ވަށައިގެން ފެންނަންއޮތް ފެހިކަންގަދަ ވާދީއަށް ނަޒަރު ހުއްޓާލައިގެން ރަޝަމް ހުރިއިރު އެލޮލުގައިވަނީ ހައިރާންކަމެވެ. ފެންނަމުންދާ ޤުދުރަތީ މަންޒަރުގެ ފުރިހަމަކަމުން އޭނާ ހުރީ އާޝޯހުވެފައެވެ. ހަމަ އެވަގުތު ފަރީލާގެ ހަޅޭކުގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިގަތެވެ. ރަޝަމް ބިންމަތީގައި ބަނޑުޖެހުމަށްފަހު އަޑު އަންނަ ދިމާއަށް އަތްދިއްކޮށްލީ ހާސްކަމާއެކުއެވެ. ރަޝަމްގެ އަތުގައި ޖެހުނު ތުއްތު އިނގިލިތަކާއިއެކު އަނެއްކާވެސް އިވިގެންދިޔައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑާއިއެކު ފަރީލާގެ ހަޅޭކުގެ އަޑެވެ. ކުރިއަށްވުރެ އަޑު ބާރުވެފައި އަސަރުގަދައެވެ. ބުނާކަހަލައެވެ. ރަޝަމްއެވެ! އަހަންނަށް އެހީވާށެވެ! […]
“އޭނަ މަރުވިއްޔާ މާ ރަނގަޅުވާނެ.. އެކަހަލަ މީހުންނާހެދި މި ރާއްޖެ އަޅުވެތިވަނީ..” ދެއަތް މުއްކަވާލަމުން އަހަރެން ވާހަކަދެއްކީމެވެ. އެ ޝާކިންއަށްޓަކާ އަހަރެންގެ ހިތުގައި އުފެދިފައި ވަނީ ނަފްރަތެވެ. އޭނާ ސަލާމަތްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޝުބާ އަހަރެންނާ ދިމާއަށް ބަލާލިއިރު ރުޅިއައިސްގެން އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. ކުއްލި ހަރަކާތަކާއެކު އޭނާ އަހަރެންގެ މޫނުމައްޗަށް އެތި ފަހަރެއް ވީއްލާލީ ނުވިސްނާ ހުއްޓައެވެ. “އަރޫން މޮޔަވީތަ؟ ޝާކިން އެއީ ތި ބުނާ ކަހަލަ މީހެއް ނޫނޭ! އޭނާއަށް ދިމާވި […]
އެ ކުއްޖާ ފެނި އޭނާގެ ހިތަށް ގޮތެއްވެގެން ހަމަ ގައިމުވެސް ހިނގައްޖެއެވެ. ފުރަތަމަ ނަޒަރުން ލޯބިވުމޭ ކިޔަނީ މިހެންވެހެއްޔެވެ؟. އޭނަގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވެއެވެ. ***** އެ ދުވަހުގެ ހަނދާންތަކުން އޭނާ އަށް ނިކުމެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ނިދުމުގެ ބަދަލް ގައި އޭނާ ތެދުވެ ނަމާދަށް ދާން އަވަސްވެގަތެވެ. ————– އަނެއްދުވަހު ހެދުނު އޮފީހަށް ދާން ރާސިލް ތައްޔާރުވަމުން ދިޔަ އިރު އާދައިގެ މަތިން އައިލީޝް އޭނާގެ ހަރަކާތްތަކަށް ބަލަން އިންތަން ރާސިލް އަށް […]
އެއްފައްޗަކަށް އޭނާ ބުނަންބޭނުންވާ ހުރިހައި އެއްޗެއް ބުނުމަށްފަހު ލިވްޔާއަށް ވާހަކަދައްކާނޭ ފުރުސަތެއްވެސް ދިނުމެއްނެތި ހީނާ މަލްހާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި ލިވްޔާއަށް ހުރެވުނީއެވެ. ހީނާ ދިޔަދިމާއަށް ލިވްޔާ ބަލައިލިއެވެ. ފުންނޭވާއެއްލަމުން ކާކޮޓަރިއަށް ވަނުމެއްވެސްނެތި އޭނާ އޭނާގެ ކޮޓަރިއާއިނދިމާއަށް ހިނގައިގަތީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ. އޭނާގެ އުޅުމަށް ގޮތްފާޑުކިޔަން ހީނާ އެއީ ކާކު ހެއްޔެވެ؟ އޭނާގެ މައިންބަފައިން ނުކުރިކަމެއް އެހެންމީހަކުވެސް ކުރާކަށް ނުޖެހެއެވެ. ކުޑަހިނދުކޮޅެއްގެެ ތެރޭގައި އޭނާގެ ސިކުނޑިން ހީނާ ކީހުރިހައި އެއްޗެއް […]
“އަދި ހަމަ ފަށައިގަތީ ދޯ…. ރަނގަޅުވާނެ ފަހުން. މަންޖެ އަށް މަ ދޭން އޮތް ނަސޭހަތަކީ މީ އަހަރެމެންގެ ކިޔެވުމުގެ ފަހު އަހަރޭ…. އަޙްޔަދުގެ ނަން ތިހިތުގައި ރަން އަކުރުން ފަވާލާފައި ވިޔަސް ‘ކިޔެވުން’ މި ލަފްޒު އެ ނަން މަތީގައި މާބޮޑަށް ފަވާލައިގެން ހުންނައްޗޭ” ނަސޭހަތެއްދޭ ފަދަ ގޮތަކަށް ރިމީޝާގެ އަތުގައި ހިފާލަމުން ޒޯހަލް ބުނެލިއެވެ. ހަވީރުގެ ވަގުތެވެ. ފޫހިކަމެއް ނެތި އުޑުގައި އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރަމުން ދިޔަ އިރު ގެ ބާރު ކެނޑި […]
