Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (19)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
March 20, 2018 7 Mins Read
57 Comments

އެއްފައްޗަކަށް އޭނާ ބުނަންބޭނުންވާ ހުރިހައި އެއްޗެއް ބުނުމަށްފަހު ލިވްޔާއަށް ވާހަކަދައްކާނޭ ފުރުސަތެއްވެސް ދިނުމެއްނެތި ހީނާ މަލްހާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި ލިވްޔާއަށް ހުރެވުނީއެވެ.

ހީނާ ދިޔަދިމާއަށް ލިވްޔާ ބަލައިލިއެވެ. ފުންނޭވާއެއްލަމުން ކާކޮޓަރިއަށް ވަނުމެއްވެސްނެތި އޭނާ އޭނާގެ ކޮޓަރިއާއިނދިމާއަށް ހިނގައިގަތީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ. އޭނާގެ އުޅުމަށް ގޮތްފާޑުކިޔަން ހީނާ އެއީ ކާކު ހެއްޔެވެ؟ އޭނާގެ މައިންބަފައިން ނުކުރިކަމެއް އެހެންމީހަކުވެސް ކުރާކަށް ނުޖެހެއެވެ. ކުޑަހިނދުކޮޅެއްގެެ ތެރޭގައި އޭނާގެ ސިކުނޑިން ހީނާ ކީހުރިހައި އެއްޗެއް ފުހެވިގެން ދިޔައެވެ. ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަންނަމުން ރާއިދަށް މެސެޖްކޮށްލުމަށްފަހު ލިވްޔާ ދެލޯމަރައިލީ ނިދައިލުމުގެ ބޭނުމުގައެވެ.

** ** **

ދަންވަރުގެ ހަމަހިމޭންވަގުތެވެ. ނުނިދިފައި އެނދުމަތީގައި ދެފަރާތަށް ފުރޮޅިލައި ފުރޮޅިލައި މަލްހާ އޮތީ ބޭރުން އިވެމުންދިޔަ އަޑުތަކަށް ސަމާލުވެގެންނެވެ. އެއަޑުތައް އަހަން ކިތަންމެ ބޭނުންނޫނަސް އެހެނީއެވެ. ހިތަށް ތަދުވިނަމަވެސްއެވެ. މަލްހާއަށް ދެލޯ މަރައިބާރުކޮށްލެވުނެވެ.

ސިޓިންގްރޫމްގައިތިބެ ހީސަކަރާތްޖަހަމުންދިޔަ ރާއިދާއި ލިވްޔާގެ އަޑު ކިތަންމެހައި ރީތިކޮށްވެސް ނުނިދިފައިއޮތް މަލްހާއަށް އިވެމުންދިޔައެވެ. އެއާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. އެއުފާ އޭނާވެސް ބޭނުންވެއެވެ. އެހެނަސް ކުރާނީ ފަހެ ކީއްހެއްޔެވެ؟ އެގޮތަށް އޭނާގެ ހަޔާތް ބަރުބާދުކޮށްލުމަށްފަހު ލިވްޔާއަށް އުޅެންކެރޭތީވެސް މަލްހާ ހައިރާންވެއެވެ.

އެކިކަހަލަ ނޭދެވޭ ޚިޔާލުތަކުން ސިކުނޑި ތޮއްޖެހެން ފެށުމުން މަލްހާ ނިތުގައި އަތްބާވައިލަމުން ހަމަޖެހެން މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް ދެލޯފުރި ހޫނު ކަރުނަތިކިތައް ބަންޑުންވާންފެށީ އޭނާގެ އިޚުތިޔާރުން ބޭރުގައެވެ. ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރަން އޭނާ ބޭނުންވެއެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ ހައްގުގައެެވެ.

ގަދަކަމުން ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު މަލްހާ ބާލީސްދަށުގައި އޮތް ފޯނުނަގައި ބަލައިލިއެވެ. އަދި އަންލޮކް ކޮށްލަމުން ފޯނުން ގުރުއާން ޖަހަންފެށީ އެހިތަށް ހަމަޖެހުމެއްހޯދައި ދިނުމުގެ ބޭނުމުގައެވެ. ކަންތައްވީވެސް މަލްހާ ބޭނުންވިގޮތަށެވެ. އިވެންފެށި ކީރިތި ޤުރުއާނުގެ މާތް ކަލިމަތަކާއެކު ހުރިހައި ނޭދެވޭ ޚިޔާކުތަކެއް އެސިކުނޑިން ނުކުމެގެންދިޔައީ އޭނާ ހީވެސްނުކުރާހައި އަވަހަށެވެ. ހަމަޖެހުމުގެ ނޭވައެއްލަމުން މަލްހާއަށް ދެލޯމަރައިލެވުނެވެ. އޭރު ލުއި ހިނިތުންވުމެއް އެތުންފަތްމަތީގައި ރަސްކަންކުރަމުން ދިޔައެވެ.

** ** **

އޮފީސް ނިންމައިލުމަށްފަހު ޔާނިކް ގެއަށްދިޔަ މަގުމަތީގައި ޝަމްއަލްމެންގޭ ކައިރިއަށް މަޑުކޮށްލީ ގެއަށް ދިއުމުގެ ކުރިން އީނާލްގެ ހާލު ބަލައިލުމުގެ ގޮތުންނެވެ. ބެލް ޖަހައިލަމުން އޭނާ ގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ގޭގައި އުޅޭ ޚާދިމަކު ދޮރުހުޅުވައިލުމުން ހިނިތުންވެލަމުން ޔާނިކް އެތެރެއަަށް ވަނުމަށްފަހު އީނާލް ކޮބައިތޯ އަހައިލިއެވެ. އެމީހާގެ ފަރާތުން ގޭގެ ފުރަގަހުގައިއޮތް ބަގީޗާގައި އީނާލް އިންކަން އިނގުމުން މަޑު ހިނގުމެއްގައި ޔާނިކް އެދިމާއަށް މިސްރާބުޖެހިއެެވެ.

