Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން(އަށާރަވަނަ ބައި)

Marie Level 210 Stories100 Login100 Comments
March 16, 2018 5 Mins Read
30 Comments

ދައްތާ އަހަރެން ބަނޑު ބޮނޑު “ޝީން އަގައިން ނިކުތް ޖުމްލައިން
ނަފީސާއަށް ބުނާނެއެއްޗެއްނޭގި ހުއްޓުން އެރިއެވެ.
ދެމީހުން އެގޮތުގައި ތިއްބައި ނަފީސާގެ ފޯން ރިންގް ވާން ފެށިއެވެ.
ފޯންނަގާ ބަލާލިއިރު ގުޅަނީ ރާއްޖޭން ބޭރު ނަމްބަރަކުންނެވެ.
ފޯން ސްކްރީނައް އަރާފައިވާ ނަމްބަރުފެނުމުން ޝީންއަށް އަޔާޒްގެ ނަން ކިޔާލެވުނެވެ..
ދައްތާ!! ޕްލީޒް އަޔާޒްއަށް އަހަރެން މިގޭގަ އުޅޭކަން ސިއްރު ކޮއްދީ އަހަރެންގެ އެއްވެސް ވާހަކައެއް އަޔާއަށް ކިޔައި ނުދޭތި ” ޝީންނަފީސާގެ ދެއަތުގައި ހިފާލަމުން އާދޭސް ކުރާގޮތައް ރުމުން ބުނެލިއެވެ.
ނަފީސާ ބޯޖަހާލަމުން ފޯންނަގާ ކަންފަތުގައި ޖަހާލިއެވެ.
އަޔާޒްގެ އަޑު ގިނަދުވަސްތަކެއްފަހުން އިވުމުން ނަފީސާ ޝަކުވާ ކުރަންފެށިއެވެ.
މަސްދުވަސް ވެގެންދިޔައިރު އަޔާޒްއަށް އަދި އެގުޅާލެވުނީއެވެ.
އަޔާޒްއަށް އަންނަން ފެށި ކުއްލިބަދަލް ތައް ނަފީސާ އަށް ދިޔައީ ފެންނަމުންނެވެ.
ޝީންގެ ކައިވެނީގެ ހަބަރު ލިބުންދުވަހު އަޔާޒްގެ ދެލޮލުން ފެނުން ހިތްދަތިކަން ނަގައި ގަނެވުނު މީހަކީ ހަމައެކަނި ނަފީސާއެވެ.
މަންމާ ބިޒީ ކަމުން ގުޅައި ނުލެވުނީ “ނަފީސާގެ ވާހަކަ އަޑުއަހަން ހުރެފައި އަޔާޒް ބުނެލިއެވެ.
އަޔާޒް ޝީންގެ ވާހަކަ ކިތަންމެ އަހަން ބޭނުންވިޔަސް އެހިތްވަރެއް އަޔާޒް އަކައް ނުލިބުނެވެ.
އެންމެންގެ ހާލްބަލާލުމައްފަހު މަންމައާއި ވާހަކަ ދައްކާލުމައްފަހު އަޔާޒް ފޯން ބޭއްވީ ޝީންގެ އެއްވެސް ވާހަކައެއް އަހާނުލާއެވެ.
“ކީއްވެ އަޔާޒް އަށް ސިއްރުކުރަނީ”ނަފީސާ ފޯން ބާއްވުމައްފަހު ޝީން ގެ ގާތައް ޖެހިލާފައި ބުނެލިއެވެ’
އަހަރެން ބޭނުމެއްނޫން މީގެން އެއްވެސް ކަމެއް އެގޭކައް “ދައްތަ އަހަރެންނައް މިކަން ކޮއްދީ” ޝީން އާދޭސް ކުރަންފެށުމުން ނަފިސާ އެކަމާ އެއްބަސްވީ ހިތާ ދެކޮޅަށެވެ.
ގިނައިރު ރުއިމުގެ ސަބަބުން ޝީންގެ ހަށިގަނޑުގައި އެއްވެސް ކަމެއް ނެތެވެ.
