Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 03

Ushaali Level 810 Stories100 Comments100 Stories500 Comments
March 21, 2018 9 Mins Read
23 Comments

އިމްތިހާންް ނިމި އޭގެ ނަތީޖާ އިޢުލާން ކުރި ދުވަސް އައިސް ބޯމަތިވީ އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނަތީޖާ ބަލާދިޔުމަށް ކޮޓަރީގައި ތައްޔާރުވާން ހުރި ރިމީޝާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ދިހަ އަހަރު ދުވަސް ވަންދެން އޭނާ ކުރި މަސައްކަތުގެ ނަތީޖާ އަދި ކިރިޔާ ލިބެން އުޅެނީއެވެ. ދެއަތް ދެއަތާއި ހާކަން ފެށި ފިނިވި ވަރުންނެވެ. ހާސްކަމާއެކު ކޮޓަރީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލުމަށް ފަހު ދެން ބަލާލަނީ ލައްޕާލާފައި ހުރި ކޮޓަރީ ދޮރާއި ދިމާލަށެވެ.

 

އިރުކޮޅެއްވީތަނާ ކޮޓަރީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޒޯހަލް އެވެ. ރިމީޝާ އާއި ހިލާފަށް ޒޯހަލްގެ މޫނުމަތިން ފެންނަނީ ވަރަށް ހަމަޖެހިލާފައި ހުންނަ ތަނެވެ.

“ފޫކޮޅަށް ކައްޓެއް ހެރިގެންތަ ތިއުޅެނީ” އެނދުގައި އިށީނދެލާފައި ތެދުވި ރިމީޝާ ފެނުމުން ހީލާފައި އެތެރެއަށް ވަދެގެން އައި ޒޯހަލް ބުނެލިއެވެ.

“ނޫނޭ… ވަރަށް ބިރުގަނޭ. ހިތަށް އަރާ ނަތީޖާ އަންނާނީ ކިހިނެއްބާއޭ…. އެގްޒާމްތައް ހެދުނު ގޮތާއި މެދު މިހާރު ޝައްކު އުފެދޭ ވަރަށް ނަތީޖާ އާއި މެދު އޭނާ އަށް ވިސްނެން ފަށައިފިއެވެ.

“އަހަރެންނަށް ހެޔޮ އެކައްޗަކުން ވެސް ފާސް ނުވިޔަސް. ކިޔަވާ ނިމިއްޖެއްނު. އެކަން ނުނިމިގެން މަ ކިހާ ހާލެއްގަ އުޅެފިން. ދެން މަންމަ ނުގޮވާނެއްނު އަބަދު ފޮތުގަ ހިފާށެކޭ… ބޮލަށް ފަސޭހައެއްނު” އެނދުގައި ހަމަޖެހިލަމުން ޒޯހަލް ވާހަކަދެއްކިއެވެ. ހާސްވެފައި ހުއްޓެއްކަމަކު ޒޯހަލްގެ ވާހަކަތަކުން ރިމީޝާ ކައިރިއަށް ހިނިއައެވެ.

 

ސްކޫލު އޮފީހުން ބޭރަށް ނިކުތް ދެއެކުވެރިން އެކަކު އަނެކަކު ގައިގާ އޮޅުލައިގަތީ ދެކުދިންނަށް ވެސް އުއްމީދު ނުކުރާ ނަތީޖާއެއް ލިބިފައި ވުމުންނެވެ. އެންމެ މާއްދާއެއް ފިޔަވާ ދެން ހުރި  ހުރިހާ މާއްދާއަކުން ‘އޭ’ ގްރޭޑް ރިމީޝާ ހާޞިލްކޮށްފައިވެއެވެ. އޭނާގެ ދެލޮލުން ކަރުނަ ފާއްދާލީ އެވާހަކަ މަންމަ އާއި ބައްޕަ އަށް ލިބޭ ހިނދު އެދެމަފިރިން ހިތްހަމަޖެހޭނެވަރު ހިތަށް އަރާފައެވެ.

“މަރުހަބާ ރިމީ….” ކައިރިން އަޅާފައި ދިޔަ އައްޔަދު ރިމީޝާ އާއި ކައިރިވެލާފައި ބުނެލިއެވެ. ހިތަށް ލިބިފައިވާ އުފަލެއްގެ ސަބަބުން ކުރިމަތިން ހުރަސްކޮށް އައްޔަދު ސްކޫލް އޮފީހަށް ވައިން އިރެއް ވެސް އޭނާއަކަށް ނޭނގެއެވެ.

“އަޔާ އަށް ވެސް” ރިމީޝާ އެހެން ބުނީ އައްޔަދު އަތުގައި އޮތް މާރކްސް ކަރުދާސް ފެންނަން އޮތުމުންނެވެ. އައްޔަދު ރިމީޝާއަށް މަރުހަބާ ކިޔާ އެކަކު އަނެކަކާއި ސަލާން ކުރުމަށްފަހު ސްކޫލުން ނިކުންނަން ހިނގައިގަތީ މާ މޮޅަށް ނޫނަސް ހުރިހާ މާއްދާއަކުން ފާސްވެފައިވާ ޒޯހަލް އަށް ވެސް މަރުހަބާ ކިޔަމުންނެވެ.

 

ގެއަށް ވަދެވުމާއެކު ރިމީޝާ އަށް ބަދިގޭގައި އުޅުނު އަލްވީރާގެ މެދުހަށީގައި ބައްދައިގަނެވުނެވެ. މާތްﷲ ގެ ކިބަފުޅަށް ޝުކުރުކުރެވުނެވެ. ދެލޮލުން ފާއްދާލި ކަރުނަތިކި އަލްވީރާ ލޯތްބާއެކު ފޮހެލިއެވެ. ދަރިފުޅުގެ ނިތުގައި ބޮސްދެވުނު އިރު ހަމަ ރަނގަޅަށް ވެސް އަލްވީރާ އަށް ވަނީ ރޮވިފައެވެ. ވަގުތުން ހުރި ތަނަށް ސަޖިދައެއް ޖެހިއެވެ.

