Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (4)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
March 19, 2018 7 Mins Read
42 Comments

“ކިތަށް ފަހަރުތަ ބުނަންވީ ނޭގެޔޭ… އަހަރެންގެ ކުރިމަތީ ހުރެގެން ތި ވައްތަރު ތައް ނުޖައްސާ އައިލީޝް” ރާސިލް ގެ އަޑުގައިވި ނުރުހުންތެރިކަމުން އައިލީޝް ހިނދުކޮޅަކަށް މަޑުޖެހުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރު އެލުވާނުލާ ލޯމަރާލުމާއެކު ފުންނޭވާ އެއްލާ އަނެއްކާވެސް ރާސިލް އާ ކުރިމަތިލިއެވެ.

“އަހަރެންނަށް އެނގޭ މި ހަރަކާތް ތަކުގެ މާނަ ރާސިލް އަށް ނޭނގޭނެކަން… އެކަމަކުވެސް މިހިތަށް… މިހިތަކަށް ކެތެއް ނުވެޔޭ… ރާސިލް… އަށް އެނގޭތަ… މި ހިތަށް ކިހާ އަސަރެއްކުރާކަން… ރާސިލް އެކަންޏެއް ނޫނޭ މި ހިތަށް އަނިޔާ ދެނީ… އަމިއްލަ ބައްޕަ ގެ ފަރާތުން ވެސް ލިބުނީ އަނިޔާ…” އައިލީޝް ގެ އިޝާރާތް ތައް އަވަސް ވަމުން ދިޔަ ދިޔަހެން އެ ހިތުގައި ވެސް ޖެހެމުން ދިޔަ މިންވަރުވެސް ދިޔައީ އިތުރުވަމުންނެވެ. އޭނާ އަށް ރާސިލް ގެ ޓީޝާޓް ގައި ހިފުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ ކީއްވެހޭ އަހަމުން އިޝާރާތް ކޮއްލީ މޮޅިވެރި ހަރަކާތަކުންނެވެ.

“އައިލީޝް… ބުނެފީމެއްނު ނާހާށޭ… އަހަރެން ބުނާ އެއްޗަކުން ތި ލިބޭ ހިތާމަ ތަކަށް ވުރެ ވެސް ލިބޭ ހިތާމަވެރިކަން އިތުރުވުން ނޫން ކަމެއް ނުވާނެ” ރާސިލް ދަތް ކުނޑި ވިކާލަމުން ބުނެލިއެވެ. އެއާއެކު އައިލީޝް އަށް ރާސިލް ގެ އަތުގައި ހިފާލެވުނެވެ.

“”ދޫކުރޭ” ރާސިލް ކުއްލިއަކަށް ހަދާލި ގޮތަކުން އައިލީޝް ގޮސް ޑްރެސިން ޓޭބަލް ގެ ކަނުގައި ގައި ޖެހުނެވެ. އޭތި ތެޅިގަތް ގޮތުން  މަތީގައި ހުރި ބައެއް އެއްޗެހި ވެސް ވެރިގެން ދިޔައެވެ.

އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ރާސިލް ނުކުމެގެން ދިޔައީއެވެ. ލެއްޕުނު ދޮރަށް ބަލަހައްޓައިގެން އިން އައިލިޝް ދެ އަތުގެ ތެރޭގައި މޫނު ފޮރުވާލަމުން އެތަނުގައި ހަމަޖެހިލިއެވެ.

އޭނާގެ ހަނދާނަށް މި ވީ އަހަރުތަކުގައި ލިބުނު ކޮންމެ އަނިޔާއެއް ވަކިވަކިން ހިޔާލަށް އަންނަމުން ދިޔައެވެ.ޑްރެސިން ޓޭބަލް ކަމުގައި ޖެހުނު ގޮތަށް އޭނާގެ އަތުގެ އުޅަބޮށި ކޮޅުން ނާއި ނިތް ކުރިމަތިން ތަންކޮޅެއް ހަލާކުވެގެން ދިޔައެއެވެ. އޭނާ ދެލޯ މަރާލީ އެތަދު އިހްސާސްނުވާހާލުގައެވެ. އެއަށް ވުރެ ބޮޑަށް އޭނާގެ ހިތަށް ދިޔައީ ތަދުވަމުންނެވެ. އެހިތް ރޮމުން ދިޔައެވެ. ދެލޮލުން އެތައް ކަރުނަ އެއް އަންނަމުން ދިޔައީ އެ ހިތަށް އޯގާވެދޭށޭ ބުނާފަދައިންނެވެ.

މޭގައި އަތް އަޅާލަމުން ތެދުވެ ލޯގަނޑު ކުރިމަތީ ހުއްޓިލާ އަމިއްލަ ސޫރައަށް އޭނާ ބަލާލިއެވެ. އެއާއެކު އޭނާ އަށް ދެލޯ މަރާލެވުނީ ނިތްކުރުރިމަތިން އަންނަމުން ދިޔަ ލޭތައް ފެނުމުންނެވެ. އޭނާ ލޯ ހުޅުވާލަމުން އަތްލާ އެ ލޭތަށް ފޮހެލިއެވެ. އަދި އެއަތަށް ބަލާލިއެވެ.

“ކީއްވެ؟” އެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. އެހެނަސް ބަސް ބުނާނެހާ ކުޅަދާނަކަމެއް ނެތެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި ޓިޝޫފޮށިން ޓިޝޫ އެއް ނަގާ އޭނާ ލޭތައް ފޮހެލިއެވެ. އެހެންނަމަވެސް އެތަނުގައި ބޭސް އެޅުމުގެ ހިޔާލެއް އޭނާ ނުކުރިއެވެ. ޑްރެސިންޓޭބަލް މަތީގައި އަތް އަޅުވާލައިގެން ހުރެ އޭނާ އެތައް އިރެއްވަންދެން ރުއެވެ. އެތައް އިރެއްވަންދެން އަމިއްލަ ހާލައިގެން ޝަކުވާ ކޮއްލަ ކޮއްލާ ހުއްޓެވެ.

