް ސަލާމަތް ކޮށްދެވޭނެ ގޮތެއް އެބައޮތް ދައްތާ.” ފައިހާ ބުންޏެވެ. ޝާދިޔާ ވަގުތުން ކޮން ގޮތެއްތޯ އަހާލިއެވެ. އެއާއެކު ފައިހާ ވަގުތުން ކިޔައިދޭން ފެށީ އަފާފްގެ ހިތުގައި ޝަރަފާއިމެދު ޝައްކުތައް އުފެއްދިދާނެ ގޮތްތަކެވެ. ފައިހާ ބުނިގޮތުގައި ޝަރަފަކީ ހުރިހާ ކަމެއް ފޮރުވަން މޮޅު މީހެކެވެ. އެހެންކަމުން އޭނަގެ ޙަޤީޤަތް އަފާފްގެ ކުރިމައްޗަށް ގެނައުމަށްޓަކައި އޭނަގެ “ޙަޤީޤަތް” އޮޅުވައިގެން ނަމަވެސް އަފާފަށް އެންގުން މުހިއްމެވެ. ޝާދިޔާ އިސާހިތަކުން ފައިހާގެ އެ ވިހަގަދަ ބަސްތަކާއި އެއްބަސްވިއެވެ.
އޭނަގެ މަންމައާއި އޭނަގެ ދުޝްމިނަކަށް ވެފައިވާ އެކުވެރިޔާ ރޭވުމެއް ރާވާކަން ރޭކާވެސް ނުލައި އަފާފް އުޅުނީ އޭނަގެ ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރެވޭތޯއެވެ. އަންހެނެއްގެ އަޑު ޝަރަފްގެ ފޯނުން އިވުނު ރެއާއި ޖެހިގެން އައި ތިން ދުވަހަށްފަހު އަފާފް ގަދަކަމުން އަނެއްކާވެސް އޭނަގެ މޫނުމަތި އުޖާލާކޮށްލީ ހަމައެކަނި ޝަރަފަށްޓަކައެވެ. އެދުވަހު ހެނދުނު އަފާފް ލޯތްބާއެކީ ޝަރަފްގެ ގައިގައި ބައްދާލަމުން އަވަހަށް އައުމަށް އެދުނެވެ. ޝަރަފް އޭނަ އެއްބަސްވުމެއް އެކުލަވާލަން އުޅޭ ކުންފުނީގެ ވެރިމީހާއާއި ބައްދަލުކުރަން އޮތް ދުވަހަކީ އެއީއެވެ. އަފާފް އެހެން ބުނި ވަގުތަކީ ޝަރަފް އެތަނަށް ދިޔުމަށް ވަގުތު ކުޑަވަމުން ދިޔަ ގަޑިއަކަށް ވިޔަސް ޝަރަފް އަވަސް އެރުވުމެއްނެތި އަފާފްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
“އައި ލަވް ޔޫ އަފޫ…..” ޝަރަފް ތުރުތުރު އަޅާ އެހެން ބުނެލީ ހިތުގެ އެންމެ ފުން މިނުން އެ ބަސްތައް އިޙްޞާޞް ކުރަމުންނެވެ. އަދި އަފާފަށް އެހެން ކަމެއް ޤަބޫލު ނުކުރެވުނަސް އޭނަގެ އެ ބަސްތައް ޤަބޫލުކުރެވޭނެ ކަމަށް އުއްމީދު ކުރަމުންނެވެ. އެހެނަސް އަފާފަށް ޝަރަފްގެ އެ ބަސްތަކުގެ ތެދުކަމާމެދު އެވަގުތު ޝައްކުކުރެވުނެވެ. ޝަރަފްގެ އަޑުގައިވި ވޭނުން އަފާފްގެ ހިތްދަތިވިއެއްކަމަކު ޝަރަފްގެ ފަރާތުން ފަހަކަށް އައިސް އޭނައަށް ފެންނަމުންދާ ކަންތައްތަކުގެ މަތިން ވެސް އޭނަގެ ހަނދާން އާވިއެވެ. ޝަރަފް ބުނެލި ބަސްތަކަށް އޭނައަށް ޖަވާބެއް ނުދެވުނީ އެހެންވެއެވެ. ޝަރަފް އިރުކޮޅެއް ވަންދެން އޭނަގެ ގައިގައި ހިފަހައްޓައިގެން ހުރީ އެ ޖަވާބުގެ އިންތިޒާރުގައި ކަމެއް އަފާފަކަށް ރޭކާނުލިއެވެ. އެންމެފަހުން ޝަރަފް އޭނަގެ ގައިން ދޫކޮށް ދުރަށް ހިނގައިގަތީ އެކަމާހެދި ދެރަވެފައިވި ހިތަކާއި އެކީގައިކަން ވެސްމެއެވެ.