“މަންމަ މިއަދު ވަރަށް އުފާވެއްޖެ. ދަރިފުޅާ މެދު މަންމަ ފަހްރުވެރިވަން. ތިފަދަ އަންހެންދަރިއަކު ކޮންމެ މަޔަކު ވެސް ބޭނުންވާނެ. ދަރިފުޅު މިއަދު މަންމަ ވަރަށް ހިތްހަމަޖައްސާދީފި. ދެން މަންމަ އެންމެ އުފާވާނީ އިއްފަތްތެރިކަމާއި ، އަމާނާތްތެރިކަމާއެކު ފިރިހެނެއްގެ އަތަށް ދަރިފުޅު ދޫކޮށްލާ ދުވަހުން” ޖަޒުބާތުގައި ޖެހި އަލްވީރާ ދައްކަންފެށި ވާހަތަކުން ރިމީޝާ އަށް ކޮންމެސް ވަރެއްގެ ހިތްނުތަނަވަސް ކަމެއް ގެނުވިއެވެ. މާޒީގެ ތެރޭން ދުވަހެއް އޭނާގެ ސިކުނޑީގެ ކަނެއްގައި ކޮށްޓާލިތަނާ ވަދެގެން އައި ނަޒީމް ފެނި ހުރިހާ އެއްޗެއް މަތިން ހަނދާންނެތުނު ކަހަލައެވެ. ދުވެފައި ގޮސް ނަޒީމް ގެ ގައިގާ ބައްދައިގަތެވެ. ކަރުނަތަކާއި އެކު ކޮލު ދަތް ވެސް ފެންނަ ވަރަށް ހީލައިގެން ހުރި ނަޒީމް މިވަގުތު ރިމީޝާ ދުރުކޮށްލާކަށް ނޫޅުނެވެ. އަލްވީރާ ފަދައިން ރިމީޝާގެ ނިތުގައި ބޮސްދީ ހޯދި ކާމިޔާބީ އަށް މަރުހަބާ ކިޔެވެ.

“ބުރަ މަސައްކަތުގެ އަގަކީ ފުރިހަމަ ކާމިޔާބީ… އެކަން ތިދެމައިން ތަފާތު ދެހާލަތެއްގަ ތި ސާބިތު ކޮށްދިނީ… ދަރިފުޅު ބޭނުން ކޮންމެ އެއްޗަކަށް ބައްޕަގެ ފަރާތުން އެދެވިދާނެ” ރިމީޝާ އަށް ބަލާލަމުން ނަޒީމް ބުނެލިއެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި ނާއިން އަތުގައި ހުރި ބޮޑު ރަތް ކޮތަޅު ކާމޭޒު މަތީގައި ބެހެއްޓިއެވެ.

“މިރޭ މީ ދަރިފުޅުގެ ރޭ. ކްލާސް ހުރިހާ ކުދިންނަށް ދަޢުވަތު ދީ. ޕާރޓީ އަށް ބޭނުންވާނެ ހުރިހާ އެއްޗެއް ބައްޕަ ހޯދަދޭނަން” ނާއިން ގެނައި ކޮތަޅުގައި ހުރި ކޯކް ، ފެންޓާ އަދި ޗެރީ ބޮޑެތި ފުޅިތައް ދައްކާލަމުން ނަޒީމް ބުނެލިއެވެ. ރިމީޝާ އޭނާގެ ދެލޯ ކައިރިން ފައުޅުވާން ހުރި ކަރުނަތައް ފޮހެލުމަށްފަހު ނާއިން އަށް ބަލާލީ އެނަތީޖާގެ ވާހަކަ ދައްކާހިތްވިލެއް ބޮޑުކަމުންނެވެ.

“އޯކޭ އޯކޭ ނުބުންޏަސް. މީގެ ދެތިން ދުވަސް ކުރިން މިނިސްޓަރ ފޯނުކޮށްފަ ބުނި ދޮންތަގެ ނަތީޖާ” ސީރިއަސްވެލާފައި ނާއިން ބުނެލި ޖުމްލަ އިން ދުރުގައި އުފަލުން ރޮވިފައި ތިބި އަލްވީރާ  ، ނަޒީމް ގެ އތުރުން ރިމީޝާ އަށް ވެސް ކަރުނައިގެ ތެރޭން ހިނިތުންވެވުނެވެ.

 

 

ރޭގަނޑު އަށެއް ޖެހުމާއެކު އައްސޭރިއާބާދުގޭ ފެށިގެން ދިޔަ ޕާރޓީއަށް ބައެއް ޓީޗަރުންނާއި ރިމީޝާ އާއި އެކުގައި ކިޔެވި ކުދިންތަކުގެ ތެރެއިން އެވަގުތު ރަށުގައި ތިބި ކުއްޖެއްފަހުން އައިސް ރިމީޝާ އަށް މަރުހަބާ ކިޔަމުން ދިޔައެވެ. މާގިނަ ބާވަތްތަކުގެ ކާއެއްޗެހި ހަދާފައި ނެތަސް އަލްވީރާ އާއި ނަޒީމްގެ ފެންވަރުން ނޫޑްލްސް ގަނޑަކާއި އެކު ފްރައިޑް ރައިސް ހަދާފައި ހުއްޓެވެ. ހިކިކޮށް ކުކުޅު ހަދާފައި ހުރި އިރު ޕިރިނީ ތައްޔާރުކޮށްދިނީ ޒޯހަލްގެ މަންމަ ސައީދާއެވެ.

ޒޯހަލް އާއި އެކީގައި ވަކިން މޭޒެއްގައި ރިމީޝާ އިންއިރު އޭނާގެ ދެލޯ ހޯދަމުން އެދަނީ އޭނާގެ ހިތުގެވެރިޔާގެ ސޫރަ އެގޭ ދޮރާށިން ދައްކާލާނެ އިރަކަށެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއިރު ރޭގަނޑު ނުވައެއްޖަހާ ބޮޑުވީއެވެ. އައްޔަދު ނުފެނުނުތާ އޭނާގެ ހިޔަނި ފަދައިން އެންމެ ކައިރީގައި އުޅޭ ސައުދު ވެސް ޕާރޓީ ތެރެއަކުން ނުފެނެއެވެ. ދެތިންފަހަރަކު އައްޔަދުގެ ފޯނަށް ވެސް ގުޅާލައިފިއެވެ. ނިއްވާލާފަ ކަމަށް ޖަވާބު ތަކުރާުކޮށް ލިބެމުން ދިޔައެވެ. ސައުދުގެ ފޯނު ރިންގުވިިޔަސް ޖަވާބެއް ނުދެއެވެ. ރިމީޝާ ކަންބޮޑުވެގެން ދެކޮޅަށް ހިނގަންފެށިއެވެ. ފާޅުގައި އަޙްޔަދާއި ވާހަކަދައްކާލާ ހިތުން އޭނާގެ ހިތް ތެޅިފޮޅޭ ވަރެއް ހަމަ އަޙްޔަދަށް ނުވިސްނެނީހޭ ހިތަށް އަރަމުން ދިޔައެވެ.

