Skip to content
އެސްފިޔަ

އަނދިރިފަރާތް 29

“އޭނަ މަރުވިއްޔާ މާ ރަނގަޅުވާނެ.. އެކަހަލަ މީހުންނާހެދި މި ރާއްޖެ އަޅުވެތިވަނީ..”

ދެއަތް މުއްކަވާލަމުން އަހަރެން ވާހަކަދެއްކީމެވެ. އެ ޝާކިންއަށްޓަކާ އަހަރެންގެ ހިތުގައި އުފެދިފައި ވަނީ ނަފްރަތެވެ. އޭނާ ސަލާމަތްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޝުބާ އަހަރެންނާ ދިމާއަށް ބަލާލިއިރު ރުޅިއައިސްގެން އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. ކުއްލި ހަރަކާތަކާއެކު އޭނާ އަހަރެންގެ މޫނުމައްޗަށް އެތި ފަހަރެއް ވީއްލާލީ ނުވިސްނާ ހުއްޓައެވެ.

“އަރޫން މޮޔަވީތަ؟ ޝާކިން އެއީ ތި ބުނާ ކަހަލަ މީހެއް ނޫނޭ! އޭނާއަށް ދިމާވި ކަންތައްތަކެއްގެ ސަބަބުން އޭނަ އެހެން ކަންތައްކުރީ!”

އޭނާ ހަޅޭއްލަވައިގަތެވެ. އޭނާ އެ ވާހަކަދެއްކި ރާގުން ވެސް އޭނާ ޝާކިން ސަލާމަތްކުރަން ބޭނުންވެފައިވާ މިންވަރު ހާމަވެއްޖެއެވެ. ޝާކިން ދެކެ ލޯބިވާ މިންވަރު ހާމަވެއްޖެއެވެ. އަހަރެން ޝުބާ ޖެހި ތަނުގައި މަޑުމަޑުން ފިރުމާލީމެވެ. އޭނާ އެ ވިސްނަނީ ހަމައެކަނި ޝާކިންއާ މެދުގައެވެ. އަހަންނާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނައެއް ނުލައެވެ. ކީއްވެ ހެއްޔެވެ؟

“ޝުބްއަށް ރަނގަޅުވާނެ އޭނަ ކޮންމެ ކަމެއް ކުރިޔަސް…”

އަހަރެން ހިތްހަމަނުޖެހިފައި ހުރެ ބުނެލީމެވެ.

ޝުބާ އަހަންނާ ދިމާއަށް ރުޅިވެރި ނަޒަރެއް ދިނުމަށްފަހު އަނެއްކާވެސް ބަލާލީ ވެލިގަނޑު މަތީގައި އޮތް ޝާކިންއަށެވެ. ޝާކިންއާ ދިމާ ބަލާލުމާއެކު އެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ކުއްލިއަކަށް އޭނާ ޝާކިންގެ ހަށިގަނޑުގައި އޮޅުލައިގަތުމަށްފަހު ބާރުބާރަށް ރޯން ފެށިއެވެ. އަހަރެންނަށް ދެއަތް މުއްކަވޭލެވުނެވެ. އޭނާ އަދިވެސް އެ ކަރުނަ އަޅަނީ ޝާކިންއަށްޓަކާ ހެއްޔެވެ؟

އަހަރެންގެ ހިތަށް ކުޑަވަރެއްގެ ލޮޅުމެއް އަރައިގެން ދިޔައީ ކުއްލިއަކަށް ޝުބާ އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައި، ކަރުގެ ބުޑުން ހަޅޭއްލަވައިގަތުމުންނެވެ. އޭނާގެ ދެކަޅި މައްޗަށް އަރަމުންދާތަން ފެނި އަހަރެން ހާސްވީ ވަކިވަރަކަށް ނޫނެވެ. ކުޑަކަކޫ ޖަހައިގެން އޭނާ ގާތު އިށީންދެ އަހަރެން އޭނާގެ ދެކޮނޑުގައި ހިފަހައްޓާލީމެވެ. މަޑުމަޑުން އޭނާގެ ހަށިގަނޑު އަހަރެންގެ ދެއަތް މައްޗަށް ދެމިގެން ދިއުމާއެކު އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

“ޝުބާ! ޝުބާ!”

އޭނާގެ ކޮނޑުގައި ހިފައި، މޮޔައެއްހެން އަހަރެން އެ ހަށިގަނޑު ތަޅުވަމުން ގެންދިޔައީމެވެ. ނަމަވެސް އޭނާ ދެލޮލެއް ނުހުޅުވިއެވެ. ޚަބަރު ހުސްވެފައިވާ އޭނާގެ ހަށިގަނޑު ދޮންވެލިގަނޑު މަތީގައި ބާއްވާލުމަށްފަހު އަހަރެން އޭނާގެ ވިންދު ބަލާލީމެވެ.

