Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 02

Ushaali Level 810 Stories100 Comments100 Stories500 Comments
March 20, 2018 8 Mins Read
24 Comments

“އަދި ހަމަ ފަށައިގަތީ ދޯ…. ރަނގަޅުވާނެ ފަހުން. މަންޖެ އަށް މަ ދޭން އޮތް ނަސޭހަތަކީ މީ އަހަރެމެންގެ ކިޔެވުމުގެ ފަހު އަހަރޭ…. އަޙްޔަދުގެ ނަން ތިހިތުގައި ރަން އަކުރުން ފަވާލާފައި ވިޔަސް ‘ކިޔެވުން’ މި ލަފްޒު އެ ނަން މަތީގައި މާބޮޑަށް ފަވާލައިގެން ހުންނައްޗޭ” ނަސޭހަތެއްދޭ ފަދަ ގޮތަކަށް ރިމީޝާގެ އަތުގައި ހިފާލަމުން ޒޯހަލް ބުނެލިއެވެ.

 

ހަވީރުގެ ވަގުތެވެ. ފޫހިކަމެއް ނެތި އުޑުގައި އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރަމުން ދިޔަ އިރު ގެ ބާރު ކެނޑި ކުރިން އުފެދިފައިވި ހޫނުކަން މަޑުމަޑުން ފިނިކަމަށް ބަދަލުވެގެން އައި ވަގުތެވެ. ޔަގީނުން ވެސް މިހާރު މަގުގައި ހިތްހަމަޖެހިލައިގެން މީހަކަށް ހިނގާލެވިދާނެއެވެ. މިހާރު މަގުމަތީގައި ދެކޮޅަށް ހިނގާ މީހުންނާއި ދެފަރާތުގައި ކުޅެން އުޅޭ ކުޑަކުދިންނަށް ބަލާލިޔަސް އެކަން އެނގޭއެވެ. އެހެނީ ހޫނުގަދަވުމުގެ ސަބަބުން މީހުންގެ ނިތްކުރިމަތިންނާއި ހަށިގަނޑުގެ އެތަންމިތާގައި އުފެދިފައިވާ އުދާސްތަކަށް ނިމުމެއް ވަނީ އައިސްފައެވެ. މި ހިތްގައިމު ހަވީރުގެ އުފާ ހޯދަން ހިއްކި ބިމަށް ޖަމާވި މީހުންތަކުގެ ތެރޭގައި ރިމީޝާ އާއި އޭނާގެ އެކުވެރި ޒޯހަލް ވެސް ހިމެނޭއެވެ.

“ރިމީ…. ކޮބާ މަންމަ؟ ގުޅާފައި ބުނޭ އަވަހަށް އަންނާށޭ… މިހާރު ބައި ބަހަން މިއުޅެނީ” ރެކެޓްތައް ހިފައިގެން ބިންމަތީގައި ރޮނގު އަޅަމުން ދިޔަ އާނަތު ކޮރަމުން ދިޔަ ރިމީޝާ އަށް ގޮވާލަމުން ބުނެލިއެވެ.

“އަނހަ މިއޮށް އައީނު. އުޅެބަލަ ބައިބަހަން. މިފަހަރު ތަންކޮޅެއް ބާރަށް ދުވާ ދެތިން މީހުން ވާނެ އިނގޭ އަހަރެމެންގެ ބަޔަށް ލާން” ގަސް ދަށުގައި ފައިވާން ބަހައްޓަމުން ކުރިއަށް ޖެހިލާ އަލްވީރާ ބުނެލިއެވެ. އިސާހިތަކު ސޯޅަ މީހުން ދެބަޔަށް ބެހިގެން ތިންމުގޯލި ކުޅެން ފެށިއެވެ. މެޗް އެންމެ ފޯރިގަދަވި ވަގުތު ރިމީޝާ އެއްލި ކަޅިއަކުން އެތާހުރި ގާފުންޏަކާއި ނިވާވެލި އެކުވެރި ސައުދު ފެނުނެވެ. އެއްވެސް މީހަކަށް ނޭނގޭނެހެން ރިމީޝާ ގާފުނި ކައިރިއަށް ދިޔުމުން ސައުދު ރިމީޝާގެ އަތަށް ކަރުދާސް ކޮޅެއް ލައިދިނެވެ. އެންމެން ތެރޭގައި އެކަރުދާސްކޮޅުގައި އޮތް އެއްޗެއް ބަލާކަށް ރިމީޝާއަށް ނުކެރުނެވެ. ޔަގީންވާ ކަމަކީ އެކަރުދާސްކޮޅުގެ ވެރިޔަކީ އައްޔަދު ކަމެވެ. އެހެންކަމުން އެންމެ ކައިރީގައި ހުރި ގެއަށް ވަނެވެ. ކުޑަކުއްޖަކަށް މައިލޯ ޕެކެޓެއް ދޭން ބޭރު އަށީގައި އިން ނޫރާ އަށް ގޮވާލާފައި އެގޭ ގިފިލި ބޭނުންކޮށްލާނެ ކަމަށް ބުނެ ރިމީޝާ ކުރިއަށް ދިޔައެވެ. ގިފިލީގެ ލަކުޑި ދޮރު ލައްޕާ މަކުޑި އަޅުވާލަމުން ރިމީޝާ އަތުގައި އޮތް ކަރުދާސްކޮޅު ނިއުޅުވާލިއެވެ.

