ހީ އިޒް ބިއުޓިފުލް…އަޔާޒް ރައިންނަގާ މޫނުފެންނަގޮތައް އަބުރާލަމުން އެމޫނުގައި ބޮސްދިނެވެ.އެވަގުތު އެތުއްތު މޫނުގައި އޭނަފިރުމާލުމާއެކު ހައިރާންވިއެވެ.އެހާ މަޑެވެ. އެ ތުއްތު މޫނު ބަލާ ފޫހިނުވާހާ ރީއްޗެވެ. އަމިއްލަ ދަރިއަކު ދެކެވާނެފަދަ ފުން ލޯއްބެއް އަޔާޒް ހިތުގައި އެކުއްޖާއާއި ދޭތެރޭ އުފެދުނެވެ. ބްރޭކްގަޑި ޖެހުމާއެކު ޝީންބޭރައް ނިކުތީ ނަފީސާއަށް ގުޅާލުމައްފަހުއެވެ. ހެދުނުންސުރެ ދުނިޔެމަތި ބަނަވެ އަދިރިވަމުން ދިޔައީ ކަޅުވިލާތަކުންނެވެ. މައްޗައް ބަލާލަމުން ޝީން ގޮސް އާޔަންގެ ކާރައްއެރިއެވެ. ހ. ޑްރީމް ކުރިމައްޗައް ކާރު މަޑުކޮއްލުމުން ޝީންފައިބަން އަވަސްވެގަތެވެ.ނަމަވެސް އާޔަން […]
އިރުކޮޅެއްވީތަނާ ކޮޓަރީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޒޯހަލް އެވެ. ރިމީޝާ އާއި ހިލާފަށް ޒޯހަލްގެ މޫނުމަތިން ފެންނަނީ ވަރަށް ހަމަޖެހިލާފައި ހުންނަ ތަނެވެ. “ފޫކޮޅަށް ކައްޓެއް ހެރިގެންތަ ތިއުޅެނީ” އެނދުގައި އިށީނދެލާފައި ތެދުވި ރިމީޝާ ފެނުމުން ހީލާފައި އެތެރެއަށް ވަދެގެން އައި ޒޯހަލް ބުނެލިއެވެ. “ނޫނޭ… ވަރަށް ބިރުގަނޭ. ހިތަށް އަރާ ނަތީޖާ އަންނާނީ ކިހިނެއްބާއޭ…. އެގްޒާމްތައް ހެދުނު ގޮތާއި މެދު މިހާރު ޝައްކު އުފެދޭ ވަރަށް ނަތީޖާ އާއި މެދު އޭނާ އަށް ވިސްނެން […]
މާގިނަ އިރު މަޑު ކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލިއެވެ. ދޮރުހުޅުވާލުމާއެކު އޭނާ އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. ދޮރު ހުޅުވީ އޭނާ އާއި ދާދި އެއްއުމުރެއްގެ މީހެކެވެ. މަޑު ފެހިކުލައިގެ ގަމީހެއް ލާފައި ހުރި އިރު އަޅާފައިވާ ޓައީ ކަރާ ދިމާކުން ދޫކޮއްލާފައި އޮތުމުން ދެންމެ ގެއަށް އައިސް ވަންހެން ހީވުމާއެކު އެމޫނުމަތިން ވަރުބަލިކަން ވެސް ފާޅުވަމުން ދިޔައެވެ. އަތުގައި އޮތް ހުދު ކުލައިގެ ކޯޓް އަށް ދާނިޝް ގެ ނަޒަރުހުއްޓުނެވެ. ދާނިޝް އެކޭ އެއްގޮތަށް އެޒުވާނާ […]
. ތެދުވެފައި ހިނގައިގަތް ރައިން ގޮސް އެމީހާގެ ފައިގާ އޮޅުލައި ގަންނަމުން ބައް ބައް ބައް ޕާ އޭ ގޮވާލިއަޑުއިވުމާއެކު ޝީންއާއި އާޔަން އެއްފަހަރާބަލާލީ ހިނިއައިސް ހުރެއެވެ.ރައިންގެ އަނގައިން އަލައް ބައްޕާއޭ ގޮވާލުމުން ޝީން އިނީ ހިނިއައިއްސައެވެ.. އޭރު ރައިން އެމީހާގެ ފައިގައި އޮޅުލައިގަނެގެން ހުއްޓެވެ.އޭރު އެމީހާގެ ދެލޯ ވަނީ ޝީންއަށާއި ސޯފާގައި އިން އާޔަންއަށް ހުއްޓިފައެވެ. ޝީންމެންނާ ދިމާލައް ބަލަހައްޓައިގެން ހުރިމީހާއަށް ޝީން ބަލަލީވަރައް ފަރުވާތެރިކަމާއެކުގައެވެ ޝީންގެ ސިކުނޑިއަށް އެމީހަކު ނަގައިގަންނަން ކުޑައިރުކޮޅެއް ނެގިއެވެ. ފުންމައިގެން […]
“..މިކިޔަނީ އިލްހާމްއަށް އަންހެން ދަރިޔަކު ލިބުނޭ! އެދަރިޔަކީ ނިހާއެއް ނޫނޭ!..” އިބްރާހީމްބެ ބުންޏެވެ. އެއަޑު އިވިފައި އެންމެ ބޮޑު ޝޮކެއް ލިބުނީ ނިކާލަކަށް ނޫނެވެ. މަރުޖީނާ އަނެއްކާވެސް އެދިމާއަށް އަންނާތީ އޭނާ ފަހަތުން ހަލުވި ފިޔަވަޅުތައް އަޅަމުން އައި ޞަފިއްޔާއަށްވެސް އިބްރާހީމްބެ ބުނި އެއްޗެއް ސާފުކޮށް އިވުނެވެ. އޭނާއަށް ލިބުނު ޝޮކުގައި ހުއްޓުން އެރީ ކުއްލިއަކަށެވެ. “..އިލްހާމްއަށް ލިބުނު އަންހެންދަރި މިދުނިޔެއަށް ފުރަތަމަ ނޭވާލީންސުރެން އިބްރީސްގެ ބާރުތައް މަޑުމަޑުން ލިބެމުން އައީ!” އިބްރާހީމްބެ އިތުރަށް ބުނެލިއެވެ. “..އެ […]
