އާދޭސް ކުރާ ހިތްވޭ ރޮމުން (6)
މާގިނަ އިރު މަޑު ކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލިއެވެ. ދޮރުހުޅުވާލުމާއެކު އޭނާ އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. ދޮރު ހުޅުވީ އޭނާ އާއި ދާދި އެއްއުމުރެއްގެ މީހެކެވެ. މަޑު ފެހިކުލައިގެ ގަމީހެއް ލާފައި ހުރި އިރު އަޅާފައިވާ ޓައީ ކަރާ ދިމާކުން ދޫކޮއްލާފައި އޮތުމުން ދެންމެ ގެއަށް އައިސް ވަންހެން ހީވުމާއެކު އެމޫނުމަތިން ވަރުބަލިކަން ވެސް ފާޅުވަމުން ދިޔައެވެ.
އަތުގައި އޮތް ހުދު ކުލައިގެ ކޯޓް އަށް ދާނިޝް ގެ ނަޒަރުހުއްޓުނެވެ.
ދާނިޝް އެކޭ އެއްގޮތަށް އެޒުވާނާ އަށް ވެސް ލިބިފައިވަނީ ރީތި ކަމެކެވެ. ހަށިގަނޑު ގެ މަސްތައް ވަރުގަދަ ވެފައި ފިރިހެންވަންތަ ކަމަށް ދައްކައެވެ. އެޒުވާނާ މިސްރާބުޖެހީ އެތަނުގައި ހުރި ޗޮކްލެޓް ކުލައިގެ ދޮރާދިމާލަށެވެ. ދާނިޝް ވެސް އަނގައިން އެއްވެސް އެއްޗެއް ނުބުނެ އެ ޒުވާނާގެ ފަހަތުން ހިނގައިގަތެވެ.
ދޮރުހުޅުވާލާފައި އެޒުވާނާގެ ފަހަތުން ދާނިޝް ވެސް ވަނެވެ. ދާނިޝް އެ ކޮޓަރީގެ އެތެރެއަށް ބަލާލިއެވެ. ބަހައްޓާފައިވާ މޭޒު މަތީގައި ތަފާތު ފައިލް ތައް ހުއްޓެވެ. މޭޒުގެ އެއްފަރާތުގައި ގޮނޑިއެއް ބައިންދާފައި ކުރިމައްޗަށް ވާގޮތަށް އިތުރި ދެ ގޮނޑި ބެހެއްޓިފައިވާއިރު ކޮޓަރީގައި ލާފައިވަނީ ހުދުކުލައެވެ. އިތުރަށް އެތަނުގައި ދެން ހުރީ ސޯފާއެކެވެ. މާބޮޑު ކޮޓަރިއެއްނޫނެވެ. މޭޒުމަތީގައި ލެޕްޓޮޕެއް ބެހެއްޓިފައިވާއިރު އެ ލެޕްޓޮފް ހުރީ ހުޅޫވާފައެވެ. ހީވާގޮތުން މިއީ އެ ޒުވާނާ މަސައްކަތް ތައް ކުރަން އިންނަ ތަނެވެ. ބުކްޝެލްފެއް ބެހެއްޓިފައިވާއިރު އޭގައި ވެސް ތަފާތު ފައިލްތަކާ ފޮތް ތައް ހުއްޓެވެ. އެ ޒުވާނާ އޭނާގެ އަތުގައި އޮތް ކޯޓް ގޮނޑީގައި އަޅުވާލަމުން އިށީނެވެ. އެހެންނަމަވެސް ދާނިޝް އިށީންނަ ހިޔާލެއް ނުކުރިއެވެ. އޭނާ އެ ޒުވާނާ އާ ދިމާލަށް ބަލަން ހުރީއެވެ. ބޮލުގައި ހިފައްޓަމުން އޭނާ ދެފަރާތަށް ބޯ ތަޅުވައިގަތެވެ.
“އިޒިކް…. އިޓްސް ގެޓިން ވޯސް…” އޭނާގެ އަޑުގައިވަނީ ބާރުވެރިކަމެކެވެ. އެހެންކަމުން އެ އަޑު ނުކުތީވެސް ކުޑަ ހަޅޭކަކާ އެކީއެވެ. އިޒިކް ބަލަން އިން ގޮތުން އޭނާގެ ރުޅިގަނޑު އިތުރުވެގެން ދިޔައެވެ.
“އިޒިކް… އައި ސެއިޑް އިޓްސް ގެޓިން ވޯޒް އޭ…” ކުއްލިއަކަށް ކުރިއަށް ޖެހިލާ މޭޒު ގައި އަތުން ގޮށްމުށުން ޖަހާލުމާއެކު ދާނިޝް ވާހަކަ ދެއްކިއެވެ.
“ކޮންކަމެއް” އިޒިކް ހަމަޖެހިލާފައި އިނދެ ސުވާލުކޮއްލިއެވެ. “ނޭގެނީތަ؟” ދާނިޝް ގެ އަޑު ބާރެވެ.
“ދާން… ހަމަޖެހިބަލަ… އިށީދެބަލަ. ހަމަޖެހިގެނެއްނު ވާހަކަ ދެއްކޭނީ…”އިޒިކް މަޑުމައިތިރިކަމާއެކު ބުންޏެވެ.
“އިޒިކް… ހެލްޕް މީ އިޓްސް ރިއަލީ ގެޓިން ވޯސް” ދާނިޝް ގޮނޑީގައި އިށީދެ އިސްޖަހާލަމުން ބުނެލި އިރު އޭނާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.
“އިޒިކް ޑޫ ސަމްތިންގް… ޕްލީޒް” ދާނިޝް ބުނެލިއެވެ.
“ދާން ވާގޮތް ބުނެލަދީބަލަ… “އިޒިކް ވާހަކަ ދެއްކިއެވެ. “އައި ކޭންޓް ސްލީޕް. އައިކޭންޓް ވޯކް… އައި އައި.. އައި ޖަސްޓް ކޭންޓް ޑޫ އެނީތިން؟” ދާނިޝް ބުނެލިއިރު އެއަޑުގައިވި ހިތާމަތަށް ނުފޮރުވުނެވެ. އެހެންނޫންނަމަ އޭނާ އެ ހިތާމަތައް ފޮރުވަން ބޭނުންނުވީއެވެ. އިޒިކް ގެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލް ބަޔާން ކުރަން އޭނާ ބޭނުންވިއެވެ. “އިޒިކް އެއްވެސް ކުރިއެރުމެއް ނުލިބޭ… އަހަރެންނަށް އެއްވެސް ހިންހަމަ ޖެހުމެއް ނުލިބޭ ކީއްވެތަ؟” ދާނިޝް ބުނެލިއެވެ. “އެކަންތައް ހަނދާން ނައްތާލަން ދާނިޝް އެއް ނޫޅެންތަ؟. އެ ކަންތައް ހަނދާން ނައްތާލަން ބޭނުމެއްނުވޭތަ؟” އިޒިކް ގޮނޑީގައި ހަމަ ޖެހިލަމުން ވާހަކަ ދެއްކިއެވެ.