“ނޫން!”

ބިރުވެރި އެއްޗެއް ފެނިގެން އުޅޭފަދަ ގޮތަކަށް އަހަރެން އޭނާގެ އަތުން ދޫކޮށްލައި ދުރަށް ޖެހެލީމެވެ. މި ފެންނަނީ ހުވަފެނެއް ހެއްޔެވެ؟ ޝުބާގެ ހަށިގަނޑުގައި އެއްވެސް ވިންދެއް ނެތީ ކީއްވެގެން ހެއްޔެވެ؟

ސިއްސައިގެން ގޮސް ހޭލެވުނުއިރު އަހަރެންނަށް މައިނޭވާލެވެއެވެ. ކޮޓަރީގައި ފިނިކަން ހިފާލާފައި ވީނަމަވެސް އޭރު އަހަރެންގެ ނިތްކުރިމަތިން އޮށްދާ ފައިބަމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެފައިވާ މިންވަރުގެ ސަބަބުން އަހަރެންގެ ކަންފަތަށް ވެސް އެއަޑު އިވިއިވި ހުއްޓެވެ.

ސައިޑް ޓޭބަލް މަތީގައިވާ ފެންފުޅި ނަގައި އަހަރެން އެއިން އެތިފޮދެއް ބޮއިލުމަށްފަހު ހަމަޖެހެން މަސައްކަތްކުރީމެވެ. ފެނުނު ހުވަފެނާމެދު އަހަރެން ކިތަންމެ ވިސްނަން ބޭނުން ނުވިޔަސް އަހަރެންގެ ސިކުނޑި މިހާރު ފުރިފައި ވަނީ ޝުބާގެ ޚިޔާލުތަކުންނެވެ. މީގެ ދެއަހަރު ކުރިން ހިނގައި ދިޔަ އެ ހާދިސާ ހުވަފެނެއްގެ ސިފައިގައި އަހަންނަށް މި ފެނުނީ އަލަކަށް ނޫނެވެ.

ޝުބާ އާއި ޝާކިންގެ ލޯބީގެ ވާހަކަ ހާދަ ހިއްޗޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ޝާކިން އަކީ ޝުބާގެ ފުރަތަމަ ލޯތްބެވެ. ކުޑައިރުއްސުރެ އޭނާގެ ހިތުގައި ޝާކިންއަށްޓަކާ ޚާއްސަ މަޤާމެއް ދެވިފައި ވިއެވެ. ޝާކިން އަކީ އޭނާގެ ދުޝްމިނެއްކަން އެނގުނު ދުވަހު އެހިތަށް ހާދަ އަސަރެއް ކުރާނެއެވެ. ޝާކިންއާ ލޯބީގެ ގޮތުން ގުޅުމަކީ ވެސް އެޖެންސީއިން އޭނާއަށް ހަވާލުކުރި ‘މިޝަން’ އެކެވެ. އެންމެ ފަހާ ޖެހެންދެން ވެސް އޭނާ ދެގޮތެއް ނުވެ ޤައުމަށް ވަފާތެރިވިއެވެ. ނަމަވެސް އެ ދުވަހު ޝާކިން އެހާލުގައި އެ ދޮންވެލިގަނޑުގެ މަތީގައި އޮތްތަން ފެނުމުން އެހިތަށް ކެތްނުވީއެވެ. ލޯބިވާ މީހަކު މަރާ ހަނގުރާމަ ކުރަމުންދާ ތަން ފެނުމުން އަސަރު ނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ؟ އެ ދުވަހު ޝުބާ އާއި ޝާކިން މި ދުނިޔެއާ އަލްވަދާޢުކީ އެ ރީތި ދޮންވެލި ތުނޑިމަތީގައި ދާދި އެކުއެކީގައެވެ. އެދެމީހުންގެ ނިމުން ކިހާ ހިތި ހެއްޔެވެ؟

** **

ހެނދުނުގެ ވަގުތު އަހަރެން އިނީ ލިވިންގް ރޫމްގައި ހުންނަ ބޮޑު ބިއްލޫރި މޭޒު ކައިރީގައެވެ. ގްރޭވުޑް ހައި ގެ ޔުނީފޯމުގައި އިންއިރު އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ޑެލްޓާ ނިކުންނާނެ އިރަކަށެވެ. ކުރިމަތީގައިވާ ލެޕްޓޮޕުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް އަހަރެންގެ ޚިޔާލާއި ފިކުރު ވަނީ މުޅިން އެހެން ދިމާއެއްގައެވެ.

އެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަހަރެން އެދިމާ ބަލާލީމެވެ. ޔުނީފޯމާއެކު ފިޔާތޮށި ކުލައިގެ ބެކްޕެކް އަޅުވާލައިގެން ހުރި ޑެލްޓާގެ މޫނަށް އަހަރެން ފުންކޮށް ބަލާލީމެވެ. އެއީ ހަމަ ޝުބާގެ ސޫރައެވެ. އަހަންނަށް އެ ސޫރަ އޮޅެންވީ ކީއްވެގެން ހެއްޔެވެ؟

އަހަރެން އެވަރަށް ބަލާތީ ކަންނޭނގެއެވެ. އޭނާ އަހަންނާ ދިމާއަށް ބުމަ އަރުވާލައިފިއެވެ. ނަމަވެސް އަހަރެން އޭނާގެ މޫނުން ނަޒަރު ވަކިކޮށެއް ނުލަމެވެ. ގޮނޑިން ތެދުވެގެން ހިނގާފައި ގޮސް އަހަރެން ހުއްޓެލީ އޭނާއާ ދާދި ގާތުގައެވެ.

“ޝިބާން އުޅެނީ މެރީކުރަން..”

ސީދާ އެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އަހަރެން ސީރިއަސް ރާގަކަށް ވާހަކަދެއްކީމެވެ. އެއްޗެއް ހޯދަން އުޅޭ ފަދަ ގޮތަކަށް އަހަރެން އޭނާގެ މޫނު ސްކޭން ކުރަމުން ދިޔައީމެވެ.

“އެއީ ކާކު؟ ކޮން ޝިބާން އެއްގެ ވާހަކަ ތި ދައްކަނީ؟”

ބޯ އަރިކޮށްލަމުން އޭނާ އަހާލީ އެހެންނެވެ. އެ މޫނުމަތިން އެއްވެސް ތަފާތު ކުލަވަރެއް ފާޅެއް ނުވެއެވެ. އަހަރެން ހުރަސްކޮށްފައި އޭނާ ގެއިން ނިކުންނަން ހިނގައިގަތެވެ. އެއާއެކު އަހަންނަށް އެއްމިޔަކުން ހިނިތުންވެލެވުނެވެ. ޝުބާއެވެ. ކިތަންމެ ވަރަކަށް ފިލަން އުޅުނު ކަމުގައި ވިޔަސް އަހަރެން ޝުބާ ހޯދާނަމެވެ.

ޑެލްޓާގެ ފަހަތުން ހިނގަމުން ދިޔައިރު އަހަރެން ދަބަހުން ކުޑަކުޑަ ނޯޓުފޮތަކާއި ގަލަމެއް ނެގީމެވެ. މިހާރު އަހަރެން މިއުޅެނީ މިކަން ވަރަށް ސީރިއަސްކަމާއެކު ކުރާށެވެ. އިރާދަކުރެއްވިއްޔާ ޑެލްޓާ އަކީ ޝުބާކަން އަހަރެން އަމިއްލައަށް ސާބިތުކުރާނަމެވެ. އޭރުން ދެން އޭނާއަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެއެއް ނޫން ހެއްޔެވެ؟

#މިޝަން.ޝުބާ.ހޯދުން

އަހަރެން ނޯޓް ފޮތުގައި ގަލަމުން ލިޔަން ފެށީ ވިސްނުމެއްގައި ހުރެއެވެ.

________________

*އޭނަ އެއްވެސް އެއްޗެއް ނޭނގޭކަމަށް ހެދިގެން އެކްޓް ކުރަނީ.

*އޭނައަށް ޑެލްޓާއަށް ވެގެން އުޅެން މަޖުބޫރުވީ.

*އޭނަގެ މެމޮރީ ލޮސްވީ.

____________

އެވަގުތު ހިތަށް އައި އެއްޗެހި އަހަރެން މަޑުމަޑުން ނޯޓުކޮށްލީމެވެ. އޭރު އަހަރެމެންނަށް ކާރު ޕާކުކޮށްފައިވާ ހިސާބަށް އާދެވިއްޖެއެވެ.

“އަވަސްކޮށްބަލަ!”

ކާރަށް އަރަމުން ޑެލްޓާ ގޮވާލި އަޑު އިވުނެވެ. އަހަރެން އަވަސްއަވަހަށް އެ ނޯޓުފޮތް ދަބަހަށް ލުމަށްފަހު ކާރަށް އަރައި ހަމަޖެހެލީމެވެ.

“އޯކޭތަ މިހާރު ފައި؟”

އޭނާ ކާރު ދުއްވާލުމާއެކު އަހަރެން މަޑުމަޑުން އަހާލިއެވެ.

“ޔަޕް..”