ރޮއި ރެއޮ ދެލޯ ދުޅަވެ މީހާގެ ގައިން ހަކަތަ ހުސްވިއެވެ. އޭނާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އެނދުމަތީގައި އަޅާފައިވާ ހުދުކުލައިގެ ބެޑްޝީޓް އައިލީޝް ގެ ހޫނު ކަރެނައިން ތެތްމަމުން ދިޔައެވެ. އޭނާ ފާހާނާއަށް ވަދެލާ މޫނު ދޮވެލީ ދެލޮލަށް ތަދުވަމުން ދިޔަ ވަރުންނެވެ. އޮށޯވެ ރޮވެން ފެށުމުން އަނެއްކާ ބާލީހަކުން މޫނު ފޮރުވާލިއެވެ.

***

ބޭރުގައި އުޅެލާފައި ރާސިލް ގެއަށް އައިސް ވަނެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން ދިޔައެވެ. ކޮޓަރި ތަޅުގައި ހިފާލަމުން އޭނާ ފުން ނޭވާއެއްލިއެވެ. އެއަށް ފަހު ދޮރު ހުޅުވާލިއެވެ. އޭނާ އަށް ފެނުނީ ނިދިފައި އޮތް އައިލީޝް އެވެ. އެހެންކަމުން އޭނާ މަޑު ފިޔަވަޅުތަކުގައި އެ ދިމާލަށް މިސްރާބުޖެހިއެވެ.

ކައިރިވަމުން ދިޔަ ވަރަކަށް އެ ދެލޮލުގައާއި ކޯތާފަތުގައި ހިކިފައިވި ކަރުނަ އޭނާ އަށް އަޅައިގަތެވެ. މޫނުމަތީގައި ދެއަތުން ފިރުމާލަމުން އޭނާ ގޮސް އައިލީޝް ގާތު ހުއްޓުނެވެ. އެވަގުތު ނިތްކުރިމަތިން ލޭ ހިކިފައި ވީތަން އޭނާ އަށް ފެނުނެވެ.

މިއަދު ކުރެވުނު ކަންތައް ހަނދާންވުމާއެކު ނިތްކުރި މަތީގައި ޖަހާލެވުނެވެ.

އެ ހާދިސާ ހިނގިގޮތް ހިޔާލަށް އައުމާއެކު އޭނާ ގުދުވެ މަޑުމަޑުން އައިލީޝް ގެ ނިތްކުރިމަތީގައި އަތް ޖައްސާލިއެވެ. އެވަގުތު ތަދުވެގެން ކަހަލަ ގޮތަކައް އައިލީޝް ބުމައަށް ގޮތެއް ހަދާލިތަން ފެނިގެން އޭނާ އަވަސް އަވަހަށް އަތް ދަމާގަތެވެ. އަދި ފާހާނާ އާ ދިމާލަށް މިސްރާބުޖެހިއެވެ.

ފެންވަރައިލައިގެން ނުކުމެ އޭނާ ވެސް ނިދީއެވެ.

***

“ޒީ… މެދުރު ބާރަ ޖެހިއްޔޭ… އަވަސްކޮއްބަލަ” މާނިއު ގެއަށް އައިސް ވެދެފައި ޒީޝާ އާއި ދިމާލަށް ބުނެލީ އޭނާ އަދި ފެން ވަރައިން ނުކުތީތީއެވެ.

“ބުނީ އެއްގަޑި ބަޔަށޭއެއްނު. ހާދަ އަވަހަކަށް” އޭނާ މަޑުމަޑުން އަހާލިއެވެ. “ނަމާދުކޮއްލައިގެން މި އަވަސްކޮއްލަނީ” އޭނާ ދެންވެސް ވާހަކަ ދެއްކިއެވެ.

މާނިއު ފުން ނޭވާއެއްލިޔެވެ. “ހޫން… އަވަސްކުރޭ” އޭނާ ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.

“ކަންތައް ތަކުގަ މާ ފަރުވާތެރި ވާ މީހަކަށް ހެދިގެން އުޅޭނެ… ބުނާ ކަމެއް ދުވަހަކުވެސް ގަޑިއަކަށް ނުކުރެވޭނެ… ގުޅާފަ އެވަރަށް މެންދުރު ރެޑީވާށޭ ބުނީމަ އަދިވެސް ރެޑީ ނުވެ އެ ހުރީ” މާނިއު ކުދި ކިޔައިގަތެވެ.

އަދި މިއުޅެނީ ރަނގަޅަށް މެންދުރުނުވެއެވެ.

މާނިއު ގެ މިޒާޖު މިހުންނަނީ ކިހިނެތްހެއްޔެވެ؟.

އޭނާ ހީކުރަނީ އަތުން ދޭ އަނިޔާއަކީ ހަމަ އެކަނި ދެވޭ އަނިޔާކަމަށް ހެއްޔެވެ؟. ނޫނެކެވެ. ބައެއްފަހަރު ދުލުން ބުނެލާ ބަސްވެސް އަތުން ދޭ އަނިޔާއަށް ވުރެ ބޮޑުވެއެވެ.