ނަފީސާގާތު ބުނުމައްފަހު ޝީން ކޮޓަރިއާއި ދިމާލައް މިސްރާބް ޖެހިއެވެ’
ކޮޓަރިއަށް ވަދެ ދޮރުބުޑުގައި އިޝީންދެވުންނެވެ.
ހިތަށާއި ސިކުނޑިއަށް ކޮއްފައިވާ ފުން އަސަރުން ޝީންގެ ސިކުނޑި ހީވަނީފަޅައިގެން ގޮސްދާނެހެންނެވެ.
ދަބަސް ތެރޭ އޮތް ރިޕޯޓް ޝީން ބަލައިލީ އެއީކުންހީއަކައްވޭތޯއެވެ.
ނަމަވެސް އެކަންދެންބަދަލެއްނުވާނެއެވެ.
އަތުގައި އޮތްރިޕޯޓް އިރާލަމުންޝީން ބޮލުގައިހިފާ ބާރުކޮއްލެވުނީ މާގަދަޔައް ރޮވެން ފެށުނީމައެވެ
މަޑުމަޑުން ޝީންއަށް ބަނޑުގައި އަތްހާކާލެވުނެވެ.
އަހަރެންގެ ބަނޑުގައި މިވަނީ އަޔާޒްގެ ލެޔެވެ. އަލޫކް އަހަރެންގެ ދިރިއުޅުން ހަލާކް ކޮއްލައިފިއެވެ.
އަޔާޒް އަށް މިކަން އެގިއްޖާ އޭނަ އަހަރެންނައް ނަފްރަތް ކުރާނެ” އަހަރެން ކިހިނެއްތަ ދެން ހަދާނީ’އަހަރެން ކިތަންމެ ސިއްރު ކުރަން ބޭނުމަސް މުޅީ އުމުރައް މިކަން ސިއްރެއް ނުވާނެ
މިކަން ފަޅާއަރާދުވަހު އަހަރެން އެންމެންނައް ދޭނީ ކޮންޖަވާބެއްހެއްޔެވެ.
އެބޯޓް ކޮއްލުމަކީ ފާފައަކައް ނުވާނަމަ އަހަރެން އެކަންވެސް ކުރީމުސް “އެކަމަކު އެއްފާފަ ކޮއްފަ ދެވަނަ ފާފައެއްކުރާކައް އަހަރެން ބޭނުމެއްނޫން”
ޝީން އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ
ހިތައް ކޮއްފައިވާ އަސަރު ދުލުން ބަޔާން ކުރެވޭނެ ހާހިތްވަރެއް މިހާރު ޝީންގެ ގަޔަކު ނެތެވެ.
ބެޑްގައި ޖެހުމާއެކު ބާލީސްތެރެއަށް މޫނުލައިގެން އޮވެ ޝީން ރުޔެވެ.
ކަރުނަޔަކީ ހުސްވާނެ އެއްޗެއްނަމަ މިހާރު ޝީންގެ ދެލޮލުން ކަރުނަ ހުސްވެއްޖައީހެވެ.
ކާއެއްޗެއް ކެއުމެއްނެތި އެރޭ ހަތަރުދަން ޝީން ހޭދަކުރީއެކަހަލަ ގޮތަކަށެވެ.
ރޮއިރޮއި ގޮސް ޝީންގެ ގައިން ހަކަތަ ހުސްވީކަންނޭގެއެވެ.
އެސްފިޔަތަކައް ބަރުވަމުން ގޮސް ޝީން އަށް ނިދުނީ ކިހާއިރަކުކަމެއްވެސް ނޭގުނެވެ.
ހޭލޭވުނީ މެންދުރުން އަބުރާދިޔަފަހުންނެވެ
.އޭރު ނަފީސާ ދޮރުގައިތަޅަމުން ޝީންއަށް ގޮވައެވެ.
މިދަނީކަމައްބުނެ ޝީންއަނެއްކާވެސް އަނެއްފަރާތައް މޫނުއަބުރާލިއެވެ
ހަށިގަނޑު ލޮޑުވެފަ ހުރިވަރުން އަނެއްކާވެސް ޝީންއަށް ނިދުނެވެ.