“ރިމީ… ހާސްނުވެބަލަ. އަޔާ އަދި މިރޭ މީޓްކުރާނެ. ވެދާނެއްނު ބިޒީ ކަމުން ނާދެވުނީކަމަށް. ބުނީމެއްނު އޭނަގެ ކޮއްކޮ ޝަނުމް ބަލިކަމުން މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް ވާހަކަ. އެތަނުގަ ކަންނޭނގެ އެއިނީ” ދެކޮޅަށް ހިނގަމުންދިޔަ ރިމީޝާގެ އަތުގައި ހިފާ ކުރިން އިން ގޮނޑީގައި ބައިންދަމުން ޒޯހަލް ބުނެލިއެވެ.

“ބަލާބާ…. ރިޔާސަރ ކައިރީގައި އެހުރި ކުއްޖާ ހާދަ ވަރަކަށޭ ރިމީ އަށް އެބަލަނީ. ދަންނަންތަ އެކުއްޖާ. މަ އަދި އަލަށް މިދެކުނީ. މިރަށު ކުއްޖެއް ނޫން ކަންނޭނގެ. ބަލާބެލުމަށް ޕޮލިހަކާއި ނޫނީ އެމް.އެން.ޑީ.އެފް މިހަކާއި ވައްތަރީ ދޯ”  ދުރުގައި ރިމީޝާ މެންނަށް ބަލަން ހުރި ޒުވާނެއް ދައްކާލަމުން ޒޯހަލް ބުނެލިއެވެ. ހިނދުކޮޅަކަށް ރިމީޝާގެ ނަޒަރު އެޒުވާނާ އަށް ހުއްޓުނެވެ. ބަލާބެލުމަށް ވިހި އަހަރުކަމަށް ލަފާކުރެވޭ އެޒުވާނާ ރިމީޝާ ބަލާލުމާއެކު ހިނިތުންވެލިއެވެ. ރިމީޝާ އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލާލިއެވެ.

“ރީތިދޯ. އެހާ ރީތި މީހުން އުޅޭނީ މާލޭގަ. ރިމީ ހާދަ ނަސީބު ރަނގަޅޭ”  ޒޯހަލް މަޑުމަޑުން ރިމީޝާގެ ކަންފަތްކައިރީގައި ކިޔަމުން ދިޔައެވެ.

“ކިހިނެއް އެނގެނީ އޭނަ އެބަލަނީ ޒޯ އަށް ނޫންކަމެއް ވެސް. އެހެންނޫނަސް އެއީ އަހަރެންގެ ޓައިޕެއް ނޫން” ފޫހިގޮތަކަށް ރިމީޝާ ބުނެލިއެވެ. އޭރުވެސް އޭނާގެ ދެލޯ އަމާޒުވެފައި ހުރީ މީހުން ވަދެ ނިކުންނަމުން ދިޔަ ގޭ ދޮރާއްޓަށެވެ.

“މަށަށް ބަލާނެތަ މީހަކު. ކަޅު ފަލަ ގެރިއެއްހެން ވިއްޔާ މަހުންނަނީ” ޒޯހަލް އެހެން ބުނުމުން ރިމީޝާ ޒޯހަލްގެ އަތްމަތީގައި ބާރަކަށް ޖަހާލިއެވެ.

“ދެން ހެޔޮ. ވެދާނެއްނު އޭނައަކީ ގެރިއަށް ލޯބިކުރާ މީހެއް ކަމަށް ވެސް” ރިމީޝާ ދޮރާށިން ނަޒަރު ވަކިކޮށްނުލާ އިނދެ ބުނެލިއެވެ.

ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ކުރިމަތީގައި އައިސް ހުއްޓުނު ސައުދު ފެނި ޒޯހަލް އާއި ރިމީޝާ އަށް އެކީގައި ކޮޅަށް ތެދުވެވުނެވެ.

“ކޮބާ އަޔާ؟؟” ސުވާލުކުރީ ރިމީޝާ އެވެ. ސުވާލަށް ޖަވާބު ދިނުމެއްނެތި ސައުދު ދެފަރާތް ބަލާލުމަށްފަހު ރިމީޝާގެ އަތަށް ލައިދިނީ ފަތްޖަހާފައިވާ ކަރުދާސް ގަނޑެކެވެ. ރިމީޝާ އާއި ޒޯހަލް އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނުއިރު އަނގައިން ބަހެއް ވެސް ނުބުނެ ސައުދު އެތަނުން ހިނގައްޖެއެވެ. ރިމީޝާގެ ހިތުގައި އެތައް ސުވާލުތަކެއް ފުނި ޖެހެމުން ދިޔައެއް ކަމަކު އޭނާ މަޑުކުރީ ޕާރޓީ ނިމި ނިދަން ކޮޓަރިއަށް ވަދެ އެގަނޑުގައިވާ އެއްޗެއް ބެލުމަށެވެ. ޔަގީންވާ ކަމަކީ އެއީ އައްޔަދު އޭނާ އަށް ރައްދުކުރަން ސައުދުގެ ހަވާލުގައި ފޮނުވި އެއްޗެއް ކަމެވެ. ނޭނގޭ ކަމަކީ އޭގައިވަނީ ކޯޗެއްކަމެވެ. ލައިގެން ހުރި ޖންސުގެ ޖީބަށް ފަތްޖަހާފައިވާ އެގަނޑު ކޮށްޕާލަމުން ކައިރީގައި ހުރި ޒޯހަލް އަށް ހިނިތުންވުމެއް ދިން އިރު ވެސް ރިމީޝާގެ ހިތުގައި ވަނީ ގޮތް ނޭނގޭ އެތައް ސުވާލުތަކަކުން ފުރި ބާރުވެފައެވެ.