“ދާނިޝް… އަހަރެން މިވަގުތު ވާހަކަ މިދައްކަނީ ހަމަ އެކަނި ދާނިޝް ގެ ޑޮކްޓަރުގެ ހައިސިއްޔަތަކުން ނޫން… އެކަމަކު ހެޔޮ އެދޭ ރައްޓެއްސެއްގެ ވެސް ހައިސިއްޔަތުން… ދާނިޝް. ތި ހަޔާތަށް އެހެން އަންހެންކުއްޖެއް ގެންނާކަށް ނުވިސްނަންތަ؟” އިޒިކް ގެ އަޑުގައިވެސް އެހެންޏާ ނުހުންނަ ފަދަ މަޑުމައިތިރިކަމަކާއި ޖެހިލުންވުމެކެވެ.
“އެހަނދާން… އެހަނދާން އަހަރެން ކިހިނެތް ހަނދާން ނައްތާލާނީ… އިޒިކް ބުނެބަލަ… އަހަރެން ކިހިނެތްތަ ހަނދާން ނައްތާލާނީ… އެ ކަންތައް ހިނގިތާ މިހާރު މީ ތިންވަނަ އަހަރު. މި ތިން އަހަރު އަހަރެން އިޒިކް ގެ ފަރާތުން ހޯދި ފަރުވާއިން އަހަރެންނަށް އެއްވެސް އަސަރެއްނުކޮއްގެން މިއުޅެނީ ކީއްވެގެންތަ؟. އެ ހަނދާންތައް އަހަންނަށް އަބަދު ގޯނާ މިކުރަނީ ކީއްވެތަ؟. އަހަރެންނަށް ނޭނގި ނަމަވެސް އިގިގެން ނަމަވެސް ކުރެވުނު ކުށަކީ ހަމަ އެހާ ބޮޑު ކުށެއްތަ؟” ދާނިޝް ގެ އަޑުގައި ރުޅިވެރިކަމަކާއި އެވަރަށް ހިތާމަވެރިކަން ވެސް ވިއެވެ.
“ދާން… އެއްފަހަރުވެސް ތި ހިޔާލް ތަކާ ދުރަށް ދާން މަސައްކަތް ކޮއްބަލަ… ލައިފް އެއް ފަށާބަލަ.” އޭނާ އެހެން ބުނިއިރުވެސް ދާނިޝް އަށް އެއީ ކުރަން ކިހާ އުނދަގޫވާނޭ ކަމެއްކަން އޭނާ އަށް އެނގެއެވެ. އިޒިކް އޭނާގެ ރަހްމަތްތެރިއަކަށް ވުރެބޮޑަށް ދާނިޝް ދެކެނީ އަމިއްލަ ބޭބެއެއްގޮތަށެވެ.
“އިޒިކް އަށް ހީވަނީތަ އަހަރެންނަށް ކުރަން ތީ އެހާ ފަސޭހަ ކަމެއްހެން… ” ދާނިޝް އަށް އަހާލެވުނެވެ.
“ނޫން… އިނގޭ ދާން އަށް ވަރަށް އުނދަގޫވާނެކަން… ދާން ތިހެން އުޅެން ވެއްޖެނަމަ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ… އެންމެ ފަހަރަކުވެސް އެހިޔާލް ތަކާ ދުރަށް ދާން މަސައްކަތް ކޮއްބަލަ” އިޒިކް ވާހަކަ ދެއްކިއެވެ.
އޭނާ އަށް ވެސް އެ ކަންތައް ތަކަކީ ދާނިޝް އަމިއްލައަށް ކުރާ ކަންތައް ތަކެއް ނޫން ކަން އެނގެއެވެ. އެހެންނަމަވެސް މިވަގުތު ދާނިޝް ގެ ސިކުނޑީގައި ހިނގަމުން ދާ ކަންތައް އޭނާ އަށް އެނގުން މުހިންމެވެ.
“ދާން… ހަމަޖެހޭ އިނގޭ… އެއްވެސް ކަމަކާ ނުވިސްނާ… “އިޒިކް ވާހަކަ ދެއްކިއެވެ.
“އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުވޭ އެކަންތައް ނުހޯދެނީސް އިޒިކް” ދާނިޝް ގެ އަޑާއި ރާގު ބަދަލްވިއެވެ.
“ދާން… އިތުރަށް ހޯދަން އޮތީ ކޮން ކަމެއް” އިޒިކް ސުވާލުކޮއްލިއެވެ.
“އިޒިކް އަކަށް ނޭގޭނެ” ދާނިޝް ވާހަކަ ދެއްކިއެވެ.
ދާނިޝް މޭޒުދޮށުގައި އިށީނދެ އިން އިރު މިފަހަރުވެސް އޭނާގެ މާޒީގެ ސަފްތާހަތަށް ނިއުޅެން ފެށިއެވެ.
************
އިފްޝާ އޮފީހަށް ނުކުތް ފުރަތަމަ ދުވަހު އެންމެ ފުރަތަމަ އޭނާ ދާން ޖެހުނީ ދާނިޝް ގެ އޮފީހަށެވެ. އޭނާ ހަމަ ޖެހިލައިގެން މޭޒުމައްޗަށް ފައިނަގައިގެން ޗުއިންގަމެއް ހަފާލަ ހަފާލާ އޮތީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ.
އެހެން އޮއްވާ ޓަކި ޖަހާލި އަޑު އިވުމާއެކު ދާނިޝް އޭނާގެ ގޮނޑީގައި ހަމެޖެހިލަމުން ފައި ނަގާ ތިރިއަށް ލިޔެވެ. އޭރުވެސް ޗުއިންގަމް ހަފަމުން އޭނާ ދިޔައީ އެ އެއްލާލަން ބޭނުން ނުވެފައި އިން ފަދައަކުންނެވެ.
“ވަދޭ” ދާނިޝް ބުނެލުމާއެކު އެ ދޮރު ހުޅުވާލާފައި ވަނީ އިފްޝާއެވެ. ކުރިން ހުރި ގޮތާ ހިލާފަށް މިފަހަރު ހުރީ އިސްތަށި ގަނޑު ދޫކޮއްލާފައެވެ. ބުޅި އިސްތަށިގަނޑު އެ ވަށް މޫނާ ނުހަނު ގުޅެޔޭ ދާނިޝް ގެ ހިތަށް އެރިއެވެ.