“މަންމަގެ ދަރިފުޅާ ތިވަރައް ހިތާމަ ކުރީމަ މަންމަ ކިހާ ދެރަވާނެ ” ދިރިއުޅުމަކީ ތިކަހަލައެއްޗެއް ކޮންމެކަމަކާވެސް ހިތްވަރާއެކު ކުރިމަތިލާން އަބަދުވެސް މަންމަ ދަރިފުޅައް ދަސްކޮއްދިނީން”
ދެން ދަރިފުޅު އެއްވެސް ކަމަކާ ހިތާމަ ނުކުރާތި”
ނިދިފައި އޮތް ޝީންއަށްފުންމައިގެން ތެތުވެ ވަށައިގެން ހޯދާލެވުނެވެ.ކަންފަތުގައި ގުގުމަމުން ދިޔައީ މަންމަ ދިން ނަސޭހަތެވެ.
ތެދެކެވެ މަންމަ މިދުނިޔޭގައި ނެތަސް އެމަޔަކައް އެދަރިޔަކު ކުރާ ހިތާމައެގޭނެއެވެ.
އެހުވަފެނައްފަހު މަންމަ ދިން ނަސޭހަތާއެއްގޮތައް ޝީން ކުރިއަށްދާން ހިތުގައި އަޒުމް ކަނޑައެޅިއެވެ.
ތެދުވެ ފާހާނާއަށް ވަދެ ފެންވަރލައިގެން މީހާތާޒާ ވެލިއެވެ.ބަދިގެ ފަރާތައް ނިކުން އިރު ނަފީސާ ބަދިގޭގައި އުޅެއެވެ.
ޝީން ފެނުމާއެކު ނަފީސާ ޝީންގާތައް އައިސް އެއްޗެއްބުނަން އަނގަހުޅުވާލިއެވެ.
“ދައްތާ އަހަރެން ބޭނުމެއްނޫން ދެން އެކަމާ ވިސްނާކައް އަހަރެން މިކަމާ ކުރިމަތިލާނަން “އަހަރެން އަބަދު ރުއީމަ މަންމަ ދެރަވާނެ” ޝީން ކެއްތެރިވެލަމުން ބުނެލިއެވެ.
ދައްތަ ހާދައުފާވެއްޖޭ ޝީންއަށް ތިގޮތައް ވިސްނުނީމަ” ދެން އެއްޗެއް ކާލަން ހިނގާ”
ނަފީސާ ޝީންގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.
އެއްދުވަސް އެއްކޮއް އޮފީހައް ނުނިކުމެ ހުރުމައްފަހު ޖެހިގެން އައި ދުވަހު ޝީން އޮފީހައް ނިކުތެވެ.
ކެބިން ތެރެއަށް ވަދެގެން އައި ޝީން ފެނުމުން އާޔަން އަށް ހިނިތުން ވެލެވުނެވެ.
ޝީންގެ މޫނުމަތިން އިއްޔެގެ ހާދިސާގެ އެއްވެސް އަސަރެއް ފެންނާކައް ނެތެވެ.
އަހަރެންހާދަ ގުޅީމޭ “ފޯނެއްވެސް ނުނަގަމެއްނު”އާޔަން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮއްލަމުން ބުނެލިއެވެ
އަހަރެން ހީކުރީ ޗުއްޓިއެއްނަގާނެކަމައް”އާޔަން އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.
އަހަރެން އެހުރިހާ ކަމަކާ ކުރިމަތިލާން ބޭނުން ވަނީ “ފިނޑިވާކައް ބޭނުމެއްނޫން” ޝީން ވަރައް ހަމަޖެހިލާފައި އެހެން ބުނެލުމުން އާޔަން އަށް ގަބޫލް ކުރަން ދަތިވެފަ ބަލާލިއެވެ.
އަހަރެން ޗުއްޓީބޭނުމެއްނޫން” ޝީން އާޔަންގެ ލޮލައްބަލަހައްޓައިގެން އިދެ ބުނެލި.އެވެ
