Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (18)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
March 19, 2018 5 Mins Read
39 Comments

“ކިހިނެއްތަ މަލް؟ ކަންތައްތައް ކިހިނެއް؟ ކޮބާ ހަޒްބަންޑް؟” އެއްފައްޗަކަށް އީނާލް ސުވާލުތައް އަމުނައިލިއެެވެ. އީނާލްގެ ސުވާލުތަކާއެކު މަލްހާ ތުންފަތުގައި ދައިގަންނަމުން އިސްޖަހައިލީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. މަލްހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަގޮތުން އީނާލް ހައިރާންވިއެވެ. އޭނާއަށް އަނެއްކާ ނުބައި ސުވާލެއް ކުރެވުނީބާވައެވެ؟ ހާސްވެފައި އީނާލް މަލްހާގެ ކޮނޑުގައި އަތްބާވައިލިއެވެ. “މަލް. ހުރިހައިކަމެއްވެސް ރަނގަޅުތަ؟” އީނާލްގެ ސުވާލާއިއެކު ފެންކަޅިވެފައި މަލްހާއަށް އީނާލާއި ދިމާއަށް ބަލައިލެވުނެވެ. މަލްހާހުރިގޮތުން ހުއްޓުން އަރައިފައި އީނާލަށް އިނދެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ދުވަހަކުވެސް މަލްހާ އެފަދަ ހާލެއްގައި ފެނިފައިނުވާ އީނާލްގެ ހިތްވެސް ވިރިގެންފޭބިކަހަލައެވެ.

“މަލް. ކިހިނެއްތަވީ؟ ކޮބާ ރާއިދް؟ ޕްލީޒް މަލް ބުނެބަލަ ވަޓްސް ރޯންގް؟” މަލްހާގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން އީނާލް އަހައިލީ ހާސްވެފައި އިނދެއެވެ. މީހެއްގެ ހަމްދަރުދީއަކަށް ބޭނުންވެފައިއިން މަލްހާއަށް ރޮއިގަނެވުނެވެ. އޭރު އީނާލްގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ. މަޑުމަޑުން މަލްހާ ގައިގައި ބައްދައިލަމުން އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލައިދިނެވެ. މަލްހާގެ މިހާލުފެނި ކުޅެންއިން ޒީވާންވެސް ހުއްޓުން އަރައިފައި މަލްހާއާއި ދިމާއަށް ބަލަންއިނެވެ. އެތަންފެނުމުން އީނާލް ގަދަކަމުންވިޔަސް މަލްހާ މަސަލަސްކުރެވޭތޯ ބެލިއެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު މަލްހާ އީނާލާއި ދުރުވެލަމުން ދުރަށް ނަޒަރު ހުއްޓައިލިއެވެ.

“މަލް ޕްލީޒް ބުނެބަލަ ވީގޮތެއް.” މަލްހާގެ އަތުގައި ހިފައި ފިތައިލަމުން އީނާލް އާދޭހުގެ ރާގަކަށް ބުނެލިއެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން މަލްހާ އީނާލަށް އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭންފެށިއެވެ. ލިވްޔާ އެމީހުންގެ ދިރިއުޅުމަށް އައީއްސުރެ ކަންތައްވަމުންދިޔަގޮތް ކިޔައިދެމުންދިޔަ މަލްހާއަށް އިރުއިރުކޮޅާ ހުއްޓައިލާން ޖެހެނީ ގިސްލެވޭވަރުން އިތުރަށް ކުރިޔަށްގެންދަން އުނދަގޫވެގެންނެވެ. އެހެނަސް ހިތްވަރުކޮށްފައި މަލްހާ ހުރިހައި ވާހަކައެއް އީނާލަށް ކިޔައިދިނެވެ. އެހިތުގެ ހާލު ކޮންމެވެސް މީހަކާއި ހިއްސާކޮށްލަން ބޭނުންވެފައި ހުރިވަރުންނެވެ.

އިވުނު ވާހަކަތަކާއެކު އީނާލަށް އިނދެވުނީ ބަސްހުއްޓި ގަބުއަރާފައެވެ. ދުނިޔޭގައި އެފަދަ މީހުންވެސް އުޅޭހެއްޔެވެ؟ އަމިއްލަ އެއްބަނޑު އެއްބަފައި ކުދިންގެ ދިރިއުޅުން އެފަދައިން ހަލާކުކުރަން އެމީހުނަށް ކެރެނީވެސް ކިހިނެއްހެއްޔެވެ؟ ލިވްޔާގެ ހިތުގައި މަލްހާއާއި މެދު ލޯބީގެ ކުޑަވެސް މިންވަރެއްވިނަމަ އެގޮތަށް ކަންތައްކުރަން ނުކެރުނީސްކަން ޔަގީނެވެ. ނަމަވެސް..