 

ދެހަފްތާ ފަހެވެ. ސިއްހީމަރުކަޒް ބޭރުގައި ހުރި ނަޒީމް ފޯނުން ވާހަކަދައްކަން ހުރެ ކޯލް ކުރުކޮށްލީ ދުރުން އަންނަ ނާއިން ފެނިފައެވެ. މަރުކަޒާއި މާދުރުނޫން ހިސާބެއްގައި ހުރެ ކުރިއަށް ހިނގަމުން އައި ނާއިން އާއި ދިމާލަށް ނަޒީމް ހިނގަންފެށީ ނާއިން ހިނގާވަރު ލަސްވާހެން ހީވާން ފެށުމުންނެވެ. އަވަސް އަވަހަށް ނާއިން އަތުގައި އޮތް ދެ ކުރުނބާ ލާފައި އޮތް ކޮތަޅު ހިފައިގެން ބާރު ހިނގުމުގައި އަލުން މަރުކަޒަށް ގޮސް ވަނެވެ.

ފާހާނާ އިން ނިކުތް އަލްވީރާ އަތުން އިޝާރާތްކޮށް ބަސް ނުކިޔުމަށް ނަޒީމް ކައިރީގައި ބުނުމަށްފަހު ނަޒީމްގެ އަތުގައި ހިފާލައިގެން ވޯޑުން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

“މިއަންނަނީ. މިކުރުނބާ އެތާ ބަހައްޓާފައި” ވައި އަޑުން ނަޒީމް އަލްވީރާ ކައިރީގައި ބުނެލިއެވެ.

ދެމަފިރިން އެކީގައި ބޭރަށް ނިކުމެ ވޯޑު ފެންނާނެހެން ބޭރުގައި ހުރި ގޮނޑިބަރީގައި އިށީނދެލިއެވެ. އެވަގުތު އަލްވީރާގެ މޫނުމަތި މަލެއްހެން މިލާ މޯޅިވެގެން ދިޔަތަން ނަޒީމް އަށް ފެނުނެވެ. ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރި ނާއިން އަށް ހާސްކަމާއި ކަންބޮޑުވުމުގައި މަންމަ އާއި ބައްޕަ ތިބިތަން ފެނުމުން އަވަހަށް އެދިމާލަށް އައިސް ނަޒީމް އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“މިހާރު ހުން ވިހެލައިފި. އެކަމަކު އަދިވެސް ބޭރަށް ހިންގާފައި ހޮޑުލާ. ގޭހުގެ ކަންތައް ވެސް މާ ބޮޑީ ރިމީގެ. މި ވޭތުވެދިޔަ ދެހަފްތާ ތެރޭގައި އެކުއްޖާ އަށް އެއައި ބަދަލެއް ހެއްދެވި ފަރާތް ދެނެވޮޮޑިގެންވަނީ” އަލްވީރާ ދެރަވެފައި އޭނާގެ ހިތުގެ އުދާސްތައް ލޯބިވާ ފިރިމީހާ އާއި ފިރިހެން ދަރިފުޅުގެ ކުރިމަތީގައި ބޭރުކުރަމުން ދިޔައެވެ. ދަތްދޮޅީގައި އަތް ވިދެލައިގެން އިންއިރު އެހިތަށް ލައްކަ އަސަރުކޮށްފައިވާކަން މޫނު މައްޗަށް ބަލާލި ކޮންމެ މީހަކަށް ދޭހަވާނެއެވެ.

“މަށަށް ހީވަނީ އެއީ މިއުޅޭ ރޯގާހެން. މިހާރު މިތަން މިހާ މައިތިރިކޮށް އޮތަސް މިދޭތެރެން ހުރިހާ އެނދުތަކެއް ފުރިފައި ވެސް ހުރި. ރިމީ އާއި އެލައްވާލީ މި ރޯގާ ނިމޭ ކޮޅުން” ނަޒީމް އޭނާ އަށް ހީވާގޮތް ހާމަކޮށްލިއެވެ. ލޯބިވާ އަނބިމީހާ ހިތްހަމަޖައްސާ ދިނުމަށްޓަކައި އެތައް ގޮތަކަށް ވާހަކަދައްކަމުންދާ ނަޒީމްގެ ހިތަށް ވެސް ވަނީ ބަޔާންކުރަން ދަތި މާޔޫސްވެރި ކަމެއް ވެރިވެފައެވެ.

“ތިބުނާހެން ވެސް ވެދާނެ. އެކަމަކު އަހަރެންނަށް ހީވަނީ ތަންކޮޅެއް ރަނގަޅު ހޮސްޕިޓަލަކަށް ދާންވީ ކަންނޭނގެ. މިތަނަކީ ޓެސްޓެއް ވެސް ހެދޭ ތަނެއް ނޫން ވިއްޔާ” އަލްވީރާ ޝަކުވާ ކޮށްލިއެވެ. ނަޒީމް އަލްވީރާގެ ކޮނޑުގައި ފިރުމާލަމުން ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނެލިއެވެ. ދެމަފިރިން ވެސް އަނބުރާ ވޯޑަށް ވަންނަން ހިނގައިގަތީ އެނދުގައި އޮތް ރިމީޝާ އޮތް ފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލަމުން ކެއްސާލި އަޑު އިވުމުންނެވެ.

 

އިތުރަށް ތިން ދުވަހު އެޑްމިޓް ކޮށްފައި ބޭއްވުމަށްފަހު ރިމީޝާ ގެއަށް ދޫކޮށްލީ މަރުކަޒުން އޭނާ އަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ދިނުމަށްފަހުއެވެ. ބޭރަށް ހިންގުން މަނާވެފައި ވިޔަސް އަދިވެސް ހޮޑުލުން މަނާ ވެފައނުވާތީ ގެއިން އިތުރު ފަރުވާ ކުރުމަށްޓަކައެވެ. ނަމަވެސް އޭގެ ފަހުން އަދިވެސް މީހުންނާއި ވާހަކަދައްކާ މަޖާކޮށް ސަމާސާ ކުރާ ތަނެއް ރިމީޝާގެ ފަރާތުން ނުފެނެއެވެ. އަބަދުވެސް އެކަނި ތަންތަނުގައި އިންނަން ރިމީޝާ އާދަކޮށްފިއެވެ. ވިސްނުމާއި ފިކުރުތައް އޭނާގެ ހަފަރާތުން ވަނީ ވަށާލާފައެވެ. އެކުވެރިޔާ އަށް އެންމެ ބޭނުންވި ވަގުތުގައި ކައިރީގައި ނެތުމުން އެހިތާމަ ވެސް ރިމީޝާ އަށް އުނދަގުކުރަމުން ދިޔައެވެ. ޒޯހަލް އިތުރަށް ކިޔެވުމަށް މާލެ ބަދަލުވި ދުވަހު ރިމީޝާ އާއި ބައްދަލުކޮށްފައި އެތައް އިރަކު ރުޔެވެ. މިއަދު އޭނާގެ ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