އޭނާގެ ޖަވާބު ވަރަށް ކުރެވެ.

މަގުތަކުން ލާފައި ކާރު ދުއްވަމުން ދިޔައިރު އަހަރެމެންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ރޭގައި އަހަރެމެން ދެމީހުން ވާނީ ޑިސްކަސް ކުރަން ބޭނުންވާ އެއްޗެއް ޑިސްކަސްކޮށް ނިންމާފައެވެ. އަދި އެ ސްކޫލާ ބެހޭގޮތުން އިތުރަށް މަޢުލޫމާތު އެއްކޮށްފައެވެ. ވުމާއެކު އަހަންނަށް ވެސް އެވަގުތު ދައްކާނެ ވާހަކައަކާމެދު އެއްގޮތަކަށް ވެސް ނުވިސްނުނެވެ.

“ދޭ. އަހަރެން ދާނީ ތަންކޮޅެއް ފަހުން.”

ސްކޫލު ހުރި ހިސާބާ ތަންކޮޅެއް ދުރުގައި ކާރު ޕާކުކުރުމަށްފަހު އޭނާ ބުނެލިއެވެ. އިތުރު ވާހަކަ ނުދައްކައި އަހަރެން ކާރުން ފޭބުމަށްފަހު ސްކޫލު ހުންނަ ދިމާއަށް ހިނގައިގަތީމެވެ.

ދެޖީބަށް އަތް ޖަހާލައިގެން ހުރެ އަހަރެން ގޮސް ސްކޫލުގެ ގޯތި ތެރެއަށް ވަތްއިރު މަރުހަބާ ކީ ކާކުކަން ނިކަން ދިމާ ކޮށްބަލާށެވެ. އުޒޭލްއެވެ. އަހަންނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ލިބިފައިވާ މަޢުލޫމާތުގައި ވާގޮތުން މި މީހުން، ސްކޫލަށް އަލަށް އަންނަ ކުއްޖާއަށް އެއް ހަފްތާ ވަންދެން ގޯނާ ކުރެއެވެ. އަޅެ ފަހެ އެގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެމީހުންނަށް އެކަމުން ވަނީ ކޮން ފައިދާއެއް ހެއްޔެވެ؟

“ވަޓް ޑޫ ޔޫ ވޯންޓް؟”

އުޒޭލް އަހަރެންގެ ޓައީގައި ހިފައި ބާރުކޮށްލުމާއެކު އަހަންނަށް އަހާލެވުނެވެ. އެއް ހަފްތާ ވަންދެން އަހަރެން ވީ މި ބޮޑު ‘ބުލީ’ ގެ ދަށުވެގަނެގެން އުޅެން ހެއްޔެވެ؟

“ނޮތިންގް..”

އޭނާ ބުނެލީ އެހެންނެވެ. އަހަރެން އައި ރުޅީގައި އޭނާގެ އަތް ފޮޅުވާލީމެވެ. އެއާއެކު އޭނާ ފާޑަކަށް ހޭން ފެށިއެވެ.

“މާ ގަދަވެގެން ނޫޅެއްޗޭ.. މިޔަދު ބްރޭކް ގަޑީގަ ކެންޓީންއިން އަހަންނާ ބައްދަލުކުރާތި..”

އޭނާ އެހެން ބުނެފައި ދުރަށް ދާން ހިނގައިގަތެވެ. އަހަރެން ދެއަތަށް ބޯ ހޫރާލީމެވެ. މި އިންސާނާގެ ކިބައިން ސަލާމަތްވާނެ ގޮތެއް އެބަ ހޯދަން ޖެހެއެވެ. މަޑުމަޑުން ހިނގާފައި އަހަރެން މިސްރާބުޖެހީ ކުލާހާ ދިމާއަށެވެ.

ކުލާސްތެރެއަށް ވަތްއިރު އެތެރޭގައި އަޑުގަދަކޮށްލައިގެން އުޅެއެވެ. އަހަރެން ވަނުމާއެކު ހުރިހާ އެންމެން ބަލަން ފެށީ އަހަންނާ ދިމާއަށެވެ. އަހަންނާ ދިމާއަށް ބަލަބަލާފައި ކުދިންތައް އެކަކު އަނެކަކުގެ ކަންފަތް ދޮށުގައި އެ ކިޔަނީ ކީކޭ ހެއްޔެވެ؟ ނިތަށް ރޫ އަރުވައިގެން ހުރެ އަހަރެން އަމިއްލަ ގޮނޑިއާ ދިމާއަށް ހިނގައިގަތީމެވެ.