އޭނާ ފެނުމާއެކު އިފްޝާ ހިނިތުންވެލިއެވެ. އަދި އައިސް މޭޒު ކައިރީގައި ދާނިޝް ބުނެލުމާއެކު އިށީނެވެ.
“މިއޮތީ އެއްބަސްވުން ސޮއި ކުރަންވީނު.. އެއްބަސްވުން ވަރަށް ރަނގަޅަށް ކިޔާލާތި އިނގޭ ސޮއިކުރުމުގެ ކުރިން” ދާނިޝް ސީދާ އިފްޝާގެ ލޮލަށް ބަލަން އިނދެ ބުނެލިއެވެ. ދާނިޝް އެ އެ ބަލާލުމުން އިފްޝާ އިސްޖަހާލީ އެ ތޫނު ލޮލަށް ބަލަން ކުޅަދާނަނުވުމުނުންހެން ހީވިއެވެ.
އިފްޝާ އާ ދިމާލަށް ފައިލް ޖައްސާލުމާއެކު އޭނާ އަށް ދާނިޝް ގެ ލޮލަށް ބަލޭލެވުނެވެ. އަދި ދާނިޝް ގެ ލޮލުން ކުރި އިޝާރާތާއެކު އޭނާ އެ ފައިލް ހުޅުވާލާ ކިޔަން ފެށިއެވެ. ކޮންމެ ސަފްހާއެއްވެސް ފަރުވާތެރިކަމާއެކެ ކިޔާ ނިންމާލުމަށްފަހު އޭނާ ގަލަމުން ސޮއިކޮއްލިއެވެ. އެދުވަހުގެ ގިނަ އިރު އިފްޝާ ހޭދަކުރަން ޖެހުނީ ދާނިޝް އާއެކީގައެވެ. ކަންތައްތައް ދަސްކޮއް ތައާރަފްވުމުގައެވެ.
ބެރޭކް ގަޑި ޖެހެމުން އެތަނުގެ ތިރީގައި ހުންނަ ރެސްޓޯރެންޓަށް އިފްޝާ އާއި ދާނިޝް ކާން ދިޔައީ އެކީގައެވެ. އިފްޝާ ވެސް ދެކޮޅު ނުހެދީ ދާނިޝް ބްރޭކް ގަޑީގައި އޭނާ އާ އެކީ ދިޔުމަށް އެދުމުންނެވެ.
“ހެހެ… ތި ދިޔައީ ދެން އެ ކުއްޖާގެ ކަންތައް… ހުވާ މިބުނީ ފަހަރަކު މީހެއް ގެންގުޅޭނީ” އެވަގުތު އެތަނުން ދިޔަ ދެ އަންހެންކުދިންގެ ތެރެއިން ކުރިއަށް ހުރި އަންހެން ކުއްޖާ ބުނެލުމާއެކު ދާނިޝް އަށް ދަތްކުނޑި ވިކާލެވުނެވެ. އޭނާ ގެ ދެއަތް މުށްކެވިގެން ދިޔުމާއެކު ހެން ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. އެވަގުތު އިފްޝާ ހުރީ އޭނާ އަށް ވުރެ ތަންކޮޅެއް ކުރީގައިކަމުންނާއި އޭނާ ގެ ސަމާލުކަން ހުރީ އެތަނުގެ އެތެރެއަށް ކަމުގައި ވުމާއެކު ދެންމެ އެ ކުއްޖާ ބުނި ވާހަކަ އަޑު އިވޭގޮތެއްނުވިއެވެ.
ދާނިޝް އެ ކުއްޖާ އަށް ބަލާލުމާއެކު އެ ކުއްޖާ އަށް ވެސް ދާނިޝް އަށް އެ އަޑު އިވުނީ ކަން ޔަގީންވިއެވެ. އެއާއެކު އެ ކުއްޖާ ހިންދިރުވާލިއެވެ. އަދި ޖެހިގެން ހުރި އަންހެންކުއްޖާގެ ކަންފަތް ބުޑުގައި އެއްޗެކޭ ބުނެލިއެވެ.
ދާނިޝް އިފްޝާ އާއި އަރާ ހަމަކޮއްލާފައި އެތަނުންމޭޒަކަށް އިޝާރާތް ކޮއްލުމާއެކު ހެވިފައި އިފްޝާ އެދިމާލަށް މިސްރާބްޖެހިއެވެ.
އެދުވަހުގެ ފަހުން އިފްޝާ އާއި ދާނިޝް އާ ދެމެދު އޮތް ގުޅުން ބަދަހިވެގެން ދިޔައެވެ. އިފްޝާ ވެސް ދާނިޝް އާ ވާހަކަ ދައްކަނީ ނިކަން ހިންހަމަޖެހގެން ހުރެއެވެ. އޭނާ އެ އޮފީހާ ގުޅުނު މަދު ދުވަސްކޮޅުގެ ތެރޭގައި އެތަނުގެ ހުރިހާ މުވައްޒެފުންނާ ގުޅުން ބަދަހިކޮއް އެކުވެރިވިއެވެ.
އިފްޝާގެ ހުންނަނީ މަޑުމައިތިރި މިޒާޖެއްކަމަށް ވިޔަސް ބަސްބުނަން ޖެހޭ ކަންތައް ތަކުގައި ބަސްބުނަން އޭނާ ޖެހިލުމެއް ނުވެއެވެ. އެތަނުގެ ހުރިހާ މުވައްޒެފުންގެ ހައްގުގައި ވެސް އޭނާ ވާހަކަ ދައްކާނެއެވެ. މަސައްކަތަށް ފަރުވާ ބަހައްޓައެވެ. ކުރަން ހަވާލް ކުރާ ކަމެއް ވަގުތުން ވަގުތަށް ކުރުމަށް އޭނާ ސަމާލުކަން ދޭވަރު ޒާހިދް އަށް ވެސް ފާހަގަވެގެން އެވާހަކަ ދާނިޝް ގާތު ބުނެފިއެވެ.
“އެހެންނޫނީ ދަރިފުޅު ނަގާ ކުދިން ނަށް މަސްދުވަހު ހިފައްޓާ ނުލެވޭ. ކެނޑިގެން ދޭ… މަސައްކަތަށް ފަރުވާ ބަހައްޓަނީޔެއްނޫން… ވަރަށް އުފާވެއްޖެ މިފަހަރު މިހާ ޒިންމާދާރު ކުއްޖެއް ނެގީމަ” އިފްޝާ މަސައްކަތް ކުރަން ފެށި ފަހުން ވީ މަދު ދުވަސްކޮޅޫގައި އޭނާ ވަނީ އެތަނުގައި ގެ އެންމެންގެ ރުހުން ހޯދާފައެވެ. ލޯބި ހޯދާފައެވެ.