“މަލް. ހިތްވަރުކުރޭ. ދުނިޔޭގަ އެކިމީހުނަށް ކުރިމަތިވާނީ އެކި އިމްތިހާނު. މިއީ މަލްއަށް ކުރިމަތިކުރެއްވި އިމްތިހާނެއްކަމަށްބަލައި ކެރިގެން ތިކަމާ ކުރިމަތިލާ. ހިތްވަރުކޮށް ކެތްތެރިވޭ. ކެތްގެރިކަމުގެ މޭވާ ފޮނުވާނެ. އެހެންނޫނަސް މާތް ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކު.” ލޯތްބާއެކު މަލްހާގެ ކޮނޑުގައި ފިރުމަމުން އީނާލް ހިތްވަރުދިނެވެ.

“އަހަރެން.. އަހަރެން ކިހިނެއް.. ކެތްކުރާނީ؟ އޭނަ އެހަލާކުކޮށްލީ އަހަރެންގެ މުޅި ދިރިއުޅުން. ނާލް. އަހަރެން ވަރުބަލިވެއްޖެ.” އިސްޖަހައިގެންއިނދެ މަލްހާ ބުނެލީ ނާއުމިއްދުވެފައިވާ ރާގަކަށެވެ. މަލްހާ އެހެންބުނުމާއެކު އީނާލް ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ނޫން މަލް. ﷲ އެކަލާނގެ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވާނެ. ޖަސްޓް ޓާރން ޓް ހިމް. އަހަރެންނަށް ޔަގީން ތިހިތާމަތަކަށް ލުއެއްލިބޭނެކަން. ކިހިނެއް އިނގެނީ މިއީ މަލްއަށް އެކަލާނގެ ހިދާޔަތް ދެއްކެވުމަށްޓަކައި މެދުވެރިކުރެއްވި އިމްތިހާނެއް ނޫންކަމެއްވެސް.” ދެންވެސް އީނާލް މަސައްކަތްކުރަމުންދިޔައީ މަލްހާއަށް ވިސްނައިދީ ހިތްވަރުދެވޭތޯއެވެ. މިފަހަރު އީނާލްގެ ބަސްތައް މަލްހާގެ ހިތާއި ހަމައަށް ވާސިލްވީތޯޗެކެވެ. އެއްވެސް ބަހެއްނުބުނެ މަޑުމަޑުން އޭނާ ބޯޖަހައިލިއެވެ.