އެދުވަހު ޝަރަފް ދިޔަތާ މާ ގިނައިރެއްނުވެ ޝާދިޔާ އަފާފްގެ ކަންފަތް ފުރާލުމަށްޓަކައި އެކޮޓަރިއަށް އައެވެ. ޝާދިޔާ ތަކުރާރުކޮށް ޝަރަފް ހުރި އެ ނޭދެވޭ ވީޑިޔޯގެ ވާހަކަ ދައްކަމުން ދިޔަދިޔަހެން އަނެއްކާވެސް އަފާފްގެ ހިތް ޝަރަފަށްޓަކައި ނުބައިވާން ފެށިއެވެ. ޝަރަފް އެ ހުރިހާ ކަމެއް ކުރަނީ މަންމައާއި ބައްޕަ ބުނާހެން ފައިސާއަށްޓަކައިހެން ހީވާންފެށީ މަންމަ ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެ ބަސްތައް ތަކުރާރުކުރަމުން ދިޔައީތީވެއެވެ. ފަހަކަށް އައިސް އެ ކުންފުންޏާއި ގުޅުން ބަދަހިކުރުމަށޭ ކިޔާފައި ޝަރަފް ބޭރަށްދާ ދިޔުމާއިމެދު ވެސް އަފާފް ހިތްހަމަނުޖެހެން ފެށިއެވެ. އެ ހިތްހަމަނުޖެހުން އިތުރުވާން ފެށީ ޝަރަފްގެ ގަމީސްތަކުން އޭނަ ޖަހާ ސެންޓެއް ނޫން އެހެން އަންހެން ސެންޓެއްގެ ވަސް ދުވަން ފެށުމުންނެވެ. އޭނަ އެ ގަމީހުގައި ވަސްއެހި ވަގުތު ޝާދިޔާ އެތަނަށް އައިސް އެ ގަމީހުގައި ހުރި އެހެނިހެން ނިޝާންތަކުގެ ވާހަކަ ވެސް ހަދަހަދައިގެން ކިޔައިދިނެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހައިގެން އަފާފަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މަންމަ ދިޔުމުން ވެސް އަފާފަށް އެ ޝޮކުގައި ހުރިގޮތަށް ހުރެވުނެވެ. އޭނަ އެހެން ހުއްޓާ އޭނަގެ ލޮލުން ކަރުނައެއް ފޭބިއެވެ. އެހެނަސް އޭނައަށް ރޮއިގަންނަން ނޭނގިފައި ހުރެވުނީ ދެންވެސް އޭނަގެ ހިތް އެއްނިންމުމެއް ނިންމަން ބޭނުމެއްނުވީތީވެއެވެ. މަންމަމެން ދައްކަމުން ދިޔަ ވާހަކަތަކުން ޝަރަފަށް ކިތަންމެ ވަރަކަށް ޝައްކުކުރެވުނަސް ޝަރަފަކީ ނުބައި މީހެއްކަމަށް ނިންމަން އޭނަ ނުކުޅެދުނެވެ. އެއީ މިހާ ދުވަސްވަންދެން ޝަރަފް އޭނައަށްޓަކައި ކޮށްދިންހާ ކަންތައްތަކެއްގެ ސަބަބުން ކަންނޭނގެއެވެ. އެހެނަސް މަންމަމެންގެ ފަރާތުން އިވުނު ވާހަކަތައް ޝަރަފާއި ޙިއްޞާ ކުރާކަށް ވެސް އަފާފް ބޭނުމެއްނުވިއެވެ. އެ ވާހަކަތަކުން އޭނައާއި ޝަރަފް ވަކިވުން ނޫންކަމެއް ނުވާނެކަން އޭނައަށް ޔަޤީންވީތީވެއެވެ.
