ސާދަވިލޭރޭގެ ހަނދުފެނި ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ ވާހަކަ މީހުން ކިޔާތީ އަޑުއަހާ އުޅެމެވެ. ނަމަވެސް އެހަނދު ފެނުމުން އަހަންނަކަށް އުފާވެރި ކަމެށް ނުލިބެއެވެ. އެ ހަނދު ފެނުމުން އަހަރެންގެ ހިތަށް ލިބެނީ ބަޔާން ކުރަން ނޭނގޭވަރުގެ ހިތްދަތި ކަމެކެވެ. އަހަރެންގެ ހަޔާތުގެ އަދިރި ސަފުހާ ތަކާއި އެ ހަނދާއި ވަނީ ގުޅިލާމެހިފައެވެ. އެ ހަނދު ފެންނަ ކޮންމެފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ހިލައެވެ. އަހަރެންގެ ހަޔާތުގައި އަހަންނަށް ލޯބިވެވުނު ކުއްޖާގެ ހަނދާން ތަކާއި އެހަނދާއި ވަނީ […]
ވިދަވިދާ ހުރި ރިހި ދޯދިތައް އޮއްސުނު އިރާއެކު ކަނު އަދިރިކަން ދުނިޔެއައް ވެރިވެއްޖެއެވެ. ގޭގެ ބޮޑު ފެންޑާ ތެރެއިން ސިފަ ވަނީ އާ ދުވަހަކަށް ދުނިޔެ ދޮން ކުރަމުން އަންނަ މަންޒަރެވެ. އެކިދިމާދިމާގައި ހަރުކޮއްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަން ރިހީގެ ތަށި ތަކާއި މެޑަލް ތަކުން އެޅިފައިވާ ދަޅައިން މުޅި ތަން ވަނީ ހުޅުދާން ވެފައެވެ. އެ މަންޒަރަށް ގެއްލިފައި އަހަންނަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ގަޑީގެ ކަށި ނުވަތަށް އެބުރޭނަމަ ހާދަހާ ރަނގަޅޭ […]