ޝަމްއަލް ލަސްވެގެން ގުޅަންފެށުމުން ދަނީކަމަށްބުނެ އީނާލް ދިޔައީ މަލްހާ ފުންވިސްނުމެއްގެ ތެރެއަށް ދޫކޮށްލައިފައެވެ. އޭނާގެ ހަޔާތުގައި މިހައިތަނަށް ކަނަތައްވަމުންއައި ގޮތާއިމެދުގައި މަލްހާއަށް ވިސްނައިލެވުނެވެ. ހިތަށްއެރުމުން ނަމާދު ކުރިނަމަވެސް އެންމެފަހުން މަލްހާއަށް ނަމާދެއްކުރެވުނު ދުވަހެއް އޭނާގެ ހަނދާނުގައެއް ނެތެވެ. ހެއްދެވިފަރާތާއި ދުރުވެފައިވާ މިންވަރު އެވަގުތު މަލްހާއަށް އިހުސާސުވިކަހަލައެވެ. އޭނާއަށްޓަކައި އެކަލާނގެ އޭނާގެ ދިރިއުޅުމުގައި ލެއްވިހައި ނިޢުމަތްތަކެއްގެ މަތިން އޭނާ ހަނދާން ނެތުނީ ކީއްވެހެއްޔެވެ؟ އެހައިވެސްބޮޑަށް އޭނާގެ ސިކުނޑިއަށް ޝައިތާނާ ސަވާރުވުމަށް އޭނާ ދޫކޮށްލީހެއްޔެވެ؟ ނޫނެކެވެ. އެގޮތަށް ކަންތައްވެގެންދިޔަދީގެން ނުވާނެއެވެ. މިއީ ހެޔޮލަފާ އިންސާނަކަށް ވުމަށްޓަކައި އެކަލާނގެ އޭނާއަށް ދެއްވި ފުރުސަތެއްކަންނޭނގެއެވެ. މިފުރުސަތު ގެއްލުވާލާކަށް އޭނާ ބޭނުމެއްނޫނެވެ. ކޮންމެގޮތެއްވިޔަސް ހެވެވެ. މިއަދަށްފަހު އޭނާއަށްޓަކައި އެކަލާނގެ މިންވަރުކުރެއްވި ކޮންމެ ގޮތަކަށް ރުހުގެން އޭނާ ދިރިއުޅުމާއިގެން ކުރިއަށްދާނެއެވެ. އޭނާގެ ލޯބިވާ ދަރިފުޅަށްޓަކައެވެ. އޭނާގެ އަމިއްލަ ނަފުސަށްޓަކައެވެ. އިސްއުފުލައިލައި އުޑާއި ދިމާއަށް ނަޒަރު ހުއްޓައިލަމުން މަލްހާ ހިނިތުންވެލިއެވެ. އާ އަޒުމަކާއެކުއެވެ. އާ ހިތްވަރަކާއެކީއެވެ. އެވަގުތު ކުޑަކުޑަ ޒީވާން ދުވެލައިފައި އައިސް އޭނާގެ އުނގަށް ވަނެވެ. އަދި ލޯތްބާއެކުގައި މަލްގާގެ ބަނޑާއި ދިމާލުގައި ބޯއަޅައިލަމުން ބައްދައިލިއެެެވެ. މަލްހާވެސް އޭނާގެ ދެއަތުގެ ތެރެއަށް ޒީވާންލައި ބާރަށް ބައްދައިލީ އެދަރިފުޅަށް ކުޑަވެސް ހިތާމައެއް ނުދެއްވުމަށްއެދި ދުޢާކުރާ ހާލުގައެވެ.

** ** **

މަލްހާ ގޭގައި ނެތުމުން ލިވްޔާއަށް ހީވަނީ އީދެއްއައިސްގެން އުޅޭހެންނެވެ. ރާއިދާއި ދެމީހުން ސޯފާގައި ބައްދައިލައިގެން އެތަށް ވާހަކައެއް ދެއްކުމުގައި ތިއްބެވެ. ލިވްޔާގެ ބޮލުގައި ފިރުމަންއިން ރާއިދްގެ ތުންފަތުގައިވެސްވީ ހިނިތުންވުމެކެވެ.

“އަހަރެންގެ ޕްލޭން މޮޅުދޯ.” ރާއިދްގެ މޭގައި އަތުން ފިރުމައިލަމުން ލިވްޔާ އަހައިލިއެވެ. “މާބޮޑަށްވެެސް. އަހަރެން ހީވެސްނުކުރަން މަންމަ އެހެން މަލްއާ މެދުގައި ކަންތައްކޮށްފާނެކަމަކަށްވެސް.” ހިނިގަނޑެއް ޖަހައިލަމުން ރާއިދް ބުނެލިއެވެ. “ހެހެ. އެވަރަށް އަހަރެން މަންމަގެ ބޮލަށް އެރުނީމޭ. ރޮއިރޮއިފަ އެވަރަށް އެކްޓް ޖެއްސީމަ ދެން އެހެންދޯ ވާނީ.” މޫނަށް ވައްތަރެއް ޖައްސައިލަމުން ލިވްޔާ ބުނެލިގޮތުން ރާއިދް ބާރަށް ހޭންފެށިއެވެ.