އައިލީޝް ފެންވަރައިގެން ނުކުމެ ކޮޓަރިން ބޭރަށް ނުކުތީ ނިތްކުރި މަތީގައި ކުޑަ މަލަން ކޮޅެއް ޖަހައިގެންނެވެ. އޭނާ އަށް ދާނިޝް ފެނިގެން ސިހުން ގެނުވިއެވެ. އަތުން މިވަގުތު ކީ ކުރަނީހޭ އޭނާ އަހާލިއެވެ. އެއާއެކު ދާނިޝް އޭނާ އޮފީހުގެ ބައެއް މުހިންމު ލިޔެ ކިޔުންތައް ބަލާ އަންނަން ޖެހިގެން އައީ ކަމަށް ބުނެލިއެވެ. އައިލީޝް ދާން އެނބުރިލިއެވެ. އޭނާ އަށް ހުއްޓެވުނީ ދާނިޝް ގޮވާލުމުންނެވެ.

އެއާއެކު ދާނިޝް ގެ ސުވާލު އަމާޒުވީ ނިތްކުރިމަތިން ހަލާކުވެފައިވާ ތަނާ ގުޅިގެންނެވެ. އައިލީޝް މި ފަހަރުވެސް އިޝާރާތުން ވެއްޓުނީ އޭ ބުނެލިއެވެ. އެއާއެކު ދާނިޝް ބަލައިގެން އުޅެން ބުނެފައި އައިލީޝް އަށް ވުރެ ކުރިން ސިޑީން ފައިބައިގެން ދިޔައެވެ. ދުވެލާފައި ސިޑިން ފައިބައިގެން ދިޔަ ދާނިޝް ދިޔަ ދިމާލަށް ބަލަން އައިލީޝް ހުރެފައި ހިނިތުންވެލިއެވެ.

އެއާރޕޯޓުން މާނިއު މެން މަންމަމެން ގޮވައިގެން ޒީޝާ އާއި މާނިއު ދިޔައީ އެމީހުން މަންމަ މެން އުޅޭ އެޕާރޓްމެންޓަށެވެ. “ކޮބާ ދަރިފުޅުގެ ހާލު ރަނގަޅުތަ؟” މާނިއުގެ މަންމަ ޒީޝާ އަށް ބަލާލަމުން އަހާލިއެވެ. އެއާއެކު ޒީޝާ ބޯ ޖަހާލިއެވެ.

“ރަނގަޅު މަންމާ” ޒީޝާ ހިނިތުންވަމުން ބުނެލިއެވެ. އެހެންނަމަވެސް އެ ހިނިތުންވުމަކީ އޭނާ ގަދަކަމުން ވެރިކޮއްލާފައިވާ ހިނިތުންވުމެކެވެ.

***

އޮފީހުގެ މޭޒުދޮށުގައި އިޝީދެ އިން ދާނިޝް ގެ ވިސްނުން މީގެ ތިން އަހަރު ކުރިއަށް ދަތުރުކުރަމުން ދިޔައެވެ. އަންނަމުން ދިޔަ ހިޔާލްތަކަކުން އޭނާ އަށް ދެލޯ މަރާލެވުނެވެ. ވިސްނަމުން ދިޔަ ވަރަކަށް އޭނާގެ ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. އޭނާގެ ހިޔާލަށް މީގެ ތިން އަހަރު ކުރީގެ ހަނދާނެއް އައެވެ. އެއާއެކު އަތުން މޭޒުމަތިގައި ޖެހި ޖެހީނުން އެ މޭޒުމަތީގައި ހުރި ބައެއް އެއްޗެހި ވެސް ވެރިގެން ދިޔައެވެ. އެ ދުވަހުގެ ބޮޑުބައި އޭނާ އަށް ހޭދަކުރެވުނީ ވިސްނުމާ ފިކުރުކުރުމުގައެވެ.

އޮފީހުގައި ވަރަށް ބުރަކޮއް އުޅެފައި ދާނިޝް އަށް މިއަދު ވެސް ގެއަށް އާދެވޭވަރުވީ ރޭގަނޑު ނުވައެއްޖަހާ ބޮޑު ވީ ފަހުންނެވެ. ފެންވަރާ ތާޒާވެލައިގެން އޭނާ އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. ލޯ މަރާލަމުން އޭނާ ހުވަފެނީ އާލަމަށް ގެނބުނެވެ.

***

“އީ ޑިޑް އިޓް… އިޓް ވޯޒް ހީ ހޫ  ޑިޑް ދިސް ޓް މީ… ހީ އިޒް ދި ވަން ހޫ ރޭޕްޑް… ހޫ ރޭޕްޑް… ހޫ ރޭޕްޑް މީ”

***

ސިހިފައި ދާނިޝް އަށް ހޭލެވުނެއެވެ. މީހާ ދާހިއްލާ ފޯވެފައި ވެއެވެ. ތެދުވަމުން ދެފަރާތުން ބޮލުގައި ހިފައްޓާލުމާއެކު އޭނާ އަށް އަވަސް ނޭވާތަކެއް ލާން ފެށުނެވެ. “ވައި ވައި ވައި” ދާނިޝް ގެ ދުލުން އެ ބަސްތައް އިވެމުން ދިޔައެވެ. “އައިވިލް ނެވަރ ފޮގިވް ޔޫ… ނެވަރ” ދާނިޝް ބުނެލިއެވެ.

ދެންވެސް އޭނާ ލޯމަރާލިއެވެ.