ހައިޖާނެއް އުފެދިގެން ދިޔަ ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތަކެއްގެ ސަބަބުން ފަހުން އައިސް އަފާފް މުޅިން ވެސް ހުންނަނީ ހިމޭންވެފައެވެ. އޭނަ އެއްވެސް ވާހަކައެއް ދައްކަން ނުކުޅެދޭ ޙާލުގައި މީހަކު ސުވާލެއް ކުރުމުން ޖަވާބެއް ދެނީ ވެސް މަދު ފަހަރަކުއެވެ. އެ ހިމޭންކަމުގެ ފަހަތުގައިވި ސަބަބު އެނގިތިބެ ވެސް ފާޅުނުކޮށް އޭގެ އިލްޒާމު އެޅުވުނީ ޝަރަފްގެ ބޮލުގައެވެ. އެހެނަސް އަފާފްގެ އެ ޙާލާއިމެދު އެންމެ ބޮޑަށް ހިތާމަކުރި އެކަކަށްވީ ޝަރަފެވެ. އޭނައަށް އަފާފްގެ އަޑު އެއްފަހަރުވެސް ނުއިވި ދުވަސްތައް ފާއިތުވާން ފެށުމުން ޝަރަފަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އަފާފަށް އެ ތަޖުރިބާ ކުރެވެނީ އޭނަގެ ފާފަތަކުގެ އަސަރުހެން ހީވުމުންނެވެ. އަފާފް ލައްވާ ވާހަކައެއް ދެއްކުމަށްޓަކައި ޝަރަފް އެތައް މަސައްކަތެއްކުރިއެވެ. އެއްވެސް ކަމެއްނުވާ ކަމަށް ހަދައި ހީލުންތަކާއެކީ ސަމާސާކޮށް އަފާފް އެކި ތަންތަނަށް ގެންގޮސް ހެދިއެވެ. އެހެނަސް އަފާފަށް އޭނަ ދައްކާ އެއްވެސް ވާހަކައެއް ނުވެސް އިވޭ ފަދައެވެ. އެއްރެއަކު ޝަރަފްގެ ހިތާމަވެރިކަން ރުޅިވެރިކަމަށް ބަދަލުވީ ވަގުތެއްގައި އޭނައަށް އަފާފާއި ވާހަކަ ދެކެވުނެވެ.
“އަފާފް ޕްލީޒް! ވާހަކަ ދައްކަބަލަ އަހަންނާ. ވީ ކަމެއް ބުނީމައެއްނު އެނގޭނީވެސް؟ އަހަންނަކަށް ނޭނގެއޭ އަފާފްގެ ހިތުގަ އޮތް އެއްޗެއް! އަހަރެން ބުނެފީމެއްނު އަފާފް ކައިރި އެދުވަހު ގުޅީ ނުބައި ނަންބަރަކުންނޭ؟ ކީއްވެގެންތަ ޤަބޫލުނުކުރެވިގެން ތިއުޅެނީ؟ އެނ؟” ޝަރަފް އެރޭ އެހެން ބުނެލީ އަފާފާއެކީ ކޮޓަރީގައި ހުރެ އޭނަގެ ކޮނޑުގައި ހިފައި ތަޅުވަމުންނެވެ. އޭނައަށް އެންމެ ފަހުން އެގޮތްވެސް ޚިޔާރު ކުރެވުނީ ހަދާނެ ގޮތް ހުސްވުމުން ފަދައެވެ. އަފާފް ރުޅިން ވެސް އޭނައާއި ވާހަކަ ދައްކަފާނެކަމުގެ އުއްމީދުގައެވެ. އެހެނަސް އެއިން ވެސް އަފާފް އިސްވެސް އުފުލާ ނުލުމުން ޝަރަފަށް އަފާފްގެ ކޮނޑުން ދޫކޮށްލެވުނެވެ. މި ގުޅުން ދަމަހައްޓަން މަސައްކަތް ކުރަނީ ހަމައެކަނި އޭނަހެން ހީވި ވަގުތު އޭނަ ބަލި ޤަބޫލުކުރަން ބޭނުންވިއެވެ. އެހެނަސް އަފާފާއި ވަކިވުމުގެ ޚިޔާލު އޭނައަށް ބަރުދާސްތު ކުރެވޭފަދަ ޚިޔާލަކަށް ނުވިއެވެ. އެހެންކަމުން އޭނަ ދެންވެސް އެކި ގޮތްގޮތުން އަފާފާއި ވާހަކަ ދައްކަން ނިންމީ އުއްމީދު ކަނޑާލާ މީހުންގެ ތެރެއިން ނުވުމަށެވެ.