“އަހަރެން ހިއެއްނުކުރަން ލިވީ އެކްޓް ކުރަން އެހަައި މޮޅުކަމަކަށް.” ލިވްޔާގެ އިސްތަށިގަނޑާއި ކުޅެލަމުން ރާއިދް އޭނާއަށް ތައުރީފުކުރަމުން ދިޔަގޮތުން ލިވްޔާ އިނީ ފޮނިވެފައެވެ. ދެމީހުން އެކިއެކި ވާހަކަ ދައްކަން ތިއްބައި ކާކޮޓަރީގައި ހުރި ހީނާ އެތަނުން ނުކުތީ ހުރިހައި މަސައްކަތެއް ނިންމައިލުމަށްފަހު ކޮޓަރިއަށް ދިއުމުގެ ބޭނުމުގައެވެ. އެހެނަސް ފެނުނު މަންޒަރާއެކު އޭނާގެ ތަބީއަތު ވަގުތުން ޚަރާބުވިއެވެ. އޭނާ ފެނުމާއެކު ލިވްޔާ އިހުނަށްވުރެ ރާއިދާއި ގާތްވެލިގޮތުން ހީނާގެ ދެބުމަގޮށްޖެހިގެންދިޔައެވެ. ކޮންވައްތަރަކަށްއުޅޭ ކުއްޖެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ހީނާ އެތަނުންދާން ހިނގައިގަތެވެ.

“ހެހެ. އޭނައަށް ވަރަށް ވަރުވޭދޯ އަހަރެމެން މިހެން އުޅޭތީ.” ރާއިދްގެ ގަމީހުގެ ގޮށަކާއި ކުޅެންއިން ލިވްޔާ ފޮނިގޮތަކަށް އަހައިލިއެވެ. “އަޅާނުލާ.” ހަމައެކަނި އެހެންބުނެލަމުން ރާއިދް ލިވްޔާ އިތުރަށް އޭނާއާއި ގާތްކޮށްލިއެވެ. އެތައްއިރަކު އެހެން ތިބުމަށްފަހު ދެމީހުން އެމީހެއްގެ ކޮޓަރިއަށް ދިޔައީ ގޭގެ ދޮރުވަޅަށް ތަޅުދަނޑި ލައްވައިލިއަޑު އިވުމުންނެވެ.

** ** **

ކޮޓަރިއަށް މަލްހާ ވަތްތަންފެނުމާއެކު ފޫހިގޮތަކަަށް ރާއިދް މަލްހާއާއި ދިމާއަށް ބަލައިލިއެވެ. ރޮއިރޮއި މޫނު ރަތްވެފައިވާއިރު އެދެލޯވެސްވަނީ ރަތްވެ ދުޅަވެފައެވެ. ރަނގަޅަށް ނުކެވުމުގެ ސަބަބުން އެހަށިގަނޑު ހިކިއަނަރޫފަވަމުން ދިޔައެވެ. ނަމަވެސް މަލްހާގެ އެހާލުންވެސް ރާއިދްގެ ހިތަށް ހަމްދަރުދީގެ ކުޑަވެސް މިންވަރެއް ވަތްހެނެއްހިއެއްނުވެއެވެ.

“ރާދު.” ކޮޓަރިން ނުކުންނަން ހިނގައިގަތް ރާއިދްއަށް މަލްހާ ގޮވައިލިއެވެ. “ހޫން. ކިހިނެއްވީ މިހާރު؟” ރުންކުރު ރާގަކަށް ރާާއިދް އަހައިލިގޮތުން މަލްހާގެ ހިތްހީވީ ޗިސްކޮށްލިހެންނެވެ. “އަހަރެންނާ ރާދު ދުރުވިޔަސް ރާދުގެ މިދަރިފުޅާ ދުރުނުވޭ. ހެޔޮނުވާނެ.” ގާތުގައިހުރި ޒީވާންގެ ބޮލުގައި ލޯތްބާއެކުގައި ފިރުމައިލަމުން މަލްހާ މަޑުމަޑުން ބުނެލިއެވެ. ފަސްއެނބުރި ރާއިދް މަލްހާއާއި ދިމާއަށް ބަލައިލިއެވެ.

“ކީކޭ ކިޔަންތަ ތިއުޅެނީ؟ ތިބުނަނީ އަހަރެންމީ ވަރަށް ގޯސް ބައްޕައެކޭތަ؟” ޒީވާންއަށް ކުޑަވެސް ސަމާލުކަމެެއްް ދިނުމެއްނެތި ރާއިދް އަޑުގެކޮޅަށް ހަޅޭލަވައިގަތެވެ. “ނޫން. އަހަރެން އެހެނެއް ނުބުނަމެއްނު.” އިސްޖަހައިލަމުން މަލްހާ ބުނެލިއެވެ.