ޒާހިދުގެ ވާހަކަ ތަކުން ދާނިޝް ހިންހަމަ ޖެހުނެވެ. ދެ ބަފައިން ތިބީ ޒާހިދު ގެ ކެބިންގައެވެ.
“ބައްޕަ ގެ ހިތެއް ނުބުނޭ މިފަހަރު އެ ކުއްޖާ އެހާ ފަސޭހައިން ވަޒީފާ ދޫކޮއްލާނޭ” ޒާހިދުގެ ކޮންމެ ބަހަކުން އެ ކުއްޖާ އަށް ތައުރީފް ކުރަމުން ދިޔައެވެ. ދާނިޝް ފުން ނޭވާއެއްލިއެވެ.
ވާނީވެސް އެހެންނޫންހެއްޔެވެ؟. އެހެން ފަހަރު ތަކުގައި އޭނާ އަށް އިންޓަރވިއު ކުރަން ޖެއްސުމުން އޭނާ ނަގާނީ އެކަމަށް ގާބިލް ކުއްޖެއްނޫން ވިއްޔާއެވެ. އަބަދުވެސް އޭނާ ބަލާލީ ސިފައަށެވެ. ނޫނީ އޭނާ އަށް ކަމުދާކަހަލަ ކުއްޖެއްތޯއެވެ. ފަސޭހަކޮއް އޭނާ އާ ހެދި އުޅޭނެހެން ހީވާ ކުއްޖެއް ވިއްޔާ އޭނާ އެ ކުއްޖަކަށް ވަޒީފާ ދެނީއެވެ. ބައްޕަ އަށް ލިބިދާނެ ދެރައަކަށް ނުވިސްނައެވެ. ކުންފުންޏަށް ކުރިމަތިވެދާނޭ ދަތި ތަކަކަށް ނުވިސްނައެވެ.
އެހެންނަމަވެސް މިފަހަރު ބައްޕަ ވެސް ހިންހަމަ ޖެހޭ ކުއްޖެއް ނެގިއްޖެ ވިއްޔާއެވެ. ދެން މިކަންތައް ވެސް ނިމުނީއެވެ.
*************
“ދާން… ކޮން ހިޔާލެއްގަ” ގޮނޑީގައި އިނދެ އަމިއްލަ ހިޔާލީ ދުނިޔޭގައި އުދުހެމުން ދިޔަ ދާނިޝް ސިހުނީ އިޒިކް ވާހަކަ ދައްކަމުން ދާނިޝް ގެ ކޮނޑުގައި ޖަހާލުމުންނެވެ.
“އެ ހިޔާލް ގަ” ދާނިޝް ކުރު ޖަވާބެއް ދިނެވެ.
“ކޮން ހިޔާލެއްގަ….” އިޒިކް ސުވާލުކުރިއިރުވެސް އޭނާ އަށް އެއީ ކީއްވެކަން އެނގުމާއެކު އޭނާ އިނީ ދާނިޝް ދޭނޭ ޖަވާބަކަށް ބަލަބަލައެވެ.
އިޒިކް އަކީ ސައިކޭރިސްޓެކެވެ. އުމުރުން ނަވާވީސް އަހަރެވެ. ދާނިޝް އާ އެއްއުމުރެކެވެ. މީހުންގެ އިތުބާރު ހޯދާފައިވާ ހީވާގި ޑޮކްޓަރެކެވެ. ކުރާ ކޮންމެ ކަމެއްގައި ފުރިހަމައަށް އޭނާގެ އެއްބާރުލުން ލިބެއެވެ. ތަފާތު މީހުންނާ އެތަކެއް ދުވަހަކު ދިމާވެ އެމީހުންގެ ވާހަކަ ތައް އަޑުއަހަން އޭނާ ޖެހެއެވެ. އެހެންނަމަވެސް ކޮންމެ މީހެއްގެ ވާހަކަވެސް އޭނާ އަހަނީ ވަރަށް ފަރުވާތެރިވެހުރެއެވެ. އެއްވެސް ކަހަލަ ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ. “ދާން އެއްވެސް އެއްޗެއް ބޭނުންތަ ބޯއެއްޗެއް… ” އޭނާ ދާނިޝް ގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލެވޭތޯ ވާހަކަ ދެއްކިއެވެ.
“ކީކޭ” ސިހިފައި ދާނިޝް ބުނެލިއެވެ.
މިއަމަލުން ވެސް ދާނިޝް އެއިނީ ވަރަށް ސްޓްރެސް ވެފަކަން އިޒިކް އަށް އެނގުނެވެ. އޭނާ ފުންނޭވާއެއްލިޔެވެ. އަދި އަނެއްކާ ކުރިން ކުރި ސުވާލް ތަކުރާ ރުކޮއްލިއެވެ.
“ދާން… މާ ބޮޑަށް ނުވިސްނާ… ސަކަރާތް ވަންޏާ މިފަހަރު ބޭހެއް ދެވިދާނެ… އެކަމަކު… އަބަދު ބޭސް ބޭނުން ކުރުން ރަނގަޅެއްނުވާނެ… ޔޫ ނީޑް ސަޕޯޓް… އަމިއްލަ ފެމެލީގެ ސަޕޯޓް… ލައިފް ޕާރޓްނާއެއްގެ ސަޕޯޓް” އިޒިކް ވާހަކަ ދެއްކީ ޑޮންޓަރެއްގެ އިތުރުން ހެޔޮއެދޭ ރައްޓެއްސެއްގެ ވެސް ހައިސިއްޔަތަކުންނެވެ.
“ނޫން އިޒިކް… އާއިލާ އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއްނޫން…. ” ދާނިޝް އަތުން އިޝާރާތް ކޮއްލަމުން ބުނެލިއެވެ. އާއެކެވެ. އޭނާގެ އާއިލާގައި މިހާރުވެސް އެކަކު އަކެނަކުގެ ދެމެދުގައިވަނީ ނުތަނަވަސްކަމެވެ. ނަފްރަތެވެ.
“ތިން އަހަރު… ތިން އަހަރު” އިޒިކް އަތުން ތިން އިނގިލި ދައްކާލަމުން ވާހަކަ ދެއްކިއެވެ.
“ދާން… ތިކަމުގެ އުޅޭތާ ތިން އަހަރު ވީ… އަމިއްލަ އާއިލާ އާއި ތި ވާ ގޮތްތައް ހިއްސާ ކޮއްލާނަމަ ތިހެން ނުވާނެ… ދާން އަށް ނުވަންޏާ އަހަރެން ބުނެފާނަމޭ’ އިޒިކް ވާހަކަ ދެއްކިއެވެ.
“ނޫން އިޒިކް… އަހަރެން ނަށް އެކަނި މިކަންތައް ކުރެވޭނެ” ދާނިޝް ވާހަކަ ދެއްކިއެވެ.