“ތިގޭ ބިތްދަށު މަގަށް އާދެބަލަ. ކުޑަކޮށް ވާހަކަދައްކާލަން” ތުންފަތަށް ހިނިތުންވުމެއް ވެރިވެފައި ހުރި ރިމީޝާ އަށް ހީވީ އެޖުމްލަ އޭނާގެ ކަންފަތްދަށުގައި އައްޔަދު ބުނެލިހެންނެވެ. އަވަސް އަވަހަށް ކުޅޭ ތަނަށް ގޮސް މީހުންތަކުގެ ތެރޭން ޒޯހަލް ހޯދާލިއެވެ. ތަންކޮޅެއް ދުރުގައި ބޯޅަ ހިފާ ގުރޫޕްގައި ޒޯހަލް ހުއްޓާ ފެނުމުން ރިމީޝާ ދުމެއް ޖަހާފައި އެދިމާލަށް ދިޔައީ ދުރުގައި ބެހެއްޓި ފައިވާން އަތަށް ނަގަމުންނެވެ. ޒޯހަލް ކަންފަތް ކައިރީގައި ސިއްރުން އެއްޗެއް ބުނުމަށްފަހު އަލްވީރާ އަށް ނޭނގި ގަސްގަނޑު ތެރޭން ބިތްދަށު މަގަށް ނިކުންނަން ދިޔައެވެ.

 

ބިތްދޮށު މަގުގެ މެދެއްހާ ހިސާބުގައި ރިމީޝާ ހުއްޓުނީ އެ މަގުގެ އެއްވެސް ހިސާބަކުން މީހަކު ފެންނަން ނެތުމުންނެވެ. ދެއަތް ދެއަތާއި އުނގުޅަން ފެށި މީހާ ފިނިވެފައި ހުރުމުންނެވެ. އިރުކޮޅަކުން ކައިރީގައި އައިސް ހުއްޓުނީ ސައުދު އެވެ.

“ކޮބާ އަޔާ؟؟” ރިމީޝާ އަހާލިއެވެ.

“މަގޭ ހިތަށް އަރާ އަންހެންކުއްޖާ އަކީ ތީ ބާއޭ ނޫނީ އެއީ ބާއޭ… ކައިރިން ރިމީ އާ ބައްދަލުކުރަން ލަދުގަނެޔޯ… އަޅެ މީހަކު މޮޔަނުވާނެތަ؟ އޭނަ ލަދެއް ނުގަނޭ ތިގޭ ދޮށުން މުގޯލި އަޅާކަށް” ރާގުލާފައި ސައުދު ވާހަކަދެއްކި ގޮތުން ރިމީޝާ އަށް ހެވުނެވެ. އައްޔަދު ލަދުގަންނަކަން އެނގުމުން މަޖާ ވެގެން ހިތާއިހިތުން މަލާމަތް ކުރިއެވެ. ކިހާ ވަރަކުން ދާނެ ބާއޭ ރިމީޝާގެ ހިތަށް އެރިއެވެ.

“އަހަރެން ދަނީ އެހެރަ އަންނަނީ އެސޮރު. މަ ކަނޑާލީ. ތިދެމީހުން ދައްކާ ވާހަކައެއް ދައްކާ. މަ ހުންނާނަން ކަންމަތީގައި. މީހަކު އަންނަންޏާ ތުނބުން ފުމެލާނަން” ބައިސްކަލުގައި އައި އައްޔަދު އެހިސާބައި ކައިރިވުމުގެ ކުރިން އެތަނުން ސައުދު ނައްޓާލިއެވެ. އައްޔަދު ބައިސްކަލު މަޑުކޮށްލީ ރިމީޝާ އާއި ތަންކޮޅެއް ދުރުގައެވެ.

“ހައި.” އައްޔަދު އެއްޗެއް ނުބުނުމުން އެންމެފަހުން ރިމީޝާ ބުނެލިއެވެ.

“ހައި. ކިހިނެއްތަ؟” ހީލަމުން ދުރަށް ބަލާލަމުން އައްޔަދު އަހާލިއެވެ. ހީލާފައި ރިމީޝާ ވެސް ޖަވާބުދިނެވެ. އޭގެ ފަހުން ދިހަ މިނިޓް ފާއިތުވެގެން ދިޔަ އިރު ވެސް އެކަކު އަނެކަކަށް ބަލާލަމުން ހީލުން ފިޔަވާ އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ދުރުގައި ފާރައަށް ހުރި ސައުދު ތުންފުމެލި އަޑު އިވުމާއެކު އައްޔަދުގެ ހައްޓަކު ހެއެއް ނެތެވެ. އައި ކޮޅަށް ބައިސްކަލުގައި ދުއްވާލީ މީހަކަށް ފެނުމުގެ ކުރިން އަވަހަށް އެތަނުން ދެވޭތޯއެވެ. ދެއަތް ދެއަތާއި މޮޑެން ހުރި ރިމީޝާ ވެސް ދުރުދުރުގައި ފިޔަވަޅު އަޅަމުން އައިކޮޅަށް ހިނގައިގަތެވެ.

 

ރޭގަނޑުގެ ކެއުން މޭޒުމައްޗަށް އަރުވަމުން ދިޔަ ޒިންދު އަށް ގޭތެރެއަށް ވަދެގެން އައި ސައުދު ފެނުމުން ހީލިއެވެ. ސައުދު ވެސް ގޭ އެތަންމިތަން ހޯދަމުން ސިޓިންގރޫމުގައި ހުރި ބޮޑު ސޯފާގައި އިށީނެވެ.

“ކާންވީނުން. ކޮޓަރީގައި އެބައޮތް ޒިންތަ ނިކުތްއިރު އަޔާ. ދޭ. ގޮވައިގެން އައިސް ދެކުދިން ކާން އަރާ. ޒިންތަ އާއި ޝަނުމް ކާނީ ތިދެކުދިން ކެއިމަ”  އެންމެފަހު ކަމަކަށް ފުރިޖުން ގެނައި ފިނި ފެންފުޅި މޭޒުގެ އެއްފަރާތުގައި ބަހައްޓަމުން ޒިންދު ގޮސް ދެއަތް ދޮވެލިއެވެ.