***

ބޯ ޖަންގައްޔެކެވެ. އިސްތަށިގަނޑުބުޅި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ފައި ބިމުގައި ޖެހޭހެނެއް ހިޔެއްނުވެއެވެ. ދާނިޝް އަށް ހުރިތާ އެ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކައިރިއަށް އަންނަމުން ދިޔަވަރަކަށް އެ ކުއްޖާ ގެ ދެލޯ ދިއްލިފައިވީތަން ދާނިޝް އަށް ފެނުނެވެ. އޭނާ ގެ ހިތަށް ބިރުވެރިކަން ވަނުމާއެކު ދުއްވައިގެންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ހުރިތަނުން ގުޑާ ނުލެވުނު ތާ އޭނާއަށް އަތުގެ އިގިއްޔެއްވެސް ހަރަކާތެއް ކޮއްނުލެވުނެވެ. ބިރުވެރިކަމުން އެ ހިތް ފުރިގެން ދިޔައެވެ. މީހާގެ މޫނު މަތިން ދާ ހިއްލަން ފެށިއެވެ. އެ ސޫރަ ކައިރިވިވަރަކަށް އޭނާ އަށް ދެލޯ މަރާލާ ގިނަ އިރު މަޑުކޮއްލެވެއެވެ. އޭނާގެ ކުރިމަތިން އެ ބިރުވެރި ސޫރަ ގެއްލޭތޯއެވެ. އެހެންނަމަވެސް އޭނާ ލޯ ހުޅުވާލާ އިރު އެ ސޫރަ ހުންނަނީ ކުރިން ފެންނަ ވަރަށް ވުރެ ކައިރީގައެވެ. އެހެން ދާނިޝް ލޯމަރާލީ މިފަހަރުވެސް މަންޒަރު ބަދަލް ވޭތޯއެވެ.

ލޯ މަރާލައިގެން ހުރުމަށް ފަހު އޭނާ ލޯ ހުޅުވާލިއެވެ. ކުރިމަތިން މިހާރު ފެނިގެން އެ ދިޔައީ ރީތި އަންހެންކުއްޖެކެވެ. އިސްތަށިގަނޑު ބުޅި ދޮން ކުއްޖެކެވެ. އެތަން ދިއްލިފައިވަނީ ގަދަ އައްޔަކުންނެވެ. ވަށައިގެން ފެނިގެން ދިޔައީ ބަގީޗާ ގަސްތަކެވެ. މާމެލާމެލީގެ މީރުވެސް މުޅި އެ ހިސާބުގައި ހިފާލާފައިވެއެވެ. އޭނާ އަށް ބޭ އިޚްތިޔާރުގައި ނޭފަތް އެތެރެއަށް ދަމާލެވުނެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ އަންހެން ކުއްޖާ އަށް ނަޒަރުހުއްޓާލެވުނެވެ.

“ދާނިޝް… އައި ލަވް ޔޫ….” އެ އަންހެންކުއްޖާ ގެ ނިޔަނެތި އަޑު ދާނިޝް ގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު އޭނާ އަށް ލޯ މަރާލެވުނީ ލިބުނު ހިންހަމަ ޖެހުމަކުންނެވެ.

“ހަހަހަހަހަ…..” ލޯ ހުޅިވާލަން މަޖުބޫރުވީ ކަންފަތާ ދާދި ގާތުން އިވުނު ބިރުވެރި އަޑުންނެވެ. އޭނާ ލޯ ހުޅުވާލާ ބަލާލިއެވެ. އަނގައިން ހަޅޭކެއްގެ އަޑު ވެސް ނުނިކުތެވެ. މީހާ ބިރުން ހަލާކުވާން ކައިރިވެފައިވެއެވެ. ވަށައިގެން ބަލާލުމާއެކު އޭނާ އަށް މިފަހަރު ހުރެވުނީ ބިޔަ ޖަންގައްޔެއްފަދަ ތަނެއްގައެވެ. އެއީ ކުރިން އޭނާ އަށް ހުރެވުނު ބަގީޗާއެއްނޫނެވެ. އެ އަންހެންކުއްޖާ ގެ އަތް އޭނާގެ ކަރާ ދިމާލަށް އަންނަމުންދިޔައެވެ. “ނޫން” ދާނިޝް އަށް ބުނެވުނެވެ.

“އަހަރެން އަހަރެން ހަމަ ކަލޭ މަރާ ލާނީ ހަހަހަ” އެ އަންހެން ކުއްޖާގެ އަޑު މުޅި އެ ސަރަހައްދުގައި ގުގުމާލިއެވެ.

****

ސިހިފައި ތެދުވެވުނު ދާނިޝް އަށް މިފަހަރުވެސް ފެނުނީ ހުވަފެނެއްކަން ޔަގީންވުމާއެކު ހަމަޖެހުމުގެ ނޭވާއެއްލާ އޭނާގެ ހިތް ހަމަޖައްސަން މަސައްކަތް ކުރަމުންދިޔައެވެ. އެކަމަކު ހިއްލަމުން ދިޔަ ދަލާ އެއްވަރަށް އެ ހިތް ތެޅެމުން ދިޔަ ލެއް ބާރުކަމުން އޭނާ އަށް ފެންތަށި ނަގާ އެއްފަހަރާ ބޯލެވުނެވެ. އަނެއްކާ ފެން ޖަގުން ފެން އަޅާ ބޯން އޭނާ އުޅުނެވެ. ހަރަކާތް ތައް އަވަސް ވެފައި ވުމާއެކު ފެން ތަށި ބޯން އުޅުނު ގޮތުން ގަޔަށްޝާ އެކީ ފެން ވެރިގެން ދިޔައެވެ.

“އާހް…” ހިއްލާފައިވާ ދާތަށް އަތުގެ ނުފުށުން ފޮހެމުން އޭނާ އަށް ހަޅޭއްލަވައިގަނެވުނެވެ. “އާހް…. އަހަރެންނަށް ތިހެން އުނދަގޫ ނުކޮއްބަލަ. ކުރެވުނު ވަރު ކުޑައީތަ؟” ރުޅިވެރިކަންއެކުލެވިގެން ވީ އަޑަކުން އޭނާ އަށް ބުނެވުނެވެ. އެއާއެކު މޫނުގައި ދެއަތް އަޅާލާ އެ މޫނު ފޮރުވާލިއެވެ. އޭނާ އެހެން އިނދެފައި ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ފުންނޭވާއެއްލިޔެވެ. މާޒީގެ ސަފްހާތަށް އޭނާ ގެ ކުރިމަތީ ނިއުޅެން ނެގީ މަދު ސިކުންތުކޮޅެކެވެ.