އާޔަން އިނީ ޝީން ދައްކާވާހަކަ ގަބޫލް ކުރަން ދަތިވެފައެވެ.ނަމަވެސް ޝީން އެހެން ބުނުމުން އާޔަން ވަރައް ހިތްހަމަ ޖެހުނެވެ.
އާޔަންއަށް ވެގެން ވާނަމަ ޝީންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓުނަ ނުދޭނެއެވެ.
އަހަރެން ވަރައް ވަރައް އުފާވެއްޖެ ޝީން ތިގޮތައްވިސްނީމަ” އަހަރެން އަބަދުވެސް ހުންނާނީ ޝީން އާއި އެންމެ ގާތު” ކަމެއް ބޭނުންވިޔަސް އަހަރެން ގާތު ބުނާތި”އާޔަން އެހެން ބުނެލުމުން ޝީން ހިނިތުންވެލަމުން ބޯޖަހާލިއެވެ.
އާޔަން ކަހަލަ ރައްޓެއްސެއްލިބުމަކީ މިއަދު ޝީން އެންމެ އުފާވާ އެއްކަމައެވެ.ކޮންމެ ކަމެއްގައިވެސް އާޔަން ހުންނަނީ އަބަދުވެސް އޭނަ އާއި އެންމެ ކާރީގައެވެ.
އޮފީސް ނިންމާލުފައްފަހު ޝީންގެއަށް ދިޔައެއެވެ.
އެއްޗިސްބަދަލް ކޮއްލައިގެން އަވަހައް ކޮޓަރިން ނިކުތީ އެކަނި އޮވެ ކަންކަމާ ވިސްނާ ފިކުރު ކުރެވޭނެތީއެވެ.
ޓީވީ ހުޅުވާލުމައްފަހު ސިޓިންގްރޫމް ސޯފާގައި ޝީން އޮށޯވެލިއެވެ.ޓީވީއަށް ނަޒަރު ހުއްޓައިލައިގެން އޮތް ޝީން ފެނުމުން ނަފީސާ ހިނިތުންވެލިއެވެ.އިރުކޮޅަކުން ނަފީސާއައީ ތަބަކަކައް ޖޫސްތައްޓެއް ލައިގެންނެވެ.
މިހާރުރަގަޅައް ކާންވާނެ އޭރައް ބޭބީ ވެސް ރަގަޅޫވާނީ “ނަފީސާއައިސް ކާއިރީ ހުއްޓީ ޖޫސްތަށި ދިއްކޮއްލަމުން ބުނެލިއެވެ.
ބަލައިގެން ތެދުވައްޗޭ” ޝީން މާ އަވަހައް ތެދުވަން އުޅެން ފެށުމުން ނަފީސާބުނެލިއެވެ.ޝީން ހިނިތުން ވެލަމުން ޖޫސްތަށީގައި ހިފިއެވެ.
މިއަދު ހޮޑުލެވުންތަ ؟ނަފީސާ ޝީންކައިރީ އިށީންދެ ވާހަކަ ދައްކަން ފެށިއެވެ.މިއަދުވެސް ވަރައް ލެވުން އަބަދު ހުންނަނީ މޭނުބައި ކޮއްފަ”ޝީން ނަފީސާ ވާހަކާގައި ބައިވެރިވެލަމުން ބުނެލިއެވެ،
އެހެންތަ ” ދައްތަ ޔޫންއަށް ބަނޑު ބޮޑުއިރު ނުވޭ ތިކަހަލަ އެއްވެސް ގޮތެއް އެކަމަކު އަޔާޒްލިބުން ފަހަރު ދައްތަވެސް އުޅުނީ ހަމަ ތިކަހަލަ ހާލެއްގަ ވިހަން ވަންދެންވެސް” ނަފީސާ އެހެން ބުނެ ހީލިއެވެ.
ނަފީސާ އެހެން ބުނުން ޝީން ސިއްސައިގެން ދިޔައެވެ.
ނަމަވެސް ޝީން ހަމަޖެހޭ ގޮތް ދައްކަމުން ނަފީސާގެ ވާހަކާގައި ބައިވެރިވަމުންދިޔައެވެ.