ގޭގެ ފުރަގަހުގައިހުރި ދޮރުން ނުކުތުމާއެކު ދުވާލި މާމަލުގެ މީރުވަހުން ޔާނިކްއަށް ދެލޯމަރައިލަމުން ނޭފަތްއެތެރެއަށް ދަމައިލެވުނެވެ. ހިތްހަމަޖެހިފައި ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ޔާނިކް ހިނގައިގަތެވެ. ބަގީޗާގައި ހަދައިފައިވާ ކުޑަ ސިމެންތި ގޮނޑިއެއްގައި އިނށީދެލައިގެން މަލަކުން ވަސްބަލަން އީނާލް އިނެވެ. އޭނާއިނީ ޔާނިކާއި ފުރަގަސްވާގޮތަށްކަމުން ފަހަތުން އައި ޔާނިކްއެއް އީނާލަކަށް ނުފެނެއެވެ. މަޑުހިނގުމެއްގައި އައި ޔާނިކް ކުޑަކުޑަކޮށް ގުދުވެލަމުން އީނާލް ސިއްސުވައިލިއެވެ. ސިހިފައި ފަހަތްބަލައިލި އީނާލްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ޔާނިކްގެ ހިތްގުޑައިލިއެވެ. އޭނާގެ ކޮއްކޮ ރޮއްވައިލީ ކާކުހެއްޔެވެ؟ ވަގުތުން ޔާނިކްގެ ބުމަގޮށްޖެހި އެމޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

ސިއްސައިގެން ދިޔަވަރުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަންވެސް އީނާލް ހަނދާންނެތުނީއެވެ. ފާޑަކަށް އޭނާއާއި ދިމާއަށް ބަލަންހުރި ޔާނިކްފެނުމުން އަވަސް އަވަހަށް އީނާލް ކަރުނަތައް ފުހެލަމުން ހިނިތުންވެލިއެވެ.

“ދޮންބެ. ކޮންއިރަކު އައީ؟ ކީއްވެ ކޮޅަށް ތިހުރީ؟ އިނށީދޭ.” ޔާނިކްއާއި ދިމާއަށް ބަލައިލަމުން އޭނާގެ ގާތުގައި ހުސްކޮށްހުރި ޖާގަ ދައްކައިލުމަށްފަހު އީނާލް ބުނެލިއެވެ.

“ކިހިނެއްވީ ނާލް؟ ކީއްވެ ތިރޮނީ؟ މީހަކު އެއްޗެކޭ ބުނީތަ؟” އީނާލްގެ ސުވާލުތަކަށް ޖަވާބުދިނުން ޔާނިކްއަށް އެހައި މުހިންމުކަމަށް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާހުރީ އީނާލް ރޯތަންފެނުމުން ކަންބޮޑުވެފައެވެ. އީނާލް ގާތުގައި އިނށީދެލަމުން ޔާނިކް އީނާލްގެ ކޮލުގައި ލޯތްބާއެކި ފިރުމައިލިއެވެ. އޭރުވެސް ކަރުނައިގެ އަސަރު އެކޯތާފަތްމަތިން ކޮންމެވެސް ވަރަކަށް ފާޅުވަމުންދިޔައެވެ.

“ނޫން.” ހަމައެކަނި އެހެންބުނެލަމުން އީނާލް އަތުގައިއޮތް މަލުން ވަސްބަލައިލިއެވެ. އިރުކޮޅަކު އީނާލްގެ މޫނަށް ބަލަން އިނުމަށްފަހު ޔާނިކް އަނެއްކާވެސް އެސުވާލުތައް ތަކުރާރުކޮށްލިއެވެ.

“މަލް. މަލް އުޅޭ ހާލާމެދު ވިސްނައިލައިފައި އަޅުގަނޑަށް ކެތްނުވީ.” އީނާލްގެ ދުލުން މަލްހާގެ ނަން އިވުމާއެކު ތެޅިގަންނަމުން ކިހިނެއްވީހޭ ޔާނިކްއަށް އަހައިލެވުނެވެ. ކިތަންމެ ރަނގަޅަކަށްވެސް ޔާނިކްއަށްވީގޮތް އީނާލްއަށް ފެނުނެވެ. ސުވާލުގެ ނަޒަރަކުން ޔާނިކްގެ މޫނަށް ބަލައިލުމަށްފަހު އީނާލް ދުރަށް ނަޒަރު ހުއްޓައިލިއެވެ.

“ނާލް ބުނެބަލަ. މަލްއަށް ކިހިނެއްތަވީ؟” ހާސްވެފައި ޔާނިކް އަހައިލިއެވެ. އޮފީހުގައިވެސް މަލްހާ އިންނަގޮތްފެނި އެހިތަށް ހާދަހައި ތަދެއްވެއެވެ. ނަމަވެސް އޭނާ ވަކިކުރާނީވެސް ކީއްހެއްޔެވެ؟

ފުންނަޒަރަކުން ޔާނިކްގެ މޫނަށް ބަލައިލަމުން އީނާލް ކުރިންދުވަހު މަލްހާއާއި ދިމާވެގެން އޭނާ ކިޔައިދިން ހުރިހައި ވާހަކައެއް ޔާނިކްއަށް ކިޔައިދިނެވެ. އޭނާއަށްވެސްވީ ހަމަ އެހެންމީހުނަަށް ވާވަރެވެ. ނަމަވެސް ކުޑަހިނދުކޮޅަކަށްފަހު ޔާނިކްގެ އަތް މުށްކެވިގެންދިޔައެވެ. ރުޅިއައިސް ރަތްވެފައި އޭނާ ދަތްކުނޑިވިކައިގަތެވެ.

“ކީކޭ ދެން ކިޔާނީ؟ ދަރިއަކު ލިބުނީމަވެސް އެވައްތަރަށްވިއްޔަ އުޅެންވަނީ؟ މަލްގެ ކޮންކުށެއްތައޮތީ؟ އޭނާއަށް އެހެންހަދަން ހެޔޮވެސްނުވާނެ. މަލް ކިހައި ދެރަވާނެ. ކިހައި ކަރުނައެއް އަޅާނެ. އެވެސް އެކަނިމައި އެކަނި. އައި ވިޝް.. އައި ވިޝް އައި ކުޑް މޭކް ހާރ ހެޕީ. ފޯއެވަރ..” އީނާލްގެ ވާހަކަތަކުން އަމިއްލަ ދުނިޔެއަކަށް ގެނބިގެންދިޔަ ޔާނިކް ކުޑަހިނދުކޮޅަކަށް އޭނާ ގާތުގައި އީނާލް އިންކަންވެސް ހަނދާންނެތިގެން ދިޔައެވެ. ޔާނިކްގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ހިމަރޮނގެއްހެން އެކޯތާފަތުގައި ބޮސްދީފައި ތިރިއަށް ފައިބަމުންދިޔަ މަންޒަރުބަލަން އީނާލަށް އިނދެވުނީ ބަސްހުއްޓިފައެވެ. ޔާނިކްގެ ފަރާތުން ފެންނަމުންދިޔަ އަމަލުތަކުން އޭނާ މުޅިން ހައިރާންވެއްޖެއެވެ. މަލްހާއަށްޓަކައި ޔާނިކް އެހައި ދެރަވަނީ ކީއްވެހެއްޔެވެ؟ ޔާނިކްއަކީ ދުވަހަކުވެސް އަންހެންޖުއްޖެއްގެ ވާހަކައަކަށް އެހައި ޝައުގުވެރިވި މީހެއްނޫނެވެ. ދެން ކުއްލިއަކަށް ކީއްވެބާވައެވެ؟ މަލްހާ އެއީ ޔާނިކްގެ ކާކު.. އެހިސާބަށް ވިސްނައިލެވުނުތަނާ އީނާލްގެ ބޮލުގައި ހީވީ މީހަކު ބާރު އެތިފަހަރަކުން ޖެހިހެންނެވެ. މަލްހާއާއި މަގުމަތިން ދިމާވި އެންމެ ފުރަތަމަރޭގައި ޔާނިކްގެ އަމަލުތައްހުރިގޮތް އީނާލްގެ ދެލޯކުރިމަތިން ސިފަވިކަހަލައެވެ. އެރޭ ރޮއިރޮއިފައި ޔާނިކް ދެއްކި ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމައިގަތެވެ. އެއްޗެއް ވިސްނުނުފަދައިން ދެލޯބޮޑުކޮށްލަމުން އީނާލް ޔާނިކްއާއި ދިމާއަށް ބަލައިލިއެވެ.