***

“ކޮބާ އިންޓަރވިރު އަށް އަންނަ ކުރިހާ ކުދިން ނިމުނީތަ؟” ފޫހި ގޮތަކަށް އެވަގުތު އެ ކެބިން އަށް ވަތް އަންހެން ކުއްޖާ ގާތު ދާނިޝް އެއްސެވެ. “އަދި އެބައިން އެއްކުއްޖެއް” އެ އަންހެންކުއްޖާ ހިނިތުންވަމުން ޖަވާބްދިނެވެ. އެއާއެކު ދާނިޝް ހިނިތުންވުމެއް ބަދަލްގައި ރައްދުކޮއްލިއެވެ. އަދި ޖެހިގެން އިން އަންހެން ކުއްޖާއަށް އައުމަށް އެދުމަށް އިޝާރާތް ކޮއްލިއެވެ.

އިންޓަރވިއު ކުރަން ޖެހުމުން ހިސާބެއްގެ ފޫހިކަމެއް އޭނާގެ ހިތަށް ވެރިވެފައި ވެއެވެ. “ކީކޭ ބުނާނީ… ބައްޕަ އަށް ވެސް މިކަން ހަމަ ނުކުރެވެނީ އޭ ބާ ހިތަށް އަރާ…. ހާދަ ފޫހި ކަމެކޭ” ދާނިޝް އަމިއްލަ ނަފްސަށް ބުނެލިއެވެ. އެވަގުތު ދޮރުގައި ޓަކިޖަހާލި އަޑި އިވިގެން އޭނާ ވަންނާށޭ ބުނެލިއެވެ. އެއާއެކު އޭނާ އަށް ހުޓުން އެރީ ދެންމެ އެ ވަތް އަންހެން ކުއްޖާ ފެނިފައެވެ. ފިޔާތޮށި ކުލައިގެ ގަމީހެއްލާފައި ބެގީ ޖަހާލާފައި ހުރި އިރު އޭނާ އަރާފައިވަނީ އުސް ފައިވާނަކަށެވެ. ގަދަ ޗޮކްލެޓް ކުލައިގެ ސްކްނީ އެއް ލާފައިވާއިރު ކަޅުކުލައިގެ ބެލްޓެއް އަޅާލާފައިވެއެވެ. އިސްތަށިގަނޑު ފަހަތަށް ގެންގޮސް އައްސާލާ ފައިވެއެވެ. މަސްކަރާއަޅާލާ ފައި ވުމުން އެ އެސްފިޔަތަކަށް ފުރިހަމަކަމެއް ގެނެސްދީފައިވާއިރު ޗޮކްލެޓް ކުލައިގެ ކަޅިއިން އެ ބޮޑޮ ލޮލަށް ފުރިހަމަކަން ގެނެސް ދީފައިވަނީ ލޯ ވަށައިގެން އަޅާފައިވާ އަނދުނުގެ ސަބަބުންނެވެ.

އެ ކުއްޖާ އަށް ކަޅި ޖަހާ ނުލާ ބަލަން އޭނާ އަށް އިނދެވުނެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވެފައިވިއެވެ. އެ ރީތިކަން ފެނި ހިނދުކޮޅަކަށް އޭނާ ބަސްހުއްޓުނެވެ. ދާނިޝް އެވަރަށް ބަލަން ފެށުމުން އެ އަންހެންކުއްޖާ ލަދުން އިސްޖަހާލިއެވެ. އެވަގުތު ނިތްމައްޗާ ދިމާލުން ވެއްޓުނު އިސްތަށި ކޮޅު އެ ކުއްޖާ އެއްފަރާތް ކޮއްލި ގޮތުން އޭނާ އަށް ދެފަހަރު ކަޅި ޖަހާލެވުނެވެ.

“އަނ.. އިށީދޭ” އަޅަ އަޅާ ގަންނަ ގޮތަށް ދާނިޝް ބުނެލިއެވެ. އެއާއެކު އެ ކުއްޖާ ކުރިމައްޗަށް ހުރި ގޮނޑީގައި އިށީނެވެ. ދާނިޝް އިރުކޮޅަކު ބަލަން އިނުމަށް ފަހު ފައިލް ދޭށޭ ބުނުމުން އެ އަންހެންކުއްޖާ މަޑުމަޑުން އެ ފައިލް ދާނިޝް އަށް ދިއްކޮއްލިއެވެ. އެ ފައިލް ގައި ހިފިއިރު ދާނިޝް އެ ކުއްޖާގެ އަތުގައި އޭނާގެ އަތް މަޑުމަޑުން ބީއްސާލިއެވެ.

އެ އަމަލުން އެ ކުއްޖާ އަށް ވެސް އަސަރުތަކެއް ކުރިކަން ދާނިޝް ދެނެ ގަތީ އެ ކުއްޖާ ސިހިފައި އިސްއުފުލާލާ ދާނިޝް އަށް ބަލާލި ގޮތުންނެވެ.

އޭނާ އެއްމިޔަކުން ހިނިތުންވެލިއެވެ. އަދި ފައިލް ހުޅުވާލާ ބަލަން ފެށިއެވެ. “ހޫމް… އައިމިނަތް އިފްޝާ” އޭނާ ބުނެލިއެވެ. އެއާއެކު އެ އަންހެން ކުއްޖާ ބޯ ޖަހާލިއެވެ. އަދި މަޑުމަޑުން ޔެސް އޭ ބުނެލިއެވެ. އެ އަޑު ގެ ޖާދޫގައި ދާނިޝް ޖެހުނު ފަދައެވެ. އޭނާ އަށް އެތެރެއަށް ނޭވާއެއް ދަމާލަމުން ފުން ނޭވާއެއް ލެވުނެވެ. އެ ކުއްޖާ ޖަހާފައި ހުރި ސެންޓް ގެ ވަސް އޭނާ ގެ ނޭފަތުގައި ޖެހުމާއެކު ދެވަނަ ފަހަރަށް ވެސް އެ އަމަލް ތަކުރާރުކޮއްލިއެވެ.