ދަބަސް އަޅުވައިގެން ހުރެ ގޮނޑީގައި އިށީނުމާއެކު އަހަރެން ސިހުނީ ކޮންމެވެސް މީހަކު އައިސް އަހަރެންގެ ޑެސްކުގައި ބާރަކަށް ޖަހާލުމުންނެވެ. ދެލޯ ހަނިކޮށްލަމުން އަހަރެން އެމީހެއްގެ މޫނަށް ބަލާލީމެވެ. ކުލާހުގައި އުޅޭ ކޮންމެވެސް ފިރިހެން ކުއްޖެކެވެ. ނަމެއް ހަނދާނެއް ނެތެވެ.

“ކަލޭ ދޯ އެކަން ކުރީ؟”

ދެބުމަ ގޮށް ޖަހައިގެން ހުރެ އޭނާ އެހެން އަހާލުމާއެކު އަހަރެންނަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އޭނާ އެ ދައްކަނީ ކޮން ކަމެއްގެ ވާހަކަ ކަމެއް އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

“ކޮންކަމެއް؟”

މަޑުމަޑުން އިނދެ އަހަރެން އަހާލީމެވެ. އެއާއެކު އޭނާގެ ރުޅި ދިޔައީ ހައްތަހާ ގަދަވެގެންނެވެ. އައި ރުޅިއާއެކު އޭނާ ޑެސްކު މަތީގައި ބަހައްޓާފައިވާ އަހަރެންގެ ފޮތްތައް އެކި ދިމަދިމާއަށް ފޮޅުވާލައިފިއެވެ. އެއޮއް އާ ފޮތްތަކެވެ. މިދެން ކިހާ ދެރަވެއްޖެ ކަމެއް ހެއްޔެވެ؟

“ކޮބާހޭ މައްސަލައަކީ؟”

މި ފަހަރު ގޮނޑިން ތެދުވަމުން އަހަރެން ވެސް ވާހަކަދެއްކީ ރުޅިވެރި ރާގަކަށެވެ. ކުލާހުގެ އެހެން ކުދިން އަހަރެމެންނާ ދިމާއަށް ބަލަން އެތިބީ މާ ރީތި މަންޒަރެއް ފެންނާތީ ހެއްޔެވެ؟

“އޮޅުވާލަން އުޅޭނެ ކަމެއް ނެތް! އަހަންނަށް އެނގޭ ކަލޭކަން އެކަން ކުރީ! ބުނަން! ޔާސީން ސާރ އައީމަ އެކަމަށް އެއްބަސްވޭ! އެހެންނޫނީ….”

އޭނާ ރުޅިވެރި ކަމާއެކު ދައްކަމުން އައި ވާހަކަ ހުއްޓުމަކަށް އައީ ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. އެއީ ސުޒާއެވެ. ކުލާސް ޕްރެޒިޑެންޓްއެވެ. ސުޒާ އިޝާރާތް ކޮށްލުމާއެކު އެއްކަލަ ފިރިހެންކުއްޖާ އަހަންނާ ދިމާއަށް ރުޅިވެރި ނަޒަރެއް ދިނުމަށްފަހު އެތަނުން ދުރަށް ދާން ހިނގައިގަތެވެ. އުޒޭލް ފިޔަވާ ކުލާހުގެ ހުރިހާ ކުދިން ސުޒާއަށް އިހުތިރާމްކުރާކަން އަހަންނަށް އެނގެއެވެ.

“އައިފަރު. ތެދަށް ބުނެބަ. އައިފަރުތަ އެކަން ކުރީ؟”

އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރެ ސުޒާ މަޑުމަޑުން އަހާލިއެވެ. މަޑުން ވާހަކަދެއްކި ކަމުގައި ވިޔަސް އެއަޑުގައި ހަރުކަށިކަން އެކުލެވިފައި ވިއެވެ.

“ކޮން ކަމެއްހޭ؟ ހައިރާންވެއްޖެ! ކޮންކަމެއްގެ ވާހަކަތަ ތި ދައްކަނީ؟ ބުނީމަ ދޯ އަހަންނަށް އެނގޭނީ.”

ވާނުވާ ނޭނގި ހުރެ އަހަރެން އަހާލީމެވެ. އެއާއެކު ސުޒާ އިޝާރާތްކުރީ ކުލާހުގެ ސީލިންގްއާ ދިމާއަށެވެ. މަޑުމަޑުން ބޯ ހިއްލައި މަތި ބަލާލިހިނދު އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މުޅި ސީލިންގްގައި ހުރީ ރަތް ކުލައިގެ ދަވާދުން އެއްޗެހިތަކެއް ލިޔެފައެވެ. އެކި ޓީޗަރުންނާއި އަދި ބައެއް ކުދިންނާ ދިމާއަށް ހަޑިހުތުރު އެއްޗެހި ކިޔައި ލިޔެފައިވާ ބަސްތަކެކެވެ. އަހަންނަށް ދެއަތް މުއްކަވާލެވުނެވެ. އެ ވާނީ އުޒޭލްގެ ކަމަކަށްކަން އަހަންނަށް ހަމަ ޔަޤީނެވެ.