އެތައްއިރަކު އެގޮތައް ތިބުމައްފަހު މަޣްރިބް ނަމާދު ބަންގި ގޮވުން ނަފީސާ ތެދުވެގެން ދިއުމުން ޝީންވެސް ނަމާދު ކޮއްލަން ކޮޓަރިއަށް ވަނެވެ.
********************
ދުވަސްތައް ދިގުނަމަވެސް މާޒީއާއއި އެކުވަމުން ދެއެވެ.ޝީންގެ އެދުމައް ޝީންގެ އެއްވެސް ވާހަކައެއް ނަފީސާ އަޔާޒްއަކައް ނާގައެވެ.އަޔާޒްވެސް ގުޅާއެއްފަހަރުވެސް ޝީންގެ ހާލް އޮޅުން ނުފިލުވައެވެ.
ނަމަވެސް އަޔާޒްގެ ހިތުގައިވި ޝީންގެ ލޯއްބައް ކުޑަވެސް ބަދަލެއްނާދެއެވެ.އޭނަގެ ސަބަބުން ޝީންގެ އުފާވެރި ދިރިއުޅުމައް ހިޔަންޏެއް އެޅޭކައް އަޔާޒް ބޭނުމެއްނުވެއެވެ
ނުވަމަހުގެ ބަނޑާއެކު ޝީން އޮފީހުން ނިކުތެވެ.ފަހަތުން އާޔަންވެސް ނިކުމެ ކާރައްއެރިއެވެ.
މިވީ ދުވަސްތަކުގައި ޝީންއަށް އެންމްގާތުން އަޅާލަމުންދިޔައީ އާޔަންއެވެ.ޝީންގެ ބަނޑުގައި އުފެދެމުން ދިޔައީ އެހެންމީހެއްގެ ދަރިޔެއް ނަމވެސް އާޔަން ހުރިހާކަމެއް ކޮއްދެމުން ދިޔައީ އުފަންދަރިޔަކު ދުނިޔެއަށް އަންނަން އުޅޭތީ އުޅޭގޮތަށެވެ.ޝީން އޮފީހައް ނައިއްސިނަމަ ގެއަށް ގޮސްގެންވެސް ހާލުބަލައެވެ.
އަބަދު ވެސް މޭވާއާއި އެއްޗެހި ހުސްނުކޮއް އާޔަން ފޮނުވައެވެ.
އެގޮތައްއެގެއަށް ގޮސް ގޮސް މިހާރު ނަފީސާއަށްވެސް އާޔަންގެ ރަގަޅުކަން އެނގެއެވެ.އާޔަންގެ ރަގަޅުކަން ޝީންގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ.
މިރޭ ޝޮޕިންގް އަށް ދާންވީމަ ގުޅާ އޭރައް އަހަރެން ދާނަން ޝީން ބަލާ” ކާރުޝީންމެންގޭ ދޮރާ ހިސާބައް އެރުމުން އާޔަން ބުނެލިއެވެ.
ޝީން ހިނިތުންވެލުމެއް ހަދިޔާ ކޮއްލުމައްފަހު އެތެރެއަށް ވަދެގެން ދިޔައިރުވެސް އާޔަން ޝީންއަށް ބަލަން އިނެވެ.
ބަނޑުބޮޑުވެ ދުވަސް ފުރުން އިރުވެސް ޝީންގެ ހަށިގަނޑަށް މާ ބޮޑު ބަދަލް
ތަކެއްނާދެއެވެ. ފުރަގަހުން ފެންނަ މީހަކައް ޝީން ބަނޑު ބޮޑުކަން ނުވެސް އެގޭނެއެވެ.
އެހާވެސް އެހަށިގަނޑު ހިކިވެފައި ނިކަމެއްޗެވެ.
ހަމައެކަނި ކުޑަ ބަނޑެއްލާފައި އިންނަ ކަމެވެ. ޑޮކްޓަރައް ދައްކަންދާ ކޮންމެ ފަހަރަކުވެސް ބަރުދަން އިތުރުނުވާތީ ޑޮކްޓާރ ޝީން އަށް ރަގަޅަށް ކެއުމައް ނަސޭހަތްތެރިވެއެވެ.