އެ ކުއްޖާ އިސް އުފުލާ ދާނިޝް އަށް ބަލާލިކަން އޭނާ އަށް އެނގެއެވެ. އެހެންނަމަވެސް އޭނާ އެކަން އެނގުނު ކަމަކަށް ނުހެދިއެވެ. އޭގެ ބަދަލް ގައި އިންޓަރ ވިއުގައި ކުރަން ހަމަޖެހިފައިވާ ސުވާލްތައް ކުރުމަށް އޭނާ އަވަސްވެގަތެވެ. “މި ވަޒީފާ އަށް ކުރިމަތިލީ ކިއްވެތޯ؟” ދާނިޝް އޭނާގެ ފުރަތަމަ ސުވާލް ކޮއްލުމާއެކު އެ ކުއްޖާ ގެ މޫނުމަތިން ނުތަނަވަސް ކަމުގެ އަސަރުތައް ފެނިލިއެވެ. އެހެންކަމުން ދާނިޝް ހީކުރީ އެ ކުއްޖާ އަށް އިންޓަރވިއުގައި ދޭން ޖެހޭ ޖަވާބްތައް އެންމެ ފުރިހަމަ ގޮތުގައި ނުދެވޭނޭ ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ސިހުން ގެނުވީ އެ ކުއްޖާ ފުން ނޭވާއެއްލާ ހަމަޖެހެމުން އެ ސުވާލަށް ޖަވާބް ދިން ލެއް ފުރިހަމަ ކަމުންނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އަދި މިހާތަނަށް އިންޓަރވިއު ކުރި އެއްވެސް ކުއްޖަކުގެ ފަރާތުން ނުފެންނަފަދަ ހިތްވަރާ ޔަގީންކަން އެ ކުޖާ ގެ ކިބައިން ފެންނާތީއެވެ.

އެކުއްޖާ ގެ އިންޓަރވިއު ނިމުނު އިރު ދެން ކަންތައް ކުރަން ވީގޮތް އޭނާގެ ހިތުގައި ރާވާލާފައިވިއެވެ. އެހެންނަމަވެސް އޭނާ އެ ކުއްޖާ ފޮނުވާލީ ޖޮބް ހަމަ ޖެހުމުން ގުޅާނޭ ކަމަށް ބުނެއެވެ.

“އިފްޝާ…” ދާނިޝް އޮފީހުގެ އޭނާގެ ކެބިންގައި އިދެގެން ދެންމެ އިންޓަރވިއު ނިންމާފައި ދިޔަ އަންހެން ކުއްޖާ ގެ ނަން ކިޔާލިއެވެ. އޭރު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވިއެވެ. “އިފްޝާ” ދެވަނަ ފަހަރަށް ވެސް އޭނާ އިފްޝާގެ ނަމުން ކިޔާލިއެވެ. އަދި ނޭފަތް އެތެރެއަށް ދަމާލީ އެކުއްޖާ ވަނުމުން އޭނާއަށް ދުވި ސެންޓްގެ ވެސް އަދިވެސް އޭނާގެ ނޭފަތުގައި ހަރުލާފައި ހުރީތީއެވެ.

އެ ކުއްޖާ ފެނި އޭނާގެ ހިތަށް ގޮތެއްވެގެން ހަމަ ގައިމުވެސް ހިނގައްޖެއެވެ. ފުރަތަމަ ނަޒަރުން ލޯބިވުމޭ ކިޔަނީ މިހެންވެހެއްޔެވެ؟. އޭނަގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތަޤްދީރު (18)

Next

-އަހަރެން- އަހަރެންގެ ދިރިއުޅުމުގައި ގޮތް ނިންމާނީ އަހަންނެވެ

Next
March 20, 2018

-އަހަރެން- އަހަރެންގެ ދިރިއުޅުމުގައި ގޮތް ނިންމާނީ އަހަންނެވެ

Previews
March 19, 2018

ތަޤްދީރު (18)

42 Comments!

  1. Aki says:
    March 19, 2018 at 9:48 pm

    haadha rangalhey

    1. Hi Mi says:
      March 20, 2018 at 11:55 am

      Thanks. Aki. ❤

  2. Hi Mi says:
    March 19, 2018 at 9:50 pm

    Asslaam’alaikum. I knw varah short kan. And buni dhivahah upload nukohdhevunukan. But wifi nei. Pkg husvegen ulheythy mi las v upload. Dhen mirey mobile hotspot kolheh libunima hithah eri up kohlaani ey. Dhen ekam heevani wifi libunima hen vaani. And hama vanyaa v haa ves avahah up load kohla dheynan ingey. Guys. Up vaane vaki dhuvaheh bunedhykan neyge ehenve. Hope u all understand. Dhen comments thakah ves reply nukurevigen miulheny hama wifi nulibeythy. Libunima hen heevani dhen reply kohlevey varu vaani. In Sha Allah. Varah avahah mi up kohli. Mistakes huredhaane. Do point it out for me. Aslu net libunu gady up kuran vegen ehaa nubalaa levey. I am sorry. And dont forget to comment on DHEN VAANI KIHINEHBAA?. V ufaavey thidhey support ah. Baajjaveri re akah edhen. Much loves. ? Thankyou all. ?
    Jazakallah Khairan. ?