ދެއެކުވެރިން އެކީގައި ގޮސް ގެއަށް ވަންއިރު، ގޭތެރޭގައިވަނީ މަރުފަދަ ހިމޭންކަމެވެ. ފަސްއަހަރުފަހުން އާދެވުން އިރު އެއްވެސްބަދަލެއް ގެއަށް އައިސްފައިނުވާކަން ލަޔަކް އަށް އިހްސާސްވީނަމަވެސް މިއަދާއި ހަމަޔަށްވެސް ގޭތެރޭގައިވާ ސާފްތާހިރުކަން ހިތަށް ހަމަޖެހުން ގެނުވާހާވެއެވެ. ލަޔަކްގެ މަަންމަ ރަޝްފާއަކީ އަބަދުވެސް ސާފްތާހިރުކަމަށް ލޯބިކުރާމީހަކަށްވުމުން ލަޔަކްވެސް ވަނީ މިރީތިއާދައަށް ހޭނިފައެވެ. ލަޔަކްއާއި ޖައިލަމް ފިޔަވަޅުގެ އަޑުނީއްވާ މަޑުމަޑުން ގޮސް އެކުއްޖެއްގެ ކޮޓަރިއަށްވަނީ ވެފައިވާ ވަރުބައްޔާއެކު ފެންވަރާ ތާޒާވެލައިގެން ނިކުމެ ރަޝްފާއަށް ގޮވަންދިއުމަށް ނިންމާފައެވެ. ވަގުތަކީ މެންދުރުނަމާދުގެ ވަގުތުކަމުން ރަޝްފާއިންނާނީ ނަމާދަށްކަން […]
ވިދަވިދާ ހުރި ރިހި ދޯދިތައް އޮއްސުނު އިރާއެކު ކަނު އަދިރިކަން ދުނިޔެއައް ވެރިވެއްޖެއެވެ. ގޭގެ ބޮޑު ފެންޑާ ތެރެއިން ސިފަ ވަނީ އާ ދުވަހަކަށް ދުނިޔެ ދޮން ކުރަމުން އަންނަ މަންޒަރެވެ. އެކިދިމާދިމާގައި ހަރުކޮއްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަން ރިހީގެ ތަށި ތަކާއި މެޑަލް ތަކުން އެޅިފައިވާ ދަޅައިން މުޅި ތަން ވަނީ ހުޅުދާން ވެފައެވެ. އެ މަންޒަރަށް ގެއްލިފައި އަހަންނަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ގަޑީގެ ކަށި ނުވަތަށް އެބުރޭނަމަ ހާދަހާ ރަނގަޅޭ […]
“ކިތަށް ފަހަރުތަ ބުނަންވީ ނޭގެޔޭ… އަހަރެންގެ ކުރިމަތީ ހުރެގެން ތި ވައްތަރު ތައް ނުޖައްސާ އައިލީޝް” ރާސިލް ގެ އަޑުގައިވި ނުރުހުންތެރިކަމުން އައިލީޝް ހިނދުކޮޅަކަށް މަޑުޖެހުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރު އެލުވާނުލާ ލޯމަރާލުމާއެކު ފުންނޭވާ އެއްލާ އަނެއްކާވެސް ރާސިލް އާ ކުރިމަތިލިއެވެ. “އަހަރެންނަށް އެނގޭ މި ހަރަކާތް ތަކުގެ މާނަ ރާސިލް އަށް ނޭނގޭނެކަން… އެކަމަކުވެސް މިހިތަށް… މިހިތަކަށް ކެތެއް ނުވެޔޭ… ރާސިލް… އަށް އެނގޭތަ… މި ހިތަށް ކިހާ އަސަރެއްކުރާކަން… ރާސިލް އެކަންޏެއް ނޫނޭ މި […]
“ކިހިނެއްތަ މަލް؟ ކަންތައްތައް ކިހިނެއް؟ ކޮބާ ހަޒްބަންޑް؟” އެއްފައްޗަކަށް އީނާލް ސުވާލުތައް އަމުނައިލިއެެވެ. އީނާލްގެ ސުވާލުތަކާއެކު މަލްހާ ތުންފަތުގައި ދައިގަންނަމުން އިސްޖަހައިލީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. މަލްހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަގޮތުން އީނާލް ހައިރާންވިއެވެ. އޭނާއަށް އަނެއްކާ ނުބައި ސުވާލެއް ކުރެވުނީބާވައެވެ؟ ހާސްވެފައި އީނާލް މަލްހާގެ ކޮނޑުގައި އަތްބާވައިލިއެވެ. “މަލް. ހުރިހައިކަމެއްވެސް ރަނގަޅުތަ؟” އީނާލްގެ ސުވާލާއިއެކު ފެންކަޅިވެފައި މަލްހާއަށް އީނާލާއި ދިމާއަށް ބަލައިލެވުނެވެ. މަލްހާހުރިގޮތުން ހުއްޓުން އަރައިފައި އީނާލަށް އިނދެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ދުވަހަކުވެސް މަލްހާ އެފަދަ […]