ރޭގަނޑު އަށެއް ޖެހުމުން ޝީން އާޔަންއާއި އެކު މަޖީދީމަގު ފިހާރަތަކައް ވަންނަމުން ދިޔައެވެ.
“ޝީން ބޭނުންވާވަރައް ޝޮޕިންގް ކުރެވުމުން އާޔަން ކޮތަޅުތައްގެންގޮސް ކާރު ފަހަތު ސީޓައްލުމައްފަހު ޝީންގެ އަތުގައިހިފައިގެން ކުރީސީޓައްއެރުވިއެވެ
ގެއަށް އާދެވުމާއެކު އާޔަން ކަމެއް ބޭނުންވެއްޖެނަމަ ގުޅުމައް ބުނެ ކާރު ދުއްވާލިއެވެ.
ޝީން ގެއަށް އައިރު ނަފީސާ ޝީން އަންނާނެ އިރެއްގެ އިންތިޒާރުގައި އިނެވެ.”ދައްތަ މިއިންނަނީ ޝީންއައިމަ ނިދަން އޮށޯންނަންވެގެން “ދެންދޭ އަވަހައް އޮށޯވެލަން “ނަފީސާ އެހެންބުނެ ކޮޓަރިއާއި ދިމާލައް ހިނގައިގަތެވެ.
ނަފީސާ އެހެން ބުނުމުން ޝީންވެސް ކޮޓަރިއަށް ވަދެ ހަމަ ޖެހިލިއެވެ. އެއްޗިސް ބަދަލް ކޮއްލުމައްފަހު ޝީންއައިސް އެދުގައި އިށީންދެ މިރޭ ގަންއެއްޗިސްބަލާލިއެވެ. ހުރިހާއެއްޗެއްވެސް ޝީންގަތީ އަންހެންކުއްޖެއް ލިބުނަސް ފިރިހެންކުއްޖެއް ލިބުނަސް ބޭނުން ކުރެވޭ ގޮތަށެވެ.
އިރުކޮޅަކު އެހެން އިދެލުމައްފަހު ޝީން އޮށޯތެވެ. ދުވަސްކައިރިވާވަރަކައް ޝީން ނުވިސްނަން ހުއްޓަސް އެކަމާވިސްނެނީއެވެ.ވިހާއިރައް ދަރިފުޅުގެ ބައްޕައަކީ ކާކުތޯ ބަލާނެއެވެ.
އަހަރެން ދޭނީ ކޮންޖަވާބެއް ހެއްޔެވެ.އެދަރިފުޅަކީ އަލޫކްގެ ދަރިއެކޭ ބުނެ މުޅިދުނިޔެއަށް އެކަން ސިއްރުކުރަން ވީ ހެއްޔޭވެ.
ނޫނެކެވެ.އަހަރެންނަކީ އަލޫކް ކަހަލަ ނުބައި ކެހިވެރިއެއް ނޫނެވެ.އަހަރެންގެ މިދަރިފުޅަކީ އަޔާޒްގެލެއެވެ. އަހަރެން މިކަމައްލިބެންޖެހޭ އަދަބުލިބި ތައުބާ ވާނީއެވެ.އަލޫކް ގެ ނަމުގައި އެދަރިފުޅު ބައިންދަން ބޭނުންނުވާތީ ބަނޑުބޮޑުކަން އެގުނުތާ ދުވަސްކޮޅެއްފަހުން ޝީން އާޔަންގެ އެހީއާއި އެކު ކޯޓައްގޮސްގެން ވަރިވިއެވެ.
އެކިވިސްނުންތަކުގައި އޮތް ޝީންއަށް ބަނޑުގައ އަތްހާކާލެވުނެވެ. .
ނިދިފައިއޮތް ޝީންއަށް ހޭލެވުނީ ކުއްލިއަކައް އެރިތަދު ގަނޑަކުންނެވެ.
އޭރު ހެދުނު ހަތެއްޖަހަނީއެވެ. ފަހަރަކަށް ވުރެ ފަހަރެއް ވޭން ގަދަވާން ފެށުމުން ޝީން ބިރުގަންނައް ފެށިއެވެ.
ހިތްވަރު ކުރަމުން ޝީން ކޮޓަރިން ނިކުމެ ސިޑިކައިރީ ހުއްޓިލަމުން ބަދިގޭގައުޅޭ ނަފީސާއަށް ގޮވާލިއެވެ