އަށްއަހަރު ފަސް

ހަވީރުގެ ވަގުތެވެ. މާލޭގެ ހަލަބޮލި މަގުމަތިން ކޮތަޅުތަކެއް ހިފައިގެން ހިނގާފައި އަންނަ ރިމީޝާގެ އަތުގައި ހިފާލައިގެން ހަތަރު އަހަރަށްދާ ކުޑަ އަންހެންކުއްޖަކު ހުއްޓެވެ. ވަކި ހިސާބެއްގައި ހުއްޓި ހުރުމަށްފަހު ރިމީޝާ ކޮތަޅުތައް އަނެއް އަތަށް ބަދަލުކޮށްލިއެވެ. އަނެއް އަތުން ކައިރީގައި ހުރި މިޝްކުގެ އަތުގައި ހިފާލާފައި ދުރަށް ބަލާލަމުން ހިނިތުންވެލީ ސައިކަލުގައި އަންނަ ޒުވާނާ ފެނިފައެވެ.

“އެ އަންނަނީ ބައްޕި” މިޝްކު އިނގިލި ދިއްކޮލީ އެމީހުން ކައިރީގައި އައިސް މަޑުކޮށްލި ސައިކަލުގައި އިން ޒުވާނާ އަށެވެ.

“މިޝްކޮ ދޭ ބައްޕި އާއެކު. މަންމި ދާނަން ޒޯދައްތަ ގެއަށް ވަދެލާފަ” ރިމީޝާމެންނާއި ދާދި ކައިރީގައި އައިސް މަޑުކޮށްލި ސައިކަލުގައި އިން ޝިނާން ހީލުމަށްފަހު މިޝްކު އުރާލިއެވެ. އެއަށްފަހު ޝިނާން ޝީޓްގެ ތަންކޮޅެއް ފަހަތަށް ޖެހިލުމަށްފަހު މިޝްކު ބޭންދިއެވެ.

“ރިމީ އަންނާނަންތަ؟ ލޮލުގައި އިން އަވި އައިނު ނަގަމުން ޝިނާން ރިމީޝާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“ހޫމް… ވަރަށް އަވަހަށް…. މަންމި ދަންދެން ދަރިފުޅު ބަސްއަހައިގެން ބައްޕި ކައިރީގައި ހުންނައްޗެ. މަންމި ދާނީ ޕޮޕްކޯން ހިފައިގެން” މިޝްކު އާއި ސަމާސަ ކޮށްލަމުން ކުޑަކުއްޖެއްގެ އަޑުން ވާހަކަދައްކާލަމުން ރިމީޝާ ބުނެލިއެވެ. އަދި ކުޑަކޮށް ތިރިވެލާ މިޝްކުގެ މަޑުމަޑު ކޮލަށް ބޮސްދިނެވެ. އިސްއުފުލާލަމުން ޝިނާން އަށް  ވެސް އަތުން ބާއި ކިޔާލިއެވެ. ސައިކަލު ކުރިއަށް ދުއްވާލި މަންޒަރު ބަލަން އިރުކޮޅަކު ރިމީޝާ ހުރުމަށްފަހު މަގުގެ އެއްފަރާތުން މަޑުމަޑުން ހިނގާފައި ކުރިއަށް ދިޔައެވެ.

“އާނ މަންމާ… ނާއި އާއި ބައްޕަ އަށް ސަލާން ބުނައްޗެ. ހޫމް… ބުނާނަން. މިޝްކޮ އާއި ޝިނާން ގެ ވެސް ސަލާން” ރިމީޝާ ފޯނު ކުރުކޮށްލަމުން މޭޒުމަތީގައި ހުރި ކޮފީތަށި ހިފައިގެން ސިޓިންގރޫމުން ނިކުމެވެން ހުންނަ ބެލްކަންޏަށް ނިކުމެލިއެވެ. ލެޕްޓޮޕް ހިފައިގެން އަމިއްލަ މަސައްކަތެއްގައި އިން ޝިނާން އަށް ކައިރީގައި އައިސް ހުއްޓުނު ރިމީޝާ ފެނުމުން ލެޕްޓޮޕް ދުރުގައި ބެހެއްޓިއެވެ. އަދި ރިމީޝާ ދިއްކޮށްލި ކޮފީތަށީގައި ހިފާ ކައިރީގައި ހުރި ގޮނޑި ދައްކާލަމުން ރިމީޝާ ކައިރީގައި އިށީންނަން ބުނެލިއެވެ.

“މިޝްކޮ ނިދީތަ؟” ޝިނާން ކޯވަރެއް ބޯލަމުން އަހާލިއެވެ.

“އާނ… މިހާރު އަބަދު ބޮޑާހާކަނީ. ކުޅެން ބޭނުންވަނީޔޯ… އެކަމަކު މިޝްކޮ ދުވެލާއިރަށް ވަރުބަލި ވަނީޔޯ… ވަރަށް މަސައްކަތުން ހިތްހަމަޖައްސާދީފަ ނިންދަވާފައި މިނިކުތީ” ކުރިމަތީގައި ހުރި ކުޑަކުޑަ ހާފް މޭޒުމަތީގައި ހުސްތަށި ބަހައްޓަމުން ރިމީޝާ ބުނެލިއެވެ. ޝިނާން ފުން ނޭވައެއް ލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލިއެވެ. ކޮންމެސް ކަމަކާއި ފިކުރުކުރާކަން އެމޫނުމަތި ބަލާލައިފިއްޔާ ވަރަށް ރަނގަޅަށް އެނގޭނެއެވެ. ކުއްލިއަކަށް ޝިނާން ސިހުނީ ފިނި އަތްތިލައަކުން އޭނާގެ އަތުގައި ހިފާލުމުންނެވެ. އެހިނދު ސިހިފައި ކުރިމަތީގައި އިން ރިމީޝާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“ދެރަނުވޭ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. އަހަރެމެންގެ މިޝްކޮ އަށް ރަނގަޅު މުސްތަގުބަލެއް ފެންނާނެ. ﷲ އަހަރެމެންގެ މިޝްކޮގެ އުމުރުގައި ބަރަކާތްލައްވާ އުމުރު ދިގުކުރައްވާނެ” ޝިނާން އަތް އަޅާލީ ރިމީޝާގެ އަތް މަތީގައެވެ. ހީލަމުން ރިމީޝާ ޝިނާންގެ އަތްދަށުން އޭނާގެ އަތް މަޑުމަޑުން ދަމައިގަތެވެ.