“މަލް އެއީ މީހެއްގެ އަންބެއް. ކުއްޖެއްގެ މަންމައެއް.. އަނެއްކާ ދޮންބެ ލޯބިވާ ކުއްޖަކީ މަލް ބާ؟” އީނާލްއަށް ވިސްނައިލެވުނެވެ. އެރޭގައި އޭނާގެ ހައްގަކަށް އެއަންހެންކުއްޖާާ ނުވާނޭ ކިޔައިފައި ޔާނިކް ބުނި ބަސްތަކަކީ އެއީއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އީނާލް ޔާނިކްއާއި ދިމާއަށް އަނެއްކާވެސް ނަޒަރު ހުއްޓައިލިއެވެ.

“ދޮންބެ ލޯބިވާ ކުއްޖަކީ މަލް ދޯ؟” ފާޑަކަށް ޔާނިކްއާއި ދިމާއަށް ބަލަންއިނދެ އީނާލް އަހައިލިއެވެ. އީނާލްގެ ސުވާލުން ޔާނިކްއަށް ހަމަބިމަށް އާދެވުނުފަދައެވެ. ސިހިފައި ދެލޯބޮޑުކޮށްލަމުން އީނާލްގެ މޫނަށް ބަލައިލީ މީހަކު ވަށްކަމެއްކުރަން އުޅުމުން އަތުލައިގަތް އުސޫލުންނެވެ. ހިންދިރުވައިލަމުން ޔާނިކް ދުރަށް ބަލަންފެށީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ.

ޔާނިކްގެ މޫނަށް އަރައިފޭބި ކުލަވަރު އީނާލްއަށް ނިކަން ރަނގަޅަށް ފެނުނެވެ. ހަމައެކަނި އެކުލަވަރުންވެސް އޭނާއަށް ހީވީ ރަނގަޅަށްކަން އީނާލަށް ޔަގީންވިއެވެ. އެހެނަސް އޭނާ ބޭނުންވީ ސީދާ ޔާނިކްގެ ދުލުން އެހަގީގަތް އަޑުއަހާށެވެ. ޔާނިކްއަކީ ދުވަހަކުވެސް ދޮގިހެދިމީހެއްނޫންކަމުން މިފަހަރުވެސް ތެދަށް ބުނުންނޫން އެހެންގޮތެއް އޭނާއަށް ނެތްކަން އީނާލަށް ވިސްނުނެވެ.

“ދޮންބޭ. އަޅުގަނޑުގެ މިސުވާލަށް ތެދުތެދަށް ޖަވާބުދީބަލަ.” ޔާނިކްގެ އަތުގައިހިފައި ތަޅުވައިލަމުން އީނާލް އާދޭހުގެ ރާގަކަށް ބުނެލިއެވެ. ނަމަވެސް ޔާނިކް ހަމައެއިންގޮތަށް އިނީއެވެ. ދޭނެ ވަކި ޖަވާބެއް ނުވިސްނިފައެވެ.

“ދޮންބެ ނުބުންޏަަސް މިހާރު އަޅުގަނޑަށް ޔަގީންވެއްޖެ ދޮންބެގެ ހިތުގަ ޚާއްސަ މަގާމެއް ދެވިފައި އޮތް ކުއްޖަކީ މަލްކަން. އެހެއްނު.” ޔަގީންވި ނަމަވެސް އީނާލް ބޭނުންވަނީ ޔާނިކްގެ ދުލުން އެހެންބުނާއަޑު އަހާށެވެ.

“ހޫމް. މަލް.. މަލް އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް ދޮންބެއަށް ލޯބިވެވުނު. އޭރު ނޭނގެ އެއީ މީހެއްގެ އަންބެއްކަމެއް. އެކަމަކު.. އެކަން އިނގުނުދުވަހުން ފެށިގެން މަލްއާ ދުރުވާން ދޮންބެ މަސައްކަތްކުރިން. ކާމިޔާބު ނުވިނަމަވެސް އެހަޔާތާއި ވީހައިވެސް ދުރުންއުޅޭން ދޮންބެ ބޭނުންވީ. މިހިތަށް ތަދުވޭ މަލް އެއުޅޭހާލު އިނގުނީމަ. ހިތަށް އަރާ އެކަމުގައި ދޮންބެއަށް އެހީއެއްވެވޭނެ ނަމައޭ. އަބަދު ދެރަވެފަ ހުންނަތަން ފެންނަނީ. މަލް އެގޮތަށް ފެންނާތީ ދޮންބެގެ މިހިތަށްވެސް ހަމަޖެހުމެއް ނުލިބޭ. ހާދަ ދުޢާއެއް ކުރަމޭ އެނިކަމެތި އަންހެންކުއްޖާއަަށް އަބަދުވެސް ހެޔޮގޮތްވުމަށްއެދި. އިންޝާ ﷲ ދޮންބެގެ ދުޢާތަށް ﷲ އިޖާބަކޮށްދެއްވާނެ. އައި ޖަސްޓް ވޯންޓް ސީ ހާރ ހެޕީ.” އެއްފަރާތަކަށް ނަޒަރު ހުއްޓައިގެންއިނދެ ޔާނިކް ބުނެލިއެވެ. ކުރުނުކޮށް އީނާލް އާދޭސްކުރަންފެށުމުން ހަގީގަތް ހާމަނުކޮށް ޔާނިކްގެ ހިތަށް ކެތްނުވީއެވެ. ލައްކަދުވަހު އެލޯބި މުޅި ދުނިޔެއަށް ސިއްރުކޮށްގެން އޭނާ ކެތްކޮށްފިއެވެ. ދެންއިތުރަށް އެހަށިގަނޑުގައި އެހިތްވަރުހުރިހެެނެއް ހިއެއްނުވެއެވެ. ހިތުގެ އުދާސްތައް އެހެންމީހަކާއި ހިއްސާކޮށްލެވުމުން ޔާނިކްއަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބުނެވެ.