ކޮންމެއަކަސް އޭގެ އަނެއްދުވަހު ޝަރަފް ޠޮލާލާއި ނަބީހްގެ އެދުމުގެ މަތިން އަނބުރާ ރިސޯޓަށްދާން ޖެހުނެވެ. ޙާލަތުގެ ނާޒުކުކަމުން ޝަރަފް ބޭނުންވީ ވެސް އަފާފް ގޮވައިގެންދާށެވެ. އެހެނަސް އޭނަ ގޮވައިގެން ދިޔަޔަސް އަފާފް ގިނަ ވަގުތު ހޭދަކުރަން ޖެހޭނީ ގޭގައި އެކަނިކަން އެނގުންވުމުން ޝަރަފް އެ ޚިޔާލު ބަދަލުކުރިއެވެ. އަދި ފުރައިގެން ދިޔައީ އޭނައާއި އަފާފްގެ ގުޅުން އެންމެ ކުރިއަށްވުރެ ވެސް ވަރުގަދަ ކޮށްދެއްވުމަށް އެދި ދުޢާކުރަމުންނެވެ. އޭނަ އޭނަގެ މަންޒިލާއި ހަމައަށް ދިޔައީ، މިއީ މިއަދު އޭނައަށް މިވަގުތު ލިބިފައިވި ކުޑަ އުފާވެރިކަން ވެސް ނިގުޅައިގަނެ އޭނަގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާނެ ދަތުރުކަން ނޭނގިއެވެ. އޭނަ ކުރާ ދުޢާއެއްގެ ނަތީޖާއަކީ ހަމައެކަނި އޭނަ ދުޢާކުރި ގޮތަށް އިޖާބަވުމެއް ނޫންކަން ނޭނގިއެވެ. އަދި ބައެއްފަހަރު އެންމެ ބޮޑެތި އުފާތައް ލިބިގެންދާނީ ހިތްދަތި އިމްތިޙާންތަކެއްގެ ތެރެއިންކަން ނޭނގިއެވެ.
ނުނިމޭ
28 Comments!
Comments are closed.
Assalaam’alaikum. dhen oiy bai aadhihtha dhuvahu In Sha Allah. 🙂
Varah reethi
Alhamdhulillah! (All praise and thanks belong to Allah) 😀
Masha allah stry vvvvv reethi. Keep it up jana
Alhamdhulillah! Jazaakillah Khairan for the support 🙂
Maashallah story varah reethi .ilove it.thank for the advises
Alhamdhulillah! 😀 shaima ah faidhaa kuriyya jana ufaavejje ^_^
maa bodah mahsala gina kohffa huri kan faahagawey abadhu konmes Problem eh ga dhw …
aan…massalathah dhigu dhemigen dhaakan jana ahves faahaga eba kurevey. ekamaku sababakaa laigen mihen mi genesdheny. 🙂 xeyboo ge shauquverikan mulhin nugellenees In Sha Allah haalathu badhaluve adhi e sababu ves engigen dhaane 🙂
Maasha Allah..?
😀
Alhey kihineh tha mi vanee.. Hithah v asaru kohffi..In Sha Allah adhi ragalhuwaane kamah mi balanee.. Afu ge loluge fenun libeyne nama.. Eirah Afu ah ingeynehnnu kan wefa onna goi.. Story dhaagoi v reethi.. U r the beat Jana
hehe….afu ge lolun rangalhuveema kihinehbaa mi massala halluvaany? e meehun afu ah ivvaa vaahaka thakun jeheyhaa massala thakeh dho mee? 🙂 dhen balamaa vaagotheh In Sha Allah 😀
Vvv reethi mi part vex ?? Jana waiting for next part
Alhamdhulillah! 😀 Next part sunday ga In Sha Allah 🙂 <3
Abadhuves sharaf ahtha dhera goi vanvee
Sharaf aa Afaaf aa dhemeehunnahves dheragothehnu mi dhimaavany? 🙂 adhi haasnuvey sheen. dhera kanthahthahves vaany vaki varakah. adhi ey ves sababuthakattakai. ey aharumenge hayaathuge ves haqeeqathaky. hehe… 🙂 <3
Alhey kihineh tha mi vanee ???… Afoo n Sharaf ge gulhun hahthahaa heenaru vany dhw ???… So sad ???… Mi part vx Maasha Allah v v reethi ingey ❤️❤️❤️… V dheravehje mi part kiyaalaafa ???… V avahah afoo n Sharaf ge gulhun ragalhu vegen dhaane kamah ummeedhukuran ☺️☺️☺️… V interesting mi part vx ???… Next part kiyaalaahithun kehmadhuvefa mihaaru vx mihiree ???… Curiously waiting for the next part ???…
Aan Shifoo. jana ves vv dheravi mi bai liyunu iru. adhi rangalhuvaane kamah balamaa. evves haalathaky abadhuge abadhah dhemi onnaane ehcheh noon dho 😉 hehe…In Sha Allah next part sunday ga 🙂 <3 <3 <3
Assalaam’alaikum. mi bayaa gulhey fb post thah mirey fenigen dhaane vaahaka bunelan In Sha Allah. hurihaa kiyuntherin post thah kiyaalumaky jana ge varah bodu edhumeh
https://www.facebook.com/Asr-1445208739121696/
Vvvv nice ingey….