“އައިފަރު. މި ކުލާހަކީ މުޅި ސްކޫލުންވެސް އެންމެ ޑިސިޕްލިން އެއްކުލާސް. ޖެހިޖެހިގެން ދެއަހަރު މި ކުލާހަށް ވަނީ ‘މޯސްޓް ޑިސިޕްލިން ކްލާސް އެވޯޑް’ ލިބިފަ. ދުވަހަކުވެސް މި ކުލާހުގައި އުޅޭ ކުއްޖަކު މި ކަހަލަ ވިޔާނުދާ ކަމެއް ނުކުރޭ.”

އަނެއްކާވެސް ސުޒާ ވާހަކަދެއްކިއެވެ. އޭނާ ހީކުރަނީ އެކަން ކުރީ އަހަރެން ކަމަށް ހެއްޔެވެ؟

“އަހަންނެއް ނޫން ތިކަން ކުރީކީ.”

އަހަރެން ސުޒާއާ ދިމާއަށް ބުނެލީމެވެ.

“އަދިވެސް އެއްބަސްނުވާން ތިއުޅެނީ؟”

ސުޒާގެ ފަހަތުން އިވުނު އަޑާއެކު އަހަރެންނަށް ދަތްކުނޑި ވިކާލެވުނެވެ. ކުލާހުގެ ދޮރުން ވަދެގެން އައި އުޒޭލް ފެނުމާއެކު އަހަރެންގެ ލޭ ހޫނުވެގެން ދިޔައެވެ. ނަމަވެސް ކުއްލިއަކަށް އަހަރެންގެ ރުޅި ފިނިވެގެން ދިޔައީ ހިތަށް އައި މޮޅު ޚިޔާލުގެ ސަބަބުންނެވެ. އުޒޭލްއާ ދިމާއަށް ބަލާލުމަށްފަހު އަހަރެން އެއްމިޔަކުން ހިނިތުންވެލީމެވެ.

“ފައިން. އަހަރެން އެކަން ކުރީ..”

އަހަރެން ނުކުރާ ކަމަކަށް އެއްބަސްމިވަނީކީ އަލަކަށް ނޫންތާއެވެ. އަހަރެން އެހެން ބުނުމާއެކު ކުލާހުގެ ހުރިހާ ކުދިންގެ ރުޅިވެރި ނަޒަރުތައް އަހަންނަށް އަމާޒުވާން ފެށިއެވެ. އުޒޭލްވެސް އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ. އަހަރެން އެކަމަށް އެއްބަސްވެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރާނެއެވެ.

“ހައު ކުޑް ޔޫ ޑޫ ދެޓް؟”

ސުޒާ މި ފަހަރު އެހެން އަހާލީ ތަންކޮޅެއް ބާރަށެވެ. އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ރުޅިވެރިކަމެއް ފާޅުވާން ހުއްޓެވެ. އަހަރެންނަށް ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. އަދި ދެލޯ ހަނިކޮށްގެން ހުރެ އުޒޭލްގެ މޫނަށް ބަލާލީމެވެ.

“ޕްރިންސިޕަލްގެ އޮފީހަށް ހިނގާ، ހަމަ މިހާރު..”

އަހަރެން އެ ހުރި ގޮތަށް ހުއްޓާ ސުޒާ ތަންކޮޅެއް ބާރަށް ބުނެލައިފިއެވެ. އަހަންނަށް ހިނިތުންވެލެވުނެވެ. ކަންތައް މިވަނީ އަހަރެން ބޭނުންވާ ގޮތަށެވެ. އެހެން ކަމެއް ނުކުރެވުނަސް އަހަންނަށް މިޔަދު އެ ޕްރިންސިޕަލްގެ މޫނު ފެންނާނެއެއް ނޫން ހެއްޔެވެ؟

“އާދޭ އަހަރެންގެ ފަހަތުން..”

ސުޒާ އެހެން ބުނުމާއެކު އަހަރެން އެއްވެސް ބަހެއް ނުކިޔާ އޭނާގެ ފަހަތުން ހިނގައިގަތީމެވެ. ލޮލުގެ ހިމަކޮޅުން އަހަރެން އުޒޭލްއާ ދިމާއަށް ބަލާލި ވަގުތު އަހަންނަށް އެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެއާއެކު އަހަންނަށް އަމިއްލަ ނަފްސަށް ހިނިތުންވެލެވުނެވެ.