“އެކަމަކު”
“އެކަމަކު އެއްނޫނޭ އިޒިކް… ” އިޒިކް ގެ ވާހަކަ ހުއްޓުނީ ދާނިޝް ވާހަކަ ދައްކަން ފެށުމުންނެނެވެ.
“އެކަމަކު އިހަށް މަސައްކަތުން ކުޑަ ބްރޭކެއް ނަގަން ވީނު. މަސައްކަތާ ހެދި ވެސް ހައްތަހާ ސްޓްރެސް ވާނީ” އިޒިކް ވާހަކަ ދެއްކިއެވެ. “މަސައްކަތުން އެއްވެސް ވަރަކަށް ދުރަށް ދާކަށް ބޭނުމެއްނޫން… ދުރަށް ދާއިރަށް އަހަރެންނަށް އެކަންތަކާ ބޮޑަށް ވިސްނޭނީ” ދާނިޝް ބުނެލިއެވެ.
އިޒިކް ބުނާ އެއްޗެއް ދާނިޝް ގަބޫލް ނުކުރާނެކަން އެނގުމާއެކު އިޒިކް އެންމެ ރަނގަޅޭ ބުނެލިއެވެ.
“އެންމެ ރަނގަޅޫ ދާން އަށް ފެންނަ ގޮތެއް” އޭނާ ފުން ނޭވާއެއްލިއެވެ.
އޭނާގެ ހުރިހާ ޕޭސެންޓުންގެ ތެރެއިން ވެސް ދާނިޝް އަކީ ވަރަށް ހާއްސަ ފަރާތެކެވެ.
————————–
އައިލީޝް ނިދީ ފަހުން އަނެއްކާ ހިޝްމާ ގެނައި ސޫޕް ތައްޓެއްވެސް ބޮއިގެންނެވެ. ރާސިލް ފުން ނޭވައެއްލަމުން އައިލީޝް ގެ ގައިގައި ރަޖާ އަޅާލަދެމުން ތެދުވިއެވެ. އަދި ފާހާނާއާއި ދިމާލަށް މިސްރާބްޖެހިއެވެ. މޫނު ދެވެހަދައިގެން ނުކުމެ އޭނާ އަލަމާރި ކައިރިއަށް ޖެހިލިއެވެ. އަލާމާރި ހުޅުވާލީ ލާނެ އެއްޗެއް ނެގުމަށެވެ.
އެންމެ ފުރަތަމަ އޭނާ އަށް ހުޅުވާލެވުނީ ނުބައިވަތް ގަނޑެކެވެ. އެއާއެކު އޭނާ އަށް އެ ތާގައި އިން ކުޑަ ވަތް ގަނޑު އަޅައިގަތެވެ. އެ ވަތް ގަނޑު އޭނާ ހުޅުވާލަން ހިފައިލީ ކޮންމެހެން އެއްޗެއް ހޯދުމުގެ ބޭނުމުގައެއްނޫނެވެ. އެ ގޮތަށް ވަތް ގަނޑެއް އިނުމުން ކޯންޗެއްތޯ ހުރީ ބެލުމަށް ހުޅުވާލަން މަސައްކަތް ކުރީއެވެ. އެހެންނަމަވެސް ތަޅުލާފައި ހުރުމުން ހުޅުވޭ ގޮތެއްނުވިއެވެ. އޭނާ ފުން ނޭވާއެއް ދޫކޮއްލީ އައިލީޝް އެވަރަކުން ފޮރުވައިގެން އެ ގެންގުޅެނީ ކޯންޗެއްބާއޭ ހިތަށް އަރާ ހާލުގައެވެ.
ޖެހިގެން އިން ވަތް ގަނޑު ހުޅުވާ އޭނާ ނިދަން ލާ އެއްޗެހި ނަގައިގެން ލައިގެން އޭނާ އައިލީޝް އަށް ބަލާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮއްލުމާއެކު އެ ދިމާލަށް މިސްރާ ބްޖެހިއެވެ.
ދެން ގޮސް އެމޫނަށް ނަޒަރު ހުއްޓައިލައިގެން އެތައް އިރަކު އޭނާ ހުއްޓެވެ. ހިޔާލް ތަކުން ނުކުންނަމުން ގޮސް އެނދުގެ އަނެއްފަރާތުގައި އޭނާ އޮށޯވެ ލޯ މަރާލިއެވެ.
އޭގެ އަނެއްދުވަހުވެސް އައިލީޝް އަށް ރާސިލް ގެ ފަރާތުން އިތުރު އެތަކެއް އަނިޔާތަކެއް ލިބިގެން ދިޔައެވެ. އައިލީޝް ގެނައި ކޮފީތަށިވެސް އޭނާ ނުބޯނަމޭ ބުނީ ރުޅިއައިސް ހުރެއެވެ. ކީއްވެހޭ އައިލީޝް އެތަށް ފަހަރަކު އެހިއެވެ. އެހެންނަމަވެސް ރާސިލް އެއްވެސް އެއްޗެއް ނުބުނެ އެތަށީގައި ޖެހި ޖެހީނުން ތަބަކާ އެކީ ޖޯޑު ވެއްޓުނެވެ. އަދި ހޫނު ކޮފީ އައިލީޝް ގެ ފަޔަށް ވެރުމާއެކު އެ ޖޯޑު ތެޅިގެން ދިޔައެވެ.
ފެންކަޅިވެފައިވާ ދެލޮލުން ކަރުނަ ތަށް އޮހި ގަތުމާއެކު އައިލީޝް އަށް ފަހަތަށް ޖެހެމުން ރާސިލް އަށް ބަލާލެވުނެވެ. އޭރު އޭނާގެ ފައިން ދިލަ ނަގަމުން ދިޔައެވެ. ކެތް ނުވުމުން ދުވެފައި ފާހާނާއަށް ވަދެ އޭނާ ފެން އިސްކުރި ދޫކޮއްލަމުން އެ ފައި ފެންތަކު ތެރޭގައި ދޫކޮއްލައިގެން ހުއްޓެވެ.
“ރާސިލް… ރާސިލް ރާސިލް… ކީއްވެތަ؟” އައިލީޝް ގެ ހިތަށް އަރަމުން ދިޔައެވެ. އޮހެމުން ދިޔަ ފިނި ފެނުގެ ސަބަބުން އޭނާގެ ފަޔަށް ކުޑަ ލުޔެއް ލިބުނު ހެން ހީވިއެވެ. އެއާއެކު އޭނާ އިސްކުރި ބާރުކޮއްލިއެވެ. ފައި އެ އިސްކުރު ސޮށަށް ލައިގެން ހުރި އިރުވެސް އިރުއިރުކޮޅަކާ ފާހާނާ ދޮރާ ދިމާލަށް ބަލާލީ ރާސިލް އެންމެ ފަހަރަކުވެސް އާދޭތޯއެވެ. އެހެން ނަމަވެސް އޭނާގެ ހުރިހާ އުންމީދެއް ފެނަށް ވެގެން ދިޔައީ ކޮޓަރިއަށް ނުކުތް އިރު ވެސް ރާސިލް ނުފެނުމުންނެވެ. އިތުރަށް ރޮވެން ފެށުމާއެކު އޭނާ އެ ކަރުނަތަކަށް ހުއްޓުމެއްގެނުވޭތޯ ތުންފަތުގައި ދަތް އަޅާ ލިއެވެ.