Alhamdhulillah! 🙂
FB Post (English)
We’ve all been there. In a place where we thought everything is falling apart. And though we always tend to turn to Allah during hard times for all the years that passed, this one instance felt like it was impossible to overcome. It felt like nothing more would possibly go right. Even with a desperate call to Allah. Because we feel that even Allah has left us.
I want to tell you a story about a boy who went through such a circumstance. He used to live happily with his parents and his brothers whom he loved. At some point, his brothers started having a jealousy for him. Thinking that their father was favouring him more than them while that was not the case. And out of that jealousy, one day the brothers take him out on a trip with an evil plan against him. They pushed him into a well and left him there. Then a group of merchants saw him in the well and they sold him as a slave to a minister in Egypt.
Now imagine the pain and hopelessness of this young boy. Imagine the pain he must have felt like when his own brothers, whom he used to look up to and love, started pushing him. Imagine the fear in his heart when he was falling into the well. Imagine how hopeless he must have felt when he hit the bottom of the well and thought there was no way out. And even when he was saved by a group of strangers, imagine the apprehension he would have felt from them. Especially when they sold him as a slave. And started living in a complete stranger’s house away from his father and his whole family.
At this point of the story, you might think that there is absolutely no way for the boy to find his way back to his family. You might assume that his story is just going way far from happiness and that this story is going to end with his life getting completely ruined.
But you know what? This story is none other than the story of Yusuf (AS). And as Allah narrated the story to us in the Quran, He swt makes His own comment at this point of the story. He swt says:
وَاللَّـهُ غَالِبٌ عَلَىٰ أَمْرِهِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
“…..And Allah is predominant over his affair, but most of the people do not know.” Surah Yusuf, ayah 21
As hopeless as the situation of Yusuf (AS) is, at that point of the story, Allah tells us that He has always been غَالِبٌ over his affair. غَالِبٌ means to be dominant over something. To have power over something. To have full control over something. What Allah is telling us is that He was in control over everything that Yusuf (AS) went through. Even when he was pushed by his brothers. Even when he was at the bottom of the well. Even when he was sold as a slave and had to live with complete strangers. He swt was in control over all of that. Allah was still with him all along. And He put Yusuf (AS) through all of it for a bigger plan. Later on Yusuf (AS) would help a king interpret one of his dreams that said that the country was going to have 7 tough years with less crop. Yusuf (AS) would then become the treasurer of Egypt and save the entire Egypt from famine by suggesting the king on how to use the harvest more wisely. An entire country was saved from starvation, just because of Yusuf (AS). And through that, Yusuf (AS) even reunites with his family and his brothers learn their lesson and apologize. They all move to Egypt and lived in peace thereafter. All of this, would not have happened if Yusuf (AS) was not pushed into a well. If he wasn’t picked up by some merchants and sold as a slave. If he hadn’t lived with a corrupt minister and his wife. If he wasn’t falsely accused and sent into jail. Subhaanallah!
So the next time you are going through a hard time, remember, Allah is in full control of everything you are going through. And you are going through that for a bigger purpose. Even though you may not see it right now. Never think that Allah has left you. Allah in fact, has always been with you through His knowledge. He has been watching over you from above. And He is controlling every single detail of your life, to take you closer to what is better for you In Sha Allah. So find peace in your heart knowing that you can trust the One, Who makes the best of plans.
May Allah make us of those who trust Him, even during hard times. Ameen!