** **

ޑެލްޓާގެ ނަޒަރުން:

ފުރަތަމަ ގަޑީގައި ކިޔަވައިދޭން ހުރި ޓީޗަރު ކައިރިން ހުއްދަ ހޯދައިގެން އަހަރެން މިސްރާބުޖެހީ ފާހާނާބަރިތައް ހުންނަ ދިމާއަށް ދިއުމަށެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން ހުރެ އަހަރެން އެދިމާއަށް ހިނގަމުން ދިޔައީ ލޮބީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންނެވެ. މިޔަދު އަހަރެމެން ކޮންމެވެސް ކަމެއް ކުރަން އެބަ ޖެހެއެވެ. ކަންތައް ދިމާވި ގޮތުން އަހަރެމެންނަކަށް އިއްޔެ އެއްވެސް ކަމެއް ނުކުރެވުނެވެ.

ފާހާނާތައް ހުންނަ ހިސާބަށް ދެވުމާއެކު އަހަރެން ފިޔަވަޅުތައް ލަސްކޮށްލީމެވެ. މި ފްލޯގައި ހުންނަނީ ތިން ފާހާނާ ބަރިއެވެ. ފިރިހެންކުދިންނަށާއި، އަންހެންކުދިންނަށް އަދި ސްކޫލުގެ ސްޓާފުންނަށް ވަކި ފާހާނާ ބަރިއެކެވެ. އެންމެ ފުރަތަމަ ހުރީ ސްޓާފުންނަށް ޚާއްސަ ފާހާނާ ބަރިއެވެ. އެ ދޮރު ހުރަސްކޮށްފައި އަހަރެން ކުރިއަށް ދިޔަ ވަގުތު ކޮންމެވެސް އަންހެނެއްގެ ހަޅޭކުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނުހެން ހީވިއެވެ. ސިކުނޑީގައި ސުވާލުމާކުތަކެއް ޖަހައިގެންހުރެ އަހަރެން އެ ފާހާނާގެ ދޮރާ ދިމާއަށް ބަލާލީމެވެ.

އެއީ އަހަންނަށް ހީވި ހީވުމެއް ހެއްޔެވެ؟ އިރުކޮޅަކު އަހަރެން އެތާ ހުރެފައި ކުރިއަށް ހިނގައިގަތީމެވެ. ނަމަވެސް އަހަރެންގެ ފިޔަވަޅުތައް ގަނޑުވެގެން ދިޔައީ އަނެއްކާވެސް ކުރިން އިވުނު ފަދަ އަޑެއް އަހަރެންގެ ކަންފަތުގައި ޖެހުމުންނެވެ. އަވަސް ނޭވާތަކެއް ލަމުން އަހަރެން ކުރިއަށް ޖެހިލައި ކުއްލިއަކަށް އެ ދޮރު ހުޅުވާލީމެވެ. އެއާއެކު ފެނިގެން ދިޔަ މަންޒަރުގެ ސަބަބުން އަހަރެންގެ ހަށިގަނޑުގެ ލޭދައުރުވުންވެސް ކުޑަ ހިނދުކޮޅަކަށް މަޑުޖެހިގެން ދިޔަހެން ހީވިއެވެ.

ފާހާނާގެ ތަޅުންމަތީގައި ލެއިން ތަތްތެޅިފައި އޮތް އަންހެންމީހާ އާ ދިމާއަށް ދެތިން ފިޔަވަޅު އަޅާލި ވަގުތު އެތަނުގައި ހުރި ފެން ލައިޓުން ކޮންމެވެސް މީހަކު ބޭރަށް ފުންމާލިތަން އަހަންނަށް ހަމަ ރީއްޗަށްވެސް ފެނުނެވެ. ވެއްޓިފައިވާ އަންހެންމީހާ ގާތަށް ތިރިވެލުމަށްފަހު އަހަރެން އޭނާގެ ވިންދު ބަލާލީމެވެ. އެއާއެކު އަހަންނަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. މަރުވެފައެވެ. މި ކަހަލަ ވިޔާނުދާ ކަމެއް ކުރި މީހަކަށް އަހަރެން ހައްޤު އަދަބު ދޭނަމެވެ. ދެއަތް މުއްކަވާލަމުން އަހަރެން ވެސް ގޮސް އެ ފެންލައިޓު މައްޗަށް އަރައި ބޭރަށް ފުންމާލީމެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (42)

  1. Liaa

    Hey guys! Lasvi kamattakaa sorry. I got busy. Next part maadhamaa or eyge aneh dhuvahu up kureveytho balaanan. 🙂
    And guys! Please do comment. Motivation nethiyyakaa Liaa akah story eh nuliyeveyne. So I neeed loooots of motivation for me to continiue this story smoothly.. So pleasee do comment! ?
    Ur comments mean a lot to me actually. It gives me encouragement story avahah up kuran..