ޔާނިކްގެ ވާހަކަތައް ކަނުލައި އަޑުއަހަން އީނާލްއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ދޮންބެ ހާދަހައި ކެތްތެރިއެވެ. އެކެތްތެރިކަމުގެ ފޮނިކަން ދޮންބެއަށް ކޮންމެވެސް ދުވަހުން ﷲ ދެއްވާނެއެވެ.

“ﷲ ގެ އިރާދަފުޅުން ދޮންބެގެ ކޮންމެ ދުޢާއެއްވެސް އިޖާބަވާނެ. ކެތްތެރިކަމާއެކު އެކަލާނގެއަށް އަދިވެސް ދުޢާކުރޭ.” ހިނިތުންވެލަމުން ޔާނިކްގެ ކޮނޑުގައި އަތުން މަޑުމަޑުން ޖަހައިލަމުން އީނާލް ހިތްވަރުދިނެވެ. ކޮންމެވެސް އެއްދުވަހަކުން ދޮންބެގެ އެލޯބި ކާމިޔާބުވާތަން ދެކެން އޭނާގެ ހިތްވެސް އެދެއެވެ. އޭނާގެ ލޯބިވާ ދޮންބެއަށްޓަކައި އޭނާވެސް ދުޢާކުރާނެއެވެ.

** ** **

އޮފީސް ނިންމައިލުމަށްފަހު މަލްހާ ގެއަށްދާން ނުކުތެވެ. މަގުގެ އެއްފަރާތުން މަލްހާ ހިނގަމުންދިޔައިރު އޭނާއާއި ދިމާއަށް ބައެއްމީހުންގެ ނަޒަރުތައް ހުއްޓެމުންދިޔައެވެ. މިހާރު އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ލިވްޔާ ދެވަނަފަހަރަށް މާލެ އައުމަށްފަހު އެންމެ ދުވަހަކުވެސް ރާއިދް އޭނާ ގޮވައިގެން އަދި ބަލައިވެސް އޮފީހަކަށް ނާދެއެވެ. ހިތަށް ތަދުވިއެއްކަމަކު މަލްހާ ޝަކުވާއެއް ނުކުރެއެވެ. ކެތްތެރިވެލައިގެން އެކަމާވެސް ކުރިމަތިލީއެވެ. މަލްހާއަށް ނޭނގުނެއްކަމަކު ކޮންމެ ދުވަހަކު މަލްހާ ގެއަށްދާ މަންޒަރުބަލަން ޔާނިކް ހުރެއެވެ. ކިތަންމެ ދުވަހަކު މަލްހާގެ ގާތުގައި އޭނާއާއި އެއްކޮށް ކާރުގައި ގެއަށް ދިއުމަށް ބުނަން އެހިތް އެދެއެވެ. އެހެނަސް މަލްހާ ވިސްނާނެ އެއްޗެއް ނޭނގޭތީ އަހަންނުކެރިފައި ޔާނިކްއަަށް ހުރެވެނީއެވެ. ކޮންމެގޮތެއްވިއަސް ހެޔޮކަމަށް މިއަދު މަލްހާގެ ގާތުގައި އޭނާއާއި އެއްކޮށް އައުމަށް ބުނަން ޔާނިކް ނިންމީ އިތުރަށް އެމަންޒަރުބަލަން އޭނާއަށް ކެތްނުވުމުންނެވެ.

ކުއްލިއަކަށް އޭނާގެ ގާތަށް އައިސް މަޑުކޮށްލި ކާރަށް މަލްހާ ބަލައިލީ ހައިރާންކަމާއެކުއެވެ. އެއީ ޔާނިކްގެ ކާރުކަން އެނގުމުން އޭނާގެ ހައިރާންކަން އިތުރުވިއެވެ. ކާރުގެ ކުރީ ޝީޓްގެ ދޮރު ހުޅުވައިލަމުން ޔާނިކް އެތަނަށް ފޭބިއެވެ. އަދި އިސްޖަހައިލަމުން ސަލާމް ގޮވައިލިއެވެ. މަލްހާވެސް އިސްޖަހައިލަމުން ސަލާމް ބަލައިގަތެވެ.

“އޫމް. ކޮންމެ ދުވަހަކު އެކަނި ހިނގައިފައި އެހައިދުރަށްދާތީ ހިތަށް އެރީ މިއަދު މަލްހާ ގާތުގައި އަހަރެން ޑްރޮޕްކޮށްދީފަނޭ ބުނަން. ޔޫ އަރ މައި ޕީއޭ. ސޯ އައި ވޯންޓް މޭކް ޝުއަރ ވެދަރ ޔޫ ރީޗް ހޯމް ސޭފްލީ އޯ ނޮޓް. ހިނގާ އަހަރެންނާއެކު. މިއަދަށްފަހު ކޮންމެ ދުވަހަކުވެސް އަހަރެން ޑްރޮޕްކޮށްދޭނަން. އެންޑް ބަލައިވެސް ދާނަން. އެހައި ދުރަށް އެކަނި ތިހެން ހިނގައިފައި ދާނެކަމެއްނެތް.” ސީރިއަސް ރާގަކަށް ޔާނިކް ވާހަކަދަައްކައި ނިންމައިލިއިރު އޭނާގެ ހިތް ތެޅިފޮޅެމުންދިޔައީ މަލްހާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ.

“އެކަމަކު ސަރ. އަޅުގަނޑު.. އޫމް. އިޓްސް އޯކޭ. ސަރ ނުޖެހޭނެ ކޮންމެ ދުވަހަކު ތިބުރަ އުފުލާކަށް.” ތުންފަތުގައި ދައިގަންނަމުން ހާސްވެފައި އަވަސް އަވަހަށް މަލްހާ ބުނެލިއެވެ. އެއްވެސް މީހަކަށް ބުރައަކަށްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ އަމިއްލަ ހާލަށް އޭނާއަށް އުޅެވޭނެއެވެ.

“ހެހެ. ކާކު ބުނީ އަހަރެންނަށް ބުރައަކަށްވާނޭ. ތިހެން ހީނުކުރޭ. މިއީ އަހަރެން ހެޔޮހިތުން ބުނާއެއްޗެއް. މިމާލެއަކީ އެހައި ސޭފްތަނެއްނޫން އަންހެންކުއްޖަކު ތިހެން އެކަނި ދާކަށް. އެހެންވެ އަހަރެން އެހެންމިބުނީ. ދެން ހިނގާ އަވަހަށް. ޔޫ ކޭން ސިޓް ފަހަތުގަ. އަހަރެން ހުންނާނީ ކުރީގަ. އޯކޭ އެއްނު. ޕްލީޒް ޑޯންޓް ސޭ ނޯ.” މަގުގެ ދެފަރާތަށް ބަލައިލަމުން ޔާނިކް ބުނެލިއެވެ. އިރުކޮޅަކު ވިސްނަންހުރުމަށްފަހު މަލްހާ ބޯޖަހައިލިއެވެ. ޔާނިކް އެބުނީވެސް ތެދެކެވެ. މަގުމަތިން އޭނާއާއި ފޮށޭމީހުންވެސް ވަކި މަދެއްނޫނެވެ. މަލްހާ ބޯޖަހައިލުމާއެކު ހިނިތުންވެލަމުން ޔާނިކް ކާރުގެ ފަހަތު ދޮރު ހުޅުވައިލައި ދިނެވެ. މަޑުހިނގުމެއްގައިގޮސް މަލްހާ ކާރަށް އަރައި ހަމަޖެހުމުން ދޮރު ލައްޕައިލުމަށްފަހު ޔާނިކްގޮސް ކުރިއަށް އެރުމާއެކު ޑްރައިވަރު ކާރު ދުއްވައިލިއެވެ.