“އަހަރެން މިބުނީ ރާދު ޒީވާންއަށް ވަގުތުނުދޭ ވާހަކަ. އޭނަވެސް ބޭނުންވާނު އޭނާގެ ބައްޕައާއެކު ވަގުތު ހޭދަކުރަން. ތިލޯބިން އަހަރެން.. އަހަރެން މަހުރޫމުކޮށްލިއަސް މިދަރިފުޅު.. މިދަރިފުޅު މަހުރޫމު ނުކުރޭ.” ރޮވިފައި މަލްހާ އަނެއްކާވެސް ބުނެލިއެވެ.

“ބުނަންތަ ރަނގަޅުވާހަކައެއް. އަހަރެން އަތުގަނެތް މަލްހާގެ ތިބޭކާރު ވާހަކަތައް އަޑުއަހާނެހައި ވަގުތެއް. ސޯ ޕްލީޒް. ތިކަންތައް ހުއްޓައިލާ. ކިހައި ދެރަކަމެއް. ހަމަ ފެންނައިރަށް ކޮންމެވެސް އެއްޗެކޭ ކިޔަންއުޅޭނެ.” އެއްވެސް ރަހުމެއްނެތި އެހެން ބުނެލުމަށްފަހު ކޮޓަރީގެ ދޮރު ބާރަށް ޖަހަމުން ރާއިދް ނުކުމެގެން ދިޔައެވެ. އެތަންބަލަންހުރި މަލްހާ ހުރިތަނަށް ތިރިވިއެވެ. އެދަރިފުޅަށްޓަކައި ކޮންމެ ކަމެއްވެސް އޭނާ ތަހައްމަލް ކޮށްފާނެއެވެ. ރާއިދްގެ ލޯބި އެދަރުފުޅަށް ހޯދައިދިނުމަށްޓަކައި އޭނާ ގާތުގައި ސަލާންޖަހަން ޖެހުނަސް މަލްހާ އެކަންވެސް ކުރަން ތައްޔާރެވެ. ނަމަވެސް ރާއިދް ދޭންބޭނުންނުވާ ލޯތްބެއް މަލްހާއަށް ގަދަކަމުން ހޯދައިދެވިދާނެހެއްޔެވެ؟

ޒީވާން ގައިގައި ބައްދައިލައިގެންއިނދެ މަލްހާ ގިސްލަގިސްލާފައި ރޮމުންދިޔައެެވެ. “ސޮރީ ދަރިފުޅާ. މަންމައަށް މައާފުކުރޭ. މައާފުކުރޭ.” ޒީވާންގެ އިސްތަށިގަނޑުގައި މޫނު ޖައްސައިލަމުން ހިތްދަތިގޮތަކަށް މަލްހާ ބުނެލިއެވެ.

ރޯންއިން މަލްހާ ސިހުނީ މަޣްރިބް ނަމާދުގެ ބަންގީގެ އަޑަށެވެ. މުޅި ފަޒާގައި އެމަތިވެރި ކަލިމަތަކުގެ އަޑު ގުގުމަމުން ދިޔައިރު މަލްހާއަށް އެއަޑުއަހަން އިނދެވުނީއެވެ. އެކަލިމަތަކުން އެހިތަށް ޝިފާއެއް ލިބެމުންދިޔަކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ފުރަތަމަ ފަހަރަށް އެކަލިމަތަކާމެދުގައި މަލްހާއަށް ވިސްނައިލެވުނެވެ. އެއާއެކު އޭނާގެ ގައިގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ.

ބަންގިގޮވައި ނިމުމުން އޭނާގެ އުނގުގައި ނިދިފައިއޮތް ޒީވާން ނަގަމުންގެންގޮސް އެނދުގައި ބާވައިލުމަށްފަހު މަލްހާ އޭނާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލިއެވެ.

ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން ނުކުތް މަލްހާގެ ހިތަށްވަނީ ނޭނގޭ ހަމަޖެހުމެއް ލިބިފައެވެ. މަޑުހިނގުމެއްގައިގޮސް އަލަމާރީގައި އޮތް މުޞައްލަ ނަގަމުން ފުންނަޒަރަކުން އޭގެއަށް ބަލައިލިއެވެ. ތުރުތުރުއަޅަމުންދިޔަ އަތުން މަލްހާ މުޞައްލަ ފަތުރައިލަމުން ނަމާދުކުރަން ތައްޔާރުވެލިއެވެ. އެތައް ދުވަހަކަށްފަހު އޭނާގެ ރައްބު ކުރިމަތީގައި ހުއްޓިހުރިއިރު މަލްހާާގެ ހިތުގައި އެއްފަހަރާއި އެތައް އިހުސާސެއް އުތުރިއަރަމުންދިޔައެވެ.