ދެފަހަރު ގޮވާލަންވާއިރައް ބަދިގޭތެރޭ ހުރި ނަފީސާ ދުވެފަކަހަލަ ގޮތަކައް އައެވެ.
ޝީން ގޮވާލި ގޮތުންވެސް ނަފީސާއަށް ޝީން އަށް ކަމެއްވެއްޖެކަން އެގުނެވެ
ޝީންގެ މޫނުމަތިން ހިތްލަމުންދިޔަ ދާތަކުންވެސް ޝީންގެ ހަށިގަނޑުގައި އަޅާވޭން ނަފީސާއަށް ނަގައިގަނެވުނެވެ.
ނަފީސާ ޝީން ތިރިއަށްގެންގޮސް ސޯފާގައި ބޭންދުމައްފަހު ވަރައް އަވަހައް ތައްޔާރުވެލައިގެން ޔޫން ގޮވައިގެން ނިކުތެވެ.
އޭރު ޔާސިރުވެސް ވަރައް އަވަސް އަރުވާލާފައި ކާރު ނެރެންދިޔައެވެ.
ކާރަށް އެރިއިރު ޝީން ހަށިގަނޑުގައި އަޅަމުން ދިޔަވޭނުން ޝީން އަށް ތަކުރާރުކޮއް މަންމައަށް ގޮވުނެވެ.
ލޭބަރ ރޫމަށް ޝީން ވެއްދުމާއެކު ނަފީސާ އާއި ޔާސިރު ދޮރުމަތީ މަޑުކޮއްލައިގެން ތިއްބެވެ.
ޝީންވެއްދިތާ މާގިނައިރުތަކެއްނުވަނީސް ޝީން އަށް ލޯބި ލޯބި ފިރިހެން ކުއްޖެއްލިބުނެވެ.
ޝީން އަށް އެދަރިފުޅުފެނުމުން ލޮލުން ކަރުނައައެވެ. ނަރުސްކުއްޖާ ނަފީސާ އަތައް އެދަރިފުޅު ލާދިނެވެ،ނަފީސާގެލޮލުންވެސް ކަރުނަ އައެވެ.ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ.
ނަފީސާ އެދަރިފުޅު މޫނާއި މޫނުކައިރިކޮއްލިވަގުތު ފެނުނު މަންޒަރުން ނަފީސާގެ ބަސް ހުއްޓޫނެވެ.
ހައިރާންވެފައި އެކުއްޖާގެ މޭމައްޗައް ނަފީސާއަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ.