  3. Jeen says:
    March 19, 2018 at 10:35 pm

    Very beautiful hama… Hama gaboolu kuran thihe vedhaane kamah.. Jeen ah ves miulhenii wifi nulibi and package husvegen.. Hama kujjeh athun hotspot kolheh hoadhaigen hama vaahaka kiyaalii mi.. Hama eh gothakah ves neynge vaane gotheh.. Mi kahala suspens bodu vaahaka thakah vrh like vey aslu.. Aileesh ge bai kiyaafa varah dhera vey aslu.. Ekahala kudhinge feelings aslu aharemenah understand nuvaa kan ingey mi vaahaka kiyaa leema.. Thanks himi mihaa reethi different story eh gensdheythiii.. Such a lovely story.. Lots of love ❤?

    1. Hi Mi says:
      March 20, 2018 at 11:57 am

      Thankyou jeen. V ufaavehjje much loves. ❤ thi kahala kiyun therieh libunima. Hingaa dw balamaa vaa gotheh. Dw. Suspense ge bao fudhey varakah dhigukoh genesdhevythoa eba balan. Adhi ves ithuru kanthah thah vhk in fenigendhane. In Sha Allah. ❤

  4. Sal says:
    March 19, 2018 at 10:39 pm

    Adhi Hama Kiya Kiya ves mi story ge vaanuvaa ah neygunu.. haadha myhuneh ves eba ulhey. mi biruveri story eh Tha???

    1. Sal says:
      March 19, 2018 at 10:42 pm

      Bt different salhi story eh ??

    2. Hi Mi says:
      March 20, 2018 at 11:59 am

      Alhey. Hehe. Thanks. Sal. Kuri ah huri bai thakun ingigendhaane. In Sha Allah. Mioh gen haadhisaa fulhaavegen dhani mihaaru. And mee biruveri story eh nun ingey. Ebai e gothah genesfa e innani keevekan kuri ah huri ep thakun ingigendhaane V ufaavehjje. Thankyou dear. ❤

  5. Mai says:
    March 19, 2018 at 10:42 pm

    Oh himi.. thank u so much.. story vv reethi.. waiting ingey himi.. loves tc..

    1. Hi Mi says:
      March 20, 2018 at 12:00 pm

      Alhey. Thanks dear mai. V ufaavehjje. Thankyou so much. Much much more loves. ❤

  6. ahoo says:
    March 19, 2018 at 10:42 pm

    mi part ves v v v reethi

    1. Hi Mi says:
      March 20, 2018 at 12:00 pm

      Thanks ahoo. Means a lot. ❤

  7. xoooo says:
    March 19, 2018 at 10:44 pm

    varah reethi mi partves

    1. Hi Mi says:
      March 20, 2018 at 12:01 pm

      Thankyou so much xoooo. ❤?❤

  8. Shiya says:
    March 19, 2018 at 10:50 pm

    The story is just amazing.. ??? keep it up himi n hope u will get wifi soon.. knme dhuvahakuvs balan himige vhk upveythoa kithanme bxy viyas.. may u be more successful ❤❤❤ jazakallah hairan… ????❤❤❤

    1. Hi Mi says:
      March 20, 2018 at 12:07 pm

      Thankyou shiya. V ufaavehjje thi commeny fenifa thi dhey support ah hama varah bodah shukuriyya dear. Va iyyaki… ❤?❤

  9. Ibsha says:
    March 19, 2018 at 11:16 pm

    Varah reethi

    1. Hi Mi says:
      March 20, 2018 at 12:08 pm

      Thanks ibsha. ❤?❤

  10. Mal says:
    March 19, 2018 at 11:29 pm

    Himi….we can understand dear.??…and we will be waiting??…and story is hama perfect???

    1. Hi Mi says:
      March 20, 2018 at 12:09 pm

      Thanks mal. V ufaavehjje. Means a lot for me. Thankyou so much. ❤?❤

  11. Shaai says:
    March 20, 2018 at 12:14 am

    Alhey… Haadha reychey himi dhooni… Story v tafffff

    1. Hi Mi says:
      March 20, 2018 at 12:12 pm

      Alhey. Thankyou shaai. Dhoonyaa. Hehe. V ufaavehjje. Thankyou so much. ❤?❤

  12. Shann says:
    March 20, 2018 at 6:18 am

    Kihineh vaanbaa dhw miulheny… Alhey Hi Mi, aileesh ah ehen nuhadhabala… V dheravey aileesh ah dhimaavaa gothun… Ekam story hama v ryhchey buneveyny… Hyvany v thafaathu story akah vaanehen… V v rythi mibaives… Miss u

    1. Hi Mi says:
      March 20, 2018 at 12:14 pm

      Hehe. Hingaa balamaa dw shann. Adhi baivaru kanthah eba huri ehaame gina secrets thah ves. Story kuri ah dhaa varakun ingeyne. In Sha Allah. V ufaavehjje ingey. How are u and babies. Much loves from me. ❤?❤?❤❤❤Thankyou. ❤

  13. Axy says:
    March 20, 2018 at 7:11 am

    HI MI Thanks thihaa bura massahkathun ves up kohlla thee v v ufaaveyjje Aileesh haadha keytheri a ???

    1. Hi Mi says:
      March 20, 2018 at 12:15 pm

      Hehe. Thankyou axy. Happy ti see ur comment. V ufaavehjje. Asluves. Yh dw. Ekam haadha dhrra ey dw. Thankyou so much. ❤

  14. aphro grl says:
    March 20, 2018 at 9:00 am

    Awesome as always.. Ifsha aky rasil ge v gaaiy myhakah ves vedhaane.. Dhimaava haadhisa ehge sababun ifsha maruvany kanneynge.. dhanish ah undhagookurany eynage rooh kamahves vedhaane noony ehen myhegge?huvafenuga fenna kujja rape kury dhanish kamah dho ebunany..ehenvyma rasil ailysh aa marry kury ekamuge badhalu hifan kanneynge.. Aslu eyna rape kurany dhanish noon kanneynge.. Hama hithah araa ehchehi hahtha ves. haha? HiMi v molhu kommeakas.. V thafaathu rythi vaahakaeh.