މަލްހާ އޭނާއާއި އެކުގައި އައުމަށް އެއްބަސްވުމުން ޔާނިކް ވަރަށް ހިތްހަމަޖެހުނެވެ. ޝީޓްގައި ލެގިލަމުން ދެލޯމަރައިލުމަށްފަހު ޔާނިކް ހިނިތުންވެލިއެވެ. މަލްހާއަށްޓަކައި އޭނާ ކޮންމެފަދަ ކަމެއްވެސް ކުރަންތައްޔާރެވެ.

މަލްހާއިނީ ޔާނިކްގެ އަމަލުތައް މިއަދު ހުރިގޮތުން ހައިރާންވެފައެވެ. އެހެންނާ ދުވަހަކުވެސް އެހައި ގާތްކޮށް ޔާނިކް އޭނާއަކާ ވާހަކައެއް ނުދައްކައެވެ. ކުއްލިއަކަށް ކިހިނެއްވީބާވައެވެ؟ މަލްހާއަކަށް ނުވިސްނުނެވެ. ނަމަވެސް ޔާނިކްގެ މިހިތްހެޔޮކަމަށް އޭނާ ޝުކުރުވެރިވެއެވެ.

ރެސްޓޯރެންޓްއެއްގެ ކުރިމަތިން ކާރު ހުރަސްކުރިވަގުތު އެތަނުން ނުކުމެ ސައިކަލާ ދިމާއަށް ހިނގަައިގަތް ލިވްޔާ އާއި ރާއިދް މަލްހާގެ ލޮލުގައި އަޅައިގަތެވެ. އެހިތަށް ހީވީ ތޫނު ޚަންޖަރެއް ހަރައިލިހެންނެވެ. މިއަދު އޭނާގެ މަގާމުގައި އެހުރީ ލިވްޔާއެވެ. އެހައި ފަސޭހައިން ރާއިދް އޭނާގެ މަތިން ހަމަ ހަނދާންނައްތައިލީ ހެއްޔެވެ؟ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ގަދަކަމުން މަލްހާ ދިރުވައިލީ ހިލޭ މީހެއްގެ ކުރިމަތީގައި ކަރުނައަޅައި ރޯން ބޭނުންނުވާތީއެވެ. އެއީ ދުވަހަކުވެސް އޭނާ ކުރިކަމެއް ނޫނެވެ. ތުންފަތުގައި ދަތްއަޅައިލަމުން ހުރިހައި ހިތާމައެއް ހިންދައިލަން އޭނާ މަަސައްކަތްކުރަމުން ދިޔައެވެ.

ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު މަލްހާ ޔާނިކްއަށް ޝުކުރުވެރިވަމުން ކާރުން ފެއިބުމަށްޓަކައި ދޮރުހުޅުވައިލިއެވެ. “މާދަން ހެނދުނު ބަލައި އަންނާނަން. ބީ ރެޑީ.” ފަހަތަށް އެނބުރި ބަލައިލުމެއްނެތި އެހެން ބުންޏެއްކަމަކު އެއަޑުގައިހުރި އޯގާތެރިކަން މަލްހާއަށް އިހުސާސުވިއެވެ. ލައްބައޭބުނެ ހިނިތުންވެލަމުން މަލްހާ ކާރުން ފެއިބުމާއެކު ޑްރައިވަރ ކާރު ދުއްވައިލިއެވެ.

ލޯމައްޗަށް ކާރު ގެއްލެންދެން ބަލަންހުރުމަށްފަހު ކޮނޑުގައި އޮތްދަބަހުގައި ބާރަށް ހިފަހައްޓައިލަމުން މަލްހާ ގެއަށް ވަންނަން ހިނގައިގަތީ މާޔޫސް ވެފައިވާ ހިތަކާއެކުއެވެ.

ކޮޓަރީގައި ނިދިފައިއޮތް ޒީވާންގެ މޫނަށް އިރުކޮޅަކު ބަލަންހުރެފައި މަލްހާ ފާޚާނާއަށްވަދެ ފެންވަރައިލުމަށްފަހު ނުކުމެ ނަމާދުކޮށްލިއެވެ. އަދި ވީހައިވެސް ގިނަ ވަގުތެއް ގުރުއާން ކިޔެވުމުގައި އޭނާ ހޭދަކުރީ އެހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

ގޭތެރެއަށް ފެތުރިފައިވާ ހަމަހިމޭންކަން ނަގައިލީ ގެއަށް ވަދެގެންއައި ލިވްޔާ އާއި ރާއިދްގެ ހުނުމުގެ އަޑުންނެވެ. އެއަޑަށް ގުރުއާން ކިޔަވަންއިން މަލްހާ ހުއްޓައިލުމަށްފަހު ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލިއެވެ. އޭނާގެ ދުނިޔެ ހަލާކުކޮށްލުމަށްފަހު އެމީހުންގެ ދުނިޔޭގައި އެދެމީހުން ހީސަކަރާތްޖަހައި އުފާކުރަނީއެވެ. މަލްހާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާއަށް އިތުރަށް އެމަންޒަރުތައް ބަލާކަށް ކެތެއްނުވާނެއެވެ. ކެތްތެރިވެވޭތޯ އޭނާ ވަރަށް މަސައްކަތް ކޮށްފިއެވެ. އޭނާއަކީ ވެސް އިންސާނެއްވިއްޔާއެވެ. ޗާބީ ދީފައިވާ ބުދެއްނޫނެވެ. ކެތްވާނީވެސް ވަކިވަރަކަށެވެ.

ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން މަލްހާ ޚަތިމް ލައްޕައިލުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. މަޑުމަޑުން ދޮރުހުޅުވައިލަމުން ކޮޓަރިން ނުކުމެ ސިޓިންގް ރޫމާއި ދިމާއަށް އޭނާ ހިނގައިގަތީ އެދެމީހުންކުރާކަމެއް ބަލައިލުމުގެ ބޭނުމުގައެވެ.