ދެން އޭނާގެ ނަޒަރު ހުއްޓުނީ ތެޅިފައިވާ ކޮފީ ޖޯޑަށެވެ. އޭގެ ބުރައިގެން ގޮސްފައިވާ އެތިކޮޅުތައް ނެގުމާއެކު އޭނާ ގެ އަތަށް އޭގެން އެތި ކޮޅެއް ހެރުނެވެ.
އެއްޗެހި ނަގައިގެން ޑަސްބިނަށް އެޅުމަށްފަހު އޭނާ ކޮޓަރި ސާފުކޮއް މޮޕް ވެސް ލިޔެވެ. އެ ދުވަހު ރާސިލް ތަންކޮޅެއް އަވަހަށް އޮފީހުން ގެއަށް އައުމާއެކު އެނދުމަތީގައި އޮވެފައި އައިލީޝް ތެދުވިއެވެ. އޭނާ ގޮސް ރާސިލް ގެ ކުރިމަތީ ސީދާ ހުއްޓުނެވެ.
ފޯނުން ލިޔެފައިވާ މެސެޖް އޭނާ ރާސިލް އަށް ދައްކާލިއެވެ. އެހެން ނަމަވެސް ރާސިލް އެ ފޯނަށް ބަލާ ނުލާ ދުރަށް މޫނު އަނބުރާލުމާއެކު އޭނާ ރާސިލް ގެ އަތުގައި ހިފާ އޭނާ އާ ދިމާލަށް އަނބުރާލިއެވެ.
“ރާސިލް… މީ… މީ… މީ… އަންބަކާ ފިރިއަކު އުޅޭ ގޮތްތަ. އަހަންނަކަށް ހިޔެތް ނުވޭ… ދެމަފިރިންގެ ދޭތެރޭ އޮންނަން ޖެހޭ ލޯއްބެއް އަޅާލުމެއް އޯގާތެރިކަމެއް އަހަރެމެން ދެމީހުން ދޭތެރޭ އެބަ އޮތްތަ… ނެތެއްނު. ” އޭނާ ރާސިލް ގެ އަތުގައި ހިފާ ތަޅުވާލަމުން ދެން ވެސް އިޝާރާތް ކުރަން ފެށިއެވެ.
“ތިހެން ނަހަދަފާނަންތަ؟. އެޓްލީސްޓް ތި ގޮތަށް އަހަންނާ ދޭތެރޭ ކަންތައް ކުރަން ތި ޖެހޭ ސަބަބެއް އަހަންނަށް ވެސް އަންގާލަ ދޭނަމަ… އަހަރެންގެ ކުށެއްނަމަ އަހަރެން ޗުއްޕުވެސް ނުބުނެ ހުރެފާނަން… އެކަމަކު މިކަމެއް އަހަރެންނަކަށް ބަލައެއް ނުގަނެވޭނެ.. ރާސިލް ގެ ހިތުގައި ކޮންމެ އެއްޗެސް އޮތަސް….” އައިލީޝް ގެ ހަރަކާތް ތަކަށް ހުއްޓުމެއް ގެނުވީ ރާސިލް ކުއްލިއަކަށް އޭނާގެ އަތުގައި ހިފާ ރާސިލް އާ ގާތަށް ދަމާލަމުންނެވެ.
“އައިލީޝް އަށް ރަގަޅަށް އިނގޭނެ އަހަރެން ތި ހަރަކާތް ތަކަށް ނުރުހޭ ވަރު.. ހާދަ ބޮލަށް އުނދަގުލޭ އައިލީޝް ތި އުޅޭ ގޮތަކުން” ދަތް ކުޑި ވިކާލުމާއެކު ރާސިލް ބުނެލި ވާހަކައިން އައިލީޝް އަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ.
“ރާސިލް… މި ހަރަކާތް ތައް… މި ހަރަކާތް ތަކަކީ އަހަރެންނަށް ވާހަކަ ނުދެއްކޭތީ އަހަރެން ވެސް ދަސްކުރި ހަރަކާތެކޭ… ރާސިލް ނުރުހޭތީ އަހަރެން… އަހަރެން މެސެޖުން ވާހަކަ ދެއްކީ. އެކަމަކު އެ މެސެޖަށް ފުރަގަސް ދިނީމަ މި ހަރަކާތް ތައް ވެސް ތި ނުރުހޭ ލޯ ކުރިމަތީ ދައްކަން މަޖުބޫރުވީ… އާ އިނގޭ… ކުޑަ ކުޑަ އެއްޗެއް ނޫނީ ރާސިލް އަށް ނޭގޭނެކަން… އެކަމަކުވެސް މިހުރިހާ އެއްޗެއް މި ބުނަން ޖެހެނީ ސަބަބެއް އޮވެގެނޭ… ” އައިލީޝް ހުއްޓާލީ ރުއިމާ އަވަސް އަވަހަށް ކުރަމުން ދިޔަ ހަރަކާތުގެ ސަބަބުން ވަރުބަލިވީ ފަދައަކުންނެވެ.
މިހެން ބުނަން ވެސް މި ޖެހުނީ ވަރަށް ދެރަވެގެން… ބޭނުމެއްނޫން ކައިވެނީގެ މަތިވެރި ގުޅުމަށް މިހެން ބުރުއަރާކަށް. ރަސިލް ނުރުހޭ މި ހަރަކާތް ތަށް ކުރާކަށް ވެސް. އެކަމަކު އަހަރެންނަކަށް އިތުރު ޗޮއިސް އެތް ނެތް… ހަރަކާތް ވެސް ކުރާނަން… ވާހަކަ ވެސް ދައްކާނަން. އަހަރެންނަކީވެސް އިންސާނެތް… ހައްގުތަކެއް ވޭ… އިންސާނީ ހައްގުތަށް ލިބިގެންވޭ… އެ ހައްގުތަކުން ރާސިލް އަށް ވެސް އަހަރެން މަހްރޫމެއް ނުކުރެވޭނެ…” އައިލީޝް އިތުރަށް އެތަކެއް ވާހަކަ އެއްބުނަން ބޭޏުންވިޔަސް އޭނާ އަށް އެވަރަށް ބުނެވުނުއިރު ރާސިލް އޭނާގެ އަތުގައި ހިފާ ކޮއްޕާލުމާއެކު އޭނާ ގޮސް ވެއްޓުނީ އެނދުމައްޗަށެވެ.