އިސްލާމްދީނުގެ މާތް އަހުލާގު ތެރެއިން ޒައްރެއްގެ މިންވަރުވެސް ތަނާގެ ކިބައިގާ ނެތް ކަން ނަދީމް ދެއްކި ވާހަކަ ތަކުން ނޫރަށް އެނގުނެވެ. އެވާހަކަތައް ސާއިގާ އަށް ކިޔައިދީފިނަމަ ވަގުތުން އެކަމަށް މަނާ ކުރާނެކަން ނޫރަށް ކަށަވަރެވެ. ” ދަރިފުޅާ އަނެއްކާވެސް އެމަންޖެ ހިޔާލަށް ގެއްލުނީތަ… ” ނޫރުގެ ދެކޮލުގައި ހިފާ ސާއިގާ އާއި ދިމާއށް އަނބުރުވާލަމުން ސާއިގާ ބުންޏެވެ. އެވަގުތު ނޫރު ހިނިތުންވެލަމުން ލޯތްބާއެކު ސާއިގާގެ އަތުގައި ހިފާ ތިރިކޮށްލުމަށްފަހު ސާއިގާގެ އަތްތިލައަށް ބޮސްދިނެެވެ. ” މާމާ… […]
އެޖުމުލަތަކާއެކު މަލްހާއަށްހީވީ އޭނާގެ ވަށައިގެންވި މާހައުލު އެނބުރިގަތްހެންނެވެ. މީހަކު ބާރު އެތިފަހަރެއް އޭނާގެ ކޯތާފަތްމަތީގައި ޖެހިކަހަލަ އިހުސާސެއް ވެގެންދިޔައެވެ. ތޫނު ޚަންޖަރެއް އެހިތަށް ހަރައި ޗިސްކޮށްލިނަމަވެސް އެވަގުތު ހިތަށްވީތަދަށްވުރެ ކުޑަވާނެކަން ޔަގީނެވެ. “ނޫން. ނޫން ރާދު ނޫން. އަހަރެންނަށް ތިހެންނުހަދާ. އެއްފަހަރުވެސް އަހަރުމެންގެ ދަރިފުޅާ ދޭތެރޭގަ ވިސްނައިލަބަލަ. ޕްލީޒް ރާދު ނޫން.” މަލްހާއަށް ރޮއިގަނެވުނީ ކުއްލިއަކަށެވެ. އެހިތުގައި އަޅަމުންދިޔަ ވޭން އެތަނުގައިތިބި އެކަކަށްވެސް ހަމަ އިހުސާސުނުވަނީ ހެއްޔެވެ؟ “އޯ ޕްލީޒް ޝަޓްއަޕް. އަހަރެންނަކަށް ތިއިން އެކަކުވެސް މުހިއްމެއްނޫން. […]
.ނަފީސާއަށް ފޯނެއް އަންނަންފެށުމުން ފޯނު ކަންފަތުގަ ޖަހަމުންއެއްފަރާތްވެލިއެވެ. އޭރުވެސް ރައިން ރޯވަރުން ރޮނީއެވެ މަންމާ “އަޔާޒް ނަފީސާއަށް ގޮވާލުމުންވެސް ނަފީސާއަކައް އަޑެއް ނީވުނެވެ. ނަފީސާ ދެފަހަރަކު ހަލޯއޭ ގޮވާލުމައްފަހު އަޑެއްނީވުމުން ފޯނު ކެނޑުނީކަމައް ކަންފަތުން ފޯނު ދުރުކޮއްލުމައްފަހު ގޮސް ރައިން މަސަލަސް ކުރެވޭތޯ އުޅުނެވެ. މާމަ ދަރިފުޅު ކޮންކުއްޖެއް ރޮއްވާލީ”ނަފީސާ އެހެންބުނެލުމާއެކު ޝީންވެސް ރައިން ހުއްޓުވާލަން އެއްޗެއް ބުނެލިއެވެ. ކަނޑާނުލާ ފޯން ހުރުމުން ނަފީސާއާއި ޝީން ދެއްކި ހުރިހާ ވާހަކައެއްވެސް އަޔާޒްގެ ކަންފަތައް އިވެމުން ދިޔައެވެ……. ކަންފަތް […]
އިމްތިހާންް ނިމި އޭގެ ނަތީޖާ އިޢުލާން ކުރި ދުވަސް އައިސް ބޯމަތިވީ އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނަތީޖާ ބަލާދިޔުމަށް ކޮޓަރީގައި ތައްޔާރުވާން ހުރި ރިމީޝާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ދިހަ އަހަރު ދުވަސް ވަންދެން އޭނާ ކުރި މަސައްކަތުގެ ނަތީޖާ އަދި ކިރިޔާ ލިބެން އުޅެނީއެވެ. ދެއަތް ދެއަތާއި ހާކަން ފެށި ފިނިވި ވަރުންނެވެ. ހާސްކަމާއެކު ކޮޓަރީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލުމަށް ފަހު ދެން ބަލާލަނީ ލައްޕާލާފައި ހުރި ކޮޓަރީ ދޮރާއި […]