ސޯފާގައި އެކަކު އަނެކަކުގެ ގައިގައި ބައްދައިލައިގެންތިބި ރާއިދާއި ލިވްޔާ މަލްހާ ފެނިލުމާއެކު ފަރުވާކުޑަ ގޮތަކަށް އޭނާ އާއި ދިމާއަށް ބަލައިލިއެވެ. އަޅައިވެސްނުލާ ރާއިދްގެ ކޮނޑުގައި ލިވްޔާ ބޯއަޅައިލައިގެންއޮތްގޮތުން މަލްހާގެ ރުޅިގަނޑު ކެކިގަތެވެ. އޭނާގެ ގޭގައި އޭނާގެ ފިރިމީހާގެ ގައިގައި އެގޮތަށް ބައްދައިގެން ހުންނަންވެސް އެއަންހެންކުއްޖާ ލަދުނުގަންނަނީ ހެއްޔެވެ؟

ލޯއަޅައިލަމުން އޭނާއާއި ދިމާއަށް ބަލައިލި މަލްހާ ފެނުމާއެކު މޫނަށް ވައްތަރެއް ޖައްސައިލަމުން ލިވްޔާ ރާއިދާއި ދުރުވެލިއެވެ. އެއާއެކު ސުވާލުގެ ނަޒަރަކުން ރާއިދް ލިވްޔާގެ މޫނަށް ބަލައިލިއެވެ. އިޝާރާތުން މަލްހާހުރިގޮތް ލިވްޔާ ރާއިދަށް ދައްކައިލިއެވެ. ހިތްހަމަނުޖެހިފައި ރާއިދް މަލްހާ އާއި ދިމާއަށް ބަލައިލިއެވެ.

“ކިހިނެއްވެފަތަ މިތާ ތިހުންނަނީ؟” ރާއިދްގެ އަޑު ގޭގައި ގުގުމައިގެން ދިޔައެވެ. “ކިހިނެއްވީ؟ މިއީ އަހަރެންވެސް އުޅޭތަން. އަހަރެން ހުއްޓަކަސް ތިދެމީހުން ބޭނުންކަމެއް ކުރެވިދާނު.” މިއަދު ރާއިދަށް އެންމެ ތަންފުކެއްވެސް ދޫކުރާން މަލްހާ ބޭނުންނުވާފަދައެވެ. އޭނާއަށް ވާވަރަށް އެދެމީހުންގެ ޑްރާމާ ބަލަން ކެތްކުރެވިއްޖެއެވެ.

“ދޭ ކޮޓަރިއަށް.” އިންތަނުން ތެދުވަމުން އެމީހުންގެ ކޮޓަރިއާއި ދިމާއަށް އިޝާރާތް ކޮށްލައިފައި ރާއިދް އަމުރުކޮށްލިއެވެ. “ނުދާނަން. އަހަރެން މިތާނގަ ހުރިއްޔާ ކީއްތަވަނީ؟” ހަރަށް ބަނދެލަމުން ހިތްވަރުކޮށްފައި މަލްހާ ބުނެލިއެވެ. މަލްހާ ވާހަކަދައްކަމުންދިޔަގޮތުން އިރެއް އިރަކަށް ރާއިދްގެ ރުޅިގަނޑު ގަދަވަމުންދިޔައެވެ.

“ކިހައިދެރަކަމެއް. ކަލޭ މިހާރު އަހަރެންގެ ކުރިމަތީގައި ޒުވާބުކުރަންވެސް ފެށީތަ؟” މަލްހާ އާއި ދިމާއަށް ލޯއަޅައިގެންހުރެ ރާއިދް އަހައިލިއެވެ. އެސުވާލަކަށް މަލްހާ ވަކިޖަވާބެއް ނުދެއެވެ. ރާއިދްގެ ރުޅި ހައްތަހައިގަދަވަމުން ދިޔައެވެ. “ކީއްވެ އެއްޗެކޭ ނުބުނީ؟ ކަލޭ ލަދެއް ނުގަނޭތަ ކަލޭގެ ފިރިމީހާ ކުރިމަތީގައި ޒުވާބުކުރާކަށް؟” މަލްހާ އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ރާއިދް ބުނެލިއެވެ.

“ހެހެ. އަހަރެން ކުރިމަތީގައި އަހަރެންގެ ކޮއްކޮއާއެކު ތިހެންއުޅޭން ރާއިދް ލަދުނުގަންނައިރު އަހަރެން ކޮންލަދެއްތަ ގަންނަންވީ؟ އެހެނޫނަސް އަހަރެންނަކަށް އިހުސާސެއްނުވޭ މިހާރުތީ އަހަރެންގެ ފިރިމީހާ ކަމަކަށް. ޒީވާންގެ ބަައްޕަ ކަމަކަށް. ނަމެއްގަ ހުރީމަ ނިމުނީކީ ނޫނޭ. ކޮބާ ފިރިމީހާ އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްގުތައް؟ އެހައްގުތައް އަދާކޮށްދީފަބުނޭ ތިއީ އަހަރެންގެ ފިރިމީހާއޭ. އެއިރުން މިގޮތަށް ވާހަކަދައްކަން ލަދުގަނެފާނެ.” ކުޑަކޮށްވެސް ހިތްވަރު އެލުވައިލާކަށް މަލްހާ ބޭނުމެއްނުވިއެވެ.

މަލްހާގެ ޖުމުލަތަކާއެކު ރާއިދް ހަމައިންނެއްޓިއެވެ. ބާރުހިނގުމެއްގައި އައިސް މަލްހާ އާއި އަރައި ހަމަކުރަމުން އޭނާގެ އަނގައިގައި ހިފައި ބާރަށް ފިތައިލިއެވެ. “ޚަބަރުދާރު. ކަލޭގެ ކަންތައް މާމައްޗަށް ތިދަނީ މިހާރު. ކަލެއަކަށް ނުބެހެވޭނެ އަހަރެން އުޅޭ ގޮތަކާ. އަޑުއިވިއްޖެ.” ބާރަށް މަލްހާގެ އަނގައަށް ފިތައިލަމުން ރާއިދް ހަޅޭލަވައިގަތެވެ. ވީތަދުން މަލްހާގެ ލޮލުން ކަރުނަ ހިލުނެވެ.