FB Post (English)
I can’t resist but share this! Going through this surah is literally like watching a movie. Maybe even better! ?
https://www.youtube.com/watch?v=aJC6m7k9YEU
FB Post (Dhivehi)
ޙަޔާތުގެ ކޮންމެވެސް އެއްހިސާބެއްގައި އަހަރުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މިފަދަ ޙާލަތެއް ދިމާވެފައިވެދާނެއެވެ. ހުރިހާ ކަމެއް އެފުށްމިފުށަށް ޖެހެން އުޅޭފަދަ ޙާލަތްތަކެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ދަތިކަމެއް ދިމާވުމުން ﷲ އަށް ދުޢާ ދެންނެވިޔަސް، އެ ޙާލަތުން އަރައިނުގަނެވޭނެހެން ހީވާފަދަ ޙާލަތެކެވެ. އެއްވެސް ކަމެއް ދެން ރަނގަޅަށް ނުދާނެހެން ހީވާފަދަ ޙާލަތެކެވެ. ކަރުނަ އަޅައި ﷲ އަށް ދުޢާ ދެންނެވިޔަސް މެއެވެ. އެހެނީ ﷲ ވެސް އަހަރުމެން ދޫކޮށްލައިފިހެން އަހަރުމެންނަށް އެ ޙާލަތުގައި ހީވާތީވެއެވެ.
އެފަދަ ޙާލަތެއްގައިވި ކުޑަ ފިރިހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭން އަޅުގަނޑު ބޭނުމެވެ. އެކުއްޖާ އުޅެމުން ދިޔައީ އޭނަގެ މައިންބަފައިންނާ ބޭބެމެންނާއެކީ ވަރަށް އުފަލުގައެވެ. ވަކި ހިސާބަކުން އޭނައަށްޓަކައި އޭނަގެ ބޭބެމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް އުފެދުނެވެ. އެމީހުންނަށްވުރެ ބޮޑަށް އެމީހުންގެ ބައްޕަ އެކުއްޖާދެކެ ލޯބިވާހެން އެމީހުންނަށް ހީވީތީވެއެވެ. އެހެނަސް ޙަޤީޤަތަކީ އެއީއެއްނޫނެވެ. ކޮންމެ ގޮތެއްވިޔަސް މި ބޭބެމެން އެމީހުންގެ އެ ކޮއްކޮއާއި ދެކޮޅަށް ނުބައި ރޭވުމެއް ރާވައި އެ ކޮއްކޮ ގޮވައިގެން ދަތުރެއްގައި ދެއެވެ. އެ ދަތުރު ގޮސް އެމީހުން އެކުއްޖާ ކޮއްޕައި ވަޅަކަށް ވައްޓައި އޭނަ ދޫކޮށްފައި ދެއެވެ. އެއަށްފަހު އެހެން ދަތުރުކޮށްފައި ދިޔަ އެހެން ބަޔަކަށް އޭނަ ވަޅުގެ ތެރެއިން ފެނިގެން ނަގައިގެން ގޮސް މިޞްރުގެ ބޮޑު މީހަކަށް އަޅެއްގެ ގޮތުގައި ވިއްކާލައެވެ.
ވާހަކައިގެ މިހާ ހިސާބަށް އައިއިރު އެކުއްޖާއަށް އިޙްޞާޞް ކުރެވިފައިވާނެ ހިތްދަތިކަމާއި ނާއުއްމީދީ އިޙްޞާޞްތައް ތަޞައްވުރު ކުރާށެވެ. އެކުއްޖާ އިޙްތިރާމްކޮށް ލޯބިވި އޭނަގެ އަމިއްލަ ބޭބެމެން އޭނަ ކޮއްޕަމުން ދިޔައިރު އިޙްޞާޞް ކުރެވޭނެ ހިތްދަތިކަމެވެ. ވަޅަށް ވެއްޓެމުން ދިޔައިރު އެ ހިތަށް އިޙްޞާޞް ކުރެވޭނެ ބިރުވެރިކަމެވެ. ވަޅުގެ އެންމެ އަޑީގައި ޖެހުނު ހިނދު އެ ހިތުގައި އުފެދޭނެ ނާއުއްމީދީ އިޙްޞާޞްތަކެވެ. ދެން މި ޙާލަތުން ސަލާމަތް ވެވޭނެ ގޮތެއް ނެތްހެން ހީވެފައިވާނެ ހީވުމެވެ. އޭނަ ނުދަންނަ ބީރައްޓެހިންގެ ފަރާތުން އޭނަ ސަލާމަތްވާ ފަހުން ވެސް އެމީހުންގެ ފަރާތުން އޭނައަށް އިޙްޞާޞް ކުރެވޭނެ ނުތަނަވަސްކަމެވެ. ވަކިން ޚާއްޞަކޮށް އެމީހުން އޭނަ އަޅެއްގެ ގޮތެއްގައި ވިއްކާލުމުންނެވެ. އަދި އެއަށްފަހު އޭނަ ދުވަހަކުވެސް ދެކެފައި ނުވާ މީހެއްގެ ގެއެއްގައި އޭނަގެ ބައްޕައާއި މުޅި ޢާއިލާއާއި ދުރުގައި އުޅެން ޖެހުމުންނެވެ.