“ހަންދާން ކުރާތި އައިލީޝް. ތި ވައްތަރު މާ ގިނަ ގިނައިން އަހަރެންގެ ކުރިމަތީ ޖައްސަންޏާ އަހަރެންގެ އަތުން ފައިން ގޯހެއް ހެދި އަނިޔާ އެއް ލިބިދާނެ… ”
“އަނިޔާ… މިހާރުވެސް ތިދެނީ ހަމަ އަނިޔާ” އައިލީޝް ކުޑަކޮއް އެނދުން ތެދުވެލާ އިޝާރާތް ކޮއްލިއެވެ.
އެއާއެކު ރާސިލް އެ ދިމާލަށް އައި ގޮތުން އޭނަ އަށް މޫނު އަނބުރާލާ ގޮދަޑީގައި މޫނު ޖައްސާލެވުނެވެ.
(ނުނިމޭ)
61 Comments!
Comments are closed.
Yes. …first me dhw
Yes. Nura. Congrats.
Alhey haadha rychey himi dhooni. You are super writer…
Thanks shaai. Means a lot.
Salaam. Kobaa kihineh hurihaa kudhin?. So heres the 6 th part. Thursday ge part. Did u guys saw that comming?. Unexpected right?. Dhaanish aki nafsaani gothun asaru kohfa huri meehakah v ma. Thats dhanish ge life ga eyna sirru kohgen ulhey varah bodu kameh. Sirru thah baivaru dw. Dhen vaani kihinehbaa. ?. Dnt forget to comment ur views. Kobaa tha himi ge lovely readers. Hehe. V ufaavey. Thidhey support aa hiyyvarah. Do point out the mistakes for me. Kurin part in libunu sukunthakaa adhives ba eh kahala mistakes thakaa beheygothun info. A huge thanks to her. And thankyou so much.
Jazakallah Khairan.
Maa laskuranee hi mi mihaaru.anehbaiga vaagoi handhaan nethey fahun up mivanee .kurinha update noon veema foohi
Eyi midh8vas kolhu himi ah konme dhuvahaku up nukohfheveythy. Bixi v ma. Sorry dear.
Wow first dhw
Kiyaa laafa comment kuraanan ⭐ ⭐ ?
Hehe. Yh. Axy. Thanks.
Keevetha ILY ah eheh ehadany rasil haada gohe dho
HIMI rasil&ILY gulhuvabalz v V deravey raasil hadaagothun
HIMI ge story v V V Reethi
Keep it up
??????
Hingaa balamaa dw vaa gotheh fai. Thankyou.
just wow vrh furihama
Thanks nuxeesh.
Aharen hithah araa keevebaaey 1st comment ehaavarakun hoadan ulheney duvaalhu hatharudamu foanu hifaigen hurihaa vaguthuthah huskurani foanah baeey enooh kameh diriulhumuga netheebaay vaahaka kiyani foohivaa gadiyehga noohbaa comment kureveyne dho komme gadiakuves
MIVES COMMETEH IGEYTHO
EVES MEEHAKU HIHBARU NUKURAATHI
“”HIMI”VAAHAKAIGEN KkBk””””
Hehe. Fai.
this is my first comment but m a huge fan of u.. himi ge stories v salhi.. vaanan ekugai n hithaa firaanain vx v nice.. sifakurun hama habeys.. manzaru tha hama lolah fennekahala.. mi story vx v nice.. komme part aka vx v inthizaaru kurevey
Thanks lotus. Means a lot.
Masha Allah.. Hi Mi mibaives hama ehvana..???.. V v rythi mibaives. .???.. V kiyaalaa hithun indhe hama mi kiyaaly…???… V v rythi vaanehen hyvey mi story ves … N kuriah gendhaa goeh ves hama ehvanaey buneveyny… Luv n Miss u bodu bodu koh Hi Mi dhooniii
Shan ly and miss too. Hehe. V ufaavehjje. Thankyou.
he he he he he ??????
HI MI dhooni mi part ves v v v reethi ?
V furihama ❤❤❤❤❤❤
Thanks axy. V ufaavehjje.
What??? ???… Dhaanish ah vanee nafsaanee gothun asaru kohfa ???… Unexpected… Really… Alhey raasil dhn ailee ah ehen nahadhaa ???… Raasil haadha gohey ???… Ailee haadha dhervaaney ???… She is so innocent ???… Mi part vx as usual v v v reethi ❤️❤️❤️… Hama superb ???… Maasha Allah v v interesting ???… Eh part ah vure aneh part maabodahvx interesting Hi Mi ??????… Keep up the good work ???… N pinky hithakah naaraa raasil ge behaviour ehen huredhaane kamakah… Mibuny faharaku kuhjeh gengulhey type… Heheheh ???… I hate raasil ailee ah aniyaa kuraathy ???… Dhn kihineh baa vaanee??? It’s really becoming more interesting ??????… Eba huri baeh typing mistakes like iskuru liyanvee thanah iskuri n dontaru for doctor dhn haasah eh noon khaahsa… Mibuny haaga thiki innaane… Dhn huri hama kurin buni kahala some typing mistakes… Overall mi part v v reethi n v v v interesting gothakah thi kuriah gendhany ???❤️❤️❤️???… Ailee ge scenes thah v v asaru gadha ???… I really feel sad ????… Eagerly waiting to know abt dhaanish ge past ???… N more more things ???… Hehhe… U are the best ??????… Alhey Hi Mi haadha molhey Maasha Allah ❤️❤️❤️?????????… Keep working, keep trying, keep shinning ❤️❤️❤️??????????… Curiously waiting for the next part ???… Everytime u make me curious to read the next part ???… Heheheh… Lots of love my best favourite Hi Mi ❤️❤️❤️??????????????????
Haadha dhigo comment ekey dear. V ufaavehjje. Lets see dw vaa gotheh. Thanks a lot.
Woah…nyc..??.ifsha akii raasil kokko dhw..eyna rape kuryma badhal hifan dhw aisgen ulhenii…???
Hingaa balamaa shafu thanks.
hah i thought for sure dhanish dhani rasil ge sis ah visit kuran kamah some how she suffered and ended in a coma kamah hehe. but this time dhanish mi dhani dr kairi ah dhw, i wonder where ifsha is nw. after that some one raped her may b she lost her mind or something. and mi ulhe rasil ves dhw. be a man, real mens doesnt hurt their wives. miharu then leesh ah aniya ves kuran fetti. rangalhah viyya dhanish eh noon kanneynge ifsha rape kuri ves but eyge revenge nagan hadhaigen fahun rasil ves regret kurane dhw himi. please dnt hurt leesh
Hehe. Hingaa balamaa dw annoying reader. Thankyou.
