“އަނިޔާ… މިހާރުވެސް ތިދެނީ ހަމަ އަނިޔާ” އައިލީޝް ކުޑަކޮށް އެނދުން ތެދުވެލާ އިޝާރާތް ކޮއްލިއެވެ. އެއާއެކު ރާސިލް އެ ދިމާލަށް އައި ގޮތުން އޭނަ އަށް މޫނު އަނބުރާލާ ގޮދަޑީގައި މޫނު ޖައްސާލެވުނެވެ. “އަދި އެބަ ޖަދަލުކުރެއެއްނު… ތިއަށް ވުރެ ބޮޑު އަނިޔާއެއް ލިބޭ ހިތުންތަ ތިއުޅެނީ އޭތް” ރާސިލް ހަޅޭއްލަވައިގަތެވެ. އައިލީޝް އިސް އުފުލާލާ ހިޔާލެއް ދެން ނުކުރިއެވެ. އޭނާ ރޯލަ ރޯލާ އޮތީއެވެ. ރާސިލް ގެ ފަރާތުން ރޭ ފެނުނު އޯގާތެރިކަން މިހާރު ކޮބާބާއެވެ. […]
ލޯމަރައިގެންހުރެ ޔާނިކް ހިނގަމުންދިޔައީ އެތަނުގައި ދުވަމުންދިޔަ ކުޑަ ޒީވާން އަތުލުމަށެވެ. ޔާނިކް އުޅެމުންދިޔަގޮތުން މަޖާވެފައި އަތްޖަހަމުން މުޅިއެތަނުގައި ޒީވާން ދުވަމުންދިޔައެވެ. ލޯމަރައިގެންހުރުމުގެ ސަބަބުން އެދިމާއަށްއައި މަލްހާއެއް ޔާނިކްއަކަށް ނުފެނެއެވެ. ކުއްލިއަކަށް އޭނާއަށް ގެނެވުނު އަވަސްހަރަކާތާއިއެކު ނުވިސްނައި ބަގީޗާތެރެއަށް ނުކުތް މަލްހާގެ ގައިގައި ޖެހިފައި ދެމީހުން އެދިމާއަށް ވެއްޓެންދިޔައެވެ. މަލްހާގެ ބާރުހަޅޭކާއިއެކު ދެލޯހުޅުވައިލަމުން ކަންބޮޑުވެފައި ޔާނިކް އޭނާގެ ގައިދަށުގައިއޮތް މަލްހާއަށް ބަލައިލިއެވެ. ދެލޯމަރައިބާރުކޮށްލައިގެން މަލްހާ އޮތްގޮތުން އޭނާއަށް ވަރަށް ބޮޑަށް ތަދުވެއްޖެކަން ޔާނިކްއަށް އެނގުނެވެ. މިމަންޒަރުބަލަން ތަންކޮޅެއްދުރުގައިހުރި ޒީވާން […]
އިބްރާހީމްބެ ނިކާލަށް ގޮވާލައިފައި ފަކީރާއަކާއި ބައްތިތަކެއް ހޯދައިގެން ގެނައުމަށް އެދުނެވެ. އެތަކެތި ހިފައިގެން ބޯގަންވިލާ ގަސް ކައިރިޔަށް ދިޔުމަށް ބުނީ ނިހާގެ ނުތަނަވަސްވެފައިވާ މޫނަށް ބަލާލަމުންނެވެ. އިބްރީސް ނެތިކޮށްލެވޭނެފަދަ ހަތިޔާރެއް އެތަނުގައި ވާނޭކަމަށް އިބްރާހީމްބެ ބުނުމާއެކު ނިހާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެންދިޔައެވެ. އިބްރާހީމްބެމެން ގެއިން ނުކުތުމަށް ހިނގައި ގަތުމާއިއެކު ނިހާ ބިރުން ތެޅިފޮޅެން ފެށިއެވެ. އަދި ކަރު ބުޑުން ބިރުވެރި ތޫލި އަޑެއްނެރެމުން ހޭރެންފެށީ ބުރުން ބޭރުވާން މަސައްކަތްކުރަމުންނެވެ. ******** މަރުޖީނާގޭ ސިޓިންގ ރޫމް ސޯފާގައި […]
ހަބަރުހުސްވެގެން ގާސިމް ވެއްޓުމާއެކު ޖައިލަމްއާއި ލަޔަކް ހިތްވަރުކޮށްލާފައި ތެދުވިއިރު ދެމީހުން ތިބީ ސުވާލުތަކަކުން ބަނދެވިފައެވެ. ނަމަވެސް އޭރު ގާސިމްއަށް ވީ ކީއްކަމެއް, ނައީމާއަށް ވީގޮތެއް އެއިން މީހަކަށް ރޭކާވެސް ނުލައެވެ. އެހާބާރުސްޕީޑްގައި އައިސް ކުއްލިއަކަށް މަޑުކޮށްލުމުން ލިބުނު ސިހުމުގައި ޖައިލަމްއާއި ލަޔަކް ހުރީ ގުޑާލަންވެސް ނޭންގިފައެވެ. “ބައްޕަ.. ބައްޕަ އަށް ކީއްވީބާ.. އަނެއްކާ އާޔާގެ ވާހަކަ ބުނީމަ ބައްޕައަށް އެހެންވާންވީ ކީއްވެ.. ބައްޕަ އެހާރުޅިއަންނަ ކުއްޖެއްވީމަ ހިތްހަމަ ނުޖެހުނީކަމަށްވެސް ވެދާނެ.. އެދުވަހު އަހަރެން އާޔާ ކަމުދާ ވާހަކަ […]