“ކާން އަންނާށޭ ޒިންތަ ބުނި. ކަލޭ ކިހިނެއް ތިހެދީ. ރިމީ ގެނައިމަ ވެސް ކަލެއަކަށް ނުކެރުނު ބަހެއް ކިޔާކަށް. ތީ އަޅެ އަންހެނެއްތަ؟ ކޮޓަރީގައި ޖަހާފައި ހުރި ލަވަޖަހާ ބޮޑު ސެޓް ނިއްވާލަމުން ސައުދު ޖައްސާލީ ސްޓަޑީ ޓޭބަލް ކައިރީގައި ހުރި ދަމާ ގޮނޑިގައެވެ.

“ފުރަތަމަ ފަހަރު ވީމަ އެހެންއެވީ. ދެން ރަނގަޅުވާނެ. މިއަދު ނަންބަރު ވެސް ލިބިއްޖެ. ދެން މެސެޖުންނާއި އެހެންގޮތް ގޮތުން ވާހަކަދައްކާނީ. އަދި ދައްކާލާނަމޭ އަހަރެންނަކީ ހަގީގީ ފިރިހެނެއްކަން” އަލަމާރިން ނެގި ޓީޝާޓު ބޮލުން ވައްޓާލަމުން އައްޔަދު ބުނެލިއެވެ.

 

ކެއުމާއިގެން ސައުދާއި އައްޔަދު ކުރިއަށް ދާން ފެށުމުން އެމީހުން އެއްޗަކަށް ބޭނުންވެދާނެތީ ކައިރީގައި ޒިންދު މަޑުކޮށްލައިގެން ހުއްޓެވެ. ހުރި ހަމައެކަނި ފިރިހެންދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން އިން އިރު ކޮންމެސް ވާހަކައެއް ދައްކަން އުޅެއޭ ވެސް ބައެއްފަހަރު އެމޫނުމަތިން ހީވެއެވެ.

“އަޔާ ދަރިފުޅާ!! މަންމަ ވާހަކައެއް މިއަދު އަޑުއަހައިފިން” ޒިންދު ވާހަކަދެއްކީ ކައިނިމިގެން އައްޔަދު ފެންތަށި ވެސް ބޯލި ފަހުންނެވެ.

“ކޮންވާހަކައެއް” ނޫން ކަމަށް ހަދާފައި އައްޔަދު ބުނެލިއެވެ.

“އެއުޅޭ ނަޒީމްގެ ދަރި އާއި ދަރިފުޅު ސިއްރުން ބައްދަލުކުރެޔޭ. ކީކޭތަ އެމަންޖެ އަށް ކިޔަނީ؟” މޫނުމައްޗަށް ގޮތެއް ހަދާލަމުން ޒިންދު ނަން ހަނދާންކޮށްލަން ސިކުނޑިއަށް ބާރުލާން ފެށިއެވެ.

“ރިމީޝާ” ކޮޓަރިން ނިކުމެގެން އައި ޝަނުމް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ފެންތަށި ތުނބުގައި ޖަހައިގެން އިން ސައުދު ކޮށިއަރާ ފެންތައް ބުރައިގެން ދިޔައީ އައްޔަދު ބަސްޓްވީއޭ ހިތާއެވެ. އެހާ ސިއްރުން ކުރަމުން އައި ކަންތައް މިހާ އަވަހަށް ފަޅާއެރިއޭ ސައުދު ހިތަށް އެރިއެވެ. ޒިންދާއި ޝަނުމް އަދި އައްޔަދު ސައުދުއަށް ބަލާލީ ދާދި އެކުއެކީގައެވެ.

“އާނ ރަނގަޅަށް އެބުނީ. އެތެދެއްތަ ދަރިފުޅާ” މަޑުމައިތިރިކަމާއެކު އައްޔަދުގެ ކުރިމަތީގައި އިން ޒިންދު ސުވާލުކޮށްލިއެވެ.

“އެއް ގްރޭޑެއްގަ އުޅެންޏާ ވާހަކަދެއްކޭނެ ކަންނޭނގެ. އަޅުގަނޑަކީ ސްކޫލް ކެޕްޓަން ވީމަ އަންގަންޖެހޭ އެންގުން ވެސް ހުންނާނެ ދޯ. ދެން އެރަހްމަތްތެރިކަން މަގުމަތިން ވެސް އޮވޭ. ވާހަކަނުދައްކަމެކޭ ނުބުނާނަން” އިންތަނުން ތެދުވެގެން ޒިންކު ކައިރިއަށް ގޮސް އަތް ދޮވެލަމުން އައްޔަދު ވާހަކަދެއްކިއެވެ. ކޮށިއެރުމާއެކު އަރައިގަތް ކެހިވަރު މަތަވާން ގިނައިރުތަކެއް ނެގުމުގެ ސަބަބުން ބަހެއް ނުބުނެވިފައި އިން ސައުދު އަޙްޔަދަށް ބަލާލީ އެހާ ރީތިކޮށް ތަނެއްގައި އަޅައިވެސްނުގަނެ ހަދާލި ތާހިރު ދޮގަކުންނެވެ.

“އެކަމަކު މަންމަ ކައިރީގައި ތިވާހަކަ ދެއްކި މީހަކު ބުނެފާނަންތަ؟” އައްޔަދު އަލުން މޭޒު ކައިރީގައި އިށީންނަމުން އަހާލިއެވެ.

“މަންމަ ކައިރީގައި ބުނީ އަޅުގަނޑު” ޝަނުމް އިނދެފައި ބުނެލިއެވެ.

“ޝައްނު ކައިރީގައި ބުނީ ކާކު؟” ޝަނުމް ކައިރީގައި އެވާހަކަ ބުނީ ކާކު ކަން އެނގޭ އިރުގައި ވެސް އައްޔަދު ފޫހިކަމާއެކު އަހާލިއެވެ.

“އާޒްމެން. އެމީހުން ކުޅޭތަނަށް ދިޔަ މަގުމަތީގައި ފެނުނީމަ އަޅުގަނޑު ކައިރީގައި ބުނީ. ބުނި ދޮންބެ ހުރީވެސް ރިމީޝާގެ އަތުގައި ހިފައިގެންނޯ” ޝަނުމް ބުނެލިއެވެ.