    1. Hi Mi says:
      March 20, 2018 at 12:17 pm

      Ifsha and raasil ge vaaahala thah kuri ah hyri episode thajugai varah gina vaanehen himi ah heevani. Eyrun konmeves varakah story ge vaanuvaa ingigen dhaane kamah mi balani dhaanish ge maazi aa behey gothun. Hama possible kanthah thy. Dhen hingaa dw kiyaalaa balaalamaa. V ufaavehjje. Ingey. Commwnt fenifa. Thankyou so much. ❤?❤

  15. Pinky shifoo says:
    March 20, 2018 at 9:42 am

    Wow ❤️❤️❤️… Maasha Allah mi part vx v v v reethi ingey Hi Mi ???… It’s awesome ???… Sifakurunthah hama obiness to the max ??????… V v v reethi Maasha Allah ???… Feelings thah deliver kohdhyfa thi hurivx v v furihama ah Maasha Allah ???… Hama superb ???… Kiyaa foohi nuvey Hi Mi ge stories thah Maasha Allah ???… I just love it ???… Keep up the good work my favourite Hi Mi ??????… Ailee ge scenes thah kiyaali iru v dheravi ???… Pinky ah faahaga vany mi story akee v different story eh gothuga ???… N it’s soooooo interesting ???… Neyngey v baivaru kanthahthah ebahuri ???… Eagerly waiting to know that… Hehhe ???… V ragalhu message thakeh libigendhaane story eh henn heevany ???… I haven’t read a story about mute girl before… So v v kiyaalaahithun mihuree ???… V bodah sry mihaa lahun comment kohlevunyma ???… I was really bxy so story kiyaalan time nulibuny ???… Work ga ulhey iruvx mind ga indhey story abadhuvx… Heheheh ???… N I can understand… So I will be waiting till Hi Mi upload the story n till Hi Mi replies for the comments ?????????… Lots of love and take care my favourite Hi Mi ????????????❤️❤️❤️???

    1. Hi Mi says:
      March 20, 2018 at 7:19 pm

      Pinky. Haadha loabi comment ekey thi. Himi ah neygey bunaane ehchei. Rhaa ves loabi comment eh thy. Its okay lahun comment kohlevunas nuny kiyaalevuns. Ingey pinky time v ma kiyaanekan. And comment ves kohlaanekan. Dhen hama hingaa vaa gotheh balama dw. Thanks a lot dear. Loves. Much loves. ❤?❤

  16. Hawwi says:
    March 20, 2018 at 11:45 am

    އޯމައި.. ހާދަ ތާފާތޭ.. ޔަގީން ތި އިފްޝާ ވާނީ ރާސިލްގެ ލޯބިވެރިޔާ ނޫނީ ކޮއްކޮއަށް އޯ ދައްތަޔަށް … ހައިމީ ދޫންޏާ ވަރަށް ރީތިމިބައިވެސް.. ގޯޖަސް.. ފެބްލަސް… ??

    1. Hi Mi says:
      March 20, 2018 at 12:20 pm

      Alhey. So happy to see u here my dear layaa sis. V ufaavehjje. Hingaa balamaa dw. Dhen vaa negotheh. Raasil aki hama v sirruveri zuvaane ingey. Thankyou so much. ❤

  17. annoying reader says:
    March 20, 2018 at 2:10 pm

    so ifsha is rasils sister dhw… dhanish fall for her but some how in the past he was framed for raping the girl. i dnt think he raped her he was just framed and rasil without knowing the real truth is nw bak to take revenge from dhanish by hurting his sister. love this part too. waiting for the next part so many mystries that needs answers. pleaze himi dnt hurt aileesh she is suffering alot

    1. Hi Mi says:
      March 20, 2018 at 7:20 pm

      Hehe. Hingaa thi theories thah dhimaa veythoa dw. Varah baivaru sirru thah eba huri hana adhi. Lets see dw dear. As usual happy to see ur comment. V ufaavehjje. Thanks. ❤?❤

  18. Xee says:
    March 20, 2018 at 2:20 pm

    Vaanuva neynge. “Eynaa” mi lafz maa bodah thakuraaruvefa innaathy kiyan undhagu gotheh hurey

    1. Hi Mi says:
      March 20, 2018 at 7:20 pm

      Thankyou. Xee. Thikan rangalhu kohleveythoa balaana. In Sha Allah. ❤?❤

  19. Blue beauty says:
    March 20, 2018 at 6:02 pm

    Nice…dhen kineh ba vaany…waiting the next part..hi mi dhooni keep it up…????????

    1. Hi Mi says:
      March 20, 2018 at 7:21 pm

      Yes. Blue beauty. In Sha Allah. Thankyou. ❤?❤

  20. abhy says:
    March 20, 2018 at 7:47 pm

    dhen kihineh baa vaanee? varah reethi mi baives. hama varh reethi. next part kon irakun??? varah inthizaaru kurevey ebai. varah futihama. unmeedhu kuranee lasnukuraaney kamah.??

    1. Hi Mi says:
      March 20, 2018 at 7:58 pm

      Mirey. Upvlohla dheynan. In Sha Allah. Lets aee vaane gotheh dw. V ufaavehjje. Thanks a lot. ❤?❤

  21. Aysh says:
    March 21, 2018 at 2:06 am

    Adikiriyaa mikiyalevuny Interesting mi part ves v reeti???

  22. Nahu says:
    March 22, 2018 at 9:16 am

    Vvvvvv salhi ingey himi…Varah ufaa vehje nahu kiya hiyva stry eh geneshdhinima….Thnx himi ?

Comments are closed.


All Right Reserved!