Himi. Loabyyyy salhi salhi salhi varah salhi story….I thought dhaan was going to a gal. Lol. Me first heekury dhaan e dhiay. Ifshaa kairi ahh kamah … I mean kurin ulhun geahh I forgot she is raasil ge dhontha. Hheh himi. Varah wait kurevey mi story ahh…..but every episode is amazing…u r a great writer…. I love ur stories….u have become my most favorite with only 4 stories…..????? Yuaan & leen annaane Tha mi story ahh …and himi xaan n Kia ge baby ahh kon nammeh kee?? Varah miss vey yashuu mathin she was so cute.. .n himi plx raasil kairee buney aylii ahh ehn nahadhaashey v sad vey aili roathee ve. ????. I’ll cry raasil aylii ahh gothehh hadhaifiyya…but story hama HABEYS.??? On of ur biggest fans❤❤❤❤❤❤❤ .????
Hingaa balamaa dw dhen vaa gotheh In Sha Allah. Haverugr vagutheh ga up kohla dheynan.
Varah reethi …. alhey raasil haadhavarakah aileesh dharakuranee mee ga vaane dhw konmes sireh dhw hi mi dhooni…..varah dheravey ?♀️????????????
Alhey sorry dear. Lets see. Thankyou ingey.
Vvvvvvvvvvvvvv nice stry…Adhi beynun vani ithurah kiyan
Hehe. Nau. Thankyou so much.
Story v nice… What will raasil do… ???
Hingaa balamaa yehtaf dw. Thankyou.
Vvv reethi mi part ves denvany kihinehbaa ???thanks hi mi ???
Hingaa balamaa thanks ingey dear.
Story varah salhi gendhaagoi.. but faahaga kurehvey “fun neyvaa laa” mi bas abadhuves gena kan… hurihaa kameh suspect ga huriyaa nimaalaairu varah hadikoh nimidhaaneh… eyrun vaahaka ehkon hadivee… heekuran vaahaka nimaalun ves reethi vaaneh kamah.. shukuriyaa
In Sha Allah. Thikamaa visnaanan ingey dear. Thanks alot. ?
V reethi tha mivaahaka? V foohi. Beykaaru vaahaka abadhuves. Kuriaka nudhey. Ehkameh konme part eh ga
Eh kameh tha vani thaath?. Anyway eki kudhinge hunnaani eki hiyaal. Thanks.
HiMi . Mi faharu haadha varakah thi thalhuvaalanee? Mihaaru mi innanee dhen vaànee kihineh baa ey hithah ara araa . Heheeh . Ekam reethi ingeyh ❤
Hehe. Dw yahy. Hingaa balamaa dhen vaa gotheh thanks.
Hama v rythi stry kuriah dhaagoii … masha allah?
Thanks rifu. V ufaavehjje. ?
Duruga and shaurya ulhunu drama ga vygoiii gaaigadakah mivany. Eii idea ah viyas vaahaka gennaleh rythi vefa molhu vyma hama varah kiyaa hithun mikiyany. Varah salhi. Keep it up love
Ehentha cherry. Thy kon series eh tha?. Net in balaa li iru eyi hindhi series eh kamah vani. Mihaaru nimifa vaa. I am nt in to hindhi series so much. hehe. Thanks dear. ?????
Yeah love hindhi series. Name cherry ves nei handhaaneh. Kuda eggoi kameh eba ulhey. Hehehe
BTW salhi igey 7th part ves. Can’t stop my laugh aslu dhaanish aa eky hey hiyvany
Chw. V huthur mi story. Kiyan vx foohi. Mi kahala story liyan time wast kurumah vyreh gud vaane. Story nuliuniyaa
Hey jayaa. Himi ah bunevidhaanetha tji ah vure thafseel koh keevrkan vhk thihaa huthur vegen thiulheny. Eyrun thaa dw rangalhu kohlan ves ingeyni. Adhives rabgalhu kuran jehey kanthah thakeh hurikan yegeen vehjje. Thankyou dear. ?
Alheyy vvv rythi story. … ??? aslu nikann hurt veyy raasil aileesh ah hadhaa gothun. .. yaah. .. dhaanish ge secret eh gengulhey dhw ehn v ma. .. n I think aileesh vs gengulhey eyy. . That lock kohfa Inn cupboard ga kohcheh baa othy. … hama neyvaa hifahattaalaa varuvey. .. vvv rythi ?? masha Allah ? eagerly waiting for next part ??? love you bodu bodu koh himi???❤
Thanks twimgirl. V ufaavehjje. Hehe. Lock kohfa in cupboard ga oi ehchei adhi ingeyni thankolhey fahun. Letsvwait and see. Thanks dear. ?
Hey love. Ekko mikiyaalevuny.. as i said v curious vejje dhaanish e past egen. Dhaanish nujeheyne nukuraa kamehge blame nagan. May he feel better soon… zeesh ah mikan vaane. I hope she stands up. Kerigen ulhunyma vaany zeesh. Aniyaa kuranya e vaahaka sirru nukoh e vaahaka dhakkaa, haggu hoadhan vaane… danish and ifff v gulheynehen heevey .. hope emyhunge chemistry kuriah annaane kamah?
Rasil be a man. Do what ur heart says not ur brain!!! Atleast try to give her some care and attention
?
Maroon. So happy to see yuh hear. Dnt knw how to tell how happy i am actually. Hehe. Hurihaadhatheh eba feney. Maroon ge first comment dw mi. Hingaa balamaa vaa gotheh dw. Adhi hama baivaru kanthah eba huri kuri ah. Thankd my dear. Much more loves. ?????❤❤❤❤❤?????
Dhaanish amd zeesh *
when is the next part
Miadhu haveeru up kohla dheynan. In Sha Allah.
Hey sweet❤❤ ehkoh mi kiyaalee masha allah mi vaahakaves vvvvv reethi??????????? owh haadha dheraveyey rasil kanthah kuraagoi xaan nama nw hih falhaigen dhaane???????????? waiting next part????
Thanks xaaan. V ufaavehjje comment fenunima. Haadha dhuvaheh fahunney dw. Hehe. Thanks again. ?
Abadhu eyna meena. E zuvaana mi zuvaanan. V bornin ehnve. Haasarbai vx maa bodee. Sifa kurias bodu varu kanneyge. Aharen hithah araa. Ehen reader’s ah dhuvahaku vx story eh nukienee baava ey. Vvvv rythi v obi. Kiyaa comments kuraa iru. Aslu e gothah kanthah kuraathy kanneyge himi ge story thah ithurvi varakah huthur vani. Pis pis pis
Thanks jayaa. Thikan kamaa visnaanan kuri ah oi thaa. In Sha Allah. ?