“މަށަށް އޭރުވެސް އެނގޭ އެކަހަލަ ރީތި ވާހަކަ އަޒާ ނޫނީ އެހެން މީހަކު ނުދައްކާނެކަން. މިހާރު ސްކޫލުގައި އުޅެން ވެސް މަށަށް ދަތި އެ އަންހެނަކާއި ހެދި. އޭނަގެ ބައިވެރިންނާއެކު މުޅި ސްކޫލް ކުޑަކުރާއިރު ހީވަނީ ފިޔޮށްކުކުޅެއްހެން ވިއްޔާ” އައްޔަދު ތުންފަތް ދަމާލަމުން ބުނެލިއެވެ.

“ދެން…. ދޮންބެއެއް ކަމަކު ފްރެންޑްސް އާ ނުބެހި ހުރޭ…” ޖެހިގެން އިން އައްޔަދުގެ ކޮނޑުގައި ޖަހާލަމުން ޝަނުމް ބުނެލިއެވެ.

އައްޔަދު ދެކަންފަތުގެ ކުޑަފޫޅުގައި ހިފާފައި މާފަށް އެދުމުން ޝަނުމް ހީލިއެވެ. އެއަށްފަހު ކެއުމާއިގެން އޭނާ ކުރިއަށްދާން ފެށިއެވެ.

“ދަރިފުޅާ އަޔާ… މަންމަ އަށް ހެޔޮ ތިދެކުދިން ރައްޓެހިވެގެން އުޅުނަސް.  އެކަމަކު ވިސްނަންޖެހޭނެ ދަރިފުޅަކީ ބީރައްޓެއްސެއްކަން. ދަރިފުޅުގެ ބައްޕަ ބޯޓްދަތުރުކުރަން ގޮސް އެއުޅެނީ ހަމައެކަނި ދަރިފުޅުމެންނަށްޓަކައި. މި އާއިލާ އަކީ މިރަށުގައި އެންމެ ފޯރާ އެއް އާއިލާ. މިއަތޮޅުގައި ވެސް އެންމެ ރަނގަޅަށް ކިޔަވާދެނީ މިރަށުގައި ކަމަށްވާތީ ތިކުދިން ގޮވައިގެން މަންމަ މިރަށަށް ބަދަލުވީ. ބޮޑުއަގު ދީފައި ގެއެއް ކުށްޔަށް ހިފައިގެން އުފަންބިމާ އަމިއްލަ ވަޒަން ދޫކޮށް އައިސް މިއުޅެނީ ހަމަ ދަރިފުޅުމެންނަށްޓަކައި. އެހެންވީމަ ކިޔެވުން ދޫކޮށް އަންހެންކުދިން ފަހަތުން ނުދުވެ ހިތްވަރާއެކު މަންމަ ވެސް ބައްޕަ ވެސް ފަޚްރުވެރިވާފަދަ ކުއްޖަކަށް ވުމަށް މަސައްކަތްކުރަންވީ. ދަރިފުޅު މިއަހަރު ކިޔެވުން ނިންމާ މާލެ ދިޔަސް ޝަނުމް ކޮއްކޮ ކިޔެވުން ނިމެންދެން މަންމަ ބޭނުން މިރަށުގައި ހުންނަން. އެހެންވީމަ މިއޮތް މަދު ދުވަސްކޮޅުގެތެރޭ މަންމަ ލަދުގަންނާނެފަދަ އެއްވެސް އަމަލެއް ނުހިންގުމަށް މަންމަ ނަސޭހަތްތެރިވަން” ފޫހިވެފައި އިނެއް ކަމަކު ޒިންދު ދިން ތަގްރީރު އެއްކޮށް އައްޔަދު އަޑު އެހިއެވެ. އަދި ޒިންދު ހިތްހަމަނުޖެހޭ ފަދަ ގޮތަކަށް ނޫޅޭނަމޭ ބުނެ އަތާއި އަތްޖަހާ ވަޢުދުވިއެވެ.

ޒިންދު އަކީ އެއަަތޮޅު އެހެން ރަށަކުން ތިބި ހަމައެކަނި ދެދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދާ ދިނުމަށްޓަކައި އެހެން ރަށެއްގައި ދިރިއުޅެމުން އަންނަ ހީވާގި މަންމައެކެވެ. ފިރިމީހާ ބާރީ އަކީ ހުއްޓުމެއްނެތި ބޯޓްދަތުރުކުރާ މީހެކެވެ. ޒިންދުގެ އާއިލާ އަކީ ކިތަންމެ ފޯރާ ބައެއް ކަމުގައި ވިޔަސް އެކަހަލަ މީހުންގެ ގައިގާ އަށައިގަނެފައި ހުންނަ ބޮޑާކަމާއި ކިބުރުވެރިކަން ޒިންދުގެ އާއިލާގެ ފަރާތުން އެރަށުގައި އުޅޭ އެއްވެސް އާންމު ރައްޔިތަކަށް ފެނިފައެއް ނުވޭއެވެ. އެއާއި ހިލާފަށް ކައިރީގައި އުޅެ އަވަށްޓެރިންނާއި ގާތް ގުޅުމެއް އުފައްދަން އަބަދުވެސް އޭނާ މަސައްކަތްކުރޭއެވެ.