“އެވާހަކަ ބާއްވަމާ… މިގޭ އަސްލުވެރިން އެބަ އާދޭ… މިބުނީ އަހަރެންގެ ބޮޑުބޭބެގެ ދެދަރިން. ބޮޮޑުބޭބެގެ ދެމަފިރިން ދުނިޔޭގައި ނެތަސް އެދެކުދިން އެބައުޅޭ. އެމީހުން ބޭރުގައި އުޅޭތާ މިހާރު އެވީ އަށްއަހަރު. އެމީހުންގެ ވާހަކަ ކުރިން ނުބުނެވޭ ދޯ ރިމީ ކައިރީގަ” ޝިނާން ދެއްކި ވާހަކަތައް ޝައުގުވެރިކަމާއެކު އަޑު އަހަން އިން ރިމީޝާ މަޑުމަޑުން ކޮފީ ބޮމުން ދިޔައެވެ.

“ދެން ކިހިނެއް ހަދާނީ؟ މިބައިން އަހަރެމެން ނިކުންނަން ޖެހޭނެތަ؟” ކަންބޮޑުވެފައި ރިމީޝާ އަހާލިއެވެ.

“ނޮޕް. މި ބައިގަ އަހަރެން އުޅޭތާ މިހާރު ކިހާ ދުވަހެއްމިވީ. މި ބަޔާއި އަހަރެންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ހަނދާނަކާއި ވަނީ ގުޅިފައި. މިތަން ދޫކޮށްލަން އަހަރެންނަށް ވަރަށް އުނދަގުވާނެ” ހިޔާލަކަށް ގެއްލިފައި އިންނަ  ކަހަލަ ގޮތަކަށް އެއްދިމާލަކަށް ބަލަން އިނދެ ޝިނާން ބުނެލިއެވެ.

“ޝިނާން މަންމަ އާއި ދައްތަމެން އެތިބެނީ އިންޑިޔާގަ. ކީއްވެ އެމީހުން ކައިރީގައި ދިރިއުޅެން ދެކޮޅު ތިހަދަނީ. އެތަނުގައި ހުރީމަ މިޝްކު އަށް ވެސް ރަނގަޅު ބޭސްފަރުވާއެއް ލިބޭނެއްނު. އަހަރެން ނޫޅެމޭ ނުދާކަށް. އެންމެފުރަތަމަ ދުވަހު ވެސް ބުނިން ދޯ ދާނަމޭ” ހުސް ޖޯޑު މޭޒުމަތީގައި ބަހައްޓަމުން ރިމީޝާ އަހާލިއެވެ.

“ރިމީ ދެކެ ލޯބިވާތީ. މިޝްކޮގެ ބައްޔަށް ފަރުވާ އެބަކުރެވޭ މިތަނުން ވެސް. ބޭރުގައި ހުރިއްޔާ އެކަމަށް ވެސް ފާޑަކަށް ހުރަސްއެޅޭނީ. އެހެންނޫނަސް ރިމީ އަށް އެނގެއެއްނު އަހަރެންގެ ދޮންތަ އާއި ތުއްތަ އަދި މަންމަ ރިމީ އާއި ގަޔާނުވާކަން. އެމީހުންގެ ތެރެއަށް ރިމީ ގެންގޮސް ގިނަކުރާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ރިމީ ދެކެ ވަރަށް ލޯބިވޭ. ދުވަހަކު ވެސް ތިސޫރަ ލޯމަތިން ގެއްލޭކަށް ނޭދެން” ޝިނާންގެ ވާހަކަތަކުން ރިމީޝާގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ޝިނާން އަށް ބަލާލަމުން ހިނިތުންވެލީ ދެން އެމައުލޫ އަށް ވާހަކަދައްކަން ބޭނުންނުވުމުންނެވެ.

 

ހޮސްޕިޓަލުން މިޝްކު ދޫކޮށްލުމާއެކު ރިމީޝާ އާއި އެކު މިޝްކު ޓެކްސީ އަކަށް ލުމަށްފަހު އޭޓީއެމް އިން ލާރި ނަގައިގެން ގެއަށް ދާނަމޭ ބުނެ ޝިނާން އެމީހުން ގެއަށް ފޮނުވާލިއެވެ. ވަރުބަލިވާކަމަށް ބުނެ ރިމީޝާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް މިޝްކު ނިދިން ދެލޯ މެރެމުން ދިޔައެވެ. އެޕާރޓްމަންޓަށް ވަނުމަށްފަހު މިޝްކު އޭނާގެ އެނދުގައި ބާއްވާލުމަށްފަހު ރިމީޝާ ވަނީ ފާހާނާއަށެވެ. މެންދުރު ނަމާދުގެ ވަގުތު ފާއިތުވެދާނެ ކަމުގެ ބިރު ހިތުގައި އޮތްލެއް ބޮޑުކަމުން ހެދުން ވެސް ބަދަލުނުކޮށް އެންމެ ފުރަތަމަ އިސްކަމެއް ދިނީ ނަމާދު ކޮށްލުމަށެވެ.

މިޝްކު ހޭލަންވާއިރަށް އެކުއްޖާ އަށް މަޑު ބަތްކޮޅެއް ކައްކާލުމަށް ރިމީޝާ ބަދިގެއަށް ވަނެވެ. ކެއްކުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއަށް މީހަކު ވަން އަޑު އިވުނެވެ. އެއްޗެއް ނުބުނެ ކުރަންހުރި މަސައްކަތާއިގެން ކުރިއަށް ދިޔައީ ގެއަށް އެއައީ ޝިނާން ކަން އެނގޭތީއެވެ. އެހެނީ އެގެއަކީ އެއްވެސް އިރެއްގައި މާގިނައިން މީހުން ވަދެ ނިކުމެ އުޅޭ ގެއެއް ނޫނެވެ.

“ކާންހަދަންވީ ދޯ” ވަރުބަލިކަމާއެކު ކާމޭޒު ކައިރީގައި އައިސް އިށިން ޝިނާން އަށް ބަލާލަމުން ރިމީޝާ ބުނެލިއެވެ. މެންދުރުގެ ގަދަ އަވީގައި ސައިކަލުގައި ދުއްވާފައި އައި އިރުވެސް ޝިނާން ލައިގެން ހުރި މަޑު އަޅި ކުލައިގެ އަތްދިގު ގަމީހުގެ ބުރަކަށިން ވަނީ ވަރަށް ބޮޑަށް ތެމިފައެވެ. ގަމީސް ބާލާފައި ސޯފާގެ ލެގޭ ބައިގާ އަޅުވާލަމުން ޝިނާން މިސްރާބު ޖެހީ ކާބަޔާއި ދިމާލަށެވެ. ޝިނާން ކާން ފަށަމުން ފުރިޖު ކައިރީގައި ހުރި ރިމީޝާ އަށް ގޮވާލިއެވެ.

“ވަރަށް މީރު. މިޝްކޮ އަށް ކޯޗެއް ހަދާލީ” ކުރިމަތީގައި ހުރި ގޮނޑީގައި އިށީން ރިމީޝާ އަށް ބަލާލަމުން ޝިނާން ބުނެލިއެވެ.

“މިޝްކޮ އަށް ވަރަށް މަޑުކޮށް ކުޑަ ބަތްކޮޅެއް ކައްކާފައި ހުންނާނީ. ދެން ގަރުދިޔަ ކޮޅަކާއި އެކު ހަމައެކަނި ފެނު މަޑުކޮށްލާފައި އިން ކުކުޅު މަސްކޮޅު ދޭނީ… މިހާރު ވަރަށް މީރުކޮށް މިޝްކޮ ކާނެ އެ” ހީލުމަކާއެކު ރިމީޝާ އޮޅުންފިލުވާ ދިނެވެ. އަދި އައިސް އަލަމާރިން ނެގި އަނބުޖޫސް ފުޅި ކުޑަކޮށް ތަޅުވާލުމަށްފަހު ބިއްްލޫރި ތައްޓަކަށް އަޅާ ކާން އިން ޝިނާން އާއި ގާތްކޮށްލިއެވެ.

“އަހަރެން ވަރަށް އުފާވޭ ރިމީ ކަހަލަ މަންމައެއް މިޝްކޮއަށް ލިބުނީމަ. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިހާ ރަނގަޅު މަންމައަކަށް ވީތީ” ހަޤީޤަތުގައި ޝިނާން ބޭނުންވީ ކޮންމެސް ވާހަކައެއް ދައްކައިގެން ރިމީޝާގެ ސަމާލުކަން ހޯދާށެވެ.

“ޝުކުރުއަދާކުރާވަރުގެ ކޮން ބޮޑު ކަމެއް އަހަރެން ކުރީ. މިޝްކު އެއީ އަހަރެންގެވެސް ދަރިއެއް. އެހެންވެދޯ މިޝްކޮ މަށަށް މަންމަ އެކިޔަނީ. ޝުކުރު އަދާކުރަންވީ އަސްލު އަހަރެން. އަހަރެން މީހެއްގެ އެހީތެރިކަމަށް އެންމެ ބޭނުންވެފައިވި ދަނޑިވަޅުގައި މިއަތުގައި ހިފީ ޝިނާން އެއްނު. އެހެންވީމަ އަހަރެން ބުނާނީ ޝުކުރިއްޔާއޭ…..” މަޑުމަޑުން ރިމީޝާ ބުނެލިއެވެ. ޝިނާން ހީލަމުން ގޮނޑިން ތެދުވެ ޒިންކު ކައިރިއަށް ގޮސް ރަނގަޅަށް އަތް ދޮވެލިއެވެ. އަލުން އައިސް ކުރިން އިން ތަނުގައި އިށީނީ ރިމީޝާ ތަށިތައް ނަގަނިކޮށެވެ.

“އަހަރެން ރިމީ އަށް އެކަން ކޮށްދިނީ ކީއްވެކަން އެނގެއެއްނު. ރިމީ އަޑުއަހަން ބޭނުން ނުވިޔަސް އަދިވެސް ބުނެފާނަން. އަހަރެން ރިމީ ދެކެ ވަރަށް ލޯބިވޭ. އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް ލޯބިވޭ. އެންމެފުރަތަމަ އެރޭ ޕާރޓީގަ ރިމީ ފެނުނުފަހުން ތިނޫން ސޫރައެއް ހިތުގައި ނުވޭ. ދުވަހެއް ދުވަހަކަށް ދަނީ ލޯބި އިތުރުވަމުން. ދުވަހަކު ވެސް އަހަރެންގެ ހަޔާތާއި ރިމީ ދުރުކޮށްނުލާނަން. އެކަމަކު ރިމީ ބޭނުންވެގެން ދާން އެދެފިނަމަ އަހަރެން ނުހުއްޓުވާނަން……” ޝިނާން ގެ ނަޒަރު ސީދާވެފައިވަނީ ކުރިމަތީގައި އިސްޖަހާލައިގެން ހުރި ރިމީޝާ އަށެވެ. އެހިތުގައި ރިމީޝާއަށްޓަކައި ލޯބި އުފެދިފައިވަނީ ރިމީޝާ ހިތަށް އަރާވަރަށް ވުރެ ވެސް ބޮޑަށެވެ. ބައެއް ފަހަރު އެކަން ރިމީޝާއަށް އެނގޭނެ ނަމައޭ ޝިނާންގެ ހިތަށް އަރައެވެ. ހިތް އިރާލާފައި ދެއްކޭނެ ނަމަ މިހާރު އޭނާ އެކަން ވެސް ކޮށްފީހެވެ.