ދެލޯމަރައިލަމުން މަލްހާ ނަމާދުކުރަން ފެށިއެވެ. ދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކަށް ބެލުމެއްނެތި މަލްހާ ނަމާދުކުރަމުން ދިޔައެވެ. ސަޖިދައިގައި އޮތް މަލްހާގެ މަޑު ގިސްލުމުގެއަޑު މުޅި ކޮޓަރީގައި ގުގުމަމުންދިޔައެވެ. އެއަޑު އިވުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރުކުރާނެކަން ޔަގީނެވެ. އެހައިވެސްބޮޑަށް އެއަޑުގައި ވޭނާއި ކެކުޅުން އެކުލެވިފައި ވިއެވެ.

މަލްހާގެ މަޑު ގިސްލުމުގެއަޑަށް ކެތްނުވެގެން ހީނާ އައިސް އެކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލިއެވެ. މުޞައްލަމަތީގައި ދެއަތްއުފުލައި ދުޢާކުރަންއިން މަލްހާ ފެނުމާއެކު ހީނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެތައް ދުވަހަކު އޭނާވަނީ ނަމާދުކުރުމަށް މަލްހާއަށް ނަސޭހަތްތެރި ވެފައެވެ. އެހެނަސް އެކަމަށް މަލްހާާ އެހައިބޮޑު ސަމާލުކަމެއް ނުދިނެެވެ. ކުއްލިއަކަށް މިފަދަ މަންޒަރެއް ފެނުމުން ހީނާގެ ހިތް އުފަލުން ފުރުނެވެ. “ޔާ ﷲ. އެދިފުޅަށް ހެޔޮ ރަޙުމަތް ލައްވާށި. މިދުނިޔެއާާއި އާޚިރަތުގެ ހުރިހައި އުފަލެއް އެދަރިފުޅަށް ދެއްވާށި. އާމީން.” މައްޗަށް ބަލައިލަމުން ހީނާ ދުޢާކޮށްލިއެވެ.

ދުޢާކުރުމުގައި އެތައްއިރަކު އިނުމަށްފަހު މަލްހާ މުޞައްލަމަތިން ފެއިބީ އިޝާ ނަމާދުވެސް ކޮށްގެންނެވެ. އެހިތަށް އޭރުވަނީ ބަޔާންކުރަންވެސްދަތި ހަމަޖެހުމެއް ލިބިފައެވެ. ދިރިއުޅުމުގެ ހަގީގީ ފޮނިމީރުކަން މިއަދު އޭނާއަށް އިހުސާސުވިފަދައެވެ. އެއީ އަމިއްލަ ރައްބާއި ގާތްވިވަރަކަށް ލިބޭ ހިތްހަމަޖެހުމެެއްކަން މިއަދު އޭނާއަށް އެނގިއްޖެއެވެ.

** ** **

ރޭގަނޑުގެ ކެއުން ތައްޔާރުކުރަންހުރި ހީނާ އެމަސައްކަތް ނިންމައިލުމަށްފަހު ކާކޮޓަރިން ނުކުތީ މަލްހާއަށް ކާން ގޮވުމަށެވެ. އެވަގުތު ކާކޮޓަރިއަށް ވަންނަންްއައި ލިވްޔާގެ ގައިގައި އޭނާ ނުޖެހުނީ ކިރިޔާއެެވެ.

“ތަންކޮޅެއް ބަލައިގެން އުޅެބަލަ.” ހިތްހަމަނުޖެހިފައި ލިވްޔާ ބުނެލިއެވެ. “ހުއް. އަހަރެން ނުޖެހޭ ކަލޭ ބުނާގޮތެއް ހަދާކަށް. އަހަރެންނަށް މިމަސައްކަތްދިނީ ކޮއްކޮ. އެހެންވީމަ އަހަރެން އަޑުއަހާނީވެސް އަދި ކުރާނީވެސް އެކޮއްކޮ ބުނާ ކަންތައް.” ހަރަންބަނދެލަމުން ހީނާ ބުނެލިއެވެ. މިއަދު ރަނގަޅަށް ލިވްޔާއާާއި ޒުވާބުކޮށްލަން އޭނާ ބޭނުންވާކަހަލައެވެ.