 

އަޙްޔަދަކީ ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ހިކިކޮށް އަލިކަޅުކޮށް ހުންނަ ކުއްޖަކަށް ވާތީ އޭނާގެ އެއްވެސް އައިބު ކަމެއް ފެންނާކަށް ނުހުރެއެވެ. ރަށުގައި ވެސް ރީތި ކުދިން ނުތިބެނީއެއް ނޫނެވެ. ނަމަވެސް އެހުރިހާ ކުދިންގެ ތެރެއިން ވެސް ހިކިކޮށް އާދައިގެ އިސްކޮޅެއްގައި ހަމުގެ ކުލަ އަލި މާކުރު ނޫން އިސްކޮޅެއް ލިބިފައިވާ ރިމީޝާގެ ހިތް ދެވުނީ އަޙްޔަދަށެވެ. ރިމީޝާގެ ހިތާއި މުޅި ރޫހުން އައްޔަދު ދެކެ ލޯބިވެއެވެ. ދިރިއުޅުމުގެ އެއްވެސް ހިސާބެއްގައި ލޯބީގެ ވިންދު އެހިތުގައި ޖަހާފައި ނުވާއިރު ، އަދި އެކަހަލަ ކަމަކަށް އެހިތް ތައްޔާރުވެފައި ނެތްއިރު އެކަން ބަދަލުކޮށްލީ އެންމެ ފުރަތަމަ އައްޔަދު ފެނުނު ހިސާބުން ފެށިގެންނެވެ. އެންމެ ފުރަތަމަ އައްޔަދުގެ މާބޮޑު ސަމާލުކަމެއް ރިމީޝާ އަށް ނުލިބުނަސް މަޑުމަޑުން ރިމީޝާގެ މައްޗަށް އެހިތް ލެނބެން ފެށި ކޮންއިރަކު ކަމެއް ބުނާކަށް ނޭނގއެވެ. ރިމީޝާގެ ކުރިމަތީގައި އައްޔަދު ވަނީ ލޯބީގެ ގޮތުން ދެތިން ކުއްޖަކާއި ރައްޓެހިވެފައެވެ. އެހުރިހާ ކުދިންނާއި އެކުގައި ވެސް އައްޔަދު ލޯބީގެ އެކި މާތައް ފޮޅުވާ ހެދީ ރިމީޝާގެ ކުރިމަތީގައެވެ. އެމަންޒަރުތައް ކައިރިން ރިމީޝާ ބެލީ ހިތް މަތީގައި އަތް އަޅައިގެން ހުރެއެވެ. އެކަމަކު އަބަދުވެސް އައްޔަދު ބުނާ ގޮތުގައި އޭނާ އަށް ލޯބިވެވުނު ހަމައެކަނި އަންހެންކުއްޖަކީ ރިމީޝާ އެވެ. އެކަމާއި ރިމީޝާ ނިހާޔަތަށް އުފާކުރެއެވެ.

 

އައްޔަދުގެ މެސެޖަކަށް މިރޭ ވެސް ރިމީޝާ ތައްޔާރުވަމުން އެދަނީ ގަޑި ކިޔާފައިވާތީ އެތަނަށް އަވަހަށް ދިޔުމަށެވެ. ކޮޓަރީގައި ތައްޔާރުވާން ހުރި ރިމީޝާ ސިހުނީ ކޮޓަރިއަށް ވަދެގެން އައި ނާއިން ފެނުމުންނެވެ.

“ދޮންތާ!! ހާދަ ތިއްތި ތިވަނީ. އަނެއްކާ ކޮންތާކަށް ދާން” އެނދުގައި އިށީންނަމުން ނާއިން އަހާލިއެވެ.

“މިދަނީ ސްކޫލަށް. މިރޭ އެބައޮތް ކުޑަ މީޓިންގްއެއް. މިބުނީ ކްލާސް އަންހެންކުދިންގެ މީޓިންގްއެއް” އަވަސް އަވަހަށް ރިމީޝާ ބުނެލިއެވެ. އެހެނީ ކުޑަކޮށް ވެސް ނާއިން އަށް ޝައްކެއްވާކަށް އޭނާ އެއް ނޭދޭއެވެ.

“އެކަމަކު ސްކޫލުގަ ނެތް ތިކަހަލަ ކަމެއް. ދެންމެ މިއައީ ސްކޫލަށް ވަދެލާފަ. ޔަގީން ތިދަނީ މިރަށު ބީރުބޮލު ވަޒީރާ ބައްދަލުކުރަން. އެއީނު ދޮންތަ ފަހަތުން ނުނެއްޓި އުޅޭ ސޮރަކީ” ބޯކަހާލަމުން ނާއިން ބުނެލިއެވެ.

“މީހުންނަށް ވަނަންދީ މަލާމާތްކުރުމުން ވަނައެއް ހައްގު. ސާބަސް ނާއީ އަށް. ބުނާނަން މަންމަ ކައިރީގަ” ނާއިންގެ ބުރަކަށީގައި ބޮނޑިއެއް އަޅުވާލަމުން ރިމީޝާ ބުނެލިއެވެ.

“ސޮރީ ސޮރީ…. ސްކޫލުގަ ނެތް ކަމެއް. ދެންމެ މިއައީ ސްލކޫލަށް ވަދެލާފަ” ނާއިން ބުނެލިއެވެ.

“އެހެންތަ؟ ނާއީ ކޮންއިރަކު ސްކޫލް ވަގުތު ނޫން ގަޑިތަކުގައި ސްކޫލަށް ދާން ފެށީ. އެހެންނޫނަސް ދެންމެ ދޮންތަ އަށް ޕްރިންސިޕަލް ގުޅީ މީޓިންގްއަށް ނާންނާތީ” މޫނުގައި ފުށް މާގަނޑު ހާކާލަމުން ރިމީޝާ ނާއިން އާއި ވީ ފަރާތަށް އެނބުރި ބުނެލިއެވެ. ރިމީޝާ އެކުރީ ނާއިން އަށް މަލާމާތެއް ކަން އެނގުމުން ނާއިން ކައިރިއަށް ހިނިއައެވެ. އެއްފަރާތު ބަހައްޓާފައި ހުރި ހަރުގައި އަޅުވާލާފައި އިން ރިމީޝާގެ އަތްދަބަސް ހިފައިގެން ދެކުދިން އެކީގައި ކޮޓަރިން ނިކުތީ ވެސް އެކަކު އަނެކަކާއި ސަމާސާ ކުރަމުންނެވެ.