    Loves! <3

  2. Blue rose

    Varah salhi… ekam thankolheh kuree genesdheyleh.. waiting…….. ?

    1. Liaa
      Blue rose

      Thank u dear. Kuru hen Liaa ah ves heevey kiyaaleema..

  3. Mary

    Haadha kurey but v reethi ?

    1. Liaa
      Mary

      Thank u Mary 🙂

  4. IShan

    Reethi

    1. Liaa
      IShan

      Thank u 🙂

  5. Aisha

    Varah reethi

    1. Liaa
      Aisha

      Shukuriyyaa Aisha 🙂

  6. Boss

    wow..nice

    1. Liaa
      Boss

      Thank u Boss 🙂

  7. araash

    V v v v reethi..Ekm i miss shuba..Delta aky shuba thr aslu vc?v kiya hithun mi hury..

    1. Liaa
      araash

      Delta akee Shubaa tho nuvatha noon tho fahun engigen dhaane. Thank u 🙂

  8. Delta

    Obiness to the max.
    Pls up soon ingey
    Waiting waiting

    1. Liaa
      Delta

      Thank u dear 🙂

  9. Anonymous

    My my my my
    Story is reaaaaaaaaaallllyyyyy great
    Dont ever stop writing more and more stories, okay?

    1. Liaa
      Anonymous

      Thank u dear 🙂

  10. The Alpha

    Story is awesome
    Keep up the good work

    1. Liaa
      The Alpha

      Thank u dear 🙂

  11. Sumaa

    Awesome…. Bt too shrt… Still Waiting for you to upload next part….

    1. Liaa
      Sumaa

      Thankyw Dear 🙂

  12. ASH CHUM

    Varah salhi

    1. Liaa
      ASH CHUM

      Thank u 🙂

  13. emotouon

    Vvvvvvvvvvvv reethi

  14. anthu

    wowwww liaa

    1. Liaa
      anthu

      Thank u 🙂

  15. Mr.x

    Dhn obbai nereyny kn iraku….plx avahah update kohdhecche mivaahaka varah reethi…

    1. Liaa
      Mr.x

      Miyadhu up kuraanan if possible 🙂

  16. Laii

    ???

    1. Liaa
      Laii

      <3

  17. Allison

    story is awesome .. the only problem is it’s taking too much of time to be updated . i already forgot what happened in the last part. n the great part is i can see all those lovely comments for your encouragement yet taking decades to upload. heheh.. no hard feelings Liaa . m writing all of these cx i really love your stories.

    1. Liaa
      Allison

      Allison. Liaa bunefa innaanee dhe dhuvahun eh dhuvahu up kollaanamey. But mi part lasvee. Sorry ingey lasvi kamattakaa. Thank u so much for ur support 🙂 <3

  18. Sarey

    Can’t wait for the next part..the story is awesome..❤?but too short..?

    1. Liaa
      Sarey

      Thank u Sarey 🙂 <3

  19. araash

    Nxt part kn irakn?

  20. Shuba

    Dhen aharen ves v kiaa hithun mi hureee next part

  21. me

    Alheyyy kbaatha next part..haadha lhahey

  22. araash

    Liaa stry kba

  23. Lai

    Hey guys! I am really sorry for this. ? I am away on a trip right now, so I won’t be able to update the story these days. The internet connection here is bad and I really can’t load most of the pages. ? Hope you guys would understand this. ?
    I will be able to update the story most probably on next FRIDAY. Hope you guys would wait patiently. ?

    Loves ?

    (Kommeves kujjaku Liaa ah mi messege Esfiya site ga in Andhirifaraai ge last episode ga comment kolla dheebala. Since I can’t load the site at the moment. Thank u ?) -liaa ge message eh-

  24. maya

    Liaa ge fb post:

    Hey guys! I am really sorry for this. ? I am away on a trip right now, so I won’t be able to update the story these days. The internet connection here is bad and I really can’t load most of the pages. ? Hope you guys would understand this. ?
    I will be able to update the story most probably on next FRIDAY. Hope you guys would wait patiently. ?

    Loves ?

  25. Friends

    Ok dear.thi gothah vex vaagoih angaala dheythiy thanks

  26. shamin

    baeh baeh hisaabu hamanujehey
    misaalakah raahje airport hegu kuree hathiyaaru berukuran kihineh thurukee airport hegukuraanee spy ajentun nugen dhaa rifal eh lagajugaeh mikaha point thakah visnaa gen kurish gen dhiun ragalhu
    reethi dhilchasspu kameh ebahuri vaahakaaga

Comments are closed.