ހުރިހާ ވިސްނުންތަކެއް އެއްވެ އޭނާގެ ސިކުނޑި ފަޅައިގެންދާވަރު ވެފައި ވިޔަސް އޭނާ އަށް ބުރަވެވުނީ އޭނާ ލޯބިވާ ފަރާތަށެވެ. އެންމެ ދުވަހެއްގެ ފަޅިސިކުންތަކަށް ވިޔަސް އައްޔަދުގެ އަންބެއްގެ މަގާމުގައި އިނދެވުމުން އޭނާ އަށް ދުނިޔޭގެ ހުރިހާ އުފަލެއް އިހުސާސް ކުރެވުނީއެވެ. އެކަމަށްޓަކައި ޝިނާން ގެ ހިތް ހަލާކުކޮށްލަން ޖެހުނަސް އެކަން އޭނާ ކުރާނެއެވެ. ޝިނާންއަށްޓަކައި އޭނާގެ ހިތުގައި ރަހްމާއި ހަމްދަރުދީ އިންތިހާ އަށް ވިޔަސް އައްޔަދުގެ މައްޗަށް އެހިތުގައި ފަނޑުވުމެއްނެތް ލޯބި މާ ބާރުގަދަވެފައި ތެދުވެރިއެވެ. […]
ހެނދުނު ހޭލައިގެން ޝާއިން ލައުރާއަށް ގޮވުމަށް މާޝާ ގާތު އެދުނެވެ. މާޝާ ލައުރާގެ ކޮޓަރި ދޮރުގައި ޓަކި ޖަހަޖަހާ ބަލި ވިއިރުވެސް އަޑެއްބަޑެއް ނީވުނެވެ. ތަޅުގައި ހިފާލިއިރު ތަޅުލައިފައި ހުރުމުން އޭނާ އެދޮރުގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވިއެވެ. އަދި ބޯ ދިއްކޮއްލިއެވެ. ” ލައުރާ ” މާޝާ ގޮވާލިއެވެ. ލައުރާ ޖަވާބުގައި ހޫމް އަޅުވާލިއެވެ.” ލައުރާ ކޮން އިރަކު ހޭލަނީ؟؟” މާޝާ ދޮރު މަތީ ހުރެ އަހާލިއެވެ. ” ފަތިސް ނަމާދު ކޮއްގެންނޭ […]
“ވިޝާލް” އަންހެން ކުއްޖާގެ އަނގައިން ހަމައެކަނި ބޭރުވީ އެ ލަފްޒެވެ.ޗޮކުލެޓް ކުލައިގެ ފަން އިސްތަށިގަނޑެއް ލާފައިހުރި ޒުވާނާގެ ފެހި ދެލޮލަށް ބަލަ ހައްޓައިގެން ހުރި އަންހެން ކުއްޖާގެ އަނގަތަން މިނަށް ހުޅުވައިގެން ހުއްޓެވެ.ކުއްލިއަކަށް އެ އަންހެން ކުއްޖާ ގައިގަ ހުރިހާ ބާރެއް ލާފައި ދުއްވައިގަތީ ދޮރު މަތީގައި ހުރި ވިޝާލް އާއި ދިމާއަށެވެ.ނަމަވެސް ނަސީބު ދިމާކުރި ގޮތުން ހަށިގަނޑުން ބެލެންސް ކަޓައިގެން ގޮސް ވެއްޓެން ދިޔަ އެއަންހެން ކުއްޖާއަށް ލޯ މަރާ ބާރުކޮށް ލެވުނީ ހަށިގަނޑު ގައި ހުރިހައި ބާރެތްލާފައެވެ. […]
އެޕާރޓްމެންޓް ހުޅުވާލުމަށްފަހު މަލާކް ސޫޓްކޭސް ގެންގޮސް އޭނާގެ ނަންޖަހާފައިވާ ކޮޓަރީގައި ބެހެއްޓިއެެވެ. އަދި އެއަށްފަހު ކޮޓަރި ތަރުތީބުކޮށް ނިންމާލައިގެން އައިސް ކާއެއްޗެއް ހެދުމުގެ މަސައްކަތް ފެށިތަނާ ބެލް ޖެހެންފެށިއެވެ. “ހެއި…އައިއެމް ނުހާ..ނައިސް ޓު މީޓް ޔޫ..ރާއްޖެ ކުއްޖެއްދޯތީ؟” ކުރިމަތީގައިހުރި އަންހެންކުއްޖާ ރީތި ހިނިތުންވުމަކާއެކު ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ރައްދުގައި ހިނިތުންވުމެއް ހަދިޔާކޮށްލަމުން މަލާކްވެސް ސަލާމްކޮށްލއެވެ. ނުހާ ކޮޓަރި ރަމަތަ ކުރަމުން ދިޔައިރު މަލާކްވެސްއޭނާއަށް އެހީވިއެވެ. ދެމީހުންއެކުގައި ހަވީރުގެ ސަޔަށް ސޭންޑްވިޗް ތައްޔާރުކޮށްލައިގެން ތިބެ އެތައް ވާހަކަ ތަކެއް […]
އޭރު ހަމައެކަނި ސޯޓެއްލައިގެން ހުރެ ރައިން އުރާލައިގެން އަޔާޒް ތިރިއަށް ފައިބަނީއެވެ. އެވަގުތު ކޮޅުވެސް ޝީންގެ ހިތުން އަޔާޒްއަށް ތައުރީފްކުރެވުނެވެ. ފިރިހެންވަންތަ ކަސްރަތީ އެހަށިގަނޑައް ބަލާލެވުމާއެކު ޝީންގެ ނޭވާ އެތެރެހަށިގައި ތާށިވިއެވެ. ނަފީސާ ބުނިގޮތައް އަޔާޒްގެ މޭމަތީ އިން ކަޅު ލައް ރައިންގެ މޭމަތީ އިން ލަފާ އެއްވެސް ތަފާތެއްނެތެވެ” ޝީން އެހެން ހުއްޓައި އަޔާޒް އައިސް ޝީން ގާތު މަޑޫކޮއްލިއެވެ. އެއްވެސް ސެންޓެއް ބޭނުން ކޮއްފައި ނުވާއިރުވެސް އެގަޑީގައިވެސް ޝީން އަށް އަޔާޒް ގައިން ދުވީ […]