“ޕްލީޒް… ދެން ހުއްޓާލާ… ކޮންމެ ދުވަހަކު އަހަރެންނަށް ހަނދާންކޮށް ނުދިނަސް އަބަދުވެސް ހަނދާންކުރާނަން ޝިނާން އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް” ޖުމްލައިގެ ފަހު ބައިތައް ކިޔާލިއިރު ރިމީޝާގެ ދެލޯ ފެންކަޅިވިއެވެ. ހަނދާންކުރަން ބޭނުންނުވާ ދުވަސްތަކެއް ހަނދާންވީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ބޭނުންވަނީ ޔާރާ… (މަލާކް، ސިއްރު ސިއްރުން ހިތޭ އަދި ނޭންގިހިތޭ ގެންދެވީމަ މިތުރާގެ ތެރެއިން..)

Next

ޝީން(އެކާވީސްވަނަ ބައި)

Next
March 21, 2018

ޝީން(އެކާވީސްވަނަ ބައި)

Previews
March 20, 2018

ބޭނުންވަނީ ޔާރާ… (މަލާކް، ސިއްރު ސިއްރުން ހިތޭ އަދި ނޭންގިހިތޭ ގެންދެވީމަ މިތުރާގެ ތެރެއިން..)

23 Comments!

  1. Ushaali says:
    March 21, 2018 at 9:57 am

    salaam!!! maadhama mi bai nugenes dhevidhaanethyve miadhu up kolla dhinee mi. heekuran mi bai ves huriha kiyuntherinnah kamudhaane kamah. 🙂 🙂
    huriha kiyuntherinnah ves varah baajjaveri dhuvahakah edhen 🙂 🙂

  2. Shann says:
    March 21, 2018 at 10:30 am

    V rythi mibaives… Enme fahun story serious vaan feshy dhw… V rythi mibaives… Mihaaru beynunvany hama rimeeshaa ge life ah shinaan ai gotheh rangalhah balailan… V kiyaahithun mi kiyaaly mibaives…????

    1. Shann says:
      March 21, 2018 at 10:31 am

      Miyadhu first dhw… Yeyyyyy

    2. Ushaali says:
      March 21, 2018 at 10:34 am

      rimy ge life ah shinan ai goi varah thafseelu koh engeyne adhi. ekamu vahaka nimen kairi v ma ebai thah annaany…. and thankyou shann 🙂

  3. axoo says:
    March 21, 2018 at 11:29 am

    varah reethi mibaives

    1. Ushaali says:
      March 21, 2018 at 2:48 pm

      Thankyu axoo ❤

  4. Fai says:
    March 21, 2018 at 12:05 pm

    Al hey kobaa rimy ge loabiveriyaa next part ah intizaarukuran
    Rimy so sad
    Vaahaka v salhi
    Ushaali u are the best writer ????

    1. Ushaali says:
      March 21, 2018 at 2:48 pm

      Thanyubso much Fai ???

  5. lotus says:
    March 21, 2018 at 12:33 pm

    Oh.. kihineh mi v? I knew that the boy will leave the girl but this is unexpected.. but v reethi.. v balaalan beynun dhen vaa gothh. Plx avaha up kolladhechey nxt part

    1. Ushaali says:
      March 21, 2018 at 2:47 pm

      Friday r hama ah madukollaa lotus ?
      Vahaka dhn annaany reethi vamun ❤

  6. Lana❤ says:
    March 21, 2018 at 12:38 pm

    Wow mihaar v reethi vehjje ayaa dhin note ga oi ehcheh ngeynee kn irakun

    1. Ushaali says:
      March 21, 2018 at 2:43 pm

      Ayaa dhin note ga inee keekey kan kuriah huri bai thakun engigen dhaane. And thanks Lana❤

  7. Aahkas.. says:
    March 21, 2018 at 2:06 pm

    When next part is coming…

    1. Ushaali says:
      March 21, 2018 at 2:42 pm

      Friday ga. Insha allah ?

    2. Aahkas says:
      March 22, 2018 at 12:11 pm

      friday haadha lahey mi hury keiy madhu vefa .. miadhu up kohba…
      plx
      mi vaahaka varah salhi…..

  8. Kai says:
    March 21, 2018 at 2:11 pm

    Kurin geneas dhyfa in story eh tha mi.kurin kiyunu story akaa v vahtharu ehenve

    1. Ushaali says:
      March 21, 2018 at 2:40 pm

      Kai mi vahaka neennaane dhuniyege evves thanegga ehvvex iregga genesdheefa eh. Mee ushaali ge amilla consept akah amilla ah liyunu vahaka eh. Dhn kai kurin kiyaafa in vahaka akaai vahtharu viyyaa e’ee ihtthifaageh ???

  9. NAAZ says:
    March 21, 2018 at 2:21 pm

    Rimeesha preg vee dhw ayaa ah mishku aee ayaa kuhjeh dhw…,vaahaka v reethi dhn anna baige inthizaaruga ??

    1. Ushaali says:
      March 21, 2018 at 2:37 pm

      Thankyu NAAZ ❤
      Lets see dhw kuriah vaa gotheh

    2. Usually ge kokki says:
      March 22, 2018 at 2:14 am

      Ayaa rimeesha dhookohlifahun 8yrs vee. Mishku ah 4yrs.. Dhen kihineh Ayaa ge kihjakah vaany.. Ei shinaan ge kuhjeh

  10. Pinky shifoo says:
    March 21, 2018 at 2:33 pm

    Maasha Allah mi part vx v v v reethi ❤️❤️❤️… V furihama ???… Manzaruthah hama sifakohlevey ???… V interesting gothakah story kuriah mi dhany ???… Enme inthizaaru kurevey eh vaahaka mee mihaaru ???… Rimeege past ga v gina kanthathah hingaifi dhw… Shifoo ah haadha heeveyey shinaan ge bodubeybege 2 dharinnakee ayaa n ayaa ge kohkko henn ???… N mishku aee rimee n ayaa ge daughter eh henn heevany… Heheheh… Next part v v kiyaalaahithun mi huri ???… Keep up the good work ushaali ???… Curiously waiting for the next part… Lots of love and take care ❤️❤️❤️???????????????

  11. Xxxx says:
    March 21, 2018 at 8:37 pm

    Wooow..nice story eh dear?

  12. Hafeez says:
    March 21, 2018 at 11:02 pm

    Loabi nuviyas firumaala dhee, adhikiriyaa dhw mivaahaka mi feshuny. Between shinaan and rimee. Vaahakaage namaa ehvarah vaahaka vess varah furihama. Waiting for friday. Avahah up kodheyne kamah heekuran. Thank you.

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ 04←


All Right Reserved!