ގަދަކަމުން ރާއިދްގެ އަތް މަލްހާ ފޮޅުވައިލިއެވެ. “ލައްކަ ދުވަހު އެއްޗެކޭ ނުބުނެ އަހަރެން ކެތްކޮށްފިން. އެކަމަކު ރާއިދް ހެދިހައިގޮތެއް ހެދިގެން އަހަރެން ނުހުންނާނަން.” ތުންފަތުގައި އަތުން ފިރުމައިލަމުން މަލްހާ ރުޅިއައިސްފައި ބުނެލިއެވެ. “ރަނގަޅު. ހުންނާނެކަމެއްވެސް ނެތް. އަހަރެން ބޭނުމެއްވެސް ނޫން ތިކަހަލަ މީހަކާއެކު އުޅޭކަށް. އެހެންވީމަ އެންމެ ރަނގަޅުވާނީވެސް އެގޮތް.” ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން މަލާމާތުގެ ހިނިތުންވުމަކާއެކު ރާއިދް ބުނެލިއެވެ. ބުނެލިޖުމުލައިގެ ފޮރުވިފައިވާ މާނަ މަލްހާއަށް ވިސްނުނުފަދައެވެ. މުޅިމީހާ އެއްކޮށް ގަނޑުވިކަހަލައެވެ. ދެލޯބޮޑުކޮށްލަމުން ގަބޫލުނުކުރެވިފައި މަލްހާ ރާއިދާއި ދިމާއަށް ބަލައިލިއެވެ. “ތިބުނީ؟” ކަންބޮޑުވެފައި މަލްހާއަށް އަހައިލެވުނީ ތުރުތުރުއަޅާ އަޑަކުންނެވެ. “ނުވިސްނުނުތަ؟.. މިބުނީ.. މަލްހާ ތިހުރީ ވަރިކޮށްފައޭ. މިއަދުންފެށިގެންތީ އަހަރެންގެ އަންބެއްނޫނޭ.” ފަހަތުގައިހުރި ލިވްޔާއަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު މަލްހާއާއި ނަޒަރު ސީދާކޮށްލަމުން ރާއިދް ބުނެލިއެވެ. އެޖުމުލަތަކާއެކު މަލްހާއަށްހީވީ އޭނާގެ ވަށައިގެންވި މާހައުލު އެނބުރިގަތްހެންނެވެ. މީހަކު ބާރު އެތިފަހަރެއް އޭނާގެ ކޯތާފަތްމަތީގައި ޖެހިކަހަލަ އިހުސާސެއް ވެގެންދިޔައެވެ. ތޫނު ޚަންޖަރެއް އެހިތަށް ހަރައި ޗިސްކޮށްލިނަމަވެސް އެވަގުތު ހިތަށްވީތަދަށްވުރެ ކުޑަވާނެކަން ޔަގީނެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯބިނުވިޔަސް ފިރުމާލަދީ 02

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (5)

Next
March 20, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (5)

Previews
March 20, 2018

ލޯބިނުވިޔަސް ފިރުމާލަދީ 02

57 Comments!

  1. Nau says:
    March 20, 2018 at 4:50 pm

    Salaam all.. Here is the 19th part. Hope u guys will like this part too.. Let me knw the mistakes n enjoy reading.. Nxt part in sha allah tmrw.. Kyp waiting.. Thanks alot for everyone who comments, like n share this story. Ly all my dears.. ?❤

  2. Fai says:
    March 20, 2018 at 5:01 pm

    V V V Reethi miaduge

    Nau u are the best writer
    ????? mujuthamaugehaalath

    1. Nau says:
      March 21, 2018 at 12:54 pm

      Thanks alot my dear❤

  3. Ibsha says:
    March 20, 2018 at 5:02 pm

    Wow varah reethi

    1. Nau says:
      March 21, 2018 at 12:54 pm

      Thanks dear❤

  4. tom says:
    March 20, 2018 at 5:12 pm

    V vvvv salhi….?????????????????

    1. Nau says:
      March 21, 2018 at 12:55 pm

      Thanks dear❤

  5. Chim says:
    March 20, 2018 at 5:12 pm

    Alhey??rovijje hama..mal ah dhimaavi gothun..Story vv reethi..v ufaavey konme dhuvahaku k

    1. Nau says:
      March 21, 2018 at 12:55 pm

      Alhey hehe thanks alot dear❤

  6. Shann says:
    March 20, 2018 at 5:23 pm

    Raaidh n Livyaa ah rangalhu landeh nikan dhybala nau,.. Mal ah hadhaalaa goeh nikan balaabala dhemyhun vegen… Hama hyvany filmehge shooting balaa ninmaa levunhen… Ehaaves rythikoh ebahuri sifakohla dhyfa… Hama hyvy aslah loa kurimathyga hingaa dhiya haadhisaaeh hen… V v ves rythi mibaives… Luv u nau…???????????

    1. Nau says:
      March 21, 2018 at 12:56 pm

      Awwwwn thanks alot my dear shann.. So happy to see ur comment every day.. Lets see dhw wat hppns to both of them.. Luv u too dear❤

  7. Fathun says:
    March 20, 2018 at 5:29 pm

    Wow varah varah reethi mi part ves

    1. Nau says:
      March 21, 2018 at 12:56 pm

      Thanks alot dear❤

  8. Hashaa says:
    March 20, 2018 at 5:44 pm

    Varan reethi

    1. Nau says:
      March 21, 2018 at 12:56 pm

      Thanks dear❤

  9. Awa says:
    March 20, 2018 at 5:53 pm

    Alhey…… rovijje nauuu…. vvvv reeethi mi vaahakavx… comme dhuvahaku comment nukurevunas awa mi vaahakaige hurihaa epi ehvx kiyan.. busy kamun vomment nukureveny.. sorry??
    I really do love this story…?? avahah dhe in bai upkolla dheeba plx????

    1. Nau says:
      March 21, 2018 at 1:08 pm

      Its ok my dear. Comment nukuriyas story kiyaakan ingunyma v v happy.. Thanks alot my dear. In sha allah.. Hey m waiting to a new stry frm u. Hehe. Wen will i get to read a new stry frm u? ?❤

  10. fai says:
    March 20, 2018 at 5:58 pm

    haadha reethi ey mi part ves… alhey keetha vaany mirey surprise part e up kohla dheebaa pls pls

    1. Nau says:
      March 21, 2018 at 1:08 pm

      Hmmm thats a gud idea.. Hehe may be one day i wud do that.. Hehe.. Thanks alot dear❤

  11. Luba says:
    March 20, 2018 at 6:02 pm

    Nau alhey … varah furihama masha allah .. ? .. mihaaru baeh aailaa thakuga higaa kanthahthah thii hama … nau ah avas shifa akah edhen .. ??

    1. Nau says:
      March 21, 2018 at 1:09 pm

      Ya dhw dear.. Thank u sooo much❤

  12. Blue rose says:
    March 20, 2018 at 6:08 pm

    Wow v salhi.. waiting for the next ?

    1. Nau says:
      March 21, 2018 at 1:09 pm

      Thanks dear❤

  13. Axy says:
    March 20, 2018 at 6:14 pm

    Alhey Nau hama romun indhe mi kiyaa nimunee ????????????
    Asluves malah vaane varu dhw ♥♥♥♥♥♥♥♥♥
    V V reethi Thankyou Nau dhen kuriah oy part v reethi vaane dhw ☺☺

    1. Nau says:
      March 21, 2018 at 1:10 pm

      Alhey dear.. Hehe.. Ya in sha allah.. Lets see dhw.. Thanks alot dear❤

  14. Fathun says:
    March 20, 2018 at 6:18 pm

    V v reethi..dhen Mal grin nereleema yaanik men geyah Mal gendhan dho…wow..v v nice…waiting…ehenvejjeyya v v salhivaane.