ރިމީޝާ ސައުދު އާއި ބައްދަލުކުރީ މަގު ކަންމަތިންނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ރިމީޝާ ސައުދާއި ވީ ފރާތަށް އެނބުރިލިއެވެ. މަގުގެ ދެކޮޅަށް ރިމީޝާ ބަލާލިއިރު ހުރިހާ ދިމާލެއްގައިވެސް ވަނީ އަނދިރިކަމެވެ. ދުރުން ފެންނަން ހުރީ ކާކުކަމެއް ނޭނގޭއިރު ޔަގީން ކުރެވޭނީ ކައިރިއަށް އައިސް ބެލުމުންނެވެ. އެހާ ވެސް މަގުތައްމަތި އަނދިރިއެވެ.

“އަޅެ ސަޑޭ… ހާދަ އިރެކޭ… އިރުކޮޅަކުން މަންމަ ގުޅަންފަށާނެ. އަހަރެން މިއައީ ޒޯ ކައިރީގަ ނުވެސް ބުނެލާ. ޒޯ ހިނގައިދާނެ ގެއަށް އަހަރެން ހޯދަން ވެސް. އޭރުން މަ ބަސްޓްވީ” ރިމީޝާ އަށް އެހިސާބަށް ބުނެވުނު އިރު ސައުދު އަށް އައްޔަދުގެ ފޯންކޯލް އަންނަނީއެވެ.

“ހިނގާ މިދިމާލަށް. އަޔާ އެބަހުރި އެތާ” އިނގިލިން އިޝާރާތް ކުރަމުން ދާންވީ ދިމާ ސައުދު ރިމީޝާއަށް ދައްކާލިއެވެ.

“ތިދިމާ… މައިގޯޑް… ތީ މިރަށު އެންމެ ނާމާން ދިމާ. އަހަރެން ވަރަށް ބިރުގަނޭ. މަންމަ އަބަދުވެސް ބުނާނެ ތިދިމާލުންނޭ ކަނޑުގެރި އަރާނީ” ކުރިއަށް ހިނގައިގަނެފައި ވެސް ހުއްޓިލަމުން ރިމީޝާ އެހެން ބުނީ މޭގައި އަތް އަޅާލަމުންނެވެ. ހަގީގަތުގައި ވެސް އެދިމާ ބަލާލަން ވެސް އޭނާ ހުރީ ބިރުންނެވެ.

“ސާބަސް ރިމީ އަށް. އަދި ކިރިޔާ އަށެއް ޖެހީ. އެހެންނޫނަސް ޖިންނިތައް މިގަޑީގަ ގެތަކުގަ ކާންތިބީ. ރިމީގެ މަންމަ ތިބުނާ ކަނޑުގެރި އެބަހުރި އެދިމާލުގަ އިންތިޒާރުގަ.  ކާން ތިބި ޖިންނިތައް ނިކުންނަން ވާއިރަށް ތިދެމީހުން ކުރާ ކަމެއް ކޮށްފަ އާދޭ” ސަމާސާ ގޮތްގަނޑު އެކުލެވޭ ރާގެއްގައި ސައުދު އެހެން ބުނުމުން ރިމީޝާއަށް ނުހީ ނުހުރެވުނެވެ. ދެމީހުން އެކި ވާހަކަދައްކަމުން އެދިމާލުން އަތިރިމައްޗަށް ނުކުމެވުމުން އިނގިލިން އިޝާރާތްކޮށްފައި ސައުދު ތަންކޮޅެއް ދުރުގައި މޫދަށް ބަލަހައްޓައިގެން ހުރި އައްޔަދު ދައްކާލިއެވެ.

“އެހެރީ ކަނޑުގެރި” މޫދާ އި ދިމާލަށް ބަލަން ކޮޅަށް ހުރި އައްޔަދު ދައްކާލަމުން ސައުދު ބުނެލިއެވެ. ރިމީޝާއަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ބިރުން އަޑުގަދަކޮށްލަމުން ސައުދުގެ އަތުގައި ބާރަކަށް ހިފާލިއެވެ. ރިމީޝާގެ އަޑުން ސައުދު ވެސް ދިޔައީ އެއްލިގެންނެވެ.

“ސާބަހޭ… މަގޭ ގަމީހުގެ ގޮށޭ އެދިޔައީ. އެއީ ކަނޑުގެރިއެއްނޫނޭ. އެއީ ކަމަނާގެ ރަންކޮޅު. ދޭ… ހުވާ މިބުނީ މިދެމީހުން ތަތްކުރަން ހަދައިގެން އެބުނާ ކަނޑުގެރި އަވަލަވާނީ މަށާ ކަންނޭނގެ” ރިމީޝާ އަޙްޔަދާއި ދިމާލަށް ހިނގައިގަތުމުން ސައުދު ހުއްޓިގެން ހުރެ ކުދި ކިޔަމުން ދިޔައެވެ.

އުޑުމެދުގައި ރަސްކަން ކުރަމުންދިޔަ ހަނދުގެ އަލިކަން ތަނަށް ވެރިވެފައި ވިޔަސް ދުރުގައި ހުރި އައްޔަދު ރިމީޝާއަށް ފެނުނީ ކަޅު ހިޔަންޏެއް ހެންނެވެ. ރިމީޝާ މަޑު ފިޔަވަޅުތަކެއްގައި ކުރިއަށް ގޮސް އައްޔަދު ފަހަތުން ހުއްޓިލިއެވެ. އުޑުމަތީގައިވާ ޝާއްބަ ހަނދުން މުޅި ސަރަހައްދުގެ ނާމާންކަން ކަނޑުވާލާފައި ވާތީ ރިމީޝާ ގެ ހިތަށް ވަނީ ހަމަޖެހުން ލިބިފައެވެ. އައްޔަދު ރިމީޝާ އާއި ވީ ދިމާލަށް އެނބުރިލީ ރިމީޝާ ލަދުން ވިރިވިިރި ހުއްޓައެވެ. ރިމީޝާ އިސްއުފުލާ އަޙްޔަދާއި ދިމާލަށް ބަލާލިއިރު އައްޔަދު ހުރީ ހިނިއައިއްސަ ރިމީޝާގެ މޫނަށް އޭނާގެ ތޫނު ނަޒަރު ހުއްޓާލައިގެންނެވެ. ރިމީޝާއަށް ޖެހުނީ ލަދުން އެސްފިޔަތައް ތިރިކޮށްލާށެވެ.