“ޔޫ. އަނގަމަޑުން ލައިގެންހުރޭ. ތިއީ މިގޭގަ އުޅޭ ނޯކަރެކޭ. ލަދެއްނުގަނޭތަ ތިހެން ވާހަކަދައްކާކަށް؟” ލޯއަޅައިލަމުން ލިވްޔާ ހަޅޭލަވައިގަތެވެ. ރާއިދް ގޭގައި ނެތްކަން ނަސީބެކޭ ހީނާގެ ހިތަށް އެރިއެވެ. “ހަހަ. ކަލޭ ލަދެއްނުގަނޭތަ އަމިއްލަ ދައްތަގެ ފިރިމީހާ ޖަހައިގަނެގެން އުޅޭކަށް؟ އެދައްތަގެ އުފަލާއި ހިތްހަމަޖެހުން ނިގުޅައިގަނެގެން އުޅޭކަށް. ޗީ. އަހަރެން ލަދުގަނޭ ތިއީ އަންހެނެކޭ ބުނަންވެސް. ބަލަ އަންހެނުންގެ އިހުސާސުތައް އެންމެ ރަނގަޅަށް ދަންނާނީވެސް އަންހެނުންނޭ ބުނަނީ. އެކަމަކު ކަލޭ އަންހެނަށްވެހުރެ އެވަރު ނުދަތީމަ އަހަރެން ހަމަ ހައިރާންވޭ. ތިކަހަލަ ކޮއްކޮއެއް ލިބުމަށްވުރެ ނުލިބުނަސް މާރަނގަޅުވާނެ. ހަނދާންކުރާތި. ކޮއްކޮއަށް ދެރައެއްދީފަ ކަލެއަކަށްވެސް ތިހެން އަބަދަކު އުފަލަކު ނުއުޅެވޭނެ. ކޮއްކޮއަށްތިދިން ހިތާމައިގެ ބަދަލު ކޮންމެވެސް ދުވަހަކުން ކަލެއަށް ލިބޭނެ.” އެއްފައްޗަކަށް އޭނާ ބުނަންބޭނުންވާ ހުރިހައި އެއްޗެއް ބުނުމަށްފަހު ލިވްޔާއަށް ވާހަކަދައްކާނޭ ފުރުސަތެއްވެސް ދިނުމެއްނެތި ހީނާ މަލްހާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި ލިވްޔާއަށް ހުރެވުނީއެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯބިވަން……(ފަހުބައި)

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (4)

Next
March 19, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (4)

Previews
March 19, 2018

ލޯބިވަން……(ފަހުބައި)

39 Comments!

  1. Aki says:
    March 19, 2018 at 9:10 pm

    inthizaaru ga huhta thi up kohla dhinee.

    1. Nau says:
      March 20, 2018 at 9:54 am

      Hehe thanks dear?

  2. Nau says:
    March 19, 2018 at 9:13 pm

    Salaam all.. Sry guys.. Lasvyma.. I knw its v v shrt.. I tried alot lng kuran.. Bt due these monsoonal changes m getting really sick easily.. Thats y i cudnt reply to ur comments n stry up kuran lasvy. So sry guys. In sha allah tmrw rangalhihyaa i will upload a v lng part.. Hope u guys will like this part too. Nxt part in sha allah tmrw. Enjoy reading.. Hv a v gud nyt all.. Ly all.. ❤? N v sry. ?

    1. Zaahi says:
      March 19, 2018 at 10:20 pm

      Gws. Vaahaka varah reethi. Avahah upload kurahchey

    2. Nau says:
      March 20, 2018 at 10:00 am

      Thanks alot dear. Yes in sha allah❤

  3. Ibsha says:
    March 19, 2018 at 9:14 pm

    Varah reethi

    1. Nau says:
      March 20, 2018 at 9:55 am

      Thanks dear❤

  4. Lov says:
    March 19, 2018 at 9:16 pm

    Me first dho…. vaahaka vara salhi…. ekam thankolhe kury…

    1. Nau says:
      March 20, 2018 at 9:55 am

      In sha allah tday ge part dhiguvaane.. Thanks dear❤

  5. Jaadhu says:
    March 19, 2018 at 9:19 pm

    Haadha hithaama veri ey

    1. Nau says:
      March 20, 2018 at 9:55 am

      Hehe dhw.. Btw thanks dear❤

  6. lailyn says:
    March 19, 2018 at 9:21 pm

    wow!!!!!!!!!!!!!!