    1. Nau says:
      March 21, 2018 at 1:10 pm

      Ummmm lets see dhw.. Hama thihenvx vedhaane ingey.. Hehe.. Thanks alot dear❤

  15. lotus says:
    March 20, 2018 at 6:20 pm

    Mi part vx vvv salhi?hopin that malu n yaanik wil get togther soon.. nau he sifakodhinun v perfect.. baeh scene thah hama lolah fennakahala.. waitin for tha nextpart❤

    1. Nau says:
      March 21, 2018 at 1:11 pm

      Awwwn thanks alot my dear.. Lets see dhw❤

  16. azu says:
    March 20, 2018 at 6:26 pm

    ????????????????????????

    1. Nau says:
      March 21, 2018 at 12:57 pm

      Alhey dnt b like that dear. Hehe.. Thanks❤

  17. ?? says:
    March 20, 2018 at 6:32 pm

    Alhey nau pls pls pls mirey adhi eh part up kohlla dhybala.. Pls nau pls pls

    1. Nau says:
      March 21, 2018 at 12:58 pm

      Hey dear in sha allah tday havyru up kureveythw mi try kurany. Thanks ❤

  18. Sana says:
    March 20, 2018 at 6:35 pm

    Nau! What happened to yaanik wedding??????
    Varah reethi mi part ❤❤❤❤

    1. Nau says:
      March 21, 2018 at 12:59 pm

      Lets see dhw. Yaanik wedding ah vy goivx ingeyne adhi.. Btw thanks dear❤

  19. Xxxx says:
    March 20, 2018 at 7:27 pm

    Wooooowww ?????..v.reethi.dhigukoh genesdhineethee thankx

    1. Nau says:
      March 21, 2018 at 12:59 pm

      Thanks alot my dear n wlcm❤

  20. Any says:
    March 20, 2018 at 7:33 pm

    Vvvv reethi nau loabiii thanks a lot mihareethi vahakaeh genesdheythy love u bodukoh ????

    1. Nau says:
      March 21, 2018 at 1:00 pm

      Awwwn thanks alot my dear Any.. Wlcm❤

  21. Pinky shifoo says:
    March 20, 2018 at 7:44 pm

    Wow ❤️❤️❤️… Maasha Allah haadha reehchey ???… V v furihama ???… U made me cry Nau ???… It’s soooooo emotional… Mal haadha dhervaaney ???… V v furihama ah feelings thah deliver kohdhyfa hunnakan faahagakohlevey ???… It’s awesome hama ???… Knme partehvx mi kiyaalany hama v v kiyaalaahithun ???… I love your stories ❤️❤️❤️… Hama heevanee manzaruthah fennahen ☺️☺️☺️… U are a talented writer Nau Maasha Allah ???… Curiously waiting for the next part ???… Lots of love and take care ???❤️❤️❤️??????

    1. Nau says:
      March 21, 2018 at 1:01 pm

      Awwwn thank u soooooo much dear.. V happy vey dear ge comment kiyaafa.. Lots of love n tvgc my dear. ❤

  22. Unknown girlll.. says:
    March 20, 2018 at 7:54 pm

    Alhey…komme part akah commentbnukuriyas im av.v.v big fan u….love this part….luv ya v.v.v much…..keeo up the good work???❤❤❤???

    1. Nau says:
      March 21, 2018 at 1:01 pm

      Awwwn m sooo happy to knw that dear.. Thank u soooooooo much.. Luv ya too my dear❤

  23. Sakeenaa says:
    March 20, 2018 at 8:28 pm

    Vvvv reethi

    1. Nau says:
      March 21, 2018 at 1:02 pm

      Thanks dear❤

  24. axoo says:
    March 20, 2018 at 9:10 pm

    v…..reethi mivaahaka mee hama number one

    1. Nau says:
      March 21, 2018 at 1:02 pm

      Awwwn thanks alot my dear❤

  25. Swety says:
    March 20, 2018 at 9:21 pm

    Aslu kiyalan hithun innathee heevanee vaahaka v kuru hen. ……pls pls pls mall ah ehen nahadhaba e fakeeru kiha dheravaane….aharumen nuh vaavarumee?????????????????????????

    1. Nau says:
      March 21, 2018 at 1:03 pm

      Alhey dear lets see dhw mal ah fahun hama rangalhu gotheh vedhaanu dhw.. Thanks alot dear❤

  26. EHLEE says:
    March 20, 2018 at 10:41 pm

    Aleyy rovihjeh vv?? .. mal ah ehen hadhaakah nuvaanehnuh? … hama v ginah familys thakah vaahfotheii eh eeh ham eh eeh thedheii hama???? .. i ❤v this storyy…

    1. Nau says:
      March 21, 2018 at 1:04 pm

      Ur ryt dear. Thanks alot❤

  27. Sumaa says:
    March 20, 2018 at 11:10 pm

    Alhey varah asaru gad has… Raaidh n Livyaa haadha gohey… I think Mal will go to noora for help……

    1. Nau says:
      March 21, 2018 at 1:04 pm

      Lets see dhw who helps mal.. Thanks alot dear❤

  28. mai says:
    March 21, 2018 at 10:44 am

    alhey… v derakoh dhw mal ah mi hadhanyy.. ehn hadhaakah nuwaane ehnnu… insha allah hurihaakameh wx waany enme rangalhakah… mal v ufaluga ulhey than fennane adhi… v reethi nau ge stories.. comment nukuriyas waahaka thah kiyan… aslu mihaaru ginafaharah story kiyany story nimunyma… ey rah kiyaa nimaaleweyne ehnnu dhw.. ekam nau ge story hama kiyaa hithun nunimunas kiyan fashaigen miulheny… curious to see wat happnn next.. baby athuliya nudhehchey ingey nau… eyrun mal kudhi kudhi waane…:*:* 🙂 🙂 :).. anehbai awahah up kohdheeba…

    1. Nau says:
      March 21, 2018 at 1:05 pm

      Awwn m so happy to see ur comment my dear.. In sha allah dhw.. Lets see wat hppns.. Thanks alot my dear❤

  29. Mona says:
    March 21, 2018 at 5:18 pm

    Alhey koba tha story…dhen haveeru vaany maadhama ehnu…v foohivey…buna gadiakah dhuvahaku up nukoh dheyne…huhtaalan v nu

  30. Snow says:
    March 21, 2018 at 5:38 pm

    Kobaaa tha story?? Haaadha lahey.. waitinggggggggggggggggggggggggggggggggg

Comments are closed.


All Right Reserved!