ވާހަކަ މިހާ ހިސާބަށް ދިޔުމުން ދެން މި ކުއްޖާއަށް އަނބުރާ އޭނަގެ ޢާއިލާއާއި ބައްދަލުކުރެވޭނެ ފުރުޞަތެއް ނޯންނާޏެހެން ތިބާއަށް ހީވެދާނެއެވެ. މި ވާހަކަ ނިމޭނީ އެ ފިރިހެން ކުއްޖާގެ ޙަޔާތް ބަރުބާދުވަމުން ހެން ތިބާއަށް ހީވެދާނެއެވެ.
އެހެނަސް އެނގޭ ހެއްޔެވެ؟ މި ވާހަކައަކީ ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ ނޫން އެހެން ވާހަކައެއް ނޫނެވެ. ޤުރުއާނުގައި ﷲ މި ވާހަކަ ވަޙީކުރައްވާފައިވާއިރު ވާހަކައިގެ މިހާ ހިސާބުން އެކަލާނގެ ބަސްފުޅެއް އިތުރުކުރައްވައެވެ. އެއީ:
وَاللَّـهُ غَالِبٌ عَلَىٰ أَمْرِهِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
“….اللَّه އީ، އެކަލޭގެފާނުގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.” ސޫރަތް ޔޫސުފް، 21
ވާހަކައިގެ އެހާ ހިސާބުގައި ޔޫސުފް ޢަލައިހިއްސަލާމްގެ ޙާލަތު ކިތަންމެ ހިތާމަވެރިވިޔަސް ﷲ ވަޙީ ކުރައްވާފައިވާ ގޮތުން އެކަލާނގެ އަބަދުވެސް ޔޫސުފް ޢަލައިހިއްސަލާމްގެ ކަންތައް ހިންގެވުމުގައި غَالِبٌ ވެވޮޑިގެންވިއެވެ. غَالِبٌ ގެ މާނައަކީ ކަމެއްގެ މައްޗަށް ބާރުވެރިވުމެވެ. އެހެންކަމުން ﷲ މި ވަޙީ ކުރައްވާފައިވަނީ، ޔޫސުފް ޢަލައިހިއްސަލާމްގެ އެ ހިތާމަވެރި ޙާލަތުގައި ވެސް އެކަލާނގެ ޔޫސުފް ޢަލައިހިއްސަލާމް ދޫކޮށްނުލައްވާ ކަމެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ އެ ޙާލަތް ބަދަލުކުރެއްވުމުގެ ކުޅަދާނަކަން ﷲ އަށް ލިބިގެން ވެއެވެ. އެކަލާނގެ އިރާދަކުރެއްވިނަމަ ޔޫސުފް ޢަލައިހިއްސަލާމްއަށް އެ ޙާލަތް މެދުވެރިވެސް ނުވީހެވެ. އެހެނަސް ކަން އެހެން ދިމާވީ މާ ބޮޑު މަޤްޞަދަކަށްޓަކައެވެ. ވާހަކައިގެ މެދު ހިސާބުން ޔޫސުފް ޢަލައިހިއްސަލާމް ކޮންމެވެސް ރަސްގެފާނެއްގެ ހުވަފެނެއްގެ މާނަ ވިދާޅުވެދެއްވައެވެ. އެ ހުވަފެނުން އެނގޭ ގޮތުގައި ދަނޑު ގޮވާންތައް ރަނގަޅަށް ނެހެދޭނެ 7 އަހަރު އެބަ އާދެއެވެ. ހުވަފެނުގެ މާނަ ވިދާޅުވެދެއްވުމުގެ ސަބަބުން ޔޫސުފް ޢަލައިހިއްސަލާމް ޚަޒާނާތަކުގެ ވެރިއަށްވެއެވެ. ދަނޑު ގޮވާންތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ ގޮތް އެކަލޭގެފާނު ކިޔައިދެއްވިއެވެ. އޭގެ ސަބަބުން މުޅި މިޞްރު ބަނޑުހައިހޫނުކަމުން ސަލާމަތްވެގެންދެއެވެ. އަދި މިކަމުގެ ތެރެއިން ފަހުން ޔޫސުފް ޢަލައިހިއްސަލާމް އޭނަގެ ބައްޕައާއި ބޭބެމެންނާއިވެސް އަނެއްކާ ބައްދަލުވެގެންދެއެވެ. އެ ބޭބެމެންނަށް އެމީހުންގެ ފިލާވަޅު ލިބި އެމީހުން ޔޫސުފް ޢަލައިހިއްސަލާމްގެ އަރިހުން މަޢާފަށް އެދެއެވެ. އެއަށްފަހު އެ އެންމެން މިޞްރަށް ބަދަލުވެ އަމާންކަމާއެކީ އުޅެން ފެށިއެވެ. ޔޫސުފް ޢަލައިހިއްސަލާމް ތުއްޕުޅުއިރު ވަޅެއްގެ ތެރެއަށް ކޮއްޕާނުލެވުނު ނަމަ މިހުރިހާ ކަމެއްވީސް ހެއްޔެވެ؟ އެކަލޭގެފާނު ބީރައްޓެހިންގެ އަތުން ނެގި، އަޅެއްގެ ގޮތުގައި ވިއްކާ ނުލިނަމަ އެ ރަސްގެފާނުގެ ހުވަފެނުގެ މާނަ އެނގުނީސް ހެއްޔެވެ؟ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތަކެއް އެޅުވި ޖަލަށް ފޮނުވާނުލެވުނު ނަމަ މުޅި މިޞްރު ބަނޑުހައިހޫނުކަމުން ސަލާމަތްވީސްހެއްޔެވެ؟ ސުބްޙާނަ ﷲ!
ތިބާ ދެން ދަތި އިމްތިޙާނެއްގައި ޖެހޭ ދުވަހަކުން ހަނދާން ބަހައްޓާށެވެ. ﷲ ތިބާގެ ހުރިހާ ކަމެއްގެ މައްޗަށް ބާރުވެވޮޑިގެންވެއެވެ. އަދި ތިބާ ތި ޙާލަތް ތި ކަނޑައްތު ކުރަމުން ދަނީ މަތީ މަޤްޞަދަކަށްޓަކައެވެ. ތިބާއަށް މިވަގުތު އެކަން ދޭހަ ނުކުރެވުނަސްމެއެވެ. ﷲ ތިބާ ދޫކޮށްލައިފިކަމަށް ދުވަހަކުވެސް ހީނުކުރާށެވެ. ﷲ އެކަލާނގެ ޢިލްމުފުޅުން އަބަދުވެސް ތިބާއާއެކީ ވޮޑިގެންވިއެވެ. އެކަލާނގެ އެންމެ މަތިން ތިބާގެ މައްޗަށް ބައްލަވާވޮޑިގެންވެއެވެ. ތިބާގެ ޙަޔާތުގެ ކޮންމެ ތަފްޞީލެއްގެ މައްޗަށް އެކަލާނގެ ބާރުފޯރުވަމުން ދަނީ ތިބާއަށް އެންމެ ރަނގަޅުވާނެ ގޮތާއި ހަމައަށް ތިބާ ވާޞިލުވުމަށެވެ. (އިން ޝާ ﷲ) ވީމާ، އެންމެ ފުރިހަމަ ރޭވުންތައް ރާއްވަވާ ފަރާތަށް ވަކީލުކޮށް ތިބާގެ ހިތަށް ހަމަޖެހުން ހޯދާށެވެ.
މާތް ﷲ އަޅަމެންނަކީ އެކަލާނގެއަށް ވަކީލުކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!
FB Post (Dhivehi)
ޔޫސުފް ސޫރަތުގެ ދިވެހި ތަރުޖަމާ 😀
http://tanzil.net/#trans/dv.divehi/12:1
Ma sha allah vrh reethi❤️?☺️
varah reethi mi vaahaka ves .jana varah molhu vaahaka liyen.can’t wait for the next part.