 

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ނޫރު (ފަންސާސްވަނަ ބައި)

Next

ވަންހަނާ (ވިހިވަނަބައި)

Next
March 16, 2018

ވަންހަނާ (ވިހިވަނަބައި)

Previews
March 15, 2018

ނޫރު (ފަންސާސްވަނަ ބައި)

30 Comments!

  1. Zoya says:
    March 16, 2018 at 3:20 pm

    Hama bala bala hutaa thi up kohlee?

    1. Marie says:
      March 16, 2018 at 7:59 pm

      ?Thank you

  2. Pinky says:
    March 16, 2018 at 3:25 pm

    V v v nice

    1. Marie says:
      March 17, 2018 at 12:37 pm

      ?Thank you pinky

  3. Zoya says:
    March 16, 2018 at 3:27 pm

    Mi partvx varh reethi

    1. Marie says:
      March 16, 2018 at 7:59 pm

      ?Thank you

  4. Ryn says:
    March 16, 2018 at 3:39 pm

    Anehbayah wait mikuranii…mi partvx v reethi

    1. Marie says:
      March 16, 2018 at 8:00 pm

      ?Thank you
      ?maadhan inshaallah up kolladheynan

  5. Ibsha says:
    March 16, 2018 at 3:43 pm

    Varah reethi

    1. Marie says:
      March 16, 2018 at 8:01 pm

      ?? thank you ibsha

  6. Sss says:
    March 16, 2018 at 3:47 pm

    Ayaageves innah thanuga dho mikujjaves ufanlah iny

    1. Marie says:
      March 16, 2018 at 8:02 pm

      ?

  7. Aki says:
    March 16, 2018 at 4:00 pm

    adhi miadhu one part up kohla dheebaa pls pls

    1. Marie says:
      March 16, 2018 at 8:03 pm

      ? tmorrw thankolheh vahah up kolladheynan insha allah

  8. Ibsha says:
    March 16, 2018 at 4:07 pm

    Vaahaka thankolheh dhigukoh up kohbala….❤❤❤vareh reethi❤❤haadha inthizaaeh kohfeemey.?????????????????????????vvvvvvvvvvvvvvvvvvreethi.vvvvvvvvvvvvvfurihama❤❤?❤?Sheen ah mihadhiyaa ??????

    1. Marie says:
      March 16, 2018 at 8:12 pm

      Thank you ibsha …
      Vrh bodah sorry iyye up nuvyma ❤????

  9. ruhy says:
    March 16, 2018 at 4:43 pm

    vvvvvvvv salhi

    1. Marie says:
      March 17, 2018 at 12:37 pm

      ?Thank you ruhy

  10. Shifaana Shifaana says:
    March 16, 2018 at 5:28 pm

    Haadha kurey

    1. Marie says:
      March 16, 2018 at 8:13 pm

      ?Try kuran dhigukolleveythw

  11. Noorie says:
    March 16, 2018 at 5:33 pm

    V rythi. Next part kiyaa hithun keh madhu vefa

    1. Marie says:
      March 16, 2018 at 8:14 pm

      ? maadhan next part thankolheh avahah leveythw balaanan
      ?Thank you

  12. Loo says:
    March 16, 2018 at 5:56 pm

    Now emme waiting ga inna vaahaka.

    1. Marie says:
      March 16, 2018 at 8:15 pm

      ?Thank you

  13. Unique says:
    March 16, 2018 at 7:37 pm

    Varah loabi

    1. Marie says:
      March 16, 2018 at 8:16 pm

      ?Thank you

  14. Aki says:
    March 16, 2018 at 8:24 pm

    iyyege part kiyaalan nulibey ehenveema mirey ithuru part up kohla dheebaa pls pls

  15. reesh says:
    March 17, 2018 at 12:32 pm

    kobaa vaahaka.avahah up kolahla dhyba

  16. Sinn says:
    March 17, 2018 at 5:48 pm

    V vv salhi

  17. Sinn says:
    March 17, 2018 at 5:50 pm

    Next part avahah Geness dhyba plxxx plxxx

Comments are closed.


All Right Reserved!