ސޯފާއިން ތެދުވެގެން އައިސް އަޔާޒް ޝީން ކުރިމައްޗައް ހުއްޓީލިއެވެ. ކުއްލިއަކައް އަޔާޒް ފެނުމުން ޝީންއަށް ހަޅެއްލަވައިގަނެވެން އުޅުނެވެ.ނަމަވެސް އަޔާޒް އެއަށްވުރެ ހުށިޔާރެވެ.އޭގެ ކުރިން އަޔާޒް ޝީންގެ އަނގަމަތީ އަތް އެޅިއެވެ. ލޮލާ ލޯ ބައްދަލްވެގެން ދިޔަވަގުތު އަޔާޒް ލޮލައް ގިނަވަމުން ދިޔަ ކަރުނަތައް ޝީންގެ އަށްފެނުނެވެ. އެވަގުތު އެއްވެސް އިހްތިޔާރަކާއި ނުލާ ޝީން އަޔާޒްގެ ގައިގާ ބައްދާލަމުން ރޯންފެށިއެވެ. އަޔާޒްގެ ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ޝީންގެ ބޮލު އިސްތަށިގަނޑު ތެރެއަށް ވަދެގެން ދެއެވެ. […]
” ރަނާ …. ހިނިތުންވެލަބަލަ… މަށަށް ރަނާ އެންމެ ކަމުދަނީ ހީލީމަ…. މަ އަދި އަނބުރާ ރަނާ ކައިރިޔަށް އަންނާނަމޭ…. ޑޫ ރިމެމްބާ .. އައި ލަވް ޔޫ އަ ލޮޓް….” ރަނާ ގެ ކޯތާފަތް މައްޗަށް ވެއްޓުނު ކަރުނަ ތިކި ފޮހެލަދެމުން އަލްވިން ، ރަނާ އައް ހިތްވަރު ދިނެވެ. ” ރަނާ އަހަރެންގެ އުފަލައް ރަނާ ހުރަސް އަޅަންޔާ އަހަރެން ރަނާގެ ދުވަސްވެސް ދުއްވާލާނަން… ހީކުރީތަ މަށަށް ނުކެރޭނެޔޭ… އެއްގޮތަކައްވެސް އެހެން ހީނުކުރައްޗޭ….” […]
އެކަމާމެދު ޝަރަފަށް އިތުރަށް ނުވިސްނެނީސް ކޮންމެވެސް އަންހެނަކު ނުހަނު ކައިރިން ޗޮއްކަނޑަން ފެށި އަޑު އޭނައަށް އިވުނެވެ. އޭނައަށް ހުރެވުނު ތަން ނަގައިގަނެވުމުން ޝަރަފަށް ކޮޅަށް ތެދުވެ ފަސްއެނބުރި ބަލާލެވުނީ ލިބުނު ޝޮކެއްގެ ސަބަބުންނެވެ. އެއާއެކު އޭނަގެ ދެލޯ ބޮޑުވެ އޭނަގެ ދެބުމަ ކައިރިވިއެވެ. ހަދާފައިވި ބުމައާއި މޭކަޕް ކުރެވިފައިވި ދިގު މޫނުގެ ވެރި އެ އަންހެން ކުއްޖަކީ ކާކުކަން ނަގައިގަންނަން ޝަރަފަށް ހިނދުކޮޅެއް ނެގިއެވެ. އެއީ ކާކުކަން އެނގުމާއެކު އޭނަގެ ދަތްކުނޑި ވިކުނެވެ. “ހަނާ.” […]
ދެލޯމަރައިލަމުން ހަމަޖެހިލުމަށްފަހު މަލްހާ އިންތަނުން ތެދުވިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައިގޮސް ކުޑަދޮރުކައިރީގަައި ހުއްޓިލިއެވެ. އެސްފިޔަތައް އުފުލައިލަމުން ކަޅުސާލެއް އޮޅައިލައިގެންވި އުޑާދިމާއަށް މަލްހާ ބަލައިލިއެވެ. ކުދި ޖަވާހިރުތަކެއްފަދައިން ވިދައި ބަބުޅަމުންދިޔަ ތަރިތަކަށް މަލްހާގެ ނަޒަރު ހުއްޓުނެވެ. އެވަގުތު ޢަލީ ބިން އަބީ ޠާލިބް ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވާ ބަސްފުޅެއް މަލްހާގެ ހަނދާނަށް އައެވެ. “ޑޯންޓް ލެޓް ޔުއަރ ޑިފިކަލިޓީސް ފިލް ޔޫ ވިތް އެންޒައިޓީ.. އާރފްޓާރއޯލް އިޓް އިޒް އޮންލީ އިން ދި ޑާރކެސްޓް ނައިޓްސް ދެޓް ސްޓާރސް […]
“ޕްލީޒް… ދެން ހުއްޓާލާ… ކޮންމެ ދުވަހަކު އަހަރެންނަށް ހަނދާންކޮށް ނުދިނަސް އަބަދުވެސް ހަނދާންކުރާނަން ޝިނާން އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް” ޖުމްލައިގެ ފަހު ބައިތައް ކިޔާލިއިރު ރިމީޝާގެ ދެލޯ ފެންކަޅިވިއެވެ. ހަނދާންކުރަން ބޭނުންނުވާ ދުވަސްތަކެއް ހަނދާންވީއެވެ. “މަންމީ!!!” ދެލޯ ފޮހެމުން ބަދިގެއަށް ވަދެގެން އައި މިޝްކު ފެނުމުން ރިމީޝާ ކުރަން ހުރި ހުރިހާ މަސައްކަތެއް ބެހެއްޓުމަށްފަހު މިޝްކު އުރާލިއެވެ. “އަދި ހަނދާންނެތިފައޭ މިހުރީ. މިރޭ ކެއުމުގައި މިގޭ ވެރިން ބައިވެރިވާނެ. އެމީހުން ހަވީރު […]