“ރިމީ މިތަނަށް އައިކަން އެއްވެސް މީހަކަށް އެނގޭނެތަ؟ މިބުނީ އެއްވެސް މީހަކަށް ފެނުނުހޭ” ރިމީޝާ މޫދަށް ބަލާލަމުން ދެފަރާތަށް ބޯތަޅުވާލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދެން އިވުނީ އައްޔަދު ހީލި އަޑެވެ. ރިމީޝާ ހައިރާންވެފައި އައްޔަދުގެ މޫނަށް ބަލާލިއެވެ. އެވަގުތު ކުޑަކޮށް ދުރުގައި ހުރި ރިމީޝާގެ އަތުގައި ހިފާ އަޙްޔަދާއި ތަންކޮޅެއް ކައިރިކޮށްލިއެވެ.

“އަހަރެން ވަރަށް ލޯބިވޭ ރިމީ ދެކެ. އަހަރެން ވަރަށް އުފާވޭ ރިމީ އަހަރެންނާއި ރައްޓެހިވީމަ” ރިމީޝާގެ އަތްތިލައިގާ ތުންފަތް ޖައްސާލަމުން އައްޔަދު ބުނެލިއެވެ.

“އަހަރެން ވެސް ވަރަށް ލޯބިވޭ… އެކަމަކު ދެން ހިނގާ ދާން. އަހަރެން ވަރަށް ބިރުއެބަގަނޭ… އަޅެ އަހަރެން ބަނޑުބޮޑު ވެއްޖިއްޔާ މިހެން އުޅެނިކޮށް” ހިތުގައި އުފެދިފައިވާ ހާސްކަމާއި ބިރުވެރިކަމުގެ ސަބަބުން ރިމީޝާ އަށް އޭނާ އަށް މިކިޔެނީ ކީކޭ ކަމެއް ވެސް ނޭނގެއެވެ.

“ހެހެހެ… ރިމީ ވަރަށް ކިއުޓް….. އަހަރެމެން ނޫޅެން ބަނޑުބޮޑުވާ ގޮތަކަށް ދޯ…. ރިމީ ތިވިސްނާލީ ހާދަ ދުރަކަށޭ” ހެމުން ހެމުން އައްޔަދު ބުނެލިއެވެ. މަޑުމަޑުން ރިމީޝާ ގެނެސް ބައްދާލަމުން ދެއަތް ތެރޭގައި ގައިދުކޮށްލިއެވެ. ލަދުގަނެ ބިރުގަނެފައި ވިޔަސް ރިމީޝާއަށް އައްޔަދު ދުރުކޮށްލާކަށް ނުކެރުނެވެ.

“ނޭނގެއެއްނު. ހަމަ ވެދާނެއެއްނު. ހުރިހާ ގޮތަކަށް ވެސް ޖެހޭނެ ވިސްނަން. ހިނގާ މިރޭ ގެއަށް ދަމާ. މިހާރު މާ ލަސްވެއްޖެ. މީހަކަށް ފެނިއްޖިއްޔާ. ހަނދުވަރުގެ އަލި މިގޮތަށް އަމާންކަން ގެނެސްދީފައި ވިޔަސް މިކަހަލަ ރޭތަކުގައި ދެލޯ އަނދިރި މީހުންނަށް ވެސް ތަންތަން ފެންނާނެ” ދެފަރާތް ދެފަރާތް ހޯދަމުން ދިޔަ ރިމީޝާ ހާސްވެފައި ބުނެލިއެވެ.

“ހެހެހެ… ހިނގާ ދާން ދޯ. ރިމީ ތިހާ ބިރުން އުޅެންޏާ މިތާ ހުންނާކަށް މަށަކަށް ވެސް ނުފެނޭ”  ރިމީޝާގެ އަތުގައި ހިފާލަމުން އެއްގަމަށް އަރަން ހިނގައިގަތް އައްޔަދު ބުނެލިއެވެ. އެވަގުތުކޮޅުގައި ދެމީހުން ކުރެ އެކަކު ވެސް އަނގައިން ނުބުނެއެވެ. ވަކި ހިސާބަކުން އެދެމީހުންނާއި ސައުދު ދިމާވުމުން ގެއާއި ދިމާލަށް ހިނގައިގަތީ ތިން މީހުން ވަކިވަކިންނެވެ.

 

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވެ ރިމީޝާގެ ހަޔާތުން ފަހަރަކު ގަނޑެއް ފަހަތަށް އެއްލަމުން ދިޔައެވެ. އެއިން ކޮންމެ ގަނޑެއްގައި ރަން އަކުރުން ދެލޯބިވެރިންގެ ނަން ފަވާލާފައިވެއެވެ. ދެމީހުންގެ ތެރޭގައި އުފެދިފައިވާ ބީރައްޓެހިކަން މަޑުމަޑުން ކެނޑެމުން ގޮސް ސައުދު ނޫނީ ތިންވަނަ ހަތަރުވަނަ ފަރާތަކަށް ނޭނގޭނެހެން ސްކޫލް ތެރެއިންނާއި ސްކޫލުން ބޭރުން ދެލޯބިވެރިން ވެސް އައީ ލޯބީގެ އެކި ކުލަކުލައިގެ މާތައް ފޮޅުވަމުންނެވެ. ހަމައެއާއެކު ކިޔެވުމުގައި ވެސް ގިނަ ވަގުތުތަކެއް ހޭދަކުރަމުން ދިޔައެވެ.