ކުއްލިއަކަށް ގޭގެ ގޭޓް ހުޅުވުނުއަޑަށް ސިހިފައި މަލްހާ ފަހަތަށް އެނބުރި ބަލައިލިއެވެ. ގޭޓުން ވަދެގެންއައި ރާއިދް ފެނުމުން މަލްހާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުކަހަލައެވެ. ދެލޯބޮޑުކޮށްގެން ރާއިދާއި ދިމާއަަށް ބަލަންހުރި މަލްހާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެދިމާއަށް އޭނާއަށް ހިނގައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އެންމެފަހުން ރާއިދް އޭނާ ބަލައި އައީއެވެ. އޭނާގެ ރާއިދް އެނބުރިއައީއެވެ. ކުޑަކޮށް ހިނގުން ބާރުކޮށްލަމުންގޮސް މަލްހާ ރާއިދްގެ ގައިގައި ބާރަށް ބައްދައިގަތެވެ. އެމޭގައި މޫނުފޮރުވައިލަމުން ރާއިދްގެ އުނަގަނޑުގައި ދެއަތްވަށައިލިއެވެ. މަލްހާގެ މިއަމަލުން ރާއިދް ހިތްހަމަނުޖެހޭގޮތްވިއެވެ. އެމޫނުމަތިން […]
މެޑްރިޑްގެ އެއަރޕޯރޓުގެ އެރައިވަލްސް ދޮރާށިން ނުކުމެެެގެން އައި މަލާކް މުޅިތަނަށް ލޯހިންގާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މައިންބަފައިންގެ ހުވަފެން ތަކުގައި ކުލަޖެއްސުމަށްޓަކައި ޤައުމަށް ޚިދުމަތްކުރުމަށްޓަކައި އަމިއްލަ ވަޒަން ދޫކޮށް އޭނާ ޑޮކްޓަރުކަން ކިޔަވަން އެއައީ ވަރަށް ބޮޑު އުންމީދަކާއި އެކުގައެވެ. ބޯޑެއްގައި އޭނާގެ ނަން ލިޔެލައިގެން ހުރި ފިރިހެންކުއްޖާ ފެނުމުން އޭނާ ސޫޓްކޭސް ހިފައިގެން އަވަހަށް މިސްރާބުޖެހިއެވެ. “އައްސަލާމްޢަލައިކުމް..އަޅުގަނޑަކީ މީ މަލާކަކީ..” މަލާކް ސަލާމްކޮށްލަން އަތްދިއްކޮށްލުމުން ފަރުވާ ކުޑަ ގޮތަކަށް ސަލާމްބަލައި ގަތުމަށްފަހު އެޒުވާނާ މަލާކަށް އޭނާގެ ފަހަތުން […]
“މިއީ އަސްލު އެއްޗެއްތަ؟” ޝަބާ ރަތްވެފައިވާ ދެލޮލާއެކީ އަހާލިއެވެ. އެ ސުވާލު އިވުމުން ޝަރަފްގެ އަޑު ކަރުގައި ތާށިވީހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނައަށް އެންމެ ފަހުން ޖަވާބުދެވުނެވެ. “އާނ.” ޝަރަފް އެހެން ބުނެލުމާއެކުހެން އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. އެ އަޑު އިވިގެން ދިޔަތަނާހެން ދުރުގައި ހުރި އަފާފަށް ކޮޅަށް ތެދުވެވުނެވެ. ފުރަތަމަ ސިކުންތުގައި އޭނައަށް ނުރުހުންވެވުނީ ޝަބާއަށެވެ. އެ ނުރުހުންތެރިކަމުގައި އޭނައަށް އެއްޗެކޭ ބުނެވެން ވެސް އުޅުނެވެ. އެހެނަސް ޝަބާގެ އެ […]
“މަންމަ! ބަލާބާ މީ މިއްކޮމެންގެ ފެމެލީ” ހުދު ކަރުދާހެއްގައި ދަނޑި މީހުންގެ ތިން މީހުން ކުރެހުމަށްފަހު އެކި ކުލަތަކުން ކުރެހުން ފަވާލާފައި މިޝްކު ރިމީޝާއަށް އެގަނޑު ދައްކާލިއެވެ. އެގަނޑަށް ބަލާލުމަށްފަހު ރިމީޝާ ހީލާފައި މިޝްކުގެ ގައިގާ ބައްދާލިއެވެ. ފެންވަރައިގެން ކޮޓަރިން ނިކުތް ޝިނާން ހުރީ ތިރިން ގުރާ ފެހިކުލައިގެ ސޯޓެއްގައެވެ. މަތިން އެއްވެސް އެއްޗެއް ނުލާ ހުރީއިރު އެކަސްރަތީ ހަށިގަނޑަށް ސާބަސްދޭހާ ވެއެވެ. އެމްއެންޑީއެފް ގައި މަސައްކަތްކުރާ މީހެއް ކަން ދެވަނަ ވިސްނުމަކަށް ނުގޮސް […]