    1. Nau says:
      March 20, 2018 at 9:56 am

      Thanks dear❤

  7. lotus says:
    March 19, 2018 at 9:24 pm

    Hey nau.. this is my first comment but i read regularly.. komme dhuvahakuvx iru iru kolhaa aa ep eh up vejje tho balaalevey.. ehaa vx reethi?

    1. Nau says:
      March 20, 2018 at 9:56 am

      Awwwnn thanks alot my dear. Happy to see ur comment❤

  8. Axy says:
    March 19, 2018 at 9:24 pm

    Wow v v reethi ? ? ?

    1. Nau says:
      March 20, 2018 at 9:56 am

      Thanks dear❤

  9. lotus says:
    March 19, 2018 at 9:26 pm

    Cover pic v nice but can u plx explain who is who in it

    1. Nau says:
      March 20, 2018 at 9:58 am

      Thanks alot dear.. Up ge ryt side ga in couple e ee eenaal n shamal.. Left ga vakin in grl aky livyaa. Dhn down ge left ga vakin e ee yaanik.. N ryt ga ethibi couple aky malhaa n raaidh..

  10. Shann says:
    March 19, 2018 at 9:30 pm

    Kurukohviyas up kohla dhinythy v bodah thanks nau ah… Haadha kiyaahithunney miyoh hirihaa iru ves mihury… Enme fahun inthixaarah nimumeh aee dhw… V v rythi mibaives..???… Hama bas huhtteyhaa vey genesdhyfa hurileh rythikamun…???… Nau v v molhu igey…???… Story kiyaalyma hama roveyvaru vey… Mibaigaves v rythi sifakurun…?????????????????????????????

    1. Nau says:
      March 20, 2018 at 9:59 am

      Awwwwn thank u sooooo sooooo sooooooo much my dear.. V happy vehje.. ❤

  11. g... says:
    March 19, 2018 at 9:31 pm

    Kiyaalan libeyne irakah v inthizaaru kurevun…mi part ves hama ehn part thakekey ❤❤❤eggothah v reethi

    1. Nau says:
      March 20, 2018 at 9:59 am

      Thanks alot my dear❤

  12. Any says:
    March 19, 2018 at 9:37 pm

    V reethi mi part ves tomorrow ge bai thankolheh dhigu kohdheeyba pls v kiyahihvey

    1. Nau says:
      March 20, 2018 at 10:00 am

      Yes my dear in sha allah.. Thanks alot❤

  13. Fai says:
    March 19, 2018 at 11:00 pm

    Livya ah ragalhu ladeh deythi vaahaka v salhi keep it up???❤❤❤❤

    1. Nau says:
      March 20, 2018 at 10:01 am

      Yes lets see. Hehe.. Thanks alot dear❤

  14. Fathun says:
    March 19, 2018 at 11:24 pm

    Haada inthizaaren konfeemey….
    Varah varah reethi

    1. Nau says:
      March 20, 2018 at 10:01 am

      Thanks dear❤

  15. shaxa says:
    March 19, 2018 at 11:55 pm

    Nau vr reerhi ekamun haadhakurey

    1. Nau says:
      March 20, 2018 at 10:01 am

      Thanks dear❤

  16. Shafa says:
    March 20, 2018 at 12:16 am

    Shafakahllah?..I understood ur situation…?story kuras konme dhuvahakuvs up kohlladheytheeve vvv happy..waiting for the next part…ly?❤??

    1. Nau says:
      March 20, 2018 at 10:02 am

      Thanks alot my dear.. V happy vehje.. Ly too❤

  17. Sumaa says:
    March 20, 2018 at 8:55 am

    Masha Allah… V reethi… Waiting for the next part

    1. Nau says:
      March 20, 2018 at 10:02 am

      Thanks alot dear❤

  18. Swety says:
    March 20, 2018 at 11:59 am

    Alhey vvvvv nice mi part ves

    1. Nau says:
      March 20, 2018 at 12:16 pm

      Thanks dear❤

  19. Pinky shifoo says:
    March 20, 2018 at 12:14 pm

    Maasha Allah mi part vx v v v reethi ❤️❤️❤️… Hama rovey varu vefa ineee ???… V reethi ingey ???… Nau ah avas shifaa akah edhen ???… Curiously waiting for the next part…

    1. Nau says:
      March 20, 2018 at 12:16 pm

      Thanks alot dear.. ❤

Comments are closed.


All Right Reserved!