 

އިމްތިހާންް ނިމި އޭގެ ނަތީޖާ އިޢުލާން ކުރި ދުވަސް އައިސް ބޯމަތިވީ އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނަތީޖާ ބަލާދިޔުމަށް ކޮޓަރީގައި ތައްޔާރުވާން ހުރި ރިމީޝާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ދިހަ އަހަރު ދުވަސް ވަންދެން އޭނާ ކުރި މަސައްކަތުގެ ނަތީޖާ އަދި ކިރިޔާ ލިބެން އުޅެނީއެވެ. ދެއަތް ދެއަތާއި ހާކަން ފެށި ފިނިވި ވަރުންނެވެ. ހާސްކަމާއެކު ކޮޓަރީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލުމަށް ފަހު ދެން ބަލާލަނީ ލައްޕާލާފައި ހުރި ކޮޓަރީ ދޮރާއި ދިމާލަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ބޭނުންވަނީ ޔާރާ… 2

Next

ތަޤްދީރު (19)

Next
March 20, 2018

ތަޤްދީރު (19)

Previews
March 20, 2018

ބޭނުންވަނީ ޔާރާ… 2

24 Comments!

  1. Ushaali says:
    March 20, 2018 at 12:04 pm

    salaam! 🙂 kihinehtha huriha kudhin? miothy 02 vana bai. mi bai ves huriha kudhinnah kamudhaane kamah heekuran 🙂 🙂

    1. Ushaali says:
      March 20, 2018 at 12:13 pm

      kiyuntheringe samaalu kamah!
      vahakaiga beynun kuramun ai ah’yadh ge nan mihaaru vaany change kurevifai. baeh kiyuntherinnah e nan kiyan undhagu kamah bunefai vaathy 🙂 🙂

  2. lotus says:
    March 20, 2018 at 12:09 pm

    Story v nice.. but heevanee vaki hisaabakun girl kujjaa dhookollafa boy kujja dhaanehen… hehe just sayin my opinion.. waiting for the next ep

    1. Ushaali says:
      March 20, 2018 at 12:15 pm

      dhw lotus 🙂 lets see dhw… thankyou 🙂

  3. Aaf says:
    March 20, 2018 at 12:11 pm

    Wow nice

    1. Ushaali says:
      March 20, 2018 at 12:15 pm

      thankyou Aaf 🙂

  4. Mee says:
    March 20, 2018 at 12:53 pm

    hama bala balaa mihuryy up veythoa.. vrh reethi mi part vx.. next part ah abadhuvs waiting ngey 🙂

    1. Ushaali says:
      March 20, 2018 at 6:48 pm

      Thankyu Mee ❤ next part on thursday. Insha allah ?

  5. Shann says:
    March 20, 2018 at 1:01 pm

    Result kihineh vaanebaa dhw??? V majaa story eh mee… Story kiyamun dhaairu hama heveny ibaraah kutunthah genesdhyfa hurigothun… V ves furihamey buneveyny… V kiyaalaa hithun mibaives mi kiyaaly.. V rythivaanehen hyvey mi story..

    1. Ushaali says:
      March 20, 2018 at 6:46 pm

      Thankyu shann ❤ Insha allah. Varah reethi vaane mi story ?

  6. Swety says:
    March 20, 2018 at 1:14 pm

    Ushaali vvvvv nice ingey????????

    1. Ushaali says:
      March 20, 2018 at 6:44 pm

      Thankyu swety ❤

  7. Fathun says:
    March 20, 2018 at 1:31 pm

    hadha hyveyey Ayyadh, ulheny loabin noon hen. nasybe Rimy tankolhe visnaigen ulheykan. ekamaku visnaigen ulhunas lade libidhaane

    1. Ushaali says:
      March 20, 2018 at 6:41 pm

      Dhn balamaa dhw Ayyadh hadhaa gotheh ? thankyu Fathun ❤❤

  8. Xee says:
    March 20, 2018 at 1:50 pm

    Thanx usha. Ayyad ah change kureema kiyaalan vrh faseyha he?

    1. Ushaali says:
      March 20, 2018 at 6:39 pm

      Thankyu xee ❤

  9. Pinky shifoo says:
    March 20, 2018 at 2:11 pm

    Wow ❤️❤️❤️… Maasha Allah mi part vx v reethi ???… V kiyaalaahithun mi part vx mi kiyaaly ???… Sifakurunthah n jumlathah genesdhyfa hunna goi v v furihama ???… I really like it ???… For me mihaaru use kuraa name ah vure Ahyadh maa reethi… Next part ah varah inthizaaru kurevey eba ???… Keep up the good work ushaali ???… Eagerly waiting for the next part ???… Lots of love and take care ❤️❤️❤️?????????

    1. Ushaali says:
      March 20, 2018 at 6:36 pm

      Awwwww ? thankyu so much my dear pinky shifooo ❤❤❤

  10. Fai says:
    March 20, 2018 at 2:54 pm

    V Salhi next part ah intizaarukurah
    Lovely Ushaali
    ***???????❤❤

    1. Ushaali says:
      March 20, 2018 at 6:33 pm

      Thankyu Fai ❤❤

  11. stickkkk says:
    March 20, 2018 at 5:57 pm

    varah varah reeethi ingey mi part ves. when next part?? rimeesha ge exam result onnaanyy kihineh baa?? rangalhu vehjiyyaa rangalhu dhn ahaha

    1. Ushaali says:
      March 20, 2018 at 6:30 pm

      Thankyu so much stickkk ? result rangalhuvaane kannenge ❤

  12. Friends says:
    March 20, 2018 at 10:37 pm

    Saudhu” hadha old nameky dear.varah udhagu.but stry hama v salhi.waiting 4nw part.
    Gud nyt.????

  13. Niu says:
    March 21, 2018 at 12:10 am

    V v v v v reeeeethi
    Waiting n waiting for next partt

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ 03←


All Right Reserved!